ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/215 ޤަޟިއްޔާގެ ޙުކުމް
1
2008/HC-A/215
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
29
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ: 215/HC
-
A/2008
އިސްތިއުނާފުކުރި ފަރާތް:
ނަން: އާދަމް ޢީސާ
ދާއިމީ އެޑްރެސް: ލ. ގުލްކޯޒުގެ
އައިޑީ
ކާޑު ނަންބަރ:010121
A * މިހާރުގެ އެޑްރެސް: ވ. ފަސްކަނި
* ވަކީލު: އގ. ޖައުފަރު ރަޝީދު ހ. ސަލްސަބީލުގެ
*
*
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢަބަދުލްޣަނީ މުޙައްމަދު : ދާއިމީ އެޑްރެސް: މ. ފެންފޯއްމާ
* އައިޑީ ކާޑު ނަންބަރ:
032364-A މިހާރުގެ އެޑްރެސް:މ. ރަންއަވި
ބަދަލުގައި: އޒް. ޢަބްދުﷲ އަޙްމަދު، އައިޑީ ކާޑު ނަންބަރު: 057643
A
• ހުށަހެޅުނު ތާރީޚް: 28 ޖުލައި 2008 * ނިމުނު ތާރީޚް: 25 މާރޗް 2010
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2007/MC/1794 * ނިންމެވިކޯޓް: މަދަނީ ކޯޓް
ޤަޟިއްޔާގެ ބާވަތް: ކުރިހޯދުމާއި ތަން ހުސްކުރުން
ހުށަހެޅުނުތާރީޚް: 28-10-2007
ނިމުނު ތާރީޚް: 04-06-2008
0
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް 3316471
ވެބް ސައިޓް: www.highcourt.gov.mv
[email protected]
2
2008/HC-A/215
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު: 2007/MC/1794 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތާއިމެދު ހިތްހަމަ ނުޖެހިގެން، މ. ގުލްކޯޒުގެ (ވ. ފަސްކަނި) އާދަމް ޢީސާ އެޤަޟިއްޔާ ދިވެހިރާއްޖޭގެ
ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެވި ޤަޟިއްޔާއެކެވެ.
އާދަމް ޢީސާ ކުރި މިއިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ވ. ފެންފޯއްމާ (މ. ރަންއަވި)
ޢަބްދުލްޣަނީ މުޙައްމަދެވެ.
ފާހަގަކުރެވުނު ނުކުތާތައް.
މަދަނީ ކޯޓުގެ ނަންބަރު: 2007/MC/1794 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިމުނުގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ އާދަމް ޢީސާގެ ފަރާތުން
އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން މައްސަލާގައި ހިމެނޭ
ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) އާދަމް ޢީސާ އާއި ޢަބްދުލްޣަނީ މުޙައްމަދު އާއި ދެމީހުންގެ މެދުގައި ކުރީގެ ދެ އެއްބަސްވުން
ހެދިފައިވާކަން އެނގެން އޮންނައިރު، އެތަނުން އެއް އެއްބަސްވުމަކީ
، ގުލްކޯޒުގޭގައި ހަދާފައިވާ 3
ކޮޓަރީގެ ފްލެޓް ކުއްޔަށް ދިނުމާ ބެހޭ އެއްބަސްވުމެއް ކަމާއި، މިއެއްބަސްވުމުގެ ދަށުން ކުއްޔަށް ދެވިފައިވާ
ފްލެޓް އެކުލެވިގެންވަނީ 3 ކޮޓަރި، 2 ފާޚާނާ، އަދި ސިޓިންގް ރޫމާއި ބަދިގެއެއްގެ މައްޗަށްކަން
އެއެއްބަސްވުމުގެ 2 ވަނަ މާއްދާއިން އެނގޭކަމާއި، އަދި ކުއްޔަށް ދެވިފައިވަނީ 7 އަހަރު ދުވަހުގެ
މުއްދަތަކަށް އެއްބަސްވުމުގެ ފެށުމުން އެނގެން އޮންނަމާއި، އެ އެއްބަސްވުމަށް ޢަމަލު ކުރަންފަށާ ތާރީޚަކީ
2004 އޮކްޓޯބަރ 20 ގައި ކަން އެ އެއްބަސްވުމުގެ 18 ވަނަ މާއްދާއިން އެނގެން އޮތްއިރުގެ
ދެވަނަ އެއްބަސްވުމަކީ ގުލްކޯޒުގޭގައި ހަދާފައިވާ 4 ކޮޓަރީގެ ފްލެޓް ކުއްޔަށް ދިނުމާ ބެހޭ
އެއްބަސްވުމެއް ކަމާއި، މިއެއްބަސްވުމުގެ ދަށުން ކުއްޔަށް ދެވިފައިވާ ފްލެޓް އެކުލެވިގެންވަނީ 4 ކޮޓަރި،
4 ފާޚާނާ، އަދި ސިޓިންގް ރޫމަކާއި ބަދިގެއެއްގެ މައްޗަށްކަން އެއެއްބަސްވުމުގެ 2 ވަނަ މާއްދާގެ (ހ)
އިން އެނގޭކަމާއި، އަދި ކުއްޔަށް ދެވިފައިވަނީ 15 އަހަރު ދުވަހުގެ މުއްދަތައްކަން އެއްބަސްވުމުގެ 3 ވަނަ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
ވެބް ސައިޓް:
[email protected]
www.highcourt.gov.my iemes
3
2008/HC-A/215
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މާއްދާގެ (ހ) އިން އެނގެން އޮންނަމާއި، އެބަސްވުމަށް ޢަމަލު ކުރަންފަށާ ތާރީޚަކީ 2005 ޖޫން
01 ގައި ކަން އެ އެއްބަސްވުމުގެ 3 ވަނަ މާއްދާގެ (ށ) އިން ރަގަޅަށް އެނގެން އޮވެއެވެ.
އެ އެއްބަ
****
(ށ) މިމައްސަލަ އާއި ގުޅިގެން މަދަނީކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔެކިއުމަށް
ބަލާއިރު، އާދަމް ޢީސާގެ ފަރާތުން ދަޢުވާކޮށް މަދަނީކޯޓަށް ހުށަހަޅާފައިވާ ފޯމުގައި ހެކީންގެ ގޮތުގައި
ހުށަހަޅާ ލިޔުންތަކާއި ތަކެތީގެ ގޮތުގައި ދެފަރާތުގެ މެދުގައި ކުރެވުނު އެގްރީމެންޓްގެ ކޮޕީ ހުށަހެޅިކަން
އެނގެން އޮވެފައި އެގްރީމެންޓްގެ އިތުރުން އާދަމް ޢީސާގެ ދަޢުވާ ސާބިތު ކުރުމަށް އިތުރު ޝަފަވީ އަދި
ކިތާބީ ވިޔަސް ހެއްކެއް ހުށަހަޅާފައިވާކަން އެނގެން ނެތްއިރު،
ދެފަރާތުގެ މެދުގައި ވެވިފައިވާ އެގްރީމެންޓްގައި ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ މީހުންގެ
ތެރެއިން ފުރަތަމަ އެގްރީމެންޓްގައި ހެއްކެއްގެ ގޮތުގައި ސޮއިކޮށްފައިވާ ހަނދުވަރީ މަންޒިލް
މުޙައްމަދު ރަޝީދު އާއި އަދި ދެވަނަ އެގްރީމެންޓްގައި ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ މ. ގުލެންވިލާ
މުޙައްމަދު ފާއިޒު އާއި، މ. ސްލީޓް އިސްމާޢީލް ޝަފީޤް އާއި، މި 3 މީހުން މިމައްސަލައާއި ގުޅިގެން
މަދަނީކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ހެކި ބަހަށް ބަލާއިރު، އެއިން އެކަކުގެ ހެކިބަހަކުންވެސް
ޢަބްދުލްޣަނީ މުޙައްމަދަށް، އާދަމް ޢީސާ ކުއްޔަށް ދީފައިވާ ތަނުގެ އިތުރުން އެގޭގައި ހުރި ތަނެއް
ޢަބްދުލްޣަނީ މުޙައްމަދު ބޭނުން ކުރި ކަމެއް ނުވަތަ ބޭނުން ކުރަމުންދާކަން ޝަރީޢަތަށް ސާބިތުވާ
މިންވަރަށް ހެކިބަސް ލިބިފައި ނުވާކަން އެނގެއެވެ.
(ނ) އިސްވެ ފާހަގަ ކުރެވުނު ކަންކަމަށް ބަލާއިރު، މ. ގުލްކޯޒުގޭގައި ހަދާފައިވާ 4 ކޮޓަރިއާއި 4
ފާޚާނާ، އަދި ސިޓިންގް ރޫމަކާއި ބަދިގެއެއްގެ މައްޗަށްއެކުލެވޭ ފްލެޓެއް 15 އަހަރު ދުވަހުގެ މުއްދަތަށް
ޢަބްދުލްޣަނީ މުޙައްމަދަށް ކުއްޔަށް ދީފައިވާކަން އެނގެން އޮތްއިރު، މިބުނެވުނު ފްލެޓްގައި ހިމެނޭ ތަންތަން
ފިޔަވައި އެގޭގައި ހިމެނޭ އެހެން ތަނެއް ޢަބްދުލްޣަނީ މުޙައްމަދު ބޭނުން ކުރާކަން ޝަރީޢަތަށް ކަމެއް
ސާބިތުވާ މިންވަރަށް ހެކި ހުށަހެޅިފައި ނުވާތީ، މަދަނީކޯޓުގެ ނަންބަރު 2007/MC/1794 ޤަޟިއްޔާގައި
ރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަން އެނގެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
ވެބް ސައިޓް:
[email protected]
www.highcourt.gov.my iemes
4
2008/HC-A/215
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާން ކުރެވުނު ގޮތަށް
ހުރުމާއެކު، މަދަނީކޯޓުގެ ނަންބަރު 2007/MC/1794 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް
ބަދަލެއް ގެންނާނެ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތް ކަމަކަށް މިމައްސަލަ ހައިކޯޓުން ބެލި މަޖިލީހުގެ
ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނު ހިނދު، އެޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށްފީމެވެ.
00 22
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
p:
ޙަމީދު
(ފަނޑިޔާރު)
ޢަބްދުލްޣަނީ މުޙައްމަދު
(އިސް ފަނޑިޔާރު)
އާދަމް މުޙައްމަދު ޢަބްދު
(ފުނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
ވެބް ސައިޓް:
[email protected]
www.highcourt.gov.my iemes