ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/38 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/38
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
.
:
ޤަޟިއްޔާ ނަންބަރު: 38/HC
-
A/2017
އިސްތިއުނާފުކުރި ފަރާތް:
ނަން: އަންޖަލީން މޭރީ ނާޒިއު
* ޕާސްޕޯޓް ނަންބަރު: PP461494185
އެޑްރެސް: 14 ވެސްޓް އެވެނިއު، ޑެމެންޓްރީ، ނޯވެމްޓަން، އިންގްލޭންޑް
މިހާރުގެ އެޑްރެސް: 14 ވެސްޓް އެވެނިއު، ޑެމެންޓްރީ، ނޯވެމްޓަން، އިންގްލޭންޑް
* ބަދަލުގައި: މުޙައްމަދު ސަމާޙް (އައިޑީ ކާޑު ނަންބަރު A250456)
އިސްތިއުނާފް ރައްދުވި ފަރާތް:
ނަން: ސަންލޭންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑް * ދާއިމީ އެޑްރެސް: 01-04، އެސްޓީއޯ ޓްރޭޑް ސެންޓަރ
މިހާރުގެ އެޑްރެސް: 0401، އެސްޓީއޯ ޓްރޭޑް ސެންޓަރ، މާލެ 2 ރަޖިސްޓްރީ ނަންބަރު: C9
/
85
• ހުށަހެޅުނު ތާރީޚް: 19 ޑިސެންބަރު 2016
ނިމުނު ތާރީޚް: 12 ޖޫން 2017
0
.
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2017/VTR/101
ނިންމެވިތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ހުށަހެޅުނުތާރީޚް: 29-05-2012
ނިމުނު ތާރީޚް: 10-04-2014
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހި
އްޖޭގެ
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2017/HC-A/38
6
ޒ 2
2x
3
4
އއގތންފަ
ކަމަށްބުނެ،
ދަޢުވާގެ ޚުލާޞާ:
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/101 މައްސަލަ އެޓްރައިބިއުނަލުން
ނިންމާފައިވާގޮތް ޝަރުޢީ ޤާނޫނީ ހަމަތަކާ
އެ ނިންމުން އިސްތިއުނާފު
ކޮށްދިނުމަށްއެދި އިންގްލޭންޑްގެ ރައްޔިތެއްކަމުގައިވާ އަންޖަލީން މޭރީ ނާޒިއުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ، ސަންލޭންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑް
(ރަޖިސްޓްރީ ނަންބަރު C9
/
85) އެވެ.
8 0 4 6 8
44
ކުރެވުނު ނުކުތާތައް:
01- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/101 މައްސަލަ އަކީ، އަންޖަލީން
މޭރީ ނާޒިއު (PP461494185) 14 ވެސްޓަން އެވެނިއު، ޑެމެންޓްރީ، ނޯޓެމްޓަން، އިންގްލޭންޑް ،
ސަންލޭންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑްގައި، ވަޒީފާ އަދާކުރަމުން އަންނަނިކޮށް، ކުންފުންޏަށް
ކުރިމަތިވެފައިވާ މާލީ އަދި އިޤްތިޞާދީ މައްސަލަތަކާ ހުރެ ކުންފުނީގެ އޮޕަރޭޝަންތަކާއި ވިޔަފާރި ކުރަމުން
އައިގޮތް ރީސްޓްރަކްޗަރ ކުރަނީ ކަމަށް ބުނެ އެކަށީގެންވާ ހަމައެއް ނެތި ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް
ވަޒީފާއިން ވަކިކޮށްފައިވާތީ އާއި، ވަޒީފާއިން ވަކިކުރުމުގެ ކުރިންވެސް މުސާރައާއި އެލަވަންސްއި ބޯނަސް އަދި
ސާރވިސް ޗާރޖްގެ ގޮތުގައި ލިބެންޖެހޭ ބައެއް ފައިސާ ދީފައިނުވާތީ، މައްސަލަ ނިމޭ ތާރީޚާ ހަމައަށް
ލިބެންޖެހޭ މުސާރައާއި އެލަވަންސާއި ބޯނަސް އާއި ސާރވިސް ޗާރޖް އަދި މިނޫންވެސް ލިބެންޖެހޭ އެންމެހައި
ފައިސާއަކާއި، ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބިފައިވާ ހާސްކަމާއި ހިތްދަތިކަމާއި
ނުތަނަވަސްކަމާއި ނިކަމެތި ކަމަށް ބަދަލެއް ކަނޑައަޅުއްވައި ދެއްވުން އެދި 29 މެއި 2012 ގައި ސަންލޭންޑް
ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ރައްދުވާގޮތަށް ވަޒީފާއާބެހޭ އެޓްރައިބިއުނަލަށް ހުށަހަޅާފައިވާ
މައްސަލައެއްކަމާއިގެ
އެމައްސަލަ ބައްލަވައި ނިންމާފައިވާ ނިންމުމުގައި ”ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތާއި،
މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށާއި، ފާހަގަކުރި ކަންކަމުގެ މައްޗަށް ރިޢާޔަތްކުރާއިރު،
މައްސަލަ ހުށަހެޅި އަންޖަލީން މޭރީ ނާޒިއު 14 ވެސްޓް އެވެނިއު، ޑެވެންޓްރީ، އިންގްލޭންޑް،
1 2 3.
4 2 2 4 88
مردم معمو، پسر
R
އިސްދޫ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/38
ސަންލޭންޑް ޓްރެވަލްސް
މިސް ޕްރައިވެޓް ލިމިޓެޑްގެ ސޭލްސް މެނޭޖަރެއްގެ ވަޒީފާއިން 1 މާރޗް 2012 ގައި
ވަކިކޮށްފައިވަނީ، އެކަށީގެންވާ ހަމައެއްނެތި ޤާނޫނާ ޚިލާފަށް ކަމަށް ބުނެ، އަނބުރާ އެ ވަޒީފާ ނުވަތަ
އެފެންވަރުގެ އެހެން ވަޒީފާއެއް ހަމަޖައްސާދިނުމަށާއި ވަޒީފާ ހަމަޖެހޭ ދުވަހަކާ ހަމަޔަށް މުސާރައާއި
އެލަވަންސްތައް ނަގައިދިނުމުގެ އިތުރުން ވަޒީފާއަދާކުރި މުއްދަތުގައި ނުލިބިވާ ފައިސާ ނަގައިދިނުމަށް އަމުރެއް
ނެރެދިނުމަށް އެދިފައިވާހިނދު، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނި މައްސަލަ ރައްދުވާ
ފަރާތުން ބުނާފަދައިން ކުންފުނި ރީސްޓްރަކްޗަރ ކުރުމުގެ ތެރެއިން ރިޑަންޑަންސީގެ ޙާލަތެއް މެދުވެރިވެގެން
ކަމަށް ބުރަވެވޭތީއާއި ރިޑަންޑަންސީއަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ އެކަށީގެން ސަބަބެއްކަމުން
މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް
ބެލިނަމަވެސް، އޭނާ ވަޒީފާއިން ދޫކޮށްލުމުގެ ކުރިން ޢަމަލުކޮށްފައިވާގޮތަށް ބަލާއިރު ވަޒީފާއިން ވަކިކުރުމުގެ
ކުރިން ފުރިހަމަ ކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ފުރިހަމަކޮށްފައިނުވާކަން އެނގެން އޮތްހިނދު،
ރިޑަންޑަންސީގެ ސަބަބުން މުވައްޒަފަކު ވަޒީފާއިން ދޫކޮށްލުމުގައި މައުޟޫޢީ ޢަދުލުވެރިކަން ފުރިހަމަވެ،
އިޖުރާއީ ޢަދުލުވެރިކަން ފުރިހަމަނުވެ އޮތްއޮތުމަކީ ހަމައެކަނި އެ ސަބަބަށްޓަކައި އެ މުވައްޒަފަށް އަލުން
އަނބުރާ ވަޒީފާ ދިނުމަށް ވަޒީފާދޭ ފަރާތަށް އެންގިދާނޭ ހުއްޖަތެއް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން
މިހާތަނަށް ނިންމަވާފައިވާ މިބާވަތުގެ މައްސަލަތަކުގައި ކަނޑައަޅުއްވާފައި އޮންނާތީ، މިމައްސަލައިގައި
މައްސަލަ ހުށަހެޅި ފަރާތަށް އަނބުރާ ވަޒީފާ ދިނުމަށް އަންގާނެ ޖާގައެއް ނެތްކަމަށް ކަނޑައަޅައި،
ރިޑަންޑަންސީގެ ޙާލަތުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން އިޖުރާއީ ޢަދުލުވެރިކަން ފުރިހަމައަށް
ޤާއިމުކޮށްފައިނުވާނަމަ، އެ މުވައްޒަފަކަށް މާލީ ބަދަލެއް ނަގައިދެވިދާނެކަމާއި، އެ މާލީ ބަދަލު ނަގައިދިނުމުގައި
ރިޢާޔަތް ކުރަންޖެހޭ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިހާތަނަށް ނިންމަވާފައިވާ މިބާވަތުގެ މައްސަލަތަކުގައި
ބަޔާންކުރައްވާފައިވާ ކަންކަމަށް ނަޒަރުކޮށް، ވަޒީފާއާބެހޭ ޤާނޫނުގެ 85 ވަނަ މާއްދާގެ (ށ) ގެ ދަށުން މާލީ
ބަދަލުގެ ގޮތުގައި -/3,500 (ތިންހާސް ފަސްސަތޭކަ) އެމެރިކާ ޑޮލަރާއި މުވައްޒަފުގެ ހުއްދައެއްނެތި ލިބޭ
މުސާރައިން އެއްވެސް މިންވަރެއް އުނިކުރުން ވަޒީފާއާބެހޭ ޤާނޫނުގެ 54 ވަނަ މާއްދާ މަނާކުރާކަމުން
ފެބުރުއަރީ މަހުގެ މުސާރައިން އުނިކޮށްފައިވާ -/3,500 (ތިންހާސް ފަސްސަތޭ) އެމެރިކާ ޑޮލަރާއި -/2,000
(ދެހާސް) ރުފިޔާއާއި މައްސަލަ ހުށަހެޅިފަރާތް ވަޒީފާއިން ދޫކޮށްލާފައިވަނީ ރިޑަންޑަންސީ ޙާލަތުގައި
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/38
ކަމުގައިވެފައި ރިޑަންޑަންޓް ކުރެވޭކަން މައްސަލަ ހުށަހެޅި ފަރާތަށް އަންގާފައި ނުވާކަމުން ނޯޓިސްގެ މުއްދަތަށް
ލިބެންޖެހޭ އެލަވަންސްކަމަށް މައްސަލަ ހުށަހެޅި ފަރާތުން ބުނާ -/10,400 (ދިހަހާސް ހަތަރުސަތޭކަ) ރުފިޔާ،
އެކު ޖުމްލަ -/7,000 (ހަތްހާސް) އެމެރިކާ ޑޮލަރާއި -/12,400 (ބާރަހާސް ހަތަރުސަތޭކަ) ރުފިޔާ މައްސަލަ
ހުށަހެޅި ފަރާތަށް ނަގައިދިނުމަށް މައްސަލަ ބެލި މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅާ، އެފައިސާ 10 އެޕްރީލް
2014 އިން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި މައްސަލަ ހުށަހެޅި އަންޖަލީން މޭރީ ނާޒިއުއަށް އެކީ
އެއްފަރަހާ ދިނުމަށްފަހު އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ލިޔުމުން އެންގުމަށް މައްސަލަ ރައްދުވި
ސަންލޭންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑް (ކުންފުނީގެ ރެޖިސްޓްރީ ނަންބަރ C9
/
85) އަށް އަންގާ
މިފަދައިން ބަޔާންކުރައްވާފައިވާކަން އެމައްސަލައިގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓުން އެގެން
.2973ވ
އަމުރުކުރުމެވެ
CCCX
02- އިސްވެ
ބަޔާންކުރެވުނު ގޮތުގެމަތީން
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2012/VTR/101 މައްސަލަ ނިންމެވުމުން، އެ މައްސަލަ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ
އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އަންޖަލީން މޭރީ ނާޒިއުގެ ފަރާތުން އިސްތިއުނާފު ކުރުމަށް 04 (ހަތަރެއް)
ނުކުތާ ފާހަގަކޮށް އެނުކުތާތަކާ މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
އެއިގެ ތެރެއިން:
. ފުރަތަމަ ނުކުތާއަކީ: އަންޖަލީން މޭރީ ނާޒިއު ވަޒީފާއިން ވަކިކޮށްފައިވަނީ ސަންލޭންޑް ކުންފުނި
ރިސްޓްރަކްޗަރ ކުރުމުގެ ގޮތުން ރިޑަންޑަންޓް ވެގެންކަމަށް ބަޔާންކޮށްފައި ވީނަމަވެސް، ރިޑަންޑަންސީގެ
ޙާލަތުގައި މުވައްޒަފުން ވަކިކުރާނެ އެއްވެސް އުޞޫލެއް ނެތި އަންޖަލީން މޭރީ ނާޒިއު ވަޒީފާއިން
ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގެ ދަށުން އެއްވެސް ސަބަބެއް ނެތި ވަޒީފާއާބެހޭ
ޤާނޫނުގެ 21 ވަނަ މާއްދާއާ ޚިލާފަށްކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުންވެސް އެކަމަށް
ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިނުވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: ސަންލޭންޑް ކުންފުނި ރީސްޓްރަކްޗަރކޮށް، ރިޑަންޑަންސީގެ ދަށުން މުވައްޒަފުން
ވަކިކުރެވޭނެކަން ކުރިން އެންގުމަކާނުލައި އަންޖަލީން ވަޒީފާއިން ވަކިކޮށްފައިވާކަން ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ހުށަހެޅުނު ލިޔެކިޔުންތަކުން ހާމަވާއިރު، އަދި ރިޑަންޑަންސީ ޙާލަތު އުފެދިފައި ނުވާކަން
0
RE
، ހައި
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/38
ހުށަހެޅުނު ލިޔެކިޔުންތަކުން ހާމަވެގެންދިޔައިރު، އަންޖަލީން މޭރީ ނާޒިއު ވަޒީފާއިން ވަކިކޮށްފައިވަނީ
ރިޑަންޑަންސީގެ ޙާލަތުގައިކަމަށް ބެލެވޭކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ
ހައިކޯޓުން މިބާވަތުގެ މައްސަލަތަކުގައި މީގެ ކުރިން ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ
ފާހަގަކުރި ނުކުތާއެވެ.
. ތިންވަނަ ނުކުތާއަކީ: ސަންލޭންޑް ކުންފުނީގެ ސޭލްސް މެނޭޖަރުގެ ވަޒީފާއިން އަންޖަލީން
ވަކިކޮށްފައިވަނީ ކުންފުންޏަށް ދިމާވެފައިވާ މާލީ ދަތިތަކާހުރެ ކުންފުނި ރީސްޓްރަކްޗަރ ކުރުމުގެ ގޮތުން
އެމަޤާމު ރިޑަންޑަންޓްވެގެން ކަމަށް ކުންފުނިން ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ބުނެފައިވީނަމަވެސް،
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު ލިޔެކިޔުންތަކުން ކުންފުނި ފުޅާކޮށްފައިވާކަމާއި، ސޭލްސް މެނޭޖަރުގެ
ވަޒީފާ އުވިފައި ނުވާއިރުގައިވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެކަމަށް ރިޢާޔަތްކޮށްފައި ނުވާ ކަމަށް ބުނެ
ފާހަގަކުރި ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ: ރިޑަންޑަންސީގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި
ޢަމަލުކުރަންޖެހޭނެކަމަށް މިހާތަނަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅުއްވާފައިވާ މައުޟޫޢީ ޢަދުލުވެރިކަމާއި،
އިޖުރާޢީ ޢަދުލުވެރިކަން ޤާއިމުނުކޮށް އަންޖަލީން މޭރީ ނާޒިއު ވަޒީފާއިން ވަކިކޮށްފައިވާއިރު އެކަމަށް
ޓްރައިބިއުނަލުން އެކަށިގެންވާ ވަރުގެ ބުރަދަނެއް ދީފައިނުވާ ކަމަށްބުނެ ފާހަގަކޮށްފައިވާ
0
3 ނތއ.
03- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/101 މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފުކުރުމަށް އަންޖަލީން މޭރީ ނާޒިއުގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ސަންލޭންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް
ޝަރުޢީ ޤާނޫނީ ނަޒަރަކުން ބެލިހިނދު، މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް އަންނަނިވި
ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު،
މައްސަލަ އިސްތިއުނާފުކޮށްފައިވާ އަންޖަލީން މޭރީ ނާޒިއު 2001 ޖޫން 01 އިން ފެށިގެން ސަންލޭންޑް
RE
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/38
8
ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑްގައި އޭނާ އަދާކުރަމުން ގެންދިޔަ ސޭލްސް މެނޭޖަރގެ ވަޒީފާއިން، 2012
މާރޗް 01 ގައި ވަކިކޮށްފައިވަނީ، އިޤްތިޞާދީ ގޮތުން އަންނަ ގޮންޖެހުންތަކާއެކުގައި ކުންފުނި މިހާރަށްވުރެ
ކުރިއަށް ގެންދިއުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ކުންފުނީގެ މުވައްޒަފުންގެ އޮނިގަނޑު
އިޞްލާޙްކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ބައެއް ވަޒީފާތައް އުނިކުރުމަށް ނުވަތަ ރިޑަންޑަންޓް
ކުރުމަށް ކުންފުނިން ނިންމުމާގުޅިގެން ރިޑަންޑަންސީގެ ޙާލަތެއް މެދުވެރިވެގެން ޤާނޫނު ނަންބަރު 2/2008
(ވަޒީފާއާބެހޭ ޤާނޫނު) ގެ 25 ވަނަ މާއްދާގެ ދަށުން އަންޖަލީން މޭރީ ނާޒިއުއަށް ދޭންޖެހޭ މުސާރައާ
އިނާޔަތްތައް ދިނުމަށްފަހު ކަމަށް ސަންލޭންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނާކަން
މިމައްސަލައާ ގުޅިގެން އެކުންފުނީގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮވެއެވެ.
CCX
Pތ ދ ه4
کرام کے
(ހ) އަންޖަލީން މޭރީ ނާޒިއު ސަންލޭންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން
ވަކިކޮށްފައިވަނީ، އެކުންފުނީގެ ސްޓްރަކްޗަރަށް ގެނެވުނު ބަދަލަކާ ގުޅިގެން އަންޖަލީން މޭރީ ނާޒިއުގެ ވަޒީފާ
ރިޑަންޑަންޓް ވެފައިވާތީކަމަށް ސަންލޭންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވާއިރު؟
ރިޑަންޑަންސީއަކީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ
"އެކަށީގެންވާ" ސަބަބެއްތޯ ބަލާއިރު، ވިޔަފާރީގެ ނަފާ ހޯދުމުގެ ގޮތުން ހިންގާ ކުންފުނިތަކުގައި، އެކުންފުނިތައް
ހަރުދަނާކޮށް، ނަފާ އިތުރުވާނޭ
އިތުރުވާނޭ ގޮތެއްގެ މަތިން ހިންގުމަށްޓަކައި ނުވަތަ ކުންފުނި ރީސްޓްރަކްޗަރ ކުރުން ފަދަ
ކަމަކަށްޓަކައި މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް އެކުންފުންޏަކުން
ފަދަހާލަތެއް
(ރިޑަންޑަންސީގެ ޙާލަތު) މެދުވެރިވެދާނެ ކަމަށް ޤަބޫލުކުރަން ޖެހޭކަމާއި؛
މިފަދަ ޙާލަތެއްގައި މުވައްޒަފުން މަދުކުރެވެން ނޯންނަމަ އެކަމަކީ އެފަދަ ކުންފުނިތަކުގެ
ވިޔަފާރިއަށް ހުރަސްތަކެއް މެދުވެރިވެ، ކުންފުނީގެ ވިޔަފާރިއަށް ހީނަރުކަމެއް އަތުވެދާނެފަދަ ސަބަބެއްކަމުގައި
ޤަބޫލުކުރަން ޖެހޭކަމާއި، ވަޒީފާއާބެހޭ ޤާނޫނުގައިވެސް އަދި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދެއްގައިވެސް
"ރިޑަންޑަންސީ" އާ ގުޅޭ ގޮތުން އެއްވެސް އުޞޫލެއް ޤާއިމުކޮށްފައި ނުވިނަމަވެސް، އަދި "ރިޑަންޑަންސީ" ގެ
ޙާލަތަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން އެކަށީގެންވާ ސަބަބެއްކަމުގައި ބަޔާންކޮށްފައި ނެތްނަމަވެސް،
ވިޔަފާރީގެ ނަފާ ހޯދުމަށް ހިންގޭ ކުންފުނިތައް ރީސްޓްރަކްޗަރ ކުރުމަށް ނުވަތަ ކުންފުނީގެ މާލީ ޙާލަތު
44
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2017/HC-A/38
24
ދަށްވުންފަދަ
ކަމެއް މެދުވެރިވެގެން ކުންފުނީގެ މުވައްޒަފަކު ދޫކޮށްލަންޖެހިއްޖެނަމަ ނުވަތަ
މަދުކުރަންޖެހިއްޖެނަމަ، އެފަދަ ޙާލަތުގައި މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރާ
ވަކިކުރުމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށްއޮތް އެކަށީގެންވާ ސަބަބެއް ކަމުގައި ބެލެވިދާނެކަމާއި،
ނަމަވެސް ސަބަބަށްޓަކައި މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ކުރުމުގައި ޙަޤީޤަތުގައިވެސް އެފަދަ
ޙާލަތެއް މެދުވެރިވެފައިވޭތޯއާއި، އެކަން ކޮށްފައިވަނީ ހެޔޮނިޔަތުގައި ތޯއާއި، އެއީ ވަކި މުވައްޒަފަކު ނުވަތަ
މުވައްޒަފުންތަކެއް ކަނޑައެޅިގެން ބޭއިންސާފުން ވަޒީފާއިން ވަކިކުރުމަށްޓަކައި ކޮށްފައިވާކަމެއްތޯ ނުވަތަ
ނޫންތޯއާއި، ވަޒީފާއިން ވަކިކުރާނެ މުވައްޒަފުން ކަނޑައެޅުނުގޮތަކާއި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް
ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި (substantive fairness) އިޖްރާއީ ޢަދުލުވެރިކަން
(procedural fairness) ޤާއިމުކޮށްފައިވޭތޯ ބަލާ އެކަންކަން ކަށަވަރުވާން ޖެހޭނެކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 89/HC
-
A/2011 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމާއި؛
ވިޔަފާރިއަށް ނުވަތަ އިޤްތިޞާދަށް ކުރިމަތިވާ ޚާއްޞަ ޙާލަތްތަކުގައި، ކުންފުނިތަކުން މުވައްޒަފުން
މަދުކުރުމުގެ ބޭނުމުގައި ނުވަތަ ކުންފުންޏަށް ނަފާ އިތުރުވާނެގޮތެއް ހޯދުމަށްޓަކައި ކުންފުނި ރީސްޓްރަކްޗަރ
ކުރާ ކުރުމުގައި، ރިޑަންޑަންޓްވާ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ކުރިން، އެމުވައްޒަފަކު ވަޒީފާއިން
ވަކިކުރާކުރުން ޢަދުލުވެރިކުރުވުމަށްޓަކައި ނުވަތަ ވަޒީފާދޭ ފަރާތުން ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި
(substantive fairness) އިޖްރާއީ ޢަދުލުވެރިކަން (procedaral fairness) ޤާއިމުކުރުމަށްޓަކައި
އެކުންފުންޏަކުން ޢަމަލުކުރަންޖެހޭ ގޮތްތަކެއް ނުވަތަ އަޅަންޖެހޭ ފިޔަވަޅުތަކެއް، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ
އަދި ނިއުޒީލޭންޑް ފަދަ ހުޅުވިގެންވާ ދީމިޤްރާޠީ މުޖުތަމަޢުތަކުން ޢަމަލުކުރަމުންދާ ޤާނޫނުތަކާއި،
އިންޓަނޭޝަނަލް ލޭބަރ އޮގަނިޒޭޝަން (އައި.އެމް.އޯ.) ގެ ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ކޮންވެންޝަން
1982 (ނަންބަރު 158) އާއި ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ރެކޮމެންޑޭޝަން 1982 (ނަންބަރު
166) ފަދަ ކަމާގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ކަނޑައެޅި ބަޔާންކޮށްފައިވާކަމާއި، މިއުޞޫލަކީ،
ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ މުވައްޒަފުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށްޓަކައި ހެދިފައިވާ ޤާނޫނު ނަންބަރު
2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް ބަލާއިރު، އެޤާނޫނުގައިވެސް އެކުލެވިފައިވާ އުޞޫލެއްކަމާއި،
4 22
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/38
އެހންކުه
2
4
2 ހ2 8
ކަމުން، އެ ޤާނޫނު ހިންގޭނެ ދާއިރާގެ ތެރޭގައި ހިމެނޭ މުވައްޒަފަކުވެސް ވަޒީފާއިން
ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ
ޢަދުލުވެރިކަން ޤާއިމުކުރުމަށް ފަހުގައިކަން އެނގޭކަމާއި؛
މައުޟޫޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި ނުވަތަ
އެކަށީގެންވާ ސަބަބެއްކަމަށް ވުންކަމަށާއި، އިޖްރާއީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި،
އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖްރާޢާތަކީ ޢަދުލުވެރި އިޖްރާތްތަކަށް
ވުންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 134/HC
-
A/2011 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން
އެނގެން އޮންނަކަމާއި؛
އިސްވެ ބަޔާންކޮށްފައިވާފަދަ ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމަޢުތަކުން ޢަމަލުކުރަމުންދާ
ޤާނޫނުތަކާއި، ކަމާގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ކަނޑައެޅި ބަޔާންކޮށްފައިވާ އުޞޫލުތަކުގެ އަލީގައި،
ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ވަޒީފާއާބެހޭ ޤާނޫނަށް ނަޒަރުކުރާއިރު، ޢާންމު އުޞޫލެއްގެ ގޮތުން،
ރިޑަންޑަންޓްވެގެން މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން
ޤާއިމުކުރެވިފައިވާކަމަށް ބެލެވޭނީ، ކުންފުނި ރީސްޓްރަކްޗަރކޮށް މުވައްޒަފުން ރިޑަންޑަންޓްކުރުމަށް ނިންމި
ނިންމުމަކީ ޙަޤީޤަތުގައިވެސް ކުންފުންޏަށް ކުރިމަތިވެފައިވާ އިޤްތިޞާދީ economic) ސަބަބުތަކަށްޓަކައި،
ކުންފުނިން ހެޔޮނިޔަތުގައި ނިންމާފައިވާ ނިންމުމެއްކަމަށް ވާނަމަކަމާއިގެ
ރިޑަންޑަންސީގެ ޙާލަތުގައި މުވައްޒަފަކު ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން
ޤާއިމުކުރެވިފައިވާކަމަށް، ޢާންމު ޙާލަތްތަކުގައި ކަނޑައެޅޭނީ، ކުންފުންޏަށް ދިމާވެފައިވާ އިޤްތިޞާދީ ޙާލަތުގެ
ސަބަބުން، ކުންފުނީގެ ވަޒީފާގައި ތިބި މުވައްޒަފުންތަކެއް ރިޑަންޑަންޓްކޮށް ވަޒީފާއިން ވަކިކުރަންޖެހިފައިވާކަން،
ކުންފުނީގެ މުވައްޒަފުންނަށް ކުރިއާލައި އަންގާފައިވުމާއި، ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ބަޔަކު
ރިޑަންޑަންޓްވުމުގެ ސަބަބުން ކުންފުނީގެ ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި
ޢަމަލުކުރާނެ އިޖުރާއްތާއި އުޞޫލުތަކަކީ ކޮބައިކަން ކުންފުނީގެ މުވައްޒަފުންނަށް ކުރިއާލައި އަންގާފައިވުމާއި،
ރިޑަންޑަންޓްވުމުގެ ސަބަބުން ވަކިކުރެވޭ މުވައްޒަފުން ވަކިކުރެވެނީ، ރިޑަންޑަންސީއަކީ ވަޒީފާއާބެހޭ ޤާނޫނުގެ
ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭފަދަ އެކަށީގެންވާ ސަބަބެއްކަމަށް ބަލައިގެންކަމަށް ވުމާއެކު،
އްޖޭގެ
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/38
OCCOO.
ރިޑަންޑަންޓްވުމުގެ ސަބަބުން ވަކިކުރެވޭ މުވައްޒަފު ވަކިކުރުމުގެ ކުރިން، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ
މާއްދާގެ ދަށުން ވަކިކުރެވޭ މުވައްޒަފުންނަށް، އެޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ދޭންޖެހޭ ނޯޓިސް ނުވަތަ
އެޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ނޯޓިސްގެ ބަދަލުގައި ފައިސާ ދީފައިވާނަމަކަމާއި،
މީގެއިތުރުން، ރިޑަންޑަންޓްވެގެން ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންނަށް ޚާއްޞަ އިނާޔަތްތަކެއް
ދިނުމަށް ކުންފުނިން ކަނޑައަޅާފައިވާނަމަ، އެޢިނާޔަތް ލިބިދެވޭނެގޮތާއި މިންގަނޑުތައް ކުރިން ކަނޑައެޅި،
ކުންފުނީގެ މުވައްޒަފުންނަށް އެނގިފައިވާނަމަކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ދެކެއެވެ.
(ނ) އިސްތިއުނާފަށް ހުށަހެޅިފައިމިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2012/VTR/101 މައްސަލައިގައި، ސަންލޭންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން އަންޖަލީން
މޭރީ ނާޒިއު ވަކިކޮށްފައިވަނީ، އޭނާ ވަޒީފާއިން ވަކިކުރުމުގެ ކުރިން ސަންލޭންޑް ޓްރެވަލްސް ޕްރައިވެޓް
ލިމިޓެޑްއިން ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކޮށްފައިތޯ ބަލާއިރު، ސަންލޭންޑް ޓްރެވަލްސް
ޕްރައިވެޓް ލިމިޓެޑްގައި އަންޖަލީން މޭރީ ނާޒިއު އަދާކުރަމުން ގެންދިޔަ ގްރޫޕް ސޭލްސް މެނޭޖަރގެ ވަޒީފާއިން،
2012 މާރޗު 01 ގައި އޭނާ ވަކިކޮށްފައިވަނީ، ސަންލޭންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑަށް ދިމާވެފައިވާ
މާލީ، އިޤްތިޞާދީ އެތައް މައްސަލަތަކަކާ ގުޅިގެން ކުންފުނީގެ އޮޕަރޭޝަންތަކަށާއި ވިޔަފާރިކުރަމުން އައި ގޮތް
ހަރުދަނާކޮށް އިޞްލާޙްތަކެއް ގެނެސް ކުންފުނީގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން، ކުންފުނީގެ އޮނިގަނޑަށް
ގެނައި ބަދަލުތަކާ ގުޅިގެން، ކުންފުނީގެ ބައެއް ވަޒީފާތައް އުނިކުރެވި ނުވަތަ ރިޑަންޑަންޓްވުމުން ކަމުގައި،
ސަންލޭންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގައި ބުނެފައިވާކަން އަދި އަންޖަލީން މޭރީ ނާޒިއު ވަޒީފާއިން
ވަކިކުރިކަން އަންގައި، 28 ފެބްރުއަރީ 2012 ގެ ތާރީޚުގައި، ސަންލޭންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން އަންޖަލީން މޭރީ ނާޒިއުއަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު،
ރިޑަންޑަންސީ ޙާލަތެއް ޙަޤީޤަތުގައިވެސް ކުރިމަތިވެފައިވާކަން އަދި ރިޑަންޑަންޓްވެގެން
މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ ހެޔޮނިޔަތުގައި ކަން އަދި އެކަމަކީ ވަކި މުވައްޒަފަކު ނުވަތަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017HC-A/38
2
8 ހ
ނަން
މުވައްޒަފުންތަކެއް ކަނޑައެޅިގެން ވަޒީފާއިން ބޭއިންސާފުން ވަކިކުރުމުގެ މަޤްޞަދުގައި ކޮށްފައިވާކަމެއް
ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭނީ ވަޒީފާދިން ފަރާތުން ކަމާއި؛
އެގޮތުން މިމައްސަލައިގައި ފެންނަންހުރި ލިޔުންތަކާއި ކަންހިނގާފައިވާ ގޮތަށް ބަލާއިރު،
ސަންލޭންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑަށް ދިމާވެފައިވާ މާލީ، އިޤްތިޞާދީ މައްސަލަތަކަކާ ގުޅިގެން
ކުންފުނީގެ އޮޕަރޭޝަންތަކަށާއި ވިޔަފާރިކުރަމުން އައި ގޮތް ހަރުދަނާކޮށް އިޞްލާޙްތަކެއް ގެނެސް ކުންފުނީގެ
ހިންގުން ހަރުދަނާކޮށް މާލީ ނަފާ އިތުރުކުރުމަށް ކަމަށް ބުނެ ކުންފުނީގެ އޮނިގަނޑަށް ގެނައި ބަދަލުތަކާ
ގުޅިގެން ސަންލޭންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑްގައި ވަޒީފާއަދާކުރަމުން ގެންދިޔަ މުވައްޒަފުންގެ ތެރެއިން
ރިޑަންޑަންޓްވެގެން ވަޒީފާއިން ވަކިކޮށްފައިވަނީ، ހަމައެކަނި އަންޖަލީން މޭރީ ނާޒިއުކަށް އެފަރާތުން
ވަޒީފާއާބެހޭ ޓްރައިބިއުނަލާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކޮށްފައިވާކަމާއި،
އަންޖަލީން މޭރީ ނާޒިއުގެ އިތުރުން އަދި ބައެއް އެހެން މުވައްޒަފުންވެސް ރިޑަންޑަންޓްވެގެން
ކުންފުނީގެ ވަޒީފާއިން ވަކިކޮށްފައިވާކަމަށް ސަންލޭންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވަޒީފާއާބެހޭ
ޓްރައިބިއުނަލާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވުމާއެކު، ބުނެވިދިޔަ ގޮތުގެ
މަތިން ވަޒީފާއިން ވަކިކުރެވުނު ފަރާތްތައް އެނގޭނެ ލިޔުމެއް ކޯޓަށް ހުށަހެޅުމަށް، މިމައްސަލައާ ގުޅިގެން
2015 ފެބްރުއަރީ 22 ވަނަ ދުވަހުއާއި 2015 މާރޗް 19 ވަނަ ދުވަހު ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި،
ޝަރީޢަތުގެ ފަރާތުން އިސްތިއުނާފު ރައްދުވާ ސަންލޭންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާކަމާއި،
ނަމަވެސް، ސަންލޭންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑްގެ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅިގެން
ރިޑަންޑަންޓްވީ މުވައްޒަފުން އެނގޭނެ ލިޔުމެއް ސަންލޭންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މިއަދާ
ހަމައަށްވެސް ޝަރީޢަތަށް ހުށަހަޅާފައިނުވާކަމާއި، މީގެ އިތުރުން، ސަންލޭންޑް ޓްރެވަލްސް ޕްރައިވެޓް
ލިމިޓެޑްގެ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅިގެން ރިޑަންޑަންޓްވީ މުވައްޒަފުން އެނގޭނެ ލިޔުމެއް ވަޒީފާއާބެހޭ
ޓްރައިބިއުނަލަށްވެސް ހުށަހަޅާފައިވާކަން އެނގެންނެތްކަމާއި،
އެހެންކަމުން ސަންލޭންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑްގެ އޮނިގަނޑަށް ގެނެވުނު ބަދަލާ
ގުޅިގެން ކުންފުނީގެ ވަޒީފާއިން ރިޑަންޑަންޓް ކުރެވެނު ހަމައެކަނި މުވައްޒަފަކީ، އަންޖަލީން މޭރީ ނާޒިއުކަމަށް
ޝަރީޢަތަށް ޤަބޫލުކުރެވޭކަމާއިގެ
8 0 4 6 4
8 0 4.
ދިވެހިރާއްޖެ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/38
ޝަގ
މީގެ އިތުރުން، ސަންލޭންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑްގެ އޮނިގަނޑަށް ގެނެވުނު ބަދަލާ
ގުޅިގެން އެކި ލެވަލްތަކުގެ އިތުރު މަޤާމުތަކެއް އުފެދިފައިވާކަން، މައްސަލައިގައި ހިމެނޭ
ފަރާތްތަކުން
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުންނާއި ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން
އޮންނަކަމާއި،
އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތިން ސަންލޭންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑްގެ އޮނިގަނޑަށް
ގެނެވުނު ބަދަލާ ގުޅިގެން އަންޖަލީން މޭރީ ނާޒިއު އެ ކުންފުނީގައި އަދާކުރަމުން ގެންދިޔަ ގްރޫޕް ސޭލްސް
މެނޭޖަރގެ ވަޒީފާ ރިޑަންޑަންޓްވެ އަލަށް އެކުލަވައިލެވުނު އޮނިގަނޑުން އެކި ލެވެލްތަކުގެ އިތުރު އެހެން
މަޤާމްތަކެއް އުފެދުމާ ގުޅިގެން، އެކަން އަންޖަލީން މޭރީ ނާޒިއުއަށް އަންގައި ކުންފުނީގެ އިތުރު އެހެން
ވަޒީފާއަކަށް އަންޖަލީން މޭރީ ނާޒިއު ގެނައުމުގެ ނުވަތަ ހުށަހެޅުމުގެ ފުރުޞަތު އޮވެމެ، އެކަން ސަންލޭންޑް
ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަންޖަލީން މޭރީ ނާޒިއުއަށް އަންގާފައި ނެތްކަމާއި، މިކަންކަމުގެ
މައްޗަށް ނަޒަރުކުރާއިރު، ސަންލޭންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން އަންޖަލީން މޭރީ ނާޒިއު
ވަކިކުރުމުގައި އެކުންފުނިން ޢަމަލުކޮށްފައިވަނީ ހެޔޮނިޔަތުގައި، އަދި ވަކި މުވައްޒަފަކު ކަނޑައެޅިގެން
ބޭއިންސާފުން ވަޒީފާއިން ވަކިކުރުމުގެ މަޤްޞަދުގައި ނޫންކަމާމެދުގައި އަދި މިއީ ޙަޤީޤަތުގައިވެސް ކުންފުންޏަށް
ރިޑަންޑަންސީގެ ޙާލަތެއް
ޙާލަތެއް އޮވެގެން ކުރިކަމެއްކަމާމެދު ސުވާލުއުފެދޭކަ
ކަމުން ސަންލޭންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން އަންޖަލީން މޭރީ ނާޒިއު
ވަކިކުރީ އެކުންފުންޏަށް ރިޑަންޑަންސީ ޙާލަތެއް މެދުވެރިވެގެންކަމަށް ބެލެވެންނެތުމުން، މިއީ އަންޖަލީން މޭރީ
ނާޒިއު ވަޒީފާއިން ވަކިކުރުމުގެ ގޮތުން އެޅި ފިޔަވަޅެއްކަމަށް ބެލެވެން އޮތުމުން، އެކުންފުނިން ޤާއިމުކުރަންޖެހޭ
މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާކަމަށް ބެލެވެންނެތްކަމާއި،
ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން އަންޖަލީން މޭރީ ނާޒިއު
ވަކިކޮށްފައިވަނީ، އޭނާ ވަޒީފާއިން ވަކިކުރުމުގެ ކުރިން ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން
ޤާއިމުކޮށްފައިތޯ ބަލާއިރު، އިސްވެ ބަޔާންކޮށްފައިވާ ފަދައިން، ރިޑަންޑަންސީގެ ޙާލަތުގައި މުވައްޒަފަކު
ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް، ޢާންމު ޙާލަތްތަކުގައި
ކަނޑައެޅޭނީ،
އިންފުންޏަށް
ދިމާވެފައިވާ އިޤްތިޞާދީ ޙާލަތުގެ ސަބަބުން
ބަބުން، ކުންފުނީގެ ވަޒީފާގައި ތިބި
ދޭކަމާއި،
4
2 ހ9 8
އެހެންކަމުން
|ދ 8
4
2
2
ސަންލޭންޑް
4 22
ހައިކޯ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/38
183
މުވައްޒަފުންތަކެއް ރިޑަންޑަންޓްކޮށް ވަޒީފާއިން ވަކިކުރަންޖެހިފައިވާކަން ކުންފުނީގެ މުވައްޒަފުންނަށް ކުރިއާލައި
އަންގާފައިވުމާއި، ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ބަޔަކު ރިޑަންޑަންޓް ވުމުގެ ސަބަބުން ކުންފުނީގެ
ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރާނެ އިޖުރާއްތާއި އުޞޫލުތަކަކީ
ކޮބައިކަން ކުންފުނީގެ މުވައްޒަފުންނަށް ކުރިއާލައި އަންގާފައިވުމާއި، ރިޑަންޑަންޓްވުމުގެ ސަބަބުން ވަކިކުރެވޭ
މުވައްޒަފުން ވަކިކުރެވެނީ، ރިޑަންޑަންސީއަކީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން މުވައްޒަފަކު ވަޒީފާއިން
ވަކިކުރެވޭފަދަ އެކަށީގެންވާ ސަބަބެއްކަމަށް ބަލައިގެންކަމަށް ވުމާއެކު، ރިޑަންޑަންޓްވުމުގެ ސަބަބުން ވަކިކުރެވޭ
މުވައްޒަފު ވަކިކުރުމުގެ ކުރިން، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ މުވައްޒަފުންނަށް،
އެޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ދޭންޖެހޭ ނޯޓިސް ނުވަތަ އެޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން
ނޯޓިސްގެ ބަދަލުގައި ފައިސާ ދީފައިވާނަމަކަމާއި، މީގެއިތުރުން، ރިޑަންޑަންޓްވެގެން ވަޒީފާއިން ވަކިކުރެވޭ
މުވައްޒަފުންނަށް ޚާއްޞަ އިނާޔަތްތަކެއް ދިނުމަށް ކުންފުނިން ކަނޑައަޅާފައިވާނަމަ، އެޢިނާޔަތް ލިބިދެވޭނެ
މިންގަނޑުތައް ކުރިން ކަނޑައެޅި، ކުންފުނީގެ މުވައްޒަފުންނަށް އެނގިފައިވާނަމަކަން
އެނގެންއޮންނަކަމާއިގެ
މިމައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ސަންލޭންޑް ޓްރެވަލްސް ޕްރައިވެޓް
ލިމިޓެޑަށް ދިމާވެފައިވާ މާލީ، އިޤްތިޞާދީ މައްސަލަތަކަކާ ގުޅިގެން ކުންފުނީގެ އޮޕަރޭޝަންތަކަށާއި
ވިޔަފާރިކުރަމުން އައި ގޮތް ހަރުދަނާކޮށް އިޞްލާޙްތަކެއް ގެނައިސް ކުންފުނީގެ ހިންގުން ހަރުދަނާކޮށް މާލީ
ނަފާ އިތުރުކުރުމުގެ ގޮތުން ކުންފުނީގެ އޮނިގަނޑަށް ބަދަލުގެނެސް، ކުންފުނީގައި ވަޒީފާއަދާކުރަމުން ގެންދިޔަ
މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ، ރިޑަންޑަންސީއަކީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން މުވައްޒަފަކު
ވަޒީފާއިން ވަކިކުރެވޭފަދަ އެކަށީގެންވާ ސަބަބެއްކަމަށް ބަލައިގެންކަން އެނގެން އޮންނަކަމާއި؛
ނަމަވެސް، ސަންލޭންޑް
ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑްގެ އޮނިގަނޑަށް ބަދަލު ގެނައިރު
ކުންފުނީގެ ވަޒީފާގައި ތިބި މުވައްޒަފުންތަކެއް ރިޑަންޑަންޓްކޮށް ވަޒީފާއިން ވަކިކުރަންޖެހިފައިވާކަން ކުންފުނީގެ
މުވައްޒަފުންނަށް ކުރިއާލައި އަންގާފައިނުވާކަމާއި، އަދި ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ބަޔަކު ރިޑަންޑަންޓް
ވުމުގެ ސަބަބުން ކުންފުނީގެ ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރާނެ
އިޖުރާއަތާއި އުޞޫލުތަކަކީ ކޮބައިކަން ކުންފުނީގެ މުވައްޒަފުންނަށް ކުރިއާލައި އަންގާފައިނުވާކަމާއި، އަދި
އެޤީލން
z
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
6 437
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/38
ރިޑަންޑަންޓްވެގެން ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންނަށް ޚާއްޞަ އިނާޔަތްތަކެއް ދިނުމަށް ކުންފުނީގެ
ފަރާތުން ކަނޑައަޅާފައިވާކަން ނުވަތަ ނުވާކަން، އަދި ކަނޑައަޅާފައިވާނަމަ އެޢިނާޔަތް ލިބިދެވޭނެ ގޮތާއި
މިންގަނޑުތައް ކުރިން ކަނޑައެޅި، ކުންފުނީގެ މުވައްޒަފުންނަށް އަންގާފައި ނުވާކަން، ސަންލޭންޑް ޓްރެވަލްސް
ޕްރައިވެޓް ލިމިޓެޑްގެ ބަހުން އެނގެން އޮންނަކަމާއި،
އެހެން ކަމުން، ސަންލޭންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން އަންޖަލީން މޭރީ ނާޒިއު
ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަންވެސް ޤާއިމުކޮށްފައިވާކަމަށް ބެލެވެން ނެތްކަން
އެނގެއެވެ.
ވީމާ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ބުނެވުނު ކަންކަން އެގޮތަށް ހުރުމާއެކު، މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި މަޖިލީހުގެ ފަނޑިޔާރުންނަށް އެއްބަސްވެވުނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2012/VTR/101 މައްސަލައިގައި ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވިފައިވާ ކަންކަން އެގޮތަށް
2001 ޖޫން 01 އިން ފެށިގެން އަންޖަލީން މޭރީ ނާޒިއު ސަންލޭންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑްގައި
އަދާކުރަމުން ގެންދިޔަ ސޭލްސް މެނޭޖަރގެ ވަޒީފާއިން، 2012 މާރޗް 01 ގައި ވަކިކޮށް
ކިކޮށްފައިވަނީ،
އިޤްތިޞާދީ ގޮތުން އަންނަ ގޮންޖެހުންތަކާއެކުގައި ކުންފުނި މިހާރަށްވުރެ ކުރިއަށް ގެންދިއުމަށްޓަކައި
ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ކުންފުނީގެ މުވައްޒަފުންގެ އޮނިގަނޑު އިޞްލާޙްކުރުމަށް ކުރެވުނު
މަސައްކަތުގެ ތެރެއިން ބައެއް ވަޒީފާތައް އުނިކުރުމަށް ނުވަތަ ރިޑަންޑަންޓްކުރުމަށް ކުންފުނިން ނިންމުމާ
ގުޅިގެން ރިޑަންޑަންސީގެ ޙާލަތެއް މެދުވެރިވެގެން ކަމަށް ސަންލޭންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ބުނެފައިވާއިރު، އަންޖަލީން މޭރީ ނާޒިއު އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ އެފަދަ ޙާލަތެއް
މެދުވެރިވެގެން މުވައްޒަފުން ވަޒީފާއިން ވަކިކުރާއިރު ޤާއިމުކުރަންޖެހޭ އިޖުރާއީ ޢަދުލުވެރިކަމާއި، މައުޟޫޢީ
z
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
ދީގެ
14 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/38
އަދުވެރިކަން ޤާއިމުކުރެވިގެންކަމަށް ބެލެވެން ނެތަތީ، ސަންލޭންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑްގައި
އަންޖަލީން މޭރީ ނާޒިއު އަދާކުރަމުންދިޔަ ފެންވަރުގެ ވަޒީފާއެއް، މިއަދު (2017 ޖޫން 12 ވަނަ ދުވަހު) ން
ފެށިގެން ސާދަ (14) ދުވަހުގެ ތެރޭގައި އަންޖަލީން މޭރީ ނާޒިއުއަށް ދިނުމަށާއި، އޭނާއަކީ އެއްވެސް
ޙާލެއްގައި ސަންލޭންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށާއި،
2012 މާރޗް 01 ވަނަ ދުވަހުން ފެށިގެން އޭނާއަށް ސަންލޭންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާ
ދިނުމާހަމައަށް ލިބެންވާ މުސާރައާއި ޢިނާޔަތްތައް މިއަދު (2017 ޖޫން 12 ވަނަ ދުވަހު) ން ފެށިގެން 60
(ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އަންޖަލީން މޭރީ ނާޒިއުއަށް ލިބިދިނުމަށް ސަންލޭންޑް ޓްރެވަލްސް ޕްރައިވެޓް
ލިމިޓެޑަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން އަންގައި އަމުރުކޮށް،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/101 މައްސަލައިގައި އެޓްރައިބިއުނަލުން ނިންމާފައިވާ
ނިންމުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
etc
*
k
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ