ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/191 ޤަޟިއްޔާގެ ޙުކުމް
1
2[13/HC-A/191
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
.ރާއްޖޭf
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 191/HC
-
A/2013
• އިސްތިއުނާފު ކުރިފަރާތް
މުޙައްމަދު ރަޝީދު
ކާޑު ނަންބަރ: A144823
، ދާއިމީ އެޑްރެސް: ވަލުކަފަގެ ލ.ފޮނަދޫ
މިހާރުގެ އެޑްރެސް: ވަލުކަފަގެ ލ.ފޮނަދޫ
*
އައިޑީ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
• ރަޖިސްޓްރީކުރެވުނު ތާރީޚް: 5 ޖޫން 2013 * ނިމުނު ތާރީޚް: 25 ޖުލައި 2013
• އިސްތިއުނާފުކުރެވުނުޤަޟިއްޔާނަންބަރ: ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2012/25
/
08C ޤަޟިއްޔާ
• ޤަޟިއްޔާގެ ބާވަތް: ބިރުދެއްކުން
• ނިންމެވިކޯޓް: ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓު
• ހުށަހެޅުނު ތާރީޚު: 8 އެޕްރީލް 2012 ނިމުނު ތާރީޚް: 25 މާރޗް 2013
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް | ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް /WWW
.
highcourt.gov.mv
2
2013/HC-A/191
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ދަޢުވާގެ ޚުލާޞާ
މިއީ، ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/O8C/25 ޤަޟިއްޔާ
އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ
އިސްތިއުނާފުކުރުމަށްޓަކައި ލ.ފޮނަދޫ ވަލުކަފަގެ މުޙައްމަދު ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލުވުނު ޤާޟިއްޔާއެކެވެ. މިޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތަކީ ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީސް
.މ.ދ.
އެސް.
02 0 0
1- ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/25/08C ޤަޟިއްޔާއަކީ
ލ.ފޮނަދޫ | ވަލުކަފަގެ މުޙައްމަދު ރަޝީދު 11 މެއި 2011 ދުވަހުގެ 11:30 އެހާކަންހާއިރު ލ.ފޮނަދޫ
ކުރިމަގު އަވަށު ޖަންގަލި (ވަލު) ތެރޭގައި އެރަށު ނޫރާނީގެ ޙުސައިން ޙަސަން ރުކަކުން ކާށިއަޅަން
އުޅެނިކޮށް މުޙައްމަދު ރަޝީދު އެތަނަށް އައިސް ޙުސައިންޙަސަން އާ ޒުވާބު ކުރަމުން މުޙައްމަދު ރަޝީދުގެ
އަތުގައި އޮތް ދިގުމިނުގައި ފޫޓެއް ހުންނަ ވަރުގެ ކަތިވަޅިއެއް ހުސައިން ޙަސަންއާ ދިމާއަށް އަޅާލުމަށް
ފަހު "ނަގޫބަޅު ޖަހައި މަރައޭލާނީ" މިހެން ބުނެ ހުސައިން ޙަސަން އަށް ބިރުދައްކާފައި ވާކަމަށް ބުނެ
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި
ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ (ހ) އާއި ހަވާލާދީ އެމާއްދާގެ (ރ) އާއި (ށ) ގެ
ދަށުން މުޙައްމަދު ރަޝީދުގެ މައްޗަށް ބިރުދެއްކުމުގެ ކުށުގެ ދަޢުވާ ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ
ފަރާތުން ހުށަހެޅުމުން ބެލުނު މައްސަލައެއްކަމާއި،
I.
އެޤަޟިއްޔާގެ ޙުކުމުގައި ވަނީ ދެންފަހެ ދަޢުލަތުން ލ.ފޮނަދޫ ވަލުކަފަގެ މުޙައްމަދު
ރަޝީދުގެ މައްޗަށް ހުށަހެޅުއްވި، ބިރުދެއްކުމުގެ ކުށުގެ ދަޢުވާގެ އަސްލަށް މުޙައްމަދު ރަޝީދު
ޝަރީޢަތުގައި އިންކާރު ކުރިނަމަވެސް 11 މެއި 2011 ދުވަހުގެ 11:30 އެހައިކަންހާއިރު ލ.ފޮނަދޫ
ކުރިގަމު އަވަށު ޖަންގަލީގެ ތެރޭގައި، އެރަށު ނޫރާނީގެ ޙުސައިން ޙަސަން ރުކަކުން ކަށި އަޅަން އުޅެނިކޮށް
ހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2[13/HC-A/191
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ره ومرگی
މީނާގެ އަތުގައި އޮތް ދިގުމިނުގައި ފޫޓެއް ހުންނަވަރުގެ ކަތިވަޅިއެއް ޙުސައިން ޙަސަންއާ ދިމާ
މަޅާލުމަށްފަހު، ޖަހާ މަރާލާނެ ކަމަށް ބުނެ، ޙުސައިން ޙަސަން އަށް ބިރުދައްކާފައިވާކަން ޝަރީޢަތަށް
ހުށަހެޅުނު ހެކިންގެ ހެކިބަހުން ޝަރީޢަތަށް ޘާބިތުވެއްޖެ ކަމަށް ކަނޑައަޅައި މިއީ މީނާގެ މައްޗަށް
ވަތުގެ ކުށެއް ޝަރީޢަތަށް ސާބިތުވި ފުރަތަމަ ފަހަރު ކަމަށް ވާތީ ޤާނޫނު ނަންބަރު 17/2010 ( ބިރު
ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ޤާނޫނު ) ގެ 2 ވަނަ
މާއްދާގެ (ހ) އާއި ޙަވާލާދީ އެމާއްދާގެ (ރ) އާއި (ށ) ގެ ދަށުން ލ.ފޮނަދޫ ވަލުކަފަގެ މުޙައްމަދު
ރަޝީދު 18 ( އަށާރަ ) މަސްދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ޙުކުމް ކޮށްފީމެވެ ." މިފަދައިންކަން
އެނގެ
2- ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/25/08C ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ
އިސްތިއުނާފުކޮށްދެއްވުން އެދި ލ.ފޮނަދޫ ވަލުކަޕުގެ މުޙައްމަދު ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް 02 (ދޭއް) ނުކުތާއެއް ހުށަހަޅައި އެކަންކަމާއިބެހޭ ގޮތުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
04
ފނިގެން އިވެއެވެ.
• ފުރަތަމަ ނުކުތާ އަކީ، ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ބ) ގެ ދަށުން
ލިބޭނެކަމަށް ކަށަވަރުކޮށްދީފައިވާ ކުށުގެ ތުހުމަތުން ބަރީޢަވުމަށްޓަކައި އެކަށީގެންވާ
ވަގުތާއި ވަސީލަތާއި، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް ފުރުޞަތު
ދިނުމެއްނެތި މައްސަލާގެ އަޑުއެހުންތައް ނިންމާލާފައިވުން ކަމަށްބުނެ ހުށަހެޅި
4 22
ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ، މައްސަލާގައި ދަޢުވާ ސާބިތުކުރުމަށްޓަކައި ދައުލަތުން
ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ބަލައިގެންފައިވަނީ ޝަރުޢީ އުޞޫލުތަކާއި ޚިލާފަށް ކަމަށް
އިންޖެޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{13/HC-A/191
ބުނެ ހުށެހެޅި ނުކުތާއެވެ.
24
02 0 0
4 22
3- މިމައްސަލައާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދެފަރާތުން
ދީފައިވާ ބަޔާންތަކަށާއި ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/25/08C ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓާއި އަދި އެރިޕޯޓާ އެކުގައިވާ، ލިޔެކިޔުންތަކާއި ބަޔާންތަކާއި މިމައްސަލައާ
ގުޅޭގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މިމައްސަލައާއިގުޅޭ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) އިސްތިއުނާފު މިކުރެވޭ ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2012/25
/
08C ޤަޟިއްޔާއަށް ބަލާއިރު އެމައްސަލައަކީ ލ.ފޮނަދޫ ! ވަލުކަފަގެ މުޙައްމަދު ރަޝީދު
11މެއި 2011 ދުވަހުގެ 11:30 އެހާކަންހާއިރު ލ.ފޮނަދޫ ކުރިގަމު އަވަށު ޖަންގަލި (ވަލު) ތެރޭގައި
އެރަށު ނޫރާނީގެ ޙުސައިން ޙަސަން ރުކަކުން ކާށިއަޅަން އުޅެނިކޮށް މުޙައްމަދު ރަޝީދު އެތަނަށް އައިސް
ޙުސައިންޙަސަން އާ ޒުވާބު ކުރަމުން މުޙައްމަދު ރަޝީދުގެ އަތުގައި އޮތް ދިގުމިނުގައި ފޫޓެއް ހުންނަ
ވަރުގެ ކަތިވަޅިއެއް ހުސައިން ޙަސަންއާ ދިމާއަށް އަޅާލުމަށް ފަހު "ނަގޫބަޅު ޖަހައި މަރައޭލާނީ" މިހެން
ބުނެ ހުސައިން ޙަސަން އަށް ބިރުދައްކާފައި ވާކަމަށް ލ.ފޮނަދޫ، ޖަވާހިރުވާދީ މަރްޔަމް ޙުސައިންއާއި
ލ.ފޮނަދޫ ސޯނާޒަމީން އިބްރާހީމް މޫސާ ބުނެފައި ވާކަމަށް ބަޔާންކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން
މަނާކުރުމުގެ ޤާނޫނު) ގެ (ހ) އާއި ހަވާލާދީ އެމާއްދާގެ (ރ) އާއި (ށ) ގެ ދަށުން މުޙައްމަދު ރަޝީދުގެ
ހުށަހަޅާފައިވާ ދަޢުވާއެއް ކަމާއި އަދި އެދަޢުވާއަށް މުޙައްމަދު ރަޝީދު އިންކާރު ކުރުމުން ހެކިންގެ
ގޮތުގައި ލ.ފޮނަދޫ ނޫރާނީގެ ހަބީބާ އާދަމް އާއި ލ.ފޮނަދޫ ޖަވާހިރުވާދީ މަރްޔަމް ޙުސައިން އާއި ލ.ފޮނަދޫ
ސޯނާޒަމީން އިބްރާހީމް މޫސާ އާއި މިތިންފަރާތުގެނަން ހުށަހަޅާފައި ވާކަންވެސް އެގެއެވެ.
02
ދ828
އިން
އިންޖެޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2013/HC-A/191
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ހ2 22 ތ ގތ
އަޑު އހ,14
(ށ) މުޙައްމަދު ރަޝީދުގެ ފަރާތުން ކުށުގެ ތުހުމަތުން ބަރީޢަ ވުމަށްޓަކައި އެކަށީގެންވާ
ވަގުތާއި ވަސީލަތާއި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް ފުރުޞަތު ދިނުމެއްނެތި މައްސަލާގެ
ނިންމާލާފައި ވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު މުޙައްމަދު ރަޝީދުގެ
ފަރާތުން ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/25/08C ޤަޟިއްޔާގެ ޝަރީޢަތަށް
މުޙައްމަދު ރަޝީދު ދީފައިވާ ބަޔާނަށް ބަލާއިރު އެފަދަ އެއްވެސް ފުރުޞަތަކަށް އެދިފައި ވާކަން އެގެން
ނެތްކަން ފާހަގަ ކުރެވޭ ކަމާއި އަދި މުޙައްމަދު ރަޝީދު އިސްވެ ނަންގަނެވުނު ބަޔާނުގައި ސޮއިކޮށް
އިގިނލީގެ ނިޝާން ޖަހާފައިވާކަން އެގެން އޮތުމުން އެބަޔާނަކީ މުޙައްމަދު ރަޝީދު ބަޔާން ދިންގޮތަށް އޮތް
ޞައްޙަ ބަޔާނެއް ކަމަށް މުޙައްމަދު ރަޝީދުގެ ފަރާތުން އެވަނީ އިޤުރާރުވެފައި ކަމަށް ބަލަންޖެހޭ އިރު
ހައްދުންމަތީ ފޮނަދޫ ކޯޓުން މުޙައްމަދު ރަޝީދުއަށް ދިފާޢުވުމަށް ފުރުޞަތު ދީފައި ނުވާކަމަށް ބެލެވޭނެ
ތަނެއް ނެތްކަން ފާހަގަ ކުރެވެއެވެ.
(ނ) ދައުލަތުން ކުޅަ ދަޢުވާ ސާބިތު ކުރުމަށް ހުށަހެޅި ހެކިންގެ ތެރޭގައި ހިމެނޭ ލ.ފޮނަދޫ
ނޫރާނީގެ ހަބީބާ އާދަމްއަކީ މިހާދިސާގައި ބިރު ދެއްކުނު ޙުސައިން ޙަސަންގެ އަނބިމީހާ ކަމަށް ވުމުން
މިމައްސަލާގައި ހަބީބާ އާދަމްގެ ހެކިބަހަކީ މަސްލަހަތު ފުށުއަރާ ހެކިބަހަކަށް ވުމުގެ އިތުރަށް ހަބީބާ އާދަމް
ތަޙުޤީގަށް ދީފައިވާ ބަޔާނާއި ދަށުކޯޓުގެ ޝަރީޢަތަށް ދީފައިވާ ބަޔާނާއި މިދެބަޔާނަށް ބަލާއިރު ހަބީބާ އާދަމް
އެއްކަމެއްގެ ވާހަކަ ތަޢާރަޟް ވާގޮތަށް ބުނެފައިވާކަން އެނގޭކަމާއި ޙަބީބާ އާދަމް ތަޙުޤީޤަށް ދީފައިވާ
ބަޔާނުގައި އޭނާގެ ފިރި ހުސައިން އާސަން އާ ދިމާއަށް "މިނަގޫބަޅު ބޮޑުވަޅިން ޖަހައި މަރައޭލާނީ"
މިގޮތަށް ބުނި އަޑުއެހިކަމަށާއި އޭރު ހަބީބާ އާދަމް ހުރީ އެދެމީހުންނާ ގާތްގަޑަކަށް 10 (ދިހައެއް) ވަރަކަށް
ފޫޓު ދުރުގައި ކަމަށާއި ނަމަވެސް މުޙައްމަދު ރަޝީދުގެ އަތުގައި އޮތް ކަތިވަޅި ފިރިމީހާއާދިމާއަށް މަޅާލި
މަންޒަރު ހަބީބާ އާދަމްއަށް ފެނިފައި ނުވާކަމަށްވެސް ބުނެފައިވާކަން އެނގޭއިރު ހަބީބާ އާދަމް ދަށުކޯޓުގެ
ހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2{13/HC-A/191
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޝަރީޢަތަށް ދީފައިވާ ބަޔާނުގައި މުޙައްމަދު ރަޝީދު، ޙުސައިން ޙަސަން އާދިމާއަށް މަރާލާނަމޭ ބުނެ
އޭނާގެ އަތުގައި އޮތް ކަތިވަޅި މަޅައިގަތްތަން ދުށްކަމަށް ޙަބީބާ އާދަމް ބުނެފައިވުމުން އެއްހާދިސާއެއްގެ
ވާހަކަ ދެމަހައްލުގައި ތަފާތު ދެގޮތަށް ބުނެފައި ވާކަން ފާހަގަ ކުރެވެއެވެ.
(ށ) މިމައްސަލާގައި ހެކިބަސް ދީފައިވާ ލ.ފޮނަދޫ ސޯނާމަންޒިލް އިބްރާހީމް މޫސާ
ދަށުކޯޓުގެ ޝަރީޢަތަށް ދީފައިވާ ބަޔާނުގައި އެހާދިސާ ހިނގިވަގުތު އެމީހުންނާ ވަރަށް ގާތުގައި އޭނާ ހުރި
ކަމަށާއި މުޙައްމަދު ރަޝީދު ޙުސައިން ޙަސަން އާދިމާއަށް "ޖަހާފާނަމޭ" ބުނި އަޑު އެހިކަމަށާއި އަދި އޭރު
އެދެމީހުން ހުތުރުބަހުން ޒުވާބު ކުރަމުން ގެންދިޔަ ކަމަށާއި އޭރު އެތަނުގައި ތިބީ އެތިން މީހުންކަމަށާއި
ފަހުން އިތުރުމީހަކު ނާންނަ ކަމެއްވެސް އަދި އައި ކަމެއްވެސް ނޭގޭ ކަމަށްވެސް ބުނެފައިވާއިރު، އިބްރާހީމް
މޫސާގެ މިނަންގަނެވުނު ބަޔާނުގައި މުޙައްމަދު ރަޝީދުގެ އަތުގައި ވަޅިއެއް އޮތް ކަމަށް ބުނެފައި ނުވާކަމާއި
ޙުސައިން ޙަސަން އާދިމާއަށް ވަޅި އަޅާލިތަން ދުއްކަމަށް ބުނެފައި ނުވާކަމާއި އަދި މުޙައްމަދު ރަޝީދު
ޙުސައިން ޙަސަން އަށް މަރުގެ އިންޒާރެއް ދިންއަޑު އެހިކަމަށްވެސް އިބްރާހީމް މޫސާ ޝަރީޢަތަށް ދިން
ބަޔާނުގައި ބުނެފައި ނުވާކަން ފާހަގަ ކުރެވޭ ކަމާއި
އަދި އިބްރާހީމް މޫސާ ތަޙުޤީޤަށް ދީފައިވާ ބަޔާނުގައިވެސް ޙުސައިން ޙަސަން އާދިމާއަށް
މުޙައްމަދު ރަޝީދު ކަތިވަޅި މަޅައިގަތް ތަންނުދެކޭ ކަމަށް ބުނެފައި ވާކަން އެގޭ ކަމާއި ނަމަވެސް
ޙުސައިން ޙަސަން އާދިމާއަށް" ނިކަން އަޅާބަލާށޭ ނަގޫބަޅު ހަމަމަރައޭލާނީ" މިގޮތަށް މުޙައްމަދު ރަޝީދު
ބުނިކަމަށް އިބްރާހީމް މޫސާ ތަޙުޤީޤުގައި ބުނެފައިވާއިރު އިބްރާހީމް މޫސާ ޝަރީޢަތަށް ދީފައިވާ ހެކިބަހުގެ
ބަޔާން އޭނާ ތަޙުޤީޤަށް ދީފައިވާ ބަޔާނާއި ތަފާތުކަންވެސް ފާހަގަކުރެވޭ ކަމާއި އަދި އިބްރާހީމް މޫސާ އަކީ
ހުސައިން ޙަސަނާއެކު ހުސައިން ޙަސަން ބުނެގެން ރުކުއަޅައި ދިނުމަށް އެތަނަށް
އުޅުނުމީހެއްކަންވެސް ބަޔާން ތަކުން އެގެއެވެ.
24/
(ބ) ހެކިބަސް ދީފައިވާ ލ.ފޮނަދޫ ޖަވާހިރުވާދީ މަރްޔަމް ހުސައިން ދަށުކޯޓަށް ދީފައިވާ
ބަޔާނުގައި އެހާދިސާ ހިގާދިޔަ ވަގުތު މަންޒަރު ފެންނަ ހިސާބުގައި އޭނާ ހުރިކަމަށާއި މުޙައްމަދު ރަޝީދު
އެމްއެޗްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW
.
nighcourt.gov.mv
7
2{13/HC-A/191
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޙުސައިން ޙަސަންއާ ދިމާއަށް " ނަގޫބަޅު މިއަދު މަރައޭލާނީ" ބުނިއަޑު އެހިކަމަށާއި އޭރު އެތަނުގައި ތިބީ
ޙުސައިން ޙަސަންއާއި މުޙައްމަދު ރަޝީދު އާއި ޙުސައިން ޙަސަންގެ އަންހެނުން ޙަބީބާ އާއި ތިންމީހުން
ކަމަށާއި އިތުރު މީހަކު އޭނޭ ނުދެކޭކަމަށް ބުނެފައިވާއިރު މިމައްސަލާގައި ހެކިބަސް ދީފައިވާ އިބްރާހީމް
މޫސާގެ ބަޔާނުގައި އެހާދިސާ ހިނގި ވަގުތު އޭނޭ ހުރީ ވަރަށް ގާތުގައި ކަމަށް ބުނެފައިވާއިރު މަރްޔަމް
ޙުސައިންގެ ބަޔާނުގައި އިބްރާހީމް މޫސާ އެތަނުން ދުށްކަމަށް ބުނެފައި ނުވާކަން ފާހަގަ ކުރެވޭ ކަމާއި
މަރްޔަމް ހުސައިންގެ ނަންގަނެވުނު ބަޔާނުގައި މުޙައްމަދު ރަޝީދުގެ އަތުގައި ވަޅިއެއް އޮތްކަމަށް
ބުނެފައިނުވާ ކަމާއި އަދި ވަޅިމަޅާލިތަން ދުށްކަމަށްވެސް ބުނެފައިނުވާ ކަންވެސް ފާހަގަކުރެވޭ ކަމާއި އަދި
މަރްޔަމް ހުސައިން ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި މުޙައްމަދު ރަޝީދު އަތުގައި އޮތް ކަތިވަޅި
މަޅައިގަތްތަން ނުދެކޭ ކަމަށް ބުނެފައިވާކަންވެސް އެނގޭ ކަމާއި
އަދި މަރްޔަމް ހުސައިންގެ ދަރިފުޅަކު ކައިވެނި ކޮށްގެން އުޅެނީ މިހާދިސާގައި ބިރުދެއްކުނު
ހުސައިން ޙަސަންގެ ދަރިފުޅަކާއި ކަމަށް އިސްތިއުނާފު ކުރިފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި
ބުނެފައިވާ ބުނުމާ މެދު ދައުލަތުގެ ފަރާތުން އެއީ މަރްޔަމް ހުސައިންގެ ހެކިބަސް ތަޢުނު ކުރެވޭ ފަދަ
ސަބަބެއް ކަމަށް ނުދެކޭ ކަމަށް ބުނެފައިވާއިރު މަރްޔަމް ހުސައިންއާއި ޙުސައިން ޙަސަންއާއި ދެމެދު
އުފެދިފައިވާ އެގުޅުމަށް ދައުލަތުން އިންކާރު ކޮށްފައިނުވާކަން ފާހަގަކުރެވެއެވެ.
އެމައްސަލާގައި ބަޔާންކޮށްފައިވާ ހާދިސާ ހިނގާފައިވަނީ ލ.ފޮނަދޫ ކުރިމަގު އަވަށު ޖަންގަލީ ތެރެއަށް
ރުކުއެޅުމަށާއި، ފަތްކެޔޮ ދަނޑަށް ގޮސް އުޅުމުގެ ތެރޭގައި ކަމާއި މިގޮތުން ޙުސައިން ޙަސަން އިބްރާހީމް
މޫސާ ގޮވައިގެން ޖަންގަލި (ވަލު) ތެރެއަށް ގޮސް އުޅުނީ ރުކު އެޅުމަށްކަން ބަޔާންތަކުން އެނގޭ ކަމާއި
އަދި މުޙައްމަދު ރަޝީދު އުޅުނީ ފަތްކެޔޮ ދަނޑަކަށް ފަތްކޮށަން ގޮސް ކަންވެސް ބަޔާންތަކުން އެނގޭ
ކަމާއި އަދި މިއުޅުމުގެ ތެރޭގައި މުޙައްމަދު ރަޝީދު އާއި ޙުސައިން ޙަސަން އާއި ދެމީހުންވެސް އުޅުނީ
އެމީހުންގެ މަސައްކަތުގެ ބޭނުންތަކަށްޓަކައި ގެންދިޔަ ކަތިވަޅިއެއް ހިފައިގެންކަންވެސް އެނގޭ ކަމާއި
އިންޖެޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް /WWW
.
highcourt.gov.mv
8/26
8
2013/HC-A/191
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
· · · 2
އަދި މުޙައްމަދު ރަޝީދު އާއި ޙުސައިން ޙަސަންއާއި ދެމީހުންގެ މެދުގައި ޒުވާބު ހިނގާ
މައްސަލަ އުފެދިފައިވަނީ ޙުސައިން ޙަސަން އޭނާގެ ރުކެއްކަމަށް ޤަބޫލުކުރާ ރުކެއް ގައި ޖަހާފައިވާ
ނަންބަރެއް ކަނޑާލާފައި ޙުސައިން ޙަސަންގެ ނަންބަރު (143) ޖަހަން އުޅެނިކޮށް އެރުކަކީ މުޙައްމަދު
ރަޝީދުގެ ރުކެއްކަމަށް މުޙައްމަދު ރަޝީދު ޤަބޫލު ކުރާތީ މުޙައްމަދު ރަޝީދުގެ ރުކަކުން ޙުސައިން
ޙަސަން ކާށި އަޅަން އުޅޭ ކަމަށް ބުނެގެން މިދެފަރާތުގެ މެދުގައި ޒުވާބު އުފެދި މައްސަލަ ޖެހިފައިވަނީ
ކަން އެނގޭކަމާއި، އަދި އޭރު މިދެމީހުންވެސް ތިބީ އެމީހުން މަސައްކަތްކުރުމަށް ގެންދިޔަ ކަތިވަޅި
ހިފައިގެންކަންވެސް ބަޔާން ތަކުން އެނގޭ ކަމާއި
ޤާނޫނު ނަންބަރު 17/2010 ( ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި
ގެންގުޅުން މަނާ ކުރުމުގެ ޤާނޫނު ) ގެ 3 ވަނަ މާއްދާގައި " މަޤުބޫލު ސަބަބެއްނެތި އެއްވެސް ބާވަތެއްގެ
ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ޢާއްމު ތަނެއްގައި ގެންގުޅުމަކީ ކުށެކެވެ." މިފަދައިން
މަޤުބޫލު ސަބަބެއް" ކަމުގައި ބެލެވޭނީ މަސައްކަތުގެ
ދިރިއުޅުމުގެ ބޭނުންތަކަށް ބޭނުންކުރުމަށްޓަކައި އެއްޗެއް ގެންގުޅޭ ޙާލަތުގައި ކަމަށް
އެމާއްދާގެ (ބ) ގައި އޮންނަ އިރު، މުޙައްމަދު ރަޝީދު ކަތިވަޅި ގެންގުޅެ ފައިވަނީ ދިރއުޅުމުގެ
ބޭނުންތަކަށް ބޭނުންކުރުމަށްޓަކައިކަން މިމައްސަލާގައި ހިމެނޭ މުޅި ހާދިސާގެ ވަށައިގެންވާ ޙާލަތްތަކާއި
ބަޔާންތަކަށް ބެލުމުން އެނގޭއިރު މުޙައްމަދު ރަޝީދު ޙުސައިން ޙަސަންއަށް އޭނާގެ އަތުގައި އޮތް ވަޅިން
ބިރު ދައްކާފައިވާކަން ޝަރީޢަތަށް ސާބިތު ކުރެވޭ ވަރުގެ އެއްވެސް ހުއްޖަތެއް ނެތްކަން ފާހަނގަކުރެވެއެވެ.
އެހެންކަމުން އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމުން
ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/25
/
08C ޤަޟިއްޔާގައި ޕްރޮސިކިއުޓަރ
ޖެނެރަލްގެ ފަރާތުން މުޙައްމަދު ރަޝީދުގެ މައްޗަށް ކުޅަ ދަޢުވާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް
ސާބިތުކުރެވޭ ވަރުގެ ހެކި ލިބިފައި ނުވާކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުން
ދެކެއެވެ.
هދ8
19ކށް
29
ނުވަތަ ޢާއްމު
އިންޖެޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
2{13/HC-A/191
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
OLC OO
ދެންފަހެ، އިސްވެ ބަޔާން ކުރެވުނު ކަންކަން ބަޔާން ކުރެވިދިޔަ ގޮތަށް ހުރުމާއެކު ހައްދުންމަތީ
ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/25/08C ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް
ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށް މައްސަލަ
ނިންމީއެވެ.
<< O
ވީހިރާއްޖޭގެ
އިންޖެޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv