ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/152 ޤަޟިއްޔާގެ ޙުކުމް
1
2009}HC-A/152
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 152/HC-A/2009
• އިސްތިއުނާފު ކުރިފަރާތް:
ނަން: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
0
0
26
2009
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އިބްރާހީމް ސުހައިލް
ދާއިމީ އެޑްރެސް: މ.މ.ފ.ދަފްތަރު 439
* އައިޑީ ކާޑު ނަންބަރު: 027457-A
ރަޖިސްޓްރީކުރެވުނު ތާރީޚް: 01 ބޮޑަޖyނޑް 1430 • ނިމުނު ތާރީޚް: 10 &&ގjjلا 1433
މެއި
11 އޭޕްރީލް 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2008/JC/1765
ޤަޟިއްޔާގެ ބާވަތް: ޒިނޭކުރުން
ނިންމެވި ކޯޓް: ޖިނާއީ ކޯޓު (ކްރިމިނަލް ކޯޓު)
* ހުށަހެޅުނު ތާރީޚް: 25 ޑިސެމްބަރ 2008 * ނިމުނު ތާރީޚް: 25 ފެބުރުއަރީ 2009
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޢައްބާސް ޝަރީފު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް. މިރާއްޖޭގެ
0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ޕެކްސް: 8316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009}HC-A/152
ދަޢުވާގެ ޚުލާޞާ
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1765 ޤަޟިއްޔާ، އެކޯޓުން
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު
ކޮށްދިނުން އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ މ.މ.ދ.ދަފްތަރު 439
އިބްރާހީމް ސުހައިލްވެ.
..0އ9
O
ފާހަގަކުރެވުނު
ތައް:
1. ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1765 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު ނަންބަރު 439
(ހުޅުމާލެ ފްލެޓް 7G04) އިބްރާހީމް ސުހައިލް، ކ.ހިންމަފުށި ދޫރެސް ފާތިމަތު މުޙައްމަދާއި،
ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދުވަސްވަރު، ކ.ހިންމަފުށި ދޫރެސްގޭގެ ކޮޓަރިއެއްގެ ތެރޭގައި ތިބެ
ފާތިމަތު މުޙައްމަދާއިއެކު ޒިނޭކުރިކަމަށް އިޢުތިރާފުވެފައިވާތީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން އިބްރާހީމް ސުހައިލްގެ މައްޗަށް ޒިނޭކުރުމުގެ ކުށުގެ
ބެލެވުނު
ޤަޟިއްޔާއެއްކަން އެނގެން އޮންނަކަމާއި،
22
3
2
3
3
2 ބ
ދަޢުވާކުރުމުން
s ވ މ ފ2
އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ، "ދެންފަހެ، މާލޭ މުނިސިޕަލްޓީގެ
ޚާއްޞަ ދަފްތަރު ނަންބަރު 439 އިބްރާހީމް ސުހައިލްގެ މައްޗަށް ދައުލަތުން ދައުވާކުރި،
ޒިނޭކުރުމުގެ ކުށުގެ މައްސަލަ ޝަރީޢަތުން ބެލިބެލުމުން، ކ.ހިންމަފުށި ދޫރެސް ފާޠިމަތު
މުޙައްމަދާއެކު މީނާ އެއްވެސް އިރަކު ޒިނޭކޮށްފައިނުވާނެކަމަށް ބުނެ މީނާގެ މައްޗަށް ކުރެވުނު
ދައުވާއަށް ޝަރީޢަތުގައި އިންކާރުކުރާތީއާއި، މިދައުވާ ސާބިތުވާވަރުގެ އިތުރު އެއްވެސް ހެއްކެއް
ދިވެހިރާއްޖޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް B3
%
F1
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
3
2009/HC-A152
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ލިބިފައިނުވާތީ، އިބްރާހީމް ސުހައިލްގެ މައްޗަށް ޒިނޭކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުނުވާކަމަށް
ކަނޑައަޅައި، މިގޮތުގެ މަތިން ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ." މިފަދައިންނެވެ.
09
2. ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1765 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފް ކޮށްދިނުން އެދި
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި
ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ، އިބްރާހީމް ސުހައިލް ކ.ހިންމަފުށި ދޫރެސް ފާޠިމަތު
މުޙައްމަދާއެކު ބަދުއަޚްލާޤީ ޢަމަލު ހިންގިކަމަށް ޖިނާއީ ކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި
އިޢުތިރާފްވެފައިވާއިރު، އިބްރާހީމް ސުހައިލް އިޢުތިރާފްވެފައިވާ ކުށަށް ނުބައްލަވާ މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
2 * 2ތ ގ 20 *
ނަޖީހޭކަމަށްބުނެ
3. މިމައްސަލައާއި ގުޅިގެން ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1765
ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށާއި އެޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އިސްތިއުނާފް ކުރުމަށް
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް [147
33
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖޭގެ ހައިކޯޑު
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
20 09/HC-A/152
(ހ) ފުރަތަމަކަމަކީ، މމޚިދ 439 އިބްރާހިމް ސުހައިލްގެ މައްޗަށް
ދައުލަތުގެ ފަރާތުން ދަޢުވާކޮށްފައިވަނީ، އިބްރާހިމް ސުހައިލު ޒިނޭކުރި ކަމުގެ ކުށުގެ ދަޢުވާކަމާ
މި ދަޢުވާ އިބްރާހިމް ސުހައިލްގެ މައްޗަށް ކޮށްފައިވަނީ، އިބްރާހިމް ސުހައިލު ލޯބީގެ ގޮތުން
ގުޅިގެން އުޅުނު ފަރާތަކާއި އެކު ޒިނޭކޮށްފައިވާކަމަށް އިބްރާހިމް ސުހައިލު ތަޙްޤީޤުގައި ވެފައިވާ
އިޢްތިރާފުގެ މައްޗަށް ބައްލަވައިގެން އެކަނިކަމާއި، ޒިނޭކުރިކަމަށް އިބްރާހިމް ސުހައިލު
ތަޙްޤީޤުގައި އިޢުތިރާފްވެފައިވީ ނަމަވެސް، އޭނާ ވަނީ ޝަރީޢަތުގެ މަޖިލީހުގައި އޭނާވެފައިވާ
އިޢްތިރާފުން ރުޖޫޢަވެ ޒިނޭކުރިކަމަށް އިންކާރުކޮށްފައިކަމާއި، ބުހައެއް އޮވެއްޖެނަމަ ޙައްދު
ޤާއިމުކުރުމުން ދުރުހެލިވުމަށް އޮންނަ ޤާޢިދާގެ ދަށުން މީހަކު ޒިނޭކުރިކަމަށް އިޢްތިރާފުވުމަށްފަހު
ޝަރީޢަތުގެމަރުޙަލާގައި އެއިޢްތިރާފުން ރުޖޫޢަވެއްޖެނަމަ، އެމީހަކު ކުރިންވެފައިވާ އިޢްތިރާފުގެ
މައްޗަށް އެކަނި ބަލާ، އެމީހެއްގެ މައްޗަށް ޒިނޭގެ ކުށް ސާބިތު ނުކުރެވޭނެކަން އެނގެއެވެ.
* * * *
20.
(ނ) ދެވަނަކަމަކީ، އިބްރާހީމް ސުހައިލް ޒިނޭކުރިކަމަށް އިންކާރުކުރިނަމަވެސް
އޭނާވަނީ ބަދުއަޚްލާޤީ ޢަމަލު ހިންގިކަމަށް ޖިނާއީ ކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި
އިޢުތިރާފްވެފައިކަމަށާއި، އިބްރާހީމް ސުހައިލް އިޢުތިރާފްވެފައިވާ ބަދުއަޚުލާޤީ ޢަމަލު ހިންގުމުގެ
ކުށަށް ނުބައްލަވާ މައްސަލަ ނިންމާފައިވާވުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި ޚިލާފަށް
ނިންމާފައިވާ ނިންމުމެއް ކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާއިރު، އިބްރާހިމް ސުހައިލްގެ
މައްޗަށް ބަދުއަޚްލާޤީ ޢަމަލު ހިންގިކަމުގެ ކުށް ސާބިތުވާކަމަށް ފަނޑިޔާރަށް ކަނޑައެޅޭނީ
ދައުލަތުގެ ފަރާތުން އިބްރާހިމް ސުހައިލްގެ މައްޗަށް ހުށައެޅި ދަޢުވާގެ ޤާނޫނީ ސިފަކުރުން
ބަދަލުކުރުމަށްފަހުގައިކަމާއި، ދައުލަތުގެ ފަރާތުން ދަޢުވާގެ ޤާނޫނީ ސިފަ ބަދަލު ނުކުރަނީސް
ފަނޑިޔާރުންގެ އަމިއްލަ އިސްނެގުމަކަށް ދައުލަތުގެ ފަރާތުން ހުށައަޅާ ދަޢުވާ ނޫން އެހެން
ދަޢުވާއަކަށް، ދަޢުވާގެ ޤާނޫނީ ސިފަކުރުން ބަދަލުކުރުމަކީ ފަނޑިޔާރުންނަށް ލިބިގެންވާ ބާރެއްކަން
އެވެސް ޤާނޫނެއް ނުވަތަ ޤަވާޢިދެއް ނުވާކަން އެނގެއެވެ.
ހ ށ 0x ه2 ޑ0ޑ 0
00ކޮށްދީ އެވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 83141
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009}HC-A/152
(ނ) ތިންވަނަކަމަކީ، ކޯޓަށް ހުށައެޅޭ ޖިނާއީ މައްސަލަތަކުގައި ހުށައަޅާ ދަޢުވާ
ނޫން ދަޢުވާއަކަށް، ދަޢުވާގެ ޤާނޫނީ ސިފަކުރުން ބަދަލުކުރުމަކީ ދުނިޔޭގެ ބައެއް
ޤައުމުތަކުގެ ކޯޓު ތަކުން ޢަމަލުކުރަމުންދާ އުސޫލެއްކަން އެނގޭކަމާއި، ނަމަވެސް މިގޮތަށް
ޢަމަލުކުރެވޭ ގިނަ ޤައުމުތަކުގައި އެކަން ކުރަނީ މިއީ އިންސާފު ޤާއިމުކުރުމަށްޓަކައި މުހިއްމުކަމެއް
ކަމުގައިބަލާ،
އެގޮތަށް
ޢަމަލުކުރުމުގެ ބާރު އިޖުރާއީ ޤާނޫނަކުން ފަނޑިޔާރުންނަށް
ލިބިދީފައިވާތީކަން އެނގޭކަމާއި، އަދި މިގޮތަށް ދަޢުވާގެ ޤާނޫނީ ސިފަކުރުން ބަދަލުކުރާއިރު،
ދަޢުވާއަށް ބަދަލެއް އަތުވެއްޖެކަން ދަޢުވާލިބޭ ފަރާތަށް އަންގާ، ބަދަލު ކުރެވުނު ދަޢުވާއަށް
ޖަވާބުދާރީވުމަށް ދަޢުވާލިބޭފަރާތަށް ފަނޑިޔާރުން ފުރުސަތުދޭކަމާއި،
2
<< O
ދައުލަތުންކުރާ ދަޢުވާގެ މައްސަލަ ބެލުމުގެ ތެރޭގައި ސާބިތުވާ އެހެން ކުށެއް
އޮތްނަމަ، ދައުލަތުން ހުށައަޅާ ދަޢުވާނޫން އެހެން ދަޢުވާއަކަށް ދަޢުވާގެ ޤާނޫނީ ސިފަކުރުން
ބަދަލުކުރުމަކީ ދިވެހިރާއްޖޭގެ ކޯޓު ތަކުން ޢަމަލުކުރަމުން އައިސްފައިވާ އުސޫލެއްކަން އެނގޭކަމާއި
އަދި އެއުސޫލަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދު ކޮށްފައިވާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 180/HC
-
A/2001 ޤަޟިއްޔާ ނިންމަވާފައިވާ ގޮތުން އެނގެން އޮންނަކަމާއި،
ނަމަވެސް ސްޓް 2008 ގައި ޢަމަލުކުރަންފެށުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީ ވުޖޫދުވުމަށްފަހު،އެ ޤާނޫނުއަސާސީން ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް
ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާކަމާއި، މިގޮތުން
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ ޤާނޫނުއަސާސީއަށް ބަލާއިރު، ތަޙްޤީޤުކުރާ އެކިއެކި
އިދާރާތަކުން ހުށަހަޅާ ހެއްކާއި ޤަރީނާ ވަޒަންކޮށް، ދަޢުވާއެއް އުފުލަންޖެހޭކަން ނުވަތަ ނޫންކަން
ކަނޑައެޅުމާއި، ކުށެއްގެ ތުހުމަތުކުރެވިފައިވާ މީހަކާއިމެދު ދަޢުވާއުފުލުމަށް ނުވަތަ ނުއުފުލުމަށް
ނިންމާފައިވާ ނިންމުމެއް މުރާޖަޢާކޮށް އެނިންމުމެއް ބަދަލުކުރުމާއި، ކޮށްފައިވާ ދަޢުވާއެއް
އަނބުރާގެނައުމުގެ ބާރަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ
ބާރެއްކަން ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ށ)، (އ) އަށް ބެލުމުން އެނގޭކަމާއި،
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ޕެކްސް 331641
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009}HC-A/152
392
1
ހުށައެޅުމަޤް
ކުށެއްކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ، އެމީހެއްގެ މައްޗަށް
ތުހުމަތުކުރެވިފައިވާ ކުށަކީ ކޮބައިކަން އެނގުމުގެ ޙައްޤާއި އަދި ކުށުން ބަރީއަވުމަށްޓަކައި ދިފާޢު
ފުރުސަތު ލިބުމަކީވެސް ކުށުގެ ތުހުމަތުގައިވާ މީހަކަށް ލިބެން ޖެހޭ އަސާސީ
ޙައްޤެއްކަން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ހ) އަދި (ޅ) އަށް ބެލުމުން އެނގެން
އޮތްއިރު، މިއިން އެއްވެސް ޙައްޤެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ޤާނޫނުއަސާސީއާއި
ތަޢާރުޟްނުވާ
ގޮތެއްގެމަތިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންކަން،
ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމާއި،
މައްސަލަތަކުގައި ޝަރީޢަތުން ގޮތްތަކެއް ކަނޑައެޅެން ޖެހޭނީ ކޯޓުގެ ކުރިމައްޗަށް ހުށައެޅިފައިވާ
ދަޢުވާއަށް ކަމުގައިވުމީ، ކޯޓުތަކުން މައްސަލަތައް ނިންމުމުގައި ޢަމަލުކުރަން ޖެހޭ އުސޫލުކަން
އަދި، ކޯޓަ
ހުށައެޅޭ
އެނގޭކަމާއި،
އިސްވެ އިޝާރާތްކުރެވުނު، ޤާނޫނުއަސާސީގެ މާއްދާތަކަށް އަދި ކޯޓުތަކުން
މައްސަލަތައް ބެލުމުގައި ޢަމަލުކުރަން ޖެހޭ އުސޫލުތަކުގެ މައްޗަށް ބަލާއިރު، ޖިނާއީ ކުށުގެ
ދަޢުވާކުރުމާއި، ދަޢުވާއަށް ބަދަލުގެނައުމާއި، ދަޢުވާއަށް ޤާނޫނީ ސިފަދިނުމާއި މިފަދަ ކަންކަމަކީ
ހަމައެކަނި ޕްރޮސެކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތަކާއި ބާރުގެ ތެރޭގައި ހިމެނޭކަމެއްކަމާއި،
ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން އެދޭ އެދުމެއްނެތި، އެފަރާތުން ހުށައަޅާ ދަޢުވާ ނޫން އެހެން
ދަޢުވާއަކަށް ދަޢުވާގެ ޤާނޫނީ ސިފަ ފަނޑިޔާރުން ބަދަލުކުރުމުގެ ފުރުސަތު އޮތްނަމަ، އެކަމަކީ
ޕްރޮސެކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު ފަނޑިޔާރު އަދާކުރުން ކަމުގައި ބެލެވޭކަމާއި، މިއީ
ޤާނޫނުއަސާސީގެ ތަސައްވުރުކަމަށް
ތުހުމަތުގައިވާ މީހަކަށް
ދިފާޢު ބިނާކުރަން އެނގޭނީ އޭނާގެ މައްޗަށް
ހުށައެޅިފައިވާ ކުށަކީ ކޮބައިކަން ދަނެގަނެވިގެންކަމާއި، ހުށައެޅޭ ދަޢުވާނޫން އެހެން ދަޢުވާއަކަށް
ފަނޑިޔާރުންގެ އަމިއްލަ އިސްނެގުމުގެ މަތިން ޙުކުމްކުރާނަމަ އެކަމަކީ، ޤާނޫނުއަސާސީން ކުނުގެ
ތުހުމަތުގައިވާ މީހާއަށް ލިބިގެންވާ، ތުހުމަތުކުރެވިފައިވާ ކުށަކީ ކޮބައިކަން އެނގުމުގެ
ޙައްޤުންނާއި، ކުރެވިފައިވާ ތުހުމަތުން ދިފާޢުވުމަށް އޮންނަ ޙައްޤަށް އުނިކަމެއް އަތުވެދާނެ
އެއްވެސް
202c22
ހާލަތެއްގައި
ޤަބޫލުނުކުރެވޭކަމާއި،
ކުށުގެ
کریم کی
ދިވެހިރާއްޖޭގެ
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް( B86471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
7
2009}HC-A/152
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ކަމެއްކަމުގައި އެނގޭކަމާއި، މިހެންކަމުން އަދި އިޝާރާތްކުރެވުނު ޤާނޫނުއަސާސީގެ މާއްދާތައް
ހުރިގޮތުން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ބާރު ލިބިގެން މެނުވީ، ދައުލަތުގެ
ފަރާތުން ކުރާ ދަޢުވާގެ މައްސަލަ ބެލުމުގެ ތެރޭގައި ސާބިތުވާ އެހެން ކުށެއް އޮތްނަމަވެސް
އެކުށުގެ މައްޗަށް ދައުލަތުން ދަޢުވާ އުފުލުމުގެ ކުރިން، ދައުލަތުން ހުށައަޅާ ދަޢުވާ ފިޔަވާ އެހެން
ޤާނޫނީ ސިފަ ބަދަލުކުރުމަކީ ކޯޓުތަކަށް ލިބިގެންވާ ބާރެއް ކަމުގައި
232 ދވ ! ހ22 2
0 ޑ
ދައުވާއަކަށް އެދަޢުވާއެއްގެ
* * * 002 * *
ބެލެވޭކަށްނެތެވެ.
02
(ރ) ހަތަރުވަނަކަމަކީ، އިބްރާހިމް ސުހައިލް ޒިނޭކުރިކަމަށް އިންކާރުކޮށް، އޭނާ
ޝަރީޢަތުގެ މަޖިލިހަށް ދީފައިވާ ބަޔާނެއްގައި ބަދުއަޚްލާޤީ ޢަމަލު ހިންގިކަމަށް އިޢްތިރާފްވިކަމަށް
ދައުލަތުގެ ފަރާތުން ބުނި ނަމަވެސް، އިބްރާހިމް ސުހައިލް އިޢްތިރާފްވެފައިވާކަމަށްބުނާ
ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށުގެ މައްޗަށް ދައުލަތުގެ ފަރާތުން ދަށު ކޯޓުގައި ދަޢުވާ އުފުލާފާ
ނުވާނޭކަމަށް ދައުލަތުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާކަމާއި،
އިސްވެދެންނެވިފައިވާ ސަބަބުތައް އެގޮތަށް ހުރުމާއެކު، ދައުލަތުގެ ފަރާތުން ނުކުރާ ދަޢުވާއަކަށް
ފަނޑިޔާރަކަށް ޙުކުމެއް ނުކުރެވޭނެކަން އެނގޭކަމުން، އަދި ކުރެވިފައިވާ ދަޢުވާއެއްގެ ޤާނޫނީ
ސިފަކުރުން ބަދަލުކުރުމަކީ އެއްވެސް ޤާނޫނަކުން ނުވަތަ ޤަވާޢިދަކުންވެސް ފަނޑިޔާރަށް
ލިބިގެންވާ ބާރެއްކަން އެނގެން ނެތުމުން އަދި އިސްވެ އިޝާރާތްކުރެވުނު، ޤާނޫނުއަސާސީގެ
މާއްދާތައް ހުރިގޮތުން، ހުށައެޅޭ ދަޢުވާއެއްގެ ޤާނޫނީ ސިފަކުރުން ބަދަލުކުރުމަކީ ހަމައެކަނި
ޕްރޮސެކިއުޓަރ ޖެނެރަލްގެ ބާރުގެ ތެރޭގައިވާކަމެއްކަމުން، އިބްރާހިމް ސުހައިލް ޒިނޭކުރިކަމަށް
އިންކާރުކޮށް، ބަދުއަޚުލާޤީ ޢަމަލު ހިންގިކަމަށް އޭނާ އިޢްތިރާފްވެފައިވާކަމަށް ބުނިނަމަވެސް،
އިބްރާހިމް ސުހައިލް އިޢްތިރާފުވެފައިވާ ބަދުއަޚުލާޤީ ޢަމަލުގެ ކުށާއި މެދު ޕްރޮސެކިއުޓަރ
ޖެނެރަލްގެ ފަރާތުން ދަޢުވާކޮށްފައި ނުވާތީ، އިސްތިއުނާފުކޮށްފައި މިވާ ޖިނާއީ ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި އިބްރާހިމް ސުހައިލްގެ މައްޗަށް ބަދުއަޚުލާޤީ ޢަމަލެއް
ހިންގުމުގެ ކުށަށް އަދަބު ކަނޑަނާޅާ، ޖިނާއީ ކޯޓުން ނިންމާފައިވާ ނިންމެވުމަކީ ޝަރުޢީ އަދި
1765/JC/2008
ދިވެހިރާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ޕެކްސު: 381e1
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
2009 HC-A/152
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤާނޫނީ އުސޫލުތަކާއި ޚިލާފަށް އެކޯޓުން ނިންމާފައިވާ ނިންމުމެއްކަމުގައި ބަލާނެ ތަނެއްނެތްކަމަށް،
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން އިއްތިފާޤުވެއެވެ.
ޙުކުމް
ދި 0
2
2
2
2
neންކުރުވަން
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި
ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1765 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކުރައްވާފައިވާ
ޙުކުމެއްކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން އިއްތިފާޤުވެފައިވާތީ، ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1765 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށްފީމެވެ.
.
ހައިކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv