ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/248 ޤަޟިއްޔާގެ ޙުކުމް
1
2008/HC-A/248
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ދާއިމީ އެޑްރެސް: ގ.ހޭޅި
މިހާރުގެ އެޑްރެސް: ލ.ކޮރަލްގާރޑަންސް
ޤަޟިއްޔާ ނަންބަރު: 248/HC-A/2008
• އިސްތިއުނާފު ކުރިފަރާތް:
*ނަން: މުޙައްމަދު ޙުސައިން
އައިޑީ ކާޑު ނަންބަރު: 026453-A
ވަކީލު: އގ.ޢަބްދުﷲ ޙަސީން
* އައިޑީ ކާޑު ނަންބަރު: 012481-A
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޢަބްދުލްޣަނީ ޢަލީ
އައިޑީ ކާޑު ނަންބަރު: 025010-A
ވަކީލު: އގ.އަބޫބަކުރު މުޙައްމަދު
* ދާއިމީ އެޑްރެސް: ނ.ވެލިދޫ ގެ ޑޭޒީމާގެ
މިހާރުގެ އެޑްރެސް: މ.ހިޔަމަ
ރަޖިސްޓްރީކުރެވުނު ތާރީޚް: 24 ޝަޢުބާން 1429 * ނިމުނު ތާރީޚް: 04 ޞަފަރު 1430
25 އޯގަސްޓު 2008
29 ޑިސެމްބަރ 2011
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާނަންބަރު: 2007/MC/1288
ނިންމެވި ކޯޓް: ސިވިލް ކޯޓު (މަދަނީ ކޯޓު)
• ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ހޮވުނު ތާރީޚް: 08 އޯގަސްޓު 2007 ނިމުނު ތާރީޚް: 26 މެއި 2008
ހދ
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސްގެ
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު ޔޫސުފު ޙުސައިން، ފަނޑިޔާރު ޢައްބާސް ޝަރީފު.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
މެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2008/HC-A/248
ދައުވާގެ ޚުލާޞާ
ޑީ 8
82 މެޗަޅހ38$
އައިޤީނވ9ށ@
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2007/MC/1288 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ
އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުންއެދި ގ.ހޭޅި މުޙައްމަދު
ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މި
ޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ނ.ވެލިދޫ ޑޭޒީމާގެ ޢަބްދުލްޣަނީ އަލީއެވެ.
ފާހަގަކުރެވުނު
ތާތައް:
-ol
މަދަނީ ކޯޓުގެ ނަންބަރު 2007/MC/1288 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ނ.ވެލިދޫ ޑޭޒީމާގެ ޢަބްދުލްޣަނީ ޢަލީއާއި، މ.ޝޭޑީރޯމް މުޙައްމަދު
ޒިޔާދާއި، މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު (ގ.ދުންފިނިވިލާ، އިބްރާހީމް ނާޞިރާއި، ގ.ހޭޅި
މުޙައްމަދު ޙުސައިންގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ނަންބަރު P 7745 A
-
02-10
-
T "ބްލޫޕިޖަން"
ޓޮޓާއިމެދު ނ.ވެލިދޫ ޑޭޒީމާގެ ޢަބްދުލްޣަނީ ޢަލީ ކުރި ނޭދެވޭ ޢަމަލެއްގެ ސަބަބުން އެޔޮޓް ޓޫރިސްޓް
މަސައްކަތްކުރާ އުޅަނދެއްގެ ގޮތުގައި ދުއްވޭގޮތްނުވެ އޮތް މުއްދަތަށް ވެފައިވާ ގެއްލުމުގެ ބަދަލެއްގެ
ގޮތުގައި ޢަބްދުލްޣަނީ ޢަލީގެ އަތުން 196,962.08$ US (އެއްލައްކަ ނުވަދިހަ ހަހާސް ނުވަސަތޭކަ
ފަސްދޮޅަސް ދޭއް ޕޮއިންޓް ސުމެއް އަށެއް ޔޫ.އެސް ޑޮލަރު) ހޯދުމަށް އެދި ގ.ހޭޅި މުޙައްމަދު ޙުސައިން
ދަޢުވާ ކުރުމުންބެލުނު މައްސަލައެއްކަން އެނގޭކަމާއި،
28
I
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ " ދެންފަހެ، ނ.ވެލިދޫ ޑޭޒީމާގެ ޢަބްދުލްޣަނީ ޢަލީއާއި،
މ.ޝޭޑީހޯމް މުޙައްމަދު ޒިޔާދާއި، މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު (ކ.ދުންފިނިވިލާ، އިބްރާހީމް
ނާޞިރުއާއި، ގ.ހޭޅި މުޙައްމަދު ޙުސައިންގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ނަންބަރު
P 7745 A
-
02-10
-
T "ބްލޫޕިޖަން" ޔޮޓް ޓޫރިސްޓް މަސައްކަތް ކުރާ އުޅަނދެއްގެ ގޮތުގައި
ރަޖިސްޓްރީވުން ލަސްވެފައިވަނީ އެޔޮޓާއިމެދު ޢަބްދުލްޣަނީ ޢަލީ ކުރި ނޭދެވޭ ޢަމަލެއްގެ ސަބަބުންކަމަށްބު
ut cu
ގާށްބުނެ،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2008/HC-A/248
އެޔޮޓް ދުއްވޭގޮތްނުވެ އޮތް ދުވަސްތަކަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ޢަބްދުލްޣަނީ އަލީގެ
މައްޗަށް ގ.ހޭޅި މުޙައްމަދު ޙުސައިން ކުޑަ މިދަޢުވާގައި "ބްލޫޕިޖަން" ޔޮޓް ޓޫރިސްޓް އުޅަނދެއްގެ ގޮތުގައި
ރަޖިސްޓްރީ ކޮށްދީފައިނުވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން "ބްލޫޕިޖަން"
ޓޮޓާއިމެދު ޤާނޫނީގޮތުން ބަލަންޖެހޭ ކަންތައްތަކެއް ހުރުމުންކަން އެނގެންއޮންނާތީއާއި، "ބްލޫޕިޖަން ޔޮޓް
ޓޫރިސްޓް މަސައްކަތްކުރާ އުޅަނދެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ޢަބްދުލްޣަނީ ޢަލީ ކުޑަ އިޢުތިރާޝަކީ
ޞައްޙަ އިޢުތިރާސެއް ނޫންކަމަށް ކަނޑައަޅުއްވާފައިވަނީ ޝަރީޢަތުންކަމަށްވާތީ، ގ.ހޭޅި މުޙައްމަދު
ޙުސައިން ކުޅު މިދަޢުވާގައި ހިމެނޭ 196,962.08$ US (އެއްލައްކަ ނުވަދިހަ ހަހާސް ނުވަސަތޭކަ
ފަސްދޮޅަސް ދޭއް ޕޮއިންޓް ސުމެއް އަށެއް ޔޫ.އެސް ޑޮލަރު) ނ.ވެލިދޫ ޑޭޒީމާގެ ޢަބްދުލްޣަނީ ޢަލީގެ
ޝަރީޢަތުން ނަގައިދެވޭނެ ތަނެއްނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
އަން
cc.
02- މަދަނީ ކޯޓުގެ ނަންބަރު 2007/MC/1288 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާއި އެއްގޮތް ނުވާކަމަށް ބުނެ މުޙައްމަދު ޙުސައިންގެ ފަރާތުން 03 (ތިނެއް) ނުކުތާއެއް ހުށަހަޅާ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާ
cu o
ccc
އެނުކުތާތަކާއި ބެހޭ
ގޮތުން
ފައިވެއެވެ
.
• ފުރަތަމަ ނުކުތާއަކީ، "ބްލޫޕިޖަން" ޔޮޓް ޓޫރިސްޓް މަސައްކަތްކުރާ އުޅަނދެއްގެ ގޮތުގައި
ރަޖިސްޓްރީ ކޮށްދެއްވެން ނެތްކަމަށް އެންގެވީ ޢަބްދުލްޣަނީ ޢަލީ އެކަމަށް ކުރި އިޢުތިރާޝްގެ މައްޗަށް
ކަމަށްވާއިރު، އަދި ކުރި އެއިޢުތިރާޟާކީ ޞައްޙަ އިޢުތިރާޟް ކުރުމެއް ނޫންކަމަށް ޝަރީޢަތުން
ކަނޑައަޅުއްވާފައިވާއިރު، އަދި ހަމަ އެފަދައިން އޭނާ ކުރި އެއިޢުތިރާޟް ޞައްޙަނުވީ އެއިޢުތިރާޟް ކުރި
ވަގުތުން ފެށިގެން ކަން ނުހަނު ސާފުކޮށް އެގެން އޮތްއިރު، އޭނާ ކުރި އެއިޢުތިރާޟް ޞައްޙަ ނުވީ
ޝަރީޢަތުން ޙުކުމް ކުރެއްވި ވަގުތުން ފެށިގެން ކަމަށް އެޙުކުމާ ތަޢާރަޝްވާ ގޮތަށް ކަނޑައަޅުއްވާފައިވާ
މިޙުކުމުގެ ޢަދުލުވެރިކަން ގެއްލިފައިވުން.
ދެވަނަ ނުކުތާއަކީ، މުޙައްމަދު ޙުސައިން މިދަޢުވާ ހުށަހަޅާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ ޚިލާފަށް ނ.ވެލިދޫ /ޑޭޒީމާގެ ޢަބްދުލްޣަނީ ޢަލީ ކުރި އިޢުތިރާޝްގެ ސަބަބުން މުޙައްމަދު
ޙުސައިނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކަމަށްވާއިރު، އަދި ޢަބްދުލްޣަނީ ޢަލީ އެޢަމަލު އެގޮތަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އިލް [email protected]
[
/v.mv
ވެބް ސައިޓް www.highcourt.gov.mv
4
2008/HC-A/248
ހިންގާފައިވާކަމާއި އޭނާގެ އެޢަމަލުގެ ސަބަބުން މުޙައްމަދު ޙުސައިނަށް އެގެއްލުން ލިބިފައިވާކަމަށް
ޝަރީޢަތަށް ސާބިތުވާއިރު، ޢަބްދުލްޣަނީ ޢަލީގެ އަތުން މުޙައްމަދު ޙުސައިނަށް ލިބެންޖެހޭ އެޙައްޤު
ޝަރީޢަތުން ނަގައިދެވެން ނެތްކަމަށް ކަނޑައަޅުއްވާފައިވާ ޙުކުމުގައި ޢަދުލުވެރިކަމެއް
سيموس
ތިންވަނަ ނުކުތާއަކީ، މަދަނީ ކޯޓުގެ ނަންބަރު 2007/MC/708 ޤަޟިއްޔާގެ ޙުކުމުގައި
ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުންތަކާ
ތަޢާރަޟްވާގޮތަށް މަދަނީ ކޯޓުގެ ނަންބަރު 2007/MC/1288
ޤަޟިއްޔާގައި ޤާޟީ ފާހަގަކުރެއްވި ފަހު ނުކުތާގެ ސަބަބުން މިޤަޟިއްޔާގެ ޙުކުމާއިމެދު
ނަޒަރަކުން ބަލަންޖެހިފައިވާކަން.
#ހ02ގ
03- މިމައްސަލައާއި ގުޅިގެން މަދަނީ ކޯޓުގެ ނަންބަރު 2007/MC/1288 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށާއި އެޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ މުޙައްމަދު
ޙުސައިންގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާއާ ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަކަމަކީ، އިސްތިއުނާފު މިކުރެވޭ މަދަނީ ކޯޓުގެ ނަންބަރު 2007/MC/1288
ޤަޟިއްޔާގައިވާ ގެއްލުމުގެ ބަދަލު ހޯދުމަށްކޮށްފައިވާ ދަޢުވާ ބިނާކޮށްފައިވާ އަސާސަކީ މަދަނީ ކޯޓުގެ
ނަންބަރު 2007/MC/708 ޤަޟިއްޔާގައި ނިންމަވާފައިވާ ނިންމުން ކަމަށްވާއިރު، މަދަނީ ކޯޓުގެ
ނަންބަރު 2007/MC/708 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 4 ވަނަ ނުކުތާގައި،
"ބްލޫޕިޖަން" ޔޮޓް ޓޫރިސްޓު އުޅަނދެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް ޢަބްދުލްޣަނީ ޢަލީ އިޢުތިރާޟު
ކުރާތީ އެއުޅަނދު މިނިސްޓްރީ އޮފް ޓޫރިޒަމުން ޓޫރިސްޓު އުޅަނދެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިނުވަނީ
ޤާނޫނަކުން ނުވަތަ ގަވާއިދަކުން އެގޮތަށް ޢަމަލުކުރުމަށް ކަނޑައެޅިފައި އޮތުމުން ނޫންކަމާއި، ޤާނޫނަކުން
ނުވަތަ ގަވާއިދަކުން އެކަމެއް މަނާނުކުރާ ކޮންމެ ކަމެއްގެ އަޞްލަކަށް ބެލެވޭނީ އެކަމެއް ހުއްދަވެފައި
އެކަކަށްވުރެ
ވުރެ ގިނަ މީހުން ހިމެނިގެން ރަޖިސްޓަރީކޮށްފައިވާ އުޅަނދެއް ޓޫރިސްޓު
އުޅަނދެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދެވޭނީ އެއުޅަނދެއް ރަޖިސްޓަރީކޮށްދީފައިވާ އެންމެން އެކަމާއިމެދު
އެކަމެއި
u COX
OCO
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2008/HC-A/248
އެއްބަސްވަމުންކާ
3 މީހުން މި
ކަންކަމަށް ބުނާ ޤާނޫނެއް ނުވަތަ ގަވާއިދެއްނެތި "ބްލޫޕިޖަން" ރަޖިސްޓަރީވެފައިވާ 4 މީހުންކުރެ
މުޙައްމަދު ޙުސައިން އާއި، މުޙައްމަދު ޒިޔާދުއާއި، އިބްރާހީމް ނަޞީރުއާއި މި
އުޅަނދު
ޓޫރިސްޓު އުޅަނދެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދިނުމަށް އެދިފައިވަނިކޮށް، އެ އުޅަނދު ރަޖިސްޓަރީވެފައިވާ
4 މީހުންކުރެ ހަމައެކަނި ޢަބްދުލްޣަނީ އަލީ ކުރާ އިޢުތިރާޝަށްޓަކައި އެ އުޅަނދު ޓޫރިސްޓު އުޅަނދެއްގެ
ގޮތުގައި ރަޖިސްޓަރީކޮށް ނުދިނުމަކީ، ޤާނޫނީ ހަމައަކުން ކޮށްފައިވާކަމެއް ކަމަށް ބެލެވެން ނެތްކަމަށް
މަދަނީ ކޯޓުން ފާހަގަކުރައްވާފައިވާކަމާއި،
އެހެންނަމަވެސް ޢަބްދުލްޣަނީ ޢަލީ އެއުޅަނދު ޓޫރިސްޓު
އުޅަނދެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދިނުމަކީ ޢަބްދުލްޣަނީ ޢަލީއަށް އެކަމުން މާލީ ގޮތުން އޮތް
ބެލެވެން ނެތްކަމާއި، އަދި އެއީ އެއުޅަނދު ބަނދެފައިވަނީ ޓޫރިސްޓު އުޅަނދެއްގެ
މިކަމާއި، އަދި ޢަބްދުލްޣަނީ ޢަލީ އެ އުޅަނދު ޓޫރިސްޓު އުޅަނދެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް
އިޢުތިރާޟު ކުރަނީ އެ އުޅަނދު ޓޫރިސްޓު އުޅަނދެއްގެ ގޮތުގައި ރަޖިސްޓަރީކުރުމުން ވާނެ ގެއްލުމަކާއި،
ނުކުރުމުންވާނެ ފައިދާއެއް
އެއްވެސް ހެއްކެއް ދެއްކުމެއް ނެތި ކަމަށް
ޢަބްދުލްޣަނީ ޢަލީ ކުރާ އިޢުތިރާޟާކީ ސައްޙަ އިޢުތިރާޝެއް ނޫންކަމަށް
ފާހަގަކުރެވެން
3 0 c
4243ކ9
23x ހއ
ގެތެނެވެ
OC
232 s
09
އޮތްކަމުގެ
ދޗ 32 ހތ / ދ ތ ދ ތ
ބަޔާންކުރައްވާފައިވާކަން
ރަފން 1204
(ނ) ދެވަނަކަމަކީ، "ބްލޫޕިޖަން" ޔޮޓް ޓޫރިސްޓު އުޅަނދެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް
ޢަބްދުލްޣަނީ އަލީ ކުރާ އިޢުތިރާޟާކީ އެ އުޅަނދުގެ ރަޖިސްޓަރީގައި ހިމެނޭ އަނެއް 3 މީހުންގެ
ހައްޤުގަޔާއި ޢަބްދުލްޣަނީ އަލީގެ ހައްޤުގައިވެސް އޮތް ގެއްލުމެއްކަމަށް ބެލެވިގެންވާ ގޮތަށް
ޢަބްދުލްޣަނީ ޢަލީ ކޮށްފައިވާ ތަޢައްޞަފީ ޢަމަލެއްކަން ޝަރީޢަތުގެ ހަމަތަކުން އެނގެން އޮންނަކަމަށް
މަދަނީ ކޯޓުގެ ނަންބަރު 2007/MC/708 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 4 ވަނަ
ނުކުތާގައި ބަޔާންކުރައްވާފައިވާކަން ފާހަގަކުރެވެއެވެ.
(ނ) ތިންވަނަކަމަކީ، އެއްވެސްމީހަކަށް ލިބިފައިވާ ހައްޤެއް އޭނާ ބޭނުންކޮށްފައިވަނީ ތަޢައްސަފީ
ގޮތެއްގައިނަމަ، އަދި އެކަމުގެ ސަބަބުން އެހެން މީހަކަށް ގެއްލުމެއް ލިބި އެ ގެއްލުން ޝަރީޢަތަށް
ސާބިތުކޮށްދެވިފައިވާނަމަ، އެ ހައްޤު ބޭނުންކުރުމުގެ ސަބަބުން އެހެން މީހުންނަށް ލިބޭ ގެއްލުންތަކަށް
COX ?
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
މެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2008/HC-A/248
އެ ހައްޤު ބޭނުންކުރި މީހަކު ބަދަލު ދޭން ޖެހޭނެކަމީ ޝަރުޢީ އުސޫލުތައް ދަންނަ މަފްހޫމެއްކަމާއި،
(doctrine of abuse of right) ނަމަވެސް މި އުސޫލުގެ ދަށުން ގެއްލުންލިބޭ ފަރާތަށް އެފަދަ
ބަދަލެއް ނަގައިދެވޭނީ ގެއްލުންލިބުނު ފަރާތަށް ލިބިފައިވާ ގެއްލުންތަކަކީ ހަޤީގަތުގައިވެސް ލިބިފައިވާ
އަދި މިގެއްލުންތައް ލިބިފައިވަނީ ތަޢައްސަފީ ޢަމަލެއްގެ ސަބަބުންކަން
ޝަރީޢަތަށް ސާބިތުކޮށްދެވުމުންކަން ފާހަގަކުރެވެއެވެ.
3އެލަނކއިޝްއއ
cccc
ހަމަ
(ރ) ހަތަރުވަނަކަމަކީ، މި މައްސަލައިގައި ކަން ހިނގާދިޔަގޮތަށް ރިޢާޔަތްކުރާއިރު، މަދަނީ ކޯޓުގެ
ނަންބަރު 2007/MC/708 ޤަޟިއްޔާގައި ޢަބްދުލްޣަނީ ޢަލީ ކޮށްފައިވާ އިޢުތިރާޝަކީ ތަޢައްޞަފީ
ޢަމަލެއްކަމަށް
ބަޔާންކުރައްވާފައިވީ ނަމަވެސް، އެ ނުކުތާގައި، "ބްލޫޕިޖަން" ޔޮޓް
ރަޖިސްޓަރީވެފައިވާ 4 މީހުންގެ ތެރެއިން 3 މީހުން އެ އުޅަނދު ޓޫރިސްޓު އުޅަނދެއް ގޮތަށް
ރަޖިސްޓަރީކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުގައި އެދުމުން، މިނިސްޓްރީ އޮފް ޓޫރިޒަމުން އެ
އުޅަނދު ރަޖިސްޓަރީކޮށްނުދިނުމަކީ، ޤާނޫނީ ހަމައަކުން އެމިނިސްޓްރީން ކޮށްފައިވާ ކަމެއް ނޫންކަމަށް
ބަޔާންކުރައްވާފައި އޮތުމުން، ޢަބްދުލްޣަނީ ޢަލީ "ބްލޫޕިޖަން" ޔޮޓް ޓޫރިސްޓު އުޅަނދެއްގެ ގޮތުގައި
ރަޖިސްޓަރީ ކުރުމަށް އިޢުތިރާޟު ކުރިނަމަވެސް،
ފަރާތުން އެ އުޅަނދު
ރަޖިސްޓަރީކޮށްދިނުމަށް އެދުމުން، މިނިސްޓްރީ އޮފް ޓޫރިޒަމަށް އެ އުޅަނދު ރަޖިސްޓަރީ ކޮށްދިނުން
ލާޒިމުވާކަމުގެ މާނަ ދޭހަވާން އޮތުމުން ބްލޫޖަން" ޔޮޓް ޓޫރިސްޓު އުޅަނދެއްގެ ގޮތުގައި
ރަޖިސްޓްރީވެފައިނުވަނީ ޢަބްދުލްޣަނީ ޢަލީ އެކަމަށް ކުރި އިޢުތިރާޟުގެ ސަބަބުން ނޫންކަން
އެނގޭކަމާއި، އަދި މަދަނީ ކޯޓުގެ ނަންބަރު 2007/MC/708 ޤަޟިއްޔާއަކީ އިސްތިއުނާފުކޮށްފައި
އޮތް ޤަޟިއްޔާއެއް ނޫންކަން އެނގެއެވެ.
އަނެއް
3
J
(ބ) ފަސްވަނަކަމަކީ، މިގޮތުން، މިހާރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ
ޤަޟިއްޔާއަކީ މަދަނީ ކޯޓުގެ ނަންބަރު 2007/MC/1288 ޤަޟިއްޔާ ކަމަށް ވެފައި، މަދަނީ ކޯޓުގެ
ނަންބަރު 2007/MC/1288 ޤަޟިއްޔާގައިވާ ގެއްލުމުގެ ބަދަލު ހޯދުމަށްކޮށްފައިވާ ދަޢުވާ ބިނާކޮށްފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ނުކުތާތަކާއި،
7
2008/HC-A/248
utc
އަސާސަކީ މަދަނީ ކޯޓުގެ ނަންބަރު 2007/MC/708 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމްކަމަށްވެފައި، އެ
ޙުކުމުގައި އުޅަނދެއްގެ އެއް ވެރިފަރާތަށްވުރެ ގިނަ ވެރިފަރާތްތަކަކުން އެ އުޅަނދުން ވަކި
ބޭނުމެއްކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ފަރާތުގައި ރަޖިސްޓަރީކޮށްދިނުމަށް އެދުމުން، އެއުޅަނދުގެ
ހުރިހާ ވެރި ފަރާތްތަކަކުން އެކަންކުރަން އެދިފައިނުވާކަމަށް ބުނެ ރަޖިސްޓަރީކޮށް ނުދިނުމަކީ ޤާނޫނެއްގެ
މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއްނޫންކަމަށް ބަޔާންކުރައްވާފައިވާ ނުކުތާއަކީ، އެއްވެސް މަތީ
ކޯޓެއްގައި އިސްތިއުނާފުކޮށްފައިވާ ނުކުތާއެއް ނޫންކަމަށް ވާތީ، އެ ޙުކުމަކީ ފައިސަލާ ކުރަނިވި ޙުކުމެއްގެ
ބާރު ލިބި އިސްތިޤުރާރުވެ ދެމިއޮތް ޙުކުމެއްކަމަށްވެފައި، އެޙުކުމުގެ މައްޗަށް ބިނާކުރައްވައި، ދަށު ކޯޓުން
އެކޯޓުގެ ނަންބަރު 2007/MC/1288 ޤަޟިއްޔާ ނިންމަވާފައިވަނީ ރަނގަޅަށްކަމަށް މައްސަލަބެވި
ފަނޑިޔާރުންނަށް
އީމީންނަށް ޤަބޫލުކުރެވެ
ލިކުރެވެއެވެ.
U+
{
cu O
(ޅ) ހަވަނަކަމަކީ، ރަޖިސްޓްރީ ނަންބަރު P7745 A
-
02-10
-
T
ބްލޫޕިޖަން" ޔޮޓާއިމެދު
ނ.ވެލިދޫ | ޑޭޒީމާގެ ޢަބްދުލްޣަނީ ޢަލީ ކުރި ނޭދެވޭ ޢަމަލެއްގެ ސަބަބުން އެޔޮޓް ޓޫރިސްޓް މަސައްކަތްކުރާ
އުޅަނދެއްގެ ގޮތުގައި ދުއްވޭގޮތްނުވެ އޮތް މުއްދަތަށް ވެފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި މުޙައްމަދު
ޙުސައިން މަދަނީކޯޓުގައި ދަޢުވާކޮށްފައިވާ މައުޟޫޢުގެ މައްޗަށް ހަމަ އެސީޣާގައި މ.ޝޭޑީ ހޯމް މުޙައްމަދު
ޒިޔާދު ދަޢްވާކުރުމުން ބެލުނު މައްސަލައެއް މަދަނީކޯޓުން ނިމުނު ގޮތާއި މެދު ހިތްހަމަ ނުޖެހިގެން އެ
މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރެވުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
247/HC-A/2008 ޤަޟިއްޔާއިން އެމައްސަލަބެލި ޙުކުމް ކުރެވިފައިވާކަމާއި، މުޙައްމަދު ޒިޔާދު
ނުކުތާތަކަކީވެސް ހަމަ އެއްނުކުތާތަކެއްކަން އެނގެން އޮންނަކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
247/HC
-
A/2008 ޤަޟިއްޔާ ނިންމުމުގައިވެސް އިސްވެ އިޝާރާތް ކުރެވުނު ނުކުތާތައް ފާހަގަ
ކުރައްވާފައިވެއެވެ.
ހއ ހދ
cu O
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
2008/HC-A/248
ޙުކުމް:
ދެންފަހެ އިސްވެ ބަޔާންކުރެވުނު ޤާނޫނީ އަދި ޝަރުޢީ ސަބަބުތައް އެހެން
ހުރުމާއިއެކު،މަދަނީ ކޯޓުގެ ނަންބަރު 2007/MC/1288 ޤަޟިއްޔާގައި އެޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް ގ.ހޭޅި މުޙައްމަދު ޙުސައިންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޙުކުމަކީ
ޤާނޫނީ އަދި ޝަރުޢީ ހަމަތަކާ ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް ބަލާނެ ތަނެއް ނެތްކަމަށް
މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، އެ ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv