ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/399 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/399
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 399/HC
-
A/2015
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ސްކައިޓްއަރސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް
* ރަޖިސްޓްރީ ނަންބަރު: C0048
/
2010
އެޑްރެސް: ފ.މެލައިމް ބިލްޑިންގ
0
• އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ނަން: ސީޕްރިއާ ހޮޓެލްސް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު: C458
/
2004
އެޑްރެސް: ދަ ސީޕްރިއާ
•ރަޖިސްޓްރީ ކުރެވުނު ތާރީޚް: 28 ޞަފަރު 1437
10 އޯގަސްޓް 2015
-ނިމުނު ތާރީޚް: 27 ރަޖަބު 1438
24 އޭޕްރީލް 2017
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2014/Cv-C/1880
• ނިންމެވި ކޯޓު: ސިވިލް ކޯޓު
• މައްސަލައިގެ ބާވަތް: ފައިސާހޯދުން
• ހުށަހެޅުނު ތާރީޚް: 10 ސެޕްޓެމްބަރު 2014 • ނިމުނު ތާރީޚް: 27 އޯގަސްޓް 2015
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލީސް:
ފަނޑިޔާރު އގ.ޢަލީ ސަމީރު، އިސްފަނޑިޔާރު އގ.ޢަބްދުﷲދީދީ، ފަނޑިޔާރު އޒް.ޢަބްދުﷲ ޙަމީދު.
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]
9، ދިވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/399
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1880 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި
ސްކައިޓްއަރސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
cu o
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ސީޕްރިއާ ހޮޓެލްސް އެންޑް ޓްރެވަލްސް
ޕްރައިވެޓް ލިމިޓެޑެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1880 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ސީޕްރިއާ ހޮޓެލްސް އެންޑް ޓްރެވަލްސް ޕްރައިވެޓް
ލިމިޓެޑާއި ސްކައިޓްވަރސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު 20 މެއި 2013 ގައި،
"އެގްރިމެންޓް ފޯރ ދަ ޕްރޮވިންޝަން އޮފް ކޮމަން ޓްރެވަލް ސަރވިސް ސްކައިޓްވަރސް ހޮލިޑޭސް
ޕްރައިވެޓް ލިމިޓެޑް" ގެ ނަމުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ސީޕްރިއާއިން ވިއްކާފައިވާ
އެއަރލައިން ޓިކެޓްތަކަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބިވާ 3543.8$US (ތިންހާސް
ފަސްސަތޭކަ ސާޅީސް ތިނެއް ޔޫ.އެސް ޑޮލަރު އަނެއް ސެންޓް) މިފައިސާ ނުދެއްކުމުގެ ސަބަބުން
ޖޫރިމަނާގެ ގޮތުގައި 24 އޮގަސްޓް 2014 ވަނަ ދުވަހާއި ހަމައަށް އަރާފައިވާ 8,486.31 (އަށްހާސް
ހަތަރުސަތޭކަ އަށްޑިހަ ހަ ޑޮލަރު އެއްތިރީސް ސެންޓް) އާއި އެކު ޖުމްލަ 12,030.11 ރ. (ބާރަހާސް
ތިރީސް ޑޮލަރު އެގާރަ ސެންޓް) ޝަރީޢަތް މެދުވެރިކޮށް ހޯދުމަށް ސްކައިޓްވަރސްގެ
ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަމާއި،
މައްޗަށް
ހއ 3
33
6
އެޤަޟިއްޔާގައި ސިވިލް ކޯޓުން ޙުކުމްކުރައްވާފައިވަނީ "ދެންފަހެ، ސީޕްރިއާ ހޮޓެލްސް
އެންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓަރީ ނަންބަރު C458
/
2004) އާއި ސްކައިޓުވަރސް
ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓަރީ ނަންބަރު 0048
/
2012-C) އާ ދެމެދު 20 މެއި 2013
ގައި އެގްރިމެންޓް ފޯ ދަ ޕްރޮވިންޝަން އޮފް ކޮމަން ޓްރެވަލްސް ސަރވިސް ފޯ ސްކައިޓުވަރސް
ދިވެހިރާއްޖޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޭހަށީ، މާލެ ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިwww.highcourt.gWrif
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/399
6 24
ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ސީޕްރިއާއިން ވިއްކާފައިވާ
އެއަރލައިން ޓިކެޓްތަކަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބިވާ 3,545
/
80$US (ތިންހާސް
ފަސްސަތޭކަ ސާޅީސްފަހެއް އެމެރިކާ ޑޮލަރު އަށްޑިހަ ސެންޓް) އާއި، މިފައިސާ ނުދެއްކުމުގެ ސަބަބުން
ޖޫރިމަނާގެ ގޮތުގައި 24 އޮގަސްޓް 2014 ވަނަ ދުވަހާއި ހަމައަށް އަރާފައިވާ 8,486.31 (އަށްހާސް
ހަތަރުސަތޭކަ އަށްޑިހަ ހައެއް އެމެރިކާ ޑޮލަރު އެއްތިރީސް ސެންޓް) އާއެކު ޖުމްލަ 12,030
/
11$US
(ބާރަހާސް ތިރީސް އެމެރިކާ ޑޮލަރު އެގާރަ ސެންޓް) ހޯދުމަށްއެދި ސްކައިޓަވަރސް ހޮލިޑޭސް
ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ސީޕްރިއާ ހޮޓެލްސް އެންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑުން ކުޅަ
މިދަޢުވާއަށް ޝަރީޢަތުން ބެލިއިރު،
ބުނެވިދިޔަ އެއްބަސްވުމުގެ ދަށުން ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް ވިއްކާފައިވާ
އެއަރލައިން ޓިކެޓުތަކަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބިވާ 3,545
/
80$US (ތިންހާސް
ފަސްސަތޭކަ ސާޅީސްފަހެއް އެމެރިކާ ޑޮލަރު އަށްޑިހަ ސެންޓް) މިފައިސާ ނުދެއްކުމުގެ ސަބަބުން
ޖޫރިމަނާގެ ގޮތުގައި 24 އޮގަސްޓް 2014 ވަނަ ދުވަހާއި ހަމައަށް އަރާފައިވާ 8,486.31 (އަށްހާސް
ހަތަރުސަތޭކަ އަށްޑިހަ ހައެއް އެމެރިކާ ޑޮލަރު އެއްތިރީސް ސެންޓް) އާއެކު ޖުމްލަ 12,030
/
11$US
(ބާރަހާސް ތިރީސް އެމެރިކާ ޑޮލަރު އެގާރަ ސެންޓް) އަކީ ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް
ދައްކަންޖެހި ނުދައްކާހުރި ފައިސާކަން ހުށަހެޅިފައިވާ މުސްތަނަދުތަކުން ޝަރީޢަތަށް ސާބިތުވެއްޖެކަމަށް
ކަނޑައަޅައި،
މިފައިސާ އަދާކުރުމުގެ ގޮތުން 27 އޮގަސްޓް 2015 ވަނަ ދުވަހުން ފެށިގެން 6 (ހައެއް)
މަސްދުވަހުގެ ތެރޭގައި އެމަހަކަށްޖެހޭ ވަރަށްވުރެ މަދުނޫން މިންވަރެއް ސީޕްރިއާ ހޮޓެލްސް އެންޑް
ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށްޓަކައި ސިވިލް ކޯޓަށް ދައްކާ 12,030
/
11$US
(ބާރަހާސް ތިރީސް އެމެރިކާ ޑޮލަރު އެގާރަ ސެންޓް) ޚަލާޞް ކުރުމަށް ދަޢުވާލިބުނު ސްކައި ޓުވަރސް
ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑަށް އަންގައި، ޙުކުމް ކޮށްފީމެވެ." މިފަދައިންނެވެ.
I
އަދި ޤާނޫނީ ހަމަތަކާއެއްގޮތް
02- ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/1880 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ
ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި
ސްކައިޓްއަރސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ހުށަހަޅާ
އެނުކުތްތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާއި ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]
www.highcourt.gov
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/399
ފުރަތަމަ ނުކުތާއަކީ، ސްކައިޓްއަރސްއާއި ސީޕްރިއާ ހޮޓެލްސްއާ ދެމެދު ވެފައިވާ
އެއްބަސްވުމުގެ ދަށުން، ކްރެޑިޓް ލިމިޓެޑެއް ކަނޑައަޅަންޖެހޭކަމަށް އެއްބަސްވުމުގެ 4 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާއިރު، އެކްރެޑިޓް ލިމިޓް ކަނޑައަޅާފައިވާ ލިޔުމާއިމެދު ސްކައިޓްއަރސްގެ ފަރާތުން
ސުވާލު އުފައްދަމުން ދަނިކޮށް އެލިޔުމަށް ގޮތެއް ކަނޑަނާޅުއްވައި މައްސަލަ ނިންމަވާފައިވުންކަމަށް
ބުނެ ހުށަހެޅި ނުކުތާއެވެ.
ފައިސާ
2
375 / t
بروز فر
• ދެވަނަ ނުކުތާއަކީ، ދެފަރާތުގެ ދެމެދުގައި އެއްބަސްވުމުގެ ދަށުން،
ދައްކަމުންދަނީ ސީޕްރިއާގެ މެނޭޖްމަންޓުން އަދި ނުވަތަ އެމަސައްކަތްކުރާ އެފަރާތުގެ އެހެންކުންފުންޏެއް
ކަމަށްވާ ގޯ މޯލްޑިވްސްގެ ނަމުގައިކަމާއި، އެއީ ޢާއްމުކޮށް ޢަމަލު ކުރަމުންދާ
ސީޕްރިއާއިން އިންކާރުކޮށްފައިނުވާއިރު، އެފައިސާއަކީ ތިންވަނަ ފަރާތަކަށް ދައްކާފައިވާ
ފައިސާއެއްކަމުގައި ބައްލަވައި، ސީޕްރިއާއަށް ފައިސާ ނުދައްކާކަމަށް ޙުކުމް ކުރައްވާފައިވުންކަމަށް ބުނެ
ހުށަހެޅި ނުކުތާއެވެ.
03- ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/1880 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއެއްގޮ
ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި
ސްކައިޓްއަރސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ
ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި
ހަގަކުރެވެއެވެ.
ދ 6 ދ ތ ދه
2
I!
(ހ) ފުރަތަމަކަމަކީ، ސީޕްރިއާ ހޮޓެލްސް އެންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑާއި
ސްކައިޓްއަރސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު 20 މެއި 2013 ގައި "ޓްރެވަލް
މެނޭޖްމަންޓް ސަރވިސް" ގެ ނަމުގައި އެއްބަސްވުމެއްވެފައި އޮންނަކަމާއި، ސީޕްރިއާ ހޮޓެލްސް އެންޑް
ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑުން ސްކައިޓްއަރސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ދަޢުވާ
އުފުލާފައިވަނީ ބުނެވުނު އެއްބަސްވުމުގެ ދަށުން ސީޕްރިއާ ހޮޓެލްސް އެންޑް ޓްރެވަލްސް ޕްރައިވެޓް
ލިމިޓެޑުން ސްކައިޓްއަރސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑަށް ވިއްކާފައިވާ އެއަރލައިން ޓިކެޓްތަކަކަށް
ސްކައިޓްއަރސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން
ޖެހިރާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 އަންވަރު މާ
އީމެއިލް: [email protected]
ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
www.highcourt.gov.mv
4 & / / =
ވެބް -82.. ދިވެހީން
5
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/399
އެފައިސާއާއި ފައިސާ ނުދެއްކުމުގެ ސަބަބުން އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ޖޫރިމަނާގެ ފައިސާ
ހޯދުމަށްކަން އެނގެން އޮންނައިރު، މިދަޢުވާއަށް އިންކާރު ކުރަމުން ސްކައިޓްއަރސް ހޮލިޑޭސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްބަސްވުމުގެ ދަށުން ސީޕްރިއާ ހޮޓެލްސް އެންޑް ޓްރެވަލްސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވިއްކި އެއަރލައިން ޓިކެޓްތަކާއި ގުޅިގެން ދައްކަންޖެހޭ އެންމެހައި
ފައިސާ ދައްކާފައިވާނޭކަމަށް އެކުންފުނިން ބުނާކަން އެނގެން އޮން.
މިކަމެވެ.
ޖެ 2 / 4 ه
, 3 / ދ 2
(ށ) ދެވަނަކަމަކީ، އިޝާރާތްކުރެވުނު އެއްބަސްވުމުގެ ދަށުން ޓިކެޓްތައް ގަތުމުގެ
ހިންގި ކަމާއިމެދު ސްކައިޓްއަރސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުން އިންކާރު ނުކުރާތީ
އެމުޢާމަލާތާއި ގުޅިގެން ދައްކަންޖެހޭ އެންމެހައި ފައިސާއެއް ދެއްކިކަން ސާބިތުކުރުމުގެ ބުރަ
މިޙާލަތުގައި އުފުލަންޖެހޭނީ ސްކައިޓްއަރސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުންކަމާއި، މިގޮތުން
ސްކައިޓްއަރސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގައި ބުނެފައިވަނީ
ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ކްރެޑިޓް ލިމިޓަކީ
3000 (ތިންހާސް) ޔޫ.އެސް ޑޮލަރު ކަމަށާއި، އެއަށްވުރެ އިތުރަށް ދޫކޮށްފައިވާ ކްރެޑިޓް ލިމިޓަށްޖެހޭ
ފައިސާއެއް ސްކައިޓްއަރސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުން ދައްކަން ނުޖެހޭނެކަމަށާއި، ކްރެޑިޓް
ލިމިޓުގައިވާ ޢަދަދަށްވާ ފައިސާ ސީޕްރިއާ ހޮޓެލްސް އެންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑުން
ހިންގަމުން އަންނަ ގޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އެވެ ކިޔާ ކުންފުންޏަކާއި
ޙަވާލުކޮށްފައިވާނޭކަމަށާއި، މިގޮތުން އެކަން ސާބިތުކުރުމުގެ ގޮތުންކަމަށް ބުނެ ގޯ މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑަށް -/46,260 ރ. (ސާޅީސްހަހާސް ދުއިސައްތަ ފަސްދޮޅަސް ރުފިޔާ) ގެ ޕޭމަންޓް
ވައުޗަރއެއް ސްކައިޓްއަރސް ހޮލިޑޭ ޕްރައިވެޓް ލިމިޓެޑުން ދަށު ކޯޓަށް ހުށަހަޅާފައިވާކަން
އެނގޭކަމެވެ.
(ނ) ތިންވަނަކަމަކީ، މިމައްސަލައާއި ގުޅިގެން ސްކައިޓްއަރސް ހޮލިޑޭސް ޕްރައިވެޓް
ލިމިޓެޑުން ދަށުކޯޓަށް ހުށަހެޅި ލިޔުންތަކުގެ ތެރޭގައި ހިމެނޭ ކްރެޑިޓް ލިމިޓް ކަނޑައަޅާފައިވާ
ލިޔުމާއިމެދު ސްކައިޓްއަރސްގެ ފަރާތުން ސުވާލު އުފައްދަމުން ދަނިކޮށް އެލިޔުމަށް ގޮތެއް
ކަނޑަނާޅުއްވައި މައްސަލަ ނިންމަވާފައިވާކަމަށް ސްކައިޓްއަރސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ބުނެފައިވީ ނަމަވެސް، އެލިޔުމާއި މެދު ދަށުކޯޓުން ގޮތެއް ކަނޑައަޅާފައިވާކަން ދަށުކޯޓުގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 3 ވަނަ މާއްދާގެ (ބ) އަށް ބެލުމުން އެނގެން އޮންނަކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ ޖައް، ފޯން 3325029، ފެކްސް: 331647
އީމެއިލް [email protected]
www-highcourt.gov.my
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/399
މިގޮތުން ސްކައިޓްއަރސްގެ ފަރާތުން ޢިޝާރާތްކުރާ ލިޔުމަކީ ގޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެކު
ސްކައިޓްއަރސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުން ސޮއި ކޮށްފައިވާ ލިޔުމެއްކަން އެނގެން އޮންނައިރު،
މިލިޔުމުގެ ދަށުން ވެފައިވާ އެއްބަސްވުމަކީ ސީޕްރިއާ ހޮޓެލްސް އެންޑް ޓްރެވަލްސް ޕްރައިވެޓް
ލިމިޓެޑާއިއެކު ވެފައިވާ އެއްބަސްވުން ނޫންކަމަށާއި، މިއީ ޤާނޫނީ އެހެން ޝަޚް ޞަކަށް ވެފައިވާ
އެއްބަސްވުމެއްކަމަށް މިމައްސަލަ ނިންމި ރިޕޯޓުގައި ބަޔާން ކޮށްފައިވާކަން އެނގެން
އޮންނަކަމެވެ.
تو مری
6 24
(ހ) ހަތަރުވަނަކަމަކީ، 20 މެއި 2013 ގައި ސީޕްރިއާ ހޮޓެލްސް އެންޑް ޓްރެވަލްސް
ޕްރައިވެޓް ލިމިޓެޑާއި ސްކައިޓްއަރސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ "ޓްރެވަލް
މެނޭޖްމަންޓް ސަރވިސް" މިއެއްބަސްވުމުގެ 4 ވަނަ މާއްދާއަށް ބެލުމުން، ކައިޓްއަރސް ހޮލިޑޭސް
ޕްރައިވެޓް ލިމިޓެޑުން ގަންނަ ޓިކެޓްގެ އިންވޮއިސް ލިބުމުން އެ އިންވޮއިސްގައިވާ ޢަދަދަށްވާ ފައިސާ
ދޫކުރެވިފައިވާ ކްރެޑިޓް ލިމިޓަށް ބެލުމެއްނެތި އެ ކްރެޑިޓް ދޫކުރެވިފައިވާ މުއްދަތު ހަމަވުމުގެ ކުރިން
އިންވޮއިސް ލިބޭތާ 10 ދުވަހުގެ ތެރޭގައި ފައިސާ ދައްކަންޖެހޭނެކަމަށް ބަޔާންވެގެން އޮންނަކަމާއި،
މިއެއްބަސްވުމުގައި ބުނެފައިވާ ގޮތުގެ މަތިން ސްކައިޓްއަރސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުން ގަތް
ޓިކެޓްތަކުގެ އިންވޮއިސް އެކުންފުންޏަށް ސީޕްރިއާ ހޮޓެލްސް އެންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑުން
ފޮނުވާފައިވާކަން އެނގެން އޮންނައިރު އޭރު އިންވޮއިސްތަކުގައި މައްސަލައެއް އޮވެގެން
އިންވޮއިސްގައި ފައިސާދައްކަންޖެހޭކަމަށް ބުނާ މުއްދަތުގައި ސްކައިޓްއަރސް ހޮލިޑޭސް ޕްރައިވެޓް
ލިމިޓެޑުން ޝަކުވާއެއް ހުށަހަޅާފައިވާކަން އެނގެން ނެތްކަމާއި، މީގެ އިތުރުން ސްކައިޓްއަރސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސީޕްރިއާ ހޮޓެލްސް އެންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑަށް
ފޮނުވާފައިވާ އީމެއިލްއެއްގައި ކްރެޑިޓް ލިމިޓަށް ވުރެ އިތުރަށް ޓިކެޓް ލިބިފައިވާކަމަށް
އެއްބަސްވެފައިވާކަން އެނގެން އޮންނައިރު، އަދި މިފަދައިން އިތުރަށް ޓިކެޓް ދޫކުރެވިފައިވަނީ
ސްކައިޓްއަރސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުން އެގޮތަށް އެދި ހުށަހެޅި ރިކުއެސްޓަކާއި ގުޅިގެންކަމަށް
ސީޕްރިއާ ހޮޓެލްސް އެންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެ އެކަން ސާބިތުކުރުމަށް
ލިޔުންތައް ހުށަހަޅާފައިވާއިރު، އެކަމާއި މެދުވެސް ސްކައިޓްއަރސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުން
އިންކާރުކޮށްފައިވާކަން އެނގެން ނެތުމުން ސްކައިޓްއަރސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުގެ އެދުމުގެ
މަތިން ސީޕްރިއާ ހޮޓެލްސް އެންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑުން ވިއްކާފައިވާ އެންމެހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ އަތްތަށް މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]
، ދިވެހިހ
www.highcourt.gov.my
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/399
ޓިކެޓްތަކަށް އިންވޮއިސް ކުރެވިފައިވާ ފައިސާއަކީ ސްކައިޓްއަރސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުން
ދައްކަންޖެހޭ ފައިސާކަން މަދަނީ މިންގަނޑުން ސާބިތުވާން އޮންނަކަމެވެ.
odox
(ބ) ފަސްވަނަކަމަކީ، ޢާއްމު އުސޫލެއްގެ ގޮތުން ވިޔަފާރީގެ މުޢާމަލާތްތަކާއި ގުޅިގެން ފައިސާ
ދެއްކުމުގައި ޢަމަލުކުރަމުންދާ ގޮތަކީ ފައިސާ ދެއްކުމަށް އެއްބަސްވެފައިވާ ކުންފުންޏަކަށް އަދި އެފައިސާ
ހޯދުމަށް އެދި އިންވޮއިސް ފޮނުވާ ކުންފުންޏަކަށް އެފައިސާއެއް ދައްކަންޖެހުންކަމާއި، އަދި
އެނޫންގޮތަކަށް އެކަން ކުރާނީ ފައިސާ ލިބެންޖެހޭ ފަރާތުން އެނޫންގޮތަކަށް ޢަމަލުކޮށް ދިނުމަށް އެދި
ފައިސާ ދައްކަންޖެހޭ ފަރާތުގައި އެދޭ އެދުމެއްގެ މައްޗަށް ބިނާކޮށްގެންކަމާއި، ކައިޓްއަރސް
ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުން ސީޕްރިއާ ހޮޓެލްސް އެންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑަށް
ދައްކަންޖެހޭ ފައިސާ ގޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ދައްކާ
ޚަލާސްކޮށްފައިވާކަމަށް ބުނެ ސްކައިޓްއަރސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި
ލިޔުމަށް ބަލާއިރު، އަދި މިއީ މީގެ ކުރިންވެސް ފައިސާ ދައްކަމުން ގޮސްފައިވާ ގޮތެއްކަމަށް ސްކައި
ޓްއަރސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނާއިރު، މީގެ ކުރިން ސީޕްރިއާ ހޮޓެލްސް އެންޑް
ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަން ޖެހުނު ފައިސާއެއް ގޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
ދެއްކިކަން އެނގޭނެ އެއްވެސް ހެއްކެ ސްކައިޓްއަރސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ހުށަހަޅާފައިނެތްކަމާއި، އަދި ސީޕްރިއާ ހޮޓެލްސް އެންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ
ފައިސާއެއް ގޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހުނީ އެގޮތަށް ފައިސާ ދެއްކުމަށް އެދި
ސީޕްރިއާ ހޮޓެލްސް އެންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑުން އެދިގެންކަން އެނގެން ނެތުމުގެ އިތުރަށް
ފައިސާ ދެއްކިކަމަށް ބުނެ ހުށަހެޅި ޕޭމަންޓް ވައުޗަރ ގައި މިއީ 10 ފެބުރުއަރީ 2014 ގައި ގޯ
މޯލްޑިވްސް އިން ފޮނުވި އިންވޮއިސްއަކަށް ދައްކާ ޕޭމަންޓެއްކަމަށް ބަޔާންވެގެން
ވެގެން އޮންނަކަމާއި،
މިހެންކަމުން ސްކައިޓްއަރސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުން ގޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
ދެއްކި ކަމަށް ބުނެ ހުށަހެޅި ލިޔުމުގައިވާ ފައިސާއަކީ ސީޕްރިއާ ހޮޓެލްސް އެންޑް ޓްރެވަލްސް
ޕްރައިވެޓް ލިމިޓެޑުން ފޮނުވި އިންވޮއިސްތަކާއި ގުޅިގެން ސްކައިޓްއަރސް ހޮލިޑޭސް ޕްރައިވެޓް
ލިމިޓެޑުން ދެއްކި ފައިސާއެއްކަން ސާބިތުވާންނެތްކަމެވެ.
6 8 2
cec
Xo
20 8
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
8
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/399
ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ދެކެނީ ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/1880 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމް އިސްތިއުނާފު ކުރުމަށް އެދި ސްކައިޓްއަރސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ސަބަބެއް ނެތްކަމުގައެވެ.
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ސިވިލް ކޯޓުގެ
ނަންބަރު 2014/Cv
-
C/1880 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް އިސްތިއުނާފު ކުރުމަށް
އެދި ސްކައިޓްއަރސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް
ބިނާކޮށް އެޙުކުމަށް ބަދަލުގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ވިޔަސް ފެންނަން
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤުވެވިފައިވާތީ، ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1880 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި އެގޮތުގެ މަތިން
ޙުކުމްކޮށްފީމެވެ.
cu o
ނެތްކަމަށް
uc
ވީހިރާއްޖޭގެ އި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv