ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/290 ޤަޟިއްޔާގެ ޙުކުމް
1
2(009¢IIC-A/290
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
COO
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
IL
ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓް
• ޤަޟިއްޔާ ނަންބަރ: 290/HC
-
A/2009
އިސްތިއުނާފު ކުރިފަރާތް:
* ނަން: އާމިނަތު ސައްފަތު
ކާޑު ނަންބަރ : 055956_A
* ދާއިމީ އެޑްރެސް: ތ. ބުރުނީ! ފަހާގެ
މިހާރުގެ އެޑްރެސް: ފ. ރިލީޒްއާގެ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް
• ރަޖިސްޓްރީކުރި ތާރީޚް: 09 ޝައްވާލް 1430
28 ސެޕްޓެމްބަރ 2009
: ނިމުނު ތާރީޚް: 23 ޖުމާދަލްއޫލާ 1432
27 އޭޕްރީލް 2011
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/JC/686
ނިންމެވިކޯޓް: ޖިނާއީކޯޓު (ކްރިމިނަލްކޯޓު)
ޤަޟިއްޔާގެ ބާވަތް: އިހްމާލުވުން.
ހުށަހެޅުނުތާރީޚް: 11 - 03 - 2009
* ނިމުނު ތާރީޚް: 0
2009 - 07 - 20;
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް :
ފަނޑިޔާރު އަޝުޢައިބު ޙުސައިން ޒަކަރިއްޔާ، އިސް ފަނޑިޔާރު އަޙްމަދު ޝަރީފް ، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުދީ
މާލެނިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: feighcourt.gov.mvވެބޯ
www.highcourt.gov.lv
2
30(b/HC-A/29)
ދަޢުވާގެ ޚުލާޞާ :
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/686 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
އެއްގޮތް ނުވާ ކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފްކޮށް ދިނުންއެދި، އެޤަޟިއްޔާގައި ދަޢުވާލިބުނު ތ.ބުރުނީ
ފަހުގެ އާމިނަތު ސައްފަތު (A055956) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާ އެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް
1- މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/686 ޤަޟިއްޔާ ނިމިފައިވާ ގޮތް އޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއި އެއްގޮތް ނުވާ ކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފްކޮށް ދިނުންއެދި، އެޤަޟިއްޔާގައި
ދަޢުވާލިބުނު ތ.ބުރުނީ ފަހާގެ އާމިނަތު ސައްފަތު (A055956) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ބެލެވިފައިވާ ޤަޟިއްޔާ އެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހެވެ.
ހަނދުގެ
2- ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/686 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ، އާމިނަތު ސައްފަތު، ފިއުލް ސަޕްލައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ
ކޭޝިއަރެއްގެ ވަޒީފާގައި ހުރެ، 29 މެއި 2008 ދުވަހުގެ ހެނދުނު ޑިއުޓީއިން ފެށިގެން 31 މެއި 2008
ދުވަހުގެ ނިޔަލަށް ސޭލްސްގެ ގޮތުގައި ލިބިފައިހުރި 335472150ރ. (ތިންލައްކު ތިރީސް ފަސްހާސް
ހަތަރުސަތޭކަ ހަތްދިހަ ދެރުފިޔާ ފަންސާސް ލާރި) ކަނބާއައިޝާ ރަނި ހިނގުމުގައި ހުންނަ ފިއުލް ސަޕްލައި
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ޕެޓްރޯލް ޝެޑްގެ ތިޖޫރީގައި ރައްކާ ކޮށްފައި ހުއްޓާ 01 ޖޫން 2008 ގައި
މިފައިސާ ގެއްލިފައިވާތީއާއި، މިފައިސް ގެއްލިފައިވަނީ ތިޖޫރީއާއި ޝޭޕަށް އެއްވެސް ގެއްލުމެއް ނުދީ
ކަމަށްވާތީއާއި، މިފައިސާ ތިޖޫރިން ނަގާފައިވަނީ ތިޖޫރީގެ ތަޅުދަނޑި ބޭނުން ކޮށްގެން ކަމަށް ބެލެވޭތީއާއި،
މިފައިސާ ގެއްލުނު އިރު އެޝޮޕާއި ތިޖޫރީގެ ތަޅުދަނޑި އާމިނަތު ސައްފަތުގެ އަތުގައި އޮތުމުން މިފައިސާ
ގެއްލިފައިވަނީ އާމިނަތު ސައްފަތުގެ އިހުމާލުން ކަމަށް ބެލެވޭތީ، ދައުލަތުން އާމިނަތު ސައްފަތުގެ މައްޗަށް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު މިނެމުނީ
ރާއްޖެ، ފޯން: 332529، ފެކްސް: ]33I647
ސައިޓް www.highcourt.gov.mv
އީމެއިލް: [email protected]
3
2009HC-A/29
8 e
ހުށަހެޅި އިހުމާލުވުމުގެ ކުށުގެ ދަޢުވާއާއި އަދި އާމިނަތު ސައްފަތުގެ އިހުމާލުން ގެއްލިފައިވާ ފައިސާ އާމިނަތު
ޞައްފަތުގެ އަތުން ފިއުލް ސަޕްލައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށް ދަޢުވާކުރުމުން ބެލުނު
މައްސަލައެއް ކަމާއި،
އެޤަޟިއްޔާ ޖިނާއީކޯޓުން ނިންމާފައިވަނީ، މިފައިސާ ގެއްލިފައިވަނީ ތިޖޫރީޚާއި ޝޮޕަށް އެއްވެސް
ގެއްލުމެއް ނުދީ ކަމަށްވާތީއާއި، މިފައިސާ ތިޖޫރީން ނަގާފައިވަނީ ތިޖޫރީގެ ތަޅުދަނޑި ބޭނުން ކޮށްގެން ކަމަށް
ބެލެވޭތީއާއި، މިފައިސާ ގެއްލުނު އިރު އެޝޮޕާއި ތިޖޫރީގެ ތަޅުދަނޑި އާމިނަތު ޞައްފަތުގެ އަތުގައި އޮތުމުން
މިފައިސާ ގެއްލިފައިވަނީ އާމިނަތު ޞައްފަތުގެ އިހުމާލުން ކަމަށް ބެލެވޭފަދަ ގުޅިފައިވާ ހަރުދަނާ ޤަރީނާތަކެއް
ހުރުމާއެކު، ޤާނޫނު ނަމްބަރު 24/76 (ހެއްކާބެހޭ ޤާނޫނު)ގެ 06 ވަނަމާއްދާއަށް ރިޢާޔަތްކޮށް، އާމިނަތު
ޞައްފަތުގެ މައްޗަށް އިހުމާލުވުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ޤާނޫނުލް ޢުޤޫބާތުގެ 88 ވަނަ މާއްދާގެ
(ހ) ގެ ދަށުން އާމިނަތު ސައްފަތު 03 (ތިނެއް) މަސްދުވަހުގެ މުއްދަތަށް ގޭގައި ބަންދު ކުރުމަށް ޙުކުމްކޮށް،
13 އަހަރުދުވަހުގެ މުއްދަތަށް ތަންފީޒުކުރުން ފަސްކުރުމަށް އަމުރުކޮށް، އާމިނަތު ސައްފަތުގެ
އިހުމާލުން ގެއްލިފައިވާ 335472150ރ. (ތިންލައްކު ތިރީސް ފަސްހާސް ހަތަރުސަތޭކަ ހަތްދިހަ ދެރުފިޔާ
ފަންސާސް ލާރި) އާމިނަތު ޞައްފަތުގެ ފަރާތުން ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
ލިބިދިނުމަށްޓަކައި، ޖިނާއީކޯޓުން އެމައްސަލަ ނިންމި ދުވަހުން ފެށިގެން -/3000 ރުފިޔާއަށްވުރެ މަދުނޫން
ޢަދަދެއްގެ ފައިސާ ސަރުކާރަށް ދައްކައި ޚަލާސް ކުރުމަށް އާމިނަތު ޞައްޙަތަށް އަންގައި އެގޮތުގެ މަތިން ކަން
ޖިނާއީކޯޓުގެ ނަންބަރު 2009/JC/686 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮގު
ނިމުނުގޮތުގެ ދިޔުން އެނގެން އޮވެއެވެ.
އެޙުކުމް
ހަމަތަކާއި
3- ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/686 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ
އެއްގޮތްނުވާކަމަށްބުނެ އާމިނަތު ސައްފަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައުކޯޓަށް ހުށަހަޅާފައިވާ
ނުކުތާތަކުގެ މައްޗަށް ބަލާއިރު، މައިގަނޑު ހަތަރު ނުކުތާއެއް ހުށަހަޅައި އެކަންކަމާބެހޭގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ ގެއްލިފައިވާކަމަށް ބުނާ ފައިސާ ގެއްލުނުއިރު ޕެޓްރޯލް ޝެޑްގެ
ޝޮޕާއި ތިޖޫރީގެ ތަޅުދަނޑި އޮތީ އާމިނަތު ސައްފަތުގެ އަތުގައިކަމަށް ވުމުން، މިފައިސާ ގެއްލިފައިވަނީ
އާމިނަތު ސައްފަތުގެ އިހުމާލުން ކަމުގައި ބުނާއިރު، މ.އުދަގިރި އަޙުމަދު ޙުސައިންގެ ޑިއުޓީ ނިންމުމަށްފަހު
އެދުވަހުގެ (30 މެއި 2008 ދުވަހުގެ) 16:00 ގައި އާމިނަތު ސައްފަތު ޑިއުޓީއާއި ޙަވާލުވިއިރު އެދުވަހުގެ
ލިބިފައިވާ ފައިސާ ތިޖޫރިއަށް ލައި ރައްކާކުރިކަމަށާއި އެފައިސާގެ ޖުމްލަ ޢަދަދު ބުނެދޭން ނޭނގޭ
އދޗށް
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯ. ގާއުއިޒް
އީމެއިލް:
ދިރާއްޖެ، ޕޯން: 3325129، ފެކްސް: 3316471
ސައިޓް:
highcourt.gov.my
www.highcourt-gov.my 2
4
2C{p}}HC-A/9t)
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
· 4 33
އނeއ-
ކަމަށާއި ގާތްގަނޑަކަށް -/20000ރ. (ސައްބީސްހާސް ރުފިޔާ) ހުންނާނެ ކަމަށާއި އަދި އެފައިސާ ލީ އިރު
ތިޖޫރީގައި އިތުރު ފައިސާ ހުންނާނެ ކަމަށާއި އެފައިސާ ތިޖޫރިއަށް ލުމަށްފަހު ތިޖޫރި ތަޅުލީ އަޙުމަދު ހުސައިން
ކަމަށް އަހުމަދު ޙުސައިން ބުނެފައިވުމުން، ތިޖޫރީގައި ހުރި ފައިސާގެ އަތުގެ ވެރިޔަކީ އަޙުމަދު ޙުސައިން
ކަމުން އެފައިސާ ތިޖޫރީއަށް ފީކަން ސާބިތުކޮށްދީފައިނުވާތީ، މިފައިސާ ގެއްލުމުގެ ތުހުމަތުން އަޙުމަދު
ޙުސައިން ބަރީއަ ނުވާކަމަށް ބުނެ ހުށަހެޅި
(ށ) ދެވަނަ ނުކުތާއަކީ އެފައިސާ ގެއްލުނުރޭ، އެޕެޓްރޯލް ޝެޑްގެ ޑިއުޓީގައި އިނީ ހއ.ބާރަށް
މޭނާގެ އިބްރާހީމް ޝަކީބު ކަމަށްވާއިރު، އެރޭ ޑިއުޓީގައި އިބްރާހީމް ޝަކީބު އިންއިރު، އެޕެޓްރޯލް ޝެޑްގެ
ޝޮޕްގެ ތަޅުލެވިފައިހުރިތޯ ޗެކްނުކުރާ ކަމަށާއި އިބްރާހީމް ޝަކީބު އާދަކޮށް އިންނަނީ އެތަނުގެ ދޮރާ ދިމާގައި
ކަމަށާއި އެހެން އިންނަ އިނުމުގައި ދޭތެރެ ދޭތެރެއިން ނިދިފައި ހުންނާނެކަމަށް އިބްރާހީމް ޝަކީބު ބުނެ،
އިބްރާހީމް ޝަކީބު ވެފައިވާ އިޢުތިރާފް ތަކަށް ބަލާއިރު، އެތަނުގެ ތަޅުދަނޑިއާއި ތިޖޫރީގެ ތަޅުދަނޑި އޮތް
ފަރާތަކުން، އެތަން ހުޅުވައިގެން އިބްރާހީމް ޝަކީބު އަށް ނޭނގި ފައިސާ ނުނެގޭނެ ކަމުން، އިބްރާހީމް
ޝަކީބު އަށް ކުރެވޭ ތުހުމަތުން އިބްރާހީމް ޝަކީބު ބަރީއަ ނުވާތީ، އިބްރާހީމް ޝަކީބުގެ ޑިޢުޓިގެ ވާޖިބު
އަދާކުރުމުގައި އިހުމާލު ވެފައިވާކަމަށް ސާބިތުވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
(ނ) ތިންވަނަ ނުކުތާއަކީ ފައިސާ ގެއްލުނު އިރު އެފައިސާހުރި ތިޖޫރީގައި އޮންނާނީ 07
(އެކެއް) ތުޅުދަނޑި ކަމަށް ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބަޔާންކޮށްފައިވީނަމަވެސް،
ތިޖޫރީގައި އޮންނާނީ 01 ތަޅުދަނޑިކަމަށް ބުއްދި ޤަބޫލު ނުކުރެވޭތީއާއި އަދި އެއީ ޙަޤީޤަތެއްނޫން ކަމަށް
ބެލެވޭތީ މިއީވެސް ޝަރުޢީ އަދި ޤާނޫނީ ގޮތުން ބަލަންޖެހޭ މުހިންމު
ފާހަގަކުރި
04473 އހ4 3
4
39444 VA
44 45
ބ e.
(ރ) ހަތަރުވަނަ ނުކުތާއަކީ ޤާނޫނު ނަމްބަރު 24/76 (ހެއްކާބެހޭ ޤާނޫނު)ގެ 06 ވަނަމާއްދާއަށް
ރިޢާޔަތްކޮށް މައްސަލަ ނިންމީ ގުޅިފައިވާ ހަރުދަނާ ޤަރީނާތަކެއް ހުރުމުން ކަމަށް ޖިނާއީކޯޓުގެ ޙުކުމުގައި
ބުނެފައިވާއިރު، ގުޅިފައިވާ އެފަދަ ޤަރީނާތަކެއް އާމިނަތު ޞައްފަތްމެދު ނެތްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
4- މިމައްސަލައާއި ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަނާއި،
ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި، އަދި ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/683
ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތް ނުވާކަމަށްބުނެ އާމިނަތު ސައްފަތުގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބަލާއިރު، މިމައްސަލަ
ދިވެހިރާއްޖޭގެ ގައިhteތދުޒު
ދިވެހިރާއްޖެ، ތޮ: 1325329 ފެކްސް: 331647
[email protected]% mv in
www.highcourt-gov.nym
5
2010/HC-A/29
ފައިތޯ ސިލުނު ގޮތުގެ ރިޕޯޓް
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.
(ހ) ފުރަތަމަކަމަކީ ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/686 ޤަޟިއްޔާ އަކީ، ފިއުލް
ސުޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ކަނބާ އައިސާރަނީ ހިނގުމުގައި ހުންނަ ޕެޓްރޯލް ޝެޑްގެ
ތިޖޫރީ ގައި ރައްކާ ކޮށްފައި ހުއްޓައި ގެއްލިފައިވާ ފައިސާ ގެއްލުނު އިރު އެޝޮޕާއި ތިޖޫރީގެ ތަޅުދަނޑި
އާމިނަތު ސައްފަތުގެ އަތުގައި އޮތުމުން މިފައިސާ ގެއްލިފައިވަނީ އާމިނަތު ސައްފަތުގެ އިހުމާލުން ކަމަށް
ބެލެވޭތީ، ދައުލަތުން އާމިނަތު ސައްފަތުގެ މައްޗަށް ހުށަހެޅި އިހުމާލުވުމުގެ ކުށުގެ ދަޢުވާއެއްކަން އެނގޭކަމާއި
އަދި އާމިނަތު ޞައްފަތުގެ އިހުމާލުން ގެއްލިފައިވާ ފައިސާ އާމިނަތު ސައްފަތުގެ އަތުން ފިއުލް ސަޕްލައިސް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށް ދަޢުވާކޮށްފައިވާކަންވެސް އެނގޭކަމެވެ.
(ނ) ދެވަނަ ކަމަކީ ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/686 ޤަޟިއްޔާ އާއި ގުޅިގެން
އާމިނަތު ސައްފަތު ޖިނާއީކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ބަޔާނަށް ބަލާއިރު، އާމިނަތު ޞައްފަތުގެ
މައްޗަށް ދައުލަތުން ހުށަހެޅި އިހުމާލުވުމުގެ ކުށުގެ ދަޢުވާއަށް އާމިނަތު ސައްފަތު އިންކާރު ކޮށްފައިވާކަން
އެނގެން އޮތްނަމަވެސް، ދައުލަތުން ޖިނާއީކޯޓަށް ހުށަހެޅި ދަޢުވާގައި ބުނެފައިވާ ތިޖޫރިން 335472150ރ.
(ތިންލައްކަ ތިރީސް ފަސްހާސް ހަތަރުސަތޭކަ ހަތްދިހަ ދެރުފިޔާ ފަންސާސް ލާރި) ގެއްލުނު އިރު، އެތިޖޫރިއާއި
އެތިޖޫރީގެ ތަޅުދަނޑިއާ ޙަވާލުވެހުރީ އާމިނަތު ސައްފަތު ކަމާ އާމިނަތު ސައްފަތު އެތިޖޫރީއާއި ހަވާލުވީ
އެފައިސާ ގުނާ ބެލުމަށްފަހުގައި ކަމާއި އެފައިސާ ތިޖޫރިން ގެއްލިފައިވަނީ ތިޖޫރި ހަލާކުކޮށްލައިގެން ނޫންކަމާއި
އެތިޖޫރީގެ ތަޅުދަނޑި އާމިނަތު ސައްފަތް ޙަވާލުކުރީ ފިއުލް ސަޕްލައި މޯލްޑިވްސްގެ ކްޝިއަރ އަޙުމަދު
ހުސައިން ކަމާއި އަޙުމަދު ހުސައިން ޙަވާލުކުރީ ތިޖޫރީގެ އެއް ތަޅުދަނޑި ކަމާއި އާމިނަތު ޞައްފަތަކީވެސް
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ކޭޝިއަރެއްކަން މިނަތު ސައްފަތުގެ ބަހުން އެނގެން
އޮންނަކަމާއި އަދި އެތީޖޫރީގެ އިތުރު ތަޅުދަނޑިއެއް އޮންނަކަމެއް އާމިނަތު ޞައްފަތަށް އެނގިފައިނުވާ ކަމަށް
އާމިނަތު ސައްފަތު ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަކަމަކީ އާމިނަތު ސައްފަތު މިމައްސަލައިގެ ތަޙުޤީޤަށް މޯލްޑިވްސް ޕޮލިސް
ސަރވިސްއަށް 04 ޖޫން 2008 ގައި ދީފައިވާ ބަޔާނަށް ބަލާއިރުވެސް 31 މެއި 2008 ދުވަހުގެ ހަވީރު
15:30 އިން އާމިނަތު ސައްފަތު ޑިއުޓީއާ ޙަވާލުވުވަށްގޮސް އެރޭގެ 10:00 އަށް ޑިއުޓީއާ ޙަވާލުވެ ހުރީ
އާމިނަތު ސައްފަތު ކަމަށާއި، އެދުވަހުގެ ހެނދުނުގެ ޑިއުޓީގައިހުރި އަހުމަދު ޙުސައިން ޑިއުޓީ ނިންމާލުމުގެ
ގޮތުން މިދުވަހުގެ ހެނދުނުގެ ޑިއުޓީގައި ސޭލްސްގެ ގޮތުގައި ލިބިފައިހުރިފައިސާތައް ގުނައި ޝޮޕްގައި ހުންނަ
ތިޖޫރީގައި ރައްކާކޮށް ގެއަށް ދިޔައިރު އާމިނަތު ސައްފަތު ޝޮޕްތެރޭގައި ހުރި ކަމަށާއި، އެދުވަހުގެ ޑިއުޓީ އެރޭ
s
ފޯން: 325029، ފެކްސް: 316471
ދިވެހިރާއްޖޭގެ ހައިކޯޓް އާބުދުކީ
އީމެއިލް: jgte
/
glypout.gov.inv
www.highcourt-gov.my
6
2009/HC-A/290
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
00:00 ގައި ނިންމާލުމަށްފަހު އާމިނަތު ސައްފަތުގެ ޑިއުޓީގައި ލިބުނު ހުރިހާ ފައިސާއެއްކަމަށްވާ
/36000ރ. (ތިރީސް ހަހާސް ރުފިޔާ) އެތިޖޫރިއަށްލައި ރައްކާކުރިކަމަށާއި، އެފައިސާ ތިޖޫރީއަށް ލައި
ރައްކާކުރިއިރު،29 މެއި 2008 ން ފެށިގެން 31 މެއި 2008 ދުވަހުގެ ހަވީރުގެ ޑިއުޓީއާ ހަމައަށް
ސޭލްސްގެ ގޮތުގައި ލިބިފައިހުރި ހުރިހާ ފައިސާއެއް އެތިޖޫރީގައި ރައްކާކޮށްފައި ހުރިކަމަށާއި، އާމިނަތު
ޞައްފަތުގެ ޑިއުޓީގައި ލިބުނު ފައިސާއާއެކު ޖުމްލަ ގާތްގަނޑަކަށް 335472150ރ. (ތިންލައްކަ ތިރީސް
ފަސްހާސް ހަތަރުސަތޭކަ ހަތްދިހަ ދެރުފިޔާ ފަންސާސް ލާރި) އެތިޖޫރީގައި ހުންނާނެ ކަމަށާއި، އެދުވަހުގެ
ޑިއުޓީ ނިންމާލުމަށްފަހު އެމިނަތު ސައްފަތު ގެއަށް ދިޔައީ ތިޖޫރިއާއި ޝޮޕް ތަޅުލުމަށްފަހު ތަޅުދަނޑި
ހިފައިގެން ކަމަށާއި ތަޅުދަނޑި ބެލެހެއްޓުމަކީ އެރެއެއްގެ ޑިއުޓީގައި އުޅޭ ކޭޝިއަރެއްގެ ޒިންމާއެއް ކަމަށާއި،
01 ޖޫން 2008 ދުވަހު ހެނދުނު 07:30 ގައި ގޮސް، އާމިނަތު ސައްފަތުގެ އަތުގައި އޮތް ތަޅުދަޑިން ޝޮޕް
ހުޅުވުމަށްފަހު ތިޖޫރީގައި ހުރި ފައިސާ ބޭންކަށް ޖަމާކުރުމަށް ތިޖޫރިން އެފައިސާ ނެގުމަށް ތިޖޫރި ހުޅުވިއިރު
އެތިޖޫރީގައި އެއްވެސް ފައިސާއެއް ނެތްކަމަށް އާމިނަތު ސައްފަތު ބުނެފައިވާކަންވެސް އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ ބަޔާންކުރެވިދިޔަ ފައިސާ ހުރި ތިޖޫރީގެ ތަޅުދަނޑި އޮތީ އާމިނަތު
ޞައްފަތުގެ އަތުގައި ކަމުން އެފައިސާ ގެއްލުނުއިރު އެފައިސާ ހުރީ އާމިނަތު ޞައްފަތުގެ ބެލުމުގެ ދަށުގައި
ނޫންކަމަށް ބަލާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއްވިޔަސް އޮތްކަން އެނގެންނެތްކަމެވެ.
(ބ) ފަސްވަނަ ކަމަކީ ގެއްލުނު ފައިސާ ހުރި ތިޖޫރީގައި، އާމިނަތު ސައްފަތުގެ އަތުގައި އޮތް
ތަޅުދަނޑި ފިޔަވައި އިތުރު ތަޅުދަނޑިއެއް އޮންނަކަން އެނގެންނެތްކަމާއި އާމިނަތު ސައްފަތު، ޝަރީޢަތުގެ
މަޖިލީހުގެ އިތުރުން ތަޙުޤީޤުގައި ދީފައިވާ ބަޔާނަށް ބަލާއިރުވެސް، އެތިޖޫރީގައި އިތުރު ތަޅުދަނޑިއެއް
އޮންނަކަން އެނގިފައިނުވާކަމަށް ބުނެފައިވާއިރު، މިމައްސަލާއާގުޅިގެން ތަޙުޤީޤަށާއި ޝަރީޢަތުގެ މަޖިލީހުގައި
ބަޔާންދީފައިވާ ފަރާތްތަކުގެ ބަހަށް ބަލާއިރުވެސް، އެތިޖޫރީގައި އިތުރު ތަޅިދަނޑިއެއް އޮންނަކަން އެނގޭކަމަށް
އެއްވެސް ފަރާތަކުން ބުނެފައިވާކަން އެނގެން ނެތްކަމާއި، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްގެ ނަމްބަރު 06
/
08/FSM
-
LA (24 ޑިސެމްބަރ 2008 ސިޓީއަށް ބަލާއިރުވެސް، އެތިޖޫރީގައި
އޮންނަނީ 1 (އެކެއް) ތަޅުދަނޑިކަން އެނގެން އޮންނަކަމެވެ.
(ށ) ހަވަނަ ކަމަކީ އާމިނަތު ސައްފަތު 31 މެއި 2008 ދުވަހު ޑިއުޓިއާ ޙަވާލުވިއިރު
ތިޖޫރީގައި ހުރި ފައިސާއާއި، އާމިނަތު ސައްފަތުގެ ޑިއުޓީގައި ލިބުނު ފައިސާއާއެކު، އާމިނަތު ސައްފަތު އެރޭގެ
ޑިއުޓީ ނިންމައި ތިޖޫރި ތަޅުވި އިރު އެތިޖޫރީގައި 335472150ރ. (ތިންލައްކަ ތިރީސް ފަސްހާސް
ހަތަރުސަތޭކަ ހަތްދިހަ ދެރުފިޔާ ފަންސާސް ލާރި) ހުރިކަން އާމިނަބު ޞައްފަތުގެ ބަހުންނާއި ފިއުލް ސަޕްލައި
ދިވެހިރާއްޖޭގެ ހައިކޯޓް ޢާ28
އީމެވެ. ourt.gv.mv)
ޖެ، ދޯން: 332529 ފެކްސް: 331647
ވެބްސައިޓް: www.highcourt.gov.mv
1
7009/HC-A/29[
ސިވިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
މޯލްޑިވްސްގެ ބަހުން އެނގެން އޮތްކަމާއި އެފައިސާ ތިޖުރީގައި ރައްކާކުރުމާއި ޖެހިގެން އައި 01 ޖޫން
2008 ދުވަހުގެ ހެނދުނު އެތިޖޫރި އާމިނަތު ސައްފަތު ހުޅުވުމާދެމެދު އެތިޖޫރީގެ ތަޅުދަނޑި އޮތީ އާމިނަތު
ޞައްފަތުގެ އަތުގައިކަން އެނގޭ ކަމާއި އަދި އެތިޖޫރި ހުރި ޝޮޕްގެ ތަޅުދަނޑިވެސް އޮތީ އާމިނަތު
ޞައްފަތުގެ އަތުގައިކަމާއި އެޝޮޕަށް އަދި ތިޖޫރި
ގެއްލުމެއް ލިބިފައި ނުވާކަން އެނގެން
ދި8 8
އވާ
އަނެކަމެވެ.
8 މ 24
(ކ) ހަތްވަނަ ކަމަކީ ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/686 ޤަޟިއްޔާގެ ޙުކުމަށް ބަލާއިރު،
އާމިނަތު ސައްފަތުގެ އިހުމާލުން ގެއްލިފައިވާ 335472150ރ. (ތިންލައްކަ ތިރީސް ފަސްހާސް ހަތަރުސަތޭކަ
ހަތްދިހަ ދެރުފިޔާ ފަންސާސް ލާރި) އެ ޙުކުމުގައި ލިޔެ ބަޔާންކޮށްފައިވާއިރު، ހިސާބު އަދަދާއި ތާނައިން
ލިޔެފައިވާ އަދަދު ދިމާނުވާކަން ފާހަގަ ކުރެވޭކަމާއި އެހެންކަމުން ހިސާބު އަކުރުން ލިޔެފައިވާ އަދަދު
ދިމާވާގޮތަށް، ތާނައިން ލިޔެފައިވާ އަދަދު އިޞްލާޙު ކުރަން ޖެހޭކަމެވެ.
އަދި ފައިސާ ދައްކަން ޖެހޭގޮތް ބަޔާން ކުރުމުގައި، ޙުކުމްކުރި ދުވަހުން ފެށިގެން -/3000ރ.
(ތިންހާސް ރުފިޔާ) އަށްވުރެ މަދުނޫން އަދަދަކަށް ފައިސާ ދައްކައި ޚަލާސް ކުރުމަށް ކަނޑައަޅާފައިވާއިރު،
އެކަނޑައެޅި އަދަދަށް ފައިސާ ދައްކަން ޖެހެނީ ކޮންމެ މަހަކުކަން ނުވަތަ ނޫންކަން އެހުކުމުގައި ބަޔާންކޮށްފައި
ނެތުމުން އެކަން ސާފުވާގޮތަށް ޙުކުމުގެ އެޢިބާރާތް އިޞްލާހު ކުރަން ޖެހޭކަން ފާހަގަކުރެވެއެވެ.
ބަޔާންވެދިޔަ ދެކަމުގެ އިތުރުން، ފައިސާ ލިބެންވާ ފަރާތް ކަނޑައަޅާފައިވަނީވެސް ރަނގަޅަށް
ނޫންކަން ފާހަގަ ކުރެވެއެވެ. އެހެނީ، އަމިއްލަ ފަރާތްތަކަށާއި އަމިއްލަ ކުންފުނި ފަދަ ތަންތަނަށް ދައްކަންޖެހޭ
ފައިސާ ދެއްކުމަށް ކޯޓުތަކުން ކަނޑައަޅަމުން އަންނަ އުޞޫލަކީ އެމައްސަލަ ނިންމާ ކޯޓަކީ މެޖިސްޓްރޭޓް
ކޯޓެއްނަމަ އެމައްސަލަ ނިންމި ކޯޓު މެދުވެރިކޮށް އެފައިސާ ދައްކާ ގޮތަށް ކަނޑައެޅުމެވެ. އެމައްސަލަ ނިންމާ
ކޯޓަކީ މާލޭގެ ދަށު ކޯޓެއްނަމަ ސިވިލް ކޯޓު މެދުވެރިކޮށް އެފައިސާ ދެއްކުމަށް ކަނޑައެޅުމެވެ. އެފައިސާ
ލިބެންވާ ފަރާތަކީ ސަރުކާރުގެ ތަނެއްނަމަ ފިނޭންސް މިނިސްޓްރީއަށް އެފައިސާ ދެއްކުމަށް ކަނޑައެޅުމެވެ.
ވިޔަފާރީގެ އުޞޫލުން ހިންގާ ސަރުކާރުގެ ތަންތަނަށް ލިބެންޖެހޭ ފައިސާ އެފައިސާއެއް ލިބެންވާ ސަރުކާރު
ކުންފުންޏަށް ދެއްކުމަށް ކަނޑައެޅުމެވެ. މިކަންކަން ޤާނޫނު ނަމްބަރު 6/2008 (ޢާންމު ޤަވާޢިދުތަކާބެހޭ
ޤާނޫނު) ން ބާރު ލިބިދީފައިވާ، ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ޤަވާއިދު 6.0 ގެ 166 ވަނަ މާއްދާ
"ސަރުކާރަށް ލިބެންވާ ދަރަނިފައިސާ ބަލައިގަތުން) ގެ އިތުރުވި ބައިގައި ބަޔާންކޮށްފައި ވެއެވެ. އެހެންކަމުން،
ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/686 ޤަޟިއްޔާގެ ޙުކުމުގެ ބަޔާންކުރެވިދިޔަ ކަންކަން، އިޞްލާޙު
ފާހަގަކުރެވެއެވެ.
90 9 84
ރަންޖެ (37ކ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޖޫހި ޖެހިރާއްޖެ، ޕޯން: 3325020، ފެކްސް: 3316471
އީމެއިލް ބް :
www.highcourt-gov-mv & utoa highcourt.gov.my mom
8
2009}]C-A/290
އުސިރްނެ ނިލަނަ ގޮތުގެ ރިޕޯޓް
* 92.9
* * Hºt
-034ގ
291414ށޔ6
ބަޔާންކުރެވިދިޔަ ކަންކަން އެފަދައިން ހުރުމާއެކު، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގެ) ބަޔާންކުރެވިދިޔަ ތިޖޫރީގައި ހުއްޓާ ގެއްލިފައިވާ ފައިސާ ގެއްލިފައިވަނީ އާމިނަތު ސައްފަތުގެ
އިހުމާލުން ނޫންކަމަ
ންކަމަށް ބެލޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއްނެތުމާއި، އާމިނަތު ޞައްފަތާ އިދިކޮޅަށް،
ގުޅިފައިވާ ހަރުދަނާ ޤަރީނާތަކެއް ލިބިފައިވުމުން، މިމައްސަލަ ބެލުމުގައި ބައިވެރިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ދެކެނީ ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/686 ޤަޟިއްޔާގައި އާމިނަތު ސައްފަތުގެ މައްޗަށް
ކުށް ސާބިތުވާކަމަށް ބަލާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
އެޤަޟިއްޔާގެ ޙުކުމުގައި އާމިނަތު ސައްފަތުގެ މައްޗަށް އަދަބު ކަނޑައަޅާފައިވާ ބަޔަށް ބަދަލެއްގެންނަންޖެހޭ
ފަދަ ސަބަބެއް އާމިނަތު ސައްފަތު އަށް ދެއްކިފައި ނުވާކަމަށާއި،
ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/686 ޤަޟިއްޔާގެ ޙުކުމުގައި، ފިއުލް ސަޕްލައިސް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ފައިސާގެ އަދަދު ހިސާބު އަކުރުންނާއި
ތާނައިން ލިޔެފައިވާއިރު އެއަދަދު ތާނައިން ލިޔެފައި ވަނީ ރަގަޅަށް ކަމަށް ނުވާތީއާއި، އަދި ފައިސާ ދޭންޖެހޭ
ގޮތާއި ފައިސާ ލިބެންވާ ފަރާތްވެސް ބަޔާންކޮށްފައިވަނީ ރަނގަޅަށްކަމަށް ނުވާތީ މިކަންކަން
އިޞްލާޙުކުރަންޖެހޭކަމަށެވެ.
ލދވތ 4 44ތ4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބް ސައިޓް: WWWlighcourt.govIlv
9
2009/HC-A/29
ދެންފަހެ، ތ.ބުރުނީ ފަހާގެ އާމިނަތު ސައްފަތު 31 މެއި 2008 ދުވަހު ޑިއުޓީއާ ޙަވާލުވިއިރު ފިއުލް
ސަޕްރައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ކަނބާއައިސާ ރަނި ހިނގުމުގައި ހުންނަ ޕެޓްރޯލް ޝެޑްގެ
ތިޖޫރީގައި ހުރި ފައިސާއާއި، އާމިނަތު ސައްފަތުގެ ޑިއުޓީގައި ލިބުނު ފައިސާއާއެކު، އާމިނަތު ސައްފަތު
އެރޭގެ ޑިއުޓީ ނިންމައި ތިޖޫރި ތަޅުލިއިރު އެތިޖޫރީގައި 335472150ރ. (ތިންލައްކަ ތިރީސް ފަސްހާސް
ހަތަރުސަތޭކަ ހަތްދިހަ ދެރުފިޔާ ފަންސާސް ލާރި) ހުރިކަން އާމިނަތު ސައްފަތުގެ ބަހުންނާއި ފިއުލް
ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ބަހުން އެނގެން އޮތްކަމާއި އެފައިސާ ތިޖުރީގައި ރައްކާކުރުމާއި
ޖެހިގެން އައި 01 ޖޫން 2008 ދުވަހުގެ ހެނދުނު އެތިޖޫރި އާމިނަތު ސައްފަތު ހުޅުވުމާދެމެދު އެތިޖޫރީގެ
ތަޅުދަނޑި އޮތީ އާމިނަތު ސައްފަތުގެ އަތުގައިކަން އެނގޭ ކަމާއި އަދި އެތިޖޫރި ހުރި ޝޮޕްގެ ތަޅުދަނޑިވެސް
އޮތީ އާމިނަތު ސައްފަތުގެ އަތުގައިކަމާއި އެ ތިޖޫރީގައި އިތުރު ތަޅުދަނޑިއެއް އޮންނަކަން އެނގެން ނެތްކަމާއި
އެޝޮޕަށް އަދި ތިޖޫރި އަށްވެސް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަން އެނގެން އޮތުމުން، އެތިޖޫރީގައި ހުރި
ފައިސާ ގެއްލިފައިވަނީ އާމިނަތު ސައްފަތުގެ އިހުމާލުން ކަމަށް ބެލެވޭފުދު ގުޅިފައިވާ ހަރުދަނާ ޤާރީނާތަކެއް
ހުރިކަމަށް ކަޑައަޅައި، ޤާނޫނު ނަމްބަރު 2176 (ހެއްކާބެހޭ ޤާނޫނު)ގެ 06 ވަނަމާއްދާއަށް ރިޢާޔަތްކޮށް
އާމިނަތު ސައްފަތުގެ މައްޗަށް އިހުމާލުވުމުގެ ކުށް ސާބިތުވާކަމަށް ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/686
ޤަޟިއްޔާގައި ކަނޑައަޅާފައި ވަނީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްވާ ގޮތަށްކަމަށް މިމައްސަލަ
ބެލުމުގައި ބައިވެރިފް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފްގެ ވެވުނު ހިނދު، އެޤަޟިއްޔާގެ
ޙުކުމުގައި، އާމިނަތު ސައްފަތުގެ މައްޗަށް އިހްމާލުވުމުގެކުށް ސާބިތުކޮށް އަދަބު ކަނޑައެޅުމުގައި ޖިނާއީކޯޓުން
ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް،
ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/86 ޤަޟިއްޔާގެ ޙުކުމުގައި، ފިއުލް ސަޕްލައިސް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ފައިސާގެ އަދަދާއި ފައިސާ ދައްކަންޖެހޭ
ގޮތާއި ފައިސާ ލިބެންވާ ފަރާތްވެސް ބަޔާންކޮށްފައިވަނީ އޮޅުން އަރާފަދަ ގޮތަކަށް ކަމުން، މިކަންކަން އިޞްލާޙު
ކުރަންޖެހޭކަމަށް ކަނޑައަޅައި، އާމިނަތު ސައްފަތުގެ އިހުމާލުން ގެއްލިފައިވާ 33547250ރ. (ތިންލައްކަ
ތިރީސް ފަސްހާސް ހަތަރުސަތޭކަ ހަތްދިހަ ދެރުފިޔާ ފަންސާސް ލާރި) އާމިނަތު ޞައްފަތުގެ ފަރާތުން ފިއުލް
ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށްޓަކައި، މިއަދު (27 އޭޕްރީލް 2011) ން
exo
44 44 44
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުތު
Info@hphsourt gondvin
ދިވެރާއްޖެ، ޕޯން: 3325029، ފެކްސް: 33
:
471
ވެބް ސައިޓް: www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-A/290
ދތ ވގތ
ފެށިގެން ކޮންމެ މަހަކު -/3000ރ. (ތިންހާސް ރުފިޔާ) އަށްވުރެ މަދުނޫން އަދަދެއްގެ ފައިސާ ސިވިލް ކޯޓަށް
ދައްކައި ލަސްވެގެން 112 މަސްދުވަހުގެ މުއްދަތުގެ ތެރޭގައި މިދަރަނި ޚަލާސް ކުރުމަށް އާމިނަތު
އަންގައި މިޤަޟިއްޔާ ނިންމީއެވެ.
ނޯޓް: މިޤަޟިއްޔާ މިގޮތަށް ނިމުމުން ޖިނާއީ ކޯޓުގެ ނަމްބަރު: 2009/JC/686 ޤަޟިއްޔާގެ
ޙުކުމުގައި ފައިސާގެއަދަދާއި ފައިސާދައްކަންޖެހޭގޮތާއި ފައިސާ ލިބެންވާފަރާތް ކަނޑައަޅާފައިވާގޮތް
ބާޠިލްވީއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv