ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/258 ޤަޟިއްޔާގެ ޙުކުމް
1
2{015/HC-A/258
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ﷲގަނތަ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 258/HC
-
A/2015
• އިސްތިއުނާފުކުރި ފަރާތް:
* ނަން: މޯލްޑިވްސް ދޯނި ސަރވިސަސް (ޢަލީ މޫސާ) * ދާއިމީ އެޑްރެސް: ހ. އާޝިޔާނާ / ކ.މާލެ
* އައިޑީ ކާޑު ނަންބަރު: A065018 * މިހާރުގެ އެޑްރެސް: ރެހެނދި 2، 7 ވަނަ
ފަންގިފިލާ A | ކ. މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
ވީ"
އޭ. އެމް. ކޯ ޕްރައިވެޓް ލިމިޓެޑް
އައިޑީ ކާޑުނަންބަރު.
ދާއިމީ އެޑްރެސް: ލ. މުއްދޫ / ކ.މާލެ
މިހާރުގެ އެޑްރެސް: ޕީއޭ ބިލްޑިންގ | ކ.މާލެ
• ރަޖިސްޓްރީ ތާރީޚް: 15
ރަމަޟާން 1436
= ނިމުނު ތާރީޚް: 04
ޞަފަރު 1439"
އޮކްޓޯބަރ 2017
02
ޖުލައި 2015
24
907/Cv-C/2010
ދިވެހިރާއްa
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ސިވިލް ކޯޓުގެ ނަންބަރު
(2010/MC/1872) ޤަޟިއްޔާ
• ނިންމެވި ފަރާތް: ސިވިލް ކޯޓު
• މައްސަލައިގެ ބާވަތް: ފައިސާހޯދުން
، ހުށަހެޅި ތާރީޚް: 01.08.2010
، ނިމުނު ތާރީޚް: 25.03.2015
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު އިސްފަނޑިޔާރު ޢަބްދުﷲ ދީދީ ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
(ރިޔާސަތު)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2
2{015/HC-A/258
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/907 ޤަޟިއްޔާ، އެ ކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ މޯލްޑިވްސް ދޯނި ސަރވިސަސް ޢަލީ މޫސާ) ގެ ފަރާތުން އެ
ޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމު ބެލެވުނު ޤަޟިއްޔާއެކެވެ.
މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ވީ.އޭ.އެމް.ކޯ ޕްރައިވެޓް ލިމިޓެޑްއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
ސިވިލް ކޯޓުގެ
1) އިސްތިއުނާފު ކުރެވޭ
ނަންބަރު 2010/Cv
-
C/907 ޤަޟިއްޔާ
ޤަޟިއްޔާގައި، ހ. އާޝިޔާން ގެ މާލެ، ޢަލީ މޫސާ (A065018) ވީ.އޭ.އެމް.ކޯ ޕްރައިވެޓް ލިމިޓެޑުން
(87798-C)6 (ހައެއް) ސިލިންޑަރުގެ ޑޫސަން މެރިން ޑީސަލް އިންޖީން (8100CC) އެއް ގަތުމަށްފަހު، އެ
އިންޖީނުގެ އަގު އަދާކުރުމަށްޓަކައި، ޢަލީ މޫސާ ވީ.އޭ.އެމްކޯ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ
512,000.00ރ. (ފަސްލައްކަ ބާރަހާސް ރުފިޔާ) އަށްވާ 9 (ނުވައެއް) ޑޭޓެޑް ޗެކު ބޭންކަށް ހުށަހެޅުމުން، އެ
ޗެކުތައް ބައުންސްވެފައިވާތީ، އެ ޗެކުތަކަށްވާ ފައިސާ އެއްފަހަރާ ހޯދުމަށް އެދި ޢަލީ މޫސާގެ މައްޗަށް
ވީ.އޭ.އެމް.ކޯ ޕްރައިވެޓް ލިމިޓެޑުން ދަޢުވާކޮށް ހުށަހެޅުމުން ބެލުނު މައްސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ "ދެންފަހެ، އިސްވެދިޔަ ބަޔާންތަކަށާއި، ފާހަގަކުރި ނުކުތާތަކުގެ
މައްޗަށް ބެލުމަށްފަހު، ހ. އާޝިޔާނާ | މާލެ، ޢަލީ މޫސާ (A065018) ވީ.އޭ.އެމް.ކޯ ޕްރައިވެޓް ލިމިޓެޑުން
(87198-C) 06 (ހައެއް) ސިލިންޑަރުގެ ޑޫސަން މެރިން ޑީސަލް އިންޖީން (8100CC) އެއް ގަތުމަށްފަހު، އެ
އިންޖީނުގެ އަގު އަދާކުރުމަށްޓަކައި، ޢަލީ މޫސާ ވީ.އޭ.އެމް.ކޯ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ -!l200
(ފަސްލައްކަ ބާރަހާސް ރުފިޔާ) އަށްވާ 09 (ނުވައެއް) ޑޭޓެޑް ޗެކު ބޭންކަށް ހުށަހެޅުމުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
94
3
215/HC-A/258
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބައުންސްވެފައިވާތީ، އެ ޗެކުތަކަށްވާ ފައިސާއަކީ، ބުނެވިދިޔަ މުޢާމަލާތާ ގުޅިގެން ޢަލީ މޫސާ ވީ.އޭ.އެމް.ކޯ
ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހި ނުދައްކާވާ ފައިސާއެއްކަން، ދެ ފަރާތުގެ ބަހުންނާއި، މި މައްސަލާގައި
ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ބިނާކޮށް މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ސާބިތުވާކަމާއި،
މި ބުނެވިދިޔަ ފައިސާއަކީ، ހ.އާޝިޔާން އަލީ މޫސާ ވީ.އޭ.އެމް.ކޯ ޕްރައިވެޓް ލިމިޓެޑަށް
ދަންކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި، މި ބުނެވިދިޔަ ފައިސާ ވީ.އޭ.އެމް.ކޯ ޕްރައިވެޓް ލިމިޓެޑަށް
ލިބިދިނުމަށްޓަކައި، މިއަދުން ފެށިގެން 03 (ތިނެއް) މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެ މަހަކަށްޖެހޭ
ވަރަށްވުރެ މަދުނޫން ޢަދަދެއް ސިވިލް ކޯޓަށް ދައްކައި
އާޝިޔާނާ | މާލެ، ޢަލީ މޫސާ
(A065018) އަށް އަންގައި، ޙުކުމްކޮށް.." މައްސަލަ ނިންމަވާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
0
2 ތތ
ނިންމުކޮށް
-/
2) ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/907 ޤަޟިއްޔާ، އެ ކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ މޯލްޑިވްސް ދޯނި ސަރވިސަސް (ޢަލީ މޫސާ) ގެ ފަރާތުން އެ
ޤަޟިއްޔާ އިސްތިއުނާފު ކުރަމުން، 03 (ތިނެއް) ނުކުތާއެއް ފާހަގަކޮށް އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ ދަޢުވާ ސާބިތުކުރުމަށްޓަކައި އެ
ފަރާތުން ހުށަހަޅާފައިވާ އިންވޮއިސްއަކީ އިސްތިއުނާފުކުރާ ފަރާތަށް ރައްދުކޮށްފައިވާ އިންވޮއިސްއަކަށްނުވެ، އަދި
ސައްޙަ ހެކިތަކަކުން އެ އިންވޮއިސް ރައްދު ކުރެވުނުކަން ސާބިތުކުރެއްވުމަކާއި ނުލައި، އަދި އެ އިންވޮއިސްއާއެކު
ހުށަހަޅާފައިވާ ޕޭމަންޓް ރިސިޕްޓަކީ އެ ރިސިޕްޓްގައި ފުރިހަމަ ކުރުމަށް އޭގައި ކަނޑައެޅިފައިވާ ބައިތައް
ފުރިހަމަކޮށްފައިނުވާ، ސައްޙަނޫން ރިސިޕްޓެއްކަމަށްވާއިރު، މައްސަލާގައި ބަލައިނުގަނެވޭނެ ހެއްކެއްގެ ހެކިބަހަށް
ރިޢާޔަތްކޮށް އިންވޮއިސްއަކީ ރައްދު ކުރެވިފައިވާ އިންވޮއިސްއެއް ކަމަށާއި، ޕޭމަންޓް ރިސިޕްޓަކީ ފުރިހަމަނުވެ
އޮތްނަމަވެސް ސައްޙަ ރިސިޕްޓެއްކަމަށް ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ވާ
ވެހިރާއްޖެ
4
2{15/HC-A/258
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
. ދެވަނަ ނުކުތާއަކީ، އިސްތިއުނާފު ރައްދުވާ ފަރާތުން އެ ފަރާތުގެ ދަޢުވާ ސާބިތުކުރުމަށްޓަކައި
ހުށަހަޅާފައިވާ ހެކިންނަކީ، ހެކި ބަސްދޭ ގޮތުން އެ ފަރާތްތަކަށް ސީދާ ގޮތެއްގައި މަންފާ ޙާޞިލްވުމުގެ އިޙްތިމާލު
އޮތް ފަރާތްތަކެއްކަމަށްވާއިރު، އެ ހެކީންގެ ހެކިބަހަކީ އިސްތިއުނާފު ރައްދުވާ ފަރާތާއި އެއްކޮޅަށް ބަލައިގަނެވޭނެ
ހެކިތަކެއްކަމަށްނުވާއިރު، އެ ހެކީންގެ ހެކި ބަސް ޝަރީޢަތުން ބަލައިގެންފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
4 22
• ތިންވަނަ ނުކުތާއަކީ، އިސޯތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ދަޢުވާގައި ސިވިލް
ކޯޓަށް ހުށަހަޅާފައިވާ ޗެކްތަކަކީ މި މުޢާމަލާތާއި ގުޅުންހުރި ޗެކްތަކެއްކަމަށް ނުވެ، އެ ޗެކުތަކަކީ ދަރަންޏެއް
ސާބިތުކުރުމަށް ފުދޭ މުސްތަނަދެއްކަމަށް ނުވާއިރު، ޝަރުޢީ ގޮތުން ޤަބޫލުކުރެވޭ ހެކިތަކަކުން ސައްޙަ ގޮތުގައި މި
ޗެކްތައް ސާބިތުކުރެއްވުމަކާއި ނުލައި، ޗެކުގައިވާ ބަޔާންކުރާ ފައިސާއަކީ ދައްކަންޖެހި ނުދެއްކިވާ ފައިސާކަމަށް
ސިވިލް ކޯޓުން ޙުކުމް ކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
3) މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެ ފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/907 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު،
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
23
(ހ) ފުރަތަމަ ކަމަކީ، ވީ.އޭ.އެމް.ކޯ ޕްރައިވެޓް ލިމިޓެޑުން (6 (ހައެއް) ސިލިންޑަރުގެ ޑޫސަން
މެރިން ޑީސަލް އިންޖީން (8100CC} އެއް ހ. އާޝިޔާން : ކ. މާލެ، ޢަލީ މޫސާއަށް ވިއްކާފައިވާކަމަށާއި،
ބުނެވުނު އިންޖީނުގެ އަގު އަދާކުރުމުގެ ގޮތުން ޢަލީ މޫސާގެ ފަރާތުން ވީ.އޭ.އެމް ކޯ ޕްރައިވެޓް ލިމިޓެޑަށް
512,000.00ރ. (ފަސްލައްކަ ބާރަހާސް ރުފިޔާ) އަށްވާ 9 (ނުވައެއް) ޑޭޓެޑް ޗެކު ދޫކޮށްފައިވާކަމަށާއި
ބުނެވުނު ޗެކުތައް ބައުންސްވެފައިވާތީ، އެ ފައިސާ އެކީ އެއްފަހަރާ ހޯދުމަށް އެދި ވީ.އޭ.އެމް.ކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ހައިކޯ
5
2015/HC-A/258
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޓެޑުގެ ފަރާތުން ޢަލީ މޫސާގެ މައްޗަށް އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/907
ޤަޟިއްޔާއިން ދަޢުވާކުރުމުން ބުނެވުނު ދަޢުވާއަށް ޢަލީ މޫސާގެ ފަރާތުން އިންކާރުކޮށްފައިވާކަމާއި،
ވީ.އޭ.އެމް.ކޯ ޕްރައިވެޓް ލިމިޓެޑުން މި ދަޢުވާ ސާބިތުކޮށްދިނުމުގެ ގޮތުން ހެކި ޤަރީނާގެ ގޮތުގައި
ކ. މާލެ ދާޔާ، މުޙައްމަދު މަނިކުއާއި، ކ. މާލެ / މއ. އޮއިސިސްވިލާ، އަޙްމަދު ވަޙީދުއާއި، ކ. މާލެ
މ. މުއްދޫ، މުޙައްމަދު ޒުބައިރުގެ ހެކިބަހާއި، ވީ.އޭ.އެމް.ކޯ ޕްރައިވެޓް ލިމިޓެޑުގެ ކްރެޑިޓް އިންވޮއިސްގެ ކޮޕީއާއި
ޕޭމަންޓް ރިސިޕްޓްގެ ކޮޕީއާއި، މެރިން ކޮމިޝަން ފޯމްގެ ކޮޕީއާއި ޑްސަން އިންފްރަކޯ އިން ކަމާ ބެހޭ ފަރާތްތަކަށް
ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އާއި، އޮފް މޯލްޑިވްސް ޕލކ ގެ 09 (ނުވައެއް) ޗެކުގެ ކޮޕީ
ހުށަހަޅާފައިވާކަން އެނގެންއޮންނަކަމާއި،
ވީ.އޭ.އެމް.ކޯ ޕްރައިވެޓް ލިމިޓެޑުން ޢަލީ މޫސާއަށް ވިއްކިކަމަށް ބުނާ އިންޖީނުގެ އަގަކީ
512,000.00ރ. (ފަސްލައްކަ ބާރަހާސް ރުފިޔާ) ކަމާއި، ޢަލީ މޫސާގެ ފަރާތުން ވީ.އޭ.އެމް.ކޯ ޕްރައިވެޓް
ލިމިޓެޑަށް ދޫކޮށްފައިވާ ޗެކުތަކުގެ ޖުމްލަ އަގަކީވެސް 512,000.00ރ. (ފަސްލައްކަ ބާރަހާސް ރުފިޔާ) ކަން
02c ތ
ބޭންކް
4
04
0x އއ 22
އެނގެންއޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ، ވީ.އޭ.އެމް.ކޯ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ހެކީންގެ ހެކިބަހަށް
ބަލާއިރު، މުޙައްމަދު މަނިކު ދީފައިވާ ހެކިބަހުގައި މުޙައްމަދު މަނިކުއަކީ ވީ.އޭ.އެމް.ކޯ ޕްރައިވެޓް ލިމިޓެޑުގެ ޗީފް
އިންޖިނޭރެއްގެ ވަޒީފާ އަދާކުރަމުންދާ ފަރާތެއްކަމަށާއި، ވީ.އޭ.އެމް.ކޯ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފޮނުވައިގެން
ޢަލީ މޫސާގެ ދޯންޏެއްކަމުގައިވާ ރެޑިއަމް 23 ކިޔާ ދޯންޏެއްގައި 285 ހޯސްޕަވަރުގެ ޑްސަން ޑައިވާ އިންޖީނެއް
ކޮމިޝަންކުރަން ދިޔައިންކަމަށާއި، އެ އިންޖީނު ކޮމިޝަންކުރީ ހަނދާންވާގޮތުން 2009 ވަނަ އަހަރުގެ ޖެނުއަރީ
މަހުގެ ތެރޭގައިކަމަށް ބުނެ މުޙައްމަދު މަނިކު ހެކިބަސްދީފައިވާއިރު،
އަޙުމަދު ވަޙީދު ދީފައިވާ ހެކިބަހުގައި އޭނާއަކީ ވީ.އޭ.އެމް.ކޯ ޕްރައިވެޓް ލިމިޓެޑުގެ އޮޕަރޭޝަން
އެސިސްޓެންޓެއްގެ ވަޒީފާ އަދާކުރަމުންދާ މީހެއްކަމަށާއި، އަދި މިހާރުވެސް މަސައްކަތްކުރަނީ އެ ކުންފުނީގައިކަވަރުގެ އި
ބުނެފައިވާއިރު، މޯލްޑިވްސް ދޯނި ސަރވިސަސްއަށް ޑޮސަން ޑައިވް 85 ހޯސްޕަވަރުގެ އިންޖީނެއް ވީއޭ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
E
6
2/15/HC-A/258
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވިއްކިކަން އެނގޭކަމަށާއި، އެ ކަން އެނގެނީ އެ އިންޖީނު ޑެލިވަރކުރި ފަރާތަކީ
އޭނާކަމަށާއި، އެ އިންޖީނު ޑެލިވަރ ކުރީ 2008 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައިކަމަށް ބުނެ އަޙްމަދު ވަހީދު
ހެކިބަސްދީފައިވާކަމާއި،
މުޙައްމަދު ޒުބައިރުގެ ހެކިބަހުގައި އޭނާއަކީ ވީ.އޭ.އެމް.ކޯ ޕްރައިވެޓް ލިމިޓެޑުގެ
ޑައިރެކްޓަރެއްކަމަށާއި، މިހާރުވެސް މަސައްކަތްކުރަނީ އެ ކުންފުނީގައިކަމަށާއި، މޯލްޑިވްސް ދޯނި ސަރވިސަސްއަށް
2008 ވަނަ އަހަރު ކޫސަންޑައިދޫ 285 ހޯސްޕަވަރުގެ އިންޖީނެއް ވިއްކުންކަމަށާއި، އެ އިންޖީނު ވިއްކި އަގަކީ
512,000.00ރ. (ފަސްލައްކަ ބާރަހާސް ރުފިޔާ) ކަމަށާއި، އިންޖީނުގެ އަގު އަދާކުރުމުގެ ގޮތުން ދޯނި
ސަރވިސަސް އިން ދީފައިވަނީ ޑޭޓެޑް ޗެކްތަކެއްކަމަށާއި، އެ ޗެކްތައްވަނީ ބައުންސްވެފައިކަމަށް ބުނެ މުޙައްމަދު
ޒުބައިރު ހެކިބަސް އަދާކޮށްފައިވާކަން އެނގެންއޮންނަކަމާއި،
ހެކިންގެ ފަރާތުން ދީފައިވާ މި ހެކިބަސްތަކުން ވީ.އޭ.އެމް.ކޯ ޕްރައިވެޓް ލިމިޓެޑުން މޯލްޑިވްސް
ދޯނި ސަރވިސަސްއަށް ޑޫސަން ޑައިވް 285 ހޯސްޕަވަރުގެ އިންޖީނެއް ވިއްކިކަން އެނގެންއޮންނަކަމާއި، ބުނެވުނު
ހެކީންގެ ހެކިބަހަކީ އެ ފަރާތްތަކުގެ މަޞްލަޙަތުވެސް ހިމެނޭ ކަމެއްގައި ދެވޭ ހެކިބަހެއްކަމުން ބުނެވުނު ހެކީންގެ
ހެކިބަހަކީ މި މައްސަލާގައި ބަލައިގަނެވޭނެ ހެކިބަހެއް ނޫންކަމަށް ޢަލީ މޫސާގެ ފަރާތުން ފާހަގަކޮށްފައިވީނަމަވެސް،
އިޝާރާތްކުރެވޭ މި މުޢާމަލާތަކީ ލިޔެކިޔުމުން ވެފައިވާ މުޢާމަލާތަކަށްނުވާއިރު، މި މުޢާމަލާތް ހިނގާދިޔަ ގޮތް
އެންމެ ބޮޑަށް އެނގޭނެ ފަރާތްތަކަކީ އެ މުޢާމަލާތުގައި ޢަމަލީ ގޮތުން ބައިވެރިވެ، އެކަން ދުށް ބުނެވުނު
މުވައްޒަފުންކަން އެނގެންއޮތުމުން، އެ ފަރާތްތަކުގެ ހެކިބަހަށް ކާފީ ބުރަދަން ނުދެވުނު ނަމަވެސް، އެއީ މި
ޙާލަތުގައި ރިޢާޔަތްކުރެވިދާނެ ހަރުދަނާ ޤަރީނާއެއްކަން އެނގެންއޮންނަކަމެވެ.
814/
(ނ) ތިންވަނަ ކަމަކީ، މި މައްސަލާގައި ވީ.އޭ.އެމް.ކޯ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅި
ޗެކުތަކަކީ މޯލްޑިވްސް ދޯނި ސަރވިސަސްގެ ފަރާތުން ވީ.އޭ.އެމް.ކޯ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ
ޗެކުތަކެއްކަމާމެދު މޯލްޑިވްސް ދޯނި ސަރވިސަސްގެ ފަރާތުން އިންކާރުނުކުރާކަމާއި، ކުރިންވެސް ފާހަގަކު
ފަދައިން ބުނެވުނު ޗެކުތަކުގައިވާ ޖުމްލަ ފައިސާއަކީ ވީ.އޭ.އެމް.ކޯ ޕްރައިވެޓް ލިމިޓެޑުން މޯލްޑިވެސް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
7
2015/HC-A/258
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ސަރވިސަސްއަށް ވިއްކިކަމަށް ބުނާ ޑޫސަން ޑައިވާ 285 ހޯސްޕަވަރުގެ އިންޖީނުގެ އަގުކަމަށްވާ
512,000.00ރ. (ފަސްލައްކަ ބާރަހާސް ރުފިޔާ) ކަމާއި،
އިޝާރާތްކުރެވޭ އެ ޗެކުތަކަކީ، މޯލްޑިވްސް ދޯނި ސަރވިސަސްގެ ފަރާތުން ދޫކޮށްފައިވާ
ޗެކުތަކެއްކަން އެ ފަރާތުގެ އިޢުތިރާފުން އެނގެންއޮންނަކަމާއި، އެހެންނަމަވެސް، އެ ޗެކުތަކަކީ ޢަލީ މޫސާ ބޭސް
ފަރުވާއަކަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ކުރިން، ރާއްޖެއިން ބޭރުގައި ހުންނައިރު ފައިސާ
ބެނުންވެއްޖެކަމަށްވާނަމަ، ވީ.އޭ.އެމް.ކޯ ޕްރައިވެޓް ލިމިޓެޑުން ފައިސާ ނަގާއިރު، ގެރެންޓީއެއްގެ ގޮތުގައި ދެވުނު
ޗެކްތަކެއްކަމަށާއި، ވީ.އޭ.އެމް.ކޯ ޕްރައިވެޓް ލިމިޓެޑުން ޢަލީ މޫސާ އެއްވެސް ފައިސާއެއް ނަގާފައިނުވުމާއެކު،
ބުނެވުނު އެއްވެސް ޗެކެއްގެ ފައިސާއަކީ ޢަލީ މޫސާގެ ފަރާތުން ވީ.އޭ.އެމް.ކޯ ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ
ފައިސާއެއްނޫންކަމަށް މޯލްޑިވްސް ދޯނި ސަރވިސަސްގެ ފަރާތުން ބުނެފައިވީނަމަވެސް، ވީ.އޭ.އެމް.ކޯ ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން މޯލްޑިވްސް ދޯނި ސަރވިސަސްގެ އުޅަނދެއްކަމުގައިވާ ރެޑިއަމް 23 ގައި ޑޫސަން ޑައިވާ
285 ހޯސްޕަވަރުގެ އިންޖީނެއް ކޮމިޝަންކުރިކަމާމެދު މޯލްޑިވްސް ދޯނި ސަރވިސަސްގެ ފަރާތުން
20
0x2
0
2 / ހދ
އިންކާރުކޮށްފައިނުވާކަމާއި،
އެނގެންއޮތުމާ
،
މި ދަޢުވާ ސާބިތުކުރުމުގެ ގޮތުން ވީ.އޭ.އެމް.ކޯ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅި ހެކި
ޤާރީނާއަށް ޖުމްލަގޮތެއްގައި ބަލާއިރު، ވީ.އޭ.އެމް.ކޯ ޕްރައިވެޓް ލިމިޓެޑުން މޯލްޑިވްސް ދޯނި ސަރވިސަސްއަށް
ޑޫސަން ޑައިވާ 285 ހޯސްޕަވަރުގެ އިންޖީނެއް ވިއްކާފައިވާކަމަށް މި މައްސަލާގައި ހުށަހެޅުނު ހެކިންގެ ހެކިބަހުން
ބުނެވުނު އިންޖީނުގެ އަގަކީ 512,000.00ރ. (ފަސްލައްކަ ބާރަހާސް ރުފިޔާ) ކަން
ވީ.އޭ.އެމް.ކޯ ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު 08073-VCO (17 ޖުލައި 2008) އިންވޮއިސްއިން
އެނގެންއޮތުމާއި، ބުނެވުނު އިންވޮއިސްގައިވާ ފައިސާގެ ޖުމްލަ ޢަދަދު ލިބިފައިވާކަމަށް ވީ.އޭ.އެމް.ކޯ ޕްރައިވެޓް
ލިމިޓެޑްގެ ޕޭމަންޓް ރިސިޕްޓް (28 އޯގަސްޓް 2008) ން އެނގެންއޮތުމާއި، ބުނެވުނު ރިސިޕްޓްގައި ފައިސާ
ލިބިފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ 09 (ނުވައެއް) ޗެކެއް މެދުވެރިކޮށްކަމަށް އެ ރިސިޕްޓްގައި
ބަޔާންކޮށްފައިވާއިރު، ބުނެވުނު ޗެކުތަކަކީ މޯލްޑިވްސް ދޯނި ސަރވިސަސްގެ ފަރާތުން ވީ.އޭ.އެމް ކޯ ޕްރައިވެޓް
ލިމިޓެޑަށް ދޫކޮށްފައިވާ ޗެކުތަކެއްކަމަށް މޯލްޑިވްސް ދޯނީ ސަރވިސަސްގެ އިޢުތިރާފުން އެނގެންއޮންނަކަމް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
4 22
ދިވެހިންގެ
8
2015/HC-A/258
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބުރަ
probandi)
ފަރާތުގެ
[/
ދަފްއެއް"
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02:SC
-
A;2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓުގެ ފާހަގަކުރެއްވުނު ނުކުތާތަކުގެ (ނ) ގައި "..ޢާންމު އުޞޫލެއްގެ ގޮތުގައި މަދަނީ
ޚުޞޫމަތްތަކުގައި ޘާބިތުކުރުމުގެ
onus) އުފުލުމަކީ ދަޢުވާކުރާ
މަސްއޫލިއްޔަތެއްކަމާއި، މި މާނާގައި ދަޢުވާކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓަށް އުފުލާ ފަރާތް ނޫންކަމާއި، އޭގެ
އިތުރުން ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ ޘާބިތުކުރުމަކީ އެފަރާތުގެ
މަސްއޫލިއްޔަތެއްކަމާއި، އެހެންކަމުން ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ "ދަފްޢު" (plea)
ޘާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ
ފަރާތް..." ކަމަށް
ކަނޑައަޅުއްވާފައިވާކަމާއި،
ވީ.އޭ.އެމް.ކޯ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށާއި ހެކީންގެ ހެކިބަހާއި
ގުޅުވާލުމުން، ވީ.އޭ.އެމް.ކޯ ޕްރައިވެޓް ލިމިޓެޑުން މޯލްޑިވްސް ދޯނި ސަރވިސަސްއަށް ޑޮސަން ޑައިގޫ 285
ހޯސްޕަވަރުގެ އިންޖީނެއް ވިއްކާފައިވާކަން މަދަނީ މިންގަޑުން ސާބިތުވާކަމާއި، ވީ.އޭ.އެމް.ކޯ ޕްރައިވެޓް ލިމިޓެޑަށް
މޯލްޑިވްސް ދޯނި ސަރވިސަސްގެ ފަރާތުން ދޫކޮށްފައިވާ އެ ޗެކުތަކަކީ ބުނެވުނު އިންޖީނުގެ އަގު އަދާކުރުމުގެ
ގޮތުން ނޫން އެހެންގޮތަކުން ދޫކޮށްފައިވާ ޗެކުތަކެއްކަމަށް ބުނާނަމަ އެ ކަމެއް ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ
މޯލްޑިވްސް ދޯނި ސަރވިސަސްއަށް ކަމާއި،
އެހެންނަމަވެސް، މޯލްޑިވްސް ދޯނި ސަރވިސަސްގެ ފަރާތުން އެ
ޗެކުތަކަކީ ޢަލީ މޫސާގެ ފަރާތުން ފައިސާ ބޭނުންވެއްޖެ ހިނދެއްގައި ފައިސާ ނަގާއިރު ގެރެންޓީއެއްގެ ގޮތުން
ދެވުނު ޗެކުތަކެއްކަމަށް ބުނުން ފިޔަވައި އެކަން ސާބިތުކުރުމުގެ ގޮތުން އެއްވެސް ހެއްކެއް
އަދި ޤަރީނާއެއްވެސް
ދަށު ކޯޓަށް ހުށަހަޅާފައިނުވާކަން ފާހަގަކުރެވޭކަމާއި،
އެހެންކަމުން، އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/907 ޤަޟިއްޔާގައި
އެ ޗެކުތަކަށްވާ ފައިސާއަކީ ޢަލީ މޫސާގެ ފަރާތުން ވީ.އޭ.އެމް.ކޯ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަން
ދެފަރާތުގެ ބަހުންނާއި މައްސަލާގައި ހުށަހެޅުނު ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ
ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް މި މައްސަލަ ބެލި އެއްވެސް ފަނޑިޔާރަކަށް ނުފެނުނުކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
9
2{015/HC-A/258
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަކަންކަން އެ ގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު
2010/Cv
-
C/907 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މޯލްޑިވްސް ދޯނި ސަރވިސަސް (ކ. މާލެ | ހ
އާޝިއާނާ، ޢަލީ މޫސާ) ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގެ ޙުކުމަށް
ބަދަލު ގެންނަންޖެހޭ ހަމައެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
OX O2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv