ދިވެހިރާއްޖޭގެ ސުޕްރީމްކޯޓްގް ނަންބަރު 2012/SC-C/24 ޤަޟިއްޔާ
ސަފްޙާ 21 ގެ 1
CuO
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
qz
ދިވެހިރާއްޖެ
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 24/SC-C/2012
ދަޢުވާކުރާ ފަރާތް: ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)
• ދަޢުވާލިބޭ ފަރާތް: -
މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ
މައްސަލަ އައިގޮތް: ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމުން
ހުށަހެޅުނު ތާރީޚް: 02 ސެޕްޓެމްބަރ 2012
ރަޖިސްޓަރީ ކުރެވުނު ތާރީޚު: 17 ސެޕްޓެމްބަރ 2012
ނިމުނު ތާރީޚް: 04 ޑިސެމްބަރ 2012
• މައްސަލަ ނިންމި ގަޑި: 19:15
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
އުއްތަމަ ފަނޑިޔާރު އަޙުމަދު ފާއިޒް ޙުސެއިން، ފަނޑިޔާރު ޢަބްދުﷲ ސައީދު، ފަނޑިޔާރު ޢަބްދު
ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު ޢާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު
އަޙުމަދު ޢަބްދުﷲ
ފަނޑިޔާރު އަޙުމަދު މުޢުތަޞިމް އަދުނާން
0
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 21 ގެ 2
މައްސަލައިގެ ޚުލާސާ
404
މިއީ، ރާއްޖޭގައި ހިންގޭ ސިޔާސީ ޙަރަކާތްތަކުގެ ތެރެއިން، ޢާއްމު ތަންތަނަށާއި، މީހުންގެ
ގޮވަތިގެދޮރު ކައިރިއަށް އެއްވެ، މީހުންގެ އަބުރާބެހި، މުޖުތަމަޢުގެ ވަކި ބަޔަކަށް ނުވަތަ ފަރުދުންނަށް
ނިސްބަތްވާގޮތަށް، އެމީހުންގެ ރައްކާތެރިކަން ގެއްލޭނޭ ފަދައަކުން، އެމީހުން މަރާ، ދަންޖައްސައި،
މީހުންނަށް ޙަވާލާދީ ޖިނާއީ ޢަމަލުތައް ހިންގުމަށް ގޮވާލައި، މީހުންގެ ގޭގެ ދޮށަށް ރޭގަނޑުގެ
ލަސްވަގުތުތަކުގައި އެއްވެ، އަޑުގަދަކޮށް، މުޒާހަރާކޮށް، އެފަދަ މީހުންގެ ގޭދޮށަށް ރޭގަނޑުގެ
ފަސްވަގުތުތަކުގައި އެއްވެ، ގޭގޭގައި ތިބޭ ކުޑަކުދިންގެ ކިޔެވުމާއި ތަރުބިއްޔަތު ކުރުމަށް ދަތިވެ،
މުސްކުޅިންގެ ދިރިއުޅުމަށް ދަތިވާގޮތަށް، އަޑުގަދަކޮށް، ހަޑިހުތުރު އެއްޗެހިގޮވާ، ޢާއިލާތަކުގެ ޢާއިލީ
ދިރިއުޅުމަށް އުނދަގޫވާގޮތަށް، ހިންގާ ޙަރަކާތްތަކަކީ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ލިބިދީފައިވާ
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، 30 ވަނަ މާއްދާއިން ލިބިދީފައިވާ ސިޔާސީ ޙަރަކާތް ހިންގުމާއި، އެފަދަ
ޙަރާކާތުގައި ބައިވެރިވުމުގެ ޙައްޤާއި، 32 ވަނަ މާއްދާއިން ލިބިދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަމުގެ
ޙުދޫދުގެ ތެރޭގައި ހިމެނޭ ކަންކަން ނޫންކަމަށާއި، އެއީ ޤާނޫނުއަސާސީގެ 21 ވަނަ މާއްދާގައި ބަޔާން
ކޮށްފައިވާ ނަފްސު ރައްކާތެރިކުރުމުގެ ޙައްޤާއި، ޤާނޫނުއަސާސީގެ 24 ވަނަ މާއްދާއިން ދިވެހި
ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ޒާތީ އަދި ޢާއިލީ ދިރިއުޅުމުގެ ޙައްޤާއި، ގޮވަތި ގެދޮރުގެ
ޙުރުމަތްތެރިކަމުގެ ޙައްޤު އަދި 33 ވަނަ މާއްދާއިން ކޮންމެ މީހަކަށްމެ ލިބިދީފައިވާ އަބުރު
ރައްކާތެރިކޮށްދިނުމުގެ ޙައްޤާއި، 35 ވަނަ މާއްދާއިން ކުޑަކުދިންނާއި، ޅަފުރައިގެ ކުދިންނާއި،
މުސްކުޅިންނަށް ލިބިދީފައިވާ ރައްކާތެރިކަން ނިގުޅައިގަންނަ ޢަމަލުތަކެއް ކަމުގައި ވާކަމުގައި
ކަނޑައަޅުއްވައި ދެއްވުން އެދި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 11
ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 21 ގެ 3
ތޗު 8
2 ބ 2
ބަޔާންވގނވާ
274 ވަނަ މާއްދާގައި
"ދުސްތޫރީ މައްސަލަ" މާނަކޮށްފައިވާ މާނަކުރުމަށް ރިޢާޔަތްކޮށް
ދައުލަތުގެ އެޓަރނީ ޖެނެރަލް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
ފާހަގަ ކުރެވުނު ނުކުތާތަޖާ
.1
މިއީ، ރާއްޖޭގައި ހިންގޭ ސިޔާސީ ޙަރަކާތްތަކުގެ ތެރެއިން، ޢާއްމު ތަންތަނަށާއި،
މީހުންގެ ގޮވަތިގެދޮރު ކައިރިއަށް އެއްވެ، މީހުންގެ އަބުރާބެހި، މުޖުތަމަޢުގެ ވަކި ބަޔަކަށް ނުވަތަ
ފަރުދުންނަށް ނިސްބަތްވާގޮތަށް، އެމީހުންގެ ރައްކާތެރިކަން ގެއްލޭނޭ ފަދައަކުން، އެމީހުން މަރާ،
ދަންޖައްސައި، މީހުންނަށް ޙަވާލާދީ ޖިނާއީ ޢަމަލުތައް ހިންގުމަށް ގޮވާލައި، މީހުންގެ ގޭގެ ދޮށަށް
ރޭގަނޑުގެ ލަސްވަގުތުތަކުގައި އެއްވެ، އަޑުގަދަކޮށް، މުޒާހަރާކޮށް، އެފަދަ މީހުންގެ ގޭގެދޮށަށް ރޭގަނޑުގެ
ފަސްވަގުތުތަކުގައި އެއްވެ، ގޭގޭގައި ތިބޭ ކުޑަކުދިންގެ ކިޔެވުމާއި ތަރުބިއްޔަތު ކުރުމަށް ދަތިވެ،
މުސްކުޅިންގެ ދިރިއުޅުމަށް ދަތިވާގޮތަށް، އަޑުގަދަކޮށް، ހަޑިހުތުރު އެއްޗެހިގޮ، ޢާއިލާތަކުގެ ޢާއިލީ
ދިރިއުޅުމަށް އުނދަގޫވާގޮތަށް، ހިންގާ ޙަރަކާތްތަކަކީ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ލިބިދީފައިވާ
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، 30 ވަނަ މާއްދާއިން ލިބިދީފައިވާ ސިޔާސީ ޙަރަކާތް ހިންގުމާއި، އެފަދަ
ޙަރާކާތުގައި ބައިވެރިވުމުގެ ޙައްޤާއި، 32 ވަނަ މާއްދާއިން ލިބިދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަމުގެ
ޙުދޫދުގެ ތެރޭގައި ހިމެނޭ ކަންކަން ނޫންކަމަށާއި، އެއީ ޤާނޫނުއަސާސީގެ 21 ވަނަ މާއްދާގައި ބަޔާން
ކޮށްފައިވާ ނަފްސު ރައްކާތެރިކުރުމުގެ ޙައްޤާއި، ޤާނޫނުއަސާސީގެ 24 ވަނަ މާއްދާއިން ދިވެހި
ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ޒާތީ އަދި ޢާއިލީ ދިރިއުޅުމުގެ ޙައްޤާއި، ގޮވަތި ގެދޮރުގެ
ޙުރުމަތްތެރިކަމުގެ ޙައްޤު އަދި 33 ވަނަ މާއްދާއިން ކޮންމެ މީހަކަށްމެ ލިބިދީފައިވާ އަބުރު
ރައްކާތެރިކޮށްދިނުމުގެ ޙައްޤާއި، 35 ވަނަ މާއްދާއިން ކުޑަކުދިންނާއި، ޅަފުރައިގެ ކުދިންނާއި،
މުސްކުޅިންނަށް ލިބިދީފައިވާ ރައްކާތެރިކަން ނިގުޅައިގަންނަ ޢަމަލުތަކެއް ކަމުގައި ވާކަމުގައި
ދިވެހިރާއް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 21 ގެ 4
.2
ކަނޑައަޅުއްވައި ދެއްވުން އެދި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 11
ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
274 ވަނަ މާއްދާގައި ބަޔާންވެގެންވާ "ދުސްތޫރީ މައްސަލަ" މާނަކޮށްފައިވާ މާނަކުރުމަށް ރިޢާޔަތްކޮށް
ދައުލަތުގެ އެޓަރނީ ޖެނެރަލް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
އެޓަރނީ ޖެނެރަލްގެ ފަރާތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި
މިމައްސަލައިގެ ދަޢުވާ ބިނާކުރާ ސަބަބުތަކުގެ ގޮތުގައި ސާދަ ސަބަބެއް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން:-
ފުރަތަމަ ސަބަބަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 21 ވަނަ މާއްދާގައި ކޮންމެ
މީހަކަށްމެ، ދިރިހުރުމުގެ ޙައްޤާއި ނަފްސު ރައްކާތެރިކުރުމުގެ ޙައްޤު ލިބިގެންވާކަމަށާއި، ޤާނޫނުއަސާސީގެ
16 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން މެނުވީ، އެއްވެސް މީހެއްގެ ކިބައިން މިޙައްޤުގެ
އެއްވެސް މިންވަރެއް ހިފަހައްޓައިގެން ނުވާނޭކަމުގައި ބަޔާންކޮށްފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ދެވަނަ ސަބަބަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 24 ވަނަ
މާއްދާގައި ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި ގޮވަތިގެދޮރާއި އަނެކުންނަށް ކުރާ ޒާތީ،
މުވާސަލާތުތަކަކީ ޙުރުމަތްތެރި ވެގެންވާ ކަންކަމާއި ތަންތަންކަމަށާއި، ހަމަކޮންމެ
މީހަކުމެ އަނެކުންގެ
މިބުނެވުނު ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތަންވާނޭކަމަށް ބަޔާންކޮށްފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ
ސަބަބެވެ.
404
ތިންވަނަ ސަބަބަކީ، ޤާނޫނުއަސާސީގެ 27 ވަނަ މާއްދާގައި، މިނިވަންކަމާއެކު
ފިކުރުކުރުމާއި އިސްލާމް ދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެ މަތިން އެމީހެއްގެ ބުއްދިއަށް ފެންނަ
ގޮތްތަކާއި، ޚިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ
މީހަކަށްމެ ލިބިފައިވާކަމަށް ބަޔާންކޮށްފައިވާކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 21 ގެ 5
ހަތަރުވަނަ ސަބަބަކީ، ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި، ސިޔާސީ
ޕާޓީތައް އުފައްދައި، ހިންގައި ޕާޓީގެ ޙަރަކާތްތަކުގައި، ބައިވެރިވުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށް
ލިބިގެންވާކަމަށް ބަޔާންކޮށްފައިވާ ކަމަށްބުނެ ހުށަހެޅި ސަބަބެވެ.
ފަސްވަނަ ސަބަބަކީ، ޤާނޫނުއަސާސީގެ 32 ވަނަ މާއްދާގައި، ދައުލަތުގެ
ހުއްދައެއް ކުރިން ހޯދުމަކާއި ނުލައި، ޞުލްޙަވެރިކަމާއެކު، އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ
ލިބިގެންވާކަމަށް ބަޔާންކޮށް ހުށަހެޅި ސަބަބެވެ.
ހަވަނަ ސަބަބަކީ، ޤާނޫނުއަސާސީގެ 33 ވަނަ މާއްދާގައި، އެމީހެއްގެ ނަމާއި
އަބުރު ރައްކާތެރި ކުރެވިފައި އޮތުމުގެ ޙައްޤު ހަމަކޮންމެ މީހަކަށްމެ ލިބިފައިވާކަމަށް
ބުނެ ހުށަހެޅި ސަބަބެވެ.
ހަތްވަނަ ސަބަބަކީ، ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ހ) ގައި، ޢާއިލާގެ
ފަރާތުންނާއި، ދައުލަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި، ޚާއްޞަ ރައްކާތެރިކަން ލިބުމަކީ ކުޑަކުދިންނާއި
ޅަފުރައިގެ ކުދިންނާއި، އުމުރުން ދުވަސްވީ މީހުންގެ ޙައްޤެއްކަމުގައި ބަޔާންކޮށްފައި ވާކަމަށް ބުނެ ހުށަހެޅި
18ނކޮށްފައެވެކމެށް
ސަބަބެވެ.
އަށްވަނަ ސަބަބަކީ، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި، މިބާބުގައި
(އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ބާބުގައި ބަޔާންކޮށްފައިވާ އެންމެހާ މިނިވަންކަން އިސްލާމްދީނުގެ
އަޞްލަކާ ޚިލާފުނުވާނޭ ގޮތުގެމަތިން ހަމަކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް މި ޤާނޫނުއަސާސީން
ކަށަވަރުން ކޮށްދޭކަމަށް ބަޔާންކޮށްފައިވާކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
ނުވަވަނަ ސަބަބަކީ، ޤާނޫނުއަސާސީގެ 67 ވަނަ މާއްދާގައި، ކޮންމެ މީހަކަށްމެ،
ލިބޭ ޙައްޤުތަކާއި މިނިވަންކަމާއި، އެމީހަކު އަދާކުރަންޖެހޭ މަސްޢޫލިއްޔަތުތަކާއި ވާޖިބުތަކަކީ،
ވަކިނުކުރެވޭނޭ ދެ އަސާސްކަމުގައި ވީހިނދު، އަންނަނިވި ކަންކަން ކުރުމަކީ ކޮންމެ ރައްޔިތެއްގެ
ދިވެހިރާއޯw
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 21 ގެ 6
002 92
2 /
މަސްއޫލިއްޔަތެއް ކަމުގައްޔާއި، އަދި އެވަގުތަކު ދިވެހިރާއްޖޭގައި އުޅޭ ކޮންމެ މީހަކުމެ އެކަ
އެކަންކަމަށް
އިޙްތިރާމު ކުރަންވާނޭ ކަމުގައި ބަޔާންކޮށް، އެ މާއްދާގެ (ހ) ގައި، ކޮންމެ މީހަކުމެ އަނެކުންގެ
ޙައްޤުތަކާއި މިނިވަންކަމަށް ރައްކާތެރިވެ. އެ ޙައްޤުތަކާއި މިނިވަންކަމަށް އިޙްތިރާމް ކުރަންވާނޭ ކަމުގައި
ބަޔާންކޮށްފައި ވާކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
Ox
69
ވަނަ
ދިހަވަނަ ސަބަބަކީ، ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި، ކޯޓުތަކުންނާއި
ޓްރައިބިއުނަލްތަކުން، މިބާބުގައި އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ބާބުގައި ބަޔާންކޮށްފައިވާ
ޙައްޤުތަކާއި، މިނިވަންކަން މާނަކުރުމުގައްޔާއި ލިބިދިނުމުގައި، އިންސާނީ ޝަރަފާއި ހަމަހަމަކަމާއި
މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދީމިޤްރާތީ މުޖުތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށް
ރިޢާޔަތްކޮށް، އެ އުޞޫލުތައް ނަގަހައްޓަންވާނޭ ކަމަށާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ
މުޢާހަދާތަކަށް ރިޢާޔަތްކުރަންވާނޭ ކަމުގައި ބަޔާންކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
އެގާރަވަނަ
ސަބަބަކީ، ޤާނޫނުއަސާސީގެ
މާއްދާގައި،
މިޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ޙައްޤަކަށް ނުވަތަ މިނިވަންކަމަށް އުނިކަމެއް ލިބޭނޭފަދަ
ޢަމަލެއް ކުރުމުގެ ނުވަތަ އެފަދަ ޢަމަލެއްގައި ބައިވެރިވުމުގެ ޙައްޤު އެއްވެސް މީހަކަށް ނުވަތަ ޖަމާޢަތަކަށް
ލިބޭފަދަ ގޮތަކަށް މި ޤާނޫނުއަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް، މާނަކޮށް ނުވަތަ ތަރުޖަމާކޮށްގެން
ނުވާނޭ ކަމުގައި ބަޔާންކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
ބާރަވަނަ ސަބަބަކީ، ޤާނޫނުއަސާސީގެ 298 ވަނަ މާއްދާގައި ޤާނޫނެއް ހެދިފައި
ނެތުމަކީ، މިޤާނޫނުއަސާސީގައި ބަޔާންކުރެވިފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަމަށް ބުރުލެއް އަރާނެ
ފަދަ ޢަމަލެއް ހުއްދަވާނެ ކަމެއްނޫން ކަމުގައި ބަޔާންކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
ތޭރަވަނަ ސަބަބަކީ، ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާ ސިޔާސީ ޙަރަކާތުގެ ތެރެއިން، ޤާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ބުނެފައިވާ ޚިޔާލު
0
ދިވެހިރާއްw
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 21 ގެ 7
ފާޅުކުރުމުގެ މިނިވަންކަމާއި، 32 ވަނަ މާއްދާގައި ބުނެފައިވާ އެއްވެ އުޅުމުގެ މިނިވަންކަމުގެ ބޭނުން
ހިފަނީ ކަމުގައިބުނެ، ޢާއްމު ތަންތަނަށާއި، މީހުންގެ ގޮވަތި ގެދޮރު ކައިރިއަށް އެއްވެ، މީހުންގެ އަބުރާ
ބެހި، މުޖުތަމަޢުގެ ވަކިބަޔަކަށް ނުވަތަ ވަކި ފަރުދުންނަށް ނިސްބަތްވާގޮތަށް، އެމީހުންގެ ރައްކާތެރިކަން
ގެއްލޭނޭ ފަދައަކުން، އެމީހުން މަރާ، ދަންޖައްސައި، މީހުންނަށް ޙަމަލާދީ ޖިނާއީ ޢަމަލުތައް ހިންގުމަށް
ގޮވާލާ މީހުންގެ ގޭގޭ ދޮށަށް ރޭގަނޑުގެ ލަސްވަގުތުތަކުގައި އެއްވެ، އަޑުގަދަކޮށް، މުޒާހަރާކޮށް، އެފަދަ
މީހުންގެ ގޭގެ ދޮށަށް ރޭގަނޑުގެ ލަސްވަގުތުތަކުގައި އެއްވެ، ތިބޭ ކުޑަކުދިންގެ ކިޔެވުމާއި
ތަރުބިއްޔަތުކުރުމަށް ދަތިވެ، މުސްކުޅިންގެ ދިރިއުޅުމަށް ދަތިވާގޮތަށް، އަޑުގަދަކޮށް، ހަޑިހުތުރު
އެއްޗެތިގޮވާ، ޢާއިލާތަކުގެ ޢާއިލީ ދިރިއުޅުމަށް އުނދަގޫވާގޮތަށް، ބަޔަކު ކަންކުރަމުންދާތީ، މިއީ އަންނަނިވި
ސަބަބުތަކަށްޓަކައި ޤާނޫނުއަސާސީން ދިވެހިރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ޙައްޤުތައް ގެއްލި، ޤައުމުގެ
ޢާއްމު މަސްލަޙަތު ގެއްލިފައިވާ ކަންކަމުގައި ވީ ހިނދު:
c4cހ
2 0 0 7 2
(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާ ސިޔާސީ ހަރަކާތްތަކަކީވެސް، ސިޔާސީ ޕަޓީތަކުގެ ޤަވާޢިދާއި، އަދި އެހެނިހެން
ޤާނޫނުތަކުގެ ޙުދޫދުތަކުގެ ތެރޭގައި ހިންގޭނެ ކަންކަންކަމުގައި ވާންޖެހޭ ކަމަށާއި،
eco
(ނ) މީހުންގެ އަބުރާ ބެހުމާއި މީހުން މެރުމަށާއި ދަންޖެއްސުމަށް އަދި މީހުންނަށް
ޒަމާލާދިނުމަށް ގޮވާލައި ހިތްވަރުދިނުމަކީ، ޤާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ޚިޔާލު
ފާޅުކުރުމުގެ ހުދޫދުގެ ތެރޭގައި، ހިމެނޭ ކަންކަންނޫންކަމަށާއި، އެއާޚިލާފަށް އެއީ ކަނޑައެޅިގެން ޖިނާއީ
ކުށެއްކަމަށާއި
،
22
(ނ) ރޭގަނޑުގެ ލަސްވަގުތުތަކުގައި، ދޮށަށް އެއްވެ، ކުޑަކުދިންގެ ކިޔެވުމަށާއި
ދިރިއުޅުމަށް އަދި ކުދިންގެ އަޚުލާޤަނާއި ތަރުބިއްޔަތަށް ގެއްލުންވާގޮތަށް، އަދި މުސްކުޅިންނާއި
ދުވަސްވީމީހުންގެ ދިރިއުޅުމަށް ދަތިވާގޮތަށް، އަޑުގަދަކޮށް، މައިންބަފައިންނާއި ދަރީން އެކުގައިތިބެ
ހިރާއް%
ރީމް ކޯ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 21 ގެ 8
އަޑުއަހާލަން ދަތިވާފަދަ ހަޑިހުތުރު އެއްޗެހިގޮވައި މުޒާހަރާކުރުމަކީ ޤާނޫނުއަސާސީގެ 32 ވަނަ މާއްދާއިން
ކަށަވަރުކޮށްދީފައިވާ ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ހުދޫދުގެތެރެއިން ހިމެނޭނޭ ކަމަކަށް
ނުވާނޭ ކަމަށާއި،
(ރ) މިމައްސަލައިގައި ބުނެފައިވާ އަދި މިނަންބަރުގެ (ހ) އަދި (ނ) ގައިވާ ފަދައިން
ހިންގޭ ޙަރަކާތްތަކަކީ އެމާއްދާތަކުގައި ބުނެފައިވާ ޖިނާއީ ޢަމަލުތަކެއްގެ އިތުރުން ޤާނޫނުއަސާސީގެ 21
ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ނަފްސު ރައްކާތެރި ކުރުމުގެ ޙައްޤާއި، ޤާނޫނުއަސާސީގެ 24 ވަނަ
މާއްދާއިން ދިވެހިރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ޒާތީ އަދި ޢާއިލީ ދިރިއުޅުމުގެ ޙައްޤާއި،
ގޮވަތިގެދޮރުގެ ޙުރުމަތްތެރިކަމުގެ ޙައްޤު އަދި، 33 ވަނަ މާއްދާގައި ކޮންމެ މީހަކަށްމެ ލިބިދީފައިވާ ނަމާއި
އަބުރުރައްކާތެރިކޮށް ދިނުމުގެ ޙައްޤާއި، 35 ވަނަ މާއްދާއިން ކުޑަކުދިންނާއި ޅަފުރައިގެ ކުދިންނާއި،
މުސްކުޅިންނަށް ލިބިދީފައިވާ ރައްކާތެރިކަން ނިގުޅައިގަންނަ ޢަމަލުތަކެއް ކަމުގައިވާކަމަށް ބުނެ
ހުށަހަޅާފައިވާ ސަބަބެވެ.
ސާދަވަނަ ސަބަބަކީ، މަތީގައިވާ ކަންކަން މިހެން ހުއްޓައި، އެފަދަ ޙަރަކާތްތައް
މިހާރު ހިންގެނީ ޤާނޫނުއަސާސީގައިވާ މާއްދާތަކެއްގެ ޙުދޫދުގެ ތެރެއިން ކަމުގައިބުނެވިގެން ކަމުގައިވާއިރު،
އަދި ޤާނޫނު އަސާސިގައި އަސާސީ ޙައްޤުތަކާއި މިނިވަންކަމަކީވެސް، ޤާނޫނު އަސާސީގައި
ބަޔާންކުރެވިފައިވާ ޙުދޫދުގެ ތެރެއިން، އެކުލަވާލެވި މުޅި ދައުލަތް އެއޮނިގަނޑުގެތެރޭގައި މެނުވީ
ހިންގަންފެށުމުން، މުޖުތަމަޢުގެ ވަރަށްގިނަ ޙައްޤުތަކެއް ގެއްލި، ޤާނޫނީ އޮނިގަނޑުގައި ކަނޑައަޅާފައިވާ
ޙުދޫދުތަކުގެ ބޭރުން ޤާނޫނުތައް ނަހަމަ ގޮތުގައި ބޭނުންކޮށް، ޤާނޫނުއަސާސީގައިވާ ޙައްޤުތަކުގެ އިންތައް
ޤާނޫނީ ޙުދޫދުގެ ބޭރަށް ފުޅާކޮށް،
ޙައްޤުތައް ގެއްލޭނޭފަދަގޮތަކަށް ނުވަތަ ނިގުޅައި
ގަނެވެމުން ދިއުންކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.
44 ވ މ 04
4
އެހެންބައެއްގެ
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 21 ގެ 9
.3
4.3.42
މިމައްސަލައިގައި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަށާއި، ޤާނޫނު ތަކަށާއި،
މައްސަލަ ހުށަހެޅި ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މިމައްސަލައިގެ ދަޢުވާއަށާއި،
މިދަޢުވާ ބިނާކުރާ ސަބަބުތަކުގެ ގޮތުގައި ހުށަހަޅާފައިވާ ސަބަބުތަކަށާއި، މިމައްސަލައާއި ގުޅިގެން އެޓަރނީ
ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މިބާވަތުގެ
މައްސަލަތަކުގައި ތަތްބީޤު ކުރެވޭ ދުސްތޫރީ އަދި ޤާނޫނީ އަދި ޝަރުޢީ މަބްދައުތަކުގެ މައްޗަށާއި،
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ ތަޢާރުޟުނުވާ ބައިނަލްޢަޤްވާމީ ޤަވާޢިދުތަކަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ބަލައި ވިސްނިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ މަޖިލީހުގެ އަޣްލަބިއްޔަތަށް
އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 274 ވަނަ
ޤާނޫނުއަސާސީގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއްވިޔަސް މާނަކުރަން ޖެހިއްޖެނަމަ
އެކަމުގައި ގޮތެއްކަނޑައެޅުމަށްޓަކައި ބެލޭ މައްސަލަތަކާއި، ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ނުވަތަ
ޤަވާޢިދެއް ނުވަތަ ޤަވާޢިދުން ބައެއް ނުވަތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން
އިދާރާއެއްގެ މުވައްޒަފަކު ކުރާކަމެއް ނުވަތަ ނިންމާފައިވާ ނިންމުމެއް ވިޔަސް ޤާނޫނުއަސާސީއާ ޚިލާފުވޭތޯ
ބަލައި އެކަމުގައި ގޮތެއް ނިންމަންޖެހިއްޖެ ކޮންމެ މައްސަލައަކީ، ދުސްތޫރީ މައްސަލައެއްކަމަށް ބުނެފައިވާ
ހިނދު، އަދި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ
(ހ) ގައި އަންނަނިވި ސިފަތައް ލިބިގެން ދުސްތޫރީ މައްސަލަތައް އަޞްލީ އިޚުތިޞާޞް ލިބިގެންވާ
މައްސަލައިގެ ގޮތުގައި ބެލުމުގެ އިޚުތިޞާޞް ސުޕްރީމް ކޯޓަށް ލިބިގެންވާކަމަށް ކަނޑައަޅައި
ބަޔާންކުރުމަށްފަހު އެމާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައި "އެމައްސަލައަކީ ޤައުމުގެ
މަސްލަޙަތާއި ގުޅިފައިވާ ދުސްތޫރީ މައްސަލައަކަށްވުން" މިގޮތަށް ކަނޑައަޅައި ބަޔާންކޮށްފައިވާ ހިނދު،
އެޓަރނީ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ މި މައްސަލައިގެ ޓީޝާއަށާއި އަދި މި މައްސަލައިގެ ދަޢުވާ
22c 0 0
2 02
ދިވެހިރާއަw
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 21 ގެ 10"
ބިނާކުރާ ސަބަބުތަކުގެ ގޮތުގައި ހުށަހަޅާފައިވާ ސަބަބުތަކަށް ރިޢާޔަތްކޮށް ބަލާއިރު، މި މައްސަލައަކީ،
ޤައުމުގެ ޢައްމު މަޞްލަޙަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައެއްކަމަށް ބެލުމުގެ ސިފަލިބިފައިވާ
މައްސަލައެއްކަން އެނގެން އޮތުމުން މި މައްސަލައަކީ، ސުޕްރީމް ކޯޓަށް އަޞްލީ އިޚްތިޞާޞް ލިބިގެންވާ
މައްސަލައެއްގެ ގޮތުގައި ބެލުމުގެ އިޚްތިޞާޞް ސުޕްރީމް ކޯޓަށް ލިބިފައިވާ މައްސަލައެއްކަން އެނގެން
އޮންނަ ކަމެވެ.
ދެވަނަ ކަމަކީ، ޤާނޫނުއަސާސީގެ ދެވަނަ ބާބަކީ އަސާސީ ޙައްޤުތަކާއި
މިނިވަންކަން ބަޔާންކޮށްފައިވާ ބާބު ކަމަށްވާއިރު، އެބާބު ފެށިފައިވަނީ ޤާނޫނުއަސާސީ ގެ 16 ވަނަ
މާއްދާއިންކަމާއި އެބާބު
ނިމެނީ ޤާނޫނުއަސާސީގެ 69 ވަނަ މާއްދާގެ ނިޔަލަށްކަން އެނގެން އޮންނައިރު،
ޤާނޫނުއަސާސީ ގެ 21 ވަނަ މާއްދާގައި ކޮންމެ މީހަކަށްމެ ދިރިހުރުމުގެ ޙައްޤާއި، އަމިއްލަ މިނިވަންކަމާއި،
ނަފްސު ރައްކާތެރިކުރުމުގެ ޙައްޤު ލިބިގެންވާކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވާކަމާއި އަދި
ޤާނޫނުއަސާސީގެ 24 ވަނަ މާއްދާގައި ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި، ގޮވަތިގެދޮރާއި،
އަނެކުންނާކުރާ ޒާތީ މުވާސަލާތުތަކަކީ ޙުރުމަތްތެރި ވެގެންވާ ކަންކަމާއި ތަންތަންކަމަށާއި ހަމަކޮންމެ
މީހަކުމެ އަނެކުންގެ މިބުނެވުނު ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތަންވާނެކަމަށް ކަނޑައަޅައި
ބަޔާންކޮށްފައިވާކަމާއި، އަދި ޤާނޫނުއަސާސީގެ 33 ވަނަ މާއްދާގައި އެމީހެއްގެ ނަމާއި އަބުރު ރައްކާތެރި
ކުރެވިފައި އޮތުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވާކަމާއި، އަދި
ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ހ) ގައި ޢާއިލާގެ ފަރާތުންނާއި ޖަމާޢަތުގެ ފަރާތުންނާއި ދައުލަތުގެ
ފަރާތުން ޚާއްޞަ އެހީތެރިކަމާއި ޚާއްޞަ ރައްކާތެރިކަން ލިބުމަކީ ކުޑަކުދިންނާއި ޅަފުރައިގެ ކުދިންނަށް
ލިބިގެންވާ ޙައްޤެއް ކަމަށާއި އަދި ހަމަ މިމާއްދާގެ (ށ) ގައި ޢާއިލާގެ ފަރާތުންނާއި ޖަމާޢަތުގެ
ފަރާތުންނާއި ދައުލަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ލިބުމަކީ ޢުމުރުން ދުވަސްވީ
ދިވެހިރާއް
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 21 ގެ 11
މީހުންނާއި ޚާއްޞަ އެހީއަށް
22
0 ދު
ނވާ
މީހުންނަށް ލިބިގެންވާ ޙައްޤެއްކަމަށް ކަނޑައަޅައި ބަޔާންކޮށްފައި
ވާކަން އެނގެން އޮންނަކަމެވެ.
ތިންވަނަކަމަކީ، ޤާނޫނުއަސާސީގެ 67 ވަނަ މާއްދާގައި ކޮންމެ މީހަކަށްމެ ލިބޭ
ޙައްޤުތަކާއި މިނިވަންކަމާއި، އެމީހަކު އަދާކުރާންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަކީ ވަކިނުކުރެވޭނޭ
ދެއަސާސް ކަމުގައި ވީހިނދު، އަންނަނިވި ކަންތައްތައް ކުރުމަކީ ކޮންމެ ރައްޔިތެއްގެ މަސްއޫލިއްޔަތެކެވެ.
އަދި އެވަގުތަކު ދިވެހިރާއްޖޭގައި އުޅޭ ކޮންމެ މީހަކުމެ އެކަންތައްތަކަށް އިޙުތިރާމު ކުރަންވާނެއެވެ.
(ހ) އަނެކުންގެ ޙައްޤުތަކާއި މިނިވަންކަމަށް ރައްކާތެރިވެ އެޙައްޤުތަކަށާއި މިނިވަންކަމަށް
އިޙުތިރާމްކުރުން.
(ށ) އެންމެހައި މީސްތަކުންގެ މެދުގައްޔާއި ޖަމާޢަތްތަކުގެ މެދުގައި އެކުވެރިކަމާއި،
އެއްބަޔަކު އަނެއްބަޔަކަށް އިޙުތިރާމް ކުރުމުގެ ރޫޙު އާލާކުރުމާއި، އަނެކުންނާއި ތިމާއާ ދެމެދު ހުންނަ
ތަފާތުތައް ބަލައިގަތުމުގެ އުޞޫލު ދެމެހެއްޓުމަށް މަސައްކަތްކުރުން.
(ނ) މުޖުތަމަޢުގެ ދުޅަހެޔޮކަމަށާއި ތަރައްޤީއަށްޓަކައި މަސައްކަތްކުރުން.
(ރ) ދިވެހިރާއްޖޭގެ ސިޔާދަތާއި، ރައްޔިތުންގެ އެއްބައިވަންތަކަމާއި، އަމަންއަމާންކަމާއި،
ރައްކާތެރިކަމާއި ޤައުމުގެ ޝަރަފު ހިފެހެއްޓުމަށްޓަކައި މަސައްކަތްކުރުން.
(ބ) ޤާނޫނުއަސާސީއަށް ޙުރުމަތްތެރިކޮށް ހިތުމާއި، ޤާނޫނުގެ ވެރިކަން ހިންގުމުގެ
އުޞޫލަށް ޙުރުމަތްތެރިކޮށް ހިތުން.
(ޅ) އިސްލާމް ދީނުގެ އަސްލަކާއި ޚިލާފުނުވާ ގޮތުގެ މަތިން، ދީމިޤްރާތީ އުޞޫލުތަކާއި
ގޮތްތައް ކުރިއެރުވުން.
(ކ) ދިވެހި ދައުލަތުގެ ދީންކަމުގައިވާ އިސްލާމް ދީނާއި، ރާއްޖޭގެ ޘަޤާފަތާއި، މާދަރީ
ބަހާއި، ޤައުމީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުން." މިފަދައިން ކަނޑައަޅައި ބަޔާންކޮށްފައި އޮތުމުން
ދިވެހިރާއްw
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 21 ގެ 12
ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ ސިޔާސީ ޕާޓީ އުފައްދައި، ހިންގައި،
ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤާއި، ޤާނޫނުއަސާސީގެ 32 ވަނަ މާއްދާގައި
ކަނޑައަޅާފައިވާ، ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާނުލައި ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ
މިނިވަންކަން މީސްތަކުންނަށް ލިބިގެންވަނީ އިސްލާމީ ޝަރީޢަތުގެ ޤަވާޢިދުތަކާއި، ހަމަތަކާއި ފުށުނާރާ
ގޮތެއްގެ މަތިން ޤާނޫނުއަސާސީއިން މީސްތަކުންނަށް ލިބިދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން
ލިބުމަށް ހުރަސް
މަތިން ޤާނޫނުއަސާސީގެ 67 ވަނަ މާއްދާގައި ކަނޑައަޅައި
ބަޔާންކޮށްފައިވާ މިންތަކާއި އިންތަކުގެ ޙުދޫދުގެ ތެރެއިންކަން ސާފުކޮށް އެނގެން އޮންނައޮތުމެވެ.
ހަތަރުވަނަ ކަމަކީ، ޤާނޫނުއަސާސީގެ 27 ވަނަ މާއްދާގައި މިނިވަންކަމާއެކު
ފިކުރުކުރުމާއި، އިސްލާމް ދީނުގެ އަސްލަކާ ޚިލާފު ނުވާގޮތުގެ މަތިން އެމީހެއްގެ ބުއްދިއަށް
ފެންނަގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން
ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ކަނޑައަޅައި ބަޔާންކޮށްފައި އޮތްއޮތުމަށް ބަލާއިރު، މިމާއްދާގައި
ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަންވެސް ލިބިދީފައިވަނީ މުޠުލަޤު ގޮތެއްގައި ނޫންކަމާއި، އަދި
ކިއެއްތަ! މިމިނިވަންކަން ޤާނޫނުއަސާސީން ލިބިދީފައިވަނީ އިސްލާމް ދީނުގެ ޤަވާޢިދުތަކާއި ހަމަތަކާއި
އުޞޫލުތަކާއި، އިންތަކާ މިންތަކާއި އެއްގޮތްވާ ގޮތުގެ މަތިން އިސްލާމް ދީނުގެ އަޞްލަކާ ޚިލާފު ނުވާނޭ
މަތިންކަން ޤާނޫނުއަސާސީގެ މި ބުނެވުނު 27 ވަނަ މާއްދާގެ ޞަރީޙަ ނައްޞުންވެސް
.ސުންވެސް ސާފުކޮށް
އެނގެން އޮންނަކަމެވެ.
4 04x
کر رہ کر
ފަސްވަނަ ކަމަކީ، ޤާނޫނު އަސާސީގެ 2 ވަނަ މާއްދާއިން ދިވެހި ދައުލަތަކީ،
އިޞްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ ދައުލަތެއްކަމާއި، އަދި ޤާނޫނުއަސާސީގެ 10 ވަނަ
މާއްދާއިން ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީންކަމާއި، އަދި އިސްލާމް ދީނަކީ، ދިވެހިރާއްޖޭގެ ޤާނޫނު
ގެ މައިގަނޑު މަސްދަރުކަމާއި، ދިވެހިރާއްޖޭގައި އިސްލާމް ދީނުގެ އަޞްލަކާޚިލާފް އެއްވެސް ޤާނޫނެއް
ދިވެހިރާއްw
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ކަ ހށ ބޑތކަން
ސަފްޙާ 21 ގެ 13
ނުހެދޭނެ ކަމާއި، މިކަންކަން ޤާނޫނުއަސާސީގެ މިބުނެވުނު މާއްދާތަކުން
އްދާތަކުން ވަރަށް ސާފުކޮށް އެނގެން
އޮންނައިރު، އަދި ޤާނޫނުއަސާސީގެ 2 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަން
ކޮންމެ މީހަކަށްމެ ލިބިގެންވާކަން ޤާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވަނީވެސް އެއްވެސް އިމެއް ޤައިދެއް
ނެތި ނޫންކަމާއި އަދި ކިއެއްތަ އެ ބާބުގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން ކޮންމެ
މީހަކަށްމެ ލިބިގެންވާކަން ޤާނޫނުއަސާސީއިން ކަށަވަރުކޮށް ދީފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 67 ވަނަ މާއްދާގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ އުސޫލްގެ އިތުރަށް އިސްލާމް
ދީނުގެ ޢަސްލަކާ ޚިލާފުނުވާނޭ ގޮތުގެ މަތިންކަން ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) އިން
ސާފުކޮށް އެނގެން އޮންނައިރު، މީސްތަކުންގެ އަބުރާއި، ނަފްސާއި، މުދަލަށް، ޝަރީޢަތާއި ޤާނޫނުގެ
ސައްޙަ މަގުން ނޫންގޮތަކަށް އެއްވެސް މިންވަރެއްގެ އުނދަގުލެއް ނުވަތަ ގެއްލުމެއް ނުވަތަ ތުރާލެއް
ދިނުމަކީ، އިސްލާމް ދީނުގެ އަޞްލުތަކާއި ދަލީލުތަކާއި ކަނޑައެޅިގެން ޚިލާފަށްކުރެވޭ، އިސްލާމް ދީން
މަނާކުރާ
ސާފުކޮށް އެނގެންއޮތުމުން
މުން މިބާވަތުގެ އެންމެހައި ޢަމަލުތަކަކީ،
ޤާނޫނުއަސާސީގެ ބާރުން މަނާ ކުރެވިފައިވާ ޢަމަލުތަކެއްކަން އެނގެއެވެ.
ހަވަނަ ކަމަކީ، ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި ކޯޓުތަކުންނާއި
ޓްރައިބިއުނަލްތަކުން ޤާނޫނުއަސާސީގެ 2 ވަނަބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން
މާނަކުރުމުގައްޔާއި ލިބިދިނުމުގައި އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ
ހުޅުވިގެންވާ ދީމިޤްރާތީ އުޞޫލުތައް ނަގަހައްޓަން ވާނެކަމަށާއި އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލް
އަޤުވާމީ މުޢާހަދާތަކަށް ރިޢާޔަތްކުރަން ވާނެކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވާއިރު، "ޔުނިވަރސަލް
ޑެކްލަރޭޝަން އޮފް ހިޔުމަން ރައިޓްސް" ގެ 03 ވަނަ މާއްދާއިން ކޮންމެ މީހަކަށްވެސް ދިރިހުރުމުގެ
ޙައްޤާއި މިނިވަންކަމުގެ ޙައްޤާއި އަދި އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަމުގެ ޙައްޤު
ލިބިގެންވާކަމާއި އަދި ހަމަ އެޑެކްލަރޭޝަންގެ 12 ވަނަ މާއްދާއިން އެއްވެސް މީހެއްގެ އަމިއްލަ
OX
Oxo
ދިވެހިރާއްw
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 21 ގެ 14"
2 2c
ދިރިއުޅުމާއި ނުވަތަ އޭނާގެ ޢާއިލާއާއި ނުވަތަ އޭނާގެ ގޯތިގެދޮރާއި ނުވަތަ އޭނާގެ ޒާތީ މުވާޞަލާތުތަކާއި
ނުވަތަ އޭނާގެ ޝަރަފާއި އަބުރަށް އެއްވެސް ޙައްޤަކާނުލައި އަރައިގަތުމަކީ ހުއްދަކުރެވޭނޭ
ކަންތައްތަކެއް ނޫންކަމާއި މިބުނެވުނު ތަކެއްޗަށް ޙައްޤަކާނުލައި އަރައިގަތުމުން ޤާނޫނީގޮތުން ޙިމާޔަތް
ލިބުމަކީ ކޮންމެ މީހެއްގެ ޙައްޤެއްކަމަށް ބަޔާންކުރައްވާފައިވާ ކަމާއި، އަދި އެޑެކްލަރޭޝަންގެ 16 ވަނަ
މާއްދާގެ
3 ވަނަ ނަންބަރުން ޢާއިލާއަކީ މުޖުތަމަޢު އެއަސާސްތަކެއްގެ މައްޗަށް
ބިނާވެފައިވާ އެންމެ
މުހިންމު ބިންގާ ކަމަށާއި ދައުލަތާއި މުޅިމުޖުތަމަޢުގެ ފަރާތުން ޢާއިލީ ދިރިއުޅުމަށް ޙިމާޔަތާއި
ރައްކާތެރިކަން ލިބުމަކީ، ކޮންމެ ޢާއިލާއެއްގެ ޙައްޤެއްކަމާއި އަދި ހަމަ ބުނެވިދިޔަ ޑެކްލަރޭޝަންގެ 29
ވަނަ މާއްދާގެ 2 ވަނަ ނަންބަރުން ކޮންމެ މީހަކުމެ، އޭނާގެ ޙައްޤުތައް ހޯދައި ލިބިގަތުމުގައި ޤާނޫނުގައި
ކަނޑައެޅިފައިވާ ޤާއިދުތަކަށް ބޯލަބަންޖެހޭނެ ކަމަށާއި އެއީ އެހެންމީހުންގެ ޙައްޤުތަކާއި މިނިވަންކަމަށް
އިޢުތިރާފުވެ އެޙައްޤުތަކާއި މިނިވަންކަމަށް އިޙުތިރާމުކުރުން ގެރެންޓީކޮށް ކަށަވަރު ކުރުމަށާއި އަދި
އެމުޖުތަމައެއްގެ އަޚުލާޤާއި ޢާއްމު މަސްލަޙަތާއި ނިޒާމް ޢާއްމު (ޕަބްލިކް އޯޑަރ) ޙިމާޔަތްކޮށް ކަށަވަރު
ކުރުމަށްޓަކައި ކަމަށް ކަނޑައަޅައި ބަޔާންކުރެވިފައި ވާކަމާއި،
އަދި މީގެ އިތުރުން "މަދަނީ، އަދި ސިޔާސީ ޙައްޤުތަކާ ބެހޭ ބައިނަލް އަޤުވާމީ މުޢާހަދާ"
(އިންޓަރ ނޭޝަނަލް ކޮވަނަންޓް އޮފް ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް ICCPR) ގެ ދީބާޖާއަށް
ބެލުމުންވެސް މިމުޢާހަދާގައި ބައިވެރިވެފައިވާ ދައުލަތްތަކުން މިމުޢާހަދާގައިވާ މާއްދާތަކަށް
އެއްބަސްވެފައިވަނީ މިމުޢާހަދާގައި ކަށަވަރުކޮށްދީފައިވާ ޙައްޤުތައް ކުރިއަރުވާ ޕްރޮމޯޓް ކުރުމަކީ ކޮންމެ
މީހެއްގެވެސް ފަރުދީ މަސްއޫލިއްޔަތެއްކަން
އޭނާ ނިސްބަތްވާ ޖަމާޢަތާއި އަފްރާދުންނަށް
ޙުރުމަތްތެރިކޮށް ހިތުމަކީ ކޮންމެ ފަރުދެއްގެވެސް ވާޖިބެއް ކަމުގައި ދެކިގެންކަމާއި، އަދި އެ މުޢާޞަދާގެ 6
ވަނަ މާއްދާގައި ދިރިހުރުމުގެ ޙައްޤަކީ ކޮންމެ އިންސާނަކާ ގުޅިލާމެހިފައިވާ ޙައްޤެއްކަމާއި ޤާނޫނުން
މިޙައްޤު ޙިމާޔަތްކުރުން ލާޒިމްވެގެންވާކަމާއި ތަޢައްސުފީގޮތެއްގައި (ޙައްޤަކާނުލައި، އެއްވެސް މީހެއްގެ
ތޗު 0
3
22
22
19ނންކުރަމުއެވެ؟
ދިވެހިރާއްw
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 21 ގެ 15
ދިރިއުޅުމުގެ ޙައްޤުން އެމީހަކު މަޙުރޫމް ކުރުން ހުއްދަވެގެން ނުވާކަމާއި އަދި އެމުޢާހަދާގެ 9 ވަނަ
މާއްދާއިން ކޮންމެ މީހަކަށްވެސް މިނިވަންކަމުގެ ޙައްޤު ކަށަވަރުކޮށްދީފައިވާއިރު، އޭނާގެ އަމިއްލަ ނަފްސުގެ
ސަލާމަތްތެރިކަމާއި ރައްކާތެރިކަން ލިބުމަކީވެސް އޭނާއަށް ލިބިގެންވާ ޙައްޤެއްކަމަށާއި ޤާނޫނުގައި
ބަޔާންވެގެންވާ ސަބަބުތަކެއްގެ މައްޗަށާއި ކަނޑައެޅިފައިވާ އިޖުރާއާތުތަކެއްގެ މައްޗަށް ބިނާކޮށް އެމީހަކަށް
ލިބިގެންވާ މިނިވަންކަން ޤާއިދުކޮށް އަދި އެމިނިވަންކަމުން މުޅިން މަޙުރޫމްވެސް ކުރެވިދާނެކަމާއި، އަދި
އެމުޢާހަދާގެ 12 ވަނަ މާއްދާގެ 1 ވަނަ ނަންބަރުން ދައުލަތުގެ އެތެރޭގައި ޤާނޫނީ ޙައިޘިއްޔަތު ލިބިގެން
ދިރިއުޅޭ ކޮންމެ ފަރުދަކަށްމެ އެދައުލަތެއްގެ އެތެރޭގައި އެއްތަނުން އަނެއްތަނަށް ނަގުލުވުމުގެ
މިނިވަންކަމުގެ ޙައްޤު ލިބިދީފައި އޮތްކަން އެނގެން އޮތް ނަމަވެސް ހަމަމިމާއްދާއިން ދައުލަތުގެ އަމަން
ޢާއްމާއި ނިޒާމު ޢާއްމާއި ޢާއްމު ޞިއްޙަތާއި ޢާއްމު އަދަބުތަކާއި ޕަބްލިކް މެނާރޒްއާއި، އެހެންމީހުންގެ
ޙައްޤުތަކާއި މިނިވަންކަން ޙިމާޔަތްކުރުމަށްޓަކައި ޝަރޫރީގޮތުން ލާޒިމްވާ މިންވަރަށް ޤާނޫނުގައި
ކަނޑައެޅިފައިވާ ގޮތުގެ މަތިން ޤާޢިދުކޮށް ހިފެހެއްޓުން ހުއްދަވެގެންވާކަމާއި، އަދި އެމުޢާހަދާގެ 17 ވަނަ
މާއްދާއިން އެއްވެސް މީހެއްގެ ޝަރަފާއި އަބުރަށް ޣައިރު ޤާނޫނީގޮތުން އަރައިގަތުމާއި އަދި އެއްވެސް
މީހެއްގެ އަމިއްލަ ޒާތީ ކަންތައްތަކުގެ ތެރެއަށާއި އަދި އޭނާގެ ޢާއިލީ ކަންތައްތަކާއި ގޯތިގެދޮރަށާއި
އަނެކުންނާ ކުރާ ޒާތީ މުވާޞަލާތުތަކަށް ޙައްޤު މަގުން ނޫންގޮތުގައި (ނަހަމަގޮތުގައި) އަރައިގަތުމަކީ
ހުއްދަވެގެންވާ ކަންކަމެއްނޫންކަމާއި އަދި މިބާވަތުގެ ތަދައްޚުލްވުންތަކުން ޤާނޫނީ ރައްކާތެރިކަމާއި
ސަލާމަތްތެރިކަން ލިބުމަކީ ކޮންމެ ފަރުދެއްގެމެ ޙައްޤެއްކަމާއި އަދި އެމުޢާހަދާގެ 19 ވަނަ މާއްދާގެ 2
ވަނަ ނަންބަރުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިދީފައިވީ ނަމަވެސް
އެހެންމީހުންގެ ޙައްޤުތަކާއި އެބައިމީހުންގެ ޝަރަފާއި އަބުރަށް އިޙުތިރާމް ކުރުމަށްޓަކައި އަދި ޤައުމުގެ
އަމަން އަމާންކަމާއި ނިޒާމު ޢާއްމާއި ޢާއްމު ޞިއްޙަތާއި ޢާއްޤު އަދަބުތައް ޙިމާޔަތް ކުރުމަށްޓަކައި
ޤާނޫނުގައި ކަނޑައެޅިފައިވާ އުޞޫލުތަކެއްގެ މަތިން މިޙައްޤުވެސް ޤަޢިދުކޮށް ހަނިކުރެވިދާނެކަމާއި އަދި
4 22
ދިވެހިރާއްw
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 21 ގެ 16
ބަބަށް
އެމުޢާހަދާގެ 21 ވަނަ މާއްދާއިން ސުލްޙަވެރިކަމާއެކު އެއްވެ އުޅުމަކީ، ޙައްޤެއްގެ ގޮތުގައި ޤަބޫލުކުރެވޭ
ކަމެއްކަމާއި ނަމަވެސް އެމުޖުތަމައެއްގައި ޤައުމީ ސަލާމަތް ނުވަތަ އަމަން ޢާއްމު ނުވަތަ ޢާއްމު ނިޒާމު
(ޕަބްލިކް އޯޑަރ) ނުވަތަ ޢާއްމު ޞިއްޙަތު ނުވަތަ ޢާއްމު އަދަބުތައް (ޕަބްލިކް މޯރަލިޓީ) ނުވަތަ
އެހެންމީހުންގެ ޙައްޤުތަކާއި މިނިވަންކަން ޙިމާޔަތްކޮށް ރައްކާތެރި ކުރުމަށްޓަކައި ޝަރޫރީގޮތުން ކޮންމެހެން
އަޅަންޖެހޭ ފިޔަވަޅުތަކެއްގެ ގޮތުން މިޙައްޤު ހަނިކުރުމުގެ ގޮތުން ގާނޫނީ އޮނިގަނޑުގެ ތެރެއިން ޤަޢިދުތައް
އެކަށައެޅުމަކީ، މާނަވިގެންވާ ކަމެއްނޫންކަ
މެއްނޫންކަމާއި، އަދި އެ މުޢާހަދާގެ 23 ވަނަ މާއްދާއިން، ޢާއިލާއަކީ
މުޖުތަމަޢު އެއަސާސެއްގެ މައްޗަށް ބިނާވެފައިވާ އެންމެ މުހިންމު ބިންގާކަމާއި، މިގޮތުން ދައުލަތުގެ
ކިބައިންނާއި މުޖުތަމަޢުގެ ފަރާތުން ޢާއިލާއަށް ޙިމާޔަތް ތެރިކަމާއި ރައްކާތެރިކަން ލިބުމަކީ ޢާއިލާގެ
ޙައްޤެއްކަމާއި، މިކަންކަން މިޢިބާރާތްކުރެވުނު ބައިނަލްއަޤުވާމީ މުޢާހަދާއިންވެސް އެނގެންއޮންނަކަމެވެ.
ހަތްވަނަ ކަމަކީ، ޤާނޫނުއަސާސީގެ ނުވަވަނަ ބަލާއިރު އެބާބުން
ނަންދެވިފައިވަނީ "ސަލާމަތީ ޚިދުމަތްތައް" މިނަމުންކަމާއި މިބާބު ފެށިފައިވަނީ ޤާނޫނުއަސާސީގެ 236 ވަނަ
މާއްދާއިންކަމާއި، އެބާބު ނިމެނީ ޤާނޫނުއަސާސީގެ 246 ވަނަ މާއްދާގެ ނިޔަލަށްކަމާއި ޤާނޫނުއަސާސީގެ
236 ވަނަ މާއްދާގައި ދިވެހިރާއްޖޭގެ އެންމެހައި މީހުންނަށް ޞުލްޙަވެރިކަމާއި މިނިވަންކަމާއެކު އުޅެވޭނެ
މަގުތައް ތަނަވަސްކޮށް ފަހިކޮށްދިނުމަށްޓަކައި ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ
ޚިދުމަތްތަކެއް ދިވެހިރާއްޖޭގައި ޤާއިމުކޮށްފައި އޮންނަންވާނޭކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވާކަމާއި، އަދި
ޤާނޫނު އަސާސީގެ 237 ވަނަ މާއްދާއިން ދިވެހިރާއްޖޭގެ އަމިއްލަވެރިކަން ރައްކާތެރިކޮށް ސަރަޙައްދުގެ
ރައްކާތެރިކަން ދަމަހައްޓައި، ޤާނޫނުއަސާސީއާއި ދީމިޤްރާތީ މުއައްސަސާތައް ޙިމާޔަތްކޮށް، ޤާނޫނު
ދަމަހައްޓައި، ތަންފީޛުކޮށް އަމަން އަމާންކަން ދެމެހެއްޓުމަކީ ސަލާމަތީ ޚިދުމަތްތަކުގެ މަސްއޫލިއްޔަތާއި
ވާޖިބުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއްކަން އެނގޭކަމާއި ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ހ)
އިން ސަލާމަތީ ކޮންމެ ޚިދުމަތެއް އިންތިޒާމުކޮށް ހިންގާނޭ އުޞޫލުތައް ބަޔާންކުރާ ޤާނޫނެއް ރައްޔިތުންގެ
ދިވެހިރާއްw
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 21 ގެ 17
މަޖިލީހުން ފާސްކުރަންވާނެކަމާއި، ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ހ) އިން، ރައްޔިތުން
ރައްކާތެރިކޮށް ޙިމާޔަތްކުރުމަކީ، ސިފައިންގެ ޚިދުމަތުގެ މައިގަނޑު އެއް މަޤްޞަދުކަމާއި ޤާނޫނު
އަސާސީގެ 244 ވަނަ މާއްދާއިން މުޖުތަމަޢުގެ އަމަން އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމާއި،
ދިވެހިރާއްޖޭގައި އުޅޭ އެންމެހައި މީހުން ޙިމާޔަތްކޮށްދީ އެބައިމީހުންގެ މުދަލާއި ގެދޮރު
ރައްކާތެރިކޮށްދިނުމަކީ ފުލުހުންގެ މައިގަނޑު މަޤުޞަދު ތަކުގެތެރޭގައި ހިމެނޭ ކަންތައްތަކެއްކަން އެނގެން
އޮންނަކަމެވެ.
އަށްވަނަ ކަމަކީ، ޤާނޫނު ނަންބަރު 01/2008 (ސިފައިންގެ ޤާނޫނު) ގެ 22
ވަނަ މާއްދާގެ (ހ) އިން ޤައުމުގައި ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމާއި އަމަން އަމާންކަން
ޤާއިމުކުރުމުގައި ފުލުހުންނާއި ޤާނޫނު ތަންފީޒުކުރާ އެހެނިހެން ފަރާތްތަކުން ސިފައިންގެ އެހީއަށް އެދިއްޖެ
ހިނދެއްގައި ކަނޑައެޅިފައިވާ އުޞޫލުތަކެއްގެ މަތިން ސިފައިންގެ އެހީތެރިކަން ފޯރުކޮށްދޭން ވާނެކަމަށް
ކަނޑައަޅައި ބަޔާންކޮށްފައިވާއިރު އެމާއްދާގެ (ނ) ގައި، މިމާއްދާގެ (ހ) ގައި ބުނެފައިވަ ޙާލަތްތަކުގައި
ފުލުހުންނަށާއި އެހެން ފަރާތްތަކަށް ލިބިފައިވާ ހުރިހާ ޤާނޫނީ ބާރެއް ސިފައިންނަށް ލިބިގެންވާކަމަށް
ކަނޑައަޅައި ބަޔާންކޮށްފައި އޮންނައިރު، ޤާނޫނު ނަންބަރު 05/2008 (ފުލުހުންގެ ޤާނޫނު) ގެ 2
ވަނަމާއްދާގައި ބުނާ، ފުލުހުންގެ މަޤުޞަދު ތަކުގެ ތެރޭގައި މުޖުތަމަޢުގެ ޢާއްމު މަސްލަޙަތާއި އަމަން
އާއްމު ދެމެހެއްޓުމާއި، ފަރުދުންގެ ފުރާނައާއި މުދަލާއި ގޯތި ގެދޮރު ރައްކާތެރިކޮށް ޙިމާޔަތްކުރުމުގައި
އެހީތެރިވެ ދިނުމާއި، ރައްޔިތުންގެ އަސާސީ ޙައްޤުތައް ޙިމާޔަތްކުރުމާއި މިއެންމެހައި ކަންތައްތައް
ހިމެނޭކަމާއި އަދި ހަމައެޤާނޫނުގެ 6 ވަނަ މާއްދާގައި ބުނާ ފުލުހުންގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ރައްކާތެރިކޮށް ޙިމާޔަތްކުރުމާއި ދިވެހިރާއްޖޭގެ ދާޚިލީ
ސަލާމަތާއި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމުކޮށް ދެމެހެއްޓުމާއި، ދިވެހިރާއްޖޭގެ ޤާނޫނާއި
ޤަވާޢިދު ތަންފީޒުކުރުމަށްޓަކައި ފުލުހުންގެ ދައުރާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، މަގުތަކާއި
20
ދިވެހިރާއްw
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 21 ގެ 18"
ޢާއްމު ތަންތަނާއި ޢާއްމު ބޭނުންތަކަށް ހެދިފައިވާ ތަންތަނާއި ޢާއްމު ބައްދަލުވުންތަކާއި، ޢާއްމުން އެއްވާ
ތަންތަނުގެ މަޞްލަޙަތު ބެލެހެއްޓުމާއި މިއެންމެހައި ކަންކަމެއް ހިމެނޭކަމާއި، އަދި އެ ޤާނޫނުގެ 8 ވަނަ
މާއްދާއިން، ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ކުރެވޭ ކަންތައްތަކާއި، އެ މަސްއޫލިއްޔަތު
އަދާކުރުމާ ގުޅިގެން ކުރެވޭ ކަންތައްތަކާއި ފުލުހުންގެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި ކުރަންޖެހޭ
ކަންތައްތައް ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވާކަމާއި އަދި ހަމަ އެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ)
އިން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިދާނެކަމަށް ޤަބޫލުކުރެވޭނަމަ، ނުވަތަ އެއްވެސް މަގެއް
ނުވަތަ ސަރަޙައްދެއްގައި ޤާނޫނާ ޚިލާފު ޢަމަލެއް ހިނގާނަމަ، ނުވަތަ ހިނގާފާނެކަމަށް ޤަބޫލުކުރެވޭނަމަ،
އެ މަގެއް ނުވަތަ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ފުލުހުން ކަނޑައަޅާ ގޮތެއްގެ މަތިން މެނުވީ
އެއްވެސް މީހަކު، ނުވަތަ ބަޔަކު އެމަގަށް ނުވަތަ އެ ސަރަޙައްދަށް ނުވަނުމަށް އެންގުމުގެ ބާރު
ފުލުހުންނަށް ލިބިގެންވާކަމާއި އަދި ހަމަ އެޤާނޫނުގެ 14 ވަނަ މާއްދާއިން، ފުލުހުންގެ ދައުރު
އަދާކުރުމުގައި އެއްވެސް ފުލުހެއް ކުރާ ޤާނޫނީ ޢަމުރަކަށް ނުކިޔަމަންތެރިކަން ނުވަތަ ގަދަފަދަކަން
ދައްކައިފި މީހަކާމެދު ފުލުހުންނަށް ލިބިދޭ ބާރާއި އިޚްތިޔާރުގެ ބޭނުން ހިފުމުގައި އެ ނުކިޔަމަންތެރިކަން
ނުވަތަ ގަދަފަދަކަން ދައްކާ މީހަކު ކިޔަމަންތެރިކުރުވުމަށްޓަކައި އެ މަޤްޞަދު ޙާޞިލުކުރެވޭނެ އެކަށީގެންވާ
ބާރު ބޭނުންކުރުމަކީ ހުއްދަކަމެއް ކަމާއި މިކަންކަން މި ޢިޝާރާތް
ރާތްކުރެވުނު ދެ ޤާނޫނުގެ ނައްޞުތަކަށް
2 22 22
ބެލުމުން އެނގެން އޮންނަ ކަމެވެ.
ނުވަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ފުލުންގެ
ޤާނޫނުގެ ދަށުން ފުލުހުންނާއި ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތު ތަކާއި ބާރުތަކުގެ އަމާޒަކީ ނިޒާމު ޢާއްމު
(ޕަބްލިކް އޯޑަރ) ޙިމާޔަތްކޮށް ރައްކާތެރިކުރުމާއި އެކިއެކި ކުށްތަކަށް މީހުންއަރައިގަތުން މަނާކޮށް
މީސްތަކުންގެ ފުރާނައާއި އަބުރާއި މުދާތައް ޙިމާޔަތްކޮށް ރައްކާތެރިކުރުންކަން އެނގެން އޮންނައިރު،
"ނިޒާމު ޢާއްމު" މިލަތުގެ އިޞްތިލާހަކީ، ޤާނޫނީ ފަޤީރުންގެ ނަޒަރުގައި އެލަފުޒަށް ކަނޑައެޅިފައިވާ
I
ދިވެހިރާއްw
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 21 ގެ 19
މުލއއާ
2c 02c
eއވެ
މަޖާ ތ ދ ތ ބ
ނޫނޭ ކަމަށް
އެކުލެވޭ އިސްތިލާއެއްކަމާއި މިގޮތުން މައިގަނޑު ތިން މަޤުޞަދެއް އެއިސްތިލާޙުގައި
ހިމެނިގެންވާކަމާއި ފުރަތަމަ މަޤުޞަދަކީ މުޅި ދައުލަތާއި ރައްޔިތުންގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަމާ
ގުޅިފައިވާ އަމްނު ޢާއްމު، ރައްކާތެރިކުރުމާއި "އަމަން ޢާއްމު" ގެމުރާދަކީ އިންސާނާގެ ނަފުސާއި އަބުރާއި
މުދަލުގެ މައްޗަށް ހަމަޖެހުމާއި އަމާންކަމާއި ޞުލްޙަ މަސަލަސްކަން ގެނެސްދެނިވި އެންމެހައި
ކަންތައްތަކާއި މި މަޤުޞަދު ޙާޞިލުކުރުމަށްޓަކައި މީސްތަކުންގެ ފުރާނަތަކާއި އަބުރާއި މުދަލަށް ގެއްލުން
ލިބިދާފަދަ ކޮންމެ ކަމަކުން ދައުލަތާއި ރައްޔިތުން ޙިމާޔަތްކުރުމަކީ، ފުލުހުންގެ މަސްއޫލިއްޔަތެއްކަމާއި،
މިގޮތުން ޞުލްޙަވެރި ނޫން ގޮތުން ޝަރީޢަތާއި ޤާނޫނުގެ ޞައްޙަމުގުން ނޫންގޮތުގައި މީސްތަކުންގެ
ނަފްސާއި ފުރާނައާއި އަބުރާއި މުދަލަށް އެއްވެސް މިންވަރެއްގެ ގެއްލުން ދިނުން އަމާޒުކުރެވިގެން ހިންގޭ
މުޒާހަރާތަކާއި އެއްވުންތައް އެއީ ޞުލްޙަވެރިކަމާއެކު މުޒާހަރާތަކާއި އެއްވުންތަކެއް
ބަލައި، އެފަދަ ކަންތައްތައް ހުއްޓުވުމުގެ ބާރަކީ، ޤާނޫނުއަސާސީ އިންނާއި ފުލުހުންގެ ޤާނޫނުން
ފުލުހުންނަށް ލިބިދީފައިވާ ބާރެއްކަން އެނގޭކަމާއި ނިޒާމު ޢާއްމު (ޕަބްލިކް އޯޑަރ) ގެ ދެވަނަ
މަޤްޞަދަކީ، ޢާއްމު ޞިއްޙަތު ރައްކާތެރިކުރުންކަމާއި "ޢާއްމު ޞިއްޙަތު" ގެ މުރާދުގެ ތެރޭގައި ބަލީގެ
ނުރައްކާތެރިކަމުން ރައްޔިރުން ސަލާމަތްކޮށް ރައްޔިތުންނަށް ޢާއްމު ޞިއްޙަތު ރައްކާތެރިކޮށްދޭ ކޮންމެ
ކަމެއް ހިމެނޭކަމާއި، ނިޒާމު ޢާއްމު (ޕަބްލިކް އޯޑަރ) ގެ ތިންވަނަ މަޤްޞަދަކީ، އެންމެހައި ރައްޔިތުންނަށް
ހަމަހިމޭންކަން ކަށަވަރުކޮށްދީ، އާންމުތަންތަނާއި މަގުތަކުގައި ހަމަހިމޭންކަން ޤާއިމުވެފައި އޮންނަ އޮތުން
ގެރެންޓީކުރުންކަމާއި އެހެންކަމުން ޤައުމުގެ ނިޒާމު ޢާއްމު (ޕަބްލިކް އޯޑަރ) އަށް ނުރައްކާވާ ފަދަ
އެންމެހައި ކަންކަމުން ޤައުމާއި ރައްޔިތުން ރައްކާތެރިކުރުމަކީ، ޤާނޫނުއަސާސީ އިންނާއި ފުލުހުންގެ
ޤާނޫނާއި ސިފައިންގެ ޤާނޫނުގައި ހަމަޖެހިފައިވާގޮތުގެ މަތިން އެކަމާބެހޭ މަސްއޫލިއްޔަތު ޤާނޫނީގޮތުން
އުފުލަންޖެހޭ ފަރާތެއްގެ މަސްއޫލިއްޔަތެއްކަން އެނގެން އޮންނަ ކަމެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 21 ގެ 20
ދިހަވަނަ ކަމަކީ، އިސްވެބަޔާންކުރެވިދިޔަ އެންމެހައި ކަންކަމަށް ރިޢާޔަތްކޮށް
ބަލާއިރު، އެޓަރނީ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މި މައްސަލައިގެ
ދަޢުވާގައި ބަޔާންކޮށްފައިވާ ފަދަ ޢަމަލުތަކަކީ، ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ލިބިދީފައިވާ
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، 30 ވަނަ މާއްދާއިން ލިބިދީފައިވާ ސިޔާސީ ޙަރަކާތައް ހިންގުމާއި
އެފަދަ ޙަރަކާތުގައި ބައިވެރިވުމުގެ ޙައްޤާއި 32 ވަނަ މާއްދާއިން ލިބިދީފައިވާ އެއްވެ އުޅުމުގެ ޙުދޫދުގެ
ތެރޭގައި ހިމެނޭ ކަންކަން ނޫންކަމާއި، އެއީ ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ޤާނޫނުއަސާސީގެ
21 ވަނަ މާއްދާ އާއި 24 ވަނަ މާއްދާ އާއި 33 ވަނަ މާއްދާ އާއި 35 ވަނަ މާއްދާ އިން ލިބިދީފައިވާ
ޙައްޤުތަކާ ފުށުއަރާ ކަންތައްތަކެއް ކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ
އަޢުލަބިއްޔަތަށް ފެންނަކަމެވެ.
ޙުކުމް
0
<< O
8 0 4 2 0 ,
3319,ނ
2 22 22
27
އިސްވެ ބަޔާންވެދިޔަ ޝަރުޢީ އަދި ޤާނޫނީ ސަބަބުތައް އެގޮތުގެމަތިން ހުރިއިރު،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ބާބުގައި
އަސާސީ ޙައްޤުތަކާއި މިނިވަންކަން ލިބިގަނެވޭނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ އާއި
ޤާނޫނުއަސާސީގެ 67 ވަނަ މާއްދާގައި ފާޅުކަންބޮޑު ގޮތެއްގައި ކަނޑައަޅާ ބަޔާންކޮށްފައިވާ ހަމަތަކާއި
ޙުދޫދުން ބޭރުނުވެވޭނެ ގޮތެއްގެމަތިން
ކަމަށްވެފައި، ޤާނޫނުއަސާސީގެ
ވަނަ މާއްދާގައި
ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި 30 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ސިޔާސީ
ޕާޓީތަކާއި ޖަމްޢިއްޔާތަކާއި ޖަމާޢަތްތައް ހެދުމުގެ މިނިވަންކަމާއި 32 ވަނަ މާއްދާގައި ބުނެފައިވާ އެއްވެ
މިނިވަންކަން ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ އާއި 67 ވަނަ މާއްދާގައި ކަނޑައެޅިފައިވާ
ޙުދޫދުން ބޭރުގައި ބޭނުންކުރުމަކީ ދިވެހިރާއްޖޭގައި ހުއްދަކުރެވިދާނެ ކަމަކަށްނުވާތީއާއި، ދުނިޔޭގައި
ޤާއިމްވެފައިވާ ކޮންމެ ޤާނޫނީ ނިޒާމެއްވެސް ބިނާވެފައިވަނީ ލޯ އެންޑް އޯޑަރ ޤާއިމްކުރުމުގެ
4 22 2
3 21
ދިވެހިރުއަ)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 21 ގެ 21
0404
މައެdށް
މައްޗަށްކަމަށްވެފައި، މުޖުތަމަޢުގެ ޕަބްލިކް އޯރޑަރ އެއަސާސް ތަކެއް ބިނާވެފައިވާ
މީސްމީހުންގެ ހަށިތަކާއި ފުރާނަތަކާއި މިލްކުތައް ޙިމާޔަތްކުރުމާއި (ޕަބްލިކް ސޭފްޓީ) ޖަމާޢަތުގެ ޢާއްމު
ޞިއްޚަތަށް ނުރައްކާވެދާނެ ކަންތައްތައް ޙިމާޔަތްކުރުމާއި (ޕަބްލިކް ހެލްތް) ދިރިއުޅުމުގެ ފަސޭހަ އާއި
ހަމަހިމޭންކަމާއި ހަމަޖެހުން ދަމަހައްޓައި ރައްކަތެރިކުރުމާއި (ޕަބްލިކް ޓްރޭންކުއިލިޓީ) މުޖުތަމަޢު
ޤަބޫލުކޮށްފައިވާ އަޚުލާޤީ ޢާންމު މިންގަޑުތައް ހިފެހެއްޓުމާއި (ޕަބްލިކް މޯރަލިޓީ) މިކަންކަމާއި ޚިލާފަށް
އެއްވެސް ފަރާތަކުން ޢަމަލުކުރަމުންދާނަމަ އެފަދަ ޢަމަލުތަކަކީ އެންމެހައި ޤާނޫނީ ނިޒާމުތަކުގައިވެސް
ތަޖުރީމް (ކްރިމިނަލައިޒް) ކުރެވިފައިވާ ކަންތައްތަކެއްކަން އެނގޭތީއާއި، އަދި ދިވެހިރާއްޖޭގެ ޖިނާއީ
އަދުލުގެ ނިޒާމުގައިވެސް މިފަދަ ޢަމަލުތަކަކީވެސް ތަޖުރީމު ކުރެވިފައިވާ ކުށުގެ ޢަމަލުތަކެއްކަން
އެނގެންއޮންނާތީ މުޖުތަމަޢުގައި އެފަދަ ޢަމަލުތަކެއް ހިނގާނަމަ އެކަމެއް ހުއްޓުވުމާއި އަދި އެފަދަ ކުށުގެ
ޢަމަލުތައް، ރާއްޖޭގައި ޤާނޫނީގޮތުން ޢަމަލުކުރަންޖެހޭ ޖިނާއީ އިޖުރާއަތާއި ކަމާބެހޭ ޤާނޫނީ ހަމަތާކާ
އެއްގޮތްވާގޮތުގެ މަތިން ތަޙުޤީޤުކޮށް އަދުލު އިންޞާފު ޤާއިމު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި
ކަންތައްތައް ކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގެ ދަށުން
ޤާއިމްކުރެވިފައިވާ ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ތެރޭގައި ހިމެނޭ ފުލުހުންނާއި ސިފައިން އެކުލެވޭ
ދެބައިގެ ތެރެއިން އެކަމަކާބެހޭ މަސްއޫލިއްޔަތު ޤާނޫނީ ގޮތުން އުފުލަންޖެހޭ ފަރާތެއްގެ އަސާސީ
މަސްއޫލިއްޔަތެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 07 ފަނޑިޔާރުންގެ ތެރެއިން 06 ފަނޑިޔާރުންގެ
އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
/
<< O
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 8 ގެ 1
ފަނޑިޔާރު އަޙްމަދު މުޢުތަސިމް އަދުނާންގެ ތަފާތުވި ރައުޔު
LC O
Xece
0x4cc
کر گر کر
2202
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް، ދިވެހި ދައުލަތުގެ އެޓަރނީ ޖެނެރަލްގެ އޮފީހުން
ހުށަހެޅުއްވި މި މައްސަލައަކީ، ދިވެހިރާއްޖޭގައި ހިނގާ ސިޔާސީ ޙަރަކާތްތަކުގެ ތެރެއިން، ޢާންމު
ތަންތަނަށާއި، މީހުންގެ ގޮވަތިގެދޮރުގެ ކައިރިއަށް އެއްވެ މީހުންގެ އަބުރާ ބެހި، މުޖްތަމަޢުގެ ވަކިބަޔަކަށް
ނުވަތަ ވަކި ފަރުދުންނަށް ނިސްބަތްވާގޮތަށް، އެމީހުންގެ ރައްކާތެރިކަން ގެއްލޭ ފަދައަކުން، އެމީހުން
މަރާ، ދަންޖައްސައި، މީހުންނަށް ޙަމަލާދީ ޖިނާޢީ ޢަމަލުތައް ހިންގުމަށް ގޮވާލައިގެ މީހުންގެ ގޭގޭދޮށަށް
ރޭގަނޑުގެ ލަސް ވަގުތު ތަކުގައި އެއްވެ، އަޑުގަދަކޮށް، މުޒާހަރާކޮށް، އެފަދަ މީހުންގެ
ރޭގަނޑުގެ ލަސް ވަގުތުތަކުގައި އެއްވެ، ގޭގޭގައި ތިބޭ ކުޑަކުދިންގެ ކިޔެވުމާއި ތަރުބިއްޔަތުކުރުމަށް ދަތިވެ
އަދި މުސްކުޅިންގެ ދިރިއުޅުމަށް ވެސް ދަތިވާގޮތަށް، އަޑުގަދަކޮށް، ހަޑިހުތުރު އެއްޗެހިގޮވާ، ޢާއިލީ
ދިރިއުޅުމަށް އުނދަގޫވާ ގޮތަށް، ހިންގާ ޙަރަކާތްތަކަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27
ވަނަ މާއްދާއިން ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، 30 ވަނަ މާއްދާއިން ލިބިދީފައިވާ
ސިޔާސީ ޙަރަކާތް ހިންގުމާއި، އެފަދަ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤާއި 32 ވަނަ މާއްދާއިން
ލިބިދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙުދޫދުގެ ތެރޭގައި ހިމެނޭ ކަންކަންނޫން ކަމަށާއި އެއީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ނަފްސު
ރައްކާތެރިކުރުމުގެ ޙައްޤާއި، ޤާނޫނުއަސާސީގެ ވަނަ މާއްދާއިން ދިވެހިރައްޔިތުންނަށް
ކަށަވަރުކޮށްދީފައިވާ ޒާތީ އަދި ޢާއިލީ ދިރިއުޅުމުގެ ޙައްޤާއި ގޮވަތިގެދޮރުގެ ޙުރުމަތްތެރިކަމުގެ ޙައްޤާއި އަދި
33 ވަނަ މާއްދާގައި ކޮންމެ މީހަކަށްމެ ލިބިދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤާއި 35 ވަނަ
މާއްދާއިން ކުޑަކުދިންނާއި ޅަފުރައިގެ ކުދިންނާއި، މުސްކުޅިންނަށް ލިބިދީފައިވާ ރައްކާތެރިކަން
ނިގުޅައިގަންނަ ޢަމަލުތަކެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ
ކޯޓުތަކުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) ގެ (3) ގެ ދަށުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
24
0 /
<< O
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Nlaldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 8 ގެ 2
ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގައި ބަޔާންވެގެންވާ "ދުސްތޫރީ މައްސަލަ" މާނަ ކޮށްފައިވާ
މާނަކުރުމަށް ރިޢާޔަތްކޮށް ހުށަހަޅި މައްސަލައެކެވެ. މި މައްސަލަ ބެލިފައިވަނީ އެކްސްޕާޓޭ ކޮށެވެ.
24 20 02
މި މައްސަލައިގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި މައްސަލައާ
ގުޅުންހުރި ޤާނޫނުތަކަށާއި ދިވެހިރާއްޖޭގެ ބަންޑާރަނައިބު ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި ޤާނޫނު ހެދުމާއި ޤާނޫނު މާނަކުރުމާއި ޤާނޫނު ރިވިއު ކުރުމުގެ އުޞޫލުތަކުގެ މައްޗަށް
ޝަރްޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބެލިއިރު، އަންނަނިވި ކަންތައްތައް އަހުރެންނަށް ފާހަގަ
ކުރެވެއެވެ"
UC O
(ހ) ފުރަތަމަ ކަމަކީ، ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ
ރައްޔިތުންގެ ކިބައިން ކަމާ އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައިކަމާއި ދިވެހިރާއްޖޭގައި
ޤާނޫނުހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށްކަމާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެމަތީން، ވެރިކަން ހިންގުމުގެ ބާރު ލިބިގެންވަނީ
ރައީސުލްޖުމްހޫރިއްޔާއަށް ކަމާއި ދިވެހިރާއްޖޭގައި ޢަދުލް އިންޞާފު ޤާއިމްކުރުމުގެ ބާރު ލިބިގެންވަނީ
2 3ތކތ ހ 2
4
ދިވެހިރާއްޖޭގެ ކޯޓުތަކަށްކަމެވެ.
(ށ) ދެވަނަ ކަމަކީ، ދިވެހި ދައުލަތުގެ ތިން ބާރުގެ ތެރެއިން ޤާނޫނު ހެދުމުގެ ބާރާއި
ވެރިކަން ހިންގުމުގެ ބާރާއި ޢަދުލް އިންޞާފު ޤާއިމް ކުރުމުގެ ބާރަށް، އެއިން ބާރަކަށް، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިންނާއި ރައްޔިތުންގެ މަޖިލީހުން ހަދާ ޤާނޫނަކުން ދީފައިވާ ބާރެއްގެ ޙުދޫދު
ފަހަނައަޅާ ނުދެވޭނެކަމާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިންނާއި ޤާނޫނުން ލިބިދީފައިވާ
ބާރެއް ފިޔަވައި އިތުރު ބާރެއް ދިވެހިރާއްޖޭގެ ކޯޓުތަކަށް ވެސް ލިބިގެންނުވާ ކަމެވެ.
ސުޕްރީމް ހި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Nlaldives
ދިވެހިރާއްޖެ
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 8 ގެ 3
(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމުގައި ޤާނޫނު ހެދުމުގެ އެންމެހައި
ބާރަކީ ރައްޔިތުންގެ މަޖިލީހަށް އޮތް މުޠުލަޤު ބާރެއްކަމާއި ރައްޔިތުންގެ މަޖިލީހަށް އޮތް ޤާނޫނު ހެދުމުގެ
ޢާންމު ބާރުތަކުގެ ތެރޭގައި (1) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކުރާ ގޮތުގެމަތީން
ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމާއި (2) ރައްޔިތުންގެ މަޖިލީހުން ބޭނުންވެއްޖެ ކޮންމެ ކަމަކާ
ބެހޭގޮތުން، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތުގެމަތީން ޤާނޫނު ހެދުމާއި، ޤާނޫނަށް
ބަދަލުގެނައުމާއި، ޤާނޫނު ބާޠިލްކުރުމާއި (3) ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް
ހިނގާނުހިނގާ ގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީކުރުވުމާ އަދި މިކަންކަން ކުރުމަށްޓަކައި
ޤާނޫނުއަސާސީ އާއި ޤާނޫނުގައިވާ ގޮތުގެމަތީން ފިޔަވަޅުތައް އެޅުމާއި (4) ދައުލަތުގެ އަހަރީ ބަޖެޓް
ފާސްކުރުމާއި (5) މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު މަޤާމުތަކާ ބެހޭގޮތުން ނިންމަންޖެހޭ
ކަންތައްތައް ޤާނޫނުގައިވާ ގޮތުގެ މަތީން ނިންމުމާއި (6) ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކުގައި
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމާ އަދި (3) ރައްޔިތުންގެ މަޖިލީހުން އަދާކުރާން
ޖެހޭނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނުގައި ބަޔާންކޮށްފައިވާ
ރައްޔިތުންގެ މަޖިލީހުގެ ވާޖިބުތައް އަދާކުރުން ހިމެނޭ ކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ރައްޔިތުންގެ މަޖިލީހަށް އޮތް މުޠުލަޤު ބާރެއްގެ
ވެރިކަން ހިންގުމުގެ ބާރަށް ވެސް އަދި ޢަދުލް އިންޞާފު ޤާއިމްކުރުމުގެ ބާރަށް ވެސް ނުވަދެވޭނެކަމާއި
ދައުލަތުގެ ތިންބާރުގެ ތެރެއިން އެއްވެސް ބާރަކަށް، އެ ބާރަކަށް ޤާނޫނުއަސާސީއިންނާއި ޤާނޫނުން ދީފައިވާ
44 ތތ
ތެރެއަށް
ބާރު ފަހަނައަޅާ ނުދެވޭ
ފުދެވޭނެ ކަމެވެ.
(ބ) ފަސްވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ސިޔާދަތު
ގެހެއްޓުމަކީ ރައްޔިތުންގެ މަޖިލީހާއި، ރައީސުލްޖުމްހޫރިއްޔާއާއި، ޢަދުލް އިންޞާފު ޤާއިމްކުރުމު
2 22 22
ންގ
ރުމުގެ ބާރާ
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ދިވެހިރާއްޖެ
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 8 ގެ 4
މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު މަޤާމުތަކުގައި ތިބި މީހުންގެ މައްޗަށް، އަދި އެއްވެސް
އިސްތިސްނާއެއް ނެތި ކޮންމެ ދިވެހި ރައްޔިތެއްގެ މައްޗަށް އޮތް ވާޖިބެއްކަމާއި މަޞްޢޫލިއްޔަތެއްކަމެވެ.
(ޅ) ހަވަނަ ކަމަކީ، ޢަދުލް އިންޞާފު ޤާއިމްކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ
ސުޕްރީމް ކޯޓަށާއި، ހައިކޯޓަށާ އަދި ޤާނޫނަކުން ކަނޑައަޅައިފައިވާ ދަށުކޯޓުތަކަށް ކަމާއި ޢަދުލު އިންޞާފު
ޤާއިމްކުރުމުގެ އެންމެ އިސް ފަރާތަކީ ސުޕްރީމް ކޯޓުކަމާއި ސުޕްރީމް ކޯޓުގެ އެންމެ އިސް ފަރާތަކީ
އުއްތަމަ ފަނޑިޔާރުކަމާއި ސުޕްރީމް ކޯޓުން ބަލާ ކޮންމެ މައްސަލައެއްމެ ނިންމާންވާނީ އެ މައްސަލައެއް
ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތުންކަމާއި އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް
ހިންގުމާ ޙަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒުފޯރުވައި ހަދައިގެން
ނުވާނެކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ ޞަރީޙަ ނައްޞުން
04 04
(ކ) ހަތްވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ
(ހ) އަށް ބަލާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ
އެންމެހައި ޙައްޤުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާނޭ ގޮތުގެމަތީން ކޮންމެ
މީހަކަށްމެ ލިބިގެންވާކަމާއި އަދި އެއިން އެއްވެސް ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް
ހިފެހެއްޓޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ތަޢާރުޟްނުވާ ގޮތެއްގެމަތީން، ރައްޔިތުންގެ
މަޖިލީހުން ފާސްކުރާ ޤާނޫނަކުންކަމާއި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންވެސް އެއިން
ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، މިނިވަން، ޑިމޮކްރެޓިކް
މުޖްތަމަޢެއްގައި އެފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަށްކަމާ
އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ނ) އަށް ބަލާއިރު، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 8 ގެ 5
އެއްވެސް މިންވަރެއް ހިފަހައްޓާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ
(ހ) އާއި (ށ) ގައިވާ ގޮތުގެމަތީންތޯ ކަނޑައެޅުމުގައި ކޯޓުން އެ ކަމަކާ ގުޅޭ ހުރިހައި ކަންތައްތަކަށް
ފުރިހަމައަށް ރިޢާޔަތް ކުރާންވާނެ ކަމާއި އޭގެ ތެރޭގައި، އެ ޙައްޤެއްގެ ނުވަތަ އެ މިނިވަންކަމެއްގެ ޒާތާއި
ބާވަތަށާއި، އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފެހެއްޓުމުގެ ބޭނުމާއި، މުހިންމުކަމަށާއި، އެ ޙައްޤެއް
ނުވަތަ އެ މިނިވަންކަމެއް ހިފެހެއްޓިފައިވާ ގޮތާއި މިންވަރަށާއި، އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް
ހިފެހެއްޓި ހިފެހެއްޓުމާ އެ ޙައްޤެއްގެ ނުވަތަ އެ މިނިވަންކަމެއްގެ މުހިންމުކަމާ ހުރި ގުޅުމަށާއި، އެ
ޙައްޤެއްގެ ނުވަތަ އެ މިނިވަންކަމެއް ހިފެހެއްޓިފައިވާ މިންވަރަށްވުރެ ކުޑަކޮށް ހިފަހައްޓައިގެން ބޭނުންވާ
މަޤްޞަދު ޙާޞިލް ކުރެވިދާނެތޯ އަދި، އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފެހެއްޓިފައިވަނީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ނ) ގެ ދަށުން ނަމަ، އިސްލާމްދީނުގެ
އަޞްލުތައް ރައްކާތެރިކުރުމަށްޓަކައި އެ ޙައްޤެއް ނުވަތަ މިނިވަންކަމެއް ކޮންމެހެން ހިފަހައްޓަންޖެހޭތޯ
ބަލަންޖެހޭ ކަން އެނގެން އޮންނަ އޮތުމެވެ.
ހ
އަހުރެންނަށް
xދޏ
އެންމެ
ޑ22 20
22
(އ) އަށްވަނަ ކަމަކީ، މި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ބަންޑާރަނައިބު ދެއްކެވި
ވާހަކަތަކަށް ބަލާއިރު،
ފާހަގަ ކުރެވެނީ ބަންޑާރަނައިބު
ކަންބޮޑުވެވަޑައިގަންނަވަނީ އެއްވެއުޅުމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު
ދެކުރުމުގައި ދިރިހުރުމުގެ ޙައްޤާއި، ޒާތީ ދިރިއުޅުމުގެ ޙައްޤާއި، ނަމާއި އަބުރު ރައްކާތެރިކުރުމާއި
ކުޑަކުދިންނާއި ޅަފުރާގެ ކުދިންނާއި ޢުމުރުން ދުވަސްވީ މީހުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް
ލިބޭ ޚާއްޞަ ރައްކާތެރިކަމުގެ ޙައްޤުގެ ތެރެއަށް ވަދެވޭތީ އަދި އެއްވެއުޅުމާއި ޚިޔާލުފާޅުކުރުމުގެ
މިނިވަންކަމުގެ ޙައްޤު ބޭނުން ކުރުމުގައި ގިނަ ޖިނާޢީ ކުއްތަކަށް ބައެއް ފަރާތްތަކުން އަރައި ގަންނާތީ
ކަމެވެ. ބަންޑާރަނައިބުގެ މި ކަންބޮޑުވެވަޑައިގަތުން އަހުރެން ޤަބޫލުކޮށް ބަލައިގަންނަމެވެ. އަދި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ދިވެހިރާއްޖެ
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 8 ގެ 6
مری می
ދިވެހިރާއްޖޭގެ ކަންތައް
މިހާރު ހިނގަމުން ދާގޮތަށް ބަލާއިރު، މިއީ ވަރަށް އަވަސް ޙައްލެއް
ހޯދަންޖެހިފައިވާ ކަމެއް ކަމަށް އަހުރެން ދެކެމެވެ.
4 3 234 04
އެއްވެއުޅުމުގެ
(ވ) ނުވަވަނަ ކަމަކީ، އުޞޫލެއް ކަނޑައެޅިފައި އޮތަސް، މިހާރު
ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު، އެތައް ބައެއްގެ ޙައްޤުތަކަށް އަރައިގަނެވޭ ކަމާއި، މިހާރު ޢަމަލު
ކުރެވެމުންމިދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ވުޖޫދަށް އައުމަށްފަހު،
މިނިވަންކަމުގެ ޙުދޫދު ކަނޑައެޅުމުގެ ބިލެއް ދިވެހިރާއްޖޭގެ ރައްޔިތުން މަޖިލީހަށް ހުށަހެޅިފައިވާ ކަމަށާއި
ނަމަވެސް މި ބިލް ޤާނޫނަކަށް އަދި ނުވާތީ ހުރި ދަތިތައް ބަންޑާރަ ނައިބު ފާހަގަ ކުރައްވާފައިވާކަމެވެ.
އެއްވެއުޅުމުގެ
(މ) ދިހަވަނަ ކަމަކީ، އެއްވެއުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވަނީ އެއްވެއުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން
އެއީ ނިވާފަތްގަނޑަކަށް ހަދައި، ޖިނާޢީ ކުށްތަކަށް އަރައިގަންނާން ނޫންކަމާއި ޖިނާޢީ ކުށްކުށަށް
އަރައިގަންނަ މީހުން ހިފާ ހައްޔަރު ކުރުމަކީ ދިވެހިރާއްޖޭގެ ލޯއެންފޯސްމަންޓް އެޖެންސީތަކުގެ މައްޗަށް އޮތް
ޤާނޫނީ ވާޖިބެއްކަމާއި، ޖިނާޢީ ކުށްތައް ކުރާ މީހުން ހިފާ ހައްޔަރުކޮށް ޝަރީޢަތުގެ ކުރިމައްޗަށް ގެނެސް،
އެ ކުށްކުރި މީހެއް، އެކުރި ކުށެއްގެ ކުޑަބޮޑުމިނަށް ބަލާ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައި ނުވަތަ
ޤާނޫނުގައި ބުނާ އަދަބު، އެ ކުށް ކުރި ފަރާތަކަށް، ޤާނޫނީ ހަމަތަކުގެ މަތިން، ކަނޑައަޅަން ޖެހޭކަމާއި،
ކުށްކުރާ މީހުން މުޖްތަމަޢު އިން އެކަހެރިކޮށް، އެމީހުން ރީހެބިލިޓޭޓް ކުރެވިގެން ނޫނީ ދުޅަހެޔޮ
4 22
މުޖްތަމަޢެއް ބިނާ ނުކުރެވޭނެކަމެވެ.
(ފ) އެގާރަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ހަދާ ޤާނޫނަކުން
މަނާކުރާ ކޮންމެކަމަކީ، އެ ޤާނޫނު އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ކަނޑައެޅިގެން
ޚިލާފް ޤާނޫނެއްކަމަށް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ކަނޑަނާޅާހާ ހިނދަކު، މަނާކަމެއްކަމެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ދިވެހިރާއްޖެ
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ސަފްޙާ 2 ގެ 1
023
(ދ) ބާރަވަނަ ކަމަކީ، ޤާނޫނުއަސާސީގައި ބުނާ އަސާސީ ޙައްޤު ތައް ރެގިއުލޭޓް ކުރެވެނީ
ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބުނާ ގޮތުގެ މަތިންކަމާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ އެއްވެސް ޙައްޤެއް ހިފެހެއްޓޭނީ ރައްޔިތުންގެ މަޖިލީހުން ހަދާ
ޤާނޫނެއްގެ ދަށުން އެކަނި ކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބުނާ ގޮތުގެ މަތިން
ނޫން ގޮތަކަށް އެއްވެސް އަސާސީ ޙައްގެއް ހަނިކުރެވިގެން ނުވާނެކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނުނުއަސާސީގެ 298 ވަނަ މާއްދާގައި ޤާނޫނެއް ހެދިފައިނެތުމަކީ، ޤާނޫނުއަސާސީގައި ބުނާ އަސާސީ
ޙައްޤުތަކާއި މިނިވަންކަމަށް ބުރުލެއް އަރާފަދަ ޢަމަލެއް ހުއްދަވާނޭ ކަމެއް ނޫންކަމަށް ބުނާ ބުނުމަށާއި
ދިވެހިރާއްޖޭގެ ޢަމަލު ކުރެވެމުން ޤާނޫނުތަކަށާއި ޤާނޫނުލްޢުޤޫބާތަށް ވެސް ރިޢާޔަތް ކުރާއިރު،
ޤާނޫނުއަސާސީގައި ބުނާ އަސާސީ ޙައްޤުތައް ލިބިގަތުމުގައި އެއްވެސް އިމެއް ނެތީ ނޫންކަމާއި، އިންތައް
ކަނޑައެޅިފައި އެބަހުރިކަމާއި އިތުރަށް އިމެއް ކަނޑައަޅާން ޖެހޭނަމަ އެ އިމެއް ކަނޑައެޅުމުގެ ވާޖިބަކީ
ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ވާޖިބެއްކަމެވެ.
044
(ދ) ތޭރަވަނަ ކަމަކީ، ބަންޑާރަނައިބު އެދިވަޑައިގަންނަވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގައި "ކޮންޕީޓިންގ" އަސާސީ ޙައްޤުތަކެއް ހުރީމަ، އެ ޙައްޤުތަކުގެ ޙުދޫދު ބުނެ ޖުޑީޝަލް
ގައިޑްލައިނެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ދިނުމަށް އަދި ( ގައިޑްލައިން ތަކަކީ، އެހެން
ޝަރީޢަތްތަކުގެ މަޖްލީސްތަކުގައިމެ މައްޗަށް ރިޢާޔަތް ކުރެވޭ ގައިޑްލައިން ތަކަކަށް ވުމަށެވެ. އަހުރެން
ދެކޭ ގޮތުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ އަދި 299 ވަނަ މާއްދާ
އެހެން އޮތަތީ އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 5 ވަނަ މާއްދާ، 6 ވަނަ މާއްދާ އަދި
7 ވަނަ މާއްދާ އިން "ސެޕަރޭޝަން އޮފް ޕަވަރސް" ގެ މަބްދަޢު ކަށަވަރު
އިދޭތީ، ދިވެހިރާއްޖޭ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ހިމެނޭ، ބަންޑާރަނައިބް އެވިދާޅުވާ، މާއްދާތައް
22c 0 /
مرہ کر
I 0 02 0 0 04f/
4 22
هر تعمل ع
ކޮށް ރިވިޔުކޮށް އެވިދާޅުވާ ފަދަ އުސޫލެއް ކަނޑައެޅުމަކީ މި ކޯޓުން ކުރަން ޖެހޭ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel
ކަ86 632
ސަފްޙާ 8 ގެ 8
ކަމާއި އެއީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ
ޚިޔާލާއެކު ޤާނޫނަކުން ކަނޑައަޅަން ޖެހޭނެ އުޞޫލެއް ކަމެވެ.
c4
ހުރީމައެކެޑަ
ދެންފަހެ އިސްވެ ފާހަގަކުރެވުނު ނުކުތާތައް އެހެން
ބަންޑާރަނައިބު
އެދިވަޑައިގެންފައިވާ ކަންތައްތަކަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން އެ ކަމުގެ
ޙައްލެއް ހޯއްދަވަންޖޭ ކަންތައްތަކެއް ކަމަށް އަހުރެންނަށް
އަހުރެންނަށް ފެންނާތީ؟ މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން
ގޮތެއްނިންމަންޖެހޭ ކަމެއް ނޫން ކަމަށް ބުނެ އަހުރެންގެ ރަޢުޔު އިއްވީމެވެ.
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Nlaldives
ދިވެހިރާއްޖެ
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel