ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-I-K/03 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-I-K03
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 03/HC
-
I
-
K/2011
• މައްސަލަ ހުށަހެޅި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
ދަޢުވާ ރައްދުވި ފަރާތް:
* ނަން: ޙަސަން މޫސާ
ކާޑު ނަންބަރ: A007199
* ދާއިމީ އެޑްރެސް: ނ.މިލަދޫ / ނޫރަންމާގެ
މިހާރުގެ އެޑްރެސް: ނ. މިލަދޫ ނޫރަންމާގެ
*
އައިޑީ
ހުށަހެޅުނު ތާރީޚް: 16 މާޗް 2011
* ނިމުނު ތާރީޚް: 17 މާޗް 2011
0
. ޤަޟިއްޔާގެ ބާވަތް: އިންތިޚާބީ ކުށް
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު އަޙްމަދު ޝަރީފު ޢަލީ، އިސްފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my ieme
2
2011/HC-I-K03
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އެވްގެ ޚުލާޞާ
މިއީ ނ.މިލަދޫ ނޫރަންމާގެ ހަސަން މޫސާ 5 ފެބްރުއަރީ 2011 ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ
ލޯކަލް އިންތިޚާބު 2011އަށް ކުރިމަތިލުމުގެ ގޮތުން އިލެކްޝަން ކޮމިޝަނަށް ހުށަށހެޅި ލޯކަލް
ކައުންސިލްތަކުގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމްގައި މީނާއަށް ޤާނޫނު ނަންބަރު: 10/2010 (ލޯކަލް
ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12ވަނަ މާއްދާގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަވެފައިވާ
މީހެއްކަމަށާއި އެފޯމުގައިވާ މައުލޫމާތުތަކަކީ ޞައްޙަ މައުލޫމާތުކަމަށް އިޤްރާރުވެ އިންތިހާބަށް ކުރިމަތިލުމުގެ
ގޮތުން ޙަސަން މޫސާ ދޮގުމައުލޫމާތު ދިފައިވާތީ ޤާނޫނު ނަންބަރު 11/2008 (އިންތިޚާބު ތަކާއި ބެހޭ ޢާއްމު
ޤާނޫނުގެ 74 ވަނަ މާއްދާގެ (ހ)ގެ 1ވަނަ ނަންބަރު އާއި ޙަވާލާދީ އެމާއްދާގެ (ށ) ދަށުން ޙަސަން މޫސާގެ
މައްޗަށް އިންތިޚާބަށް ކުރިމަތިލުމުގެ ގޮތުން ދޮގުމައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ ޕްރޮސެކިއުޓަރ ޖެނެރަލްގެ
ފަރާތުން ކުރުމުން . ބެލިފައިވާ އިންތިޚާބީ ކުށުގެ މައްސަލައެކެވެ.
ފާހަގަކުރެވުނު
1- ނ.މިލަދޫ/ ނޫރަންމާގެ ޙަސަން މޫސާ 05 ފެބްރުއަރީ 2011ގައި ބޭއްވުމަސް ހަމަޖެހިފައިވާ
ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ލޯކަލް ކައުންސިލް
ތަކުގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމުގައި މީނާއަކީ ޤާނޫނު ނަންބަރ 10/2010 (ލޯކަލް
ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު)ގެ
12 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަވެފައިވާ
މީހެއްކަމަށާއި، އެފޯމްގައިވާ މަޢުލޫމާތުތަކަކީ ޞައްޙަ މަޢުލޫމާތު ކަމަށް އިޤުރާރުވެ އިންތިޚާބަށް ކުރިމަތިލުމުގެ
ގޮތުން ދޮގު މައުލޫމާތު ދީފައިވާތީ ޤާނޫނު ނަންބަރ 11/2008 (އިންތިޚާބު ތަކާއި ބެހޭ އާއްމު ޤާނޫނު) ގެ
74 ވަނަ މާއްދާގެ (ހ) ގެ 01 ވަނަ ނަންބަރާއި ޙަވާލާދީ އެޤާނޫނުގެ 74 ވަނަމާއްދާގެ (ހ)ގެ ދަށުން
ޙަސަން މޫސާގެ މައްޗަށް އިންތިޚާބަށް ކުރިމަތިލުމުގެ ގޮތުން ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާ
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޮށްފައިވެއެވެ.
24
2- ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޙަސަން މޫސާގެ މައްޗަށް ކުޅު މިދަޢުވާ
ސާބިތުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރ 16/SC
-
E/2011 ޤަޟިއްޔާ ނިމުނުގޮތުގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my ieme
3
2011/HC-I-K03
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޚުލާސާ އާއި ލޯކަލް ކައުންސިލްތަކުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި
ފޯމް ޝަރީޢަތަށް ހުށަހަޅާފައި ވާއިރު ޙަސަން މޫސާގެ ފަރާތުން ބުނެފައިވަނީ ސްޕްރީމް ކޯޓުގެ ޤަޟިއްޔާއިން
އެގޮތަށް ނިމިފައިވާތީ އެޤަޟިއްޔާއާއި ޙަވާލާދީ ޙަސަން މޫސާއަށް ދަޢުވާ ކުރެވިދާނެކަމަށާއި، އެހެންނަމަވެސް
ދަރަންޏެއް އޮތްކަމަށް ޙަސަން މޫސާ ޤަބޫލު ނުކުރާކަމަށާއި ޖިނާއީ ކޯޓުގެ ނަންބަރ 2006/JC/848
ޤަޟިއްޔާއިން ސާބިތުވެފައިވާ -/450ރ (ހަތަރު ސަތޭކަ ފަންސާސް) ރުފިޔާ ލިބެންވާ ފަރާތްކަމުގައިވާ
ވ.ފެލިދޫ އީޓުޖެހިގެ އިބްރާހީމް ފާއިޒުއަށް ޙަސަން މޫސާ އެފައިސާ ކޯޓުން ބޭރުގައި ދައްކާ ނިންމާފައިވާ
ކަމަށާއި އެފައިސާ ނުލިބިގެން މިހާތަނަށް އެއްވެސް ފަރާތަކުން ދަޢުވާއެއް ކޮށްފައިނުވާކަމަށާއި އެހެންކަމުން
އެކަން ނިމުނީ ކަމަށް ޤަބޫލު ކޮށްގެން ހުރިކަމަށާއި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމުގައި އިޤުރާރުވެ
ސޮއިކުރިއިރު ދަރަންޏެއް އޮތްކަމަށް ޤަބޫލު ނުކުރާ ކަމަށާއި، އެފައިސާ މަދަނީ ކޯޓަށް ދައްކާފައި ނުވާނެ
ކަމަށާއި ނަމަވެސް އެފައިސާ ލިބެންވާ ފަރާތަށް ވަނީ ދައްކާފައިކަމަށެވެ.
0 0
<< O
3- ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރ 16/SC
-
E/2011 ޤަޟިއްޔާގެ ފާހަގަކުރެވުނު
ނުކުތާ 2 ގައި ނ.މިލަދޫ ނޫރަންގޭ ޙަސަން މޫސާ އަކީ ކުރީގެ ޖިނާއީ ކޯޓުގެ ނަންބަރ 2006/JC/848
ޤަޟިއްޔާއިން އޭނާގެ މައްޗަށް ސާބިތުވެފައިވާ ދަރަނި އުކުމާއި އެއްގޮތަށް ދައްކަމުން ނުދާ މީހެއްކަން ސިވިލް
ކޯޓުގެ ނަންބަރު 2011
/
321/C-144 (18 ޖެނުއަރީ 2011) ގެ ލިޔުމުން އެގޭކަމަށް ބަޔާންކުރުމަށްފަހު
އެޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާ 3 ގައި މީލާދީ ސަނަތުން 2011 ވަނަ އަހަރުގެ ފެބްރުއަރީ 5 ވަނަ
ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކިބައިގާ
ހުރުން ޤާނޫނު ނަންބަރ 10/2010 އިން ލާޒިމް ކުރާ އެއްވެސް ޝަރުތެއް ފުރިހަމަ ނުވާފަރާތަކަށް
އެއިންތިޚާބުގައި ވާދަކުރުމުގެ ޙައްޤު ލިބިގެން ނުވާނެކަން އެނގެން އޮތުމާއިއެކު އެ އުސޫލުގެ މައްޗަށް
ރިޢާޔަތްކޮށް ލޯކަލްކައުންސިލް ތަކުގެ އިންތިޚާބު 2011ގައި ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ބައިވެރިވުމުގެ
ޙައްޤު ޙަސަން މޫސާއަށް ލިބިގެން ނުވާކަމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ 7 ފަނޑިޔާރުންގެ ތެރެއިން 5
ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވާތީ އެގޮތުގެ މަތީން ކަޑައަޅައިފައިވާކަން އެޤަޟިއްޔާގެ ރިޕޯޓުން ބަލާއިރު
އެގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my ieme
4
2011/HC-I-K03
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
4- ޙަސަން މޫސާ 7 ޑިސެމްބަރު 2010 ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ލޯކަލް
ކައުންސިލްތަކުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް އެދޭފޯމުގެ ކެންޑިޑޭޓުގެ އިޤުރާރުގައި ސޮއިކޮށްފައިވާ އިރު
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު (ޤާނޫނު ނަންބަރ 10/2010) ގެ 12 ވަނަ މާއްދާގައި ބުނާ
ޝަރުޠުތައް ފުރިހަމަވެފައިވާ މީހެއްކަމަށް އެއިޤުރާރުގެ ތެރޭގައި ހިމެނޭ ކަމާއި ލޯކަލް ކައުންސިލްތަކުގެ
އިންތިޚާބުގެ ޤާނޫނު (ޤާނޫނު ނަންބަރ 10/2010) 12 ވަނަ މާއްދާގެ (ހ)ގައި އިންތިޚާބަށް ކުރިމަތިލާ
މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުޠުތައް ކަޑައެޅުމަށްފަހު އެމާއްދާގެ (ނ)ގައި އަންނަނިވި ޙާލަތުންކުރެ
ޙާލަތެއްގައިވާ މީހަކަށް ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބުގައި ބައިވެރިނުވެވޭނެކަމަށް ބުނެ 12 ވަނަ
މާއްދާގެ (ނ)ގެ 1 ވަނަ ނަންބަރުގައި ސާފުބަހުން ބުނެފައިވަނީ އަދާކުރަންޖެހޭ ދަރަންޏެއް އޮތް މީހަކު ނަމަ
ޙުކުމާއި އެއްގޮތަށް އެދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުން މިފަދައިން ކަމާއި ޙަސަން މޫސަގެ
މައްޗަށް ކުރީގެ ޖިނާއީ ކޯޓުގެ ނަންބަރ 2006/JC/848 ޤަޟިއްޔާއިން ސާބިތުވެފައިވާ ދަރަނި އުކުމާއި
ކޯޓަށް ދައްކާފައި ނުވާކަން އެގެން އޮތް ހިނދު ޙަސަން މޫސާ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި
ލޯކަލް ކައުންސިލްތަކުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމުގައި ވެފައިވާ އިޤުރާރުއަކީ ސައްޙަ އިޤުރާރެއް
ކަމަށް ޤާނޫނީ ގޮތުން ބެލޭން ނޮއޮންނާނެތީ މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
ބުރަވެވެނީ ޙަސަން މޫސާ އިލެކްޝަންސް ކޮމިޝަނަށް އިންތިޚާބަށް ކުރިމަތިލުމުގެ ގޮތުން ދީފައިވާ މައުލޫމާތަކީ
ތެދު މަޢުލޫމާތު ކަމަށް ބެލެން ނެތްކަމަށެވެ.
00x82
344ނށް
oxx
075
އެނވެ.
ވީމާ 05 ފެބްރުއަރީ 2011ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބަށް
ކުރިމަތިލުމުގެޓަކައި ނ.މިލަދޫ ނޫރަންމާގެ ޙަސަން މޫސާ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމުގައި
ޙަސަން މޫސާއަކީ (ޤާނޫނު ނަންބަރ 10/2010) ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ
މާއްދާގައި ބުނެފައިވާ ޝަރުޠުތައް ފުރިހަމަވެފައިވާ މީހެއް ކަމަށާއި އެފޯމުގައިވާ މަޢުލޫމާތު ތަކަކީ ސައްޙަ
މައުލޫމާތުކަމަށް އިޤުރާރުވެ ސޮއިކޮށްފައި ވާއިރު ޙަސަން މޫސާގެ މައްޗަށް ޖިނާއީ ކޯޓުގެ ނަންބަރ
2006/JC/848 ޤަޟިއްޔާއިން ސާބިތުވެފައިވާ ދަރަނި އުކުމާއި އެއްގޮތަށް ދައްކާފައި ނުވާކަން ހުށަހެޅިފައިވާ
ލިޔުންތަކުން ޝަރީޢަތަށް ސާބިތުވެފައިވާތީ ޙަސަން މޫސާގެ މައްޗަށް އިންތިޚާބުތަކާ
ބުތަކާ ބެހޭ ޢާއްމު ޤާނޫނުގެ 74
" ދިވެހިއެވެ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my ieme
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-I-K03
LUCO
ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގައި ބުނެފައިވާ އިންތިޚާބާއި ގުޅިގެން ދޮގުމައުލޫމާތު ދިނުމުގެ ކުށް
ސާބިތުވާކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވެނު ހިނދު އެކުށުގެ
އުޤޫބާތެއްގެ ގޮތުން އެ ޤާނޫނުގެ 74 ވަނަ މާއްދާގެ (ށ) ގެ ދަށުން ޙަސަން މޫސާ -/12000 (ބާރަހާސް
ރުފިޔާ)އިން ޖޫރިމަނާކޮށް މިފައިސާ މިއަދު (17.03.2011) ފެށިގެން 1 މަސްދުވަހުގެ ތެރޭގައި މިނިސްޓްރީ
އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ދެއްކުމަށްޓަކައި މިކޯޓަށް ދައްކާ ޚަލާސްކުރުމަށް ޙުކުމްކޮށްފީމެވެ.
4
ވީއެޖް"
*
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my ieme