ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/171 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ
2014/HC-A/171
ދެލި
#
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
އިކާޓް
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 171/HC
-
A/2014
• އިސްތިއުނާފް ކުރިފަރާތް
* ނަން: ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު: 0462
/
2012-C
. އިސްތިއުނާފް ރައްދުވި ފަރާތް:
ނަން: ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދާއިމީ އެޑްރެސް: ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ ކ. މާލެ
އައިޑީ ކާޑު ނަންބަރު.
ދާއިމީ
އެޑްރެސް: .
ތިމަރަފުށި ކައުންސިލްގެ އިދާރާ
0
• ރަޖިސްޓްރީކުރެވުނު ތާރީޚް: 23 ޝަޢުބާން 1435
26 ޖޫން 2014
ނިމުނު ތާރީޚް: 5 ޛުލްޤަޢިދާ 1435
31 އޮގަސްޓް 2014
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2013/69
/
10C
ޤަޟިއްޔާގެ ބާވަތް: ވަގުތީ އަމުރު
ނިންމެވި ކޯޓް: ކޮޅުމަޑުލު ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓު
* ހުށަހެޅުނު ތާރީޚް: 28 އޯގަސްޓް 2013 ނިމުނު ތާރީޚް: 11 ސެޕްޓެމްބަރު 2013
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސްގެ
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2 ޤަޟިއްޔާ ނިމުނު 1
2014/HC-A/171
کی ر ی م **
ދަޢުވާގެ ޚުލާޞާ
2
ex 4ހހ
14ގ. ނަންޅަކުނނ،
މިއީ، ކޮޅުމަޑުލު ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/N10C/69
ޤަޟިއްޔާ އެކޯޓުން ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ މަށްބުނެ، އެނިންމުން
އިސްތިއުނާފު ކޮށްދިނުންއެދި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 0462
/
2012-C)
ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މިޤަޟިއްޔާގައި،
މައްސަލަ ރައްދުވާ ފަރާތަކީ، ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
691N10C/2013
e
ހ04 2c2
م پی وی گرگی
1. އިސްތިއުނާފުކުރެވިފައިމިވާ ކޮޅުމަޑުލު ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ، ތިމަރަފުށީގައި ރައްޔިތުންނަށް
ކަރަންޓުގެ ޚިދުމަތް ދެމުން ގެންދާ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ތިމަރަފުށީ ރައްޔިތުންގެ ތެރެއިން
ކަރަންޓްގެ ޚިދުމަތް އެއްވެސް އެންގުމަކާއި ނުލައި އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް
ނުފޫޒު ފޯރުވުމަށްޓަކައި ކަރަންޓުގެ ޚިދުމަތް ކަނޑަމުން ގެންދާތީ، ތިމަރަފުށީ އެއްވެސް ގެއަކުން
ޝަރީޢަތުގެ ޙުކުމަކާއި އަދި ކޯޓުގެ އަމުރަކާއިނުލައި ކަރަންޓު ކަނޑައި ނުލުމަށް، ފެނަކަ ކޯޕަރޭޝަން
ލިމިޓެޑް ތިމަރަފުށީ އިންޖީނުގޭ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ހުށަހެޅުމުން ކޮޅުމަޑުލު
ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓުން ބައްލަވާ ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
މައްޗަށް
އެޤަޟިއްޔާގައި ނިންމަވާފައިވާ ނިންމެވުމުގައިވަނީ، "ދެންފަހެ، ތިމަރަފުށީ
ރައްޔިތުންނަށް ދެމުން ގެންދާ އިލެކްޓްރިކް ކަރަންޓުގެ ޚިދުމަތް ވަކި މަޤްސަދެއް ޙާޞިލްކުރުމަށް
ކަނޑާލަމުންގެންދާތީ، ޝަރީއަތުގެ ޙުކުމަކާއި ނުލައި ނުވަތަ ޝަރީޢަތުގެ އަމުރަކާއި ނުލައި ކަރަންޓް
ކަނޑާނުލުމަށް ކަރަންޓްގެ ޚިދުމަތް ދެމުން ގެންދާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް، ތިމަރަފުށީ އިންޖީނުގޭގެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު "
4 43
=32
2014/HC-A/171
کی مری
04 4
މައްޗަށް އަމުރުކޮށް
ދިނުމަށް އެދި، ތިމަރަފުށީ، ކައުންސިލްގެ އިދާރާގެ ފަރާތުން ކައުންސިލް
މެންބަރ އިބްރާހީމް ޚަލީލް ހުށަހެޅި މައްސަލާގައި ދެފަރާތުން ޝަރީޢަތުގައި ދައްކާފައިވަނީ،
ތިމަރަފުށީ ރައްޔިތުންގެ ފަސޭހަޔަށާއި، ލާބައާއި މަންފާއަށްޓަކައި ކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭ
ކަމަށާއި، ދެފަރާތުގެ މަސައްކަތުން ކަރަންޓް ޚިދުމަތްދީ މީޓަރާއި ގުޅާފައި ހުންނަ
(ޑިސްޓިޓިއުޝަން) މަގުމަތީ ފޮށިތަކަކީ، ބޭނުން މީހަކު ބޭނުން ވަގުތަކު އަތްލައި ބޭނުން ކަމެއް
ކުރެވޭގޮތަށް ހުންނަ ފޮށިތަކެއް ގޮތުގައި ނުބެހެއްޓުމަށާއި، އެގޮތަށް ޤަވާއިދާއި ޚިލާފަށް ފޮށިތަކާއި އަތްލައި
ހަދާ މީހުންނަށް އެކަން ނުކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަށާއި، އެއްވެސް ތަނަކަށް ދީފައިވާ ކަރަންޓުގެ
ޚިދުމަތް ވަގުތީ ގޮތުން ނުވަތަ އިމެޖެންސީ ޙާލަތެއް ދިމާވެގެން ކުއްލިއަކަށް ކަރަންޓް ކަނޑާލަން ދިމާވާ
ޙަލަތުގައި ލޯޑް ސްޕީކަރުން ނުވަތަ އެންމެ އަވަސް ގޮތަކުން އެނގޭނެ ނިޒާމެއް ޤާއިމް ކުރުމަށާއި،
ކަރަންޓް ބިލް ނުދައްކައިގެން ނަމަވެސް ކަރަންޓުގެ ޚިދުމަތް އެއްވެސް ތަނަކުން ކަޑައިނުލުމަށް ފެނަކަ
ކޯޕަރޭޝަން ލިމިޓެޑް، ތިމަރަފުށީ އިންޖީނުގެ ހިންގާ ފަރާތަށް އަންގައި އަމުރުކޮށްފީމެވެ" މިފަދައިންކަން
އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެގެން އޮންނަކަމެވެ.
0 0
2. ކޮޅުމަޑުލު ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/N10C/69
ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ފެނަކަ
ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި 2 (ދޭއް) ނުކުތާ
ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
އެގޮތުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން، ހުށަހަޅާފައިވާ
• ފުރަތަމަ ނުކުތާއަކީ، ވަގުތީ އަމުރު ނެރުމުގައި ރިޢާޔަތްކުރަންޖެހޭ ކަމަށް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 21/SC
-
A/2012 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
4
2014/HC-A/171
ޤަޟިއްޔާ ނިމުނު 1
0x3 0 0
ދ ތ27 2c4
ޢާންމުކޮށް
ލުކުރެވޭ ޤާނޫނީ އުސޫލާ ޚިލާފަށް ވަގުތީ
އުޞޫލުތަކާއި އަދި ވަގުތީ އަމުރު ނެރުމުގައި
އަމުރު ނެރުއްވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، ވަގުތީ އަމުރަށް އެދި ހުށަހަޅާ ފަރާތުން އެދިފައިނުވާ
ކަންކަމަށް ރިޢާޔަތްކޮށް ވަގުތީ އަމުރު ނެރެދެއްވުމަކީ މަދަނީ އިޖުރާޢަތުގެ ޢާންމު އުޞޫލުތަކާ ޚިލާފު
ކަމަކަށްވާއިރު، ވަގުތީ އަމުރަށް އެދުނު ފަރާތުން އެދިފައިނުވާ ކަންތައްތަކެއް ކުރުމަށް އަންގައި ވަގުތީ
އަމުރު ނެރެދެއްވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
2
434
3. މިމައްސަލައާ ގުޅިގެން، ކޮޅުމަޑުލު ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2013/N10C;69 ޤާޟީއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު
ކުރަމުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލަ ރައްދުވާ ތ. ތިމަރަފުށީ ކައުންސިލްގެ އިދާރާގެ ފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ
ބެލިއިރު، މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ ކަންތައްތައް މިހާރު
އިންތިޒާމްކުރެވި ތަރުތީބު ކުރެވިފައިވާ ގޮތަށް ބަލާއިރު، ކޮންމެ ގިންތިއެއްގެ ކޯޓަކަށްވެސް މައުޟޫޢީ
ދަޢުވާއެއް ނުވަތަ މައްސަލައެއް ހުށަހަޅަން ބޭނުންވާފަރާތަކަށް ފަސޭހަކަމާއެކު އެކަން ކުރުމުގެ މަގު
ފަހިކުރުމުގެ ގޮތުން ދަޢުވާ ނުވަތަ މައްސަލަ ހުށަހަޅާ ފޯމު ތަޢާރަފުކުރެވި އެފޯމުތަކުގެ ދަރިއްޔާއިން
އެދަޢުވާތަކާ މައްސަލަތައް ބަލައިގަންނަގޮތަށް އިންތިޒާމް ހަމަޖެހިފައިވާކަމަށާއި، އަދި އެފަދަ މައުޟޫޢީ
ދަޢުވާތަކާ ނުވަތަ މައްސަލަތަކާ ގުޅިގެން ވަގުތީ ފިޔަވަޅު ނުވަތަ ވަގުތީ އަމުރުތައް ނެރެދިނުމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުރީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 316477
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ވެ
5 ޤަޟިއްޔާ ނިމުނު
2014/HC-A/171
އެދެމުންދާތީ، އެކަމުގެ އިންތިޒާމްތައްވެސް ވަނީ ޝަރުޢީ ކޯޓުތަކުގައި ހަމަޖެހި ޤާއިމްކުރެވިފައި
ކަމަށާއި، ޝަރުޢީ ކޯޓަކަށް މައުޟޫޢީ ދަޢުވާއެއް ނުވަތަ މައްސަލައެއް ހުށަހެޅިފައިނުވާ ޙާލު،
ޙިމާޔަތްކުރަންޖެހޭ ޤާނޫނީ ޙައްޤެއް އޮތްކަމަށް ދެކިގެން ވަގުތީ ފިޔަވަޅެއް އަޅައިދިނުމަށް ނުވަތަ ވަގުތީ
އަމުރެއް ނެރެދިނުމަށް އެއްވެސް ކޯޓެއްގައި އެއްވެސް ފަރާތަކަށް އެދުމުގެ އެއްވެސް ސިފައެއް ނުވަތަ
ޙައްޖިއްޔަތެއް ލިބިފައި އޮވެދާނެކަމަށް ޤަބޫލުކުރަންޖެހޭ ޤާނޫނީ އަޞްލެއް ނުވަތަ ޤާނޫނީ ޤާޢިދާއެއް
ވުޖޫދުވެފައި ނުވާނެކަމަށާއި، ހަމައެފަދައިން ޝަރީޢަތުން ފައިޞަލް ކުރަންޖެހޭ މައުޟޫޢީ ދަޢުވާއެއްގެ
ނުވަތަ މައްސަލައެއް ކޯޓަށް ހުށަހެޅިފައި ނުވާ ޙާލު، އެފަދަ ވަގުތީ އަމުރެއް ނެރެދިނުމަށް ނުވަތަ ވަގުތީ
ފިޔަވަޅެއް އަޅައިދިނުމަށް އެއްވެސް ފަރާތަކުން ކޯޓުގައި އެދުނު ކަމުގައިވިޔަސް، އެހުށަހެޅުން ކޯޓުން
ބަލައިގަނެވިގެން ނުވާނެކަމަށާއި، އަދި އެފަދަ ހުށަހެޅުމެއް އެއީ ޤާނޫނީގޮތުން ބަލައިގަންނަންޖެހޭ
ކަމުގައި ބަލައި، ކޯޓަށް ހުށަހެޅޭ މައުޟޫޢީ ދަޢުވާތަކެކޭ އެއްފަދައަކުން އެފަދަ
ހުށަހެޅުންތަކަށް ޤާޟިއްޔާ ނަންބަރު ދޭނަމަ، އެކަންވާނީ ކޯޓުގެ ޢާންމު އިޖްރާއާތުތަކާ ކަނޑައެޅިގެން
ޚިލާފު، އަދި އެޢަމަލެއްގެ ސަބަބުން ކޯޓުގެ ތަފާސް ހިސާބަށް އޮޅުންއަރާ، ކޯޓަށް ހުށަހެޅޭ
މައްސަލަތަކުގެ ޙަޤީޤަތް އޮޅިގެންދާފަދަ ޢަމަލަކަށް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
106/HC
-
A/2014 ޤަޟިއްޔާގައި ކަނޑައަޅާފައިވާކަމެވެ.
ހުށަހެޅުމެއް
(ށ) ދެވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ކޮޅުމަޑުލު ތިމަރަފުށީ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/N10C/69 ޤަޟިއްޔާގައި ހިމެނޭ މައްސަލައަށް ބަލާއިރު
އެމައްސަލައަކީ "މަދަނީ މައްސަލަ ދަޢުވާ ހުށަހަޅާ ފޯމު" އަކުން އެކޯޓަށް ހުށަހެޅިފައިވީ
މައްސަލައެއްކަމުގައި ވީނަމަވެސް، އެމައްސަލައަކީ ޢާންމުކޮށް ޝަރީޢަތަށް ހުށަހެޅޭ ބާވަތުގެ މައުޟޫޢީ
ދަޢުވާއެއް ނޫންކަމާއި، އެއާ ޚިލާފަށް އެމައްސަލައަކީ މަޢުޟޫއީ ދަޢުވާއެއް ނެތި، ހަމައެކަނި ވަގުތީ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
J
ދިވެހިތެއްގެ
6 ޤަޟިއްޔާ ނިމުނު 1
2014/HC-A/171
کی عمری
02 92
އަމުރެއް
22 22
2014/HC-A/106
ނެރެދިނުމަށް އެދި ހުށަހެޅިފައިވާ މައްސަލައެއްކަން، އެމައްސަލާގެ ލިޔެކިޔުންތަކަށް ބެލުމުން
ސާފުކޮށް އެނގެން އޮންނަކަމާއި،
އެހެންކަމުން،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައަށް، މިބާވަތުގެ
މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ކަނޑައަޅާފައިވާ، އިސްވެދެންނެވިފައިވާ ޤާނޫނީ އުސޫލު ތަޠުބީޤުކުރުމުން، އެމައްސަލަ
ކޮޅުމަޑުލު ތިމަރަފުށީ ކޯޓަށް ބަލައިގަނެ، އެކޯޓުގައި ހިންގަވާފައިވަނީވެސް އަދި އެމައްސަލާގައި ފެނަކަ
ކޯޕަރޭޝަން ލިމިޓެޑުގެ މައްޗަށް އަމުރެއްކުރައްވާފައިވަނީވެސް، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް
ބަލައިގަނެ، ހިންގާ، ނިންމުންތައް ނިންމުމުގައި ޢަމަލުކުރަންޖެހޭ ޤާނޫނީ އުސޫލުތަކާ އަދި ޢާންމު
އިޖުރާޢަތުތަކާ ޚިލާފަށްކަމަށް ބަލަންޖެހޭކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ކޮޅުމަޑުލު ތިމަރަފުށީ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/N10C/69 ޤަޟިއްޔާގައި އެކޯޓުން ނިންމަވާފައިވާ ނިންމެވުމަށް
ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކަށް އިއްތިފާޤުވެވިފައިވެއެވެ.
• ޙުކުމް
ދެންފަހެ،
އިސްވެފާހަގަކުރެވުނު
ނުކުތާތަކުގައި
ބަޔާންކުރެވުނު
ކަންކަން
ބަޔާންކުރެވުނު
ހއ
74 27 2
ހުރުމާއެކުK
ނަންބަރު
ކޮޅުމަޑުލު ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓުގެ
2013/N10C;69 ޤަޟިއްޔާގައި އެކޯޓުން ނިންމަވާފައިވާ ނިންމެވުމަކީ އެފަދަ ނިންމެވުންތައް
ނިންމެވުމުގައި ޤާނޫނީގޮތުން ތަބާވާންޖެހޭ އަދި ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު
2014/HC-A/171
گمرکی
=32
ceco
ފުރިހަމަކުރުމެއްނެތި ނިންމަވާފައިވާ ނިންމެވުމެއްކަމުގައިވާތީ، އެނިންމެވުމުން، މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށް، އެގޮތުގެމަތިން
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv