ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/261 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/261
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
-
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 261/HC
-
A/2012
އިސްތިއުނާފު ކުރިފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލު: -
* ދާއިމީ އެޑްރެސް:
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: މުޙައްމަދު ޝިވާޛް
* އައިޑީ ކާޑު ނަންބަރު: A148603
* .އުމީ އެޑްރެސް: ގަދަގެ ގއ. ވިލިނގިލި
ސްޓްރީކުރެވުނު
ﷲ:14 ޝައްވާލް 1433
1 ސެޕްޓެމްބަރ 2012
ނިމުނު ތާރީޚް: 25 ޝައްވާލް 1433
12 ސެޕްޓެމްބަރ 2012
ގ 3
334
އދ
އިސްތިގު ކުރެވުނު ކޯޓުއަމުރު ނަންބަރު: 2012/7329(J(MD-145
ޤަޟިއްޔާގެ ބާވަތް: ކޯޓުއަމުރު
ނިންމެވި ކޯޓް: ކްރިމިނަލް ކޯޓު
ހެޅުން ތާރީޚް: 28 އޯގަސްޓް 2012
ނިމުނު ތާރީޚް: 28 އޯގަސްޓް 2012
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޑރ. ޢަލީ ސަމީރު
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮ
2012/HC-A/261
يمر من *
ދަޢުވާގެ ޚުލާޞާ
xތ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/7329(J
(
MD-145 ކޯޓުއަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫން ކަމަށްބުނެ އެ ކޯޓުއަމުރު އިސްތިއުނާފު
ކޮށްދިނުމަށްއެދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލިފައިވާ ޤަޟިއް
ޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ، ވިލިނގިލި/ގަދަގެ،
މުޙައްމަދު ޝިވާދް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A148603) އެވެ.
ޝިއެޔާއެކު"
ފ.އަ"
ފެހަގަކުރެވުނު ނުކުތާތައް:
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2012/7329(J
(
MD-145 ކޯޓުއަމުރަށް ބަލާއިރު،
އެ ކޯޓުއަމުރަކީ "މީނާ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ" ކަމަށް ބަޔާންކުރައްވާ، 2012
އޯގަސްޓް 28 ވަނަ ދުވަހުގެ 19:55 އިން ފެށިގެން، ޝަރުތުތަކަކާއެކު، ގއ. ވިލިނގިލިގަދުގެ،
މުޙައްމަދު ޝިވާޛް ބަންދުން ދޫކޮށްލުމަށް އަމުރުކޮށް ކްރިމިނަލް ކޯޓުން ނެރުއްވާފައިއޮންނަ އަމުރެއްކަން
&2ކ 22
އއގ ކއވެ
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2012/7329(J
(
MD-145 ކޯޓުއަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނޫންކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ
ފަރާތުން އެއަމުރު އިސްތިއުނާފުކުރަމުން، 1 (އެކެއް) ނުކުތާ ފާހަގަކޮށް، އެނުކުތާއާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން ހުށަހަޅާފައިވާ ނުކުތާއަކީ:
22 22 22
• އިސްތިއުނާފަށް ހުށަހެޅިފައިވާ ކްރިމިނަލް ކޯޓުގެ އަމުރުގައި މުޙައްމަދު ޝިވާޘްގެ
މައްޗަށް ތުހުމަތުކުރެވިފައިވާ ޖަމާޢަތް ހަދައިގެން ބިރުދެއްކުމަށްފަހު ފޭރުމުގެ މައްސަލައިގައި އޭނާ
އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނަކަމަށް ފާހަގަކުރައްވައި، އޭނާ ބަންދުން ދޫކޮށްލުމަށް 28
އޯގަސްޓް 2012 ދުވަހު ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގައި
މީހުން ބަންދުގައި ބެހެއްޓުމާމެދު
ހި 8 / /
އއނއ،
3ވ
22
9 ގތ 92 ވ32 22
ކުށްކުށަށް ތުހުމަތުކުރެވޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2012/HC-A/261
=32
4
کی عمری
3 ޤަޟިއްޔާ ނިމުނު
ކަނޑައަޅުއްވާފައިވާ އުޞޫލަށް ރިޢާޔަތްނުކުރައްވައި ނެރުއްވާފައިވާ
ނުކުތާއެވެ.
20
02 / ތތ 2
2
އަމުރެއްކަމަށްބުނެ
ބުނެ ހުށަހަޅާފައިވާ
0 2
<
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި
ނުކުތާއަކާއި، އެނުކުތާއާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލައިގައި
ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މި މައްސަލަބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި
ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، މައްސަލައެއް ތަޙްޤީޤުކުރެވެމުން ދާއިރުވެސް އަދި ޝަރީޢަތަށް
ހުށަހެޅިފައިވާ މަރުޙަލާގައިވެސް، ތަޙްޤީޤު ކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް
ސާބިތުވެފައިވާ މީހެއް ނޫންކަމާއި، އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، ކުށެއްގެ
ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކޮށްފައިވާ 5 (ފަހެއް) ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއި، އެއިން ސަބަބެއް އޮތްކަން
ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ
މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮން،
2 ދ ތ * 4
ނޫންކަމެވެ"
(ނ) ދެވަނަ ކަމަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި
"ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ
7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް
ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް
ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް
ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް
ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން އޮންނަކަމާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ
އެއްގޮތަށް މީހަކު ބަންދުކުރުމުގައި ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައިގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
4
ޤަ
¢ ¢3
ޤަޟިއްޔާ ނިމުނު "
2012/HC-A/261
کی مرگی
ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި، އަދި އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ
މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބައިކަމާއި، ކުށުގެ ތަބީޢަތަކީ
ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ
ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރުއޮތީ ކިހާވަރެއްކަމާއި، އަދި ހެކިތަކާކުޅެ
ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް
ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމެވެ.
ސުޕްރީމް ކޯޓުގެ
(ނ) ތިންވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ކޯޓުއަމުރު ކްރިމިނަލް ކޯޓުން
ނެރުއްވިއިރު، އެއަމުރު އެމީހެއްގެ މައްޗަށް ރައްދުވާ މުޙައްމަދު ޝިވާޛްގެ މައްޗަށް މޯލްޑިވްސް ޕޮލިސް
ސަރވިސްގައި ހިނގަމުން ގޮސްފައިވާ ތަޙްޤީޤު ނިމިފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދީފައިވާ ބަޔާނުން އެނގޭކަމާއި،
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކުރަމުންދާ ތަޙްޤީޤެއް ނިމުމަށްފަހު
އެމައްސަލައެއްގައި ހިމެނޭ ފަރާތެތް ބަންދުގައި ބެހެއްޓުމާމެދު ޝަރީޢަތުން ޢަމަލުކުރާނެ ގޮތް
ބަޔާންކޮށްފައިވަނީ، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 12 ވަނަ މާއްދާގެ (ހ) ގައިކަމާއި، މިގޮތުން ބަލާއިރު،
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާޢިދު" ގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ، މައްސަލައިގެ ތަޙްޤީޤު
ނިމުމުން، ޝަރީޢަތުން މައްސަލަ ނިމެންދެން އެމީހަކު ހައްޔަރުގައި ނުވަތަ ބަންދުގައި ބެހެއްޓޭނީ
އެމީހެއްގެ މައްޗަށް ދަޢުވާ އުފުލޭވަރަށް ހެއްކާއި ޤަރީނާ ހުރުމާއެކު، އެ ޤަވާޢިދުގެ 7 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުންކުރެ ސަބަބެއް އޮތްނަމަކަމާ
ގިނަމަކަމާއި، އެއިން ސަބަބެއް ނެތްކަމަށް
ފަނޑިޔާރަށް ފެނިއްޖެނަމަ އެ ޤަވާޢިދުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެމީހަކު ބަންދުން
ދޫކޮށްލުމަށް ފަނޑިޔާރު އަމުރުކުރަންވާނެކަ
ރުކުރަންވާނެކަމަށް ކަމާއި،
" ކުނެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 12 ވަނަ މާއްދާގެ (ހ) ދަށުން މީހެއްގެ ބަންދުގެ މުއްދަތު
އިތުރުކުރުމުގައި އެޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުންކުރެ ސަބަބެއް
އޮތްތޯ ފަނޑިޔާރު ބަލަންޖެހޭއިރު، އަދި އިސްވެދެންނެވިފައިވާ ފަދައިން، އެމާއްދާގައި ބަޔާންކޮށްފައިވާ 5
(ފަހެއް) ސަބަބުންކުރާ ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2012/HC-A/261
5 ޤަޟިއްޔާ ނިމުނު "
کی مری محترمب
د ترک
''ކުރެއެވެ
0 /
<< O
OXO
ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން
އެނގެން އޮންނައިރު، މިފަދަ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހުށަހެޅޭއިރު،
އެމައްސަލައަކާ ގުޅިގެން ހުށަހެޅޭ ހެއްކާއި ޤަރީނާތައް ބަލައި ވަޒަންކުރެއްވުމަށްފަހު އެމައްސަލައެއް
ބައްލަވާ ފަނޑިޔާރަށް ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އިންނާއި 49 ވަނަ މާއްދާގެ ދަށުން
ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން، އެމީހަކު ބަންދުގައި ބަހައްޓަން ޖެހޭކަމަށް ޤާނޫނުއަސާސީގެ 48 ވަނަ
ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް
އޮތްކަމާމެދު ނުވަތަ ނެތްކަމާމެދު އެފަނޑިޔާރަކު ނިންމަވާ ނިންމެވުމަކީ، އެނިންމެވުމެއް އެފަނޑިޔާރަކު
ނިންމަވާފައިވަނީ އެފަނޑިޔާރަށް ލިބިފައިވާ، އިސްވެދެންނެވިފައިވާ ބާރާއި އިޚްތިޔާރުގެ ބޭރުންކަމަށް،
އެމައްސަލައެއް އިސްތިއުނާފުކުރާ ފަރާތަކުން ސާބިތުކޮށް ނުދެވޭހާ ހިނދަކު، އިސްތިއުނާފް ކޯޓަކުން
ބަދަލު ގެނެވޭނޭ ނިންމުމެއްކަމަށް، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ ތެރެއިން އެއްވެސް ފަނޑިޔާރަކަށް ޤަބޫލުނުކުރެވޭކަމާއި، މިކަމަކީ ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 259/HC
-
A/2012 ޤަޟިއްޔާގައިވެސް ކަނޑައެޅި ބަޔާންކޮށްފައިވާކަމެއްކަމާއި،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ ކްރިމިނަލް ކޯޓުގެ ކޯޓުއަމުރައް ބަލާއިރު، އެއަމުރު
ރައްދުވާ މުޙައްމަދު ޝިވާޛް ބަންދުން ދޫކޮށްލުމަށް ކްރިމިނަން ކޯޓުގައި އެމައްސަލަ ބެއްލެވި ޤާޟީ
ނިންމަވާފައިވަނީ، މުޙައްމަދު ޝިވާޛް އިތުރަށް ބަންދުގައި ބަހައްޓަންޖެހޭފަދަ ސަބަބެއް ނުވަތަ ޙާލަތެއް
އޮތްކަމަށް އެޤާ ޝީއަށް ފެނިވަޑައިނުގަންނަވާތީކަން އެނގޭކަމާއި، އަދި މިގޮތަށް އެޤާޟީ ނިންމަވާފައިވަނީ
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއް
ކުރިމައްޗަށް
ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގައި
ކުށްކުށަށް ތުހުމަތުކުރެވޭ މީހުން
ބަންދުގައި ބެހެއްޓުމާމެދު ކަނޑައަޅުއްވާފައިވާ އުޞޫލަށް ރިޢާޔަތްނުކުރައްވާކަމަށް ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނިނަމަވެސް،
މުޙައްމަދު ޝިވާޘްގެ ބަންދުގެ މުއްދަތު އިތުރުކުރުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ އެސަރވިސްގެ ނަންބަރު 077582/MF "ބަންދުގެ މުއްދަތު
އިތުރުކުރުމަށް ހުށަހަޅާ ފޯމް" ގައި، އޭނާގެ މައްޗަށް ތުޙުމަތު ކުރެވިފައިވާ ކުށާއި، އިދިކޮޅަށް
ލިބިފައިވާ ހެއްކާއި، އޭނާ ބަންދުގައި އިތުރަށް ބަހައްޓަންޖެހޭ ސަބަބުތައް ވަރަށް ތަފްސީލުކޮށް ލިޔެފައިވާ
އޮތްހިނދު، އަދި މިކަންކަމާ ބެހޭގޮތުން ވާހަކަދެއްކުމުގެ ފުރުސަތު މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ފަރާތުން ކްރިމިނަލް ކޯޓަށް ހާޒިރުވި އޮފިސަރަށް ލިބިދީފައިވާއިރު، ކްރިމިނަލް ކޯޓުން މިއަމުރުގެ ފައި
2224
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
އިއްތި-1 އިޓް
ޤަޟިއްޔާ ނިމުނު
2012/HC-A/261
کی عمری
ނެރުއްވުމުގައި ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010
ޤަޟިއްޔާގައި ބަޔާންކޮށްފައިވާ، އިސްވެދެންނެވިފައިވާ ކަންކަން، މިއަމުރު ނެރުއްވި ޤާޟީ
ވަޒަންކުރައްވާފައި ނުވާކަމަށް ޝަރީޢަތުން ބަލަންޖެހޭފަދަ އެކަށީގެންވާ ސަބަބެއް ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތަށް ހުށަހެޅިފަނުވާކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ކޯޓުއަމުރަށް ބަލާއިރު،
އެއަމުރުގެ ދަށުން މުޙައްމަދު ޝިވާޛް ދޫކޮށްލައްވާފައިވަނީ ޝަރުޠުތަކެއް ކޮށްފައިކަން އެނގޭކަމާއި،
މިގޮތުން، މުޙައްމަދު ޝިވާޛް ދޫކޮށްލާފައިވަނީ 2 (ދޭއް) ޝަރުތެއް ކުރެއްވުމަށްފަހުގައިކަމާއި އެއީ،
1. "ރޭގަނޑު 09:00 ން ހެނދުނު 08:00 އާއި ދެމެދު ގެއިން ބޭރަށް ނުނިކުތުން" އާއި
2. "ހެކިބަސްދޭން ތިބި އެއްވެސް މީހަކަށް އެއްވެސް ސިފައެއްގައި ނުފޫޒު ފޯރުވުމަށް މަސައްކަތް
ނުކުރުން"
ކަމާއި،
މ 04
4
اتار کر
4 3:
9 27
އެޤަވާޢިދުގައިވާ ގޮތުގެމަތިން މީހަކު ބަންދުން ދޫކޮށްލުމަށް ފަނޑިޔާރު
އަމުރުނެރޭއިރު ޝަރުޠުތަކާއެކު އެމީހަކު ދޫކޮށްލުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަމަށް
ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ
ޤަވާޢިދު" ގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި، މިގޮތުގެމަތިން ފަނޑިޔާރަށް ކުރެވިދާނެ
4 (ހަތަރެއް) ޝަރުތެއް އެއަކުރުގައި ބަޔާންކޮށްފައިވާކަމާއި، އަދި، މިގޮތުން ޝަރުތުކުރުމުގައި
އެއަކުރުގައި ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ ތެރެއިން ޝަރުތެއް ނުވަތަ ޝަރުޠުތަކެއް ކުރުމުގެ
ފަނޑިޔާރަށް ލިބިގެންވާކަމާއި، އެއަކުރުގައި ބަޔާންކޮށްފައިވާ 4 (ހަތަރެއް) ޝަރުޠަކީ:
1. ރަށުން ބޭރަށް ފުރައިގެން ނުދިޔުން: އާއި
2. ރަށުގެ ވަކި ސަރަޙައްދަކަށް ނުދިޔުން: އާއި
3. ކަނޑައެޅޭ ވަކި ދުވަސްތަކެއްގެ ވަކި ގަޑިއެއްގައި ވަކި ތަނަކަށް ހާޒިރުވެ ސޮއިކުރުން؛ އާއި
4. އުޅޭ އެޑްރެހާއި ފޯނު ނަންބަރު ބަދަލުވެއްޖެނަމަ ކަނޑައެޅޭ ވަކި އިދާރާއަކަށް އެންގުން
ކަމާއި،
މ 04
4
ހ ށ 22
4
2
ނަދުކުރވ
އިސްވެދެންނެވިފައިވާ، ތުހުމަތުގައި ބަންދު މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 9 ވަނަ މާއްދާގެ (ހ)
ފަރުމާކުރެވިފައިވާ ގޮތުން، ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ބަނދިހުން
4 0 22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2012/HC-A/261
7 ޤަޟިއްޔާ ނިމުނު "
ދެވެ
24
ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގައިވާ ގޮތުގެމަތިން މީހަކު ބަންދުން ދޫކޮށްލުމަށް
އަމުރުކުރުމުގައި، އެއަކުރުގެ ދަށުން ޝަރުތެއް ނުވަތަ ޝަރުޠުތަކެއް ކުރުމަށްފަހު ދޫކޮށްލާނަމަ
ފަނޑިޔާރަށް ކުރެވޭނީ އެއަކުރުގައި ބަޔާންކޮށްފައިވާ 4 (ހަތަރެއް) ޝަރުޠުގެ ތެރޭގައި ހިމެނޭ ޝަރުތެއް
ނުވަތަ ޝަރުޠުތަކެއް ކަމާއި، އަދި މިގޮތުގެމަތިން ޝަރުޠު ކަނޑައެޅުމުގައި، އެ 4 (ހަތަރެއް) ޝަރުޠުގެ
ތެރެއަށް ފެތޭ ކޮންމެ ޝަރުތެއް ކުރުމުގެ ބާރު ފަނޑިޔާރަށް ލިބިފައިވާކަމާއި،
މިގޮތުން އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގައި މުޙައްމަދު ޝިވާޛް
ދޫކޮށްލުމުގައި ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކުރައްވާފައިވާ ޝަރުޠުތަކަށް ބަލާއިރު، އޭގެތެރެއިން
ފުރަތަމަ ޝަރުޠަކީ "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 9 ވަނަ މާއްދާގެ (ހ) ގެ (2) ގައި ބަޔާންކޮށްފައިވާ
ޝަރުޠުގެ ތެރެއަށް ފެތޭ ޝަރުތެއްކަމާއި، މުޙައްމަދު ޝިވާޛްގެ މައްޗަށް ކޮށްފައިވާ ދެވަނަ ޝަރުޠަކީ
ކަނޑައެޅިގެން "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޝަރުޠުތަކުންކުރެ
އެއްވެސް ޝަރުތެއްގެ ތެރެއަށް ފެތޭ ޝަރުތެއް ނޫންކަމަށްވީނަމަވެސް، ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް
ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކުރުމަކީ އެމީހަކު ބަންދުގައި ބަހައްޓަންޖެހޭކަމަށް
ޤާނޫނުއަސާސީ ގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައިވެސް
ބަޔާންކޮށްފައިވާ ޙާލަތެއްކަމުން، އެފަދަ ޝަރުތެއް ކުރުމަކީ އެކަމުގެ ސަބަބުން އެމީހަކު ބަންދުގައި
އިތުރަށް ބަހައްޓަން ޖެހޭފަދަ ސަބަބެއް ނެތްކަމަށް ފަނޑިޔާރަށް ފެންނަ ޙާލަތުތަކުގައި ކުށެއްގެ
ތުހުމަތުގައިވާ މީހަކު ބަންދުން ދޫކޮށްލުމަށް ކޯޓުން ނިންމާ ނިންމުމުގެ ޞައްޙަކަން ގެންލިގެންދާނޭ
ސަބަބެއް ނޫންކަމާއި، މިކަމަކީވެސް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާގައިވެސް ކަނޑައެޅި ބަޔާންކޮށްފައިވާކަމެވެ.
OXO
2012/HC-A/259
ނަވާ އަހެރެންގެ އެކުވެ
އެކުވެރި
މިމައްސަލަ ބެލުމުގައި އަހުރެންނާއެކު ބައިވެރިވެ ވަޑައިގަންނަވާ
އިލްމުވެރި ދެފަނޑިޔާރުން، މިރިޕޯޓުގެ ހަތަރުވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައިވާ ރަޢުޔަށް
އިޙްތިރާމްކުރުމާއެކު، އެކަމުގައި އަހުރެން (ޢަބްދުއްރައޫފް އިބްރާހިމް) ގެ ރަޢުޔު ބަޔާންކުރަމެވެ.
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
ތަހުމަތުގައި 82 މިމި >ވެ.
¢ ¢.
8 ޤަޟިއްޔާ ނިމުނު "
2012/HC-A/261
می هرکی
ޖީ 426
އެއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/7329(J
(
MD-145 ކޯޓުއަމުރުގެ އިތުރު
ބަޔާނުގައި، މުޙައްމަދު ޝިވާޖް ދޫކޮށްލައްވާފައިވަނީ ޝަރުތުކޮށްފައިކަމަށް ބަޔާންކޮށްފައިވާކަމާއި،
މިގޮތުން މުޙައްމަދު ޝިވާޛް ބަންދުން ދޫކޮށްލެއްވުމުގައި 2 (ދޭއް) ޝަރުތެއް ކުރައްވާފައިވާކަމާއި،
އެގޮތުން ކުރައްވާފައިވާ ދެޝަރުތަކީ:-
1- ރޭގަނޑު 9:00 ން ހެނދުނު 08:00 އާއި ދެމެދު ގެއިން ބޭރަށް ނުނިކުތުންއަދި
2- ހެކިބަސްދޭން ތިބި
އެއްވެސް މީހަކަށް އެއްވެސް ސިފައެއްގައި ނުފޫޒު ފޯރުވުމަށް
މަސައްކަތް ނުކުރުން: ކަން އެނގޭއިރު،
ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅޭ މައްސަލައެއްގައި،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ކުށެއްގެ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ
މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 (ފަހެއް) ސަބަބުންކުރާ ސަބަބެއްއޮތްކަމަށް ފަނޑިޔާރަށް
ޤަބޫލުކުރެވުމުން ނޫނީ، އެމީހަކާމެދު ޝަރީޢަތުން ޙުކުމްކުރުމުގެ ކުރިން އެމީހަކު ބަންދުގައި
ބަހައްޓައިގެން ނުވާނެކަމާއި، އެފަދަ ސަބަބެއްނެތްކަމަށް
އްނެތްކަމަށް ފަނޑިޔާރަށް ފެނިވަޑައިގެން މީހަކު ބަންދުން
ދޫކޮށްލާއިރު، ކަފާލާތުގެ އުސޫލުން ނުވަތަ ކޯޓުން ބޭނުންވާ ގޮތެއްގެ މަތީން ކޯޓަށް ޙާޟިރުވާނޭކަން
ށަވަރުކުރުމަށް އެހެން ޝަރުތުތަކެއް ކަނޑައެޅިދާނެކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
49 ވަނަ މާއްދާއާއި، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 8 ވަނަ މާއްދާގެ (ހ) އަށް ބެލުމުން
އެނގޭކަމާއި، މިގޮތުން މީހަކު ބަންދުން ދޫކޮށްލުމުގައި ކަނޑައެޅިދާނެ 4 (ހަތަރެއް) ޝަރުތެއް "ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ
ޤަވާޢިދު" ގެ 9 ވަނަ މާއްދާގެ (ހ) ގެ 1، 2، 3 އަދި 4 ގައި ބަޔާންކޮށްފައިވާ ކަމާއި، އެމާއްދާގައިވާ
ގޮތުން ކަނޑައެޅޭނެ 4 (ހަތަރެއް) ޝަރުޠަކީ؟
1- ރަށުން ބޭރަށް ފުރައިގެން ނުދިޔުން:
2- ރަށުގެ ވަކި ސަރަޙައްދަކަށް ނުދިޔުން؛
3- ކަނޑައެޅޭ ވަކި ދުވަސްތަކެއްގެ ވަކި ގަޑިއެއްގައި ވަކި ތަނަކަށް ޙާޟިރުވެ ސޮއިކުރުން،
އަދި
4 އުޅޭ އެޑްރެހާއި ފޯނުނަންބަރު ބަދަލުވެއްޖެނަމަ ކަނޑައެޅޭ ވަކި އިދާރާއަކަށް އެންގުން
މިޝަރުޠުތައްކަން އެނގޭކަމާއި،
4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2012/HC-A/261
9 ޤަޟިއްޔާ ނިމުނު ގޮ
و مری
)
/c42722ތއް
4 (ހަތަރެއް) ޝަރުޠުގެ ތަރަހައިގެ ބޭރުން އިތުރު ޝަރުތެއް ނުވަތަ
ޝަރުތުތަކެއް ކަނޑައެޅުމުގެ ނުވަތަ ކުރުމުގެ ބާރު ފަނޑިޔާރަށް ޤާނޫނީ ގޮތުން ލިބިފައިވޭތޯ ބަލާއިރު،
ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީއާއި ޤާނޫނަށްކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަކަމާއި، އަދި ފަނޑިޔާރުންގެ ނިންމުންތައް
ނިންމުމުގައި ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީއާއި ޤާނޫނަށްކަމަށް ޤާނޫނު ނަންބަރު 13/2010
(ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާއިރު، ކުށެއްގެ
ތުހުމަތުގައިވާ މީހަކު ބަންދުންދޫކޮށްލާއިރު، ކުރެވޭ ޝަރުޠުތައް "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 9 ވަނަ
މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި، އެމާއްދާގެ ދަށުންކުރެވޭ ޝަރުޠުތަކަކީ، އެމާއްދާގައި
ބަޔާންކޮށްފައިވާ 4 (ހަތަރެއް) ޝަރުޠުގެ ތަރަހައިގެ ތެރޭގައި ކުރެވޭ ޝަރުތަކަށް ވާންޖެހޭނެކަމަށް
ޤަބޫލުކުރެވޭކަމާއި،
އިސްތިއުނާފު ކުރެވިފައިމިވާ މައްސަލައިގައި މުޙައްމަދު ޝިވާޘް ބަންދުން
ދޫކޮށްލުމުގައި ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކުރައްވާފައިވާ ދެ ޝަރުތަށް ބަލާއިރު، އެއިގެތެރެއިން
ފުރަތަމަ ޝަރުތަކީ، "ރޭގަނޑު 09:00 ން ހެނދުނު 08:00 އާއި ދެމެދު ގެއިން ބޭރަށް ނުނިކުތުން"
މިގޮތަށްކޮށްފައިވާ ޝަރުތެއްކަން އެނގޭކަމާއި، މިޝަރުޠަކީ، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 9 ވަނަ މާއްދާގެ
(2) ގައި ބަޔާންކޮށްފައިވާ ޝަރުޠުގެ އިމުގެ ތެރޭގައި ހިމެނޭ ޝަރުތެއްކަމަށް
ޤަބޫލުކުރެވޭކަމާއި،
ނަމަވެސް، ދެވަނައަށް ކޮށްފައިވާ، "ހެކިބަސްދޭން އެއްވެސް މީހަކަށް އެއްވެސް
ސިފައެއްގައި ނުފޫޒު ފޯރުވުމަށް މަސައްކަތް ނުކުރުން" މި ޝަރުޠަކީ، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ
ބަންދުގެ މުއްދަތު އިތުރުކުރުމަށް ނުވަތަ ބަންދުން ދޫކޮށްލުމަށް އަމުރުކުރުމުގައި ފަނޑިޔާރު ބައްލަވަންޖެހޭ
5 (ފަހެއް) ސަބަބުތަކުގެ ތެރޭގައި ހިމެނޭ ސަބަބެއްކަމާއި، އެފަދަ ސަބަބެއް އޮތްކަމަށް ފަނޑިޔާރަށް
ޤަބޫލުކުރެވޭ ހާލަތުގައި އެމީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރަންވާނެކަމާއި، އަދި މީހަކު ބަންދުން
ދޫކޮށްލެވޭނީ އެއިން ސަބަބެއް ނެތްކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވިގެންކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 49 ވަނަމާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު"ގެ ވަނަމާއްދާގެ (ހ) އަށް ބެލުމުން
އެނގޭކަމާއި، މުޙައްމަދު ޝިވާޛު ބަންދުން ދޫކޮށްލުމުގައި ކްރިމިނަލް ކޯޓުގެ ޤާޟީ ކޮށްފައިވާ ދެވަނަ
/22
އިޤްހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2012/HC-A/261
10 ޤަޟިއްޔާ ނިމުނު "
می هرکی
ދެވެ
ﷲ 2
0 ހދ8
ހهރެeއެކަމަށް
ޖެނުޓަ14
.02 ތތ
30x32 ތތ
ނުވަތަ
ޝަރުޠަކީ، އެޝަރުޠުގައި ބަޔާންކޮށްފައިވާ ކަމަށް މުޙައްމަދު ޝިވާ އަރައިގަތުމުގެ އިހްތިމާލުއޮތްކަމަށް
ޤާޟީއަށް ޤަބޫލުކުރެވޭތީ އެކަން އޭނާގެ ފަރާތުން ނުކުރާނެކަން ކަށަވަރުކުރުމުގެ ގޮތުން ކޮށްފައިވާ
ބެލެވޭކަމާއި، ކުށެއްގެ ތުހުމަތުގައިވާ މީހަކު ބަންދުގައި ބެހެއްޓުމަށް ނުވަތަ ބަންދުން
ދޫކޮށްލުމަށް އަމުރުކުރުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި،
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާޢިދު"ގެ 7 ވަނަމާއްދާގެ (ހ) ގައި، ބަޔާންކޮށްފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުތުކޮށް
ކުށުގެ ތުހުމަތުގައިވާ މީހުން ބަންދުން ދޫކޮށްލުމަށް ފުރުޞަތު ދެވުމަކީ، އެކަމުގެ ސަބަބުން އެމާއްދާގައި
ބަޔާންފައިވާ ސަބަބުތައް މައްސަލައެއްގައި އޮތްތޯ ނުވަތަ ނެތްތޯ ބެއްލެވުމެއްނެތި، އެކަންކަމުގެ މައްޗަށް
ހިނގައިދާނެކަމެ
ނެކަމެއްކަމަށް ބެލެވޭތީއާއި، މުޙައްމަދު ޝިވާޛު ބަންދުން ދޫކޮށްލެއްވުމުގައި، ދެވަނައަށް
ކަނޑައަޅުއްވާފައިވާ ޝަރުތަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 9 ވަނަ
މާއްދާގެ (ހ) ގައި، ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ އިމުގެ ބޭރުން އަދި ކުށެއްގެ ތުހުމަތުގައިވާ މީހަކު
ޝަރުޠު ކަނޑައަޅައި ބަންދުން ދޫކޮށްލުމަށް ފަނޑިޔާރަށް ލިބިދީފައިވާ އިޚްތިޔާރުގެ ބޭރުން
ކަނޑައަޅުއްވާފައިވާ ޝަރުތެއްކަމަށްވާތީ، މުޙައްމަދު ޝިވާޛު ބަންދުން ދޫކޮށްލުމުގައި ކްރިމިނަލް ކޯޓުން
ކަނޑައަޅުއްވާފައިވާ ދެވަނަ ޝަރުޠު ބާޠިލްކަމަށް ކަނޑައަޅަން ފެނެއެވެ.
އަދި މުޙައްމަދު
ޝިވާ ބަންދުން ދޫކޮށްލުމުގައި ކްރިމިނަލް ކޯޓުން
ކަނޑައަޅުއްވާފައިވާ ފުރަތަމަ ޝަރުޠަކީ، އެފަދަ ޝަރުޠު ކަނޑައެޅުމުގައި ޤާޟީއަށް ޤާނޫނާއި ޤަވާއިދުން
ލިބިދީފައިވާ ބާރުގެ އިމުގެ ތެރޭގައި ކަނޑައަޅުއްވާފައިވާ ޝަރުތެއްކަމަށް ޤަބޫލުކުރެވޭތީ ކްރިމިނަލް ކޯޓުގެ
މުޅި ނިންމެވުމަށް ބަދަލުގެންނަންޖެހޭކަމަކަށް ނުފެނެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން،
ކްރިމިނަލް ކޯޓުގެ
ނަންބަރު 2012/7329(J
/
MD-145 ކޯޓުއަމުރަކީ ބަދަލުގެންނަޖެހޭ އަމުރެއްކަމަށް މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
11 ޤަޟިއްޔާ ނިމުނު ގޮތު
2012/HC-A/261
مری معلمي *
• ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/7329(JMD-145
ކޯޓުއަމުރަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭފަދަ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއްވިއަސް
ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
2 0
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv