ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/247 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A/247
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
1/2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 247/HC
-
A/2011
އިސްތިއުނާފު ކުރި ފަރާތް:
* ނަން: ޝިމްހާދު ވަޙީދު
ދާއިމީ އެޑްރެސް: ގއ.ނިލަންދޫ އަމާޒް
އައި.ޑީ.ކާޑު ނަންބަރު: A061060 މިހާރުގެ އެޑްރެސް: މއ.މާވެޔޮގެ/ މާލެ
* ވަކީލް: ޙުސައިން ޝަހާމަތު މާހިރު * އައި.ޑީ.ކާޑު ނަންބަރު: A034149
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޙަސަން އަޙްމަދުފުޅު
* ދާއިމީ އެޑްރެސް: މ.މ.ދ. ދަފްރަތު 2556
އައި.ޑީ.ކާޑު ނަންބަރު: A024137 މިހާރުގެ އެޑްރެސް: ބަނޑޭރިކޮށި 211 | މާލެ
އޏ
*
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 22 ޛުލްޤައިދާ 1432
* ނިމުނު ތާރީޚް: 14 ޝަޢުބާން 1433
20 އޮކްޓޯބަރ 2011
04 ޖުލައި 2012
0
0
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2006/MC/655
• ނިންމެވި ކޯޓު: މަދަނީކޯޓް
• ޤަޟިއްޔާގެ ބާވަތް ފައިސާހޯދުން
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު: އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
2
2011/HC-A/47
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓްގެ ނަންބަރު 2006/MC/655 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތްނުވާކަ
ވާކަމަށްބުނެ ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ގއ.ނިލަންދޫ އަމާޒް ޝިމްހާދު
ވަޙީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި،
އިސްތިއުނާފު ރައްދުވާ ފަރާތަކީ މާލޭ މުނިސިޕަލްޓީ ޚާއްޞަ ދަފްތަރު ނަންބަރު 2556 (ބަނޑޭރިކޮށި 211)
ޙަސަން އަޙްމަދުފުޅެވެ.
0
ފާހަގަކުރެވުނު ނުކުތާތައް
1. މަދަނީކޯޓުގެ ނަންބަރު 2006/MC/655 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ " މާލޭ މުނިސިޕަލްޓީ ޚާއްޞަ ދަފްތަރު (ބަނޑޭރިކޮށި 211) ޙަސަން އަޙްމަދުފުޅު
ބެލުމުގެ ދަށުގައިވާ މޮފާ 323 މަސްދޯނި ދުއްވަން ގއ.ނިލަންދޫ އަމާޒް (ހ.ތޮނާޑާ) ޝިމްހާދު ވަޙީދު އާއި
ދެމެދު އެއްބަސްވުމުގެ ދަށުން 03 ޑިސެމްބަރ 2001 ން 2004 ގެ ނިޔަލަށް އެގްރީމެންޓް ކޮށް އަދި
މިއެގްރިމެންޓް އާކުރަމުންދަނީ ކޮންމެ އަހަރެއްގެ ޖަނަވަރީ މަހަކު ކަމަށާއި ނަމަވެސް 2005 ވަނަ އަހަރަށް
އެގްރިމެންޓް އާކުރުމަށްޓަކައި ދޯނި ބެލުމަށް ގެންނަން ޝިމްހާދު ވަޙީދަށް، ޙަސަން އަޙުމަދު ފުޅުގެ ފަރާތުން
އަންގާ އަންގާވެސް ނުގެނައި ކަމަށާއި ޝިމްހާދުވަޙީދު ބުނަމުންދަނީ ދޯންޏަށް އެއްވެސް އެއްޗެއް
ނުލިބޭކަމަށާއި، ދޯނި ގެނައުމަށް ވަރަށް ބޮޑު ޚަރަދެއްދާނެކަމަށްބުނެ، ދޯންޏެއް ނުގެނައި ކަމަށާއި، އެހެންކަމުން
2005 ވަނަ އަހަރު އޮތީ އެގްރިމެންޓް ފުކޮށްކަމަށާއި، ދޯނި ގެނައީ 29 މާރޗް 2006 ގައި ކަމަށާއި،
ދޯންޏަށް
ނަށް ޙަވާލުވިއިރު ދޯނީގެ ކަނާތްފަރާތު ބަނޑުފިލާ 08 މަޑޫ ގުޑާފައިވާކަމަށާއި، ދޯނި ގެނެސް ޝިމްހާދު
ވަޙީދު ދޯނި ޙަވާލުކުރިއިރު ބައެއް ތަކެތިވެސް ހަމައަށް ނުލިބޭކަމަށާއި، އަދި 2003 ން ފެށިގެން ޚަރަދު
ކަނޑާފައި ލިބޭފައިދާގެ %33 ޕަސެންޓްގެ އެއްވެސް ފައިސާއެއް ނުލިބޭކަމަށާއި، 2006 ޖެނުއަރީ މަހުން
ފެށިގެން މާރޗް މަހާހަމައަށް ފިޝަރީޒް މިނިސްޓްރީއަށް ދައްކަންޖެހޭ -/
16,200ރ. (ސޯޅަހާސް ދުއިސައްތަ
2
7 = ހދދީ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
3
2011/HC-A/247
ރުފިޔާ) ވެސް ނުލިބޭކަމަށާއި، އަދި ދޯންޏަށް ޝިމްހާދު ވަޙީދު ހޯދާފައިވާ އެއްޗެތިތަކުގެ ތެރެއިން އެއްވެސް
ލިބިފައިނުވާކަމަށްބުނެ، ތަކެއްޗާއި ފައިސާ ހޯދުމަށް ޝިމްހާދުގެ މައްޗަށް ޙަސަން އަޙްމަދު ފުޅު
ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަން އެނގޭކަމާއި،
އެއްޗެއް
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، އިސްވެދިޔަ ބަޔާންތަކާއި ފާހަގަ ކުރެވުނު
ނުކުތާތަކަށް ވިސްނާ ރިޢާޔަތްކުރުމަށްފަހު، މާލޭ މުނިސިޕަލްޓީ ޚާއްޞަ ދަފްތަރު ޙަސަން އަޙްމަދުފުޅު،
ގއ.ނިލަންދޫ އަމާޒް ޝިމްހާދު ވަޙީދުގެ މައްޗަށް ހުށަހެޅި ދަޢުވާގައި މޮގާ 323 ދޯނި ޝިމްހާދު ވަޙީދު އާއި
ދުއްވަން ޙަވާލުކުރިއިރު އެގްރިމެންޓް ކުރެވިފައިވާގޮތަށް ޝިމްހާދު ވަޙީދު ދޯންޏަށް ލިބޭ އެއްޗަކުން ޚަރަދު
ކަނޑައި ދޯނީގެ ވެރިފަރާތަށް ދިނުމަށް އެއްބަސްވެފައިވާ %33 ފައިސާއާއި، 2006 ވަނަ އަހަރުގެ ޖެނުއަރީ،
ފެބްރުއަރީ، މާރޗް މަހު ސަރުކާރަށް ދައްކަންޖެހޭ ފައިސާ -/
16,200ރ. (ސޯޅަހާސް ދުއިސައްތަ ރުފިޔާ)
ދައްކާފައިނުވާތީއާއި، 2006 ވަނަ އަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ހުރި ތަކެއްޗަށް ދޭންޖެހޭ ފައިސާ
-/9,425ރ. (ނުވަހާސް ހަތަރުސަތޭކަ ފަންސަވީސް ރުފިޔާ) ހޯދުމަށް ހުށަހެޅި ދަޢުވާއާއި ގުޅިގެން ޝިމްހާދު
ވަޙީދު ޝަރީޢަތުގެ މަޖިލީހުގައި އިންކާރުކޮށް ދޯންޏަށް ދޭންޖެހޭ ފައިސާ ދައްކާފައިވާކަމަށާއި އަދި ޙަސަން
އަޙްމަދުފުޅު ޝަރީޢަތަށް ހުށަހެޅި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ރިޕޯޓަކީ ކޫއްޑޫގައި މަސައްކަތްކުރާ
ޙަސަން އަޙްމަދުފުޅުގެ ރައްޓެއްސަކު މެދުވެރިކޮށް ހޯދާފައިވާ ލިޔުމެއްކަމަށް ބުނިނަމަވެސް އެކަން ޝިމްހާދު
ވަޙީދަށް ޘާބިތުކޮށް ދެވިފައިނުވާތީ އަދި ދަޢުވާކުރާ ޙަސަން އަޙްމަދުފުޅުގެ ބަޔާނުގައި ބުނެފައިވާ -/34,560
(ތިރީސްހަތަރުހާސް ފަސްސަތޭކަ ފަސްދޮޅަސް ރުފިޔާ) އަކީ ދޯނީގެ ފައިސާ ބެހުމުގެ ކުރީގައި ދޯންޏަށް
ލިބޭ ފައިސާއިން ކޮށްފައިވާ ޚަރަދު ކަމުގައި 2003 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރުގެ 17
ވަނަ ދުވަހާއި ހަމައަށް ކޮށްފައިވާ ޚަރަދު ކަމަށާއި 22,995
/
50ރ. (ބާވީސްހާސް ނުވަސަތޭކަ ނުވަދިހަ
ފަސްރުފިޔާ ފަންސާސްލާރި) އަކީ ދޯނި ފައިސާ ބެހުމަށްފަހު ދޯންޏަށް ލިބުނުބައިން ކޮށްފައިވާ ޚަރަދު ކަމަށާއި،
އެއީ 2003 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރުގެ 17 ވަނަ ދުވަހާއި ދެމެދުގައި ކަމަށާއި މިފައިސާ
ކެނޑުމަށްފަހު ދޯންޏަށް %33 މިހާރު ލިބެންޖެހޭ -/98,386ރ. (ނުވަދިހަ އަށްހާސް ތިންސަތޭކަ އަށްޑިހަ
ހަރުފިޔާ) އާއި، 2006 ވަނަ އަހަރުގެ 03 މަހުގެ ދޯނިކުލި -/
16,200ރ. (ސޯވަހާސް ދުއިސައްތަ ދު
2006 ވަނަ އަހަރުގެ ސަލާމަތީ ތަކެއްޗަށްވާ -/9,425ރ. (ނުވަހާސް ހަތަރުސަތޭކަ ފަންސަވީސް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
4
2011/HC-A/247
އާއި އެކުޖުމްލަ -/
124,011ރ. (އެއްލައްކަ ސައުވީސްހާސް އެގާރަ ރުފިޔާ) ކަމަށް ޙަސަން އަޙްމަދުފުޅު
ބުނެފައިވާއިރު ޝިމްހާދު ވަޙީދު މިފައިސާ ޙަސަން އަޙްމަދުފުޅު އާއި ޙަވާލު ކުރެވިފައިވާކަން ޘާބިތުކޮށް
ދެވިފައިނުވާތީ ޙަސަން އަޙްމަދުފުޅު ހުށަހަޅާ -/124,011ރ. (އެއްލައްކަ ސައުވީސްހާސް އެގާރަ ރުފިޔާ) އަކީ
ޝިމްހާދު ވަޙީދު، ޙަސަން އަޙްމަދުފުޅަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ޝަރީޢަތަށް ޘާބިތުވެއްޖެކަމަށް
ކަނޑައަޅާ މިފައިސާ މިއަދު 05/11/2007 އިން ފެށިގެން ކޮންމެމަހަކު 20,668
/
50ރ. (ވިހިހާސް
ހަސަތޭކަ ފަސްދޮޅަސް އަށްރުފިޔާ ފަންސާސްލާރި) ގެ މަގުން ދައްކާ 06 (ހައެއް) މަސްދުވަހުގެ ތެރޭ
މިދަރަނި ޚަލާޞްކުރުމަށް ޝިމްހާދު ވަޙީދަށް އަންގާ ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ." މިފަދައިންނެވެ.
cco
2. މަދަނީ ކޯޓުގެ ނަންބަރު 2006/MC/655 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ ގއ.ނިލަންދޫ އަމާޒް ޝިމްހާދު ވަޙީދުގެ ފަރާތުން 04 (ހަތަރެއް ނުކުތާއެއް
ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ، މިޤަޟިއްޔާގައި މައްސަލަ ޖެހިފައިވާ ދޯނި ދުއްވާފައިވަނީ
ގއ.ނިލަންދޫގައި ކަމަށްވާއިރު ޝިމްހާދު ވަޙީދު، ޙަސަން އަޙްމަދުފުޅަށް ދައްކަންޖެހޭ ޖުމްލަ ފައިސާ
ކަނޑައަޅުއްވާފައިވަނީ އެރަށުގައި މަސްވެރިކަމަށް ދުއްވާ ދޯނިފަހަރުގައި ފައިސާ ބަހާ އުސޫލާ ޚިލާފަށްކަމަށް
ބުނެ ހުށަހެޅި ނުކުތާ
(ށ) ދެވަނަ ނުކުތާއަކީ، މިދޯނި ކުއްޔަށްދިން އެއްބަސްވުމުގައި ދޯންޏަށް ކުރަން ޖެހޭ ޚަރަދާއި
ދޯންޏަށް ލިބޭ ފައިސާ ބެހުމަށް ވަކި ގޮތަކަށް ކަނޑައަޅާފައި ނުވާއިރު، މަދަނީ ކޯޓުން ޙަސަން އަޙްމަދުފުޅުގެ
ބަހަށް ބުރަވެ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
2011/HC-A/247
(ނ) ތިންވަނަ ނުކުތާއަކީ މިދޯނީގައާއި އަދި ނިލަންދޫގައި ފައިސާބަހާ އުޞޫލު
ޘާބިތުކޮށްދިނުމަށްޓަކައި ހެކިން ހުށަހެޅިފައިވީނަމަވެސް، މަދަނީ ކޯޓަށް ހެކި ޙާޟިރުކޮށްފައި ނުވާއިރު، އިތުރު
ގޮތަކުންވެސް އެކަން ބެލެވިފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ
(ނ) ހަތަރުވަނަ ނުކުތާއަކީ، މިދޯންޏަށް ކުރަންޖެހޭ ޚަރަދާއި ދޯނީގެ ފަޅުވެރިންނަށް ކާބޯތަކެތި ހޯދުމަކީ
ދޯނި ދުއްވާ ފަރާތުން ކުރަންޖެހޭ ކަމަކަށްވާއިރު ޚަރަދުކުރެވިފައިވާ ޘާބިތު ލިޔުންތައް ކޯޓަށް ހުށަހެޅުމުން
ކޯޓުން ހަމައެކަނި ޤަބޫލުކުރައްވާފައިވަނީ އެލިޔުންތަކުގައިވާ ތަކެތީގެ ތެރެއިން ޙަސަން އަޙްމަދުފުޅު އެއީ
ޚަރަދުކަމަށް ޤަބޫލުކުރި ތަކެތި އެކަނިކަމަށް ބުނެ ހުށަހެޅި ނުކުތާ.
655/MC/2006
01- މިމައްސަލައާއި ގުޅިގެން މަދަނީކޯޓުގެ ނަންބަރު
މައްސަލަ
ނިންމަވާފައިވާ ގޮތާއިމެދު
އިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ޝިމްހާދު ވަޙީދުގެ ފަރާތުން އިސްތިއުނާފު ކުރުމަށް
ހުށަހަޅާފައިވާ
އެނުކުތާތަކާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ.
ނެކެބާތެކަށައި،
ވާހަކަތަކަށާއި،
CCCC
(ހ) ފުރަތަމަކަމަކީ، މަދަނީކޯޓުގެ ނަންބަރު 2006/MC/655 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގައި މިބެލެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 247/HC-A/2011 ޤަޟިއްޔާ
އަކީ، ޝިމްހާދު ވަޙީދުގެ ފަރާތުން މަދަނީކޯޓުގެ އިޝާރާތްކުރެވުނު ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށައެޅި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 165/HC-A/2008 ޤަޟިއްޔާގެ މައްސަލަ ހިންގަމުން ދަނިކޮށް ، އެ
މައްސަލަ އިސްތިއުނާފުކުރި ޝިމްހާދު ވަޙީދު ކޯޓަށް ޙާޟިރުވުމަށް އަމުރު ފޮނުވިފައިވާ ގަޑިއަށް
ޙާޟިރުވެފައިނުވުމުގެ ސަބަބުން މައްސަލަ ބާތިލުކޮށްފައިވާތީ، އަލުން ހުށައަޅައިގެން ބެލެވެމުންދާ
މައްސަލައެއްކަމާއި، މިހެންކަމުން މި މައްސަލަ ބެލުމުގެ ތެރޭގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
165/HC-A/2008 ޤަޟިއްޔާ އާއި ގުޅިގެން ކޯޓަށް ހުށައެޅިފައިވާ ލިޔެކިޔުންތަކާއި، ދީފައިވާ
މައްޗަށް މި މައްސަލަ ބެލުމުގައި ރިޢާޔަތްކުރެވިފައިވާނެކަމެވެ.
ޓަރނެންގެ
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
6
2011/HC-A/247
I
(ށ) ދެވަނަކަމަކީ، މިމައްސަލައިގެ ތެރޭގައި ޙަވާލާދެވޭ ދޯނި " މޮފާ 323" މިދޯންޏަކީ، ޙަސަން
.މަދު ފުޅުގެ ކޮއްކޮ ނިޒާރު އަޙުމަދު ފުޅުގެ ދޯންޏެއްކަމާއި، މިދޯންޏަކީ ، މިދޯނި ދުއްވުމުގެ ކަންތައްތަކާއި
ބެލެހެއްޓުމުގެ ކަންތައްތައް ކުރުމުގެ ހުރިހާ ބާރަކާއި އިޚްތިޔާރެއް ޙަސަން އަޙުމަދުފުޅަށް ދެވިފައިވާ
ދޯންޏެއްކަމަށް ނިޒާރު އަޙުމަދުގެ ފަރާތުން 10 އޮގަސްޓް 2006 ވަނަދުވަހު މަދަނީކޯޓަށް ދީފައިވާ ބަޔާނުގައި
ބުނެފައިވާކަމާއި، އަދި މިބަޔާނުގައި، މިދޯނި ދުއްވުމަށް އެއްބަސްވުމެއްގެ ދަށުން ޝިމްހާދު ވަޙީދަށް ދިންކަން
އެނގޭކަމަށް ނިޒާރު އަޙުމަދު ބުނެފައިވާކަން ވެސް އެނގެން އޮންނަކަމާއި،
OcOX
ދޯނީގެ ވެރިފަރާތް ނިޒާރު އަޙުމަދުފުޅުގެ ފަރާތުން ޙަސަން އަޙްމަދުފުޅަށް ދީފައިވާ މިއިޚްތިޔާރާއި
ބާރުގެ ދަށުން މިދޯނި ޙަސަން އަޙްމަދު ފުޅުގެ ފަރާތުން ޝިމްހާދު ވަޙީދަށް ދުއްވަން ޙަވާލުކުރެވިފައިވާކަމަށް
ޙަސަން އަޙުމަދު ފުޅު ބުނާކަމާއި، އަދި މިގޮތަށް ޙަވާލުކުރެވިފައިވަނީ ދެފަރާތުގެ ދެމެދުގައި ލިޔުމުން ވެފައިވާ
އެއްބަސްވުންތަކެއްގެ މައްޗަށް ބިނާކޮށްގެން ކަމަށާއި، އަދި މިއިން ކޮންމެ އެއްބަސްވުމެއްވެސް އާކުރަމުން
ދިޔައީ ކޮންމެ ދެއަހަރަކުން އެއްއަހަރު ދޯނި މާލެގެނެސް އެއްބަސްވުން އައުކުރާގޮތުގެ މައްޗަށް ބިނާކޮށްގެންކަން
ޙަސަން އަޙުމަދުފުޅު ދައްކާފައިވާ ވާހަކަތަކުން އެނ
އެނގޭކަމާއި، މި
ގޮތުން މިއެއްބަސްވުން އެންމެ ފަހުން
އައުކުރެވުނީ 1 ޖެނުއަރީ 2004 އިން 1 ޖެނުއަރީ 2005 ގެ ނިޔަލަށް 1 އަހަރު ދުވަހުގެ މުއްދަތަށްކަން މި
މައްސަލައާއި ގުޅިގެން މަދަނީކޯޓަށް ހުށައަޅާފައިވާ " ދޯނި ދޫކުރުމުގެ އެގްރީމެންޓަށް" ބެލުމުން އެނގޭކަމާއި،
މި ތާރީޚުގެ ފަހަށް އެއްބަސްވުން އައުކުރުމަށް ދޯނި ގެނެސްފައި ނުވާތީ ، މިއެއްބަސްވުން އައު ކުރެވިފައި
ނުވާކަމަށް ޙަސަން އަޙުމަދު ފުޅު ބުނާކަމާއި، އަދި މި މުއްދަތުގެ ފަހަށް ޝިމްހާދު ވަޙީދު ދޯނި ގެންގުޅުމަށް
ފަހު، ދޯނި ޙަސަން އަޙުމަދު ފުޅާއި ޙަވާލުކޮށްފައިވަނީ 29 މާރޗް 2006 ގައި ކަމަށް ޙަސަން އަޙުމަދު
ފުޅުގެ ފަރާތުން ބުނެފައިވާއިރު، މިކަމާއި މެދު ޝިމްހާދު ވަޙީދުގެ ފަރާތުން އިންކާރުކޮށްފައި ނުވާކަން
އެނގެން އޮންނަކަމެވެ.
11
(ނ) ތިންވަނަކަމަކީ، މަދަނީކޯޓުގެ ނަންބަރު 2006/MC/655 ޤަޟިއްޔާގައި ކުރައްވާފައިވާ ހުކުމަށް
ބެލިއިރު، ޝިމްހާދު ވަޙީދުގެ މައްޗަށް ތިންކަމަކާއި ގުޅިގެން ފައިސާ
0 333 s
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
2011/HC-A/247
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
ޙުކުމުކޮށްފައިވާކަމާއި، އެއީ، މޮޕް 323 ދޯނި ޝިމްހާދު ވަޙީދު އާއި ދުއްވަން ޙަވާލުކުރިއިރު އެގްރީމެންޓް
ކުރެވިފައިވާ ގޮތަށް ދޯންޏަށް ލިބޭ އެއްޗަކުން ޚަރަދު ކަނޑައި ދޯނީގެ ވެރިފަރާތަށް ދިނުމަށް އެއްބަސްވެފައިވާ
% 33 ފައިސާއަށްވާ -/98,383 ރ. ( ނުވަދިހައައްހާސް ތިންސަތޭކަ އައްޑިހަ ތިން ރުފިޔާ) ދެއްކުމަށާއި،
2006 ވަނަ އަހަރުގެ ޖެނުއަރީ، ފެބުރުއަރީ، މާރޗް މި ތިން މަހު ސަރުކާރަށް ދައްކަންޖެހޭ ކުއްޔަށްވާ
-/16,200 ރ.
( ސޯޅަހާސް ދުއިސައްތަ ރުފިޔާ) ދެއްކުމަށާއި، 2006 ވަނަ އަހަރުގެ ދޯނީގެ ސަލާމަތީ
ސެޓްފިކެޓުގައި ހުރި ތަކެއްޗަށް ދޭންޖެހޭ -/9425 ރ. ( ނުވަހާސްހަތަރުސަތޭކަ ފަންސަވީސްރުފިޔާ) އެކު
ޖުމްލަ -/
124,011ރ. (އެއްލައްކަ ސައުވީސްހާސް އެގާރަ ރުފިޔާ) ޝިމްހާދު ވަޙީދުގެ ފަރާތުން
މަދަނީކޯޓަށް ދެއްކުމަށް ކަން އެނގެން އޮންނަކަމާއި،
272 ހއ ،
ނެކްތައްވެސް
މިފައިސާތަކުގެ ތެރެއިން ޝިމްހާދު ވަޙީދު އިންކާރުކުރަނީ ދޯންޏަށް ލިބޭ އެއްޗަކުން ޚަރަދު ކަނޑައި
ދޯނީގެ ވެރިފަރާތަށް ދިނުމަށް އެއްބަސްވެފައިވާ % 33 ފައިސާއަށްވާ -98,3837 ރ. ( ނުވަދިހައައްހާސް
ތިންސަތޭކަ އައްޑިހަ ތިން ރުފިޔާ) މި ޢަދަދު ކަނޑައަޅާފައިވާ ގޮތަށްކަމާއި، އަދި ޝިމްހާދު ވަޙީދުގެ ފަރާތުން
ހުށައެޅި އިސްތިއުނާފުގެ ބިނާކޮށްފައިވަނީ މި % 33 އަށްވާ ފައިސާގެ ޢަދަދު މަދަނީކޯޓުން
ކަނޑައެޅި ގޮތުގެ މައްޗަށްކަން އެނގޭކަމާއި، މަދަނީކޯޓުގެ ޙުކުމުގައިވާ 2006 ވަނަ އަހަރުގެ ޖެނުއަރީ،
ފެބުރުއަރީ، މާރޗް މިތިން މަހު ސަރުކާރަށް ދައްކަންޖެހޭ ކުއްޔަށްވާ -/16,200 ރ. ( ސޯޅަހާސް ދުއިސައްތަ
ރުފިޔާ) އާއި، 2006 ވަނަ އަހަރުގެ ދޯނީގެ ސަލާމަތީ ސެޓްފިކެޓުގައި ހުރި ތަކެއްޗަށް ދޭންޖެހޭ -/9425 ރ.
( ނުވަހާސްހަތަރުސަތޭކަ ފަންސަވީސްރުފިޔާ) ދެއްކުމާއި މެދު ޝިމްހާދު ވަޙީދު އިންކާރުކޮށްފައި ނުވާކަން
ޝިމްހާދު ވަޙީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން
އެނގެން އޮންނަކަމެވެ.
(ނ) ހަތަރުވަނަކަމަކީ، ޝިމްހާދު ވަޙީދުގެ ފަރާތުން އެފައިސާއެއް ދެއްކުމަށް އިންކާރުކުރާ، ދޯންޏަށް
ލިބޭ އެއްޗަކުން ޚަރަދު ކަނޑައި ދޯނީގެ ވެރިފަރާތަށް ދިނުމަށް އެއްބަސްވެފައިވާ % 33 އަށް ލިބެން ޖެހޭ
ފައިސާގެ ޢަދަދަކީ -/98,383 ރ. ( ނުވަދިހައައްހާސް ތިންސަތޭކަ އައްޑިހަ ތިންރުފިޔާ) ކަމަށް މަދަނީކޯޓުގެ
ޙުކުމުގައި ކަނޑައަޅާފައިވީ ނަމަވެސް -98,3831 ރ. ( ނުވަދިހައައްހާސް ތިންސަތޭކަ އައްޑިހަ ތިންރުފިޔާ)
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
8
2011/HC-A/247
ގެ ފައިސާގެ މިޢަދަދު މަދަނީކޯޓުން ކަނޑައަޅާފައިވަނީ ކޮންއަސާސެއްގެ މައްޗަށް ބިނާކޮށްގެންކަން
މަދަނީކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވާފައި ނުވާކަމާއި، އެހެންނަމަވެސް މިދެފަރާތުން
މަދަނީކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާންތަކަށް ބެލުމުން މަދަނީކޯޓުން ފައިސާގެ މިޢަދަދު
ކަނޑައަޅާފައިވަނީ، ޝިމްހާދު ވަޙީދުގެ ބެލުމުގެ ދަށުގައި ބޮފާ 323 މިދޯނި ވަނިކޮށް، މި ދޯނިން 25 މެއި
2003 އިން 17 މާރޗް 2006 ގެ ނިޔަލަށް ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށް މަސްކިރުވައިގެން ފައިސާ
ނަގާފައިވާ ގޮތުގެ ތަފްސީލުގެ ގޮތުގައި ޙަސަން އަޙުމަދު ފުޅުގެ ފަރާތުން ހުށައެޅި ރިޕޯޓަކަށް ބެއްލެވުމަށްފަހު،
އެ ރިޕޯޓުގައިވާ ޢަދަދަށް ބަރޯސާވެ އެޢަދަދު ޙިސާބު ކުރެއްވުމަށްފަހުކަން އެނގޭކަމާއި، އަދި އެޢަދަދު
ހިސާބުކުރައްވާފައިވަނީ 04 ޑިސެމްބަރ 2006 ގައި ޙަސަން އަޙުމަދު ފުޅުގެ ފަރާތުން މަދަނީކޯޓަށް ހުށައެޅި
ބަޔާނަކާއި ށްކަމަށް ޝިމްހާދު ވަޙީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ބުނެފައިވާކަން އެނގޭކަމެވެ.
އއeyށ7
(ބ) ފަސްވަނަކަމަކީ، ބޮފާ 323 ދޯންޏަށް 25 މެއި 2003 އިން 17 މާރޗް 2006 ގެ ނިޔަލަށް
ލިބުނު ފައިދާގެ ގޮތުގައި އޮންނަ -/1091168.50 ( އެއްމިލިޔަން ނުވަދިހައެއްހާސް އެއްސަތޭކަ
ފަސްދޮޅަސްއަށް ރުފިޔާ ފަންސާސްލާރި) އެދޯންޏަށް ފައިދާގެ ގޮތުގައި ނުލިބޭކަމާއި މެދު ޝިމްހާދު ވަޙީދުގެ
ފަރާތުން އިންކާރުކޮށްފައި ނުވާކަން އަދި އެޢަދަދާއި މެދު ޝަކުވާއެއް ނެތްކަމުގައި ޝިމްހާދު ވަޙީދު ބުނާކަން
ޝިމްހާދު ވަޙީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 165/HC-A/2008 ޤަޟިއްޔާއާއި ގުޅިގެން
16 ޖުލައި 2008 އަދި 17 ޖުލައި 2008 މި ދެދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
ދީފައިވާ ބަޔާނުގައި ބުނެފައި އޮންނަކަމާއި، މިހެންކަމުން މޮފާ 323 ދޯންޏަށް 25 މެއި 2003 އިން 17
މާރޗް 2006 ގެ ނިޔަލަށް ލިބުނު ފައިސާގެ ގޮތުގައި ޝަރީޢަތަށް ސާބިތުވާން އޮތް ފައިސާގެ މުޅި ޖުމްލަ
ޢަދަދަކީ -/1091168.50 ( އެއްމިލިޔަން ނުވަދިހައެއްހާސް އެއްސަތޭކަ ފަސްދޮޅަސްއަށް ރުފިޔާ
ފަންސާސްލާރި) ކަމުގައި ޝަރީޢަތުން ބަލަންޖެހޭކަން އެނގެއެވެ.
(ޅ) ހަވަނަކަމަކީ، ބޮފާ 323 މިދޯނީގެ މުޢާމަލާތާއި ގުޅިގެން މިދެފަރާތުގެ ދެމެދުގައި
ފެންނަންއޮތް ހަމައެކަނި އެއްބަސްވުމަކީ މި މައްސަލައާއި ގުޅިގެން މަދަނީކޯޓަށް ހުށައެޅުނު
i
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
9
2011/HC-A/247
އެގްރީމެންޓް” ކަމާއި، މި އެއްބަސްވުމުގައި ދޯނި ޙަވާލުކުރި ތާރީޚުގެ ގޮތުގައި އޮތީ 1 ޖެނުއަރީ 2004 ން
ފެށިގެން 1 ޖެނުއަރީ 2005 ގެ ނިޔަލަށްކަމާއި، ލިޔުމުންވެފައިވާ މިނޫން އެއްބަސްވުމެއް މިވަގުތަށް
ފެންނަންނެތްކަމަށް ޙަސަން އަޙުމަދުފުޅުގެ ފަރާތުން ބުނާކަމާއި، އެހެންނަމަވެސް ލިޔުމުންވެފައިވާ
މިއެއްބަސްވުމުގައިވާ ކަންތައްތަކަކީ ދޯނި ޙަސަން އަޙުމަދު ފުޅުގެ އަތުން ގެންދިޔައީއްސުރެ އެދޯނި އަނބުރާ
ޙަސަން އަޙުމަދު ފުޅާ ޙަވާލުކުރެވެންދެން މިދެފަރާތަށްވެސް އެއްބަސްވެވޭ ކަންތައްތަކެއް ކަމަށް އަދި
ކުރިންވެފައިވާ އެއްބަސްވުންތަކުގެ ޢިބާރާތްތައް ހުންނާނީ މަދަނީ ކޯޓަށް ހުށައެޅުނު އެއްބަސްވުމުގައިވާ
ޢިބާރާތްތަކުން ކަމަށްވެސް މިދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން
އޮތުމުން، ދޯނީގެ މުޢާމަލާތާއި ގުޅޭގޮތުން މިދެފަރާތުން ޢަމަލުކުރަންޖެހޭނީ މިމައްސަލައާއި ގުޅިގެން
މަދަނީކޯޓަށް ހުށައެޅުނު " ދޯނި ދޫކުރުމުގެ އެގްރީމެންޓް" ގައި މިދެފަ
ދެފަރާތުން އެއްބަސްވެ ސޮއިކޮށްފައިވާ
ކަންކަމުގައިވާ ގޮތުގެ މައްޗަށްކަން އެނގޭކަމެވެ.
J
4
(ކ) ހަތްވަނަކަމަކީ، ދޯންޏަށް ލިބޭ އެއްޗަކުން ޚަރަދުކަނޑާ ލިބޭ އެއްޗެއްގެ %33 އަކީ
ޝިމްހާދުވަޙީދުގެ ފަރާތުން ޙަސަން އަޙުމަދުފުޅަށް ދޭންޖެހޭ ފައިސާކަމަށް ޝިމްހާދު ވަޙީދު ޝަރީޢަތުގެ
މަޖިލީހުގައި އެއްބަސްވެފައިވާއިރު، އަދި ޙަސަން އަޙުމަދު ފުޅާއި، ޝިމްހާދު ވަޙީދުއާ ދެމެދު ވެފައިވާ " ދޯނި
ދޫކުރުމުގެ އެގްރީމެންޓަށް" ބަލާއިރު އެއެގްރީމެންޓުގެ 8 ވަނަ މާއްދާގައި " ދޯންޏަށް ލިބޭ އެއްޗަކުން
ޚަރަދުކަނޑާ ލިބޭ އެއްޗެއްގެ %33 ދޯނީގެ ވެރިފަރާތަށް ދޯނި ހިފާ ފަރާތުން ދޭންވާނެއެވެ".
ދައްކަންޖެހޭ % 33 މަސްނިމި އަނެއްމަހުގެ 10 ގެ ކުރިން ޙަވާލުކުރުމަށް އަޅުގަނޑު (ޝިމްހާދު ވަޙީދު)
މިފަދައިން އޮންނަކަން އެނގޭއިރު، ޝިމްހާދުވަޙީދުއާއި ޙަސަން އަޙުމަދު ފުޅާއި ދެމެދު ޚިލާފު
އުފެދިފައިވަނީ، މި 33
% އަށްވާ ފައިސާ ކަނޑައަޅަންޖެހޭ ގޮތާއި، ދޯންޏަށް ކުރަންޖެހޭ ޚަރަދަކީ ކޮބައިކަން
ކަނޑައެޅުމާއިމެދު ކަން އެނގޭކަމާއި، މިގޮތުން ،
8 ދ ތ ދ ¢ ¢ I
އެއްބަސްވަމެވެ"
މޮގާ 323 ދޯނި ދުއްވާފައިވަނީ ގއ.ނިލަންދޫގައި ކަމަށްވާތީ، ޝިމްހާދު ވަޙީދުގެފަރާތުން ޙަސަން
އަޙްމަދުފުޅަށް ދައްކަންޖެހޭ ޖުމްލަ ފައިސާ ކަނޑައަޅަންޖެހޭނީ ގއ.ނިލަންދޫގައި މަސްވެރިކަމަށް ދުއްވާ
ދޯނިފަހަރުގައި ފައިސާ ބަހާ އުޞޫލާ އެއްގޮތަށް ކަމަށް ޝިމްހާދު ވަޙީދުގެ ފަރާތުން ބުނެފައިވާކަމާއި، އަދި
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ލްސް ރިޕޯޓް
2011/HC-A/247
އެގޮތަކީ ދޯންޏަށް ލިބޭ ޖުމްލަ ފައިސާއިން ތެލުގެ ޚަރަދު ކެނޑުމަށްފަހު ބާކީވާ ފައިސާ ތިންބަޔަށް
ބައިކުރުމަށްފަހު 2 ބައި މަސްވެރިންގެ މެދުގައި ބަހާ އުސޫލުކަމަށާއި، އަދި 3 ވަނަ ބައި ދޯނީގެ ވެރިފަރާތަށް
ލިބޭ އުސޫލުކަމަށް ޝިމްހާދު ވަޙީދުގެ ފަރާތުން ބުނާކަމާއި، ނަމަވެސް ބޮފާ 323 ދޯންޏަކީ ވަކި ރަށެއްގައި
ދުއްވުމަށް އެއްބަސްވެގެން ދޫކުރެވިފައިވާ ދޯންޏެއް ނޫންކަމަށާއި، ދޯންޏަށް ލިބޭ ފައިސާ ތިންބަޔަށް ބެހުމާއި
މެދު އެއްވެސް އިރެއްގައި އެއްބަސްވެފައި ނުވާނެކަމަށް ބުނެ ޝިމްހާދު ވަޙީދުގެ ފަރާތުން ދައްކާފައިވާ
ވާހަކަތަކަށް ޙަސަން އަޙުމަދު ފުޅު އިންކާރުކޮށްފައިވާކަމާއި،
Oco
ދޯންޏަށް ކުރަން ޖެހޭ އެންމެހާ ޚަރަދެއްކުރަން ޖެހޭނީ ދޯނީގެ ވެރިފަރާތުން ކަމަށް އަދި
އެޚަރަދުތަކުގެ ތެރޭގައި ދޯނީގައި މަސައްކަތްކުރާ ފަޅުވެރިންނަށް ކުރަންޖެހޭ ޚަރަދުވެސް ހިމެނިގެންދާނެ ކަމަށް
ޝިމްހާދު ވަޙީދުގެ ފަރާތުން ބުނެފައިވާއިރު، ދޯންޏަށް ކުރަންޖެހޭ ޚަރަދަކީ ދޯންޏަށް އަޅާ ތެލާއި، ފަޅުވެރިންގެ
ޚަރަދުތައް ނުހިމެނޭ ގޮތަށް ހަމައެކަނި ދޯންޏަށް ކުރެވޭ ޚަރަދުތައް އެކަނި ކަމަށް ޙަސަން އަޙުމަދު ފުޅު
ބުނެފައިވާކަން އެނގެއެވެ.
(އ) އައްވަނަކަމަކީ، ޝިމްހާދު ވަޙީދު އާއި ޙަސަން އަޙުމަދުފުޅާއި ދެމެދު ޚިލާފުއުފެދިފައިވާ
ޝާރާތްކުރެވުނު ކަންކަމުގެ މައްޗަށް ބެލިއިރު، މި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް ބެލުމުން
ދޯންޏަށް ލިބޭ ފައިސާ ތިންބަޔަށް ބައިކުރަން ޖެހޭކަމުގެ މައްޗަށް ބާރު ލިއްބައިދޭ އެއްވެސް މާއްދާއެއް
ފެންނަންނެތްކަމާއި، އެއްބަސްވުމުގައި ޙަސަން އަޙުމަދު ފުޅަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި
ކަނޑައެޅިފައިވަނީ ދޯންޏަށް ލިބޭ އެއްޗަކުން ޚަރަދުކަނޑާ ލިބޭ އެއްޗެއްގެ %33 ފައިސާ ޙަސަން އަޙްމަދު
ފުޅަށް ލިބިދޭން ޖެހޭ ގޮތުގެ މައްޗަށްކަ
ތަށްކަމުން އެއްބަސްވުމުން ސާފުކޮށް ފެންނަން އޮތް ގޮތް ނޫން އެހެން
މިއެއްބަސްވުން މާނަކުރެ
ގެތަކުށް
ހއ 2
2
4
2 ހދ
ފުން މާނަކުރެވޭނޭ ހަމައެއްނެތްކަމާއި،
ދޯންޏަށް ކުރަން ޖެހޭ ޚަރަދަކީ ކޮބައިކަން ތަފްސީލީ ގޮތެއްގައި އެއްބަސްވުމުގައި ކަނޑައަޅާފައި
ނެތްނަމަވެސް މިއެއްބަސްވުމުގެ 6 ވަނަ މާއްދާގައި ދޯނި ގެންގުޅެންވީ ގޮތުގައި އެވަނީ ޖުމްމަށް
ދޯންޏަށް ކުރަންޖެހޭ ޚަރަދު ކަމުގައި ބަލަންޖެހޭކަމާއި، ދޯންޏަށްކުރަންޖެހޭ ޚަރަދުގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2011/HC-A/247
ފަޅުވެރިންނަށްވެސް ކުރަންޖެހޭ ޚަރަދު ހިމެނޭކަމަށް ޝިމްހާދު ވަޙީދު ބުނިނަމަވެސް އެކަން ސާބިތުކޮށްދިނުމުގެ
ގޮތުން ޝިމްހާދު ވަޙީދުގެ ފަރާތުން މަދަނީކޯޓަށް އެއްވެސް ހެއްކެއް އަދި ޤަރީނާއެއް ވިޔަސް
ހުށައަޅާފައިނުވާކަމާއި، މިހެންކަމުން އަދި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ދޯނީގެ
ފަޅުވެރިންނަށް ކުރާ ޚަރަދަކީ ދޯނީގެ ޚަރަދުގެ ތެރޭގައި ހިމެނޭ ކަމެއްކަން ނުވަތަ ނޫންކަން ސާފުކޮށް
ބަޔާންކޮށްފައި ނެތުމުން ދޯންޏަށް ކުރެވޭ ޚަރަދުގެ ގޮތުގައި މާނަކުރަން ޖެހޭނީ މަސްވެރިކަމާއި ގުޅިގެން ދޯނީގެ
ފަޅުވެރިންނަށް ކުރެވުނު ޚަރަދު ފިޔަވާ ސީދާ ދޯންޏަށް ކުރެވުނު ޚަރަދު ކަމުގައި ބަލަންޖެހެއެވެ.
09:
(ވ) ނުވަވަނަކަމަކީ، މަސްވެރިކަމާއި ގުޅިގެން މޮފާ 323 ދޯންޏަށް ކުރެވިފައިވާ ޚަރަދުތަކާއި އެޚަރަދު
ތަކުގެ ތަފްސީލް ސާބިތުކޮށް ދިނުމަކީ ، ޝިމްހާދު ވަޙީދު އުފުލަން ޖެހޭ ބުރައެއްކަމާއި، މި ޚަރަދުތަކުގެ
ތަފްސީލުތައް ސާބިތުކޮށް ދިނުމުގެ ގޮތުން ޝިމްހާދު ވަޙީދުގެ ފަރާތުން މަދަނީކޯޓަށް ލިޔުންތަކެއް
ހުށައަޅާފައިވާކަން މަދަނީކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައިވާ ލިޔުންތަކުން އެނގެން އޮތްނަމަވެސް،
މި ލިޔުންތަކާއި ގުޅޭ ތަފްސީލީ އެއްވެސް މަޢުލޫމާތެއް ޝިމްހާދު ވަޙީދުގެ ފަރާތުން މަދަނީކޯޓަށް ބަޔާނެއްގެ
ސިފައިގައި ހުށައަޅާފައިވާކަން އެނގެންނެތްކަމާއި، ނަމަވެސް މިލިޔުންތައް މަދަނީކޯޓުން ބަލައިގަނެ،
މިލިޔުންތައް ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމަނާފައިވާއިރު، މިލިޔުންތަކުގައިވާ ޚަރަދުތަކާއި ގުޅޭގޮތުން
އެއްވެސް ކަމެއް މަދަނީކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިނުވާކަން އެނގޭކަމެވެ.
1091168.50/-
(މ) ދިހަވަނަކަމަކީ، މޮފާ 323 ދޯންޏަށް 2003 ވަނަ އަހަރުން ފެށިގެން މިދޯނި ޙަސަން
އަޙުމަދުފުޅާއި ޙަވާލުކުރުމާއި ހަމައަށް ލިބުނު ޖުމްލަ ފައިސާގެ ގޮތުގައި ޙަސަން އަޙުމަދުފުޅުގެ ފަރާތުން
ހުށައަޅާފައިވާ އަދި އެޢަދަދާއި މެދު ދެފަރާތުންވެސް ޚިލާފެއް ނުވާ ފައިސާގެ ޖުމްލަ ޢަދަދަކީ
( އެއްމިލިޔަން ނުވަދިހައެއްހާސް އެއްސަތޭކަ ފަސްދޮޅަސްއަށް ރުފިޔާ ފަންސާސްލާރި)
ކަމާއި، މިފައިސާއިން ޙަސަން އަޙްމަދުފުޅަށް ލިބިދެވޭނީ ދޯންޏަށްކުރެވުނު ޚަރަދުކަނޑާ ބާކީ އޮންނަ ޢަދަދެއްގެ
33
% އިންސައްތަކަން މިދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުމަށް ބެލުމުން އެނގޭކަމާއި، ދޯންޏަށް
ކުރެވިފައިވާ ޚަރަދު ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭ ފަރާތަކީ ޝިމްހާދު ވަޙީދުކަމުން، ޝިމްހާދު
ފަރާތުން ދޯންޏަށްކުރެވިފައިވާ ޚަރަދުތައް ތަފްސީލީގޮތެއްގައި ހުށައަޅަންޖެހޭނެ ކަމާއި،
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
12
2011/HC-A/247
ޚަރަދުތަކުގެ ތެރެއިން ޝިމްހާދު ވަޙީދުގެ ފަރާތުން ހުށައަޅާ ޚަރަދުތަކަކީ ދޯންޏަށްކުރެވުނު ޚަރަދުކަން
ޝަރީޢަތަށް ސާބިތުވާންއޮތްނަމަ، އެޢަދަދު ދޯންޏަށް ލިބުނު ފައިސާގެ ޖުމްލައިން އުނިކުރަންޖެހޭނެކަމާއި، އަދި
އެޚަރަދުތަކުގެ ތެރެއިން ދޯނީގެ ޚަރަދުގެ ގޮތުގައި ނުހިމެނޭ ކަންކަމަކީ ކޮބައިކަން އަދި އެޚަރަދު
ހިމެނިފައިނުވަނީ ކޮންސަބަބަކާއި ގުޅިގެންކަންވެސް ދަށުކޯޓުން ބަލާއެކަން ފާހަގަކުރަން ޖެހޭނެކަމާއި،
މަދަނީކޯޓުގެ ނަންބަރު 2006/MC/655 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު،
އެމައްސަލަ ނިންމެވުމުގައި ޝިމްހާދު ވަޙީދުގެ ފަރާތުން ދޯންޏަށް ކޮށްފައިވާ ޚަރަދުގެ ގޮތުގައި އޭނާގެ ފަރާތުން
ހުށައެޅި ކަންކަމުގެ މައްޗަށް އެކަށީގެންވާ ގޮތެއްގައި ރިޢާޔަތްކުރެވިފައިނުވާކަން އެނގޭކަމާއި،އަދި ދޯންޏަށް
ކުރެވުނު ޚަރަދާއި ގުޅޭ
ބެލިފައިވަނީ ޙަސަން އަޙުމަދުފުޅުގެ ފަރާތުން ބުނާ ބުނުންތަކެއްގެ މައްޗަށް
އެކަނި ކަން އެމައްސަލަ ނިންމެވިއިރު، ފާހަގަކުރައްވާފައިވާ ނުކުތާތަކުގެ ތެރެއިން 3 ވަނަ ނުކުތާއަށް ބެލުމުން
އެނގޭކަމެވެ.
کو مل د مرس
ވީމާ، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ، ކޮފާ 323 ދޯންޏާއި ގުޅިގެން
ޙަސަން އަޙުމަދުފުޅާއި، ޝިމްހާދުވަޙިދުއާއި ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން ދޯންޏަށް ލިބޭ އެއްޗަކުން
ޚަރަދުކަނޑާ ލިބޭ އެއްޗެއްގެ % 33 ފައިސާއަށްވާ -/98,383 ރ. ( ނުވަދިހައައްހާސް ތިންސަތޭކަ އައްޑިހަ
ތިން ރުފިޔާ) މި ޢަދަދު މަދަނީކޯޓުން ކަނޑައަޅާފައިވަނީ ކޮން އަސްލެއްގެ މައްޗަށް ބިނާކޮށްގެންކަން
އެމައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން ތަފްސީލީ ގޮތެއްގައި އެނގެން ނެތުމުންނާއި، ޝިމްހާދު
ވަޙީދުގެ ފަރާތުން ދޯންޏަށް ކުރިކަމަށް ބުނާ ޚަރަދުތަކާއި ގުޅޭގޮތުން ބަލަންޖެހޭ މިންވަރަށް މަދަނީކޯޓުން
ބަލާފައިނެތުމުން އިސްވެ ދިޔަ ކަންކަމުގެ އަލީގައި މިމައްސަލައިގައި ހިމެނޭ ދޯންޏަށް ލިބޭ އެއްޗަކުން
ޚަރަދުކަނޑާ ލިބޭ އެއްޗެއްގެ % 33 ފައިސާއާއި ގުޅޭ ގޮތުން ދަށުކޯޓުން އަލުން ބަލަންޖެހޭނެ ކަމަށެވެ.
4 2ޑ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
13
2011/HC-A/247
0
ޙުކުމް
499 ހދ
ކެeeއ
2 *ހ2
އެގޮތަށް
އ.
ދެންފަހެ، އިސްވެ ފާހަގަކުރެވުނު
ހުރުމުން، މަދަނީކޯޓުގެ ނަންބަރު
2006/MC/655 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމުގައި ހިމެނޭ މޮފާ 323 ދޯންޏާއި ގުޅިގެން
ޝިމްހާދު ވަޙީދުގެ ފަރާތުން ޙަސަން އަޙުމަދުފުޅަށް ދެއްކުމަށް ޙުކުމްކުރައްވާފައިވާ، 2006 ވަނަ އަހަރުގެ
ޖެނުއަރީ، ފެބުރުއަރީ، މާރޗް މަހު ސަރުކާރަށް ދައްކަންޖެހޭ ފައިސާ -/16,200 (ސޯޅަހާސް
ދުއިސައްތަރުފިޔާ) އާއި، 2006 ވަނަ އަހަރުގެ ސަލާމަތީ ތަކެއްޗަށްވާ -/9425ރ. ( ނުވަހާސް ހަތަރުސަތޭކަ
ފަންސަވީސް ރުފިޔާ) ޙަސަން އަޙުމަދުފުޅަށް ދެއްކުމަށް ޝިމްހާދުވަޙީދަށް އަންގާކޮށްފައިވާ ޙުކުމުގެ އެބަޔަށް
ތާއީދުކޮށް، ދޯންޏަށް ލިބޭ އެއްޗަކުން ޚަރަދުކަނޑާ ލިބޭ އެއްޗެއްގެ % 33 ފައިސާއަށްވަނީ -/98,383 ރ.
(ނުވަދިހައައްހާސް ތިންސަތޭކަ އައްޑިހަ ތިން ރުފިޔާ) ކަމަށާއި އަދި މިފައިސާ ޝިމްހާދު ވަޙީދުގެ ފަރާތުން
ޙަސަން އަޙުމަދު ފުޅަށް ދައްކަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުން ބާތިލުކޮށް، މި 33
% އިންސައްތަ
އަށްވާ ފައިސާއަށް ޖެހޭ މިންވަރަކީ ކޮބައިކަން ސިވިލްކޯޓުން އަލުންބަލާ ނިންމުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ
ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން ސިވިލްކޯޓަށް ތަޙްލީލުކުރުމަށް މިމައްސަލަ ބެލި ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
cc
ދިވެހިރާއްa
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv