ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/75 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A'75
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 75/HC
-
A/2013
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ފުއާދު ޒާހިރު
އައިޑީ ކާޑު ނަންބަރު: A057687
* ދާއިމީ އެޑްރެސް: މަރިޔަމްމާގެ / ގއ. ކޮލަމާފުށި
މިހާރުގެ އެޑްރެސް: ލ. ހިއްމިޔާ / ކ. މާލެ
30
• އިސްތިއުނާފު ރައްދުވި ފަރާތް
ނަން: މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ (ދިވެހި ދައުލަތް)* ދާއިމީ އެޑް
އެޑްރެސް:
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
#
• ރަޖިސްޓްރީ ތާރީޚް: 15 ރަބީޢުލްއާޚިރު 1434
25 ފެބްރުއަރީ 2013
* ނިމުނު ތާރީޚް: 17 ރަބީޢުލްއާޚިރު 1435
27 ފެބްރުއަރީ 2014
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ސިވިލްކޯޓުގެ ނަންބަރު 2012/Cv
-
C/1313
• ނިންމެވި ފަރާތް: ސިވިލް ކޯޓު
• މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
• ހުށަހެޅި ތާރީޚް: 19.07.2012
* ނިމުނު ތާރީޚް: 28.11.2012
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
2
2013/HC-A/75
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
029
9 މަސްދުވަހަށް ފުއާދު ޒާހިރަށް ލިބެންޖެހޭ ޙައްޤެއް ކަމުގައިވާތީ، އެ ފައިޝާއްޖޭގެ ހައިކޯ"
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1313 ޤަޟިއްޔާ، އެ ކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ގއ. ކޮލަމާފުށި | މަރިޔަމްމާގެ ފުއާދު ޒާހިރުގެ ފަރާތުން އެ
ޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މި
މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ (ދިވެހި ދައުލަތް)
އެވެ.
l) އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1313 ޤަޟިއްޔާގައި ޕަބްލިކް
ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ދިވެހި ސަރުކާރުން އިޢުލާންކޮށް، ނޭޝަނަލް ޕްލޭނިންގ ކައުންސިލުން
އިޤްތިޞާދީ އެކި މަސައްކަތްތަކަށް ޝަޢުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލްތައް ހުށަހެޅުމަށް އެންގުމާއި ގުޅިގެން
ކޮލަމާފުށި | މަރިޔަމްމާގެ، ފުއާދު ޒާހިރު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A057687)
ހުށަހެޅި ޕްރޮޕޯސަލް ދިރާސާކުރުމަށްފަހު އެ ޕްރޮޕޯސަލް ކާމިޔާބުކަމާއެކު ކުރިޔަށް ގެންދެވިދާނެ ކަމަށް ނޭޝަނަލް
ޕްލޭނިންގ ކައުންސިލަށް ފެނުނުހިނދު، ފުރަވެރީގައި 20 ލަގްޒަރީވިލާގެ 4 ތަރީގެ ހޮޓަލެއް އެޅުމަށް ފުއާދު
ޒާހިރަށް އެރަށް އެވޯޑްކޮށްފައި ވަނިކޮށް، މިނިސްޓްރީ އޮފް ޓޫރިޒަމުން އެ ރަށް އެހެން ފަރާތަކަށް
އެވޯޑްކޮށްފައިވާކަމަށް ފުއާދު ޒާހިރަށް އަންގައި، އެހެން ރަށެއް ޚިޔާރުކުރުމަށް ނޭޝަނަލް ޕްލޭނިންގ
ކައުންސިލުން
ފިން އެންގުމުން ފުއާދު ޒާހިރު ރ. އުފުލަންދޫ ޚިޔާރުކޮށްފައިވާކަމަށާއި، ރ. އުފުލަންދޫ ފުއާދު ޒާހިރަށް
އެވޯޑް ކުރުމަށްފަހު، ރ. އުފުލަންދޫގައި 20 ވިލާގެ 4 ތަރި ހޮޓަލެއް އެޅުމުގެ މަޝްރޫޢު ފެށުމަށް ދިވެހި
ސަރުކާރާއެކު ކުރަން ހަމަޖެހިފައިވާ އެއްބަސްވުންތަކުގައި ސޮއިކުރުމާއި ހަމައަށް ގޮސްފައިވަނިކޮށް، އެ މަޝްރޫޢު
ފެށުން ގަސްތުގައި ލަސްކޮށްފައިވާތީ، 23 އޮކްޓޯބަރު 2011 ވަނަ ދުވަހުން ފެށިގެން މި ޕްރޮޖެކްޓްގެ ބިޒްނަސް
ޕްލޭންގައިވާ، ރިޓާން އޮފް ދަ އިންވެސްޓްމެންޓްގެ %15
މަސްދުވަހުގެ ފައިދާއަށްވާ
2.587,500.00 $US (ދެމިލިއަން ފަސްލައްކަ އަށްޑިހަ ހަތްހާސް ފަސްސަތޭކަ އެމެރިކާ ޑޮލަރު) އަކީ މި
{
:/
4
ގެ
9
2
0
3
2 ބ 2
ޕްރޮޖެކްޓް ހުއްޓުވާފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/75
74 0.
ގއ
ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދައިދިނުމަށް އެދޭކަމަށާއި، ދިވެހި ސަރުކާރުން ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ
ޤާނޫނާ ޚިލާފުވެ، ފުއާދު ޒާހިރަށް އެވޯޑް ކޮށްފައިވާ ރ. އުފުލަންދޫ އެވޯޑް ކުރުމަށް ހުށަހެޅި އޮފަރ އަށް،
ދީފައިވާ ޓައިމް ލިމިޓްގެ ތެރޭގައި، އެ ހުށަހެޅުން ފުއާދު ޒާހިރު ޤަބޫލުކޮށްފައިވާކަން ސިޓީއަކުން
އަންގާފައިވަނިކޮށް، އެ ހުށަހެޅުން ދިވެހި ސަރުކާރުން ބަދަލުކޮށް މި މަޝްރޫޢު ހިންގުމަށް އެވޯޑް ކޮށްފައިވާ
ރ. އުފުލަންދޫގެ އެއްބަސްވުންތަކުގައި ސޮއިނުކޮށް ހިފަހައްޓާފައިވާތީ، ޝަރީޢަތް މެދުވެރިކޮށް ދިވެހި ސަރުކާރުން
މި ޕްރޮޖެކްޓަށް ދޫކޮށްފައިވާ، ރ. އުފުލަންދޫ ފުއާދު ޒާހިރު ހުށަހަޅާފައިވާ ހުށަހެޅުމާ އެއްގޮތަށް ލިބިދިނުމަށް އެދި
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ (ދިވެހި ދައުލަތް) ގެ މައްޗަށް ފުއާދު ޒާހިރު ދަޢުވާކޮށްފައިވާކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ "... ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށާއި،
ހުށަހެޅިފައިވާ އެހެނިހެން ލިޔެކިއުންތަކުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތްކޮށް، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ
ދަށުން ދިވެހި ސަރުކާރުން އިޢުލާންކޮށް، ނޭޝަނަލް ޕްލޭނިންގ ކައުންސިލުން އިޤްތިޞާދީ އެކި މަސައްކަތްތަކަށް
ޝަޢުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލްތައް ހުށަހެޅުމަށް އެންގުމާއި ގުޅިގެން ކޮލަމާފުށި | މަރިޔަމްމާގެ،
ފުއާދު ޒާހިރު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A057687) ހުށަހެޅި ޕްރޮޕޯސަލް
ދިރާސާކުރުމަށްފަހު އެ ޕްރޮޕޯސަލް ކާމިޔާބުކަމާއެކު ކުރިޔަށް ގެންދެވިދާނެކަމަށް ނޭޝަނަލް ޕްލޭނިންގ
ކައުންސިލަށް ފެނުނުހިނދު، ރ. ފުރަވެރީގައި 20 ލަގްޒަރީވިލާގެ 4 ތަރީގެ ހޮޓަލެއް އެޅުމަށް ފުއާދު ޒާހިރަށް
އެރަށް އެވޯޑްކޮށްފައި ވަނިކޮށް، މިނިސްޓްރީ އޮފް ޓޫރިޒަމުން އެ ރަށް އެހެން ފަރާތަކަށް އެވޯޑްކޮށްފައިވާކަމަށް
ފުއާދު ޒާހިރަށް އަންގައި، އެހެން ރަށެއް ޚިޔާރުކުރުމަށް ނޭޝަނަލް ޕްލޭނިންގ ކައުންސިލުން އެންގުމުން ފުއާދު
ޒާހިރު ރ. އުފުލަންދޫ ޚިޔާރުކޮށްފައިވާކަމަށާއި، އުފުލަންދޫ ފުއާދު ޒާހިރަށް އެވޯޑް ކުރުމަށްފަހު،
ރ. އުފުލަންދޫގައި 20 ވިލާގެ 4 ތަރި ހޮޓަލެއް އެޅުމުގެ މަޝްރޫޢު ފެށުމުން ދިވެހި ސަރުކާރާއެކު ކުރަން
ހަމަޖެހިފައިވާ އެއްބަސްވުންތަކުގައި ސޮއިކުރުމާއި ހަމައަށް ގޮސްފައިވަނިކޮށް، އެ މަޝްރޫޢު ފެށުން ގަސްތުގައި
ލަސްކޮށްފައިވާތީ، 23 އޮކްޓޯބަރު 2011 ވަނަ ދުވަހުން ފެށިގެން މި ޕްރޮޖެކްޓްގެ ބިޒްނަސް ޕްލޭންގައިވާ،
ރިޓާން އޮފް ދަ އިންވެސްޓްމެންޓްގެ %15 ގެ 9 މަސްދުވަހުގެ ފައިދާއަށްވާ -/2,587,500 $US (ދެމިލިއަން
ފަސްލައްކަ އަށްޑިހަ ހަތްހާސް ފަސްސަތޭކަ އެމެރިކާ ޑޮލަރު) އަކީ މި ޕްރޮޖެކްޓް ހުއްޓުވާފައިވާ 09 (ނުވައެއް)
މަސްދުވަހަށް ފުއާދު ޒާހިރަށް ލިބެންޖެހޭ ޙައްޤެއްކަމުގައިވާތީ، އެ ފައިސާ މާލީ ގެއްލުމުގެ ބަދަލުގެ ގޮތު
ހޯދައިދިނުމަށް އެދޭކަމަށާއި، ދިވެހި ސަރުކާރުން ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނާ ޚިލާފްވެ، ފުއާދު
#
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/75
OX
Oxc
ދިވެހިން%38 ހައިކޯ"
އެވޯޑްކޮށްފައިވާ ރ. އުފުލަންދޫ އެވޯޑްކުރުމަށް ހުށަހެޅި އޮފަރ އަށް، ދީފައިވާ ޓައިމް ލިމިޓްގެ ތެރޭގައި، އެ
ހުށަހެޅުން ފުއާދު ޒާހިރު ޤަބޫލު ކޮށްފައިވާކަން ސިޓީއަކުން އަންގާފައިވަނިކޮށް، އެ ހުށަހެޅުން ދިވެހި ސަރުކާރުން
ބަދަލުކޮށް މި މަޝްރޫޢު ހިންގުމަށް އެވޯޑްކޮށްފައިވާ އުފުލަންދޫގެ އެއްބަސްވުންތަކުގައި ސޮއިނުކޮށް
ހިފަހައްޓާފައިވާތީ، ޝަރީޢަތް މެދުވެރިކޮށް ދިވެހިސަރުކާރުން މި ޕްރޮޖެކްޓަށް ދޫކޮށްފައިވާ، ރ. އުފުލަންދޫ ފުއާދު
ޒާހިރު ހުށަހަޅާފައިވާ ހުށަހެޅުމާ އެއްގޮތަށް ލިބިދިނުމަށް އެދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
(ދިވެހި ދައުލަތް) ގެ މައްޗަށް ފުއާދު ޒާހިރު ހުށަހަޅާފައިވާ މި މައްސަލަ ބެލިއިރުގައި،
ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު) ގެ މަޝްރޫޢެއް ތަންފީޛުކޮށް ނިންމުމަށް
ޝަރުޠުކޮށް، ރ. އުފުލަންދޫ އެވެކިޔުނު ރަށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ފުއާދު ޒާހިރާއި،
ޙަވާލުކުރުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި، ފުއާދު ޒާހިރާއި ދެމެދު
މުޢާމަލާތްތަކެއް ކުރެވިފައިވާކަމާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި، ފުއާދު ޒާހިރާއި ދެމެދު
ކުރެވިފައިވާ މި މުޢާމަލާތްތަކަކީ، ޓޫރިސްޓް ރިސޯޓެއް ތަރައްޤީކުރުމަށް ރަށެއް ދޫކުރުމަށް ކުރެވިފައިވާ
މުޢާމަލާތްތަކެއް ކަމުގައިވީހިނދު، އެ މުޢާމަލާތްތަކަކީ، ޤާނޫނު ނަންބަރު: 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ
ޤާނޫނު) ގެ ދަށުން ފުރިހަމަކުރެވޭ މުޢާމަލާތްތަކެއްކަމާއި، އެ ގޮތުން އެ ޤާނޫނުގެ ދަށުން ރަށެއް ޓޫރިސްޓް
ރިސޯޓެއްގެ ގޮތުގައި ނުވަތަ ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރުމަށް ދޫކުރެވޭނީ، އެ ޤާނޫނުގެ 6 ވަނަ މާއްދާގައިވާ
ޝަރުޠުތައް ފުރިހަމަވާ އެއްބަސްވުމެއްގެ ދަށުންކަމުގައިވާހިނދު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
އާއި، ފުއާދު ޒާހިރާއި ދެމެދު އެފަދަ އެއްބަސްވުމެއްވެފައި ނުވާކަމާއި،
ޤާނޫނު ނަންބަރު: 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާއަށް ބަލާއިރުގައި، އެ
މާއްދާގައި ބަޔާންކޮށްފައިވަނީ، "ޤާނޫނު އެހެންގޮތަކަށް ކަނޑަނާޅާނަމަ، ކޮންޓްރެކްޓަކީ ވަކި މިވެނި ގޮތަކަށް
އޮތުން ލާޒިމު އެއްޗެއް ނޫނެވެ." މި ފަދައިންކަމުން، ޤާނޫނުގައި ކޮންޓްރެކްޓެއް ވަކި ގޮތަކަށް އޮތުމަށް
ކަނޑައަޅާފައިވާނަމަ އެ ކޮންޓްރެކްޓެއް އެ ގޮތަށް އޮތުމަކީ އެ ޤާނޫނުން ލާޒިމުކޮށްފައިވާ ކަމެއްކަން އެ މާއްދާއިން
އެނގެން އޮންނަކަމާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި، ފުއާދު ޒާހިރާއި ދެމެދު ކުރެވިފައިވާ
މި މުޢާމަލާތްތަކަކީ، ބިޑިން އުޞޫލުގެ މައްޗަށް ބިނާވެފައިވާ މުޢާމަލާތްތަކެއް ކަމުގައިނުވާހިނދު، އެ
ތަކުގެ ތެރެއިން ޤާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެއް އުފަންވާނީ، ޤާނޫނު ނަންބަރު: 2/99
(ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާގައިވާ ފަދަ އެއްބަސްވުމެއްގެ ދަށުންކަމާއި،
2 ދ ތ 20
وهو مرسل
<<<
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/75
އެއްބަސްވުމެއް ނެތް ޙާލަތު
ޙާލަތުގައި ރ. އުފުލަންދޫއާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި،
ފުއާދު ޒާހިރުއާއި ދެމެދު ކުރެވިފައިވާ މަޝްވަރާތައް ތަންފީޛުކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް
ޓްރެޝަރީ އަށް އަންގާނެ ތަނެއް ނެތްކަމާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި، ފުއާދު
ޒާހިރުއާއި ދެމެދު ޤާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެއް އުގެ
އުފެދިފައިނުވާއިރު، ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ
މަޝްވަރާތަކުގެ މައްޗަށް ބިނާކޮށް، ވުޖޫދުގައި ނެތް އެއްބަސްވުމެއްގެ ދަށުން ލިބުނުކަމަށްބުނާ ގެއްލުމުގެ ބަދަލު
ޝަރީޢަތުން ނަގައިދެވެން ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށް" މައްސަލަ ނިންމަވާފައިވާކަން އެ ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތު
މިގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
2) ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1313 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ގއ. ކޮލަމާފުށި | މަރިޔަމްމާގެ ފުއާދު ޒާހިރުގެ ފަރާތުން އެ
ޤަޟިއްޔާ އިސްތިއުނާފު ކުރަމުން 03 (ތިނެއް) ނުކުތާއެއް ފާހަގަކޮށް، އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
|ފުރަތަމަ ނުކުތާއަކީ، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 4 ވަނަ
މާއްދާގައި "ޤާނޫނު އެހެންގޮތަކަށް ކަނޑަނާޅާނަމަ، ކޮންޓްރެކްޓަކީ ވަކި މިވެނި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް
ނޫނެވެ." ބަޔާންވެފައިވާ ހިނދު، މި މާއްދާއަށް ރިޢާޔަތް ނުކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ
ހުށަހެޅި ނުކުތާ.
ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ
(ރ) ގައި މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން
ބަޔާންވެފައިވާ ހިނދު، އެކަމަށް ރިޢާޔަތް ނުކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ
ޢިދު / ތ 4
2 ހތކ
2 08
ހުށަހެޅި ނުކުތާ.
. ތިންވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ
މާއްދާގެ ޞަރީޙަ ނައްސުންވެސް ސީދާ ގެއްލުމާއި، އެފަދަ ޢަމަލެއް ކުރުމުން ކޮންޓްރެކްޓުގެ ބައިވެރިންނަށް
ދިވެހިރާއްޖޭގެ
ހައިޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
6
2013/HC-A/75
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެނގިފައިވާ ގެއްލުން ނަގައިދޭންޖެހޭނެ ކަމަށް ބަޔާންވެފައި އޮތް ހިނދު، މި މާއްދާއަށް ރިޢާޔަތް ނުކުރައްވައި
މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
3) މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1313 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު،
އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
04:
eco
(ހ) ފުރަތަމަ ކަމަކީ، ފުއާދު ޒާހިރުއާއި ސަރުކާރާ ދެމެދު ރ. އުފުލަންދޫ ޓޫރިސްޓް
ރިސޯޓެއްގޮތަށް ތަރައްޤީ ކުރުމަށްޓަކައި މަޝްވަރާތަކެއް ކުރެވުނުކަން އެނގެން އޮންނަކަމާއި، އެ ގޮތުން، މި
މައްސަލައިގައި ކަންހިނގާދިޔަ ގޮތުގެ ތަފްޞީލަށް ބެލިއިރު،
މި މައްސަލައިގައި ފުއާދު ޒާހިރަށް ރ.އުފުލަންދޫ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަން
ޙަވާލުކުރުމަށް ސަރުކާރާއި ފުއާދު ޒާހިރުއާ ދެމެދު މަޝްވަރާކުރެވުނީ ދިވެހިރާއްޖޭގެ ރަށްރަށުގައި ރިސޯޓު ސިޓީ
ހޮޓެލް ނުވަތަ ޔޮޓް ބަނދަރު ފަދަ، ފަތުރުވެރިކަމުގެ ދާއިރާއާގުޅޭ ތަންތަން ތަރައްޤީ ކުރުމަށް އަމިއްލަ
ފަރާތްތަކުން އިސްނަގައިގެން ސަރުކާރަށް ހުށަހަޅާ ހުށަހެޅުންތަކަށް ނޭޝަނަލް ޕްލޭނިންގ ކައުންސިލުން 29
އޯގަސްޓް 2011 ގައި ޢަމަލުކުރަން ނިންމާފައިވާ "ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި މަސައްކަތްތައް ކުރަން
ހުށަހަޅާ ހުށަހެޅުންތަކަށް އަމަލުކުރާނޭ އުޞޫލު" ގެ ދަށުންކަން އެނގެން އޮންނަކަމާއި،
ބަޔާންވެދިޔަ އުޞޫލުގެ 4 ވަނަ ނަންބަރުގައި ރިސޯޓު ނުވަތަ ޔޮޓް ބަނދަރު ތަރައްޤީ ކުރުމަށް
ހުށަހަޅާ ފަރާތަކަށް ރަށެއް ނުވަތަ ފަޅު ދިނުމުގައި ކޯޕޮރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރް) ގެ
ގޮތުގައި، މީހުން ދިރިއުޅޭ ރަށެއްގައި އުމްރާނީ މަޝްރޫޢުއެއް ތަންފީޒުކޮށް ނިންމަންވާނެކަމަށް
ބަޔާންކުރެވި ފައިވާކަމާއި، އަދި އެ އުޞޫލުގެ 5 ވަނަ ނަންބަރުގައި ސީ.އެސް.އާރް ކޮމްޕޯނަންޓްގެ ގޮތުގައި
ހިންގާނީ ކޮން މަޝްރޫޢުއެއްތޯ އަދި ކޮން ރަށެއްގައިތޯ ކަނޑައަޅާނީ، ކަނޑައެޅިފައިވާ މިންގަނޑަކުން،
ނޭޝަނަލް ޕްލޭނިންގް ކައުންސިލުންކަމަށާއި،
އެ ގޮތުން، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ދިވެހި ސަރުކާރުން އިޢުލާންކޮށް
ނޭޝަނަލް ޕްލޭނިންގ ކައުންސިލުން އިޤްތިޞާދީ އެކި މަސައްކަތްތަކަށް ޝަޢުޤުވެރިވާ
ou xd
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/75
ޕްރޮޕޯސަލްތައް ހުށަހެޅުމަށް އެންގުމާއި ގުޅިގެން ފުއާދު ޒާހިރު ރ. ފުރަވެރީގައި ލަގްޒަރީވިލާ ރިސޯޓެއް އެޅުމަށް
ޕްރޮޕޯސަލް ހުށަހެޅިކަން އެނގޭކަމާއި، އެހެންނަމަވެސް، މިނިސްޓްރީ އޮފް ޓޫރިޒަމުން އެރަށް އެހެން ބޭނުމަކަށް
ނެގުމަށް ވަޒީރުންގެ މަޖިލިހުން ނިންމާފައިވާކަމަށް ފުއާދު ޒާހިރަށް އަންގައި، އެހެން ރަށެއް ޚިޔާރުކުރުމަށް
ނޭޝަނަލް ޕްލޭނިންގ ކައުންސިލުން އެންގުމުން، ފުއާދު ޒާހިރު އުފުލަންދޫ ޚިޔާރުކުރިކަން އެނގޭކަމާއި، އަދި
ހުށަހެޅުމުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރް) މަޝްރޫއެއްކަމުގައި ކަނޑައަޅާފައިވަނީ
ރ.އިނގުރައިދޫގައި ފެނާއި ނަރުދަމާގެ ނިޒާމެއް ޤާއިމްކުރުން ކަމަށާއި، އެހެންކަމުން، މި މަޝްރޫޢުއާއިގެން
ކުރިއަށްދިއުމަށް ބޭނުންނަމަ 23 އޮކްޓޯބަރު 2011 ގެ 15:30 ގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް
ޓްރެޜަރީއަށް ސިޓީއަކުން އެންގުމަށާއި، އިސްވެބުނެވުނު މި ތާރީޚް ހަމަވިއިރުވެސް، ފުއާދު ޒާހިރުގެ ފަރާތުން
އެއްވެސް ޖަވާބެއް ނުލިބިއްޖެނަމަ، ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ހުށަހަޅާފައިވާ ރަށް އެހެން
ޕްރޮޕޯސަލްތަކަށް ނެގޭނެކަ
ނެކަމަށާއި، އަދި ފުއާދު ޒާހިރުގެ ޕްރޮޕޯސަލް އެ ހިސާބުން ނިމުނީކަމުގައި ބެލެވޭނެކަމަށް
އަންގައި، 22 ސެޕްޓެމްބަރު 2011 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޑިޕާޓްމަންޓް އޮފް
ނެޝަނަލް ޕްލޭނިންގގެ އެސިސްޓަންޓް ޕްލޭނިންގ އޮފިސަރ ޙައްވާ ލިއުޝާ ރަޝީދު ފުއާދު ޒާހިރުއަށް
އީމެއިލްއެއް ފޮނުވާފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެންއޮންނަކަމާއި،
11 އޮކްޓޯބަރު 2011 ގައި އިސްވެ އިޝާރާތްކުރެވުނު ސީ.އެސް.އާރް މަޝްރޫ
ޤަބޫލުކުރާކަމަށާއި، އަދި އެގްރިމެންޓްގައި ސޮއިކުރުމަށް ތައްޔާރަށް ހުރިކަމަށް ބުނެ ފުއާދު ޒާހިރު މިނިސްޓްރީ
އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ސިޓީ ފޮނުވާފައިވާކަން ފާހަގަކުރެވޭކަމާއި،
30 އޮކްޓޯބަރު 2011 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޑިޕާޓްމަންޓް އޮފް
ނެޝަނަލް ޕްލޭނިންގ ނަންބަރު 2011
/
278/INDIV/3-1 ސިޓީގައި 22 ސެޕްޓެމްބަރު 2011 ގައި
ގެޒެޓުގައި ޝާއިޢުކޮށްފައިވާ، ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި މަސައްކަތްތައް ކުރަން ހުށަހަޅާ
ހުށަހެޅުންތަކަށް އަމަލުކުރާނޭ އުޞޫލު' އާ އެއްފަދައިން ފުއާދު ޒާހިރު ހުށަހަޅާފައިވާ ރ.އުފުލަންދޫގައި ޓުއަރިސްޓް
ރިސޯޓެއް ތަރައްޤީކޮށް ހިންގުމުގެ ޕްރޮޕޯސަލް ކުރިއަށް ގެންދިއުމަށް ނޭޝަނަލް ޕްލޭނިންގ ކައުންސިލުން
ނިންމާފައިވާކަމަށާއި، މި ގޮތުން، މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ސަރުކާރުން ނިންމާފައިވާ
ހިމެނިފައިވާ، އެ ސިޓީއާއެކު ފޮނުވުނު އެއްބަސްވުމުގައި ސޮއިކުރުމުންކަމަށާއި،
އެހެންކަމުން،
2x
ހ 0
02 ހ 0
ކަނeeއ
2
ދިވެހިރާއްޖޭގެ
ފައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
ދިވެހިރާއްޖެ
8
2013/HC-A'75
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެ ސިޓީ
ތަފާތުވެދާނެކަމަށް
ސަބަބުތައް
މަޝްރޫޢު މިފަދައިން ކުރިއަށް ގެންދިއުމަށް އެއްބަސްވާނަމަ، 20 ނޮވެމްބަރު 2011 ގެ 16:00 ގެ ކުރިން އެ
މިނިސްޓްރީއަށް އެކަންއަންގައިދިނުމަށް ފުއާދު ޒާހިރުއަށް އެންގުނުކަން އެ ލިޔުމުން އެނގޭކަމާއި،
ފޮނުވުނު ދުވަސް ނޫން އަނެއް ދުވަހު (31 އޮކްޓޯބަރު 2011) ގައި މިނިސްޓްރީ އޮފް
ފިނޭންސް އެންޑް ޓްރެޜަރީގެ ޑިޕާޓްމަންޓް އޮފް ނެޝަނަލް ޕްލޭނިންގގެ އެސިސްޓަންޓް ޕްލޭނިންގ އޮފިސަރ
ޙައްވާ ލިއުޝާ ރަޝީދު ފުއާދު ޒާހިރަށް އީމެއިލެއް ފޮނުވާފައިވާކަން އެނގޭކަމާއި، އަދި އެ އީމެއިލްގައި ފުއާދު
ޒާހިރަށް އެ ޑިޕާޓްމަންޓުން ކުރިން ފޮނުވުނު އީމެއިލްގައި ބަޔާންކުރެވުނު ސީ.އެސް.އާރު ޕްރޮޖެކްޓާއި ފަހުން
ފޮނުވުނު ޑްރާފްޓް އެގްރިމެންޓްގައި ބަޔާންކުރެވިފައިވާ ސީ.އެސް.އާރު ޕްރޮޖެކްޓާ
ބަޔާންކުރެވިފައިވާކަމާއި، އަދި އެހެން ދިމާވި ސަބަބަކީ ނޭޝަނަލް ޕްލޭނިންގ ކައުންސިލުން ނިންމާފައިވާ
ނިންމުންތަކާ ގުޅިގެންކަމަށް ބަޔާންކުރެވިފައިވާކަމާއި، އަދި ސީ.އެސް.އާރު ޕްރޮޖެކްޓްތައް ބަދަލުވާންޖެހުނު
އީމެއިލްގައި ބަޔާންކުރެވިފައިވާކަމާއި،
ފުއާދު ޒާހިރަށް ފޮނުވުނު ޑްރާފްޓް އެގްރިމެންޓްގައި ސީ.އެސް.އާރް ކޮމްޕޯނަންޓްގެ ގޮތުގައި
ބަޔާންކުރެވިފައިވަނީ ރ.އިނގުރައިދޫގައި ފެނާއި ނަރުދަމާގެ ނިޒާމަކާއި، ރ.މީދޫ އަދި ރ.މަޑުއްވަރީގައި ފެނުގެ
ނިޒާމެއް ޤާއިމްކުރުންކަން ފާހަގަކުރެވޭކަމާއި، އަދި އިސްވެ އިޝާރާތްކުރެވުނު 31 އޮކްޓޯބަރު 2011 ގެ
އީމެއިލްގައި، ބުނެވުނު ސީ.އެސް.އާރްއަކީ އެ ޕްރޮޖެކްޓަށް ކަނޑައަޅާފައިވާ 'ފައިނަލް ސީ.އެސް.އާރް ކޮމްޕޯނަންޓް"
ކަމަށް ބަޔާންކުރެވިފައިވާކަމާއި،
17 ނޮވެމްބަރު 2011 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފުއާދު ޒާހިރު
ފޮނުވި ސިޓީގައި 30 އޮކްޓޯބަރު 2011 ގައި ފުއާދު ޒާހިރަށް އެ މިނިސްޓްރީން ފޮނުވި ޑްރާފްޓް
އެގްރިމެންޓްގައި ރ. އުފުލަންދޫއަށް ކަނޑައަޅާފައިވާ ސީ.އެސް.އާރް ކޮމްޕޯސަނަންޓް ފުއާދު ޒާހިރަށް އެއްވެސް
އެނގުމަކާ ނުލައި ބަދަލުކޮށްފައިވާކަމަށް ފާހަގަކޮށްފައިވާކަމާއި، އަދި 22 ސެޕްޓެމްބަރު 2011 ގައި ޑިޕާޓްމަންޓް
އޮފް ނޭޝަނަލް ޕްލޭނިންގ އިން ފޮނުވި އީމެއިލްގައި ބަޔާންކުރެވިފައިވާ ސީ.އެސް.އާރް އާ އެއްގޮތަށް އެ
އެގްރިމެންޓް ބަދަލުކޮށްދިނުމަށް އެދިފައިވާކަން ފާހަގަކުރެވޭކަމާއި،
6 ޑިސެމްބަރު 2011 ގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގ ގެ ނަންބަރު
2011
/
57/NP
/
INDIV-100 ސިޓީން 30 އޮކްޓޯބަރު 2011 ގައި އެ އޮފީހުން ފޮނުވި ސިޓީގައި
ބަޔާންކޮށްފައިވާ ސީ.އެސް.އާރް ހިމެނޭ ގޮތަށް، އެ ސިޓީއާއެކު ފޮނުވާ އެގްރިމަންޓާއެކު ކުރިއަށް ޖެލްގެ ފައިg
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/75
6
Occ
2 /
އެއްބަސްވޭތޯ ނުވަތަ ނޫންތޯ 15 ޑިސެމްބަރު 2011 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން އަންގައި ދިނުމަށް
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގއިން ފުއާދު ޒާހިރަށް ސިޓީ ފޮނުވާފައިވާކަން ފާހަގަކުރެވޭކަމާއި،
އިސްވެބުނެވުނު ސިޓީގެ ޖަވާބުގައި 12 ޑިސެމްބަރު 2011 ގައި ފުއާދު ޒާހިރު މިނިސްޓްރީ
އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ސިޓީއެއް ފޮނުވިކަން އެނގެންއޮންނަކަމާއި، އެ ސިޓީގައި އެ މިނިސްޓްރީން
ޑިސެމްބަރު 2011 ގައި ފޮނުވާފައިވާ ޑްރާފްޓް އެގްރިމެންޓާއި އެއްގޮތަށް ރ. އުފުލަންދޫގައި ރިސޯޓެއް
ތަރައްޤީކުރުމަށް ފުއާދު ޒާހިރު ހުށަހަޅާފައިވާ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ގަސްތުކުރާ ވާހަކަ މިނިސްޓްރީ
އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް އަންގާފައިވާކަން އެނގެންއޮންނަކަމާއި، އަދި އެ މިނިސްޓްރީން 22
ސެޕްޓެމްބަރުގައި އަންގާފައިވާ ސީ.އެސް.އާރް އާބެހޭ ނިންމުމަށް ޢަމަލުކުރުން ލާޒިމުކުރޭތޯ ޤާނޫނީ ގޮތުން
ބަލަންޖެހޭ ކަންތައްތައް ބަލަމުންދާކަމަށް ފުއާދު ޒާހިރު ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
ފުއާދު ޒާހިރު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވިކަމަށް ބުނާ ސިޓީއަކީ
އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1313 ޤަޟިއްޔާގެ ޝަރީޢަތަށް ހުށަހެޅުނު
ސިޓީއެއްނޫންކަމަށް ފުއާދު ޒާހިރުގެ ފަރާތުން ބުނެފައިވާއިރު، މި ސިޓީއަކީ އިސްވެ ބުނެވުނު މިނިސްޓްރީއަށް
ލިބުނު ލިޔުމެއްތޯ އެޓާރނީ ޖެނެރަލްގެ އޮފީހާއި ދިވެހިރާއްޖޭގެ ހައިކޯޓުން ސުވާލުކުރުމުން، ބުނެވުނު ސިޓީގެ
ޞައްޙަކަމާމެދު އެޓާރނީ ޖެނެރަލްގެ އޮފީހުންވެސް ސުވާލު ނުއުފައްދާކަން ފާހަގަކުރެވޭކަމާއި، އެހެންނަމަވެސް،
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން 6 ޑިސެމްބަރު 2011 ގައި ފޮނުވުނު ޑްރާފްޓް
އެގްރިމެންޓްގައިވާ
ންޓްގައިވާ ހުށަހެޅުން ފުއާދު ޒާހިރު ޤަބޫލުކުރި ވާހަކަ 12 ޑިސެމްބަރު 2011 ގައި މިނިސްޓްރީ އޮފް
ފިނޭންސް އެންޑް ޓްރެޜަރީއަށް އެންގުމަށްފަހުގައިވެސް، ފުއާދު ޒާހިރުއާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް
ޓްރެޝަރީއާ ދެމެދު މުޢާމަލާތްތަކެއް ކުރެވިފައިވާކަމަށް ދައުލަތުން ފާހަގަކޮށްފައިވާކަމާއި، އަދި ބުނެވުނު
ލިޔެކިޔުންތަކުގެ ކޮޕީ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނުއިރު، އެ ލިޔުންތަކަކީ ޞައްޙަ ލިޔުންތަކެއްކަމަށް ފުއާދު
ޒާހިރުގެ ފަރާތުންވެސް ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
އެ ގޮތުން، 26 ޖެނުއަރީ 2012 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގްގެ ސީނިއަރ ޕްލޭނިންގ އޮފިސަރ، ޚަދީޖާ މާޖިދާ ޙަސަން، ފުއާދު
ޒާހިދުއަށް އީމެއިލްއެއް ފޮނުވިކަން އެނގޭކަމާއި، އެ އީމެއިލްގައި ނޭޝަނަލް ޕްލޭނިންގް ކައުންސިލްގެ 18 ވަނަ
އްދަލުވުމާއި (9 ޖެނުއަރީ 2012) 120 ވަނަ ބައްދަލުވުމުގައި (23 ޖެނުއަރީ 2012)
OO
ހއ 7މ ޖ ޗ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/75
0 0 0
މަޝްރޫޢުތައް ޝަރުޠުކޮށް ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި މަސައްކަތްތައް ކުރަން ހުށަހަޅާ ހުށަހެޅުންތަކާގުޅޭ
ގޮތުން ޢަމަލުކުރެވޭގޮތަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާކަމަށް ފުއާދު ޒާހިރާއަށް އަންގާފައިވާކަމާއި، އެ
ގޮތުން، މީހުން ދިރިއުޅޭ އެއް ރަށަށްވުރެ ގިނަ ރަށްރަށުގައި ފުރިހަމަ ކުރަންޖެހޭ ސީ.އެސް.އާރު ޕްރޮޖެކްޓްތައް
ހުރި ފަރާތްތަކަށް ފުރިހަމަ ކުރަންޖެހޭ ހުރިހާ ސީ.އެސް.އާރު ޕްރޮޖެކްޓްތަކެއް އެންމެ ރަށެއްގައި ފުރިހަމަ ކުރުމަށް
އެދުމުގެ ފުރުޞަތު އޮތްކަމަށާއި، ނުވަތަ ސީ.އެސް.އާރު ޕްރޮޖެކްޓް ފުރިހަމަކުރުމުގެ ބަދަލުގައި ސަރުކާރަށް
ފައިސާ ދިނުމުގެ ފުރުޞަތުވެސް ހުޅުވާލެވިފައިވާކަމަށް އެ އީމެއިލްގައި ބަޔާންކުރެވިފައިވާކަމާއި، އަދި ފުއާދު
ޒާހިރުގެ ސީ.އެސް.އާރު ޕްރޮޖެކްޓަށް ފުއާދު ޒާހިރު އެދިފައިވާގޮތަށް ބަދަލުގެނައުމުގެ ކުރިއަށްގެންދާ
ވާހަކަވެސް އެއީމެއިލްގައި ބަޔާންކުރެވިފައިވާކަމާއި، ފުއާދު ޒާހިރުގެ ސީ.އެސް.އާރު ޕްރޮޖެކްޓް ފުރިހަމަކުރުމުގެ
ބަދަލުގައި ސަރުކާރަށް ފައިސާ ދައްކަން ބޭނުންވާނަމަ، 2 ފެބްރުއަރީ 2012 ގެ މެންދުރު 12:00 ގެ ކުރިން އެ
ޑިޕާޓްމަންޓަށް އަންގައިދިނުމަށް އެދިފައިވާކަން އެނގެން އޮންނަކަމާއި،
30 ޖެނުއަރީ 2012 ގައި އިސްވެ ބުނެވުނު އީމެއިލްއަށް ފުއާދު ޒާހިރު ފޮނުވި ޖަވާބުގައި
ސަރުކާރަށް ފައިސާ ދެއްކުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
ހ ށ ކތ ދވ
ކަންތައްތއް
(ށ) ދެވަނަ ކަމަކީ، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގައި
ޤާނޫނު އެހެންގޮތަކަށް ކަނޑަނާޅާނަމަ، ކޮންޓްރެކްޓަކީ ވަކި މިވެނި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫނެވެ."
ބަޔާންވެފައިވާ ހިނދު، މި މާއްދާއަށް ރިޢާޔަތް ނުކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި
ނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުން ނަޒަރުކުރިއިރު،
ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 4 ވަނަ މައްދާގައި ކޮންޓްރެކްޓަކީ ވަކި
ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫންކަމަށް ބަޔާންކުރެވިފައިވާއިރު، ކޮންޓްރެކްޓެއް ކުރެވޭ ގޮތް އެ ޤާނޫނުގެ 5
ވަނަ މައްދާގައި ބަޔާންކުރެވިފައިވާކަމާއި، އެ ގޮތުން، އެ ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން އެކަކު އަނެކަކަށް
ހުށަހަޅާ ހުށަހެޅުމެއް އެ ހުށަހެޅުން ރައްދުވި ފަރާތުން ޤަބޫލުކުރުމުން ކޮންޓްރެކްޓެއް ކުރެވުނީކަމުގައި
ބަޔާންކުރެވިފައިވާކަމާއި،
ހުށަހެޅިފައިމިވާ މައްސަލައިގައި، ދިވެހިރާއްޖޭގެ ރަށްރަށުގައި ރިސޯޓު ސިޓީ ހޮޓެލް ނުވަތަ ޔޮޓް
ބަނދަރު ފަދަ، ފަތުރުވެރިކަމުގެ ދާއިރާއާގުޅޭ ތަންތަން ތަރައްޤީ ކުރުމަށް އަމިއްލަ ފަރާތްތަކުން އިސްނަގައިގެން
ސަރުކާރަށް ހުށަހަޅާ ހުށަހެޅުންތަކަށް ޢަމަލުކުރުމަށް ނޭޝަނަލް ޕްލޭނިންގ ކައުންސިލުން ޢަމަލު ރަން
ހައިކޯ؟
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
ދިވެހިރާއްޖެ
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/75
އަދި
OO Box
ފަނވފއވާކަ
ނިންމާފައިވާ އުޞޫލުގެ 5 ވަނަ ނަންބަރުގައި ސީ.އެސް.އާރް ކޮމްޕޯނަންޓްގެ ގޮތުގައި ހިންގާނީ ކޮން
މަޝްރޫޢުއެއްތޯ ކޮން ރަށެއްގައިތޯ ކަނޑައަޅާނީ، ކަނޑައެޅިފައިވާ މިންގަނޑަކުން، ނޭޝަނަލް ޕްލޭނިންގް
ކައުންސިލުންކަމަށް ބަޔާންކުރެވިފައި އޮތުމުން، މި މައްސަލައިގައި ހުށަހެޅުން ހުށަހަޅާ ފަރާތަކީ ދިވެހި
ސަރުކާރުކަން އެނގެން އޮންނަކަމާއި،
އެ ގޮތުން، 11 އޮކްޓޯބަރު 2011 ގައި ފުއާދު ޒާހިރު ރ. އުފުލަންދޫއާ ގުޅިގެން ޤަބޫލުކުރި
ސީ.އެސް.އާރް މަޝްރޫޢުއަކީ ރ.އިނގުރައިދޫގައި ފެނާއި ނަރުދަމާގެ ނިޒާމެއް ޤާއިމްކުރުންކަން ފާހަގަކުރެވޭކަމާއި،
އެހެންނަމަވެސް، ހެދިފައިވާ އުޞޫލުތަކުގެ ދަށުން ނޭޝަނަލް ޕްލޭނިންގ ކައުންސިލުން ފަހުން ކަނޑައެޅީ ތަފާތު
ސީ.އެސް.އާރު ޕްރޮޖެކްޓެއްކަމާއި، 30 އޮކްޓޯބަރު 2011 ގައި ސަރުކާރުން ހުށަހެޅި ސީ.އެސް.އާރު ޕްރޮޖެކްޓަކީ
ރ.އިނގުރައިދޫގައި ފެނާއި ނަރުދަމާގެ ނިޒާމަކާއި، ރ.މީދޫ އަދި ރ.މަޑުއްވަރީގައި ފެނުގެ ނިޒާމެއް
ޤާއިމްކުރުންކަމާއި، އަދި މި ސީ.އެސް.އާރް ކޮމްޕޯނަންޓް ބަދަލުކޮށްފައިވަނީ ފުއާދު ޒާހިރުއަށް އެއްވެސް
އެނގުމަކާނުލާކަމަށް ބުނެ ފުއާދު ޒާހިރު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ސިޓީ
ވާކަމާއި، އަދި ސީ.އެސް.އާރް މަޝްރޫޢު އެންމެ ފުރަތަމަ ސަރުކާރުން ހުށަހެޅި ގޮތަށް ބަދަލުކޮށްދިނުމަށް
ފުއާދު ޒާހިރު އެދިފައިވާކަމާއި، އެހެންނަމަވެސް އޭގެ ފަހުން ރ.އިނގުރައިދޫގައި ފެނާއި ނަރުދަމާގެ ނިޒާމަކާއި،
ރ.މީދޫ އަދި ރ.މަޑުއްވަރީގައި ފެނުގެ ނިޒާމެއް ޤާއިމްކުރުން ސީ.އެސް.އާރް މަޝްރޫޢުގެ ގޮތުން ކުރިއަށް
ގެންދަން ބޭނުންވާކަމަށް ފުއާދު ޒާހިރު ބުނިކަމާއި، އެހެންނަމަވެސް، އޭގެ ފަހުން، 26 ޖެނުއަރީ 2012 ގައި
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގްއާއި ފުއާދު ޒާހިރުއާ
ދެމެދު ކުރެވުނު މުޢާމަލާތެއްގައި ސީ.އެސް.އާރް ކޮމްޕޯނަންޓް ކުރިއަށް ގެންދާނެގޮތަކާ ބެހޭ ގޮތުން އިތުރަށް
މަޝްވަރާކުރެވުނުކަން އެނގޭކަމާއި، އަދި ފުއާދު ޒާހިރު ކުރިން އެދިފައިވާގޮތަށް، ސީ.އެސް.އާރް ކޮމްޕޯނަންޓްއަށް
ބަދަލުގެނައުމުގެ ކަންތައްތައް ކުރިއަށްގެންދާ ވާހަކަ އެ ޑިޕާޓްމަންޓުން ފުއާދު ޒާހިރާއަށް އަންގާފައިވަނިކޮށް
ފެބްރުއަރީ 2012 ގައި ސަރުކާރު ބަދަލުވުމާ ގުޅިގެން ހުރިހާ ސީ.އެސް.އާރް މަޝަރޫޢުތައް ހުއްޓާލާފައިވާކަމަށް
ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަމާއި،
އެހެންކަމުން، ފުއާދު ޒާހިރުއާއި ސަރުކާރާއި ދެމެދު ކުރެވުނު މުޢާމަލާތްތަކަށް ބަލާއިރު،
ސަރުކާރުން ފުއާދު ޒާހިރުއަށް ހުށަހެޅުމެއް ހުށަހެޅުމުން، އެ ހުށަހެޅުމަށް ބަދަލު ގެނެސްދިނުމަށް ފުއާދު ޒާހިރު
އެދުނުކަން އެނގެންއޮންނައިރު، އަދި މީގެ އިތުރުން ނޭޝަނަލް ޕްލޭނިންގް ކައުންސިލްގެ 118
OOO Box
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
12
2013/HC-A/75
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
%
ގެ
9
ބައްދަލުވުމާއި (9 ޖެނުއަރީ 2012) 120 ވަނަ ބައްދަލުވުމުގައި (23 ޖެނުއަރީ 2012) ސީ.އެސް.އާރް
މަޝްރޫޢުތައް ޝަރުޠުކޮށް ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި މަސައްކަތްތައް ކުރަން ހުށަހަޅާ ހުށަހެޅުންތަކާގުޅޭ
ގޮތުން ޢަމަލުކުރެވޭގޮތަށް ބަދަލުތަކެއް
ބަދަލުތަކެއް ގެންނަން ނިންމާފައިވާއިރު، 6 ޑިސެމްބަރު 2011 ގައި ޑިޕާޓްމަންޓް އޮފް
ނޭޝަނަލް ޕްލޭނިންގ ގެ ނަންބަރު 2011
/
57/NP
/
INDIV-100 ސިޓީން ހުށަހަޅާފައިވާ ހުށަހެޅުމަށް
ބަދަލުތަކެއް ގެނައުމަށް ދެފަރާތު ދެމެދު މުޢާމަލާތްކުރެވިފައިވާކަން އެނގޭކަމާއި، އެހެންނަމަވެސް
އެހެންނަމަވެސް ދެފަރާތުން
ގެންނަން އެއްބަސްވެވުނު ބަދަލުތަކަކީ ކޮބައިކަން އެނގެން ނޯންނަކަމާއި،
ފުއާދު ޒާހިރު ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1313 ޤަޟިއްޔާގައި ކޮށްފައިވާ
ދަޢުވާއަށް ބަލާއިރު، ރ. އުފުލަންދޫގައި 20 ވިލާގެ 4 ތަރި ހޮޓަލެއް އެޅުމުގެ މަޝްރޫޢު ފެށުމުން ދިވެހި
ސަރުކާރާއެކު ކުރަން ހަމަޖެހިފައިވާ އެއްބަސްވުންތަކުގައި ސޮއިކުރުމާއި ހަމައަށް ގޮސްފައިވަނިކޮށް، އެ މަޝްރޫޢު
ފެށުން ގަސްތުގައި ލަސްކޮށްފައިވާތީ، 23 އޮކްޓޯބަރު 2011 ވަނަ ދުވަހުން ފެށިގެން މި ޕްރޮޖެކްޓްގެ ބިޒްނަސް
ޕްލޭންގައިވާ، ރިޓާން އޮފް ދަ އިންވެސްޓްމެންޓްގެ 15
މަސްދުވަހުގެ ފައިދާއަށްވާ
2.587,500.00 $US (ދެމިލިއަން ފަސްލައްކަ އަށްޑިހަ ހަތްހާސް ފަސްސަތޭކަ އެމެރިކާ ޑޮލަރު) އަކީ
މިޕްރޮޖެކްޓް ހުއްޓުވާފައިވާ 09 (ނުވައެއް) މަސްދުވަހަށް ފުއާދު ޒާހިރަށް ލިބެންޖެހޭ ޙައްޤެއްކަމުގައިވާތީ، އެ
ފައިސާ މާލީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދައިދިނުމަށް އެދޭކަމަށާއި، ދިވެހި ސަރުކާރުން ދިވެހިރާއްޖޭގެ
ކޮންޓްރެކްޓާބެހޭ ޤާނޫނާ ޚިލާފުވެ، ފުއާދު ޒާހިރަށް އެވޯޑްކޮށްފައިވާ ރ. އުފުލަންދޫ އެވޯޑްކުރުމަށް ހުށަހެޅި އޮފާރ
އަށް، ދީފައިވާ ޓައިމް ލިމިޓްގެ ތެރޭގައި، އެ ހުށަހެޅުން ފުއާދު ޒާހިރު ޤަބޫލު ކޮށްފައިވާކަން ސިޓީއަކުން
އަންގާފައިވަނިކޮށް، އެ ހުށަހެޅުން ދިވެހި ސަރުކާރުން ބަދަލުކޮށް މި މަޝްރޫޢު ހިންގުމަށް އެވޯޑްކޮށްފައިވާ
ރ. އުފުލަންދޫގެ އެއްބަސްވުންތަކުގައި ސޮއިނުކޮށް ހިފަހައްޓާފައިވާތީ، ޝަރީޢަތް މެދުވެރިކޮށް ދިވެހި ސަރުކާރުން
މިޕްރޮޖެކްޓަށް
ކެޓަށް ދޫކޮށްފައިވާ، އުފުލަންދޫ ފުއާދު ޒާހިރު ހުށަހަޅާފައިވާ ހުށަހެޅުމާ އެއްގޮތަށް ލިބިދިނުމަށް
އެދިފައިވާއިރު،
އިސްވެ ފާހަގަކުރެވުނު ދަޢުވާގައި މައިގަނޑު ދެ ކަމެއްވާކަމާއި، އެގޮތުން، ފުރަތަމަ ކަމަކީ، 23
އޮކްޓޯބަރު 2011 ވަނަ ދުވަހުން ފެށިގެން ފުއާދު ޒާހިރުގެ ޕްރޮޖެކްޓްގެ ބިޒްނަސް ޕްލޭންގައިވާ، ރިޓާން އޮފް ދަ
އިންވެސްޓްމެންޓްގެ %15 ގެ 9 މަސްދުވަހުގެ ފައިދާއަށްވާ 2,587,500.00 $US (ދެމިލިއަން ފަސްލައްކަ
އަށްޑިހަ ހަތްހާސް ފަސްސަތޭކަ އެމެރިކާ ޑޮލަރު) މާލީ ގެއްލުމުގެ ބަދަލުގައި ލިބިގަތުމަށް އެދިފައިވާއިޢުބްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/75
202c
އަދާކުރަން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެ ޛަރީއާއި ފުއާދު ޒާހިރުއާ ދެމެދު އިސްވެ ފާހަގަކުރެވުނު ޕްރޮޖެކްޓްއާބެހޭ
ގޮތުން 23 އޮކްޓޯބަރު 2011 ގައި އެއްބަސްވުމަކަށް އާދެވުނުކަން އަންގައިދޭ އެއްވެސް ލިޔެކިއުމެއް
ހުށަހެޅިފައިނުވާކަމާއި، އަދި ބުނެވުނު ތާރީޚުގައި ދެ ފަރާތު ދެމެދު އެއްވެސް އެއްބަސްވުމެއް ވުޖޫދަށް
އައިސްފައިނުވާކަން ފުއާދު ޒާހިރުގެ ބަހުންވެސް އެނގެން އޮންނަކަމާއި، އަދި އެއްބަސްވުމެއް ދެފަރާތު ދެމެދު
އޮތްކަމުގައި ބެލިނަމަވެސް، "ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި މަސައްކަތްތައް ކުރަން ހުށަހަޅާ
ހުށަހެޅުންތަކާގުޅޭ ގޮތުން ޢަމަލުކުރާނެ އުޞޫލު" އަށް ބަލާއިރު، އެ އުޞޫލުގެ ދަށުން ފަޅު ރަށެއް ޓޫރިސްޓް
ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމުގެ ކުރިން، އެފަދަ ރަށެއް ތަރައްޤީކުރާ ފަރާތުން ސީ.އެސް.އާރް މަޝްރޫޢު
ފުރިހަމަ ކުރުމާބެހޭ ވަކި އެއްބަސްވުމެއްގައި ސޮއިކުރަންޖެހޭކަން އެނގޭކަމާއި، އަދި އެ އެއްބަސްވުމުގެ ދަށުން
ކުރަން ޖެހޭ އިލްތިޒާމްތައް ފުރިހަމަވެގެން މެނުވީ، ރިސޯޓް ތަރައްޤީކުރާ ފަރާތާއި ސަރުކާރުގެ ޙިއްޞާ ހިމެނޭ
ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއްދުމުގެ މަރުޙަލާއަށް ނުދާނެކަން ފާހަގަކުރެވޭކަމާއި، އަދި ޓޫރިސްޓު
ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް އެވޯޑްކުރެވޭ ފަޅު ރަށް އެވޯޑް ކުރެވޭނީ އެ ޖޮއިންޓް ވެންޗަރ
ކުންފުންޏަށްކަމާއި، ބުނެވުނު މުޢާމަލާތްވާނީ ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު)
ތަޠުބީޤުވާނެ މުޢާމަލާތެއްކަމުގައި ވީހިނދު، އަދި އިސްވެ ބުނެވުނު ޤާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ޤާނޫނީ
ގޮތުން ބަނދެވޭ އެއްބަސްވުމެއް އުފަންވާނީ ސަރުކާރާއި އަދި ރަށް ކުއްޔަށް ހިފާ ފަރާތާ ދެމެދު ލިޔުމުންވެވޭ
އެއްބަސްވުމެއްގެ ދަށުން ކަމުގައިވާއިރު، އަދި މިފަދަ އެއްބަސްވުމެއް ފުއާދު ޒާހިރުއާއި ސަރުކާރުގެ ޙިއްޞާ
އޮންނަ ޖޮއިންޓް ވެންޗަރ ކުންފުންޏަކާ ދެމެދު ވުޖޫދުގައިނުވާ ޙާލު، އަދި ބުނެވުނުފަދަ ޖޮއިންޓް ވެންޗަރ
ކުންފުންޏެއްވެސް ވުޖޫދުގައިނުވާ ޙާލު، ރ. އުފުލަންދޫ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ނުކުރެވި އޮތުމުގެ
ސަބަބުން ލިބޭ ގެއްލުމަކަށް ދައުލަތުން ފުއާދު ޒާހިރުއަށް މާލީ ގެއްލުމުގެ ބަދަލު ދޭންޖެހޭ ޤާނޫނީ ހުއްޖަތްތަކެއް
ފުއާދު ޒާހިރާއަށް ދެއްކިފައިނުވާކަމާއި،
އިސްތިއުނާފު ކުރެވޭ ޤަޟިއްޔާގައި ފުއާދު ޒާހިރުގެ ފަރާތުން އެދިފައިވާ ދެވަނަ ކަމަކީ،
ފުއާދު ޒާހިރު ހުށަހަޅާފައިވާ ހުށަހެޅުމާ އެއްގޮ ރ. އުފުލަންދޫ ލިބިދިނުން ކަމުގައިވާއިރު، "ރ. އުފުލަންދޫ
ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ޙަވާލުކުރުމު ޝަރުޠުތަކަށް އެއްބަސްވާކަމުގެ އެގްރިމެންޓް'
(ސީ.އެސް.އާރް އެގްރިމެންޓް) ގެ ޑްރާފްޓެއް ސަރުކާރުން ފޮނުވާފައިވާއިރު، އެ އެއްބަސްވުމުގެ ދަށުން ފުއާދު
2 02 0 2 0
4 9
ނޝާﷲ
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
14
2013/HC-A/75
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0 32 4 3 2 0
ވާރުކުރެވެމުން
oec
ޒާހިރު އުފުލަންޖެހޭ އިލްތިޒާމްތަކާ ގުޅޭ ގޮތުން ދެފަރާތު ދެމެދު މަޝްވަ
ދިޔަކަން އެނގެން
އޮންނަކަމާއި،
12 ޑިސެމްބަރު 2011 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ހުށަހެޅި
ހުށަހެޅުން ޤަބޫލުކުރާކަމަށް ފުއާދު ޒާހިރު އެ މިނިސްޓްރީއަށް އެންގިކަމުގައި ވީނަމަވެސް، އިސްވެ ބުނެވުނު
ތާރީޚުގެ ކުރިން ސީ.އެސް.އާރު ޕްރޮޖެކްޓަށް ބަދަލުތަކެއް ގެނައުމަށް ފުއާދު ޒާހިރުގެ ފަރާތުން އެދިފައިވާތީ،
އެދިފައިވާ ގޮތަށް ބަދަލުތައް ގެނެވޭތޯ މަސައްކަތް ކުރަމުންދާ ވާހަކަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް
ޓްރެ ދަރީން ފުއާދު ޒާހިރަށް އަންގާފައިވާކަން ލިޔެކިއުންތަކުން އެނގެން އޮތްއިރު، އަދި އޭގެ ފަހުން،
ސީ.އެސް.އާރު ޕްރޮޖެކްޓެއް
ޓެއް ފުރިހަމަ ކުރުމުގެ ބަދަލުގައި، ސަރުކާރަށް ފައިސާ ދިނުމުގެ ފުރުޞަތު އޮތުމުން، އެ
ފުރުޞަތު ބޭނުންކުރަން ބޭނުންވާ ވާހަކަ ފުއާދު ޒާހިރުގެ ފަރާތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް
ޓްރެޜަރީއަށް އަންގާފައިވާއިރު، ސީ.އެސް.އާރް ކޮމްޕޯނަންޓާއިބެހޭ މަޝްވަރާތައް ދެފަރާތު ދެމެދު ކުރެވުނުކަން
އެނގެންއޮންނަކަމާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި، ފުއާދު ޒާހިރުއާ ދެމެދު ސީ.އެސް.އާރް
ޕްރޮޖެކްޓްއާ ގުޅޭ ގޮތުން ވަކި ގޮތަކަށް އެއްބަސްވެވިފައިނުވާކަން އެނގޭކަމާއި، އެހެނީ ސަރުކާރުގެ ފަރާތުން
ފުއާދު ޒާހިރާއަށް ހުށަހެޅު
ށަހެޅުމެއް ހުށަހެޅުމަށްފަހު، ފުއާދު ޒާހިރު އެދިފައިވާ ގޮތަށް އެ ހުށަހެޅުމަށް ބަދަލު
ގެންނަންއުޅޭކަމަށް ސަރުކާރުން ބުނެފައި އޮތުމުން، އަދި އެންމެ ފަހުން މި ދެފަރާތު ދެމެދު
ކުރެވުނު މުޢާމަލާތަށް
ބަލާއިރުގައިވެސް، ދެފަރާތު ދެމެދު ސީ.އެސް.އާރު ޕްރޮޖެކްޓާ ގުޅޭގޮތުން މަޝްވަރާ ނުވަތަ ނެގޯޝިއޭޓް
ކުރެވެނީކަން އެނގެންއޮންނައިރު، އެ މަޝްވަރާތައް ނިމި، އެއް ފަރާތުން އަނެއް ފަރާތަށް ހުށަހަޅާ ހުށަހެޅުމަކީ
ކޮބައިކަން އެނގެން ނެތް ޙާލު، ދެފަރާތު ދެމެދު ކޮންޓްރެކްޓެއް އުފެދުނީކަމުގައި ބެލެވެން ނެތްކަމަށް މި މައްސަލަ
ބެލި ހުރިހާ ފަނޑިޔާރުންނަށްވެސް އެއްބަސްވެވުނުކަމެވެ.
04 3 24
3
2 ހރ ކތ
OUC
A
(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ
(ރ) ގައި މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން
ކަމަށް ބަޔާންވެފައިވާ ހިނދު، އެކަމަށް ރިޢާޔަތް ނުކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ
ހުށަހެޅި ނުކުތާގައި، އެއްފަރާތުން އަނެއް ފަރާތަށް ހުށަހަޅާ ހުށަހެޅުމެއްގައި އެ ހުށަހެޅުން ރައްދުވާ ފަރާތުން އެ
ހުށަހެޅުން ޤަބޫލުކުރުމުން ރިޝާއީ ކޮންޓްރެކްޓެއް ވުޖޫދުވާ
ދުވާކަމަށާއި، އަދި އެފަދަ ކޮންޓްރެކްޓްތައް އޭގެ ޒާތުގަ
ވަން,ނކު9ށ
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/75
0 0
<< O
744
ކިތާބީ އެއްބަސްވުމަކަށް ވާންނުޖެހޭނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 30/SC
-
A/2009
ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލަށް ތަބާވާންޖެހޭނެކަމަށް
ނެކަމަށް ފުއާދު ޒާހިރުގެ ފަރާތުން ބުނެފައިވާއިރު،
ހުށަހެޅިފައިވާ މައްސަލައިގައި ދެ ފަރާތު ދެމެދު ލިޔެވިފައިވާ އެއްބަސްވުމެއް ނެތްކަމާއި،
އެހެންނަމަވެސް، ދެ ފަރާތު ދެމެދު ވަކި ގޮތަކަށް ޢަމަލު ކުރުމަށް އެއްބަސްވެވުނުކަމަށް ފުއާދު ޒާހިރުގެ ފަރާތުން
ބުނެފައިވާއިރު، ދެ ފަރާތު ދެމެދު ސީ.އެސް.އާރު ޕްރޮޖެކްޓް ކުރިއަށް ގެންދާނެ ގޮތަކާ މެދު މަޝްވަރާކުރެވުނުކަން
ހުށަހެޅިފައިވާ ލިޔެކިއުންތަކުން އެނގެން އޮންނަކަމާއި، އެހެންނަމަވެސް ދެ ފަރާތު ދެމެދު އެއްބަސްވެވުނު ގޮތް
ސާފުކޮށް އެނގޭނެ އެއްވެސް ލިޔެކިއުމެއް ފުއާދު ޒާހިރުގެ ފަރާތުން ހުށަހެޅިފައި ނެތުމުން، މި މައްސަލައިގައި
ލިޔުމުން އެއްބަސްވުމެއްގައި ސޮއިކުރެވިފައި ނުވާ ޙާލު، ދެ ފަރާތު ދެމެދު އެނޫން ގޮތަކަށްވެސް
އެއްބަސްވެވުނުގޮތަކީ ކޮބައިކަން އެނގެން ނެތުމުން، ދެފަރާތު ދެމެދު އެއްބަސްވުމެއްވެފައި ނުވާކަމަށް ސިވިލް
ކޯޓުން ކަނޑައަޅުއްވާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ އެއްގޮތަށްކަމަށް މި މައްސަލަ ބެލި ހުރިހާ
ފަނޑިޔާރުންނަށްވެސް އެއްބަސްވެވުނުކަމާއި،
އެހެންކަމުން، ދެ ފަރާތު ދެމެދު އެއްބަސްވުމެއް ވުޖޫދުގައިވާކަން ފުއާދު ޒާހިރުއަށް
ސާބިތުކޮށްދެވިފައިނުވާއިރު، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ ދަށުން
ކޮންޓްރެކްޓުގެ އެއް ބައިވެރިއެއް އެ ކޮންޓްރެކްޓާ ޚިލާފު ޢަމަލެއް ކުރުމުން އެ ކޮންޓްރެކްޓްގެ އަނެއް ފަރާތަށް
ބަދަލު ނަގައިދެވޭނެކަމަށް ބަޔާންކޮށްފައި އޮންނަ އުޞޫލުގެ މައްޗަށް ބިނާކޮށް، ފުއާދު ޒާހިރުއާއި މިނިސްޓްރީ އޮފް
ފިނޭންސް އެންޑް ޓްރެޜަރީއާ ދެމެދު އެއްބަސްވުމެއްވެފައިވާކަން އެނގެން ނެތުމުން، ފުއާދު ޒާހިރުއަށް ގެއްލުމުގެ
ބަދަލު ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ އެއްގޮތަށްކަމަށް
މި މައްސަލަ ބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނުކަމެވެ.
0x0
4 22
(ދ) ހަތަރުވަނަ ކަމަކީ، މިޤަޟިއްޔާގެ ޙުކުމްކުރުމަށްޓަކައި 27 ފެބްރުއަރީ 2014 ގެ 14:15
އަށް މައްސަލަ ތާވަލު ކުރެވި، ބުނެވުނު ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުވުމަށް ފޮނުވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު HC
-
B2
/
2014
/
116 ކޯޓަށް ޙާޟިރުވުމުގެ އަމުރާ އިސްތިއުނާފުކުރާ ކޮލަމާފުށި | މަރިޔަމްމާގެ
ފުއާދު ޒާހިރު ޙަވާލުވުމަށްފަހު، 27 ފެބްރުއަރީ 2014 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ފުއާދު ޒާހިރުގެ ޤާނޫނީ
ވަކީލު، މުޙައްމަދު ޙަލީމް، ސިޓީއެއް ފޮނުވިކަމާއި، އެ ސިޓީގައި، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއެޗްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/75
oxo
މަޝްވަރާ ކުރެވެމުންދިޔުމާއެކު، މި މައްސަލަ ކޯޓުން ބޭރުގައި ޙައްލުކުރުމަށްޓަކައި 27 ފެބްރުއަރީ 2014 އިން
ފެށިގެން 10 (ދިހައެއް) ދުވަހުގެ މުއްދަތަކަށް މި ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިސް ފަސްކޮށްދިނުމަށް
އެދިފައިވާކަމާއި، 27 ފެބްރުއަރީ 2014 ގައި އޮތް ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުވުމުގެ އަމުރުގައިވާ ގަޑިއަށް
ފުއާދު ޒާހިރު ދިވެހިރާއްޖޭގެ ހައިކޯޓަށް ޙާޟިރުވިކަމާއި، އެހެންނަމަވެސް ޝަރީޢަތުގެ މަޖިލިސް ފެށުމުގެ ކުރިން
ކޯޓުގެ ހުއްދަ ނުހޯދާ ދިޔުމުން، މި މައްސަލައިގެ ޝަރީޢަތުގެ މަޖިލިހުގައި ފުއާދު ޒާހިރުގެ ޤާނޫނީ ވަކީލު،
މުޙައްމަދު ޙަލީމް، 27 ފެބްރުއަރީ 2014 ގައި ފޮނުވާފައިވާ ސިޓީއާ ގުޅޭ ގޮތުން މި މައްސަލައިގައި
އިސްތިއުނާފު ރައްދުވާ ދިވެހި ދައުލަތާ ސުވާލުކުރެވުނުކަމާއި، ދައުލަތުގެ ފަރާތުން ބުނެފައިވަނީ ފުއާދު ޒާހިރުއާއި
ދައުލަތުގެ މުއައްސަސާތަކާ ދެމެދު ކޯޓުން ބޭރުގައި މައްސަލަ ޙައްލުކުރަމުންދާކަން ރަސްމީ
ހައިސިއްޔަތުން އެނގިފައިނުވާކަމަށާއި، އަދި ދައުލަތުން އެދެނީ މި މައްސަލަ ނިންމައިދިނުމަށްކަމަށާއި،
އެހެންކަމުން، މި ޤާޟިއްޔާގައި ޙުކުމްކޮށްފައިވަނީ އިސްތިއުނާފުކުރާ ފުއާދު ޒާހިރުގެ ޣައިރު ޙާޟިރުގައިކަމެވެ.
ކަމަބެހޭ
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
11
2013/HC-A75
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• އުކުވެ
ދެންފަހެ، އިސްވެ ބަޔާންވެދިޔަކަންކަން އެގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު
2012/Cv-C/1313 ޤަޟިއްޔާ، އެ ކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ
ކޮލަމާފުށި | މަރިޔަމްމާގެ ފުއާދު ޒާހިރުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ
ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ހަމައެއް ނެތްކަމަށް މި މައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން، މި ޤަޟިއްޔާގައި އިސްތިއުނާފުކުރާ ކޮލަމާފުށި 1 މަރިޔަމްމާގެ ފުއާދު ޒާހިރުގެ
ޣައިރު ޙާޟިރުގައި ޙުކުމްކޮށްފީމެވެ.
ގއ
ދިވެހިންޑްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;