ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/323 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/323
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ce
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާސާ
ޤަޟިއްޔާ ނަންބަރ: 323/HC
-
A/2012
އިސްތިއުނާފު ކުރިފަރާތް:
ނަން: މުޙައްމަދު ޙަމްދާން ޒަކީ
* ދާއިމީ އެޑްރެސް: ފ.ހިލިހިލާގެ
އައި.ޑީ.ކާޑް ނަންބަރ: A025078
މިހާރުގެ އެޑްރެސް: ހ.ހުޅުގަލި
*ވަކީލުން : އޖ.އިސްމާޢީލް ވިޝާމް : އ.ދ.އ.އައިމިނަތު ސުލެއިޒާ ނަޢީމް
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ދާއިމީ އެޑްރެސް:
* އައި.ޑީ.ކާޑް ނަންބަރ.
މިހާރުގެ އެޑްރެސް
ވަކީލުން: އ. ޕަބްލިކް ޕްރޮސިކިއުޓަރ އދއ އައިޝަތު ހަނާ ވަޙިދު
އ. ޕަބްލިކް ޕްރޮސިކިއުޓަރ އ ދﷲ ޢަލީ އަޙްމަދު
"
90
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 07 މުޙައްރަމް 1435
21 ނޮވެމްބަރ 2012
ނިމުނު ތާރީޚް: 12 މުޙައްރަމް 1438
26 ނޮވެމްބަރ 2012
C
އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2012
/
534-MD ކޯޓު އަމުރު
ނިންމިކޯޓް: ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓްކޯޓު
އަމުރުގެ ބާވަތް: ކޯޓު އަމުރު
އަމުރު ނެރުނު ތާރީޚް: 17 ނޮވެމްބަރ 2012
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޝުޢައިބު ހުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 1
1647
33
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2012/HC-A/323
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓްކޯޓުގެ ނަންބަރު 2012
/
534-MI
(17ނޮވެމްބަރ 2012 ) ކޯޓު އަމުރު އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
ޚިލާފަށް ކަމަށްބުނެ އެކޯޓުއަމުރު އިސްތިއުނާފު ކުރުމަށް އެދި، ހިލިހިލާގެ މުޙައްމަދު ޙަމްދާން ޒަކީގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، އިސްތިއުނާފު ރައްދުވާފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެއެވެ.
→ ފާހަގަކުރެވުނު ނުކުތާތައް:
1.ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓްކޯޓުގެ ނަންބަރު 2012
/
534-MD
(17ނޮވެމްބަރ 2012 ) ކޯޓު އަމުރު، އެކޯޓުން ނެރުއްވާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
އެއްގޮތްނޫންކަމަށް ބުނެ އެކޯޓު އަމުރު އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
މައްޗަށް ގ. ހިލިހިލާގެ، މުޙައްމަދު ޙަމްދާން ޒަކީގެ ފަރާތުން ހުށަހަޅާފައިވެއެވެ.
2- ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓްކޯޓުގެ ނަންބަރު 2012
/
534-MD
(17ނޮވެމްބަރ 2012 ) ކޯޓު އަމުރަކީ ހިލިހިލާގެ، މުޙައްމަދު ޙަމްދާން ޒަކީގެ މައްޗަށް ތުހުމަތު
ކުރެވިފައިވާ މަސްތުވާތަކެތި ބޭނުންކުރުމާ ގެންގުޅުން އަދި ބަނގުރާ ބޭނުންކުރުމާއި ގެންގުޅުމުގެ
މައްސަލައާއި ގުޅިގެން އެމައްސަލައިގެ ތަޙްޤީޤް މަރުޙަލާ ނުނިމެނީސް ދޫކޮށްލައިފިނަމަ ހެކިބަސް ދޭންހުރި
މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށްޓަކައި 17 ނޮވެމްބަރ 2012 ވަނަ ދުވަހުގެ 01:10
އިން ފެށިގެން 22 ނޮވެމްބަރ 2012 ވަނަ ދުވަހުގެ 01:00 އާއި ހަމައަށް މިނިސްޓްރީ އޮފް
ހޯމްއެފެއާރޒުން ކަނޑައަޅާ ތަނެއްގައި މުޙައްމަދު ޙަމްދާން ޒަކީ ބަންދުކޮށްފައި ބެހެއްޓުމަށް ކުރައްވާފައިވާ
އަމުރެއްކަން މިއަމުރު ބެލުމުން އެނގެން އޮވެއެވެ.
3. ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓްކޯޓުގެ ނަންބަރު 2012
/
534-MD
(17ނޮވެމްބަރ 2012 ) ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް ހިލިހިލާގެ، މުޙައްމަދު ޙަމްދާން ޒަކީގެ
ފަރާތުން 02 (ދޭއް) ނުކުތާއެއް ހުށައަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2012/HC-A/323
45ވ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ހ) ފުރަތަމަ ނުކުތާއަކީ ހިލިހިލާގެ، މުޙައްމަދު ޙަމްދާން ނަކީ ހައްޔަރުކޮށްފައިވަނީ
ކުރަން އިންދާ ފެނިގެން ނޫންކަމާއި ކޯޓު އަމުރެއްގެ ދަށުން ނޫންކަން ބަންދާމެދު ގޮތެއް
ނިންމި
މަޖިލީހުގައި ދެކެވުނު ވާހަކަތަކުން އެނގެން އޮތުމުން މުޙައްމަދު ޙަމްދާން ޒަކީ ހައްޔަރުކޮށްފައިވަނީ
ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއާ ޚިލާފަށްކަމަށާއި އަދި އޭނާ ހައްޔަރު ކުރެވުނު ވެއްޓަކީވެސް އޭނާގެ
މުޠުލަޤު ޒިންމާގެ ދަށުގައި ހުރި ތަނެއް ނޫންކަމާއި އެހެން ބަޔަކު ދިރިއުޅޭ ތަނަކަށްވާތީ އެތަނުން ފެންނަ
އެއްޗަކާއިމެދު އޭނާ ޒިންމާވާން ނުޖެހޭކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
(ށ) ދެވަނަ ނުކުތާއަކީ: ހެއްކަށް ނުފޫޒު ފޯރުވަފާނެތީ ހިލިހިލާގެ، މުޙައްމަދު ޙަމްދާން ޒަކީ
ބަންދުކުރުމަށް ކަޑައަޅާފައިވާއިރު ހިލިހިލާގެ، މުޙައްމަދު ޙަމްދާން ޒަކީ ހައްޔަރުކޮށްފައިހުރި
މައްސަލައިގެ ހެކިންނަކީ ފުލުހުންކަމާއި މާއްދީ ހެކި ކަމަށް ބުނާ ހެކިވެސް ހުރީ ފުލުހުން އަތުގައިކަން
ފުލުހުންގެ ބަހުން އެނގޭތީ ހެކި ނައްތާލާ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލް އޭނާގެ މައްޗަށް ނެތްކަން
އަދި މިމައްސަލާގައި ހައްޔަރުކުރެވުނު އެހެން މީހެއް ކަމަށްވާ އަދި މިމައްސަލާގައި ކޯޓުން ފުރަތަމަ
ދޫކޮށްލަން ނިންމި ޢަބްދުﷲ ޖާބިރު (ކ.ތިމާވެށި މާލެ) ގެ ބަންދާމެދު ގޮތެއް ނިންމި މަޖިލީހުގައި އެ
އިހުތިމާލު (ހެކި ނައްތާލާ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު) ނެތްކަމަށް މެޖިސްޓްރޭޓް
ނިންމަވާފައިވާތީއާ ހަމަ އެއް މައްސަލައެއްގައި ހެކީގެ ގޮތުގައި ފުލުހުން ތިބިއިރު އަދި މާއްދީ ހެކިވެސް
ހުރީ ފުލުހުންގެ އަތުގައި ކަމަށް ފުލުހުން ބުނެފައިވާއިރު ފުލުހުންގެ އަތުގައި ހުރި ހެކި ނައްތާލާ ހެއްކަށް
ނުފޫޒު ފޯރުވުމުގެ އިހުތިމާލް މުޙައްމަދު ޙަމްދާން ޒަކީގެ މައްޗަށް އޮތްކަމަށް މެޖިސްޓްރޭޓް ނިންމަވާފައިވާތީ
ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގެ ހަމަހަމަކަމާއި 17 ވަނަ މާއްދާގައިވާ ތަފާތު ނުކުރުމުގެ އަސާސް އާ
މިނިންމުން ތަޢާރުޒު ވެފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ އެވެ.
4- ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓްކޯޓުގެ ނަންބަރު 2012
/
534-MD
(17ނޮވެމްބަރ 2012 ) ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް ޅ. ހިލިހިލާގެ، މުޙައްމަދު ޙަމްދާން ޒަކީގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2{012/HC-A/323
ou oo
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޤާނޫނީ ނަޒަރުން ބަލާއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2012
/
534-MD (17ނޮވެމްބަރ 2012 ) ކޯޓު އަމުރަކީ މުޙައްމަދު ޙަމްދާން ޒަކީ
މަސްތުވާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އަދި ބަނގުރާ ބުއިމާއި ގެންގުޅުމުގެ ކުށުގެ ތުހުމަތު
ކުރެވިގެން މުޙައްމަދު ޙަމްދާން ޒަކީގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލާގެ ތަހުޤީޤު މަރުހަލާ
ނުނިމެނީސް ދޫކޮށްލައިފިނަމަ ހެކި ބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް
މަސައްކަތްކޮށްފާނެކަމަށްޓަކައި 5 (ފަހެއް) ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން
ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް ކުރައްވާފައިވާ އަމުރެއްކަން އެނގޭ ކަމާއި
0
06
މިމައްސަލައާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދެފަރާތުން ދައްކާފައިވާ ވާހަކަ
ތަކަށާއި ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ބަލާއިރު ހދ. ހޮނޑައިދޫގައި މަސްތުވާ ތަކެއްޗާއި ބަނގުރާ
ބޭނުންކޮށް ގެންގުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން ކޯޓު އަމުރެއްގެ ދަށުން އެރަށަށް
ފުލުހުންއަރާ އެރަށުގެ ތަންތަން ބަލާ ފާސް ކުރި ކުރުމުން މުޙައްމަދު ޙަމްދާން ޒަކީ ނިދާފައިއޮތް ކޮޓަރި
ތެރެއިން ބަނގުރާ ފެނިފައިވާ ކަމަށާއި އަދި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ބާވަތުގެ އެއްޗެއް
ފެނިފައިވާ ކަމަށް ދައުލަތުގެ ފަރާތުން ދީފައިވާ ބަޔާނުގައި ބުނެފައިވާއިރު މުޙައްމަދު ޙަމްދާން ޒަކީގެ
ފަރާތުން އެކަމަށް އިންކާރުކޮށްފައި ނުވާކަމާއި މަސްތުވާތަކެތީގެ ވިޔަފާރިއާއި އޭގެ ބޭނުން ކުރުމުގެ
ތުހުމަތު ތަކާއި އެފަދަ ކުށްތަކަކީ އެކުށުގެ ޒާތާއި ބާވަތުން މުޖުތަމަޢުއަށް ލިބެމުންދާ ބޮޑެތި
ގެއްލުންތަކަށްޓަކައި ނުރައްކާތެރިކަން ބޮޑު ކުށުގެ ޢަމަލު ތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކުށްތަކެއް
ކަމަށާއި އަދި އެއީ މުޢްލަޤް މަސްޢޫލިއްޔަތު އުފުލަންޖެހޭ ކުށެއް ކަމަށާއި އެކުށަކީ އެންމެ މަތީ
ދަރަޖައިގެ ޖިނާޔަތުގެ ތެރޭގައި ހިމެނޭ ކުށެއްކަމަށް ވެސް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު
33/SC-A/2011 ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާކަން އެގޭކަމެވެ.
(ށ) ދެވަނަ ކަމަކީ، މައްސަލައެއް ތަޙްޤީޤު ކުރެވެމުން ދާއިރުވެސް އަދި ޝަރީޢަތަށް
ހުށަހެޅިފައިވާ މަރުހަލާގައިވެސް ތަހުޤީޤު ކުރެވޭ ނުވަތަ ދަޢުވާ ލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް
ސާބިތުވެފައިވާ މީހެއް ނޫންކަމާއި، އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، ކުށެއްގެ
ތުހުމަތުގައި ވާމީހެއްގެ ބަންދުގެ މުއްދަތު އިތުރު ކޮށްދިނުމަށް އެދި ހުށައަޅާ މައްސަލަތަކުގައި
މީގެ
ރައީކް
4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2{12/HC-A/323
07
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ތުހުމަތުގައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ
މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް އޮތްތޯކަ
مرمرمرام،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ
މާއްދާގެ (ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ
ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު
ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް
ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ
އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން އޮންނަކަމާއި،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ
ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ
ކޮބައިކަމާއި، އަދި އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި
ހިމެނޭ މީހުންގެ އަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ
ކޮބައިކަމާއި، އެކުރަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި
ރައްކާވުމުގެ ބިރުއޮތީ ކިހާވަރަކަށްކަމާއި، އަދި ހެކިތަކާކުޅު ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ
ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަ
19/SC
-
A/2010 ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާކަން އެނގެން އޮންނަކަމެވެ.
ހ 2
0
2
20
0
ވީމާ އިސްވެބަޔާން ކުރެވުނު ކަންކަން ބަޔާންވެދިޔަ ގޮތަށް ހުރުމާއެކު ތިލަދުންމަތީ ދެކުނުބުރީ
ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012
/
534-MD ކޯޓު އަމުރުގައި މުޙައްމަދު ޙަމްދާން
ޒަކީ 05 (ފަހެއް) ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން ކަނޑައަޅާ ތަނެއްގައި
ބަންދުކޮށްފައި ބެހެއްޓުމަށް ނިންމަވާފައިވާ ނިންމެވުމަށް ބަދަލުގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ވިއަސް
ސަބަބެއްނެތް ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލިފައި ފަނޑިޔާރުން ވަނީ އިއްތިފާޤު
ވެފައެވެ.
އައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2012/HC-A/323
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
94
ދެންފަހެ އިސްވެ ބަޔާންކުރެވުނު ކަންކަން ބަޔާން ކުރެވުނު ގޮތަށް ހުރުމުން ތިލަދުންމަތީ ދެކުނުބުރީ
ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012
/
534-MD ކޯޓު އަމުރަށް މިމައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓުން ބެލިފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް ހުކުމް ކޮށްފީމެވެ.
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
i