ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/264 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/264
އަلA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 264/HC-A/2014
. އިސްތިއުނާފު ކުރި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ވަކީލް: އ. ޕަބްލިކް ޕްރޮސިކިއުޓަރ އދ. ޝަޒީނާ ރިޔާޒް
• އިސްތިއުނާފު ރައްދުވާ ފަރާތް:
* ނަން: ޞާލިޙް އަބޫބަކުރު
ދާއިމީ އެޑްރެސް: ޒަމާނީވިލާ ގދ. ފަރެސްމާތޮޑާ
* އައި.ޑީ.ކާޑު ނަންބަރު: A038293 * މިހާރުގެ އެޑްރެސް: ޒަމާނީވިލާ ގދ. ފަރެސްމާތޮޑާ
ވަކީލް: އަޙްމަދު ޢަބްދުﷲ ޢަފީފު، އަލިދޯދި ގދ. ތިނަދޫ
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 23 ޛުލްޤަޢިދާ 1435 ނިމުނު ތާރީޚް: 12 މުޙައްރަމް 1436
18 ސެޕްޓެމްބަރ 2014
*
05 ނޮވެމްލަ.
ނޮވެމްބަރ
2014
އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: A
/
295
/
2014
/
Q10MC
ނިންމެވި ކޯޓު: ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓު
0
0
ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު
• އަމުރު ނެރުއްވި ތާރީޚް: 14 ސެޕްޓެމްބަރ 2014
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު:ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު: ޔޫސުފް ޙުސައިން ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/24
ދަޢުވާގެ ޚުލާޞާ
މިއީ، ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު A
/
295
/
2014
/
Q10MC ކޯޓު އަމުރު
އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް
ލާފަށްކަމަށްބުނެ،
އެ ކޯޓު އަމުރު
އިސްތިއުނާފުކުރުމަށް އެދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ގދ. ފަރެސްމާތޮޑާ، ޒަމާނީވިލާ ޞާލިޙް އަބޫބަކުރެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
1. ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު A
/
295
/
2014
/
Q10MC ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެ ކޯޓު އަމުރު އިސްތިއުނާފުކުރުމަށް
އެދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
CCC
2. ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު A
/
295
/
2014
/
Q10MC ކޯޓު އަމުރަށް
ބަލާއިރު، އެކޯޓު އަމުރަކީ، ގދ. ފަރެސްމާތޮޑާ، ޒަމާނީވިލާ ޞާލިޙް އަބޫބަކުރުގެ މައްޗަށް ތުހުމަތުކުގެ
ތުހުމަތުކުރެވިފައިވާ
ކުޑަކުއްޖަކާމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، ޞާލިޙް
އަބޫބަކުރުގެ ކިބައިގައި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާފަދަ ސަބަބެއް އޮތްކަމަށް ނުފެންނާތީ، 14
ސެޕްޓެމްބަރ 2014 ވަނަ ދުވަހުން ފެށިގެން ގދ. ފަރެސްމާތޮޑާ، ޒަމާނީވިލާ ޞާލިޙް
ބަންދުންދޫކޮށްލުމަށް އަމުރުކުރައްވައި ނެރުއްވާފައިވާ އަމުރެއްކަން އެނގެން އޮންނަކަމެވެ.
ރާއްޖޭގެ ހައި
އކA
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2014/HC-A/264
3
3. ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު A
/
295
/
2014
/
Q10M ކޯޓު އަމުރު
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަކީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
A
/
295
/
2014
/
Q10MC ކޯޓު އަމުރުން ނިންމަވާފައިވާ ނިންމެވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ނަންބަރު 19/SC-A/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ ރިޕޯޓުގެ 9 ވަނަ ނުކުތާގައި
ބަޔާންކޮށްފައިވާ އުޞޫލުތަކާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
4. ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު A
/
295
/
2014
/
Q10MC ކޯޓު އަމުރު
އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި ނުކުތާއަށާއި ގދ.
ފަރެސްމާތޮޑާ، ޒަމާނީވިލާ ޞާލިޙް އަބޫބަކުރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި
ވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ގދ. ފަރެސްމާތޮޑާ ޒަމާނީވިލާ ޞާލިޙް އަބޫބަކުރު ހައްޔަރުކުރެވިފައިވަނީ
ކުޑަކުއްޖަކާމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލުހިންގިކަމުގެ ތުހުމަތުގައި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ނަންބަރު 2014
/
16/G6
(
Q8
)
AW-171 "ހައްޔަރުކުރުމުގެ އަމުރު ހޯދުމަށް ފަނޑިޔާރަށް ހުށަހަޅާ ފޯމް"
އިން ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން، އެކޯޓުގެ ނަންބަރު 2014/A
-
86
/
Q10MC
ހައްޔަރުކުރުމުގެ އަމުރު" ގެ އިން 13 ސެޕްޓެމްބަރ 2014 ވަނަ ދުވަހުކަމާއި،
ދަށުން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/264
އިސްތިއުނާފުކުރެވިފައިމިވާ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު A
/
295
/
2014
/
Q10MC
ކޯޓު އަމުރަކީ، އިސްވެދެންނެވުނު މައްސަލައާގުޅިގެން ޞާލިޙް އަބޫބަކުރުގެ ބަންދުގެ މުއްދަތު 14
ސެޕްޓެމްބަރ 2014 ވަނަ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް އިތުރުކޮށްދިނުމަށް އެދި
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު TD070642 "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން
ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯރމް"
އިން ހުށަހެޅުމުން ނެރުއްވާފައިވާ އަމުރެއްކަމާއި،
Ococ
އެއަމުރުގައި، ޞާލިޙް އަބޫބަކުރުގެ ކިބައިގައި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާފަދަ ސަބަބެއް
އެކަމަށް ނުފެންނާތީކަމަށް ބަޔާންކުރައްވައި 14 ސެޕްޓެމްބަރ 2014 ވަނަ ދުވަހުގެ 12:25 އިން ފެށިގެން
ޞާލިޙް އަބޫބަކުރު ބަންދުން ދޫކޮށްލުމަށް އަމުރުކުރައްވާފައިވާކަން އެނގެންއޮންނަކަމެވެ
(ނ) ދެވަނަ ކަމަކީ، މައްސަލައެއް ތަޙުޤީޤުކުރެވެމުން ދާއިރުވެސް އަދި ޝަރީޢަތަށް ހުށަހެޅިފައިވާ
މަރުޙަލާގައިވެސް، ތަޙުޤީޤުކުރެވޭ
.ޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ މީހެއް
ނޫންކަމާއި، އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު
ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ
މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް
އެމީހެއްގެ ކިބާގައި ފުރިހަމަވެފައި ވޭތޯކަމާއި، އެއިން ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަމާމެދު
ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48
ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/264
49
ސަބަބެއް
ބަޔާންކުރައެވެ
(ނ) ތިންވަނަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރަށް
ބަލާއިރު، ޞާލިޙް އަބޫބަކުރު ބަންދުން ދޫކޮށްލުމަށް ޤާޟީ ނިންމަވާފައިވަނީ ޞާލިޙް އަބޫބަކުރުގެ ކިބައިގައި
ޤާނޫނުއަސާސީގެ ވަނަ މާއްދާގައިވާފަދަ ފެންނަންނެތުމުންކަން އެއަމުރުގައި
ރައްވާފައިވާކަން އެނގޭކަމާއި، އަދި މިގޮތަށް ނިންމަވާފައިވަނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި،
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010
ޤަޟިއްޔާގެ ޝަރީޢަތްނިމުނު ގޮތުގެ ރިޕޯޓުގެ 9 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ އުޞޫލުތަކަށް
ރިޢާޔަތްނުކުރައްވައިކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ބުނެފައިވާއިރު،
ޞާލިޙް އަބޫބަކުރުގެ
22
eން
އަބޫބަކުރުގެ ބަންދާމެދު ގޮތެއް ނިންމުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
ހުށަހެޅި އެސަރވިސްގެ ނަންބަރު TD070642 "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ބަންދުކުރިތާ 24
ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯރމް" ގައި މައްސަލައާގުޅޭ
ލިބިފައިވާ ހެއްކާއި ޤަރީނާގެ ގޮތުގައި މިމައްސަލާގައި ފުލުހުންގެ ތަހުޤީޤަށް އެފް.އެސް.ސީ މީހެއްގެ
ހާޟިރުގައި ދީފައިވާ ބަޔާނާއި، ކުއްޖާގެ މަންމަ ބުނާ ބުނުން ބަޔާންކޮށްފައިވީނަމަވެސް، ބަންދުގެ މުއްދަތާމެދު
ގޮތެއް ނިންމުމަށް ބޭއްވުނު މަޖިލީހަށް އިސްވެދެންނެވުނު ފޯމުގައި ބަޔާންކޮށްފައިވާ ހެކި ނުވަތަ ޤަރީނާ
ހުށަހެޅިފައިވާކަން ދައުލަތުގެ ފަރާތުން މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން
އެނގެންނެތްކަން ފާހަގަކުރެވޭއިރު، ޞާލިޙް އަބޫބަކުރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވުނު މަޖިލީހަށް
ހުށަހެޅިފައިވަނީ ކުއްޖާ ބުނެފައިވާކަމަށް އެ ކުއްޖާގެ މަންމަ ބުނެފައިވާ ބުނުން އެކަނިކަން ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުންނާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކުން އެނގޭކަމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ވެވެ، ދިވެކިބާ
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/264
އެހެންކަމުން،
އިސްތިއުނާފުކުރެވިފައިމިވާ އަމުރު
ތިނަދޫ މެޖިސްޓްރޭޓް ކޯޓުން
ނެރުއްވާފައިވަނީ އެކޯޓަށް ހުށަހެޅުނު އިސްވެދެންނެވުނު ކަންކަމަށް ބެއްލެވުމަށްފަހުކަމަށް ޤަބޫލުކުރެވޭއިރު،
އެއަމުރު ނެރުއްވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގައި
ބަޔާންކުރައްވާފައިވާ
ކަންކަމަށް ރިޢާޔަތްނުކުރައްވައިކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ބުނާބުނުމުގެ އިތުރަށް އެފަދައިން ބަލަންޖެހޭފަދަ އެކަށީގެންވާ ސަބަބެއްވިޔަސް ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތަށް ހުށަހަޅާފައިނުވާކަން ފާހަގަކުރެވޭކަމާއި،
COCC
OCX
ސަބަބެއް
ސަބަބެއް
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމަށްޗަށް ހާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާއިދުގެ 08 ވަނަ މާއްދާގެ (ހ) ގެ ދަށުން ބަންދުން މީހަކު ދޫކޮށްލުމުގައި، އެޤަވާއިދުގެ
7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުންކުރެ އޮތްތޯ ނުވަތަ ނެތްތޯ ފަނޑިޔާރު
ބަލަންޖެހޭއިރު، އަދި އިސްވެދެންނެވުނު ފަދައިން، އެމާއްދާގައި ބަޔާންކޮށްފައިވާ 5 (ފަހެއް) ސަބަބުންކުރެ
އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ކަނޑައެޅުމުގެ ބާރު ލިބިފައިވަނީ ފަނޑިޔާރަށްކަން
ޤާނޫނުއަސާސީގެ
މީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނައިރު، އެފަދަ
ސަބަބެއް އޮތްކަމާމެދު ނުވަތަ ނެތްކަމާމެދު އެފަނޑިޔާރަކު ނިންމަވާ ނިންމެވުމަކީ، އެފަނޑިޔާރަށް ލިބިފައިވާ
އިސްވެދެންނެވުނު ބާރާއި އިޚްތިޔާރުގެ ބޭރުން ނިންމަވާފައިވާ ނިންމެވުމެއްކަމަށް ސާބިތުކޮށްނުދެވޭހާ ހިނދަކު،
އެ ނިންމެވުމަކީ އިސްތިއުނާފް ކޯޓަކުން ބަދަލު ގެނެވޭނެ ނިންމެވުމެއް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 262/HC-A/2012 ޤަޟިއްޔާގައި އެވާފައިވާކަން ފާހަގަކުރެވޭކަމެވެ.
ހދ އމ މއ ތ ދ ތ ދ ތ
ބަޔާންހރއވެ
(ނ) ހަތަރުވަނަ ކަމަކީ، މިމައްސަލައަކީ ކުޑަކުއްޖަކާމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ
މައްސަލައެއްކަމަށް ވެފައި، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު
ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ މަޤްޞަދުތަކުގެ ތެރޭގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ވެސް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/264
މީހުން ތަޙުޤީޤް މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި ބެހެއްޓުން ހިމެނޭކަމަށާއި، އެފަދަ ފަރާތްތައް
ތަޙުޤީޤް މަރުޙަލާގައި ބަންދުން މިނިވަންވުމުގެ ޙައްޤު ހިފެހެއްޓިގެންވާކަމަށް ބުނެ ދައުލަތުގެ ފަރާތުން ވާހަކަ
ދައްކާފައިވާއިރު،
ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ
އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު)ގެ ދަށުން ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ ނުވަތަ ހައްޔަރުކުރެވޭ
މީހާއަށް ޤާނޫނުއަސާސީއިން ލިބިދޭ ޙައްޤުތަކުގެ ތެރެއިން، ހަނުހުރުމުގެ ޙައްޤާއި، ތަޙުޤީޤް މަރުޙަލާގައި
ބަންދުން މިނިވަންވުމުގެ ޙައްޤު ހަނިކުރެވި، ކަނޑައެޅިފައިވާ ގޮތުގެ މަތީން ހިފެހެއްޓިފައިވާކަން އެޤާނޫނުގެ
26، 27 އަދި 28 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމާއި،
8 26
ނަމަވެސް، އެ ޤާނޫނުގެ ދަށުން ކުށުގެ ތުހުމަތު ކުރެވޭ މީހަކާމެދު، އެ ޤާނޫނުން ލިބިދޭ ޚާއްޞަ
އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ފުލުހުންނަށް ފެންނަ ޙާލަތުގައި، އަދި އެގޮތުން ތުހުމަތުކުރެވޭ މީހާ
ތަޙުޤީޤުގެ މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބަހައްޓަން ބޭނުންވާ ޙާލަތުގައި
ޢަމަލުކުރަންޖެހޭ ގޮތް އެޤާނޫނުގެ 30 އަދި 31 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާއިރު،
މިމައްސަލާގައި ހިމެނޭ ފަރާތް ތަޙުޤީޤު މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި
ބެހެއްޓުމަށް، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ
އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ން ލިބިދޭ ޚާއްޞަ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށް، މިޤާނޫނުގެ
30 އަދި 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖްރާއާތުތައް ފުލުހުން ފުރިހަމަކޮށް
ޢަމަލުކޮށްފައިވާކަން އެނގެންނެތްކަން ފާހަގަކުރެވޭކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/264
(ބ) ފަސްވަނަ ކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަން އެފަދައިން ހުރުމުން، މިމައްސަލަ
މިކޯޓުގައި ބެލި ފަނޑިޔާރުން ދެކެނީ، ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
A
/
295
/
2014
/
Q10MC ކޯޓު އަމުރަކީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާވިޔަސް ޚިލާފަށް ނެރެފައިވާ
އަމުރެއްކަމުގައި ބަލާނެތަނެއް ނެތްކަމުގައެވެ.
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މިޤަޟިއްޔާގައި އިސްތިއުނާފުކުރެވިފައި
މިވާ، ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު A
/
295
/
2014
/
Q10MC ކޯޓު އަމުރަކީ ޝަރުޢީ ނުވަތަ
ޤާނޫނީ އުޞޫލަކާވިޔަސް ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމުގައި ބަލާނެ ތަނެއް ނެތްކަމަށް މިމައްސަލަ
މިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv