ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/02 ޤަޟިއްޔާގެ ޙުކުމް
l
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/02
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ބޮޑު
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޤަޟިއްޔާ ނަންބަރ: 02/HC
-
A/2016
އިސްތިއުނާފުކުރި ފަރާތް:
* ނަން: މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް ދާއިމީ އެޑްރެސް: ބްލޮޓް ނަންބަރު 398/ކ.މާލެ
ރަޖިސްޓްރީ ނަންބަރ: 173
/
93-C
މިހާރުގެ އެޑްރެސް: ބްލޮޓް ނަންބަރު 398/ކ.މާލެ
**
0
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު:
ދާއިމީ އެޑްރެސް: ލ. ކުރަހާގެ/ށ.މާލެ
މިހާރުގެ އެޑްރެސް: ލ. ކުރަހާގެ(ކ.މާލެ
ރަޖިސްޓްރީކުރެވުނު ތާރީޚް: 11 ރަބީޢުލްއައްވަލް 1437
22 ޑިސެމްބަރ 2015
ނިމުނު ތާރީޚް: 22 މުޙައްރަމް 1439
12 އޮކްޓޯބަރ 2017
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cv-C/2258
ނިންމެވިކޯޓު: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅި ތާރީޚް: 27-12-2012 ނިމުނު ތާރީޚް: 29-10-2015
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު
(ރިޔާސަތު)
ފަނޑިޔާރު ޝުޖާޢު އުޘްމާން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2
2016/HC-A/02
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
ދަޢުވާގެ ޚުލާޞާގެ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/2258 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ
ލިމިޓެޑް ގެ ފަރާތުން ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި، އިސްތިއުނާފު ރައްދުވާ
ފަރާތަކީ ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އެވެ.
OOOO CO
4 * *
ހަގަކުރެވުނު ނުކުތާތައް:
01- އިސްތިއުނާފް މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/2258 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް
ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އާއި ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު 06 ޑިސެމްބަރ
2009 ގައި ވެވުނު "ކްރެޑިޓަށް މުދާ ދޫކުރުމާއި ބެހޭ އެގްރީމެންޓް" އާއި، އެގްރީމެންޓްގެ ބައިތަކުގެ ގޮތުގައި
ދެފަރާތުގެ ދެމެދުގައި ފަހުންވެފައިވާ އެއްބަސްވުންތަކުގެ ދަށުން މިފްކޯ އިން ހިތްމަތް އިންވެސްޓްމެންޓަށް
ދޫކޮށްފައިވާ މުދަލަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 6 (ހައެއް) އިންވޮއިސް އަކަށް ދައްކަންޖެހޭ
ފައިސާއާއި، އަދި އެފައިސާ ނުދެއްކުމުގެ ސަބަބުން ވެފައިވާ ޖޫރިމަނާ ދައްކާފައިނުވާތީ، އެފައިސާ ހޯދުމަށް
އެދި ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ މައްޗަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް
ކޮމްޕެނީ ލިމިޓެޑް ގެ ފަރާތުން ދަޢުވާކުރުމުން ބަލާފައިވާ ޤަޟިއްޔާއެއްކަމާއި
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، ދެންފަހެ، އިސްވެފާހަގަ ކުރެވުނު
ނުކުތާތަކަށާއި ހުށަހެޅިފައިވާ ބަޔާން ތަކާއި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު މޯލްޑިވްސް
އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އާއި ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
(ހިތްމަތް އިންވެސްޓްމެންޓް) އާއި ދެމެދު 06 ޑިސެމްބަރ 2009 ގައި ވެވުނު "ކްރެޑިޓަށް މުދާ ދޫކުރުމާއި
ބެހޭ އެގްރީމެންޓް" (ކްރެޑިޓް އެގްރީމެންޓް) އާއި ބަޔާންވެދިޔަ އެގްރީމެންޓުގެ ބައިތަކެއްގެ ގޮތުގައި ހިމެނޭ
ގޮތަށް މިދެފަރާތުގެ ދެމެދުގައި ފަހުންވެފައިވާ އެއްބަސްވުން ތަކުގެ ދަށުން މިފްކޯ އިން ހިތްމަތް
އިންވެސްޓްމަންޓަށް ދޫކޮށްފައިވާ މުދަލަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 06 އިންވޮއިސް އަކަށް ދައްކަންޖެހޭ
ފައިސާ ކަމަށްބުނެ ދަޢުވާކުރާ ފަރާތުން މުދަލުގެ އަގުގެ ގޮތުގައި ދަޢުވާގައި ހޯދުމަށް އެދިފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2016/HC-A/02
490,380.00ރ. (ހަތަރުލައްކަ ނުވަދިހަ ހާސް ތިންސަތޭކަ އަށްޑިހަރުފިޔާ) އަކީ ބަޔާންވެދިޔަ މުޢާމަލާތުގެ
ދަށުން ދަޢުވާ ލިބޭ ހިތްމަތް އިންވެސްޓް މެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މިފްކޯ އަށް ދައްކަންޖެހި
ނުދެއްކިވާ ފައިސާއެއްކަން ދަޢުވާލިބޭ ފަރާތުގެ އިޢުތިރާފުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް
ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި މިފައިސާ މިފްކޯ އަށް ލިބިދިނުމުގެ ގޮތުން 29 އޮކްޓޯބަރ 2015
މިދުވަހުންފެށިގެން މަދުވެގެން އެމަހަކަށް ޖެހޭވަރު އެމަހަކު މޯލްޑިވަސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ
ލިމިޓެޑް އަށް ފައިސާ ދައްކަމުން ގޮސް މީލާދީ 08 (އަށެއް) މަސްދުވަހުގެ ތެރޭގައި މިފައިސާ ދައްކައި ދަރަނި
ޚަލާސް ކުރުމަށް ދަޢުވާލިބޭ ހިތްމަތް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް އަންގައި، މިމުއްދަތުގެ ތެރޭގައި
މިފައިސާ 490,380.00ރ. (ހަތަރުވައްކަ ނުވަދިހަ ހާސް ތިންސަތޭކަ އަށްޑިހަރުފިޔާ) ދައްކާ ޚަލާޞް
ނުކުރެވިއްޖެނަމަ މިއަދުން ފެށިގެން 08 (އަށެއް) މަސް ދުވަސް ހަމަވާ ތާރީޚުން ފެށިގެން، މިމުޢާމަލާތާއި
ގުޅިގެން މިފްކޯގައި ރަހުނު ކުރެވިފައިވާ ރަޖިސްޓްރީ ނަންބަރު C4347A
-
04 10
-
T “އާމިރާ” ނަމަކަށް
ކިޔާ މުދާ އުފުލާ އުޅަނދު މިދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ ރަހުނާއި ބެހޭ އެގްރީމެންޓްގެ ދަށުން
ވިއްކާލުމުގެ ހައްޤު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަށް ލިބިގެންވާ
ކަމަށާއި، އަދި ދަޢުވާކުރާ ފަރާތުގެ ދައުވާގައި ޖޫރިމަނާގެ ގޮތުގައި ހޯދުމަށް އެދިފައިވާ 692,826.96ރ.
(ހަލައްކަ ނުވަދިހަ ދެހާސް އަށްސަތޭކަ ސައްބީސް ރުފިޔާ ނުވަދިހަ ހަލާރި) ދަޢުވާލިބޭ ފަރާތުގެ ނުރުހުމުގައި
ޝަރީޢަތުން ނަގާދޭނެތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމް ކޮށްފީމެވެ." މިގޮތަށް ޙުކުމްކޮށްފައިވާކަން
އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
3- އިސްވެ
ބަޔާންކުރެވުނު
މިނު ގޮތުގެ މަތީން ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/2258
ޤަޟިއްޔާގައި ޙުކުމްކުރެއްވުމާއި ގުޅިގެން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް ގެ
ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާއި މެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ: މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް އިން
ހުށަހަޅާފައިވާ އިންވޮއިސްތަކަށް އަރާ ޖޫރިމަނާ މާފުކޮށް ލުއި ދީފައިވާކަމަށް ޝަރީޢަތުން ކަނޑައަޅުއްވާފައިވަނީ
ރަނގަޅަށް ނޫން ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާ އެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
4
2016/HC-A/02
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
* ދެވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) 20 ވަނަ މާއްދާ
ށްގޮތަށް މާނަކުރައްވާފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާ އެވެ.
42
2 ހއ
مرد می
03- ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/2258 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް
ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި ލިޔުންތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
3.1- ފުރަތަމަ ކަމަކީ: ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން
އެކިފަހަރުމަތިން ކްރެޑިޓަށް ގެންގޮސްފައިވާ މުދަލަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ
ލިމިޓެޑް އިން އެކުންފުންޏަށް ފޮނުވާފައިވާ އިންވޮއިސްތަކުގެ ތެރެއިން ސިވިލް ކޯޓުގެ
ނަންބަރު 2012/Cv-C/2258 ޤަޟިއްޔާގައި ހުށަހަޅާފައިވާ 6 (ހައެއް) އިންވޮއިސް އަށް ފައިސާ ދެއްކުމަށް
ކަނޑައެޅިފައިވާ މުއްދަތުގައި ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އެ އިންވޮއިސްތަކަށް އަރަމުންދާ ޖޫރިމަނާ
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން މާފުކޮށް ހިތްމަތް އިންވެސްޓްމަންޓް
ޕްރައިވެޓް ލިމިޓެޑް އަށް ލުއި ދީފައިވާކަމަށް ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/2258 ޤަޟިއްޔާގައި
ޝަރީޢަތުން ކަނޑައަޅުއްވާފައިވަނީ ރަނގަޅަށް ނޫންކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާ އާއި ގުޅޭގޮތުން
ބެލިބެލުމުން،
މި ދެކުންފުނީގެ ދެމެދުގައި ކްރެޑިޓަށް މުދާ ދޫކުރުމާއި ބެހޭ އެގްރީމެންޓް" މި ނަމުގައި
06 ޑިސެމްބަރ 2009 ގައި، 19 މާއްދާގެ މައްޗަށް އެކުލެވޭ ލިޔުމެއްގައި ސޮއިކޮށްފައިވާކަމާއި، ހަމަ
މިތާރީޚުގައި މިދެކުންފުނީގެ ދެމެދުގައި ސޫރަހުނުކުރުމާބެހޭ އެގްރީމެންޓް" މިނަމުގައި ރަހުނު
އެގްރީމެންޓެއްގައިވެސް ސޮއިކޮށް، ރަޖިސްޓަރީ ނަންބަރު: C4347A
-
04-10
-
T އުޅަނދު މޯލްޑިވްސް
އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑްގައި ރަހުނު ކޮށްފައިވާކަމާއި، މިކަންކަމާމެދު ދެފަރާތުގެ
ދެމެދުގައި އެއްވެސް ޚިލާފެއް ނެތްކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2016/HC-A/02
އިސްވެ ބަޔާންކުރެވުނު "ކްރެޑިޓަށް މުދާ ދޫކުރުމާއި ބެހޭ އެގްރީމެންޓް" ގެ 10 ވަނަ
މާއްދާގައި، ހިތްމަތް އިންވެސްމަންޓުން ކްރެޑިޓަށް މުދާ ނެގުމަށްފަހު، އެ މުދަލެއް ނަގާ ދުވަހުން ފެށިގެން
15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ މުދަލުގެ ކްރެޑިޓް ބިލަށް ނުވަތަ ބިލްތަކަށް ހިތްމަތް އިންވެސްޓްމަންޓުން
މިފްކޯއަށް ނުވަތަ މިފްކޯއިން ކަނޑައަޅާ ފަރާތަކަށް ފައިސާ ދައްކައި ޚަލާޞްކުރަންވާނެކަމަށް
ބަޔާންކުރުމަށްފަހު، އެ އެގްރީމެންޓުގެ 11 ވަނަ މާއްދާގައި، އެ އެގްރީމެންޓުގެ ދަށުން ކްރެޑިޓަށް ދޫކުރާ
މުދަލުގެ އަގު އަދާކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ދައްކާފައިނުވާ ބިލްތަކަށް ފައިސާ
ބަލައިގަނެވޭނީ، ބިލުގައި ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތަށްވުރެ އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް
އެހާތަނަށް ދައްކަންޖެހޭ ފައިސާގެ %5 ގެ ކޮމްޕަންޒޭޝަނަކާއި އެކުގައި ކަމަށާއި، އަދި މުއްދަތުގައި ފައިސާ
ނުދެއްކިވާ ބިލްތަކަށް ބަޔާންކުރެވިފައިވާ ގޮތުގެމަތިން ކޮމްޕަންޒޭޝަންގެ ފައިސާ ދެއްކުމަށް ހިތްމަތް
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އެއްބަސްވާކަމަށް ވެސް އެމާއްދާގައި ބަޔާންކޮށްފައިވާކަން
ފާހަގަކުރެވޭކަމާއި،
އިސްވެ މިބަޔާންކުރެވުނު އެގްރީމެންޓުގެ 11 ވަނަ މާއްދާގައި، ކަނޑައެޅިފައިވާ މުއްދަތުގައި
ފައިސާ ދައްކާފައިނުވާ ބިލްތަކަށް ކޮމްޕަންޒޭޝަން ގެ ގޮތުގައި ކޮންމެ ދުވަހަކަށް އެހާތަނަށް ދައްކަންޖެހިފައިވާ
ޢަދަދުގެ %5 ނެގޭނެކަމަށް ލިޔެވިފައިވަނީ ލިޔުމުގެ ކުށަކުންކަމަށްބުނެ، އެކުށް އިޞްލާޙުކޮށް މިދެފަރާތުގެ
ދެމެދުގައި 31 ޑިސެމްބަރ 2009 ގެ ތާރީޚުގައި އިތުރު ލިޔުމެއްގައި ސޮއިކޮށްފައިވާކަމާއި، އެލިޔުމުގައި،
"... ބުނެވުނު އެގްރީމެންޓުގެ 11 ވަނަ މާއްދާގައި ކޮމްޕެންސޭޝަންގެ ގޮތުގައި 5 % ކަމުގައި
ލިޔެވިފައިއެވަނީ ލިޔުމުގެ ކުށަކުންނެވެ. ވާހަކަދެކެވި އެއްބަސްވެވިފައިވާގޮތަކީ، ބިލްގައިވާ މުއްދަތުގައި ފައިސާ
ނުދެއްކިއްޖެނަމަ، އިތުރުވާ ކޮންމެ ދުވަހަކަށް ބިލްގައިވާ އަދަދުގެ 0.15 % ގެ ކަމިޝަނެއް ނެގުމަށެވެ.
މިހެންކަމުން އެ އެގްރީމެންޓުގައި ހިމެނޭ ދެފަރާތުން އެއްބަސްވެ އެކުށް އިސްލާޙުކޮށް ރަގަޅުކުރެވިފައިމިވަނީ
31 ޑިސެމްބަރ 2009 ދުވަހުއެވެ." މިފަދައިން ބަޔާންކޮށްފައިވާކަމާއި، މިލިޔުމާމެދުވެސް ދެކުންފުނީގެ
ދެމެދުގައި އެއްވެސް ޚިލާފެއް ނެތްކަމާއި،
އަދި މީގެ ފަހުން 23 ފެބްރުއަރީ 2010 ގެ ތާރީޚުގައި، "ކްރެޑިޓް ލިމިޓް އިތުރު ކުރުމަށް
ވެވޭ އެއްބަސްވުން" މިނަމުގައި އިތުރު ލިޔުމެއްގައި މި ދެކުންފުނީގެ ދެމެދު ސޮއިކޮށްފައިވާކަމާއި، އެގޮތުން
މިދެމެދުގައި 06 ޑިސެމްބަރ 2009 ގައި ސޮއިކުރެވުނު "ކްރެޑިޓަށް މުދާ ދޫކުރުމާއި ބެހޭ
އެގްރީމެންޓް"
1892 ގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2016/HC-A/02
02 ވަނަ މާއްދާގެ ދަށުން ކްރެޑިޓަށް މުދާ ދޫކުރެވޭ އެންމެ މަތީ އަދަދަކީ ޖުމްލަ -/000'300ރ. (ތިންލައްކަ
ރުފިޔާ) ގެ މުދާ ކަމުގައި ވިޔަސް، 23 ފެބްރުއަރީ 2010 ގައި ސޮއިކުރި ލިޔުމުގެ ދަށުން ކްރެޑިޓަށް
މުދާދޫކުރެވޭ ޖުމްލަ ޢަދަދު -/
500000ރ. (ފަސްލައްކަ ރުފިޔާ) އަށް އިތުރުކޮށްފައިވާކަން އެލިޔުމަށް ބެލުމުން
އެނގެން އޮންނަކަމާއި، އަދި އެލިޔުމަކީ، މިދެފަރާތުގެ ދެމެދުގައި ސޮއިކުރެވިފައިވާ "ކްރެޑިޓަށް މުދާ ދޫކުރުމާއި
ބެހޭ އެގްރީމެންޓް" ގެ ބައެއްކަމަށް ކަނޑައަޅާފައިވާކަމާއި، މިކަމާމެދުވެސް މިދެކުންފުނީގެ ދެމެދުގައި ޚިލާފެއް
އުފެދިފައި ނުވާކަން ފާހަގަކުރެވެއެވެ.
3.2- ދެވަނަ ކަމަކީ: މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް ގެ
ފަރާތުން އިސްތިއުނާފު ކޮށްފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/2258 ޤަޟިއްޔާގައި ކޮށްފައިވާ
ދަޢުވާއަށް ބަލާއިރު، އެދަޢުވާގައިވަނީ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް އާއި
ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު ސޮއިކުރެވުނު "ކްރެޑިޓަށް މުދާ ދޫކުރުމާއި ބެހޭ
އެގްރީމެންޓް" އާއި، އެ އެގްރީމެންޓުގެ ބައިތަކުގެ ގޮތުގައި ފަހުން ސޮއިކުރެވުނު އިޞްލާޙާއި މި މުޢާމަލާތާއި
ގުޅިގެން ދެފަރާތުގެ ދެމެދުގައި ސޮއިކުރެވިފައިވާ ރަހުނު އެއްބަސްވުމުގެ ދަށުން މޯލްޑިވްސް އިންޑަސްޓްރިއަލް
ފިޝަރީސް ކޮމްޕެނީ ލިމިޓެޑް އަށް ލިބެންޖެހޭ ޙައްޤުތައް ހޯދުމަށް ކޮށްފައިވާ ދަޢުވާއެއްކަމާއި،
އެގޮތުން، ބަޔާންކުރެވުނު ކްރެޑިޓް އެގްރީމެންޓުގެ ދަށުން ހިތްމަތް އިންވެސްޓްމަންޓް
ޕްރައިވެޓް ލިމިޓެޑް އަށް 09 މާރޗް 2010 އާއި 12 އޭޕްރީލް 2010 އާއި ދެމެދު ދޫކޮށްފައިވާ މުދަލަށް
ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އާއި ހަވާލު ކޮށްފައިވާ 6 (ހައެއް) އިންވޮއިސްގެ ތެރެއިން
އެއްވެސް އިންވޮއިސް އަކަށް އެކުންފުނީގެ ފަރާތުން ފައިސާ ދައްކާފައިނުވާކަމަށްބުނެ، އެ 6 (ހައެއް)
އިންވޮއިސް އާއި، އެއިން ކޮންމެ އިންވޮއިސް އެއްގައިވާ މުދަލުގެ އަގަށް ދައްކަންޖެހިފައިވާ ފައިސާގެ
ޢަދަދާއި، ދެކުންފުނީގެ ދެމެދުގައި ކުރެވިފައިވާ އެގްރީމެންޓް ތަކާއި އެއްގޮތަށް އެ އިންވޮއިސްތަކަށް ފައިސާ
ނުދެއްކުމުން، "ކްރެޑިޓަށް މުދާ ދޫކުރުމާއި ބެހޭ އެގްރީމެންޓް" ގެ 11 ވަނަ މާއްދާގައާއި އެމާ
އެމާއްދާއަށް
ގެނެސްފައިވާ އިޞްލާޙާއި އެއްގޮތްވާގޮތުގެމަތިން ކަމިޝަނުގެ ގޮތުގައި ނުވަތަ ޖޫރިމަނާގެ ގޮތުގައި ހިތްމަތް
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އިން ދައްކަންޖެހިފައިވާ ފައިސާގެ ތަފްސީލު މޯލްޑިވްސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2016/HC-A/02
6
2 ތ 48 / 2xޑ
އއ343183
އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް އިން ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/2258
ޤަޟިއްޔާ ގައި ވަރަށް ތަފުސީލުކޮށް ހުށަހަޅާފައިވާކަމާއި،
އެއީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/2258 ޤަޟިއްޔާ ގައި ހުށަހެޅުނު ދަޢުވާގައި
ބަޔާންކޮށްފައިވާ
ދޭހައެއް) އިންވޮއިސްގައިވާ މުދަލުގެ އަގަށް
ޖުމްލަވާ
-/
490380ރ. (ހަތަރުލައްކަ ނުވަހަދިހަހާސް ތިންސަތޭކަ އަށްޑިހަ ރުފިޔާ) އާއި، އެ އިންވޮއިސްތަކަށް
ފައިސާ ދައްކަންޖެހޭ މުއްދަތުގައި ނުދެއްކުމުން، މިދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ "ކްރެޑިޓަށް މުދާ
ދޫކުރުމާއި ބެހޭ އެގްރީމެންޓް” އާއި އެގްރީމެންޓުގެ 11 ވަނަ މާއްދާއަށް ގެނެވުނު އިސްލާޙާއި
މަތިން ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ފައިސާ ދައްކާފައިނުވާތީ،
ޖޫރިމަނާގެ ގޮތުގައި ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އިން މޯލްޑިވްސް އިންޑަސްޓްރިއަލް
ފިޝަރީސް ކޮމްޕެނީ ލިމިޓެޑް އަށް އެހާތަނަށް (ހިސާބު ތައްޔާރު ކޮށްފައިވާ ތާރީޚް) ދައްކަންޖެހިފައިވާ
6921826
/
96ރ. (ހަލައްކަ ނުވަދިހަ ދެހާސް، އަށްސަތޭކަ ސައްބީސް ރުފިޔާ، ނުވަދިހަ ހަލާރި) އާއި
އެކުޖުމްލަ 11831206
/
96ރ. (އެއްމިލިއަން އެއްލައްކަ އަށްޑިހަ ތިންހާސް ދުއިސައްތަ ހަރުފިހާ، ނުވަދިހަ
ހަލާރި) ކަމާއި،
މީގެތެރެއިން އިންވޮއިސްތަކުގައި މުދަލުގެ އަގުގެ ގޮތުގައިވާ -/380'490ރ. (ހަތަރުލައްކަ
ނުވަހަދިހަހާސް ތިންސަތޭކަ އަށްޑިހަ ރުފިޔާ) އަކީ ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް އަށް ދައްކަންޖެހި ނުދެއްކި ފައިސާއެއްކަމަށް
ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އެއްބަސްވެފައިވާކަމާއި،
ނަމަވެސް އެ އިންވޮއިސްތަކަށް ފައިސާ ދައްކަންޖެހޭ މުއްދަތުގައި ފައިސާ ދައްކާފައި ނުވުމުގެ
ސަބަބުން ޖޫރިމަނާގެ ގޮތުގައި ނުވަތަ ކަމިޝަނުގެ ގޮތުގައި "ކްރެޑިޓަށް މުދާ ދޫކުރުމާއި ބެހޭ އެގްރީމެންޓް"
ގެ 11 ވަނަ މާއްދާއިންނާއި، އެމާއްދާއަށް ފަހުން ގެނެވިފައިވާ އިޞްލާޙުގެ ދަށުން އިންވޮއިސް އަށް ފައިސާ
ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ނުދެއްކުމުން، އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް އެ
އިންވޮއިސް އެއްގެ ޖުމްލަ ޢަދަދުގެ %0.15 ގެ ކަމިޝަނެއް ނެގޭނެކަމަށް
ކަމަށް އެ އެގްރީމެންޓުގައި ބަޔާންވެފައި
އޮތްނަމަވެސް، އޭގެ ފަހުގެ ތާރީޚެއްގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް ގެ
ފަރާތުން އެފަދައިން ޖޫރިމަނާ ނެގުމުގެ ޙައްޤުން ތަނާޒުލްވެ، އެހައްޤު ދޫކޮށްލާފައިވާކަމަށްބުނެ، ބަޔާންކުރެވުނު
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނހިގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2016/HC-A/02
އިންވޮއިސްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުން ހޯދުމަށް ދަޢުވާ ކޮށްފައިވާ
6929826
/
96ރ. (ހަލައްކަ ނުވަދިހަ ދެހާސް، އަށްސަތޭކަ ސައްބީސް ރުފިޔާ، ނުވަދިހަ ހަލާރި) އަކީ ހިތްމަތް
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ދައްކަންޖެހޭނެ ފައިސާއެއް
އެފައިސާ
ދެއްކުމަށް އިޢުތިރާޝްކޮށްފައިވާކަން ފާހަގަކުރެވެއެވެ.
2
8 ހދ38 6
ދެންކީމަށް@ނ
4 22
3.3- ތިންވަނަ ކަމަކީ: އިސްވެ ބަޔާންކުރެވުނު ދެ ނުކުތާގެ އަލީގައި ބަލާއިރު، މޯލްޑިވްސް
އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް އާއި ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އާއި
ދެމެދު ޚިލާފު އުފެދިފައިވަނީ، "ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން މިފްކޯއަށް ދައްކަންޖެހޭ
ފައިސާ ދެއްކުމަށްވާ އެއްބަސްވުން" މިނަމުގައިވާ ލިޔުން ދެފަރާތުން ތަރުޖަމާކުރާ ގޮތުގެ މައްޗަށްކަމާއި،
އެލިޔުމުގައިވަނީ، "09 މާރޗް 2010 ދުވަހުން ފެށިގެން 12 އޭޕްރިލް 2010 ދުވަހާހަމައަށް
މިފްކޯ މަސްފިހާރައިން ކޮށްފައިވާ ވިޔަފާރިއަށް މިފްކޯއަށް ދައްކަންޖެހޭ 490380.00 (ހަތަރުލައްކަ
ނުވަދިހަހާސް ތިންސަތޭކަ އަށްޑިހަ) ރުފިޔާ އަކީ ހިތްމަތް އިންވެސްޓްމަންޓުން ދައްކަންޖެހޭ ފައިސާ ކަމަށާއި،
އަދި އިސްވެ ދެންނެވުނު ފައިސާ ތިރީގައި މިވާ ގޮތުގެމަތިން 29 މެއި 2012 ވަނަ ދުވަހުން ފެށިގެން 10
މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞްކުރުމަށް އަޅުގަނޑުމެން އެއްބަސްވަމެވެ.
އަދި ފުރަތަމަ ޕޭމަންޓް 03 ޖޫން 2012 ދުވަހު 49038.00 (ސާޅީސް ނުވަހާސް އަށްތިރީސް ރުފިޔާ)
ދެވަނަ ޕޭމަންޓް 30 ޖުލައި 2012 ދުވަހު 49038.00 (ސާޅީސް ނުވަހާސް އަށްތިރީސް ރުފިޔާ)
ތިންވަނަ ޕޭމަންޓް 30 އޮގަސްޓް 2012 ދުވަހު 49038.00 (ސާޅީސް ނުވަހާސް އަށްތިރީސް ރުފިޔާ)
ހަތަރުވަނަ ޕޭމަންޓް 30 ސެޕްޓެމްބަރ 2012 ދުވަހު 49038.00 (ސާޅީސް ނުވަހާސް އަށްތިރީސް ރުފިޔާ)
ފަސްވަނަ ޕޭމަންޓް 30 އޮކްޓޯބަރ 2012 ދުވަހު 49038.00 (ސާޅީސް ނުވަހާސް އަށްތިރީސް ރުފިޔާ)
ހަވަނަ ޕޭމަންޓް 30 ނޮވެމްބަރ 2012 ދުވަހު 49038.00 (ސާޅީސް ނުވަހާސް އަށްތިރީސް ރުފިޔާ)
ހަތްވަނަ ޕޭމަންޓް 30 ޑިސެމްބަރ 2012 ދުވަހު 49038.00 (ސާޅީސް ނުވަހާސް އަށްތިރީސް ރުފިޔާ)
އަށްވަނަ ޕޭމަންޓް 30 ޖެނުއަރީ 2013 ދުވަހު 49038.00 (ސާޅީސް ނުވަހާސް އަށްތިރީސް ރުފިޔާ)
ނުވަތަ ޕޭމަންޓް 30 ފެބްރުއަރީ 2013 ދުވަހު 49038.00 (ސާޅީސް ނުވަހާސް އަށްތިރީސް ރުފިޔާ)
ދިހަވަނަ ޕޭމަންޓް 31 މާރޗް 2010 ދުވަހު 49038.00 (ސާޅީސް ނުވަހާސް އަށްތިރީސް ރުފިޔާ)
ޘާ ދިވެހި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2016/HC-A/02
· · ·
I
މިދެންނެވުނު ގޮތަށް ފައިސާ ދައްކާ ނިންމުމުން މިފްކޯ އަށް ދައްކަންޖެހޭ އިތުރު ފައިސާއެއް
މިފައިސާ ދައްކާ ޚަލާޞްކުރާ ދުވަހުން ރަހުނުގެ ގޮތުގައި ބެހެއްޓިފައިވާ ދޯނީގެ ރަޖިސްޓަރީ
ލިބޭނެގޮތް ހަމަޖައްސަވައި ދެއްވުން އެދެމެވެ." މިފަދައިން ލިޔެ، ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް
ލިމިޓެޑް ގެ ދެ ޑިރެކްޓަރުން ކަމުގައިވާ އަޙްމަދު ފިރާޤް (011906-A) އާއި ޢަބްދުﷲ ކަމާލް
(032669-A) އެލިޔުމުގައި ސޮއިކޮށް، އިގިލީގެ ނިޝާން ޖަހާފައިވާކަމާއި، އަދި މިފްކޯގެ ފަރާތުން އަޙްމަދު
ދީދީ (މިފްކޯ | ޑެޕިއުޓީ މެނޭޖަރ) އެ ބަޔާން ލިޔުނު މީހެއްގެ ހައިސިއްޔަތުން ސޮއިކޮށްފައިވާކަމަށް
ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
3.4- ހަތަރުވަނަ ކަމަކީ: މަތީގައި ބަޔާންކުރެވުނު "ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް
ލިމިޓެޑުން މިފްކޯއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްވާ އެއްބަސްވުން" މި ލިޔުމުގައި، "09 މާރޗް 2010
ދުވަހުން ފެށިގެން 12 އޭޕްރިލް 2010 ދުވަހާހަމައަށް މިފްކޯ މަސްފިހާރައިން ކޮށްފައިވާ ވިޔަފާރިއަށް
މިފްކޯއަށް ދައްކަންޖެހޭ 490380.00 (ހަތަރުލައްކަ ނުވަދިހަހާސް ތިންސަތޭކަ އަށްޑިހަ) ރުފިޔާ އަކީ ހިތްމަތް
އިންވެސްޓްމަންޓުން ދައްކަންޖެހޭ ފައިސާ ކަމަށާއި،" މިފަދައިން ބަޔާންކޮށްފައިވާ ޢިބާރާތާއި، އަދި އެލިޔުމުގެ
ފަހު ޕެރެގްރާފް ފެށޭ ޢިބާރާތުގައި، "މިދެންނެވުނު ގޮތަށް ފައިސާ ދައްކާ ނިންމުމުން މިފްކޯ އަށް ދައްކަންޖެހޭ
އިތުރު ފައިސާއެއް ނޯންނާނެއެވެ." މިފަދައިން ބަޔާންކޮށްފައިވާ ޢިބާރާތާއި ދެ ޢިބާރާތަކީ، މޯލްޑިވްސް
އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް އާއި ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އާއި
ދެމެދު ސޮއި ކޮށްފައިވާ "ކްރެޑިޓަށް މުދާ ދޫކުރުމާއި ބެހޭ އެގްރީމެންޓް" ގެ 11 ވަނަ މާއްދާގައާއި
އެމާއްދާއަށް ގެނެސްފައިވާ އިޞްލާޙާއި ތުގެމަތިން ކަމިޝަނުގެ ގޮތުގައި ނުވަތަ ޖޫރިމަނާގެ ގޮތުގައި
ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އިން ދައްކަންޖެހިފައިވާ ފައިސާ އަށް ލުޔެއްދީ، އެފައިސާއަކީ
ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް ގެ ފަރާތުން
އެއްބަސްވެފައި ލިޔެފައިވާ ދެ ޢިބާރާތްކަމަށް ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން
ޝަރީޢަތުގައި ބުނަމުން އައިސްފައިވާއިރު،
ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން މިފްކޯއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްވާ
މިލިޔުމާއި ހަވާލާދީ ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ދައްކާފައިވާ
2
8
2/63xދ
އއޤީފަޤީޤީ
އޭވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2016/HC-A/02
ޑ 8 ޗެޑީމޑ އ
އއޤީ30
އިސްވެ ބަޔާންކުރެވު
ންކުރެވުނު ވާހަކައަށް އިންކާރުކޮށް ރައްދުދީ، "ކްރެޑިޓަށް މުދާ ދޫކުރުމާއި ބެހޭ އެގްރީމެންޓް" ގެ
11 ވަނަ މާއްދާގައާއި އެމާއްދާއަށް ގެނެސްފައިވާ އިޞްލާޙާއި ގޮތްވާގޮތުގެމަތިން ކަމިޝަނުގެ ގޮތުގައި
ނުވަތަ ޖޫރިމަނާގެ ގޮތުގައި ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އިން ދައްކަންޖެހިފައިވާ
ފައިސާއަކީ، ދައްކަންނުޖެހޭ ފައިސާއެއްގެ ގޮތުގައި އެއްވެސް އިރެއްގައި އެއްބަސްވެފައި ނުވާނެކަމަށް
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑްއިން ބުނެފައިވާތީ،
ދެފަރާތުންވެސް ހަވާލާ ދެމުން މިއަންނަ ލިޔުމަށާއި (ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް
ލިމިޓެޑުން މިފްކޯއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްވާ އެއްބަސްވުން) އޭގެ ކުރިން މިދެކުންފުނީގެ ދެމެދުގައި
ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ހަވާލާ ދެވިފައިވާ ލިޔުމަކީ، ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް
ލިމިޓެޑް އިން ދައްކަންޖެހިފައިވާ ފައިސާ ދައްކަމުން ނުގެންދާތީ، އެފައިސާ ހޯދުމަށް ތަކުރާރުކޮށް ކުރެވުނު
މަސައްކަތުގެ ތެރެއިން ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ ދެ ޑިރެކްޓަރަކު މޯލްޑިވްސް
އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް އަށް ހާޒިރުކޮށް، ނަގާފައިވާ ބަޔާނެއްކަމަށާއި، އެ ބަޔާނުގައި
ފައިސާ ދައްކާނެ ގޮތަކާމެދު އެއްބަސްވެ ހުށަހެޅުމެއް ހުށަހަޅާފައިވަނީ ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް
ލިމިޓެޑް ގެ ފަރާތުންކަމާއި، އެބަޔާނުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް ގެ
ފަރާތުން ސޮއިކޮށްފައިވަނީ އެބަޔާން ލިޔުނު ފަރާތެއްގެ ހައިސިއްޔަތުންކަމާއި،
ދެކުންފުނީގެ ދެމެދުގައިވެފައިވާ "ކްރެޑިޓަށް މުދާ ދޫކުރުމާއި ބެހޭ އެގްރީމެންޓް" ގެ 11
ވަނަ މާއްދާގައާއި އެމާއްދާއަށް ގެނެސްފައިވާ އިޞްލާޙާއި އެއްގޮ ތުގެމަތިން ކަމިޝަނުގެ ގޮތުގައި ނުވަތަ
ޖޫރިމަނާގެ ގޮތުގައި ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އިން ދައްކަންޖެހިފައިވާ ފައިސާއަށް
އެއްވެސް މިންވަރެއްގެ ލުޔެއް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް ގެ ފަރާތުން
ދީފައިވާކަމަށް ބަލަންޖެހޭ ނުވަތަ އެފަދަ ލުޔެއް ދީފައިވާކަމަށް ދޭހަވާ އެއްވެސް ޢިބާރާތެއް އެބަޔާނުގައި
ހިމެނިފައިނެތްކަން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮންނަކަން ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު އެންމެހައި
ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު
2012/Cv-C/2258 ޤަޟިއްޔާ ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި
މިޤަޟިއްޔާބެވި ހުރިހާ ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވެއެވެ.
ހު
ކެނެއެކެވެ
ccc
ދިވެހިންގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
11
2016/HC-A/02
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
ޙުކުމް:
I
ދެންފަހެ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/2258 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށާއި، އެރިޕޯޓުގައި ހިމެނިފައިވާ އެންމެހައި ލިޔެކިޔުންތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގައި
މިޤަޟިއްޔާގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން
ރިޢާޔަތްކޮށް އިސްވެފާހަގަ ކުރެވުނު ނުކުތާތަކަށް ބަލާއިރު، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ
ލިމިޓެޑް ( މިފްކޯ) އާއި ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު 06 ޑިސެމްބަރ 2009
ގައި ވެވުނު "ކްރެޑިޓަށް މުދާ ދޫކުރުމާއި ބެހޭ އެގްރީމެންޓް" އާއި ބަޔާންވެދިޔަ އެގްރީމެންޓުގެ ބައިތަކެއްގެ
ގޮތުގައި ހިމެނޭ ގޮތަށް މިދެފަރާތުގެ ދެމެދުގައި ފަހުންވެފައިވާ އެއްބަސްވުން ތަކުގެ ދަށުން މޯލްޑިވްސް
އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން، ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް
ލިމިޓެޑަށް 09 މާރޗް 2010 ދުވަހުން ފެށިގެން 12 އޭޕްރިލް 2010 ދުވަހާއި ދެމެދު ދޫކޮށްފައިވާ މުދަލުގެ
އަގުގެ ގޮތުގައި ހޯދުމަށް ދަޢުވާ ކޮށްފައިވާ 490,380.00ރ. (ހަތަރުލައްކަ ނުވަދިހަ ހާސް ތިންސަތޭކަ
އަށްޑިހަރުފިޔާ) އާއި، އެފައިސާ ދައްކަންޖެހޭ މުއްދަތުގައި ދައްކާފައި ނުވުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާގެ
ގޮތުގައި ހޯދުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ދަޢުވާކޮށްފައިވާ
6921826
/
96ރ. (ހަލައްކަ ނުވަދިހަ ދެހާސް އަށްސަތޭކަ ސައްބީސް ރުފިޔާ ނުވަދިހަ ހަލާރި) އާއި އެކުޖުމްލަ
11183206
/
96ރ. (އެއްމިލިއަން އެއްލައްކަ އަށްޑިހަ ތިންހާސް ދުއިސައްތަ ހަރުފިހާ، ނުވަދިހަ ހަލާރި)
އަކީ، ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އިން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ
ލިމިޓެޑް ( މިފްކޯ) އަށް ދައްކަންޖެހި ނުދައްކާވާ ފައިސާއެއްކަން ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
ގެ ބަހުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި، މިފައިސާ
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް ( މިފްކޯ) އަށް ލިބިދިނުމަށްޓަކައި، މިއަދު (12
އޮކްޓޯބަރ 2017) ން ފެށިގެން މަސް ހަމަކޮށް ކޮންމެ މަހަކުވެސް 197201
/
16ރ. (އެއްލައްކަ ނުވަދިހަ
ހަތްހާސް ދުއިސައްތަ އެއްރުފިޔާ، ސޯޅަ ލާރި) އަށްވުރެ މަދުނޫން ޢަދަދަކަށް ސިވިލް ކޯޓަށް ފައިސާ
ކަމުންގޮސް 06 (ހައެއް) މަސް ދުވަހުގެ ތެރޭގައި މިފައިސާ ދައްކާ ޚަލާޞްކުރުމަށް ހިތްމަތް
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އަށް އެންގުމާއެކު، މިމުއްދަތުގެ ތެރޭގައި މިފައިސާ 11183206
/
96ރ.
(އެއްމިލިއަން އެއްލައްކަ އަށްޑިހަ ތިންހާސް ދުއިސައްތަ ހަރުފިހާ، ނުވަދިހަ ހަލާރި) ދައްކާ ޚަލާޞް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
12
ޤަސިވިއްޔާ ނިމުނު ގޮތުގެ ޚުލާސް
2016/HC-A/02
2412.
1 2
ނުކުރެވިއްޖެނަމަ، މިއަދު (1 އޮކްޓޯބަރ 2017) ން ފެށިގެން 06 (ހައެއް) މަސް ދުވަސް ހަމަވުމުން،
މިމުޢާމަލާތާއި ގުޅިގެން މިފްކޯގައި ރަހުނު ކުރެވިފައިވާ ރަޖިސްޓްރީ ނަންބަރު C4347A
-
04 10
-
T
ނަމަކަށް ކިޔާ މުދާ އުފުލާ އުޅަނދު މިދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ ރަހުނާއި ބެހޭ
އެގްރީމެންޓްގެ ދަށުން ވިއްކާލުމުގެ ހައްޤު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް
(މިފްކޯ) އަށް ލިބިގެންވާ ކަމަށް ކަނޑައަޅައި، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/2258 ޤަޟިއްޔާގެ
ޙުކުމް ބާޠިލްކޮށް، މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv