• ހޯމް
  • ޤާނޫނާއި ޤަވާއިދު
  • ލޯފާމްތައް
  • ލޯޔަރުން
  • ކޯޓުގެ ލިޔުންތައް
  • ލޮގްއިން

ކޯޓުގެ ލިޔެކިޔުންތައް

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/108 ޤަޟިއްޔާގެ ޙުކުމް

ލިޔުމުގެ ނަންބަރު:
2017/HC-A/108
ޝާއިއުކުރި ތާރީޙު:
‫‫‫06 ސެޕްޓެމްބަރ 2020
ކޯޓުގެ ނަން:
ހައިކޯޓު
ލިޔުމުގެ ބާވަތް:
ޙުކުމް
މި ލިޔުމެއް ޑައުންލޯޑް ކުރޭ
ޕީޑީއެފް ވިއު ޓެކްސްޓް ވިއު

ޞަފްޙާ 1 ރިވިއު ނުކޮސް

1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/1tl8
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
29
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
*
ދާއިމީ އެޑްރެސް: އެސްޓަރސް ބިލްޑިންގ |ކ.މާލެ
މިހާރުގެ އެޑްރެސް: އެސްޓަރސް ބިލްޑިންގ|ކ.މާލެ
ޤަޟިއްޔާ ނަންބަރު: 108/HC
-
A/2017
• އިސްތިއުނާފު ކުރިފަރާތް:
* ނަން: އެސްޓަރސް ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު: 309
/
2009-C
• އިސްތިއުނާފު ރައްދުވި ފަރާތްތައް:
*1- ނަން: އިބްރާހީމް ސާއިދު ޢަލީ
އައިޑީ ކާޑު ނަންބަރު: A012335
*2- ނަން: އަޙްމަދު ނިޝާން
އައިޑީ ކާޑު ނަންބަރު: A082483
ދާއިމީ އެޑްރެސް: ދިލްޚުސީ/ ހއ.ކެލާ
މިހާރުގެ އެޑްރެސް: ސިނަމާލެ 03-34 / ކ.މާލެ
ދާއިމީ އެޑްރެސް: ފ.ރޯޒްވުޑް/ ކ.މާލެ
މިހާރުގެ އެޑްރެސް: ގ.ރޯޒްވުޑް| ކ.މާލެ
• ރަޖިސްޓްރީކުރެވުނު ތާރީޚް: 07 ޞަފަރު 1430 -ނިމުނު ތާރީޚް: 11 ޖުމާދަލްއާޚިރާ 1441
12ފެބްރުވަރީ 2017
06 ފެބްރުވަރީ 2020
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2016/Cv
-
C/1886
ޤަޟިއްޔާގެ ބާވަތް: ހަޔަރ ޕާރޗޭސް ފައިނޭންސް ލީސިންގ މައްސަލަ
ނިންމެވި ކޯޓް: ސިވިލް ކޯޓު
* ހުށަހެޅުނު ތާރީޚް: 05 ސެޕްޓެމްބަރު 2016 ނިމުނު ތާރީޚް: 08 ނޮވެމްބަރު 2016
މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސްގެ
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު ޢަލީ ސަމީރު ފަނޑިޔާރު މުޙައްމަދު
(ރިޔާސަތު)
ޑިހިރާއްޖޭގެ ޙަޖީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 5471 %
އީމެއިލް info@highcourt.gov.mv ވެބް ސައިޓް: www.highcourt.gov.mv

ޞަފްޙާ 2 ރިވިއު ނުކޮސް

2
ޤަޟިއްޔާ ނިމުނު ގޮ
23s
48
ޚުލާޞާ
2017/HC-A/1tl8
• ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C/1886 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި
އެންޓަރސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ، ދިލްމުސީ ހއ.ކެލާ އިބްރާހީމް
ސާއިދު އަލީ އަދި ގ.ރޯޒްވުޑް / ކ.މާލެ އަޙްމަދު ނިޝާންއެވެ.
01-ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/1886 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ދިލްޤުސީ: ހއ.ކެލާ އިބްރާހީމް ސާއިދު އަލީ (ދ.ރ ކާޑު
ނަންބަރު A012335) އާއި ގ.ރޯޒްވުޑް | މާލެ އަޙްމަދު ނިޝާން (ދ.ރ ކާޑު ނަންބަރު
A082483) އާއި، އެންޓަރސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 309
/
2009-C) އާ
މެދު 03 ޖޫން 2015 ދުވަހު ވެފައިވާ އެއްބަސްވުމުގެ ދަށުން އަޙްމަދު ނިޝާން ޔަޤީންކަންދީގެން
އެސްޓާރސް ޕްރައިވެޓް ލިމިޓެޑުން އިބްރާހީމް ސާއިދު ޢަލީއަށް ވިއްކާފައިވާ މުދަލަށް ދައްކަންޖެހޭ
ފައިސާގެ ތެރެއިން އެޑްވާންސް ޕޭމަންޓާއި، ފުރަތަމަ 05 (ފަހެއް) ޕޭމަންޓް ފިޔަވައި އިތުރު އެއްވެސް
ފައިސާއެއް ދައްކާފައިނުވާކަމަށްބުނެ، އެއްބަސްވުމާ އެއްގޮތަށް މިހާތަނަށް ދައްކަންޖެހޭ 39!
13,036ރ.
(ތޭރަހާސް ތިރީސް ހަރުފިޔާ ތިރީސް ނުވަލާރި) އާއި، އެއްބަސްވެފައިވާ ގޮތަށް ފައިސާ
ދައްކާފައިނުވުމުން ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 55,231
/
05ރ. (ފަންސާސް ފަސްހާސް
ދުއިސައްތަ ތިރީސް އެއްރުފިޔާ ފަސްލާރި) އާއެކު ޖުމްލަ 68,267144ރ. (ފަސްދޮޅަސް އަށްހާސް
ދުއިސައްތަ ފަސްދޮޅަސް ހަތްރުފިޔާ ސާޅީސް ހަތަރުލާރި) ހޯދުމަށް އެދި އެސްޓާރސް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން އިބްރާހީމް ސާއިދު ޢަލީ އާއި އަޙްމަދު ނިޝާން ގެ މައްޗަށް ދައުވާ ކުރުމުން
ބެލުނު މައްސަލައެއްކަން އެނގޭކަމާ
-ކަމުއ،
އައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 8314471
އީމެއިލް info@highcourt.gov.mv ވެބް ސައިޓް: www.highcourt.gov.mv

ޞަފްޙާ 3 ރިވިއު ނުކޮސް

3
ޤަޟިއްޔާ ނިމުނު ގޮތު
2017/HC-A/1tl8
کی مری
އެޤަޟިއްޔާގައި ސިވިލް ކޯޓުން ޙުކުމްކުރައްވާފައިވަނީ، "ދެންފަހެ، އިލްޚުސީ ހއ.ކެލާ
އިބްރާހީމް ސާއިދު ޢަލީ (ދ.ރ ކާޑު ނަންބަރު A012335) އާއި، ގ.ރޯޒްވުޑް | މާލެ އަޙްމަދު
ނިޝާން (ދ.ރ ކާޑު ނަންބަރު A082483) އާއި، އެސްޓާރސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ
ނަންބަރު 309
/
2009-C) އާ މެދު 03 ޖޫން 2015 ދުވަހު ވެފައިވާ އެއްބަސްވުމުގެ ދަށުން
އަޙްމަދު ނިޝާން ޔަޤީންކަންދީގެން އެސްޓާރސް ޕްރައިވެޓް ލިމިޓެޑުން އިބްރާހީމް ސާއިދު ޢަލީއަށް
ވިއްކާފައިވާ މުދަލަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން އެޑްވާންސްޕޭމަންޓާއި، ފުރަތަމަ 05 (ފަހެއް)
ޕޭމަންޓް ފިޔަވައި އިތުރު އެއްވެސް ފައިސާއެއް ދައްކާފައިނުވާކަމަށްބުނެ، އެއްބަސްވުމާ އެއްގޮތަށް
މިހާތަނަށް ދައްކަންޖެހޭ13,036
39 ރ. (ތޭރަހާސް ތިރީސް ހަރުފިޔާ ތިރީސް ނުވަލާރި) އާއި
އެއްބަސްވެފައިވާގޮތަށް ފައިސާ ދައްކާފައިނުވުމުން ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި
55,231
/
05ރ. (ފަންސާސް ފަސްހާސް ދުއިސައްތަ ތިރީސް އެއްރުފިޔާ ފަސްލާރި) އާއެކު ޖުމްލަ
68,267744ރ. (ފަސްދޮޅަސް އަށްހާސް ދުއިސައްތަ ފަސްދޮޅަސް ހަތްރުފިޔާ ސާޅީސް ހަތަރުލާރި)
ހޯދުމަށް އެދި އެސްޓާރސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިބްރާހީމް ސާއިދު ޢަލީ އާއި އަޙްމަދު
ނިޝާން ގެ މައްޗަށް ހުށަހަޅާފައިވާ މި މައްސަލާގައި؟
މި މައްސަލާގެ ޝަރީޢަތަށް މި ކޯޓަށް ޙާޟިރުކުރުވުމަށް އަންގައި ދަޢުވާލިބޭ އިބްރާހީމް
ސާއިދު ޢަލީ އަށް ފޮނުވުނު ނަންބަރު B3
-
CR1
/
2016
/
2139 (28 ސެޕްޓެމްބަރު 2016) ކޯޓަށް
ޙާޟިރުވުމުގެ އަމުރު! ރައްދުވެފައިވާ ވާއިރު، އަމުރުގައިވާ 26 އޮކްޓޯބަރު 2016 ދުވަހުގެ 11:00
އަށް ކޯޓަށް ޙާޟިރުވެފައި ނުވާތީ، "ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު' ގެ
28 ވަނަ މާއްދާގެ (ހ) ގެ ދަށުން ދަޢުވާލިބޭ އިބްރާހީމް ސާއިދު އަލީގެ ޣައިރު ޤާޟިރުގައި މައްސަލަ
ހިންގިފައިވާކަމާއި، ދަޢުވާލިބޭ އަޙްމަދު ނިޝާން ދަޢުވާގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި
ސޮއިކޮށްފައި ވާނެކަމަށާއި ނަމަވެސް އެއްބަސްވުމުގެ ދަށުން އަޙްމަދު ނިޝާން ޒިންމާވާންޖެހޭނީ
ދަޢުވާލިބޭ އިބްރާހީމް ސާއިދު ޢަލީ އަށް އެފައިސާ ނުދެއްކޭ ޙާލަތުގައި ކަމަށާއި އެޙާލަތުގައި
މެދުވެރިވެފައިވާ ނުވާކަމަށާއި، ގެއްލުމުގެ ބަދަލު ހިސާބުކޮށްފައިވަނީ ރަނގަޅަށްނޫން ކަމުގައިބުނެ މުޅި
ދަޢުވާއަށް އިންކާރު ކޮށްފައިވާކަމާއި؟
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 332532، 6474
އީމެއިލް info@highcourt.gov.mv ވެބް ސައިޓް: www.highcourt.gov.mv

ޞަފްޙާ 4 ރިވިއު ނުކޮސް

4
ޤަޟިއްޔާ ނިމުނު ގޮތު
ޚުލާޞާ
2017/HC-A/1tl8
ދަޢުވާ ޘާބިތުކުރުމަށްޓަކައި އެސްޓާރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޝަރީޢަތަށް
ހުށަހަޅާފައިވާ އިބްރާހީމް ސާއިދު އަލީ އާއި، އަޙްމަދު ނިޝާން އާއި، އެސްޓާރސް ޕްރައިވެޓް
ލިމިޓެޑާއި މެދު 03 ޖޫން 2015 ދުވަހު ވެފައިވާ އެއްބަސްވުމަށް ބަލާއިރު އެޕަލް އައިފޯން 6 ޕްލަސް
64 ޖީބީގެ ފޯނެއް 99!27,295ރ. (ހަތާސްވީސްހާސް ދުއިސައްތަ ނުވަދިހަފަސްރުފިޔާ ނުވަދިހަ
ނުވަލާރި) އަށް އިބްރާހީމް ސާއިދު އަލީ ގަނެ 30 ނޮވެމްބަރު 2015 ދުވަހުގެ ނިޔަލަށް ފައިސާ
ދައްކައި ޚަލާޞްކުރުމަށް އެއްބަސްވެފައި ވާކަމާއި، ފައިސާ ދައްކަންޖެހޭ ތާރީޚުތަކުގައި ނުދެއްކި
ލަސްވާ ކޮންމެ ދުވަހަކަށް ނުދެއްކިވާ ޢަދަދުގެ %2 (ދޭއް އިންސައްތަ) ގެއްލުމުގެ ބަދަލުގެ ގޮތުގައި
އެސްޓާރސް ޕްރައިވެޓް ލިމިޓެޑަށް ދެއްކުމަށް އެއްބަސްވެފައި ވާކަމާއި، އެއްބަސްވެފައިވާ ގޮތަށް
ފައިސާ ނުދެއްކިއްޖެނަމަ އިބްރާހީމް ސާއިދު ޢަލީގެ ބަދަލުގައި އަޙްމަދު ނިޝާންގެ ފަރާތުން
އެސްޓާރސް ޕްރައިވެޓް ލިމިޓެޑަށް ފައިސާ ދެއްކުމަށް ޔަޤީންކަންދީ އެއްބަސްވެފައި ވާކަން
އެއްބަސްވުމުގެ 6 ވަނަ މާއްދާއިން އެނގެން އޮންނަކަމާއިގެ
އެއްބަސްވެފައިވާ ގޮތަށް ގަނެފައިވާ މޯބައިލް ފޯނު އަގު އަދާކުރުމުގެ ގޮތުން އިބްރާހީމް
ސާއިދު ޢަލީގެ ފަރާތުން އެސްޓަރސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވާ އިބްރާހީމް ސާއިދު ޢަލީގެ
ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކް ޕްރައިވެޓް ލިމިޓެޑްގައި ހުޅުވާފައިވާ ނަންބަރު
99010110015494100 އެކައުންޓުގެ 06 ޗެކު ކަމުގައިވާ ނަންބަރު 0000005 ޗެކާއި،
ނަންބަރު 0000006 ޗެކާއި، ނަންބަރު 0000007 ޗެކާއި، ނަންބަރު 0000008 ޗެކާއި، ނަންބަރު
0000009 ޗެކާއި ނަންބަރު 00000010 ޗެކު ބައުންސްވެ ޗެކުތަކަށް ފައިސާ އެސްޓަރސް
ޕްރައިވެޓް ލިމިޓެޑަށް ލިބިފައި ނުވާކަމާއި، ޗެކްތަކުގައިވާ ޖުމްލަ ފައިސާގެ ޢަދަދަކީ 13,036
/
44ރ.
(ތޭރަހާސް ތިރީސް ހަރުފިޔާ ސާޅީސް ހަތަރުލާރި) ކަން ޝަރީޢަތަށް ޘާބިތުވާކަމުގައި ކަނޑައަޅައިގެ
ޢާއްމުގޮތެއްގައި ވިޔަފާރިމުދާ ވިއްކުމަށް ކަނޑައަޅާ އަގަކީ ވިއްކާފަރާތުން ފައިދާ
ލައިގެން ކަނޑައަޅާ އަގެއްކަމާއި، އެގޮތުން އެޕަލް އައިފޯން 6 ޕްލަސް 64 ޖީބީގެ ފޯނުގެ އަގަކަށް
27,295,99ރ. (ހަތާސްވީސްހާސް ދުއިސައްތަ ނުވަދިހަފަސްރުފިޔާ ނުވަދިހަ ނުވަލާރި) ކަނޑައެޅި
ދެފަރާތުން އެއްބަސްވެފައި ވާކަމާއި، އެއްބަސްވުމުގެ 4 ވަނަ މާއްދާގެ ދަށުން ގެއްލުމުގެ ބަދަލުގެ
ގޮތުގައި ލިބިގަތުމަށް އެސްޓާރސް ޕްރައިވެޓް ލިމިޓެޑުން އެދިފައިވާ 55,231
/
05ރ. (ފަން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސްވީ 47
އީމެއިލް info@highcourt.gov.mv ވެބް ސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ

ޞަފްޙާ 5 ރިވިއު ނުކޮސް

5
ޤަޟިއްޔާ ނިމުނު ގޮތު
2017/HC-A/108
عمر کی
/ 393 މ ފ
ފަސްހާސް ދުއިސައްތަ ތިރީސް އެއްރުފިޔާ ފަސްލާރި) ޝަރީޢަތުން ނަގައިދެވޭނެ ޢަދުލުވެރި ހަމައެއް
އޮތްތޯބަލާއިރު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 16/SC
-
A/2015 ޤަޟިއްޔާގައި
ކޮންޓްރެކްޓެއްގެ ދަށުން އަދާކުރަންޖެހޭ އަޞްލު ޒިންމާއަށްވުރެ ޖަޒާއީ ޝަރުޠުގެ ދަށުން ނެގޭ ބަދަލުގެ
މިންވަރު ބޮޑުވާނަމަ މިޒަމާނުގެ ތަފާތު ޖުރިސްޑިކްޝަންތަކުގެ ކަމާބެހޭ ޤާނޫނުތަކާއި ކޯޓުތަކުގެ
ނިންމުންތަކުން އެކަން މަނާކުރާކަމުގައި ފާހަގަކުރައްވާފައި ވާކަމާއި، ޖަޒާއީ ޝަރުޠުގެ ދަށުން ނެގުމަށް
އެއްބަސްވެވޭ ބަދަލަކީ ޝަރުޢީ އަޞްލަކާ ޚިލާފުނޫން ބަދަލަކަށް ވާންޖެހޭނެކަމާއި، އެބަދަލަކީ
ތަޢައްސުފުކޮށް ނެގޭ ލިބިދާނެކަމަށް ބެލެވޭ ޙަޤީޤީ ގެއްލުމަކާ ނުވަތަ ފައިދާވެދާނެ މަޞްލަޙަތަކާ ނުވަތަ
ފައިދާއަކާ ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު ބަދަލަކަށް ވާނަމަ އެއީ ޞައްޙަ އަސާސެއްގެ
މައްޗަށް ބިނާކޮށް ނެގޭ ބަދަލެއްކަމުގައި އިސްލާމީ ނަޒަރަކުން ނުބެލޭނެކަމާއި، އެފަދަ ބަދަލު ނެގުމަށް
ތުކުރުމަކީ އިސްލާމީ ޝަރީޢަތުގެ ނައްޞުން ހަރާމްކުރެވިފައިވާ، މީހުންގެ މުދާ އެބައިމީހުންގެ
ރުހުމަކާނުލައި ނުޙައްޤުން އަތުލުންކަމުގައި މެނުވީ ނުވާނެކަމުގައި އިސްވެ އިޝާރާތްކުރެވުނު
ޤަޟިއްޔާގައި ކަނޑައަޅުއްވާފައި ވާކަމާއި، އިބްރާހީމް ސާއިދު ޢަލީ އެސްޓާރސް ޕްރައިވެޓް ލިމިޓެޑުން
ގަނެފައިވާ އެޕަލް އައިފޯން 6 ޕްލަސް 64 ޖީބީގެ ފޯނުގެ އަގު ކަމުގައިވާ 27,295
/
99ރ.
(ހަތާސްވީސްހާސް ދުއިސައްތަ ނުވަދިހަފަސްރުފިޔާ ނުވަދިހަ ނުވަލާރި) ގެ ތެރެއިން ނުދެއްކިވާކަމަށް
ޘާބިތުވާ 13,036
/
44ރ. (ތޭރަހާސް ތިރީސްހަރުފިޔާ ސާޅީސް ހަތަރުލާރި)
ކެނޑުމުންވާ
14,259155ރ. (ސާދަހާސް ދުއިސައްތަ ފަންސާސް ނުވަރުފިޔާ ފަންސާސް ފަސްލާރި) އަކީ
އިބްރާހީމް ސާއިދު ޢަލީގެ ފަރާތުން އެސްޓަރސް ޕްރައިވެޓް ލިމިޓެޑަށް ދައްކާފައިވާ ފައިސާކަން
އެނގެން އޮންނަކަމާއި، އެއްބަސްވެފައިވާ ގޮތަށް ފައިސާ ނުދައްކައިގެން އެސްޓަރސް ޕްރައިވެޓް
ލިމިޓެޑަށް ލިބުނު ގެއްލުން ދަޢުވާގައި އެދިފައިވާ މިންވަރަށް ވެފައިވާކަން ޘާބިތުކޮށް ދެވިފައި ނުވުމުން
އެއްބަސްވުމުގެ 4 ވަނަ މާއްދާގައި ވާފަދައިން ފައިސާ ނުދައްކައި ލަސްވާ ކޮންމެ ދުވަހަކަށް ނުދެއްކިވާ
ޢަދަދުގެ %2 (ދޭއް އިންސައްތަ) ގެއްލުމުގެ ބަދަލުގެ ގޮތުގައި އެސްޓާރސް ޕްރައިވެޓް ލިމިޓެޑަށް
ނަގައިދެވޭނެ ޝަރުޢީ ހަމައެއް ނެތްކަމަށްޓަކައި، 13,036
/
44ރ. (ތޭރަހާސް ތިރީސްހަރުފިޔާ ސާޅީސް
ހަތަރުލާރި) ނުލިބިވާ މުއްދަތަށް ކޮންމެވެސް މިންވަރެއްގެ ގެއްލުމެއް އެސްޓާރސް ޕްރައިވެޓް
ލިމިޓެޑަށް ލިބިފައިވާނެ ކަމަށްޓަކައި، ޢާއްމުކޮށް ކޮމާޝަލް ބޭންކްތަކުން ނަގާ އިންޓްރެސްޓާ
އަހަރަކު %12 ގެ ރޭޓުން ގެއްލުމުގެ ބަދަލު ނަގައިދިނުމަކީ މި ޙާލަތުގައި ޢަދުލުވެރި ބަދަލެއްކަމުގައި
ޝަރީޢަތަށް ޤަބޫލުކުރެވޭތީ، އިސްވެދެންނެވި 06 ޗެކުގެ ތެރެއިން އެންމެ
346
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް:331647
އީމެއިލް info@highcourt.gov.mv ވެބް ސައިޓް: www.highcourt.gov.mv

ޞަފްޙާ 6 ރިވިއު ނުކޮސް

6
ޤަޟިއްޔާ ނިމުނު ގޮ
2017/HC-A/1tl8
کی مرکی
ދި94 ހ މ ކ
ތާރީޚުކަމުގައިވާ 2016 އޭޕްރީލް މަހުން ފެށިގެން 2016 އޮކްޓޯބަރު މަހުގެ ނިޔަލަށްވާ 07 މަސް
ދުވަހުގެ އިސްވެ ބުނެވުނު ރޭޓުން ޖެހޭ 912
/
55ރ. (ނުވަސަތޭކަ ބާރުފިޔާ ފަންސާސްފަސްލާރި)
އަކީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެސްޓާރސް ޕްރައިވެޓް ލިމިޓެޑަށް ނަގައިދިނުން އިންޞާފުވެރި
ބަދަލެއްކަމުގައި ކަނޑައަޅައި، އެޕަލް އައިފޯން 6 ޕްލަސް 64 ޖީބީގެ ފޯނުގެ އަގުގެ ތެރެއިން
ނުދެއްކިވާ 13,036
:
44ރ. (ތޭރަހާސް ތިރީސްހަރުފިޔާ ސާޅީސް ހަތަރުލާރި) އާއެކު ޖުމްލަ
13,948199ރ. (ތޭރަހާސް ނުވަސަތޭކަ ސާޅީސްއަށްރުފިޔާ ނުވަދިހަނުވަލާރި) އަކީ އިބްރާހީމް ސާއިދު
ޢަލީ އާއި އަޙްމަދު ނިޝާން ފަރުދީ އަދި ޖަމާޢީގޮތުން ޒިންމާވާންޖެހޭ ފައިސާކަން ޝަރީޢަތަށް
ޘާބިތުވާކަމުގައި ކަނޑައަޅައި؟
އިސްވެ ބުނެވިދިޔަ 13,948
/
99ރ. (ތޭރަހާސް ނުވަސަތޭކަ ސާޅީސްއަށްރުފިޔާ
ނުވަދިހަނުވާލާރި) އެސްޓަރސް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށްޓަކައި މި އަދުން (08 ނޮވެމްބަރުން
2016) ފެށިގެން 01 (އެކެއް) މަސްދުވަހުގެ މުއްދަތުގައި ސިވިލް ކޯޓަށް ދައްކައި ޚަލާޞްކުރުމަށް
ދިލްޤުސީ! ހއ.ކެލާ އިބްރާހީމް ސާއިދު ޢަލީ (ހރި ކާޑު ނަންބަރު A012335) އާއި، ގ.ރޯޒްވުޑް {
މާލެ އަޙްމަދު ނިޝާން (ދ.ރ ކާޑު ނަންބަރު A082483) އަށް އަންގައި ޙުކުމް ކޮށްފީމެވެ."
މިފަދައިންނެވެ .
x
02-ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C/1886 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި
އެސްޓާރސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއާއި އަދި އެނުކުތާއާގުޅޭ ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ؟
2007/HC-A/186
• ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލާ ޚިލާފަށް މައްސަލަ ނިންމަވާފައިވުން ކަމަށްބުނެ ހުށަހެޅި
2 2 4 39
ރ 8އވާ
03-ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C/1886 ޤަޟިއްޔާ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު
ބޯޓްރީއެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3471
އީމެއިލް info@highcourt.gov.mv ވެބް ސައިޓް: www.highcourt.gov.mv

ޞަފްޙާ 7 ރިވިއު ނުކޮސް

7
ޤަޟިއްޔާ ނިމުނު ގޮ
ދު
کی عمری
2017/HC-A/1tl8
އެސްޓާރސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާ އަދި އެނުކުތާއާއި ގުޅިގެން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި
ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހފުރަތަމަކަމަކީ، އެސްޓާރސް ޕްރައިވެޓް ލިމިޓެޑާއި ހއ.ކެލާ ދިލްޤުސީ އިބްރާހިމް
ސާއިދު ޢަލީއާއި ދެމެދު ވެފައިވާ "މުދާ ގަނެ ވިއްކުމުގެ އެއްބަސްވުން" މިނަމުގައި ހެދިފައިވާ
އެއްބަސްވުމަށް ބެލުމުން،
އީ އެސްޓާރސް ޕްރައިވެޓް ލިމިޓެޑުން 64 ޖީބީގެ އެޕަލް އައިފޯނު 6
ޕްލަސް 27,295,99ރ. (ހަތާސްވީސްހާސް ދުއިސައްތަ ނުވަދިހަފަސްރުފިޔާ ނުވަދިހަ ނުވަލާރި) ގެ
އަގަށް ވިއްކުމަށް މިދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމެއްކަމުގައިވާއިރު، މި އެއްބަސްވުމުގައި
ބަޔާންކުރާ ގޮތުން މިއީ އެކި ފަހަރުތަކުގެ މަތިން އަގު އަދާކުރާގޮތުގެ
މަތީން ފޯނެއް ގަތުމަށް
މިދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއްކަން އެނގޭކަމާއި، ފޯނުގެ އަގު އަދާކުރުމުގެ ގޮތުން
ފައިސާ ދައްކާނެ ގޮތުގެ ތާވަލެއް އެއްބަސްވުމުގެ 3 ވަނަ މާއްދާގެ (ނ) ގައި ހިމަނާފައިވާކަން
އެނގެން އޮންނައިރު، މިފޯނުގެ އަގު 30 ނޮވެމްބަރު 2015 ގެ ނިޔަލަށް އިބްރާހިމް ސާއިދު ޢަލީގެ
ފަރާތުން ދައްކާ ޚަލާސްކުރަންޖެހޭކަމާއި އެހެންނަމަވެސް އެއްބަސްވުމާ އެއްގޮތަށް އިބްރާހީމް ސާއިދު
ޢަލީގެ ފަރާތުން ޢަމަލުކޮށްފައިނުވާކަމަށް ބުނެ ފޯނުގެ އަގުގެ ގޮތުގައި އިބްރާހީމް ސާއިދު ޢަލީގެ
ފަރާތުން ދައްކާފައިވާ ފައިސާހުނިކުރުމުން ބާކީވާ 13,036
:
39ރ. (ތޭރަހާސް ތިރީސް ހަރުފިޔާ
ތިރީސް ނުވަލާރި) އާއި، އެއްބަސްވެފައިވާ ގޮތަށް ފައިސާ ދައްކާފައިނުވުމުން ލިބިފައިވާ ގެއްލުމުގެ
ބަދަލުގެ ގޮތުގައި 55,231
/
05ރ. (ފަންސާސް ފަސްހާސް ދުއިސައްތަ ތިރީސް އެއްރުފިޔާ ފަސްލާރި)
އާއެކު ޖުމްލަ 68,267144ރ. (ފަސްދޮޅަސް އަށްހާސް ދުއިސައްތަ ފަސްދޮޅަސް ހަތްރުފިޔާ ސާޅީސް
ހަތަރުލާރި) ހޯދުމަށް އެދި އެސްޓާރސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަށުކޯޓުގައި
ދަޢުވާކޮށްފައިވަނީކަން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަކަމަކީ، އެސްޓާރސް ޕްރައިވެޓް ލިމިޓެޑުން މި ދަޢުވާ އުފުލުމުގައި
އިބްރާހީމް ސާއިދު ޢަލީއާއި އެއްހަމައަކުން ގ.ރޯޒުވުޑް/ އަޙްމަދު ނިޝާންގެ މައްޗަށްވެސް މި ދަޢުވާ
އުފުލާފައިވާކަމާއި، އަޙްމަދު ނިޝާންއަކީ އިބްރާހީމް ސާއިދު ޢަލީ އާއި އެސްޓަރސް ޕްރައިވެޓް
ލިމިޓެޑާއި ދެމެދު ވެވުނު އެއްބަސްވުމުގައި ޔަޤީންކަންދިން ފަރާތުގެ ޙައިސިއްޔަތު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 493377 ދިވެހި
އީމެއިލް info@highcourt.gov.mv ވެބް ސައިޓް: www.highcourt.gov.mv

ޞަފްޙާ 8 ރިވިއު ނުކޮސް

8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/1tl8
0 5 5 4 / 4 2
می روم کی
ސޮއިކޮށްފައިވާ ފަރާތެއްކަމާއި، ބުނެވުނު އެއްބަސްވުމުގެ 03 ވަނަ މާއްދާގެ (ނ)
ގައި ؟
ﷲ2
0
2
2
4
"މުދާ ގަންނަ ފަރާތުން ދައްކަންޖެހޭ ފައިސާ އެއްވެސް ޙާލަތެއްގައި ނުދެއްކިއްޖެނަމަ، ނުދައްކާވާ
ފައިސާއާ އަދި ފައިސާ ނުދެއްކުމުގެ ސަބަބުން ދައްކަންޖެހޭ ޖޫރިމަނާއެއް ނުވަތަ ފައިސާ ނުދެއްކުމުގެ ސަބަބުން ވިއްކާ
ފަރާތަށް ލިބޭ އެންމެހާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަންޖެހޭ ފައިސާއެއް ވިޔަސް ދެއްކުމުގެ ފުރިހަމަ ޒިންމާ ގެރެންޓީ
ދިން ފަރާތުން އުފުލުމަށް އެފަރާތުން އެއްބަސްވެއެވެ" މިފަދައިން ގެން އޮންނައިރު، އެއްބަސްވުމުގެ 6
ވަނަ މާއްދާގައިވާ
(ހ) މުދާ ގަންނަ ފަރާތުން ދައްކަންޖެހޭ ފައިސާ ކަނޑައެޅިފައިވާ އުޞޫލުން ނުދެއްކިއްޖެނަމަ އެފަރާތުގެ
ބަދަލުގައި މި ބަސްވުމުގައި ވާގޮތަށް ފައިސާ ދެއްކުމަކީ ގެރެންޓީދިން ފަރާތުގެ ޒިންމާއެކެވެ.
ދ 9
9
84
4
jeނވެއގ
(ށ) ގެރެންޓީ ދޭފަރާތަށް މުދާ ގަންނަ ފަރާތާދެމެދު އުފެދޭ އެއްވެސް ދެބަސްވުމެއް ނުވަތަ ޚިޔާލު
ސަބަބުން ވިޔަސް މި
އެއްބަސްވުމުގެ ދަށުން ގެރެންޓީ ދޭފަރާތުން އަދާކުރަންޖެހޭ އެއްވެސް ޒިންމާއަކަށް
ބަދަލެއްނާންނާނެއެވެ." މިފަދައިން ބަޔާންކޮށްފައިވާކަމާއި،
މިހެންކަމުން އިބްރާހީމް ސާއިދު ޢަލީއާއި އެކު އެއްބަސްވުމަށް ޔަޤީންކަންދީފައިވާ
އަޙްމަދު ނިޝާންގެ މައްޗަށްވެސް މިދަޢުވާ އުފުލުމުގެ ޙައިސިއްޔަތު އެސްޓަރސް ޕްރައިވެޓް ލިމިޓެޑަށް
ލިބިގެންވާކަމާއި، އިބްރާހީމް ސާއިދު ޢަލީ އާއި އަޙްމަދު ނިޝާން އާއި ދެމެދުއޮތް ޚިޔާލުތަފާތު ވުމަކީ
މި އެއްބަސްވުމުގައި ގެރެންޓަރެއްގެ ޙައިސިއްޔަތުން އަޙްމަދު ނިޝާން ބައިވެރިވެ އެއްބަސްވެފައިވާ
ކަންތައްތަކުން އަޙްމަދު ނިޝާން ބަރީއަކުރެވެންއޮތް ކަންކަމެއް ނޫންކަމެވެ.
(ނ) ތިންވަނަކަމަކީ، އެސްޓާރސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ދަޢުވާގައި
އެކުންފުނީގެ ފަރާތުން އެދިފައިވަނީ އިބްރާހީމް ސާއިދު ޢަލީ އެސްޓާރސް ޕްރައިވެޓް ލިމިޓެޑުން
ގަނެފައިވާ ފޯނުގެ އަގުން ނުލިބި ބާކީއޮތް 13,036
/
39ރ. (ތޭރަހާސް ތިރީސް ހަރުފިޔާ ތިރީސް
ނުވަލާރި) ހޯދުމާއިއެކު، އެއްބަސްވެފައިވާގޮތަށް ފައިސާ ދައްކާފައިނުވުމުން ލިބިފައިވާ ގެއްލުމުގެ
ބަދަލުގެ ގޮތުގައި 55,231
/
05ރ. (ފަންސާސް ފަސްހާސް ދުއިސައްތަ ތިރީސް އެއްރުފިޔާ ފަސްލާރި)
މިމަށްކަމުގައި ވީއިރު، މިމައްސަލައިގައި ދަށުކޯޓުން ފޯނުގެ އަގުން ނުލިބި ބާކީ އޮތް ފައިސާ
އެސްޓާރސް ޕްރައިވެޓް ލިމިޓެޑުން އެދުނު ޢަދަދަށް ނަގައިދިން ނަމަވެސް، ގެއްލުމުގެ ބަދަލުގެ ގޮތުގައި
ނަގައިދީފައިވަނީ 912
/
55ރ. (ނުވަސަތޭކަ ބާރަރުފިޔާ ފަންސާސް ފަސްލާރި) ކަމާއި އެޓީޑުން
އ ހވ 32
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 33317
އީމެއިލް info@highcourt.gov.mv ވެބް ސައިޓް: www.highcourt.gov.mv

ޞަފްޙާ 9 ރިވިއު ނުކޮސް

9
2017/HC-A/1tl8
ޚުލާޞާ
کی عمر
/A;،
ޤަޟިއްޔާ ނިމުނު ގޮ
ގެއްލުމުގެ ބަދަލުގެ ގޮތުގައި މި މިންވަރު ނަގައިދިނުމަށް ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރު 16/SC
-
A/2015 ޤަޟިއްޔާ ނިންމަވަމުން އެކޯޓުން ފާހަގަކުރައްވާފައިވާ ކަންކަމުގެ
މައްޗަށް ރިޢާޔަތްކޮށް، އެސްޓާރސް ޕްރައިވެޓް ލިމިޓެޑުން ޖަޒާއީ ޝަރުތުގެ ގޮތުގައި ހޯދުމަށް އެދުނު
ބަދަލުގެ މިންވަރަކީ ތަޢައްސުފުކޮށްނެގޭ ބަދަލެއްކަމުގައި ބަލައި ބަދަލުގެ ޢަދުލުވެރި މިންވަރެއްކަމަށް
ކޯޓަށް ފެންނަ މިންވަރެއް ކަނޑައަޅައިކަމާއި، މިގޮތުން މި މައްސަލައިގައި ބަދަލުގެ މިންވަރު
ކަނޑައެޅުމުގައި ކޯޓުން ބަލާފައިވަނީ ޢާއްމުކޮށް ކޮމާޝަލް ބޭންކުތަކުން ނަގާ އިންޓަރެސްޓާ އެއްވަރަށް
އަހަރަކު %12 (ބާރަ އިންސައްތަ) ގެ ރޭޓުން ބަދަލުގެ މިންވަރު، މިން ކުރައްވައިގެންކަން
އެނގޭކަމެވެ.
(ށ) ހަތަރުވަނަކަމަކީ، މިމައްސަލަ އިސްތިއުނާފު ކުރަމުން އެސްޓަރސް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ފާހަގަކޮށްފައިވާ މައިގަނޑު ނުކުތާއަކީ، މިމައްސަލަ ނިންމުމުގައި ދަށުކޯޓުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 186/HC-A/2007 ޤަޟިއްޔާގައި ޤާއިމުކުރައްވާފައިވާ އުސޫލާއި
އެއްގޮތަށް ޢަމަލުކޮށްފައިނުވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާކަމާއި އެސްޓާރސް ޕްރައިވެޓް ލިމިޓެޑުން
ޙަވާލާދީފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 186:2007HC
-
A ޤަޟިއްޔާ ނިންމެވުމުގެ
އަޣުލަބިއްޔަތު ރައުޔުގައި ފާހަގަކުރައްވާފައިވަނީ،
އެތީގެ އަގު އެކިފަހަރުމަތިން ދައްކާ ޚަލާސްކުރާ ގޮތަށް ކުރެވޭ ގަނެ ވިއްކުމުގެ ޢަޤުދުގައި،
ގަންނަ އެތީގެ އަގު އަދާކޮށް ނިންމުމުގެ ގެރެންޓީއެއްގެ ގޮތުން ގަންނަ އެތީގެ އަގު އަދާކޮށް ނިންމުމަށް ގަންނަމީހާ
އެއްބަސްވި ގޮތަށް އޭގެ އަގު އަދާކުރަމުން ނުދާނަމަ، އެއްބަސްވި އަގަށްވުރެ އިތުރުވި މިންވަރެއް ޖޫރިމަނާގެ ގޮތުގައި އޮތުން
ޝަރުތުކުރާ ޝަރުތެއް (ޝަރުތު ޖަޒާއީ) އެއް ކުރުން ކަނޑައެޅިގެން މަނާކުރާ ސަރީޙަ ނައްސެއް ކަނޑައެޅި ބަޔާންވެފައި
ނުވުމުން އަދި މީގެ ކުރިން މިފަދަ މައްސަލަތަކުގައި ކުރެވޭ މިފަދަ ޝަރުތު ޖަޒާއީގެ ދަށުން ނަގަން ދެފަރާތުން،
އެއްބަސްވެފައިވާ ޖޫރިމަނާ ފައިސާ ހައިކޯޓުން ނަގައިދެމުން އައިސްފައިވާތީ ޝަރުތު ޖަޒާއީގެ ގޮތުގައި ކަނޑައެޅުނު
ޖޫރިމަނާގެ ފައިސާ ނަގައިދޭންޖެހޭކަމަށް ފެންނަކަމަށް ކަނޑައަޅައި"
އެފަދައިންކަމާއި، އަދި އޭގެ ކުރިން މިފަދަ މައްސަލައެއްގައި ދިވެހިރާއްޖޭގެ ހައިކޯޓުން
އުސޫލެއް ޤާއިމުކޮށްފައިވާކަމަށް މި ބުނެވުނު ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާއިރު އެއީ ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 63/HC
-
A/2008 ޤަޟިއްޔާކަމާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
"ގަނެވޭ
4
2 ހ
ވ 24
A
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 1316471
އީމެއިލް info@highcourt.gov.mv ވެބް ސައިޓް: www.highcourt.gov.mv

ޞަފްޙާ 10 ރިވިއު ނުކޮސް

2{017/HC-A/18
10 ޤަޟިއްޔާ ނިމުނު ގޮތު
ޚުލާޞާ
کی عمری
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 20/SC
-
A/2009 ޤަޟިއްޔާއިން ތާއީދުކޮށްފައިވާ
މައްސަލައެއްކަން އެނގެން އޮންނަކަމެ
.
24 9
(ބ) ފަސްވަނަކަމަކީ، އިބްރާހީމް ސާއިދު ޢަލީ އާއި އެސްޓާރސް ޕްރައިވެޓް
ލިމިޓެޑާއި ދެމެދު 03 ޖޫން 2015 ދުވަހު ވެފައިވާ އެއްބަސްވުމަށް ބަލާއިރު، މި އެއްބަސްވުމަކީވެސް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 186/HC
-
A/2007 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ފަދަ
އެކިފަހަރު މަތިން ފައިސާ ދައްކާ ޚަލާސްކުރާ ގޮތަށް އެއްބަސްވެގެން ކުރެވިފައިވާ ގަނެވިއްކުމުގެ
ލާތެއްކަން
ހު
އެއްބަސްވުމުގެ 04 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމާއި އެގޮތުން އެމާއްދާގެ
(ހ) ގައި ބަޔާންކުރަނީގެ
މުޢާމަލާ8އެކަ
އެއްބަސްވުމުގެ ދަށުން ކުރެވޭ މުދާ ވިއްކުމުގެ މުޢާމަލާތާ ގުޅިގެން މުދާ ގަންނަ ފަރާތުން ވިއްކާ
ފަރާތަށް ދައްކަންޖެހޭ ކޮންމެ މަހެއްގެ އިންސްޓޯލްމަންޓަށްވާ ފައިސާ، ދައްކަންޖެހޭ މުއްދަތު ހަމަވުމުގެ ކުރިން ދެއްކުމަށް
ގަންނަ ފަރާތުން އެއްބަސްވެއެވެ. އަދި އެމަހެއްގައި ފައިސާ ދައްކަންޖެހޭ ތާރީޚުގައި ފައިސާ ނުދައްކައިފިނަމަ އެމީހަކަށް
ދައްކަންޖެހޭ ފައިސާގެ އިތުރުން، ފައިސާ ނުދައްކާ ފާއިތުވާ ކޮންމެދުވަހަކަށް، އެތާރީޚާ ހަމައަށް ދައްކަންޖެހި ނުދައްކާވާ
ފައިސާގެ 2 އިންސައްތަ ވިއްކާފަރާތަށްވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދެއްކުމަށް މުދާ ގަންނަ ފަރާތުން އެއްބަސްވެއެވެ."
443
މިފަދައިންކަމާއި، މިހެންކަމުން އިބްރާހީމް ސާއިދު ޢަލީ އެސްޓާރސް ޕްރައިވެޓް
ލިމިޓެޑުން އިންސްޓޯލްމަންޓަށް ގަތް ފޯނުގެ އަގު އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތުގައި
ނުދެއްކިއްޖެ ޙާލަތެއްގައި ނުދައްކާވާ ފައިސާގެ 2 އިންސައްތަ ވިއްކާ ފަރާތަށް ގެއްލުމުގެ ބަދަލުގެ
ގޮތުގައި ދެއްކުމަކީ އިބްރާހީމް ސާއިދު ޢަލީ މި މުޢާމަލާތަށް ވަނުމުގައި އެއްބަސްވެފައިވާ ގޮތްކަމާއި
އަދި އިންސްޓޯލްމަންޓަށް ދޫކުރެވޭ މިފަދަ މުދާ ގަނެ ވިއްކުމުގެ މުޢާމަލާތްތަކުގެ ޢާއްމު ތަބީޢަތަކީ މުދާ
ގަންނަ ފަރާތަށް ވަގުތުން މުނާލިބި، ފަސޭހަކަމާއިއެކު ފައިސާ ދެއްކުމަށް ފުރުސަތުތަކެއް ދެވުންކަމާއި،
އެހެންނަމަވެސް އެފަދައިން ދެވޭ ފުރުސަތުގައި މުދަލުގެ އަގު ނުދައްކައިފިނަމަ އެކަމުގެ ސަބަބުން ލިބޭ
ގެއްލުމުގެ ބަދަލެއްގެ ގޮތުން މުދާ ގަންނަ ފަރާތުން ވަކި މިންވަރެއްގެ ފައިސާ މުދާ ވިއްކާ ފަރާތަށް
ދެއްކުން ލާޒިމްވާ ގޮތަށް އޮތުންކަން އެނގޭކަމެވެ.
(ޅ) ހަވަނަކަމަކީ، ޝަރުތު ޖަޒާއީގެ މަފްހޫމަކީ ޝަރުޢީ ކޯޓުތަކުން ބަލައިގެންފައިވާ
މަފްހޫމެއްކަން މީގެ ކުރިން ނިންމަވާފައިވާ ޝަރުޢީ ކޯޓުތަކުގެ ޤަޟިއްޔާތަކަށް ބެލުމުން އެނގޭކަމާ
މިފަދަ މައްސަލަތަކުގެ ތެރެއިން ފާހަގަ ކޮށްލެވުނު އެއް މައްސަލައަކީ، 19 މެއި 2014
ޢަޢީކް
##
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471/
އީމެއިލް info@highcourt.gov.mv ވެބް ސައިޓް: www.highcourt.gov.mv

ޞަފްޙާ 11 ރިވިއު ނުކޮސް

2017/HC-A/1tl8
کی عمر می
11 ޤަޟިއްޔާ ނިމުނު ގޮތު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމަވާފައިވާ ނަންބަރު 27/SC
-
A/2013 ޤަޟިއްޔާ ކަމާއި،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގައި ޝަރުތު ޖަޒާއީގެ މަފްހޫމް އަކީ ހުއްދަކަމެއްކަން
ބަޔާންކޮށްދެމުން ބުނެފައިވަނީ،
"އެކިއެކި ފަރާތްތަކުގެ މެދުގައި ހިންގާ މަދަނީ މުޢާމަލާތްތަކާ ގުޅިގެން ކުރެވޭ ކޮންޓްރެކްޓްގެ ދަށުން
އުފެދޭ އިލްތިޒާމްތައް ފުރިހަމައަށް އަދާކުރަމުން ދިއުމަށް ބާރު އެޅުމުގެ ގޮތުން ޝަރީޢަތާއި ޤާނޫނު ހުއްދަކުރާ ޖަޒާއީ
ޝަރުތުތައް އެ ކޮންޓްރެކްޓުތަކުގައި ހިމެނުމަކީ އެމުޢާމަލާތެއް ކުރާ ފަރާތްތަކަށް އިޚްތިޔާރު ލިބިގެންވާ ހުއްދަކަމެއްކަމެކެވެ.
އަދި އެފަދަ ޝަރުތުތަކުގެ ތެރެއިން މުތުލަޤު ގޮތެއްގައި މަނާކަމަށް ބެލެވޭނީ ހަމައެކަނި ޝަރީޢަތުގެ އަސްލަކާ ޚިލާފުކަން
ޝަރުޢީ ދަލީލަކުން ސާބިތުވާ ޝަރުތުތަކެވެ. މިފަދައިންކަމާއި، މީގެ އިތުރުން،
"މަދަނީ މުޢާމަލާތްތަކާ ގުޅިގެން ކުރެވޭ ކޮންޓްރެކްޓްތަކުގައި ހިމެނޭ ޝަރުތުތަކުގެ ތެރެއިން
އެކޮންޓްރެކްޓެއްގެ މަޤްޞަދު ޙާޞިލުކުރުމަށް ފަހިކޮށްދޭ އެންމެހައި ޝަރުތުތަކާއި އަދި އެމުޖުތަމައުން ބަލައިގެންފައިވާ
ހަމަތަކާއި އުސޫލުތަކަށް ފެތޭ އަދި އެ މުޖުތަމައެއްގައި ކުރިންސުރެން ތައާރަފްވެ އިސްތިގުރާރުވެފައިވާ ޝަރުތުތަކަކީ އެފަދަ
ޝަރުތުތުތައް ދެފަރާތުގެ ދެމެދު ކުރެވޭ މަދަނީ މުޢާމަލާތްތަކުގައި ހިމެނުމަށް ޝަރީޢަތާއި ޤާނޫނު ހުރަސްއަޅާ ކަމެއްނޫން"
ކަމަށްވެސް ބުނެވުނު ނިންމުމުގައި ކަނޑައަޅައި ޝަރުތު ޖަޒާއީގެ މަފްހޫމަށް ރިޢާޔަތްކޮށް ޖޫރިމަނާގެ
ގޮތުގައި ބޮޑު ޢަދަދެއްގެ ފައިސާ ނަގައިދިނުމަށް އެމައްސަލައިގައި ސުޕްރީމް ކޯޓުން ނަގައިދިނުމަށް
ތާއީދުކޮށްފައިވާކަން އެނގޭކަމާއި، ބުނެވުނު މިޤްޟިއްޔާ އެގޮތުގައި ނިމުމުގެ ނަތީޖާއެއްގެ ގޮތުން
ޝަރުތު ޖަޒާއީގެ ގޮތުގައި ނަގައިދިނުމަށް އެދޭ ފައިސާގެ ޢަދަދަކީ ކިތަންމެ ބޮޑު ފައިސާގެ ޢަދަދެއް
ކަމުގައިވީ ނަމަވެސް އެއީ ތަންފީޛުކުރެވޭނެ ޝަރުތެއްކަމަށް ކަނޑައެޅިގެން ދިޔަކަމާއި،
15 0
ސުޕްރީމް ކޯޓުގެ ބުނެވުނު ނިންމުމުގެ ފަހަށް ޝަރުތު ޖަޒާއީގެ މަފްހޫމް ހިމެނޭ ގޮތުން
ސުޕްރީމް ކޯޓުން ނިންމެވި މުހިއްމު އަނެއް ނިންމުމަކީ 03 އޮކްޓޯބަރ 2016 މި ތާރީޚުގައި ސުޕްރީމް
ކޯޓުން ނިންމަވާފައިވާ އެކޯޓުގެ ނަންބަރު 16/SC
-
A;2015 މި ޤަޟިއްޔާކަމާއި އެއީ އިސްތިއުނާފު
މިކުރެވޭ ދަށުކޯޓުގެ މައްސަލަ ނިންމެވުމުގައި ދަށުކޯޓުން މައްސަލަ ބެއްލެވި ފަނޑިޔާރުވެސް
އެމައްސަލައެއްގެ މައްޗަށް ރިޢާޔަތްކުރެއްވި މައްސަލަކަން އެނގޭއިރު، ސުޕްރީމް ކޯޓުގެ މިބުނެވުނު
ޤަޟިއްޔާ ނިންމެވުމުގައި ފާހަގަކުރެއްވި ނުކުތާތަކުގައި، ގެއްލުމުގެ ބަދަލުގެ މިންވަރު ވަޒަންކޮށް
އެބަދަލު ނެގުމާމެދު އެއްބަސްވުމުގެ ބާރާއި އިޚްތިޔާރު ކޮންޓްރެކްޓްގެ ބައިވެރިންނަށް
ކުގައި
ނަމަވެސް، އެބާރާއި އިޚްތިޔާރަކީ އެއްވެސް ޝަރުޢީ އަދި ޤާނޫނީ ޤައިދެއް ނެތި، މުޠުލަޤު
*
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 33/6471
އީމެއިލް info@highcourt.gov.mv ވެބް ސައިޓް: www.highcourt.gov.mv

ޞަފްޙާ 12 ރިވިއު ނުކޮސް

23
2017/HC-A/1tl8
ޚުލާޞާ
12 ޤަޟިއްޔާ ނިމުނު ގޮ
2 c4 2 3 4 3c4
ބަނނކރވ
ބާރަކާއި އިޚްތިޔާރެއް ނޫންކަމަށާއި، ގެއްލުމުގެ ބަދަލު ކަނޑައެޅުމުގައި ތަޢައްސުފްވެ،
ލިބޭ ގެއްލުމާ ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު މިންވަރެއްގެ ބަދަލު ކަނޑައެޅުމަކީ
އިސްލާމީ ޝަރީޢަތާއި ޚިލާފުކަމެއްކަމަށާއި، އަދި އެފަދަ ބަދަލު ޤާނޫނުގައި ކަނޑައެޅިފައިވާ
ނިސްބަތަށްވުރެ ބޮޑު ނިސްބަތަކަށް ނެގުން ގިނަ ޖުރިސްޑިކް ޝިންތަކުގެ ކަމާބެހޭ ޤާނޫނުތަކުގައި
މަނާކޮށްފައިވާކަމަށާއި އަދި ބައެއް ޖުރިސްޑިކްޝަންތަކުގައި އެބަދަލުގެ މިންވަރު އަދާކުރަންޖެހޭ އަސްލު
އިލްތިޒާމަށްވުރެ ބޮޑުވުންވެސް މަނާކޮށްފައިވާކަން ފާހަގަކުރެވޭކަމަށް ބަޔާންކޮށް އެފަދައިން
އެޤަޟިއްޔާގައި ފާހަގަކުރައްވާފައި އޮންނަކަމާއި، އަދި މިއީ އިސްތިއުނާފު ކުރެވޭ ސިވިލް ކޯޓުގެ
ނަންބަރު 2016/Cv-C/1886 ޤަޟިއްޔާގެ ޙުކުމަށް ވާސިލުވި ސަބަބުތަކުގެ އެންމެ މުހިއްމުކޮށް
ފާހަގަކޮށްފައިވާ ސަބަބުކަމާއި،
*ވ
އެހެންނަމަވެސް ސުޕްރީމް ކޯޓުގެ ބުނެވުނު ޤަޟިއްޔާގެ ފަހުން 19 އޮކްޓޯބަރ 2017
މި ތާރީޚުގައި (ސުޕްރީމް ކޯޓުގެ ނަންބަރު 16/SC
-
A/2015 ޤަޟިއްޔާގެ ޙުކުމުގެ ފަހުގެ ތާރީޚެއް)
ގައި ސުޕްރީމް ކޯޓުން ނިންމަވާފައިވާ އެކޯޓުގެ ނަންބަރު 01:SC-A;2014 ޤަޟިއްޔާއަކީވެސް
ޝަރުތު ޖަޒާއީގެ މައުޟޫއުގައި ބަޙުޘް ކުރެވިފައިވާ ޤަޟިއްޔާއެއްކަމުގައިވާއިރު، މި މައްސަލައަކީ،
އޮޅުވެލި ލާމު ގެ އެދުމަކަށް ށ.އޮޅުވެލި ރިސޯޓަށް އިސްމާޢީލް ރަފީޢުގެ އައި.އާރު ސްޓޯރުން
ސަޕްލައިކޮށްދީފައިވާ ޑީސަލަށްވާ -!1,200,800ރ. އާއި ޕެޓްރޯލްގެ އަގަށްވާ -/
237,450ރ. އާއި
އެއްބަސްވެފައިވާ ގޮތުގެ މަތިން ފައިސާނުދެއްކުމުގެ ސަބަބުން ފައިސާ ނުދައްކާވާ 575 ދުވަހަށް
ދުވާލަކަށް ބިލްގައިވާ ޖުމްލަ އަގުގެ %2 ގެ ރޭޓުން ޖޫރިމަނާއަށްވާ -/
3,938,536ރ. އާއި އެކު
ޖުމްލަ -/
5,208,636ރ. ހޯދުމަށް އިސްމާޢީލް ރަފީޢު ސިވިލް ކޯޓުގައި ދައުވާކުރުމުން ބެލުނު
މައްސަލައެއްކަމާއި މި މައްސަލައަކީ ސިވިލް ކޯޓުން އެ މައްސަލައިގައި ހިމެނޭ ޖޫރިމަނާގެ ފައިސާ
ނަގައިދެވެން ނެތްކަމަށް ކަނޑައެޅުމުން ހައިކޯޓަށް އެމައްސަލަ އިސްތިއުނާފު ކުރުމުން ސިވިލް ކޯޓުގެ
އެ ނިންމުން ބާތިލުކޮށް ޖޫރިމަނާގެ ފައިސާ ނަގައިދޭންޖެހޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން
ކަނޑައެޅުމުން އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން ބެލި ޤަޟިއްޔާއެއްކަމާއި
މި މައްސަލަ ބަލައި ގޮތެއް ކަނޑައެޅިއިރު، އެކޯޓުގެ ނަންބަރު 16/SC
-
A/2015
ޤަޟިއްޔާއިން ފާހަގަކުރި ގެއްލުމުގެ ބަދަލު ކަނޑައެޅުމުގައި ތަޢައްސުފްވެ، ލިބޭ ގެއްލުމާ ނުބައްދަލު
އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު މިންވަރެއްގެ ބަދަލަކަށް ވާން ނުޖެހޭކަމަށް އޮތް އޮތުމަށާއި ތައް ޕަ%
ޖުރިސްޑިކްޝިންތަކުގައި ބަދަލުގެ މިންވަރު އަދާކުރަންޖެހޭ އަޞްލު އިލްތިޒާމަށްވުރެ ބޮޑުވުން :
ސުޕްރީމް ކޯޓުން
.ހަޢީޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3647
އީމެއިލް info@highcourt.gov.mv ވެބް ސައިޓް: www.highcourt.gov.mv

ޞަފްޙާ 13 ރިވިއު ނުކޮސް

ދު
2017/HC-A/18
13 ޤަޟިއްޔާ ނިމުނު ގޮ
އޮންނަކަމަށް ފާހަގަކޮށްފައި އޮތް އޮތުމަށް އެއްވެސް މިންވަރަކަށް ރިޢާޔަތްކޮށްފައި ނެތްކަމާއި އެކަން އެ
މައްސަލައިގައި ފައިސާ ނަގައިދީފައިވާ މިންވަރަށް ބެލުމުން އެނގޭކަމެވެ.
(ކ) ހަތްވަނަކަމަކީ، ސުޕްރީމް ކޯޓުގެ ބުނެވުނު ދެޤަޟިއްޔާގެ ފަހަށް އެ
ޤަޟިއްޔާތަކުގައި ބަޔާންކުރި އުސޫލުތައް ދިވެހިރާއްޖޭގެ ހައިކޯޓުން ތަތުބީޤުކުރުމުގައި އެ
ޤަޟިއްޔާތަކާއި ޙަވާލާދީ ދިވެހިރާއްޖޭގެ ހައިކޯޓުން ޝަރުތު ޖަޒާއީ އާއި ގުޅޭގޮތުން ގޮތްތަކެއް
ނިންމަވާފައިވާކަމާއި، މިގޮތުން މިފަދަ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައަކީ، 5 ޖުލައި 2018
މި ތާރީޚުގައި ނިންމަވާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 06/HC
-
A/2017 މި
ޤަޟިއްޔާކަމާއި، މި ޤަޟިއްޔާއަކީ ސީ.ޕީ.އެސް މޯލްޑިވްސް އިން އެމް.ޓީ.ސީ.ސީ އަށް 04 (ހަތަރެއް)
ފަހަރުމަތީން ކުއްޔަށްދީފައިވާ ސާމާނުތަކުގެ ކުއްޔަށްވާ 533,507
/
32ރ. (ފަސްލައްކަ ތިރީސްތިންހާސް
ފަސްސަތޭކަ ހަތެއް ރުފިޔާ ތިރީސް ދެ ލާރި) އާއި އެއްބަސްވި ތާރީޚަށް ފައިސާ ދައްކާފައިނުވާތީ
ޖޫރިމަނާ | ޝަރުޠު ޖަޒާއީގެ ގޮތުގައި ފައިސާ ދައްކަންޖެހޭ ތާރީޚުން ފެށިގެން ފައިސާ ދައްކާ
ޚަލާސްކުރަންދެން ދުވާލަކަށް އިންވޮއިސްތަކުގައިވާ އަދަދުތަކުގެ %2 (ދޭއް އިންސައްތަ) އެމްޓީސީސީގެ
ފަރާތުން ލިބިގަތުމަށް އެދި ސީ.ޕީ.އެސްގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކުރުމުން ކުލީގެ ގޮތުގައި
533,507
/
32ރ. (ފަސްލައްކަ ތިރީސްތިންހާސް ފަސްސަތޭކަ ހަތެއް ރުފިޔާ ތިރީސް ދެ ލާރި) އާއި
އެއްބަސްވި ތާރީޚަށް ފައިސާ ނުދެއްކުމުގެ ސަބަބުން ޝަރުޠު ޖަޒާއީއަށްވާ 4,437,494
/
16ރ.
(ހަތަރު މިލިއަން ހަތަރުލައްކަ ތިރީސް ހަތްހާސް ހަތަރުސަތޭކަ ނުވަދިހަ ހަތަރު ރުފިޔާ ސޯޅަ ލާރި)
އާއެކު ޖުމްލަ 4,971,001
/
48ރ. (ހަތަރު މިލިއަން ނުވަލައްކަ ހަތްދިހަ އެއްހާސް އެއް ރުފިޔާ
ސާޅީސް އަށެއް ލާރި) އަކީ ސީޕީއެސް އަށް އެމްޓީސީސީން ދޭންޖެހޭ ފައިސާއެއްކަމަށް
ކަނޑައަޅައިކޮށްފައިވާ ޙުކުމް އެމްޓީސީސީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރުމުން
ބެލުނު މައްސަލައެއްކަމާއި މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފައިވަނީ،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 16/SC
-
A/2015 ޤަޟިއްޔާގައި ނިންމަވާފައިވާ
ނިންމުންތަކަށް ބަލާއިރު، އެޤަޟިއްޔާގައި ސުޕްރީމް ކޯޓުން ބަޔާންކުރާ ޙާލަތަކީ ދެފަރާތުގެ ދެމެދުގައި
ކުރިން ވެވޭ އެއްބަސްވުމުގައި ޝަރުތު ޖަޒާއީގެ ގޮތުގައި ފައިސާ ނަގައިދެވޭނެ މިންވަރަކާއި މެދު
ކުރިއާލައި އެއްބަސްވެފައިނެތި ހަމައެކަނި ފޮނުވޭ އިންވޮއިސްގައި ވަކި އަދަދެއްގެ ޖޫރިމަނާ ފައިސާ
ބަޔާންކުރާ ޙާލަތުގައި އަދި އެފަދައިން އިންވޮއިސް ފޮނުވުމުން އެ
ބަޔާންކުރާ ޢަދަދަށް އިންކާރު ކުރާ ޙާލަތުގައި ކަންކުރަންޖެހޭގޮތް ބަޔާންކުރާ ޙާލަތުކަމަށާއި
42 2 2 4
هނކަމަށް
14
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 316F1
އީމެއިލް info@highcourt.gov.mv ވެބް ސައިޓް www.highcourt.gov.mv

ޞަފްޙާ 14 ރިވިއު ނުކޮސް

14
2{017/HC-A/108
ޚުލާޞާ
ޤަޟިއްޔާ ނިމުނު ގޮތު
ދެމެދުގައި ވާ އެއްބަސްވުމެއްގައި ޝަރުތު ޖަޒާއީގެ ގޮތުގައި ވަކި ޢަދަދެއްގެ ފައިސާ ނެގޭނެކަމަށް
އެއްބަސްވެފައިވާނަމަ އެފަދައިން ޢަމަލުކުރަން ނުޖެހޭނެކަމަށް އެޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ
އުސޫލުތަކުގެ ތެރެއިން އެއްވެސް އުސޫލެއްގައި ބަޔާންވެގެން ނުވާއިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ނަންބަރު 16/SC
-
A/2015 ޤަޟިއްޔާގައި މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް
އެދިފައިވާ ޖޫރިމަނާގެ ފައިސާ ނަގައިދީފައިނުވަނީ މައިކްރޯ އިންވެސްޓްމަންޓާއި އައި.އެންޑް.ޓީ
މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ޝަރުތު ޖަޒާއީ އާއި ގުޅޭގޮތުން ކުރިން ވެފައިވާ
އެއްބަސްވުމެއްނެތި ހަމައެކަނި ފޮނުވުނު އިންވޮއިސްގައި ޝަރުތު ޖަޒާއީގެ ވާހަކަ ބަޔާންކުރުމުން އެ
އިންވޮއިސްގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ ފައިސާއާއިމެދު މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް
ލިމިޓެޑުން އެއްބަސްވެފައިނުވާތީކަމަށާއި އަދި އެފައިސާ ނަގައިދީފައިނުވަނީ ޖޫރިމަނާގެ ފައިސާގެ
ގޮތުގައި ކަނޑައަޅާފައިވާ ޢަދަދު ބޮޑުވެގެން ނޫންކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
16/SC
-
A/2015 ޤަޟިއްޔާގައި ކަން ހިނގާފައިވާ ގޮތާއި މިމައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ
މައްޗަށް ބެލުމުން ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއްނެތި ހަމައެކަނި ފޮނުވުނު
އިންވޮއިސްއެއްގައި ޝަރުތު ޖަޒާއީގެ ގޮތުގައި ވަކި ޢަދަދެއް ހިމަނައި އެމިންވަރު ނަގައިދިނުމަށް އެދި
ހުށަހަޅާފައިވާ ހުށަހެޅުމަށް ނޫންކަމަށާއި މިގޮތުން ޝަރުތު ޖަޒާއީގެ ގޮތުގައި ނެގޭނެ މިންވަރަކާއިމެދު
ކުރިއާލާއި އެމް.ޓީ.ސީ.ސީ އާއި ސީ.ޕީ.އެސް އިން އެއްބަސްވެފައިވާކަން މިދެފަރާތުގެ ދެމެދުގައި
ވެފައިވާ އެއްބަސްވުމަށް ބެލުމުން އެނގެން އޮތުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
16/SC
-
A/2015 ޤަޟިއްޔާގައި ބަޔާންކުރާ އެއުސޫލުތައް މިމައްސަލައިގެ މައްޗަށް ތަތުބީޤު ކުރާނެ
ހަމައެއްނެތްކަމަށް ފާހަގަކޮށް މިމައްސަލައިގައި ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމުގައި އިންވޮއިސްގެ
ފައިސާއާއި އޭގެ ޖޫރިމަނާއަކީ ނަގައިދޭންޖެހޭނެ ފައިސާކަމަށް ކަނޑައަޅާ ކޮށްފައިވާ ޙުކުމުގެ އެބަޔަށް
ތާއީދުކޮށް އެ މައްސަލަ ނިންމަވާފައިވާކަން އެނގޭކަމާއި،
* 9
ހަމަ އެގޮތަށް މިފަދަ އެހެން މައްސަލައެއް (ނަންބަރު 33/HC
-
A/2018 ޤަޟިއްޔާ)
03 ޖުލައި 2019 މި ތާރީޚުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާއިރު، އެ މައްސަލައިގައި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 66/HC
-
A/2017 ޤަޟިއްޔާގައި ޤާއިމުކުރި އުސޫލު
ދަމަހައްޓާފައިވާކަން
އެނގެން
2 4 2 *
ން އޭޖެކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 71[83
އީމެއިލް info@highcourt.gov.mv ވެބް ސައިޓް: www.highcourt.gov.mv

ޞަފްޙާ 15 ރިވިއު ނުކޮސް

2017/HC-A/1tl8
کی عمری
مجله رو
443
ދިވެހި182 8
15 ޤަޟިއްޔާ ނިމުނު ގޮ
(އ) އަށްވަނަކަމަކީ، ޝަރުތު ޖަޒާއީ އާއި ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ކޯޓުތަކުން
ނިންމަވާފައިވާ ބުނެވުނު ޤަޟިއްޔާތަކަށް ބެލުމުން ޖަޒާއީ ޝަރުތެއް އެއްބަސްވުމެއްގައި ހިމެނުން
ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އިސްލާމީ ޝަރީޢާ މަނާ ނުކުރާކަން ސާފުކޮށް އެނގޭކަމާއި، މިހެންކަމުން
ދެފަރާތެއްގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގައި ޖަޒާއީ ޝަރުތެއް އޮންނަ އޮތުމަކީ އެފަދަ ޝަރުތެއް
އޮތްކަމަށްޓަކައި އެފަދަ މާއްދާއެއް ޣައިރު ޤާނޫނީ އަދި ޣައިރު ޝަރުޢީ ވާނޭ ސަބަބެއް ނޫންކަމާއި
އެހެންނަމަވެސް ޝަރުތު ޖަޒާއީ އާއި ގުޅޭ ޢާއްމު މަފްހޫމްތަކަށް ބަލާއިރު، ޝަރުތު ޖަޒާއީގެ ޙަޤީޤީ
މަފްހޫމަކީ ގެއްލުމެއް ވުމުގެ ކުރިން ލިބިދާނެކަމަށް އެއްބަސްވުމުގެ ބައިވެރިންނަށް ބުރަވެވޭ ގެއްލުމެއްގެ
މިންވަރަކާއިމެދު ކުރިއާލައި އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި ވެވޭ އެއްބަސްވުމަކަށް ކިޔާ
ނަމެއްކަމުން، އެއްބަސްވުމެއްގައި މިފަދަ ޝަރުތެއް ހިމެނިފައި އޮތުމަކީ ހަމަ އެކަނި އެ ސަބަބަށްޓަކައި
ޝަރުތު ޖަޒާއީ ހުއްދަވާނެ ސަބަބެއް ނޫންކަމާއި، އެއްބަސްވުމުގެ ދަށުން ބަޔާންކޮށްފައިވާ ޖަޒާއީ
ޝަރުތެއް ތަންފީޛުކުރުމުގެ ޙާލަތު އުފަންވާނީ އެއްބަސްވުމާއި އެއްގޮތަށް ޢަމަލު ނުކުރުމުގެ ސަބަބުން
އެއްބަސްވުމުގެ އަނެއް ބައިވެރިޔާއަށް ގެއްލުމެއް ލިބިފައިވާނަމަ ކަމާއި މިހެންކަމުން އެއްބަސްވުމެއްގައި
ޝަރުތު ޖަޒާއީ އާއި ގުޅޭ މާއްދާއެއް އޮތްކަމުގައިވީނަމަވެސް އެއްބަސްވުމުގެ އަނެއް ބައިވެރިޔާއަށް
ޙަޤީޤީ ގެއްލުމެއް ލިބިފައިނުވާނަމަ ނުވަތަ ގެއްލުންވި މިންވަރެއް އެނގޭނެ ގޮތެއް ނެތްނަމަ މިފަދަ
ބަދަލެއް ނަގައިދެވެން ނޯންނާނެކަމާއި އަދި މިފަދަ ޝަރުތެއްގެ ދަށުން ނަގައިދެވެނީވެސް ގެއްލުމުގެ
ބަދަލެއް ކަމުގައިވާތީ ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ޢަމަލުކުރަންޖެހޭ ޤާނޫނީ އެންމެހައި ހަމަތައް
އެކަމުގެ މައްޗަށް ތަތުބީޤު ކުރެވެ
(ވ) ނުވަވަނަކަމަކީ، ޤާނޫނު ނަންބަރު 4/91 ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ
23 ވަނަ މާއްދާއަރ
ދާއަކީ، ކޮންޓްރެކްޓާއި ގުޅިގެން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގައި ކަންކުރާނެ ގޮތް
ށްދޭ މާއްދާކަމުގައިވާއިރު، އެ މާއްދާގެ (ހ) ގައި ކޮންޓްރެކްޓެއްގެ ބައިވެރިޔަކު އެ
ކޮންޓްރެކްޓަކާ ޚިލާފު ޢަމަލެއް ކޮށްފިނަމަ، އެ ޢަމަލެއް ކުރުމުން ލިބުނު ގެއްލުމަކަށް އެ ޢަމަލުކުރި
މީހާ ބަދަލު ދޭންޖެހޭނެކަމަށް ބަޔާންކޮށްފައި އޮންނަކަމާއި މިގޮތުން ދެ ބާވަތެއްގެ ގެއްލުމުގެ ބަދަލު
ނަގައިދިނުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަމަށާއި، އެއީ ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން ސީދާ
ލިބޭ ގެއްލުމާއި، އެފަދަ ޚިލާފު ޢަމަލެއް ކުރުމުން ލިބިދާނެކަން ކޮންޓްރެކްޓުގެ ބައިވެރިންނަށް
ކުރާ ވަގުތު އެނގިފައިވާ ގެއްލުމުގެ ބަދަލުކަމާއި، ހަމަ އެ ޤާނޫނުގެ 24 ވަނަ މާއްދާގައި
لހ 2
2
މިވަނީ ވަންކަމެވެ"
ހ6
x
24
ބަޔާންކޮށްދޭ
5 5 2
2 /
انه را مع
*
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް* 184
އީމެއިލް info@highcourt.gov.mv ވެބް ސައިޓް: www.highcourt.gov.mv

ޞަފްޙާ 16 ރިވިއު ނުކޮސް

23
2017/HC-A/108
16 ޤަޟިއްޔާ ނިމުނު ގޮ
متری توربو
کی عمری
އެކަށީގެންވާ ވަރަށް ރައްކާތެރި ނުވުމުގެ ސަބަބުންލިބޭ ގެއްލުމަކަށް ރައްކާތެރިނުވި ފަރާތަށް ބަދަލު
ދިނުމެއް ނޯންނާނެކަމަށް ބަޔާންވެގެން އޮންނަކަމާއި، މީގެ އިތުރުން ބަދަލު ނަގައިދިނުމުގެ މިފަދަ
މައްސަލަތަކުގައި ބަދަލު ނަގައިދޭން ކަނޑައެޅުމުގެ ކުރިން ކޮންޓްރެކްޓާ ޚިލާފުވެފައިވޭތޯއާއި،
ޚިލާފުވެފައިވަނީ ކޮންފަރާތަކުންތޯ
ދެފަރާތަކުންތޯ އާއި، އެކަމުގެ ސަބަބުން ގެއްލުމެއް ވެފައިވޭތޯ އާއި އެ ގެއްލުން
މެދުވެރިވީ ކޮންޓްރެކްޓުގެ ބައިވެރިޔާ ޤަސްދުގައި ކުރި ޢަމަލަކުންތޯ ބަލައި އެދެކަމުގައި ގުޅުން ހުރިކަން
ޝަރީޢަތަށް ސާބިތުވާންޖެހޭކަމާއި، ކޮންޓްރެކްޓާބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ ބުނެވުނު އުސޫލުތަކާއި
މި ފަދަ މައްސަލަތައް ބެލުމުގައި ރިޢާޔަތްކުރެވެންޖެހޭ
ބަޔާންކުރެވުނު އުސޫލުތަކަކީ ޖަޒާއީ
އެއްބަސްވުމެއްގައި އޮވެގެން ޝަރުތު ތަންފީޛުކުރުމުގައިވެސް ބެލެވެންޖެހޭ
ޝަރުތެއް
2 4 2 44 355 5
އ(ކއކމ"
(މ) ދިހަވަނަކަމަކީ، އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު
2016/Cv
-
C/1886 ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާގައި އިބްރާހީމް ސާއިދު އަލީގެ ފަރާތުން
އެސްޓާރސް ޕްރައިވެޓް ލިމިޓެޑުން ގަތް ފޯނަކަށް އެއްބަސްވި ގޮތަށް ފައިސާ ދެއްކިފައިނެތްކަމަށް
އިބްރާހީމް ސާއިދު ޢަލީވެސް އެއްބަސްވެފައިވާކަމާއި އަދި އެއްބަސްވެފައިވާ ގޮތަށް ފައިސާ
ނުދެއްކިއްޖެނަމަ ގެއްލުމުގެ ބަދަލެއްގެ ގޮތުން ފައިސާ ނުދައްކާ ދުވަހަކަށް އެއްބަސްވެފައިވާ ޢަދަދެއްގެ
ޖޫރިމަނާ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ނެގޭނެކަމަށް އެއްބަސްވެފައިވާކަމާއި މެދުވެސް އިބްރާހީމް
ސާއިދު އަލީގެ ފަރާތުން އިންކާރު ނުކުރާކަމާއި، މިހެންކަމުން މި ޝަރުތަކީ މި މުޢާމަލާތަށް އިބްރާހީމް
ސާއިދު ޢަލީ އެއްބަސްވިއިރުވެސް އިބްރާހީމް ސާއިދު ޢަލީގެ ފަރާތުން ފޯނުގެ އަގު ނުދައްކައިފިނަމަ
އެންޓަރސް ޕްރައިވެޓް ލިމިޓެޑަށް ލިބޭނެކަމަށް އިބްރާހީމް ސާއިދު ޢަލީއަށް އެނގިފައިވާ ގެއްލުމުގެ
މިންވަރެއްކަން އެނގޭކަމާއި، މިމައްސަލައިގައި އިބްރާހީމް ސާއިދު ޢަލީގެ ފަރާތުން ދައްކާފައިވާ
ވާހަކަތަކުން އެއްބަސްވުމާއި އެއްގޮތަށް ފައިސާ ނުދެއްކީ މަޤްބޫލު ސަބަބެއް އޮވެގެންކަން އިބްރާހީމް
ސާއިދު ޢަލީއަށް ބުނެދެވިފައިނެތްއިރު ފައިސާ ނުދެއްކި ސަބަބާއި ގުޅޭ ގޮތުން މަޤްބޫލު އެއްވެސް
ޙުއްޖަތެއްވެސް އިބްރާހީމް ސާއިދު ޢަލީއަށް ދެއްކިފައި ނެތުމުގެ އިތުރުން ފައިސާ އެއްބަސްވެފައިވާ
ގޮތުގެ މަތީން ނުދެއްކުމުން އެސްޓާރސް ޕްރައިވެޓް ލިމިޓެޑުން އިބްރާހީމް ސާއިދު ޢަލީއަށް
ނޯޓިސްވެސް ފޮނުވާފައިވާކަން އެނގޭކަމާއި، މިހެންކަމުން މިމައްސަލައިގައި ފެންނަންޑީ
ޤަތްތަކުގެ މައްޗަށް ބެލުމުން އެނގެން އޮތީ އިބްރާހީމް ސާއިދު ޢަލީ އެއްބަސްވި
32
ގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 334 ދިވެހި
އީމެއިލް info@highcourt.gov.mv ވެބް ސައިޓް: www.highcourt.gov.mv

ޞަފްޙާ 17 ރިވިއު ނުކޮސް

2017/HC-A/1tl8
17 ޤަޟިއްޔާ ނިމުނު ގޮ
کی عمری
ދައްކާފައިނުވާކަން، ފޯނުގެ އަގު އެއްބަސްވުމުގެ މުއްދަތުގައި ނުދެއްކުމުގެ ސަބަބުން އެސްޓަރސް
ޕްރައިވެޓް ލިމިޓެޑަށް ލިބޭނެ ގެއްލުމުގެ މިންވަރަކީ އިބްރާހީމް ސާއިދު ޢަލީ އެއްބަސްވުމަށް
ވަތްއިރުވެސް ރުހިފައިވާ މިންވަރެއްކަން، އިބްރާހީމް ސާއިދު ޢަލީ ފައިސާ ނުދެއްކި މަޤްބޫލު ސަބަބެއް
އެނގެން ނެތްކަން، އަދި އެފަދަ ސަބަބެއް އޮވެގެން އެކަން އެސްޓަރސް ޕްރައިވެޓް ލިމިޓެޑަށް
އަންގާފައި ނެތްކަން، ފައިސާ އެއްބަސްވެފައިވާ ގޮތަށް ދައްކާފައި ނުވާތީ އެކަން ހަނދާންކޮށްދީ
އެސްޓާރސް ޕްރައިވެޓް ލިމިޓެޑުން އިބްރާހީމް ސާއިދު އަލީ އަށް ނޯޓިސް ފޮނުވިކަން، ދައްކަންޖެހޭ
ގެއްލުމުގެ މިންވަރު ބޮޑުވެގެން ދިޔައީ އިބްރާހީމް ސާއިދު އަލީ ގަސްތުގައި ފައިސާ ނުދައްކާ
ލަސްކުރުމުގެ ސަބަބުންކަން އަދި ގެއްލުން ކުޑަކުރުމުގެ ގޮތުން އިބްރާހީމް ސާއިދު ޢަލީއަށްވެސް
ފުރުސަތު ލިބުނުއިރު އެކަމަށް އެއްވެސް މަސައްކަތެއް އިބްރާހީމް ސާއިދު ޢަލީ ކޮށްފައިނެތްކަމެވެ.
(ފ) އެގާރަވަނަކަމަކީ، ޣައިރު ޤާނޫނީ ކޮންޓްރެކްޓްތައް ފިޔަވައި،
ކޮންޓްރެކްޓުގެ
ރުކުންތައް ފުރިހަމަވެގެން އެކުލަވާލެވޭ ކޮންމެ ކޮންޓްރެކްޓެއް ތަންފީޛުކުރުން އެކޮންޓްރެކްޓެއްގެ
ބައިވެރިންގެ މައްޗަށް ލާޒިމްވެގެންވާކަމާއި، ޣައިރު ޤާނޫނީ ކޮންޓްރެކްޓަކަށް ވަނީ އެފަދަ ކޮންޓްރެކްޓެއް
ކުރުމަކީ ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން މަނާ ކުރާ ކަމަކަށްވާނަމަ، ނުވަތަ ޣައިރު ޤާނޫނީ ނުވަތަ ބަދު
އަޚްލާޤީ މަޤްސަދަކަށްޓަކައި ކޮންޓްރެކްޓެއް ކޮށްފައިވާނަމަ، ނުވަތަ ޣައިރު ޤާނޫނީ ގޮތަކަށް
ޢަމަލުކުރަންޖެހޭ ގޮތަށް ކޮންޓްރެކްޓް ކޮށްފައިވާނަމަކަން ޤާނޫނު ނަންބަރު 4/91 ކޮންޓްރެކްޓާބެހޭ
ޤާނޫނުގެ ބެލުމުން އެނގޭކަމާއި، އެކިއެކި ފަރާތްތަކުގެ މެދުގައި ހިންގާ މަދަނީ މުޢާމަލާތްތަކާ ގުޅިގެން
ކުރެވޭ ކޮންޓްރެކްޓްގެ ދަށުން އުފެދޭ އިލްތިޒާމްތައް ފުރިހަމައަށް އަދާކުރަމުން ދިއުމަށް ބާރު އެޅުމުގެ
ގޮތުން ޖަޒާއީ ޝަރުތުތައް އެ ކޮންޓްރެކްޓުތަކުގައި ހިމެނުން ޤާނޫނަކުން މިހާތަނަށް
މަނާކޮށްފައިނުވާއިރު އެފަދަ ޝަރުތެއް އެއްބަސްވުމެއްގައި އޮތުމަކީ ދެފަރާތުން އެއްބަސްވުމަށް
ވަންނައިރު މި މައްސަލައިގައި ޙަވާލާދޭ ފަދަ ވިޔަފާރީގެ މުޢާމަލާތެއްގައި ދެފަރާތުން ރުހޭ ޙާލަތުގައި
އިސްލާމީ ޝަރީޢަތުގައިވެސް މަނާކުރެވިގެންވާ ކަމެއްނޫންކަމާއި، މިހެންކަމުން ދެފަރާތުގެ ދެމެދުގައި
ވެފައިވާ އެއްބަސްވުމެއްނެތި ހަމައެކަނި ފޮނުވުނު އިންވޮއިސްއެއްގައި ޝަރުތު ޖަޒާއީގެ ގޮތުގައި ވަކި
ޢަދަދެއް ހިމަނައި އެމިންވަރު ނަގައިދިނުމަށް އެދި ހުށަހެޅުމުން އެ ޢަދަދަށް ފައިސާ ދައްކަންޖެހޭފަރާތް
އިންކާރު ކުރާ ޙާލަތްތައް ފިޔަވައި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއްގައި އެ މުޢާމަލާތެއް
ފެށުމުގެ ކުރިން ޖަޒާއީ ޝަރުތެއް ހިމަނާފައިވާނަމަ އެ ޝަރުތު ކުރެވިފައިވާ ގޮތަށް އެމިންވަރަށް
2 3 4 5 6
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް info@highcourt.gov.mv ވެބް ސައިޓް: www.highcourt.gov.mv

ޞަފްޙާ 18 ރިވިއު ނުކޮސް

2017/HC-A/1tl8
18 ޤަޟިއްޔާ ނިމުނު ގޮ
کی مری
ޚުލާޞާ
ތަންފީޛު ކުރެވެންޖެހޭކަން މިހާތަނަށް ނިންމާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ކުރިން އިޝާރާތް
ކުރެވުނު ޤަޟިއްޔާތަކަށް ބެލުމުން އެނގެން އޮންނައިރު، ދެފަރާތުން އެއްބަސްވެފައިވާ ޝަރުތަށް
އެއްބަސްވުމުގެ ބައިވެރިޔަކު ލުޔެއް ނުދޭހާ ހިނދަކު ޖަޒާއީ ޝަރުތުގެ ދަށުން ފައިސާ ނެގޭ ޢަދަދުގެ
މިންވަރު އުނިކޮށް އަދި އިތުރުކުރުމުގެ ބާރު ޤާނޫނަކުން ކަނޑައަޅައި ގޮތެއްގެ މަތީން މެނުވީ
ފަނޑިޔާރުންނަށް ލިބިގެންވާނޭކަމަށް ބެލެވެން ނެތްކަމާއި، އެއްބަސްވުމުގައި ބަޔާންކުރާ ޖަޒާއީ ޝަރުތު
ތަންފީޛު ކުރެވޭނެ ގޮތާއި މިންވަރުތަކަކީ ކުރިއަރާފައިވާ ދީމިޤްރާތީ މުޖުތަމަޢުތަކުގެ ޤާނޫނު ތަކުގައި
ކަނޑައެޅިގެން ޤާނޫނަކުން ތަރުތީބުވެގެން ކުރެވޭކަމެއްކަމާއި، މިފަދަ ޤާނޫނެއް މިހިނދަށް ވުޖޫދުވެފައި
އޮތުމަކީ ޝަރުތު ޖަޒާއީގެ މައްސަލަތަކުގައި ދިވެހިރާއްޖޭގައި ކަން ހިނގާފައިވާ ގޮތާއި އެ މުޢާމަލާތް
ހިނގަމުންދާ ގޮތުގެ މައްޗަށް ބަލާއިރު ދިވެހިރާއްޖެއަށްވެސް މުހިއްމު ކަމެއްކަން އެނގޭކަމެވެ.
ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މިމައްސަލަބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C/1886 ޤަޟިއްޔާގައި
އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭނެކަމުގައެވެ.
0
ޙުކުމް:
ދެންފަހެ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން ސިވިލް ކޯޓުގެ ނަންބަރު
2016/Cv-C/1886 ޤަޟިއްޔާގައި، 03 ޖޫން 2015 ދުވަހު ވެފައިވާ އެއްބަސްވުމުގެ ދަށުން
އަޙްމަދު ނިޝާން ޔަޤީންކަންދީގެން އެސްޓަރސް ޕްރައިވެޓް ލިމިޓެޑުން ހއ.ކެލާ! ދިލްޣަސީ އިބްރާހީމް
ސާއިދު ޢަލީއަށް ވިއްކާފައިވާ މުދަލަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން އެއްބަސްވުމާ އެއްގޮތަށް
ދައްކަންޖެހި ނުދައްކާވާ 13,036
/
39ރ. (ތޭރަހާސް ތިރީސް ހަރުފިޔާ ތިރީސް ނުވަލާރި) އަކީ
އިބްރާހީމް ސާއިދު ޢަލީ ގެ ފަރާތުން އެސްޓާރސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަން
ސާބިތުވާކަމަށް ކޮށްފައިވާ ޙުކުމްގެ އެބަޔަށް ތާއީދުކޮށް، އިބްރާހީމް ސާއިދު ޢަލީ އެއްބަސްވެފައިވާގޮތަށް
ފައިސާ ދައްކާފައިނުވުމުން އެސްޓާރސް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ގެއްލުމުގެ
މިންވަރަކީ 912
/
55ރ. (ނުވަސަތޭކަ ބާރަރުފިޔާ ފަންސާސްލާރި) ކަމަށް އެޙުކުމުގައި
5 5 5
23,
ޢަޢީކްޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
އީމެއިލް info@highcourt.gov.mv ވެބް ސައިޓް: www.highcourt.gov.mv

ޞަފްޙާ 19 ރިވިއު ނުކޮސް

19 ޤަޟިއްޔާ ނިމުނު ގޮ
2017/HC-A/1tl8
ޚުލާޞާ
و مری
އޮތް އޮތުން ބާތިލުކޮށް، މިދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް ބެލުމުން ބުނެވުނު ބަދަލުގެ
މިންވަރަކީ 55,231,05ރ. (ފަންސާސް ފަސްހާސް ދުއިސައްތަ ތިރީސް އެއްރުފިޔާ ފަސްލާރި) ކަން
ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި އިބްރާހީމް ސާއިދު ޢަލީ އެސްޓާރސް ޕްރައިވެޓް ލިމިޓެޑުން
ގަތް ފޯނުގެ އަގުގެ ގޮތުގައި ދައްކަންޖެހޭ ފައިސާއާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަންޖެހޭ
ފައިސާގެ ޖުމްލަ ޢަދަދަކީ، 68,267144ރ. (ފަސްދޮޅަސް އަށްހާ
އަށްހާސް ދުއިސައްތަ ފަސްދޮޅަސް
ހަތްރުފިޔާ ސާޅީސް ހަތަރުލާރި) ކަން އެނގެންއޮތަތީ،
އިސްވެ ބުނެވިދިޔަ 68,267144ރ. (ފަސްދޮޅަސް އަށްހާސް ދުއިސައްތަ ފަސްދޮޅަސް
ހަތްރުފިޔާ ސާޅީސް ހަތަރުލާރި) އެސްޓަރސް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށްޓަކައި މިއަދު (06
ފެބްރުވަރީ 2020) އިން ފެށިގެން 12 މަސްދުވަހުގެ މުއްދަތުގައި އެމަހަކަށްޖެހޭވަރު އެމަހަކު
ސިވިލް ކޯޓަށް ދައްކަމުންގޮސް މިދަރަނި ދައްކާ ޚަލާޞްކުރުމަށް ދިލްޚާސީ ހއ.ކެލާ އިބްރާހީމް
ސާއިދު ޢަލީ (ދ.ރ ކާޑު ނަންބަރު A012335) އާއި، ގ.ރޯޒްވުޑް! މާލެ އަޙްމަދު ނިޝާން (ދ.ރ
ކާޑު ނަންބަރު A082483) އަށް އަންގައި އެގޮތުގެ މަތީން މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން، ޙުކުމްކޮށްފީމެވެ.
ވެހިރާއްޖޭގެ
ޢަޢިޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް info@highcourt.gov.mv ވެބް ސައިޓް: www.highcourt.gov.mv

ގުޅުއްވާ
  • info@archive.mv
  • 9690600

އިތުރު މަޢުލޫމާތު
އަހަރަމެންނަކީ

ލީގަލް އާރކައިވް ޕްރޮޖެކޮޓްއަކީ ހުރިހާ ޤާނޫނާއި ގަވައިދުތަކަކާއި ޤާނޫނީލިޔެކިޔުންތަކާއި ކޯޓު ތަކުގެ ހުރިާ ޝާއިރުކުރުންތަކެއް އެއްތާކުން ފަސޭހަކަމާއިއެކު ލިބޭނެ ގޮތް ހަދާދިނުމައް ތައްޔާާރުކުރެވިފައިވާ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓްގެ ތެރެއިން ކުރީގެ އަދި މިހާރުގެ ލިޔެކިޔުންތައް ޑިޖިޓައިޒް ކުރެވި ތާނައިން ހުރިހާ ލިޔެކިޔުމެއް ހޯދޭނެމަގުފަހިކޮށްދެވޭނެއެވެ.


© ArchiveMV 2025 | All rights reserved

މާފް ކުރައްވާ!
މި ޚިދުމަތް ކުރު މުއްދަތެއްގެ ތެރޭގައި އަންނާނެ