ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/258 ޤަޟިއްޔާގެ ޙުކުމް
l
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-A/258
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓް
• ޤަޟިއްޔާ ނަންބަރ: 258/HC-A/2009
އިސްތިއުނާފު ކުރިފަރާތް:
+ ނަން:ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް
* އައިޑީ ކާޑު ނަންބަރ :
* ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
#
އިސްތިޢުނާފް ރައްދުވި ފަރާތް:
* ނަން: މުޙައްމަދު ނަޖާޙް މޫސާ
އައިޑީ ކާޑު ނަންބަރ: A098466
*
ދާއިމީ އެޑްރެސް: މ.ޕެންނިރު
މިހާރުގެ އެޑްރެސް: މ. ފެންނިރު
#
#
*
ރަޖިސްޓްރީކުރި ތާރީޚް: 06 ރަމަޟާން 1430
27 އޯގަސްޓް
ނިމުނު ތާރީޚް: 21 ޖުމާދަލްއާޚިރާ 1432
2009
24
2011
O
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/JC/616
• ޤަޟިއްޔާގެބާވަތް: އަމުރަށްނުކިޔަމަންތެރިވުން
ނިންމެވިކޯޓް: ކުމިނަލްކޯޓް
ހުށަހެޅުނުތާރީޚް: 01 - 03
* ނިމުނު ތާރީޚް: 20 - 05 - 2009
2009
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް :
ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު އަޙްމަދު ޝަރީފު ، ފަނޑިޔާރު ޢަލީ ސަމީރު
ބައިކޯޓް
c
ދިވެހިރާއްޖޭގެ ހައިކޯޓްރަތާބިތޯ، ގިތިގުލާވެ. ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2
[09HC-A/358
ގޮސިއްޔާ ލިޠުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ :
މިއީ ޖިނާއީކޯޓުގެ ނަންބަރު 2009/JC/616 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ
ހަމަތަކާ އެއްގޮތް ވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި
ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ
މައްސަލައެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ މ.ޕެންސިރު މުޙައްމަދު ނަޖާޙު
އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
-01
މިއީ ޖިނާއީކޯޓުގެ ނަންބަރު 2009/JC/616 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ޕްރޮސިކިއުޓަރ
ޖެނެރަލް އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ މ.ޕެންސިރު މުޙައްމަދު ނަޖާހު މޫސާއެވެ.
02- ޖިނާއީކޯޓުގެ ނަންބަރު 2009/JC/616 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ 31 ޖުލައި 2008 ދުވަހުގެ 18:30 އެހާކަށްހާއިރު މ.ރޫބީގެއިން
ވައްކަން ކުރަންއުޅެނިކޮށް މީހަކު ހިފަހައްޓާފައި ހުރިކަމުގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސްސަރވިސްއަށް
ލިބުމާގުޅިގެން ފުލުހުން އެގެއަށްގޮސް، މީނާ އެގެއިން ފެނިގެން، މީނާ ފުލުހުންގެ ބެލުމުގެ ދަށަށް
ގެނެސް، އިތުރަށް އެގެބަލައި ފާސްކުރުމަށްޓަކައި އެޅޭ ފުރަތަމަ ފަންގިފިލާއަށް ދިޔައިރު، މ.ރޫބީ
ޙުސައިން ނިޔާޒު އެފުންގިފިލާގެ ކުޑަދޮރެއްގެ ބިއްލޫރިތައް ނައްޓަންހުއްޓާ ފެނިގެން މީން ގޮވައިގެން
އެގޭ ތިރިއަށް، ދިއުމުން، މުޙައްމަދު ނަޖާޙު މޫސާ، ކޮންސްޓަބަލް އަޙްމަދުއާ މުޚާޠަބުކޮށް ކަލެއަށް
ތިމަންނަ އެނގޭ ނޫންހޭ، އެހެންވީމާ ވިސްނައިގެން ހުންނާށޭ، އަދި ތިމަންނަ ދޫކޮށްލާނެނޫންހޭ،
ދޫކޮށްލީމާ ކަލޭ ކޮށާލާނަމޭ" ބުނެ ކޮންސްޓަބަލް އަޙްމަދުއަށް ބިރުދައްކާފައިވާކަމަށް ކޮންސްޓަބަލް
7j
އައިކޯޓް
ދިވެހިރާއްޖޭގެ
އީމެއިލް: krl.go.mvތfo
@
highc
ވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
ވެބް ސައިޓް: www.highcourt.gov.mv
.44ކ
3
ޤަޟިއްޔާ ނިވާނު ގޮތުގެ ޚުސް
2009;HC-A/258
މުޙައްމަދު އަދުހަމާއި ކޮންސްޓަބަލް ނަސީމް ޢަބްދުﷲ އާއި ކޮންސްޓަބަލް މުޙައްމަދު ވަޙީދު ބުނާތީ،
ޤާނޫނުލް ޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން މުޙައްމަދު ނަޖާޙު މޫސާގެ މައްޗަން އަމުރަށް
ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ ކުރުމުން އެކޯޓުން ބަލައި ނިންމާފައިވާ މައްސަލައެއްކަން
އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެންއޮވެއެވެ.
03-ޖިނާއީކޯޓުގެ ނަންބަރު 2009/JC/616 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ޕްރޮސިކިއުޓަރ
ޖެނެރަލްއޮފީހުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބެލިއިރު، ތިންސަބަބެއް ހުށަހަޅައި
އެކަންކަމާބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ސަބަބަކީ، މީހުންނަށް ބިރުދެއްކުމަކީ ޝަރުޢީ ގޮތުން މަނާކަމެއްކަން އެނގެން
އޮތްއިރު އެކަމަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވުން.
ދައުލަތުން ކުޅަ ޢަމުރަށް
ނުކިޔަމަންތެރި ވުމުގެ ކުށުގެ ދަޢުވާ ސާބިތު ކުރުމަށްޓަކައި ހުށަހަޅާފައިވާ ތިން ހެކިން ޙާޟިރު ނުކޮށް
މައްސަލަ ނިންމާފައިވުން.
، ތިންވަނަ ސަބަބަކީ: ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް މައްސަލަ
ނިންމާފައިވުން.
މައްޗަށް
04- މިމައްސަލައާ ގުޅިގެން ޖިނާއީކޯޓުގެ ނަންބަރު 2009/JC/616 ޤަޟިއްޔާގައި ކޮށްފައިވާ
ޙުކުމަށް ބެލިއިރު، އެޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ މިފަދައިންނެވެ.
މ.ފެންނިރު މުޙައްމަދު ނަޖާޙް މޫސާގެ މައްޗަށް ދައުލަތުން ދަޢުވާ ކުރައްވާފައިވާ އަމުރަށް
ނުކިޔަމަންތެރިވުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން މީހުން ބިރުދެއްކުމާއިބެހޭ ގޮތުން
ޢަމަލުކުރުމަށް އޮތް ޝަރުޢީ، ޤާނޫނީ ޞަރީޙަ އަމުރަކީ ކޮބައިކަން ދަޢުވާކުރާ ފަރާތުން ޝަރީޢަތަށް
ސާބިތުކޮށްދެވިފައިނުވާތީ، މުޙައްމަދު ނަޖާޙް މޫސާގެ މައްޗަށް އަމުރަށްނުކިޔަމަންތެރިވުމުގެ ކުން
ޝަރީޢަތަށް ޘާބިތުނުވާކަމަށް ޙުކުމް ކޮށްފީމެވެ." މިފަދައިންނެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެ އެކޯޓް
triglicoórt-gov.vn
ދިވެހިރާއްޖެ
، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް: WWW.highcourt.gov.mv
4
ޝާހްލިޔޯޔޯ ނިމުނު ގޮތުގެ ޚުލާ
2009/HC-A/758
-05
މިމުއްސަލައާ ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި އަދި
ޖިނާއީކޯޓުގެ ނަންބަރު 2009/JC/616 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ
އެއްގޮތްނުވާކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްއޮފީހުގެ ފަރާތުން ހުށަހަޅާފައިވާ
ސަބަބުތަކުގެ މައްޗަށް ޝަރުއީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ހމާނަކު
(ހ) ފުރަތަމަކަމަކީ: މ.ފެންސިރު މުޙައްމަދު ނަޖާޒު މޫސާގެ މައްޗަށް ދައުލަތުން
ދަޢުވާކޮށްފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާއަށް މުޙައްމަދު ނަޖާރު މޫސާ ޖިނާއީ
ކޯޓުގައި އިންކާރު ކުރުމުން އެދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހެކިން ހުށަހަޅާފައިވާކަމާއި ނަމަވެސް
ބަހުން ނުވަތަ ޢަމަލުން މީހުންނަށް ބިރު ދެއްކުމަކީ މަނާކަމެއްކަން އަންގައިދޭ ޤަވާޢިދެއް ނުވަތަ
ޤާނޫނެއް ހެދި ޢާންމުކޮށްފައިވާކަން އެނގެން ނެތުމުން، މުޙައްމަދު ނަޖާހު މޫސާގެ އެޢަމަލަކީ، ޝަރުޢީ
އަދި ޤާނޫނީ ގޮތުން ކުރެވިފައިވާ ޞަރީޙަ އަމުރަކަށް މުޙައްމަދު ނަޖާޙު މޫސާ ނުކިޔަމަންތެރިވުންކަމަށް
ޝަރީއަތަށް ޤަބޫލު ނުކުރެވޭ ކަމަށް ބުނެ، ޖިނާއީ ކޯޓުން އެމައްސަލަ ނިންމާފައިވާކަން އެނގޭކަމާއި،
ނަމަވެސް މުޙައްމަދު ނަޖާޢު މޫސާ، ކޮންސްޓަބަލް އަޙުމަދާ މުޚާޠަބުކޮށް "ކަލެއަށް ތިމަންނަ
އެނގޭ ނޫންހޭ، އެހެންވީމާ ވިސްނައިގެން ހުންނާށޭ، އަދި ތިމަންނަ ދޫކޮށްލާނެ ނޫންހޭ،
ބުނެ ކޮންސްޓަބަލް އަޙުމަދަށް މުޙައްމަދު ނަޖާޙު މޫސާ ބިރު ދައްކާފައިވާކަމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބުނިބުނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި މުޙައްމަދު ނަޖާޙު މޫސާ އެއްބަސްވެ އެފަދައިން ބުނެފައިވާނެކަމަށް އިޢުތިރާފް ވެފައިވުމުން،
މުޙައްމަދު ނަޖާރު މޫސާ ކޮށްފައިވާކަމަށް، ދައުލަތުގެ ފަރާތުން ބުނާ ޢަމަލު މުޙައްމަދު ނަޖާޙު މޫސާ
ކޮށްފައިވާކަން މުޙައްމަދު ނަޖާޙު މޫސާގެ ބަހުން ސާބިތުވެ، ރަނގަޅަށް އެނގެން އޮންނައޮތުމެވެ.
ދޫކޮށްލީމާ ކަލޭ
# ތޑ
ރެނމެ
(ށ) ދެވަނަކަމަކީ: މުޙައްމަދު ނަޖާޢު މޫސާ، ކޮންސްޓަބަލް އަޙުމަދާ މުޚާޠަބުކޮށް ކޮށާލާނަމޭ
ބުނެ، ކޮންސްޓަބަލް އަޙުމަދަށް ބިރު ދައްކާފައިވާތީ މުޙައްމަދު ނަޖާޙު މޫސާގެ މައްޗަށް އަމުރަށް
· 2
ދިވެހިރާއްޖޭގެ 1
ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
:
www.highcourt-gov.my 2
5
2009iC-A/2558
ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ ދައުލަތުން ކޮށްފައިވާއިރު، ބަހުން ނުވަތަ ޢަމަލުން މީހުންނަށް
ބިރުދެއްކުމަކީ މަނާކަމެއްކަން އަންގައިދޭ ޤަވާޢިދެއް ނުވަތަ ޤާނޫނެއްހެދި ޢާންމުކޮށްފައިވާކަން
އެނގެންނެތްކަމަށާއި އެހެންކަމުން، މުޙައްމަދު ނަޖާހު މޫސާގެ އެޢަމަލަކީ ޝަރުޢީ އަދި ޤާނޫނީގޮތުން
ކުރެވިފައިވާ ޞަރީޙަ އަމުރަކަށް މުޙައްމަދު ނަޖާޙު މޫސާ ނުކިޔަމަންތެރިވުން ކަމަށް ޝަރީޢަތަށް ޤަބޫލު
ނުކުރެވޭ ކަމަށް ކަނޑައަޅައި ޖިނާއީ ކޯޓުން ނިންމި ނިންމުން ބިނާކުރި އަސްސަށް ބަލާއިރު،
ޤާނޫނެއްގައި ނުވަތަ އިސްލާމީ ޝަރީޢަތުގައި އެކަމަކީ މަނާކަމެއްގެ ގޮތުގައި ބެލެވޭ ކޮންމެ
ކަމަކީ ކުށެއްކަމުގައި ބެލެވޭނެ ކަމެއްކަމާއި އަދި ވަކި ޢަމަލެއް ނުވަތަ ވަކިކަމެއް އެއީ ކުށެއްކަމުގައި
ކުނޑައެޅެނީ ހަމައެކަނި ޤާނޫނެއް ނުވަތަ ޤަވާޢިދެއްގެ ދަށުން ނޫންކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނު އަސާސީގެ 59 ވަނަ މާއްދާގެ (ހ) އިން އެނގެން އޮންނަކަމާއި،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ށ) ގައި ޤާނޫނެއް ނުވަތަ
ޤަވާއިދެއްގެ ދަށުންވިޔަސް އެއްވެސް މީހަކަށް އަދަބެއްދެވޭނީ އެޤާނޫނެ
އެޤާނޫނެއް ނުވަތަ އެޤަވާޢިދަކީ ޢާއްމުކޮށް
ޝާއިޢުކޮށްފައިވާ އެއްޗަކަށްވާނަމަ ކަމަށާއި، އަދި މަނާކުރެވޭ ކަންތަކާއި އެއިން ކަމެއްކޮށްފި މީހަކަށް
ދެވޭނެ އަދަބު ސާފުކޮށް ބަޔާންކޮށްފައި އޮވެގެން ކަމަށް ބުނެފައި އޮންނަ އޮތުމަކީ، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 19 ވަނަ މާއްދާއާއި 59 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ
އުޞޫލް ފުށުއަރާކަމެއް ކަމަށް ނުބެލެވޭ ކަމާއި، އެހެނީ ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ () ގައި
ބަޔާންވެފައިވާ ނައްޞަކީ އުޞޫލެއްގެގޮތުން އެކަން އޮންނަންވާގޮތް ބަޔާންކުރާ ނައްސެއް
ނަމަވެސް އިސްލާމީ ޝަރީޢަތުގައި މަނާކަންތައްތައް އެއީ ދިވެހިރާއްޖޭގައިވެސް މަނާކަންތައްތަކެއްގެ
ގޮތުގައިމެނުވީ އުޞޫލެއްގެގޮތުން ބަލާނެ ހަމައެއް ނެތްކަމާއި، ޤާނޫނުއަސާސީއާއި، ޤާނޫނުގައި
ވަކިގޮތަކަށް ކަނޑައެޅިފައިނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް
ކަނޑައެޅިފައިވާ ގޮތުގެ މައްޗަށް ފަނޑިޔާރުން ރިޢާޔަތް ކުރަންވާނެކަމުގައި ޤާނޫނުއަސާސީގެ 142
ވަނަ މާއްދާގައި ސާފުބަހުން ބަޔާންކޮށްފައިވާކަން ފާހަގަ ކުރެވޭކަމެވެ.
OXOX
ބއްވާلا
d t, ,
(ނ) ތިންވަނަކަމަކީ: ޙައްޤަކާނުލާ މީސްމީހުންނަށް ބިރުދެއްކުމާއި، ގެއްލުންދޭނެކަމަށް
ބުނެއިންޒާރު ދިނުމަކީ އިސްލާމީ ޝަރީޢަތުގައި މަނާކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ
ދިވެހިރާއްޖޭގެ ހައިކޯޓް އިޓް
އީމެއިލް:
ހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
ލޮޖީلސޓް: www.highcourt.gov.mv
[email protected] na
*
6
ޤަޟިއްޔާ ނިޔަނު ގޮތުގެ ޙަތްސޯ
2009;HC-A/358
ކަމެއްކަން އެނގެން އޮތްއިރު، ޝަރުޢީ ނުވަތަ ޤާނޫނީގޮތުން ކުރެވޭ އަމުރަކަށް ނުކިޔަމަންތެރިވުމަކީ
ކުށެއްކަމަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގައި ކަނޑައެޅި ބަޔާންވެފައިވާ
ކަމާއި އަދި އެފަދަ ޢަމަލެއް ކޮށްފިމީހެއްގެ މައްޗަށް ކަނޑައެޅިފައިވާ ޢުޤޫބާތްވެސް އެމާއްދާގައި
ބަޔާންވެފައި އޮތްކަން
ތްކަން އެނގޭކަމާއި، އެހެންކަމުން މުޙައްމަދު ނަޖާހު މޫސާ، ކޮންސްޓަބަލް އަޙުމަދާ
މުޚާތަބުކޮށް ކަލެއަށް ތިމަންނަ އެނގޭ ނޫންހޭ، އެހެންވީމާ ވިސްނައިގެން ހުންނާށޭ، އަދި ތިމަންނަ
ދޫކޮށްލާނެ ނޫންހޭ، ދޫކޮށްލީމާ ކަލޭ ކޮށާލާނަމޭ" ބުނެ ކޮންސްޓަބަލް އަޙުމަދަށް، މުޙައްމަދު ނަޖާޙު
މޫސާ އިންޒާރުދީ ބިރު ދެއްކުމުގެ ގޮތުން ކޮށްފައިވާ ޢަމަލަކީ ކުށުގެ ޢަމަލެއްކަން އެނގޭކަމެވެ.
އެކަމުގެ ސަބަބުން
(ށ) ހަތަރުވަނަކަމަކީ: މުޙައްމަދު ނަޖާޙު މޫސާއަށް ނިސްބަތްކުރެވިފައިވާ ބިރު ދެއްކުމުގެ
ކުށުގެ ޢަމަލު ހިނގާފައިވަނީ 31 ޖުލައި 2008 ގައި ކަމާއި އެފަދަ ޢަމަލުތައް ތަޖުރީމުކުރާ ޚާއްސަ
ޤާނޫނެއް ނުވަތަ މާއްދާއެއްވެސް އެއިރު ނެތްކަމާއި އެފަދަ ޢަމަލު ތަކަކީ ކުށް ކަމުގައި އެއިރު
ކަނޑައެޅެން އޮންނަނީ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުންކަން އެނގެން
އޮތްނަމަވެސް މީސްމީހުންނަށް ބިރުދައްކައި އިންޒާރުދިނުން މުޖުތަމަޢުގައި އާންމުވެ
މުޖުތަމަޢުގައި ބިރުވެރިކަމާއި ނުތަނަވަސްކަން ފެތުރިފައިވުމުން، ބިރުދައްކައި މީސްމީހުންނަށް
އިންޒާރުދިނުމަކީ ކުށުގެ ޢަމަލެއްގެގޮތުގައި ކަނޑައަޅާ ޚާއްސަ ޤާނޫނެއްކަމުގައިވާ، ޤާނޫނު ނަމްބަރު
17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު)
ފާސްކޮށް، 5 ސެޕްޓެމްބަރު 2010 ގައި އެޤާނޫނަށް ޢަމަލުކުރަން ފަށާފައިވާކަމާއި، މީސްމީހުންނަށް
ބިރުދެއްކުމަކީ ކުށެއްކަމުގައި އެޤާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށް އަދި ހަމަ އެމާއްދާގައި އެފަދަ
ކުށުގެ ޢަމަލުތަކަށް ދެވޭނެ އަދަބުވެސް ކަނޑައަޅާފައިވާކަމާއި، އެ އަދަބަކީ 6 (ހައެއް) މަސްދުވަހާއި
18 (އަށާރަ) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުންކަން އެނގޭކަމާއި،
ކުށެއް ސާބިތުވާމީހެއްގެ މައްޗަށް އަދަބު ކަނޑައަޅަންޖެހޭނީ އެކުށުގެ ޢަމަލު ހިނގިއިރު
އެކުށުގެ ޢަމަލަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބު ކަމާއި ނަމަވެސް އެކުށުގެ ޢަމަލުގެ މައް. ކަލަ
ބެލެވި އަދަބުކަނޑަނޭޅި ވަނިކޮށް ޤާނޫނަށް ގެނެވޭ އިޞްލާޙަކުން ނުވަތަ ބަދަލަކުން އެކުށުގެ އަދަބަން
ލުޔެއްދީފައިވާނަމަ އެމީހަކަށް ދޭންވާނީ ފަހުން ހެދުނު ޤާނޫނުގައިވާ އަދަބު ކަމާއި މިމަބްދަރު
4 3 2
95
ދިވެހިރާއްޖޭގެ
3325020، ފެކްސް33647
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުދުޖް«
އީމެއިތް:
Qahighcourt.gov niy
ސަ
www.highcourt.gov.mv
ތިމާޢީޒީ
7
2008 HC-A/258
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 59 ވަނަ މާއްދާގެ (ހ) ގައިވެސް ކަނޑައެޅި ބަޔާންވެފައިވާކަމާއި،
އެހެންކަމުން ޤާނޫނު ނަމްބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި
ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގައި ބިރުދެއްކުމުގެ ކުށުގެ ޢަމަލަށް ކަނޑައޅިފައިވާ އަދަބަކީ
މުޙައްމަދު ނަޖާހު މޫސާ ކޮށްފައިވާ ބިރުދެއްކުމުގެ ކުށުގެ ޢަމަލު ހިނގިއިރު އެފަދި ކުށުގެ ޢަމަލުތަކުގެ
މައްޗަށް އަދަބު ކަނޑައަޅަންޖެހޭ މާއްދާކަމުގައިވާ، ޤާނޫނުލްޢުޤޫބާތުގެ 88 ގެ (ހ) ގައި
ބަޔާންކޮށްފައިވާ އަދަބަށްވުރެ ބޮޑު އަދަބަކަށްވުމުން މުޙައްމަދު ނަޖާހު މޫސާގެ މައްޗަށް އަދަބު
ކުނޑައަޅަން ޖެހެނީ ޤާނޫނުލްޢުޤޫބާތުގެ 88 ގެ (ހ) ގެ ދަށުންކަންވެސް ފާހަގަކުރެވޭކަމެވެ.
: 33
(ބ) ފަސްވަނަކަމަކީ: މުޙައްމަދު ނަޖާޙު މޫސާގެ ކުށުގެ ރެކޯޑު ސާފުކުރިއިރު، މ.ފެންނިރު
މުޙައްމަދު ނަޖާއު މޫސާގެ މައްޗަށް 13 ކުށެއް ސާބިތުވެ ރެކޯޑު ކުރެވިފައިވާކަމާއި އޭގެތެރެއިން އެއް
ޤަޟިއްޔާ (ޖިނާއީ ކޯޓުގެ ނަމްބަރު 2009/JC/965 ޤަޟިއްޔާ) އިން 17 ޖޫން 2009 ގައި
މުޙައްމަދު ނަޖާޙު މޫސާގެ މައްޗަށް އަމުރަށްނުކިޔަމަންތެރިވުމުގެ ކުށް ސާބިތުވެ 1 (އެކެއް) މަސް
ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމް ކޮށްފައިވާކަންވެސް ޖިނާއީ ކޯޓުގެ ނަމްބަރު 95
/
2011
/
04/R-
145 (19 އޭޕްރީލް 2011) ސިޓީއާއި އެސިޓީއާއެކު ފޮނުވާފައިވާ، މުޙައްމަދު ނަޖާހު މޫސާގެ ކުށުގެ
ރެކޯޑު ބަޔާންކޮށްދޭ ލިއުމުން އެނގެން އޮންނަކަން ފާހަގަކުރެވޭކަމެވެ.
(ޅ) ހަވަނަކަމަކީ އިސްވެ ބަޔާންކުރެވިދިޔަ ކަންކަން އެފަދައިން ހުރުމުން، މުޙައްމަދު ނަޖާރު
މޫސާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކުރި ދަޢުވާގައި މުޙައްމަދު ނަޖާޙު
މޫސާއަށް ނިސްބަތްކުރި ޢަމަލަކީ ޝަރުޢީ ނުވަތަ ޤާނޫނީގޮތުން ކުރެވިފައިވާ
އަމުރަކަށް
ނުކިޔަމަންތެރިވީކަމުގައި ޤަބޫލުނުކުރެވޭކަމަށްބުނެ ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/616
ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 102 ވަނަ މާއްދާއާއި
10 ވަނަ މާއްދާއާއި 19 ވަނަ މާއްދާއާއި 59 ވަނަ މާއްދާގެ (ހ) އާއި 142 ވަނަ މާއްދާގައި
ކަނޑައެޅި ބަޔާންވެފައިވާ އުޞޫލުތަކާއި އެއްގޮތްނުވާކަމާއި، ޖިނާއީ ކޯޓުގެ ނަމްބަރު 2009/JC/1642
ޤަޟިއްޔާގައި ބެލެވުނު މިފަދަ އެހެން އަމުރަށް ލިވުމުގެ މައްސަލައެއް އިސްތިއުނާފު
332529 ފެކްސް: 331471
ދިވެހިރާއްޖޭގެ ހައިކޯޓް، އާކުރު
އީމެއިލް،
atowhighegelirt.gov.my image
www.highcourt.gov.my
8
20)j;HC-A:
ގަސިޙްލް ނިމިގެން ގޮޙް ޚުލާސާ
29
432هل ހހ33ތaa e
އދއ39ބށގެން ޢަމަލުކުރެމެނެއެޖެ
ދެވުމުން އެމައްސަލަ ބަލައި ދިވެހިރައްޖޭގެ ހައިކޯޓުގެ ނަމްބަރު 310/HC
-
A/2009 ޤަޟިއްޔާގައި
ޖިނާއީ ކޯޓުގެ ޙުކުމް ބާޠިލުކޮށް، މިބާވަތުގެ މައްސަލަތަކުގައި އަމަލުކުރަންޖެހޭ ޤާނޫނީ ހަމަތަކާއި
އުޞޫލުތައް ކަނޑުއަޅާފައިވާކަން އެނގެންއޮންނަ ކަމެވެ.
އެހެންކަމުން، މީހުންނަށް
ހެއޮތް ޝަރުއި، ޤާނޫނީ ޞަރީޙަ އަމުރަކީ
ކޮބައިކަން ދަޢުވާކުރާ ފަރާތުން ޝަރީޢަތަށް ސާބިތުކޮށްދެވިފައިނުވާތީ ކަމަށްބުނެ، މުޙައްމަދު ނަޖާޒު މޫސާގެ
މައްޗަށް އުފުލާފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ސާބިތުނުވާ ކަމަށް ޖިނާއީ
ކޯޓުގެ ނަންބަރު 2009/JC/616 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 02 ވަނަ މާއްދާއާއި 10 ވަނަ މާއްދާއާއި 19 ވަނަ މާއްދާއާއި 59 ވަނަ މާއްދާގެ
(ހ) އާއި 142 ވަނަ މާއްދާގައި ބަޔާންވެފައިވާ އުޞޫލުތަކާއި އެއްގޮތްނުވާތީ، ދިވެހިރާއްޖޭގެ
ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުން ދެކެނީ ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/616
ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަން ޖެހޭނެކަމަށެވެ.
+
ދިވެހިޖާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް،އްބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332532، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.fi
9
ޟިއްޔާ ނިޔުނު ގޮތުގެ ޚުވަސް
]{)9ITC-A/358
2
2 32
ܕ ܕ ܕ 0 *
އަށް 8 *
ވީމާ، 31 ޖުލައި 2008 ދުވަހުގެ 18:30 އެހާކަންހާއިރު މ.ރޫބީގެއިން ވައްކަންކުރަން އުޅެނިކޮށް
މީހަކު ހިފަހައްޓާފައިހުރިކަމުގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބުމާ ގުޅިގެން ފުލުހުން
އެގެއަށް ގޮސް، މުޙައްމަދު ނަޖާޙު މޫސާ އެގެއިން ފެނިގެން މުޙައްމަދު ނަޖާޙު މޫސާ ބެލުމުގެ
ދަށަށް ގެނެސްފައިވަނިކޮށް، ކޮންސްޓަބަލް އަޙުމަދާ މުޚާތަބުކޮށް ވިސްނައިގެން ހުންނާށޭ، އަދި
ތިމަންނަ ދޫކޮށްލާނެ ދޫކޮށްލީމާ ކަލޭ ކޮށާލާނަމޭ
ބުނެ ކޮންސްޓަބަލް އަޙުމަދަށް
ބިރުދައްކާފައިވާކަމަށް ނެ މުޙައްމަދު ނަޖާހު މޫސާގެ މައްޗަށް ޤާނޫނުލް ޢުޤޫބާތުގެ 88 ވަނަ މާއްދާގެ
(ހ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ
ދަޢުވާއަށް ބެލިއިރު، އެދަޢުވާގައި ބުނެފައިވާ ކަންތައްތައް އެދަޢުވާގައި ބުނެފައިވާ ގޮތުގެމަތިން
ހިނގާފައިވާކަން މުހައްމަދު ނަޖާޒު މޫސާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަ ތަކުން
ނގެންއޮންނަކަމާއި މުހައްމަދު ނަޖާޙު މޫސާގެ އިޢުތިރާފު އެކަމުގެ މައްޗަށް ލިބިފައިވާކަން އެނގޭއިރު،
ޤާނޫނާއި އިސްލާމީ ޝަރީޢަތުގައި މަނާކުރެވިފައިވާ ކޮންމެކަމަކީ ދިވެހިރާއްޖޭގައި މަނާކަމެއްކަމަށް ބެލުމަށް
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 02 ވަނަ މާއްދާއާއި 14 ވަނަ މާއްދާއާއި 19 ވަނަ މާއްދާއާއި
59 ވަނަ މާއްދާގެ (ހ) ގެ ދަށުން ލާޒިމްވާތީއާއި، އަދި ޤާނޫނުގައި ނައްޞުން ބަޔާންކުރެވިފައިނުވާ ކަންކަން
ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް އޮންނަގޮތުގެ މައްޗަށް ރިޢާޔަތް ކުރަންޖެހޭކަމަށް
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ބަޔާންކޮށްފައިވުމުން، މުޙައްމަދު ނަޖާޙު
މޫސާގެ ޢަމަލަކީ ކުށެއްކަމުގައި ސާބިތުވާންނެތްކަމުގައި ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/616
ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް މިމައްސަރ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިޕާޤުވެވުނު ހިނދު، އެޤަޟިއްޔާގެ ޙުކުމަކީ ބާޠިލު
ޙުކުމެއްކަމުގައި ކަނޑައަޅައި، މުޙައްމަދު ނަޖާޙު މޫސާ ކޮންސްޓަބަލް އަޙުމަދަށް އިންޒާރުދީ ބިރުދެއްކި
ދެއްކުމަކީ ދެކުރެވިދިޔަ ފަދައިން ކުނުގެ އަމަލެއްކަން އެނގޭއިރު، މުޙައްމަދު ނަޖާޙު މޫސާ ކޮންސްޓަބަލް
އަޙުމަދަށް އިންޒާރުދީ ބިރުދެއްކިކަން މުޙައްމަދު ނަޖާޙު މޫސާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވެފައިވާ އިޢުތިރާފުން ސާބިތުވާކަމަށާއި، އެހެންކަމުން މުޙައްމަދު ނަޖާހު މޫސާގެ މައްޗަށް އަމުރަށް
ދިވެހިރާއްޖޭގެ ހައިކޯޓް އާބާދުގެ
އީމެއިލް: highcuggov.mv
ދެވެހިރާއްޖެ، ޖޯން 332529 ފެކްސް: 3316471
ސައިޓް:
www.highcourt.gov.my
10
2009/HC-A258
ގަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ނުކިޔަމަންތެރިވުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން، ޤާނޫނުލް ޢުޤޫބާތުގެ
88 ވަނަ މާއްދާގެ (ހ) ގެ ދަށުން މުޙައްމަދު ނަޖާޙު މޫސާ 2 (ދޭއް) މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް
ޙުކުމް ކޮށްފީމެވެ.
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް: www.highcourt.gov.mv
info@highcourt-gov-mivos