ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/129 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/129
އަA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 129/HC-A/2013
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް
* ދާއިމީ އެޑްރެސް: -
* އައި.ޑީ.ކާޑު ނަންބަރު:
މިހާރުގެ އެޑްރެސް:
ވަކީލްގެ ޑެޕިއުޓީ ސްޓޭޓް އެޓަރނީ އދ. ޙާފިޒާ ޢަބްދުއްސައްތާރު
ލް: ޑެޕިއުޓީ ސްޓޭޓް އެޓަރނީ އދ. މަރްޔަމް ޝުނާނާ
*
T
• އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ނަން: ޢަބްދުލްމާނިޢު ޙުސައިން
އައި.ޑީ.ކާޑު ނަންބަރު: A147136
* ނަން: ޢަބްދުﷲ ނަޞީރު މުޙައްމަދު
އައި.ޑީ.ކާޑު ނަންބަރު: A011543
ދާއިމީ އެޑްރެސް: އަންބަރީގެ އިހަވަންދޫ
މިހާރުގެ އެޑްރެސް: ހ. އޮށްކަފަގެ/ މާލެ
ދާއިމީ އެޑްރެސް: ބޯޅަދަނޑުގެ/ ގދ. ގައްދޫ
މިހާރުގެ އެޑްރެސް:
އޮށްކަފަގެ/ މާލެ
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 04 ޖުމާދަލްއާޚިރާ 1434 ނިމުނު ތާރީޚް: 22 މުޙައްރަމް 1435
14 އޭޕްރީލް 2013
26 ނޮވެމްބަރ 2013
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cv-C/1365
ނިންމި ކޯޓު: ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: އަމުރެއް ނެރެދިނުމަށްއެދި
ހުށަހެޅުނު ތާރީޚް: 07 އޯގަސްޓް 2012
ނިމުނު ތާރީޚް: 13 ފެބްރުއަރީ 2013
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު:ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު: ޔޫސުފް ޙުސައިން ފަނޑިޔާރު. އަޒްމިރާލްދާ ޒާހިރު
#
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
213/HC-A/12g
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ދަޢުވާގެ ޚުލާޞާ
ނޫންކަމަށްބުނެ،
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1365 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް
އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި އެޓަރނީ
ޖެނެރަލްގެ އޮފީސް (ދިވެހި ދައުލަތް)ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތްތަކަކީ، އިހަވަންދޫ އަންބަރީގެ ޢަބްދުލްމާނިޢު
ޙުސައިނާއި ގދ. ގައްދޫ ބޯޅަދަނޑުގެ ޢަބްދުﷲ ނަޞީރު މުޙައްމަދެވެ.
:40
1. ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1365 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، އެޓަރނީ ޖެނެރަލްގެ
އޮފީސް (ދިވެހި ދައުލަތް)ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
CCC
2. ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1365 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާގައި ހުށަހެޅިފައިވާ މައްސަލައަކީ، ގދ. ގައްދޫ ބޯޅަދަނޑުގެ ޢަބްދުﷲ ނަޞީރު
މުޙައްމަދާއި، އިހަވަންދޫ އަންބަރީގޭ ޢަބްދުލްމާނިޢު ޙުސައިން ޤާނޫނީ ވަކީލުކަމުގެ ހުވައި ކުރުމަށާއި،
ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދައަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން، އެތައް މަހެއް
ފާއިތުވެގެން ދިޔައިރުވެސް، އެއްވެސް ސަބަބެއްނެތި އެކަން ކޮށްދީފައިނުވާއިރު، އެ ހުއްދައަށް އެދުނު ފަހުން،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/129
އެހެން ފަރާތްތަކަށް އެ ހުއްދަ ދީފައިވާތީ، ޢަބްދުﷲ ނަޞީރު މުޙައްމަދާއި، ޢަބްދުލްމާނިޢު ޙުސައިނަށް ޤާނޫނީ
ވަކީލުކަމުގެ ހުވައި ކޮށްދިނުމަށާއި، ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ދިނުމަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް
އަމުރުކޮށްދިނުމަށް އެދި، އެޓަރނީ ޖެނެރަލްގެ އޮފީހަށް ދަޢުވާ ރައްދުވާގޮތަށް، ޢަބްދުﷲ ނަޞީރު މުޙައްމަދާއި،
ޢަބްދުލްމާނިޢު ޙުސައިންގެ ފަރާތުން ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެއްކަން އެނގެންއޮވެއެވެ.
CCCXOC
3. މިޤަޟިއްޔާއާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1365 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ މިފަދައިންނެވެ. "ދެންފަހެ، އިސްވެ
ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށާއި، މިމައްސަލައިގައި ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކުގެ މައްޗަށް
ރިޢާޔަތްކޮށް، ގދ. ގައްދޫ | ބޯޅަދަނޑު ގެ، ޢަބްދުﷲ ނަޞީރު މުޙައްމަދު (ދިވެހި ރައްޔިތެއްކަން އަންގައިދޭ
ކާޑު ނަންބަރު A011543) އާއި، އިހަވަންދޫ | އަންބަރީގެ، ޢަބްދުލްމާނިޢު ޙުސައިން (ދިވެހި
ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A147136) ޤާނޫނީ ވަކީލުކަމުގެ ހުވައި ކުރުމަށާއި، ޤާނޫނީ
ވަކީލުކަން ކުރުމުގެ ހުއްދައަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން، އެތައް މަހެއް ފާއިތުވެގެން
ދިޔައިރުވެސް، އެއްވެސް ސަބަބެއް ނެތި، އެކަން ކޮށްދީފައި ނުވާއިރު، އެ ހުއްދައަށް އެދުނު ފަހުން، އެހެން
ފަރާތްތަކަށް އެ ހުއްދަ ދީފައިވާތީ، ޢަބްދުﷲ ނަޞީރު މުޙައްމަދާއި، ޢަބްދުﷲ މާނިޢު ޙުސައިނަށް ޤާނޫނީ
ވަކީލުކަމުގެ ހުވައި ކޮށްދިނުމަށާއި، ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ދިނުމަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް
އަމުރުކޮށް ދިނުމަށް އެދި ޢަބްދުﷲ ނަޞީރު މުޙައްމަދާއި، ޢަބްދުލްމާނިޢު ޙުސައިން ހުށަހަޅާފައިވާ މިމައްސަލަ
ޝަރީޢަތުން ބެލިއިރުގައި،
cc
ޤާނޫނީ ވަކީލުކަމުގެ ހުވައިކުރުމަށާއި، ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދައަށް ޢަބްދުﷲ ނަޞީރު
މުޙައްމަދާއި، ޢަބްދުލްމާނިޢު ޙުސައިން، އެޓަރނީ ޖެނެރަލްގެ އޮފީހުގައި އެދިފައިވާހިނދު، ޢަބްދުﷲ ނަޞީރު
މުޙައްމަދާއި، ޢަބްދުލްމާނިޢު ޙުސައިން މިކަމުގައި ހުށަހަޅަންޖެހޭ ލިޔުންތައް ހަމައަށް ހުށަހަޅާފައިވާކަމާއި، އަދި
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/129
ފީ
ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދައަށް އެދޭއިރު ދައްކަންޖެހޭ -/100 ރ. (އެއްސަތޭކަ ރުފިޔާ) ގެ
ދައްކާފައިވާކަން މިމައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާހިނދު،
ހe2އ
ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ޙައިޘިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގައި އެޓަރނީ
ޖެނެރަލްގެ އޮފީހުން ޢަމަލުކުރަނީ "ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ޙައިޘިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ
ދިނުމުގެ އުޞޫލު" އަށް ކަމާއި، އެ އުޞޫލުގެ ދަށުން ޢަބްދުﷲ ނަޞީރު މުޙައްމަދާއި، ޢަބްދުލްމާނިޢު
ޙުސައިން ހުށަހަޅަންޖެހޭ ލިޔުންތަކާއި، ދައްކަންޖެހޭ ފީ ދައްކާފައިވާ ޙާލަތުގައި، ޢަބްދުﷲ ނަޞީރު
މުޙައްމަދާއި، ޢަބްދުލްމާނިޢު ޙުސައިނަށް އެ ހުއްދަ ނުދީ، އެކަން ފަސްކުރެވިފައިވަނީ، އެ ފަރާތްތަކުގެ
މައްޗަށް ކުށުގެ ތުހުމަޖެ އެފެދިފައިވުމާއި، އެ މައްސަލަތައް ޝަރުޢީ ކޯޓުތަކަށް ހުށަހެޅިފައިވާތީ، އެ
މައްސަލަތަކާމެދު ޝަރީޢަތުން ގޮތެއް ކަނޑައަޅަންދެން ކަމުގައިވިއަސް، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ
(އ) އިން، އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި
ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމަށް ބެލުމުގެ ޙައްޤު އެމީހަކަށް ލިބިގެންވާކަމާއި،
އެޓަރނީ ޖެނެރަލްގެ އޮފީހުން ޢަބްދުﷲ ނަޞީރު މުޙައްމަދާއި، ޢަބްދުލްމާނިޢު ޙުސައިނަށް އެ ހުއްދަ ނުދީ
ފަސްކުރެވިފައިވަނީ ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ޙައިޘިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ
އުޞޫލުން ބާރު ލިބިގެންކަން އެނގެން ނެތްހިނދު، އެ ފަދައިން ޢަމަލުކުރުމުގެ ބާރު އެޓަރނީ ޖެނެރަލްގެ
އޮފީހަށް ލިބިފައިވާކަން ޝަރީޢަތަށް ސާބިތުނުވާކަމާއި،
ޢަބްދުﷲ ނަޞީރު މުޙައްމަދާއި، ޢަބްދުލްމާނިޢު ޙުސައިނަކީ ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ
ޙައިޘިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ އުޞޫލުގެ ދަށުން ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތަކާއި،
ދައްކަންޖެހޭ ފީ ދައްކާފައިވާ ފަރާތްތަކެއްކަމުގައިވާހިނދު، ޤާނޫނަކުން ބާރު ލިބުމެއްނެތި، އެޓަރނީ ޖެނެރަލްގެ
އޮފީހުން އެފަރާތްތަކަށް ޤާނޫނީ ވަކީލެއްގެ ޙައިޘިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ނުދީ، އެކަން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/129
ފަސްކުރެވިފައިވުމަކީ، އެފަރާތްތަކަށް ޤާނޫނީ ވަކީލެއްގެ ޙައިޘިއްޔަތުން ކުރެވެން ހުރި މަސައްކަތްތައް ނުކުރެވި،
އަދި ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ހ) ގެ ދަށުން ލިބިފައިވާ، އެ މީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް
އަދާކުރުމުގެ ނުވަތަ މަސައްކަތެއް ކުރުމުގެ ޙައްޤު ހަނިވެގެންދާކަ
ވެގެންދާކަމެއްކަމަށް ކަނޑައަޅައި،
teތ4
އެގޮތަށް
އިސްވެ ބަޔާންވެދިޔަ ސަބަބުތައް ގޮތަށް ހުރުމާއެކު، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ
ޙައިޘިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ އުޞޫލުގައިވާ ގޮތުގެ މަތީން ޢަބްދުﷲ ނަޞީރު
މުޙައްމަދާއި، ޢަބްދުލްމާނިޢު ޙުސައިނަށް، ޤާނޫނީ ވަކީލުންގެ ހުވައިކުރުމަށާއި، އަދި ޤާނޫނީ ވަކީލެއްގެ
ޙައިޘިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އެންމެހައި އިންތިޒާމްތައް، މިއަދު
13 ފެބްރުއަރީ 2013 ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ފުރިހަމަކޮށް ނިންމުމަށް އެޓަރނީ
ޖެނެރަލްގެ އޮފީހުގެ މައްޗަށް އަންގައި، އަމުރުކޮށްފީމެވެ" މިހެންނެވެ.
4. ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1365 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ
ނޫންކަމަށްބުނެ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ފާހަގަކޮށް، ވާހަކަދައްކާފައިވަނީ
ނުކުތާއެއްގެ މައްޗަށް ކަމާއި، އެނުކުތާއަކީ، ވަކީލުންނަކީ ވަކި ސުލޫކީ މިންގަނޑެއްގައި ތިބެންޖެހޭ
ބަޔަކަށްވެފައި، ޤާނޫނީ ވަކީލުންގެ ހުވައި ކުރުމަށާއި، ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ
ހުއްދައަށް އެދޭ ފަރާތްތަކުގެ ތެރެއިން، ކުށުގެ ރެކޯޑު އޮންނަ ފަރާތްތަކުގެ ކުށުގެ ރެކޯޑުގެ ބާވަތާއި، ޙާލަތަށް
ރިޢާޔަތްކޮށް، ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ނުދިނުމަކީ ކޮންމެހެން ކުރަންޖެހޭ
ކަމެއްކަމަށް ފެންނަ ޙާލަތްތަކުގައި، ޤާނޫނީ ވަކީލުންގެ ހުވައި ކުރުމަށާއި، ވަކީލެއްގެ ހައިސިއްޔަތުން
މަސައްކަތްކުރުމުގެ ހުއްދަ ދިނުން ފަސްކުރެވިދާނެކަމަށް ބުނެ ދައުލަތުން ފާހަގަކުރި ނުކުތާތަކަށް
etc
OCCOX
ރއސރއވެ
އެވާފައިނުވާކަމަށް ބުނެ ހުށަހެޅި
33ދ ، ކ
ންކުeއވެ.
ދިވެހިރާއްޖެ
++
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/129
5. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިއުންތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1365 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުގެ
މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދައަށް އެދޭ
ފަރާތްތަކަށް އެހުއްދަ ދެވެނީ "ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ
ދިނުމުގެ އުސޫލު" ގައި ކަނޑައެޅިފައިވާ ގޮތުގެމަތިންކަމާއި،
އެއުސޫލުގެ 1 ވަނަ މާއްދާގެ (ހ) ގައި އެއީ، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން
މަސައްކަތްކުރާ މީހުންނަށް، އެކަމުގެ ހުއްދަ ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައެޅުމުގެ އުސޫލުކަމުގައި
ބަޔާންކުރެވިފައިވާކަމާއި،
އެއުސޫލުގެ 2 ވަނަ މާއްދާގައި، ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމުގައި ފުރިހަމަ ވާންޖެހޭ
ޝަރުޠުތައް ބަޔާންކޮށްފައިވާކަމާއި، އަދި ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމުގައި ފުރިހަމަ ވާންޖެހޭ
ކުރުޠުތައްކަމަށް އެމާއްދާގައި ބަޔާންކޮށްފައި އެވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން، އެއުސޫލުގެ 3 ވަނަ
މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ
ހުއްދައަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިނަމަ، އެހުށަހެޅި ތާރީޚުން ފެށިގެން ލަސްވެގެން
ދެމަސްދުވަހުގެ ތެރޭގައި ޤާނޫނީ ވަކީލުކަމުގެ ހުވާކުރުމުގެ އެންމެހައި ކަންތައްތައް
.ތައްތައް އެޓަރނީ ޖެނެރަލްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
7
2013/HC-A/12g
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
5
ވަނަ މާއްދާގެ (ށ) ގައި
އޮފީހުން ހަމަޖައްސަންވާނެކަން، ބަޔާންކުރެވިދިޔަ އުސޫލުގެ
ބަޔާންކުރެވިފައިވާއިރު،
ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދައަށް އެދޭ ފަރާތްތަކަށް އެހުއްދަ ދެވެނީ
"ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ އުސޫލު" ގައި
ކަނޑައެޅިފައިވާ ގޮތުގެމަތިންކަމާއި، އެކަން އެޓަރނީ ޖެނެރަލްގެ އޮފީހުގެ ބަހުންވެސް އެނގޭކަމެވެ.
(ނ) ދެވަނަ ކަމަކީ، މިމައްސަލާގައި އިސްތިއުނާފް ރައްދުވާ ދެފަރާތްކަމުގައިވާ، ޢަބްދުﷲ ނަޞީރު
މުޙައްމަދާއި، ޢަބްދުލްމާނިޢު ޙުސައިނަށް ޤާނޫނީ ވަކީލުކަމުގެ ހުވައި ކުރުވުމަށާއި، ޤާނޫނީ ވަކީލުކަމުގެ
ހުއްދަދިނުން ފަސްކޮށްފައިވަނީ މިދެފަރާތުގެ މައްޗަށް ކުށުގެ ތުހުމަތެއް އޮވެ، އެދެމީހުންގެ މައްޗަށް
ތުހުމަތުކުރެވޭ ކުށުގެ ދެމައްސަލައެއް ކޯޓަށް ހުށަހެޅިފައިވާތީ، އެމައްސަލަތައް ވަކިގޮތަކަށް ދެންކަމުގައި
އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބުނެފައިވާއިރު، މިޙާލަތުގައި ވަކާލާތުކުރުމުގެ ހުއްދަދިނުމާބެހޭގޮތުން
ބަޔާންކުރެވިދިޔަ އުސޫލުގައިވާ ހަމަތަކަށް ބަލާއިރު،
4
2
4
2
24 އ
ޤާނޫނީ ވަކީލުކަމުގެ ހުއްދަދިނުމުގައި އެފަރާތެއްގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް
"ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ އުސޫލު" ގެ 2 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާއިރު، އެމާއްދާގެ (ރ) ގައިވަނީ "އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް
ނުވަތަ ޚިޔާނާތުގެ ކުށެއް ނުވަތަ ވައްކަމުގެ ނުވަތަ ޓެކުން ނުވަތަ ރިޝްވަތުގެ ނުވަތަ މަކަރާއި ޙީލަތުގެ
ނުވަތަ ގަދަކަމުން ބަދުއަޚުލާޤީ ޢަމަލެއް ހިންގިކަމުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު
ކަމުގައި ނުވުން" މިފަދައިންކަމާއި، އަދި އެމާއްދާގެ (ބ) ގައިވަނީ "މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/129
ކުށްތައް ފިޔަވައި، ޖިނާއީ އެހެން ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުނަމަ، އެ ޙުކުމެއް
ތަންފީޛުކޮށް ނިމުނުތާ 5 (ފަހެއް) އަހަރު ވެފައިވުން" މިފަދައިންކަމާއި،
ވުމާއެކު، "ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ
އުސޫލު" ގެ 2 ވަނަ މާއްދާގެ (ރ) ގައި ވާފަދަ ކުށެއް އެމީހެއްގެ މައްޗަށް ސާބިތުވެފައިވާނަމަ، ނުވަތަ
އެމާއްދާގެ (ބ) ގައި ބުނެފައިވާފަދަ ކުށެއް އެމީހެއްގެ މައްޗަށް ސާބިތުވެ 5 އަހަރު ވެފައިނުވާނަމަ، ޤާނޫނީ
ވަކީލުކަމުގެ ހުއްދަނުދެވޭނެކަން އެނގެން އޮތްނަމަވެސް ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ
ހުއްދައަށް އެދި ހުށަހަޅާ ފަރާތެއްގެ މައްޗަށް ކުށުގެ ތުހުމަތެއްކުރެވިފައިވުމަކީ، އަދި އެފަދަ ދަޢުވާއެއް
އުފުލިފައިވުމަކީ، އެހުއްދަ ނުދީ ހިފެހެއްޓިދާނެ ނުވަތަ އެހުއްދަ ނުދީ ލަސްކުރެވިދާނެ ސަބަބެއްކަމުގައި
ބަޔާންކުރެވިފައި ނުވާކަން އެނގެންއޮންނައިރު، ޢަބްދުﷲ ނަޞީރު މުޙައްމަދާއި ޢަބްދުލްމާނިޢު ޙުސައިނުގެ
މައްޗަށް ކުށުގެ ތުހުމަތު ކުރެވި، ދަޢުވާ އުފުލިފައިވީނަމަވެސް، ސިވިލް ކޯޓުން މިމައްސަލަ ނިންމެވުމާ ހަމައަށް
ޢަބްދުﷲ ނަޞީރު މުޙައްމަދާއި ޢަބްދުލްމާނިޢު ޙުސައިނުގެ މައްޗަށް ކުރިކަން ޝަރީޢަތަށް
ސާބިތުވެފައިވާކަން އެނގެންނެތްކަމެވެ.
ކުށެއް
(ނ) ތިންވަނަ ކަމަކީ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބުނެފައިވާ ފަދައިން، ޤަނޫނީ
ވަކީލުންނަކީ ނުވަތަ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދެވޭ ފަރާތްތަކަކީ ޢަދުލު އިންސާފު ޤާއިމުކުރުމުގައި މުހިންމު
ދައުރެއް އޮތްބަޔަކުކަމާއި، އަދި އެފަދަ މީހުންނަކީ އުޅުމާއި، އަޚުލާޤު ރަނގަޅު އަދި ކުށުގެ ޢަމަލުތަކާ ދުރު
ބަޔަކަށް ވުން މުހިންމުކަމާއި، ނަމަވެސް މިކަންކަމުގެ މައްޗަށް ބަލައި، ޤާނޫނީ ވަކީލުކަމުގެ ހުއްދަ ނުދީ
ހިފެހެއްޓޭނީ، ނުވަތަ ލަސްކުރެވޭނީ އެކަންކަން ކަށަވަރުކުރުމަށް ބަޔާންކުރެވިދިޔަ އުސޫލުގައިވާ ކަންކަމާއި
މިންވަރުގެ މައްޗަށް ބިނާކޮށްގެންކަމާއި، ޢަބްދުﷲ ނަޞީރު މުޙައްމަދާއި ޢަބްދުލްމާނިޢު ޙުސައިނަށް
ކުރިމަތިވެފައިވާފަދަ، ކުށުގެ ތުހުމަތުކުރެވި، ދަޢުވާ އުފުލިފައިވާފަދަ ޙާލަތުގައި އެމައްސަލައާމެދު ކޯޓުން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
،y
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/129
ވަކިގޮތެއް ނިންމެވުމުގެ ކުރިން ކުށުގެ ތުހުމަތުކުރެވިފައިވާ ފަރާތަށް ޤަނޫނީ ވަކީލުކަމުގެ ހުއްދަ ދިނުން
ރަނގަޅުނޫންކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް ފެންނަނަމަ، ބަޔާންކުރެވިދިޔަ، "ދިވެހިރާއްޖޭގައި ޤާނޫނީ
ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ އުސޫލު" އެގޮތަށް އިޞްލާޙުކުރުމުގެ ބާރު
އެޓަރނީ ޖެނެރަލްގެ އޮފީހަށް ލިބިގެންވާކަމާއި، ނަމަވެސް އެގޮތަށް
އެކަންކަން އެއުސޫލުގައި
ކަނޑައެޅިފައިނެތަސް، އެއުސޫލުގައި ކަނޑައެޅިފައިވާ، ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމުގައި ބަލަންޖެހޭ
ކަންކަމާއި، ފުރިހަމަ ވާންޖެހޭ ޝަރުޠުތަކުގެ އިންތަކުގެ ބޭރުން އެޓަރނީ ޖެނެރަލްގެ އޮފީހަށް އެގޮތަކީ
ރަނގަޅު ގޮތެއްކަމަށް ފެންނަ ފެނުމެއްގެ މައްޗަށް އެކަނި ބިނާކޮށް ޤާނޫނީ ވަކީލުކަމުގެ ހުއްދަނުދީ
ހިފެހެއްޓިދާނެ ޤާނޫނީ ހަމައެއް އޮތްކަމަށް ނުފެންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ޢަބްދުﷲ ނަޞީރު މުޙައްމަދާއި ޢަބްދުލްމާނިޢު ޙުސައިނަކީ ޤާނޫނީ
ވަކީލުކަމުގެ ހުއްދަ ދިނުމުގެ ޝަރުޠުތައް ފުރިހަމަވާ ދެފަރާތްކަމާއި، ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން
މަސައްކަތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާއިރު، ހުށަހަޅަންޖެހޭ ތަކެތި ޢަބްދުﷲ ނަޞީރު މުޙައްމަދާއި
ޢަބްދުލްމާނިޢު ޙުސައިން އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާކަން އެނގޭއިރު، "ދިވެހިރާއްޖޭގައި ޤާނޫނީ
ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ
.ގެ ހުއްދަ ދިނުމުގެ އުސޫލު" ގެ 2 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ ސިފަތައް ނުވަތަ ޝަރުޠުތައް ފުރިހަމަވާ މީހަކު، ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން
މަސައްކަތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާއިރު ހުށަހަޅަންޖެހޭ ތަކެއްޗާއެކު އެޓަރނީ ޖެނެރަލްގެ އޮފީހަށް
ހެޅުމުން، ޤާނޫނީ ވަކީލުކަމުގެ ހުވާކުރުމަށް އެދި ހުށަހަޅާ ތާރީޚުން ފެށިގެން ލަސްވެގެން 2 މަސްދުވަހުގެ
ތެރޭގައި ޤާނޫނީ ވަކީލުކަމުގެ ހުވާ ކުރުމުގެ އެންމެހައި ކަންތައްތައް އެޓަރނީ ޖެނެރަލްގެ އޮފީހުން
ހަމަޖައްސަންވާނެކަން "ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ
އުސޫލު" ގެ 4 ވަނަ މާއްދާއާއި 5 ވަނަ މާއްދާއިން އެނގެންއޮންނަކަމެވެ.
2ދޑ 3
ހެނދ
އެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 23671
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2013/HC-A/129
(•} ފަސްވަނަ ކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ދިވެހިރާއްޖޭގައި
ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ އުސޫލުގައިވާ ގޮތުގެ މަތީން ޢަބްދު
ނަޞީރު މުޙައްމަދާއި ޢަބްދުލްމާނިޢު ޙުސައިނަށް، ޤާނޫނީ ވަކީލުންގެ ހުވައިކުރުމަށާއި، އަދި ޤާނޫނީ ވަކީލެއްގެ
ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އިންތިޒާމްތައް ފުރިހަމަކޮށް
ނިންމުމާ ގުޅޭގޮތުން އެޓަރނީ ޖެނެރަލްގެ އޮފީހުގެ މައްޗަށް އަމުރުކޮށް، އިސްތިއުނާފުކުރެވިފައި މިވާ، ސިވިލް
ކޯޓުގެ ނަންބަރު 2012/Cv-C/1365 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް
އޮތްކަމަށް މިމައްސަލަ ބެލި މިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
ހުކު.0
ދެން ފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2012/Cv-C/1365 ޤަޟިއްޔާގައި ކުރައްވާފައިވާ އީދުކޮށް، މިމައްސަލަ ބެލި މިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ތައިދި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv