ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/467 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/467
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 467/HC-A/2016
އިސްތިއުނާފުކުރި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މުޙައްމަދު ފަޝްލޫން
އައިޑީ ކާޑު ނަންބަރު: A075484
ދާއިމީ އެޑްރެސް: ގ.މާލެހިޔާ1 03-16
މިހާރުގެ އެޑްރެސް: ގ.މާލެހިޔާ1 03-16
*
0
ރަޖިސްޓްރީކުރެވުނު ތާރީޚް: 11 އޮކްޓޫބަރު 2016
ނިމުނު ތާރީޚް: 25 އޮކްޓޫބަރު 2016
.....
އިސްތިއުނާފުކުރެވުން ކޯޓު އަމުރު ނަންބަރު: 2016
/
6748/J
/
MD-145
• އަމުރު ނެރުނު ކޯޓުކުރިމިނަލް ކޯޓު
• މައްސަލައިގެ ބާވަތް: ބަންދު އަމުރު (މަސްތުވާތަކެތީގެ ވިޔަފާރިކުރުން)
• އަމުރު ނެރުނު ތާރީޚް: 28 ސެޕްޓެންބަރު 2016
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަލީ ސަމީރު
RE
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/467
ދަޢުވާގެ ޚުލާޞާގެ
މިއީ، ކުރިމިނަލް ކޯޓުގެ ނަންބަރު 2016
/
6748/J
/
MD-145 ކޯޓު އަމުރު އެކޯޓުން ނެރުއްވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށްނޫން ކަމަށްބުނެ އެ އަމުރު އިސްތިއުނާފު ކޮށްދިނުމަށްއެދި
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ
.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ، ގ.މާލެހިޔާ1 03-16 މުޙައްމަދު ފަޝްލޫން އެވެ.
CCCO
ޤަޟިއްޔާއެކެވެ.
0
2 83 8,
ފާހަގަކުރެވުނު ނުކުތާތައް:
01- ކުރިމިނަލް ކޯޓުގެ ނަންބަރު 2016
/
6748/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު، އެ
ކޯޓުއަމުރަކީ، ގ.މާލެހިޔާ1 03-16 މުޙައްމަދު ފަޝްލޫންގެ މައްޗަށް ތުހުމަތުކުރެވިފައިވާ މަސްތުވާތަކެތި
ގެންގުޅުން ވިޔަފާރިކުރުމުގެ މައްސަލައިގައި މުޖުތަމަޢުގެ ހަމަޖެހުމާއި، ސަލާމަތާއި، ރައްކާތެރިކަމަށްޓަކައި،
2016 ސެޕްޓެންބަރު 28 ވަނަ ދުވަހުގެ 16:00 އިން ފެށިގެން 2016 އޮކްޓޫބަރު 13 ވަނަ ދުވަހުގެ
16:19 ގެ ނިޔަލަށް މުޙައްމަދު ފަޝްލޫން ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވާ،
އްވާ، ކްރިމިނަލް
ކޯޓުން ނެރުއްވާފައިވާ އަމުރެއްކަން އެނގެން އޮވެއެވެ.
02- ކުރިމިނަލް ކޯޓުގެ ނަންބަރު 2016
/
6748/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީންނޫންކަމަށްބުނެ ޕްރޮސިކިއުޓަރ
ޖެނެރަލްގެ ފަރާތުން އެއަމުރު އިސްތިއުނާފުކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް، އެނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއީ
• ފުރަތަމަ ނުކުތާއަކީ: ކުރިމިނަލް ކޯޓުގެ ނަންބަރު 2016
/
6748/J
/
MD-145 ކޯޓު އަމުރަކީ،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު“
އްޖޭގެ
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/467
ގެ 07 ވަނަ މާއްދާގެ (ހ) ގައި ކުށްކުށަށް މީހުން ބަންދުގައި ބެހެއްޓުމާމެދު ކަނޑައަޅުއްވާފައިވާ
އުޞޫލަށް ރިޢާޔަތްނުކުރައްވައި ނެރުއްވާފައިވާ އަމުރެއް ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ ރިޕޯޓުގެ 9 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ އުޞޫލަށް ރިޢާޔަތް
ކުރެއްވުމަކާނުލައި ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި
މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން
ކަމަށް ބަޔާންކޮށްފައިވާއިރު، މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންވީ އުޞޫލު
ދިވެހިރާއްޖޭގެ
ނަންބަރު
ޤަޟިއްޔާއިން
ކެނޑައަޅުއްވާފައިވަނިކޮށް، ކުރިމިނަލް ކޯޓުން އަމުރު ނެރުއްވިއިރު، އެ އުޞޫލަށް ރިޢާޔަތް
ނުކުރައްވައި އަމުރު ނެރުއްވާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
2
0
2
664
ސުޕްރީމް
2011/SC-A/33
CC)
64 0
03- ކުރިމިނަލް ކޯޓުގެ ނަންބަރު 2016
/
6748/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލާގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ
ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 7 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް
ކަމާއި، އެއިން ސަބަބެއް އޮތްކަން ނުވަތަ
ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ
(ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި،
28x ހދ
72004
R
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/467
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު،
އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް
ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ
ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް
ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން
އޮންނަކަމާއި،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް
ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި،
އަދި އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ
އަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި
ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރުއޮތީ ކިހާވަރެއްކަމާއި، އަދި
ހެކިތަކާކުޅު ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަން
ސުޕްރީމް
ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.
(ނ) މިއިސްތިއު
މައްސަލައިގައި މުޙައްމަދު ފަޝްލޫންގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ،
މަސްތުވާތަކެތި
ގެންގުޅުން{ ވިޔަފާރިކުރުމުގެ ތުހުމަތުކަން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ނަންބަރު: 150361/MF ”ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް” އިންނާއި، ދައުލަތުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއި، މުޙައްމަދު ފަޝްލޫންގެ މައްޗަށް
ތުހުމަތުކުރެވިފައިވާ އެމައްސަލައަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މިހާރު ތަޙްޤީޤު ކުރަމުންދާ
މައްސަލައެއްކަން ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއިގެ
މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި އޭގެ ބޭނުންކުރުމުގެ ކުށްތަކަކީ އެކުށްތަކުގެ ޒާތާއި
ބާވަތުން މުޖުތަމަޢުގެ ސުލްޙަ މަސަލަސްކަމާއި އަމަންއަމާންކަމަށް އަދި މުޖުތަމަޢަށް ބޮޑެތި ގެއްލުންތައް
ލިބެމުންދާ ކުށްތަކެއްކަމާއި، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއް
ސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 136 ވަނަ
8
9
44
44 އ ދވ
4 * 334 3 2
+8އނފށއ
R
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/467
ce
2 4 8 2
މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ޓްރެފިކްކުރުމުގެ ކުށަކީ މުޠުލަޤު މަސްއޫލިއްޔަތު (ސްޓްރިކްޓް ލައިބިލިޓީ)
އުފުލަންޖެހޭ ކުށެއްގެ ގޮތުގައި ބަޔާންވެފައިވާ ކުށެއްކަމާއި މިކުށަކީ އެންމެ ބޮޑެތި ކުށްތަކުގެ ގިންތީގައި ހިމެނޭ
ޖިނާޔަތުގެ ކުށެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 10/SC
-
A/2016 ޤަޟިއްޔާގެ
ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި ބަޔާންކުރައްވާފައިވާ ކަމާއިގެ
މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި އޭގެ ބޭނުންކުރުމުގެ ކުށްތަކަކީ، އެކުށްތަކުގެ ބާވަތުން
މުޖުތަމަޢަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަށްޓަކައި މުޖުތަމަޢަށް ނުރައްކާތެރިކަން ބޮޑު ކުށުގެ ޢަމަލުތަކެއްގެ
ގޮތުގައި ފާހަގަކުރެވިފައިވާ ކުށްތަކެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 33/SC-A/2011
ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި ބަޔާންކުރައްވައި އެޤަޟިއްޔާގައި ތުހުމަތުކުރެވުނު ފަރާތް
އެމައްސަލައިގެ ޝަރީޢަތް ނިމެންދެން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއް ބަންދުގައި
ބެހެއްޓުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަމުރު ނެރުއްވާފައިވާކަން އެނގެން އޮންނަކަމާއިގެ
މުޙައްމަދު ފަޝްލޫންގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައިގައި މުޙައްމަދު ފަޝްލޫން ފުލުހުންގެ
ބެލުމުގެ ދަށަށް ގެނެސް ހަށިގަނޑު ބަލާ ފާސްކުރިކުރުމުން ފެނުނު ތަޅުދަނޑިފަތީގައި އޮތް ތަޅުދަނޑިއަކުން،
ކ.މާލެ/ ހ.ލަސްވަރުގޭގެ 03 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓް ހުޅުވާ އެޕާޓްމަންޓް ތެރެ ބަލާފާސްކުރި
ކުރުމުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާކަން މުޙައްމަދު ފަޝްލޫންގެ މުއްދަތު އިތުރުކުރުމަށް
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހުށަހަޅާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ނަންބަރު: 150361/MF [ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް” އިން އެނގެން އޮވެފައި؟
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މުޙައްމަދު ފަޝްލޫން އިތުރަށް ބަންދުގައި
ބަހައްޓަންބޭނުންވަނީ އެމައްސަލައަކީ މަސްތުވާތަކެތީގެ ވިޔަފާރީގެ މައްސަލައަކަށްވެފައި މިމައްސަލައިގެ ތަޙްޤީޤު
ފުރިހަމަ ނުވަނީސް މުޙައްމަދު ފަޝްލޫން ދޫކޮށްލައިފިނަމަ މައްސަލައިގައި ހޯދަން ހުރި ހެކިތައް
ނައްތާލާފާނެކަމަށް ފެންނާތީ އާއި ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވަފާނެކަމަށް ފެންނާތީއާއި،
މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅައި ތަނެއްގައިކަން
އެނގެންއޮންނައިރު، އިސްތިއުނާފު މިކުރެވޭ ކުރިމިނަލް ކޯޓުގެ ނަންބަރު 2016
/
6748/J
/
MD-145 ކޯޓު
ދިވެހިރާއްޖެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/467
4 4
އަމުރުގައި މުޖުތަމަޢުގެ ހަމަޖެހުމާއި، ސަލާމަތާއި، ރައްކާތެރިކަމަށްޓަކައި މުޙައްމަދު ފަޝްލޫން ގޭގައި
ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވާފައިކަން އެނގެން އޮންނަކަމާއި ؛
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކުރެވޭ މީހާއަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ މީހެއްކަމަށް ފަނޑިޔާރަށް
ފެންނަ ޙާލަތްތަކުގައި އެމީހަކު ބަންދުކޮށްފައި ބަހައްޓާނެ ތަނެއް ކަނޑައެޅުމާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 260/HC-A/2012 ޤަޟިއްޔާއާއި ނަންބަރު 35/HC-A/2013 ޤަޟިއްޔާގައި
ކަނޑައަޅާފައިވާ އުޞޫލަށް ބަލާއިރު ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު ގޮތެއް
ނިންމުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރެވޭ މީހާއަކީ މުޖުތަމަޢުގެ ސަލާމަތަށް
ނުރައްކާތެރިވެދާނެ މީހެއްކަމަށް ފަނޑިޔާރަށް ފެންނަ ޙާލަތްތަކުގައި އެމީހަކު ބަންދުގައި ބަހައްޓަންޖެހޭނީ
އެމީހެއްގެ ފަރާތުން މުޖުތަމައަށް ނުރައްކާތެރިކަމެއް ނުފޯރުވޭނެ ފަދަ ތަނެއްގައި ކަމަށް ކަނޑައަޅުއްވާފައިވާކަން
އެނގެން އޮންނަކަމާއި އެހެންކަމުން މިފަދަ ތުހުމަތެއްގައިވާ ފަރާތެއް މުޖުތަމަޢުގެ ތެރެއަށް ދޫވެދާފަދަ
ތަނެއްގައި ބެހެއްޓުމަކީ އެކަމުގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމެއް ކަމުގައި
؛
މިއިސްތިއުނާފުކުރެވޭ ކުރިމިނަލް ކޯޓުގެ ނަންބަރު 2016
/
6748/J
/
MD-145 އަމުރުގެ ދަށުން
މުޙައްމަދު ފަޝްލޫން ގޭގެ ބަންދުގައި ހުރި މުއްދަތުގެ ތެރޭގައި އެ އަމުރާ ޚިލާފަށް ގެއިން ނުކުމެފައިވާކަން
މިމައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ
ހެކިތަކުން އެނގެން އޮންނަކަމާއި، އެހެން ކަމުން މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުން
ދެކެނީ މިފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކުން ބަންދުކޮށްފައިވާ ބަހައްޓަންވާނީ އެފަރާތްތަކުގެ
ބަބުން މުޖުތަމައަށް އޮތް ނުރައްކާތެރިކަން ނައްތާލެވޭ ފަދަ ތަނެއްގައި ކަމާއި، އެނުރައްކާތެރިކަން
ނެތިކޮށްލެވޭނީ ކޮންތާކު ކިހިނެއް ބަންދުކޮށްގެންކަން ކަނޑައަޅާނީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން
ނަގަހައްޓައި ދެމެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ ފަރާތްތަކުންކަމަށެވެ.
ޤަބޫލުކުރެވޭކަމާ
u cox
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/467
88ނކުފާނެ
މަށް
އިސްވެ
ކަންކަމަށް ބެލުމުން، ކުރިމިނަލް ކޯޓުގެ ނަންބަރު
2016
/
6748/J
/
MD-145 ކޯޓު އަމުރަށް ބަދަލު ގެންނަންޖެހޭކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި
ބެލި ފަނޑިޔާރުންގެ މަޖިލީހުން އިއްތިފާޤުވެއެވެ.
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ކްރިމިނަލް ކޯޓުގެ
ނަންބަރު 2016
/
6748/J
/
MD-145 ކޯޓު އަމުރު މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށް، 2016 އޮކްޓޫބަރު 25 ވަނަ ދުވަހުގެ 10:15 ފެށިގެން
15 ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅައި ތަނެއްގައި މުޙައްމަދު ފަޝްލޫން
ބަންދުކޮށްފައި ބެހެއްޓުމަށް މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި މަޖިލީހުގެ ފަނޑިޔާރުންގެ
އިއްތިފާޤުން އަމުރުކޮށްފީމެވެ.
ދިވެހިރާއެވެ.
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ