ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/33 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/33
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހަކަ 6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 33/HC
-
A/2014
• އިސްތިއުނާފުކުރި ފަރާތް:
*
* ނަން: ދާއޫދު ޔަޙްޔާ
އައިޑީ
ކާޑު ނަންބަރު: A025638
ދާއިމީ އެޑްރެސް:
ގ. ދަންމަރު / ކ. މާލެ
މިހާރުގެ އެޑްރެސް: މ. ޕައިންއެޕަލް | ކ.މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ (ދައުލަތް) * ދާއިމީ އެޑްރެސް: ވެށިފަހިމާލެ އޮފީސް / ކ. މާލެ
އައިޑީ
ކާޑު ނަންބަރު:
* މިހާރުގެ އެޑްރެސް: ވެށިފަހިމާލެ އޮފީސް(ކ.މާލެ
*
• ރަޖިސްޓްރީ ތާރީޚް: 11 ރަބީޢުލްއާޚިރު 1431"
ނިމުނު ތާރީޚް: 04 ޞަފަރު 1436
26 ނޮވެމްބަރު 2014
11 ފެބްރުއަރީ
2014
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1485 ޤަޟިއްޔާ
• ނިންމެވި ފަރާތް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: "ވެށިފަހި މާލެ ޕްރޮގްރާމް"
ޕްރޮގްރާމް" ގެ ދަށުން މާރކްސް ދީފައިވާގޮތް
ހުށަހެޅި ތާރީޚް: 25.07.2013
ނިމުނު ތާރީޚް: 22.09.2013
OX
0293/2
8ތމކރން
ދިވެހިރާއްޖޭގެ
މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
ފަނޑިޔާ**
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
2
2014/HC-A/33
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1485 ޤަޟިއްޔާ، އެ ކޯޓުން ނިންމެވީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ކ.މާލެ / ގ. ދަންމަރު ދާއޫދު ޔަޙުޔާގެ ފަރާތުން އެ
ޤަޟިއްޔާ އިސްތިއުނާފް ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މި
މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ
(ދައުލަތް) އެވެ.
ފާހަގަކުރެވުނު
(1
2 0 2 0x0
239/
/e ހaހ2
މަޙްރުމަވާގޮތަށް ޢަމަލުކޮށް، ދައުދު
އިސްތިއުނާފު ކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1485 ޤަޟިއްޔާއަކީ،
ވެށިފަހި މާލެ ޕްރޮގްރާމްގެ ސީ ކެޓެގެރީން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓަށް ދާއޫދު ޔަހްޔާ ކުރިމަތިލުމުން،
ވެށިފަހި މާލެ އޮފީސް މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ޕޮއިންޓް ދިނުމުގެ
އުޞޫލާ ޚިލާފަށް ދާއޫދު ޔަޙްޔާއަށް ލިބެންޖެހޭ 180 ޕޮއިންޓްގެ ބަދަލުގައި އެބައިން ދާއޫދު ޔަޙްޔާއަށް ސުމެއް
ދީގެން، ދާއޫދު ޔަޙްޔާގެ އަސާސީ ޙައްޤެއްގެ ގޮތުގައި ބެލެވޭ ބޯހިޔާވަހިކަމުން
ފްލެޓް ލިބޭވަރަށް ޕޮއިންޓް ހަމަނުވާކަމަށް ބަލައި ފްލެޓް ލިބިދީފައިނުވާތީ، މާލޭގައި ރަޖިސްޓްރީވެފައިވާ
މުއްދަތަށް ދާއޫދު ޔަޙްޔާއަށް 180 ޕޮއިންޓް ލިބިގެންވާކަމަށް ބަދަލުކުރުމަށް ދަޢުވާލިބޭ ފަރާތަށް ކޯޓުން
އަންގަވައިދެއްވުމަށް އެދި ދާއޫދު ޔަޙްޔާ ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ، "ދެންފަހެ، އިސްވެބަޔާންވެދިޔަ ނުކުތާތަކަށް ރިޢާޔަތްކޮށް
ބެލިއިރު، ދާއޫދު ޔަޙްޔާ މާލޭގައި ރަޖިސްޓްރީވެގެން މާލޭގައި އުޅެފައިވާ މުއްދަތަށް ދާއޫދު ޔަޙްޔާއަށް ދަޢުވާލިބޭ
ފަރާތުން ޕޮއިންޓް ދީފައިނުވަނީ ފްލެޓަށް އެދި ދާއޫދު ޔަޙްޔާ ހުށަހެޅި ފޯމާއެކު މާލޭގައި
ރަޖިސްޓްރީވެފައިވާ ގެއަށް ހަދާދީފައިވާ ރަށްވެހިންގެ ރަޖިސްޓްރީ ހުށަހަޅާފައިނުވާތީކަމަށާއި، އޭނާވެސް
52ފމ
20/
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3216471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/33
04 05
މަދުވާ ލިޔުންތައް ހުށަހެ
ހުށަހެޅުމަށް ދެވުނު ފުރުޞަތުގައިވެސް އެ ލިޔުން ހުށަހަޅާފައިނުވާތީ ކަމަށް ދަޢުވާލިބޭ
ފަރާތުން ބުނެފައިވުމާއި، ދާއޫދު ޔަޙްޔާ އެ ލިޔުން ހުށަހެޅިކަން ސާބިތުކުރުމަށް ދާއޫދު ޔަޙްޔާ ހުށަހެޅި ދެ
ހެކިންގެ ހެކިބަހުން ދާއޫދު ޔަޙްޔާ އެ ލިޔުން ހުށަހެޅިކަން ސާބިތުނުވާތީއާއި، ދާއޫދު ޔަޙްޔާއަކީ މާލޭގެ ގެއެއްގައި
ރަޖިސްޓްރީވެފައިވާ މީހަކަށްވާތީ ދާއޫދު ޔަހްޔާ ފޯމް ހުށަހަޅަންޖެހެނީ ބީ ކެޓަގަރީއަށް ކަމަށްވާއިރު، ދާއޫދު ޔަޙްޔާ
ފޯމް ލާފައިވަނީ ސި ކެޓަގަރީއަށްކަމަށްވުމާއި، މަޢުލޫމާތު ސާފުކުރުމުގެ މަރްޙަލާގައި ހުށަހަޅާފައިވާ ލިޔުންތައް
ހަމަތޯބެލުމަށްފަހު ވެށިފަހިމާލޭ އޮފީހުން ފުރި ފޯމްގައި ދާއޫދު ޔަހްޔާ ސޮއިކޮށްފައިވުމާއި، މާލޭ ރަށްވެހިންގެ
ރަޖިސްޓްރީ ދާއޫދު ޔަހްޔާ ހުށަހެޅިކަން އެއިން އެނގެންނެތުމާއި، ފްލެޓަށް އެދި ދާއޫދު ޔަޙްޔާ ވެށިފަހި މާލޭ
އޮފީހަށް ހުށަހެޅި ފޯމާއި އެ ފޯމާއެކު ހުށަހެޅި ލިޔުންތަކުގެ އަޞްލު ޝަރީޢަތަށް ގެނެސްގެން އެ ލިޔުންތައް
ޝަރީޢަތުން ބެލިއިރު، ދާއޫދު ޔަހްޔާ މާލޭގައި ރަޖިސްޓްރީވެފައިވާ ގޭގެ ރަށްވެހިންގެ ރަޖިސްޓްރީގެ ކޮޕީއެއް
އެލިޔުންތަކުގެ ތެރޭގައި ނެތުމުން، ދަޢުވާ ލިބޭ ފަރާތުން ދާއޫދު ޔަޙްޔާއަށް ޕޮއިންޓް ދިނުމުގައި 180 ޕޮއިންޓް
އުނިކޮށް ޕޮއިންޓް ދެވިފައިވަނީ ދާއޫދު ޔަޙްޔާގެ އިހުމާލުންކަމަށްވުމުން، ދާއޫދު ޔަޙްޔާއަށް 180 ޕޮއިންޓް
އިތުރުކުރުމަށް ޝަރީޢަތުން އަންގާނެތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށް..." މައްސަލަ ނިންމަވާފައިވާކަން
އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
2) ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1485 ޤަޟިއްޔާ، އެ ކޯޓުން ނިންމެވީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ކ. މާލެ / ގ. ދަންމަރު ދާއޫދު ޔަޙުޔާގެ ފަރާތުން އެ
ޤަޟިއްޔާ އިސްތިއުނާފު ކުރަމުން 02 (ދޭއް) ނުކުތާއެއް ފާހަގަކޮށް، އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
ހ ށ 72
ފުރަތަމަ ނުކުތާއަކީ، ދާއޫދު އަރްޔާ ވެށިފަހި މާލެ ޕްރޮގްރާމަށް
C004289 ފޯމުގެ މަޢުލޫމާތު ފުރިހަމަނުވާކަމަށް ކޯޓުން ނިންމަވާފައިވާއިރު، އެ ފޯމު
ސާބިތުވާކަމާއި، ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުމެއް ހުށަހަޅާފައިނުވާނަމަ ފޯމު ބަލައި ނުގަންނާ
ޅ،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 321647
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/33
އިންޓަވިޔުއަށްކުރި އިޢުލާން (ނަންބަރު 138
/
1
/
2012
/
20/IUL) ގައި ލިޔުންތައް ނުގެންނަނަމަ އިންޓަވިޔު
ކުރިއަށް ނުގެންދެވޭނެކަމަށް ބުނެފައިވީނަމަވެސް ދާއޫދު ޔަޙްޔާއާ އިންޓަވިޔުކޮށް ނިމިފައިވާތީ ދާއޫދު ޔަޙްޔާގެ
ފޯމް ބަލައިގެންފައިވާކަން ސާބިތުވާއިރު އެކަމަށް ރިޢާޔަތް ކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދެވަނަ ނުކުތާއަކީ، ވެށިފަހި މާލެ ޕްރޮގްރާމްގެ އިންޓަވިޔުއަށް ޙާޟިރުވިއިރު
ގެންދަންޖެހޭ ހުރިހާ ލިޔެކިޔުންތަކެއް ގެންދަންޖެހޭކަމަށް އޮންނަކަމަށާއި، ދާއޫދު ޔަޙްޔާއަކީ ދަފްތަރުގައި ނުވަތަ
މާލޭ ގެއެއްގައި ރަޖިސްޓްރީވެފައިވާ މީހެއްކަން އެނގޭނެ ލިޔުމެއް ނުގެންދާކަމަށް ބުނިނަމަވެސް، ދާއޫދު ޔަޙްޔާ
އިންޓަވިއުއަށް ޙާޟިރުވިއިރު މި ހުރިހާ ތަކެތި ހުށަހެޅިކަމަށާއި، ފޯމް ބަލައިގަތުމަށްފަހު ދޫކޮށްފައިވާ ރަސީދު،
މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ އަޞްލާއި ކޮޕީ، އައިޑީކާޑު ނެތްނަމަ މުއްދަތު ހަމަނުވާ ޕާސްޕޯޓްގެ އަޞްލާއި
ކޮޕީ، އުފަންދުވަހުގެ ސެޓްފިކެޓްގެ އަޞްލާއި ކޮޕީ، ކައިވެނީގެ އަދި ވަރީގެ ސެޓިފިކެޓުގެ އަޞްލާއި ކޮޕީ؛
ރަށްވެހިންގެ ރަޖިސްޓްރީގެ އަޞްލާއި ކޮޕީ، މި ތަކެތި ހުށަނާޅާނަމަ އިންޓަވިއު ކުރިއަށް ނުގެންދެވޭނެ ވާހަކަ
ވެށިފަހި މާލެ އޮފީހުން ކުރި އިޢުލާން ނަންބަރު 138
/
1
/
2012
/
20/IUL ގައިވާކަމާއި ނަމަވެސް، ދާއޫދު
އިންޓަވިޔުކޮށް ނިމިފައިވާކަމަށް ދައުލަތުންވެސް އެއްބަސްވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(3
މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1485 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށާއި، މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް
ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ޕާރގެރާމެ"
(ހ) ފުރަތަމަ ކަމަކީ، 2011 ވަނަ އަހަރުގެ ޖެނުއަރީ މަހު އިޢުލާންކުރެވުނު "ވެށިފަހި މާލެ
މިމް" ގެ ދަށުން ބޯހިޔާވަހިކަމަށް އެދޭ ފަރާތްތަކުން ފޯމުލުމަށް ތިން ގިންތި ކަނޑައަޅާފައިވާކަމަށް
އެގޮތުން ގިންތިތަކުގެ ގޮތުގައި ކެޓަގަރީ (A)، އާއި ކެޓަގަރީ "ބީ" (B) އަދި
f241
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/33
ހިމެނިފައިވާއިރު، ކޮންމެ މީހަކުވެސް ފޯމު ފުރަންޖެހެނީ އެމީހަކު ނިސްބަތްވާ ގިންތިއަށް އަމާޒުވާ ފޯމުކަމާއި،
ކެޓަގަރީ "އޭ"، ނިސްބަތްވަނީ ބޯހިޔާވަހިކަމަށް އެދޭ ކުދި ބިންތަކުގައި ދިރިއުޅޭ މާލޭގެ ރަށްވެހިންނަށް ކަމާއި،
ކެޓަގަރީ "ބީ" ނިސްބަތްވަނީ ބޯހިޔާވަހިކަމަށް އެދޭ އަމިއްލަ ބޯހިޔާވަހިކަމެއްނެތް މާލެއަށް އުފަންމީހުން
ކަމުގައިވާއިރު، މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނާ މާލޭގައި ގިނަދުވަހު
ވަޒަންވެރިވެފައިވާ ބޯހިޔާވަހިކަމަށް އެދޭ ފަރާތްތަކަށް ނިސްބަތްވަނީ ކެޓަގަރީ "ސީ" ކަމާއި،
ކެޓަގަރީ "އޭ" އަށް އަމާޒުވާ ފޯމް ފުރަންޖެހެނީ މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން، ބިން
ޢައްޔަންކުރުމުގެ ސަބަބުން ނުވަތަ ވަކިން ޢިމާރާތްކުރުމުގެ ސަބަބުން ނުވަތަ އެހެންވެސް ގޮތަކުން 300
އަކަފޫޓަށްވުރެ ކުޑަ ބިމަކަށް ނިސްބަތްވާ ފަރާތްތަކުންކަމާއި، އެފަރާތަކީ ތަނަވަސް ބޯހިޔާވަހިކަމެއް ހޯދުމަށްޓަކައި
އެ ބިން ދޫކޮށްލުމުގެ ޤާނޫނީ ބާރު އޮތް، ދޫކޮށްލުމަށް އެއްބަސްވާ ފަރާތަކަށްވުން ލާޒިމްކަމާއި، އަދި އެ ފަރާތަކީ
ދޫކޮށްލާ ބިން ނޫން އެހެން ބިމެއް ނުވަތަ ހިޔާވަހިކަމެއް ނެތް މީހަކަށް ވާންޖެހޭކަމަށާއި، ކެޓަގަރީ "ބީ"، އަށް
އަމާޒުވާ ފޯމް ފުރަންޖެހެނީ މާލެއަށް އުފަން، މާލޭގައި ރަޖިސްޓްރީވެފައިވާ، ނަމަވެސް މާލެއިން އަމިއްލަ
ބޯހިޔާވަހިކަމެއް ލިބިފައިނުވާ ފަރާތްތަކުންކަމުގައިވާއިރު، ކެޓަގަރީ "ސީ" އަށް އަމާޒުވާ ފޯމު ފުރަންޖެހެނީ މާލޭ
މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނާ މާލޭގައި ވަޒަންވެރިވެގެން އުޅޭ ނަމަވެސް މާލެ ނޫން
އެހެން ރަށެއްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުންކަން "ވެށިފަހި މާލެ ޕްރޮގްރާމް (ފުލެޓާއި ގޯއްޗަށް އެދޭ ފޯމް
4 0 2 7
ފުރާނެ ގޮތުގެ މަޢުލޫމާތު)" އަށް ބެލުމުން އެނގެން އޮން
އަންނަކަމާއި،
އެގޮތުން، މައްސަލަ އިސްތިއުނާފުކުރާ ދާއޫދު ޔަޙްޔާ "ވެށިފަހި މާލެ ޕްރޮގްރާމް" ގެ ދަށުން
ބޯހިޔާވަހިކަމަށް އެދި ކެޓަގަރީ "ސީ" އަށް އަމާޒުވާ ފޯމު ފުރާ ހުށަހެޅިކަމާއި، ދާއޫދު ޔަޙްޔާ ހުށަހެޅި ނަންބަރު
C004289 ފޯމުން ދާއޫދު ޔަޙްޔާ މާލޭގައި ރަޖިސްޓަރީވެފައިވާ މުއްދަތަށް އެއްވެސް ޕޮއިންޓެއް ލިބިފައިނުވާކަން
ފާހަގަކުރެވޭކަމާއި، އެހެންނަމަވެސް، މާލޭގައި ރަޖިސްޓަރީނުވެ، މާލޭގައި ދިރިއުޅުނު މުއްދަތަށް ލިބުނީ 175
ޕޮއިންޓުކަން ވެށިފަހި މާލެ ޕްރޮގްރާމް އޮފީހުގެ ނަންބަރު 2013
/
1180/INDIV/138
އެނގެން އޮންނަކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/33
4 & 02
އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1485 ޤަޟިއްޔާގައި ދާއޫދު
ފަރާތުންކޮށްފައިވާ ދަޢުވާއަކީ ވެށިފަހި މާލެ އޮފީހުން ނުވަތަ މިނިސްޓްރީ އޮފް ހައުސިން އެންޑް
އިންފްރާސްޓްރަކްޗަރ އިން ޕޮއިންޓް ދިނުމުގެ އުޞޫލާ ޚިލާފަށް ދާއޫދު ޔަޙްޔާ މާލޭގައި ރަޖިސްޓަރީވެފައިވާ
މުއްދަތަށް ދާއޫދު ޔަޙްޔާއަށް ލިބެންޖެހޭ 180 ޕޮއިންޓްގެ ބަދަލުގައި އެބައިން ދާއޫދު ޔަޙްޔާއަށް އެއްވެސް
ޕޮއިންޓެއް ލިބިފައިނުވާތީ، ބުނެވުނު މުއްދަތަށް ދާއޫދު ޔަޙްޔާއަށް ލިބެންޖެހޭކަމަށް ދާއޫދު ޔަޙްޔާ ބުނާ 180
ޕޮއިންޓް ލިބިގެންވާކަމަށް ބަދަލުކުރުމަށް ދަޢުވާލިބޭ ފަރާތަށް އެންގުންކަން ފާހަގަކުރެވެން އޮންނަކަމެވެ.
04 0
ފޯމުގެ މަޢުލޫމާތު ފުރިހަމަނުވާކަމަށް ސިވިލް ކޯޓުން ނިންމަވާފައިވާއިރު، އެ ފޯމު ބަލައިގެންފައިވާކަން
ސާބިތުވާކަމާއި، އެ ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުމެއް ހުށަހަޅާފައިނުވާނަމަ ފޯމު ބަލައި ނުގަންނާނެކަމަށާއި، މި
އިންޓަވިޔުއަށްކުރި ނަންބަރު 138
/
1
/
2012
/
20/IUL އިޢުލާން ގައި ލިޔުންތައް ނުގެންނަނަމަ އިންޓަވިޔު
ކުރިއަށް ނުގެންދެވޭނެކަމަށް ބުނެފައިވީނަމަވެސް ދާއޫދު ޔަޙްޔާއާ އިންޓަވިޔުކޮށް ނިމިފައިވާތީ ދާއޫދު ޔަޙްޔާގެ
ފޯމް ބަލައިގެންފައިވާކަން ސާބިތުވާއިރު އެކަމަށް ރިޢާޔަތް ކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް
ދިވެހިރާއްޖޭގެ ހައިކޯޓުން ނަޒަރުކުރިއިރު،
ހުށަހެޅިފައިމިވާ މައްސަލާގައި، ދާއޫދު ރައްޔާއަށް އިތުރަށް 180 ޕޮއިންޓް ލިބޭނީ މާލޭގައި
ރަޖިސްޓަރީވެފައިވާ މުއްދަތަށްކަމަށް ދާއޫދު ޔަޙްޔާގެ ފަރާތުން ބުނެފައިވާއިރު، ދާއޫދު ޔަހްޔާ ބޯހިޔާވަހިކަމަށް އެދި
ފޯމުލާފައިވަނީ ކެޓަގަރީ "ސީ" އަށްކަން ހުށަހެޅިފައިވާ ލިޔެކިއުންތަކުންނާއި، ދާއޫދު ޔަޙުޔާގެ ބަހުން އެނގެން
އޮންނައިރު، ކެޓަގަރީ "ސީ" އަމާޒުކުރެވުނީ މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި
މާލޭގައި ވަޒަންވެރިވެގެން އުޅޭ ނަމަވެސް މާލެ ނޫން އެހެން ރަށެއްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށްކަން
އެނގެން އޮންނަކަމާއި، އަދި އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 228/2013
248
ޤަޟިއްޔާގައިވެސް ފާހަގަކުރައްވާފައިވާ ފަދައިން، ދާއޫދު ޔަޙްޔާއަކީ މާލޭގެ
ހ
ރަށްވެއްސެއް ކަމުގަ
t
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/33
2
ޔަޙްޔާ ބޯހިޔާވަހިކަމަށް އެދި ފޯމު ލާފައިވަނީ މާލޭގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކާއި، މާލޭގައި
ދިރިއުޅޭ އެހެން ރަށްރަށަށް ނިސްބަތްވާ ފަރާތްތައް ބޯހިޔާވަހިކަމަށް އެދޭ ކެޓަގަރީއަށްކަމާއި،
ދާއޫދު ޔަޙްޔާ ވެށިފަހި މާލެ ޕްރޮގްރާމަށް ހުށަހެޅި ނަންބަރު C004289 ފޯމާއި އެކު
ހުށަހަޅަންޖެހޭ ލިޔެކިއުންތައް ފުރިހަމަނުވާނަމަ، އެ ފޯމު ބަލައިގެންފައިނުވާނެކަމަށް ދާއޫދު ޔަޙްޔާގެ ފަރާތުން
ފާހަގަކޮށްފައިވާއިރު، އިސްވެ ބުނެވުނު ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ގޮތުގައި ހިމެނެނީ ފޯމުގައި ސޮއިކުރި
މީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަޞްލާއި ކޮޕީ، އަދި ބޯހިޔާވަހިކަމަށް އެދޭ މީހާގެ
މައިންބަފައިންނާއި، އަނބި ނުވަތަ ފިރިމީހާއާއި 18 އަހަރު ނުފުރޭ ދަރިންނާއި، އަދި އެކަކަށް ވުރެ ގިނަ
މީހުންނާ އިނދެގެން އުޅޭނަމަ، އެމީހުންނާއި އެމީހުންގެ މައިންބަފައިންގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ
އަޞްލާއި ކޮޕީކަން "ވެށިފަހި މާލެ ޕްރޮގްރާމް (ފުލެޓާއި ގޯއްޗަށް އެދޭ ފޯމް ފުރާނެ ގޮތުގެ މަޢުލޫމާތު)" އަށް
ބެލުމުން އެނގެން އޮންނަކަމާއި، އެހެންކަމުން، ދާއޫދު ޔަޙްޔާ ހުށަހެޅި ނަންބަރު C004289 ފޯމު ބަލައިގަތް
ގަތުމަކުން، މާލޭގެ ރަށްވެހިންގެ ރަޖިސްޓަރީ އެ ފޯމާއި އެކު ދާއޫދު ޔަޙްޔާ ހުށަހެޅިކަން ސާބިތުނުވާކަމާއި،
ވެށިފަހި މާލެ ޕްރޮގްރާމް އޮފީހުގެ
ނަންބަރު 138
/
1
/
2012
/
20/IUL އިޢުލާނުގައި
އިންޓަވިޔުއަށް އަންނައިރު ހުށަހަޅަންޖެހޭ ތަކެތި ހަމަނުވާނަމަ އިންޓަވިޔު ކުރިއަށް ނުގެންދެވޭނެކަމަށް އެ
އިޢުލާނުގައި ބަޔާންކުރެވިފައިވާއިރު، ދާއޫދު ޔަޙްޔާއާއި އިންޓަވިއުކުރެވުނުކަމަށް ދާއޫދު ޔަޙްޔާ ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ފާހަގަކޮށްފައިވީނަމަވެސް، ދާއޫދު ޔަހްޔާ ޙަވާލާ ދީފައިވާ އިޢުލާނުގައި،
ވެށިފަހި މާލެ ޕްރޮގްރާމްގެ ތަނަވަސް ބޯހިޔާވަހިކަމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ކެޓަގަރީ "ސީ" ގައި ހިމެނޭ
މާލެ ޚާއްޞަ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން، މާލެއަށް ނިސްބަތްވާ މާލެ ރައްޔިތުން، އެ
ޕްރޮގްރާމްގެ ކެޓަގަރީ "ބީ" އަށް ބަދަލު ކުރުމަށް ހަމަޖެހިފައިވާކަމަށް އެ އިޢުލާނުގައި ބަޔާންކުރެވިފައިވާކަމާއި،
އަދި އިސްވެ އިޝާރާތްކުރެވުނު ފަރާތްތަކުން "ބީ" ކެޓަގަރީގެ އިންޓަވިޔުކޮށް ނިންމުމުގެ މުއްދަތު ޖެޑީގެމް
2012 އަށް އިތުރު ކުރި ވާހަކަ ބަޔާންކޮށްފައިވާކަމާއި، "ބީ" ކެޓަގަރީގެ އިންޓަވިއުއަށް
ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ރަށްވެހިންގެ ރަޖިސްޓަރީ ހިމެނިފައިވާކަން ފާހަގަކުރެވޭކަމާއި، އެހެންނީޝް
fl
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/33
ދާއޫދު ޔަހްޔާ ބޯހިޔާވަހިކަމަށް އެދި ފޯމުލީ ކެޓަގަރީ "ސީ" އަށްކަން އެނގޭކަމާއި، އަދި ފަހުންވެސް ދާއޫދު
ޔަޙްޔާ ކެޓަގަރީ "ބީ" އަށް ފޯމުލައި ނުވަތަ ބަދަލުކުރެވިފައިނުވާކަން މި މައްސަލާގެ ދެފަރާތުގެ ބަހުން އެނގެން
އޮންނައިރު، ކެޓަގަރީ "ސީ" އަށް ބޭނުންވާ ލިޔެކިއުންތަކާއި އެކު ދާއޫދު ޔަހްޔާ އިންޓަވިޔުއަށް ދިޔަ ދިއުމަކުން،
ކެޓަގަރީ "ބީ" އަށް ހުށަހަޅަންޖެހޭ ރަށްވެހިންގެ ރަޖިސޯޓަރީގެ ކޮޕީއެއް ދާއޫދު ޔަޙްޔާ ހުށަހެޅިކަން
ސާބިތުނުވާކަމެވެ.
(ނ) ތިންވަނަ ކަމަކީ، ވެށިފަހި މާލެ ޕްރޮގްރާމްގެ އިންޓަވިޔުއަށް ޙާޟިރުވިއިރު ގެންދަންޖެހޭ
ހުރިހާ ލިޔެކިޔުންތަކެއް ގެންދަންޖެހޭކަމަށް އޮންނަކަމަށާއި، ދާއޫދު ޔަޙްޔާއަކީ ދަފްތަރުގައި ނުވަތަ މާލޭ ގެއެއްގައި
ރަޖިސްޓްރީވެފައިވާ މީހެއްކަން އެނގޭނެ ލިޔުމެއް ނުގެންދާކަމަށް ބުނިނަމަވެސް، ދާއޫދު ޔަހްޔާ އިންޓަވިޔުއަށް
ޙާޟިރުވިއިރު މި ހުރިހާ ތަކެތި ހުށަހެޅިކަމަށާއި، ފޯމް ބަލައިގަތުމަށްފަހު ދޫކޮށްފައިވާ ރަސީދު، މުއްދަތު ހަމަނުވާ
އައިޑީ ކާޑުގެ އަޞްލާއި ކޮޕީ، އައިޑީކާޑު ނެތްނަމަ މުއްދަތު ހަމަނުވާ ޕާސްޕޯޓްގެ އަޞްލާއި ކޮޕީ، އުފަންދުވަހުގެ
ސެޓްފިކެޓްގެ އަޞްލާއި ކޮޕީ، ކައިވެނީގެ އަދި ވަރީގެ ސެޓިފިކެޓުގެ އަޞްލާއި ކޮޕީ، ރަށްވެހިންގެ ރަޖިސްޓްރީގެ
އަޞްލާއި ކޮޕީ، މި ތަކެތި ހުށަނާޅާނަމަ އިންޓަވިޔު ކުރިއަށް ނުގެންދެވޭނެ ވާހަކަ ވެށިފަހި މާލެ އޮފީހުން ކުރި
ނަންބަރު 138/1/2012/20!ILL އިޢުލާން ގައިވާކަމާއި، އަދި ދާއޫދު ޔަޙްޔާއާ އިންޓަވިޔުކޮށް ނިމިފައިވާކަމަށް
ދައުލަތުންވެސް އެއްބަސްވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ރިޢާޔަތް ކުރިއިރު،
އިސްވެ އިޝާރާތްކުރެވުނު ފަދައިން، ދާއޫދު ޔަޙްޔާ ޙަވާލާދީފައިވަނީ ކެޓަގަރީ "ބީ" އަށް ފޯމު
ހުށަހެޅި، ނުވަތަ ކެޓަގަރީ "ސީ" އިން "ބީ" އަށް ބަދަލުވެފައިވާ ފަރާތްތައް ހުށަހަޅަންޖެހޭ ލިޔެކިއުންތަކަށް
ކަމުގައިވާއިރު، ވެށިފަހި މާލެ ޕްރޮގްރާމް އޮފީހުގެ ނަންބަރު 138/1/2012/16(IUL) އިޢުލާނުގައި "ވެށިފަހި
މާލެ ޕްރޮގްރާމް" ގެ ތަނަވަސް ބޯހިޔާވަހިކަމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ "ސީ" ކެޓަގަރީގެ ދަށުން ދޫކުރާ
ފްލެޓަށް ހުށަހަޅާ ފަރާތްތަކުގެ ފޯމުތަކުގައިވާ މަޢުލޫމާތު ސާފުކުރުމާއި އެފަރާތްތަކާއި އިންޓަމިތުންކޮޅެމުގެg
މަސައްކަތް މެއި 2012 ގައި ފެށުމަށްވަނީ ހަމަޖެހިފައިކަމަށާއި، އެގޮތުން ގެންނަންޖެހޭ ލިޔެކިއުންތަކުގެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
9
2014/HC-A/33
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ރަށްވެހިންގެ ރަޖިސްޓަރީއާއި، ދަފްތަރުގައި ރަޖިސްޓަރީވުމުގެ ސެޓްފިކެޓާއި، އަދި މާލޭގައި ގިނަ ދުވަހު
ވަޒަންވެރިވެފައިވާކަން ސާބިތުކޮށްދޭ ލިޔުން ހުށަހެޅުން ހިމެނޭކަން ފާހަގަކުރެވެން އޮންނައިރު،
ކެޓަގަރީ "ސީ" އަށް ހުށަހަޅަންޖެހޭ ލިޔުންތައް ބަޔާންކުރާ ލިސްޓުގައި، ދަފްތަރުގައި
ރަޖިސްޓަރީވެފައިނުވާ މީހުން މާލޭގައި ގިނަ ދުވަހު ވަޒަންވެރިވެގެން އުޅުނުކަމުގެ ލިޔުން ދާއޫދު އަޙްޔާ
ހުށަހެޅިކަމަށް ފާހަގަ ޖަހާފައިވާއިރު، ދަފްތަރު ރަޖިސްޓަރީ ހުށަހެޅުނުކަމަށް ފާހަގަޖަހާފައިނުވާ ކަމާއި، އަދި
އިސްވެ ބުނެވުނު ލިސްޓަކީ ދާއޫދު ޔަޙްޔާގެ ފަރާތުން ހުށަހެޅި ލިޔުންތައް އަންގައިދޭ ލިސްޓުކަމުގައިވާއިރު، މި
ލިސްޓުގައި ދާއޫދު ޔަޙްޔާ ސޮއިކޮށްފައިވާކަން ފާހަގަކުރެވެން އޮންނަކަމާއި، މީގެ އިތުރުން ދާއޫދު ޔަޙްޔާގެ
ފަރާތުން "ވެށިފަހި މާލެ ޕްރޮގްރާމް" އަށް ހުށަހެޅި ލިޔެކިއުންތަކުގެ އަޞްލު ސިވިލް ކޯޓުން ގެންނަވައި
ބެއްލެވިއިރުވެސް، ދާއޫދު އައްޔާގެ ރަށްވެހިންގެ ރަޖިސްޓަރީ އެ ލިޔުންތަކުގެ ތެރޭގައި ހިމެނިފައި ނެތުމުން،
ރަށްވެހިންގެ ރަޖިސްޓްރީއަކީ ދާއޫދު ޔަޙުޔާގެ ފަރާތުން "ވެށިފަހި މާލެ ޕްރޮގްރާމް" އަށް ހުށަހެޅުނު ލިޔުމެއްކަން
އެނގެން ނެތްކަމާއި، އަދި އިސްތިއުނާފުކުރެވޭ މައްސަލާގެ ޝަރީޢަތުގެ މަޖިލިހަށް ހެކިން ޙާޟިރުކުރެވުނުއިރު،
ދާއޫދު ޔަޙްޔާ އެއްވެސް އިރެއްގައި ރަށްވެހިންގެ ރަޖިސްޓަރީ އެ އޮފީހަށް ހުށަހެޅިކަން ހެކިންގެ ހެކިބަހުންވެސް
ސާބިތުވާން ނެތަތީ، ދާއޫދު ޔަޙްޔާއަށް ލިބެންޖެހޭނެކަމަށް ބުނާ 180 ޕޮއިންޓަކީ ދާއޫދު ޔަޙްޔާ ރަށްވެހިންގެ
ރަޖިސްޓަރީ ހުށަހެޅިނަމަ ލިބޭނެ ޕޮއިންޓްކަމަށް ބެލެވެން އޮތްހިނދު، އިސްތިއުނާފު ރައްދުވާ ފަރާތުން ދާއޫދު
ޔަޙްޔާއަށް ޕޮއިންޓް ދިނުމުގައި 180 ޕޮއިންޓް އުނިކޮށް ޕޮއިންޓް ދެވިފައިވަނީ ދާއޫދު ޔަޙްޔާގެ އިހުމާލުންކަމަށް
ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1485 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ
ޞޫލުތަކާއި ޚިލާފަށްކަމަށް ބަލާނެތަނެއް ނެތްކަމެވެ.
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
10
2014/HC-A/33
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ޙުކުމް:
ދެންފަހެ، އިސްވެ ބަޔާންވެދިޔަކަންކަން އެގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު
2013/Cv
-
C/1485 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ކ. މާލެ | ގ. ދަންމަރު ދާއޫދު ޔަޙްޔާގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ހަމައެއް
ނެތްކަމަށް
މައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި،
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv