ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/2645 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/265
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
:މިޚާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 265/HC-A/2009
، އިސްތިއުނާފުކުރި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އަޝްރަފު ޢަބްދުއްރަޙީމް
އައިޑީ ކާޑު ނަންބަރ: A042140
* ދާއިމީ އެޑްރެސް: މ. އެއްމުލިމާގެ
މިހާރުގެ އެޑްރެސް: މ. އެއްމުލިމާގެ
ހުށަހެޅުނު ތާރީޚް: 01 ސެޕްޓެމްބަރ 2009
ނިމުނު ތާރީޚް: 13 ސެޕްޓެމްބަރ 2012
• މައްސަލައިގެ ބާވަތް: މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމަށް
މަށްޓަކައި އަތުގައި ބެހެއްޓުން
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/265
/ތ 4ޑ
و تربیت کا
ދަޢުވާގެ ޚުލާޞާ:
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1044 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ، ދައުލަތުގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއް ހައިކޯޓަށް
އިސްތިއުނާފު ކުރުމުން ބެލި
ޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ، އެއްމުލިމާގެ އަޝްރަފު ޢަބްދުއްރަޙީމް
އެވެ.
CCCO
ޤަޟިއްޔާއެކެވެ.
0
ce
މާލެ/ މ.
ފާހަގަކުރެވުނު ނުކުތާތައް:
01- ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1044 ޤަޟިއްޔާގައި އަޝްރަފް ޢަބްދުއްރަޙީމްގެ މައްޗަށް
ދައުލަތުން ކޮށްފައިވާ ދަޢުވާއަކީ، އަޝްރަފު ޢަބްދުއްރަޙީމް 01 އޯގަސްޓް 2007 ދުވަހުގެ 23:05 ހާއިރު،
އެއްމުލިމާގޭގެ ފާޚާނާއެއްގައި މަސްތުވާ ތަކެތި ބޭނުންކުރާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި
ގުޅިގެން، ފުލުހުން އެގެއަށް ގޮސް ބެލިއިރު، މަޢުލޫމާތު ލިބުނު ފާޚާނާ ތަޅުލާފައި ހުރުމުން އެތަން ހުޅުވައި
ފުލުހުން އެފާޚާނާތެރެއަށް ވަންއިރު، އަޝްރަފް ޢަބްދުއްރަޙީމް އެފާޚާނާގެ ތެރޭގައި ހުއްޓާ ފެނިގެން އޭނާގެ
ހަށިގަނޑާއި، ފާޚާނާ ބަލައި ފާސްކުރިއިރު، ފާޚާނާގެ މޫނު ދޮންނަ ތަށިމަތިން ފެނުނު ރަބަރު ޕެކެޓްގައި
0.0565 ގްރާމް އޯޕީއޭޓްސް ހުރިކަމަށް އެތަކެތީގެ ތަޙްލީލް ރިޕޯޓުން ދައްކާތީ، ޤާނޫނު ނަންބަރު 17177
(މަސްތުވާ ތަކެއްޗާ ބެހޭ ޤާނޫނު) ގެ 04 ވަނަ މާއްދާގެ (ހ) ގެ 01 ވަނަ ނަންބަރުގެ ދަށުން
މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ކަމާއިގެ
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ”ދެންފަހެ، ޤާނޫނު ނަންބަރު 17/77 (މަސްތުވާ ތަކެއްޗާ
ބެހޭ ޤާނޫނު) ގެ 04 ވަނަ މާއްދާގެ (ހ) ގެ 01 ވަނަ ނަންބަރާއި ޙަވާލާދީ މާލެ/ މ. އެއްމުލިމާގެ އަޝްރަފު
ޢަބްދުއްރަޙީމްގެ މައްޗަށް ދައުލަތުން ދަޢުވާކުރި މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުމަށްޓަކައި
އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލަ ޝަރީޢަތުން ބެލި ބެލުމުން،
01 އޯގަސްޓް 2007 ދުވަހުގެ މާލެ{
އެއްމުލިމާގެ ފާޚާނާގެ ތެރެއިން ފެނުނު މަސްތުވާ ތަކެއްޗަކީ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ 04 ވަނަ
މާއްދާގެ (ހ) ގެ 01 ވަނަ ނަންބަރުގެ ދަށުން އެޤާނޫނުގައި އެކުލަވާލާފައިވާ ތާވަލުގައި ހިމެނޭ އެއްޗެއް
ނޫންކަން އެތަކެތީގެ ތަޙްލީލްކުރި ފަރާތުގެ ބަހުންނާއި، މަސްތު
ސްތުވާތަކެއްޗާބެހޭ ޤާނޫނުން އެނގެން އޮންނާތީއާއި،
*2
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/265
އެދުވަހު އެތަނުން ފެނުނު މަސްތުވާ ތަކެއްޗަކީ އަޝްރަފު ޢަބްދުއްރަޙީމްގެ އެއްޗެއްކަން ޝަރީޢަތަށް
ސާބިތުވާވަރުގެ ހެކި ލިބިފައިނުވާތީ، އަޝްރަފް ޢަބްދުއްރަޙީމްގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް
ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށް ޝަރީޢަތަށް ސާބިތުނުވާ ކަމަށް ކަނޑައަޅައި، މިގޮތުގެ މަތިން
ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ.؟ މިފަދައިންކަން އެޤަޟިއްޔާ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯރޓުން އެގެން
CCCX
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1044 ޤަޟިއްޔާގައި
ޙުކުމް ކުރެއްވުމުން، ދައުލަތުގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން، ތިން ނުކުތާ ފާހަގަކޮށް
އެނުކުތާ ތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއިގެ ތެރެއިން:
• ފުރަތަމަ ނުކުތާއަކީ: އަޝްރަފު ޢަބްދުއްރަޙީމް ހުރި ފާޚާނާ ތެރެއިން ފެނުނު ޕެކެޓް ތަޙްލީލް ކުރެއްވި
އިރު، އެޕެކެޓުގައި ހުރި ތަކެތި މޯފީން އަސް ޕޮޒިޓިވާކަމަށާއި، މޯފީން އަކީ ”މަސްތުވާތަކެއްޗާ ބެހޭ
ޤާނޫނު“ ގެ ދެވަނަ ތާވަލުގައި ހިމެނޭ ނުވަތަ ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތި ކަމަށް
ޝަރީޢަތުން ފާހަގަކުރެއްވި ނަމަވެސް އެޕެކެޓުގައި ހުރީ މުށިކުލައިގެ ކުނޑިއެއްކަން ޙާދިސާ
ހިނގިތަނަށް ދުރުވި ދެފުލުހުންގެ ހެކިބަހުންނާއި ތަޙްލީލް ރިޕޯޓުން އެނގެން އޮންނައިރު، މޯފީންއަކީ
ހުދުކުލައިގެ ކުނޑިއެއްކަމަށާއި، އަދި މޯފީންއަކީ އޯޕީއޭޓްސް އުފެއްދުމަށް މާއްދާއެއް
ކަމަށާ ހެރޮއިން ބޭނުންކުރުމުން އެތަކެތި ހަށިގަނޑުގެ ތެރޭގައި މޯފީން އަށް ބަދަލުވާކަމަށް ވާއިރު
އެކަމަށް ރިޢާޔަތްނުކުރައްވާ މައްސަލަ ނިންމަވާފައިވުން ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
3 2 3 4
9ބ ރަ
3 34
• ދެވަނަ ނުކުތާއަކީ: އަޝްރަފު ޢަބްދުއްރަޙީމް ދިރިއުޅޭ އެއްމުލިމާގޭގެ ފާޚާނާ ތެރޭގައި އަޝްރަފު
ޢަބްދުއްރަޙީމް މަސްތުވާތަކެތި ބޭނުންކުރާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމުން، ފުލުހުން އެގެއަށް
ދުރުވިއިރު، އެގޭ ފާޚާނާ ތަޅުލާފައި ހުރުމުން، އެތަން ހުޅުވުމަށްފަހު ވެންނެވިއިރު، އެފާޚާނާ ތެރޭގައި
އަޝްރަފް ޢަބްދުއްރަޙީމް ހުރިކަމަށާ އަދި އެވަގުތު ފާޚާނާގެ މޫނު ދޮންނަ ތަށިމަތިން މަސްތުވާތަކެތި
ކަމަށް ޝައްކުކުރެވޭ
ޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަން ފުލުހުންގެ ހެކިބަހުން އެނގެން
s
8
3
އއނއ
A+
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A265
އޮތްނަމަވެސް، އެފާޚާނާގެ ތެރެއިން ފެނުނު ތަކެއްޗަކީ އަޝްރަފު ޢަބްދުއްރަޙީމް ޒިންމާވާންޖެހޭ
ތަކެތިކަން ސާބިތުވާވަރުގެ ހެކި ޝަރީޢަތަށް ލިބިފައިނުވާކަމަށް ޝަރީޢަތުން ނިންމަވާފައިވާއިރު، އަދި
ޢާންމު ތަނަކުން ފެންނަ މަސްތުވާތަކެތި ފިޔަވައި ދަޢުވާލިބޭ ފަރާތްތަކުން ހުރި ތަނަކުން ފެންނަ
މަސްތުވާ ތަކެއްޗަކީ ދަޢުވާލިބޭ ފަރާތުން ޒިންމާވާންޖެހޭ ތަކެތި ކަމަށް މިބާވަތުގެ ކިތަންމެ
މައްސަލައެއްގައި ޝަރީޢަތުން ކަނޑައަޅުއްވާފައިވާއިރު މިކަންތައްތަކަށް ރިޢާޔަތް ނުކުރައްވާ މައްސަލަ
ނިންމާފައިވުން ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް މައްސަލަ ނިންމަވާފައިވުން ކަމަށް
ބުނެ ފާހަގަ ކުރި ނުކުތާއެވެ.
06ކށްއ
03- ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1044 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި
އެޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރުމަށް
ހުށަހަޅާފައިވާ ނުކުތާތަކަ އެނުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކާއި މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ.
(ހ) ޤާނޫނު ނަންބަރު 17/77 (މަސްތުވާ ތަކެއްޗާ ބެހޭ ޤާނޫނު) ގެ 04 ވަނަ މާއްދާގެ (ހ) ގެ
01 ވަނަ ނަންބަރާއި ޙަވާލާދީ އަޝްރަފު ޢަބްދުއްރަޙީމްގެ މައްޗަށް ދައުލަތުން ކުޅެ މަނާކުރެވިފައިވާ މަސްތުވާ
އެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާއަށް އަޝްރަފު ޢަބްދުއްރަޙީމް
އިންކާރުކޮށްފައިވާކަން، މިމައްސަލާއި ގުޅިގެން ޖިނާއީކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް 11 ޖެނުއަރީ 2009 ގައި
އަޝްރަފް ޢަބްދުއްރަޙީމް ދީފައިވާ ބަޔާނުން އެނގެން އޮވެއެވެ.
(ށ) މަސްތުވާ އެއްޗެއް މީހަކު ބޭނުންކޮށްފައިވާކަން، ނުވަތަ ބޭނުން ކޮށްފައިވާ މަސްތުވާ އެއްޗެއްގެ
ބާވަތް، ނުވަތަ މަސްތުވާ އެއްޗެއް ބޭނުންކޮށްފައިވާ މިންވަރު ދެނެގަތުމަށް ސައިންޓިފިކް އުސޫލުގެ މަތީން
A+
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/265
ބަލަންޖެހޭ ބެލުންތައް ބެލުމަށް ބޭނުންވާ ތަޢުލީމީ ފާހާއި ތަޖްރިބާ ލިބިފައިވާ މީހަކު، މިއިން ކަމެއް
ބެލުމަށްފަހު، އެކަމާ ބެހޭގޮތުން، ޝަރީޢަތުގެ މަޖިލީހުގައި ދޭ ބަޔާނަކީ، އެކަމެއް ސާބިތު ކުރުމަށްޓަކައި ލިބޭ
ހަރުދަނާ ޤަރީނާއެއްކަމަށް، ޤާނޫނު ނަންބަރ:17/77 (މަސްތުވާ ތަކެއްޗާއިބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގެ
(ހ) ގައި ބުނެފައިވާކަމާއި،
ގ. މާދޫނިފަރު އިބްރާހީމް ރަމީޒު 21 މެއި 2009 ގައި ޖިނާއީކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
ދީފައިވާ ބަޔާނުގައި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ޑިޕާރޓްމަންޓްގެ ނަންބަރު (FS
(
D
2007
/
687/R ލެބޯޓްރީ ތަޙްލީލު ރިޕޯޓްގައިވާ ތަކެތި (8501
PL) ޓެސްޓްކުރީ (މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ކޯޕްރަލް) އިބްރާހީމް ރަމީޒު ކަމަށާއި، އޭގައި އެވަނީ މޯފިންއަށް ޕޮޒިޓިވް ކަމަށް އިބްރާހީމް
ރަމީޒު ބުނެފައިވާކަން އެނގެން އޮވެފައި، އިބްރާހީމް ރަމީޒަކީ މަސްތުވާ އެއްޗެއް މީހަކު ބޭނުން ކޮށްފައިވާކަން
ނުވަތަ ބޭނުން ކޮށްފައިވާ މަސްތުވާ އެއްޗެއްގެ ބާވަތް ނުވަތަ މަސްތުވާ އެއްޗެށް ބޭނުންކޮށްފައިވާ މިންވަރު
ދެނެގަތުމަށްޓަކައި ސައިންޓިފިކް އުޞޫލުން ބަލަންޖެހޭ ބެލުންތައް ބެލުމަށް، ޤާނޫނު ނަންބަރު 17/77
(މަސްތުވާ ތަކެއްޗާއިބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތު ހަމަވާ މީހެއްކަން ދައުލަތުގެ
ފަރާތުން މިމައްސަލައާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުން އެނގެން އޮތުމުން މ.
އެއްމުލިމާގޭގެ ފާޚާނާގެ މޫނުދޮންނަ ތަށިމަތިން ފެނުނު ރަބަރު ޕެކެޓްގައި ހުރި އެއްޗަކާ ބެހޭ ގޮތުން
މާދޫނިފަރު އިބްރާހީމް ރަމީޒް ދީފައިވާ ބަޔާނަކީ ޝަރީޢަތުން ބަލައިގަނެވޭނެ ހަރުދަނާ ޤަރީނާއެއްކަން
އެނގެއެވެ.
ce
(ލ) ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1044 ޤަޟިއްޔާގައި އަޝްރަފް ޢަބްދުއްރަޙީމްގެ މައްޗަށް
ދަޢުވާކޮށްފައިވަނީ މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުން ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ
ދަޢުވާކަމާއި، މިކުށް ކަނޑައެޅިފައިވަނީ ޤާނޫނު ނަންބަރު 17/77 (މަސްތުވާ ތަކެއްޗާ ބެހޭ ޤާނޫނު) ގެ 04
ވަނަ މާއްދާގެ (ހ) ގެ 01 ވަނަ ނަންބަރުގައި ކަމާއި؛
މިދަޢުވާގައި ބަޔާންކުރެވިފައިވާ މަސްތުވާތަކެއްޗާއި ގުޅޭ ރިޕޯޓަށާއި އެތަކެތީގެ ތަޙްލީލު ކުރި ފަރާތުން
ޝަރީޢަތަށް ދީފައިވާ ބަލާއިރު އެތަކެއްޗަކީ މޯފިންކަން އެނގެން އޮންނަކަމާއި، މޯފިން އަކީ
434
ބަޔަނަށް
A+
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/265
2 0 3 9
ގޮތުގައި ބޭނުންކުރެވޭ ހުދުކުލައިގެ އެއްޗެއްކަމަށްވާއިރު، މިމައްސަލައާއި ގުޅިގެން ހާދިސާ ހިނގި ތަނަށް ދިޔަ
ފުލުހުންގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާނުގައި އެފާޚާނާގެ މޫނުދޮންނަ ތަރި މަތިން
ފެނިފައިވަނީ މުށިކުލައިގެ ކުނޑިހުރި ރަބަރު ޕެކެޓެއްކަން އެނގެން އޮންނަކަމާއިގެ
ބޭހުގެގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމަކީ ޤާނޫނު
ނަންބަރު 17/77 (މަސްތުވާ ތަކެއްޗާ ބެހޭ ޤާނޫނު) ގެ 04 ވަނަ މާއްދާގެ (ހ) ގެ 02 ވަނަ ނަންބަރުގެ
ދަށުން ކަނޑައެޅިފައިވާ ކުށެއްކަމާއިގެ
މަނާކުރެވިފައިވާ
މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމާއި، ބޭހުގެގޮތުގައި
ބޭނުންކުރެވޭ މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމަކީ އިޝާރާތް ކުރެވުނު ޤާނޫނުގެ ދަށުން
ދެ އަދަބެއް ކަނޑައެޅިފައިވާ އަދި އެދެކުށް ސާބިތުވުމަށްޓަކައި ތަފާތު ޢުންސުރުތަކެއް ފުރިހަމަވާންޖެހޭ
ދެކުށްކަމާއި، ހަމައެހެންމެ ބޭހުގެގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި
ބެހެއްޓުމުގެ ކުށުގެ ދަޢުވާ އުފުލޭ ޙާލަތުގައި ޝަރީޢަތުން ބަލަންޖެހޭ ކަންކަން ތަފާތުވެފައި، ތުހުމަތު
ކުރެވިފައިވާ މީހާއަށް ނެގޭނެ ދިފާއުވެސް ތަފާތުވާނެކަމާއި، މިމައްސަލައާއި ގުޅިގެން ހުށަހެޅިފައިވާ އެންމެހައި
ކަންކަމަށް ބަލާއިރު ދައުލަތުގެ ފަރާތުން އަޝްރަފު ޢަބްދުއްރަޙީމްގެ މައްޗަށް ކޮށްފައިވާ މަނާކުރެވިފައިވާ
މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓިކަން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި
ބަޔާންކުރެވިފައިވާ މިންގަނޑުން ސާބިތުވާފަދަ ހެކި ހުށަހެޅިފައި ނުވާކަން އެނގެއެވެ.
(ރ) ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާ ޤާނޫނުއަސާސީއަށް ބަލާއިރު، ތަޙްޤީޤުކުރާ އެކިއެކި އިދާރާތަކުން
ހުށަހަޅާ ހެއްކާއި ޤަރީނާ ވަޒަންކޮށް، ދަޢުވާއެއް އުފުލަންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުމާއި، ކުށެއްގެ
ތުހުމަތުކުރެވިފައިވާ މީހަކާއިމެދު ދަޢުވާއުފުލުމަށް ނުވަތަ ނުއުފުލުމަށް ނިންމާފައިވާ ނިންމުމެއް މުރާޖަޢާކޮށް
އެނިންމުމެއް ބަދަލުކުރުމާއި، ކޮށްފައިވާ ދަޢުވާއެއް އަނބުރާގެނައުމުގެ ބާރަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ
މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ބާރެއްކަން ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ށ) އާއި (ބ) އަށް
ބެލުމުން އެނގޭކަމާއިގެ
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2009}HC-A/265
ރަފުނ،
ކުށެއްކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ، އެމީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށަކީ
ކޮބައިކަން އެނގުމުގެ ޙައްޤާއި އަދި ކުށުން ބަރީއަވުމަށްޓަކައި ދިފާޢު ހުށައެޅުމުގެ ފުރުސަތު ލިބުމަކީވެސް
ކުށުގެ ތުހުމަތުގައިވާ މީހަކަށް ލިބެން ޖެހޭ އަސާސީ ޙައްޤެއްކަން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ހ)
އަދި (ޅ) އަށް ބެލުމުން އެނގެން އޮތްއިރު، މިއިން އެއްވެސް ޙައްޤެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ
ޤާނޫނުއަސާސީއާއި ތަޢާރުޟްނުވާ ގޮތެއްގެމަތިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންކަން،
ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމާއި، އަދި، ކޯޓަށް ހުށައެޅޭ މައްސަލަތަކުގައި
ޝަރީޢަތުން ގޮތްތަކެއް ކަނޑައެޅެން ޖެހޭނީ ކޯޓުގެ ކުރިމައްޗަށް ހުށައެޅިފައިވާ ދަޢުވާއަށް ކަމުގައިވުމީ،
ކޯޓުތަކުން މައްސަލަތައް ނިންމުމުގައި ޢަމަލުކުރަން ޖެހޭ އުސޫލުކަން އެނގޭކަމާއި،
އިސްވެ އިޝާރާތްކުރެވު ޤާނޫނުއަސާސީގެ މާއްދާތަކަށް އަދި ކޯޓުތަކުން މައްސަލަތައް ބެލުމުގައި
ޢަމަލުކުރަން ޖެހޭ އުސޫލުތަކުގެ މައްޗަށް ބަލާއިރު، ޖިނާއީ ކުށުގެ ދަޢުވާކުރުމާއި، ދަޢުވާއަށް ބަދަލުގެނައުމާއި،
ދަޢުވާއަށް ޤާނޫނީ ސިފަދިނުމާއި މިފަދަ ކަންކަމަކީ ހަމައެކަނި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތާއި
ބާރުގެ ތެރޭގައި ހިމެނޭކަމެއްކަން އެނގޭކަމާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެދޭ އެދުމެއްނެތި،
އެފަރާތުން ހުށައަޅާ ދަޢުވާ ނޫން އެހެން ދަޢުވާއަކަށް ދަޢުވާގެ ޤާނޫނީ ސިފަ ފަނޑިޔާރުން ބަދަލުކުރުމުގެ
ފުރުސަތު އޮތްނަމަ، އެކަމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު ފަނޑިޔާރު އަދާކުރުން ކަމުގައި
ބެލެވޭކަމާއި، މިއީ އެއްވެސް ޙާލަތެއްގައި ޤާނޫނުއަސާސީގެ ތަސައްވުރުކަމަށް ޤަބޫލުނުކުރެވޭކަމާއި،
ކަމާއި، ކުށުގެ
ތުހުމަތުގަ
މީހަކަށް އޭނާގެ ދަޢުވާގެ ދިފާޢު ބިނާކުރަން އެނގޭނީ އޭނާގެ މައްޗަށް ހުށައެޅިފައިވާ ކުށަކީ
ކޮބައިކަން ދަނެގަނެވިގެންކަމާއި، ހުށައެޅޭ ދަޢުވާނޫން އެހެން ދަޢުވާއަކަށް ފަނޑިޔާރުންގެ އަމިއްލަ
އިސްނެގުމުގެ މަތިން ޙުކުމްކުރާނަމަ އެކަމަކީ، ޤާނޫނުއަސާސީން ކުށުގެ ތުހުމަތުގައިވާ މީހާއަށް ލިބިގެންވާ،
ތުހުމަތުކުރެވިފައިވާ ކުށަކީ ކޮބައިކަން އެނގުމުގެ ޙައްޤުންނާއި، ކުރެވިފައިވާ ތުހުމަތުން ދިފާޢުވުމަށް އޮންނަ
ޙައްޤަށް އުނިކަމެއް އަތުވެދާނެ ކަމެއްކަމާއި، އެހެންކަމުން އަދި އިޝާރާތްކުރެވުނު ޤާނޫނުއަސާސީގެ
މާއްދާތައް ހުރިގޮތުން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ބާރު ލިބިގެން މެނުވީ، ދައުލަތުގެ
ފަރާތުން ކުރާ ދަޢުވާގެ މައްސަލަ ބެލުމުގެ ތެރޭގައި ސާބިތުވާ އެހެން ކުށެއް އޮތްނަމަވެސް އެކުށުގެ މައްޗަށް
ދައުލަތުން ދަޢުވާ އުފުލުމުގެ ކުރިން، ދައުލަތުން ހުށައަޅާ ދަޢުވާ ފިޔަވާ އެހެން ދަޢުވާއަކަށް އެދަޢުވާއެއްގެ
Occ
AJA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/265
ޤާނޫނީ ސިފަ ބަދަލުކުރުމަކީ ކޯޓުތަކަށް ލިބިގެންވާ ބާރެއް ކަމުގައި ބެލެވެން ނެތްކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 152/HC-A/2009 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަން
4 22
CCCX
·
އިން 3 އޅއފ.
.2
(ބ) އަޝްރަފް ޢަބްދުއްރަޙީމް ހުރި އެއްމުލިމާގޭގެ ފާޚާނާގެ މޫނުދޮންނަ ތަށިމަތިން މަސްތުވާ
ތަކެތި ކަމަށް ޝައްކުވާ ރަބަރު ޕެކެޓެއް ފެނިފައިވާކަން މިމައްސަލައާއި ގުޅިގެން އެގެއަށް ދިޔަ ފުލުހުންގެ
ބަހުން އެނގެން އޮވެފައި، އެޕެކެޓް ފެނިފައިވަނީ އަޝްރަފް ޢަބްދުއްރަޙީމް އެފާޚާނާގެ ތެރޭގައި ހުއްޓާ ފުލުހުން
ތަޅު ހުޅުވައިގެން ވަނުމުން ކަމާއި، އެޕެކެޓް އެވަގުތު އަޝްރަފް ޢަބްދުއްރަޙީމްއަށް ދެއްކިކަން މިމައްސަލައާއި
ގުޅިގެން އެގެއަށް ދިޔަ ފުލުހުންގެ ބަހުން އެނގެން އޮވެފައި، ދައުލަތުން ހުށައަޅާ ދަޢުވާ ފިޔަވާ އެހެން
ދަޢުވާއަކަށް އެދަޢުވާއެއްގެ ޤާނޫނީ ސިފަ ބަދަލުކުރުމަކީ ކޯޓުތަކަށް ލިބިގެންވާ ބާރެއް ކަމުގައި ބަހުސްކުރުމުގެ
ބޭނުމަށްޓަކައި ބެލިކަމުގައިވީނަމަވެސް، އިޝާރާތްކުރެވުނު ކޮޓަރިއަކީ އަޝްރަފް ޢަބްދުއްރަޙީމަށް
ޚާއްޞަކުރެވިފައިވާ ނުވަތަ އޭނަގެ ކޮންޓްރޯލްގެ ދަށުގައި ހުރި ކޮޓަރިއެއްކަން ނުވަތަ އެފާޚާނާއަކީ އޭނަގެ
ކޮންޓްރޯލްގެ ދަށުގައި ހުރި ހަމައެކަނި އޭނައަށް ޚާއްޞަކުރެވިފައިވާ ކޮޓަރިއެއްކަން ނުވަތަ ފާޚާނާއެއްކަމުގެ
މައްޗަށް ހެކި ލިބިފައިނުވާއިރު، އެކޮޓަރިއަކީ އަޝްރަފް ޢަބްދުއްރަޙީމްގެ ބައްޕަގެ ކޮޓަރިކަން އެނގެން އޮތުމުގެ
އިތުރުން، އިޝާރާތްކުރެވުނު ތަކެތި އަޝްރަފް ޢަބްދުއްރަޙީމް ހުރި ފާޚާނާގެ މޫނުދޮންނަ ތަށިމަތީގައި ހުރިކަން
ފިޔަވައި އެތަކެއްޗާއި އަޝްރަފް ޢަބްދުއްރަޙީމާއި ގުޅުވޭނެ، އެތަކެތީގައި އަޝްރަފް ޢަބްދުއްރަޙީމްގެ އިގިލީގެ
ނިޝާނާން ހުރިކަން އެނގޭނެ ފަދަ ނުވަތަ އެތަކެތީގައި ހުރި މާއްދާއަށް އަޝްރަފް ޢަބްދުއްރަޙީމްގެ ކުޑަކަމުދާ
ތަކެތި ޕޮޒިޓިވްވުން ފަދަ ޤަރީނާއެއް ވިޔަސް ހުށަހެޅިފައިނުވުމާއިއެކު، އިޝާރާތް ކުރެވުނު ކޮޓަރީގެ ފާޚާނާގެ
މޫނުދޮންނަ ތަށީގެ މަތިން ފެނުނު ކަމަށް މިދަޢުވާގައި ބުނާ މަސްތުވާތަކެއްޗަކީ އަޝްރަފް ޢަބްދުއްރަޙީމްގެ
ތަކެތިކަން ނުވަތަ އޭނަގެ ހިޔާޒަތުގެ ދަށުގައިވާ ތަކެތިކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ސާބިތުވާފަދަ ހެކި
ލިބިފައިވާ ކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
ވީމާ، ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1044 ޤަޟިއްޔާގައި މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށް އަޝްރަފް ޢަބްދުއްރަޙީމްގެ މައްޗަށް ސާބިތުނުވާކަމަށް
A+
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9 ޤު
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/265
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ކަނޑައެޅުއްވި ކަނޑައެޅުއްވުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް
ހައިކޯޓުގެ ފަނޑިޔާރުން އިއްތިފާޤުވެއެވެ.
0
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތީން
ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1044 ޤަޟިއްޔާގައި މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށް، މ. އެއްމުލިމާގެ/ މާލެ އަޝްރަފް ޢަބްދުއްރަޙީމްގެ މައްޗަށް
ސާބިތުނުވާކަމަށް ކަނޑައަޅުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބަލާނެ ހަމައެއް
ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި
ޙުކުމްކޮށްފިމެވެ.
cc
ދިވެހި
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv