ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/67 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
2015/HC-A/
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 67/HC
-
A/2015
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ސަކީނާ ޙަސަން
އައިޑީކާޑު ނަންބަރ: A095272
ދާއިމީ އެޑްރެސް: އެންދެރިމާގެ/ހއ.އިހަވަންދޫ
މިހާރުގެ އެޑްރެސް: އެންދެރިމާގެ/ހއ.އިހަވަންދޫ
އިސްތިއުނާފު ރައްދުވި ފަރާތް:
*
* ނަން: މުޙައްމަދު އަނީފް
އައިޑީކާޑު ނަންބަރު: A002161
އެޑްރެސް: މިދިލިމާގެ/އއ.ރަސްދޫ
މިހާރުގެ އެޑްރެސް: މިދިލިމާގެ(އއ.ރަސްދޫ
*
* ރަޖިސްޓްރީކުރެވުނު ތާރީޚް: 27 ރަބީޢުލްއާޚިރު 1436
17 ފެބްރުވަރީ 2015
ނިމުނު ތާރީޚް: 05 ޖުމާދަލްއާޚިރާ 1436
25 މާރޗް 2015
......
ނާފުކުރެވުނު އަމުރު ނަންބަރު 2014
/
03/B
-
CR
-
8
/
VN
ނިންމެވިކޯޓް: ސިވިލް ކޯޓު
ހުށަހެޅި ތާރީޚް: 2014-12-16 : ނިމުނު ތާރީޚް: 2014-12-16
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޢަލީ ސަމީރު ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2015/HC-A/67
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2014
/
03/B
-
CR
-
8
/
VN ވަގުތީ އަމުރާމެދު ކޯޓުން ނިންމިގޮތް،
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނުވާކަމަށްބުނެ، އެ ވަގުތީ އަމުރާމެދު ކޯޓުން ނިންމިގޮތް
އިސްތިއުނާފުކޮށްދިނުމަށް އެދި، ހއ.އިހަވަންދޫއެންދެރިމާގެ، ސަކީނާ ޙަސަންދރ.ކާޑް ނަންބަރު:A095272)
ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު
ރައްދުވާ ފަރާތަކީ އއ.ރަސްދޫ/މިދިލިމާގެ، މުޙައްމަދު އަނީފް (ދރ.ކާޑް ނަންބަރު:A002161) އެވެ.
3
ފާހަގަކުރެވުނު ނުކުތާތައް:
1. އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2014
/
03/B
-
CR
-
8
/
VN ވަގުތީ އަމުރާމެދު
ކޯޓުން ނިންމިގޮތަށް ބަލާއިރު، އެ ނިންމުމަކީ ހއ.އިހަވަންދޫއެންދެރިމާގެ ސަކީނާ ޙަސަން (އައިޑީ ކާޑު
ނަންބަރު: A095272) އާއި އއ.ރަސްދޫ!މިދިލިމާގެ މުޙައްމަދު ޙަނީފާ (އައިޑީ ކާޑު ނަންބަރު: A002161)
އާއި ދެމެދު 26 ޖެނުއަރީ 2012 ވަނަ ދުވަހު ސިވިލް ކޯޓުގައި ރަޖިސްޓްރީކުރެވިފައިވާ
(ނަންބަރު:45
/
2012-
Cv
-
C
/
C) އެއްބަސްވުމާއި މުޙައްމަދު އަނީފް ޚިލާފްވެފައިވާކަމަށް ކަނޑައަޅައި
ދިނުމަށާއި، އެއްބަސްވުން ބާޠިލްކޮށް ދިނުމަށާއި، އަދި މުޙައްމަދު ޙަނީފާ އެއްބަސްވުމާއި ޚިލާފްވުމުގެ ސަބަބުން
ސަކީނާ ޙަސަނަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް މުޙައްމަދު ޙަނީފުގެ މައްޗަށް ސަކީނާ ޙަސަން
ދަޢުވާކޮށް ހުށަހަޅާފައިވާ ސިވިލް ކޯޓުގެ ނަންބަރު: 2014/Cv-C/1818 ޤަޟިއްޔާއާއި ގުޅިގެން ދެފަރާތް
ދެމެދު ކުރެވިފައިވާ އެއްބަސްވުމުގައި ދެފަރާތަކުންކުރެ ފަރާތަކުން އެއްބަސްވުމާއި ޚިލާފްވެގެން ޝަރީޢަތަށް
މައްސަލައެއް ހުށަހެޅިއްޖެނަމަ އެކަމެއް ޙައްލުކުރެވެންދެން ދެފަރާތް ދެމެދު ކުރެވިފައިވާ މުޢާމަލާތުގައި
ޝާމިލްވާ ދޯނި އޮންނަންވާނީ އެދޯނި ވިއްކިފަރާތުގެ ބެލުމުގެ ދަށުގައިކަމަށް ބަޔާންކޮށްފައިވާތީއާއި، އެދޯންޏަކީ
ލޯނެއް ނަގައިގެން ސަކީބާ ޙަސަން ބަނދެފައިވާ ދޯންޏެއްކަމަށްވެފައި، ލޯނަށް ފައިސާ ދެއްކުމަށް ސަކީނާ
ޙަސަނަށް އޮތް ހަމައެކަނި ވަޞީލަތަކީ އެ ދޯނިކަމަށާއި، ސަކީނާ ޙަސަނަށް ލިބޭ އާމްދަނީވެސް ބިނާވެފައިއޮތީ
2:
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
2{15/HC-A/67
އެދޯނީގެ މައްޗަށްކަމަށާއި، ލޯނު ނެގުމަށް އެދޯނި ރަހުނުކުރެވިފައިވާތީ، އެމުދާ ބޭންކަށް ނެގުމުގެ ބިރު
އޮތްކަމަށާއި، އެދޯނި މުޙައްމަދު ޙަނީފްގެ ޙަވާލުގައިއޮވެ އެއަށް ގެއްލުން ލިބުމުގެ އިޙްތިމާލު އޮތްކަމަށްބުނެ،
މިހާރު ހުށަހެޅިފައިވާ މައްސަލައިގައި ޝަރީޢަތުން ގޮތެއް ކަނޑައަޅަންދެން ރަޖިސްޓްރީ ނަންބަރު:
P9543A
-
01 07
-
A "ސާހިބާ" އެވެކިޔާ ދޯނި ސަކީނާ ޙަސަންގެ ބެލުމުގެ ދަށުގައި ބޭއްވުމަށް ވަގުތީ
އަމުރެއް ނެރެދިނުމަށްއެދި ސަކީނާ ޙަސަންގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމެއްކަމާއި،
އެވަގުތީ އަމުރުގެ މައްސަލަ ބައްލަވާ ނިންމަވާފައިވާ ނިންމެވުމުގައި، "ސަކީނާ ޙަސަންގެ ފަރާތުން
މިހުށަހެޅުމުގެ މައްޗަށް މީގެކުރިން އެދުނު ވަގުތީ އަމުރާމެދު ޝަރީޢަތުން ނިންމި ނަންބަރު:
2014
/
02/B
-
CR
-
8
/
VN (23 ސެޕްޓެމްބަރ 2014) ނިންމުމުގައި ދެފަރާތްދެމެދު ކުރެވިފައިވާ
އެއްބަސްވުމުގެ 7 ވަނަ މާއްދާގެ (ހ) ގައި "މިއެއްބަސްވުމާއި ދެފަރާތުންކުރެ ފަރާތަކުން ޚިލާފުވެގެން
ޝަރީޢަތަށް ހުށަހެޅިއްޖެނަމަ، އެކަމެއް ހައްލުކުރެވެންދެން ދޯނި އޮންނަންވާނީ ވިއްކާފަރާތުގެ ބެލުމުގެ
ދަށުގައެވެ." މިފަދައިން ބަޔާންކޮށްފައި އޮންނަކަން އެނގެން އޮތްނަމަވެސް، އެއްބަސްވުމުގެ 7 ވަނަ މާއްދާގެ
(ހ) ގައި އެފަދައިން ބަޔާންވެގެންވާ ވުމަކީ ދޯންޓާގުޅޭގޮތުން މައްސަލަ ހުށަހަޅާ ފަރާތަށް އެމާއްދާގެ
ސަބަބުން ނުޙައްޤު މަންފާއެއް ލިބުމުގެ ފުރުޞަތު ލިބިދޭފަދައަކުން އޮތްކަމެއްކަމަށް މިދަޢުވާއާއިގުޅިގެން
ދަޢުވާލިބޭ ފަރާތުން ބަޔާންކުރާއިރު، ދެފަރާތް ދެމެދު ކުރެވިފައިވާ އެއްބަސްވުމުގައިވާ 7 ވަނަ މާއްދާގެ (ހ)
އަކީ ޝަރީޢަތުން މިދަޢުވާގައި އެއާމެދު ގޮތެއް ކަނޑައަޅަންޖެހޭ ކަމެއްކަމުގައިވާއިރު، އޭގެ ކުރިން އެމާއްދާގެ
މަންފާ ވަކިފަރާތަކަށް ލިބިދޭ ފަދައަކުން އެމާއްދާ ވަޤުތީ ފަރުވާއެއްގެ ގޮތުގައި ޝަރީޢަތުގެ ފަރާތުން
ތަންފީޛުކޮށްދެވޭނެ ހަމައެއްނެތްކަމަށް ނިންމާފައިވާއިރު، އެ ސަބަބު އަދިވެސް އެގޮތުގައި އޮތުމުންނާއި،
ދަޢުވާލިބޭ ފަރާތުން ދޯންޏަށް ގެއްލުންދިނުމުގެ އިޙްތިމާލުއޮތްކަމަށް ދަޢުވާކުރާ ފަރާތުން ބުނިނަމަވެސް،
މިދޯންޏަކީ ދަޢުވާލިބޭ ފަރާތުގެ މަޞްލަޙަތުވެސް އޮތް ދޯންޏަކަށްވެފައި، ދަޢުވާލިބޭ ފަރާތުން އެދޯންޏަށް
ގެއްލުމެއްދީފާނެކަމަށް ބަލަންޖެހޭފަދަ އެއްވެސް ހެއްކެއް ހުށަހެޅިފައިނުވުމުން، ސަކީނާ ޙަސަންގެ ފަރާތުއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
2{15/HC-A/67
19
އެދިފައިވާ އަމުރު ނެރެދެވެން ނެތްކަމަށް ކަނޑައަޅައިފީމެވެ." މިފަދައިން ބަޔާންކޮށްފައިވާކަން އެނިންމުމަށް
ބެލުމުން އެނގެން އޮވެއެވެ.
404
OXO
2. ސިވިލް ކޯޓުގެ ނަންބަރު 2014
/
03/B
-
CR
-
8
/
VN ވަގުތީ އަމުރާމެދު ކޯޓުން ނިންމިގޮތް
އިސްތިއުނާފުކުރުމަށް ހއ.އިހަވަންދޫއެންދެރިމާގެ، ސަކީނާ ޙަސަންގެ ފަރާތުން ހުށަހަޅާފައިވަނީ މައިގަނޑު
އެއްނުކުތާ ކަމާއި، އެ ނުކުތާއާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
* އެ ނުކުތާއަކީ: ރަޖިސްޓްރީ ނަންބަރު: P9543A
-
01 07
-
A "ސާހިބާ" ދޯނި ވިއްކުމާބެހޭ
ގޮތުން ދެ ފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމާ މުހައްމަދު އަނީފް ޚިލާފުވެއްޖެކަމަށް ކަނޑައަޅައިދިނުން
އެދި ސަކީނާ ޙަސަންގެ ފަރާތުން ދައުވާ ކޮށްފައިވާއިރު، އެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ސަކީނާ
ޙަސަނާ ދޯނި ޙަވާލުކުރުމަށް އަމުރުކޮށް ދިނުން އެދި ހުށަހެޅި ހުށަހެޅުމާ އެއްގޮތަށް ވަގުތީ އަމުރު ނެރެދީފައި
ނުވަނީ ދެ ފަރާތުގެ މެދުގައި ވެވުނު އެއްބަސްވުމުގެ 7 ވަނަ މާއްދާގެ (ހ) ގެ ބާރު ކެނޑިގެންދާގޮތަށް އަދި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 21/SC
-
A/2012 ޤަޟިއްޔާގައި އެ ކޯޓުން ކަނޑައަޅުއްވާފައިވާ
ހަމަތަކާ ޚިލާފަށް ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
3. ސިވިލް ކޯޓުގެ ނަންބަރު 2014
/
03/B
-
CR
-
8
/
VN ވަގުތީ އަމުރަށާއި، އެ އަމުރު
އިސްތިއުނާފު ކުރުމަށް ހއ.އިހަވަންދޫ އެންދެރިމާގެ، ސަކީނާ ޙަސަންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށާއި،
އެ ނުކުތާއާ ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް
0 0
ceco
ފާހަގަކުރެވެއެވެ.
-3.1
ފުރަތަމަ ކަމަކީ: އިސްތިއުނާފް މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު:
2014
/
03/B
-
CR
-
8
/
VN "ވަޤުތީ އަމުރާމެދު ކޯޓުން ނިންމިގޮތް" އަށް ބަލާއިރު، މި ނިންމުމަކީ
ހއ.އިހަވަންދޫ އެންދެރިމާގެ ސަކީނާ ޙަސަން (ދރ.ކާޑް ނަންބަރު A095272) އާއި އއ.ރަސްދޫ/މިދިލިމާގެ
މުޙައްމަދު އަނީފް (ދރ.ކާޑް ނަންބަރުA002161) އާއި ދެމެދު 26 ޖެނުއަރީ 2012 ވަނަ ދުވަހު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ބަ9ތުން #
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
2015/HC-A/67
4
72
! ހ2
404
42
3 ތތ
ބޭއްވުމަށް
ކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވާ ނަންބަރު:45
/
2012-
Cv
-
C
/
C އެއްބަސްވުމާއި މުޙައްމަދު އަނީފް
ޚިލާފްވުމުގެ ސަބަބުން ސަކީނާ ޙަސަނަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް މުޙައްމަދު އަނީފްގެ މައްޗަށް
ސަކީނާ ޙަސަން ހުށަހަޅާފައިވާ މައްސަލައެއްކަމާއި، އެ މައްސަލަ ސިވިލް ކޯޓުގެ ނަންބަރު:
2014/Cv
-
C/1818 ޤަޟިއްޔާއިން ބައްލަވަމުން ގެންދާކަމާއި، އެ ޤަޟިއްޔާ ނިމެންދެން ރަޖިސްޓްރީ
ނަންބަރު: P9543A
-
01 07
-
A "ސާހިބާ" އެވެ ކިޔާ ދޯނި ސަކީނާ ޙަސަންގެ ބެލުމުގެ ދަށުގައި
އަމުރުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ވަޤުތީ އަމުރެއްކަމާއި،
ސަކީނާ ޙަސަންގެ ފަރާތުން އެދިފައިވާ ވަޤުތީ އަމުރު ބިނާކޮށްފައިވަނީ މި ދެފަރާތުގެ ދެމެދުގައި
ވެވިފައިވާ އެއްބަސްވުމުގެ 7 ވަނަ މާއްދާގެ (ހ) ގައި "މި އެއްބަސްވުމާއި ދެފަރާތަކުންކުރެ ފަރާތަކުން
ޚިލާފްވެގެން ޝަރީޢަތަށް ހުށަހަޅަންޖެހިއްޖެނަމަ، އެކަމެއް ހައްލު ކުރެވެންދެން ދޯނި އޮންނަންވާނީ
ވިއްކިފަރާތުގެ ބެލުމުގެ ދަށުގައެވެ." މި ފަދައިން ބަޔާންކޮށްފައި އޮންނަ އޮތުމުގެ މައްޗަށާއި، އެ ދޯނި
މުޙައްމަދު ޙަނީފާގެ ޙަވާލުގައިއޮވެ އެއަށް ގެއްލުން ލިބުމުގެ އިޙްތިމާލު އޮތްކަމަށް ބުނެ އެކަމުގެ މައްޗަށް
ކަމާއި،
އިސްވެ ބަޔާންކުރެވުނު އެއްބަސްވުމުގެ 7 ވަނަ މާއްދާގެ (ހ) ގައި އެފަދައިން ބަޔާންވެގެންވާ
ވުމަކީ ސަކީނާ ޙަސަންއަށް އެ މާއްދާގެ ސަބަބުން ނުޙައްޤު މަންފާއެއް ލިބުމުގެ ފުރުޞަތު ލިބިދޭފަދައަކުން
އޮތްކަމެއްކަމަށް މުޙައްމަދު ހަނީފްގެ ފަރާތުން ބަޔާންކޮށްފައިވާތީ، ދެފަރާތްދެމެދު ކުރެވިފައިވާ އެއްބަސްވުމުގެ
7 ވަނަ މާއްދާގެ (ހ) އަކީ ޝަރީޢަތުން މި ދަޢުވާއާމެދު ގޮތެއް ނިންމަވާއިރު، ގޮތެއް ކަނޑައަޅަންޖެހޭ
މާއްދާއެއްކަމަށާއި، އޭގެކުރިން އެ މާއްދާގެ މަންފާ ވަކިފަރާތަކަށް ލިބިދޭފަދައަކުން އެމާއްދާ ވަޤުތީ ފަރުވާއެއްގެ
ގޮތުގައި ޝަރީޢަތުގެ ފަރާތުން ތަންފީޛުކޮށްދެވޭނެ ހަމައެއް ނެތްކަމަށް ކަނޑައަޅައި، ނިންމާފައިވާ
ނިންމުމެއްކަން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
2015/HC-A/67
ހ 22
4
މުދަލެއް
04 92 92
3.2- ދެވަނަ ކަމަކީ ޝަރުޢީ ކޯޓަކަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ވަގުތީ އަމުރެއް ނުވަތަ
ވަގުތީ ފިޔަވަޅެއް އެޅުމުގެ ބާރު ކޯޓަށް ލިބިދޭ ޙާލަތްތަކުން ކުރެ ޙާލަތެއްއޮވެ، ވަގުތީ އަމުރެއް ނުވަތަ ވަގުތީ
ފިޔަވަޅެއް ނާޅައިފިނަމަ، ޙުކުމްކުރެވޭއިރު، އެޙުކުމުގެ މަޤްޞަދު ޙާޞިލް ނުވެ ހިގައިދާނެކަމަށް، ނުވަތަ
މައްސަލާގައި ހިމެނޭ ފަރާތަކަށް ގެއްލުމެއް ލިބިދާނެކަމަށް ނުވަތަ ދަޢުވާކުރެވޭ މުދާ ނުވަތަ ފައިސާ ކޯޓުގެ ބާރު
ނުހިނގާނެ ގޮތަކަށް
ރާއްޖެއިން ބޭރަށް ގެންގޮސްފާނެކަމަށް، ނުވަތަ ދަޢުވާލިބޭ މީހާ ފިލައިގެން
ހިގައިދާނެކަމަށް، ނުވަތަ ދަޢުވާކުރެވޭ މުދާ ނުވަތަ ފައިސާ ކޯޓުގެ ބާރު ނުހިނގާފަދަ ގޮތަކަށް ނުވަތަ އެ
ނުވަތަ ފައިސާގެ އަގެއް ނުހުންނާނެ ގޮތަކަށް މެދުވެރިވެދާނެކަމަށް ޤަބޫލުކުރެވޭނަމަ އެކަން
ހުއްޓުވުމަށް އަމުރު ކުރުމުގެ ބާރު ކޯޓަށް ލިބިދީފައިވާކަން "ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާއިދު"
(6) ގެ 295 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމާއި، މިގޮތަށް ކޯޓަށް ލިބިދޭ ބާރުގެ ބޭނުންކުރުމުގައި
އެމައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށާއި، ޒާތަށާއި، ބާވަތަށާއި، ޙާލަތަށާއި، މައްސަލާގައި ވަގުތީ އަމުރަށް
އެދި ހުށަހަޅާފައިވާ ހުށަހެޅުމުގެ މައްޗަށް ބައްލަވައި ވަގުތީ އަމުރެއް ނުވަތަ ވަގުތީ ފިޔަވަޅެއް އެޅުމަކީ
އެމައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެންވާ އިޚްތިޔާރީ (discretionary) ބާރެއްކަން އެނގެން އޮންނައިރު،
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 21/SC
-
A/2012 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4 އާއި، 5 ގެ (ބ) ގައި ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ މައްޗަށް
ބަލާއިރު، ވަގުތީ އަމުރުތައް ނެރުމުގައި ކޯޓުން ފުރިހަމަވޭތޯ ބަލަންޖެހޭ ޢާއްމު ޝަރުޠުތަކެއްވާކަން ތަފާތު
ޤާނޫނީ ޖުރިސްޑިކްޝަންތަކުން ޤަބޫލުކުރާ އިޖްރާއީ ޢާންމު އުޞޫތު
ޞޫލުތަކަށް ބެލުމުން އެނގެން އޮންނަކަން
ބަޔާންކުރައްވާފައިވާކަމާއި، އެގޮތުން ބަލަންޖެހޭ ޝަރުޠުތަކަކީ:-
(1) ވަޤުތީ އަމުރަށް އެދޭ ފަރާތަށް، ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މަޢުޟޫއީ ޙައްޤެއް ނުވަތަ
ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަންބޮޑު ގޮތެއްގައި ޤާއިމްވެގެން
ގެންވުމާއި؛
(2) ވަޤުތީ އަމުރު ނެރުމަކާއިނުލައި އަޞްލު މައްސަލާގެ މައުޟޫޢީ ދަޢުވާ ލަސްވެގެން
ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުންކަމާއި؛
ދިވެހިރާއްޖެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
2015/HC-A/
14 2
(3) ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެ އަމުރަށް އެދުމުގެ "ޞިފަތު" (capacity) ނުވަތަ
ޙައިޘިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވާ ފަރާތެއްކަމުގައިވުން ކަމާއި،
އަދި ކޯޓަށް ހުށަހެޅޭ މައްސަލައާ ގުޅިގެން ނެރެދެވޭ ވަގުތީ އަމުރުގައި، އަސްލު މައްސަލާގައި
ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް އަސަރުކުރަނިވިފަދަ ގޮތަކަށް ނުވަތަ އެޙައްޤު ސާބިތުކޮށް
ނުވަތަ ނަފީކޮށް ވަގުތީ އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެން ނުވާކަމާ، އެހެންނޫންނަމަ
އެވާނީ އެމައްސަލަ
ބެލުމުގެ ކުރިން، އެމައްސަލާގައި ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް ދާއިމީ ޙިމާޔަތް
ކުރިއާލައި ދެވުންކަމަށް ބަޔާންކުރައްވާފައިވާކަން އެނގެން އޮންނަކަމެވެ.
3.3- ތިންވަނަ ކަމަކީ ރަޖިސްޓްރީ ނަންބަރު: A-07
01-P9543A "ސާހިބާ" ދޯންޏާ
ގުޅޭގޮތުން މީގެ ކުރިންވެސް އެކި މައްސަލަތައް ހުށަހެޅިފައިވާ ކަމާއި، މި ގޮތުން ސިވިލް ކޯޓުގެ ނަންބަރު:
2013/Cv
-
C/590 ޤަޟިއްޔާއިން މުޙައްމަދު ޙަދީފްއާއި ރަޖިސްޓްރީ ނަންބަރު: P9543A
-
01 07
-
A
"ސާހިބާ" އެވެކިޔާ ދޯނި ޙަވާލުކުރުމަށް ޙުކުމްކޮށްފައިވާކަމާއި، އެ ޙުކުމާ ގުޅިގެން ސަކީނާ ޙަސަން ގެ
ފަރާތުން ސިވިލް ކޯޓުގެ ނަންބަރު:2013/Cv
-
C/590 ޤަޟިއްޔާ ހައިކޯޓުގައި އިސްތިޢުނާފްކޮށްފައިވާ ކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 135/HC
-
A/2014 ޤަޟިއްޔާއިން މައްސަލަ ބަލައި އެ ޤަޟިއްޔާގައި
ސިވިލް ކޯޓުގެ ޙުކުމަށް ތާޢީދުކޮށްފައިވާކަން އެނގެން އޮންނަކަމާއި،
ރަޖިސްޓްރީ ނަންބަރު: P9543A
-
01 07
-
A "ސާހިބާ" ދޯނި ރަޖިސްޓްރީ ކުރެވިފައިވަނީ ސަކީނާ
ޙަސަންގެ ނަމުގައިކަމަށްވިއަސް، މުޙައްމަދު އަރީފުގެ ފަރާތުން ގިނަ ޢަދަދެއްގެ ފައިސާ ދައްކާފައިވާ ދޯންޏެއް
ކަމަށްވުމާއެކު، މުޙައްމަދު ޙަނީފާގެ ބެލުމުގެ ދަށުގައިއޮވެ އެއަށް ގެއްލުން ލިބުމުގެ އިޙްތިމާލު އޮތްކަމަށް ބުނެ
ސަކީނާ ޙަސަންގެ ފަރާތުން ހުށަހަޅާފައިވާކަމާއި، މި ދޯންޏަކީ ދަޢުވާލިބޭ ފަރާތުގެ މަޞްލަހަތުވެސް އޮތް
ދޯންޏަކަށްވެފައި، ދަޢުވާލިބޭ ފަރާތުން އެދޯންޏަށް ގެއްލުމެއްދީފާނެކަމަށް ބަލަންޖެހޭފަދަ އެއްވެސް ހެއްކެއް
ހުށަހެޅިފައިނުވާކަމަށް އިސްތިޢުނާފް މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު: 2014
/
03/B
-
CR
-
8
/
VN ވަގުތީ
މެދު ކޯޓުން ނިންމި ގޮތުގައި ބަޔާންކޮށްފައި އޮންނަކަމާއި، ސަކީނާ ޙަސަން އާ ދޯނި ޙަވާލުކުރު
oo
އރު
ޢުމުރުމް
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325
:
329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
2{015/HC-A/67
ވެގެންދާނީ އަސްލު މައްސަލާގައި ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް އަސަރުކުރަނިވި
ފަދަ ގޮތަކަށް ނުވަތަ އެޙައްޤު ސާބިތުކޮށް ނުވަތަ ނަފީކުރުން ކަމަށް ބެލެވޭނެތީއާއި، ސާހިބާ ދޯނީގެ
ރަޖިސްޓްރީ ސަކީނާ ޙަސަންގެ ނަމުގައި އޮންނާތީ، ސަކީނާ ޙަސަން އެދިފައިވާފަދަ ވަގުތީ އަމުރެއް
މިހިނދުން މިހިނދަށް ނުނެރެފިނަމަ، އެފަރާތުން ހުށަހެޅި މައްސަލާގައި ޙުކުމް ކުރެވޭއިރު އެޙުކުމުގެ މަޤްޞަދު
ޙާސިލްނުވެދާނެފަދަ ގޮތެއް މެދުވެރިވެދާނެކަމަށް، ނުވަތަ އެފަރާތަށް ގެއްލުންތަކެއްވެ، އެގެއްލުންތައް އިޢާދަ
ނުކުރެވޭ ވަރުގެ ކަމަކަށް ވެދާނެކަމަށް ބެލެވޭ ވަރުގެ އެކަށީގެންވާ ސަބަބެއް ފެންނަން ނެތްކަން
ފާހަގަކުރެވޭކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންތަ
ކަންތައްތަކަށް ބަލާއިރު ސިވިލް ކޯޓުގެ ނަންބަރު:
2014/Cv
-
C/1818 ޤަޟިއްޔާގައި ބައްލަވަމުން ގެންދަވާ މައްސަލައާއި ގުޅިގެން ސަކީނާ ޙަސަންގެ
ފަރާތުން ވަޤުތީ އަމުރަކަށް އެދި ހުށަހެޅުމުން، އެހުށަހެޅި ކަންތައްތަކުގެ މައްޗަށް ބައްލަވައި، އެފަދަ އަމުރެއް
ނެރެދެވޭނެ ތަނެއް ނެތްކަމަށް އެކޯޓުގެ ނަންބަރު: 2014
/
03/B
-
CR
-
8
/
VN ވަގުތީ އަމުރާމެދު ކޯޓުން
ނިންމިގޮތުގައި ބަޔާންކުރައްވާފައި އޮންނަ އޮތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލު ގެންނަންޖެހޭފަދަ ޝަރުޢީ
ނުވަތަ ޤާނޫނީ ހަމައެއް އޮތްކަމަކަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި ލިޤާޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހަކަށް
ނުފެނުނެވެ.
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެމަތިން ހުރުމުން ސިވިލް ކޯޓުގެ ނަންބަރު:
2014
/
03/B
-
CR
-
8
/
VN "ވަޤުތީ އަމުރާމެދު ކޯޓުން ނިންމިގޮތް" މި ނަމުގައިވާ ނިންމުމަށް
ބަދަލުގެންނަންޖެހޭ ފަދަ ޝަރުޢީ ނުވަތަ ޤާނޫނީ ވިއަސް ސަބަބެއް ނެތްކަމަށް މިޤާޟިއްޔާ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
. ހައިކް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv