ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/160 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/160
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
އަދި
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 160/HC-A/2013
އިސްތިއުނާފުކުރި ފަރާތް:
* ނަން: އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
*ރަޖިސްޓްރީ ނަންބަރު: 129
/
98-C
• އިސްތިއުނާފް ރައްދުވި ފަރާތްތަ
ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް (މޯލްޑިވްސް ކަސްޓަމްސް ސަރވިސް)
ރަޖިސްޓްރީ ތާރީޚް: 29 ޖުމާދަލްއާޚިރާ 1434
09 މެއި
ލް: 19 ރަޖަބް 1434
29 މެއި 2013
'2013
couc
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/317 ޤަޟިއްޔާއާއި
ގުޅިގެން 7 އޭޕްރީލް 2013ގައި ނެރެފައިވާ ވަގުތީ އަމުރަށް އެދޭ ފޯމްގެ ޖަވާބު
• ނިންމެވި ކޯޓް: ސިވިލް ކޯޓް
ޤަޟިއްޔާގެ ބާވަތް: ވަގުތީ އަމުރަށް އެދޭ ފޯމުގެ ޖަވާބު
މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، އިސްފަނޑިޔާރު: އަޙްމަދު ޝަރީފު، ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު
ދިވެހިރާއްޖޭގެ
، ހައި9
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/160
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓްގެ ނަންބަރު 2013/Cv-C/317 ޤަޟިއްޔާއާއި ގުޅިގެން އެޕޯލޯ
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއިން ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް އެދި ހުށަހެޅި ހުށަހެޅުމާއި ގުޅިގެން
ސިވިލް ކޯޓުން 07 އޭޕްރީލް 2013 ވަނަ ދުވަހު ދީފައިވާ "ވަގުތީ އަމުރަށް އެދޭ ފޯމްގެ ޖަވާބު" ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އިސްވެދެންނެވުނު ޖަވާބު އިސްތިއުނާފު ކުރުމަށް އެޕޯލޯ
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސް
(ދައުލަތެވެ).
.ފާހަގަކުރެވުނު
2¢ ¢
01- ސިވިލް ކޯޓްގެ ނަންބަރު 2013/Cv-C/317 ޤަޟިއްޔާއާއި ގުޅިގެން އެޕޯލޯ ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑްއިން ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް އެދި ހުށަހެޅި ހުށަހެޅުމާއި ގުޅިގެން އެކޯޓުން
ދީފައިވާ ވަގުތީ އަމުރަށް އެދޭ ފޯމްގެ ޖަވާބު ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނޫންކަމަށް ބުނެ
އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން 02 (ދޭއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި
ދިވެހިރާއްޖޭގެ ހައިކޯޓްގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
8 3a2& ·
(ހ) ފުރަތަމަ ނުކުތާއަކީ، މައްސަލައިގައި ވަގުތީ އަމުރެއް މެދުވެރިކޮށް ޙިމާޔަތްކުރަންޖެހޭ މައުޟޫއީ
ޙައްޤެއް ނެތްކަމުގައި ކަނޑައަޅުއްވާފައިވަނީ މައްސަލައިގެ ޙަޤީޤަތްތަކުގެ މައްޗަށް އެންމެ ރަނގަޅަށް
ނުބައްލަވައި ކަމުގައި ބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ކަސްޓަމްސް ޤާނޫނުގެ 105 ވަނަ މާއްދާއިން މޯލްޑިވްސް
ކަސްޓަމްސް ސަރވިސްއަށް ލިބިދޭ އިޚްތިޔާރަކީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ދައްކަންޖެހޭ
ފައިސާ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކަނޑައަޅާ މުއްދަތުގެ ތެރޭގައި ނުދައްކައިފިނަމަ ހިތްގައި
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
3
2013/HC-A/160
ލިބިގަންނަ ފަރާތަށް ދެމުންދާ ޚިދުމަތް ވަކި މުއްދަތަކަށް ހުއްޓާލުން ކަމުގައިވާއިރު، ޚިދުމަތް ހުއްޓާލުމަށް
ނިންމުމުގައި ހޯދުމަށް އެދޭ ފައިސާއަކީ "ލިބެންޖެހޭ" ފައިސާއެއްކަމުގައި ކަނޑައަޅަންޖެހޭއިރު އެކަމަށް
ރިޢާޔަތް ނުކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
cu o
02- ސިވިލް ކޯޓުގެ އިސްވެ ބަޔާންކުރެވުނު ޤަޟިއްޔާއާއި ގުޅިގެން ސިވިލް ކޯޓުން ދީފައިވާ
ވަގުތީ އަމުރަށް އެދޭ ފޯމްގެ ޖަވާބު އިސްތިއުނާފު ކުރުމަށް އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލާގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު،
މި މައްސަލަބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ، އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވަގުތީ އަމުރަކަށް އެދި
ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ އެކުންފުނީގެ ފަރާތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މައްޗަށް
ރައްދުވާގޮތަށް ސިވިލް ކޯޓަށް ހުށަހެޅި ބަލަމުންދާ އެކޯޓުގެ ނަންބަރު 2013/Cv-C/317 ޤަޟިއްޔާއިން
ހުށަހެޅި މައްސަލައަކީ އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އެތެރެކޮށްފައިވާ މުދާތަކުގެ
ޑިއުޓީއަށް ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށާއި، އެފައިސާ ކަސްޓަމްސްއިން ކަނޑައަޅާފައިވާ
މުއްދަތުގައި ނުދައްކައިފިނަމަ، އެކުންފުންޏަށް ކަސްޓަމްސްއިން ދެމުން ގެންދިޔަ ޚިދުމަތް
މެދުކަނޑާލެވޭނެކަމަށް އަންގާފައިވުމުން، އެކުންފުންޏަށް ކަސްޓަމްސްއިން ދޭންޖެހޭ ޚިދުމަތްތައް ދިނުން
ހުއްޓާލާނަމަ، ފޫނުބެއްދޭނެ ބޮޑެތި ގެއްލުންތަކެއް ލިބޭނޭތީކަމަށް ބުނެ އެކަމަށްޓަކައިކަން އެޕޯލޯ
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ހުށަހެޅި ވަގުތީ އަމުރަށް އެދޭ ފޯމުން އެނގެން
އޮންނައިރު، ސިވިލް ކޯޓަށް ހުށަހެޅި ބަލަމުންދާ އެކޯޓުގެ ނަންބަރު 2013/Cv-C/317 ޤަޟިއްޔާ އަކީ
އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އެކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އެނާގެ
އަމިއްލަ ވިޔަފާރީއަކަށް އެތެރެކޮށްފައިވާ މުދާތަކަކަށް ދައްކަންޖެހޭ ކަސްޓަމްސް ޑިއުޓީ ދެއްކެވުމަށްޓަކަ
ޓަކައި
އޭނާގެ މަޞްލަހަތު އޮންނަ ކުންފުންޏަކުން ކަސްޓަމްސްއަށް ދޫކޮށްފައިވާ ޗެކެއް ބައުންސްވެފައިވާތީ،
މިފައިސާއަކީ އެކުންފުނިން ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާއެއްކަމަށާއި، ކަސްޓަމްސްއިން
ކަނޑައަޅާފައިވާ މުއްދަތުގައި އެފައިސާ ނުދައްކައިފިނަމަ، ކަސްޓަމްސްއިން އެކުންފުންޏަށް ދެމުންގެންދާ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ލްސް ރިޕޯޓް
2013/HC-A/160
ޚިދުމަތް ހުއްޓާލެވޭނެކަމަ
ނެކަމަށް ކަސްޓަމްސްއިން އަންގަމުންދާތީ، އެފައިސާއަކީ އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް
ލިމިޓެޑްއިން ދައްކަންޖެހޭ ފައިސާއެއްތޯ ކަނޑައެޅުމަށާއި،
މަށާއި، އަދި ޝަރީއަތުން ވަކިގޮތެއް ނިމެންދެން
ކަސްޓަމްސްއިން އެޕޯލޯ ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑް އަށް ދެމުން ގެންދާ ޚިދުމަތް ކުރިއަތް ގެންދިއުމަށް
އަމުރުކޮށްދިނުން އެދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މައްޗަށް ހުށަހެޅުމުން ބެލެވޭ މައްސަލައެއްކަން
އެނގޭކަމެވެ.
(ނ) ދެވަނަކަމަކީ، ސިވިލްކޯޓުގެ ނަންބަރު 2013/Cv-C/317 ޤަޟިއްޔާއާއި ގުޅިގެން އެޕޯލޯ
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އެދިފައިވާ ފަދަ ވަގުތީ އަމުރެއް އަދި ނެރެދެވެން ނެތްކަމަށް ކަނޑައަޅައި
ސިވިލްކޯޓުން 07 އެޕްރީލް 2013 ގައި ދީފައިވާ "ވަގުތީ އަމުރަށް އެދޭ ފޯމުގެ ޖަވާބަށް ބަލާއިރު،
އެޖަވާބުގައި ބަޔާންކޮށްފައިވަނީ "މިމައްސަލައިގައި އަދި މިހާތަނަށް ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި
ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ބިނާކޮށް، މިވަގުތަށް ދެނެގަނެވެން ހުރި ވަޤާއިޢުތަކުން އެނގެން އޮތް
ގޮތުގައި، އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ދެމުން އައި
ޚިދުމަތްތައް ވަގުތީ ގޮތުން މެދު ކަނޑާލާފައިވަނީ، އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ރާއްޖެ
އެތެރެކޮށްފައިވާ މުދާތަކަކަށް ދައްކަންޖެހޭ ޑިއުޓީ ދައްކާފައިނުވާތީކަން އެނގެން އޮންނާތީއާއި، މޯލްޑިވްސް
ކަސްޓަމްސް ސަރވިސްއިން ދައްކަން ޖެހޭ ފައިސާއެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ކަނޑައަޅާ
މުއްދަތުގައި ނުދައްކައިފިނަމަ، ޚިދުމަތް ލިބިގަންނަ ފަރާތަށް ދެމުންދާ ޚިދުމަތް ވަގުތީ ގޮތުން މެދު
ކަނޑާލުމުގެ އިޚުތިޔާރު ޤާނޫނު ނަންބަރު 8/2011 ( ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) ގެ 105 ވަނަ
މާއްދާއިން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ލިބިދީފައިވާތީއާއި، އަދި އެމުދާ އެޕޯލޯ ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި އެތެރެކޮށްފައިވަނީ އެކުންފުނީގެ ހިންގާ ޤަވާޢިދާ ޚިލާފަށް އެކުންފުނީގެ
ޑިރެކްޓަރަކު މަޤާމުގެ ބޭނުން ނުރަނގަޅު ގޮތުގައި ކޮށްގެންކަމަށް އެކުންފުނީގެ ފަރާތުން ބުނި ނަމަވެސް
ޤާނޫނު ނަންބަރު 10/96 ( ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 74 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ
ފަދަ ޙާލަތެއް އޮތްކަމަށް ސާބިތުވެގެން އެ މުޢާމަލާތަށް އެ ޑިރެކްޓަރު ޒިންމާ ކުރުވައި ނިމިފައިވާ ޤަޝާއި
އެއްވެސް ނިންމުމެއް އޮތްކަން އެނގެން ނެތަތީ، މިމައްސަލައިގެ މައުޟޫޢާމެދު ޝަރީޢަތުން ގޮތެއް
ކަނޑައެޅުމުގެ ކުރިން، ވަގުތީ އަމުރެއް މެދުވެރިކޮށް، ޙިމާޔަތްކުރަން ޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ
މަރުކަޒެއް އޮތްކަމުގެ އިޙުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެންވާކަމުގައި (Fumus boni juris )
ޝަރީޢަތަށް ބުރަވެވެން ނެތްކަމަށްޓަކައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 21/SC
-
A/2012
ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާ ނުކުތާތަކުގެ ތެރެއިން 4 ވަނަ ނަންބަރުގެ (ހ) އަށް ރިޢާޔަތްކޮ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
5
2013/HC-A/16
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އެދިފައިވާ ވަގުތީ އަމުރެއް އަދި ނެރެދެވެން ނެތްކަމަށް ކަނޑައަޅައި،
އެކަން އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް އެންގީމެވެ" މިފަދައިން ކަން އެނގޭކަމެވެ.
(ނ) ތިންވަނަކަމަކީ، ޝަރުޢީ ކޯޓަކުން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ވަގުތީ އަމުރެއް
ނުވަތަ ވަގުތީ ފިޔަވަޅެއް އެޅުމުގެ ބާރު ކޯޓަށް ލިބިދޭ ހާލަތްތަކުން ކުރެ ހާލަތެއްއޮވެ، ވަގުތީ އަމުރެއް ނުވަތަ
ވަގުތީ ފިޔަވަޅެއް ނާޅައިފިނަމަ، ޙުކުމް ކުރެވޭއިރު، އެޙުކުމުގެ މަޤްޞަދު ހާޞިލް ނުވެ ހިގައިދާނެކަމަށް، ނުވަތަ
މައްސަލައިގައި ހިމެނޭ ފަރާތަކަށް ގެއްލުމެއް ލިބިދާނެކަމަށް ނުވަތަ ދަޢުވާކުރެވޭ މުދާ ނުވަތަ ފައިސާ ކޯޓުގެ
ބާރު ނުހިނގާނެ ގޮތަކަށް ރާއްޖެއިން ބޭރަށް ގެންގޮސް ފާނެކަމަށް ނުވަތަ ދަޢުވާ ލިބޭ މީހާ ފިލައިގެން
ހިގައިދާނެކަމަށް ނުވަތަ ދަޢުވާކުރެވޭ މުދާ ނުވަތަ ފައިސާ ކޯޓުގެ ބާރު ނުހިނގާފަދަ ގޮތަކަށް ނުވަތަ
އެމުދަލެއްގެ ނުވަތަ ފައިސާގެ އަގެއް ނުހުންނާނެ ގޮތަކަށް ވެދާނެކަމަށް ޤަބޫލުކުރެވޭނަމަ އެކަން ހުއްޓުވުމަށް
އަމުރު ކުރުމުގެ ބާރު ކޯޓަށް ލިބިދީފައިވާކަން "ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދު" 6 ގެ 295
ވަނަ މާއްދާއަށް ބެލުމުން އެނގޭކަމާއި، މިގޮތަށް
ކޯޓަށް ބާރުގެ ބޭނުންކުރުމުގައި އެމައްސަލައިގެ
ވަށައިގެންވާ ކަންތައްތަކަށާއި، ޒާތަށާއި، ބާވަތަށާއި، ހާލަތަށާއި، މައްސަލައިގައި ވަގުތީ އަމުރަށް އެދި
ހުށަހަޅާފައިވާ ހުށަހެޅުމުގެ މައްޗަށް ބައްލަވައި ވަގުތީ އަމުރެއް ނުވަތަ ވަގުތީ ފިޔަވަޅެއް އެޅުމަކީ އެމައްސަލަ
ބައްލަވާ ފަނޑިޔާރަށް ލިބިގެންވާ އިޚްތިޔާރީ (discretionary) ބާރެއްކަން އެނގެން އޮންނައިރު،
4
ލިބިދ
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 21/SC-A/2012 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4 އާއި، 5 ގެ (ބ) ގައި ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ
މައްޗަށް ބަލާއިރު، ވަގުތީ އަމުރުތައް ނެރުމުގައި ކޯޓުން ފުރިހަމަ ވޭތޯ ބަލަންޖެހޭ ޢާންމު ޝަރުޠުތަކެއްވާކަން
ތަފާތު ޤާނޫނީ ޖުރިސްޑިކްޝަންތަކުން ޤަބޫލުކުރާ އިޖްރާއީ ޢާންމު އުޞޫލުތަކަށް ބެލުމުން އެނގެން
އޮންނަކަމާއި، އެގޮތުން ބަލަންޖެހޭ ޝަރުޠުތަކަ.
:-
ޤާއިމްވެގެންވުން
(ހ) ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް
ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހްތިމާލު ފާޅުކަން ބޮޑު
ގޮތެއްގައި
(Fumus boni juris): ބުނެވިދިޔަ ފަދަ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހްތިމާލު
ޤާއިމްވެގެން
ވެގެންވާ ކަމުގައި ބެލެވޭނީ އެޙައްޤެއް ނުވަތަ ޤާނޫނީ މަރްކަޒެއް ހިމާޔަތްކުރާ ޤާނޫނީ ޤާޢިދާއެއް ފޮނުވާގޭގެ ފައި
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
26
68 މ
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/160
އިތުރުން، ވަގުތީ އަމުރަށް އެދި ހުށަހަޅާ ވަޤާއިޢުތަކަކީ އެފަދަ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް ވާކަމުގެ
އިޙްތިމާލު ޤާއިމްވެގެންވާކަމުގައި ކޯޓަށް ޤަބޫލުކުރެވޭ މިންވަރުގެ ކާފީ ވަޤާއިޢުތަކަށް ވުމާއި،
(ށ) ވަގުތީ އަމުރު ނެރުމަކާނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ
ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން (Periculum in mora): މީގެ މަފްހޫމަކީ މައުޟޫޢީ ދަޢުވާ އާދައިގެ
އިޖްރާއާތުގެ ދަށުން ފުރިހަމަކޮށްފިނަމަ، ތަދާރުކު ނުކުރެވޭފަދަ އަދި އިޢާދަ ނުކުރެވޭފަދަ ނުރައްކަލަކާއި ނުވަތަ
ގެއްލުމަކާ އެދަޢުވާއާ ގުޅިގެން ވަގުތީ އަމުރަށް އެދޭ ފަރާތުން ކުރިމަތިލާން ޖެހުމާއި،
(ނ) ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ހައިސިއްޔަތު ޤާނޫނީ ގޮތުން
ލިބިގެންވާ ފަރާތެއްކަމުގައިވުން ކަމާއި،
އަދި ކޯޓަށް ހުށަހެޅޭ މައްސަލައާ ގުޅިގެން ނެރެދެވޭ ވަގުތީ އަމުރުގައި، އަސްލު މައްސަލާގައި
ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް އަސަރުކުރަނިވި ފަދަ ގޮތަކަށް ނުވަތަ އެޙައްޤު ސާބިތުކޮށް
ފުވަތަ ނަފީކޮށް ވަގުތީ އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެން ނުވާކަމަށާއި،
އެމައްސަލަ ބެލުމުގެ ކުރިން، އެމައްސަލާގައި ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް ދާއިމީ
ހިމާޔަތް ކުރިއާލައި ދެވުންކަމަށް ބަޔާންކުރައްވާފައިވާކަން އެނގެން އޮންނަކަމެވެ.
އެވާނީ
(ރ) ހަތަރުވަނަކަމަކީ، މިމައްސަލައާއި ގުޅިގެން އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި
ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް
ބަލާއިރު، އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ވަގުތީ އަމުރަކަށް އެދި ހުށަހެޅި ހުށަހެޅުމުގައި އެދިފައިވާ
ކަންކަމާއި އެފަރާތުން ހުށަހެޅި ދަޢުވާގައި އެދިފައިވާ ކަންކަމަކީ އެއްކަންތައްތަކެއް ކަން އެނގެން އޮތުމުން
އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އެދިފައިވާ ފަދަ ވަގުތީ އަމުރެއް ނެރެދިނުމަކީ އެފަރާތުން ހުށަހެޅި
އަސްލު މައްސަލާގައި ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް އަސަރުކުރަނިވި ފަދަ އަދި
އެމައްސަލަ ބެލުމުގެ ކުރިން، އެމައްސަލާގައި ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް ދާއިމީ
ހިމާޔަތް ކުރިއާލައި ދެވިދާފަދަ ކަމެއްކަމަށް ޤަބޫލުކުރެވެން އޮންނާތީއާއި،
282
ދިވެހިރާއްޖޭ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
7
2013/HC-A/160
ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާއެއް ކަސްޓަމްސް އިން ކަނޑައަޅާ މުއްދަތެއްގައި
ނުދައްކާ ހުންނަ މައްސަލަތަކުގައި، ޚިދުމަތް ލިބިގަންނަ ފަރާތަށް ދެމުން ގެންދާ ޚިދުމަތް، ކަސްޓަމްސްއިން
ކަނޑައަޅާ އުސޫލެއްގެ މަތިން ވަގުތީ ގޮތުން މެދު ކަނޑާލުމަކީ ޤާނޫނު ނަންބަރު 08/2011 (ދިވެހިރާއްޖޭގެ
ކަސްޓަމްސްގެ ޤާނޫނު) ގެ ދަށުން ކަސްޓަމްސް އަށް ލިބިގެންވާ އިޚުތިޔާރެއްކަމަށް އެޤާނޫނުގައި ކަނޑައެޅި
ބަޔާންކޮށްފައި އޮންނާތީއާއި، ކަސްޓަމްސް އިން އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަން ދެމުން ދިޔަ
ޚިދުމަތް މިވަގުތަށް ކުރިއަށް ގެންދަން ބޭނުންވާނަމަ، ކަސްޓަމްސް އިން ބުނާ ޢަދަދަށް ފައިސާ ދެއްކުމަށްފަހު
އެފުރުސަތު ލިބިގަތުމަކީ މިހާރުވެސް އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ފަހިވެފައި އޮތް
ފުރުސަތަކަށްވެފައި، އެކުންފުނީގެ ފަރާތުން ސިވިލްކޯޓަށް ހުށަހެޅި މައްސަލަ ނިމޭ ގޮތަކުން ކަސްޓަމްސްގެ
ފަރާތުން އެފަރާތަށް ގެއްލުމެއް ލިބިފައިވާކަން ސާބިތުވެފައިވާނަމަ އެގެއްލުމަކަށް ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ
ޙައްޤުވެސް އެކުންފުންޏަށް ފަހިވެފައި ވާކަން އެނގެން އޮތުމުން، މި މައްސަލައިގައި ވަގުތީ އަމުރަށް އެދި
ހުށަހެޅި ސަބަބަށާއި، މިމައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށާއި، ޒާތަށާއި، ބާވަތަށާއި، ހާލަތަށާއި، އަދި
ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދު" 6 ގެ 295 ވަނަ މާއްދާގައިވާ ވަގުތީ އަމުރު ނެރުމުގައި
ރިޢާޔަތް ކުރަން ޖެހޭނެ ކަންކަމުގެ މައްޗަށް ބަލާއިރު، އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި
ދަޢުވާގެ މައުޟޫޢާމެދު ޝަރީޢަތުން ގޮތެއް ކަނޑައެޅުމުގެ ކުރިން، ވަގުތީ އަމުރެއް މެދުވެރިކޮށް،
ޙިމާޔަތްކުރަންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތްކަމުގެ އިޙުތިމާލު ފާޅުކަން ބޮޑުގޮތެއްގައި
ޤާއިމުވެގެންވާ ކަމުގައި ބެލެވެންނެތްކަން އަދި އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެދިފައިވާ
ފަދަ ވަގުތީ އަމުރެއް މިހިނދުން މިހިނދަށް ނުނެރެފިނަމަ، އެފަރާތަށް ގެއްލުންތަކެއްވެ، އެގެއްލުންތައް އިޢާދަ
ނުކުރެވޭ ވަރުގެ ކަމަކަށް ވެދާނެކަމަށް ފެންނަވަރުގެ އެކަށީގެންވާ ސަބަބުތަކެއް ފެންނަން ނެތްކަމަށް
މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަންވެސް އެއްބަސްވެވޭ ކަމެވެ.
ވީމާ، އިސްވެބަޔާން މިކުރެވުން ކަންތައްތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ބަލާއިރު، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ސިވިލް ކޯޓުގެ ވަގުތީ އަމުރަކަށް އެދި ހުށަހެޅި ހުށަހެޅުމާއި މެދު
ނިންމިގޮތުގައި ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުން މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއުނާފުކުރަމުން އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް
ދިވެހިރާއްޖޭގެ ހައިކޯޓުން ބާޠިލުކުރަންޖެހޭފަދަ ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވެއެވެ.
ނކޮށް،
ދިވެހިރާއްޖޭ
ދިވެހިރާއްޖޭގެހައިކޯޓް، އާބު މުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
8
2013/HC-A/160
ޙުކުމް
2
ދެންފަހެ އިސްވެ ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތުގެ މަތިން ހުރުމާއެކު،ސިވިލް ކޯޓުގެ
ނަންބަރު 2013/Cv-C/317 ޤަޟިއްޔާއާއި ގުޅިގެން އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް އެދި ހުށަހެޅި ހުށަހެޅުމާއި ގުޅިގެން ސިވިލް ކޯޓުން 07 އެޕްރީލް 2013
ވަނަ ދުވަހު ދީފައިވާ "ވަގުތީ އަމުރަށް އެދޭ ފޯމުގެ ޖަވާބު" ބާޠިލް ކުރަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީވިޔަސް
ސަބަބެއް ނެތްކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ،
ސިވިލް ކޯޓުގެ އެނިންމުން ބަދަލު ކުރަން ޖެހޭނެ ތަނެއްނެތްކަމަށް ކަނޑައަޅައި އެގޮތުގެ މަތިން
ޙުކުމްކޮށްފީމެވެ.
cuo,
ހައިކޯ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv