ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/566 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/566
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ce
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
| ޤަޟިއްޔާ ނަންބަރ: 566/HC
-
A/2016
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އަޙްމަދު އަދީބު ޢަބްދުލްޣަފޫރު
އައިޑީ ކާޑު ނަންބަރ: A023901
ދާއިމީ އެޑްރެސް: ހ. ސާމަރާ ކ. މާލެ
މިހާރުގެ އެޑްރެސް:
ސާމަރާ 1. މާލެ
• އިސްތިއުނާފު ރައްދުވީ ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް * ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް
އައިޑީ ކާޑުނަންބަރު:-
* މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް
• ރަޖިސްޓްރީކުރެވުނު ތާރީޚް: 13 ޞަފަރު 1438
* ނިމުނު ތާރީޚް: 25 ރަމަޝާން
1440
13 ނޮވެމްބަރު 2016
30 މެއި
2019
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2016/Cr
-
C/84
ނިންމެވިކޯޓް: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ޚިޔާނާތްތެރިވުން
ހުށަހެޅި ތާރީޚް: 26 ޖެނުއަރީ 2016 ހިމުނު ތާރީޚް: 23 ޖޫން 2016
0
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު ޝުޖާޢު އުޘްމާން، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ،
ފަނޑިޔާރު ޙުސައިން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2
ޤަސިވިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/566
ދަޢުވާގެ ޚުލާޞާ:
މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 2016/Cr-C/84 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ކ. މާލެ / މ. ސާމަރާ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު
(ދ.ރ.ކާޑު ނަންބަރު: A023901) ގެ
ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- އިސްތިއުނާފު މިކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2016/Cr
-
C/84 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، 04 ޖޫން 2014 ދުވަހު، ކުރެއްދޫ ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑުން ރިސޯޓެއް ތަރައްޤީކުރުމުގެ ގޮތުން ޅ. މާބިންހުރާ ކުއްޔަށް ހިފުމަށް އެކުއިޒިޝަން
ކޮސްޓުގެ ގޮތުގަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް ދައްކާފަވާ
US
$
5,000,000.00 (ފަސް މިލިއަން އެމެރިކާ ޑޮލަރު) ގެ ޗެކާ ޢަބްދުﷲ ޒިޔާތު ޙަވާލުވެފަ ވީނަމަވެސް،
އެ ފައިސާ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް ލިބިފަ ނުވާތީއާ، އަޙްމަދު
އަދީބު ޢަބްދުލްޣަފޫރާއި ޙާމިދު އިސްމާޢިލް ދެމީހުން ބައިވެރިވެގެން އެޗެކު ޙާމިދު އިސްމާޢީލް ޙިއްސާވާ
މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ބޭންކް އެކައުންޓަށް 09 ޖޫން 2014 ގައި
ޖަމާކޮށްފައިވާތީއާ، އެ ފައިސާއިން ޙާމިދު އިސްމާޢީލް މުޢާމަލާތްކޮށްފައިވާތީ، ޤާނޫނު ނަންބަރު 10:68
(ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ ޗެޕްޓަރ 4 ގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާގެ
ދަށުން ޢަބްދުﷲ ޒިޔާތުގެ މައްޗަށް ދިހަހާސް ރުފިޔާއިން ފެށިގެން މަތީ ޢަދަދެއްގެ ފައިސާއަށް
ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާއާ، އެ ޤާނޫނުގެ 12 ވަނަ މާއްދާއާއި، 13 ވަނަ މާއްދާއާ ޙަވާލާދީ، 131
ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާގެ ދަށުން އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި ޙާމިދު އިސްމާޢީމުގެ
4 22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
3
ސިވިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/566
.
މައްޗަށް ދިހަހާސް ރުފިޔާއިން ފެށިގެން މަތީ ޢަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ބައިވެރިވުމުގެ ކުށުގެ
ދަޢުވާ އުފުލާފައިވާކަމާއި،
އެމައްސަލަ ބަލައި ކޮށްފައިވާ ޙުކުމުގައި، ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަމުގެ
މައްޗަށް ރިޢާޔަތްކޮށް މާލެ ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި، މާލެ! މ. ޝޫރާމަންޒިލް، ޙާމިދު
ޢިސްމާއީލާއި، މާލެ/ ހ. އާހަމަ، ޢަބްދުﷲ ޒިޔާތުގެ މައްޗަށް ދައުލަތުގެ ފަރާތުން ދަޢުވާކުރި ޚިޔާނާތްތެރިވުމުގެ
ކުށުގެ މައްސަލަ ޝަރީޢަތުން ބެލިއިރު، ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ރިސޯޓެއް ހަދާ ތަރައްޤީ
ކުރުމުގެ ގޮތުން ޅ. މާބިންހުރާ ކުއްޔަށް ހިފުމަށް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި މޯލްޑިވްސް މާކެޓިންގ
އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް ދެއްކި ފަސްމިލިއަން އެމެރިކާ ޑޮލަރަށް ޢަބްދުﷲ ޒިޔާތު
ޚިޔާނާތްތެރިވެފަވާކަމާ، މި ޚިޔާނާތުގަ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އެންމެ ފުރިހަމަ ގޮތުގަ
ބައިވެރިވެފަވާކަމާ، މި މިޚިޔާނާތުގަ ޙާމިދު އިސްމާޢީލް ބައިވެރިވެފައިވަނީ މެދު މިންވަރަކަށްކަން ޝަރީޢަތަށް
ސާބިތުވާތީއާ، ޚިޔާނާތްތެރިވުމަކީ ޤާނޫނު ނަންބަރު 10/68 (ދިވެހިރާއްޖެގެ ޤާނޫނުލްޢުޤޫބާތު) ގެ ޗެޕްޓަރު 4
ގެ 149 ވަނަ މާއްދާގެ (ނ) އާއި 131 ވަނަ މާއްދާގެ (ހ) ގެ ދަށުންނާއި، ޤާނޫނު ނަންބަރު 9/2014
(ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 215 ވަނަ މާއްދާގެ ދަށުން ކުށެއްކަމަށް ވާތީއާ، މި ތިން މީހުން
ޚިޔާނާތްތެރިވި ފައިސާގެ ޖުމްލަ ޢަދަދު 5 (ފަހެއް) ލައްކަ ރުފިޔާއަށްވުރެ ގިނަވާތީ، ޚިޔާނާތްތެރިވުމުގެ ކުށުން
އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި ޙާމިދު އިސްމާޢީލާއި، ޢަބްދުﷲ ޒިޔާތު ކުށްވެރިވާކަމަށް ކަނޑައަޅާ، ކުރިން
ޢަމަލުކުރަމުން އައި ޤާނޫނު ނަންބަރު 10/68 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ ދަށުން މިބާވަތުގެ ކުށަށް
ކަނޑައެޅޭނެ އަދަބަކީ، މިހާރު ޢަމަލުކުރަމުންދާ ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)
ގަ މިބާވަތުގެ ކުށަށް ކަނޑައެޅިފަވާ އަދަބަށްވުރެ ބޮޑު އަދަބެއްކަމަށްވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު
އަސާސީގެ 59 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، މި ތިން މީހުންގެ މައްޗަށް ސާބިތުވި ކުށުގެ
ޢުޤޫބާތެއްގެ ގޮތުން، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 210 ވަނަ
(ށ) ގެ 1 ވަނަ 2 ވަނަ އަދި 3 ވަނަ ނަންބަރުގަވާ ހާލަތްތަކާއި ޙަވާލާދީ، އެޤާނޫނުގެ 1002 ވަނަ
OXO
ދިވެހިރާ)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
4
2{016/HC-A/566
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ހ) އާއި 1001 ވަނަ މާއްދާގެ (ރ) އާއި 1102 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޢަބްދުﷲ ޒިޔާތު 8
އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް، ބުނެވިދިޔަ މާއްދާތަކާ އޭގެ އިތުރުން މިހާރު ޢަމަލުކުރަމުންދާ
ދިވެހިރާއްޖޭގެ ޤާނޫނުލްޢު
ޤާނޫނުލްޢުޤޫބާތުގެ 30 ވަނަ މާއްދާގެ (ރ) ގެ 1 ވަނަ ނަންބަރާއި ޙަވާލާދީ އެޤާނޫނުގެ 1002
ވަނަ މާއްދާގެ (ހ) ގެ ދަށުން އަޙްމަދު އަދީބު ޢަބްދުލްޣަފޫރު 8 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށާ،
މިހާރު ޢަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 210 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި،
އެޤާނޫނުގެ 30 ވަނަ މާއްދާގެ (ރ) ގެ 2 ވަނަ ނަންބަރާއި 1102 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ އަދި 2
ވަނަ އަދި 3 ވަނަ ނަންބަރުގަވާ ޙާލަތްތަކާއި ޙަވާލާދީ، މިހާރު ޢަމަލުކުރަމުންދާ ދިވެހިރާއްޖޭގެ
ޤާނޫނުލްޢުޤޫބާތުގެ 1002 ވަނަ މާއްދާގެ (ހ) ގެ ދަށުން 2 އަހަރާ 9 މަހާ 18 ދުވަހުގެ މުއަދަތަށް ޙާމިދު
އިސްމާޢީލް ޖަލަށްލުމަށް ޙުކުމްކޮށް، މިޤަޟިއްޔާ ނިންމީއެވެ." މިފަދައިން ޙުކުމްކޮށްފައިވާކަން އެނގެން
44 4x
އއ.
02- އިސްވެ
ހ2 222
2
ބަޔާންކުރެވެން
42 0 2 7 822
ހކެ9ކ#އވާ19
ގޮތުގެ މަތީން ކްރިމިނަލް ކޯޓުގެ ނަންބަރު
2016/Cr
-
C/84 ޤަޟިއްޔާގައި
ގުޅިގެން ކ. މާލެ | ހ.
ސާމަރާ އަޙްމަދު އަދީބު
ޢަބްދުލްޣަފޫރުގެ ފަރާތުން އެމައްސަލަ އިސްތިއުނާފުކުރަމުން، 06 (ހައެއް) ނުކުތާއެއް ހުށަހަޅައި އެ ނުކުތާތަކާ
މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ: ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއިން ދީފައިވާ
މިލޭނިއަމް ކެޕިޓަލްއާ ޙަވާލުކޮށްފައިވަނީ އަޙްމަދު އަދީބު ޢަބްދުލްޣަފޫރުކަމަށް ޝަރީޢަތުން
ނިންމަވާފައިވަނީ އަމްޖަދު އިސްމާޢީލްގެ ހެކިބަހުގެ މައްޗަށް ބައްލަވައިގެން ކަމަށްވާއިރު، އަމްޖަދު އިސްމާޢީލްގެ
ހެކިބަހަށް ރިޢާޔަތްކުރެއްވުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 120/HC
-
A/2011 ޤަޟިއްޔާއާއި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 191/HC
-
A/2013 ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
58/HC
-
A/2011 ޤަޟިއްޔާއަށް ރިޢާޔަތްކޮށްފައި
ނާޅަކެ9ނeނ
ކަމަށްބުނެ ހުށަހެޅި
ނިއްވާ"
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5
2{016/HC-A/566
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
*
* ދެވަނަ ނުކުތާއަކީ: އަޙްމަދު އަދީބު ޢަބްދުލްޣަފޫރުއަކީ ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް
ލިމިޓެޑްއިން އެމް. އެމް. ޑީ.އާރު.ސީ އަށް ދެއްކި ފައިސާއަށް ޚިޔާނާތްތެރިވުމުގައި އެކަން ރާވައި
ހިންގިމީހާކަމަށް ޙުކުމްގައި ކަނޑައަޅުއްވާފައިވީނަމަވެސް، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އެކުށުގެ ޢަމަލުގައި
ބައިވެރިވެފައިވަނީ ކޮން ދަރަޖައެއްގައިކަން ދައުލަތުން ޝަރީޢަތުގައި ހާމަކޮށްފައިނުވާތީ، ދަޢުވާ
ސާފުވެފައިނުވާތީ ދައުލަތުގެ ދަޢުވާއަށް ބިނާކޮށް ދިފާޢު ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާކަމަށް ބުނެ
ހުށަހެޅި ނުކުތާއެވެ.
* ތިންވަނަ ނުކުތާއަކީ: އެމް. އެމް. ޑީ. އާރު.ސީ ގައި އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ
ރަސްމީ ޙައިސިއްޔަތެއް ނޯންނައިރު، އަދި އެމް. އެމް.ޕީ.އާރު.ސީ އިން ހިންގާ ވިޔަފާރީގެ މުޢާމަލާތްތަކުގައި
އެއްވެސް ދައުރެއް ނޯންނައިރު، ޚިޔާނާތްތެރިވުމުގެ ކުށުން އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ކުށްވެރިވާކަމަށް
ނިންމާފައިވަނީ ޤާނޫނު ނަންބަރު 9/2014 ( ޤާނޫނޫލް އުޤޫބާތު ) ގެ 215 ވަނަ މާއްދާގެ (ހ) އާ
ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
* ހަތަރުވަނަ ނުކުތާއަކީ: ކުށުގެ ތުހުމަތުން ބަރީއަވުމަށް މަސައްކަތްކުރުމަށްޓަކައި އަޙްމަދު
އަދީބު ޢަބްދުލްޣަފޫރުއަށް އެކަށީގެންވާ ވަގުތާއި އެކަށީގެންވާ ވަސީލަތްތައް ދިނުމެއްނެތި މައްސަލަ
ނިންމާފައިވަނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
* ފަސްވަނަ ނުކުތާއަކީ: އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ކްރިމިނަލް ކޯޓަށް
ހުށަހެޅުނު ޤަޟިއްޔާގައި ޝަފަހީ އަދި ކިތާބީ ހެކި ބަލައިގަތުމާއި، ހުށަހެޅިފައިވާ ހެއްކާމެދު ތަޢުނުކުރުމާއި
ދިފާޢީ ހެކިން ޙާޟިރުކުރުމުގެ ފުރުޞަތު ލިބިދިނުމުގައާއި، ހެކި ވަޒަންކުރުމުގައި ކްރިމިނަލް ކޯޓުގެ
ފަނޑިޔާރުން ޢަމަލުކުރައްވާފައިވަނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އިން ކަށަވަރުކޮށްދީފައިވާ
ޙައްޤަށް އުނިކަން އަންނަގޮތަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
* ހަވަނަ ނުކުތާއަކީ: މައްސަލައިގެ ތަޙްޤީޤު ފުރިހަމަވެފައިނުވާއިރު، ޙުކުމް ކުރެއްވުމުގައި
އެކަމަށް ރިޢާޔަތްކުރައްވާފައިނުވާ ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
6
2016/HC-A/566
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
<<
03- މިމައްސަލައާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި، ކްރިމިނަލް ކޯޓުގެ ނަންބަރު 2016/Cr
-
C/84 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށާއި، މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މިމައްސަލައާ ގުޅޭ ލިޔެކިޔުންތަކަށް
މި މައްސަލަ ބެލި ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ނިންމަން
ފެންނަ ގޮތާމެދު ފަނޑިޔާރުންގެ މެދުގައި ދެ ރައުޔެއްގެ މައްޗަށް ޚިޔާލު ތަފާތުވެފައިވެއެވެ. މި ގޮތުން؟
އަޤެއްވިއްޔާ ރައުޔު (ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ގެ ރައުޔު) އާއި އެ ރައުޔު
ބިނާކުރެވިފައިވާ އަސާސްތައް؛
(ހ) ފުރަތަމަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2016/Cr-C/84 ޤަޟިއްޔާއަށް
ބަލާއިރު، އެޤަޟިއްޔާގައި އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ޤާނޫނު ނަންބަރު 10/68 (ދިވެހިރާއްޖޭގެ
ޤާނޫނުލްޢުޤޫބާތު) ގެ 12 ވަނަ މާއްދާއާއި، 13 ވަނަ މާއްދާއާ ޙަވާލާދީ، 131 ވަނަ މާއްދާގެ (ހ) އާއި
132 ވަނަ މާއްދާގެ ދަށުން ދިހަ ހާސް ރުފިޔާއިން ފެށިގެން މަތީ ޢަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވުމުގައި
ބައިވެރިވުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާކަމާ
ކަމާއި،
އެ ދަޢުވާ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މައްޗަށް އުފުލާފައިވާފައިވަނީ، 04 ޖޫން
2014 ދުވަހު ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ރިސޯޓެއް ތަރައްޤީކުރުމުގެ ގޮތުން ޅ. މާބިންހުރާ
ކުއްޔަށް ހިފުމަށް އެކުއިޒިޝަން ކޮސްޓުގެ ގޮތުގަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް
ކޯޕަރޭޝަނަށް ދައްކާފަވާ 5,000,000.00$US (ފަސް މިލިއަން އެމެރިކާ ޑޮލަރު) ގެ ޗެކާއި ޢަބްދު
ޒިޔާތު ޙަވާލުވެފަ ވީނަމަވެސް، އެ ފައިސާ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް
ލިބިފަ ނުވާތީއާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި ޙާމިދު އިސްމާޢިލްއާ ދެމީހުން ބައިވެރިވެގެން އެޗެކު ޙާމިދު
އިސްމާޢީލް ޙިއްސާވާ މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ބޭންކް އެކައުންޓަށް 09 ޖޫން
o occ
ވާ، •
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
7
2016/HC-A/566
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014 ގައި ޖަމާކޮށްފައިވާތީއާ، އެ ފައިސާއިން ޙާމިދު އިސްމާޢީލް މުޢާމަލާތްކޮށްފައިވާތީކަން ދަޢުވާގެ
ސީޣާއިން އެނގެން އޮންނަކަމާއި،
ދައުލަތުން އަޙްމަދު އަދީބު
ޢަބްދުލްޣަފޫރުގެ
މައްޗަށް
އުފުލާފައިވާ ދަޢުވާގައި
ބަޔާންކުރެވިފައިވާ ޚިޔާނާތުގެ ކުށް ކުރުމުގައި އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އެންމެ ފުރިހަމަ ގޮތުގައި
ބައިވެރިވެފަވާކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު 8 (އަށެއް) އަހަރު
ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް އެޤަޟިއްޔާގައި ޙުކުމްކޮށްފައި އޮންނަކަން އެނގޭކަމެވެ.
(ނ) ދެވަނަ ކަމަކީ، އެމް. އެމް. ޑީ. އާރު.ސީ ގައި އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ގެ ރަސްމީ
ހައިސިއްޔަތެއް ނޯންނައިރު، އަދި އެމް. އެމް.ޕީ.އާރު.ސީ އިން ހިންގާ ވިޔަފާރީގެ މުޢާމަލާތްތަކުގައި އެއްވެސް
ދައުރެއް ނޯންނައިރު، ޚިޔާނާތްތެރިވުމުގެ ކުށުން އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ކުށްވެރިވާކަމަށް ނިންމާފައިވަނީ
ޤާނޫނު ނަންބަރު 9/2014 ( ޤާނޫނޫލް އުޤޫބާތު ) ގެ 215 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށް ބުނެ
އަދީބުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށް ރިޢާޔަތްކުރާއިރު،
ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނޫލްޢުޤޫބާތު) ގެ 215 ވަނަ މާއްދާގެ
(ހ) އަށް ބަލާއިރު އެމާއްދާގައި ޚިޔާނާތަކީ ކޮބައިކަން ބަޔާންކުރެވިފައި އޮންނަކަމާއި، އެމާއްދާގައި (ހ)ގައި
ބަޔާންކޮށްފައިވާ ގޮތުގައި ޚިޔާނާތާކީ އެއްބަސްވުމެއްގެ ދަށުން ނުވަތަ ޤާނޫނީ އިލްތިޒާމެއްގެ ދަށުން ނުވަތަ
ންމާއުފުލަންޖެހޭ މަސްލަހަތެއް އޮންނަ ހާލަތުގައި، އަނެކާގެ މުދަލެއް މީހަކު ލިބިގަންނަނީ، އަގެއް
އަދާކުރުމަށް ނުވަތަ އެ މުދަލުން ވަކި ތަޞައްރުފެއް ކުރުމަށްކަމުގައި ވެފައި، އޭނާގެ އަމިއްލަ މުދަލުގެ
ގޮތުގައި މުދަލުން މުއާމަލާތްކޮށް، އެ މުދަލަކުން އަދާކުރަން ޖެހޭ އަގު އަދާނުކުރުން ނުވަތަ އެއިން
ކުރަންޖެހޭ ތަސައްރުފު ނުކުރުން" ކަމާއި،
ދިއެވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
8
ޤަސިވިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{016/HC-A/566
އިސްތިއުނާފްމިކުރެވޭ މައްސަލައަށް ބަލާއިރު، މިމައްސަލާގައި އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ
މައްޗަށް ހުށަހެޅިފައިވަނީ، ޤާނޫނު ނަންބަރު: 1/81 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ ޗެޕްޓަރ 1 ގެ
"ޢާންމު ތަފްސީލު"ތަކުގެ ދަށުން އަންނަ، 12 ވަނަ މާއްދާ އާއި 13 ވަނަ މާއްދާއާ ޙަވާލާދީ، ޤާނޫނު
ނަންބަރު: 10/68( ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ޗެޕްޓަރ 4 ގެ 131ވަނަ މާއްދާގެ (ހ) އާއި 132ވަނަ
މާއްދާގެ ދަށުން، ދިހަހާސް ރުފިޔާއިން ފެށިގެން މަތީގެ ޢަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވުމުގައި
ބައިވެރިވުމުގެ ކުށުގެ ދަޢުވާކަމާއި،
0
<< O
ޤާނޫނުލްޢުޤޫބާތުގެ 12 ވަނަ މާއްދާއަކީ، "ޢާންމު ތަފްސީލު"ގެ ގޮތުގައި ބަޔާންކޮށްދީފައިވާ
ތަފްސީލުތަކުގެ ތެރޭގައި ހިމެނޭ މާއްދާއެއްކަމާއި އެހެންކަމުން މިމާއްދާ ކިޔަން ޖެހޭނީ، ކުށް އުފައްދާ މާއްދާއާ
ގުޅުވައިގެންކަމާއި، އިސްތިއުނާފަށް ހުށަހެޅިފައި މިވާ މައްސަލައިގައި، 12 ވަނަ މާއްދާއާ ގުޅުވާ ކިޔަންޖެހެނީ،
ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 149 ވަނަ މާއްދާގެ (ނ) އިން އުފައްދާ
"ޚިޔާނާތްތެރިވުން" މިކުށް ކަމާއި، ޤާނޫނުލްޢުޤޫބާތުގެ 12 ވަނަ މާއްދާގައި ބަޔާންކުރާ ތަފްސީލަކީ، އެކަމެއް
ކުރުމުން ނުވަތަ ނުކުރުމުން ޤާނޫނު އަދަބެއް ކަނޑައަޅާ ކޮންމެ ކަމެއްގައި ބައިވެރިވެވޭ ގޮތްތައް ކަމާއިގެ
OX
2 / 0 / ތ
އެމާއްދާގައި ބަޔާންކޮށްފައިވަނީ؛
:/
ކުށެއްގައި "ބައިވެރިވުން" އެއީ:-
އެއްވެސް މާނައެއްގައި ކުށެއްކުރުމަށް ނަސޭހަތްތެރިވުން، ފާޑު ކިޔައިދިނުން ނުވަތަ މިއިން ކަމަށް
ސީދާ ނުވަތަ ނުސީދާ ގޮތަކަށް އިޝާރާތް ކުރުމާއި،
ށ. އެކުށަކާމެދު، މީހަކާ ސައްލާކޮށް ކުށެއްގައި ބައިވެރިވުމަށްޓަކައި އެއްވެސް ޢަމަލެއް ކުރުމާއި،
ކުރުމަށްޓަކައި، އެއްވެސް މާނައެއްގައި އެހީވެ ދިނުމެވެ.
މިފަދައިންކަމާއި، ކުށެއްގައި ބައިވެރިވެވޭ ގޮތްތައް، ޤާނޫނުލްޢުޤޫބާތުގެ 12 ވަނަ މާއްދާގައި ބަޔާން
ކޮށްދީފައި ވާއިރު، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ދަޢުވާ ކުރެވިފައިވަނީ މީގެތެރެއިން 12 ވަނަ
މާއްދާގެ (ނ) ގައި ބަޔާންކުރާ، އެކުށެއް ކުރުމަށްޓަކައި، "އެއްވެސް މާނައެއްގައި އެހީވެދިނު
24 22
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
9
2{016/HC-A/566
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޚަ2 232
2
ނުވަތަ ރޭވުމުގެ
422
ދަށުންކަމާއި، އެހީވެގެން ކުށްވެރިވާނެ ގޮތް ޤާނޫނުލްޢުޤޫބާތުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްދީފައިވާކަމާއި،
އެމާއްދާގައި އޮންނަނީ، ކުށެއްކުރުމާ "އެހީވެގެން" މީހަކު ކުށްވެރިވާނީ، އެކުށެއް ރޭވުމުގައި ބައިވެރިވުން،
ލިބިހުރެ އެކުށް ކުޅައުމަށް ފަސޭހަވާފަދަ އެއްވެސް ޢަމަލެއް ކުރުމުން ނުވަތަ
ކޮށްދިނުމުންނެވެ." މިފަދައިންކަމާއި، އެކުށެއް ރޭވުމުގައި ނުވަތަ ރޭވުމުގެ މަޢުލޫމާތު ލިބިހުރެ އެކުށެއް
ކުޅައުމަށް ފަސޭހަވާނެފަދަ އެއްވެސް ޢަމަލެއް ކުރުން ނުވަތަ ކޮށްދިނުމަކީ އެކުށެއްގައި ބައިވެރިވުމުގެ ގޮތުން
އެހީތެރިވެ ދެވޭނެ ގޮތްތައްކަން އެނގޭކަމާއި މިމައްސަލައިގައި އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ
ހުށަހެޅިފައިވާ ދަޢުވާއަކީ ޚިޔާނާތްތެރިވުމުގެ ކުށުގައި ބައިވެރިވުމުގެ ދަޢުވާއެއްކަމަށްވާއިރު،
x
ه0
0
ﷲއަށް
ޚިޔާނާތްތެރިވުމުގެ ކުށުގައި ބައިވެރިވުމުގެ ގޮތުން އެކުށް ކުރުމަށް އެއްވެސް މާނައެއްގައި އެހީވެ
ދިނުމަށް، ޚިޔާނާތްތެރިވެވުނު ތަނުގައި މަސައްކަތްކުރުން ނުވަތަ އުޅުން، ނުވަތަ އެތަނުގައި އެވަގުތު ހުރުން
މިއީ ޤާނޫނީ ގޮތުން ލާޒިމު ކަންކަން ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ބަޔާންކުރެވިފައިވާކަމާއި،
2016/HC-A/457
Cox
މިމައްސަލައިގައި އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ދަޢުވާ ކުރެވިފައިވަނީ،
ޚިޔާނާތުގެ ކުށްކުރުމުގައި އެހީތެރިވި ބައިވެރިއެއްގެ ގޮތުގައިކަމާއި، އެހެންކަމުން، އެމް.އެމް.ޕީ.އާރު.ސީގައި
އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ހައިސިއްޔަތެއް އޮތްތޯ ނުވަތަ އެތަނުގައި މަސައްކަތްކުރި މީހެއްތޯ ނުވަތަ
އެތަނާއި ގުޅުން އޮތް މީހެއްތޯ މިއީ އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް އުފުލިފައިވާ ޚިޔާނާތްތެރިވުމުގެ
ކުށުގައި ބައިވެރިވުމުގެ ގޮތުން އެކުށް ކުރުމަށް އެހީވެ ދިނުމުގެ ކުށާއި ގުޅިގެން ޝަރީޢަތަށް ސާބިތުކޮށްދޭންޖެހޭ
ކަންތައްތަކެއް ނޫންކަން އިސްވެބުނެވިދިޔަ ކަންކަމުގެ މައްޗަށާއި މިކޯޓުގެ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ
އުސޫލަށް ބަލާއިރު އެނގެން އޮންނަކަމާއި އެހެންކަމުން މިމައްސަލާގައި އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ
މައްޗަށް ހުށަހެޅިފައިވާ ދަޢުވާއާ ގުޅިގެން ޤާނޫނު ނަންބަރު 9/2014 ( ޤާނޫނުލް އުޤޫބާތު ) ގެ 215 ވަނަ
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
10
2016/HC-A/566
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ފަދަ ޤާނޫނީ އިލްތިޒާމެއްގެ ދަށުން ނުވަތަ ޒިންމާއުފުލަންޖެހޭ
މަސްލަހަތެއް އޮތުމަކީ ލާޒިމް
ންކަން އެނގެން އޮންނަކަމެވެ.
ކަމާއެކު.
5
(ނ) ތިންވަނަ ކަމަކީ، އެމް.އެމް.ޕީ.އާރުސީއަށް ލިބެންޖެހޭ 5 މިލިޔަން ޑޮލަރުގެ ޚިޔާނާތުގެ
މިދަޢުވާގައި، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ބައިވެރިވުން އޮތް ގޮތާއިމެދު އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ
ފަރާތުން ސުވާލުއުފައްދައި އަދި މިމައްސަލާގައި ހެކި ވަޒަންކުރުމުގައި ކްރިމިނަލް ކޯޓުން ޢަމަލުކުރައްވާފައިވަނީ
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޚިލާފަށްކަމަށް ފާހަގަކޮށްފައިވާއިރު، މިމައްސަލާގައި
ހުށަހެޅިފައިވާ ހެކިތަކާއި ޤަރީނާއާއި މުޅިމައްސަލައިގެ ވަށައިގެންވާ ހަޤީޤަތްތަކަށް ނަޒަރު ކުރާއިރު،
އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް މިޤަޟިއްޔާގައި ދަޢުވާ ކުރެވިފައިވަނީ
ޤާނޫނުލްޢުޤޫބާތުގެ 12 ވަނަ މާއްދާއާއި 13 ވަނަ މާއްދާއާ ޙަވާލާދީ ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ
(ހ)ގެ ދަށުން ޚިޔާނާތުގެ ކުށުގައި ބައިވެރި ވުމުގެ ގޮތުން އެހީވެގެންކަން އެނގެން އޮންނަކަމާއި،
ޤާނޫނުލްޢުޤޫބާތުގެ 12 ވަނަ މާއްދާގައި ކުށެއްގައި ބައިވެރިވެވޭ މައިގަނޑު 03 ގޮތެއް ބަޔާން ކޮށްފައިވާއިރު،
އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ތަޠުބީޤުކޮށްފައިވަނީ އެމާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ "އެކުށެއް
ކުރުމަށްޓަކައި، އެއްވެސް މާނައެއްގައި އެހީވެ" ދީގެން ބައިވެރިވުންކަމާއި، އެހީވެދީގެން ކުށްވެރިވާނެ ގޮތް
ޤާނޫނުޢުޤޫބާތުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމާއި، ޚިޔާނާތުގެ ކުށްކުރުމުގައި ބައިވެރިވުމުގެ ކުށް
ސާބިތުކޮށްދިނުމުގައި 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް އެހީވިކަން ދައުލަތުން
ޝަރީޢަތަށް ސާބިތުކޮށްދޭންޖެހޭނެކަން އެނގޭކަމާއި، މިގޮތުން އެގޮތްތަކަކީ އެކުށެއް ރޭވުމުގައި
ބައިވެރިވެފައިވުން، ރޭވުމުގެ މަޢުލޫމާތު ލިބިހުރެ އެކުށް ކުޅައުމަށް ފަސޭހަވާފަދަ އެއްވެސް ޢަމަލެއް
ކުރުން،
އެކުށެއް
ރޭވުމުގެ މަޢުލޫމާތު ލިބިހުރެ އެކުށް ކުޅައުމަށް ފަސޭހަވާފަދަ އެއްވެސް ޢަމަލެއް
ކޮށްދިނުންކަން އެނގެން އޮންނައިރު އެމާއްދާގައި ބަޔާންކޮށްފައިވާ " އެކުނެއް ރޭވުމުގައި ބައިވެރިވުން" އެއީ،
0474
އއނއ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
11
2{16/HC-A/566
ޤަސިވިއްޔާ ނިމުނު ގޮތުގެ ޚުލާސާ
04 0
ކުށެއްގައި ބައިވެރިވެވޭ ގޮތެއްކަމާއި، ކުށެއްގައި ބައިވެރިވީ އެކުށެއް ރޭވުމުގައި ބައިވެރިވެގެންނަމަ،
ބައިވެރިވުމުގެ ޢަމަލާއި ގުޅޭ ގޮތުން، ޝަރީޢަތަށް ސާބިތުކޮށްދޭންޖެހޭ ކަންތައްތަކަކީ؛
1- ބައިވެރިވުމުގެ ތުހުމަތު ކުރެވިފައިވާ މީހާ، އިތުރު މީހަކާ ނުވަތަ ބަޔަކާއެކު އެކަން
ރޭވިކަން
2- އެރޭވި ރޭވުމަކީ، އެހީތެރިވެދިން ކަންތައް ކުރަން ރޭވިރޭވުމެއްކަން.
3- އެކަން ކުރުމަށްޓަކައި، އެރޭވުމާއި ގުޅިގެން ކަމެއް ކުރުން ނޫނީ ނުކޮށް ދޫކޮށްލިކަން.
މިއީ ކަމާއި، ރޭވުމުގެ ޢަމަލުގެ އިތުރުން، އޭނާގެ ނިޔަތްވެސް ސާބިތުކޮށްދޭންޖެހޭނެކަމާއި
އިސްތިއުނާފް މިކުރެވޭ ޤަޟިއްޔާގައި އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި އެކު ޚިޔާނާތުގައި ބައިވެރިވުމުގެ ކުށުގެ
ދަޢުވާ ސާބިތުވި ހާމިދު އިސްމާޢީލްގެ ފަރާތުން އިސްތިއުނާފުކުރި މައްސަލަ ބަލައި މިކޯޓުން ނިންމެވި ނަންބަރު
457/HC
-
A/2016 ޤަޟިއްޔާގައިވެސް މިކަން މިފަދައިން ފާހަގަކޮށްފައިވާކަމާއި،
އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ޚިޔާނާތުގައި ބައިވެރިވުމުގެ ކުށުގެ
މިދަޢުވާ އުފުލާފައިވަނީ، 04 ޖޫން 2014 ދުވަހު ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ރިސޯޓެއް
ތަރައްޤީކުރުމުގެ ގޮތުން ޅ. މާބިންހުރާ ކުއްޔަށް ހިފުމަށް އެކުއިޒިޝަން ކޮސްޓުގެ ގޮތުގަ މޯލްޑިވްސް
މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް ދައްކާފަވާ ފަސް މިލިއަން އެމެރިކާ ޑޮލަރު ގެ ޗެކާއި
ޢަބްދުﷲ ޒިޔާތު ޙަވާލުވެފަ ވީނަމަވެސް، އެ ފައިސާ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް
ކޯޕަރޭޝަނަށް ލިބިފަ ނުވާތީއާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި ޙާމިދު އިސްމާޢިލްއާ ދެމީހުން ބައިވެރިވެގެން
އެޗެކު ޙާމިދު އިސްމާޢީލް ޙިއްސާވާ މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުގެ
އެކައުންޓަށް 09 ޖޫން 2014 ގައި ޖަމާކޮށްފައިވާތީކަން އެނގެން އޮންނައިރު،
މިމައްސަލާގައި ޚިޔާނާތުގެ ކުށް ސާބިތުވި ޢަބްދުﷲ ޒިޔާތު ތަޙުޤީޤަށް ދީފައިވާ ބަޔާނުގައި
04 ޖޫން 2014 ތާރީޚުގައި މާބިންހުރާ ކުއްޔަށް ހިފުމަށް އެކުއިޒިޝަން ކޯސްޓްގެ ގޮތުގައި
އެމް.އެމް.ޕީ.އާރ.ސީ އަށް ދައްކާފައިވާ 5 (ފަހެއް) މިލިޔަން އެމެރިކާ ޑޮލަރުގެ ޗެކާ ޙަވާލުވެފައިވާކަމަށާއި
00 22
ދިވެހިރާއްa
ބައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
12
ޤަސިވިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/566
9
04:24
އެޗެކު އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި ޙަވާލުކޮށްފައިވާކަމަށް ބުނެފައިވާއިރު ޝަރީޢަތުގެ މަޖިލީހުގައި ޢަބްދު
ޒިޔާތު އެބަޔާނަށް އިންކާރު ކޮށްފައިވާކަމާއި،
މާބިންހުރާގައި ރިސޯޓެއް ހެދުމަށް 04 ޖޫން 2014 ގައި ކުރެއްދޫ ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑަށް އެރަށް ކުއްޔަށް ދީފައިވާކަމާއި، ޅ. މާބިންހުރާ ކުއްޔަށް ދިނުމާބެހޭ ލިޔެކިޔުންތަކުގައި
ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ކަމަށްވާއިރު،
އެމް.އެމް.ޕީ.އާރ.ސީ ގެ ފަރާތުން ސޮއިކޮށްފައިވަނީ މިމައްސަލައިގައި ޚިޔާނާތުގެ ޢަމަލު ހިންގިފަރާތް ކަމުގައިވާ
ޢަބްދުﷲ ޒިޔާދު ކަން އެނގެން އޮންނައިރު، މި މުޢާމަލާތް ހިންގާފައިވާ ގޮތަށް ބަލާއިރު އެރަށް ޓުއަރިޒަމް
މިނިސްޓްރީން އެމް.އެމް.ޕީއާރުސީއަށް ލިބިދިނުމާއި، އެމް އެމް.ޕީއާރުސީން އެރަށް އެހެންފަރާތަށް ވިއްކާލުމާއި،
އެރަށުގެ އެކުއިޒިޝަން ކޮސްޓު އަދާކުރުމަށް 5 މިލިއަން ޑޮލަރުގެ ޗެކެއްދިނުމާއި، މިހުރިހާ މުޢާމަލާތެއް
ކޮށްފައިވަނީ ހަމަ އެންމެ ދުވަހެއްގެ ތެރޭގައި ކަމަށްވެފައި ބުނެވިދިޔަ ޗެކް
..ޕީއާރުސީގެ އެކައުންޓު
ނޫން އެހެން އެކައުންޓަކަށް ޖަމާވެދިޔަ ދިޔުމަކީ އޭގައި ނުރަނގަޅު ނިޔަތެއް އޮތްކަމެއްކަން އެނގޭކަމާއި،
މިކަން މިފަދައިން މިކޯޓުގެ ނަންބަރު 518/HC
-
A/2016 ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާކަމާއި،
.. މާބިންހުރާ ދިނުމަށްޓަކައި އެކުއިޒިޝަން އަގުގެ ގޮތުގައި ކުރެއްދޫ ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓުން 5 މިލިއަން ޑޮލަރު ނެގޭގޮތަށް 04 ޖޫން 2014 ގައި އެމް.އެމް.ޕީއާރުސީ
އަށް ދޫކޮށްފައިވާ ޗެކު، މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް
ލިމިޓެޑުގައި ހުޅުވާފައި އޮންނަ ނަންބަރު 7701700925002 އެކައުންޓަށް 09 ޖޫން 2014 ގައި
ޖަމާކޮށްފައި އޮންނައިރު، މިމައްސަލާގައި ހެއްކެއްގެ ގޮތުގައި ހާޟިރުކުރެވުނު ރ. ކިނޮޅަސް ޖަވާހިރުވާދީ
އަމްޖަދު އިސްމާޢީލްގެ ހެކިބަހަށް ބަލާއިރު އަމްޖަދު އިސްމާޢީލްގެ އެއްޕަސެންޓް ހިއްސާ އޮންނަ މިލޭނިއަމް
ކެޕިޓަލް މެނޭޖްމަންޓުގެ އެކައުންޓަށް 2014 ވަނަ އަހަރު ޖޫން މަހުގެ 5 މިލިއަން ޑޮލަރު ޖަމާވިކަން
އެނގޭކަމަށާއި، އެފައިސާ ޖަމާކުރި ވާހަކަ އަމްޖަދު އިސްމާޢީލުގެ ކައިރީގައި ބުނީ އަޙްމަދު އަދީބު
ޢަބްދުލްޣަފޫރު ފޯނުން ގުޅާފަ ކަމަށާއި އަދި އެފަސް މިލިއަން ޑޮލަރު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ބުނި
2ތ ތކ
ޗެއަރ
2 2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/566
ގޮތަށް ހަދާފައި ރައްދުކޮށްދިނުމަށް އޭނާ ބުނި ކަމަށާއި އެކަމާ ބެހޭގޮތުން އެކުންފުނީގެ ޖެނެރަލް މެނޭޖަރު
އަހްމަދު ނިޘާމް އާ މަޝްވަރާކުރުމުން އެފައިސާ ޖަމާވެފައި ހުރިތޯ ބެލުމަށް ޖެނެރަލް މެނޭޖަރު ބުނުމުން
އެކަން ބެލިއިރު މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓުގެ އެކައުންޓުގައި އެފައިސާ ހުރިކަމަށާއި އަދި އަޙްމަދު އަދީބު
ޢަބްދުލްޣަފޫރު އެ ކުންފުންޏަށް ދޭންޖެހޭ ފައިސާ ހުރުމުން އޭގެތެރެއިން އެއްމިލިއަން ޑޮލަރު ކުންފުނީގައި
ބެހެއްޓުމަށްފަހު ބާކީހުރި ހަތަރު މިލިއަން ޑޮލަރަށް ޗެކް ހެދުމަށް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ބުނުމުން
އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ބުނި ގޮތަށް ޗެކް ހަދާފައި ހަތަރު ޗެކް ދިންކަމަށާއި އެޗެކްތަކާ ޙަވާލުވީ ސީދާ
އަޙްމަދު އަދީބު ޢަބްދުލްޣަފޫރުކަމަށް އަމްޖަދު އިސްމާޢީލު ހެކިބަސް ދީފައިވާކަމާއި،
މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓުގެ ޖެނެރަލް މެނޭޖަރު މަޤާމުގައި ހުރި އަޙްމަދު ނިޘާމް
މިޤަޟިއްޔާއާ ގުޅިގެން ޝަރީއަތަށް ދީފައިވާ ހެކިބަހަށް ބަލާއިރު، 2014 ވަނަ އަހަރު ޖޫން މަހުގެ ތެރޭގައި
މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓުގެ އެކައުންޓަށް ފަސް މިލިއަން އެމެރިކާ ޑޮލަރު ޖަމާކުރިކަން އެނގޭކަމަށާއި
އެކަން އެނގުނީ އަމްޖަދު އިސްމާޢީލު އެވާހަކަ ބުނުމުން ކަމަށާއި އަދި ކުންފުނީގެ އެކައުންޓް ބެލިއިރު
އެކައުންޓުގައި އެފައިސާ ހުރި ކަމަށާއި އަދި އެފައިސާ ޖަމާކުރިފަރާތުން ބޭނުންވި ގޮތަށް ހަތަރު ޗެކެއް
ހަދާފައި ދިންކަމަށާއި އެހަތަރު ޗެކުގައި ސޮއިކުރީ އޭނާ ކަމަށާއި އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މިލޭނިއަމް
ކެޕިޓަލް މެނޭޖްމަންޓު ކުންފުނިން ނެގި ފައިސާއަށް އެފަސް މިލިއަން ޑޮލަރުގެ ތެރެއިން އެއްލިމިލިއަން ޑޮލަރު
ކެނޑިކަމަށާއި އެއީ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ބުނެގެންކަމަށް ހެކިބަސް ދެމުން ބުނެފައިވާއިރު،
ބުނެވިދިޔަ ޝަފަހީ ހެކިތަކަށް ބަލާއިރު، ދަޢުވާގައި ބުނާ 05 މިލިއަން ޑޮލަރު މިލޭނިއަމް
ކެޕިޓަލް މެނޭޖްމަންޓްގެ އެކައުންޓަށް ޖަމާކުރުމުގައި އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ބައިވެރިވުން އޮތްކަމާއި
އަދި ޖަމާކުރި ފައިސާއިން އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އެންގިގޮތުގެ މަތިން މުޢާމަލާތްކޮށްފައިވާކަމަށް
ބައްޔިން ލިބިގެންދާއިރު، އެހެކިންގެ ހެކިބަހުގައި ފާހަގަކޮށްފައިވާކަންތައް އެފަދައިން ދަލާލަތުކޮށްދޭ ގުޅުވައިދޭ
ހެއްކާ ޤަރީނާތައް ޝިޤާޟިއްޔާއާ ގުޅިގެން ހުށަހެޅިފައިވާކަން އެނގެން އޮންނަކަމާއި،
ބައިބޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
14
2{016/HC-A/566
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20 2 0 2 0
މިގޮތުން މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓްގެ ޗެކްތަކެއް މެދުވެރިކޮށް 4 މިލިއަން ޑޮލަރު
މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ހުށަހެޅިފައިވާ ކިތާބީ
ހެކިތަކުން އެނގެން އޮންނައިރު،
ބުނެވިދިޔަ 04 މިލިއަން ޑޮލަރު ޖަމާކުރެވުނު ލޮންޓިލިއަން އިންޓަރނޭޝަނަލް ޕްރައިވެޓް
ލިމިޓެޑު (މޮންޓިލިއަން)އަކީ، 25 ފެބުރުއަރީ 2010 ގައި އުފެއްދި ކުންފުންޏެއްކަމާއި، އެކުންފުނި
އުފެއްދިއިރު ތިބީ 03 ޙިއްސާދާރުންކަމާއި، އޭގެތެރެއިން 50 އިންސައްތަ ޙިއްސާ އޮތީ، ހ. ސާމަރާ
ޢަބްދުލްޣަފޫރު އާދަމް އަށްކަމާއި 35 އިންސައްތަ ޙިއްސާ އޮތީ، ހ.ސާމަރާ، އަޙްމަދު އަދީބު ޢަބުދުލްޣަފޫރަށް
ކަމާއި އަދި 15 އިންސައްތަ ޙިއްސާ އޮތީ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުއާ ތިމާގެ ކަމުގެ ގޮތުން ގުޅުން
އޮތްފަރާތެއްކަމަށްވާ ރ. ކިނޮޅަސް ނިޔާމަ، ޝާހިދު ޙުސައިންއަށް ކަމާއި، އެކުންފުނީގެ ރައުސުލްމާލަކީ، 50
ދިވެހިރުފިޔާގެ 100 ޙިއްސާގެ މައްޗަށް އެކުލެވޭ 5000ރ. ކަމާއި، އަޙްމަދު އަދީބު ޢަބުދުލްޣަފޫރުގެ 35
އިންސައްތަ ޙިއްސާ 27 މާރޗް 2012 ގައިވަނީ، ޢަބުދުލްޣަފޫރު އާދަމްއަށް ބަދަލު ކުރެވިފައިކަމާއި
އެހެންކަމުން ކުންފުނީގެ 85 ޙިއްސާ އޮތީ ޢަބުދުލްޣަފޫރު އާދަމްއަށް ކަމާއި އޭގެ ފަހުން 20 އޭޕްރީލް
2013 ގައި ބޭއްވުނު ކުންފުނީގެ ބައްދަލުވުމުން، ޢަބުދުލްޣަފޫރު އާދަމްގެ 85 ޙިއްސާ، ރ.ކިނޮޅަސް، ނިޔާމަ
ޝާހިދު ޙުސައިންއަށް ބަދަލު ކުރުމަށާއި ރ.ކިނޮޅަސް، ނިޔާމަ ޝާހިދު ޙުސައިންގެ ނަމުގައި އޮތް 15
ޙިއްސާ، ތ،ކިނޮޅަސް ފެހިވިނަ، ސަޢީދު ޙުސައިންއަށް ބަދަލުކުރުމަށް ނިންމައި، 24 އޭޕްރީލް 2014 ގައި
އެކަން އެގޮތަށް ކުރެވިފައިވާކަމާއި އަދި 24 އޭޕްރީލް 2013 އިންފެށިގެން، ސަޢީދު ޙުސައިން މޮންޓިލިއަންގެ
މެނޭޖިން ޑިރެކްޓަރަކަށް އަދި ޝާހިދު ޙުސައިން ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައި ހަމަޖެހިގެން
ގޮސްފައިވާކަން އެނގެން އޮންނައިރު، ބުނެވިދިޔަ 04 މިލިއަން ޑޮލަރު ޖަމާކުރެވިފައި ވަނީ އަޙްމަދު އަދީބު
ޢަބްދުލްޣަފޫރުގެ މަސްލަޙަތު އޮތް ކުންފުންޏަކަށްކަންވެސް އެނގެން އޮންނަކަމާއި،
ދަޢުވާގައިބުނާ މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓު ޕްރައިވެޓް ލިމިޓެޑަށް ބަލާއިރު، އެކުންފުނީގެ
OLC
2 22
ޙިއްސާދާރުންނަކީ، 02 ޙިއްސާ ދާރުން ކަމާއި، އެއީ 99 އިންސައްތަ ޙިއްސާ އޮންނަ މ. ޝޫރާމަ
ދިވެހިރާއްކޭ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
15
2{016/HC-A/566
ޤަޟިބިއްޔާ ނިމުނު ގޮތުގެ ޚުލާސާ
6 0 7 2
ޙާމިދު އިސްމާޢީލް އާއި 1 އިންސައްތަ ޙިއްސާ އޮންނަ ރ.ކިނޮޅަސް، ޖަވާހިރުވާދީ އަމްޖަދު އިސްމާޢިލް
ކަމާއި، ޙާމިދު އިސްމާޢީލްގެ 99 ޙިއްސާގެ ތެރެއިން، 40 ޙިއްސާ، 22 ޖެނުއަރީ 2015ގައި، ރ.ކިނޮޅަސް،
ނިޔާމަ، ޝާހިދު ޙުސައިން އަށް ބަދަލު ކުރެވިފައިވާކަމާއި، އެހާތަނުން ކުންފުނީގެ ޙިއްސާ ދާރުންގެ ގޮތުގައި
ތިބީ، ޙާމިދު ޖިސްމާޢީލް އާއި ހެކިބަސްދީފައިވާ އަމްޖަދު އިސްމާޢީލްއާއި ޝާހިދު ޙުސައިން ކަމާއި، މިލޭނިއަމް
ކެޕިޓަލް މެނޭޖްމަންޓް އުފެދުނީއްސުރެ، ޓޫރިޒަމް މިނިސްޓަރުކަން ލިބެންދެން، އަޙްމަދު އަދީބު
ޢަބުދުލްޣަފޫރަކީ، އެމް.ސީ.އެމްގެ އޮޕަރޭޝަނަލް މަޤާމެއްގައި އުޅުނު ފަރާތެއްކަން ހުށަހެޅުނު ހެކިތަކުން
އެނގެން އޮންނައިރު މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓް އާއި މޮންޓިލިއަން އިންޓަނޭޝަނަލް އާ ގުޅުން އޮތްގޮތް
ހާމަވެގެންދާކަމާއި،
މިޤަޟިއްޔާއާ ގުޅިގެން ރ.ކިނޮޅަސް، ނިޔާމަ، ޝާހިދު ޙުސައިންގެ ހެކިބަސް ނެގިފައިވާއިރު،
ޝާހިދު ޙުސައިންއަކީ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ޢާއިލީގޮތުން ތިމާގެ މީހެއްކަމާއި، 5 މިލިޔަން
ޑޮލަރުގެ މިމުޢާމަލާތަކީ، އެމް.އެމް.އެމް.ޕީ.އާރު.ސީ އާ މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް
(މޮންޓިލިއަން) އާ ދެމެދު ކުރެވުނު ވިޔަފާރީގެ މުޢާމަލާތަކާއި ގުޅިގެން ލިބުނު ޗެކެއްކަމަށާއި،
އެމް.އެމް.ޕީ.އާރު.ސީއަށް ލިބެންޖެހޭ 5 މިލިޔަން އެމެރިކާ ޑޮލަރުގެ އެ ޗެކު، ޝާހިދު ޙުސައިންއަށް ލިބުނީ
އެމް.އެމް.ޕީ.އާރ.ސީގެ އިސްމުވައްޒަފެއްގެ އަތުން ކަމަށާއި އެޗެކު ޝާހިދު ޙުސައިންގެ ރައްޓެއްސެއް
މެދުވެރިކޮށް، އެމް.ސީ.އެލް (މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓު) ގެ އެކައުންޓަށް ޖަމާކޮށްފައިވާނީ ޝާހިދު
ޙުސައިންކަމަށާއި އެއަށްފަހު އަމްޖަދު އިސްމާޢީލްގެ އަތުން ޗެކުތައް ނަގާފައި އެ ޗެކްތަކުން ޑޮލަރު ވިއްކާފައި
އެކަން ހިންގަންޖެހޭ ގޮތަށް ޝާހިދު ހުސައިން ހިންގާފައިވާކަމަށާއި އައްމަދު އަދީބު ޢަބްދުލްޣަފޫރު މޮންޓިލިއަން
އިން ހިއްސާ ދޫކޮށްލި ފަހުން އެކުންފުނީގެ އެއްވެސް މުޢާމަލާތެއްގައި އުޅޭ އެއްވެސް ކަމެއް ކުރާނެ ގޮތުގެ
އިރުޝާދު ދީފައި ނުވާނެކަމަށް ބުނެ ހެކިބަސްދީފާވާއިރު،
ޝާހިދު ޙުސައިންއަކީ، މޮންޓިލިއަންގެ 85 އިންސައްތަ ޙިއްސާ އޮންނަ ފަރާތެއް
ކަމަށްވާއިރު، އެމް.ސީ.އެމް(މިލޭނިއަމް ކެޕިޓަލް) ގައި އޮތް ޙާމިދު އިސްމާޢީލްގެ 99 އިންސައްތަ ޙިއްސާގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
16
2{016/HC-A/566
ޤަޟިބިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2 ހ2 0 ތތ
اسرع سر تره
ތެރެއިން 40 އިންސައްތަ ޙިއްސާ 22 ޖެނުއަރީ 2015 ގައި ބަދަލު ކުރެވިފައިވަނީ ޝާހިދު ހުސައިން
އަށްކަން އެނގެން އޮންނައިރު، އެމް.ސީ.އެމްގެ ފަރާތުން ދިން ޗެކުތައް ހިފައިގެންގޮސް މޮންޓިލިއަންގެ
ޖަމާކޮށްފައިވަނީ، ޝާހިދު ޙުސައިންކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނައިރު، 5
މިލިޔަން ޑޮލަރުގެ ޗެކުގެ ލިމުޢާމަލާތަކީ، އެމް.އެމް.އެމް.ޕީ.އާރު.ސީ އާ މޮންޓިލިއަން އިންޓަނޭޝަނަލް
ޕްރައިވެޓް ލިމިޓެޑް (މޮންޓިލިއަން) އާ ދެމެދު ކުރެވުނު ވިޔަފާރީގެ މުޢާމަލާތަކާއި ގުޅިގެން ލިބުނު ޗެކެއް
ކަމަށް ޝާހިދު ޙުސައިން ބުނާއިރު، އެޗު، އެމް.ސީ.އެމްގެ(މިލޭނިއަމް ކެޕިޓަލް)ގެ އެކައުންޓަށް
ޖަމާކުރުމަށްފަހު، އެމް.ސީ.އެމްގެ ޗެކުތަތަކުން އޭގެތެރެއިން 4 މިލިޔަން ޑޮލަރު މޮންޓިލިއަން އެކައުންޓަށް
ޖަމާކުރަންޖެހުނު ގޮތެއް ޝާހިދު ހުސައިންގެ ހެކިބަހުން އެނގެން ނެތްކަމާއި، އަދި ޝާހިދު ޙުސައިންގެ ހެކި
ބަހަށް ބަލާއިރު، އެމް.އެމް.ޕީ.އާރުސީއަށް ލިބެންޖެހޭ 5 މިލިއަން އެމެރިކާ ޑޮލަރުގެ ޗެކާއި ގުޅޭ މުޢާމަލާތް
ގޮސް ނިމެނީ އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މަސްލަޙަތު އޮއްކުންފުންޏަކަށްކަންވެސް އެނގެން އޮންނަކަމާއި،
މިމައްސަލައިގައި ޚިޔާނާތުގެ ކުށް ސާބިތުވި ޢަބްދުﷲ ޒިޔާތު ތަޙުޤީޤަށް ދީފައިވާ ބަޔާނަށް
ޝަރީޢަތުގައި އޭނާ އިންކާރު ކޮށްފައިވީނަމަވެސް އެބަޔާނުގައި ބަޔާންކުރެވިފައިވާ ހަޤީޤަތްތައް ޤަރީނާގެ
ގޮތުގައި ބަލައިގަނެވިދާނެކަން އެނގެން އޮންނަކަމާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ބަޔާންކުރެވިދިޔަ
ޝަފަހީ އަދި ކިތާބީ ހެކިތަކާއި ޤަރީނާތަކާއި މައްސަލައިގައި ވަށައިގެންވާ ކަންތައްތައް ވަޒަންކޮށް ބަލާއިރު،
އަޙްމަދު އަދީބުޢަބްދުލްޣަފޫރުގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ޚިޔާނާތުގެ ކުށް ކުރުމުގައި ބައިވެރިވުމުގެ ކުށް
އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ސާބިތުވާ ވަރަށް ހެކި ހުށަހެޅިފައިވާކަން އެނގެން އޮންނަކަމާއި،
އެހެންކަމުން މިޤަޟިއްޔާގައި ހެކި ވަޒަންކޮށް އަޙްމަދު އަދީބުޢަބްދުލްޣަފޫރުގެ މައްޗަށް ޚިޔާނާތުގެ ކުށް
ކުރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
ގައި ބަޔާންކުރާ މިންގަޑާއި ޚިލާފަށް ކަމަށް ބަލާނެ ތަނެއްނެތްކަން އެނގެން އޮންނަކަމެވެ.
ތިއެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
17
2{016/HC-A/566
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/191
ޟިއްޔާއާއި،
2011/HC-A/58
(ރ) ހަތަރުވަނަ ކަމަކީ، ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ދީފައިވާ ޗެކު
މިލޭނިއަމް ކެޕިޓަލްއާ ޙަވާލުކޮށްފައިވަނީ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ކަމަށް ޝަރީޢަތުން ނިންމަވާފައިވަނީ
އަމްޖަދު އިސްމާޢީލްގެ ހެކިބަހުގެ މައްޗަށް ބައްލަވައިގެން ކަމަށްވާއިރު، އަމްޖަދު އިސްމާޢީލްގެ ހެކިބަހަށް
ރިޢާޔަތްކުރެއްވުމުގަ
މުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 120/HC
-
A/2011 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާއަށް ރިޢާޔަތްކޮށްފައި ނުވާކަމަށްބުނެ ބުނެ ހުށަހަޅާފައިވާ ނުކުތާއަށް
ރިޢާޔަތްކުރާއިރު،
އިސްވެބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާތަކާއި ޙަވާލާދީ އިސްތިއުނާފު
ކުރާފަރާތުން ފާހަގަކޮށްފައިވަނީ ޝަރީޢަތުން ހެކިބަސް ބަލައިގަތުމުގައި ތުހުމަތު އުފެދޭފަދަ ގާތްތިމާގެ މީހުންގެ
ހެކިބަސް ބަލައިނުގަތުމާއި ގުޅޭ އުޞޫލުގެ މައްޗަށްކަމާއި،
ހެކިބަސް ބަލައިގަތުމުގައި އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ގޮތަށް ބަލާއިރު،
ގާތްތިމާގެ ކަމުގެ ގުޅުމަކީ ހެކިބަސް ބަލައިގަތުން މަނާކުރާ ސަބަބެއްކަމާއި، މިގޮތުން ޖުމްހޫރުންގެ ރައުޔަށް
ބަލާއިރު މައިންބަފައިން ދަރިންނާއި އެއްކޮޅަށްދޭ ހެކިބަހާއި ދަރިން މައިންބަފައިންނާއި އެއްކޮޅަށްދޭ ހެކިބަސް
ބަލައިގަތުން ހުއްދަ ނުވާނެކަން އެނގޭކަމާއި، ގާތްތިމާގެ ކަމުގެ ގުޅުމުގެ ސަބަބުން ހެކިބަސް ބަލައިގަތުން
މަނާކުރާކުރެވިފައިވާ މަޤުސަދަކީ އެފަދަ ހެކިބަހުގެ ސަބަބުން އޭގެ ލާބަ އެދެފަރާތައް ފޯރާނެތީކަމާއި،
މައިންބަފައިން އެމީހުންގެ ދަރިންނާއި އެއްކޮޅަށް ޝަރީޢަތުގައިދޭ ހެކިބަހަކީ ޢާންމު އުޞޫލެއްގެ ގޮތުން
ހެކިބަހުގެ ދަރަޖައިގައި ކޯޓުތަކުން ބަލައިގަންނަ ހެކިބަހެއް ނޫންކަމުގައި ވީނަމަވެސް، އެފަދަ ހެކިބަސް ޤަރީނާ
ދަރަޖައިގައި ބަލައިގަތުމަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ އުޞޫލާއި ތަޢާރަޟްވާ ކަމެއް ނޫންކަން
މިބާވަތުގެ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ނިންމުންތަކުން އެނގެން އޮންނަކަމާއި،
އިސްވެބުނެވިދިޔަ ޝަރުޢީ ހަމަތަކަށް ބަލާއިރު ޝަރީޢަތުން ހެކިބަސް ބަލައިގަތުމުގައި
ގާތްތިމާގެ މީހުންގެ ހެކިބަސް ހެކިބަހުގެ ދަރަޖައިގައި ބަލައިގަތުން މަނާވެފައިވަނީ އެއްކޮޅަށް ހެކިބަސް ދޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
18
2{16/HC-A/566
ޤަޟިބިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޙާލަތުގައިކަން އެނގޭކަމާއި، އެހެންކަމުން އެފަރާތްތަކާ ދެކޮޅަށްދޭ ހެކިބަސް ޝަރީޢަތަށް ބަލައިގަތުމަކީ
ބުނެވިދިޔަ އުޞޫލާ ފުށުއަރާނެ ކަމެއްނޫންކަން އެނގޭކަމާއި،
ބަޔާންކުރެވިދިޔަ ޝަރުޢީ ހަމަތަކުގެ އަލީގައި ކްރިމިނަލް ކޯޓުގެ ނަންބަރު 2016/Cr-C/84
ޤަޟިއްޔާގައި އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މައްޗަށް ކޮށްފައިވާ ދަޢުވާ ސާބިތުވާކަމަށް ކަނޑައެޅުއްވުމުގައި
ރ. ކިނޮޅަސް ޖަވާހިރުވާދީ އަމްޖަދު އިސްމާޢީލްއާ އަޙްމަދު ނިޘާމްގެ ހެކިބަރަށް ރިޢާޔަތްކުރައްވާފައިވުމުގެ
މައްޗަށް ބަލާއިރު،
އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ދައުލަތުން ހުށަހެޅި ދަޢުވާ ސާބިތުކުރުމުގެ ގޮތުން
ހެކިންގެ ގޮތުގައި އަމްޖަދު އިސްމާޢީލް އާއި އަޙްމަދު ނިޝާމް ހުށަހަޅުއްވާފައިވާއިރު، އެފަރާތްތައް ހެކިންގެ
ގޮތުގައި ހުށަހަޅާފައިވަނީ ދަޢުވާގައި ބުނާ 05 މިލިއަން ޑޮލަރު މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓްގެ
އެކައުންޓަށް ޖަމާކުރިކަން ސާބިތުކުރުމަށާއި އަދި ޖަމާކުރި ފައިސާއިން އަޙްމަދު އަދީބު ޢަބްދުލްޣަފޫރު
އެންގިގޮތުގެ މަތިން މުޢާމަލާތްކޮށްފައިވާކަން ސާބިތުކޮށްދިނުމުގެ ގޮތުންކަމަށް ދަޢުލަތުގެ ފަރާތުން އިސްތިއުނާފް
މިކުރެވޭ ޤަޟިއްޔާއަށް ދީފައިވާ ބަޔާންތަކުން އެނގެން އޮންނައިރު،
އަމްޖަދު އިސްމާޢީލްއަކީ އެޤަޟިއްޔާގައި އަޙްމަދު އަދީބު އަބްދުލްޣަފޫރާއެކު ދަޢުވާ އުފުލިފައިވާ
ތިންފަރާތުގެ ތެރެއިން މ. ޝޫރާމަންޒިލް ޙާމިދު އިސްމާޢީލުގެ އެއްބަނޑު އެއްބަފާކޮއްކޮ ކަމާއި އަމްޖަދު
އިސްމާޢީލް އަކީ މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓްގެ ހިއްސާ އޮންނަ ފަރާތެއްކަމާއި، އަދި ސ.ފޭދޫ
އިރާސްމިކް އަޙްމަދު ނިޘާމްއަކީ މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓްގައި މެނޭޖަރެއްގެ ވަޒީފާގައި ހުރި
ފަރާތެއްކަމާއި މި މައްސަލާގައި އަމްޖަދު އިސްމާޢީލުއާއި އަޙްމަދު ނިޘާމްގެ ހެކިބަސް ހޯދާފައިވަނީ ބުނެވުނު
މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓްގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާއާ ގުޅިގެންކަން އެނގެން އޮންނައިރު،
މ.ޝޫރާމަންޒިލް ޙާމިދު އިސްމާޢީލުގެ މައްޗަށް މި މައްސަލައިގައި ދަޢުވާކުރެވިފައިވަނީ ދަޢުވާގައި ބުނާ
ފައިސާ މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓްގެ އެކައުންޓަށް ޖަމާވެފައިވާތީކަމާއި، އަމްޖަދު އިސްމާޢީލުއާ އަޙްމަދު
ނިޘާމްގެ ހެކިބަހަކީ އެފަރާތުގެ މަސްލަޙަތު އޮތް ކުންފުންޏަކާ ގުޅިގެން ދެވޭ ހެކިބަހެއްކަންވެސް
4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
19
2{016/HC-A/566
ޤަސިވިއްޔާ ނިމުނު ގޮތުގެ ޚުލާސާ
024 ދ ތ ބ 2
سرع کی
އޮންނައިރު މިފަރާތުން ހެކިބަސްދީފައިވަނީ އެ ހެކިބަހުގެ ސަބަބުން އެފަރާތުގެ މަސްލަޙަތު އޮތް ކުންފުންޏަށް
އަސަރުފޯރުމުގެ ފުރުޞަތު އޮންނާނެކަންވެސް އެނގިހުރެކަން އެނގެން އޮންނައިރު، އަމްޖަދު އިސްމާޢީލުގެ
ހެކިބަހުގައި ހާމިދު އިސްމާޢީލްއަށް މިލޭނިއަމް ކެޕިޓަލް މެނޭޖްމަ އެކައުންޓަށް ޖަމާވިކަމަށް ބުނާ
ފައިސާއާ ގުޅޭ މަޢުލޫމާތު އެނގިފައިނުވާކަމަށް ބުނެ ދެކިބަސްދީފައިވީނަވެސް، އަމްޖަދު އިސްމާޢީލްއަކީ
މިމައްސަލައިގައި ދަޢުވާލިބޭ ޙާމިދު އިސްމާޢީލުއާ ގާތްތިމާގެ ކަމުގެ ގުޅުން އޮތްފަރާތެއް ކަމަށްވުމަކީ
އެސަބަބައްޓަކައި އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާ ސާބިތުކުރުމުގައި
އަމްޖަދު އިސްމާޢީލްގެ ހެކިބަސް ބަލައިގަތުން ނަފީކުރާނެ ސަބަބެއް ނޫންކަން އެނގެން އޮންނަކަމާއި
ހެންކަމުން އަމްޖަދު އިސްމާޢީލުއާއި އަޙްމަދު ނިޘާމްގެ ހެކިބަސް ބަލައިގަނެފައިވަނީ ބުނެވިދިޔަ
ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށްކަމަށް ބަލާނެ ސަބަބެއް ނެތްކަން އެނގެން އޮންނަކަމެވެ.
އެހެން
ބ) ފަސްވަނަ ކަމަކީ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުއަކީ ކުރެއްދޫ ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑްއިން އެމް. އެމް. ޕީ.އާރ.ސީ އަށް ދެއްކި ފައިސާއަށް ޚިޔާނާތްތެރިވުމުގައި އެކަން ރާވާ
ހިންގިމީހާކަމަށް ޙުކުމްގައި ކަނޑައަޅުއްވާފައިވީނަމަވެސް، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އެކުށުގެ ޢަމަލުގައި
ބައިވެރިވެފައިވަނީ ކޮން ދަރަޖައެއްގައިކަން ދައުލަތުން ޝަރީޢަތުގައި ހާމަކޮށްފައިނުވާތީ، ދަޢުވާ
ސާފުވެފައިނުވާތީ ދައުލަތުގެ ދަޢުވާއަށް ބިނާކޮށް ދިފާޢު ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާކަމަށް ބުނެ
ހުށަހެޅި ނުކުތާއާ ގުޅިގެން ބަލާއިރު،
މިނުކުތާއާ ގުޅިގެން އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން ފާހަގަކޮށްފައިވަނީ
އިސްތިއުނާފް މިކުރެވޭ ޤަޟިއްޔާގައި ޙުކުމްކުރުމުގައި އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ކުށުގައި ބައިވެރިކަމަށް
ކަނޑައަޅާފައިވަނީ ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 30 ވަނަ މާއްދާގެ (ރ)
ގެ 1 ވަނަ ނަންބަރާއި ޙަވާލާދީ ކަމަށްވާއިރު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ކުށުގައި ބައިވެރިވެފައިވާ ދަރަޖައާ
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
20
ސިވިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/566
6329
0302
ޝަރީޢަތުގައި އެއްވެސް
ވާހަކައެއް ދައްކާފައިނުވާކަމަށް ބުނެ ފާހަގަކޮށްފައިވާ
433
2 ބ ހދ
میری ماهی های مسلح
އިސްތިއުނާފް ކުރެވިފައިވާ މައްސަލައިގައި އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް އަދަބު
ކަނޑައެޅިފައިވަނީ އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ދަޢުވާކުރެވުނު ޤާނޫނު ނަންބަރު 10/68
(ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ ދަށުން މިބާވަތުގެ ކުށަށް ކަނޑައެޅޭނެ އަދަބަކީ، މިހާރު ޢަމަލުކުރަމުންދާ
ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގައި މިބާވަތުގެ ކުށަށް ކަނޑައެޅިފަވާ
އަދަބަށްވުރެ ބޮޑު އަދަބެއްކަމަށްވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ)
އަށް ރިޢާޔަތްކޮށް ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ ދަށުންކަން ކްރިމިނަލް
ކޯޓުގެ ނަންބަރު: 2016/Cr-C/84 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަލާއިރު އެނގެން އޮންނަކަމާއި،
2
އަށް ބަލާއިރު ކުށްކުރި މީހާއާ ބައިވެރިވި މީހާގެ ދައުރަކީ، އެމާއްދާގައި ބަޔާންކޮށްފައިވާ ދައުރުތަކުގެ ތެރެއިން
ދައުރެއްކަމުގައިވާނަމަ، އޭނާގެ ބައިވެރިވުން، ދަރަޖަކުރާނީ އެމާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންކަން
ބަޔާންކޮށްފައިވާއިރު (ރ)ގެ 1 ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވަނީ އޭނާއަކީ އެކަން އިންތިޒާމުކުރި މީހާ
ނުވަތަ އެކަމާގުޅޭ ކަންތައްތަކުގައި އިސްކޮށް ހަރަކާތްތެރިވި މީހާ ކަމުގައިވާނަމަ، އޭނާގެ ޒިންމާގެ ދަރަޖައަކަށް
ވާނީ އޭނާ އެހީތެރިވެދިން ކުށްކުރުމުގެ
ކުށްކުރުމުގެ ދަރަޖަކަން އެނގެން
އޮންނަކަމާއި،
މިމައްސަލާއާގުޅިގެން 04 ޖޫން 2016 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވުނު
ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުން މިމައްސަލާގައި އަދަބާއި ބެހޭގޮތުން ވާހަކަދެއްކުމުގައި ދަރަޖައާ ގުޅޭގޮތުން
ވާހަކަދައްކާފައިވާއިރު މިމައްސަލާގައި އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން އެމަޖިލީހުގައި އަދަބާއި
ގުޅޭގޮތުން ވާހަކަ ދައްކައި މިކުށުގެ ދަރަޖައާ ގުޅޭގޮތުން ރައްދުދީ ވާހަކަ ދައްކާފައިވާކަންވެސް އެނގެން
އޮންނަކަމާއި،
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
21
2{016/HC-A/566
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
Oo
އިސްތިއުނާފް ކުރެވިފައިވާ މައްސަލައިގެ ޙުކުމްކުރެއްވުމުގައި ކުރެއްދޫ ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑުން ރިސޯޓެއް ހަދާ ތަރައްޤީ ކުރުމުގެ ގޮތުން ޅ. މާބިންހުރާ ކުއްޔަށް ހިފުމަށް އެކުއިޒިޝަން
ކޮސްޓުގެ ގޮތުގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް ދެއްކި ފަސްމިލިޔަން
އެމެރިކާ ޑޮލަރަށް ޢަބްދުﷲ ޒިޔާތު ޚިޔާނާތްތެރިވެފަވާކަމާއި، މި ޚިޔާނާތުގެ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު
އެންމެ ފުރިހަމަ ގޮތުގައި ބައިވެރިވެފަވާކަމަށް ކަނޑައަޅައި މިމައްސަލައިގައި ޚިޔާނާތުގެ ކުށް ސާބިތުވި
ޢަބްދުﷲ ޒިޔާތުއާ އެއް ދަރަޖައިގައި އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް މިމައްސަލައިގައި އަދަބު
ކަނޑައަޅާފައިވަނީ ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 30 ވަނަ މާއްދާގެ (ރ)
ޙަވާލާދީ އެމާއްދާގައި ބުނާ އުސޫލުން، ކުށުގެ ބައިވެރިވިމީހާގެ ދައުރަށް ރިޢާޔަތްކޮށް ބައިވެރިވުމުގެ ޒިންމާގެ
ދަރަޖަ ކުރެވިގެންކަމާއި، މިމައްސަލާގައި އަޙްމަދު އަދީބުގެ ޢަބްދުލްޣަފޫރުގެ ދައުރަކީ 9/2014 (ދިވެހިރާއްޖޭގެ
ޤާނޫނުލްޢުޤޫބާތު) ގެ 30 ވަނަ މާއްދާގެ (ރ)ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ދަރަޖަ ކަމަށްވާއިރު އެ
ދަރަޖަ ދެވިފައިވަނީ މިމައްސަލައިގެ ވަށައިގެންވާ ހަޤީގަތްތަކާއި މިމައްސަލައިގެ ހުށަހެޅިފައިވާ ހެއްކާއި
ޤާރީނާއަށް ބަލާއިރު މިމައްސަލާގައި އަޙުމަދު އަދީބު ޢަބްދުލްޣަފޫރު ފުރިހަމަ އަށް ބައިވެރިވެފައިވާކަން
ޝަރީޢަތަށް ސާބިތުވުމާ ގުޅިގެން ކަން އިސްތިއުނާފް މިކުރެވޭ ޤަޟިއްޔާއަށް ބެލުމުން އެނގެން އޮންނަކަމާއި
އެހެންކަމުން މިޤަޟިއްޔާގައި އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ގެ މައްޗަށް އަދަބު ކަނޑައަޅާފައިވަނީ ޤާނޫނާ
ޚިލާފަށްކަމަށް ބަލާނެ ސަބަބެއް ނެތްކަން އެނގެން އޮންނަ ކަމެވެ.
ވެ
(ޅ) ހަވަނަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2016/Cr
-
C/84 ޤަޟިއްޔާގައި އަޙްމަދު
އަދީބު ޢަބްދުލްޣަފޫރު އާއެކު ހ. އާހަމަ ޢަބްދުﷲ ޒިޔާދު އާއި ޝޫރާމަންޒިލް ޙާމިދު އިސްމާޢީލްގެ މައްޗަށް
ދަޢުވާ އުފުލާފައިވާއިރު، ޢަބްދުﷲ ޒިޔާތުގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވާ
ބަޔަށް މިކޯޓުގެ ނަންބަރު 518/HC
-
A/2016 ޤަޟިއްޔާއިން ތާއީދުކޮށް ޙުކުމް ކުރައްވާފައިވާކަމާއި، އަދި
އިސްތިއުނާފް މިކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2016/Cr
-
C/84 ޤަޟިއްޔާގައި ޙާމިދު އިސްމާޢީލްގެ
މައްޗަށް ޚިޔާނާތުގައި ބައިވެރިވުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވާ ބަޔަށް މިކޯޓުގެ ނަންބަރުގެ އި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
22
2{016/HC-A/566
ޤަޟިބިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/451
457/HC
-
A/2016 ޤަޟިއްޔާގައި ތާއީދުކޮށްފައިވާއިރު، އިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓުގެ
ނަންބަރު 2016/Cr-C/84 ޤަޟިއްޔާ ކުރިއަށް ގެންގޮސްފައިވަނީ ޝަރުޢީ އުޞޫލުތަކާއި އަދި އިޖުރާއީ
ގޮތުން ބަލަންޖެހޭ ބެލުންތައް ކަށަވަރުކުރެވިގެންކަން އިސްވެބުނެވިދިޔަ ޤަޟިއްޔާތަކުންވެސް ކަނޑައެޅިފައި
އޮންނަކަން އެނގެން އޮންނަކަމާއި،
2
)
0 0
ންކަމުން އިސްވެ ފާހަގަކުރެވިދިޔަ ކަންކަން އެފަދައިން ހުރުމުން،
މައްސަލާގައި
އަޅުގަނޑު ދެކެނީ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ކުށް ސާބިތުވާކަމަށް އިސްތިއުނާފް މިކުރެވޭ
ކްރިމިނަލް ކޯޓުގެ ނަންބަރު 2016/Cr-C/84 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުސޫލުތަކާ ޚިލާފަށްކަމަށް ބަލަންޖެހޭ ސަބަބެއް ނެތްކަމަށާއި، ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން
ރިސޯޓެއް ހަދާ ތަރައްޤީ ކުރުމުގެ ގޮތުން ޅ. މާބިންހުރާ ކުއްޔަށް ހިފުމަށް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް ދެއްކި ފަސްމިލިޔަން އެމެރިކާ ޑޮލަރަށް
ޚިޔާނާތްތެރިވުމުގައި އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އެންމެ ފުރިހަމަ ގޮތުގަ ބައިވެރިވެފަވާކަން ޝަރީޢަތަށް
ސާބިތުވާކަމަށް ކަނޑައަޅައި، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު 8 (އަށެއް) އަހަރު ދުވަހުގެ މުއްދަތަށް
ކުރިމިނަލް ކޯޓުގެ ނަންބަރު 2016/Cr-C/84 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގެ އެބަޔަށް
ޖީލަށްލުމަށް
ހުންނަންޖެހޭ ސަބަބެއް ނެތްކަމުގައެވެ.
و
އަޣުލަބިއްޔަތު ރައުޔު (އިސްފަނޑިޔާރު ޝުޖާޢު ޢުޘްމާން އާއި ފަނޑިޔާރު ޙުސައިން
ޝަހީދުގެ ރައުޔު) އާއި އެރައުޔު ބިނާކުރެވިފައިވާ އަސާސްތައް؛
(ހ) އިސްތިއުނާފް ކުރެވިފައިމިވާ ކުރިމިނަލް ކޯޓުގެ ނަންބަރު 2016/Cr-C/84
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާގައި 04 ޖޫން 2014 ދުވަހު، ކުރެއްދޫ
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ރިސޯޓެއް ތަރައްޤީކުރުމުގެ ގޮތުން ޅ. މާބިންހުރާ ކުއްޔަށް ހިފުމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
23
2016/HC-A/566
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
12 ވަނަ
އެކުއިޒިޝަން ކޮސްޓުގެ ގޮތުގަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް ދައްކާފަވާ
US
$
5,000,000.00 (ފަސް މިލިޔަން އެމެރިކާ ޑޮލަރު) ގެ ޗެކާ ޢަބްދުﷲ ޒިޔާތު ޙަވާލުވެފަ ވީނަމަވެސް،
އެ ފައިސާ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް ލިބިފަ ނުވާތީއާ، އަޙްމަދު
އަދީބު ޢަބްދުލްޣަފޫރާއި ޙާމިދު އިސްމާޢިލް ދެމީހުން ބައިވެރިވެގެން އެޗެކު ޙާމިދު އިސްމާޢީލް ޙިއްސާވާ
މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ބޭންކް އެކައުންޓަށް 09 ޖޫން 2014 ގައި
ޖަމާކޮށްފައިވާތީކަމަށްބުނެ ޤާނޫނު ނަންބަރު 10/68 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ
މާއްދާއާއި، 13 ވަނަ މާއްދާއާ ޙަވާލާދީ، 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާގެ ދަށުން އަޙްމަދު
އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ދިހަހާސް ރުފިޔާއިން ފެށިގެން މަތީ ޢަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވުމުގަ
ބައިވެރިވުމުގެ ކުށުގެ ދަޢުވާއާ ގުޅިގެން އިސްތިއުނާފް ކުރެވިފައިވާ ކްރިމިނަލް ކޯޓުގެ ނަންބަރު
2016/Cr
-
C/84 ޤަޟިއްޔާއާއި ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް
ބަލައި، މިދަޢުވާގެ މައުޟޫއަށް އިސްތިއުނާފް ކޯޓުން ބެލުމުގެ ކުރިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ނަންބަރު 01/SC
-
SJ/2018 (01 ފެބުރުއަރީ 2018) "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކޯޓު އަމުރު"
އަށާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 03/SC
-
SJ/2018 (06 ފެބުރުއަރީ 2018)
"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކޯޓު އަމުރު"އަށް ބެލިއިރު، އަންނަނިވި ކަންކަން ފާހަގަ ކުރެވެއެވެ.
<<
fi
(1) ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 01/SC
-
SJ/2018 (01
ފެބުރުއަރީ 2018) "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކޯޓު އަމުރު"ގެ 05 ވަނަ ނަންބަރުގައި؟
ސިޔާސީ އެކި އެކި ސަބަބުތަކަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި،
ދިވެހިރާއްޖޭ ބައިވެރިވެފައިވާ އިންސާނީ ޙައްޤުތަކާއިބެހޭ ބައިނަލް އަޤްވާމީ މުޢާހަދާތަކާ
ކަނޑައެޅިގެން ޚިލާފަށް ހިންގާފައިވާ ޖިނާއީ ތަޙްޤީޤުތަކުގެ މައްޗަށް ބިނާކޮށް ދަޢުވާ
އުފުލާ ފަރާތަށާއި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައިގެން ޤާނޫނީ އިޖުރާއާތުތަކާ ޚިލާފަށް
ކޮށްފައިވާ ޙުކުމް ތަކުގެ މައްޗަށް ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ސުޕްރީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
އެރޮޖްވާގޮތުގެ
24
ޤަސިވިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/566
ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކަށް ރިޢާޔަތްކޮށް ބެލިއިރު، އެމައްސަލަތަކަކީ ޤާނޫނީ
** *
ހަމަތަކުގެ މަތިން އަލުން ބަލައި ޝަރީޢަތުގެ ފަރާތުން ގޮތް ކަނޑައަޅަންޖެހޭ
މައްސަލަތަކަކަށްވާތީ، އެ މައްސަލަތަކާމެދު ޝަރުއީ ހަމަތަކުގެ މަތިން އަލުން ގޮތެއް
ކަނޑައެޅެންދެން...4- މިސާމަރާ އަޙްމަދު އަދީބު ޢަބުދުލްޣަފޫރު،...އާއި މިފަރާތްތަކާއި
ބެހޭ މައްސަލަތައް ޤާނޫނުއަސާސީއާއި ޤާނޫނުތަކާ
މަތިން ބެލެވޭނެ
އިންތިޒާމް ހަމަޖެއްސުމަށްޓަކައި ވަގުތުން ދޫކޮށް މިނިވަން ކުރުމަށް އަމުރު ކުރުމާއެކު...
މިފަދައިން ބަޔާން ކޮށްފައިވާ ކުރުމާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 03/SC
-
SJ/2018 (06
ފެބުރުއަރީ 2018) "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކޯޓު އަމުރުގެ 1ވަނަ ނަންބަރުގައި؟
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 01/SC
-
SJ/2018 ކޯޓު އަމުރުގައި
ހިމެނިފައިވާ ބައިތަކުގެ ތެރެއިން އެއަމުރުގެ 5 ވަނަ ނަންބަރުގައި ބަޔާން ކުރެވިފައިވާ
ފަރާތްތަކާބެހޭ މައްސަލަތައް އަލުން ބެލޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެފަރާތްތައް
ވަގުތުން ދޫކޮށް މިނިވަންކުރުމަށް ކަނޑައަޅާފައިވާ ބަޔާއި، އަދި ...މިދެބަޔަކީ ބާޠިލު
ބައިތަކެއް ކަމަށް ކަނޑައަޅައި،...
މިފަދައިން ބަޔާން ކޮށްފައި އޮތް އޮތުމަށް ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
01/SC
-
SJ/2018 (01 ފެބުރުއަރީ 2018) "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކޯޓު އަމުރު"ގެ 05 ވަނަ
ނަންބަރު އެކީގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 03/SC
-
SJ/2018 (06 ފެބުރުއަރީ 2018)
"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކޯޓު އަމުރު"ން ބާޠިލުކޮށްފައި ނެތްކަމާއި، އެއަމުރުގައި ހިމެނިފައިވާ
ބައިތަކުގެ ތެރެއިން ބާޠިލު ކޮށްފައިވަނީ، އެއަމުރުގެ 05 ވަނަ ނަންބަރުގައި ބަޔާން ކުރެވިފައިވާ ފަރާތްތަކާބެހޭ
މައްސަލަތައް އަލުން ބެލޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެފަރާތްތައް ވަގުތުން ދޫކޮށް މިނިވަންކުރުމަށް
ކަނޑައަޅާފައިވާ ބައި އެކަނިކަމާއި، އެހެންކަމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
01/SC
-
SJ/2018 (01 ފެބުރުއަރީ 2018) "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކޯޓު އަމުރު"ގެ 05 ވަނަ
ނަންބަރު ބާޠިލުކުރި ބައި ފިޔަވައި ދެންހުރި ބައިތަކުގެ ޞައްޙަކަން އެގޮތުގައި ދެމިގެން ދާނެކަމެވެ.
I
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
25
2{016/HC-A/566
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20 8
ox
(2) ދެވަނަކަމަކީ، އަޙްމަދު އަދީބު ޢަބުލްޣަފޫރުގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅާފައި
މިވާ ދިހަހާސް ރުފިޔާއިން ފެށިގެން މަތީ ޢަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ބައިވެރިވުމުގެ ކުށުގެ
މިމައްސަލައަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 01/SC
-
SJ/2018 (01 ފެބުރުއަރީ 2018)
"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކޯޓު އަމުރުގެ 05 ވަނަ ނަންބަރުގެ ބާޠިލު ނުވެ އޮތް ބައިގައި ބަޔާން
ކޮށްފައިވާ ފަދައިން، ސިޔާސީ އެކި އެކި ސަބަބުތަކަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި،
ދިވެހިރާއްޖޭ ބައިވެރިވެފައިވާ އިންސާނީ ޙައްޤުތަކާއިބެހޭ ބައިނަލް އަޤްވާމީ މުޢާހަދާތަކާ ކަނޑައެޅިގެން ޚިލާފަށް
ހިންގާފައިވާ ޖިނާއީ ތަޙްޤީޤުތަކުގެ މައްޗަށް ބިނާކޮށް ދަޢުވާ އުފުލާ ފަރާތަށާއި ފަނޑިޔާރުގެއަށް ނުފޫޒު
ފޯރުވައިގެން ޤާނޫނީ އިޖުރާއާތުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމް ތަކުގެ މައްޗަށް ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ
ދަށުން ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކަށް ރިޢާޔަތްކޮށް ބަލާފައިވާ މައްސަލައެއްކަމަށް ބެލެވެން
އޮންނަކަމާއި، އެހެނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 01/SC
-
SJ/2018 (01 ފެބުރުއަރީ
2018) "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކޯޓު އަމުރު"ގެ 5 ނަންބަރުގައި ވަކިވަކި ޤަޟިއްޔާތަކަށް
ޙަވާލާދިނުމުގެ ބަދަލުގައި، ބަޔާންކުރެވިފައިވަނީ ދަޢުވާ ރައްދުވި ފަރާތްތަކެއް ކަމާއި މިގޮތުން އަޙްމަދު އަދީބު
ބުދުލްޣަފޫރުގެ ނަން މިއަމުރުގައި ހިމެނިފައިވާއިރު، އަޙްމަދު އަދީބު ޢަބުދުލްޣަފޫރުގެ މައްޗަށް އުފުލިފައިވާ
ދިހަހާސް ރުފިޔާއިން ފެށިގެން މަތީ ޢަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ބައިވެރިވުމުގެ ކުށުގެ މިދަޢުވާއާ
ގުޅިގެން ހިންގާފައިވާ ޝަރީޢަތަކީ ދައުވާ އުފުލާ ފަރާތަށާއި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައިގެން ހިންގާފައިވާ
ޝަރީޢަތެއް ކަމަށް ވުމުގެ އިޙުތިމާލު އޮތްކަމާއި، އިސްވެ ބުނެވުނުފަދަ އިޙްތިމާލެއް އޮތްކަމަށްބަލައި ކުރިމިނަލް
ކޯޓުގެ ނަންބަރު 2016/Cr-C/229 ޤަޟިއްޔާއިން އަޙްމަދު އަދީބު ޢަބުދުލްޣަފޫރާއި ގުޅޭ ގޮތުން ނިންމުން
ބިނާވެފައިވާ ބައި އަޙްމަދު އަދީބު ޢަބުދުލްޣަފޫރުގެ ފަރާތުން އިސްތިއުނާފުކުރުމުން ބެލެވުނު މި ކޯޓުގެ ނަންބަރު
567/HC
-
A/2016 ޤަޟިއްޔާގައި ކްރިމިނަލް ކޯޓުގެ ނަންބަރު 2016/Cr
-
C/229 ޤަޟިއްޔާއިން އަޙްމަދު
އަދީބު ޢަބުދުލްޣަފޫރާއި ގުޅޭ ގޮތުން ނިންމުން ބިނާވެފައިވާ ބައި ބާޠިލުކޮށް، އެބަޔަކީ ޤާނޫނީ އަދި ޝަރުޢީ
ހަމަތަކުގެ މަތިން އަލުން ބަލައި ޝަރީޢަތުން ގޮތް ކަނޑައަޅަންޖެހޭ ބަޔަކަށް ވާތީ، އެ ބަޔާމެދު ޤާނޫނީ
އެއިޔާ2
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
26
2{016/HC-A/566
ޤަޟިބިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޝަރުޢީ ހަމަތަކުގެ މަތިން އަލުން ގޮތް ކަނޑައެޅުމަށްޓަކައި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ
ކޯޓުތަކުގެ ޤާނޫނު)ގެ 46 ވަނަ މާއްމާދާގެ (ށ) ދަށުން އެބައި ކްރިމިނަލް ކޯޓަށް ތަޙްލީލުކުރުމަށް އެމައްސަލަ
ބެލި ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވާކަމާއި، އިސްތިއުނާފު ކުރެވިފައިވާ މިމައްސަލަ ކުރިމިނަލް ކޯޓަށް
ހުށަހެޅި
ނިމިފައިވަނީ
ބުނެވުނު
ކްރިމިނަލް
ކޯޓުގެ
ނަންބަރު
2016/Cr
-
C/229 ޤަޟިއްޔާއާ ދާދި އެކުއެކީގައިކަން އެގެން އޮންނަކަމެވެ.
(3) ތިންވަނަ ކަމަކީ، އިސްތިއުނާފް ކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު
2016/Cr
-
C/84 ޤަޟިއްޔާއިން އަޙްމަދު އަދީބު ޢަބުދުލްޣަފޫރާއި ގުޅޭ ގޮތުން ނިންމުން ބިނާވެފައިވާ ބައިގެ
ޝަރީޢަތަކީ ދަޢުވާ އުފުލާ ފަރާތަށާއި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައިގެން ހިންގާފައިވާ ޝަރީޢަތެއް ކަމަށް
ވުމުގެ އިޙުތިމާލު އޮތަތީ، ޤާނޫނީ ހަމަތަކުގެ މަތިން އަލުން ބަލައި ޝަރީޢަތުގެ ފަރާތުން ގޮތް ކަނޑައަޅަންޖެހޭ
މައްސަލަތަކުގެ ތެރޭގައި މިމައްސަލަ ހިމެނިގެންވާކަން އެގެން އޮންނަކަމެވެ.
އެހެންކަމުން، ޤާނޫނީ ހަމަތަކުގެމަތިން މިމައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތަށް
އެބަސްވެވުނީ ކުރިމިނަލް ކޯޓުގެ ނަންބަރު 2016/Cr
-
C/84 ޤަޟިއްޔާއިން އަޙްމަދު އަދީބު ޢަބުދުލްޣަފޫރާއި
ގުޅޭ ގޮތުން ނިންމުން ބިނާވެފައިވާ ބައި އެޤަޟިއްޔާގެ ޙުކުމުން ބާޠިލުކޮށް، އެބަޔަކީ ޤާނޫނީ ހަމަތަކުގެ މަތިން
އަލުން ބަލައި ޝަރީޢަތުގެ ފަރާތުން ގޮތް ކަނޑައަޅަންޖެހޭ ބަޔަކަށް ވާތީ، އެ ބަޔާމެދު ޤާނޫނީ އަދި ޝަރުޢީ
ހަމަތަކުގެ މަތިން އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ
ޤާނޫނު)ގެ 46ވަނަ މާއްމާދާގެ (ށ) ދަށުން އެބައި ކުރިމިނަލް ކޯޓަށް ތަޙްލީލުކުރަންޖެހޭނެ ކަމަށެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
27
2{016/HC-A/566
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ޙުކުމް:
ދެންފަހެ ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު
2016/Cr
-
C/84 ޤަޟިއްޔާގައި އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި
ކުރައްވާފައިވާ ޙުކުމުގެ އެބައި ބާޠިލުކޮށް، އެބަޔަކީ ޤާނޫނީ އަދި ޝަރުޢީ ހަމަތަކުގެ މަތިން އަލުން ބަލައި
ޝަރީޢަތުން ގޮތް ކަނޑައަޅަންޖެހޭ ބަޔަކަށް ވާތީ، އެ ބަޔާމެދު ޤާނޫނީ އަދި ޝަރުޢީ ހަމަތަކުގެ މަތިން އަލުން
ގޮތް ކަނޑައެޅުމަށްޓަކައި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ
މާއްދާގެ (ށ) ގެ ދަށުން އެބައި ކްރިމިނަލް ކޯޓަށް ތަޙްލީލުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާބެލި
ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ޙުކުމްކޮށްފީމެވެ.
4 20 0
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv