ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/94 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/94
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 94/HC
-
A/2017
އިސްތިއުނާފުކުރި ފަރާތި ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
• އިސްތިއުނާފު ރައްދުވި ފަރާތް:
z ނަން: ޖަޘްލާން ރާޝިދު
ކާޑު ނަންބަރު: A306877
ދާއިމީ އެޑްރެސް:
ވިލިނގިލި/ ތަރިވިދާއާގެ
މިހާރުގެ އެޑްރެސް: ގއ. ވިލިނގިލި ތަރިވިދާއާގެ
ރަޖިސްޓްރީކުރެވުނު ތާރީޚް: 26 ޖަނަވަރީ 2017
* ނިމުނު ތާރީޚް: 28 ފެބުރުވަރީ 2017
އިސްތިއުނާފުކުރެވުނު ކޯޓު އަމުރު ނަންބަރު: 2017
/
366/J
/
MD-145
• އަމުރު ނެރުނު ކޯޓުކުރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ބަންދު އަމުރު (މަސްތުވާތަކެތި ގެންގުޅުން/ވިޔަފާރިކުރުން)
• އަމުރު ނެރުނު ތާރީޚް: 12 ޖަނަވަރީ 2017
3034
3
18 ޑ ވ
ބޭނުންކުރެނޭގެނެ
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހި
ހައިކޯ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމް 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2017/HC-A/94
ދަޢުވާގެ ޚުލާޞާ:
މިއީ، ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
366/J
/
MD-145 ކޯޓު އަމުރު އެކޯޓުން ނެރުއްވާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާ އެއްގޮތަށްނޫން ކަމަށްބުނެ އެ އަމުރު އިސްތިއުނާފު ކޮށްދިނުމަށް އެދި
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ
.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ، ވިލިނގިލި ތަރިވިދާއާގެ ޖަޚްލާން ރާޝިދުއެވެ.
CCCO
ޤަޟިއްޔާއެކެވެ.
ޕީއ
0
ފާހަގަކުރެވުނު ނުކުތާތައް:
401 ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
366/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު، އެ އަމުރަކީ،
2016 ނޮވެމްބަރ 29 ވަނަ ދުވަހުގެ 15:50 ހާއިރު ވިލިނގިލި ތަރިވިދާއާގެ ޖަޚްލާން ރާޝިދު
މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި،
ޖަޚްލާން ރާޝިދު ދޫކޮށްލައިފިނަމަ މިފަދަ ޢަމަލެއް ތަކުރާރުކޮށްފާނެ ކަމަށް ފެންނާތީ، މުޖުތަމަޢުގެ ސަލާމަތާއި
ރައްކާތެރިކަމަށްޓަކައި، މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި ޖަޘްލާން ރާޝިދު ބަންދުގައި
ބެހެއްޓުމުގެ އަމުރުކޮށް ދެއްވުން އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު: 155025/MF [ބަންދުގެ
މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް” އިން ހުށަހެޅުމުން، މުޖުތަމަޢުގެ ހަމަޖެހުމާއި ސަލާމަތާއި،
ރައްކާތެރިކަމަށްޓަކައި ޖަޚްލާން ރާޝިދު ގޭ ބަންދުގައި ބެހެއްޓުމަށް އަންގަވައި 2017 ޖަނަވަރީ 12 ވަނަ
ދުވަހު ކުރިމިނަލް ކޯޓުން ނެރުއްވާފައިވާ އަމުރެއްކަން އެނގެން އޮވެއެވެ.
02- ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
366/J
/
MD-145 ކޯޓު އަމުރު އެކޯޓުން ނެރުއްވާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެއަމުރު
އިސްތިއުނާފުކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް،
އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެގޮތުން،
ދިވެހިރާއްޖެ
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2{017/HC-A/94
ފުރަތަމަ ނުކުތާއަކީ، ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
366/J
/
MD-145 ކޯޓު އަމުރަކީ
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގައި ކުށްކުށަށް
ތުހުމަތުކުރެވޭ މީހުން ބަންދުގައި ބެހެއްޓުމާމެދު ކަނޑައަޅުއްވާފައިވާ އުޞޫލަށް ރިޢާޔަތްނުކުރައްވައި
ނެރުއްވާފައިވާ އަމުރެއް ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި
”މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން
ތަބާވާންވާނެ“ ކަމަށް ބަޔާންކޮށްފައިވާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު -SC/2011
19/A ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނަންބަރަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރު 33/SC
-
A/2011 ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
194/HC-A/2012 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ ޚިލާފަށް، ކުރިމިނަލް ކޯޓުން
އަމުރު ނެރުއްވާފައިވުން ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ހރ ތ ދ ތ * 4
03- ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
366/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލައިގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި
ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު“ ގެ 7 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއި، އެއިން ސަބަބެއް އޮތްކަން ނުވަތަ
އްޖޭގެ
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/94
ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ
(ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި؛
ޤާނޫނުއަސާސީގެ
މީގެ 49 ވަނަ މާއްދާއާއި ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު” ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު،
އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް
ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ
ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް
ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް
ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން
އޮންނަކަމާއި،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ
ސާބިތުކުރުމަށް
ރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި،
އަދި އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ
ޢަދަދަކީ ކޮބައިކަމާއި، ކުށުގެ ތަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި
ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރުއޮތީ ކިހާވަރެއްކަމާއި، އަދި
ހެކިތަކާކުޅު ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ސުޕްރީމް
ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގައި ކުށްފައިވާކަން އެނގެން އޮވެއެވެ.
8ހ8
އެއްގޮތަށް
ކުށް
ހއ 2
2x
2
CCCX
ބަޔާންކޮށް
(ނ) އިސްތިއުނާފު މިކުރެވޭ މައްސަލައިގައި ވިލިނގިލި/ ތަރިވިދާރާގެ ޖަޚްލާން ރާޝިދުގެ
މައްޗަށް ތުހުމަތުކުރެވިފައިވަނީ، 2016 ނޮވެމްބަރ 29 ވަނަ ދުވަހުގެ 15:50 ހާއިރު ވިލިނގިލި
ތަރިވިދާއާގެ ޘްލާން ރާޝިދު މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމުގެ
ތުހުމަތުކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު: 155025/MF ބަންދުގެ މުއްދަތު އިތުރުކުރުމަށް
ހުށަހަޅާ ފޯމްއިންނާއި، ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން
އޮންނަކަމާއި، ޖަޘްލާން ރާޝިދުގެ މައްޗަށް ތުހުމަތުކުރެވިފައިވާ އެމައްސަލައަކީ މޯލްޑިވްސް ޕޮލިސް
ހައިކޯ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
42
422
22:ނ
0x4
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/94
ސަރވިސްގެ ފަރާތުން މިހާރު ތަޙްޤީޤު ނިންމާ ދައުލަތުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ
މައްސަލައެއްކަން ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއި؛
ޖަޘްލާން ރާޝިދުގެ އަތުގައި އޮތް ފޮށިގަނޑެއް ފުލުހުން ބަލާފާސްކުރަމުން ދަނިކޮށް އެފޮށިގަނޑުގެ
ތެރޭގައި އޮތް ޕަވަރޓްރީ ބްރޭންޑްގެ ބެޓަރީއެއްގެ ތެރޭއިން ނެގުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ
އެއްޗެއްހުރި 01 ރަބަރު ޕެކެޓް (ބޭރުގައި އިންސިއުލޭޝަން ޓޭޕް އޮޅާފައިވާ) ފެނިފައިވުމާއި، ސީންއަށް ދިޔަ
ފުލުހުން ބުނާ ބުނުމާއި، މަސްތުވާތަކެތި (އެލްޕްރޮޒޯލަމް) ގެ ބަރުދަނުގައި 18.2909 ގްރާމް ހުރުމާއި،
ޖަޚްލާން ރާޝިދުގެ އަތުން ގިނަ ޢަދަދެއްގެ ފައިސާ ފެނިވާކަމަށް މިމައްސަލައާ ގުޅިގެން ލިބިފައިވާ ހެކި
ނުވަތަ ޤަރީނާގެ ގޮތުގައި ޖަޘްލާން ރާޝިދުގެ މުއްދަތު އިތުރުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ފަރާތުން ހުށަހަޅާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު: 155025/MF [ބަންދުގެ މުއްދަތު
އިތުރުކުރުމަށް ހުށަހަޅާ ފޯމް” ގައި ބަޔާންކޮށްފައިވާ ކަމާއިގެ
މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި އޭގެ ބޭނުންކުރުމުގެ ކުށްތަކަކީ އެކުށްތަކުގެ ޒާތާއި
ބާވަތުން މުޖުތަމަޢުގެ ސުލްޙަ މަސަލަސްކަމާއި
އަދި މުޖުތަމަޢަށް ބޮޑެތި ގެއްލުންތައް
ލިބެމުންދާ އެކަމާއި، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއް
ތަކެއްޗާބެހޭ ޤާނޫނު) ގެ 136 ވަނަ
އުފުލަންޖެހޭ ކުށެއްގެ ގޮތުގައި ބަޔާންވެފައިވާ ކުށެއްކަމާއި މިކުށަކީ އެންމެ ބޮޑެތި ކުށްތަކުގެ ގިންތީގައި ހިމެނޭ
ޖިނާޔަތުގެ ކުށެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 10/SC-A/2016 ޤަޟިއްޔާގެ
ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި ބަޔާންކުރައްވާފައިވާ ކަމާއިގެ
މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި ބޭނުންކުރުމުގެ ކުށްތަކަކީ، އެކުށްތަކުގެ ބާވަތުން
މުޖުތަމަޢަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަށްޓަކައި މުޖުތަމައަށް ނުރައްކާތެރިކަން ބޮޑު ކުށުގެ ޢަމަލުތަކެއްގެ
ގޮތުގައި ފާހަގަކުރެވިފައިވާ ކުށްތަކެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 33/SC-A/2011
ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި ބަޔާންކުރައްވައި އެޤަޟިއްޔާގައި ތުހުމަތުކުރެވުނު ފަރާތް
އެމައްސަލައިގެ ޝަރީޢަތް ނިމެންދެން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި
ބެހެއްޓުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަމުރު ނެރުއްވާފައިވާކަން އެނގެން އޮންނަކަމާއިގެ
22
22
2 ހއ
ޗެށްPއމ
ލ ލ ލ ވ3
cu
އެޤީ
އްޖޭގެ
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{017/HC-A/94
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޖަޘްލާން ރާޝިދު އިތުރަށް ބަންދުގައި ބަހައްޓަން
ބޭނުންވަނީ، ޖަޚްލާން ރާޝިދުގެ މައްޗަށް ތުޙުމަތު ކުރެވޭ މައްސަލައަކީ މަސްތުވާތަކެތީގެ ވިޔަފާރީގެ
މައްސަލައަކަށްވެފައި ޖަޘްލާން ރާޝިދު ދޫކޮށްލައިފިނަމަ މިފަދަ ޢަމަލެއް ތަކުރާރުކޮށްފާނެ ކަމަށް ފެންނާތީ،
މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅައި ތަނެއްގައިކަން
އެނގެންއޮންނައިރުގެ
މިމައްސަލައިގެ ބާވަތަށާއި، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާގެ މައްޗަށް ބަލާއިރު، މިފަދަ
ތުހުމަތެއްގައިވާ ފަރާތެއް ދޫވެފައި ހުރުމަކީ ތުހުމަތުކުރެވިފައިވާ ކުށުގެ ޢަމަލު ތަކުރާރުކުރުމުގެ ފުރުޞަތު
އޮންނާނެކަމެއްކަން އެނގޭކަމާއި އެހެންކަމުން މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުން ދެކެނީ
ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
366/J
/
MD-145 ކޯޓު އަމުރަށް ބަދަލު ގެންނަންޖެހޭކަމަށެވެ
COC
(ނ) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މިއަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށް
އިސްތިއުނާފުގެ މަރުޙަލާގައި ޖަޚްލާން ރާޝިދުގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައިގައި ދަޢުވާކުރުމަށް
އެއޮފީހުގެ ފަރާތުން ކުރިމިނަލްކޯޓަށް ފޮނުވާފައިވާކަން އެނގެން އޮންނަކަމާއި،
އެހެންކަމުން ޖަޘްލާން ރާޝިދުގެ މައްޗަށް ތުހުމަތު ކުރެވުނު އެމައްސަލައަކީ ޝަރީޢަތުގެ
މަރުޙަލާގައިވާ މައްސަލައެއްކަން އެނގެން އޮންނައިރު، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު ގެ 13 ވަނަ މާއްދާގެ (ހ)
އަށް ބަލާއިރު، ޝަރީޢަތުގެ މަރުޙަލާގައި ހައްޔަރު ނުވަތަ ބަންދާމެދު ގޮތެއް ނިންމާނީ މައްސަލައިގެ ޝަރީއަތް
ހިންގާ ފަނޑިޔާރު ކަމަށާއި، އެ ފަނޑިޔާރު ނެތްޙާލަތެއްގައި ކޯޓުގެ އިސްފަނޑިޔާރު ނުވަތަ އިސްފަނޑިޔާރު
ކަނޑައަޅައި އެހެން ފަނޑިޔާރެއްކަން އެމާއްދާއަށް ބެލުމުން އެނގެން އޮތުމުގެ އިތުރުން، ކުށުގެ ތުހުމަތު
ކުރެވޭ މީހާގެ މައްސަލަ ޝަރީޢަތުގައިވާ މަރުޙަލާގައި ޝަރީޢަތުން އެމައްސަލައާ މެދު ގޮތެއް ކަނޑައަޅަންދެން
އެމީހަކީ ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަންނަވާނަމަ އެކަން
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅަންޖެހެނީ އެމައްސަލައެއް އޮންނަ ކޯޓަކަށްކަން އެނގެއެވެ.
4 2 2 4 8.
އްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/94
ޙުކުމް:
ހދ 8 ވ
ދެންފަހެ، އިސްވެ ބަޔާންކު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ކުރިމިނަލް ކޯޓުގެ
ނަންބަރު 2017
/
366/J
/
MD-145 ކޯޓު އަމުރު މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށް، ވިލިނގިލި ތަރިވިދާއާގެ ޖަޚްލާން ރާޝިދުގެ
މައްޗަށް ތުހުމަތުކުރެވިފައިވާ މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރުމުގެ
މައްސަލައަކީ ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއްކަން ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން
އެނގެން އޮންނާތީ، [ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 13 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް މިޤަޟިއްޔާގައި
ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅައިފައިވާ އުސޫލާއެއްގޮތްވާ ގޮތުގެ މަތީން، ޖަޚްލާން ރާޝިދުގެ ބަންދާމެދު
ގޮތް ނިންމުމަށްޓަކައި ޖަޘްލާން ރާޝިދުގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލަ ހުށަހެޅިފައިވާ ކޯޓަށް
ހުށަހެޅުމަށް އަންގައި މިޤަޟިއްޔާ ދިވެހިރާއްގެ
މިރާއްޖޭގެ ހައިކޯޓުގައި ބެލި މަޖިލީހުގެ ފަނޑިޔާރުންގެ އިއްތިފާޤުން
އަމުރުކޮށްފީމެވެ.
95
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ