ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/90 ޤަޟިއްޔާގެ ޙުކުމް
9
1
ޤަސިވިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/90
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު:90/HC
-
A/2015
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އިބްރާހީމް ރިޔާޝް
އެޑްރެސް: މއ.މަޒާގެ / ކ.މާލެ
*
އައިޑީ
ކާޑުނަންބަރު: A054521
އެޑްރެސް: މއ.މަޒާގެ / ކ.މާލެ
ދާއިމީ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 04 މާރިޗް 2015 ނިމުނު ތާރީޚް: 15 ސެޕްޓެމްބަރ 2015
އިސްތިއުނާފު ކުރެވުނު ޤާޟިއްޔާ ނަންބަރު: 2012/Cr
-
C/265
•ނިންމިކޯޓް: ކްރިމިނަލް ކޯޓް
،ވަޒީފާގެ ބާވަތް: މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެންފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުން
• ހުށަހެޅި ތާރީޚް: 15 މެއި 2012
ނިމުނު ތާރީޚް: 29 އޮކްޓޯބަރު 2014
މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޝުޖާޢު އުޘްމާން
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{015/HC-A/9{
•ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/265 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް،
މއ.މަޒާގެ އިބްރާހީމް ރިޔާޝްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
2
<< O
ޤަޟިއްޔާއެކެވެ.
މިޤާޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް:
1- ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/265 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް،
މއ.މަޒާގެ؛ އިބްރާހީމް ރިޔާ ޝުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
22c 0 0
2- ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/265 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ އިބްރާހީމް ރިޔާޝްއާއި، އިތުރު ދެމީހަކު ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުގެ
ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންގެ ގޮތުގައާއި އެކުންފުނީގެ އިވެލުއޭޝަން ކޮމެޓީގެ މެމްބަރުންގެ ގޮތުގައި ތިބެ
ކޮމެޓީއަށް ލިބިގެންނުވާ ބާރުތައް ބޭނުންކޮށްގެން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމެއް ނެތި ތިލަފުށި
ބިން ހިއްކުމުގެ މަޝްރޫޢު، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ މަޤްޞަދުގައި
ހެވީ ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އެވޯޑްކޮށްފައިވާތީއާއި، މޮބިވަޒޭޝަން ޕޭމަންޓެއްގެ ގޮތުގައި
-/38550000 (ތިރީސް އަށް މިލިޔަން ފަސްސަތޭކަ ފަންސާސްހާސް) ރުފިޔާ ދޫކޮށްފައިވާތީ، އެފަރާތްތަކުގެ
މައްޗަށް ޤާނޫނު ނަންބަރު 02/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3
2{15/HC-A/9[3
ޤަޟިބިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
4 22
4 22
(ހ) އާ ހަވާލާ ދެއްވައި އެމާއްދާގެ (ށ) ގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް
ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކުރުމުން ބެލެވުނު ޤަޟިއްޔާއެއް ކަމާއި،
އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ދަޢުވާގެ އަސްލަށް މިތިންމީހުން އިންކާރު
ކޮށްފައިވުމާއި، ދަޢުވާ ސާބިތުކުރުމަށް ދަޢުލަތުން ހުށަހެޅި ހެކިތަކަށް ބަލާއިރު، ތިލަފުށި ބިން ހިއްކުމުގެ
މަޝްރޫޢުގައި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ހެވީ ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ނާޖާއިޒް ފައިދާ
ހޯދައިދިނުމުގެ މަޤްޞަދުގައި ހެވީ ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އެވޯޑްކުރުމާއި، މޮބިލަޒޭޝަން
ޕޭމަންޓެއްގެ ގޮތުގައި -/38550000 (ތިރީސް އަށް މިލިޔަން ފަސްސަތޭކަ ފަންސާސް ހާސް) ރުފިޔާ
ދޫކުރުމުގައި، ދަޢުވާލިބޭ ތިން މީހުންގެ ތެރެއިން، މުހައްމަދު ރިޔާޝް ފިޔަވައި ދެންތިބި ދެމީހުންކުރެ މީހެއްގެ
ބައިވެރިވުމެއް އޮތްކަން ސާބިތުވާ މިންވަރަށް ދަޢުލަތުން ހެކި ހުށަހަޅާފައިނުވާތީ، އެދެމީހުންގެ މައްޗަށް
ދަޢުލަތުން ކުޅަ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެންފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ
ދަޢުވާ ސާބިތުނުވާކަމަށް ކަނޑައަޅުއްވައި، ތިލަފުށި ބިން ހިއްކުމުގެ މަޝްރޫޢު ހެވީ ލޯޑް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްއަށް އެވޯޑްކޮށް އަދި މޮބިލަޒޭޝަން ޕޭމަންޓެއްގެ ގޮތުގައި -/38550000 (ތިރީސް އަށް
މިލިޔަން ފަސްސަތޭކަ ފަންސާސް ހާސް) ރުފިޔާ އެކުންފުންޏަށް ދޫކޮށްފައިވަނީ ދަޢުވާލިބޭ އިބްރާހީމް
ރިޔާޝްކަމާއި، ތިލަފުށި ބިން ހިއްކުމުގެ މަޝްރޫޢު އެކުންފުންޏާއި ހަވާލުކޮށްފައިވަނީ ތިލަފުށި ކޯޕަރޭޝަން
ލިމިޓެޑުގެ ބޯޑަށް ހުށަހަޅައި އެބޯޑުން ނިންމާފައިވާ ނިންމުމެއްގެ ދަށުންކަމަށް ދަޢުވާ ލިބޭ އިބްރާހީމް ރިޔާޟް
ބުނިނަމަވެސް ތިލަފުށީގެ ބިން ހިއްކުމުގެ މަޝްރޫޢު ހެވީލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އެވޯޑް
ކުރުމުގައާއި މޮބިލައިޒޭޝަން ޕޭމަންޓް ދޫކުރުމުގައި ކޯޕަރޭޝަންގެ ބޯޑުން ނިންމަވާފައިވާކަން އިބްރާހީމް
ރިޔާޝްއަށް ޝަރީޢަތަށް ސާބިތު ކޮށްދީފައިނުވާތީ، އިބްރާހީމް ރިޔާޝްގެ މިޢަމަލަކީ ތިލަފުށި ކޯޕަރޭޝަން
ލިމިޓެޑުގެ ހިންގާ ޤަވާޢިދާ ޚިލާފަށް އޭރު އިބްރާހީމް ރިޔާޝް ހުރި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން
އެހެންފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކޮށްފައިވާ ކަމެއްކަން ދަޢުލަތުން ހުށަހެޅި
ލިޔުންތަކުންނާއި އިބްރާހީމް ރިޔާޟުގެ އިޢުތިރާފުން ސާބިތުވާތީ، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2{15/HC-A/9{
ޤަޟިބިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ހުއްޓުވުމާއި
،
މަނާކުރުމުގެ ޤާނޫނު)ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުން
ނަންކޮށްގެން
އެހެން ފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމުގެ ކުށުން އިބްރާހީމް ރިޔާޝް ކުށްވެރިވެއްޖެކަމަށް
ކަނޑައަޅުއްވައި އެކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ ޤާނޫނުގެ 12 ވަނަ މާއްދާގެ (ށ) ގެ ދަށުން
އިބްރާހީމް ރިޔާޝް 03 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށްކަން އެނގެން އޮވެއެވެ.
-3
ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/265 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
އިބްރާހީމް ރިޔާޝްގެ ފަރާތުން 3 (ތިނެއް) ނުކުތާ ހުށަހަޅައި އެނުކުތާތަކާއި ގުޅޭ ގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
cuco
(ހ) ފުރަތަމަ ނުކުތާއަކީ: ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި،
މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށް ފުރިހަމަވުމުގެ އުންސުރުތައް
ހަމަނުވާ ޙާލު، އެމާއްދާގައި ބަޔާންކޮށްފައި ކުށް އިބްރާހީމް ރިޔާޟްގެ މައްޗަށް ސާބިތުވާކަމަށް
ކަނޑައަޅާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ: ޖިނާއީ މަސްޢޫލިއްޔަތު ކަނޑައެޅުމުގައި ފުރިހަމަވާންޖެހޭ މަޢުނަވީ
ރުކުން (Mens Rea) ފުރިހަމަވެފައި ނުވާއިރު، އިބްރާހީމް ރިޔާޟުގެ މައްޗަށް އުފުލާފައިވާ ދަޢުވާ
ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
<< O
(ނ) ތިންވަނަ ނުކުތާއަކީ ޖިނާއީ މައްސަލަތަކުގައި ސާބިތުކުރުމުގެ ބުރަ "ޤާރީނަތުލް
(presumption of innocence) ގެ އަސާސްގެ ދަށުން އުފުލަން ޖެހެނީ ދަޢުވާކުރާ ފަރާތުގެ
ހައިސިއްޔަތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުންކަން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ
އެކޯޓުގެ ނަންބަރު 34/SC
-
A/2011 ޤަޟިއްޔާއިން އެނގޭއިރު، ތިލަފުށީ ބިން ހިއްކުމުގެ މަޝްރޫޢު
އެވޯޑުކުރުމާއި މޮބިލައިޒޭޝަން ޕޭމަންޓް ދޫކުރުމުގައި ތިލަފުށީ ކޯޕަރޭޝަންގެ ބޯޑުން ނިންމަވާފައިވާކަން
އިބްރާހީމް ރިޔާޝް ޝަރީޢަތަށް ސާބިތުކޮށްދީފައި ނުވާކަމަށްބުނެ، އިބްރާހީމް ރިޔާޝްގެ މައްޗަށް ދަތު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
5
2015/HC-A/90
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމަވާފައިވަނީ ސްޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާ ބުނެވިޔަ އުޞޫލާ
ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
04- ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/265 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
އިބްރާހީމް ރިޔާޝްގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅޭގޮތުން އިބްރާހީމް ރިޔާޝްގެ
ފަރާތުންނާއި، މިއިސްތިއުނާއީ ދަޢުވާ ރައްދުވާ ޕްރޮސިކިއުޓަރ ޖެނެރަލުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/265
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މި މައްސަލައާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ
މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި
ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/265 ޤަޟިއްޔާގައި
މއ. މަޒާގެ އިބްރާހީމް ރިޔާޟުގެ މައްޗަށް ޤާނޫނު ނަންބަރު 02/2000 (ކޮރަޕްޝަން ހުއްޓުވުމާއި
މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) އާ ހަވާލާދެއްވައި އެމާއްދާގެ (ށ) ގެ ދަށުން މަޤާމުގެ
ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކޮށްފައިވަނީ
އިބްރާހީމް ރިޔާޝް އާއި އިތުރު ދެމީހަކު ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންގެ
ގޮތުގައާއި ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުގެ އިވެލުއޭޝަން ކޮމެޓީގެ މެމްބަރުންގެ ގޮތުގައި ތިބެ ކޮމެޓީއަށް
ލިބިގެންނުވާ ބާރުތައް ބޭނުންކޮށްގެން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމެއް ނެތި ތިލަފުށި ބިން
ހިއްކުމުގެ މަޝްރޫޢު، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ދެވީ ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ނާޖާއިޒް
ފައިދާ ހޯދައިދިނުމުގެ މަޤްޞަދުގައި އެކުންފުންޏަށް އެވޯޑްކޮށްފައިވާތީއާއި، މޮބިލައިޒޭޝަން ޕޭމަންޓެއްގެ
ގޮތުގައި -/38550000 (ތިރީސް އަށް މިލިޔަން ފަސްސަތޭކަ ފަންސާސް ހާސް) ރުފިޔާ ދޫކޮށްފައިވާތީކަން
oxo
އެނގެން އޮންނައިރު،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
6
2{15/HC-A/9{
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
20 2 02 04x
تر کے مسامع به مساحر
2x
އެދަޢުވާއަށް އިބްރާހީމް ރިޔާޟް އިންކާރު ކުރުމަށްފަހު، ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު،
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުގެ ކަންތައްތައް ހިންގާފައިވަނީ އެކުންފުނީގެ ބޯޑަށް އެނގި ކުންފުނީގެ ބޯޑުގެ
ރުހުން ލިބިގެން، ކުންފުނި ހިންގުމުގެ ޤަވާޢިދުގައި މެނޭޖިންގ ޑިރެކްޓަރަށް ލިބިދީފައިވާ ބާރުގެ ދަށުން
ޤަވާޢިދާ އެއްގޮތަށް ކަމަށާއި، އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެއްވެސް ފަރާތަކަށް ކަމެއް ކޮށްދޭން
އުޅެފައިނުވާނެކަމަށާއި، ތިލަފުށި ބިން ހިއްކުމުގެ މަޝްރޫޢުއަކީ އިބްރާހީމް ރިޔާޝް ތިލަފުށި ކޯޕަރޭޝަން
ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރު ކަމުގައި ހިންގާފައިވާ ޕްރޮޖެކްޓެއްކަމަށާއި، އެޕްރޮޖެކްޓަކީ ވަރަށް
ތަފްޞީލުކޮށް ޑިރެކްޓަރުންގެ ބޯޑަށް ހުށަހެޅި ހިސާބުގެ ޢަދަދުން ބޯޑުން ޤަބޫލުކޮށްގެން ހިންގާފައިވާ
މަށާއި، އެޕްރޮޖެކްޓަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް
(އީ.އޯ.އައި) ހުށަހެޅުމަށް ގެޒެޓްގައި ޝާއިޢު ކުރެވުނު ކަމަށާއި، އިޖާބަދިން ފަރާތްތަކަށް ރިކުއެސްޓް ފޯރ
ޕްރޮޕޯސަލް (އާރް.އެފް.ޕީ) އީމެއިލް މެދުވެރިކޮށް ފޮނުކަމަށާއި، ހުށަހެޅި ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމަށްޓަކައި
ތިލަފުށި ކޯޕަރޭޝަންގެ 03 (ތިނެއް) ބޯޑް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް 01 ޖޫން 2009 ވަނަ
ދުވަހު އެކުލަވާލެވުނު ކަމަށާއި، އެކޮމެޓީގައި އިބްރާހީމް ރިޔާޝް ހިމެނުނުކަމަށާއި، އެކޮމިޓީއިން ޕްރޮޕޯޒަލްތައް
އިވެލުއޭޓް ކުރުމަށްފަހު ތިލަފުށީ ބިން ހިއްކުމުގެ މަޝްރޫޢު އެވޯޑް ކުރުމަށް އެންމެ ޤާބިލު ފަރާތެއް ކަމުގައި
ހެވީ ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކަނޑައެޅުނު ކަމަށާއި، ތިލަފުށި ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް
ގެންދިއުމުގެ ގޮތުން ކުރަންޖެހޭ ހުރިހާކަމެއް ކުރުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ތިލަފުށި ކޯޕަރޭޝަން
ލިމިޓެޑްގެ ފަރާތުން އިބްރާހީމް ރިޔާސަށް ދީފައިވާކަމަށާއި، މި އިޚްތިޔާރާއި ބާރުގެ ބޭނުން ކުރުމުގައި
ޢަމަލުކޮށްފައިވާނީ ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުގެ ހިންގާ ޤަވާޢިދާއި އެއްގޮތަށް ކަމަށާއި މި އިޚްތިޔާރު
އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަށް ދީފައިވަނީ ތިލަފުށި ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުން
ފާސްކޮށް ނިންމާފައިވާ ޤަރާރަކުން ކަމަށާއި، މިކަން ސާބިތު ކުރުމަށްޓަކައި ބޭނުންވާ ލިޔުންތައް ހުންނާނީ
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުގެ ބެލުމުގެ ދަށުގައިކަމަށާއި، މި މައްސަލައިގެ ތަޙްޤީޤް ހިނގިއިރު އިބްރާހީމް
ރިޔާޝްއަށް އެ ލިޔެކިޔުން ނުލިބިވާތީ އެލިޔުންތައް ހުށަހެޅިފައިނުވާކަމަށާއި، މައްސަލަ ތަޙްޤީޤުކުރި އެން
ޢައި29
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
ޗެށް24 44
7
2015/HC-A/90
ޤަޟިބިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ކޮރަޕްޝަން ކޮމިޝަނުގެ ބަޔާނުންނާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި
ދައްކަވާފައިވާ ވާހަކަތަކަށާއި، ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ބަހުން އެލިޔުމަކީ ވުޖޫދުގައިވާ
ލިޔުމެއްކަމަށް ބެލެވޭކަމަށާއި، ތިލަފުށި ބިން ހިއްކުމުގެ މަޝްރޫޢު ހެވީ ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
އެވޯޑްކޮށްގެން ހިންގާފައިވަނީ ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުގެ ރުހުމާއި އެނގުމުގެ ތެރެއިން ކަމަށް އިބްރާހީމް
ރިޔާޟުގެ ފަރާތުން ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ: ކޮރަޕްޝަން ހުއްޓުވުމާއި، މަނާކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު
ޓަނެ
2/2000) ގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށް ފުރިހަމަވުމުގެ އުންސުރުތައް ހަމަނުވާ
ޙާލު، އެމާއްދާގައި ބަޔާންކޮށްފައި ކުށް އިބްރާހީމް ރިޔާޝްގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވާކަމަށް
ބުނެ އިބްރާހީމް ރިޔާޝްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރާއިރު،
ކޮރަޕްޝަން ހުއްޓުވުމާއި، މަނާކުރުމުގެ ޤާނޫނު (ޤާނޫނުނަންބަރު 2/2000) ގެ 12 ވަނަ
މާއްދާގެ (ހ) ގައި ވަނީ ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ފަރާތެއްގެ މުވައްޒަފަކު، އޭނާގެ ވަޒީފާ
އަދާކުރާ އޮފީހަކުން ނުވަތަ ތަނަކުން ކުރާކަމަކުން ނުވަތަ ކުރާކަމަކާ ގުޅިގެން ނުވަތަ މުވައްޒަފެއްގެ
ބޭނުންކޮށްގެން ނުވަތަ އެ މުވައްޒަފެއްގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމާއި،
ދައުލަތުން އިބްރާހީމް ރިޔާޟުގެ މައްޗަށް ދަޢުވާކުރެވިފައިވަނީ ބުނެވިދިޔަ މާއްދާގެ ދަށުން
ކަމަށްވެފައި، އެމާއްދާގައި ބުނެފައިވާ ކުށުގެ ޢުންސުރުތަކަށް ޝަރީޢަތުން ނަޒަރުކުރާއިރު، އެއީ
(1) ކުށްކުރާ މީހަކީ، ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ފަރާތެއްގެ މުވައްޒަފަކަށްވުމާއި،
(2) ނާޖާއިޒު ފައިދާއެއް ހޯދުން ނުވަތަ ހޯދައިދިނުމާއި؛
(3) ނާޖާއިޒު ފައިދާ ހޯދީ ނުވަތަ ހޯދައިދީފައިވަނީ އޭނާ މަސައްކަތްކުރާ އޮފީހުން ކުރާ
ކަމަކުން ނުވަތަ ކުރާ ކަމަކާ ގުޅިގެން ކަމަށްވުންކަން އެނގޭއިރު،
44
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
8
2015/HC-A/90
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2 22 22
މި މައްސަލަ އިސްތިއުނާފުކުރާ އިބްރާހީމް ރިޔާޝްގެ މައްޗަށް ދަޢުވާ ކުރެވިފައިވާ އިސްވެ
ބުނެވުނު ކުށުގެ ޢަމަލު ހިންގިއިރު، އިބްރާހީމް ރިޔާޟްއަކީ ތިލަފުށި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރގެ
މަޤާމުގައިހުރި މީހެއްކަމާއި، ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑަކީ ސަރުކާރުގެ ކުންފުންޏެއް ކަމާއި،
ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 28 ވަނަމާއްދާގެ (ނ) ގައި، "ނާޖާއިޒް
ފައިދާ" މިބަސް މާނަ ކޮށްފައިވަނީ، އެމީހަކު އަދާކުރާ ވަޒީފާއެއްގެ ނުވަތަ ކުރާ މަސައްކަތެއްގެ ޤާބިލުގައި
ވަޒީފާދޭ ނުވަތަ މަސައްކަތް ހަވާލުކުރާ ފަރާތުން ކަނޑައަޅާ މުސާރައާއި އުޖޫރައާއި އެހެނިހެން ޢިނާޔަތްތަކާއި
ވަޒީފާ ދޭފަރާތުން އެމުވައްޒަފަކަށް ލިބިދޭ އެކިއެކި ފަސޭހަތަކާއި މަންފާތަކުގެ އިތުރުން އެމީހަކު އެމަޤާމުގެ
ނުފޫޒް ބޭނުންކޮށް
ކޮށްގެން ނުޙައްޤުން ހޯދާ، ނުވަތަ ހޯދައިދޭ ނުވަތަ ޤަބޫލުކުރާ ރިޝްވަތުކަމުގައި ނުހިމެނޭ
ه
24 2
2 2x
ޏވެ
މަންފާއަކަށް ކަމާއި،
ތިލަފުށީ ބިން ހިއްކުމުގެ މަޝްރޫޢު ދެވީ ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
ހަވާލުކުރުމަށް، އެކުންފުންޏާއި ތިލަފުށި ކޯޕަރޭޝަން ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ތިލަފުށީ
ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ސޮއި ކޮށްފައިވަނީ އެއިރު އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މަޤާމުގައި
ހުރި އަދި މި މައްސަލަ އިސްތިއުނާފު ކުރާ އިބްރާހީމް ރިޔާޟްކަމާއި، އަދި އެއެއްބަސްވުމުގެ ދަށުން
މޮބިލައިޒޭޝަން ޕޭމަންޓެއްގެ ގޮތުގައި -/38550000 (ތިރީސް އަށް މިލިޔަން ފަސްސަތޭކަ ފަންސާސް ހާސް)
ރުފިޔާ ދެފަހަރެއްގެ މަތިން ހެވީ ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވަނީ އިބްރާހީމް ރިޔާޝް
ސޮއިކޮށް ވައުޗަރ ދޫކުރުމުންކަން އެނގެން އޮތްނަމަވެސް، އެކަންކަން އިބްރާހީމް ރިޔާޝް ކޮށްފައިވަނީ
ތިލަފުށި ކޯޕްރޭޝަން ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރެއްގެ ހައިސިއްޔަތުން
ދަށުން އެކުންފުނީގެ ޤަވާއިދުތަކާއި ބޯޑުގެ ރުހުމާއެކު ކަށް އިބްރާހީމް ރިޔާޝްގެ ފަރާތުން ދައްކާފައިވާ
ވާހަކަތަކަށް ބެލުމުން އެނގެން އޮންނައިރު، އަދި އޭނާގެ އެބުނުމަށް ބާރު ލިބިދޭފަދަ ކަންތައްތަކެއް ދައުލަތުގެ
ފަރާތުން ހުށަހެޅި ހެކިތަކުން އެނގޭއިރު، އިބްރާހީމް ރިޔާޝް އެކަންކަން ކޮށްފައިވަނީ އޭނާގެ މަޤާމުގެ ނުފޫޒު
22c ދވ
އޭނާއަށް
ލިބިދީފައިވާ ބާރުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
9
ޤަޟިބިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{15/HC-A/9{
ބޭނުންކޮށްގެން
ހެވީ ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ގޮތުންކަމަށް
ކަނޑައެޅޭފަދަ ކާފީ ހެކި ދައުލަތުގެ ފަރާތުން ދެއްކިފައިނުވާކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: ޖިނާއީ މަސްޢޫލިއްޔަތު ކަނޑައެޅުމުގައި ފުރިހަމަވާންޖެހޭ މަޢުނަވީ
ރުކުން (Mens Rea) ފުރިހަމަވެފައި ނުވާއިރު، އިބްރާހީމް ރިޔާޟުގެ މައްޗަށް އުފުލާފައިވާ ދަޢުވާ
ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރާއިރު،
ޖިނާއީ ދަޢުވާއެއް ޖިނާއީ އިޖުރާއާތާ އެއްގޮތްވާ ގޮތުގެމަތިން ކޯޓުން ބަލައި ޖިނާއީ
މަސްޢޫލިއްޔަތު ސާބިތުވާކަމަށް ކަނޑައަޅަނީ ކުށުގެ ދެރުކުން ކަމަށްވާ މާއްދީ ރުކުނާއި މަޢުނަވީ ރުކުން
ފުރިހަމަވެފައިވާކަން ހުށަހެޅިފައިވާ ހެކިތަކާއި ދަލީލުތަކުން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި
ސާބިތުވުމުންކަމާއި، އެގޮތުން މާއްދާ ރުކުން ޝަރީޢަތަށް ސާބިތުވަނީ ޤާނޫނުގައި ކުށެއްކަމަށް ބުނެފައިވާ
ކުށުގެ ޢަމަލު ޤާނޫނުގައި ބުނެފައިވާ ގޮތަށް ދަޢުވާލިބޭ ފަރާތް ނުވަތަ މުއްތަހަމް ކުރިކަން ހުށަހެޅިފައިވާ
ހެކިތަކާއި ޤަރީނާތަކުން ސާބިތުވުމުން ކަމާއި، މަޢުނަވީ ރުކުނަކީ ޖިނާއީ ޤާނޫނާއި އެޤާނޫނުގެ ޢިލްމުގެ
މަބާދީތަކާ އެއްގޮތްވާ ގޮތުގެމަތިން ކުށުގެ ނިޔަތް މުއްތަހަމުގެ ކިބައިގައި އޮތްކަން ޝަރީޢަތަށް ސާބިތުވުން
ކަން އެނގެން އޮންނަކަމާއި، މިމައްސަލަ އިސްތިއުނާފުކުރާ އިބްރާހީމް ރިޔާޟުގެ މައްޗަށް ތުހުމަތު
ކުރެވިފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން، މަޤާމުގެ ނުފޫޒު
ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގައިކަން އެނގޭކަމާއި، އެމާއްދާގައި
ކުށުގެ މާއްދީ ރުކުން ބަޔާންކޮށްފައިވަނީ ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ފަރާތެއްގެ އޭނާ ވަޒީފާ
އަދާކުރާ އޮފީހަކުން ނުވަތަ ތަނަކުން ކުރާ ކަމަކުން ނުވަތަ ކުރާކަމަކާ ގުޅިގެން ނުވަތަ އެމުވައްޒަފުގެ މަޤާމާ
ގުޅިގެން ނާޖާއިޒް ފައިދާއެއް ހޯދުމާއި ހޯދައިދިނުންކަމުގައި ކަމާއި، އެހެންކަމުން އެކުށުގެ މަޢުނަވީ ރުކުނަކީ،
އިސްވެ ބުނެވުނު ނާޖާއިޒް ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ މާއްދި ރުކުން ޖާއިޒުނޫން (ހުއްދަނޫން)
ގޮތުގައި ބޭނުންކުރުންކަން އެނގޭކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{015/HC-A/9{
(ރ) ހަތަރުވަނަ ކަމަކީ: ޖިނާއީ މައްސަލަތަކުގައި ސާބިތުކުރުމުގެ ބުރަ "ޤަދީނަތުލް ބަރާޢާ"
(presumption of innocence) ގެ އަސާސްގެ ދަށުން އުފުލަންޖެހެނީ ދަޢުވާކުރާ ފަރާތުގެ
ހައިސިއްޔަތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުންކަން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމަވާފައިވާ
އެކޯޓުގެ ނަންބަރު 34/SC
-
A/2011 ޤަޟިއްޔާއިން އެނގޭއިރު، ތިލަފުށީ ބިން ހިއްކުމުގެ މަޝްރޫޢު
މޮބިލައިޒޭޝަން ޕޭމަންޓް ދޫކުރުމުގައި ތިލަފުށީ ކޯޕަރޭޝަންގެ ބޯޑުން ނިންމަވާފައިވާކަން އިބްރާހީމް ރިޔާޝް
ޝަރީޢަތަށް ސާބިތުކޮށްދީފައި ނުވާކަމަށްބުނެ، އިބްރާހީމް ރިޔާޟްގެ މައްޗަށް ދަޢުވާ ސާބިތުވާކަމަށް ކްރިމިނަލް
ކޯޓުން ނިންމަވާފައިވާނީ ސްޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާ ދެންނެވިދިޔަ އުސޫލާ ޚިލާފަށްކަމަށް ބުނެ
ހުށަހެޅި ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރާއިރު،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަމާއްދާގެ (އ) ގައި "އެމީހަކު ކުށެއް
ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތުގައި ސާބިތު ނުކުރެވޭނަމަ އެމީހަކީ ކުށެއްނެތް
މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވެއެވެ. މިހެން ކަނޑައެޅި ބަޔާންވެގެން އޮތުމުން، ޖިނާއީ
މައްސަލަތައް ސާބިތުކުރުމުގައި އެފަދަ މައްސަލަތައް ބަލާ ފަނޑިޔާރުންގެ ދަޢުރަކީ އިސްވެދިޔަ ދުސްތޫރީ
ނައްޞުގެ މަޤްޞަދު ޙާޞިލުވެވޭފަދަ ދައުރަކަށް އިޖުރާއީގޮތުން ވާންޖެހޭނެކަމާއި، އެމަޤްޞަދު ޙާޞިލު
ކުރުމަށްޓަކައި ދުނިޔޭގެ އެންމެ ފުޅާ ދާއިރާއެއްގައި ޢަމަލުކުރެވޭ ޖިނާއީ މައްސަލަތައް ސާބިތުކުރުމުގެ އިޖްރާއީ
ނިޒާމު ޤާއިމްވެގެންވަނީ "އިއްތިހާމީ" ނިޒާމާއި (Accusatorial Procedure)، "ތަޙުޤީޤީ" ނިޒާމާއި
(Inquisitorial Procedure) މިދެނިޒާމުގެ ޚާއްޞަ ސިފަތައް ހިމެނޭ މައްސުނި ނިޒާމެއްގެ މައްޗަށް ކަމާ،
މިގޮތުން ތަފާތު ޖުރިސްޑިކްޝަންތަކުގައި ޖިނާއީ މައްސަލަ ބަލާ ފަނޑިޔާރުންގެ ދައުރަކީ އިޖާބީ
ދައުރެއްކަމާއި، ޖިނާއީ މައްސަލަތައް ނިންމުމުގައި ހުށަހެޅޭ ހެކިތަކާއި ދަލީލުތަކުގެ ތެރެއިން ޤާނޫނީ ޤަރީނާ
(Presumption of Law) ފިޔަވައި، ވަކިހެކިތަކަކަށް ނުވަތަ ދަލީލުތަކަކަށް ބުރަވުން ފަނޑިޔާރުންގެ
މައްޗަށް ލާޒިމުވެގެންނުވާކަމާއި، ހުށަހެޅޭ ދަލީލުތަކުގެ ތެރެއިން ފަނޑިޔާރަށް ޤަބޫލުކުރެވޭ ދަލީލުތަކާއި
އެދަލީލުތަކުން ކުރެވޭ އިސްތިންތާޖުތަކުގެ މައްޗަށް ބުރަވެހުރެ، ޔަޤީނާ ގާތްކުރާ މިންވަރަކަށް އިޤުތިޔާޒުގެ މަކީ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{15/HC-A/9{
(Convince) ވެގެންމެނުވީ ކުށެއް ސާބިތުވެއްޖެކަމަށް ޖިނާއީ މައްސަލައެއްގައި ޙުކުމްކޮށްގެން ނުވާނެކަމީ
އިސްތިޤްރާރުވެފައިވާ ޖިނާއީ މައްދަތެއްކަމަށް، ސުޕްރީމް ކޯޓުގެ 34/SC
-
A/2011 ޤަޟިއްޔާގައި ފާހަގަ
ކުރައްވާފައިވާކަން އެނގޭކަމާއި،
މި މައްސަލަ އިސްތިއުނާފުކުރާ އިބްރާހީމް ރިޔާޟުގެ މައްޗަށް ބުނެވިދިޔަ ދަޢުވާ ކުރެވިފައިވާ
މައިގަނޑު ސަބަބަކީ، އޭނާ ތިލަފުށި ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރެއްގެ ގޮތުގައާއި
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑްގެ އިވެލުއޭޝަން ކޮމެޓީގެ މެމްބަރެއްގެ ގޮތުގައި ހުރެ ލިބިގެންނުވާ ބާރެއް
ބޭނުންކޮށްގެން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމެއް ނެތި ތިލަފުށި ބިން ހިއްކުމުގެ މަޝްރޫޢު، ހެވީ
ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ މަޤްޞަދުގައި އެކުންފުންޏަށް
އެވޯޑްކޮށްފައިވާތީއާއި، މޮބިލައިޒޭޝަން ޕޭމަންޓެއްގެ ގޮތުގައި -/38550000 (ތިރީސް އަށް މިލިޔަން
ފަސްސަތޭކަ ފަންސާސް ހާސް) ރުފިޔާ ދޫކުރުންކަން ދަޢުވާގެ ޓީޝާއަށް ބެލުމުން އެނގޭކަމާއި، އެދަޢުވާ
ޝަރީޢަތަށް ސާބިތު ކޮށްދިނުމުގެ ޒިންމާ އުފުލަންޖެހޭނީ ދަޢުވާކުރި ފަރާތުންކަން ޖިނާއީ މައްސަލަތައް
ސާބިތުކުރުމުގައި ޢަމަލުކުރަމުން އުޞޫލުތަކަށް ބެލުމުން އެނގޭއިރު، މި މައްސަލަ އިސްތިއުނާފުކުރާ އިބްރާހީމް
ރިޔާޝް ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުގައި އަދާކުރަމުންދިޔަ މަޤާމުގެ ނުފޫޒު ބޭނު
ބޭނުންކޮށްގެން ހެވީ ލޯޑް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ނާޖާއިޒް ފައިދާ ހޯދައިދިންކަން އެކަށީގެންވާ މިންވަރުގެ ޝައްކެއްނެތި
ޝަރީޢަތަށް ސާބިތުވާންޖެހޭނެކަމާއި، އަދި އިބްރާހީމް ރިޔާޟްގެ މައްޗަށް އެކުށް ސާބިތުވާކަމަށް އިސްތިއުނާފު
މިކުރެވޭ ކްރިމިނަލް ކޯޓުގެ ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ އިސްވެ ބުނެވުނު މިންގަނޑުންތޯ ބަލާއިރު،
މި މައްސަލާގައި ދައުލަތުގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވާ ނުކުތާއަކީ،
ތިލަފުށީގެ ބިން ހިއްކުމުގެ މަޝްރޫޢު ހެވީލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އެވޯޑްކުރުމުގައާއި
މޮބިލައިޒޭޝަން ޕޭމަންޓް ދޫކުރުމުގައި ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުގެ ބޯޑުން ނިންމަވާފައިވާކަން އިބްރާހީމް
ރިޔާޝްއަށް ސާބިތުކޮށްދީފައިނުވާތީ، އިބްރާހީމް ރިޔާޝްގެ މިޢަމަލަކީ އޭނާ އެއިރު ހުރި މަޤާމުގެ ނުފޫޒު
އެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2015/HC-A/90
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
oo
ދެކޭކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާކަން އެނގެން އޮންނައިރު،
ދައުލަތުން އިބްރާހީމް ރިޔާޟްގެ މައްޗަށް ކުރި ދަޢުވާއަށް އޭނާ އިންކާރުކޮށްފައިވާކަމާއި،
ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރެއްގެ ގޮތުގައި އިބްރާހީމް ރިޔާޝް ހުރި އިރު، އޭނާ
ޢަމަލުކޮށްފައިވާނީ އެކުންފުނީގެ ހިންގާ ޤަވާޢިދުންނާއި ޑިރެކްޓަރުންގެ ބޯޑުން އޭނާއަށް ދީފައިވާ ބާރުތަކުގެ
ދަށުންކަމަށް ބުނެފައިވާކަން އެނގޭކަމާއި،
މި މައްސަލާގައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރެއިން އެއިރު ތިލަފުށީ ކޯޕަރޭޝަން
ލިމިޓެޑުގެ ޗެއަރމަނަކަށް ހުރި ފަރާތުން ދަށު ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް
ބަލާއިރު، ތިލަފުށީ ބިން ހިއްކުމުގެ ޕްރޮޖެކްޓްގެ ތަފާތު އެކި އެކި ކަންކަމާއި ގުޅިގެން މަޝްވަރާ ކުރުމަށް
ބޯޑަށް ހުށަހެޅިފައިވާނޭކަމަށާއި، ހުށަހެޅުނު ކަންތައްތައް ވަކިވަކީން ދަންނަވަން ނޭނގޭކަމަށާއި، ޕްރޮޖެކްޓް
ބިޑްކުރުމުގެ ކަންކަން ބޯޑަށް ހުށަހެޅިފައިވާނޭކަމަށާއި، ބޯޑް މެމްބަރުންގެ ހުރިހާ ބައްދަލުވުމަކަށް އޭނާ
ޙާޟިރުވެފައި ނުވާނެކަމަށާއި، ތިލަފުށީ ބިން ހިއްކުމުގެ ޕްރޮޖެކްޓް އެވޯޑް ކުރުމަށް ނިންމުމަށްޓަކައި އޭނާ ނެތް
ބައްދަލުވުމެއްގައި ހުށަހަޅާފައިވުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ބުނެފައިވާކަން އެނގެން އޮންނަކަމާއި،
މީގެ އިތުރުން، މައްސަލަ ތަޙްޤީޤް ކުރި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ބަޔާނަށް ބަލާއިރު،
ތިލަފުށީގައި އިންޑަސްޓްރިއަލް ޒޯނެއް ޤާއިމްކުރުމުގެ ގޮތުން ތިލަފުށީގައި ބިން ހިއްކުމަށް ތިލަފުށި ކޯޕަރޭޝަން
ލިމިޓެޑްގެ ބޯޑުން ނިންމާފައިވާކަމަށާއި، ތިލަފުށީގައި ޖާގައިގެ ދަތިކަން ހުރުމާއި، މާލޭ ސަރަޙައްދުގައި
ސަރުކާރުން ޤާއިމްކުރަން ބޭނުންވާ އިންޓަރނޭޝަނަލް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން
ބޭނުންވާތީއާއި، ތިލަފުށި ހިއްކައިގެން ނޫނީ އެކަން ކުރެވޭނެ ކަމަށް ނުފެނާތީ، ތިލަފުށީ ބިން ހިއްކުމަށް
ނިންމާފައިވާނޭކަމަށް ތިލަފުށި ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑުގެ ޗެއަރމަން ބުނެފައިވާކަމަށް ބަޔާންކޮށްފައިވާކަން
އެނގޭކަމާއި،
ދިވެހިރާއްޖެ
ޢަޢީޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/90
OUC
އަދި ތިލަފުށީ ބިން ހިއްކުމުގެ ޕްރޮޖެކްޓް އެވޯޑްކުރުމުގެ އެއްބަސްވުމުގައި އިބްރާހީމް ރިޔާޟް
ސޮއިކޮށްފައިވަނީ، އިބްރާހީމް ރިޔާޝް ތިލަފުށި ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރު ކަމުގެ މަޤާމަށް
ވަގުތީގޮތުން ހަމަޖެއްސުމަށް ނިންމި ބޯޑް ރިޒޮލިއުޝަނުން އެބާރު އިބްރާހީމް ރިޔާޝް އަށް
ލިބިދީފައިވާތީކަމަށް، ތިލަފުށި ކޯޕަރޭޝަންގެ ސެކްރެޓަރީ ކަމުގައިވާ މުޙައްމަދު ލަތީފް، ތަޙްޤީޤަށް ދީފައިވާ
ބަޔާނުން އެނގޭއިރު،
ތިލަފުށި ބިން ހިއްކުމުގެ ޕްރޮޖެކްޓް އެވޯޑްކުރުން ނުވަތަ އެޕްރޮޖެކްޓާގުޅޭ ކަންކަން ކުރުމުގެ
ބާރު، ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރަށް ދީފައިވާކަމަށް ފާހަގަކުރެވިގެން އެކަން
އެނގޭނޭ ލިޔުންބޯޑް ރިޒޮލިއުޝަން ހޯދުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން 20 މާރިޗް 2011 ގައި
ތިލަފުށި ކޯޕަރޭޝަންގައި އެދިފައިވާކަމާއި، ނަމަވެސް އެމަޢުލޫމާތަކީ ތިލަފުށި ކޯޕަރޭޝަން ލިމިޓެޑްގެ ކޯޕަރޭޓް
އެފެއާޒް އެންޑް ލީގަލް މެނޭޖަރ މުޙައްމަދު ލަޠީފްގެ ބެލުމުގެ ދަށުގައިވާ މަޢުލޫމާތު ތަކެއް ކަމަށްވެފައި،
މުޙައްމަދު ލަޠީފް ރާއްޖެއިން ބޭރުގައިވާތީ، އޭނާ އެނބުރި އައިހާ އަވަހަކަށް އެމަޢުލޫމާތު ފޮނުވައިދޭނެކަމަށް
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑްގެ ނަންބަރު: 11
/
1036/TCL
/
ADMN (22 މާރިޗް 2017) ގެ ސިޓީއިން
އެންޓިކޮރަޕްޝަން ކޮމިޝަނަށް އަންގާފައިވާކަން އެނގޭކަމާއި، ބުނެވިދިޔަ ސިޓީއަށް ބަލާއިރު، ތިލަފުށީ ބިން
ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމާ ގުޅޭގޮތުން އެކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށް ބެލުމުގެ
އިޙްތިމާލު އޮތްއިރު، އަދި ދަޢުވާކުރުމުގެ މަރުހަލާގައިވެސް އެލިޔުން ހޯދުމަށް މަސައްކަތް ކޮށްފައިވާކަމަށާއި
ނަމަވެސް އެލިޔުން ލިބިފައިނުވާކަމަށް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ބުނެފައިވާކަމާއި، އަދި އެލިޔުން ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުގައި އޮންނާނެކަމަށް މިމައްސަލަ
އިސްތިއުނާފުކުރާ އިބްރާހީމް ރިޔާޝްގެ ފަރާތުން ބުނެފައިވާކަން އެނގޭއިރު، އެލިޔުން ނެތްކަމަށް ތިލަފުށި
ކޯޕްރޭޝަން ލިމިޓެޑުގެ ފަރާތުން ކަނޑައެޅިގެން ބުނެފައިނުވުމުން އެލިޔުން ވުޖޫދުގައި ނެތްކަމުގައި
ބެލުމަށްވުރެ އެލިޔުން ވުޖޫދުގައި އޮތްކަމަށް އިސްވެ ބުނެވުނު ހެކިތަކުން ބެލުމުގެ ފުރުސަތު ބޮޑުކަން
އެނގޭކަމާއި،
ރައީކް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ވާ، ދިލްކީ
14 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{015/HC-A/9{
OX
މީގެ އިތުރުން، ތިލަފުށީގައި ކުރެވެމުންދިޔަ ބިން ހިއްކުމުގެ މަޝްރޫޢުއާ ގުޅޭ މައްސަލަ
އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަޙްޤީޤު ކުރިއިރު، އެމަޝްރޫޢުގެ މަސައްކަތް ހުއްޓާލުމަށް ތިލަފުށީ
ކޯޕަރޭޝަން ލިމިޓެޑަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގަވާފައިވާ އެންގުމަކީ ޤާނޫނާއި ޚިލާފު އެންގުމެއް
ކަމަށާއި، އެ އެންގުން ބާޠިލުކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މައްޗަށް ދަޢުވާ އުފުލުމަށާއި،
މިކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ޤާނޫނީ ވަކީލުން އައްޔަން ކުރުމަށް ނިންމާ، އެ ޒިންމާ
ޙަވާލުކުރާނެ ފަރާތެއް 17 ފެބްރުއަރީ 2011 ގައި ތިލަފުށި ކޯޕަރޭޝަންގެ ރިޒޮލިއުޝަން ނަންބަރު
2011/01 އިން ކަނޑައަޅައި ފާސްކޮށްފައި އޮތުމުން، ތިލަފުށި ބިން ހިއްކުމުގެ މަޝްރޫޢު، ހެވީ ލޯޑް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އެވޯޑްކޮށް، މޮބިލައިޒޭޝަން ޕޭމަންޓެއްގެ ގޮތުގައި ފައިސާ ދޫކޮށްފައިވަނީ
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުގެ ބޯޑަށް އެގުމާއި ރުހުމުގެ ތެރެއިންކަމަށް ބެލެވޭކަމާއި، އެހެނީ އެޕްރޮޖެކްޓަކީ
އެކުންފުނީގެ ބޯޑުން ހުއްދަނުދެނީސް ނުވަތަ ބޯޑަށް އެނގުމަކާއި ނުލައި އެވޯޑްކޮށް ހިންގަމުންދާ ޕްރޮޖެކްޓެއް
ކަމުގައި ވާނަމަ، އެޕްރޮޖެކްޓް ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގަވާފައިވާ އެންގުމަކީ
ޤާނޫނާއި ޚިލާފު އެންގުމެއް ކަމަށް ދެކިގެން އެއެންގުން ބާޠިލްކުރުމަށާއި އަދި އެކަމުގެ ސަބަބުން
އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމަށް ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑުގެ ބޯޑުން
ނިންމަންޖެހޭ އެއްވެސް ސަބަބެއް އޮންނާނެކަމަށް ޤަބޫލު ނުކުރެވޭކަމެވެ.
އެ ހއ
18
ބޭނުންކޮށްގެކީ
ންކަމުން، މަޒާގެ| އިބްރާހީމް ރިޔާޟްގެ މައްޗަށް ދައުލަތުން ކޮށްފައިވާ މަޤާމުގެ
ނުފޫޒުގެ ށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއަށް އިބްރާހީމް ރިޔާޝް
އިންކާރުކޮށްފައިވުމާއި، އެޕްރޮޖެކްޓުގެ ކަންތައްތައް ކުރިއަށް ގެންދިޔައީ ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑުގެ ބޯޑަށް
ހުށަހަޅައި އެކުންފުނީގެ ބޯޑުން ފާސްކޮށްގެން ބޯޑުން މެނޭޖިންގ ޑިރެކްޓަރަށް ލިބިދީފައިވާ ބާރުގެ ތެރެއިން
އެކުންފުނީގެ ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް އިބްރާހީމް ރިޔާޝް ބުނެފައިވުމާއި، ދައުލަތުގެ ފަރާތުން
ހެކިންގެ ގޮތުގައި ހުށަހެޅި ހެކިންގެ ބަހުންނާއި، ހުށަހެޅިފައިވާ ލިޔުންތަކުން އިބްރާހީމް ރިޔާޝްގެ މައްޗަށް
ދައުލަތުން ކޮށްފައިވާ ދަޢުވާ އެކަށީގެންވާ މިންވަރުގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވާ މިންވަރު
ދިވެހިރާއްa
އައިޝް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
15 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{015/HC-A/9{
ހު
ދައުލަތުގެ ފަރާތުން ހެކި ހުށަހެޅިފައި ނުވާކަމަށް ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވާތީ ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/265 ޤަޟިއްޔާގައި،
މއ. މަޒާގެ| އިބްރާހީމް ރިޔާޝްގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒް
ފައިދާއެއް ހޯދައިދިނުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ
ކަމަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުރިހާ ފަނޑިޔާރުންނަށްވެސް އިއްތިފާޤު ވެވިފައިވެއެވެ.
م سرسرما مي کسي
ދެންފަހެ، އިސްވެ
ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ކްރިމިނަލް
ކޯޓުގެ ނަންބަރު 2012/Cr
-
C/265 ޤަޟިއްޔާގައި މއ. މަޒާގެ އިބްރާހީމް ރިޔާޝްގެ މައްޗަށް ކޮރަޕްޝަން
ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2/2000) ގެ 12 ވަނަމާއްދާގެ (ހ) ގެ ދަށުން މަޤާމުގެ
ނުފޫޒު
އެހެން ފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމުގެ ކުށް، ދައުލަތުން ހުށަހެޅި
ލިޔުންތަކުންނާއި އޭނާގެ އިޢުތިރާފުން ސާބިތުވާކަމަށް ކަނޑައަޅުއްވައި، އެކުށުގެ ޢުޤޫބާތެއްގެ ގޮތުން އެމާއްދާގެ
(ށ) ގެ ދަށުން އިބްރާހީމް ރިޔާޝް 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމް
ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކަމުގައިނުވާތީ، އެޤަޟިއްޔާގެ ޙުކުމުގެ އެބައި،
މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލްކޮށް އެގޮތުގެމަތީން
ޙުކުމްކޮށްފިމެވެ.
OXO
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv