ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/236 ޤަޟިއްޔާގެ ޙުކުމް
1
2008/HC-A/236
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 236/HC
-
A/2008
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އަޙްމަދު ރަމްޒީ
ކާޑު ނަންބަރ: A009081
އެޑްރެސް: އއ.ހިމަންދޫ ގުލްފާމްގެ
މިހާރުގެ އެޑްރެސް: އއ.ހިމަންދޫ/ ގުލްފާމްގެ
އައިޑީ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
• ރަޖިސްޓްރީކުރި ތާރީޚް: 13 ޝަޢުބާން 1429
14 އޯގަސްޓް 2008
ނިމުނު ތާރީޚް: 17 ރަބީޢުލްއައްވަލު 1431
21 ފެބްރުއަރީ
2010
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2007/JC/1891
• ނިންމެވިކްޓް: ޖިނާއީ ކޯޓް
، ޤަޟިއްޔާގެ ބާވަތް: ޓެރަރިޒަމް
ހުށަހެޅުނުތާރީޚް: 24
-12
-
2007
ނިމުނު ތާރީޚް: 18 -
20 - 05
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިންގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2008/HC-A/236
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ދަޢުވާގެ ޚުލާޞާ:
މިއީ، ޖިނާއީ ކޯޓްގެ ނަންބަރު 2007/JC/8191 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި އއ.ހިމަންދޫ
ގުލްފާމްގޭ އަޙްމަދު ރަމްޒީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤާޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
| ފާހަގަކުރެވުނު
ވުނު ނުކުތާތައް
01- މިމައްސަލައާއި ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިއުންތަކަށާއި އަދި ޖިނާއީ ކޯޓްގެ ނަންބަރު 2007/JC/1891
ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާ ކަމަށްބުނެ އަޙްމަދު ރަމްޒީގެ
ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާބަލާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ: އަޙްމަދު ރަމްޒީގެ މައްޗަށް އުފުލިފައިވާ ޓެރަރިޒަމްގެ ކުށުގެ ދަޢުވާއާމެދު
އިންކާރު ކުރާކަމަށް އަޙްމަދު ރަމްޒީ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވިޔަސް، އަޙްމަދު ރަމްޒީވެސް، އަދި
އަޙްމަދު ރަމްޒީގެ ޤާނޫނީ ވަކީލު އަލްއުސްތާޛު ހުސްނުއްސުއޫދުވެސް ޖިނާއީ ކޯޓްގެ ނަންބަރު
2007/JC/1891 ޤަޟިއްޔާގައި ކުރައްވާފައިވާ ދަޢުވާގައި ބުނެފައިވާ ޙާދިޘާއާއި އަދި ޙާދިޘާގެ ތެރޭގައި
އަޙްމަދު ރަމްޒީ ބައިވެރިވެފައިވާ ކަމަށް ބުނެފައިވާ މިންވަރާމެދު އިންކާރު ކޮށްފައިނުވާކަމާއި، އަޙްމަދު
ރަމްޒީއާއި އަޙްމަދު ރަމްޒީގެ ވަކީލުވެސް އިންކާރު ކުރަމުން އައިސްފައިވަނީ އެޙާދިޘާގެ ތެރޭގައި
ހިނގާފައިވާ ކަންކަމަކީ ޓެރެރިޒަމްގެ ކުށްކަމަށް ވުމާއިމެދުގައިކަމާއި އަދި އިސްތިއުނާފުގެ މިދައުވާގައި
އެފަރާތުން ވަކާލާތު ކޮށްފައިވަނީވެސް އެދުވަހު އެޙާދިޘާގެ ތެރޭގައި ހިނގާފައިވާ ޢަމަލުތަކަކީ މުޅިންވެސް
އެމީހުންގެ އަމިއްލަ ދިފާޢުގައި ކޮށްފައިވާ ޢަމަލުތަކެއް ކަމަށާއި، އެކަމުގައި ރައްޔިތުންގެ މެދުގައި
ބިރުވެރިކަމެއް އުފެދެންޖެހޭ
.ފެދެންޖެހޭ ސަބަބެއް، ނުވަތަ އެކަމުގައި ސިޔާސީ މަޤުޞަދެއް ޙާޞިލު ކުރުމުގެ އެއްވެސް
ނިޔަތެއްނެތަތީ، އެޢަމަލުތަކުގެ މައްޗަށް ބިނާކޮށް އެފަރާތްތަކުގެ މައްޗަށް ޓެރަރިޒަމްގެ ކުށުގެ ދަޢުވާ
އުފުލުމަކީ ޤާނޫނީ ގޮތުން ކުރެވިދާނެކަމެއް ކަމަށް ދެކެވަޑައި ނުގަންނަވާކަމަށާއި، އެޢަމަލު ތަކުގައި
4 22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިންގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2008/HC-A/236
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ބައިވެރިވި މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ އުފުލާފައިވަނީ، ހަމައެކަނި އެމީހުންގެ މައްޗަށް
ކަނޑައަޅަންޖެހޭ ޢުޤޫބާތް ބޮޑުކުރުމުގެ މަޤްޞަދުގައި ކަމަށްބުނެފައިވާތީ އެނުކުތާގެ މައްޗަށް ވިސްނާއިރު،
އެފަރާތުން އިސްތިއުނާފުގެ މަރުހަލާގައި ކުރާ އިޢުތިރާޏަކީ ދަށުކޯޓަށް ހުށަހެޅިފައިވާ ދަޢުވާގެ ސީޣާއާމެދު
ކޮށްފައިވާ ޢިއުތިރާޅެއްކަން ފާހަގަ ކުރެވިފައި އޮންނައޮތުމެވެ.
(ނ) ދެވަނަކަމަކީ: ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމު ރައްޔިތެއް ދިރިއުޅެމުންދާ
ޤައުމަކަށްވެފައި، ދިވެހިންގެ ބަހާއި، ދިވެހިންގެ އާދަކާދައާއި، ދިވެހިންގެ ދީނަކީ، ދިވެހި ޤައުމުގެ
އިޖުތިމާއީ ނިޘާމްގެ އަސާސްތަކަށްވުމާއެކު އެއަސާސްތަކުގެ ތެރެއިން އެއްވެސް އަސަސާކަށް ލޮޅުމެއް
އައިސްފިނަމަ، ދިވެހި ޤައުމުގެ އިޖުތިމާއީ ނިޘާމަށް ބުރުއަރާ، މުޖުތަމަޢުގައި ހަލަބޮލިކަމެއް އުފެދި،
ފިތުނަވެރިކަމަކާއި ކުރިމަތިލާންޖެހިދާނެތީ، ދިވެހި ޤައުމުގެ އިޖުތިމާއީ އެހެނިހެން އަސާސްތަކެކޭވެސް
އެއްފަދައަކުން ދިވެހިންގެ ދީނީއެއްބައި ވަންތަކަމާއި އެއްބައެއްވަންތަކަން ދެމެހެއްޓުމަށްޓަކައި ޤާނޫނު
ނަންބަރު 6/94 އާއި އަދި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކުގައި ވަކި އުޞޫލުތަކެއް
ކަނޑައެޅިފައިވާކަމާއި، ދިވެހިރާއްޖޭގައި ޤާއިމުކުރެވޭ މިސްކިތްތަކަކީވެސް އެތަންތަން ބިނާކުރުމާއި،
ބެލެހެއްޓުމާއި، އެތަންތަނަށް މުދިމުންނާއި، އެހެނިހެން މުވައްޒިފުން ލެއްވުމުގައިވެސް ކަނޑައެޅިފައިވާ ވަކި
އިޞޫލުތަކެއްގެ ދަށުން ދިވެހިޤައުމުގެ ކަމާބެހޭ މުއައްސަސާތަކުން ކުރާގޮތަށް ހަމަޖެހިފައިވާ ތަންތަންކަމާއި،
މިއީ، ދިވެހި ޤައުމުގެ އިޖުތިމާއީ ފޭރާމާއި ގުޅިފައިވާ ކަންކަމަށްވެފައި، ދިވެހިރާއްޖޭގެ ޢުރުފާއި،
ދިވެހިރާއްޖޭގެ ޢާއްމު ނިޘާމު ބިނާވެފައި ވަނީވެސް، ބުނެވިދިޔަ ކަންކަމުގެ މައްޗަށް ރައްކާތެރިވުމުގެ
މައްޗަށް ކަމަށްވާއިރު، އެއްވެސް މުޖުތަމައެއްގެ އިޖުތިމާޢީ ނިޘާމް ނުވަތަ އެޤައުމެއްގެ އިޖުތިމާޢީ ނިޘާމްގެ
މައްޗަށް ބިނާވެފައިވާ އެޤައުމެއްގެ ޢާއްމު ނިޘާމު ނުވަތަ ޕަބްލިކް އޯޑަރާ އިދިކޮޅު އެއްވެސް ޢަމަލަކަށް،
ދިވެހިރާއްޖޭގައިވެސް އަދި ދުނިޔޭގެ އެއްވެސް އެހެންޤައުމެއްގައިވެސް، ޤާނޫނީ ގޮތުން ޖާގަލިބިދެވިފައި
ނުވާކަން ފާހަގަކުރެވިފައި އޮންނައޮތުމެވެ.
(ނ) ތިންވަނަކަމަކީ: ދިވެހިރާއްޖޭގައި ބިނާކުރެވޭ މިސްކިތްތަކަކީ، އަޅުކަން ކުރުމުގެމަތިވެރި
މަޤުޞަދުގައި ބިނާކުރެވޭ، ﷲގެ ގެކޮޅުތަކަކަށްވުމާއިއެކު، ދިވެހިންގެ އުރުމާއި، ދިވެހިރާއްޖޭގެ ޢާއްމު ނިޘާމު
(PUBLIC ORDER) ބިނާވެފައިވަނީވެސް، އެތަންތަނުގެ ހުރުމަތްތެރިކަމާއި މުގައްދަސްކަން
މައްޗަށް ކަމަށްވެފައި، އެކަންކަށަވަރު ކުރުމަށްޓަކައި މިސްކިތްތައް ބިނާކުރުމުގައި
04,
UCO
22 22
422 42 4
ދިހ984ގ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިންގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
ﷲއވާފައިވާ ބޮތް0 $ގ
4
2008/HC-A/236
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
UC O
މެނޭގޮތަށް 2007
ފ
ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ޢަމަލު ކުރަމުން އައިސްފައިވާ އުޞޫލުތަކެއްހުއްޓާ، ދިވެހިރާއްޖޭގެ ޢާއްމު
ނިޝާމާއި ދިވެހިރާއްޖޭގައި ޢަމަލު ކުރަމުންދާ އުޞޫލުތަކާއި ޚިލާފަށް، ފަސްވަގުތު ޤާއިމުކުރެވޭ ނަމާދުގެ
ޖަމާޢަތްތަކާއި އެކަހެރި ގޮތެއްގައި ނަމާދުކުރުމަށްޓަކައި އއ.ހިމަންދުގައި ބަޔަކުމީހުން ޢިމާރާތެއް
ހަދައިގެން، ދީނުގެ ނަމުގައި ދިވެހިންގެ ފިކުރީ އަދި އިޖުތިމާޢީ އެއްބައިވަންތަކަމާއި ފުށުއަރާ ފިކުރުތަކެއް
ފަތުރާ،އެކަމަށް ހިތްވަރު ދިނުމުގެ ސަބަބުން ދުނިޔޭގެ ބައެއްއެހެނިހެން ޤައުމުތަކުގައި ދީނުގެ ނަމުގައި
ހިނގަމުންދާފަދަ ފިތުނަވެރިކަމާއި ހަމަނުޖެހުން ދިވެހިރާއްޖޭގައިވެސް އުފެދިދާނެކަމުގެ ބިރު ހީވެފައިވާ
ދަނޑިވަޅެއްގައި، ދީނުގެ ނަމުގައި ދިވެހިރާއްޖޭގައި ޢަމަލު ކުރަމުންދާ ޤާނޫނުތަކާއި ޤަވާއިދުތަކަށް
ބޯނުލެބުމާއި، ބާރުގެ ބޭނުންކޮށްގެން ފަރުދުންނާއި ޖަމާޢަތުގެ ޙައްޤުތަކަށް ނަހަމަގޮތުގައި އަރައިގަތުމާއި،
އިތުރު ފަރާތްތަކަކާ ބައިވެރިވެގެން ޖިނާއީ ކޯޓްގެ ނަންބަރު 2007/JC/1891 ޤަޟިއްޔާގައި ދަޢުވާލިބޭ
ފަރާތްތަކުން، މިޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުންއެދި ހުށަހަޅާފައިވާ ފަރާތްވެސް ހިމެނޭ
ވަނަ އަހަރުގެ އޮކްޓޯބަމަހުގެ 07 ވަނަ ދުވަހު އއ.ހިމަންދޫގައި ދިވެހިދައުލަތުގެ އަމަން ބަލަހައްޓާ
ފަރާތްތަކުގެ ވާޖިބަށް ހުރަސްއަޅާ ބާރުގެ ބޭނުންކޮށްގެން، ތަފާތު ހަނގުރާމަވެރި ވަސީލަތްތަކާއި،
ހަނގުރާމަވެރި ވަސީލަތްތަކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ހަތިޔާރާއެކު، ކުރިމަތިލި ކުރިމަތިލުމަކީ،
ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުންގެ ނަޒަރުގައި ދިވެހިރާއްޖެފަދަ ޞުލްޙަވެރި ރައްޔިތެއްދިރިއުޅޭ،
ޞުލްޙަވެރި އަމާން ޤައުމެއްގައި ޓެރަރިޒަމްގެ އޮއިވަރެއް ފެތުރިގެން ހިނގައިދާނެކަމުގެ ބިރުވެރި
އިހްސާސް، ދިވެހިންނާއި އަވަށްޓެރިންގެ ހިތްތަކަށްވެސް ވަދެގެންދިޔަ ޢަމަލެއް ކަމަށްވާކަމެވެ.
(ނ) ހަތަރުވަނަކަމަކީ: 2007 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 29 ވަނަދުވަހު، މާލޭގެ
ސަލްޓަންޕާކުގައި
ޙާދިޘާއަކީ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ
ފަރާތްތަކާއި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް އަމާޒު ކުރެވިފައިވާ ޓެރަރިޒަމްގެ ކުށުގެ ޢަމަލަކަށްވެފައި،
ރާއްޖޭގައި ޒަމާނުއްސުރެ ޤާއިމުކުރެވިފައިވާ އަމަންއަމާންކަމަށާއި ޞުލްޙަމަސަލަސްކަން ދަމަހައްޓާ،
ދިވެހިރައްޔިތުންގެ ތެރެއިން ޓެރަރިޒަމްގެ ބިރުވެރިކަން ފޮހެލުމަށްޓަކައި އެޖަރީމާ ހިންގިފަރާތައް އިންސާފުގެ
ކުރިމައްޗަށް ނެރުމަކީ، ދިވެހިރާއްޖޭގެ އަމަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތާއި ޙަވާލުވެފައިވާ ފަރާތްތަކުގެ
ޤާނޫނީ މަސްއޫލިއްޔަތަކަށްވާއިރު، އެޙާދިޘާއާއި ގުޅުންހުރިފަރާތެއް، އއ.ހިމަންދޫގައި ޖަމާއަތް ހަދައިގެން
މަޢުލޫމާތު ލިބުމާގުޅިގެން އެރަށަށްދިޔަ، ދިވެހިދައުލަތުގެ
މަސްއޫލިއްޔަތާއި
2 / 20x
22
هلل
2c2ދ 43
އަލީޅ9ގ
ފ ދ ތ 2
2
22
23
4
1824ހ080
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިންގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
5
2008/HC-A/236
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
33
ޙަވާލުވެފައިވާ ފަރާތާއި، އއ.ހިމަންދޫގައިތިބިބަޔަކާ ދެމެދު ނުރައްކާތެރި ކުރިމަތިލުމެއް ހިނގާފައިވާކަމާއި،
އަދި އެކުރިމަތިލުމަކީ އެކަމުގައި އއ.ހިމަންދޫއިން ބައިވެރިވި ފަރާތްތަކުން ދުރާލާރާވައިގެން
އެކަމަށްބޭނުންވާ ގިނަވަސީލަތްތަކެއްގެ ބޭނުންކޮށްގެން ކުރިމަތިލާފައިވާ ކުރިމަތިލުމެއްކަމާއި މިކަންކަން
މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެކެވިފައިވާ ވާހަކަތަކުގެ އިތުރަށް އެކުރިމަތިލުމުގައި
އއ.ހިމަންދޫގައި ދިވެހިދައުލަތުގެ އަމަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތާ ޙަވާލުވެފައިވާފަރާތާއި ދެކޮޅަށް،
ބޭނުންކޮށްފައިވާ ވަސީލަތްތަކާއި، ހަތިޔާރުގެ ގޮތުގައި ބޭނުންކުރެވޭ ތަފާތުގިނަ ވަސީލަތްތައް، އެކުރިމަތި
ލުމަށްޓަކައި އެއްކެވިފައިވާ ގޮތުގެ މައްޗަށް ވިސްނުމުން އެނގެން އޮންނައޮތުމެވެ.
(ބ) ފަސްވަނަކަމަކީ: 2007 ވަނަ އަހަރުގެ އޮކްޓޫބަރ މަހުގެ 07 ވަނަ ދުވަހު އއ.ހިމަންދޫ
ދާރުލްޣައިރުއެވެ ކިޔާތަނަށްއެއްވެތިބި މީހުން ދިވެހިދައުލަތުގެ އަމަންބަލަހައްޓާ ފަރާތްތަކާއެކު ދުރާލާ
ރާވައިގެން އެކަމަށް ތައްޔާރުވެތިބެ ހިންގިކުރިމަތިލުމުގައި ކަނޑިއާއި، ތޫނުކޮށްފައިވާ ދަނގަޑާއި،
.ވަންޏާއި، ލަޓިބުރިއާއި، ޕެޓްރޯލާއި، ކަޅުތެލާއި، ޑީސަލާއި، އެސިޑުފަދަ ހަނގުރާމަވެރި ވަސީލަތްތަކާއި،
ހަނގުރާމަވެރި ވަސީލަތްތަކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ހަތިޔާރު ބޭނުންކޮށްފައިވާކަމާއި އަދި އޭގެ
ސަބަބުން ކުރިންސުރެ އެރަށުގައި ފެތުރިފައިއޮތް ބިރުވެރިކަމާއި ނުތަނަވަސްކަން އިތުރު
ވެގެންގޮސްފައިވާއިރު، ދީނުގެ ނަމުގައި ހިންގޭ އެބާވަތުގެ ހަރުކަށި ޢަމަލުތަކުގެ ސަބަބުން، ދުނިޔޭގެ
ބައެއްއެހެން ޤައުމުތަކުގައިވެސް ޓެރަރިޒަމްގެ ބިރުވެރި ޢަމަލުތަކަށް ޖާގަލިބިގެން ގޮސްފައިވާކަން
ތަޖުރިބާއިން ޘާބިތުވެ އެނގެންއޮންނާތީ، ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުން ދެކެނީ އެހާދިޘާއަކީ މުޅި
ދިވެހިމުޖުތަމައަށްވެސް ޓެރަރިޒަމްގެ ބިރުވެރިކަން އިހްސާސް ކުރެވިގެންދިޔަ ހާދިޘާއެއް ކަމަށެވެ.
(ށ) ހަވަނަކަމަކީ: ދިވެހިރާއްޖޭގެ ރައްޔިތުންނަކީ މާތްވެގެންވާ އިސްލާންދީނުގެ އަހުލުވެރިން
ކަމަށްވެފައި، ދިވެހިންނަކީ އުޞޫލެއްގެ ގޮތުން، އެއްމަޒުހަބަކަށް އެންމެން އުޅެމުން އަންނަ އެއްމަޒުހަބު
ހިއްޞާކުރާ ބަޔަކަށްވުމާއެކު، ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަދީނީ އެއްބައިވަންތަކަން
ދެމެހެއްޓުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރާއްޖޭގެ އަމަންއަމާންކަމާއި ޞުލްޙަ
މަސްލަހަތު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންކަމަކަށްވާތީ، ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން
ހިމާޔަތްކުރުމަކީ ދިވެހިސަރުކާރާއި ރައްޔިތުންގެ މައްޗަށް ލާޒިމް ވެގެންވާ ކަމެއްކަމަށް ޤާނޫނު ނަންބަރު
6/94 ގެ 1 ވަނަ މާއްދާގައި ސާފުބަހުން ބުނެފައިވާއިރު، އެޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި
2 20
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިންގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
6
2008/HC-A/236
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ސިނދިޗށް
ނުވަތަ
ޢާއްމުކޮށް ވާހަކަ
ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި، މީހުންގެ މެދުގައި ދީނީގޮތުން
ޚިލާފުއުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި އެފަދަގޮތްގޮތަށް ޢަމަލުކުރުމާއި، މިއިންއެއްވެސް ކަމެއްކުރުމަކީ
މަނާކަމެއްކަމަށް ކަނޑައަޅައި ބަޔާން ކުރުމަށް ފަހު، ދިވެހިރާއްޖޭގެ މިނިވަންކަމާއި
ޖަމާޢަތުގެ ވަކިބައެއްގެ ޙައްޤަކަށް އުނިކަން ލިބޭފަދަ ގޮތަކަށް ދީނީ ތަޤްރީރު ކުރުމާއި
ދެއްކުމަކީ މަނާކަމެއްކަމަށް ބަޔާންކޮށްފައިވާއިރު، ރާއްޖޭގެ އެކިކަންކޮޅުތަކުން އއ.ހިމަންދުއަށް
އެއްވެތިބިބަޔަކާއި، ދީނީގޮތުން ހައްދުފަހަނައަޅާފައިވާ ފިކުރެއްގެ ދަށުން މުޖުތަމަޢުއާ އެކަހެރިވެގެން
ތިބިބަޔަކު ދިވެހިންގެ މެދުގައި ދީނީގޮތުން ބައިބައިވުންއުފެދި، ޞުލްޙަވެރިކަން ގެއްލިގެންދާ ގޮތަށް
ހައްދުފަހަނަޅާފައިވާ ވިސްނުންތަކެއްފަތުރާ، އެކަމަށް ހިތަވްރުދީ، ދިވެހިދައުލަތުގެ އަމަންބެލެހެއްޓުމުގެ
މަސްއޫލިއްޔަތާ ޙަވާލުވެފައިވާފަރާތަކާއެކު ހަނގުރާމަވެރި ވަސީލަތްތަކާއި އަދި އެފަދަވަސީލަތްތަކެއް
ކަމަށްބެލެވޭ ހަތިޔާރާއެކު ކުރިމަތިލި ކުރިމަތިލުމަކީ، ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ޤާއިމުވެފައިވާ
އަމަންއަމާންކަމާއި، ޞުލްޙަމަސަލަސް ކަމަށްބުރޫ އަރައިގެން ދިޔަކަމެއްކަމަށް ޤަބޫލުކުރެވޭ މިންވަރަށް
ހެއްކާއި ޤަރީނާލިބިފައިވާއިރު، އެއީ މާތްވެގެންވާ އިސްލާންދީނުގެ ނަންބޭނުން ކޮށްގެން ދިވެހިރާއްޖޭގެ
އިޖްތިމާއީ ނިޒާމްގެ އަސާސްތަކުގެ ތެރެއިން، ދިވެހިރައްޔިތުންގެ ދީނީއެއްބައި ވަންތަކަމާއި އިދިކޮޅު އަދި
އިޖުތަމަޢުގައި ބިރުވެރިކަން ފެތުރިގެން ނުދާފަދަގޮތަކަށް ދުރާލާރާވައިގެން، ދިވެހިރާއްޖޭގެ އިޖުތިމާއީ
ނިޒާމާއި ބީރައްޓެހި އައިޑިއޮލޮޖީއަކަށް ބާރުވެރިކަން ލިބިދިނުމަށްޓަކައި، ޤާނޫނު ނަންބަރު 6/94 ގެ 04
ވަނަ މާއްދާގެ (ހ) އާއި އެމާއްދާގެ (ށ) އާއި ޚިލާފަށް ހިންގާފައިވާ ކަންތައްތަކެއްކަން
ވިއްކަން އެނގެން
އޮންނައިރު، ސިޔާސީ މަޤުޞަދެއްގައި ނުވަތަ މީހަކަށް ނުވަތަ ބަޔަކަށް ބިރުދެއްކުމުގެގޮތުން ނުވަތަ
މެދުގައި ބިރުވެރިކަން އުފެދޭގޮތަކަށް މީހުން ނުވަތަ މީހުންމެރުން، ނުވަތަ އެފަދަމަޤްޞަދެއްގައި
މީހަކަށް ނުވަތަ ބަޔަކަށް ޖިސްމާނީ ގޮތުން ގެއްލުން ލިބޭފަދަކަމެއް ކުރުން ނުވަތަ ކުރަންއުޅުމަކީ
ޓެރަރިޒަމްގެ ކުށެއްކަމަށް ޤާނޫނު ނަންބަރު 10/90 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ
1 ވަނަ މާއްދާގެ (ހ) ގައި ސާފުބަހުން ބުނުމަށްފަހު، މީހަކު ނުވަތަ މީހުން ކިޑްނެޕްކުރުން ނުވަތަ
ގަދަކަމުން ފޮރުވުން ނުވަތަ ރަހީނުންގެ ގޮތުގައި ހިފެހެއްޓުން ނުވަތަ މިއިންކަމެއްކުރަން އުޅުމަކީވެސް
ޓެރަރިޒަމްގެ ކުށްކަމަށް އެމާއްދާގެ (ނ) ގައި ބުނެފައިވާކަމާއި އަދި އޭގެ އިތުރަށްވެސް އެކިވައްތަރުގެ ބަޑި
ނުވަތަ ފިސްތޯލަ ނުވަތަ ހަތިޔާރަށް ހިމެނިދާނެތަކެތި ނުވަތަ އެފަދަ ތަކެތީގެ ވަޒަން ނުވަތަ ބޮން ނުވަތަ
ހ2 0
2
ބއޤާ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިންގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
7
2008/HC-A/236
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދުވަހު
އެނޫންވެސް އެއްޗެއް މީހުންގެ ފުރާނައަށް ނުވަތަ ހަށިގަޑަށް ނުވަތަ މުދަލަށް ގެއްލުން ލިބޭފަދަ ގޮތެއްގައި
ބޭނުންކުރުމާއި ބޭނުންކުރަން އުޅުމާއި ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދޭފަދަކަމެއް ކުރުމާއި
އެފަދަކަމެއް ކުރަންއުޅުމާއި މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަޑަށް ނުވަތަ މުދަލަށް ގެއްލުންދީފާނެކަމުގެ
އިންޒާރުދުލުން ނުވަތަ ލިޔުމަކުންވިޔަސް ދިނުމަކީވެސް އެޤާނޫނުގެ ދަށުން ޓެރަރިޒަމްގެ ކުށްތަކެއްކަމަށް
ބެލެވޭނެކަމަށް ޤާނޫނު ނަންބަރު 10/90 ގެ 1 ވަނަ މާއްދާގެ (ބ) އާއި (ބ) ގައި ސާފުބަހުން
ބުނެފައިވާކަން ފާހަގަކުރެވިފައި އޮތުމާއެކު، ޖިނާއީ ކޯޓްގެ ނަންބަރު 2007/JC/1891 ޤަޟިއްޔާގައި
ދަޢުވާލިބުނު ފަރާތްތަކުން ހިންގާފައިވާ ޢަމަލުތަކުގެ މައްޗަށާއި، އަދި އެކަންރާވާ ހިންގުމުގައި، ޢަމަލު
ކޮށްފައިވާގޮތުގެ މައްޗަށާއި، އަދި އެކަމުގައި ބޭނުންކޮށްފައިވާ ވަސީލަތްތަކަށާއި، އެކަމުގެ ސަބަބުން
ދިވެހިރާއްޖެއާއި އަދި އަވައްޓެރިން އިހްސާސްކުރި ޝުޢޫރުތަކުގެ މައްޗަށާއި އިސްލާމީ ޝަރީޢަތާއި
ޤާނޫނުގައި ޓެރަރިޒަމް މާނަ ކުރެވިފައިވާ ގޮތުގެމައްޗަށް ވިސްނާއިރު، މިމައްސަލަ ބެލިދިވެހިރާއްޖޭގެ
ހައިކޯޓްގެ ފަނޑިޔާރުންދެކެނީ، ބުނެވިދިޔަ ފަރާތްތަކުން 2007 ވަނަ އަހަރުގެ އޮކްޓޫބަރ މަހުގެ 06 ވަނަ
ހިމަންދޫގައި ދިވެހިދައުލަތުގެ އަމަންބެލެހެއްޓުމުގެ މަސްއޫލިއްޔަތާއި ޙަވާލުވެތިބި
ފަރާތްތަކާމެދު، ހަތިޔާރު ހިފައިގެން ކުރިމަތިލިކުރިމަތިލުމަކީ، ދިވެހިރާއްޖޭގައި ޢަމަލު ކުރަމުންދާ ޤާނޫނާއި
ދިވެހިމުޖުތަމައުގެ ޢާއްމު ނިޒާމްއާއި ޕަބްލި
ޢާއްމު ނިޒާމްއާއި ޕަބްލިކުއޯޑަރާ ދެކޮޅަށް، ވަކިސިޔާސަތެއްގެ ދަށުން ވަކިވައްތަރެއްގެ
ފިކުރަކަށް ނުވަތަ އައިޑިއޮލޮޖީއަކަށް ޤާނޫނާއި ޚިލާފަށް ބާރުވެރިކަން ހޯދައިދިނުމަށްޓަކައި،
ދިވެހިމުޖުތަމަޢުގައި ބިރުވެރިކަން ފެތުރިގެންދާފަދަ ގޮތަކަށް ހިންގާފައިވާ ޢަމަލުތަކެއް ކަމަށާއި އަދި
އެޢަމަލުތަކަކީ، ދިވެހިދައުލަތުގެ އިޖުތިމާއީ ނިޒާމާއި އިދިކޮޅަށް، މުޖުތަމަޢުގައި ބިރުވެރިކަން
ފެތުރިގެންދާފަދަ ގޮތަކަށް ބާރު ބޭނުން ކޮށްގެން، އެފަދަޢަމަލުތައް ތަކުރާރުކުރަން ބޭނުންވާ ފަރާތްތަކަށް
ހިތްވަރު ލިބިގެންދާފަދަ ގޮތަކަށް ހިންގާފައިވާ ކުށްވެރި ޢަމަލުތަކެއް ކަމަށެވެ.
އަދި ޓެރަރިޒަމްގެ ކުށްތަކެއްކަމަށް ޝަރީޢަތުގައި ބެލެވިފައިވާ، އިރާބާފަދަ، ބިންމަތީގައި
ފަސާދަކުރުމުގެ ކުށާއި، ބަޣުޔުފަދަބޮޑެތި ކުށްތަކަކީ، ހުރިހާ ހާލަތެއްގައި އެތަނެއްގައި ޤާއިމުވެފައި އޮންނަ
ޤާނޫނީވެރިކަމާއި އިދިކޮޅަށްހިންގޭ ޖަރީމާތަކަކަށް ނުވިޔަސް، އެފަދަކަންކުށްތަކަކީ
ޕަބްލިކުއޯޑަރ ނުވަތަ ޢާއްމު ނިޒާމާއި އިދިކޮޅަށް ހިންގޭ ޖަރީމާތަކަކަށްވެފައި، މުޖުތަމައުގެ
މާންކަމުގެ ޙާލަތު ގޮތްނޭގޭ ބިރުވެރި ޙާލަތަކަށް ބަދަލުވިޔަ ނުދިނުމަށްޓަކައި، ޤާނޫނީ ގޮތުންނާއި
&
· 434
تر جیح یہ ہے کہ
ދ ދ ތ ލ ތ ގ22
ނއނކުމެ ޤާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިންގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2008/HC-A/236
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2x
އިދާރީގޮތުން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް، ޙިކުމަތްތެރިކަމާއެކު، އަޅަމުންގެންދިއުމަކީ، ޝަރީޢަތާއި ޤާނޫނު،
ދައުލަތުގެ މައްޗަށް ލާޒިމްކުރާ ކަމަކަށްވާތީ، މިކަންކަމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ވިސްނާއިރު، ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުންނަށް ބުރަވެވެނީ އިސްވެބުނެވިދިޔަފަދަ ކުށްކުށަކީ
ޝަރުޢީ އަދި ޤާނޫނީ ގޮތުން ޓެރަރިޒަމްގެ ކުށްކަމަށް ބެލެވޭނެ ކަމަށް ދެކެވަޑައިގަންނަވާ، ޝަރުޢީ އަދި
ޤާނޫނީ މާހިރުންގެ ރަޢުޔުގެ މައްޗަށް، މިކަންކަން މިހެންހުރުމާއެކު، މިޤަޟިއްޔާ އިސްތިއުނާފުކޮށް
ދިނުންއެދި ހުށަހަޅާފައިވާ އއ.ހިމަންދޫ/ ގުލްފާމްގޭ އަޙްމަދު ރަމްޒީވެސް ހިމެނޭގޮތަށް، ޖިނާއީ ކޯޓްގެ
ނަންބަރު 2007/JC/1891 ޤަޟިއްޔާގައި ދަޢުވާ ލިބުނު މީހުންގެ މައްޗަށް ޤާނޫނު ނަންބަރު 10/90
(ދިވެހިރާއްޖޭގެ ޓެރަރިޒަމް މާނަކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ ދަށުން ޓެރަރިޒަމްގެ ކުށް ޘާބިތުވާ
ކަމަށް ކަނޑައެޅުއްވި ކަނޑައެޅުއްވުން ޝަރުޢީ އަދި ޤާނޫނީހަމަތަކާ ޚިލާފުކަމަށް ބެލެވޭނެ
ތަނެއްނެތްކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުންނަށް އިއްތިފާޤް ވެވިފައިވާތީ،
އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެނެވިދާނެތަނެއް އޮތްކަމަކަށްވެސް ދިވެހިރާއްޖޭގެ ހައިކޯޓްގެ
ފަނޑިޔާރުންނަށް ނުފެނެއެވެ.
ޙުކުމް.
0
هތ
4 04 9, 2
އަޤްއމއޤާ
ދިވެހި މުޖްތަމަޢުގެ އިޖްތިމާޢީ ނިޒާމު އެއަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ އެއްވެސް
އަސާސަކަށް ލޮޅުމެއް އައިސްފިނަމަ، ދިވެހި މުޖްތަމަޢުގައި ފިތުނަވެރިކަމެއް އުފެދި، ދިވެހި ޤައުމު
އިޖްތިމާޢީ ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެތީއާއި ދިވެހިރާއްޖޭގެ އާއްމު ނިޒާމު
ޤާއިމުވެފައިވަނީވެސް ދިވެހިރާއްޖޭގެ އިޖްތިމާޢީ ފޭރާމާއި ގުޅިފައިވާ އެންމެހައި ކަންކަމުގެ މައްޗަށް
ރައްކާތެރިވުމުގެ މައްޗަށް ކަމަށްވެފައި، ކޮންމެ ޤައުމެއްގެވެސް އިޖްތިމާޢީ ނިޒާމަކީ އެޤައުމެއްގެ
ސިޔާދަތާއި އިސްތިޤްލާލާއި ސީދާ ގުޅިފައިވާ އެއްޗަކަށްވުމާއެކު އެއްވެސް ޤައުމެއްގައި
އިޖްތިމާޢީ ނިޒާމު ނުވަތަ އެޤައުމެއްގެ އިޖްތިމާޢީ ނިޒާމުގެ މައްޗަށް ބިނާވެފައި އޮންނަ އެޤައުމެއްގެ
އާއްމުނިޒާމު ނުވަތަ ޕަބްލިކް އޯޑަރާ (PUBLIC ORDER) އިދިކޮޅު އެއްވެސް ޢަމަލަކަށް ޖާގަދެވިފައި
ނުވާފަދައިން ދިވެހިރާއްޖޭގައިވެސް އެފަދައެއްވެސް ޢަމަލަކަށް ޤާނޫނީ ގޮތުން ޖާގަލިބިދެވިފައިނުވާތީއާއި،
ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ ދިވެހިރާއްޖޭގެ
މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ރާއްޖޭގެ އަމަންއަމާންކަމާއި ޞުލްޙަ މަޞްލަޙަތު
ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންކަމަކަށްވާތީ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް
• ở
0 0
<< O
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިންގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/236
Xox
ކުރުމަކީ ދިވެހި ސަރުކާރާއި ރައްޔިތުންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަމަށް ޤާނޫނު ނަންބަރު 6/94
(ދިވެހީންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނު) ގެ 1 ވަނަ މާއްދާގައި ސާފުބަހުން
ބުނުމަށްފަހު، ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކުރުމާއި މީހުންގެ މެދުގައި
ދީނީގޮތުން ޚިލާފު އުފެދޭ ބާވަތުގެ ވާހަކަދެއްކުމާއި އެފަދަ ގޮތްގޮތަށް ޢަމަލުކުރުމާއި މިއިން އެއްވެސްކަމެއް
ކުރުމަކީ މަނާކަމެއްކަމަށް ބުނެވިދިޔަ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ސާފުބަހުން ކަނޑައެޅި
ބަޔާންވެފައިވަނިކޮށް، ފަރުދުންނާއި މުޖްތަމަޢުގެ ޙައްޤުތަކަށް އަރައިގަތުމުގެ ތުހުމަތުގައި އިންޞާފުގެ
ކުރިމައްޗަށް ގެންނަންޖެހިފައިވާ ފަރާތްތަކެއް އއ. ހިމަންދޫގައި ޙިމާޔަތް ހޯދައިގެންތިބެ އެރަށުގެ ބަޔަކާ
ބައިވެރިވެގެން ދިވެހިރާއްޖޭގައި ޞުލްޙަ މަޞްލަޙަތު ގެއްލިދާފަދަ ގޮތަކަށް ޤާނޫނާއި ޚިލާފަށް ދީނީގޮތުން
ހައްދުފަހަނަޅާފައިވާ ހަރުކަށި ފިކުރެއް ފަތުރާ އެކަމަށް ހިތްވަރުދެމުން އައިސްފައިވާކަމާއި، އަދި މީލާދީ
ސަނަތުން 2007 ވަނައަހަރުގެ ސެޕްޓެމްބަރ މަހުގެ 29 ވަނަދުވަހު މާލޭގެ ސަލްޓަންޕާރކުގައި
ހިންގާފައިވާ ބޮން
ގޮއްވުމުގެ ޖަރީމާއާ ގުޅުންހުރި ފަރާތްތަކެއް އއ.
ހިމަންދޫގައި ޙިމާޔަތް ހޯދައިގެން
ފިލާތިބިކަމުގެ މަޢްލޫމާތު ލިބުމާއިގުޅިގެން އެފަރާތްތައް އިންޞާފުގެ ކުރިމައްޗަށް ގެނައުމަށްޓަކައި އއ.
ހިމަންދޫއަށް ދިޔަ ދިވެހި ދައުލަތުގެ އަމަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތާ ޙަވާލުވެފައިވާ ފަރާތާއި
އިދިކޮޅަށް ކަނޑިއާ ތޫނުކޮށްފައިވާ ދަގަނޑާއި ލަޓިބުރިއާއި ޕެޓްރޯލާއި ޑީސަލާއި އެސިޑްފަދަ
ހަނގުރާމަވެރި ވަސީލަތްތަކާއި އަދި އެފަދަ ވަސީލަތްތަކެއްކަމަށް ބެލެވޭ ހަތިޔާރާއެކު ލިޤާޟިއްޔާ
އިސްތިއުނާފު ކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ހިމަންދޫ ގުލްފާމުގޭ އަޙްމަދު ރަމްޒީވެސް ހިމެނޭގޮތަށް
ޖިނާއީކޯޓުގެ ނަންބަރު 2007/JC/1891 ޤަޟިއްޔާ ގައި ދަޢުވާލިބުނު ފަރާތްތަކުން މީލާދީ ސަނަތުން
2007 ވަނައަހަރުގެ އޮކްޓޯބަރމަހުގެ 07 ވަނަދުވަހު ކުރިމަތިލި ކުރިމަތިލުމަކީ، ދީނުގެ ނަމުގައި
އެފަރާތްތަކުން އެރަށުގައި ފަތުރަމުންދިޔަ ހައްދުފަހަނަޅާފައިވާ ފިކުރުގެ ނަތީޖާއެއްގެ ގޮތުން ދިވެހި ޤައުމުގެ
އިޖްތިމާޢީ ނިޒާމުގެ އަސާސްތަކުގެ ތެރެއިން ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަމާއި އިދިކޮޅު، އަދި
ދިވެހި މުޖްތަމަޢުގައި ބިރުވެރިކަން ފެތުރިގެންދާފަދަ ގޮތަކަށް ދުރާލާ ރާވައިގެން ވަކި ސިޔާސަތެއްގެ
ދަށުން، ދިވެހިރާއްޖޭގެ އިޖްތިމާޢީ ނިޒާމާއި ދިވެހިރާއްޖޭގެ ފަބްލިކް އޯޑަރާއި ބީރައްޓެހި އައިޑިއޮލޮޖީއަކަށް
ޤާނޫނާއި ޚިލާފަށް ބާރުގެ ބޭނުންކޮށްގެން ބާރުވެރިކަން ލިބިދިނުމުގެ މަޤްޞަދުގައި އެފަރާތުން ކުރިމަތިލީ
ކުރިމަތިލުމަކަށްވެފައި، އިސްލާމީ ޝަރީޢަތުގައި ޓެރަރިޒަމްގެ ކުށްކަމަށް ބެލެވޭ ޙިރާބާއާއި ބަޣުޔުފަދަ
ބިންމަތީގައި ފަސާދަކުރުމުގެ ކުށްތަކަކީ، އެޤައުމެއްގައި ޤާއިމުވެފައި އޮންނަ ވެރިކަމާއި އިދިކޮޅު
ޢަމަލުތަކަކަށްވުން ލާޒިމްކުރާ ޝަރުޢީ އަދި ޤާނޫނީ ވިޔަސް އަޞްލެއް ނެތަތީއާއި އެފަދަ ކުށްކުރަށަކީ
އޭގެޒާތުގައިވެސް ސިޔާސީކުށްކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ބެލެވޭތީއާއި އެކުރިމަތިލުމުގެ
O XLC <
04އ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިންގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2008/HC-A/236
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ސަބަބުން
UCO
ދިވެހި މުޖްތަމަޢުގައި ޤާއިމުވެފައިވާ އަމަންއަމާންކަން ގެއްލި މުޖްތަމަޢު ގޮތްނޭނގޭ
ބިރުވެރިކަމަކާއި ކުރިމަތިލާންޖެހިދާނެ ކަމުގެ ބިރު ހީވެފައިވާކަމަށް ޤަބޫލުކުރެވޭ މިންވަރަށް ހެއްކާއި ޤަރީނާ
ލިބިފައިވާތީއާއި، ސިޔާސީ މަޤްޞަދެއްގައި ނުވަތަ މީހަކަށް ނުވަތަ ބަޔަކަށް ބިރުދެއްކުމުގެ ގޮތުން ނުވަތަ
ބައެއްގެ މެދުގައި ބިރުވެރިކަން އުފެދޭގޮތަށް މީހަކު ނުވަތަ މީހުން މެރުމަށް ނުވަތަ އެފަދަ މަޤްޞަދެއްގައި
މީހަކަށް ނުވަތަ ބަޔަކަށް ޖިސްމާނީގޮތުން ގެއްލުންލިބޭފަދަ ކަމެއްކުރުން ނުވަތަ ކުރަންއުޅުމަކީ ޓެރަރިޒަމްގެ
ކުށެއްކަމަށް ޤާނޫނު ނަންބަރު 10/90 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 1ވަނަ
މާއްދާގައި ސާފުބަހުން ބުނެފައިވާތީއާއި ހަތިޔާރަށް ހިމެނިދާނެތަކެތި ނުވަތަ އެނޫންވެސް އެއްޗެއް
މިމީހުންގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ މުދަލަށް ގެއްލުންލިބޭފަދަ ގޮތެއްގައި ބޭނުންކުރުމާއި،
ބޭނުންކުރަން އުޅުމާއި ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދޭފަދަ ކަމެއް ކުރުމާއި ކުރަންއުޅުމަކީވެސް
ޓެރަރިޒަމްގެ ކުށްކަމަށް ބެލެވޭނެކަމަށް ޤާނޫނު ނަންބަރު 10/90 (ދިވެހިރާއްޖޭގައި ޓެރަރިޒަމް
މަނާކުރުމުގެ ޤާނޫނޫ) ގެ 1 ވަނަ މާއްދާގެ ," ގައި ކަނޑައެޅި ބަޔާންވެފައި
އޮތުމާއެކު
ނަންބަރު 2007/JC/1891 ޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތްތަކުން 2007 ވަނަ އަހަރުގެ އޮކްޓޯބަރ
މަހުގެ 06 ވަނަ ދުވަހު ދިވެހިދައުލަތުގެ އަމަންބެލެހެއްޓުމުގެ މަސްއޫލިއްޔަތާއި ޙަވާލުވެތިބި ފަރާތާމެދު
ދިވެހިރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދޭފަދަ ގޮތަކަށް ހަނގުރާމަވެރި ވަޞީލަތްތަކާއި އެފަދަ
ވަޞީލަތްތަކެއް ކަމަށްބެލެވޭ ހަތިޔާރާއެކު ކުރިމަތިލި ކުރިމަތިލުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން
ޓެރަރިޒަމްގެ ކުށެއްކަމަށް މައްސަލަ ބެލުމުގައި ބައިވެރިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤުވެވިފައިވާތީ އެޤަޟިއްޔާގައި އަޙްމަދު ރަމްޒީގެ މައްޗަށް ކަނޑައަޅުއްވާފައިވާ ޙުކުމްގެ އެބަޔަށް
ތާއީދުކޮށްފީމެވެ.
މިޤަޟިއްޔާބަލާ ނިޔާ ކަނޑައެޅީ:
ޖިނާއީ ކޯޓުގެ
Cub
ޢަލީ ޙަމީދު މުޙައްމަދު
(ފަނޑިޔާރު)
އާދަމް މުޙައްމަދު ޢަބްދު
(ފަނޑިޔާރު)
-44 އެވެ
ޙަމީދު
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިންގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes