ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/182 ޤަޟިއްޔާގެ ޙުކުމް
1
201; C-182
ސިއް. ނމުނު ގޮތުގެ ޚުސް
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 182/THC
-
A!2010
• އިސްތިއުނާފު ކުރިފަރާތް:
* ނަން: މުޙައްމަދު ޔޫސުފު
އައިޑީ ކާޑު ނަންބަރު: A138399
ދާއިމީ އެޑްރެސް: އައްސޭރި ! ޅ.ނައިފަރު
• އިސްތިއުނާފު ރައްދުވި ފަރާތްތައް:
- ނަން: މުޙައްމަދު ޒަކަރިއްޔާ
* އައިޑީ ކާޑު ނަންބަރު.
* ދާއިމީ އެޑްރެސް: މޫސުމްވިލާ ޅ.ނައިފަރު
A220294
2- ނަން: ޙަލީމް ޒަކަރިއްޔާ
* އައިޑީ ކާޑު ނަންބަރު:
* ދާއިމީ އެޑްރެސް: ކަންމަތީގެ/ ޅ.ނައިފަރު
A320127
3- ނަން: އަޙްމަދު ޒަކަރިއްޔާ
އައިޑީ ކާޑު ނަންބަރު.
* ދާއިމީ އެޑްރެސް: ވިޔަރެސް/ ޅ.ނައިފަރު
A220793
4- ނަން: އާމިނަތު ޒަކަރިއްޔާ
* ދާއިމީ އެޑްރެސް: މޫސުމްވިލް ޅ.ނައިފަރު
އައިޑީ ކާޑު ނަންބަރު.
A220292
ރާއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޖު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
C0THC-A;1 82
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ފާދިއްޕޮޅު ނައިފަރު ކޯޓުގެ ނަންބަރު 2010/G2C/91 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފްކޮށްދިނުން އެދި ގ.
ނައިފަރު !އައްސޭރީގެ މުޙައްމަދު ޔޫސުފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތްތަކަކީ ޅ. ނައިފަރު މޫސުމްވިލާ މުޙައްމަދު
ޒަކަރިއްޔާއާއި ޅ. ނައިފަރު ކަންމަތީގެ-2 ޙަލީމާ ޒަކަރިއްޔާއާއި، ޅ. ނައިފަރު ވިނަރެސް އަޙްމަދު
ޒަކަރިއްޔާއާއި، ޅ. ނައިފަރު މޫސުމްވިލާ މަރިޔަމް ޒަކަރިއްޔާ އަދި ޅ. ނައިފަރު މޫސުމްވިލާ
އާމިނަތު ޒަކަރިއްޔާއެވެ.
ހަގަކުރެވުނު ނުކުތާބީ
2 ﷲ80ތ 2
434/24
01- ފާދިއްޕޮޅު ނައިފަރު ކޯޓުގެ ނަންބަރު 2010/91
/
2C ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ " މޫސުމްވިލާ ޒަކަރިއްޔާ އާދަމް ނިޔާވެފައިވާތީ
ތަރިކާގައިވާ ޅ. ނައިފަރު މޫސުމްވިލާއެވެ، ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހާ
ޢިމާރާތްތަކުގެ މައްސަލަ ހަމަޖައްސައިދިނުމަށް އެދި ޒަކަރިއްޔާ އާދަމްގެ ދަރިންގެ ތެރެއިން ޅ.
ނައިފަރު މޫސުމްވިލާ (ޒަމާނީވިލާޅ. ނައިފަރު) މުޙައްމަދު ޒަކަރިއްޔާ ހުށަހެޅުމުން ބެލެވުނު ބެލެވުނު
މައްސަލައެއްކަން އެނގެއެވެ.
02- މިމައްސަލައާއި ގުޅިގެން ފާދިއްޕޮޅު ނައިފަރު ކޯޓުގެ ނަންބަރު 2010/91
/
32C
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު، އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ
މިފަދައިންނެވެ.
"ދެންފަހެ، އިސްވެދިޔަ ބަޔާންތަކާއި ފާހަގަކުރެވޭ ނުކުތާތަކުގެ މައްޗަށްބަލާ ޅ. ނައިފަރު
މޫސުމްވިލާއެވެ، ކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާ، ފަޅުފަދަ ތަންތަނަކީ އަލްމަރުޙޫމް ޒަކަރިއްޔާ
07
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯނު: 220)3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.ry
ތުވެހިރާއްޖެ
4
201{;HC-A:182
2 ,6 هلا t
· 422 22
އޭނާގެ ފަސް
އާދަމްކަލޭގެ ތަރިކާގައިވާ ތަންތަންކަން ސާބިތުވާކަމަށާ، ވާރުތަވެރިންނަކީ
ދަރިން ޅ.ނައިފަރު މޫސުމްވިލާ (ޒަމާނީވިލާ! ޅ.ނައިފަރު) މުޙައްމަދު ޒަކަރިއްޔާ، އާމިނަތު ޒަކަރިއްޔާގެ
ޅ.ނައިފަރު ކަންމަތީގެ 2ޙަލީމް ޒަކަރިއްޔާ، މަރިޔަމް ޒަކަރިއްޔާ، ޅ.ނައިފަރުގެ ވިލަރެސް އަޙުމަދު
ޒަކަރިއްޔާކަމާއި، މިތަރިކައިން އަޙްމަދު ޒަކަރިއްޔާއަށްވާ ޙިއްޞާ ދެންތިބި މީހުންނަށް ހަދިޔާކުރުމުން
އަލްމަރުޙޫމް ޒަކަރިއްޔާ އާދަންކަލޭގެ ތަރިކާގައިހުރި ޅ.ނައިފަރު މޫސުމްވިލާއެވެ، ކިޔާ
ބަންޑާރަގޯތީގައިވާ އެންމެހައި ޢިމާރާތްތަކާ ފެންވަޅުފަދަ ތަންތަން ޝަރުއީ އުސޫލުންބެހުމުން ޅ.
ނައިފަރު މޫސުމްވިލާ (ޒަމާނީވިލާ ޅ.ނައިފަރު) މުޙައްމަދު ޒަކަރިއްޔާއަށް 14;5، އާމިނަތު
ޒަކަރިއްޔާއަށް 14!3، ނައިފަރު !ކަންމަތީގެ-2 ޙަލީމާ ޒަކަރިއްޔާއަށް 3/14، މަރިޔަމް
ޒަކަރިއްޔާއަށް 3/14 ވާކަމަށް ކަނޑައަޅާ މިޤަޟިއްޔާ ނިންމީއެވެ."
03- ފާދިއްޕޮޅު ނައިފަރު ކޯޓުގެ ނަންބަރު 2010/G2C/91 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ޅ.
ނައިފަރު!އައްސޭރީގެ މުޙައްމަދު ޔޫސުފްގެ ފަރާތުން އަންނަނިވި 05 (ފަހެއް) ނުކުތާ ހުށަހަޅާ
އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، ތަރިކައެއް ނިންމުމަށް އެތަރިކައިގެ ވާރިސުން ޙާޟިރުކޮށް ބެލުމަށްފަހު
ނޫނީ އެތަރިކައެއްގެ މައްސަލަ ޝަރީޢަތުން ނުނިންމޭނެކަމަށް ބުނެ ހުށައެޅި ނުކުތާ،
• ދެވަނަ ނުކުތާއަކީ، ޅ. ނައިފަރު މޫސުމްވިލާ އާމިނަތު ޒަކަރިއްޔާގެ އެއްބަނޑު އެއްބަފާ
ދެފިރިހެން ކުދިންނާއި ތިން އަންހެން ކުދިންނާއެކު ޖުމްލަ ފަސްކުދިން ތިބިއިރު އަލްމަރުޙޫމް ޒަކަރިއްޔާ
އާދަމްކުލޭގެ ނިޔާވުމާއެކު، ޅ. ނައިފަރު "މޫސުމްތިލާ" އަކީ އަލްމަރުޙޫމް ޒަކަރިއްޔާ އާދަމްކުލޭގެ
ތަރިކަކަމަށް އާމިނަތު ޒަކަރިއްޔާއާއި އެއްބަނޑު އެއްބަފާ ބޭބެ މުޙައްމަދު ޒަކަރިއްޔާގެ ބަހަށް ހަމައެކަނި
ސާބިތުކޮށްދީފައިވާކަމަށްބުނެ ހުށައެޅި ނުކުތާ.
OX)
ހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
3 {
AHC-A:12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
ތިންވަނަ ނުކުތާއަކީ، ޅ. ނައިފަރު "މޫސުމްވިލާ" އަކީ އަލްމަރުޙޫމް ޒަކަރިއްޔާ އާދަމްކަލޭގެ
ތަރިކަ ކަމުގައި ޅ. ނައިފަރު ކޯޓުގައި އާމިނަތު ޒަކަރިއްޔާގެ ބޭބެ މުޙައްމަދު ޒަކަރިއްޔާ
ވާހަކަދައްކާފައިވާއިރު، ޅ. ނައިފަރު "މޫސުމްވިލާ" އެވެ ކިޔާ ގޭގައި މުޙައްމަދު ޔޫސުފްގެ ވަރަށް ގިނަ
މުދާ، ގެއާއި ގުޅިފައިވާކަން ދަންނަ ހެކިން ތިބިކަމަށް ބުނެ ހުށައެޅި ނުކުތާ.
9
• ހަތަރުވަނަ ނުކުތާއަކީ، ޅ. ނައިފަރު "މޫސުމްވިލާ" އެވެ ކިޔާ ގެއަކީ އަލްމަރުޙޫމް ޒަކަރިއްޔާ
އާދަންކަލޭގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ގެއެއްކަމަށާއި ނަމަވެސް ގޭގައި ހުރި ވަރަށް ގިނަ
ތަކެއްޗަކީ މުޙައްމަދު ޔޫސުފްގެ އެއްޗެއްސާއި ތަކެތި އޭގެ ތެރޭގައި ހިމެނޭތަކެތި ކަމަށާއި، މިގެ
ތަރިކައަކަށް ހަދާފައި ވަނީ ވަރަށް ބޮޑަށް އޮޅުން އަރާގޮތަކަށްކަމަށް ބުނެ ހުށައެޅި ނުކުތާ.
jLA
• ފަސްވަނަ ނުކުތާއަކީ، ޅ. ނައިފަރު "މޫސުމްވިލާ" އެވެ ކިޔާ ގޯތީގެ ތަރިކައިގެ މައްސަލަ ޅ.
ނައިފަރު ކޯޓުން ބައްލަވައި ނިންމަވާފައިވަނީ އެއްވެސް އިޢުލާނެއް ނެތިކަމަށާއި، އެއީ އަލްމަރުޙޫމް
ޒަކަރިއްޔާ އާދަމްކަލޭގެ ނިޔާވުމާއި ގުޅިގެން ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް ވޭތޯ ބެލުމަށް ކުރި
އިޢުލާނަކީ މިތަރިކައިގެ މައްސަލަ ހަމަޖެއްސުމަށް ކުރެވިފައިވާ އިޢުލާނެއް ކަމަށް ނުދެކޭކަމަށްބުނެ
ހުށައެޅި ނުކުތާ
04- މިމައްސަލައާއިގުޅިގެން ފާދިއްޕޮޅު ނައިފަރު ކޯޓުގެ ނަންބަރު 2010/G2C}91
ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީހަމަތަކާ އެއްގޮތްނުވާކަމަށްބުނެ މުޙައްމަދު ޔޫސުފްގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށާއި، ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ވިސްނައި ބެލިއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންނަށް އަންނަނިވި
ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އްބުރުޒު ހިނގުން، މާވެ. ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
ޢީމެޢިތް: [email protected] ވެބް ސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
[jIUHC-A:182
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފް މިކުރެވޭ ނައިފަރު
ކޯޓުގެ ނަންބަރު
2010/G2C;91 ޤަޟިއްޔާއަކީ ޅ. ނައިފަރު މޫސުމްވިލާ ޒަކަރިއްޔާ އާދަމް ނިޔާވެފައިވާތީ
އެމަރްޙޫމްގެ ތަރިކައިގައިވާ ނައިފަރު މޫސުމްވިލާއެވެ، ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހާ
ޢިމާރާތްތަކުގެ މައްސަލަ ހަމަޖައްސައިދިނުމަށް އެދި މަރްޙޫމް ޒަކަރިއްޔާ އާދަމްގެ ދަރިންގެ ތެރެއިން
ނައިފަރު މޫސުމްވިލާ ( ޒަމާނީވިލާ، މުޙައްމަދު ޒަކަރިއްޔާ ހުށައެޅުމުން ބެލެވިފައިވާ މައްސަލައެއްކަން
އެނގޭކަމާއި، މަރްޙޫމް ޒަކަރިއްޔާ އާދަމްގެ ވާރިސުންގެ ގޮތުގައިތިބީ ޒަކަރިއްޔާ އާދަމްގެ 5
ދަރިންކަމަށްވާ މުޙައްމަދު ޒަކަރިއްޔާ، އައިމިނަތު ކުރިއްޔާ، ޙަލީމާ ޒަކަރިއްޔާ، އަޙުމަދު ޒަކުރިއްޔާ
އަދި މަރްޔަމް ޒަކަރިއްޔާކަން ދަށުކޯޓުގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެންއޮތް އިރު،
މިތަރިކައިން ލިބޭ މީހުންގެ ތެރޭގައި ޅ.ނައިފަރު އައްސޭރީގެ މުޙައްމަދު ޔޫސުފް
ހިމެނިގެންނުވާކަމަށްޓަކައި، މަރްޙޫމް ޒަކަރިއްޔާ އާދަމްގެ ތަރިކައިގެ ގޮތުގައި ހުރި ޅ.ނައިފަރު
މޫސުމްވިލާ ގޭގެ މައްސަލަ ޅ.ނައިފަރު ކޯޓުން ނިންމުމުން، އެނިންމުން އިސްތިއުނާފް ކުރުމަށް
މުޙައްމަދު ޔޫސުފުގެ ފަރާތުން ހުށައެޅި ފުރަތަމަ ނުކުތާއާއި ދެވަނަ ނުކުތާއާއި ފަސްވަނަ ނުކުތާއަކީ،
މުޙައްމަދު ޔޫސުފްގެ މަސްލަޙަތު ހިމެނޭ ކަމެއްގައި އަދި އެކަމުގެ ސަބަބުން މުޙައްމަދު ޔޫސުފްއަށް
އަސަރު ފޯރާނެ ފަދަ ކަމެއްގެ މައްޗަށް މީނާ ހުށައަޅާފައިވާ ނުކުތާތަކަކަށް ނުވާތީ އެނުކުތާތަކުގެ
މައްޗަށް ޝަރީޢަތުން ރިޢާޔަތްކުރެވިފައިނުވާނެކަން.
4
(ށ) ދެވަނަކަމަކީ، ޅ.ނައިފަރު މޫސުމްވިލާއެވެ، ކިޔާ ބަންޑާރަ ގޯއްޗަކީ އަލްމަރްޙޫމް ޒަކަރިއްޔާ
އާދަމްގެ ނަންމަތީގައި ރަޖިސްޓްރީ އޮތް ގޯއްޗެއްކަން ޅ.ނައިފަރު އޮފީހުގެ ނަންބަރު 60-F ޢިމާރާތާއި
ގޯތީގެ ރަޖިސްޓްރީން އެނގެންއޮންނަކަމާއި، ތަރިކަމުދަލާއިބެހޭ ދަޢުވާގެ ޤާނޫނު (ޤާނޫނު ނަންބަރު
25176) ގައިވާ މުއްދަތުގެ ތެރޭގައި މިތަރިކައިގެ މައްޗަށް އެއްވެސް ފަރާތަކުން ދަޢްވާކޮށްފައިވާކަން
އެނގެންނެތްކަމަށް ދަށުކޯޓުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާއިރު، ޅ.ނައިފަރު މޫސުމްވިލާއެވެ ކިޔާ
ގޯއްޗާއި ގުޅިގެން އެއްވެސް ދަޢުވާއެއް ކޮށްފައިނުވާނެކަމަށް މިމައްސަލަ އިސްތިއުނާފްކުރާ މުޙައްމަދު
ވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމްއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
7
26TUIIC-A:182
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޔޫސުފް ބުނެފައިވާކަން އެނގޭކަމާއި، މީހަކު މަރުވާ ދުވަހުން ފެށިގެން 60 ދުވަސްތެރޭގައި، މަރުވި
މީހާއާއި މެދު ދަރަންޏެއް ނުވަތަ ވަސިއްޔަތެއް ފަދަ ކަމެއް އޮވެގެން ދަޢުވާ ހުށަނާޅައިފިނަމަ ބެލޭނީ
އެމީހެއްގެ މައްޗަށް ދަރަންޏެއް ނުވަތަ ވަސިއްޔަތެއް ނުވަތަ އެހެންވެސް އެފަދަ ކަމެއްގެ ދަޢުވާކުރާ
މީހަކު ނެތްކަމުގައި ކަން ތަރިކަމުދަލާއި ބެހޭ ދަޢުވާގެ ޤާނޫނުގައި އޮންނާތީ، ޒަކަރިއްޔާ އާދަމްގެ
ތަރިކައިގައި ހިމެނޭ ޅ. ނައިފަރު މޫސުމްވިލާގެއާއި ގުޅިގެން ތަރިކަމުދަލާއިބެހޭ ޤާނޫނުގައިވާ މުއްދަތު
ހަމަވުމަށްފަހު، ދަޢުވާކުރާ މީހަކު ނެތްކަމުގައި ޤާނޫނީގޮތުން ބަލަން ޖެހޭކަން.
99
(ނ) ތިންވަނަކަމަކީ، ޅ.ނައިފަރު މޫސުމްވިލާއެވެ ކިޔާ ގޯތީގައި މުޙައްމަދު ޔޫސުފްގެ ވަރަށް
އަގުހުރި މުދާތަކެއް ހުރިކަމަށް މުޙައްމަދު ޔޫސުފް ބުނާނަމަ އެމުދާތައް (އުފުލޭ މުދާ) ހޯދުމަށް
ކޯޓުގައި ދަޢުވާކުރުމުގެ ޙައްޤު މުޙައްމަދު ޔޫސުފަށް ލިބިގެންވާއިރު، އެފަދައިން މީނާ ދަށުކޯޓުގައި
ދަޢުވާ ކޮށްފައިވާކަން އެނގެން ނެތުމުން، އަދި ތަރިކައިގެ މައްސަލަ ހިނގަމުން ދިޔައިރުވެސް މީނާ
އެކަމަށް އެދި ހުށައަޅާފައިވާކަން އެނގެން ނެތުމުން، ޅ.ނައިފަރު މޫސުމްވިލާއެވެ، ކިޔާ ގޯތީގައި
ހުރިކަމަށް މުޙައްމަދު ޔޫސުފް ބުން އޭނާގެ މުދަލާއިމެދު ދަށުކޯޓުގެ މަރުޙަލާގައި ފައިސަލާކުރަނިވި
ޙުކުމެއް ކުރުމުގެ ކުރިން އެކަން އިސްތިއުނާފްގެ މި މަރުޙަލާއިން ބެލެވެންނެތްކަން.
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޖު ހިނގުން. މްވެ، ދިވެހިރެއްޖެ، ފޯން: 332502.2، ފެކްސް: 33166471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.imv
8
2010-C-A182
ޤަޟިއްޔާ ނިމުނު ގޮތުގެ ޙަތްސާ
• ޙުކުމް
ދެންފަހެ، އިސްވެބަޔާންކުރެވުނު ނުކުތްތަކުގެ މައްޗަށް ރިޢާޔަތްކޮށްބެލިއިރު، ފާދިއްޕޮޅު ނައިފަރު
ކޯޓުގެ ނަންބަރު 2010/G2C/91 ޤަޟިއްޔާ ގައި ކުރައްވާފައިވާ ޙުކުމަށް،
އެ ޤަޟިއްޔާ
އިސްތިއުނާފްކުރުމަށް ޅ.ނައިފަރު އައްސޭރި މުޙައްމަދު ޔޫސުފްގެ ފަރާތުން ހުށައަޅައިފައިވާ
ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެއްވެސް ބަދަލެއްގެންނަން ޖެހޭ ސަބަބެއްނެތްކަމަށް
މައްސަލަބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
33 / ހ2
)
ޤަޟިއްޔާ ބަވައި ޙުކުމް ކުރީ
/434 ވ (
ޢަލީ ސަމީރު
(ފަނޑިޔާރު)
ޢަބްދުއްރައޫފު އިބްރާހީމް
(ފުނޑިޔާރު)
އައްބާސް ޝަރީފް
(ފުނޑީޔާރު)
ރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް: [33147
ވެބް ސައިޓް: www.highcourt.gov.mv
[email protected]