ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/07 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/07
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
. ޤަޟިއްޔާ ނަންބަރު: 07/HC
-
A/2016
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޢަބްދުލްމަޖީދު މާހިރު
އައިޑީ ކާޑު ނަންބަރު: A087753
ދިއްދޫ
ދާއިމީ އެޑްރެސް: ޖަމީލާމަންޒިލް
އެޑްރެސް: މ. މިނާ މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: މޯލްޑިވްސް ޔޮޓް ސަޕޯރޓް ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު:0052
/
2011-C
ދާއިމީ އެޑްރެސް:
ލޮނުގަމްގެ
މިހާރުގެ އެޑްރެސް: ޖަޒީރާ ބިލްޑިންގ 7 ވަނަ ފަންގިފިލާ
ހުށަހެޅުނު ތާރީޚް: 22 ޑިސެންބަރު 2015
* ނިމުނު ތާރީޚް:
21 ފެބުރުވަރީ 2016
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2015/Cv-C/1326
ނިންމެވިކާޓް: ސިވިލް ކޯޓު
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
25 އޯގަސްޓް 2015
ނިމުނު ތާރީޚް: 08 އޮކްޓޫބަރު 2015
1. 22
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޝުޖާޢު ޢުޘްމާން
R
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2016/HC-A/07
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2015/Cv
-
C/1326 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ، ހއ.ދިއްދޫ ޖަމީލާމަންޒިލް ޢަބްދުލްމަޖީދު މާހިރު އެޤަޟިއްޔާ
އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މޯލްޑިވްސް ޔޮޓް ސަޕޯރޓް ޕްރައިވެޓް
ލިމިޓެޑްއެވެ.
CCC
0
އެގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/1326 ޤަޟިއްޔާ އަކީ، އަނބުރާ ދައްކާގޮތަށް
މޯލްޑިވްސް ޔޮޓް ސަޕޯރޓް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 0052
/
2011-C) އިން ދިއްދޫ
ޖަމީލާމަންޒިލް ޢަބްދުލްމަޖީދު މާހިރު (ދ.ރ.ކާޑު ނަންބަރު A087753) އަށް އެކި ފަހަރު މަތިން ދީފައިވާ
-/
321,231ރ. (ތިންލައްކަ އެކާވީސްހާސް ދުއިސައްތަ އެއްތިރީސްރުފިޔާ) ޢަބްދުލްމަޖީދު މާހިރު އަނބުރާ
ދައްކާފައިނުވާ ކަމަށާއި މިފައިސާ އެކީ އެއްފަހަރާ ޢަބްދުލްމަޖީދު މާހިރުގެ އަތުން ހޯދުމަށް މޯލްޑިވްސް ޔޮޓް
ސަޕޯރޓް ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރުމުން ބައްލަވާފައިވާ މައްސަލައެއްކަން އެނގޭކަމާއި؛
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ”ދެންފަހެ، އަނބުރާ ދައްކާގޮތަށް މޯލްޑިވްސް ޔޮޓް
ސަޕޯރޓް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 0052
/
2011-C) އިން ޖަމީލާމަންޒިލް
ޢަބްދުލްމަޖީދު މާހިރު (ދ.ރ.ކާޑު ނަންބަރު A087753) އަށް އެކި ފަހަރު މަތިން ދީފައިވާ -/
321,231ރ.
(ތިންލައްކަ އެކާވީސްހާސް ދުއިސައްތަ އެއްތިރީސްރުފިޔާ) ޢަބްދުލްމަޖީދު މާހިރު އަނބުރާ ދައްކާފައިނުވާ
ކަމަށާއި މިފައިސާ އެކީ އެއްފަހަރާ ޢަބްދުލްމަޖީދު މާހިރުގެ އަތުން ހޯދުމަށް މޯލްޑިވްސް ޔޮޓް ސަޕޯރޓް
ޕްރައިވެޓް ލިމިޓެޑުން ދަޢުވާކޮށްފައިވާ ހިނދުގެ
ދަޢުވާލިބޭ ޢަބްދުލްމަޖީދު މާހިރު ދަޢުވާއަށް އިންކާރުކޮށް ދަޢުވާގައިވާ ފައިސާއަކީ މޯލްޑިވްސް ޔޮޓް
ސަޕޯރޓް ޕްރައިވެޓް ލިމިޓެޑުން ޢަބްދުލްމަޖީދު މާހިރަށް ދީފައިވާ ފައިސާއެއް ނޫންކަމުގައި ބުނެފައިވާކަމާއި،
ނަމަވެސް ދަޢުވާގައިވާ ފައިސާއަކީ ޢަބްދުލްމަޖީދު މާހިރުގެ ފަރާތުން މޯލްޑިވްސް ޔޮޓް ސަޕޯރޓް ޕްރައިވެޓް
ލިމިޓެޑަށް ދައްކަންޖެހޭ ފައިސާކަމަށް ޢަބްދުލްމަޖީދު މާހިރު 25 ޖޫން 2014 ދުވަހު އެއްބަސްވެ
އިސްދޫ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/07
ސޮއިކޮށްފައިވާ ލިޔުމާމެދު ޢަބްދުލްމަޖީދު މާހިރުގެ ފަރާތުން ޝަރީޢަތުގައި އިންކާރުކޮށްފައި ނުވާކަމާއި،
ބުނެވިދިޔަ ކިތާބީ ހެކީގެ މައްޗަށް މަދަނީ މިންގަނޑުން މި ދަޢުވާ ޘާބިތުވާކަމުގައި ކަނޑައަޅައިގެ
ދަޢުވާގައިވާ -}
321,231ރ. (ތިންލައްކަ އެކާވީސްހާސް ދުއިސައްތަ އެއްތިރީސްރުފިޔާ) މޯލްޑިވްސް
ޔޮޓް ސަޕޯރޓް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމުގެ ގޮތުން މިއަދު 08 އޮކްޓޯބަރު 2015 ދުވަހުން ފެށިގެން
03 (ތިނެއް) މަސްދުވަހުގެ މުއްދަތުގައި އެމަހަކަށްޖެހޭވަރު މަދުވެގެން އެމަހަކު ސިވިލް ކޯޓަށް ދައްކަމުންގޮސް
ޚަލާޞްކުރުމަށް ޖަމީލާމަންޒިލް ހއ.ދިއްދޫ، ޢަބްދުލްމަޖީދު މާހިރު (ދ.ރ.ކާޑު ނަންބަރު A087753) އަށް
އަންގައި ޙުކުމްކޮށްފީމެވެ.“ މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން
1326/Cv-C/2015
2 20
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލާއި ޚިލާފަށް
ކަމަށް ބުނެ ޢަބްދުލްމަޖީދު މާހިރުގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އަންނަނިވި ދެނުކުތާ
ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ދަޢުވާގެ ޙަޤީޤަތް ބަދަލުވެ ޙުކުމަށް އަސަރުކޮށްފާނެ ފަދަ އިޙްތިމާލެއް
ފާޅުކަންބޮޑު ގޮތުގައި އޮވެ އެ އިޙްތިމާލު ފިލުވާލުމަށް ފުރުޞަތު އޮވެ، މައްސަލާގައި ކަށަވަރުކުރަންޖެހޭ
ކަންކަން ކަށަވަރުނުކޮށް ޙުކުމް ކުރައްވާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: ދަޢުވާގައި އިޝާރާތްކުރާ ދަރަންޏާމެދު އިސްތިއުނާފުކުރާ ފަރާތުން
އިންކާރުކުރާ ހިނދު، ދަޢުވާގެ ޙުކުމް ބިނާކުރި ޑޮކިއުމެންޓަކީ މަދަނީ މިންގަނޑުން ދަރަންޏެއް
ސާބިތުކުރުމަށް ފުދޭ މިންވަރަށް ވުރެ ބަލިކަށި ހެއްކެއް ކަމުގައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
UCO
03- މިމައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/1326 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޢަބްދުލްމަޖީދު މާހިރުގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކަށާއި ދައްކާފައިވާ ވާހަކައަށާއި، މޯލްޑިވްސް ޔޮޓް ސަޕޯރޓް ޕްރައިވެޓް ލިމިޓެޑްގެ
z
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/07
ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) އަނބުރާ ދައްކާގޮތަށް ޢަބްދުލްމަޖީދު މާހިރު (ދ.ރ.ކާޑު ނަންބަރު A087753) އަށް އެކި
ފަހަރު މަތިން މޯލްޑިވްސް ޔޮޓް ސަޕޯރޓް ޕްރައިވެޓް ލިމިޓެޑުން ދީފައިވާ -/
321,231ރ. (ތިންލައްކަ
އެކާވީސްހާސް ދުއިސައްތަ އެއްތިރީސްރުފިޔާ) ޢަބްދުލްމަޖީދު މާހިރު އަނބުރާ ދައްކާފައިނުވާ ކަމަށްބުނެ
އެފައިސާ އެކީ އެއްފަހަރާ ޢަބްދުލްމަޖީދު މާހިރުގެ އަތުން ހޯދުމަށް މޯލްޑިވްސް ޔޮޓް ސަޕޯރޓް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/1326 ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާއަށް
އިންކާރުކޮށް އެ ފައިސާއަކީ މޯލްޑިވްސް ޔޮޓް ސަޕޯރޓް ޕްރައިވެޓް ލިމިޓެޑުން ޢަބްދުލްމަޖީދު މާހިރަށް ދީފައިވާ
ފައިސާއެއް ނޫންކަމުގައި ބުނެފައިވާކަން އެނގެން އޮވެއެވެ.
(ށ) އިޢްތިރާފު ނުވަތަ އިޤްރާރަކީ އިސްލާމީ ޝަރީޢަތުގައި ސާބިތުކުރުމުގެ ވަސީލަތްތަކުގެ
ތެރެއިން އެންމެ ބޮޑު ބުރަދަނެއް ދެވޭ އަދި އެންމެ މަތީ ދަރަޖަ ދެވިފައިވާ ވަސީލަތްކަމާމެދު ޝަރުޢީ އަދި
ޤާނޫނީ ޢިލްމުވެރިންގެ މެދުގައި ދެބަސްވުމެއް ނެތްއިރު، އިސްލާމީ ފިޤްހުގައި ސާބިތުކުރުމުގެ މި ވަސީލަތަށް
7ޙهلا) للا،، ގެ ލަޤަބު ދެވިފައިވާކަމާއިގެ
އިޢްތިރާފު ނުވަތަ އިޤްރާރު ޞައްޙަވުމުގެ ޝަރުތުތައް ފުރިހަމަވާގޮތަށް އެމީހާގެ އަމިއްލަ ނަފުސުގެ
މައްޗަށްވެފައިވާ އިޤްރާރަކީ އޭގައި އެހެން މީހެއްގެ ޙައްޤެއް އެކުލެވޭ ގޮތަށް ވެފައިވާ އިޤްރާރެއް ކަމުގައި
ވަނީނަމަ، އެ އިޤްރާރަކީ އިޤްރާރުވި މީހާގެ މައްޗަށްވާ ޤަޠުޢީ ހުއްޖަތަކަށްވާއިރު އެ އިޤްރާރުން ރުޖޫޢަ
ނުވެވޭނެކަމާއިގެ
އެގޮތުން ބަލާއިރު، އިސްތިއުނާފު މިކުރެވޭ މައްސަލައިގާ ހިމެނޭ ފައިސާއަކީ ޢަބްދުލްމަޖީދު މާހިރުގެ
ފަރާތުން މޯލްޑިވްސް ޔޮޓް ސަޕޯރޓް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއް ކަމަށް ޢަބްދުލްމަޖީދު
މާހިރު 2014 ޖޫން 25 ވަނަ ދުވަހު އެއްބަސްވެ ސޮއިކޮށްފައިވާ ލިޔުމެއް މޯލްޑިވްސް ޔޮޓް ސަޕޯރޓް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، އެލިޔުމަކީ
ޢަބްދުލްމަޖީދު މާހިރު ސޮއިކޮށްފައިވާ ލިޔުމެއްކަމަށް ބުނެ ޢަބްދުލްމަޖީދު މާހިރުގެ ފަރާތުން ސިވިލް ކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި އިޢްތިރާފުވެފައިވުމުގެ އިތުރުން، އެއިޤްރާރު ޞައްޙަވުމާމެދު އިސްތިއުނާފުކުރާ
RE
، ހައިކޯޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/07
ޢަބްދުލްމަޖީދު މާހިރުގެ ފަރާތުން ދަށުކޯޓުގައި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައިވިޔަސް ސުވާލެއް
އުފައްދާފައިނުވުމާއެކު، އެލިޔުމުގައި ހިމެނިފައިވާ ކަންކަމާއި އެލިޔުމުގައި ސޮއިކުރުމުގެ މައްޗަށް ސިވިލް ކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ޢަބްދުލްމަޖީދު މާހިރުގެ ފަރާތުން، ވެފައިވާ އިޤްރާރަކީ އިސްތިއުނާފު މިކުރެވޭ
މައްސަލައިގައި ހިމެނޭ ދަޢުވާ ސާބިތުކުރުމަށް ފުދޭ ކާފީ ދަލީލެއްގެ ގޮތުގައި ޝަރުޢީ އަދި ޤާނޫނީ ގޮތުން
ބެލެވެއެވެ.
ވީމާ، ސިވިލް ކޯޓުގެ ނަންބަރު 2015/Cv
-
C/1326 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް
ބަދަލު ގެންނަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް އޮތް ކަމަކަށް ނުފެނެއެވެ.
cccc
0
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2015/Cv-C/1326 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް ޢަބްދުލްމަޖީދު މާހިރުގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަމަށް މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
cu.
(
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ