ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/131 ޤަޟިއްޔާގެ ޙުކުމް
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2011-HCA-131
/
ދިވެހިރާއްޖޭގެ ހައިކޯޓް
ކުން
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 131/HC-A/2011
• އިސްތިއުނާފުކުރި ފަރާތް:
އެޑްރެސް: މިއ.ކެލާގެއާގެ| މާލެ
*ނަން: ޢަބްދުﷲ މަހާތީރު
ކާޑު ނަންބަރު: A056111
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
ވަކީލު: އާއިޝަތު ފަޒްނާ އަޙުމަދު * އައިޑީ ކާޑު ނަންބަރު: A072566
0
ހުށަހެޅުނު
ތާރީޚް: 23 ޖުމާދަލްއާޚިރާ 1432
*ނިމުނު ތާރީޚް: 28 ރަބީޢުލްއައްވަލު 1433
26
2011
20 ފެބްރުއަރީ
2012
OLC
• އިސްތިއުނާފުކުރެވުނު ކޯޓްއަމުރު ނަންބަޒު
ޑީވީޑީލް ސީޓްއަމުރު ނަންބަރު: 2011/3295(J
(
MD-145
• ނިންމެވި ފަރާތް: ކްރިމިނަލްކޯޓް
* ބާވަތް: ކޯޓު އަމުރު
ހުށަހެޅި ތާރީޚް: 20 އޭޕްރީލް 2011 * ނިމުނުތާރީޚް: 20 އޭޕްރީލް 2011
• މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޔޫސުފު ޙުސައިން، ފަނޑިޔާރު: ޢައްބާސް ޝަރީފީ
ދިވެހިރާއްޖެ
ރައިއް
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ދެން ސައިޓް: www.highcourt.gv.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2011-HC-A-131
• ދައުވާގެ ޚުލާޞާ
8.
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2011/3295(J(MD-145 ކޯޓު އަމުރު، އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، އެކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
އެދި މއ.ކެލާގެއާގެ ޢަބްދުﷲ މަހާތީރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން
ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދަޢުވާ ރައްދުވާ ފަރާތަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2011/3295(J
(
MD-145 ކޯޓު އަމުރު، އެކޯޓުން ނެރެފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫން ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފް ކުރުމަށް
މއ.ކެލާގެއާގެ ޢަބްދުﷲ މަހާތީރުގެ ފަރާތުން ހުށަހަޅާފައިވެއެވެ.
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2011/3295(J
(
MD-145 ކޯޓު އަމުރަށް ބަލާއިރު އެކޯޓު
އަމުރު ނެރެފައިވަނީ، 20 މާރޗް 2011 ވަނަ ދުވަހުގެ 20:41 އިން ފެށިގެން 15 ދުވަހުގެ މުއްދަތަށް
މއ.ކެލާގެއާގެ ޢަބްދުﷲ މަހާތީރު ފުލުހުންގެ ބެލުމުގެ ދަށުގައި މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން
ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްކަމަށާއި، މިގޮތަށް ހއ.ކެލާގެއާގެ ޢަބްދު
މަހާތީރު ބަންދުކޮށްފައި ބެހެއްޓުމަށް އަމުރު ކުރެއްވި ސަބަބަކީ " ބައިސްކަލެއްގައި ދިޔަމީހަކަށް ވަޅިން
ހަމަލާދީ އޭނާއަށް އަނިޔާކުރުމަށް ފަހު، އޭނާގެ އަތުގައި ހުރި ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގެންފައިވާ
ކަމަށް ހުށަހެޅިފައިވާ މައްސަލައާއި ގުޅިގެން ހުށަހަޅާފައިވާކަންކަމުގެ މައްޗަށްބަލާ މުޖުތަމަޢުގެ ހަމަޖެހުމާއި
ސަލާމަތަށްޓަކައި" ކަމަށް މިއަމުރަށް ބެލުމުން އެނގެން އޮވެއެވެ.
3- ކްރިމިނަލް ކޯޓުގެ ނަންބަރު 2011/3295(J/MD-145 ކޯޓު އަމުރު ނެރެފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ ހއ.ކެލާގެއާގެ ޢަބްދުﷲ މަހާތީރުގެ ފަރާތުން_05
ދިވެހިރާއްޖޭގެ ހައިކޯޓް.އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ދެން ސައިޓް: www.highcourt.gv.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2011-HC-A-131
(ފަހެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ: ޖިނާއީ އެއްވެސް ކުށަކީ އެކުއްކުރި މީހާ ފިޔަވައި އެހެން މީހަކަށް
އެކުށުގެ ޢުޤޫބާތް ލިބެންޖެހޭ ކަމެއްނޫންކަމުގައި ޝަރުޢީ އަދި ޤާނޫނީ މިންގަނޑުތަކުން ސާފުކޮށް
ފެންނަން އޮތް ޙަޤީޤަތެއްކަމަށް ބުނެ ހުށައެޅި ނުކުތާ.
• ދެވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 46 ވަނަ މާއްދާއަށް
ނަޒަރުކުރާއިރު، ހައްޔަރުކުރާ މީހާއަށް މީހަކު ކުށެއްކުރަނިކޮށް ފެންނަ ހިނދެއްގައި ނުވަތަ މީހަކު
ކުށެއްކޮށްފިކަމަށް ނުވަތަ އެވަޤުތަކު އެއުޅެނީ ކުށެއްކުރަންކަމަށް ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ
ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެންކަން އެނގެން އޮންނައިރު ޢަބްދުﷲ މަހާތީރު ހައްޔަރުކުރީ
އެއްވެސް ހެއްކެއް ޤަރީނާއެއް ނެތިކަމަށް ބުނެ ހުށައެޅި ނުކުތާ.
ތިންވަނަ ނުކުތާއަކީ: ޢަބްދުﷲ މަހާތީރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ގެންގޮސް ބިޑިއަޅާ
ހިފާ ހައްޔަރުކުރި ވަގުތުން ފެށިގެން ކޯޓު އަމުރެއް ނެރުމުގެ ވަގުތާއި ހަމައަށް ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 53 ވަނަ މާއްދާގައި ބުނާފަދައިން ޤާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ
ފުރުޞަތު ޢަބްދުﷲ މަހާތީރަށް ނުދީ އެޙައްޤު ނިގުޅައިގަނެފައިވާކަމަށް ބުނެ ހުށައެޅި ނުކުތާ.
• ހަތަރުވަނަ ނުކުތާއަކީ: ޢަބްދުﷲ މަހާތީރުގެ މައްޗަށް ތުޙުމަތު ކުރެވޭކަމަށް ބުނާ ޙާދިސާ
ހިނގި ތަނެއް ވަޤުތެއް، އަދި ހިންގައިފައިވަނީ ކޮން ގޮތަކަށް ކިހިނެތްކަން ޢަބްދުﷲ މަހާތީރަށް އެންގިފައި
ނުވާ، އަދި ޢަބްދުﷲ މަހާތީރު އެފަދަ ކަމަކާ ބައިވެރިވުމަށް އެކަންހިނގި ނާންގާ ހުއްޓާ ދުއްމީހަކު ވެސް
ނެތީސް، އެފަދަ ތުޙުމަތެއް ކުރެވޭނެ އެއްވެސް ޤަރީނާއެއް ހެއްކެއްނެތްހިނދު، ޢަބްދުﷲ މަހާތީރު ހިފާ
ބިޑިއަޅައިގެން ކޯޓަށް ޙާޟިރުކޮށް ނެރެފައިވާ އަމުރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު
އަސާސީގެ 46,47 ވަނަ މާއްދާއާއި ޚިލާފަށް ނެރެފައިވާ ކޯޓު އަމުރެއްކަމަށް ބުނެ ހުށައެޅި ނުކުތާ
COCO
ދި8ދ9*8
941ކށް
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ދެން ސައިޓް: www.highcourt.gv.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2011-HC-A-131
• ފަސްވަނަ ނުކުތާއަކީ: ޢަބްދުﷲ މަހާތީރުގެ މައްޗަށް ނެރެފައިވާ ޣައިރު ޤާނޫނީ އަމުރަކީ،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައި ބަޔާންވެގެންވާފަދައިން، އެއަމުރަކާމެދު
އިސްތިއުނާފްކުރުމުގެ ޙައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ޢަބްދުﷲ މަހާތީރަށް
ލިބިދީފައިވާ ޙައްޤެއްކަމަށް ވާހިނދު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި
ފުށުއަރާފަދަ ގޮތަކަށް ނެރެފައިވާ އަމުރެއްކަން
ޢަބްދުﷲ މަހާތީރު ދޫކޮށްލި
ނަންބަރު -145
ކޯޓު އަމުރުގައި ތުހުމަތު ކުރެވޭ މައްސަލާގައި ޢަބްދުﷲ މަހާތީރުއާއި ދެކޮޅަށް
ހެކިލިބިފައިނުވާތީކަމަށް ބަޔާންކުރައްވާފައިވާކަމަށް ބުނެ ހުށައެޅި ނުކުތާ.
J2113878
4- މިމައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 2011/3295(J
(
MD-145 ކޯޓު
އަމުރު އިސްތިއުނާފް ކުރުމަށް ހއ.ކެލާގެއާގެ ޢަބްދުﷲ މަހާތީރުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި،
ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، އަންނަނިވި ކަންކަން
ފާހަގަކުރެވެއެވެ.
ޑ 23 ތ ދ
އެންކުތަކުއ
cccc
(ހ) ފުރަތަމަ ކަމަކީ: ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައިވާ ގޮތުގެމަތިން މެނުވީ ކުށުގެ
ތުހުމަތުގައި ހައްޔަރުކުރުން ބާޠިލުވާނެކަން އެމާއްދާއިން ވަރަށް ސާފުކޮށް އެނގެން އޮންނަކަމަށް،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމާއި،
ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތީންތޯ ކަނޑައެޅުމަށް،
އެމީހަކު ހައްޔަރުކުރެވުނުތާ ގިނަވެގެން ސައުވީސް ގަޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް
ހާޒިރުކުރަންވާނެކަމަށާއި، މިގޮތުން ހުށަހެޅޭ ހުށަހެޅުމުގައި ޝަރުޠަކާއެކު ނުވަތަ ޝަރުޠަކާ ނުލައި އެމީހަކު
ދޫކޮށްލުމަށް ނުވަތަ ބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަމަށް
ސާސީގެ 48 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާކަމާއި، އެހެންކަމުން، ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭމީހާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި، އެމީހަކު ބަންދުކުރިތާ ސައުވީސް ގަޑިއިރުގެ
ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުން، ޝަރުތަކާއެކު ނުވަތަ ޝަރުޠަކާ ނުލައި އެމީހަކު
ދޫކޮށްލުމަށް ނުވަތަ ބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރުމުގެކުރިން، އެމީހަކު
OXO
ދިވެހިރާއްޖޭގެ ހައިކޯޓް.އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2011-HC-A-131
ހަމަތަކުގެ މަތިންތޯ އެފަނޑިޔާރަކު ކަނޑައަޅަން ޖެހޭނެކަމާއި، އަދި މިގޮތުގެމަތިން ބަލާބެލުމުގައި އެމީހަކު
ހައްޔަރުކުރެވިފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިން ކަމަށް، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ރ) ގައިވާ
ގޮތުގެމަތިން، އެކަށީގެންވާ މިންވަރަކަށް ހައްޔަރު ނުވަތަ ބަންދުކުރި ފަރާތަށް ސާބިތުކޮށް ނުދެވިއްޖެނަމަ،
އެމީހަކު ހައްޔަރުކޮށްފައިވާ ހައްޔަރުކުރުން ބާޠިލުކޮށް، އެމީހަކު ވަގުތުން ދޫކޮށްލުމުގެ އަމުރެއް ނެރެން
ޖެހޭނެކަމަށް އިސްވެ އިޝާރާތްކުރެވުނު ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގައިވެސް
ފާހަގަކޮށްފައިވާކަން އެނގެން އޮންނަކަމެވެ
(ނ) ދެވަނަކަމަކީ، ކޯޓުގެ އަމުރަކާނުލައި މީހަކު ހައްޔަރުކުރުމުގެ ޤާނޫނީ ބާރު ހައްޔަރުކުރާ
މީހާއަށް ލިބިދެނީ ހަމައެކަނި އަންނަނިވި ތިން ޙާލަތުންކުރެ ޙާލަތެއްގައިކަމާއި، އެއީ:
l
މީހަކު ކުށެއްކުރަނިކޮށް ފެނުން، ނުވަތަ؟
2. މީހަކު ކުށެއްކޮށްފިކަމަށް ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ހުރުން،
ނުވަތަ؛
3. އެވަގުތު އެއުޅެނީ ކުށެއް ކުރާންކަމަށް ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް
ހުރުން.
ކަން ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައި ބަޔާންވެގެން ވާކަމާއި،
މީގެ ތެރެއިން ފުރަތަމަ ބުނެފައިއެވާ ދެ ޙާލަތަކީވެސް، ކުށުގެ ޢަމަލު ހިނގަހިގާ ހުންނަ ނުވަތަ
ހިނގުމަށްފަހު ހެކިތައް ފާޅުގޮތުގައި ފެންނަން ހުންނަ އަދި ހައްޔަރުކުރާ މީހާއަށް ކުށުގެ ޢަމަލު
ހިންގައިފިކަމާމެދު ޝައްކެއް އޮޅުމެއް އެރުމުގެ އިޙްތިމާލެއް ނެތް ދެޙާލަތުކަމާއި، މިޙާލަތުގައި ފަނޑިޔާރުގެ
އިޒުނަ ލިބެންދެން ލަސްކޮށްފިނަމަ ޙަޤީޤަތަށް ވާސިލުވުމަށް ހުރަހެއް އެޅިދާނެ އިސްތިސްނާ ދެޙާލަތެއްކަން
އެނގެން އޮންނަކަމާއި، އެއްވެސް އިސްތިސްނާ ޙާލަތެއް އޭގެ މިންވަރަށްވުރެ ފުޅާ ނުކުރެވޭނެކަން
އެނގެން އޮންނަކަމާއި، ތިންވަނަ ޙާލަތަކީ ކުށެއްކުރުމަށްޓަކައި ތައްޔާރީއެއް ނުވަތަ ތައްޔާރީތަކެއް ވަމުން
އަންނަކަމަށް ބުއްދީގެ ހަމަތަކުން ބަލާއިރު އެކަށީގެންވާ ހެކިތަކެއް ނުވަތަ ސަބަބުތަކެއް ހުރިކަމަށް
ބުއްދިއަށް ޤަބޫލުކުރެވޭ ޙާލަތުކަން އެނގޭކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްވެ
ނަންބަރު 19/SC-A/2010 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް.އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331471
އީމެއިލް [email protected] ދެން ސައިޓް: www.highcourt.gv.mv
ވާ
6
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2011-HC-A-131
(ނ) ތިންވަނަކަމަކީ، މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
ހުށަހެޅިފައިވާ ލިޔެކިޔުންތަކަށާއި، މި މައްސަލައިގައި ހިމެނޭފަރާތްތަކުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު،
ޢަބްދުﷲ މަހާތީރުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލައިގެ ޙާދިސާ ހިނގާފައިވަނީ 18 އެޕްރީލް
2011 ވަނަދުވަހުކަމާއި، އޭނާ ހައްޔަރުކުރެވުނީ ހއ.ކެލާގެއާގޭގެ ކުރިމަތިން 19 އެޕްރީލް 2011 ވަނަ
ދުވަހުގެ 23:00 ގައިކަން އެނގޭކަމާއި، ޢަބްދުﷲ މަހާތީރު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން
ނޫންކަމާއި، އެހެންކަމުން ޢަބްދުﷲ މަހާތީރު ހައްޔަރުކުރެވިފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންކަމަށް
ކަނޑައެޅޭނީ، ޢަބްދުﷲ މަހާތީރު ހައްޔަރުކޮށްފައިވަނީ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ ޙާލަތުތަކުގެ ތެރެއިން، ޢަބްދުﷲ މަހާތީރު ކުށެއްކޮށްފިކަމަށް ބުއްދިއަށް ޤަބޫލުކުރެވޭފަދަ
އެކަށީގެންވާ ސަބަބުތަކެއް ހުރިކަން އެކަށީގެންވާ މިންވަރަށް، ހައްޔަރުކުރި ފަރާތުން ސާބިތުކޮށްދެވި
ގެންކަން، އިސްވެދެންނެވިފައިވާ ޤާނޫނީ އުސޫލު (ލީގަލް ޕްރިންސިޕަލްސް) ތަކަށް ރިޢާޔަތްކުރުމުން
އެނގޭކަމާއި،
COX >
އަދި، ކުށެއްކޮށްފިކަމަށް ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ހުރެގެން ޢަބްދު
މަހާތީރު، ކޯޓުއަމުރަކާ ނުލައި، ހައްޔަރުކުރެވޭނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ޢަމަލު ހިނގަހިގާ
ހުންނަ ނުވަތަ ހިނގުމަށްފަހު ހެކިތައް ފާޅުގޮތުގައި ފެންނަން ހުންނަ އަދި ހައްޔަރުކުރާ މީހާއަށް ކުށުގެ
ޢަމަލު ހިންގައިފިކަމާމެދު ޝައްކެއް އޮޅުމެއް އެރުމުގެ އިހްތިމާލެއް ނެތް، އަދި އެޙާލަތުގައި ފަނޑިޔާރުގެ
އިޒުނަ ލިބެންދެން ލަސްކޮށްފިނަމަ ޙަޤީޤަތަށް ވާސިލުވުމަށް ހުރަހެއް އެޅިދާނެ ޙާލަތެއްގައި އެކަނިކަން
އިސްވެ ފާހަގަކުރެވިފައިވާ، ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ
ކަންކަމަށް ބެލުމުން އެނގޭކަމާއި،
މިގޮތުން ބަލާއިރު، މިމައްސަލައިގައި ޢަބްދުﷲ މަހާތީރު ހައްޔަރުކުރެވިފައިވަނީ، އިސްވެ.
ދެންނެވިފައިވާ ފަދައިން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ޢަމަލު ހިނގިކަމަށް ބުނާ ތާރީޚަށްވުރެ
ފަހުގެ ތާރީޚެއްގައިކަން އެނގެން އޮވެފައި، ޢަބްދުﷲ މަހާތީރު ކޯޓު އަމުރެއް ނެތި ހައްޔަރުކުރަންޖެހުނީ
މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލިޖެންސަށް ލިބުނުކަމަށް ބުނާ މަޢުލޫމާތެއްގެ މައްޗަގް ކޮބްރާ
ދިވެހިރާއްޖޭގެ ހައިކޯޓް.އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ދެން ސައިޓް: www.highcourt.gv.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2011-HC-A-131
6 24
ހުރެގެން ކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާތީއާއި، އޭނާ ހައްޔަރުކުރެވިފައިވަނީ އޭނާގެ މައްޗަށް
ތުހުމަތުކުރެވޭ ކުށުގެ ޢަމަލު ހިނގަހިގާ ހުއްޓާ ނުވަތަ ހިނގުމަށްފަހު ހެކިތައް ފާޅުގޮތުގައި ފެންނަން ހުރި،
އަދި ޢަބްދުﷲ މަހާތީރު ކުށުގެ ޢަމަލު ހިންގައިފިކަމާމެދު ޝައްކެއް އޮޅުމެއް އެރުމުގެ އިހްތިމާލެއް ނެތް،
އަދި އެޙާލަތުގައި ފަނޑިޔާރުގެ އިޒުނަ ލިބެންދެން ލަސްކޮށްފިނަމަ ޙަޤީޤަތަށް ވާސިލުވުމަށް ހުރަހެއް
އެޅިދާނެ ޙާލަތެއްގައި ކަމުގައި ބެލެވެން ނެތްކަމާއި، މިހެންކަމުން ޢަބްދުﷲ މަހާތީރުގެ މައްޗަށް ތުހުމަތު
ކުރެވުނު އެމައްސަލައިގައި ޢަބްދުﷲ މަހާތީރު އެންމެ ފުރަތަމަ ހައްޔަރުކުރެވެން ޖެހޭނީ ކޯޓުގެ އަމުރެއް
ލިބިގެންކަން އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޤަޟިއްޔާއަށް ރިޢާޔަތްކުރުމުން
އެނގެން އޮންނާތީ، ޢަބްދުﷲ މަހާތީރު ހައްޔަރުކޮށްފައިވާ ހައްޔަރުކުރުން ބާޠިލުކޮށް، އޭނާ ވަގުތުން
ދޫކޮށްލުމުގެ އަމުރެއް ކްރިމިނަލްކޯޓުން ނެރެންޖެހޭނެކަމަށް މި މައްސަލަ ބެލި ފަނޑިޔާރުން ދެކެއެވެ.
O cuc.
ޙުކުމް:
ވީމާ، އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތަށް ހުރުމުން، ކްރިމިނަލް ކޯޓުން ނެރެފައިވާ،
އެކޯޓުގެ ނަންބަރު 2011/3295(J(MD-145 ގެ ކޯޓުއަމުރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށް އެގޮތުގެ މަތީން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް.އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ދެން ސައިޓް: www.highcourt.gv.mv