ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/200 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A/200
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
بم ام المراسيم
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 200/HC
-
A/2014
އިސްތިއުނާފުކުރި ފަރާތް:
* ނަން: ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރޭޝަން ނަންބަރު: 326
/
2004-C
ދާއިމީ އެޑްރެސް:
ބަގީޗާކުރި | ކ.މާލެ މިހާރުގެ އެޑްރެސް: ހ. ހުޅުގަލި | މާލެ
އިސްތިއުނާފު ރައްދުވާ ފަރާތް:
* ނަން: އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ
، ދާއިމީ އެޑްރެސް: އެގްޒިމް ބޭންކް މެލޭޝިޔާ
ރަޖިސްޓްރޭޝަން ނަންބަރު 326
/
2004-C
މިހާރުގެ އެޑްރެސް:- އެގްޒިމް ބޭންކް މެލޭޝިޔާ
0
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 21 ޖުލައި 2014
ނިމުނު ތާރީޚް: 29 ނޮވެމްބަރު 2016
•އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
.ނަންބަރު: 2012/Cv-C/42
.ނިންމި ކޯޓް: ސިވިލް ކޯޓު
،މައްސަލައިގެ ބާވަތް: ގދ.ލޮނުދުއަހައްޓާގައި ލަގްޒަރީ ރިސޯޓެއް ހެދުމަށް އެގްޒިމް ބޭންކުން ނަގާފައިވާ
ލޯނުގެ ފައިސާ ހޯދުން
ހުށަހެޅި ތާރީޚް: 10 ޖެނުއަރީ 2012
ނިމުނު ތާރީޚް: 28 މެއި 2014
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ
ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް، އިސްފަނޑިޔާރު އަބްދު ފަނޑިޔާރު އަލީ ސަމީރު،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/200
ދަޢުވާގެ ޚުލާޞާ:
cu
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/42 ޤަޟިއްޔާ
ކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާއެވެ.
• ފާހަގަ ކުރެވުނު ނުކުތާ
ކުތާތައް:
1- ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/42 ޤަޟިއްޔާ އެ ކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވެއެވެ.
2- ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/42 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ ގދ.ލޮނުދުއަހައްޓާ ކިޔުނު ރަށުގައިވާ އިންވެސްޓްމަންޓް ލޯނުގެ މައްޗަށް
ރަހުނުކޮށް ހ.ސްވޯޑް އަޙްމަދު މުސްތާޤު ޢަލީ އާއި ށ.ފިތުރޯނުގެ ޙުސައިން ޞަލާޙްއާއި،
މއ.ކަނބޯގެ މުޙައްމަދު ނަދީމްއާއި، މ.ނަސީމުއްޞަބާޙު އިބްރާހީމް ނަޞީރުއާއި، ހ.ޝަފީޤުގެ މުޙައްމަދު
ޝަފީޤު ގެރެންޓީ ދީގެން އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާއިން ވަން އެންޑް ހާފް ޑިގްރީ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދީފައިވާ 19,000,000.00$US (ނަވާރަ މިލިއަން ޔޫ.އެސްޓަމްދު ގޮ
ޕްރިންސިޕަލް ލޯނަށް 30 ނޮވެމްބަރު 2011 މި ތާރީޚާ ހަމައަށް ނުދައްކާވާ ya2,020,704.02
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ޙުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
3
2014/HC-A/200
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އެއްހާސް އަށްޑިހަ
(ބާވީސް މިލިއަން ހަތާވީސްހާސް ހަތްސަތޭކަ ހަތަރެއް ޕޮއިންޓް ސުމެއް ދޭއް) ޔޫ.އެސް ޑޮލަރުއާއި، ޑެޓް
ސާރވިސަސް ރިޒާވް އެކައުންޓްސްގައިވާ 971,087.00$US (ނުވަލައްކަ ހަތްދިހަ އެއްހާ
ހަތެއް) ޔޫ.އެސް. ޑޮލަރާއި، މި ފައިސާ އެއްބަސްވުމުގައިވާ ގޮތަށް ދައްކާފައިނުވުމުން މި ފައިސާ ހޯދުމަށް
ޝަރީޢަތުގެ މަރުޙަލާއަށް އައުމަށް ޤާނޫނީ މަސައްކަތަށް ޚަރަދުވެފައިވާ 65,000.00$US (ފަސްދޮޅަސް
ފަސްހާސް) ޔޫ.އެސް ޑޮލަރާއެކު މި ލޯނަށް ލިބެންވާ އެންމެހައި ފައިސާ ލިބުމަށާއި، އެ ފައިސާ ނުދެއްކޭ ނަމަ
ރަހުނު ވިއްކާލައިގެން އެ ފައިސާ ލިބުމަށް އެދި ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި،
ގެރެންޓަރުން ކަމުގައިވާ ގ.ފިތުރޯނުގެ ޙުސައިން ޞަލާޙްއާއި، މއ.ކަނބޯގެ މުޙައްމަދު ނަދީމްއާއި، ހ.ސްވޯޑް
އަޙްމަދު މުސްތާޤު ޢަލީއާއި، މ.ނަސީމުއްޞަބާޙު އިބްރާހީމް ނަޞީރުއާއި، ހ.ޝަފީޤުގެ މުޙައްމަދު ޝަފީޤުގެ
މައްޗަށް އެކްސްޕޯޓް ބޭންކް އޮފް މެލޭޝިޔާގެ ފަރާތުން ދަޢުވާ ހުށަހެޅުމުން ބެލެވިފައިވާ
28ވ
ދަމްޕެe
ޤަޟިއްޔާއެއް ކަމާއި،
އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ގދ.ލޮނުދުއަހައްޓާ ކިޔުނު ރަށުގައިވާ
އިންވެސްޓްމަންޓް ލޯނުގެ މައްޗަށް ރަހުނުކޮށް ހ.ސްވޯޑް އަޙްމަދު މުސްތާޤު ޢަލީ އާއި ށ.ފިތުރޯނުގެ ޙުސައިން
ޞަލާޙްއާއި، މއ.ކަނބޯގެ މުޙައްމަދު ނަދީމްއާއި، މއ.ތިބްރޯޒްގެ އިބްރާހީމް ނަޞީރުއާއި، ފ.ޝަފީޤުގެ
މުޙައްމަދު ޝަފީޤު ގެރެންޓީ ދީގެން އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާއިން ވަން އެންޑް ހާފް ޑިގްރީ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް މި ފަރާތްތަކުގެ މެދުގައި ވެފައިވާ އެއްބަސްވުމުގައިވާ
US
$
19,000,000.00 (ނަވާރަ މިލިއަން) ޔޫ.އެސް ޑޮލަރުގެ ޕްރިންސިޕަލް ލޯނަށް 30 ނޮވެމްބަރު 2011
މިތާރީޚާ ހަމައަށް ނުދައްކާވާ 22,027,704.02$US (ބާވީސް މިލިއަން ހަތާވީސްހާސް ހަތްސަތޭކަ ހަތަރެއް
ޕޮއިންޓް ސުމެއް ދޭއް) ޔޫ.އެސް ޑޮލަރު ސަރވިސްޗާޖާއި ޖޫރިމަނާއާއެކު މިލޯނަށް ލިބެންވާ ފައިސާއާއި، މި
ލޯނާގުޅިގެން ޑެޓް ސާރވިސަސް ރިޒާވް އެކައުންޓްސްގައިވާ 971,087.00$US (ނުވަލައްކަ ހަތްދިހަ
އެއްހާސް އަށްޑިހަ ހަތެއް ޔޫ.އެސް ޑޮލަރާއި، މި ލޯނުގެ ފައިސާ ހޯދުމަށް ޝަރީޢަތުގެ މަރުޙަލާއަށް އައުމަށް
ޤާނޫނީ މަސައްކަތުގެ ޚަރަދަށްވާ 65,000.00$US (ފަސްދޮޅަސް ފަސްހާސް) އެމެރިކާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ޙުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/20
އެއްބަސްވުމުގައިވާ ގޮތަށް ދަޢުވާލިބޭ ފަރާތްތަކުގެ ކިބައިން އެކްސްޕޯޓް އިމްޕޯޓް
ބޭންކް އޮފް މެލޭޝިޔާއަށް
ލިބެންވާ ފައިސާއެއްކަމާއި، މި ލޯނުގެ ފައިސާ ނުދައްކައިފި ނަމަ މި ލޯނަށް ރަހުނުކޮށްފައިވާ
ގދ.ލޮނުދުއަހައްޓާ ކިޔުނު ރަށުގައިވާ އިންވެސްޓްމަންޓުގެ ރަހުނު ވިއްކާލުމުގެ ޙައްޤު އެކްސްޕޯޓް އިމްޕޯޓް
ބޭންކް އޮފް މެލޭޝިޔާއަށް ލިބިގެންވާކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅުއްވައި،
ބުނެވިދިޔަ ގޮތުގެ މައްޗަށް ހ.ސްވޯޑް އަޙްމަދު މުސްތާޤު ޢަލީއާއި ގ.ފިތުރޯނުގެ ޙުސައިން
މއ.ކަނބޯގެ މުޙައްމަދު ނަދީމްއާއި، މއ.ތިބަރޯޒްގެ އިބްރާހީމް ނަޞީރުއާއި، ހ.ޝަފީޤުގެ
މުޙައްމަދު ޝަފީޤުއާއި ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެކްސްޕޯޓް
އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާއަށް ދޭންޖެހޭ 22,027,704.02$US (ބާވީސް މިލިއަން ހަތާވީސްހާސް
ހަތްސަތޭކަ ހަތަރެއް ޕޮއިންޓް ސުމެއް ދޭއް) އެމެރިކާ ޑޮލަރު ސަރވިސްޗާޖާއި ޖޫރިމަނާއާއެކު އަދި ޤާނޫނީ
މަސައްކަތުގެ ޚަރަދަށްވާ 65,000.00$US (ފަސްދޮޅަސް ފަސްހާސް) އެމެރިކާ ޑޮލަރު ދިނުމަށްޓަކައި 28
ޞަލާޙްއާއި،
މެއި 2014،
ދުވަހުން ފެށިގެން ކޮންމެ މަހަކު އެ މަހަކަށް ޖެހޭވަރު އެ މަހަކު ދައްކަމުން ގޮސް
ޚި
ލޯނުގެ އެންމެހައި ފައިސާ 06 (ހައެއް) މަސް ދުވަހުގެ ތެރޭގައި އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް
މެލޭޝިޔާއަށް ބުނެވިދިޔަ ދަޢުވާ ލިބުނު ހ.ސްވޯޑް އަޙްމަދު މުސްތާޤު ޢަލީ އާއި ށ.ފިތުރޯނުގެ ޙުސައިން
ޞަލާޙްއާއި، މއ.ކަނބޯގެ މުޙައްމަދު ނަދީމްއާއި، މއ.ތިބްރޯޒްގެ އިބްރާހީމް ނަޞީރުއާއި، ފ.ޝަފީޤުގެ
މުޙައްމަދު ޝަފީޤުއާއި ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކައި
ޚަލާޞްކުރުމަށާއި، މި ލޯނާއި ގުޅިގެން ޖެޓް ސާރވިސަސް ރިޒާވް އެކައުންޓްސްގައިވާ 971,087.00$US
(ނުވަލައްކަ ހަތްދިހަ އެއްހަށް އަށްޑިހަ ހަތެއް) އެމެރިކާ ޑޮލަރަކީ ލޯނަށް ދައްކަންޖެހޭ ފައިސާއިން އުނިކުރެވޭ
ގޮތަށް މި ލޯނުގެ މައްޗަށް އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާއަށް ލިބިދެވިގެންވާ ފައިސާއެއް ކަމާއި،
މި ލޯނުގެ ފައިސާ މި މުއްދަތުގައި ނުދައްކައިފި ނަމަ މިލޯނުގެ މައްޗަށް ރަހުނުކޮށްފައިވާ ބުނެވިދިޔަ
ގދ.ލޮނުދުއަހައްޓާ ކިޔުނު ރަށުގައިވާ އިންވެސްޓްމަންޓް ވިއްކާލުމުގެ ހުއްދަ އެކްސްޕޯޓް އިމްޕޯޓް ބޭންކް
މެލޭޝިޔާއަށް ލިބިގެންވާކަމަށް އަންގަވައިކަން އެނގެން އޮންނަކަމެވެ.
ދިވެހިންގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/200
ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/42 ޤަޟިއްޔާ އެ ކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ވަން
އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 6 (ހައެއް) ނުކުތާ ހުށަހަޅައި އެ ނުކުތާތަކާ
ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
4
(ހ) ފުރަތަމަ ނުކުތާއަކީ: ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި،
އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާއާ ދެމެދު 30 އޯގަސްޓް 2011 ގެ ތާރީޚްގައި އެކުލަވާލެވުނު
ސެޓްލްމަންޓް އެގްރީމަންޓް ސިވިލް ކޯޓުގެ ޝަރީޢަތަށް ހުށަހެޅުމުން، އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް
މެލޭޝިޔާގެ ފަރާތުން ވެސް އެލިޔުމާ މެދު އިންކާރުކޮށްފައިނުވާތީ، އެއީ އެ މައްޗަށް ޢަމަލުކުރުން ލާޒިމު
އެއްބަސްވުމެއްކަން އެނގޭއިރު، ސެޓްލްމަންޓް އެގްރީމެންޓަށް ރިޢާޔަތް ނުކޮށް މައްސަލަ ނިންމަވާފައިވަނީ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 05/HC-A/2013 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލާ ޚިލާފަށް
ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ: އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާއިން މި މައްސަލަ
ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާއާއި ވަން އެންޑް ހާފް ޑިގްރީ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 30 އޯގަސްޓް 2011 ގެ ތާރީޚުގައި ވެފައިވާ ސެޓްލްމަންޓް
އެގްރީމަންޓްގެ 2 ވަނަ މާއްދާގައި 31 މާރޗް 2012 ގެ ކުރިން ފެސިލިޓީ އެގްރީމަންޓްތަކުގެ ދަށުން ޤާނޫނީ
ފިޔަވަޅު ނޭޅުމަށް އޮންނަ މާއްދާއާ ޚިލާފަށްކަމަށް ވާއިރު، މި ޙާލަތަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
56/HC
-
A/2013 ޤަޟިއްޔާގައި ތަޠުބީޤުކޮށްފައިވާ މައްދައެއްކަމުގައިވާ ޕްރޮމިސަރީ އެސްޓޮޕަލް
Estoppel) ގެ މަބްދައުގެ މަންފާ ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑަށް ލިބެންޖެހޭ ޙާލަތެއް ކަމުގައިވާއިރު އެކަމަށް ސިވިލް ކޯޓުން ރިޢާޔަތްކޮށްފައި ނުވާކަމަށް
ހުށަހެޅި ނުކުތާ.
Promissory)
ބުނެ
هއ
(ނ) ތިންވަނަ ނުކުތާއަކީ: އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭ
ދަޢުވާގައި ބަޔާންކޮށްފައިވާ ޙާލަތު އުފެދިފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުން ދެފަރާތުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ޙުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/200
42 0¢
އއ 03ށ
COCO
ކޮންމެ
ވެވިފައިވާ އެގްރީމަންޓް ފައިސާ ދޫކުރަންޖެހޭ ތާރީޚަށް ފައިސާ ދޫނުކުރުމުގެ ސަބަބުންކަން
ސާބިތުކޮށްދީފައިވާއިރު، މިއީ،
އެއްބަސްވުމުގެ ބައިވެރިޔަކު އަދާކުރަންޖެހޭ ޒިންމާއެއްމެ،
އަދާކުރަންޖެހެނީ އެއްބަސްވުމުގައިވާ ޝަރުޠުތަކާ އެއްގޮތަށްކަމަށާއި މިނޫން ގޮތަކަށް ޢަމަލުކުރެވޭނީ
ކޮންޓްރެކްޓްގެ
އަނެއް ބައިވެރިޔާ އޭނާގެ މައްޗަށް ލާޒިމުވާ ކަމަކަށް ދުލެއްދީފި ނަމަ، ނޫން ނަމަ އެނޫން
ގޮތަކަށް ޢަމަލު ކުރުމަށް އެއްބަސްވާ ނަމަ ކަމަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައި އޮންނަ މާއްދާއާ ކަނޑައެޅިގެން ޚިލާފު ޢަމަލެއް ކަމުގައި ފާހަގަ ކުރުމުން އެ ނުކުތާއާމެދު
ކޯޓުން ގޮތެއް ނިންމާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ
(ރ) ހަތަރުވަނަ ނުކުތާއަކީ: އެކްސްޕޯޓް އިމްޕޯޓް
އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާއިން ވަން އެންޑް
ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ 19,000,000.00$US (ނަވާރަ މިލިއަން)
އެމެރިކާ ޑޮލަރުގެ ޕްރިންސިޕަލް ލޯނަށް 30 ނޮވެމްބަރު 2011 މި ތާރީޚާއި ހަމައަށް 22,027,704.02$US
(ބާވީސް މިލިއަން ހަތާވީސްހާސް ހަތްސަތޭކަ ހަތަރެއް ޕޮއިންޓް ސުމެއް ދޭއް) އެމެރިކާ ޑޮލަރު
ސަރވިސްޗާޓާއި، ޖޫރިމަނާއާއެކު އަރާފައިވާކަމަށް ޙުކުމުގައި ފާހަގަ ކުރައްވާފައިވާއިރު، މައްސަލައިގެ ޙުކުމަށް
މައްސަލަ ބެއްލެވި ފަނޑިޔާރު ވާޞިލުވި ގޮތެއް ނުވަތަ އެ ސަބަބުތައް ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި
ފާހަގަ ކުރައްވާފައި ނުވާކަމާއި، މިއީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ށ)ގެ 4 ވަނަ
ނަންބަރުގެ ދަށުން، ޙުކުމުގެ ކުރިއަށް އައި ބާޠިލު އިޖުރާއަތެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
cu.
-) ފަސްވަނަ ނުކުތާއަކީ: އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ އިން ވަން އެންޑް
ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ 19,000,000.00$US (ނަވާރަ މިލިއަން)
އެމެރިކާ ޑޮލަރުގެ ލޯނަކީ ނޮން ޕާރފޯމިންގ ލޯނެއްގެ ގޮތުގައި 28 އޮކްޓޯބަރު 2008 ގައި ކަނޑައަޅާފައިވާ
ކަމަށް އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާއިން ބަޔާންކޮށްފައިވާއިރު، އެ ލޯނުގެ 13 ވަނަ
އިންސްޓޯލްމަންޓް ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވަނީ
2009 ގައި ކަމަށް ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން
ޙަޤީޤަތަށް އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާއިން އިންކާރު ކޮށްފައިނުވާއިރު،
ފޯނެއްގެ ގޮތުގައި ކަނޑައަޅާ ތާރީޚުގެ ފަހުގެ ތާރީޚެއްގައި ލޯނުގެ ފައިސާ ނުދެއްކޭނެރަން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން 332502، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2ބބަކައިޤީ
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/200
އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާއިން ހުށަހަޅާފައިވާ ދަޢުވާ ބިނާކޮށްފައިވަނީ ޙަޤީޤަތާ ޚިލާފު
މައްޗަށްކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގެން އޮތްއިރު، އެކަމަށް ނުބައްލަވައި މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
(ޅ) ހަވަނަ ނުކުތާއަކީ: ލޯނާއި ގުޅިގެން ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވުނު ޑެޓް
ސަރވިސަސް ރިޒާވް އެކައުންޓްގައިވާ 971,087.00$US (ނުވަސަތޭކަ ހަތްދިހަ އެއްހާސް އަށްޑިހަ ހަތެއް)
އިސް ޑޮލަރަކީ ލޯނަށް ދައްކަން ޖެހޭ ފައިސާއިން އުނިކުރެވޭ ގޮތަށް މި ލޯނުގެ މައްޗަށް އެކްސްޕޯޓް
އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާއަށް ލިބިދެވިގެންވާ ފައިސާއެއްކަމުގައި ކަނޑައަޅުއްވާފައިވާއިރު، އެކްސްޕޯޓް
އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާގައި ހުޅުވުނު ޑެޓް ސަރވިސަސް ރިޒާވް އެކައުންޓްގައި ބެހެއްޓުނު
US
$
1,042,174.00 (އެއްމިލިއަން ނުވަލައްކަ ސާޅީސް ދެހާސް އެއްސަތޭކަ ހަތްދިހަ ހަތަރެއް)
އެމެރިކާޑޮލާރާ މެދު ގޮތެއް ނިންމާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ޖ2ވ
އެކްސްޕޯޓް
4- ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/42 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ވަން
އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ
ގޮތުން ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި މި އިސްތިއުނާފް ދަޢުވާ ރައްދުވާ
އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/42 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ރިޕޯޓަށާއި، މި ޤަޟިއްޔާއާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް
ޤަޟިއްޔާ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި
ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
رمی کے
ދު
cu o
(ހ) ފުރަތަމަ ކަމަކީ:އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2012/އާ
ޤަޟިއްޔާއަކީ، އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާއިން ވަން އެންޑް ހާފް ޑިގްރީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A1200
1 0 0
ޕްރައިވެޓް ލިމިޓެޑަށް ދީފައިވާ 19,000,000.00$US (ނަވާރަ މިލިއަން) ޔޫ.އެސް ޑޮލަރުގެ ޕްރިންސިޕަލް
ލޯނަށް 30 ނޮވެމްބަރު 2011 ތާރީޚާ ހަމައަށް 22,027,704.02$US (ބާވީސް މިލިއަން ހަތާވީސްހާސް
ހަތްސަތޭކަ ހަތަރެއް ޕޮއިންޓް ސުމެއް ދޭއް) ޔޫ.އެސް ޑޮލަރު ނުދައްކާވާ ކަމަށް ބުނެ އެ ފައިސާއާއި، ޑެޓް
ސާރވިސަސް ރިޒާވް އެކައުންޓްސްގައިވާ 971,087.00$US (ނުވަލައްކަ ހަތްދިހަ އެއްހަށް އަށްޑިހަ ހަތެއް)
ޔޫ.އެސް ޑޮލަރާއި، މި ފައިސާ އެއްބަސްވުމުގައިވާ ގޮތަށް ދައްކާފައި ނުވުމުން މި ފައިސާ ހޯދުމަށް ޝަރީޢަތުގެ
މަރުހަލާއަށް ދިއުމަށް ޤާނޫނީ މަސައްކަތަށް ޚަރަދުވެފައިވާ 65,000.00$US (ފަސްދޮޅަސް ފަސްހާސް)
ޔޫ.އެސް ޑޮލަރާއެކު އެ ލޯނަށް ލިބެންވާ އެންމެހައި ފައިސާ ލިބުމަށާއި، އެފައިސާ ނުދެއްކޭނެ ނަމަ ރަހުނު
ވިއްކާލައިގެން އެ ފައިސާ ލިބުމަށް އެދި ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި،
އެލޯނަށް ފަރުދީ ހައިސިއްޔަތުން ގެރެންޓީ ދީފައިވާ ފަރާތްތަކުގެ މައްޗަށް އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް
މެލޭޝިޔާގެ ފަރާތުން ދަޢުވާ ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެއްކަން އެނގެން އޮންނަކަމެވެ. .
(ށ) ދެވަނަ ކަމަކީ: ގދ.ލޮނުދުއަހައްޓާއޭ ކިޔުނު ރަށް ތަރައްޤީކޮށް އެރަށް ހިންގުމަށްޓަކައި،
US
$
19,000,000.00 (ނަވާރަ މިލިއަން) ޔޫ.އެސް ޑޮލަރުގެ ޕްރިންސިޕަލް ލޯނެއް ނެގުމަށްޓަކައި 16
ފެބްރުއަރީ 2006 ވަނަ ދުވަހު އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާއާއި ވަން އެންޑް ހާފް ޑިގްރީ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ފެސިލިޓީ އެގްރީމެންޓެއްގައި ސޮއިކޮށްފައިވާ ކަމާއި، އެ ލޯނަށް ފަރުދީ
ހައިސިއްޔަތުން ޒިންމާ އުފުލާކަމަށް ހ.ސްވޯޑް އަޙްމަދު މުސްތާޤު ޢަލީ އާއި ގ.ފިތުރޯނުގެ ޙުސައިން
ޞަލާޙްއާއި، މއ.ކަނބޯގެ މުޙައްމަދު ނަދީމްއާއި، މއ.ތިބްރޯޒްގެ އިބްރާހީމް ނަޞީރުއާއި، ހ.ޝަފީޤުގެ
މުޙައްމަދު ޝަފީޤު އެއްބަސްވެފައިވާކަން އެފަރާތްތަކާއި އެ ލޯނު ދޫކުރި އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް
މެލޭޝިޔާއާ ދެމެދު 16 ފެބްރުއަރީ 2006 ވަނަ ދުވަހު ސޮއިކޮށްފައިވާ ގެރެންޓީ އެގްރީމަންޓަށް ބެލުމުން
އެނގޭކަމާއި އަދި އެލޯނާ ގުޅިގެން ގދ.ލޮނުދުއަހައްޓާގައި ކުރެވޭ އިންވެސްޓްމަންޓް ރަހުނުކޮށް، 16
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
9
2014/HC-A/200
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ފެބްރުއަރީ 2006 ވަނަ ދުވަހު މާގޭޖް އެގްރީމަންޓުގައި އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާއާއި ވަން
އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސޮއި ކޮށްފައިވާކަން ވެސް އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: އިސްވެ ބަޔާންކޮށްފައިވާ ދަޢުވާއާ ގުޅިގެން ވަން އެންޑް ހާފް ޑިގްރީ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް
ބަލާއިރު، އެކުންފުނީގެ މައްޗަށް އެގްޒިމް ބޭންކުގެ ފަރާތުން ހުށަހަޅާފައިވާ ދައުވާއަށް އިންކާރުކުރާ ކަމަށާއި،
ދެފަރާތުގެ ދެމެދުގައި ވެފައިވާ ފެސިލިޓީ އެގްރީމަންޓުގައިވާ ކަންކަން ހަމަޖެއްސުމަށްޓަކައި ފެސިލިޓީ
އެގްރީމަންޓުގެ ބޭރުން 29 އޯގަސްޓް 2011 ގައި ސެޓްލްމަންޓް އެގްރީމެންޓެއް އެކުލަވާލެވިފައިވާ ކަމަށާއި،
އެ އެގްރީމަންޓަކީ އިގިރޭސިވިލާތުގެ ބްރޮޓޯން ކެޕިޓަލް ކިޔާ ކުންފުންޏެއް މެދުވެރިކޮށް ރި-ފައިނޭންސްގެ
ކަންކަން 31 މާރޗް 2012 ގެ ކުރިން ހަމަޖައްސައި ޕްރޮޖެކްޓަށް ފައިނޭންސް ހޯދުމަށްޓަކައި ކުރެވުނު
އެގްރީމެންޓެއް ކަމަށާއި، އެތާރީޚުގައި އެކަންކަން ހަމަނުޖެއްސިއްޖެ ނަމަ، އެގްޒިމް ބޭންކަށް މޯގޭޖް
އެގްރީމަންޓުގެ ދަށުން ލިބިދޭ ޙައްޤުތައް ތަންފީޒުކުރުމަށްޓަކައި ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް
އެއްބަސްވެފައިވީނަމަވެސް، އެ މުއްދަތު ހަމަވުމުގެ ކުރިން، 10 ޖެނުއަރީ 2012 ގައި ފެސިލިޓީ
އެގްރީމަންޓުގެ ދަށުން ފައިސާ ހޯދުމަށް އެގްޒިމް ބޭންކުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ
ކަމަށާއި، އެހެންކަމުން، ވަން އެންޑް ހާފް ޑިގްރީ ޕްރައިވެޓް ލިމިޓެޑާއި ބްރޮޓޯން ކެޕިޓަލްއާ ދެމެދު ދެކެވުނު
ވާހަކަތައް ހުއްޓި، ބްރޮޓޯން ކެޕިޓަލްގެ ކުރިމަތީގައި އެކުންފުނީގެ އިތުބާރު ގެއްލި، އެމުޢާމަލާތް ކުރިއަށް
ގެންދެވިފައިނުވާ ކަމަށާއި، އެމުޢާމަލާތް ކުރިއަށް ގެންދެވި ފުރިހަމަ ކުރެވުނު ނަމަ، ލިބޭނޭ މަންފާތަކާއި
ފުރުސަތު އެކުންފުންޏަށް ގެއްލިފައިވާކަމަށާއި، އަދި މި މުޢާމަލާތަށް ބްރޮޓޯލް ކެޕިޓަލް ޝަޢުޤުވެރިކަން
އުފެއްދުމަށްޓަކައި އެކުންފުނީގެ ފަރާތުން ކުރަންޖެހުނު ޚަރަދުތައް ބޭކާރުވެގެން ދިޔައީ އެގްޒިމް ބޭންކުގެ
ފަރާތުން ސެޓްލްމަންޓް އެގްރީމަންޓް ޚިލާފަށް ޢަމަލުކުރުމުގެ ސަބަބުން ކަމަށާއި، އޭގެ ގެރިވެ
އެކުންފުންޏަށް ލިބިދޭން ޖެހޭނެ ކަމަށާއި،
4 3 04
هން ވނ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
2014/HC-A/200
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އިސްވެ ބުނެވިދިޔަ ސެޓްލްމަންޓް އެގްރީމަންޓް އެގްޒިމް ބޭންކުގެ ފަރާތުން ވަން އެންޑް ހާފް
ޑިގްރީ ޕްރައިވެޓް ލިމިޓެޑަށް ހުށަހަޅަމުން 31 އޯގަސްޓް 2011 ގެ ކުރިން ސެޓްލްމަންޓް އެގްރީމަންޓް
ތަންފީޒުކުރަން ބޭނުންވާ ކަމަށާއި، އެތާރީޚަށް ވުރެ ލަސްވެއްޖެ ނަމަ، ފެސިލިޓީ އެގްރީމަންޓުގެ ދަށުން
އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް އެގްޒިމް ބޭންކުގެ ފަރާތުން ބުނެފައިވާތީ، އެތާރީޚުގެ ކުރިން 29
އޮގަސްޓް 2011 ގައި ސެޓްލްމަންޓް އެގްރީމަންޓުގައި ވަން އެންޑް ހާފް ޑިގްރީ ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ސޮއިކޮށް، ޑީ.އެޗް.އެވެ. މެދުވެރިކޮށް އެއެގްރީމަންޓް އެގްޒިމް ބޭންކަށް ފޮނުވާފައިވާނެ ކަމަށާއި އަދި
އެކަން އެގްޒިމް ބޭންކަށް އީ-މެއިލްއަކުން 30 އޮގަސްޓް 2011 ގައި އަންގާފައިވާނެ ކަމަށާއި، އެހެންކަމުން
ޤާނޫނުގައި ބުނާގޮތުގެމަތިން އެއެގްރީމަންޓް ޤަބޫލުކުރުން ފުރިހަމަވެފައިވާ ކަމަށާއި،
ފެސިލިޓީ އެގްރީމަންޓުގެ ދަށުން ލޯނު ފައިސާ ދޫކޮށްފައިވަނީ އިންސްޓޯލްމަންޓުތަކަކަށް
ބަހާލައިގެންކަމަށާއި، އެގޮތުން އެގްރިމަންޓުގެ 6.01 ވަނަ މާއްދާގައިވާ ގޮތުގެމަތިން 13 ވަނަ
އިންސްޓޯލްމަންޓަށްވާ ފައިސާ ދޫކޮށް ދިނުމަށް އެގްޒިމް ބޭންކަށް 20 މާރިޗް 2008 ގައި ފުރަތަމަ
"ޑްރޯޑައުން ނޯޓިސް ފޮނުވާފައިވީ ނަމަވެސް، އެފައިސާ ދޫކޮށްފައިނުވާކަމަށާއި، އަދި އެފައިސާ ދޫކޮށްފައިވަނީ
"ޑް ރޯޑައުން ނޯޓިސް" އަލުން ފޮނުވުމަށް އެގްޒިމް ބޭންކުގެ ފަރާތުން އެދުމުން 18 މާރޗް 2009 ގައި
"ޑް ރޯޑައުން ނޯޓިސް" ފޮނުވުމުން 08 އޭޕްރީލް 2009 ގައި ކަމަށާއި، އެއީ އެފައިސާ ދޫކުރަންޖެހޭ
މުއްދަތަށްވުރެ 388 ދުވަސް ލަސް މުއްދަތެއް ކަމަށާއި، އެފައިސާ ނުލިބި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން
އެކި ފަރާތްތަކުން ނަގާފައިވާ ކްރެޑިޓް ފެސިލިޓީ ތަކަށް ފައިސާ ދައްކަންޖެ، އެފައިސާ ދެއްކިފައިނުވުމާއި،
ގިނަ ދުވަސްތަކެއްވަން ދެން ތަން ބޭނުންނުކޮށް ހުރުމުގެ ސަބަބުން ތަން ވީރާނާވެ، ތަނުގެ މުވައްޒަފުންނަށް
ދޭންޖެހޭ މުސާރަ ނުދެވި އިތުރު ގެއްލުންތަކާ ކުރިމަތިލާންޖެހުމާއި، ރިޒޯޓު ނިންމުމަށް އިތުރަށް ބޭނުންވާ
ފައިސާ ހޯދުމަށް ހުރަސް އެޅިގެންދިޔަކަމަށް އެކުންފުނީގެ ފަރާތުން ބުނެފައިވާކަމާއި،
އަދި 13 ވަނަ އިންސްޓޯލްމަންޓްގެ ޑްރޯޑައުން ނޯޓިސް 20 މާރޗް 2008
ހަމައަށް އެކުންފުނީގެ ފަރާތުން ބޭންކަށް ދައްކަންޖެހޭ ލޯނުގެ ޕްރިންސިޕަލް ފައިސާއާއި، ލޯން
4 3 22 243
ހިރާއްޖޭގެ
ޢަޢީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/200
I
04
ފައިސާ ގަވާއިދުން ބޭންކުގައިވާ ލޯން އެކައުންޓަށް ދައްކަމުން ގޮސްފައިވާނެ ކަމަށާއި، ފެސިލިޓީ
އެއްބަސްވުމުގެ ދަށުން ވަން އެންޑް ހާފް ޑިގްރީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ލޯނަށް ފައިސާ ދެއްކުމުގައި
ޑިފޯލްޓްވެފައިވާތީ 28 އޮކްޓޯބަރ 2008 ގައި، އެލޯނަކީ "ނޫން ޕަރފޯމިންގ" ލޯނެއް ކަމުގައި ބޭންކުގެ
ފަރާތުން ނިންމާފައިވާކަމަށް އެގްޒިމް ބޭންކުގެ ފަރާތުން ބުނެފައިވީނަމަވެސް އޭގެ ފަހުގެ ތާރީޚެއްގައި އެލޯނުގެ
13 ވަނަ އިންސްޓޯލްމަންޓުގެ ފައިސާ ދޫކޮށްފައިވުމުން، އެލޯނަކީ ނޮން-ޕަރފޯމިންގ ލޯނެއްގެ ގޮތުގައި
ބޭންކުގެ ފަރާތުން ކަނޑައަޅާފައިވާ ލޯނެއް ކަމުގައި ބެލެވެން ނެތްކަމަށާއި،
ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ޕެޓް ސަރވިސް ރިޒާވް އެކައުންޓް
(ޑީ.އެސް.އާރު.އޭ) ގައި އެކުޖުމްލަ 2,913,261.00$US (ދެ މިލިއަން ނުވަލައްކަ ތޭރަ ހާސް ދުއިސައްތަ
ފަސްދޮޅަސް އެއް ޔޫއެސް ޑޮލަރ) ވަން އެންޑް ހާފް ޑިގްރީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބަހައްޓާފައިވާނެ
ކަމަށާއި، އެގޮތުން ސްޓޭޓް ބޭންކް އިންޑިޔާގައި ހުޅުވާފައިވާ ޑީ.އެސް.އާރު. އެކައުންޓުގައި،
US
$
971,087.00 (ނުވަލައްކަ ހަތްދިހަ އެއްހާސް އައްޑިހަ ހަތެއް ޔޫއެސް ޑޮލަރ) އަދި އެގްޒިމް ބޭންކުގައި
ހުޅުވާފައިވާ ޖީ.އެސް.އާރު. އެކައުންޓުގައި 1,942,174.00 $US (އެއް މިލިއަން ނުވަލައްކަ ސާޅީސް ދެހާސް
އެއްސަތޭކަ ހަތްދިހަ ހަތަރު ޔޫއެސް ޑޮލަރ) ބެހެއްޓިފައިވާ ކަމަށާއި އެއިގެ ތެރެއިން
އިންޑިޔާގައި ހުޅުވާފައިވާ ޑީ.އެސް.އާރު.އޭ. އެކައުންޓުގައި ހުރި ފައިސާއަކީ ސެޓްލްމަންޓް އެގްރީމަންޓުގެ
ދަށުން ވަން އެންޑް ހާފް ޑިގްރީ ޕްރައިވެޓް ލިމިޓެޑަށް ލިބިދޭންޖެހޭ ފައިސާއެއް ކަމުގައިވީނަމަވެސް،
އެފައިސާއިން އެއްވެސް މިންވަރެއް ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
ދީފައިނުވާކަމަށާއި، އަދި އެފައިސާ އެގްޒިމް ބޭންކުން ނަގާފައިވާކަން އެފަރާތުގެ ބަހުންނާއި ސްޓޭޓް ބޭންކް
އޮފް އިންޑިޔާއިން ފޮނުވާފައިވާ އެކަމާގުޅޭ ލިޔުމަށް ބެލުމުން އެނގޭކަމަށާއި، އެހެންކަމުން އެފަރާތަށް ލިބިފައިވާ
ފައިސާ ހިމަނައިގެން ދަޢުވާކޮށްފައިވުމަކީ، ޝަރީޢަތަށް އޮޅުވާލައިގެން ނުޙައްޤުން ފައިސާ ހޯދުމަށް އެގްޒިމް
ބޭންކުގެ ފަރާތުން ކޮށްފައިވާ ކަމެއްކަމަށް ވަން އެންޑް ހާފް ޑިގްރީ ޕްރައިވެޓް ލިމިޓެޑުގެ
44 4,
ucou
އެފަރާތުން ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ޙުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/200
6 24
(ރ) ހަތަރުވަނަ ކަމަކީ: މި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި އެގްޒިމް ބޭންކުގެ ފަރާތުން
ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު، ސެޓްލްމަންޓް އެގްރީމަންޓަކީ ދެފަރާތުގެ ދެމެދުގައި ވެފައިވާ
އެއްބަސްވުމެއްނޫން ކަމަށާއި އެފަދަ އެއްބަސްވުމެއް ވެވިފައިވާނަމަ އެކަން ސާބިތުކޮށް ދިނުމުގެ ޒިންމާއަކީ
ވަން އެންޑް ހާފް ޑިގްރީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކުރަންޖެހޭނެ ކަމެއްކަމަށާއި، ދެފަރާތުގެ ދެމެދުގައި
ވެފައިވާ ސެޓްލްމަންޓް އެގްރީމަންޓް ކަމަށް ބުނެ ހުށަހަޅާފައިވާ ލިޔުމުގައި އެގްޒިމް ބޭންކުގެ ފަރާތުން
ސޮއިކޮށްފައި ނުވާނެ ކަމަށާއި، އެލިޔުމަކީ ޑީ.އެސް.އާރު. އެކައުންޓް ލިކުއިޑޭޓްކޮށްގެން 95,000.00$US
(ނުވަދިހަ ފަސް ހާސް ޔޫއެސް ޑޮލަރ) ހޯދުމަށް އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާތީ އެކަން ފަހިކޮށް
ދިނުމާގުޅޭ ލިޔުމެއް ކަމަށާއި އެފައިސާ ހޯދަން އެދިފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ބްރޮޓޯން ކެޕިޓަލް
ފައިނޭންސާ ދެމެދު ކުރަން އުޅުނު މުޢާމަލާތަކާ ގުޅިގެން އެފަރާތުން ކުރަންޖެހޭ ޚަރަދުތަކަށް އެފައިސާ
ބޭނުންވާތީކަމަށާއި، އެއެއްބަސްވުމުގައި ބަޔާންކޮށްފައިވާ ޝަރުޠުތައް އެފަރާތުން ފުރިހަމަ ކޮށްފައިނުވާ
ކަމަށާއި، އެލިޔުމަކީ ވަން އެންޑް ހާފް ޑިގްރީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެގްޒިމް ބޭންކުން ނަގާފައިވާ
ފެނަށް ދައްކަންޖެހޭ ފައިސާ އަދާނުކޮށް ތިބުމުގެ ފުރުސަތު އިސްތިއުނާފުކުރާ ފަރާތަށް ލިބިދޭ އެގްރީމަންޓެއް
ނޫންކަމަށާއި،
އެލޯނުގެ ދަށުން 13 ވަނަ އިންސްޓޯލްމަންޓަށްވާ ފައިސާ ދޫކޮށްދިނުމަށް އިސްތިއުނާފުކުރާ
ފަރާތުން ބޭންކުގައި އެދިފައިވަނީ 18 މާޗް 2009 ގައި ކަމަށާއި އަދި އެފައިސާ ދޫކޮށްފައިވަނީ 03 އޭޕްރީލް
2009 ގައި ކަމަށާއި، 13 ވަނަ އިންސްޓޯލްމަންޓުގެ ފައިސާ ދޫކުރުމަށް އެފަރާތުން އެދިފައިވަނީ އެކަމަށް
އެދުމަށް އެގްރީމަންޓުގައި ބަޔާންކޮށްފައިވާ މުއްދަތަށް ވުރެ 33 ދުވަސް ފަހުން ކަމަށާއި، އެގްރީމަންޓުގައި
ބަޔާންވެފައިވާ ގޮތާއި ޚިލާފުވުމަކީ ލޯނަށް ދައްކަންޖެހޭ ފައިސާ ދެއްކުމުން ބަރީއަވެވޭނެ ކަމެއްނޫންކަމަށާއި،
ލޯނު ނެގިފަރާތުން ލޯނަށް ދައްކަންޖެހޭ އިންސްޓޯލްމަންޓުގެ 3 ގުނަ އަށްވާ ފައިސާއާއި، ތިން
އިންސްޓޯލްމަންޓާއެކު އިންޓަރެސްޓްގެ ގޮތުގައި އެކުޖުމްލަ 2,913,261.00$US (ދެ މިލިއަން މަ
ތޭރަ ހާސް ދުއިސައްތަ ފަސްދޮޅަސް އެއް ޔޫއެސް ޑޮލަރ) ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި
0ހ8
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/200
ބޭންކުން ޤަބޫލުކުރާ އެހެން ބޭންކެއްގައި ޑެޓް ސާރވިސަސް ރިޒާވް އެކައުންޓުގައި ބަހައްޓަންޖެހޭ ކަމަށާއި
ނަމަވެސް، އެފައިސާގެ ތެރެއިން ވަން އެންޑް ހާފް ޑިގްރީ ޕްރައިވެޓް ލިމިޓެޑުން ބަހައްޓާފައިވަނީ ސްޓޭޓް
ބޭންކް އިންޑިޔާގެ އެކައުންޓުގައި، 973,740.00$US (ނުވަލައްކަ ހަތްދިހަ ތިންހާސް ހަތްސަތޭކަ ސާޅީސް
ޔޫއެސް ޑޮލަރ) ކަމާއި، އެނޫން ފައިސާއެއް ބަހައްޓާފައިނުވާކަމާއި، ލޯނަށް ދައްކަންޖެހޭ އިންސްޓޯލްމަންޓާއި
އިންޓްރެސްޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ނުދައްކައި، ޑިފޯލްޓްވުމާ ގުޅިގެން ސްޓޭޓް ބޭންކް އިންޑިޔާގެ
ޑީ.އެސް.އާރު. އެކައުންޓުގައި ހުރި ފައިސާގެ ތެރެއިން 971.203.00$US (ނުވަލައްކަ ހަތްދިހައެއް ހާސް
ދުއިސައްތަ ތިނެއް ޔޫއެސް ޑޮލަރ) 14 އޮކްޓޯބަރ 2011 ގައި އެގްޒިމް ބޭންކަށް ލިބިފައިވާކަމަށް އެ
ބޭންކުގެ ފަރާތުން ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
¢ ¢ 8 އ 4
3
2
4
އެއެއބަސްފަހަޤީ
(ބ) ފަސްވަނަ ކަމަކީ، އެއްބަސްވުމަކީ
ބައިވެރިން ޤާނޫނީ ގޮތުން ބަނދެވޭ
ބަނދެވުމެއް ކަމާއި، އެއެއްބަސްވުމުގެ ބައިވެރިން ޢަމަލުކުރަންޖެހޭނީ އެއެއްބަސްވުމުގައި ބަޔާންވެފައިވާ
ޝަރުތުތަކާ އެއްގޮތަށް ކަމާއި،
އެނޫން ގޮތަކަށް ޢަމަލުކުރެވޭނީ ކޮންޓްރެކްޓުގެ
ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާ އޭނާގެ
މައްޗަށް ލާޒިމްކޮށްފައިވާ ކަމަކަށް ދުލެއް ނުވަތަ ލުޔެއް ދީފިނަމަކަން ޤާނޫނުނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ
ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) އިން އެނގޭކަމާއި،
މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި 16 ފެބްރުއަރީ 2006 ގައި ވެފައިވާ ފެސިލިޓީ
އެގްރިމަންޓުގެ ދަށުން ދޫކޮށްފައިވާ ލޯނުގެ ފައިސާއާއި މޯގޭޖް އެގްރިމަންޓުގެ ދަށުން އެގްޒިމް ބޭންކަށް ލިބިދޭ
ޙައްޤުތައް ހޯދުމަށް ދަޢުވާކުރުން 31 މާރޗް 2012 ގެ ނިޔަލަށް ފަސްކޮށް، އެ މުއްދަތުގެ ކުރިން ލޯނުގެ
އަދަދަށް ފައިސާ ހޯދުމަށްޓަކައި މަސަތްކަތް ކުރުމަށް ފެސިލިޓީ އެގްރީމަންޓުގެ ދަށުން އެގްޒިމް ބޭންކަށް
ލިބިގެންވާ ޙައްޤު ސެޓްލްމަންޓް އެގްރީމަންޓުގެ ދަށުން ދޫކޮށްލުމަށް އެއްބަސްވެފައި ވީނަމަވެސް، އެމުއްދަތު
ހަމަވުމުގެ ކުރިން އެގްޒިމް ބޭންކުގެ ފަރާތުން 10 ޖެނުއަރީ 2012 ގައި،
ވާކޮށްފައިވުމަކީ ބުނެވިދިޔަ އެގްރީމަންޓާ ޚިލާފުކަމެއްތޯ ނުވަތަ ނޫންތޯ ޝަރީޢަތުން
ޖ9ތ ދ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ޙުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
2014/HC-A1200
ފަރާތާ އިދިކޮޅަށް ކޮށްފައިވާ ޢަމަލެއްގެ ދިފާޢުގައި ކަމާއި އަދި ވަޢުދުވި ފަރާތުން ވެފައިވާ ތަޢުވައިކޯa
14 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އެހެނީ އެއެގްރީމަންޓަކީ މި ދެފަރާތުގެ ދެމެދުގައި ވެވިފައިވާ ފެސިލިޓީ އެގްރީމަންޓުގައި ބަޔާންކޮށްފައިވާ
ކަންތައްތަކާ ގުޅޭ އެގްރީމަންޓެއްކަން އެއެގްރީމަންޓަށް ބެލުމުން އެނގޭއިރު، ބުނެވިދިޔަ ސެޓްލްމަންޓް
އެގްރީމަންޓުގެ ޞައްޙަކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ޝަރީޢަތުން ބަލައި ކަނޑައެޅޭ ގޮތަކުން
މި މިމުޢާމަލާތާގުޅިގެން މި ދެފަރާތުން އަދާކުރަންޖެހޭ ޒިންމާއާއި މަސްޢޫލިއްޔަތަށް ބަދަލު އައުމުގެ ފުރުސަތު
އޮތްކަމަށް ބެލެވޭކަމާއި، އެއެގްރީމަންޓަކީ ޞައްޙަ އެގްރީމަންޓެއް ކަމުގައި ކަނޑައެޅިއްޖެ ހިނދެއްގައި،
އެއެގްރީމަންޓް އެއްގޮތަށް
ގޮތަށް ޢަމަލުކުރުން އެއެއްބަސްމުގެ ބައިވެރިންގެ މައްޗަށް ލާޒިމްވާނެކަމާއި، އަދި އެއާ
ޚިލާފުވެއްޖެ ހިނދެއްގައި އެ ޚިލާފުވުމުގެ ސަބަބުން ގެއްލުން ލިބޭ ފަރާތަކަށް އެކަމުގެ ބަދަލު
ލިބިދޭންޖެހޭނެކަން ފާހަގަކުރެވޭ ކަމާއި،
ފެސިލިޓީ އެގްރީމަންޓުގެ ދަށުން އެގްޒިމް ބޭންކަށް ލިބިދޭ ޙައްޤުތައް ހޯދުމަށް 31 މާރޗް
ގެ ނިޔަލަށް ދަޢުވާނުކުރުމަށް
އެގްޒިމް ބޭންކުގެ
ފަރާތުން ސެޓްލްމަންޓް އެގްރީމަންޓުގައި
އެއްބަސްވެފައިވީ ނަމަވެސް، އެމުއްދަތު ހަމަވުމުގެ ކުރިން ދަޢުވާކުރުމުން، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުން
ބަލައިގަނެފައިވާ "ޕްރޮމިސަރީ
ސްޓޮޕަލް"ގެ މަބްދަޢުގެ މަންފާ ވަން އެންޑް ހާފް ޑިގްރީ ޕްރައިވެޓް ލިމިޓެޑަށް
ލިބިދޭންޖެހޭނެ ކަމަށް އެފަރާތުން ބުނާއިރު،
"ޕްރޮވިސަރީ އެސްޓްޕަލް" މަބްދަޢުއަކީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި
ހިމެނޭ އެއް ފަރާތުން ކުރާ ވަޢުދަކަށް އަނެއް ފަރާތުން ބަރޯސާވެ އެގޮތުގެމަތިން ޢަމަލުކުރުމަށް ފަހު، ވަޢުދުވި
ފަރާތުންވި ވަޢުދާއި ޚިލާފު ޢަމަލެއް ކުރުން އުޞޫލެއްގެ ގޮތުން މަނާވުން ކަމާއި، އެމަފްހޫމުގެ ދަށުން
ޕްރޮމިސަރީ އެސްޓްޕަލް" ތަޠުބީޤު ކުރާއިރު، ޕްރޮމިސަރީ އެސްޓޮޕަލް ހުއްޖިއްޔަތެއްގެ ގޮތުގައި ބޭނުންކުރާ
ފަރާތާއި ވަޢުދުވި ފަރާތާ ދެމެދުގައި ކުރިން ޤާއިމްވެ ދެމިއޮތް ޤާނޫނީ ނުވަތަ ކޮންޓްރެކްޓުގެ ގުޅުމެއް
އޮންނަންޖެހޭނެ ކަމާއި، "ޕްރޮމިސަރީ އެސްޓްޕަލް" ބޭނުންކުރެވޭނީ
ހިކުރެވޭނީ ހަމައެކަނި ވަޢުދުވި ފަރާތުން ވަޢުދުވެވުނު
2012
3334 :
cucu
އެއްބަސްވުމުގެ ޝަރުޠުތަކަށް ބަދަލެއް އަންނަފަދަ ނުވަތަ އެއަށް ޢަމަލުކުރަން ނުޖެހޭފަދަ ވަޢުދަކަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
15 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/20
aޖ2
404
ވަޢުދުވެވުނު ފަރާތުން އެ ވަޢުދަށް ބަރޯސާވެ އެގޮތުގެމަތިން ޢަމަލުކޮށްފައިވުމާއި ވަޢުދުވި ފަރާތުން އެފަރާތުގެ
ވަޢުދާ ޚިލާފަށް ޢަމަލުކުރުމަކީ ޢަދުލު އިންސާފުގެ ހަމަތަކާއި ޚިލާފުކަމެއް ޝަރީޢަތުން ބަލަންޖެހޭކަން
އެނގޭއިރު، މި މައްސަލާގައި "ޕްރޮމިސަރީ އެސްޓޮޕަލް"
ސްޓޮޕަލް" ގެ އުސޫލުގެ ދަށުން މަންފާ ލިބިގަތުމަށް ވަން އެންޑް
ހާފް ޑިގްރީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެދިފައިވާކަން އެނގެން އޮންނަކަމެވެ.
3 24
2
8
0 ދ ތ 8
مع وسرع
(ޅ) ހަވަނަ ކަމަކީ: ވަން އެންޑް ހާފް ޑިގްރީ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ހުށަހަޅާފައިވާ
ދަޢުވާއަށް ޖަވާބު ދެމުން، ދެފަރާތުގެ ދެމެދުގައި ވެފައިވާ ސެޓްލްމަންޓް އެގްރީމަންޓާއި އެގްޒިމް ބޭންކުގެ
ފަރާތުން ލޯނު ފެސިލިޓީ އެއްބަސްވުމުގެ ދަށުން ދަޢުވާކުރުން 31 މާޗް 2012 އާ ހަމައަށް ފަސްކުރުމަށް
އެއްބަސްވެފައިވީނަމަވެސް، އެއެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ވަން އެންޑް ހާފް ޑިގްރީ ޕްރައިވެޓް
ލިމިޓެޑަށް ގެއްލުންތަކެއް ލިބިފައިވާކަމަށް ބުނެ އެގެއްލުންތަކުގެ ބަދަލު ހޯދުމަށް އެގްޒިމް ބޭންކުގެ މައްޗަށް
ރައްދު ދަޢުވާ (ކައުންޓަރ ކްލެއިމް) އެއް ވަން އެންޑް ހާފް ޑިގްރީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ހުށަހަޅާފައިވާ ކަމާއި، އެގޮތުން:-
އެގްރީމަންޓް އެގްޒިމް ފަރާތުން ޚިލާފުވުމުގެ ސަބަބުން ލިބުނު
ބަދަލާއި، އެކަމާގުޅިގެން އެފަރާތަށް ގެއްލިގެން ދިޔަ ފުރުސަތުތަކުގެ ބަދަލާއި، މުސްތަޤްބަލްގައި
ލިބެން އޮތް މާލީ މަންފާތައް ގެއްލިގެން ދިއުމާއި، ޑީ.އެސް.އާރު.އޭ. އެކައުންޓުތަކުގައި ބަހައްޓާފައިހުރި ފައިސާ
އަނބުރާ ނުލިބުމުގެ ސަބަބުން ލިބިފައިވާ ގެއްލުމާއި، މި މައްސަލާގައި ޤާނޫނީ ވަކީލުގެ މަސައްކަތަށް ޚަރަދު
ކުރަންޖެހުނު ފައިސާ ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވާކަން އެނގެން އޮންނައިރު،
އެފަރާތުން ހުށަހަޅާފައިވާ ރައްދުދަޢުވާއަކީ މި މައްސަލާގައި އެގްޒިމް ބޭންކުގެ ފަރާތުން
ހުށަހަޅާފައިވާ ލޯނުގެ މުޢާމަލާތުގެ ތެރޭގައި ހިނގާފައިވާ ކަންކަމާގުޅުން ހުރި ކަންތައްތަކެއްކަން އެނގޭއިރު،
އެކަންތައްތަކުގެ މައްޗަށް އެލޯނާގުޅިގެން ކުރެވޭ ދަޢުވާގެ ތެރޭގައި ގޮތެއް ކަނޑަނާޅައި ވަކި
ގޮތުގައި ޝަރީޢަތުން ބެލިއްޖެނަމަ، މުޅި މައްސަލައިގައި އިންސާފުވެރި ހައްލެއް ނުދެވި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
16 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/20
ތެރޭގައި ހިމެނޭ ވަކި ކަމަކަށް އިންސާފު ދެވޭގޮތް މެދުވެރިވުމުގެ ފުރުސަތު އޮންނަކަމާއި، ދަޢުވާއެއްގައި ހިމެނޭ
ވަކިކަމެއް ޝަރީޢަތުން ބަލައި އަދި ވަކިކަމެއް ނުބަލައި ދޫކޮށްލުމަކީ އިންސާފުވެރި ގޮތެއްކަމުގައި ނުފެންނާތީ،
މި މައްސަލައިގައި ވަން އެންޑް ހާފް ޑިގްރީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މި މައްސަލައިގައި ރައްދުގައި
ހުށަހަޅާފައިވާ ދަޢުވާގައި ހިމެނޭ މި މުޢާމަލާތާ ގުޅުން ހުރި ކަންކަމަކީ އެގްޒިމް ބޭންކުގެ ފަރާތުން
ހުށަހަޅާފައިވާ ދަޢުވާއަށް ގޮތެއް ނިންމުމުގެ ތެރޭގައި ބެލެވި ޝަރީޢަތުން ގޮތެއް ނިންމަންޖެހޭ ދަޢުވާއެއް
OCX
332
etc.
ކަމުގައި ފާހަގަކުރެވޭ ކަމެވެ.
ވަނަ މާއްދާއާއި
'
ހުކުމުގެ
(ށ) ހަތްވަނަ ކަމަކީ: ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނުނަންބަރު 2010/22) ގެ 38
39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ޙުކުމްތަކާއި ނިންމުންތައް ހައިކޯޓުގައި
އިސްތިއުނާފުކުރެވޭނެ ހާލަތްތައް ބަޔާންކުރަމުން، އެޤާނޫނުގެ 43 ވަނަ މާއްދާގެ (ށ) ގެ 4 ވަނަ
ންބަރުގައި،
ނުވަތަ ނިންމުމުގެ
ސަބަބުތައް ބަޔާންވެފައި ނެތުން" މިފަދައިން
ބަޔާންކޮށްފައިވާކަމާއި، ޙުކުމްކުރުމުގެ ކުރިއަށް ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖްރާއަތެއް ބާޠިލްކަމަށް
ހައިކޯޓުގައި އިސްތިއުނާފުކުރެވޭނީ އެ އިޖްރާއަތުގެ ނުކުތާއަކީ ޙުކުމަށް ސީދާ އަސަރެއްކޮށްފައިވާ
ނުކުތާއަކަށްވެފައި، މައްސަލަ ބެލި ދަށު ކޯޓުގައި
އެނުކުތާއެއް ފާހަގަ ކުރުމުން، އެނުކުތާއަށް ނަޒަރުނުކޮށް
ދޫކޮށްލާފައިވާނަމަ ކަމަށް އެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާއިރު،
މިމައްސަލާގައި އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާއިން ވަން އެންޑް ހާފް ޑިގްރީ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ 19,000,000.00$US (ނަވާރަ މިލިއަން އެމެރިކާ ޑޮލަރުގެ
ޕްރިންސިޕަލް ލޯނަށް 30 ނޮވެމްބަރު 2011 މި ތާރީޚާއި ހަމައަށް 22,027,704.02$US (ބާވީސް
މިލިއަން ހަތާވީސްހާސް ހަތްސަތޭކަ ހަތަރެއް ޕޮއިންޓް ސުމެއް ދޭއް) އެމެރިކާ ޑޮލަރު ސަރވިސްޗާޓާއި،
ޖޫރިމަނާއާއެކު އަރާފައިވާކަމަށް ޙުކުމުގައި ފާހަގަކޮށް ނިންމަވާފައިވަނީ ދަޢުވާކުރާ ފަރާތުން
ކަންކަމުގެ މައްޗަށް އެކަނި ރިޢާޔަތްކޮށްގެން ކަމާއި، ދަޢުވާގައި ހިމެނޭ ޢަދަދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
ވާ، ދިވެދީއް
17 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/200
ކަމަށް
ކޮންގޮތަކަށް އަދި ކޮން ސަބަބުތަކަކަށް ރިޢާޔަތް ކުރައްވައިގެންކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަ
ކުރައްވާފައި ނުވާކަމާއި، އަދި އެލޯނާ ގުޅިގެން މި މައްސަލައިގެ ދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާގެ
ތެރޭގައި ހިމެނޭ ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ޑީ.އެން.އާރ. އެކައުންޓުގައި ހުރި ފައިސާގެ ތެރެއިން
US
$
971,203.00 (ނުވަލައްކަ ހަތްދިހަ އެއްހާސް ދުއިސައްތަ ތިން ޔޫއެސް ޑޮލަރ) 14 އޮކްޓޯބަރު
2011 ގައި އެގްޒިމް ބޭންކަށް ލިބިފައިވާ ފައިސާއެއްކަމަށް އެފަރާތުގެ އިޤްރާރުންނާއި މި މައްސަލައިގައި
ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއިން އެނގެން އޮތްއިރު، ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ޑީ.އެސް.އާރު.
އެކައުންޓުގައި ހުރި 973,740.00$US (ނުވަލައްކަ ހަތްދިހަ ތިންހާސް ހަތްސަތޭކަ ސާޅީސް ޔޫއެސް
ޑޮލަރ) ޓެލެގްރާފް ޓްރާންސްފަރއިން އެގްޒިމް ބޭންކަށް ފޮނުވާފައިވާކަން ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން
އެކަމާގުޅޭ ގޮތުން ދީފައިވާ ލިޔުމަށް ބެލުމުން އެނގޭއިރު، އެ ބޭންކަށް ލިބިފައިވާ އެފަރާތުންވެސް
އެއްބަސްވެފައިވާ ފައިސާ ހިމަނައިގެން ދަޢުވާކޮށްފައިވުމުން އެފައިސާ އެލޯނުން އުނިކުރެވިފައިނުވާކަމަށް
ބެލެވޭކަމާއި، އަދި އެގޮތަށް އުނިކޮށްފައިނުވުމަކީ އެލޯނުގެ އިންޓަރެސްޓާއި އެހެނިހެން ޗާޖްތައް އިތުރުވެގެން
ދާނެކަމެއްކަމަށް ބެލެވެން އޮންނައިރު، އެލޯނުގެ އިންޓަރެސްޓުގެ ގޮތުގައި ފައިސާ ހިސާބުކޮށްފައިވަނީ އެފައިސާ
އުނިކޮށްގެންކަން ނުވަތަ އެފައިސާ ހިމަނައިގެންކަން ޝަރީޢަތަށް ސާބިތުކޮށްދެވޭ ފަދަ އެކަށީގެންވާ މިންވަރުގެ
ހެއްކެއް ހުށަހަޅާފައި ނުވާއިރު، ޝަރީޢަތުން ބައްލަވާ މައްސަލައެއްގައި ކޯޓަކުން ޙުކުމަކާ ހަމައަށް
ވާސިލުވާ އެ މައްސަލައެއްގެ ވަޤާއިޢުތަކަށާއި އެމައްސަލާގައި ދެފަރާތުން ދައްކާ ވާހަކަތަކަށާއި،
ހުށަހެޅިފައިވާ ހެއްކާއި ޤަރީނާތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބެލުމަށް ފަހުގައި ކަމާއި، އަދި
ޝަރީޢަތުން މައްސަލައެއްގެ ނިންމުމަށް ވާސިލުވި ގޮތަކާއި ސަބަބުތައް ވެސް އެމައްސަލައެއް ނިންމި
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަން ޖެހޭނެކަމަށް ޤަބޫލުކުރެވޭއިރު، މި
މައްސަލައިގައި ދަޢުވާގައި އެދިފައިވާ ގޮތުގެމަތިން އެގްޒިމް ބޭންކަށް ފައިސާ ދެއްކުމަށް ޝަރީޢަތުން
ނިންމަވާފައިވަނީ އެކަންކަމުގެ މައްޗަށް އެކަށީގެންވާ ގޮތެއްގައި ޝަރީޢަތުން ބެލެވިގެން ނޫން އެއިޑްށް
3ދ 4 ،4
اور مسر
2
4 އދ 4
އެނޫން ކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
18 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/200
(އ) އަށްވަނަ ކަމަކީ: ދިވެހިރާއްޖޭގެ ހައިކޯޓުން މަޢުޟޫޢީ ގޮތުން މައްސަލަތައް ބެލުމުގައި
ޢަމަލުކުރާނެ ގޮތް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 22/2010) ގައި ކަނޑަޅައި
ބަޔާންކޮށްފައިވާ ގޮތަށް ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ކޯޓެއްގެ
އިޚްތިޞާޞްއަކާގުޅޭ މައްސަލައެއް ފިޔަވައި، އެހެން މައްސަލަތައް މައުޟޫޢީ ގޮތުން ބެލުމުގައި އެމައްސަލައަކީ
ދަށު ކޯޓަށް އަލުން ފޮނުވައި، މައްސަލައިގައި ކަންހިނގާފައިވާ ގޮތެއް އަލުން ބަލަންޖެހޭ ގޮތަށް އޮތް
މައްސަލައެއް ނަމަ، އެ މައްސަލާގައި ޢަމަލުކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ އުސޫލު ކަނޑައަޅައި، އެ
މައްސަލަ އަލުން ބެލުމަށްޓަކައި ދަށު ކޯޓަށް ތަޙުލީލު ކުރުންކަމަށް އެޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގައި
ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު،
ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/42 ޤަޟިއްޔާ ދަށު ކޯޓުން ބައްލަވައި ޙުކުމް
ކުރައްވާފައިވަނީ އެޤަޟިއްޔާގެ ވަޤާއިއުތަކަށާއި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހަޅާފައިވާ ހެއްކާއި
ޤަރީނާތަކުގެ މައްޗަށް ފުރިހަމަ ގޮތުގައި ބެލެވި ފައިސަލް ކުރެވިގެން ކަމުގައި ނުފެންނާތީ، އިސްވެ
ބަޔާންކޮށްފައިވާ ގޮތުގެމަތިން މި ޤަޟިއްޔާގައި ހުށަހަޅާފައިވާ ކަންތައްތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކުގެ މަތިން ބަލައި ގޮތެއް ކަނޑައެޅުމަކާ ނުލައި، އެގްޒިމް ބޭންކުގެ ފަރާތުން ހުށަހެޅިފައިވާ ދަޢުވާއަށް
ގޮތެއް ކަނޑައެޅުމަކީ ޢަދުލުއިންސާފުގެ ހަމަތަކުން ރަނގަޅު ގޮތެއްކަމުގައި ނުފެންނާތީއާއި، އަދި މި
މައްސަލައިގެ ދަށު ކޯޓުގެ މަރުހަލާގައި ނުބެލި ހުރި ކަންކަމާމެދު ހައިކޯޓުގެ އިސްތިއުނާފް މަރުޙަލާގައި އަލަށް
ބަލައި ގޮތެއް ކަނޑައެޅުމަކީ އިސްތިއުނާފް ޢާންމު އުސޫލާ ޚިލާފުކަމެއް ކަމުގައި ފެންނާތީއާއި، އަދި އެކަމުގެ
ސަބަބުން އިސްތިއުނާފު ކުރުމަށް މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްޤު
ހަނިވެ، އިސްތިއުނާފުކުރުގެ އެއް މަރުޙަލާ ކޮންމެވެސް އެއްފަރާތަކަށް ގެއްލިގެންދާނެ ކަމަށް ފެންނާތީ، މި
ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ މި ޤަޟިއްޔާގައި ފާހަގަ ކޮށްފައިވާ ކަންކަމުގެ
މައްޗަށް އަލުން ބައްލަވައި ފައިސަލާ ކުރަނިވި ޙުކުމެއް ކުރެއްވުމަށްޓަކައި ޤާނޫނު ނަންބަރު43
R) 20
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
ކަށްވައިjeއ
19 ޤަސިބިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/20g
4
ce O
(ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން ސިވިލް ކޯޓުގެ ނަންބަރު
2012/Cv-C/42 ޤަޟިއްޔާ އެކޯޓަށް ތަޙްލީލް ކުރުމަށެވެ.
ޙުކުމް:
ދެންފަހެ އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު އެގޮތުގެމަތިން
ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/42 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށް،
އެޤަޟިއްޔާގައި ބެލެވުނު މައްސަލާގައި އިތުރަށް ސާފުކޮށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމާއެކު، މި
ޤަޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ
މަތީން ރިޢާޔަތްކުރައްވައި، އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ ޤަޟިއްޔާ އަލުން ބައްލަވައި ފައިޞަލާ
ކުރަނިވި ޙުކުމެއް ކުރެއްވުމަށްޓަކައި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46
ވަނަ މާއްދާގެ (ށ) ގެ ދަށުން ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/42 ޤަޟިއްޔާ އެކޯޓަށް ތަޙްލީލުކޮށް
މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
gt
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv