ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/307 ޤަޟިއްޔާގެ ޙުކުމް
1
2{13/HC-A/337
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ہم تمام سیم
40 )
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 307/HC
-
A/2013
އިސްތިއުނާފު ކުރިފަރާތް:
* ނަން. އަޙްމަދު ނާފިޢު
* ދާއިމީ އެޑްރެސް: މޯނިންގހެ | އއ. ރަސްދޫ
* އައިޑީކާޑު ނަންބަރު: A138324
* މިހާރުގެ އެޑްރެސް: މޯނިންގހެޕީ /
| އއ. ރަސްދޫ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދާއިމީ އެޑްރެސް: ޕީ.ޖީ އޮފީސް | މާލެ
* މިހާރުގެ އެޑްރެސް:
އޮފީސް | މާލެ
* ރަޖިސްޓްރީކުރެވުނު ތާރީޚް: 01 އޮކްޓޯބަރ 2013
ނިމުނު ތާރީޚް: 16 އޮކްޓޯބަރ 2013
• އިސްތިއުނާފުކުރެވުނު ކޯޓު އަމުރު.
4 ނަންބަރު: 2013
/
8504/J
(
MD-145
* ކޯޓު: ކްރިމިނަލް ކޯޓު
ނިންމެވި ތާރީޚް: 26 ސެޕްޓެމްބަރ 2013
* ބާވަތް : ކޯޓު އަމުރު
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުއްޖޭގެ ހައިg
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
2
2{13/HC-A/337
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8504(J
(
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފުކުރުމަށް
އއ. ރަސްދޫ، މޯނިންގހެޕީ | އަޙްމަދު ނާފިޢުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ބެލިފައިވާ
2 22 22 2
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި ދަޢުވާރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8504(J
(
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފުކުރުމަށް
އއ. ރަސްދޫ، މޯނިންގހެޕީ ގެ އަޙްމަދު ނާފިޢުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
44 4
-02
އއ
ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8504(J(MD-145 ކޯޓު އަމުރަށް ބަލާއިރު،
އެކޯޓު އަމުރަކީ
ރަސްދޫ، މޯނިންގހެޕީ | އަޙްމަދު ނާފިޢުގެ މައްޗަށް ތުހުމަތު ކުރެވުނު ފުލުހުންގެ
އަމުރަށް ނުކިޔަމަންތެރިކަން ދެއްކުމާއި ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމާއި، އަދި ފުލުހުންގެ ގައިގާ މާރާމާރީ
ހިންގިކަމުގެ ކުށުގެ މައްސަލައިގައި އަޙްމަދު ނާފިޢު 26 ސެޕްޓެމްބަރ 2013 ދުވަހު 16:30 އިން ފެށިގެން
06 އޮކްޓޯބަރ 2013 ދުވަހު 16:29 އަށް 10 (ދިހައެއް) ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހޯމް
އެފެއާޒުން ކަނޑައަޅާ ތަނެއްގައި އަޙްމަދު ނާފިޢު ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވައި ނެރުއްވާފައޭވާ"
04 04
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
3
2{13/HC-A/337
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އަމުރެއްކަމާއި، އެއަމުރު ނެރުއްވި ސަބަބަކީ، އެވަގުތު އަޙްމަދު ނާފިޢު ދޫކޮށްލުމަކީ މުޖުތަމަޢުގެ ހަމަޖެހުމާއި
ސަލާމަތަށް ރައްކާތެރި ކަމެއްކަމަށް ފެނިވަޑައިނުގަންނަވާތީ، މުޖުތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށްޓަކައި ކަން
އެނގެން އޮންނަކަމެވެ.
ނަންބަރު
145-J(M)2013/8504
03- ކްރިމިނަލް ކޯޓުގެ
އެކޯޓުން
ނެރުއްވާފައިވަނީ، ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެއަމުރު އިސްތިއުނާފުކުރަމުން
ރަސްދޫ، މޯނިންގހެޕީ | އަޙްމަދު ނާފިޢުގެ ފަރާތުން 03 (ތިނެއް) ނުކުތާ ހުށަހަޅައި އެ ނުކުތާތަކާއި
ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
އެއަރ
04- ކްރިމިނަލް ކޯޓުގެ
ނަންބަރު
2013/8504(J
(
MD-145 ކޯޓު
އަމުރު
އިސްތިއުނާފުކުރުމަށް އއ. ރަސްދޫ، މޯނިންގހެޕީ : އަޙްމަދު ނާފިޢުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި
އެނުކުތާތަކާއި ގުޅިގެން އަޙްމަދު ނާފިޢުގެ ފަރާތުންނާއި މިއިސްތިއުނާފް ދަޢުވާ ރައްދުވާ ޕްރޮސިކިއުޓަރ
ޖެނެރަލް އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ކްރިމިނަލް ކޯޓުގެ ދަންބަރު 2013/8504(J(MD-145 ކޯޓު
އަމުރަކީ، އއ. ރަސްދޫ، މޯނިންގހެޕީ | އަޙްމަދު ނާފިޢުގެ މައްޗަށް ތުހުމަތު ކުރެވުނު ފުލުހުންގެ އަމުރަށް
ނުކިޔަމަންތެރިކަން ދެއްކުމާއި، ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމާއި އަދި ފުލުހުންގެ ގައިގާ މާރާމާރީ
ހިންގިކަމުގެ ކުށުގެ މައްސަލައިގައި، އަޙްމަދު ނާފިޢު 26 ސެޕްޓެމްބަރ 2013 ދުވަހު 16:30 އިން
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
4
2{13/HC-A/337
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
06 އޮކްޓޯބަރ 2013 ދުވަހު 16:29 އަށް 10 (ދިހައެއް) ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހޯމް
އެފެއާޒުން ކަނޑައަޅާ ތަނެއްގައި އަޙްމަދު ނާފިޢު ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވައި ނެރުއްވާފައިވާ
އަމުރެއްކަމާއި އެއަމުރު ނެރުއްވި ސަބަބަކީ އެވަގުތު އަޙްމަދު ނާފިޢު ދޫކޮށްލުމަކީ މުޖުތަމަޢުގެ ހަމަޖެހުމާއި
ސަލާމަތަށް ރައްކާތެރި ކަމެއްކަމަށް ފެނިވަޑައިނުގަންނަވާތީ މުޖުތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށްޓަކައި ކަން
އެނގެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއާއި، 49
ވަނަ މާއްދާއާއި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާއާ ޚިލާފަށް، އަދި އަޙްމަދު ނާފިޢުއަކީ އެމާއްދާތަކަށް
ފެތޭ މީހެއްތޯ
ބުނާބުނުމެއްގެ މައްޗަށް އަޙްމަދު ނާފިޢުގެ ބަންދުގެ
މުއްދަތު އިތުރުކޮށްދެއްވާފައިވާކަމަށް ބުނެ އަޙްމަދު ނާފިޢުގެ ފަރާތުން ހުށަހެޅި ނުކުތާއަށް ބެލިއިރު،
4 04 3 2 04
ހަމައެކަނި ފުލުހުން ބުނާބުނުމެ
4248ނ،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއަކީ ކުށެއްގެ ތުހުމަތުގައި މީހަކު
ހައްޔަރު ނުވަތަ ބަންދުކުރެވޭނެ ޙާލަތްތައް ބަޔާންކޮށްފައިވާ މާއްދާކަމާއި، މި މާއްދާގައި ވަނީ "ހައްޔަރު ކުރާ
މީހާއަށް މީހަކު ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި، ނުވަތަ އެވަގުތު އެއުޅެނީ ކުށެއް ކުރާން ކަމަށް
ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން، ނުވަތަ ކޯޓުގެ އަމުރަކުން
ހުއްދަލިބިގެން މެނުވީ އެއްވެސް މީހަކު ހިފައި ހައްޔަރުކޮށް، ނުވަތަ ބަންދުކޮށްގެނެއް
މިފަދައިންކަމަށްވާއިރު،
[14 2 4 22
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާ ފުލުހުންގެ ގައިގާ ތަޅާ މާރާމާރީ ހިންގިކަމުގެ
ތުހުމަތުގައި އަޙްމަދު ނާފިޢު ހައްޔަރުކުރުމުގެ އަމުރަކަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން 4
*
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
5
2{13/HC-A/337
23 22
28/84
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އަރިއަތޮޅު
ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން، އެކޯޓުގެ
ނަންބަރު
2013
/
53/HA
)
U2MC
-
B) ކޯޓު އަމުރުން 26 ސެޕްޓެމްބަރ 2013 ވަނަ ދުވަހުގެ 03:00 އިން
ފެށިގެން 24 ގަޑިއިރުގެ ތެރޭގައި، ރަސްދޫ މޯނިންގހެޕީ | އަޙްމަދު ނާފިޢު
އަމުރު
ނެރެދެއްވާފައިވާކަމާއި،
2732/0/
02x2
ہی کورس
އެއަރ
ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ފުލުހުންގެ ގައިގާ ތަޅައި މާރާމާރީ ހިންގައި
ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ތުހުމަތުގައި ރަސްދޫ މޯނިންހެޕީ | އަޙްމަދު ނާފިޢު
ހައްޔަރުކުރެވިފައިވަނީ ހައްޔަރުކުރުމުގެ އަމުރެއް ކޯޓުން ހޯދައިގެން އެއަމުރުގެ މައްޗަށް ބިނާކޮށް 26
ސެޕްޓެމްބަރ 2013 ވަނަ ދުވަހުގެ 03:26 ގައިކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
TD057375 "ހައްޔަރު ކުރެވޭ މީހާގެ މަޢުލޫމާތު ފޯމް" އަށް ބެލުމުން އެނގެން އޮތުމުން އަޙްމަދު ނާފިޢު
ހައްޔަރުކުރެވިފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ
ޙާލަތެއްނެތި، ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބެލެވޭނެތަނެއް އޮތްކަމަށް
/ ތތ ހ2 2
2
ހނސާނަކު /
ނުފެންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގެ (ހ) އަކީ ކުށެއްގެ ތުހުމަތުގައިވާ މީހާ ހައްޔަރުގައި ނުވަތަ
ބަންދުގައި ބެހެއްޓުމުގެ އަމުރު ނެރުއްވުމުގައި ފަނޑިޔާރު ބައްލަވަންޖެހޭނެ ކަންކަން ބަޔާންކޮށްފައިވާ
މާއްދާތަށްކަމާއި، މިގޮތުން އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ
ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު
ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްފާއްޖޭގެ ހައިގެ
0x32
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
6
2013/HC-A/307
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެ ހިނދެއްގައި އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ
ބާރު ފަނޑިޔާރަށް ލިބިގެންވާކަމާއި،
އަދި އެއިން ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަމާމެދު ގޮތެއް
ނިންމުމުގެ ބާރު
ލިބިދީފައިވަނީ ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ)
އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނައިރު
ބަންދުގެ މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ހެކިތައް ވަޒަންކޮށް، ކުށުގެ ތުހުމަތުގައިވާ މީހެއްގެ
ކިބައިގައި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ
ސަބަބުތަކުން ކުރި ސަބަބެއް އޮތްކަން ނުވަތަ ނެތްކަން ކަނޑައެޅުމަކީ ބަންދުގެ މައްސަލަ ބައްލަވާ
ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 93/HC
-
A/2012
ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަމާއި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގެ ފާހަގަކުރެވުނު
ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތީން މީހަކު
ބަންދުކުރުމުގައި ތުހުމަތުކުރެވޭ ކުށުގެ ނުރައްކާތެރިކަށް އޮތް މިންވަރަށާއި، އަދި އެޙާދީސާ ތަޙްޤީޤުކުރުމުގައި
ހުރީ ކިހާމިންވަރެއްގެ ގޮންޖެހުން ތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބައިކަމާއި ކުށުގެ
ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ
ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލާފާނެ ކަމުގެ ބިރުއޮތީ ކިހާވަރަކަށް ކަމާއި ހެކިތަކާކުޅެ ހެކިތައް
ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ބަޔާންކުރައްވާފައިވާކަމާ
ދިވެހިރާއްޖޭގެ
، ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
2{13/HC-A/337
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފުލުހުންގެ
ރަސްދޫ މޯނިންގހެޕީ 1 އަޙްމަދު ނާފިޢުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށުގެ ބާވަތަށް
ބަލާއިރު، މީނާގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދައްކައި، ފުލުހުންގެ
ވާޖިބަށް ހުރަސްއަޅައި،
ގައިގާ ތަޅައި މާރާމާރީ ހިންގުމުގެ ތުހުމަތުކަން
އިސްތިއުނާފު ކުރެވިފައި މިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8504(J
(
MD-145 ކޯޓު އަމުރަށް
ބެލުމުން އެނގެންއޮންނައިރު، އަދި އަޙްމަދު ނާފިޢުގެ މައްޗަށް މިތުހުމަތުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް
ހުރިއިރު،
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމަކީ އެކަމުގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތަށް
ނުރައްކާވެ، އަމަން އަމާންކަން ގެއްލިދާފަދަ ކަމެއްކަމާއި، އަދި މިކަން މިގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު
120/HC
-
A/2013 ޤަޟިއްޔާގައިވެސް
ފާހަގަ
ކުރައްވާފައިވާކަން އެނގެން އޮންނަކަމާއި،
2012/HC-A/213
ޤަޟިއްޔާއާއި،
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގައި "މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައި އެވާ ސަބަބެއް
އޮތްނަމަ ގިނަވެގެން 15 ދުވަހުގެ މުއްދަތަށް އެމީހަކު ހައްޔަރުގައި ނުވަތަ ބަންދުގައި ބެހެއްޓުމުގެ އަމުރު
ފަނޑިޔާރަށް ނެރެދެވިދާނެއެވެ" މިފަދައިން ބަޔާންކޮށްފައިވާކަމާއި، އަދި އެމާއްދާގެ (ރ) ގައި "އެމީހަކު
ބަންދުގައި ބެހެއްޓުމަށް ނިންމި ސަބަބު ފަނޑިޔާރު ފޯމުގައި ލިޔަންވާނެއެވެ" މިފަދައިން ބަޔާންކޮށްފައިވާއިރު
އިސްތިއުނާފު ކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8504(J
(
MD-145 ކޯޓު
އަމުރުގައި ރަސްދޫ މޯނިންގހެޕީ | އަޙްމަދު ނާފިޢު ބަންދުގައި ބަހައްޓަންވީ މުއްދަތުގެ ގޮތުގައި
ކަނޑައަޅުއްވާފައިވަނީ 10 (ދިހައެއް) ދުވަހުގެ މުއްދަތުކަން އެ އަމުރަށް ބެލުމުން އެނގެން އޮންނަކަމާއި އަރިއްޖޭގެ
t
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
8
2{13/HC-A/337
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެއަމުރުގައި އަޙްމަދު ނާފިޢު ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބުގެ ގޮތުގައި "މީނާގެ މައްޗަށް
ތުހުމަތުކުރެވިފައިވާ ފުލުހުންގެ ގައިގާ ތަޅާމާރީ ހިންގާ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ މިމައްސަލައާއި
ގުޅިގެން ހުށަހަޅާފައިވާ ކަންކަމާއި، ހާދިޘާ ހިނގާފައިވާ ގޮތަށް ބަލާ ރިޢާޔަތްކުރާއިރު މިވަގުތު މީނާ
ދޫކޮށްލުމަކީ މުޖުތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށް ރައްކާތެރިކަމެއްކަމަށް ނުފެންނާތީ މުޖުތަމަޢުގެ ހަމަޖެހުމާއި
ސަލާމަތަށްޓަކައި" ކަމަށް ބަޔާންކުރައްވާފައިވާކަމުން،
ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8504(J
(
MD-145 ކޯޓު އަމުރަކީ ޤާނޫނުއަސާސީގެ 49
ވަނަ މާއްދާއާއި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާއާ ޚިލާފަށް އަދި އަޙްމަދު ނާފިޢު ފާހަގަކުރި ފަދައިން، އަޙްމަދު
ރާފިޢު ބަންދުގައި ބެހެއްޓުމަށް ނިންމެވި ނިންމެވުމަށް ވާޞިލްވި ސަބަބު ބަޔާންނުކުރައްވައި ނެރުއްވާފައިވާ
އަމުރެއްކަމުގައި ބެލެވޭނެތަނެއް އޮތްކަމަށް ނުފެންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަން އެފަދައިން ހުރުމުން، މިމައްސަލަ
މިކޯޓުގައި ބެލި ފަނޑިޔާރުން ދެކެނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8504(J
(
MD-145 ކޯޓު
އަމުރަކީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކުވިޔަސް ޚިލާފަށް ނެރެފައިވާ އަމުރެއްކަމުގައި ބަލާނެތަނެއް
20 22
04 ހ2 44
4
ނެތެކަމުގައެވެ
ހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯa
9
2{13/HC-A/337
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޙުކުމް
ހދ 30
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން ދެކުރެވުނު ގޮތަށް ހުރުމާއެކު، ކްރިމިނަލް
ކޯޓުގެ ނަންބަރު 2013/8504(J(MD-145 ކޯޓު އަމުރު އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ
ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ
ހައި ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv