ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/73 ޤަޟިއްޔާގެ ޙުކުމް
| لއްކާ.
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
2010/HC-A/73
(އެ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު، 73/HC
-
A/2010
• އިސްތިއުނާފުކުރި ފަރާތް:
* ނަން: މޫސާ އިބްރާހީމް * ދާއިމީ އެޑްރެސް: ފ. ބީޓްރޫޓްގެ (މާޖެހިގެ/ ރ. ރަސްގެތީމް)
އައިޑީ ކާޑު ނަންބަރު: A099248 * މިހާރުގެ އެޑްރެސް: ގ. ބީޓްރޫޓްގެ
• އިސްތިއުނާފު ރައްދުވި ފަރާއް
* ނަން: ޢަބްދުﷲ ޝަމީރު * ދާއިމީ އެޑްރެސް: . ޒާމިއާވިލާ
ކާޑު ނަންބަރު: A025260 * މިހާރުގެ އެޑްރެސް: ގ. ޒާމިއާވިލާ (ނިމެރި/ލ. ދަނބިދޫ)
• ރަޖިސްޓްރީކުރި ތާރީޚް: 17 ރަބީޢުލްއާޚިރު 1431
ނިމުނު ތާރީޚް
29 ޒުލްޤަޢިދާ 1432
04 އޭޕްރިލް
2010
27 އޮކްޓޯބަރ 2011
ހައިކޯޑީ
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/MC/2577
• ނިންމެވިކޯޓު: މަދަނީކޯޓު
:
އެޅުނުތާރީޚް: 2009 - 10
ނިމުނު ތާރީޚް: 2010 - 01
s
ހެނއވެ
22 -
21
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ އާބުރުޒު ހިނގުން) މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2010/HC-A/73
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީކޯޓުގެ ނަންބަރު 2009/MC/2577 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި، އެޤަޟިއްޔާގައި
ދަޢުވާކުރި ގ.ބީޓްރޫޓްގެ (ރ.ރަސްގެތީމް: މާޖެހިގެ، މޫސާ އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާ އެކެވެ. މިމައްސަލަ ރައްދުވާފަރާތަކީ ގ. ޒާމިއާވިލާ ޢަބްދުﷲ ޝަމީރު
ފާހަގަކުރެވުނު ނުކުތާތައް:
1. މަދަނީކޯޓުގެ ނަންބަރު 2009/MC/2577 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
ޢުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި، އެޤަޟިއްޔާގައި
ދަޢުވާކުރި ގ.ބީޓްރޫޓްގެ (ރ.ރަސްގެތީމް މާޖެހިގެ، މޫސާ އިބްރާހީމުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައި ވެއެވެ.
2. މަދަނީކޯޓުގެ ނަންބަރު 2009/MC/2577 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާގައި ހުށަހެޅިފައިވާ މައްސަލައަކީ، ގ.ބީޓްރޫޓްގެ (ރ. ރަސްގެތީމް/ މާޖެހިގެ، މޫސާ
އިބްރާހީމްގެ އަތުން 15 މާރޗް 2009 ގައި ފައިސާ އަނބުރާ ދައްކާއިރު -/60,000ރ. (ފަސްދޮޅަސްހާސް
ރުފިޔާ) ދައްކާގޮތަށް 11 ފެބްރުއަރީ 2009 ގައި، ޒާމިއާވިލާ ޢަބްދުﷲ ޝަމީރު (A025260)
ނަގާފައިވާ -/
50,000ރ. (ފަންސާސްހާސް ރުފިޔާ) އަނބުރާ ދައްކާފައި ނުވާކަމަށްބުނެ، މިފައިސާ ހޯދުމަށް
އެދިގެން ގ. ޒާމިއާވިލް ޢަބްދުﷲ ޝަމީރުގެ މައްޗަށް ގ.ބީޓްރޫޓްގެ (ރ. ރަސްގެތީމް މާޖެހިގެ، މޫސާ
އިބްރާހީމް 22 އޮކްޓޯބަރ 2009 ގައި މަދަނީ ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެއްކަން
އެނގެންއޮވެއެވެ.
3. މިޤަޟިއްޔާއާ ގުޅިގެން މަދަނީކޯޓުގެ ނަންބަރު 2009/MC/2577 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ މިފަދައިންނެވެ. " ދެންފަހެ،
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ( އާބުރުޒު ހިނގުންމުވެ"
އީމެއިލް [email protected]، ވެa
ފޯން: 3325329 ފެކްސް: 33147
www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
2010/HC-A/13
ރަސްގެތީމް މާޖެހިގެ (ފ.ބީޓްރޫޓްގެ) މޫސާ އިބްރާހީމްގެ އަތުން 15 މާރޗް 2009 ގައި ފައިސާ
އަނބުރާ ދައްކާއިރު -/
60,000ރ. (ފަސްދޮޅަސްހާސް ރުފިޔާ) ދައްކާގޮތަށް 11 ފެބްރުއަރީ 2009 ގައި
ޒާމިޢާވިލާ ޢަބްދުﷲ ޝަމީރު (A025260) ނަގާފައިވާ -/
50,000ރ. (ފަންސާސްހާސް ރުފިޔާ)، އަނބުރާ
ދައްކާފައިނުވާކަމަށް ބުނެ، މިފައިސާ ހޯދުން އެދިގެން ގ. ޒާމިއާވިލާ ޢަބްދުﷲ ޝަމީރުގެ މައްޗަށް ރ.
ރަސްގެތީމްމާޖެހިގެ (ފ. ބީޓްރޫޓްގެ) މޫސާ އިބްރާހީމް ކުޅަ ދަޢުވާއަށް ޝަރީޢަތުން ނަޡަރުކުރިއިރު،
ދަޢުވާލިބޭ ޢަބްދުﷲ ޝަމީރު މިދަޢުވާއަށް އިންކާރުކޮށްފައިވާޙާލު، ދަޢުވާގައި ބުނާ -/
50,000ރ،
(ފަންސާސްހާސް ރުފިޔާ) އަކީ މޫސާ އިބްރާހީމުގެ އަތުން ނަގާފައިވާ ފައިސާއެއްކަން މޫސާ އިބްރާހީމަށް
ޝަރީޢަތަށް ޘާބިތުކޮށްދެވިފައިނުވާތީ، ދަޢުވާގައި ހޯދުން އެދިފައިވާ ފައިސާ ޢަބްދުﷲ ޝަމީރުގެ ކިބައިން މޫސާ
އިބްރާހީމަށް ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، . ޒާމިއާވިލާ ޢަބްދުﷲ ޝަމީރުގެ ޣައިރު
ޙާޟިރުގައި ޙުކުމްކޮށްފީމެވެ." މިހެންނެވެ.
4. މަދަނީކޯޓުގެ ނަންބަރު 2009/MC/2577 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
ޢުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، ގ.ބީޓްރޫޓްގެ (ރ. ރަސްގެތީމް މާޖެހިގެ، މޫސާ އިބްރާހީމުގެ ފަރާތުން
ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބެލިއިރު، ހަ ނުކުތާއެއް ފާހަގަކޮށް އެކަންކަމާ ބެހޭގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ: މޫސާ އިބްރާހީމުގެ ބަޔާނެއް މައްސަލަ ނިންމުމުގައި ހިމަނާފައި ނުވުމާއި
އެއީ ޤާނޫނީ އުސޫލުތަކާ ހިލާފުކަމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ
(ނ) ދެވަނަ ނުކުތާއަކީ: މޫސާ އިބްރާހީމްގެ ފޯނުގައިވާ މެސެޖް ބެލުމަށް ޝަރީއަތުގައި
ހެވެސް އެއަޑު ނުއައްސަވައި މައްސަލަ ނިންމަވާފައިވުމަކީ ޤާނޫނީ އުސޫލާ ޚިލާފު
ފެންނަކަމަށް ބުނެ ހުށަހެޅި ނުކުތާ.
4 0 2 22
އދ2
ޚި4 މހ8
މައިކަމަށް
1-S
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ އާބުރުޖު ހިނގުން) މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2010/HC-A/13
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
(ނ) ތިންވަނަ ނުކުތާއަކީ: މޫސާ އިބްރާހީމް ޝަރީއަތުގެ މަޖިލީހުގައި ދައްކާފައިވާ އެއްވެސް
ވާހަކަ އަކަށް ރިއާޔަތްކޮށްފައި ނުވާކަމަށާއި އެއީ ޤާނޫނީ އުސޫލާ ޚިލާފު ކަމެއްކަމަށް ފެންނަކަމަށް ބުނެ
ހުށަހެޅި ނުކުތާ.
(ރ) ހަތަރުވަނަ ނުކުތާއަކީ: ޢަބްދުއްލަޠީފް ހެކިބަސް ދިނުމުން ޢަބްދުﷲ ޝަމީރު ހިއްޗެއް
ބުނަން ބޭނުންނުވާކަމަށް ބުނެފައިވީނަމަވެސް ޢަބްދުﷲ ޝަމީރުގެ ބަޔާނުގައި އެވާހަކަ ހިމަނާފައި ނުވާކަމަށް
ބުނެ ހުށަހެޅި ނުކުތާ.
(ބ) ފަސްވަނަ ނުކުތާއަކީ: ޢަބްދުﷲ ޝަމީރުގެ އަންހެނުން، ޙައްވާ ޝިއުނާ ހެއްކެއްގެ ގޮތުގައި
ޙާޟިރުކުރުމަށް ތަކުރާރުކޮށް އެދުމުންވެސް އެފުރުސަތު ނުދެއްވައި މައްސަލަ ނިންމަވާފައިވާކަމަށް
34 335
4
ހުށަހެޅި ނުކުތާ.
(ޅ) ހަވަނަ ނުކުތާއަކީ މިމައްސަލާގައި ދެފަރާތަށް ޙުވާ ލައިދިނުމަށް މޫސާ އިބްރާހީމުގެ ފަރާތުން
އެދުނުނަމަވެސް އެފުރުސަތު ނުދެއްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
5. މިމައްސަލައާއި ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި، އަދި މަދަނީކޯޓުގެ ނަންބަރު 2009/MC/2577 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއި އެއްގޮތް ނުވާކަމަށްބުނެ ގ.ބީޓްރޫޓްގެ (ރ. ރަސްގެތީމް މާޖެހިގެ، މޫސާ އިބްރާހީމުގެ
ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު،
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރެވިފައިމިވާ، މަދަނީކޯޓުގެ
ނަންބަރު 2009/MC/2577 ޤަޟިއްޔާގައި، ބީޓްރޫޓްގެ (ރ. ރަސްގެތީމް މާޖެހިގެ، މޫސާ އިބްރާހީމް
ހުށަހަޅާފައިވާ ދަޢުވާއަކީ، 15 މާރޗް 2009 ގައި ފައިސާ އަނބުރާ ދައްކާގޮތަށް މޫސާ އިބްރާހީމް އަތުން
11 ފެބްރުއަރީ 2009 ގައި، ގ. ޒާމިއާވިލާ ޢަބްދުﷲ ޝަމީރު (A025260) ނަގާފައިވާ -/50,000ރ.
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ( އެބުރުޒު ނަފީވެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް ittlebighcourt.gov.mv ވެބް ސައިޓް: www.highcourt.gov.mv
5
2010/HC-A/73
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
(ފަންސާސްހާސް ރުފިޔާ) ޢަބްދުﷲ ޝަމީރު އަނބުރާ ދައްކާފައި ނުވާކަމަށްބުނެ، އެފައިސާ ހޯދުމަށް އެދިގެން
. ޒާމިއާވިލާ ޢަބްދުﷲ ޝަމީރުގެ މައްޗަށް މޫސާ އިބްރާހީމް ހުށަހެޅުމު ބެލެވިފައިވާ މައްސަލައެއްކަން
އެނގެންއޮތްކަމާއި،
ދެވަނަ
2571/C2009
މަދަނީ ކޯޓަށް ހުށަހެޅުނު އެމައްސަލައިގެ ދަޢުވާ ފޯމަށް ބެލިއިރު، މޫސާ އިބްރާހީމުގެ އެދަޢުވާ
ސާބިތުކުރުމަށް ހެކީގެ ގޮތުގައި ހުށަހަޅާ ލިއުންތަކާއި ތަކެތީގެ ގޮތުގައި ބަޔާންކޮށްފައިވަނީ، ފައިސާ
ޙަވާލުކުރިކަން އެނގޭ ލިއުމުގެ ކޮޕީ ކަމާއި، ހެކިންގެ ގޮތުގައި ޙާޟިރުކުރަން ބޭނުންވާ ފަރާތްތައް ޝަރީޢަތަށް
ހުށަހަޅަން ޖެހިއްޖެނަމަ ހުށަހަޅާނެކަން ބަޔާންކޮށްފައިވާކަމާއި،
ނަމަވެސް މޫސާ އިބްރާހީމުގެ ބަޔާނެއް މަދަނީ ކޯޓުން ނަންގަވާފައިވާކަން އެނގެން ނެތުމުންނާއި
އެފަދަ ބަޔާނެއް ފެންނަންވެސް ނެތުމުން މޫސާ އިބްރާހީމް ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ހެކިތަކަކީ ކޮބައިކަން
މަދަނީ ކޯޓުގެ މިމައްސަލައާގުޅޭ ލިއުންތަކުން ސާފުކޮށް އެނގެން ނެތްކަން ފާހަގަކުރެވޭކަމެވެ.
ކަމަކީ، މަދަނީ
ނަންބަރު
ޤަޟިއްޔާގެ
ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓަށާއި އެރިޕޯޓުގައި ހިމެނިފައިވާ ބަޔާންތަކާއި ލިއުންތަކަށް ބަލާއިރު، ފައިސާ
ޙަވާލުކުރި ލިއުމުގެ ކޮޕީއެއް ހުށަހެޅިފައިވާކަމާއި، އަދި ހެއްކެއްގެ ގޮތުގައި ގ. ޝާމިލާމަންޒިލް ޢަބްދުއްލަޠީފު
(A063185) ގެ ބަޔާނެއް ނެގިފައިވާކަންވެސް އެނގޭކަމާއި،
ފައިސާ ޙަވާލުކުރި ލިއުން ކަމުގައި ބުނެ މޫސާ އިބްރާހީމް ހުށަހަޅާފައިވާ ލިއުމުގައި
ސޮއިނުކުރާކަމަށާއި އެލިއުމުގައި އެވާ ސޮޔަކީ ޢަބްދުﷲ ޝަމީރުގެ ސޮއި ނޫންކަމަށް އަބްދުﷲ ޝަމީރު
ބުނެފައިވާއިރު، ފައިސާ ޙަވާލުކުރި ލިއުމުގެ ކޮޕީއަށް ބެލިއިރު އެލިއުމުގައިވާ ތާރީޚަކީ 12 ފެބްރުއަރީ 2009
ކަމާއި، އެލިއުމުގައި ފައިސާ ޙަވާލުކުރި މީހެއްގެގޮތުގައި މޫސާ އިބްރާހީމް ސޮއިކޮށްފައިވާކަމާއި އަދި ފައިސާއާ
ޙަވާލުވި ފަރާތުގެ ގޮތުގައި ޢަބްދުﷲ ސަމީރުގެ ނަމުގައި ސޮއިކޮށް ޢަބްދުﷲ ޝަމީރުގެ ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑުގެ ނަންބަރު (A025260) ވެސް ޖަހާފައިވާކަމާއި، މޫސާ އިބްރާހީމް އަތުން ޢަބްދުﷲ ޝަމީރު
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމައާބުޒާޤު، ދީދީ
އީމެއިލް
ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
ވެބް ސައިޓް: www.highcourt.gov.IIv
[email protected]
ކުއްގެ
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/73
ނެގިކަމަށް އެލިއުމުގައި ބުނާ ފައިސާގެ ޢަދަދަކީ -/
50,000ރ. (ފަންސާސްހާސް ރުފިޔާ) ކަން އެނގޭކަމާއި،
އިބްރާހީމުގެ ފަރާތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި ޢަބްދުއްލަޠީފު ހެކިބަސް އަދާކުރުމުގެގޮތުން
18 ޖެނުއަރީ 2010 ގައި މަދަނީ ކޯޓަށް ދީފައިވާ ބަޔާނަށް ބެލިއިރު، ޢަބްދުއްލަޠީފު އާއި އަބްދުﷲ ސަމީރާ
ދެމެދު ދެކެވުނު ވާހަކައެއްގެ ތެރޭގައި، މޫސާ އިބްރާހީމް އަތުން ޢަބްދުﷲ ޝަމީރު ނަގާފައިވާ -/50,000ރ.
(ފަންސާސްހާސް ރުފިޔާ) މޫސާ އިބްރާހީމަށް ދޭންޖެހޭކަމުގައި ޢަބްދުﷲ ޝަމީރު ބުނެފައިވާކަމަށާއި،
މީގެފަހުންވެސް އެއްދުވަހަކު، ޢަބްދުﷲ ޝަމީރާއެކު ދެކެވުނު ވާހަކައެއްގެ ތެރޭގައި، ޢަބްދުﷲ ޝަމީރުއާ
ދިމާއަށް މޫސާ އިބްރާހީމް ހަޑިހުތުރު އެއްޗެތި ކިޔާފައިވާތީ، މޫސާ އިބްރާހީމް އަށް ޢަބްދުﷲ ޝަމީރު ދޭންޖެހޭ
ފައިސާ ނުދޭނެކަމަށް ޢަބްދުﷲ ޝަމީރު، ޢަބްދުއްލަޠީފު ކައިރީގައި ބުނެފައިވާކަމަށް ޢަބްދުއްލަތީފުގެ ހެކިބަހުގައި
ބުނެފައިވާކަން އެނގޭކަމެވެ.
(ނ) ތިންވަނަ ކަމަކީ، މޫސާ އިބްރާހީމުގެ ބަޔާނެއް މަދަނީ ކޯޓުން މިމައްސަލާގައި
ނަންގަވާފައިވާކަން އެނގެންނެތްކަމާއި، އެހެންކަމުން މޫސާ އިބްރާހީމުގެ ފަރާތުން މިމައްސަލާގައި ހުށަހެޅުނު
ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ހެކިންނަކީ ކޮބައިކަން މަދަނީ ކޯޓުން ބެލި މިމައްސަލައިގެ ލިއުންތަކުން
ރަނގަޅަށް ސާފުވާންނެތްއިރު، މޫސާ އިބްރާހީމް ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު،
މޫސާ އިބްރާހީމަށް ޢަބްދުﷲ ޝަމީރު ދޭންޖެހޭ ފައިސާތައް ނުދީ ލަސްވާތީ މޫސާ އިބްރާހީމް ޢަބްދު
ޝަމީރަށް ފޮނުވި އެސް، އެމް، އެސް އެއްގެ ޖަވާބު ޢަބްދުﷲ ޝަމީރު ބޭނުން
ޝަމީރުގެ ނަންބަރެއް ކަމުގައިވާ 7776552، މިނަންބަރުން ޢަބްދުﷲ ސަމީރު ފޮނުވާފައިވާކަމަށާއި، އެ
އެސް، އެމް، އެސް އިންވެސް ޢަބްދުﷲ ޝަމީރު މޫސާ އިބްރާހީމަށް ދޭންޖެހޭ ފައިސާތަކެއްހުރިކަން އެނގޭނެ
ކަމުގައި މޫސާ އިބްރާހީމް މަދަނީ ކޯޓުގައި ބުނެ އެ އެސް، އެމް، އެސް ބަލައިދިނުމަށްވެސް މަދަނީ ކޯޓުގައި
އެދުނުކަމަށާއި ނަމަވެސް މަދަނީ ކޯޓުން އެ އެސް، އެމް، އެސް ބަލައިދީފައިނުވާކަމަށް މޫސާ އިބްރާހީމް
ބުނެފައިވުމުން، އެ އެސް، އެމް، އެސް ދިވެހިރާއްޖޭގެ ހައިކޯޓުން ބެލިއިރު، އޭގައި ލެޓިން އަކުރުން
ރަމުންދިޔަ ޢަބްދު
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ( އާބުރުޒު ހިނަވުން) އެދީދިޔާއިރާއްޖެ ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ސައިޓް: www.highcourt.gov.mv
]
2010/HC-A/73
ޤަޤީޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ލިޔެފައިވަނީ ”Noona adi magaa atha laari naaraathi miulanee inga] (ނޫނޭ އަދި މަގޭ
އަތަށް ލާރި ނާރާތީ މިއުޅެނީ އިނގޭ) މިފަދައިން ކަން އެނގޭއިރު އެ އެސް، އެމް، އެސް އަކީ ޢަބްދު
ޝަމީރު ފޮނުވި އެސް، އެމް، އެސް އެއް ކަމަށް ޢަބްދުﷲ ޝަމީރު އިންކާރުކޮށްފައިވީނަމަވެސް އެ އެސް،
އެމް، އެސް ފޮނުވާފައިވަނީ ޢަބްދުﷲ ޝަމީރު ބޭނުންކުރަމުންދިޔަ، ޢަބްދުﷲ ޝަމީރުގެ ފޯނަކުންކަން
އެނގޭކަން ފާހަގަ ކުރެވޭކަމެވެ.
(ނ) ހަތަރުވަނަ ކަމަކީ، ދަޢުވާ ސާބިތުކުރުމަކީ ދަޢުވާކުރާފަރާތުގެ ކަމެއްކަމާއި، ދަޢުވާކުރާފަރާތަށް
ހެކި ނުދެއްކިއްޖެނަމަ، ދަޢުވާލިބޭ ފަރާތަށް ހުވައިދިނުމަށް އޮންނަ ހަމަތަކުގެ މަތިން ހުވައިދީ އެހުވައިގެ
މައްޗަށް ބިނާކޮށް މައްސަލަ ނިންމުމަކީ މިފަދަ މާލީ މުޢާމަލާތްތަކާގުޅޭ މައްސަލަތަކުގައި ޢަމަލުކުރެވޭ ޝަރުޢީ
އެކަމާއި
04 =ވ
ފިޤުހުވެރިންގެ ރައުޔުތަކަށް ބަލާއިރު، ދަޢުވާކުރާފަރާތުން އެއް ހެއްކަކު ހުށަހަޅައި އެހެކީގެ ހެކިބަސް
ޝަރީޢަތަށް ޤަބޫލުކުރެވޭގޮތަށް،
ދަޢުވާކުރާފަރާތުގެ ބަހާ އެގޮތަށް ޝަރީޢަތަށް ލިބޭ ޙާލަތުގައި،
ދަޢުވާކުރާފަރާތަށް ހުވައިދީ މައްސަލަ ނިންމާ އުޞޫލަކީވެސް ޝަރުޢީ އުޞޫލެއްކަމާއި، މިއުޞޫލު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/SC
-
A/2010 ޤަޟިއްޔާގައިވެސް ބަޔާންކުރައްވާފައިވާ ކަމެވެ.
(ބ) ފަސްވަނަ ކަމަކީ، މިމައްސަލާގައި ދަޢުވާކުރި މޫސާ އިބްރާހީމުގެ ފަރާތުން ހެއްކެއްގެގޮތުގައި
ހުށަހެޅި ޢަބްދުއްލަޠީފުގެ ހެކިބަހަށް ބަލާއިރު، ޢަބްދުއްލަޠީފުއަކީ ފައިސާގެ މިމުޢާމަލާތް ހިނގި ތަނުގައި
ހުރިމީހެއްނޫންކަމާއި އަދި ޢަބްދުއްލަޠީފް ހެކިބަސް ދީފައިވަނީވެސް މިމުޢާމަލާތް ހިނގިތަނުގައި އޭނާހުރެގެން
އޭނާއަށް ފެނި، އެނގުނު ކަންތައްތަކެއްގެ މައްޗަށް ބިނާކޮށްގެން ނޫންކަމާއި އޭނާ ހެކިބަސް އަދާކޮށްފައިވަނީ،
ޢަބްދުﷲ ޝަމީރު އޭނާގެ ކައިރީގައި ދައްކާފައިވާ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށްގެންކަމާއި، އެހެންކަމުން
ޢަބްދުއްލަތީފުގެ ހެކިބަހަކީ އެހެކިބަހުގެ މައްޗަށް އެކަނި ބަލައިފިނަމަ ފުރިހަމަ ހެކިބަހެއްކަމުގައި ނުވާކަމާއި،
ނަމަވެސް ޢަބްދުއްލަޠީފުގެ ހެކިބަހަށް ބާރުލިބިދޭ ލިއުމެއް ހުށަހެޅިފައިވުމުންނާއި، އަދި ޢަބްދު
4847
ފޯން
ދިވެހިރާއްޖޭގެ ހައިކޯޓް، ތީލުގެ( އާބުރުޒު ހިނގުން) މާލެނިވެރިހާ142 3325029، ފެކްސް: 331647
އީމެއިލް [email protected] މިޓް www.highcourt.gov.mv
43763 &ވ
8
2010/HC-A/73
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
ޝަމީރު އެދުވަސްވަރު ބޭނުންކުރަމުންދިޔަ، ޢަބްދުﷲ ޝަމީރުގެ ފޯނަކުން މޫސާ އިބްރާހީމަށް ފޮނުވާފައިވާ
އެސް، އެމް، އެސް އެއް އޮތްއިރު، އެލިއުމަށް ބަލާއިރު، މޫސާ އިބްރާހީމް އަތުން ޢަބްދުﷲ ޝަމީރު
-/50,000ރ. (ފަންސާސްހާސް ރުފިޔާ) ނަގާފައިވާކަން ދޭހަވާކަމާއި އަދި އެ އެސް، އެމް، އެސް އަށް
ބަލާއިރު، މޫސާ އިބްރާހީމަށް ޢަބްދުﷲ ޝަމީރު ދޭންޖެހޭ ފައިސާ ތަކެއް ހުރިކަން ދޭހަވާކަމާއި، އެހެންކަމުން
އެ ލިއުމާއި އެ އެސް، އެމް، އެސް އަށް ބަލާއިރުވެސް މޫސާ އިބްރާހީމް ދަޢުވާކުރާ ފައިސާ އަކީ މޫސާ
އިބްރާހީމަށް ޢަބްދުﷲ ޝަމީރު ދޭންޖެހޭ ފައިސާތަކެއްކަން ދޭހަވެ އެނގެން އޮތުމުން، މިކަންކަމުން
ޢަބްދުއްލަޠީފުގެ ހެކިބަހަށް ބާރުލިބިދޭކަމާއި އަދި އެހެކިބަހަކީ ޝަރީއަތަށް ޤަބޫލުކުރެވޭގޮތަށް ލިބިފައިވާ
ހެކިބަހެއްކަން ފާހަގަކުރެވޭކަމެވެ.
(ލ) ހަވަނަ ކަމަކީ، ބަޔާންކުރެވިދިޔަފަދައިން އެއް ހެއްކެއްގެ ހެކިބަސް ޝަރީޢަތަށް
ހުވައި ދޭންޖެހޭކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ފެނުނު
ހިނދު، މޫސާ އިބްރާހީމަށް ހުވައި ދިނުމުން، "ﷲ للهلله، އަހުރެން (ފ. ބީޓްރޫޓްގެ މޫސާ އިބްރާހީމް)
އަތުން، 11 ފެބްރުއަރީ 2009 ދުވަހު، މިމަޖިލީހުގައި މިއިން ގ. ޒާމިއާވިލާ އަބްދުﷲ ޝަމީރު
(A025260)، އަނބުރާ ދައްކާގޮތަށް -/50,000ރ. (ފަންސާސްހާސް ރުފިޔާ) ނަގާފައި ވާކަމަށާއި،
އެފައިސާގެ ތެރެއިން އެއްވެސް މިންވަރެއް އަދި މިހާތަނަށް އަހުރެންނަށް ލިބިފައި ނުވާކަމަށް މާތް ﷲ ގަންދީ
ހުވާކުރަމެވެ." މިޢިބާރާތުން، 25 އޭޕްރީލް 2011 ވަނަ ދުވަހު އޮތް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި މޫސާ އިބްރާހީމް ހުވައިކޮށްފައިވާއިރު،
ހެކިބަސް އަދާކޮށްފައިވާ ޢަބްދުއްލަޠީފުގެ ހެކިބަސް ބަޔާންކުރެވިދިޔަފަދައިން ޝަރީޢަތަށް
ޤަބޫލުކުރެވޭގޮތަށް ލިބިފައިވުމުން، އެ ހެކިބަހުންނާއި، މޫސާ އިބްރާހީމް ކޮށްފައިވާ ހުވައިން، ޢަބްދު
ޝަމީރު، މޫސާ އިބްރާހީމް އަތުން އަނބުރާ ދައްކާގޮތަށް -/
50,000ރ. (ފަންސާސްހާސް ރުފިޔާ)
އެހިރާއް
ހިރާއްޖޭގެ
ފޯން: 3325029 ފެކްސް: 33147
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ( އާބުރުޒު ހިންވުން)
އީމެއިލް [email protected]އި
www.highcourt.gov.mv
9
2016/HC-A/73
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
ނަގާފައިވާކަމާއި އެފައިސާ ޢަބްދުﷲ ޝަމީރުގެ ފަރާތުން މޫސާ އިބްރާހީމަށް ދޭންޖެހިފައިވާކަން ސާބިތުވާކަން
ފާހަގަކުރެވޭކަމެވެ.
2 34 0 2 2
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ،
މަދަނީ ކޯޓުގެ ނަންބަރު 2009/MC/2577 ޤަޟިއްޔާގައި ދަޢުވާލިބުނު ޢަބްދުﷲ ޝަމީރު، އެ ޤަޟިއްޔާގައި
ހުށަހެޅުނު ދަޢުވާއަށް އިންކާރުކޮށްފައިވާއިރު، ދަޢުވާގައިބުނާ -/50,000ރ. (ފަންސާސްހާސް ރުފިޔާ) އަކީ
މޫސާ އިބްރާހީމުގެ އަތުން ޢަބްދުﷲ ޝަމީރު ނަގާފައިވާ ފައިސާއެއްކަން މޫސާ އިބްރާހީމަށް ޝަރީޢަތަށް
ސާބިތުކޮށްދެވިފައިނުވާކަމަށާއި، އެހެންކަމުން ދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާ ޢަބްދުﷲ ޝަމީރުގެ
ކިބައިން މޫސާ އިބްރާހީމަށް ނަގައިދެވޭނެ ތަނެއްނެތްކަމަށް ކަނޑައަޅުއްވައި މަދަނީ ކޯޓުން ނިންމަވާފައިވާ
ނިންމެވުން ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތްނުވާކަމަށާއި، އެހެންކަމުން ޙުކުމަށް ބަދަލު ގެންނަން
c44އރ
ޖެހޭކަމަށެވެ.
ޙުކުމް:-
O. O
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމުން، މަދަނީ ކޯޓުގެ ނަންބަރު
2009/MC/2577 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށް
ކުރައްވާފައިވާ ޙުކުމެއް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންނަށް އިއްތިފާޤު
ވެވިފައިވާތީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/2577 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް
ބާޠިލުކޮށް، ހެކިބަސް އަދާކޮށްފައިވާ އަބްދުއްލަޠީފުގެ ހެކިބަހަށާއި، އެހެކިބަހަށް ބާރުލިބިދޭގޮތަށް މިމައްސަލާގައި
ފެންނަންހުރި ޤާރީނާތަކަށާއި، އަދި މޫސާ އިބްރާހީމް ކޮށްފައިވާ ހުވަޔަށް ބަލާއިރު، ޢަބްދުﷲ ޝަމީރު، މޫސާ
އިބްރާހީމް އަތުން އަނބުރާ ދައްކާގޮތަށް -/50,000ރ. (ފަންސާސްހާސް ރުފިޔާ) ނަގާފައިވާކަމާއި އެފައިސާ
ޢަބްދުﷲ ޝަމީރުގެ ފަރާތުން މޫސާ އިބްރާހީމަށް ދޭންޖެހިފައިވާކަން ސާބިތުވާކަމަށް ކަނޑައަޅައި، އެފައިސާ
މޫސާ އިބްރާހީމް (A099248) އަށް ދެއްކުމުގެ ގޮތުން، މިއަދު (27 އޮކްޓޯބަރ 2011) ން ފެށިގެން
$8
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ(އާބުރުޒު ގުންކަމަލްޑީ ސިލެބިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] އާއިޓާ: www.highcourt.gov.mv
10
ގޮތުގެ ޚުލާޞާ
2010/HC-A/73
ކޮންމެ މަހަކު -/10,000ރ. (ދިހަހާސް ރުފިޔާ) އަށްވުރެ މަދުނޫން ޢަދަދަކަށް ސިވިލް ކޯޓަށް ފައިސާ
ދައްކައި ލަސްވެގެން 05 (ފަހެއް) މަސްދުވަހުގެ މުއްދަތުގައި މިދަރަނި އަދާކުރުމަށް ގ.
ޝަމީރު (A025260) އަށް އަންގައި، މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ޒާމިއާވިލާ ޢަބްދު
ވިޤަޟިއްޔާ ބަލައި ނިޔާ ކަނޑައެޅީ؟
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ޢަބްދުލްޣަނީ މުޙައްމަދު
ޢައްބާސް ޝަރީފު
،ފަނޑިޔާރު)
،ފަނޑިޔާރު)
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ(އާބުރު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
ވެބް ސައިޓް: www.highcourt.gov.mv
[email protected]