ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/106 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A/106
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެލި
بم اقم التمر السیسم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
O
ޤަޟިއްޔާ ނަންބަރ: 106/HC
-
A/2011
އިސްތިއުނާފު ކުރިފަރާތް:
* ނަން: ސްރީލަންކާ އިންޝުއަރެންސް ކޯޕަރޭޝަން ލިމިޓެޑް ރަޖިސްޓްރޭޝަން ނަންބަރު: 68512005-C
* ދާއިމީ އެޑްރެސް: ހ.ފެންމުލި / މާލެ
މިހާރުގެ އެޑްރެސް: ހ. ފެންމުލި / މާލެ
* ޤާނޫނީ ވަކީލް: އަލްއުސްތާޛު ޙަސަން މަޢާޒް ޝަރީފް، ޕްރީމިއަރޒެމްބަރސް / މާލެ
0
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ކާޓިއުންސް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ރަޖިސްޓްރޭޝަން ނަންބަރު: 3512005-C
ދާއިމީ އެޑްރެސް: ގ. އީރާނުގެ / މާލެ
މިހާރުގެ އެޑްރެސް: ގ. އީރާނުގެ / މާލެ
* ޤާނޫނީ ވަކީލް: އަލްއުސްތާޛު ޢަރީފް އަޙްމަދު ނަޞީރު، އެވަންޓްގާރޑް ލޯޔާރސް / މާލެ
ނިމުނު ތާރީޚް: 22 އޮކްޓޯބަރު 2012
* ރަޖިސްޓްރީކުރެވުނު ތާރީޚް: 28 އޭޕްރީލް 2011
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ:
* ނަންބަރު: 2010/MC
/
2010
)
482
/
Cv
-
C/1086)
* ކޯޓު: ސިވިލް ކޯޓު
* ނިންމެވި ތާރީޚް: 22 ޑިސެމްބަރު 2010
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647)
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2
ޤަޟިއްޔާ
ނިމުނު
2{11/HC-A/106
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
482
/
Cv
-
C/1086) ޤަޟިއްޔާ،
އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް ސްރީލަންކާ އިންޝުއަރެންސް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤާޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ ކާޓިއުންސް އިންޓަރނޭޝަނަލް ޕްރައިވެޓް
ލިމިޓެޑެވެ.
ފާހަގަކުރެވުނު ނުކުތާތައް
:
ޑ0 (0
1. ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
482
/
Cv
-
C/1086) ޤަޟިއްޔާ،
އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް ސްރީލަންކާ އިންޝުއަރެންސް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
482
/
Cv
-
C/1086) ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ 15 މެއި 2009 ވަނަ ދުވަހު
ކ. ތިލަފުށީގައި ހުރި ކާޓިއުންސް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ބޮންޑެޑް ވެއަރހައުސްގައި
ހިނގި އަލިފާނުގެ ޙާދިޘާގައި އެވެއަރހައުސް އަނދައިގެން ދިއުމާ ގުޅިގެން އެވެއާރހަ
އެވެއާރހައުސް
އިންޝުއަރކޮށްފައިވާ ސްރީލަންކާ އިންޝުއަރެންސް ކޯޕަރޭޝަން ލިމިޓެޑުން ލިބެންޖެހޭ އިންޝުއަރެންސް
ފައިސާ ހޯދުމަށް 25 މެއި 2009 ގައި ފަޔަރ އިންޝުއަރެންސް ފޯމުން ހުށަހެޅުމުން އެބަދަލު
ލިބިފައިނުވާތީއާއި، ސްރީލަންކާ އިންޝުއަރެންސް ކޯޕަރޭޝަން ލިމިޓެޑުން ދޭންޖެހޭ އިންޝުއަރެންސް
ފައިސާ ނުދޭނެކަމަށް ބުނެފައިވާތީ އެފައިސާއާއި، އެފައިސާ ހޯދުމަށް ކުރަންޖެހުނު މަސައްކަތަށާއި، އަދި
ފައިސާ ނުލިބުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގައި ލިބެންޖެހޭ ފައިސާ ހޯދުމަށްއެދި ސްރީލަންކާ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471/
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
ދިވެހިރާއްޖެ
3 ޤަޟިއްޔާ ނިމުނު "
2011/HC-A/106
گمرکی
އިންޝުއަރެންސް ކޯޕަރޭޝަން ލިމިޓެޑުގެ މައްޗަށް ކާޓިއުންސް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ދަޢުވާކުރުމުން ބެލެވުނު ޤަޟިއްޔާއެއް ކަމާއި،
ކ.
8 0 4
އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ، ކާޓިއުންސް އިންޓަރނޭޝަނަލް ޕްރައިވެޓް
ލިމިޓެޑާއި ސްރީލަންކާ އިންޝުއަރެންސް ކޯޕަރޭޝަން ލިމިޓެޑް (ސްރީލަންކާ އިންޝުއަރެންސް) އާއި
ދެމެދު 21 ޖުލައި 2006 ގައި ސޮއިކުރެވިފައިވާ ނަންބަރު 2058/F އިންޝުއަރެންސް ޕޮލިސީއެއްގެ
ދަށުން 26 ޖޫން 2006 މިދުވަހުން ފެށިގެން 01 އަހަރު ދުވަހުގެ މުއްދަތަށް
ތިލަފުށީގައި ހުންނަ
ކާޓިއުންސް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ބޮންޑެޑް ވެއަރހައުސް 5,000,000.00ރ
(ފަސްމިލިޔަން ރުފިޔާ) އަށް އިންޝުއަރެންސް ކުރެވިފައިވާކަމާއި، މިއިންޝުއަރެންސް ޕޮލިސީ 28 ޖޫން
2007 އިން ފެށިގެން 01 އަހަރު ދުވަހަށް އާކުރެވިފައިވާކަން ދަޢުވާލިބޭ ފަރާތުގެ ބަހުންވެސް އެނގެން
އޮންނަކަމާއި، އަދި މިއިންޝުއަރެންސް ޕޮލިސީ އެންމެފަހުން އާކުރެވިފައި (ރީނިއު ކޮށްފައި) ވަނީ 12
މާރޗް 2009 އިން ފެށިގެން 06 (ހައެއް) މަސް ދުވަހުގެ މުއްދަތަށްކަމަށް ބުނެ ދަޢުވާކުރާ ކާޓިއުންސް
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ އިންޝުއަރެންސް ޓެމްޕަރަރީ
ކަވަރސޯޓަކުން
މި
ވެއަރހައުސް 10,000,000.00ރ (ދިހަމިލިޔަން ރުފިޔާ) އަށް
އިންޝުއަރެންސް ކުރެވިފައިވާކަން އެނގޭކަމާއި، އިސްވެ އިޝާރާތް ކުރެވުނު ޓެމްޕަރަރީ ކަވަރ ނޯޓުގެ
މުއްދަތު ހަމަވަނީ 11 ސެޕްޓެމްބަރު 2009 ގައި ކަމަށްވީ ހިނދު، މިބޮންޑެޑް ވެއަރހައުސްގައި ހިނގި
އަލިފާނުގެ ހާދިޘާއެއްގައި ބޮންޑެޑް ވެއަރހައުސް އަނދައިގެން ގޮސްފައިވަނީ 15 މެއި 2009 ދުވަހުކަން
ހުށަހެޅިފައިވާ ލިޔުންތަކުންނާއި ދެފަރާތުގެ ބަހުން އެނގެން އޮތުމާއެކު، މިއަލިފާނުގެ ޙާދިޘާ ހިނގާފައިވަނީ
ބަޔާންވެ ދިޔަ ޓެމްޕަރަރީ ކަވަރނޯޓްގައިވާ އިންޝުއަރެންސް މުއްދަތުގެ ތެރޭގައިކަން އެނގޭކަމާއި،
މިއަލިފާނުގެ ޙާދިޘާ ހިނގުމާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން ސީން އޮފް ކްރައިމް
އޮފިސަރުންނާއެކު ތަޙްޤީޤް ޓީމެއް އެޙާދިޘާ ހިނގި ސަރަހައްދަށް ފޮނުވައިގެން މައްސަލަ ވަގުތުން ތަޙްޤީޤު
ކުރަން ފަށާފައިވާކަމާއި، އަދި މިޙާދިޘާ ހިނގަން މެދުވެރިވި ސަބަބެއް އެތަޙްޤީޤުން އެނގެން ނެތްކަމަށް
މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެމައްސަލަ ތަޙްޤީޤު ކުރުމަށްފަހު ދެއްވާފައިވާ ނަންބަރު
2009
/
47/CID
(
SOCUOPRE-171 (14 ޖުލައި 2009) ޕޮލިސް ރިޕޯޓުގައި ބަޔާންކޮށްފައިވާކަން
އެނގެން އޮތުމާއެކު މިއަލިފާނުގެ ޙާދިޘާގެ ސަބަބުން މިބޮންޑެޑް ވެއަރހައުސަށް ލިބުނު ގެއްލުމަށް
އިންޝުއަރެންސް ފައިސާގެ ގޮތުގައި ހޯދުމަށް ކާޓިއުންސް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ކްލައިމް ކުރުމާ ގުޅިގެން މިބޮންޑެޑް ވެއަރހައުސަށް ލިބުނު ގެއްލުން ބެލުމަށް ދަޢުވާލިބޭ ފަރާތުން އައްޔަން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 31071
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު 1
کی مری
ދެވެ
2011/HC-A/106
މ 04
އެ ޤަ4ށ
ކޮށްފައިވާ އިންޑިޕެންޑެންޓް ލޮސް އެޖަސްޓަރ "ކަނިންހަމް ލިންޑްސީ (ސިންގަޕޫރ) ޕްރައިވެޓް ލިމިޓެޑް"
އިން އެބޮންޑެޑް ވެއަރހައުސް އަނދައިގެން ދިއުމުގެ ސަބަބުން ގެއްލުން ލިބުނު ނުވަތަ ހަލާކުވި ތަކެތީގެ
އެކަމުގައި ބަޔާންކޮށްފައިވާ 8,226,626.00ރ (އަށްމިލިޔަން ދެލައްކަ ސައްބީސްހާސް ހަސަތޭކަ
ސައްބީސް ރުފިޔާ) އަކީ މިދެފަރާތުގެ ދެމެދު އެއްބަސްވެވިފައިވާ އިންޝުއަރެންސް ފަޔަރ ޕޮލިސީގެ ދަށުން
އިންޝުއަރެންސް ފައިސާގެ ގޮތުގައި ސްރީލަންކާ އިންޝުއަރެންސް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން
ކާޓިއުންސް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅުއްވައި،
މިފައިސާއާއި، މިމައްސަލަ ޝަރީޢަތަށް ހުށަހެޅުމަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދަން ޖެހުމުގެ
ސަބަބުން ވަކީލު ފީގެ ގޮތުގައި ނަގައި ދިނުމަށް ދަޢުވާ ކުރާފަރާތުން އެދިފައިވާ ފައިސާގެ ތެރެއިން
ޝަރީޢަތުން ނަގައިދޭ 2,700.00ރ (ދެހާސް ހަތްސަތޭކަ ރުފިޔާ) އާ އެކުޖުމްލަ 8,229,326.00ރ
(އަށްމިލިޔަން ދުއިސައްތަ ނަވާވީސްހާސް ތިންސަތޭކަ ސައްބީސް ރުފިޔާ) ކާޓިއުންސް އިންޓަރނޭޝަނަލް
ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމުގެ ގޮތުން 22 ޑިސެމްބަރު 2010 މިދުވަހުން ފެށިގެން މީލާދީ 01
(އެކެއް) މަސްދުވަހުގެ ތެރޭގައި 8,229,326.00ރ (އަށްމިލިއަން ދުއިސައްތަ ނަވާވީސްހާސް ތިންސަތޭކަ
ސައްބީސް ރުފިޔާ) ސިވިލް ކޯޓަށް ދެއްކުމަށް ސްރީލަންކާ އިންޝުއަރެންސް ކޯޕަރޭޝަން ލިމިޓެޑަށް
އަންގަވައިކަން އެނގެން އޮންނަކަމެވެ.
3- ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
482
/
Cv
-
C/1086) ޤަޟިއްޔާ،
އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ
ސްތިއުނާފުކުރުމަށް ސްރީލަންކާ އިންޝުއަރެންސް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން 06 (ހައެއް)
ހުށަހަޅައި އެނުކުތާތަކާގު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
04 73
0 3x
ނަތައްއ
مل کر کرفسر
(ހ) ފުރަތަމަ ނުކުތާއަކީ: 12 މާރޗް 2009 ގައި ދޫކޮށްފައިވާ 'ޓެމްޕޮރަރީ ކަވަރ ނޯޓް"
އަދި ނަންބަރު 2609/F
/
010
/
F
/
F ޕޮލިސީ އަކީ ސްރީލަންކާ އިންޝުއަރެންސް އިން ކުރިން ދޫކުރި
ނަންބަރު 2058/F އިންޝުއަރެންސް ޕޮލިސީގެ އައު ކުރުމެއް ކަމުގައި ބައްލަވައި މައްސަލައިގައި ޙުކުމް
ކުރައްވާފައިވަނީ، ކޮންޓްރެކްޓާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 4/91) ގެ 19 ވަނަ މާއްދާ އާއި
ޤާނޫނު (ޤާނޫނު ނަންބަރު 24176) ގެ 2 ވަނަ އަދި 6 ވަނަ މާއްދާ އަދި ދިވެހިރާއްޖޭގެ ފަނޑިޔާޘުޖޭގެ ހައި
22 20 2
ހއwހ
cec O
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3/6471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2011/HC-A/106
کی عمری
5 ޤަޟިއްޔާ ނިމުނު ގޮ
ޤާނޫނު (ޤާނޫނު ނަންބަރު 13/2010) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އާ ޚިލާފަށްކަމަށް ބުނެ
ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ: 12 މާރޗް 2009 ގައި ދޫކޮށްފައިވާ 'ޓެމްޕޮރަރީ ކަވަރ ނޯޓް'
އާ ގުޅިގެން އިތުރު އިންޝުއަރެންސް ޕޮލިސީއެއް ޤާއިމްކޮށްފައިނުވާކަމަށް ޝަރީޢަތުން ނިންމަވާފައިވަނީ
ކޮންޓްރެކްޓާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 4/91) ގެ 5 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި
(ނ) ތިންވަނަ ނުކުތާއަކީ: އަލިފާނުގެ ހާދިސާގެ ސަބަބުން ގެއްލުން ލިބުނު ނުވަތަ
ހަލާކުވެދިޔަ ތަކެތީގެ އަގު ކަމުގައި ބުނެ ކާޓިއުންސް އިން ހުށަހެޅި ހުށަހެޅުން ތަޙްޤީޤު ކުރުމަށް
އިންޑިޕެންޑަންޓް ލޮސް އެޖަސްޓަރ' (މުސްތަޤިއްލުކޮށް ގެއްލުން ދެނެގަންނަ ފަރާތް) އެއް އައްޔަން
ކޮށްގެން ބެލުމުގެ އަމަލަކީ، ވެއަރހައުސަށް ލިބުނު ގެއްލުން ސްރީލަންކާ އިންޝުއަރެންސްގެ ފަރާތުން
އަމާންކޮށްދޭން ޖެހޭކަމަށް ސްރީލަންކާ އިންޝުއަރެންސުން ޤަބޫލުކުރާކަމެއް ކަމުގައި ޝަރީޢަތުން
ބައްލަވާފައިވަނީ ހެއްކާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 24/76) ގެ 2 ވަނަ އަދި 6 ވަނަ މާއްދާ
ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
o u ox One
އާ
(ރ) ހަތަރުވަނަ ނުކުތާއަކީ: ބޮންޑެޑް ވެއަރހައުސް އަނދައިގެން ދިއުމުގެ ސަބަބުން
ގެއްލުން ލިބުނު ނުވަތަ ހަލާކުވި ތަކެތީގެ އަގެއް ކަމުގައި "އިންޑިޕެންޑަންޓް ލޮސް ރެޖިސްޓަރ" ގެ
ރިޕޯޓުގައި ބަޔާންކޮށްފައިވާ އެންމެ ބޮޑު އަގަކީ ސްރީލަންކާ އިންޝުއަރެންސް ކޯޕަރޭޝަން ލިމިޓެޑުން
ޤަބޫލުކުރާ އެންމެ ބޮޑު އަގު ކަމަށް ޝަރީޢަތުން ބައްލަވާފައިވަނީ، ހެއްކާއިބެހޭ ޤާނޫނު (ޤާނޫނު ނަންބަރު
24/76) ގެ 2 ވަނަ އަދި 6 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ބ) ފަސްވަނަ ނުކުތާއަކީ: އިންޝުއަރެންސް ފައިސާއަށް ދަޢުވާ ކުރުމުގައި އެއްވެސް
އޮޅުވާލުމެއް ހިމެނޭ ހާލަތެއްގައި އެ އިން ޝުއަރެންސްއެއް ބާޠިލްވާނެކަން ނުވަތަ އިންޝުއަރެންސް ފައިސާ
ނުލިބޭނެކަން އެއީ އިންޝުއަރެންސް ކޮށްދިނުމުގެ މައިގަނޑު އެއް ޝަރުތުކަމުގައި ވީހިނދު، ސްރީލަންކާ
އިންޝުއަރެންސްގެ ފަރާތުން ހުށަހެޅި އިންޝުއަރެންސް ފްރޯޑް' ނުކުތާ އާ ގުޅޭގޮތުން ސްރީލަން
އިންޝުއަރެންސް އިން ހުށަހަޅާފައިވާ ކިތާބީ ހެކިތަކަށް މަދަނީ މިންގަނޑުން މަޢުޟޫއީގޮތެއްގައި އެއްވެސް
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471/
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު 1
¢ ¢3
=32
2{011/HC-A/106
می هرکی
މިންވަރަކަށް ޝަރީޢަތުން ބައްލަވާފައިނުވަނީ، ހެއްކާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 24/76 ) ގެ 2 ވަނަ
އަދި 6 ވަނަ މާއްދާ، އަދި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު (ޤާނޫނު ނަންބަރު 13/2010) ގެ 5
ވަނަ މާއްދާގެ (ށ) ގެ (1) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) ހަވަނަ ނުކުތާއަކީ: ކާޓިއުންސް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން
ދަޢުވާކޮށްފައިވާ ޢަދަދަކީ އިންޝުއަރެންސް ޕޮލިސީގެ ދަށުން ޞައްޙަ ޢަދަދުކަން ޝަރީޢަތަށް ސާބިތުވާފަދަ
ކާފީ ހެކި ކާޓިއުންސް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދެއްކިފައިނުވާކަމަށް ސިވިލް ކޯޓުގެ
ނަންބަރު 2010/Cv
-
C/482 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަ ކުރެވުނު
ނުކުތާތަކުގެ 6 ވަނަ ނަންބަރުގެ ވ. ގައި ޚުދު ސިވިލް ކޯޓުން ފާހަގަކުރައްވާފައިވާ ހިނދު، ސްރީލަންކާ
އިންޝުއަރެންސް ކޯޕަރޭޝަން ލިމިޓެޑުން ދޭންޖެހޭ އެއްވެސް ޢަދަދަކަށް ސްރީލަންކާ އިންޝުއަރެންސް
ކޯޕަރޭޝަން ލިމިޓެޑުން އެއްބަސްވެފައިނުވާ ހިނދު، އިންޝުއަރެންސް ޕޮލިސީގެ ދަށުން ދޭންޖެހޭ ޢަދަދު
ޝަރީޢަތުން ކަނޑައަޅުއްވާފައިވަނީ ހެއްކާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 24/76) ގެ 6 ވަނަ މާއްދާއާ
ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ
24 2 04
4 ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
482
/
Cv
-
C/1086) ޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް ސްރީލަންކާ އިންޝުއަރެންސް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ފަރާތުން ހުށަހެޅި
ނުކުތާތަކަށާއި އެނުކުތާތަކާ ގުޅޭ ގޮތުން ސްރީލަންކާ އިންޝުއަރެންސް ކޯޕަރޭޝަން ލިމިޓެޑުގެ
ފަރާތުންނާއި މިއިސްތިއުނާއީ ދަޢުވާ ރައްދުވާ ކާޓިއުންސް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ސިވިލް ކޯޓުގެ
ނަންބަރު 2010/Cv
-
C/482 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން
ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ
އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ކ. ތިލަފުށީގައި ހުންނަ ކާޓިއުންސް އިންޓަރނޭޝަނަލް ޕްރައިވެޓް
ލިމިޓެޑުގެ ބޮންޑެޑް ވެއަރހައުސަކީ، 12 މާރޗް 2009 ދުވަހުގެ ހަވީރު 4:00 އިން ފެށިގެން 06
ދިހައެއް) މަސްދުވަހުގެ މުއްދަތަށް ސްރީލަންކާ އިންޝުއަރެންސް ކޯޕަރޭޝަން ލިމިޓެޑުގައި
އިންޝުއަރކޮށްފައިވާ ތަނެއްކަމާއި،
ވެއަރހައުސް
އިންޝުއަރކޮށް،
0402
އަނނަޑީޑީ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [31647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
"ދިވެހިރާއްގެ ހައިކޯ"
/
ޤަޟިއްޔާ ނިމުނު ގޮ
2011/HC-A/106
می هرکی
10,000,000.00ރ (ދިހަ މިލިޔަން ރުފިޔާ) އަށް ކަމާއި، އެއިންޝުއަރެންސް ޕޮލިސީ ތެރޭގައި
އަލިފާނުގެ ހާދިސާއެއްގެ ސަބަބުން ލިބޭ ގެއްލުން ހިމެނޭކަން ސްރީލަންކާ އިންޝުއަރެންސް ކޯޕަރޭޝަން
ލިމިޓެޑުގެ ނަންބަރު 2558 ގެ ޓެމްޕޮރަރީ ކަވަރނޯޓުން އެނގޭކަމާއި، އެއިންޝުއަރެންސް ޕޮލިސީގެ
ޕްރީމިއަމަށްވާ 7,125.00ރ (ހަތްހާސް އެއްސަތޭކަ ފަންސަވީސް ރުފިޔާ) ކާޓިއުންސް އިންޓަރނޭޝަނަލް
ޕްރައިވެޓް ލިމިޓެޑުން ސްރީލަންކާ އިންޝުއަރެންސް ކޯޕަރޭޝަން ލިމިޓެޑަށް ދައްކާފައިވާކަން އެފައިސާ
ދެއްކިކަމުގެ ރިޕޯޓުން އެނގެން އޮންނަކަމާއި، އެއިންޝުއަރެންސް ޕޮލިސީއަކީ ސްރީލަންކާ
އިންޝުއަރެންސް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން އާންމުގޮތެއްގައި ބޭނުންކުރާ ފަޔަރ އިންޝުއަރެންސް
ޕޮލިސީގައި ބަޔާންކުރާ ހަމަތަކާއި އެއްގޮތްވާ ގޮތުގެމަތިން ދޫކޮށްފައިވާ ޕޮލިސީއެއްކަން އެނގޭކަމާއި،
4
atތ 4
އަ
ޑެޑް ވެއަރހައުސަކީ، އޭގެ ކުރިން (12 މާޗް 2009) ސްރީލަންކާ
އިންޝުއަރެންސް ކޯޕަރޭޝަން ލިމިޓެޑުގެ ނަންބަރު 2058/F އިންޝުއަރެންސް ޕޮލިސީގެ ދަށުން 26
ޖޫން 2006 ކުންފެށިގެން 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް 5,000,000.00ރ (ފަސްމިލިއަން
ރުފިޔާ) އަށް އިންޝުއަރެންސް ކުރެވިފައިވާ ތަނެއްކަމާއި، އަދި އެއިންޝުއަރެންސް ޕޮލިސީ 26 ޖޫން
2007 ން ފެށިގެން އިތުރު އެއްއަހަރު ދުވަހުގެ މުއްދަތަށް އާކޮށްފައިވާ ކަމާއި، މިގޮތުން އަލުން
އިންޝުއަރކޮށްފައިވާ އަދަދަކީ 10,000,000.00ރ (ދިހަ މިލިޔަން ރުފިޔާ) އަށް ކަމާއި، އަލުން އައު
ކޮށްފައިވާ ޕްރީމިއަމް އަށްވާ ފައިސާ އަކީ 14,250.00ރ (ސާދަ ހާސް ދުއިސައްތަ ފަންސާސް ރުފިޔާ)
ކަމަށާއި، މި ޕްރީމިއަމް ފައިސާ ދައްކަން ޖެހެނީ ދޭއް (02) އިންސްޓޯލްމެންޓަށް އެއްވަރަށް ބަހާލައިގެން
ކަމާއި މިގޮތުން ފުރަތަމަ އިންސްޓޯލްމަންޓަށްވާ 125.00ރ (ހަތްހާސް އެއްސަތޭކަ ފަންސަވީސް ރުފިޔާ)
28 ޖޫން 2007 ވަނަ ދުވަހު ދައްކާފައިވާކަމާއި، އަދި ދެވަނަ އިސްޓޯލްމެންޓަށްވާ ފައިސާ
26 ޑިސެމްބަރު 2007 ގައި ސްރީލަންކާ އިންޝުއަރެންސް ކޯޕަރޭޝަން ލިމިޓެޑަށް ދައްކާފައިވާކަމާއި،
15 މެއި 2009 ގައި އެބޮންޑެޑް ވެއަރހައުސްގައި އަލިފާނުގެ ހާދިސާއެއް ހިނގައި
އެބޮންޑެޑް ވެއަރހައުސް އަނދައިގެން ގޮސް އެތަނަށާއި އެތާނގައިހުރި ތަކެއްޗަށް ގެއްލުން ލިބިފައިވަނީ
އިންޝުއަރެންސް މުއްދަތުގެ ތެރޭގައިކަން އެނގޭކަން މިމައްސަލައިގެ ލިޔުންތަކަށް ބެލުމުން އެނގެން
އަންނަކަމެވެ.
4 20 02
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
ދިވެހިރާއްޖެ
می هرکی
2011/HC-A/106
=32
8 ޤަޟިއްޔާ ނިމުނު 1
(ށ) ދެވަނަ ކަމަކީ: ތިލަފުށީގައި ހުންނަ ކާޓިއުންސް އިންޓަރނޭޝަނަލް ޕްރައިވެޓް
ލިމިޓެޑުގެ ބޮންޑެޑް ވެއަރހައުސްގައި 15 މެއި 2009 ވަނަ ދުވަހުގެ 07:15 ގައި އަލިފާނުގެ
ހާދިސާއެއް ހިނގާފައިވާކަމާއި، އެހާދިސާއާގުޅިގެން މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން
އެތަނަށްގޮސް އެހާދިސާ ތަޙްޤީޤުކޮށްފައިވާކަމާއި، އެތަޙްޤީޤުކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން
ތައްޔާރުކޮށްފައިވާ އެސަރވިސްގެ ނަންބަރު 2009
/
7/CIDSOCUL
/
PRE-171 (14 ޖުލައި
2009) ގެ ރިޕޯޓަށް ބަލާއިރު، އަލިފާން ރޯވެފައިވަނީ ބޮންޑެޑް ވެއަރހައުސްގައިކަމަށާއި، އަދި ކައިރީގައި
ހުރި ވޯކްޝޮޕްގައިވެސް އަލިފާން ރޯވެފައިވާ ކަމަށާއި، އެހާދިސާ ހިނގަން މެދުވެރިވި ގޮތާބެހޭ ގޮތުން
އެމް.އެން.ޑީ.އެފް ގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން އެއްވެސް ތަފްސީލެއް ދެއްވާފައި
ނުވާކަމަށާއި، އަދި އެހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެނގެން ނެތްކަމަށް ބަޔާންކޮށްފައިވާ ކަމާއި،
އެތަޙްޤީޤުގައި ސުވާލު ކުރެވުނު މީހުންގެ ތެރެއިން ސްރީލަންކާގެ ރައްޔިތެއްކަމަށްވާ މރ.
ވިޖެތުންގަ ރަންކޮތު ގެދަރު (ޕާސްޕޯޓް ނަންބަރު N1335537) ބުނެފައިވަނީ ތިލަފުށީގައި ތިބޭ
ކާޓިއުންސް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުން ތިބެނީ ބޮންޑެޑް ވެއަރހައުސް އާއި
ޖެހިގެން ހުންނަ ވޯރކްޝޮޕްގެ މަތީގައި ހަދާފައި ހުންނަ އެކޮމޮޑޭޝަން ބްލޮކްގައި ކަމަށާއި، 15 މެއި
2009 ވަނަ ދުވަހުގެ 06:15 އެހާކަންހާއިރު އޭނާ އެކޮމޮޑޭޝަން ބްލޮކްގައި ހުއްޓާ ބަޔަކު ހަޅޭލަވާ އަޑު
އިވުނުކަމަށާއި، އޭރު މުޅިތަނުގައި ވަނީ ދުން ކަމަށާއި ކުޑައިރުކޮޅެއްގެ ތެރޭގައި އެއްވެސް އެއްޗެއް
ނުފެންނަ ވަރަށް ދުންގަނޑު ބޯވެ ކަޅުވެގެން ދިޔަ ކަމަށާއި، އެހެންކަމުން އޭނާ އެކަމަޑޭޝަން ބުލޮކުގެ
ކުޑަ ދޮރުން ބޭރަށް ފުންމާލިއިރު، ބޮންޑެޑް ވެއަރހައުސްގައި ބޯ، ކަޅު ދުންގަނޑެއް ފެތުރިފައިވާ
ކަމަށާއި، ކުޑައިރުކޮޅެއްގެ ތެރޭގައި ބޮންޑެޑް ވެއަރހައުސްގައި އަލިފާން ރޯވާން ފެށިކަމަށް ބަޔާންކޮށްފައިވާ
ކަމާއި،
04 05
ބިންޑިޑ
ކާޓިއުންސް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް
ޝުޖާޢު ބުނެފައިވަނީ ބޮންޑެޑް ވެއަރހައުސް ހުންނަނީ ބޭރުން ތަޅުލެވޭ ގޮތަށް ދެ ތަޅު ބޭނުންކޮށްގެން
ތަޅުލާފައި ކަމަށާއި، ވެއަރހައުސް ހަމައެކަނި ހުޅުވޭނީ މޯލްޑިވްސް ކަސްޓަމްސް
ސަރވިސްއިންނާއި ކާޓިއުންސް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މީހުން ތިބެގެން
ބޮންޑެޑް ވެއަރހައުސްގައި އަލިފާނުގެ ހާދިސާ ހިނގުމާގުޅިގެން އެއްވެސް
މުވައްޒަފަކު
މަސައްކަތަށް ނުނިކުންނާނޭ ވާހަކަ ވިދާޅުވިކަމަށް ބަޔާންކޮށްފައިވާ ކަމާއި،
ކަމަށާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2011/HC-A/106
می هرکی
9 ޤަޟިއްޔާ ނިމުނު ގޮ
މޯލްޑިވްސް ޑިފެންސް ފޯސްގެ ފަޔަރ ރިޕޯޓުގައި ވާގޮތުން 15 މެއި 2009 ގެ 7:03
ގައި ބަނގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ ޢަބްދުއްސައްތާރު، ކްޓިއުންސް އިންޓަރނޭޝަނަލް ޕްރައިވެޓް
ލިމިޓެޑުގެ
ބޮންޑެޑް ވެއަރހައުސްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމަށް އެންގުމުން،
އެމް.އެން.ޑީ.އެފް ގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރ ފައިޓިންގ ޓީމެއް އަލިފާންގަނޑު
ނިއްވާލައި، ކޮންޓްރޯލް ކުރުމަށް ހާދިސާ ހިނގި ސަރަހައްދައް ދިޔަ ކަމަށާއި، އަލިފާންގަނޑު އެކީ
ނިއްވާލެވުނީ 5 (ފަހެއް) ގަޑިއިރާއި 45 (ސާޅީސްފަހެއް) މިނެޓުން ކަމަށާއި، އެބޮންޑެޑް ވެއަރހައުސްގައި
އަލިފާން ރޯވިއިރު އެތަނުގައި 27 (ހަތާވީސް، ވެހިކަލް އޮތްކަން ފާހަގަކުރެވޭ ކަމަށާއި، އެހާދިސާއާ
ގުޅިގެން ބޮންޑެޑް ވެއަރހައުސާއި، ޖެހިގެން ހުރި ވޯކް ޝޮޕް އަދި މުވައްޒަފުން ބައިތިއްބާ ބްލޮކްވަނީ
އެއްކޮށް އަނދައިގެން ގޮސްފައިކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
OXO
(ނ) ތިންވަނަ ކަމަކީ، ކާޓިއުންސް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ
ކ. ތިލަފުށީގައި ހުންނަ ބޮންޑެޑް ވެއަރހައުސްގައި 15 މެއި 2009 ގައި ހިނގި އަލިފާނުގެ ހާދިސާއާ
ގުޅިގެން އެތަނަށާއި އެތަނުގައިވާ ތަކެއްޗަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 19,699,404.21ރ
(ނަވާރަ މިލިޔަން ހަލައްކަ ނުވަދިހަ ނުވަހާސް ހަތަރުސަތޭކަ ހަތަރު ރުފިޔާ އެކާވީސް ލާރި) ހޯދުމަށް
ކާޓިއުންސް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 25 މެއި 2009 ގައި ފަޔަރ
އިންޝުއަރެންސް ކްލެއިމް ފޯމު ސްރީލަންކާ އިންޝުއަރެންސް ކޯޕަރޭޝަން ލިމިޓެޑަށް ހުށަހަޅާފައިވާއިރު،
ވެއަރހައުސްއަށް ލިބުނު ގެއްލުން ބެލުމަށްޓަކައި ސްރީލަންކާ އިންޝުއަރެންސްގެ ފަރާތުން
އިންޑިޕެންޑެންޓް ލޮސްއެޖެސްޓަރއެއްގެ ގޮތުގައި، ކަރިންހަމް ލިންޑްސީ (ސިންގަޕޫރ) ޕްރައިވެޓް ލިމިޓެޑް
އައްޔަން ކޮށްފައިވާ ކަމާއި، އެކުންފުނިން އެތަންތަން ބެލުމަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓުގައި، ބޮންޑެ
ވެއަރހައުސް އަދައިގެން ދިއުމާއި ގުޅިގެން 8,226626.00ރ (އަށްމިލިޔަން ދެލައްކަ ސައްބީސްހާސް
ހަސަތޭކަ ސައްބީސް ރުފިޔާ) ގެ ގެއްލުން ލިބިފައިވާކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި
2
02
eޑ
xތ 02
ކާޓިއުންސް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި އިންޝުއަރެންސް ކްލެއިމް
ފޯމުގައި ކްލެއިމްކުރާ ފައިސާ ދިނުމަށް ސްރީލަންކާ އިންޝުއަރެންސުން އިންކާރުކޮށްފައިވާތީ،
އިންޝުއަރެންސް ފައިސާގެ ގޮތުގައި 10،000،000.00ރ (ދިހަމިލިޔަން ރުފިޔާ) އާއި، އެފައިސާ
ނުލިބުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ގޮތުގައި 4,352,160.09ރ (ހަތަރު މިލިޔަން
ތިންސަތޭކަ ސާސްދެހާސް އެއްސަތޭކަ ފަސްދޮޅަސް ރުފިޔާ ނުވަލާރި) އާއި ޤާނޫނީ ވަކީ
ހދ 0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:
3X6471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު "
2011/HC-A/106
کی مرکی
=32
ތތ ހ 0
2
2 ތތ
އައްޔަންކުރަޚުން
X
ހަން( ޚަރަދުގެ ގޮތުގައި 20,000.00ރ (ވިހިހާސް ރުފިޔާ) އާއެކު ޖުމްލަ
14،372,160.09ރ (ސާދަ މިލިޔަން ތިންސަތޭކަ ހަތްދިހަދެ ހާސް އެއްސަތޭކަ ފަސްދޮޅަސް ރުފިޔާ ނުވަ
ލާރި) ލިބިފައިނުވާކަމަށްބުނެ އެފައިސާ ހޯދުމަށް ސްރީލަންކާ އިންޝުއަރެންސް ކޯޕަރޭޝަން ލިމިޓެޑުގެ
މައްޗަށް ކާޓިއުންސް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގައި 04 އޭޕްރީލް 2010 ގައި
ދަޢުވާކޮށްފައިވާ ކަމާއި، އެދަޢުވާގެ ޖަވާބުގައި، ސްރީލަންކާ އިންޝުއަރެންސް ކޯޕަރޭޝަން ލިމިޓެޑުގެ
ފަރާތުން ބުނެފައިވަނީ، އެދަޢުވާ ބިނާކޮށްފައިވަނީ ނަންބަރު 2058/F އިންޝުއަރެންސް ޕޮލިސީއަކީ
އަލިފާނުގެ ހާދިސާ ހިނގުމުގެ ކުރިން 26 ޖޫން 2008 ގައި މުއްދަތު ހަމަވެ މުއްދަތު އައުކޮށްފައިވާ
ޕޮލިސީއަކަށް ނުވާތީއާއި، އަލިފާނުގެ ހާދިސާއާގުޅިގެން ކާޓިއުންސްގެ ފަރާތުން 19,699,404.21ރ
(ނަވާރަ މިލިޔަން ހަލައްކަ ނުވަދިހަ ނުވަހާސް ހަތަރުސަތޭކަ ހަތަރު ރުފިޔާ އެކާވީސް ލާރި) ހޯބު
ހޯދުމަށް
ހުށަހެޅި ކްލެއިމާގުޅިގެން ކްލެއިމް ޕްރޮސެސް ކުރުމުގެ ތެރޭގައި، އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން ޙަޤީޤަތް
އޮޅުވާލުމަށް ކާޓިއުންސްގެ ފަރާތުން މަސައްކަތްކޮށްފައިވުމުގެ ސަބަބުން އަލިފާނުގެ ހާދިސާ ހިނގިއިރު،
ސްރީލަންކާ އިންޝުއަރެންސުން ކާޓިއުންސަށް 12 މާޗް 2009 ގައި ދޫކޮށްފައިވާ ވަގުތީ ކަވަރ ނޯޓު
އަދި ނަންބަރު 2609/F
/
010
/
F
/
F ޕޮލިސީގެ ޝަރުޠުތަކާ ކާޓިއުންސް ޚިލާފުވެފައިވާތީއާއި، ކާޓިއުންސްގެ
ފަރާތުން ހޯދުމަށް ދަޢުވާކުރި ފައިސާއަކީ އަލިފާނުގެ ހާދިސާގެ ސަބަބުން ލިބުނު ގެއްލުންކަމަށް
ކާޓިއުންސްގެ ފަރާތުން ހުށަހެޅިއިރު، އެހާދިސާ ތަޙްޤީޤު ކުރުމަށް ސްރީލަންކާ އިންޝުއަރެންސުން
އައްޔަންކުރި ލޮސްއެޖެންސްޓަރގެ ރިޕޯޓުން ގެއްލުންލިބުނު ނުވަތަ ހަލާކުވެގެންދިޔަ ތަކެތީގެ އަގު އެންމެ
ބޮޑުވެގެންވެސް އަރާނީ 8,226,626.00ރ (އަށްމިލިޔަން ދެލައްކަ ސައްބީސްހާސް ހަސަތޭކަ ސައްބީސް
ރުފިޔާ) ކަމުގައި ބަޔާންކޮށްފައިވާތީއާއި ކާޓިއުންސްގެ ފަރާތުން ކްލެއިމް ހުށަހެޅިއިރު ދީފައިވާ މަޢުލޫމާތު
ދިމާނުވާތީ، ކާޓިއުންސްގެ ފަރާތުން ހުށަހަޅާފައިވަނީ ޞައްޙަ ދަޢުވާއެއްކަމަށް ބެލެވެން ނެތަތީ، އެދަޢުވާގެ
އަސްލަށާއި، ލިބިގަތުމަށް އެދިފައިވާ ފައިސާއަށް އިންކާރުކުރާ ކަމަށެވެ. މިފަދައިން ކަމާއި،
ހއ 2 *
އިންޝުއަރެންސް ކްލޯއިމަށް ފައިސާ ދޫކުރެވެންނެތްކަ
ތެކަމަށް ސްރީލަންކާ
އިންޝުއަރެންސް ކޯޕަރޭޝަން ލިމިޓެޑުން ކާޓިއުންސް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް 21
ޖެނުއަރީ 2010 ގައި އަންގާފައިވަނީ، އިންޝުއަރެންސް ފައިސާ ހޯދުމަށް ކާޓިއުންސްގެ ފަރާތުން
މަސައްކަތްކޮށްފައިވަނީ ޙަޤީޤަތް އޮޅުވާލައިގެން ކަމަށް ބެލެވޭތީއާއި، އެއީ، އަލިފާނުގެ ހާދިސާއާ ގުޅިގެން
ސްރީލަންކާ އިންޝުއަރެންސްގެ ފަރާތުން އިންވެސްޓިގޭޓިންގ އޮފިސަރ ޑީ.އެމް. ޑަޔަނަންދާ ކުރި
ތަޙްޤީޤަށް ކާޓިއުންސްގައި ކުރިން އެކައުންޓެންޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ތަރަކަ ލުކާގެ އިސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 36471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2{11/HC-A/106
کی مری
26 ނޮވެމްބަރު 2009 ގައި ދީފައިވާ ބަޔާނުން، އެއަލިފާނުގެ ހާދިސާ ހިނގުމުގައި އިންޝުއަރެންސް
ފްރޯޑް އުޅޭކަމަށް ތުހުމަތުކުރެވޭތީ އެމައްސަލަ އިތުރަށް ތަޙްޤީޤު ކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް
ސަރވިސްއަށް ހުށަހަޅާފައިވާ ކަމަށާއި، އެމައްސަލަ ރަޖިސްޓްރީ ކޮށްފައިވަނީ 07 ނޮވެމްބަރު 2010 ގައި
ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮމާރޝިއަލް ކްރައިމް ޔުނިޓްގެ ނަންބަރު LC2010
/
14812
އިން އަންގާފައިވާ ކަމަށާއި، އަދި މިއަދާ ހަމައަށްވެސް އެމައްސަލައިގެ ތަޙްޤީޤް ރިޕޯޓެއް ލިބިފައި
ނުވާކަމަށް ސްރީލަންކާ އިންޝުއަރެންސް ކޯޕަރޭޝަން ލިމިޓެޑުން ބުނެފައި އޮންނަކަމެވެ.
FP
(ރ) ހަތަރުވަނަ ކަމަކީ: ތިލަފުށީގައި ހުންނަ ކާޓިއުންސް އިންޓަރނޭޝަނަލް
ޕްރައިވެޓް ލިމިޓެޑުގެ ބޮންޑެޑް ވެއަރހައުސްގައި 15 މެއި 2009 ގައި އަލިފާނުގެ ހާދިސާ ހިނގުމުގައި
ފުރޯޑް އުޅޭކަމަށް ސްރީލަންކާ އިންޝުއަރެންސް ކޯޕަރޭޝަން ލިމިޓެޑުން ތުހުމަތުކުރަނީ، ސްރީލަންކާ
އިންޝުއަރެންސްގެ ފަރާތުން އިންވެސްޓިގޭޓިންގ އޮފިސަރ ޑީ.އެމް. ޑަޔަނަންދާ ކުނި ތަޙްޤީޤަށް
ކާޓިއުންސްގައި ކުރިން އެކައުންޓެންޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ތަރަކަ އަލަކަތަ 26 ނޮވެމްބަރު
2009 ގައި ދީފައިވާ ބަޔާނުގެ މައްޗަށް ބިނާކޮށްގެން ކަމަށްވާއިރު، އެއަލިފާނުގެ ހާދިސާ ހިނގީ ތަރަކަ
އަލަކަތަ ކާޓިއުންސްގެ ވަޒީފާއަށް މާލެއަށް އައިތާ މަހެއްވެސް ނުވަނީސްކަމާއި، އޭނާއަކީ ޚިޔާނާތުގެ
މައްސަލައެއްގައި ކާޓިއުންސްގެ ވަޒީފާއިން ވަކިކޮށްފައިވާ މީހެއްކަމާއި، އަދި ތަރަކަ އަލަކަތަ ސްރީލަންކާ
އިންޝުއަރެންސް ކޯޕަރޭޝަނަށް އެބަޔާންދީފައިވާއިރު، އެއަލިފާނުގެ ހާދިސާއާގުޅިގެން މޯލްޑިވްސް ޕޮލިސް
ސަރވިސް އިން ކުރިތަޙްޤީޤަށް އޭނާގެ ބަޔާނެއް ނަގާފައިނުވާކަމާއި އަދި އެތަނަށް ލިބުނު ގެއްލުންތައް
ބެލުމަށް ސްރީލަންކާ އިންޝުއަރެންސްގެ ފަރާތުން އައްޔަންކުރި އިންޝުއަރެންސް ވެލުއަރ ކައިރީގައި
ފުލޯޑެއް އުޅޭކަމަށް ޝައްކުކުރާކަމަށް ބުނެފައިނުވާކަމާއި އެގޮތަށް ނުބުނީ އޭނާއަކީ ކާޓިއުންސްގައި
މަސައްކަތްކުރާ މީހަކަށްވާތީކަމާއި، ސްރީލަންކާ އިންޝުއަރެންސް ކޯޕަރޭޝަން ލިމިޓެޑަށް ބަޔާން ދިނުމަށް
ނިންމީ އެކަމަކީ ބޮޑު ކުށަކަށްވާތީކަމަށް ބުނެފައިވާއިރު، ކުރިން ކުރެވުނު ތަޙްޤީޤުތަކަށް ތަރަކާ އަލަކަތައަށް
އެއަލިފާނުގެ ހާދިސާއާ ގުޅޭ ގޮތުން އެނގިފައިހުރި މަޢުލޫމާތު ހާމަކޮށް ބަޔާންނުދީ، ސްރީލަންކާ
އިންޝުއަރެންސްގެ މުވައްޒަފަކަށް، އެކުންފުންޏަށް މަންފާވާ ގޮތަށް އެހާދިސާއާ ގުޅޭ ގޮތުން ފަހުން
ބަޔާންދިނުމަކީ ތަރަކަ އަލަކަތަގެ ބަހުގެ ތެދުކަމާމެދު ޝައްކު އުފެދޭ ކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން 332529، ފެކްސް 6471 ވެ
11 ޤަޟިއްޔާ ނިމުނު "
22
2 ހއ
32
2 ބ 2
22 ކތ ދ ތޛު
ވަ
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
(ބ) ފަސްވަނަ ކަމަކީ: ފަނޑިޔާރުންގެ ނިންމުންތައް ނިންމުމުގައި ފަނޑިޔާރުން
ޢަމަލުކުރާނީ ޤާނޫނުއަސާސީއާއި ޤާނޫނަށްކަމަށާއި، ޤާނޫނުއަސާސީއާއި ޤާނޫނުގައި
މަތީ
2{11/HC-A/106
12 ޤަޟިއްޔާ ނިމުނު
تمر علمي ممب
ކަނޑައަޅާފައިނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައަޅާފައިވާ ގޮތަށް
ފަނޑިޔާރުން ރިޢާޔަތް ކުރަންވާނެކަމަށް ޤާނޫނުނަންބަރު 14/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ
ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އޮންނައިރު، އެމާއްދާގައިވާ ގޮތުގެ މަތިން
ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި، މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް
ރިޢާޔަތްކުރަންވާނެކަމަށް އެމާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާކަން އެނގޭކަމާއި،
ކަމެއްގެ ޙަޤީޤަތާ ގުޅޭ ގޮތުން ޝަރީޢަތުގެ މަޖިލީހަކަށް ހުށަހެޅުން އެމަޖިލިސް ހުއްދަކުރާ
ނުވަތަ ޝަރީޢަތުގެ މަޖިލީހުން ހޯދާ ކޮންމެ ލިޔުމަކީވެސް ހެއްކެއްގެ ގޮތުގައި ބެލޭނެ އެއްޗެއްކަމަށް
ޤާނޫނުނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮން
އޮންނަކަމާއި،
ޙަޤީޤަތެއް ސާބިތުވެއްޖެކަމަށް ޝަރީޢަތުން ބެލޭނީ އެކަން ސާބިތު ކުރުމަށް ކަނޑައެޅިފައިވާ ހަމަތަކުގެ
މަތިން އެކަމެއް ހިނގާކަމަށް ނުވަތަ ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ޤަބޫލުކުރެވިއްޖެ
ހިނދެއްގައާއި، އަދި ބުއްދި ސަލާމަތުން ހުރި މީހަކު އެކަމެއް ހިނގާފައިވާކަމަށް ބަލައި، އެމައްޗަށް
ޢަމަލުކުރަންޖެހޭ ފަދަ މިންވަރަކަށް އެކަމެއް ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ބުރަވެވިއްޖެނަމަ،
އެފަދަ ޚާއްޞަ ހާލަތަށް ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން އެކަމެއްގެ ޙަޤީޤަތް ސާބިތުވެ
ޝަރީޢަތުގެ މަޖިލީހުން ނިންމިދާނެކަމަށް އެޤާނޫނުގެ 6 ވަނަމާއްދާގައި ބަޔާންކޮށްފައި އޮންނަކަމާއި،
4ތ04 4
މ 04
4 ދ ތ
سوم مرو مسطح
ހުށަހެޅުމެއް،
ކޮންޓްރެކްޓާބެހޭ ޤާނޫނުގައި ބުނެފައިވާ ގޮތުގެމަތިން، އެކަކު އަނެކަކަށް ހުށަހަޅާ
އެހުށަހެޅުން ރައްދުވި ފަރާތުން ޤަބޫލުކުރުމުން ކޮންޓްރެކްޓެއް ކުރެވުނީކަމަށް ޤާނޫނުނަންބަރު
4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ކާޓިއުންސްގެ ފަރާތުން
ހުށަހެޅި ޕްރޮޕޯސަލް ސްރީލަންކާ އިންޝުއަރެންސް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ޤަބޫލުކޮށް 12 މާޗް
2009 އިން ފެށިގެން 6 (ހައެއް) މަސް ދުވަހަށް 10,000,000.00ރ (ދިހައެއް މިލިޔަން ރުފިޔާ) އަށް
ތިލަފުށީގައި ހުންނަ ކާޓިއުންސް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ބޮންޑެޑް ވެއަރހައުސް
އިންޝުއަރކުރުމަށް އެއްބަސްވެފައިވާކަން ސްރީލަންކާ އިންޝުއަރެންސް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން
ދައްކާފައިވާ ވާހަކަތުންނާއި، ހުށަހަޅާފައިވާ ލިޔުންތަކުން އެނގޭކަމާއި، ކޮންޓްރެކްޓެއްގައިވާ ޝަރުޠުތަކާއި
.އްގޮތްވާ ގޮތުގެމަތިން، އޭގެ ބައިވެރިންގެ މައްޗަށް ލާޒިމުވާ ކަންތައްތައްކޮށް ނިންމުމުން އެކޮންޓްރެކްޓަކީ
ޢަމަލުކޮށް ނިމިއްޖެ ކޮންޓްރެކްޓެއްކަމުގައި ބެލޭނެ ކޮންޓްރެކްޓެއްކަމަށް އެޤާނޫނުގެ 19 ވަނަ މާއްދާގެ (ހ)
ގައި ބަޔާންކޮށްފައިވުމުން، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ
0x
0
02
2
0 ހ2ދ
އ ހ
2 0 2 0
3x
02
xދު
ہی کمرم
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 1647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2{11/HC-A/106
13 ޤަޟިއްޔާ ނިމުނު ގޮ
می هرکی
ކލ މ 24ކ ހ
ނިމުނީކަމަށް ބެލެވޭނީ އެކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ މާއްދާތަކާއި ޝަރުޠުތަކާ އެއްގޮތްވާ
ގޮތުގެ މަތިން ދެފަރާތުން ޢަމަލުކުރުމުންކަން އެނގޭއިރު، އިންޝުއަރެންސް ޕޮލިސީގެ ދަށުން ފައިސާ
ބެއް އޮތްކަން ސާބިތުކޮށް ނުދެވޭހިނދު، އިންޝުއަރކުރެވިފައިހުރި ތަނަށް އަލިފާނުގެ
ހާދިސާގެ ސަބަބުން އިންޝުއަރެންސް މުއްދަތުގެ ތެރޭގައި ލިބޭ ގެއްލުމުގެ ބަދަލު ލިބިދެވޭނެކަން
އިންޝުއަރެންސް އުސޫލުތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
ދޭންނުޖެހޭފަދަ ސަބަބެއް އޮތް
4 20 02
#
ލިމިޓެޑުގެ
(ޅ) ހަވަނަ ކަމަކީ: ތިލަފުށީގައި ހުންނަ ކާޓިއުންސް އިންޓަރނޭޝަނަލް ޕްރައިވެޓް
ބޮންޑެޑް ވެއަރހައުސްގައި 15 މެއި 2009 ގައި އަލިފާނުގެ ހާދިސާއެއް ހިނގައި
އެވެއަރހައުސަށް ގެއްލުން ލިބުނީ އެވެއަރހައުސް، 10,000,000.00ރ (ދިހަ މިލިޔަން ރުފިޔާ) އަށް
ސްރީލަންކާ އިންޝުއަރެންސް ކޯޕަރޭޝަން ލިމިޓެޑުގައި އިންޝުއަރކޮށްފައިވަނިކޮށްކަން ސްރީލަންކާ
އިންޝުއަރެންސް ކޯޕަރޭޝަން ލިމިޓެޑުގެ ނަންބަރު 2558 ޓެމްޕޮރަރީ ކަވަރ ނޯޓުން އެނގޭކަމާއި،
އެތަން އިންޝުއަރކުރެވިފައިވަނީ ސްރީލަންކާ އިންޝުއަރެންސުން އާންމު ގޮތެއްގައި ބޭނުންކުރާ
ފަޔަރޕޮލިސީގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ މަތިންކަން އެނގޭކަމާއި، ދަށުކޯޓުގެ ޤަޟިއްޔާގައި
ނަންގަވާދެއްވާފައިވާ ފައިސާގެ ޢަދަދަކީ، އެއިންޝުއަރެންސް ޕޮލިސީގެ ދަށުން ކަވަރކުރާ ޢަދަދެއްކަމާއި
އަދި އެޢަދަދަކީ އެބޮންޑެޑް ވެއަރހައުސްއަށް ލިބުނު ގެއްލުން ބެލުމަށްޓަކައި ސްރީލަންކާ އިންޝުއަރެންސް
ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން އައްޔަން ކުރި އިންޑިޕެންޑެންޓް ލޮސްއެޖެސްޓަރ (ކަނިންހަމް ލިންޑްސީ
(ސިންގަޕޫރ) ޕްރައިވެޓް ލިމިޓެޑް) ގެ ރިޕޯޓުގައި އެތަނަށް ލިބިފައިވާކަމަށް ބަޔާންކޮށްފައިވާ
8,226,626.00ރ (އަށްމިލިޔަން ދެލައްކަ ސައްބީސްހާސް ހަސަތޭކަ ސައްބީސް ރުފިޔާ) ގެ މިންވަރު
ކަމާއި، އެމިންވަރަކީ އެބޮންޑެޑް ވެއަރހައުސްގައި އޮތް 21 (އެކާވީސް) ވެހިކަލުގެ އަގު ކަން އެރިޕޯޓަށް
ބެލުމުން އެނގެން އޮންނަކަމެވެ.
އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
482
/
Cv
-
C/1086)
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކުރައްވާފައިވާ ޙުކުމެއް
ކަމަކަށް މިޤަޟިއްޔާ ބެލުމުގައި ބައިވެރިވި އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
ދިވެހިރާއްޖެ
2{11/HC-A/106
14 ޤަޟިއްޔާ ނިމުނު ގޮތުގެ
در هر متر مربع
ޙުކުމް
ދެންފަހެ އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމާއެކު، ސިވިލް ކޯޓުގެ
ނަންބަރު 2010/MC
/
2010
)
482
/
Cv
-
C/1086) ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި
ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކުރައްވާފައިވާ ޙުކުމެއް ކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްaގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv