ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/79 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/79
އަAu
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރު: 79/HC-A/2014
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: ޢަބްދުﷲ ސުލައިމާނު
* އައި.ޑީ.ކާޑު ނަންބަރު: A035427
އެޑްރެސް: ބަހާރުގެ| ނ.ހެނބަދޫ
މިހާރުގެ އެޑްރެސް: ބަހާރުގެ| ނ.ހެނބަދޫ
0
އިސްތިއުނާފް ރައްދުވި ފަރާތް:
ނަން: އިބްރާހީމް ރިޔާޝް
އައި.ޑީ.ކާޑު ނަންބަރު:A123974
ދާއިމީ އެޑްރެސް: އިރުވައިގެ / ތ.ތިމަރަފުށި
މިހާރުގެ އެޑްރެސް: އިރުވައިގެ / ތ.ތިމަރަފުށި
ނިމުނު ތާރީޚް: 24 ޞަފަރު 1438
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 22 ޖުމާދަލްއޫލާ 1435
23 މާރޗް 2014
24 ނޮވެމްބަރ 2016
• އިސްތިއުނާފް ކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/D2MC/09
• ނިންމެވި ކޯޓު: މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ މެޖިސްޓްރޭޓް ކޯޓު
• ޤަޟިއްޔާގެ ބާވަތް: އަބުރާބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުން
• ޤަޟިއްޔާ ހުށަހެޅުނު ތާރީޚް: 18 ނޮވެމްބަރ 2012
• ޤަޟިއްޔާ ނިމުނު ތާރީޚް:
11 ސެޕްޓެމްބަރ 2013
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާދު ޢަބްދުﷲދީދީ ފަނޑިޔާރު:ޢަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު: ޢަލީ ސަމީރު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
2
2014/HC-A/79
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ދަޢުވާގެ ޚުލާޞާ
މިއީ،
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2012/D2MC/09 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ،
އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، ހެނބަދޫ ބަހާރުގެ ޢަބްދުﷲ ސުލައިމާނުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ތިމަރަފުށި އިރުވައިގެ އިބްރާހީމް
ރިޔާޝްއެވެ.
...
ގަކުރެވުނު ނުކުތާތައް:
.1
އެއްގޮތަށް
ންކަމަށްބުނެ،
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/D2MC/09
ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
އެޤަޟިއްޔާ
އިސްތިއުނާފުކޮށްދިނުމަށް އެދި، ހެނބަދޫ ބަހާރުގެ ޢަބްދުﷲ ސުލައިމާނުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/D2MC/09
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ތ. ތިމަރަފުށި އިރުވައިގެ އިބްރާހީމް
ރިޔާޝްގެ އަބުރަށް ހުތުރުވާޒާތުގެ ޖުމްލައެއްބުނެ، އިބްރާހީމް ރިޔާޝްގެ އަބުރާބެހުމުގެ ސަބަބުން ލިބުނު
ގެއްލުމުގެ ބަދަލު ނ. ހެނބަދޫ ބަހާރުގެ ޢަބްދުﷲ ސުލައިމާނުގެ ކިބައިން ހޯދުމަށް އެދި އިބްރާހީމް ރިޔާޝް
ހުށަހަޅާފައިވާ މައްސަލައެކެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/79
4
3. މިމައްސަލައާ ގުޅިގެން މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2012/D2MC/09 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ،
"ދެންފަހެ ތ.ތިމަރަފުށި | އިރުވައިގެ އިބްރާހީމް ރިޔާޝް (އައިޑީކާޑު ނަންބަރު: A123974) ގެ އަބުރަށް
ހުތުރުވާޒާތުގެ ޖުމްލައެއް ބުނެ، އިބްރާހީމް ރިޔާޝް (އައިޑީކާޑު ނަންބަރު: A123974) ގެ އަބުރާބެހުމުގެ
ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ބަހާރުގެ| ނ. ހެނބަދޫ ޢަބްދުﷲ ސުލައިމާނު (އައިޑީކާޑު ނަންބަރު:
A035427) ގެ ކިބައިން ހޯދުމަށް އެދި މައްސަލަ ހުށަހެޅުނު ހިނދު
މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބެލުމަށްފަހު ފާހަގަ ކުރެވުނު ނުކުތާތަކުގެ މައްޗަށްބަލާ
އިބްރާހީމް ރިޔާޝް (އައިޑީކާޑު ނަންބަރު: A123974) (ނ.ހެނބަދޫ ސްކޫލުގެ ޕްރިންސިޕަލް) ގެ އަބުރަށް
އަރައި އަބުރަށް ހުތުރުވާ ޒާތުގެ ޖުމްލައެއް ބުނެފައިވާތީ މިއަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު
މިރަށު ބަހާރުގެ ޢަބްދުﷲ ސުލައިމާނު (އައިޑީކާޑު ނަންބަރު: A035427) ގެ ކިބައިން ހޯދުމަށް އެދި
ހުށަހަޅާފައިވާ މިމައްސަލާގައި ވާގޮތުން ބަހާރުގެ ޢަބްދުﷲ ސުލައިމާނު (އައިޑީކާޑު ނަންބަރު: A035427)
ބުނެފައިވާ ޖުމްލައަކީ އިބްރާހީމް ރިޔާޝްގެ ގަދަރު ކުޑަކޮށް އަބުރު ނަގައިލުމަށް ބުނެފައިވާ ޖުމްލައެއްކަމާއި،
އަދި މިބުނި ޖުމްލައިގެ ސަބަބުން އިބްރާހީމް ރިޔާޟްއަށް މާއްދީގޮތުންނާއި މައުނަވީ ގޮތުން ގެއްލުން
ލިބިފައިވާކަން ހެކިންގެ ހެކިބަހުން ޝަރީޢަތަށް ސާބިތުވާތީއާއި، އަދި މިއަބުރާ ބެހުމުގެ ފަހުން ޝަރީޢަތަށް
މައްސަލަ ހުށަހެޅުމުގެ ކުރިން އަދި ފަހުންވެސް އިބްރާހީމް ރިޔާޝްގެ ފަރާތުން ބަހާރުގެ ޢަބްދުﷲ ސުލައިމާނު
(އައިޑީކާޑު ނަންބަރު: A035427) މައާފަށް އެދިފައިވާކަން އެނގެން ނެތުމުން މިބުނި ޖުމްލައިގެ ސަބަބުން
ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ
ގަވާއިދުގެ 03 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް އަދި 14 ވަނަ މާއްދާގެ (ނ) އަށް ޙަވާލާދީ އެޤަވާއިދުގެ
46 ވަނަ މާއްދާގެ ދަށުން -/5000 (ފަސްހާސް) ރުފިޔާ އިބްރާހީމް ރިޔާސަށް ލިބިދިނުމަށްޓަކައި މިއަދުން
ފެށިގެން 11 ސެޕްޓެމްބަރ 2013 ވަނަ ދުވަހުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި އެފައިސާ މިކޯޓަށް
(ނ. ހެނބަދޫ މެޖިސްޓްރޭޓް ކޯޓަށް) ދައްކާ ޚަލާސްކުރުމަށް އަންގާ އަދި މިބުނި ޖުމްލައަކީ މާނަ އޮޅޭގޮތަށް
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
2014/HC-A/79
ބުނެފައިވާ ޖުމްލައެއްކަން ދޭހަވާފަދަ ގޮތަކަށް ރަށުގެ ގިނަބަޔަކަށް އެނގޭނެހެން ބުނުމަށް ޢަބްދު
ސުލައިމާނަށް އަންގާ މިޤަޟިއްޔާ ނިންމީމެވެ" މިފަދައިންނެވެ.
CU O
4. މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/D2MC/09
ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، ނ. ހެނބަދޫ ބަހާރުގެ
ޢަބްދުﷲ ސުލައިމާނުގެ ފަރާތުން 05 (ފަހެއް) ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ޢަބްދުﷲ ސުލައިމާނުގެ ފަރާތުން
ހުށަހަޅާފައިވާ
0
ފުރަތަމަ ނުކުތާއަކީ، އިބްރާހީމް ރިޔާޝާ ދިމާއަށް ޢަބްދުﷲ ސުލައިމާން ބުނެފައިވާ ޢިބާރާތަކީ
އިބްރާހީމް ރިޔާޝްގެ އަބުރާ ބެހެވޭ ފަދަ ވާހަކަ ތަކެއްކަން ނުވަތަ ނޫންކަން ޙުކުމަށް ވާޞިލްވުމުގެ ކުރިން
ނެތި މައްސަލަ ސާބިތުވާކަމަށް ނިންމަވާފައިވަނީ އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއް
ގެއްލުމުގެ
ބަދަލު ނަގައިދިނުމުގެ ގަވާއިދު (2007) ގެ 45 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި
ކަނޑައެޅުވީ، ޖީ
43 ޑ ޒ
ނޭކުތައފަ•
• ދެވަނަ ނުކުތާއަކީ، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދުގެ
10 ވަނަ މާއްދާއާ ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ، އިބްރާހީމް ރިޔާޝާ ދިމާލަށް ޢަބްދުﷲ ސުލައިމާނު ބުނެފައިވާ ޢިބާރާތަކީ
ޤާނޫނުއަސާސީގެ
މީގެ 27 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން
ބުނެފައިވާ ބަހަކަށް ވާއިރު އެއާ ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އިޖްހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/79
• ހަތަރުވަނަ ނުކުތާއަކީ، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ
ގަވާއިދުގެ 47 ވަނަ މާއްދާއާ ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި
33ތ ·
ނޭކުeއވެ.
• ފަސްވަނަ ނުކުތާއަކީ، މައްސަލާގައި ހެކިންގެ ގޮތުގައި ހާޒިރުކުރައްވާފައިވާ ފަރާތްތަކަކީ
އިބްރާހީމް ރިޔާޟްގެ ދަށުން މަސައްކަތްކުރި މުވައްޒަފުން ކަމަށްވާއިރު އަދި ހެކީގެ ގޮތުގައި ހުށަހަޅާފައިވާ
ޕެޓިޝަންތަކަކީ އަދި އެކިއެކި ފަރާތްތަކުގެ ނަމުގައި ހުށަހަޅާފައިވާ ސިޓީތަކަކީ ރޭވިގެން ހުށަހަޅާފައިވާ
ސިޓީތަކެއްކަމުގެ އިޙްތިމާލު އޮތް އިރު އެކަންކަމަށް ރިޢާޔަތް ނުކުރައްވާ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ
ހުށަހެޅި ނުކުތާއެވެ.
5. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/D2MC/09
ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، ހެނބަދޫ{ ބަހާރުގެ
ޢަބްދުﷲ ސުލައިމާނުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބެލިއިރު، މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
.
ccc
ފު
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2012/D2MC/09 ޤަޟިއްޔާއަކީ، 22 ނޮވެމްބަރ 2012 ހޯމަ ދުވަހު ނ.ހެނބަދޫ
ބަހާރުގެ ޢަބްދުﷲ ސުލައިމާން ތިމަރަފުށި އިރުވައި އިބްރާހީމް ރިޔާސަށް ނިސްބަތްކޮށް ކަލޭ ތިހުންނަނީ
މިތަނުގެ އަންހެން މުވައްޒަފަކު ކުލާހަށް ވައްދާ ގޯނާކޮށްފައޭ ބުނެފައިވާތީއާއި، އެގޮތަށް ޢަބްދުﷲ ސުލައިމާން
ބުނެފައިވަނީ އިބްރާހީމް ރިޔާޝްގެ އޮފީހުގެ އިދާރީ މުވައްޒަފުންނާއި ލީޑިން ޓީޗަރުންނާއި، ދެ ރިލީފް
ޓީޗަރުންގެ ކުރިމަތީގައި ކަމަށާއި، އަދި އެހެން ބުނެފައިވަނީ ކައިރި ހިސާބު ގޭގެއަށްވެސް އަޑުއިވޭ ވަރަށް
ކަމަށާއި، އެބުނި ޖުމްލައިގެ ސަބަބުން އިބްރާހީމް ރިޔާޝްގެ އަބުރަށް ވަރަށް ބޮޑަށް ހުތުރުވެފައިވާކަމަށް ބުނެ،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2014/HC-A/79
އެބުނި ޖުމްލައިގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދައިދީ، ރަށުގެ ގިނަ ބައެއްގެ ކުރިމަތީގައި އެއީ ދޮގެއް
ކަމަށް ޢަބްދުﷲ ސުލައިމާނު ލައްވައި ބުނުވުމަށް އެދިގެން ހުށަހެޅި މައްސަލައެއްކަމާއި،
އެމައްސަލަ އެކޯޓުން ނިންމަވާފައިވަނީ، އެމައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބެލުމަށްފަހު
ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ބަލާއިރު ޢަބްދުﷲ ސުލައިމާން ބުނެފައިވާ ޖުމްލައަކީ އިބްރާހީމް ރިޔާޝްގެ
ގަދަރު ކުޑަކޮށް އަބުރު ނަގައިލުމަށް ބުނެފައިވާ ޖުމްލައެއްކަމަށާއި، އަދި އެބުނި ޖުމްލައިގެ ސަބަބުން
އިބްރާހީމް ރިޔާޟްއަށް މާއްދީގޮތުންނާއި މައުނަވީ ގޮތުން ގެއްލުން ލިބިފައިވާކަން ހެކިންގެ ހެކިބަހުން
ޝަރީޢަތަށް ސާބިތުވާތީއާއި، އަދި އެއަބުރާ ބެހުނު ފަހުން ޝަރީޢަތަށް މައްސަލަ ހުށަހެޅުމުގެ ކުރިން އަދި
ފަހުންވެސް އިބްރާހީމް ރިޔާޝްގެ ފަރާތުން ޢަބްދުﷲ ސުލައިމާން މައާފަށް އެދިފައިވާކަން އެނގެން ނެތުމުން
މިބުނި ޖުމްލައިގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ
ބަދަލު ނަގައިދިނުމުގެ ގަވާއިދުގެ 03 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް އަދި 14 ވަނަ މާއްދާގެ (ނ) އަށް
ޙަވާލާދީ އެޤަވާއިދުގެ 46 ވަނަ މާއްދާގެ ދަށުން -/5000 (ފަސްހާސް) ރުފިޔާ އިބްރާހީމް ރިޔާސަށް
ލިބިދިނުމަށްޓަކައި 11 ސެޕްޓެމްބަރ 2013 ވަނަ ދުވަހުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި އެފައިސާ
ހެނބަދޫ މެޖިސްޓްރޭޓް ކޯޓަށް ދައްކާ ޚަލާސްކުރުމަށް އަންގާ އަދި އެބުނި ޖުމްލައަކީ މާނަ އޮޅޭގޮތަށް
ބުނެފައިވާ ޖުމްލައެއްކަން ދޭހަވާފަދަ ގޮތަކަށް ރަށުގެ ގިނަބަޔަކަށް އެނގޭނެހެން
ބުނުމަށް ޢަބްދު
ސުލައިމާނަށް އަންގައިކަން އެނގެންއޮވެއެވެ.
Occu
(ނ) ދެވަނަ ކަމަކީ، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދުގެ 2
ވަނަ މާއްދާގައި، އެޤަވާއިދުގެ ދަށުން މަދަނީ ދަޢުވާއެއްގެ ގޮތުގައި އަބުރާބެހު
ބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ
ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު އަބުރާ ބެހެވުނު މީހާއަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާކަމާއި،
އެފަދައިން ހުށަހެޅޭ ދަޢުވާތައް ޝަރީޢަތުން ބަލާ ގޮތެއް ކަނޑައެޅުމުގައި، ނުވަތަ އަބުރާބެހުމުގެ ބަދަލު
ނަގައިދިނުމުގައި ޢަމަލު ކުރަންވީ ވަކި އުޞޫލުތަކަކާއި ޕްރޮސީޖާތަކެއް އެޤަވާއިދުގައި ބަޔާން ކޮށްފައިވާކަމާއި،
E
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/79
އެގޮތުން އަބުރާބެހުނުކަމަށް ބުނާ މީހާ ބުނެފައިވާ ބަހަކީ ނުވަތަ ދީފައިވާ މަޢުލޫމާތަކީ ނުވަތަ
ކޮށްފައިވާ ޢަމަލަކީ އަބުރާބެހެވޭފަދަ ބަހެއް ނުވަތަ މަޢުލޫމާތެއްކަން ނުވަތަ ނޫންކަން ޝަރީޢަތުން
ސާފުކުރުމާއި، އެއީ ދަޢުވާކުރާ ފަރާތުގެ އަބުރަށް ގެއްލުމެއް ދިނުމުގެ ގޮތުން ބުނެފައިވާ ބަހެއްކަން ނުވަތަ
ދީފައިވާ މަޢުލޫމާތެއްކަން ނުވަތަ ކޮށްފައިވާ ޢަމަލެއްކަން ނުވަތަ ނޫންކަން ޝަރީޢަތުން ސާފުކުރުމާއި،
ބުނެފައިވާ ބަހަކީ ނުވަތަ ދީފައިވާ މަޢުލޫމާތަކީ ނުވަތަ ކޮށްފައިވާ ޢަމަލަކީ ޢާންމު މަޞްލަޙަތު ހިމެނޭ،
ޢާންމުންނަށް މުހިންމު މަޢުލޫމާތެއްކަން ނުވަތަ ނޫންކަން ޝަރީޢަތުން ސާފުކުރުމާއި، ބަސްބުނެފައިވާ ނުވަތަ
މަޢުލޫމާތު ދީފައިވާ ނުވަތަ ޢަމަލު ހިންގާފައިވާ ޙާލަތާއި ތަނަށް ޝަރީޢަތުން ރިޢާޔަތްކުރުމާއި، އަބުރާބެހުމުގެ
ސަބަބުން ދަޢުވާކުރާ ފަރާތަށް ގެއްލުމެއް ލިބިފައިވާނަމަ އެލިބުނު ގެއްލުމަކީ ދަޢުވާ ލިބޭ ފަރާތުން ބުނެފައިވާ
ބަހެއް ނުވަތަ ދީފައިވާ މަޢުލޫމާތެއް ނުވަތަ ކޮށްފައިވާ ޢަމަލެއްގެ ސަބަބުން ލިބިފައިވާ ގެއްލުމެއްކަން ނުވަތަ
ނޫންކަން ޝަރީޢަތުން ކަނޑައެޅުމާއި މިކަންކަން ހިމެނޭކަން ފާހަގަ
ހ، 8
,ޑ 4ދ ޑޑ
ހަގްކުރެވޭކަމެވެ.
(ނ) ތިންވަނަ ކަމަކީ، އިބްރާހީމް ރިޔާޝާ ދިމާއަށް ޢަބްދުﷲ ސުލައިމާން ބުނެފައިވާ ޢިބާރާތަކީ
އިބްރާހީމް ރިޔާޝްގެ އަބުރާ ބެހެވޭ ފަދަ ވާހަކަ ތަކެއްކަން ނުވަތަ ނޫންކަން ޙުކުމަށް ވާޞިލްވުމުގެ ކުރިން
ކަނޑައެޅުއްވުމެއް ނެތި މައްސަލަ ސާބިތުވާކަމަށް ނިންމަވާފައިވަނީ އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ
ބަދަލު ނަގައިދިނުމުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށާއި، އަބުރާ ބެހުމުގެ
މައްސަލައެއްގައި ޙުކުމެއް ކުރެއްވުމުގެ ކުރިން އެބުނި ބަހަކީ ނުވަތަ ދީފައިވާ މައުލޫމާތަކީ ނުވަތަ ކޮށްފައިވާ
ޢަމަލަކީ އަބުރާބެހެވޭފަދަ ޢަމަލެއްކަން ނުވަތަ ނޫންކަން ކަނޑައަޅުއްވަން ޖެހޭނެ ކަމަށްވާއިރު އެފަދައިން
އިސްތިއުނާފުކުރެވިފައިމިވާ މައްސަލާގައި ޢަމަލުކުރައްވާފައި ނުވާކަމަށް ބުނެ ޢަބްދުﷲ ސުލައިމާނުގެ ފަރާތުން
ހުށަހެޅި ނުކުތާއަށް ބަލާއިރު،
އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަކުރުމާއި، ޢައިބުކިޔުމާއި، ނުރުހޭކަހަލަ ލަޤަބުތަކުން ގޮވުމާއި،
މީސްމީހުންގެ ޢިއްޒަތާއި ޤަދަރާއި ކަރާމާތް ނަގާލުމަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން މަނާކޮށްފައިވާ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/79
ކަންތައްތަކެއްކަމާއި، އެމީހެއްގެ ނަމާއި އަބުރު ރައްކާތެރިވެފައި އޮތުމުގެ ޙައްޤު ހަމަ ކޮންމެ މީހަކަށްވެސް
ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 33 ވަނަ މާއްދާގައި
ހދ ޏ ސ ޑ ވ
82ނފަ3ނ
އޮންނަކަމާއި،
ކޯޓަށް ހުށަހެޅޭ ކޮންމެ މައްސަލައެއްގައިވެސް، އެމައްސަލައެއް ޝަކުލީގޮތުން ފުރިހަމަވެފައިވާނަމަ،
ހުށަހެޅުނު މައްސަލައިގެ މައުޟޫއަށް ބަލައި، އެމައްސަލައެއްގެ ފައިސަލާކުރަނިވި ޙުކުމެއް ކުރުމަކީ
ޝަރީޢަތްކުރުމުގައި ޢަމަލު ކުރަންޖެހޭނެ އުޞޫލުކަމާއި، އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު
ނަގައިދިނުމަށް އެދި ހުށަހެޅޭ މައްސަލަތަކުގައި ބަދަލު ނަގައިދެވޭނީ އަބުރާ ބެހުނުކަން ނުވަތަ ނޫންކަން
ސާބިތުކުރުމުގެ ފަހުންކަން އެނގޭކަމާއި، އެހެންކަމުން އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް
އެދި ހުށަހަޅާ ދަޢުވާތައް ބެލުމުގައި އެފަދަ މައްސަލަތަކުގައި ފުރިހަމަވާންޖެހޭ ޤާނޫނީ އަދި ޝަރުއީ
އިޖުރާއާތުތައް ފުރިހަމަވާނަމަ، އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދޭންޖެހޭކަން ނުވަތަ
ނޫންކަން އަދި ނަގައިދެވޭނީ ކޮންކަހަލަ ބަދަލެއްކަމާއި، އަދި އެދިފައިވަނީ ޝަރީޢަތުގެ ފަރާތުން ނަގައިދެވިދާނެ
ފަދަ ބަދަލެއްކަން ނުވަތަ ނޫންކަން އަދި އޭގެ މިންވަރު ކަނޑައެޅުމުގެ ކުރިން، އެމައްސަލައެއްގެ ޙަޤީޤަތްތަކުގެ
މައްޗަށް ބަލައި، ހުށަހެޅުނު މައްސަލައިގެ ދައުވާކުރާ ފަރާތުގެ އަބުރާ ބެހިފައިވާކަން ނުވަތަ ނޫންކަން ބަލާ
އެކަމުގެ މައްޗަށް ގޮތެއް ކަނޑައެޅުމަކީ ޝަރީޢަތުގެ ފަރާތުން
މިކަން މިގޮތަށް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 154/HC
-
A/2011 ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާކަމާއި،
އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދުގެ 45 ވަނަ މާއްދާއަކީ
އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމާ ގުޅޭ މާއްދާކަމާއި، އެމާއްދާގެ (ހ) ގައި،
ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ މައްސަލާގައި، ދަޢުވާ ލިބޭ ފަރާތުން ބުނެފައިވާ ބަހަކީ ނުވަތަ ދީފައިވާ
މަޢުލޫމާތަކީ ނުވަތަ ކޮށްފައިވާ ޢަމަލަކީ އަބުރާބެހޭފަދަ ޢަމަލެއްކަމަށް މަދަނީ މިންގަނޑުތަކުން ކޯޓަށް ޘާބިތުވާ
ޙާލަތްތަކުގައި އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދެވޭނެކަމަށް ބަޔާންކޮށްފައިވާކަމާއި،
ކުރަންޖެހޭނެކަމެއްކަމާއި،
ދިޗެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/79
އިބްރާހީމް ރިޔާޝްގެ އަބުރަށް ހުތުރުވާޒާތުގެ ޖުމްލައެއް ބުނެ އިބްރާހީމް ރިޔާޝުގެ އަބުރާ ބެހުމުގެ
ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ޢަބްދުﷲ ސުލައިމާނުގެ ކިބައިން ހޯދުމަށް އެދި ހުށަހެޅި
އިސްތިއުނާފުކުރެވިފައިމިވާ މައްސަލާގައި، އިބްރާހީމް ރިޔާޝުގެ އަބުރާ ޢަބްދުﷲ ސުލައިމާނު ބެހުމުގެ
ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދޭންޖެހޭކަން ނުވަތަ ނޫންކަން އަދި ނަގައިދެވޭނީ ކޮންކަހަލަ
ބަދަލެއްކަން ކަނޑައެޅުމުގެ ކުރިން، އަދި އެދިފައިވަނީ ޝަރީޢަތުގެ ފަރާތުން ނަގައިދެވިދާނެ ފަދަ ބަދަލެއްކަން
ނުވަތަ ނޫންކަން އަދި އޭގެ މިންވަރު ކަނޑައެޅުމުގެ ކުރިން އެމައްސަލައިގެ ޙަޤީޤަތްތަކުގެ މައްޗަށް ބަލައި،
އިބްރާހީމް ރިޔާޝްގެ އަބުރާ ޢަބްދުﷲ ސުލައިމާން ބެހިފައިވާކަން ނުވަތަ ނޫންކަން ބަލައި އެކަމުގެ މައްޗަށް
ގޮތެއް ކަނޑައަޅުއްވާފައިވޭތޯ ބަލާއިރު، އެމައްސަލައިގެ ވަށައިގެންވާ ކަންކަމަށާއި ފާހަގަކޮށްފައިވާ ނުކު
ނުކުތާތަކަށް
ބަލައި ޢަބްދުﷲ ސުލައިމާނު ބުނި ޖުމްލައަކީ އިބްރާހީމް ރިޔާޝްގެ ގަދަރު ކުޑަކޮށް އަބުރު ނަގައިލުމަށް
ބުނެފައިވާ ޖުމްލައެއްކަމަށް އެޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަމާއި، އަދި އެއަށްފަހު، އެޖުމްލައިގެ ސަބަބުން
އިބްރާހީމް ރިޔާޟްއަށް މާއްދީގޮތުންނާއި މައުނަވީ ގޮތުން ގެއްލުން ލިބިފައިވާކަން ހުށަހެޅިފައިވާ ހެކިންގެ
ހެކިބަހުން ސާބިތުވާކަމަށް ކަނޑައަޅުއްވައި، އިބްރާހީމް ރިޔާޝުގެ އަބުރާ ބެހުނުފަހުން އަދި މައްސަލަ
ޝަރީޢަތަށް ހުށަހެޅުމުގެ ކުރިން އަދި ފަހުންވެސް އިބްރާހީމް ރިޔާޝްގެ ފަރާތުން ޢަބްދުﷲ ސުލައިމާނު
މައާފަށް އެދިފައިވާކަން އެނގެން ނެތުމުން އެބުނި ޖުމްލައިގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި
އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދުގެ 03 ވަނަ މާއްދާގެ (ހ) އާއި
(ށ) އަށް އަދި 04 ވަނަ މާއްދާގެ (ނ) އަށް ޙަވާލާދީ އެޤަވާއިދުގެ 46 ވަނަ މާއްދާގެ ދަށުން -/5000
(ފަސްހާސް) ރުފިޔާ އިބްރާހީމް ރިޔާސަށް ލިބިދިނުމަށް އަންގައި، ޢަބްދުﷲ ސުލައިމާނު އެބުނި ޖުމްލައަކީ
މާނަ އޮޅޭގޮތަށް
ބުނެފައިވާ ޖުމްލައެއްކަން ދޭހަވާފަދަ ގޮތަކަށް، ރަށުގެ ގިނަބަޔަކަށް އެނގޭނެހެން ބުނުމަށް
ޢަބްދުﷲ ސުލައިމާނަށް އަންގަވައި އެޤަޟިއްޔާ ނިންމަވާފައިވާކަން އެނގެންއޮންނަކަމުން، އެޤަޟިއްޔާގައި
ޙުކުމް ކުރައްވާފައިވަނީ ޢަބްދުﷲ ސުލައިމާނުގެ ފަރާތުން އެފާހަގަކުރި ފަދައިން، ޢަބްދުﷲ ސުލައިމާން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
2014/HC-A/79
ތަކެއްކަން
ނުވަތަ ނޫންކަން
ބުނެފައިވާ ޢިބާރާތަކީ އިބްރާހީމް ރިޔާޝްގެ އަބުރާ ބެހެވޭފަދަ ވާހަކަ
ކަނޑައެޅުއްވުމެއްނެތިކަން ބެލެވެންނެތްކަމެވެ.
CC Occcc
(ރ) ހަތަރުވަނަ ކަމަކީ، މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2012/D2MC/09 ޤަޟިއްޔާ ނިންމަވާފައިވަނީ އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު
ނަގައިދިނުމުގެ ގަވާއިދުގެ 10 ވަނަ މާއްދާއާ ޚިލާފަށް، ޢަބްދުﷲ ސުލައިމާނު ދެއްކި ވާހަކައަކީ ތެދެއްކަން
ސާބިތުކޮށްދެވިފައިވާއިރު އަދި އިބްރާހީމް ރިޔާޝް ޖިންސީ ގޯނާކުރިކަމަށް ބުނެ އޭނާގެ އަބުރާ ޢަބްދު
ސުލައިމާނު ބެހިފައިވާކަމުގެ މައްޗަށް ހެކި ލިބިފައިނުވާއިރު އެއާ ޚިލާފަށް ކަމަށް ބުނެ ޢަބްދު
ސުލައިމާނުގެ ފަރާތުން ހުށަހެޅި ނުކުތާއަށާއި، އެނުކުތާގެ ތަފްސީލުގައި، ޢަބްދުﷲ ސުލައިމާނު ދެއްކި
ވާހަކައަކީ ތެދެއްކަން ނ. ހެނބަދޫ މެޖިސްޓްރޭޓް ކޯޓުގައި ސާބިތު ކޮށްދީފައިވާނެކަމަށާއި، އިބްރާހީމް ރިޔާޝް
ދިމާލަށް ރިޔާޝް ތިޔަހުރީ މިތަނުގެ އަންހެން މުވައްޒަފަކު ކުލާސް ރޫމަކަށް ވައްދާ ގޯނާ ކޮށްފައިކަމަށް
ބުނަންޖެހުނު ސަބަބަކީ، ޢަބްދުﷲ ސުލައިމާނަކީ ރަށުގެ ސިވިލް ސަރވިސްގެ ހުރިހާ މުއައްސަސާތަކުގެ
ޒިންމާދާރު ވެރިޔާ ކަމަށްވުމުގެ އިތުރުން ރަށުގައި އުފެދިފައިވާ ހިއުމަން ރިސޯސް މެނޭޖްމަންޓް
ޑިވެލޮޕްމަންޓް ކޮމެޓީގެ ޗެއަރމަންކަމަށް ވާތީ، ރަށުގެ ސުކޫލުގެ މަސައްކަތު ހަސީނާ ޢަބްދުއްރަޙްމާން
ސުކޫލުގެ ކުލާސް ރޫމަކަށް ނުވަތަ ލައިބްރަރީއަށް ވައްދައި، ތަނުގެ މަސްލަޙަތު ގެއްލޭ ކަހަލަ ވާހަކަ ދައްކާނަމަ
ވަޒީފާއިން ވަކިކުރެވިދާނެކަމަށް ބުނެ ހަސީނާ ޢަބްދުއްރަޙްމާނަށް އިބްރާހީމް ރިޔާޟް ބިރުދެއްކިކަމުގެ ޚަބަރު
ލިބިގެން، އިބްރާހީމް ރިޔާޟް އެކުރި ޢަމަލަކީ މުވައްޒަފަކަށް ވަޒީފާގެ ގޮތުން ގޯނާކުރުން ކަމަށް ދެކިގެން
ކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު،
ސުކޫލުގެ މަސައްކަތު ހަސީނާ ޢަބްދުއްރަޙްމާންއާ ޗުއްޓީގެ ކަންތަކުގައި ސުކޫލުގެ މުވައްޒަފުންގެ
ދަތިކަމާހުރެ ހަސީނާއަށް އިތުރުގޮތެއް އޮތްތޯ ވާހަކަ ދައްކާފައިވާނެކަމަށާއި، ހަސީނާގެ ޗުއްޓީ ނުދިންކަމަށް
ބުނެ ރަށުގައި ދައްކަމުންދިޔަ ވާހަކައާ ގުޅިގެން މަސައްކަތު މީހުންގެ ސުޕަވައިޒަރުގެ ހާޒިރުގައި ބޭއްވުނު
އެންޑް
ރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/79
އްދަލުވުމެއްގައި އެއީ ކިހިނެއް ދެކެވޭ ވާހަކައެއްތޯ ބެލުމަށް އަދި އެފަދަ ކަންކަން ރަނގަޅުކުރުމަށް
ނަސޭހަތްތެރިވެފައި ވާނެކަމަށާއި، އެއީ އިންޒާރު ދިނުމުގެ ގޮތުން ދައްކާފައިވާ ވާހަކަތަކެއްނޫންކަމަށާއި، އަދި
ހަސީނާ ޢަބްދުއްރަޙްމާން ވަޒީފާއިން ވަކިކުރާނެކަމަށްވެސް ބުނެފައިނުވާނެކަމަށްބުނެ އިބްރާހީމް ރިޔާޟް ދަށު
ކޯޓުގައި ވާހަކަ ދައްކާފައިވާކަން އެނގެންއޮންނަކަމާއި، ޢަބްދުﷲ ސުލައިމާނު ދިފާޢީ ހެއްކެއްގެ ގޮތުގައި
ހުށަހެޅި މިދެންނެވުނު ހަސީނާ ޢަބްދުއްރަޙްމާނު ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު،
ސުކޫލުގެ އިސްވެރިޔާ އިބްރާހީމް ރިޔާޝް އެއްވެސް ދުވަސްވަރެއްގައި އެއްވެސް މުވައްޒަފަކަށް އެއްވެސް
ގޮތަކަށް ގޯނާއެއް ކޮށްފައިވާކަން އޭނާއަށް ނޭންގޭ
ނޭންގޭކަމަށާއި، އޭނާއާމެދު ގޯނާއެއް ވާފަދަ އެއްވެސް ޢަމަލެއް
އެހާތަނަށް މަސައްކަތު މާހައުލުގައި އެއްވެސް ފަރާތަކުން ހިންގާފައިނުވާކަމަށާއި، 2012 ވަނަ އަހަރު ބޭއްވި
ބައްދަލުވުމެއްގައި އިބްރާހީމް ރިޔާޟް، ތަނުގެ މަސްލަޙަތު ގެއްލޭކަހަލަ ވާހަކަ ދައްކާނަމަ ވަޒީފާއިން
ވަކިކުރެވިދާނެކަމަށް ބުނެފައިވާކަމަށާއި، އެހެން ބުނީ ނަސޭހަތް ދިނުމުގެ ގޮތުން ކަމަށް ބުނެފައިވާކަން
ފާހަގަކުރެވޭއިރު، އިބްރާހީމް ރިޔާޝާ ދިމާލަށް ރިޔާޝް ތިހުރީ މިތަނުގެ އަންހެން މުވައްޒަފަކު ކުލާސްރޫމަކަށް
ވައްދައި ގޯނާކޮށްފައިކަމަށް ޢަބްދުﷲ ސުލައިމާނު އެބުނި ބުނުމަކީ ތެދެއްކަމަށް ޢަބްދުﷲ ސުލައިމާނު ދަށު
ކޯޓުގައި ސާބިތުކޮށްދީފައިވާނެކަމަށް ޢަބްދުﷲ ސުލައިމާނު ބުނިނަމަވެސް، އޭނާއެކަން ސާބިތުކޮށްދީފައިވަނީ
ކިހިނެއްކަން
އެކަށީގެންވާ ހަމައަކުން ޢަބްދުﷲ ސުލައިމާނަށް ބުނެދެވިފައިނުވާކަން ފާހަގަކުރެވޭކަމެވެ.
(ބ) ފަސްވަނަ ކަމަކީ، އިބްރާހީމް ރިޔާޝާ ދިމާލަށް ޢަބްދުﷲ ސުލައިމާނު ބުނެފައިވާ ޢިބާރާތަކީ
ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން
ބުނެފައިވާ ބަހަކަށް ވާއިރު އެއާ ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ޢަބްދުﷲ ސުލައިމާނުގެ ފަރާތުން
ހުށަހެޅި ނުކުތާއަށް ބަލާއިރު،
ޤާނޫނުއަސާސީގެ 27 ވަނަ މާއްދާގައި، މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ
އަޞްލަކާއި ޚިލާފުނުވާ ގޮތެއްގެ މަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ގަލަމުން
ރާއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/79
އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ބަޔާންކޮށްފައިވާއިރު،
އިސްތިއުނާފުކުރެވިފައިމިވާ މައްސަލާގައި އިބްރާހީމް ރިޔާޝް ދިމާލަށް ޢަބްދުﷲ ސުލައިމާނު ބުނި
ފިކުރާ ދެޖުމްލަ ބުނެފައިވަނީ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާގެ ދަށުން ޢަބްދު
ސުލައިމާނަށް ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިންކަމާއި، އަދި އެބުނި ބުނުމަކީ
އިބްރާހީމް ރިޔާޝުގެ އަބުރާ ބެހެވޭފަދަ ވާހަކައެއްނޫންކަން ޢަބްދުﷲ ސުލައިމާނަށް ސާބިތުކޮށްދެވިފައިނުވާކަން
މިމައްސަލާގައި ބަޔާންކުރާ
ފާހަގަކުރެވޭކަމެވެ.
(ޅ) ހަވަނަ ކަމަކީ، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދުގެ
47 ވަނަ މާއްދާއާ ޚިލާފަށް، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައި ދެވޭނީ
ހަމައެކަނި މާލީ ބަދަލުކަމަށްވާއިރު އެކަމަށް ރިޢާޔަތްނުކުރައްވާ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ޢަބްދު
ސުލައިމާނުގެ ފަރާތުން ހުށަހެޅި ނުކުތާއަށް ބަލާއިރު،
އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ޤަވާއިދަށް ބަލާއިރު، އެޤަވާއިދުގެ
45 ވަނަ މާއްދާގެ (ހ) ގައި، ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގައި، ދަޢުވާ ލިބޭ ފަރާތުން
ބުނެފައިވާ ބަހަކީ ނުވަތަ ދީފައިވާ މަޢުލޫމާތަކީ ނުވަތަ ކޮށްފައިވާ ޢަމަލަކީ އަބުރާބެހޭފަދަ ޢަމަލެއްކަމަށް މަދަނީ
މިންގަނޑުތަކުން ކޯޓަށް ޘާބިތުވާ ޙާލަތްތަކުގައި އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު
ނަގައިދެވޭނެކަމަށް އޮންނައިރު، މި މާއްދާގެ (ށ) ގައި އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލުގެ
ގޮތުގައި ނަގައިދެވޭނީ 02 ބަދަލެއްކަމުގައި ބަޔާންވެގެންވާކަމާއި، އެއީ މަޢުނަވީ ގެއްލުމުގެ ބަދަލާއި، މާއްދީ
ގެއްލުމުގެ ބަދަލު ކަމާއި، މިގޮތުން ލިބިފައިވަނީ ހަމައެކަނި މަޢުނަވީ ގެއްލުމެއްނަމަ ބަދަލުގެ ގޮތުގައި
ނަގައިދެވޭނީ ގެއްލުމުގެ ކުޑަ ބޮޑުމިނަށްބަލައި، -/100 (ސަތޭކަ) ރުފިޔާއާއި -/5000 (ފަސްހާސް) ރުފިޔާއާ
ދެމެދުގެ ޢަދަދެއްކަމަށާއި، މަޢުނަވީ ގެއްލުމުގެ އިތުރުން މާއްދީ ގެއްލުމެއް ލިބިފައިވާނަމަ، ބަދަލެއްގެ ގޮތުގައި
ލިބިދެވޭނީ އަބުރާ ބެހުމުގެ ސަބަބުން ލިބުނު މާއްދީ ގެއްލުމާ އެކަށީގެންވާ ވަރުގެ މާލީ ބަދަލެއްކަމަށް
ދިވެހިރާއްa
، ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/79
OCCO
އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދުގެ 46 ވަނަ މާއްދާއާއި 47 ވަނަ
މާއްދާއަށް ބެލުމުން އެނގޭއިރު، އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ކަނޑައެޅިފައިވަނީ
މުޅިންވެސް މާލީ ބަދަލުތައްކަމާއި، މާލީ ބަދަލެއް ފިޔަވާ އިތުރު އެނޫން ބަދަލެއް ނަގައިދެވެން އޮތްކަން
އެޤަވާއިދުގެ އެއްވެސް މާއްދާއެއްގައި ބަޔާންވެގެން ނުވާކަން އެނގެން އޮންނަކަމާއި،
އިބްރާހީމް ރިޔާޝުގެ އަބުރަށް ހުތުރުވާޒާތުގެ ޖުމްލައެއްބުނެ، އިބްރާހީމް ރިޔާޝުގެ އަބުރާ ޢަބްދު
ސުލައިމާނު ބެހިފައިވާކަމަށް ބުނެ އަބުރާބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ޢަބްދުﷲ ސުލައިމާނުގެ
ކިބައިން ހޯދުމަށް އެދި ހުށަހެޅި އިސްތިއުނާފުކުރެވިފައިމިވާ މައްސަލާގައި، މައްސަލައިގެ ވަށައިގެންވާ
ކަންކަމަށް ބެލުމަށްފަހު ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ބަލައި އިބްރާހީމް ރިޔާޝްގެ އަބުރާ ޢަބްދު
ސުލައިމާނު ބެހިފައިވާކަމަށާއި، އަދި އެކަމުގެ ސަބަބުން އިބްރާހީމް ރިޔާސަށް މާއްދީ ގޮތުންނާއި މައުނަވީ
ގޮތުން ގެއްލުން ލިބިފައިވާކަން ހެކިންގެ ހެކިބަހުން ސާބިތުވާތީއާއި އިބްރާހީމް ރިޔާޝުގެ ކިބައިން ޢަބްދު
ސުލައިމާނު މައާފަށް އެދިފައިވާކަން އެނގެންނެތުމުން، ޢަބްދުﷲ ސުލައިމާނު އިބްރާހީމް ރިޔާޟުގެ އަބުރާ
ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި، އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު
ނަގައިދިނުމުގެ ގަވާއިދުގެ 03 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް އަދި 14 ވަނަ މާއްދާގެ (ނ) އަށް
ޙަވާލާދީ އެޤަވާއިދުގެ 46 ވަނަ މާއްދާގެ ދަށުން -/5000 (ފަސްހާސް) ރުފިޔާ އިބްރާހީމް ރިޔާސަށް
ލިބިދިނުމަށް ޢަބްދުﷲ ސުލައިމާނަށް އަންގަވައި، އަދި ޢަބްދުﷲ ސުލައިމާނު އިބްރާހީމް ރިޔާޝްގެ އަބުރާ
ބެހުމުގެ ގޮތުން ބުނި ޖުމްލައަކީ މާނަ އޮޅޭގޮތަށް ބުނެފައިވާ ޖުމްލައެއްކަން ދޭހަވާފަދަ ގޮތަކަށް ރަށުގެ
ގިނަބަޔަކަށް އެނގޭނެހެން ބުނުމަށް، ޢަބްދުﷲ ސުލައިމާނަށް އަންގަވައި މައްސަލަ ނިންމަވާފައިވާކަން
އެނގެންއޮންނައިރު، އެނިންމެވުމުގައި، ޢަބްދުﷲ ސުލައިމާނު އިބްރާހީމް ރިޔާޝުގެ އަބުރާ ބެހުމުގެ ގޮތުން
ބުނެފައިވާ ޖުމްލައެއްކަން ދޭހަވާފަދަ ގޮތަކަށް ރަށުގެ ގިނަބަޔަކަށް
އެނގޭނެހެން ބުނުމަށް ޢަބްދުﷲ ސުލައިމާނަށް އަންގަވާފައިވާ އެއެންގެވުމަކީ، އަބުރާ ބެހުމުގެ ސަބަބުން
ބަދަލު ނަގައިދިނުމުގެ ގަވާއިދާ ޚިލާފަށް އަންގަވާފައިވާ އެނގެވުމެއްކަން
މެވުމެއްކަން ފާހަގަކުރެވޭކަމެވެ.
ބުނި ޖުމްލައަކީ މާނަ އޮޅޭގޮތަށް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/79
(ކ) ހަތްވަނަ ކަމަކީ، މައްސަލާގައި ހެކިންގެ ގޮތުގައި ހާޒިރުކޮށްފައިވާ ފަރާތްތަކަކީ އިބްރާހީމް
ރިޔާޝްގެ ދަށުން މަސައްކަތްކުރި މުވައްޒަފުން ކަމަށްވާއިރު އަދި ހެކީގެ ގޮތުގައި ހުށަހަޅާފައިވާ
ޕެޓިޝަންތަކަކީ އަދި އެކިއެކި ފަރާތްތަކުގެ ނަމުގައި ހުށަހަޅާފައިވާ ސިޓީތަކަކީ ރޭވިގެން ހުށަހަޅާފައިވާ
ސިޓީތަކެއްކަމުގެ އިޙްތިމާލު އޮތް އިރު އެކަންކަމަށް ރިޢާޔަތް ނުކުރައްވާ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ
ޢަބްދުﷲ ސުލައިމާނުގެ ފަރާތުން ހުށަހެޅި ނުކުތާއަށް ބަލާއިރު،
އިބްރާހީމް ރިޔާ ޝުގެ އަބުރަށް ހުތުރުވާގޮތަށް،
އިބްރާހީމް ރިޔާޝް ތިހުރީ އެތަނުގެ އަންހެން
މުވައްޒަފަކު ކުލާހަކަށް ވައްދާ ގޯނާކޮށްފައިކަމަށް ޢަބްދުﷲ ސުލައިމާނު ބުނެފައިވަނީ އިބްރާހީމް ރިޔާޝްގެ
އޮފީހުގެ އިދާރީ މުވައްޒަފުންނާއި ލީޑިންގ ޓީޗަރުންނާއި، ދެ ރިލީފް ޓީޗަރުންގެ ކުރިމަތީގައި ކަމަށް ބުނެ
އިބްރާހީމް ރިޔާޝްގެ ފަރާތުން އެދަޢުވާ ސާބިތުކުރުމަށް ހެކިންގެ ގޮތުގައި އެފަރާތްތައް ކޯޓަށް
ހާޒިރުކޮށްފައިވާކަން އެނގެންއޮންނަކަމާއި، އެގޮތުން އެފަރާތްތައް ދަށު ކޯޓަށް ދީފައިވާ ހެކިބަސްތަކަށް ޖުމްލަ
ވިއްގައި ބަލާއިރު، އެމީހުންގެ ކުރިމަތީގައި، ޢަބްދުﷲ ސުލައިމާނު އިބްރާހީމް ރިޔާޝުގެ އަބުރަށް
އިބްރާހީމް ރިޔާޝް އެހުރީ އެތަނުގެ އަންހެން މުވައްޒަފަކު ކުލާހަކަށް ވައްދާ ގޯނާކޮށްފައިކަމަށް
ބުނެފައިވާކަން ފާހަގަކުރެވެން އޮންނައިރު، ޢަބްދުﷲ ސުލައިމާނު ދަށު ކޯޓުގައި ޖަވާބުދާރީވަމުން ދައްކާފައިވާ
ވާހަކަތަކަށް ބަލާއިރު، އިސްވެދެންނެވުނު ހެކިންގެ ހެކިބަހުގައި ފާހަގަކޮށްފައިވާ ގޮތަށް، ޢަބްދު
ސުލައިމާނުވެސް، އޭނާ އިބްރާހީމް ރިޔާޝާ ދިމާލަށް ރިޔާޝު ތިހުރީ އެތަނުގެ އަންހެން މުވައްޒަފަކު ކުލާސް
ރޫމަކަށް ވައްދައި ގޯނާކޮށްފައިކަމަށް ބުނިކަން ފާހަގަކުރެވެން އޮންނަކަމުން، އިބްރާހީމް ރިޔާޝް ހުށަހެޅި
ހެކިންނަކީ އިބްރާހީމް ރިޔާޟުގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް ވުމަކީ އެފަރާތުން ދިން އެހެކިބަސް
ބަލައިނުގަނެވޭނެ ސަބަބެއް
ނޫންކަން ފާހަގަކުރެވޭކަމާއި، އަދި އިބްރާހީމް ރިޔާޝް ހެކީގެ ގޮތުގައި
ހުށަހަޅާފައިވާ ޕެޓިޝަންތަކަކީ އަދި އެކިއެކި ފަރާތްތަކުގެ ނަމުގައި ހުށަހަޅާފައިވާ ސިޓީތަކަކީ ރޭވިގެން
ހުށަހަޅާފައިވާ ސިޓީތަކެއްކަމަށް ވުމުގެ އިޚްތިމާލު އޮތުމަކީ، ޢަބްދުﷲ ސުލައިމާން އިބްރާހީމް ރިޔާ ދިމާލަށް
އެބުނި ބުނުން ނަފީކުރެވޭނެ ކަމެއް ނޫންކަމާއި، އަދި މިދެންނެވުނު ލިޔުންތަކަކީ ރޭވިގެން ހުށަހެޅިފައިވާ
5ޑ
+eއ"
2
3
4=ހ2
(8ގރ+40
01
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/79
ލިޔުންތަކެއް ކަމުގައި ބެލިނަމަވެސް، ޢަބްދުﷲ ސުލައިމާނުގެ އަމިއްލަ އިއުތިރާފުން އޭނާ އެފަދައިން އިބްރާހީމް
ރިޔާޝާ ދިމާލަށް ބުނެފައިވާކަން އެނގެންއޮންނަކަން ފާހަގަކުރެވޭކަމާއި، އަދި ދަށުކޯޓުން މައްސަލަ
ނިންމެވުމުގައި އެލިޔުންތަކަކީ ރޭވިގެން ހުށަހެޅިފައިވާ ލިޔުންތަކެއްކަމަށް ވުމުގެ އިޙްތިމާލު އޮތްއިރު އެކަމަށް
ރިއާޔަތްނުކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށް ޢަބްދުﷲ ސުލައިމާނުގެ ފަރާތުން މިނުކުތާގައި
ފާހަގަކުރާއިރު، އެޤަޟިއްޔާގައި އެލިޔުންތަކަށް ބައްލަވައި އަދި އެލިޔުންތަކާ ޙަވާލާދެއްވާފައިވާކަން
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/D2MC/09 ޤަޟިއްޔާ ނިމުނު
ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެންނެތްކަން ފާހަގަކުރެވޭކަމެވެ.
cc ecc
ވީމާ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، އިބްރާހީމް ރިޔާޝްގެ އަބުރާ ޢަބްދު
ސުލައިމާން ބެހުމުގެ ސަބަބުން އިބްރާހީމް ރިޔާސަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ހުށަހެޅި
މިމައްސަލާގައި، ޢަބްދުﷲ ސުލައިމާނު އިބްރާހީމް ރިޔާޝްގެ އަބުރާ ބެހުމުގެ ގޮތުން ބުނި ޖުމްލައަކީ، މާނަ
އޮޅޭގޮތަށް ބުނެފައިވާ ޖުމްލައެއްކަން ދޭހަވާފަދަ ގޮތަކަށް ރަށުގެ ގިނަބަޔަކަށް އެނގޭނެހެން ބުނުމަށް ޢަބްދު
ސުލައިމާނަށް އެޤަޟިއްޔާގައި އަންގަވާފައިވާ އެންގެވުމަކީ، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު
ނަގައިދިނުމުގެ ގަވާއިދާ ޚިލާފަށް އަންގަވާފައިވާ އެންގެވުމެއްކަމަށްވާތީ، އިސްތިއުނާފުކުރެވިފައިމިވާ
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/D2MC/09 ޤަޟިއްޔާގައި
އެފަދައިން ކަނޑައަޅުއްވާފައިވާ ވުމަށް ބަދަލު ގެންނަންޖެހޭކަމަށް މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންނަށް
އެއްބަސްވެވިފައިވެއެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/79
0
އެކުޖް:-
ou OO
OCCO
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، އިބްރާހީމް ރިޔާޝުގެ އަބުރާ
ޢަބްދުﷲ ސުލައިމާން ބެހުމުގެ ސަބަބުން އިބްރާހީމް ރިޔާސަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ހުށަހެޅި
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/D2MC/09 ޤަޟިއްޔާގައި،
ޢަބްދުﷲ ސުލައިމާނު އިބްރާހީމް ރިޔާޝުގެ އަބުރާ ބެހުމުގެ ގޮތުން ބުނި ޖުމްލައަކީ، މާނަ އޮޅޭގޮތަށް
ބުނެފައިވާ ޖުމްލައެއްކަން ދޭހަވާފަދަ ގޮތަކަށް ރަށުގެ ގިނަބަޔަކަށް އެނގޭނެހެން ބުނުމަށް ޢަބްދު
ސުލައިމާނަށް އެޤަޟިއްޔާގައި އަންގަވާފައިވާ އެންގެވުމަކީ އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު
ނަގައިދިނުމުގެ ގަވާއިދާ ޚިލާފަށް އަންގަވާފައިވާ އެންގެވުމެއްކަމަށްވާތީ، އެޤަޟިއްޔާ ނިންމެވުމުގައި
އެފަދައިން އަންގަވާފައިވާ ވުން ބާޠިލްކޮށް، އެޤަޟިއްޔާގައި، ޢަބްދުﷲ ސުލައިމާނު އިބްރާހީމް ރިޔާޝްގެ
އަބުރާ ބެހިފައިވާކަން ސާބިތުވާކަމަށް ކަނޑައަޅުއްވައި އެކަމުގެ ބަދަލުގެ ގޮތުގައި އަބުރާ ބެހުމުގެ ސަބަބުން
ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދުގެ 03 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް އަދި 04 ވަނަ
މާއްދާގެ (ނ) އަށް ޙަވާލާދީ އެޤަވާއިދުގެ 46 ވަނަ މާއްދާގެ ދަށުން، -/5000 (ފަސްހާސް) ރުފިޔާ ޢަބްދު
ސުލައިމާނުގެ އަތުން އިބްރާހީމް ރިޔާޝަށް ލިބިދިނުމަށް އަންގަވައި ނިންމަވާފައިވާ ނިންމެވުމަށް ތާއީދުކޮށް،
މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv