ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/19 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/19
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
-
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤާޟީއްޔާ ނަންބަރު: 19/HC-A/2013
• އިސްތިއުނާފު ކުރިފަރާތް:
ނަން: އަޙްމަދު ނަވާފަލް
އައިޑީ ކާޑް ނަންބަރު: A051220
* ދާއިމީ އެޑްރެސް: މ. މަރިޔާޒީ މާލެ
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: މަރްޔަމް މުޙައްމަދު
އައިޑީ ކާޑް ނަންބަރު: A071333
* .އުމީ އެޑްރެސް: ދެކުނުގެ ތ. ކަނޑޫދޫ
• ރަޖިސްޓްރީކުރެވުނު ތާރީޚް: 11 ރަބީޢުލްއައްވަލް 1434
23 ޖެނުއަރީ 2013
ނިމުނު ތާރީޚް: 1 ރަބީޢުލްއާޚިރު 1434
10 ފެބްރުއަރީ 2013
އިސްތިއުނާފުކުރެވުނު މައްސަލައިގެ ނަންބަރު: Fm
-
C
/
2011
)
B2
/
2013
/
01/1370)
މައްސަލައިގެ ބާވަތް: ޙުކުމް ތަންފީޛުކުރުމަށް އަންގާ އަމުރު
ނިންމެވި ކޯޓު: ފެމިލީ ކޯޓު
ނިމުނު ތާރީޚް:
ޚް: 17 ޖެނުއަރީ 2013
ރޮޗެވެ
ހެޅުނު ތާރީޚް:
ދިވެހިރާއްޖޭގެ
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު
**
އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2
ޤަޟިއްޔާ
2013/HC-A/19
ނިމުނު 1
يمر من *
ދަޢުވާގެ ޚުލާޞާ
މިއީ، ފެމިލީ ކޯޓުގެ
ނަންބަރު 2010
Fm
-
C/386 ޤަޟިއްޔާގެ ޙުކުމް
ތަންފީޛުކޮށްދިނުން އެދި މަރްޔަމް މުޙައްމަދު، ދެކުނުގެ ތ.ކަނޑޫދޫ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރު A071333) ގެ ފަރާތުން ފެމިލީ ކޯޓަށް ހުށަހެޅުމާ ގުޅިގެން، 17 ޖެނުއަރީ 2013 ގައި
އެކޯޓުން ނެރުއްވާފައިވާ "ކޯޓުގެ ޙުކުމް ތަންފީޛުކުރުމަށް އަންގާ އަމުރު" އެކޯޓުން ނެރުއްވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެ އަމުރު އިސްތިއުނާފު ކޮށްދިނުމަށްއެދި،
އަޙްމަދު ނަވާފަލް، މ. މަރިޔާޒީ މާލެ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A051220) ގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި ދަޢުވާ
ރައްދުވާ ފަރާތަކީ މަރްޔަމް މުޙައްމަދު، ދެކުނުގެ ތ.ކަނޑޫދޫ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރު A071333) އެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
". އިސްތިއުނާފުކުރެވިފައިމިވާ ފެމިލީ ކޯޓުގެ "ކޯޓުގެ ޙުކުމް ތަންފީޛުކުރުމަށް އަންގާ
އަމުރު" އަށް ބަލާއިރު، އެ އަމުރަކީ ފެމިލީ ކޯޓުގެ ނަންބަރު 2010/Fm
-
C/386 ޤަޟިއްޔާގެ ޙުކުމަށް
ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކުރައްވައި ޙުކުމްކުރެއްވުމާ ގުޅިގެން، ފެމިލީ ކޯޓުގެ އިސްވެދެންނެވުނު
ޙުކުމް ތަންފީޛުކޮށްދިނުން އެދި މަރްޔަމް މުޙައްމަދު، ދެކުނުގެ ތ.ކަނޑޫދޫ (ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު A071333) ގެ ފަރާތުން ފެމިލީ ކޯޓަށް ހުށަހެޅުމާ ގުޅިގެން، އެކޯޓުގެ
ނަންބަރު 2011/Fm
-
C/1370 ޤަޟިއްޔާއިން އެމައްސަލަ ބައްލަވައި، 17 ޖެނުއަރީ 2013 ގައި
އެކޯޓުން ނެރުއްވާފައިވާ އަމުރެއްކަމާއި،
ފެމިލީ ކޯޓުގެ އެއަމުރުގައިވަނީ، "ފެމެލީ ކޯޓުގެ ނަންބަރު 2010/Fm
-
C/386
ޤަޟިއްޔާގެ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ފެންނާތީ،
ޝަރީޢަތް ކުރުމާއި ބެހޭގޮތުން ހެދިފައިވާ ޤަވާއިދު 6 ގެ 184 ވަނަ މާއްދާގެ 3 ވަނަ ނަންބަރަށް
ރިޢާޔަތްކޮށް ފެމެލީ ކޯޓުގެ ނަންބަރު 2010/Fm
-
C/386 ޤަޟިއްޔާގެ ޙުކުމް، މިއަދު (17 ޖެނުއަރީހިރާއްޖޭގެ
2013) ން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ތަންފީޛުކުރުމަށް މޯލްޑިވްސް ޕޮލިސް
) *
0227
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
3
2013/HC-A/19
ޤަޟިއްޔާ ނިމުނު ގޮ
4 #
ދެވެ
مری
ސަރވިސްގެ މައްޗަށް އަންގައި އަމުރުކޮށްފީމެވެ" މިފަދައިންކަން އެ "ކޯޓުގެ ޙުކުމް ތަންފީޛުކުރުމަށް
އަންގާ އަމުރު" އިން އެގެން އޮވެއެވެ.
2. ފެމިލީ ކޯޓުގެ އިސްވެދެންނެވިފައިވާ، ކޯޓުގެ ޙުކުމް ތަންފީޛުކުރުމަށް އަންގާ
އަމުރު" އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށް ބުނެ އަޙްމަދު
ނަވާފަލްގެ ފަރާތުން އެމައްސަލަ އިސްތިއުނާފުކުރަމުން، އަންނަނިވި 4 (ހަތަރެއް ނުކުތާ ފާހަގަކޮށް،
އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން
އަޙްމަދު ނަވްފަލްގެ ފަރާތުން ހުށަހަޅާފައިވާ:
ފުރަތަމަ ނުކުތާއަކީ، ޖިބްރީލް އަޙްމަދު ނަވާފަލް އަކީ މިހާރު ޙަޟާނާތުގެ
މުއްދަތުގައި ހުރި ކުއްޖެއް ކަމުގައި ނުވާ ހިނދު، އޭނާގެ ޙަޟާނާތުގެ މުއްދަތުގައި އޭނާގެ ޙަޟާނާތު
ވަކި ފަރާތަކާ ހަވާލުކުރުމަށް ކޮށްފައިވާ ޙުކުމެއް، އޭނާގެ ޙަޟާނާތުގެ މުއްދަތު ހަމަވުމަށްފަހުގައިވެސް
ތަންފީޛު ކުރުމަށް، ފެމެލީ ކޯޓުގައި ހިނގަމުންދާ ނަންބަރު 2011/Fm
-
C/1370 ޤަޟިއްޔާއަކީ ޙުކުމް
ތަންފީޛު ކުރުމުގެ އުޞޫލުތަކާ ކަނޑައެޅިގެން ޚިލާފަށް ހިންގަމުންދާ ޤާޟިއްޔާއެއްކަމާއި، އަދި އެ
ޤަޟިއްޔާއިން ނެރެފައިވާ ނަންބަރު B2
/
2013
/
01 އަމުރަކީ ޤާނޫނީ ބާރުލިބިގެންނުވާ ކަމެއް ތަންފީޛު
ކުރުމަށް ނެރުއްވާފައިވާ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު އަމުރެއްކަމަށްބުނެ ހުށަހަޅާފައިވާ
ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، ޖިބްރީލް އަޙުމަދު ނަވްފަލް އަކީ ޙަޟާނާތުގެ އުމުރު
ހަމަވެފައިވާ ކުއްޖެއްކަމުގައި ވީނަމަވެސް، އޭނާގެ ބަހެއް ހޯދުމެއް ނެތި އޭނާގެ ނުގަބޫލުގައި އޭނާ
ވަކިފަރާތަކާ ޙަވާލުކުރުމަށް ފެމެލީ ކޯޓުގެ ނަންބަރު B2
/
2013
/
01 އަމުރުގައި ކަނޑައަޅުއްވާފައިވަނީ
ޤާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ށ) އާ ކަނޑައެޅިގެން
ޚިލާފަށްކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ، ފެމެލީ ކޯޓުގެ ނަންބަރު B2
/
2013
/
01 އަމުރަކީ އެ
އަމުރުގެ ކުރިން ނެރެފައިވާ އަމުރު، ތަންފީޛު ނުކުރެވި އޮތްގޮތުގެ އުޒުރުތަކަށް ރިޢާޔަތް ކުރުމެއްނެތި
އަދި އެ އަމުރު ތަންފީޛު ނުވުމާ ގުޅިގެން އެއްވެސް ޝަރީޢަތެއް އަދި ވާހަކަ ދެއްކުމުގެ ފުރުސަލެއް
ދިނުމެއް ނެތި ނެރެފައިވާ އަމުރެއް ކަމަށްވާތީ އެ އަމުރަކީ ޝަރީޢަތް ކުރުމުގެ އާންމު އުޞޫލުތައް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4
ޤަޟިއްޔާ
4 * 38
ނިމުނު
2013/HC-A/19
عمر کی مری
70 4 92 92
1
/
04ކމުންeނ
ޚިލާފަށް ނެރުއްވާފައިވާ ޝަރުއީ އަދި ޤާނޫނީ އުޞޫލުތަކާ ކަނޑައެޅިގެން ޚިލާފު
ހުށަހަޅާފައިވާ ނުކުތާއެވެ.
0* 2
eނަށް
• ހަތަރުވަނަ ނުކުތާއަކީ، ވުޖޫދުގައި ނުވާ ޤާނޫނެއްގެ" މައްޗަށް
ނެރުއްވާފައިވާ ފެމެލީ ކޯޓުގެ ނަންބަރު B2
/
2013
/
01 އަމުރަކީ ޤާނޫނީ އެއްވެސް ބާރެއް
ލިބިގެން ނުވާ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު އަމުރެއްކަމަށްބުނެ
ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
3. މިމައްސަލައާ ގުޅިގެން، ފެމިލީ ކޯޓުގެ ނަންބަރު B2
/
2013
/
01 "ކޯޓުގެ ޙުކުމް
ތަންފީޛުކުރުމަށް އަންގާ އަމުރު" އަށާއި، އެއަމުރު އިސްތިއުނާފު ކުރަމުން އަޙްމަދު ނަވާފަލްގެ ފަރާތުން
ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަ ރައްދުވާ މަރްޔަމް މުޙައްމަދުގެ
ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ބަލާއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
0 0
<< O
(ހ) ފުރިހަމަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ފެމިލީ ކޯޓުގެ ނަންބަރު
B2
/
2013
/
01 "ކޯޓުގެ ޙުކުމް ތަންފީޛުކުރުމަށް އަންގާ އަމުރު" އަކީ އެކޯޓުގެ ނަންބަރު
2010/Fm-
C/386 ޤަޟިއްޔާގައި ހިމެނޭ ޙަޟާނާތުގެ މައްސަލައިގައި 25 އޮގަސްޓް 2011 ގައި
އެކޯޓުން ކުރައްވާފައިވާ ޙުކުމް، 17 ޖެނުއަރީ 2013 އިން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި
ތަންފީޛުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަމުރުކުރައްވާ ނެރުއްވާފައިވާ އަމުރެއްކަމާއި،
އިސްވެދެންނެވުނު ފެމެލީ ކޯޓުގެ ނަންބަރު 2010/Fm-
C/386 ޤަޟިއްޔާގައި
ހިމެނޭ ޙަޟާނާތުގެ މައްސަލައިގެ ޙުކުމަށް ބަލާއިރު އެޙުކުމަކީ، ދެކުނުގެ ތ. ކަނޑޫދޫ، މަރްޔަމް
މުޙައްމަދު އާއި، މަރިޔާޒީ/މާލެ އަޙްމަދު ނަވާފަލްއާ ކާވެނިކޮށް ލިބިފައިވާ ދަރިފުޅު، ޖިބްރީލް
އަޙްމަދު ނަވްފަލްގެ ޙަޟާނަތު ލިބިގަތުމަށް އެދި މަރްޔަމް މުޙައްމަދުގެ ފަރާތުން ފެމިލީ ކޯޓަށް ހުށަހެޅުމާ
ގުޅިގެން، ޖިބްރީލް އަޙްމަދު ނަވްފަލްއަކީ އެމައްސަލަ ބެލެވުނުއިރު ޙަޟާނަތުގެ ޢުމުރުގެ
ކުއްޖެއްކަމަށްވެފައި، އަދި ޖިބްރީލް އަޙްމަދު ނަވާފަލްގެ މަންމަ މަރްޔަމް މުޙައްމަދުގެ ކިބައިން
ޙަޟާނަތުގެ ޙައްޤު ގެއްލިފައިނުވާތީ، ޖިބްރީލް އަޙްމަދު ނަވްފަލްއަށް އެންމެ މަޞްލަޙަތު ބޮޑީ އޭނާގެ
މަންމަ މަރްޔަމް މުޙައްމަދު ގާތުގައި ހުރުންކަމަށް ޝަރީޢަތަށް ފެންނާތީ، އޭނާގެ ޙަޟާނަތުގެ އެނެމް
އިސް ޙައްޤުވެރިއަކީ އޭނާގެ މަންމަ މަރްޔަމް މުޙައްމަދު ކަމަށް ކަނޑައަޅުއްވައި، 25 އޯގަސްޓް 2011
.
ދިވެހިރާއްޖެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2013/HC-A/19
5 ޤަޟިއްޔާ ނިމުނު "
کی عمری
ދެވެ
އިން ފެށިގެން 03 (ތިނެއް) ދުވަހުގެ ތެރޭގައި އޭނާގެ މަންމަ މަރްޔަމް މުޙައްމަދާ އޭނާ ޙަވާލު ކުރުމަށް
އަޙްމަދު ނަވްފަލް އަށް އަންގަވައި އެގޮތުގެމަތިން ކުރައްވާފައިވާ ޙުކުމެއްކަން އެނގޭކަމެވެ.
2 20
ހދ.(232
ހކރމގ
(ށ) ދެވަނަ ކަމަކީ، ޙަޟާނާތު ހަވާލުކުރެވޭ މީހާއަށް ކުއްޖެއްގެ ޙަޟާނާތު
އޮންނާނީ، އެކުއްޖެއްގެ އުމުރުން ހިޖުރީގޮތުން 7 (ހަތެއް) އަހަރު ފުރެންދެންކަމަށާއި، ޙަޟާނާތުގެ
މުއްދަތު ނިމުމުން، ނުވަތަ ޙަޟާނާތުގެ އުމުރު ހަމަވުމުން ކޯޓުން އެހެންގޮތަކަށް
އަމުރުނުކުރާނަމަ،
އެކުއްޖެއްގެ މައިންބަފައިންކުރެ އެކުއްޖަކު އިޚްތިޔާރުކުރާ މީހަކާއެކު ދިރިއުޅުމުގެ ޙައްޤު އެކުއްޖަކަށް
ލިބިގެންވާކަން ޤާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ހ) އަދި
(ށ) ގައި ބަޔާންކޮށްފައިވާކަމާއި، އަދި ޙަޟާނާތު ޙަވާލުކުރެވޭ މީހާ ކޯޓުގައި އެދިއްޖެނަމަ އަންހެން
ކުއްޖާގެ އުމުރުން ހިޖުރީގޮތުން 11 (އެގާރަ) އަހަރު ފުރެންދެން އަދި ފިރިހެން ކުއްޖާގެ އުމުރުން
ހިޖުރީގޮތުން 9 (ނުވައެއް) އަހަރު ފުރެންދެން ކުއްޖާގެ ޙަޟާނާތު އޭނާއާ އިޚްތިޔާރު
ކޯޓަށް ލިބިގެންވާކަމަށްވެސް އާއިލާއާބެހޭ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި،
އާއިލާއާބެހޭ ޤާނޫނުގެ އިސްވެދެންނެވުނު މާއްދާތަކަށް ޖުމްލަގޮތެއްގައި ބަލާއިރު
ކުއްޖެއްގެ ޙަޟާނާތުގެ އުމުރުގެ ތެރޭގައި އެކުއްޖެއްގެ ޙަޟާނާތާބެހޭ ގޮތުން ޝަރީޢަތުން ކުރާ އަމުރު
ނުވަތަ ނިންމާ ނިންމުން، އެކުއްޖެއްގެ ޙަޟާނާތުގެ މުއްދަތު ނިމުމުން ނުވަތަ ޙަޟާނާތުގެ އުމުރު
ހަމަވުމުން، އޭގެ އަމިއްލަޒާތުގައި ނިމުމަކަށް އަންނާނެކަމާއި، އަދި ކުއްޖެއްގެ ޙަޟާނާތުގެ
ނިމުމުން ނުވަތަ ޙަޟާނާތުގެ އުމުރު ހަމަވުމުން، އާއިލާއާބެހޭ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ
ދަށުން ޙަޟާނާތުގެ މުއްދަތު އިތުރުކުރެވޭނީ ނުވަތަ އެމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން،
އެކުއްޖެއްގެ މައިންބަފައިންގެ ތެރެއިން އެކުއްޖަކު އެމީހަކާއެކު ދިރިއުޅުމަށް އިޚްތިޔާރުކުރާ މީހަކު
ކަނޑައެޅޭނީ، އެކަމަށްޓަކައި ޝަރީޢަތަށް ހުށަހެޅޭ ވަކި މައްސަލައެއްގެ ތެރެއިންކަމާއި،
އަދި، ކުއްޖެއްގެ ޙަޟާނާތުގެ މުއްދަތުގެ ތެރޭގައި އެކުއްޖެއްގެ ޙަޟާނާތާ ގުޅޭގޮތުން
ޝަރީޢަތުންކުރާ ޙުކުމެއް ދެމިއޮންނާނީ އެކުއްޖެއްގެ ޙަޟާނާތުގެ މުއްދަތުގެ ނިމެންދެން ނުވަތަ
އެކުއްޖެއްގެ ޙަޟާނާތުގެ އުމުރު ހަމަވަންދެއްކަމަށްވާއިރު، އެފަދަ އަމުރެއް ނުވަތަ ޙުކުމެއް
ތަންފީޛުކުރެވޭނީވެސް އެމުއްދަތުގެ ތެރޭގައި
އައިކަމާއި، އެހެންކަމުން، ކުއްޖެއްގެ ޙަޟާނާތުގެ މުއްދަތުގެ
ތެރޭގައި އެކުއްޖެއްގެ ޙަޟާނާތާ ގުޅޭގޮތުން ޝަރީޢަތުންކުރާ ޙުކުމެއް ތަންފީޛުކުރުމަށް އަމުރުކުރުމުގެ
ބާރު، އެކުއްޖެއްގެ ޙަޟާނާތުގެ މުއްދަތު ނިމުމުން ނުވަތަ އެކުއްޖެއްގެ
ހަމަވުމަށްފަހު، ޝަރީޢަތަށް ލިބިގެންނުވާކަމެވެ.
02 ހ2
در کرم
روسری کی
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2013/HC-A/19
6 ޤަޟިއްޔާ ނިމުނު 1
تر می
(ނ) ތިންވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގައި
ކަންހިނގާފައިވާ ގޮތަށް ބަލާއިރު، އިސްތިއުނާފުކުރެވިފައިމިވާ ފެމިލީ ކޯޓުގެ ނަންބަރު B2
/
2013
/
01
"ކޯޓުގެ ޙުކުމް ތަންފީޛުކުރުމަށް އަންގާ އަމުރު" އެ ޤަޟިއްޔާއަކަށް ނިސްބަތްވާ ފެމިލީ ކޯޓުގެ ނަންބަރު
2010/Fm
-
C/386 ޤަޟިއްޔާގައި ހިމެނޭ ޙަޟާނާތުގެ މައްސަލައިގައި އެކޯޓުން ޙުކުމް ކުރެއްވިއިރު
ޖިބްރީލް އަޙްމަދު ނަވްފަލްއަކީ ޙަޟާނަތުގެ ޢުމުރުގެ ކުއްޖެއްކަމަށްވީނަމަވެސް، އާއިލާއާބެހޭ ޤާނޫނުގެ
ޙަޝާނާތާ ބެހޭބައި (އެޤާނޫނުގެ 40 ވަނަ މާއްދާއިން 46 ވަނަ މާއްދާއަށް) އަށް ބަލާއިރު، އެޤާނޫނުގެ
ބޭނުމަށް ޙަޟާނާތުގެ މައްސަލަތަކުގައި ކުއްޖާގެ އުމުރު ބަލާނީ ހިޖުރީ ތާރީހުންކަމަށްވެފައި، އަދި 21
ޞަފަރު 1434 ގައި ޖިބްރީލް އަޙްމަދު ނަފްފަލްއަށް ހިޖްރީ ގޮތުން 7 (ހަތެއް) އަހަރު ފުރިފައިވާކަން
އޭނާގެ އުފަންދުވަހުގެ ސެޓްފިކެޓަށް ބެލުމުން އެނގެން އޮތުމާއެކު، އިސްތިއުނާފަށް ހުށަހެޅިފައިމިވާ
ފެމިލީ ކޯޓުގެ ނަންބަރު B2
/
2013
/
01 "ކޯޓުގެ ޙުކުމް ތަންފީޛުކުރުމަށް އަންގާ އަމުރު" އެކޯޓުން
ނެރުއްވިއިރު ޖިބްރީލް އަޙްމަދު ނަވްފަލްއަކީ ޙަޟާނަތުގެ ޢުމުރު ހަމަވެފައިވާ ކުއްޖެއްކަން އެނގޭކަމާއި،
އެހެންކަމުން، އިސްވެދެންނެވިފައިވާ ޤާނޫނީ މަބްދަޢުތައް މިޙަޤީޤަތުގެ މައްޗަށް
ތަޠުބީޤުކުރުމުން، ފެމިލީ ކޯޓުގެ ނަންބަރު 2010/Fm
-
C/386 ގެ ޤަޟިއްޔާގައި ހިމެނޭ ޙަޟާނާތުގެ
މައްސަލައިގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް ތަންފީޛުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ
މައްޗަށް އަމުރުކުރައްވާ އެކޯޓުން ނެރުއްވާފައިވާ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ފެމިލީ ކޯޓުގެ ނަންބަރު
B2
/
2013
/
01 "ކޯޓުގެ ޙުކުމް ތަންފީޛުކުރުމަށް އަންގާ އަމުރު އަކީ މިމަރުޙަލާގައި އެކޯޓުން
ނެރުއްވޭނެ އަމުރެއްނޫންކަމެވެ.
2
އިސްވެފާހަގަކުރެވުނު ކަންކަން
ހުރުމުން، އިސްތިއުނާފަށް
ހުށަހެޅިފައިމިވާ ފެމިލީ ކޯޓުގެ ނަންބަރު B2
/
2013
/
01 "ކޯޓުގެ ޙުކުމް ތަންފީޛުކުރުމަށް އަންގާ
އަމުރު" އަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލު ގެންނަންޖެހޭ އަމުރެއްކަމަށް މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވެއެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
7
2013/HC-A/19
ޤަޟިއްޔާ ނިމުނު ގޮތު
مری معلمي *
• ޙުކުމް
ހރީއެކެk
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
ބަޔާންކުރެވުނު ގޮތަށް ދުމާއެކު، ފެމިލީ ކޯޓުގެ ނަންބަރު B2
/
2013
/
01 "ކޯޓުގެ ޙުކުމް
ތަންފީޛުކުރުމަށް އަންގާ އަމުރު" އެ ޤަޟިއްޔާއަކަށް ނިސްބަތްވާ ފެމިލީ ކޯޓުގެ ނަންބަރު
2010/Fm
-
C/386 ޤަޟިއްޔާގައި ހިމެނޭ ޙަޟާނާތުގެ މައްސަލައިގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް،
ޖިބްރީލް އަޙްމަދު ނަވާފަލްއަށް ހިޖްރީ ގޮތުން 7 (ހަތެއް) އަހަރު ފުރުމާހަމައިން ނިމުމަކަށް
އައިސްފައިވާކަމަށާއި، އެހެންކަމުން އެޙުކުމް ތަންފީޛުކުރުމުގެ ގޮތުން ފެމެލީ ކޯޓުން ނެރުއްވާފައިވާ،
އެކޯޓުގެ ނަންބަރު B2
/
2013
/
01 "ކޯޓުގެ ޙުކުމް ތަންފީޛުކުރުމަށް އަންގާ އަމުރު" އަކީ
ބާޠިލްކުރަންޖެހޭ އަމުރެއްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ފެމެލީ ކޯޓުގެ ނަންބަރު B2
/
2013
/
01 ކޯޓުގެ ޙުކުމް
ތަންފީޛުކުރުމަށް އަންގާ އަމުރު" ބާޠިލުކޮށް، ޤާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ޤާނޫނުގެ) 44
ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޖިބްރީލް އަޙްމަދު ނަފްޕަލްގެ މައިންބަފައިންގެ ތެރެއިން
އޭނާ އެމީހަކާއެކު ދިރިއުޅުމަށް އިޚްތިޔާރުކުރާ މީހަކު ކަނޑައެޅުމުގެ މައްސަލަ ވަކިމައްސަލައެއްގެ
ގޮތުގައި، ލަސްނުކޮށް ފެމެލީ ކޯޓަށް ހުށަހެޅުމަށް، މިމައްސަލައިގައި ހިމެނޭ ފަރާތްތަކަށް އަންގައި،
އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
0 0
<< O
ދިވެހިރާއްa
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv