ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/257 ޤަޟިއްޔާގެ ޙުކުމް
2008/IIC-257
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ 257/HC
-
A/2008
އިސްތިއުނާފުކުރި ފަރާތް:
ނަން: އިބްރާހީމް ޝަފީޤު
އައިޑީ ކާޑު ނަންބަރު: 105
041-A
* ދާއިމީ އެޑްރެސް: ފ.ޝަފީޤުގެ
މިހާރުގެ އެޑްރެސް: މ. މާފަންނުގެ
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
މިހާރުގެ އެޑްރެސް:-
އައިޑީ ކާޑުނަންބަރު:-
1430
ރަޖިސްޓްރީ ތާރީޚް: 02 ރަމަޝާން
02 ސެޕްޓެމްބަރ 2008
* ނިމުނު ތާރީޚް: 29 ޛުލްޤަޢިދާ 1432
27 އޮކްޓޯބަރ 2011
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: މަދަނީކޯޓުގެ ނަންބަރު: 2005/MC/1283
ނިންމެވި ފަރާތް: މަދަނީކޯޓް
މައްސަލައިގެ ބާވަތް: ތ.ކަޅުފަހަލަފުށި ލިބެންޖެހޭ ފަރާތަކީ އިބްރާހީމް ޝަފީޤުކަމަށް ކަނޑައަޅައި
ދެއްވުންއެދި
ހުށަހެޅި ތާރީޚް: 02.09.2008
ނިމުނު ތާރީޚް: 27.10.2011
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
އިސްފަނޑިޔާރު އަޙްމަދު ޝަރީފު
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
» 020
2
2008/HC-A/257
• ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2005/MC/1283 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ
އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެނިންމެވުން އިސްތިއުނާފުކޮށް ދިނުމަށް އެދި ށ.ޝަފީޤުގެ އިބްރާހީމް ޝަފީޤުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މިމައްސަލައިގައި އިސްތިއުނާފް ރައްދުވާ
ފަރާތަކީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންއެވެ.
433ދ
01- މިއީ، މަދަނީ ކޯޓުގެ ނަންބަރު 2005/MC/1283 ޤަޟިއްޔާގައި، ޓޫރިސްޓް ރިޒޯޓު
ހެދުމަށް 2004 ވަނަ އަހަރު ސަރުކާރުން ބީލަމަށްލެއްވި 11 (އެގާރަ) ރަށުގެ ތެރެއިން ތ.ކަޅުފަހަލަފުއްޓަށް
ބީލަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެރަށް ލިބެންޖެހޭ ފަރާތަކީ ހ.ޝަފީޤުގެ އިބްރާހީމް ޝަފީޤު ކަމަށް
ޝަރީޢަތުން ކަނޑައެޅެން ނެތްކަމަށް ޙުކުމްކުރައްވާފައިވާ ޤަޟިއްޔާއަކީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ
ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއް ކަމަށްބުނެ އެނިންމެވުން އިސްތިއުނާފްކޮށްދިނުމަށް އެދި ށ.ޝަފީޤުގެ
އިބްރާހީމް ޝަފީޤު ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
02- އިސްތިއުނާފް މިކުރެވޭ މަދަނީ ކޯޓުގެ ނަންބަރު 2005/MC/1283 ޤަޟިއްޔާގެ
ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު އެ ޤަޟިއްޔާއަކީ، މިނިސްޓްރީ އޮފް ޓޫރިޒަމް (މިހާރު މިނިސްޓްރީ
އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން) އިން ބިޑަށް ލެއްވި 11 (އެގާރަ) ރަށުގެ ތެރެއިން
ތ.ކަޅުފަހަލަފުއްޓަށް ބިޑު ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބިގެން އެރަށް ލިބެންޖެހޭ
ބިޑަކީ ހ.ޝަފީޤުގެ އިބްރާހީމް ޝަފީޤު ހުށަހެޅި ބިޑުކަމަށްވުމާއެކުވެސް އެރަށް ދެއްވާފައިވަނީ މިފަދަ
ބިޑުތަކުގައި ޢަމަލުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ޤަވާޢިދުގެ މަތިން އެފަރާތެއްގެ ބިޑު ޑިސްކޮލިފައި،
ނުވަތަ ބާޠިލުވާންޖެހޭ ފަރާތެއްކަމަށްވާ ހ.މިލޭނިއާ ޝަބީރު އަޙްމަދަށް ކަމަށްވުމުން މިކަމަކީ ހަމައާއި،
އިންސާފާއި ގޮތެއްގައި އިބްރާހީމް ޝަފީޤުގެ ނުހަނު ބޮޑު ޙައްޤުތަކެއް ގެއްލިގެންގޮސްފައިވާ
ކަމަކަށްވާތީ މިމައްސަލަ ޢަދާލަތުގެ މަގުން ބަލައި ތ.ކަޅުފަހަލަފުށި ހ.މިލޭނިއާ ޝަބީރު އަޙްމަދަށް ދެއްވާފައިވާ
އްވުމަކީ މިފަދަ ބިޑްތަކުގައި ޢަމަލުކުރުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ޤަވާޢިދުގެ މަތިން
984 ތ
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471 *
އީމެއިލް [email protected] ވެބް ސައިޓް: www.liighcourt.gov.mv
3
2008/HC-A/257
OX
ދެއްވުމެއް ނޫންކަމަށް ކަނޑައަޅުއްވައި ތ.ކަޅުފަހަލަފުއްޓަށް ބިޑު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ
ގިނަ ޕޮއިންޓް ލިބިގެން އެރަށް ލިބެންޖެހޭ ފަރާތަކީ އިބްރާހީމް ޝަފީޤު ކަމުގައި ކަނޑައަޅައި ދެއްވުންއެދި،
ދ.ޝަފީޤުގެ އިބްރާހީމް ޝަފީޤުގެ ފަރާތުން މަދަނީ ކޯޓުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް
އޭވިއޭޝަންގެ މައްޗަށް ދަޢުވާކުރުމުން ބެލެވިފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާ ނިންމަވާފައިވަނީ، ޓޫރިސްޓް ރިޒޯޓު ހެދުމަށް 2004 ވަނަ އަހަރު ސަރުކާރުން
ބީލަމަށްލެއްވި 11 (އެގާރަ) ރަށުގެ ތެރެއިން ތ.ކަޅުފަހަލަފުއްޓަށް ބީލަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން
އެރަށް ލިބެންޖެހޭ ފަރާތަކީ ރ.ޝަފީޤުގެ އިބްރާހީމް ޝަފީޤުކަމަށް ޝަރީޢަތުގެ ފަރާތުން ކަނޑައެޅެން
ނެތްކަމަށްކަން އެޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުން އެނގެއެވެ.
03- މަދަނީ ކޯޓުގެ ނަންބަރު 2005/MC/1283 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވާ ގޮތް
ރަނގަޅު ނޫން ކަމަށްބުނެ
އެ ނިންމެވުން އިސްތިއުނާފުކުރަމުން، ހ.ޝަފީޤުގެ އިބްރާހީމް ޝަފީޤުގެ ފަރާތުން
އަންނަނިވި ނުކުތާތައް ފާހަގަކޮށް، އެ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ބc-އ
• ފުރަތަމަ ނުކުތާއަކީ: މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން ބިޑަށް
ލެއްވި 11 ރަށުގެ ތެރެއިން ތ.ކަޅުފަހަލަފުއްޓަށް ހުށަހެޅި ބިޑުތައް، ބިޑުގެ އުސޫލުތަކާއި އެއްގޮތަށް
ބެލުމުން، އެންމެ ގިނަ ޕޮއިންޓް ލިބިގެން އެރަށް ލިބެންޖެހެނީ ހ. ޝަފީޤުގެ އިބްރާހީމް ޝަފީޤު ހުށަހެޅި
ބިޑަށްކަމަށްވާއިރު، މިމައްސަލަ ނިންމެވުމުގައި އެރަށް އިބްރާހީމް ޝަފީޤަށް ލިބެންޖެހޭނެ ކަމަށް ޝަރީޢަތުން
ކަނޑައަޅާނެ ތަނެއް ނެތްކަމަށް މަދަނީ ކޯޓުން ޙުކުމް ކުރައްވާފައިވުން.
ދެވަނަ ނުކުތާއަކީ: ތ.ކަޅުފަހަލަފުށީގެ ބިޑު އިވެލުއޭޓް ކުރުމުގައި މިފަދަ ބިޑްތަކުގައި
ޢަމަލުކުރުމަށް ސަރުކާރުން ހަމަޖައްސާފައިވާ އުޞޫލަކީ، އެއް ފަރާތުން އެއް ބިޑަށްވުރެ ގިނަ
ބިޑުހުށަހަޅައިފިނަމަ ނުވަތަ، އެއްފަރާތަކަށްވުރެ ގިނަ ފަރާތްތަކުން ބިޑު ހުށަހެޅިއިރު އެފަރާތްތަކަކީ އެއް
ފަރާތާއި އަނެއް ފަރާތާއި ގުޅުން ހުރި (ރިލޭޓެޑް} ފަރާތްތައް ކަމަށްވާނަމަ އެހުރިހާ ފަރާތްތަކެއްގެ ބިޑުތައް
ޑިސްކޮލިފައިކުރުން ކަމަށްވީހިނދު، އެ އުސޫލާ ޚިލާފަށް ތ.ކަޅުފަ
ކަޅުފަހަލަފުއްޓަށް ހ.މިލޭނިއާ ޝަބީރު
8.
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
މާލެ،e
4
2008/HC-A/257
ހުށަހެޅި 1 ބިޑު އާއި އޭނާ ބައިވެރިވާ 3 ކުންފުންޏަކުން ހުށަހެޅި 3 ބިޑާއެކު ޖުމްލަ 4 ބިޑު ޞައްޙަކަމަށް
ބަލައި، އެބިޑުތައް ޑިސްކޮލިފައި ނުކޮށް އޭގެތެރެއިން ހ.މިލޭނިއާ ޝަބީރު އަޙްމަދު ހުށަހެޅި ބިޑަށް އެރަށް
އެވޯޑު ކުރިކުރުން ޞައްޙަކަމަށް މަދަނީ ކޯޓުން ނިންމަވާފައިވުން.
•ތިންވަނަ ނުކުތާއަކީ: އިންވިޓޭޝަން ޓު ބިޑާސް (އައި.ޓީ.ބީ) ގެ 25.1 ވަނަ މާއްދާގައި
ބުނެފައިވަނީ ބިޑުކުރި ފަރާތާއި ނުވަތަ އެފަރާތާއި ގުޅުންހުރި (ރިލޭޓެޑް) ފަރާތަކަށް އެއްވެސް ރަށެއް އެވޯޑު
ކޮށްގެންނުވާނެ ކަމަށް ވީހިނދު، އެ މާއްދާ މަދަނީ ކޯޓުން، ނުބައިކޮށް މާނަކުރައްވާފައިވުން.
O > Occ
•ހަތަރުވަނަ ނުކުތާއަކީ އައި.ޓީ.ބީ އާއި ޓެންޑަރ ގައިޑްލައިންސް ފޮރ ގަވަރމަންޓް
ޕްރޮޖެކްޓްސް އަކީ ތަފާތު ދޭއްޗެއްކަމަށް ޝަރީއަތުން ފާހަގަ ކުރެއްވިއިރު، އެގޮތުން މި ދެ ގައިޑްލައިންސް
އަކީ، ބިޑުގެ ބައިވެރިންގެ މެދުގައި، ބިޑިން އުޞޫލުތައް އެއްގޮތަކަށް ހަމަހަމަކަމާއި، އިންސާފު ހިފެހެއްޓުމަށް
ގައިޑްލައިންސްތަކެއް ކަމަށްވާއިރު، މި ދެ ގައިޑްލައިންސް ތަފާތުވީ ގޮތެއް ޤާނޫނީ ހަމައަކުން
ބަޔާންކޮށް ދެއްވާފައިނުވުން.
0 3 24
ބކުރު
• ފަސްވަނަ ނުކުތާއަކީބިޑު އިވެލުއޭޓް ކުރަންވާނީ އައި.ޓީބީ އާއި އިންވިޓޭޝަން ފޮރ
ބިޑުރސް (އައި.އެފް.ބީ) ގައިވާ އުސޫލުގެމަތިންކަމަށް ބުނެފައިވުމަކީ، ކޮން އަސާސެއްގެ މައްޗަށް ބިނާކޮށް
ބުނެފައިވާ އެއްޗެއްކަން އެނގެން ނެތުން.
ވިހަވުނަ ނުކުތާއަކީ: ޕްރީ ބިޑް މީޓިންގގައި ދެކެވިފައިވާ ވާހަކަތަކަކީ ކަމެއް ސާބިތުކުރުމަށް
ލިބޭ ކާފީ 5
ހެއްކެއްކަމަށް ވީހިނދު، އެއީ ކާފީ ހެ ހެއްކެއް ނޫންކަމަށް ބުނެފައިވުން.
•ހަތްވަނަ ނުކުތާއަކީ މިރަށްތަކަށް ހުށަހެޅޭ ބިޑާމެދު މިނިސްޓްރީން ޢަމަލުކުރާ އުޞޫލު
ބަޔާންކޮށް އެމިނިސްޓްރީން ފޮނުވި ސިޓީގައި ބުނެފައިވާ ކަންކަމަށް ޝަރީޢަތުން ރިޢާޔަތްކޮށްފައިނުވުން.
ދިވެހިރާއްޖޭގެ ހައިކޯޓް،ޢާބުރުޖުހިނގުން، ތީމުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2008/HC-A/257
04- މަދަނީ ކޯޓުގެ ނަންބަރު 2005/MC/1283 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވާ ގޮތް
ރަނގަޅު ނޫން ކަމަށްބުނެ އެ ނިންމެވުން އިސްތިއުނާފުކޮށްދިނުމަށް އެދި ހ.ޝަފީޤުގެ އިބްރާހީމް ޝަފީޤުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި އިސްވެ ބަޔާން ކުރެވުނު ނުކުތާތަކަށް ޖަވާބުދާރީ ވުމުގެ
ގޮތުން، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އިބްރާހީމް ޝަފީޤުއަކީ އެންމެ މަތިން ޕޮއިންޓްސް ލިބިފައިވާ ފަރާތް ނޫންކަމާއި،
އިބްރާހީމް ޝަފީޤަށް ލިބިފައިވަނީ 99.15 ޕޮއިންޓް ކަމާއި، ރަށް އެވޯޑުކުރެވުނު ހ.މިލޭނިއާ ޝަބީރު އަޙްމަދަށް
ލިބިފައިވަނީ 105.05 ޕޮއިންޓް ކަމާއި، އިންސްޓްރަކްޝަން ޓު ބިޑާރސްގެ 25.1 ވަނަ މާއްދާ ދައުލަތުން
މާނަކުރަނީ ބިޑަށް ހުށަހެޅުނު 11 (އެގާރަ) ރަށްތަކުގެ ތެރެއިން ރިލޭޓެޑް ބިޑެއް ހުށަހަޅާ ފަރާތަކަށް އެއް ރަށެއް
އެވޯޑުކޮށްފިނަމަ، ދެން ބާކީ އޮތް 10 (ދިހަ) ރަށުންކުރެ އެއްވެސް ރަށެއް އެ ރިލޭޓެޑް ބިޑަރސްއަކަށް އެވޯޑު
ނުކުރެވޭނެކަމަށް ކަމާއި، ޤާނޫނު ނަންބަރު 02/99 (ޓުއަރިޒަމާ ބެހޭ ޤާނޫނު)ގެ 5 ވަނަ މާއްދާގައި ރަށެއް
އެވޯރޑުކުރާއިރު، ރަށް އެވޯރޑުކުރާނެ ނުވަތަ ރަށެއް ކުއްޔަށް ދޭނެ އުޞޫލުތައް ކަނޑައަޅާނީ މިނިސްޓްރީ އޮފް
ޓުއަރިޒަމްކުމަށް ބަޔާންކޮށްފައިވާކަޅާއި، އޮދި މިނިސްޓްރީއިން ކަނޑައެޅި އުސޫލުތައް މިއޮންނަނީ ބިޑިންގ
ޑޮކިއުމަންޓްސްގައި ބަޔާންކޮށްފައިކަމާއި، އޭގެތެރޭގައި އިންސްޓްރަކްޝަން ޓު ބިޑާރސް (އައި.ޓީ.ބީ) އާއި،
އިންފޮމޭޝަން ފޯރ ބިޑަރސް (އައި،އެފްބީ) ހިމެނޭކަމާއި، މިހެންކަމުން މިނިސްޓްރީން ޢަމަލުކޮށްފައިވަނީ ބިޑިންގ
ޑޮކިއުމަންޓްސްގައި ވާގޮތުގެ މަތިންކަމާއި، އިންސްޓްރަކްޝަން ޓު ބިޑިރސް (އައި.ޓީބީ) އަށް ރިޢާޔަތްކުރަންޖެހެނީ
ޤާނޫނު ނަންބަރު 02/99 ޓުއަރިޒަމާ ބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައި މިނިސްޓްރީ އޮފް ޓުއަރިޒަމް އިން
އުޞޫލުތަކެއް ކަނޑައަޅައި ބަޔާންކޮށްފައި އޮންނާތީކަމާއި، ބިޑިން ޑޮކިއުމަންޓްސްގެ އިންސްޓްރަކްޝަން ޓު ބިޑަރސް
(އައި.ޓީ.ބީ) ގެ 4 ވަނަ މާއްދާގައި ކޮންޓެންޓް އޮފް ބިޑިން ޑޮކިއުމަންޓްސް ބަޔާންކޮށްފައިވާކަމާއި، ޓެންޑަރ
ގައިޑްލައިންސް ފޮރި ގަވަރމަންޓް ޕްރޮޖެކްޓްސް އަކީ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން އެހެން މަޝްރޫއަކަށް
ތައްޔާރުކޮށްފައިވާ ގައިޑްލައިންސް އެއްކަމާއި، އެ ގައިޑްލައިންސްއަކަށް ދައުލަތުން ރިޢާޔަތްކުރަން ނުޖެހޭނެކަމާއި،
މަދަނީ ކޯޓުން މައްސަލަ ނިންމާފައިވަނީ ރަނގަޅަށް ކަމަށާއި، އަދި އިބްރާހީމް ޝަފީޤަށް ރަށް އެވޯރޑުކުރެވޭނެ ކަމަށް
ކަނޑައެޅޭނެ ޖާގައެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކޮށްފައިވެއެވެ.
OX
05- މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި މަދަނީ ކޯޓުގެ ނަންބަރު 2005/MC/1283 ޤަޟިއްޔާގެ ޝަރީޢަތް
* {
ބޭއްeގެ
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި| މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [ 331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2008HC-A/257
ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު،
އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) 30 މާރޗް 2004 ގައި 11 (އެގާރަ) ފަޅުރަށް ޓޫރިސްޓް ރިޒޯޓު ގޮތުގައި ތަރައްޤީ
ކުރުމަށްޓަކައި ކުއްޔަން
އްޔަށްދޫކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން އިޢުލާންކޮށްފައިވާކަމާއި، އަދި މި 11 (އެގާރަ)
ރަށް ބީލަމަށް ލެއްވީ އެއް އުޞޫލަކުންކަމާއި، މިރަށްތަކުގެ ބީލަން ފޮތުގައި ބިޑިންގ ޑޮކިއުމަންޓްސްގައި) ހިމެނޭ
އިންސްޓްރަކްޝަންސް ޓު ބިޑުރސް (މީގެ ފަހުން "އައި.ޓީ.ބީ") ގެ l.25 ވަނަ މާއްދާއަށް 20 އޭޕްރިލް 2004
ގައި އިސްލާހެއް ގެނެވިފައިވާކަމާއި، އަދި މިރަށްތަކުގެ ތެރެއިން ތ.ކަޅުފަހަލަފުށީގެ ބިޑަށް އެންމެ މަތިން
ޕޮއިންޓުލިބިގެން އެރަށް އެވޯޑުކުރީ ހ.މިލޭނިއާ ޝަބީރު އަޙްމަދަށް ކަމާއި، އެރަށަށް ހުށަހެޅިފައިވާ ބިޑުތަކުގެ
ތެރެއިން ހ.މިލޭނިއާ ޝަބީރު އަޙްމަދަށް ލިބިފައިވަނީ 105.05 ޕޮއިންޓު ކަމާއި، އަދި ދެވަނައަށް އެންމެ މަތިން
ޕޮއިންޓް ލިބުނު ޝަފީޤުގެ އިބްރާހީމް ޝަފީޤަށް ލިބިފައިވަނީ 99.15 ޕޮއިންޓުކަން މަދަނީ ކޯޓަށް
ހުށަހެޅިފައިވާ ލިޔެކިޔުން ތަކުން އެނގެންއޮންނަކަން
(ނ) ޤާނޫނު ނަންބަރު 02/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގައި
ދިވެހިރާއްޖޭގައި ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓާ ހެދުމަށް ރަށްރަށާއި ބިން ދޫކުރަންވާނީ އިސްވެ ބަޔާންކުރެވުނު
ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށް ބަޔާންކޮށްފައި އޮތުމުން،
މިނިސްޓްރީ އޮފް ޓޫރިޒަމުން ޓޫރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ޢަމަލުކުރަން ޖެހޭނީ އެ ޤާނޫނުގެ
ދަށުންކަމާއި، އަދި ހަމަ އެ ޤާނޫނުގެ 5 ވަނަ މާއްދާގައި ޓޫރިސްޓް ރިޒޯޓު ހެދުމަށް ރަށްރަށާއި ބިން ކުއްޔަށް
ދޫކުރަންވާނީ މިނިސްޓްރީ އޮފް ޓޫރިޒަމުން ޢާންމުކޮށް އިޢުލާން ކޮށްގެން، ކަނޑައެޅިފައިވާ އުޞޫލެއްގެ މަތިން،
އެކަށީގެންވާ
އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅި ފަރާތެއްކަމަ
ބަޔާންކޮށްފައި އޮތުމުން،
ބީލަމަށްލުމުގައި ޢަމަލު ކުރަންޖެހޭ އުޞޫލު ކަނޑައެޅު
އެޅުމުގެ ބާރު މިނިސްޓްރީ އޮފް ޓޫރިޒަމަށް ލިބިގެންވާކަން
އެނގެން އޮވެފައި، އަދި 30 މާރޗް 2004 ގައި މިނިސްޓްރީ އޮފް ޓޫރިޒަމުންކުރި އިޢުލާނުގެ ދަށުން ދޫކުރި
ބީލަން ފޮތުގެ ތެރޭގައި އައި.ޓީބީ ހިމެނިފައިވާތީވެ، އައި.ޓީ.ބީ ހެދިފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމަށް ޤާނޫނު
ނަންބަރު 02/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާއިންލިބިދީފައިވާ ބާރުގެ ދަށުންކަން
އެނގެން އޮންނަކަން
މިހިރާއްޖޭގެ ހައިޑް
ހ 9
2x ދ
ރަށްތައް
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471{ +
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.inv
1
2008/HC-A/257
ގދ ހ
ތައްޔާރ
(ނ) ޓެންޑަރ ގައިޑްލައިންސް ފޮރ ގަވަރމަންޓް ޕްރޮޖެކްޓްސް އަކީ މިނިސްޓްރީ އޮފް
ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވޯރކްސްއިން ޑިސެމްބަރ 2001 ގައި އެ މިނިސްޓްރީ ގެ މަޝްރޫޢުތަކަށް
ޔާރުކޮށްފައިވާ އެއްޗެއްކަން އެ ގައިޑްލައިނަށް ބެލުމުން އެނގޭކަމާއި، އަދި އެ ގައިޑްލައިނަކީ ދަޢުލަތުގެ
ބަޖެޓުން ނުވަތަ ސަރުކާރަށް އެހީދޭ ފަރާތްތަކުން ޚަރަދު ދީގެންކުރާ މަސައްކަތްތައް ކުރުމުގައި ޢަމަލު ކުރާ
އުޞޫލެއްކަމަށް ފާހަގަކުރެވުމުން، ތ.ކަޅުފަހަލަފުށީގެ ބިޑު އިވެލުއޭޓް ކުރުމުގައި ޢަމަލުކުރަންޖެހޭ އުޞޫލަކީ
މިނިސްޓްރީ އޮފް ޓޫރިޒަމުން ޤާނޫނު ނަންބަރު 02/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގެ
ދަށުން ބާރު ލިބިގެން ހަދާފައިވާ އައި.ޓީ.ބީކަން މައްސަލަ ބެލި ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަން
(ރ) އައި.ޓީ.ބީ ގެ 2 ވަނަ މާއްދާގައި ބިޑު ހުށަހަޅާ ފަރާތްތަކުގެ ފުރިހަމަވާންޖެހޭ
ޝަރުތުތައް ބަޔާންކޮށްފައިވާކަމާއި، އެ މާއްދާގެ 2.1 ގައި އަމިއްލަ ފަރުދުންނާއި، ޕާޓްނަރޝިޕްތަކާއި، ދިވެހި
އަދި ބޭރު ކުންފުނިތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަމާއި، އަދި 2.3 ވަނަ މާއްދާގައި އިސްވެ
ބަޔާންކުރެވުނު ފަރާތްތަކުގެ ކުށުގެ ރިކޯޑު ސާފުވުން ޝަރުތުކޮށް މިކަމާއި ބެހޭ ތަފްޞީލު ބަޔާންކުރެވިފައި، އަދި
2.2 ވަނަ މާއްދާގައި ބިޑު ހުށަހަޅާ އެއްވެސް ފަރާތެއް ބިޑު ތައްޔާރު ކުރުމުގައި ސީދާކޮށް ވިޔަސް ނުވަތަ
ނުސީދާކޮށް ވިޔަސް މިނިސްޓްރީ އޮފް ޓޫރިޒަމުގެ އެއްވެސް މުވައްޒަފަކާއި ގުޅުމެއް ބާއްވައިގެން ނުވާނެ ކަމަށް
ބަޔާންކުރެވިފައިވާކަމާއި، އެ މާއްދާގައި ބިޑުކުރާ އެއްވެސް ފަރާތަކާ ގުޅުންހުރި (ރިލޭޓެޑް) ފަރާތްތަކެއް ބިޑު
ހުށަހެޅުން މަނާކޮށްފައި ނުވާކަން ފާހަގަކުރެވޭކަން
0 0
4
4
ވިލާޖެހޭ ޝަރުތު ބަޔާންކުރާ
ކުރުމާބެހޭ
(ބ) އައި.ޓީ.ބީ ގެ 25.1 ވަނަ މާއްދާއަކީ ރަށެއް އެވޯޑު
މާއްދާއެއްކަމާއި، އެންމެ ފުރަތަމަ ޝަރުތަކަށް ރަށެއް އެވޯޑު ކުރެވޭނީ އެންމެ މަތީ ބިޑު ހުށަހެޅި ފަރާތަށް
ކަމަށްވާންޖެހުމާއި، އަދި ދެވަނަ ޝަރުތަކަށް އެއްބަސްވުމުގެ އިލްތިޒާމްތައް ފުރިހަމަކުރުމުގެ ޤާބިލުކަންހުރި
ފަރާތެއްކަމަށްވާންޖެހުމާއި، އަދި ތިންވަނަ ޝަރުތަކަށް ބިޑު ކުރާ ފަރާތަކަށް އެއް ރަށަށްވުރެ ގިނައިން އެވޯޑު
ނުކުރެވޭނެކަމަށް ބަޔާންކުރެވިފައި އޮއްވާ، 20 އޭޕްރިލް 2004 ގައި އައި.ޓީ.ބީ ގެ 25.1 ވަނަ މާއްދާގެ އެންމެ
ފަހު ޖުމްލައަށް (އެއީ ތިންވަނަ ޝަރުތަށް) އިސްލާހެއް ގެނެވިފައިވާކަމާއި، އެ އިސްލާޙަކީ ބިޑުކުރާ ފަރާތަކަށް
ނުވަތަ ބިޑުކުރާ ފަރާތަކާ ގުޅުންހުރި ފަރާތަކަށް ރަށެއް އެވޯޑު ނުކުރެވޭނެކަމާއި އަދި ބިޑުކުރާ ފަރާތަކާއި ދެވަނަ
ބޯޓް
*
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒުހިނގުން.ތީމުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ފޯން: 3325429، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2008HC-A/257
ބިޑުކުރާ ފަރާތަކާ ގުޅުންހުރި ކަމަށް ބެލެވޭނީ ބިޑުކުރާ ފަރާތަކީ ވަކި ފަރުދެއްނަމަ، އެމީހަކީ އަނެއް ބިޑުކުރާ
ފަރާތުގެ ވޯޓު ދިނުމުގެ ހައްޤު ފަސްއިންސައްތައަށްވުރެ މަތީ ކޮންޓްރޯލު އޮންނަ މީހެއް ކަމަށްވެފައި، ނުވަތަ
ބިޑުކުރާ ފަރާތަކީ ޤާނޫނީ ޝަޚްސެއްނަމަ، އެފަރާތަކީ އަނެއް ބިޑުކުރާ ފަރާތުގެ ވޯޓު ދިނުމުގެ ހައްޤު
ފަސްއިންސައްތައަށްވުރެ މަތީ ކޮންޓްރޯލް އޮންނަ ފަރާތެއްކަމުގައިވުމުން ކަމަށް ބަޔާންކުރެވިފައިވާކަން
8
(ޅ) އައި.ޓީ.ބީ ގެ 25.1 ވަނަ މާއްދާ މާނަކުރުމުގައި، އެ މާއްދާގައި ބަޔާންކުރެވިފައިވަނީ
ރަށެއް އެވޯޑު ކުރުމުގެ ޝަރުތުކަން އެ މައްދާ ބެލުމުން ސަރީޙަކޮށް އެނގެން އޮންނަކަމާއި، އައި.ޓީ.ބީ ގެ 25.1
ވަނަ މާއްދާގައި ބޮޑުކުރާ ފަރާތާއި ނުވަތަ އެފަރާތާއި ގުޅުންހުރި ފަރާތަކަށް އެއްވެސް ރަށެއް އެވޯޑު ކޮށްގެންނުވާނެ
ކަމަށް މާނަކުރަން ވެއްޖެނަމަ، ބިޑުކުރާ އެއްވެސް ފަރާތަކަށް އެހެން ފަރާތަކާއި ގުޅުން ހުރިނަމަވެސް ނުވަތަ
ނެތްނަމަވެސް އެއްވެސް ރަށެއް އެވޯޑު ނުކުރެވޭނެކަމުގެ މާނަ ނިކުންނަކަން ޝަރީޢަތަށް ފާހަގަކުރެވިފައި، އަދި
މިނިސްޓްރީ އޮފް ޓޫރިޒަމުން މަދަނީ ކޯޓަށް ފޮނުއްވާފައިވާ ނަންބަރު 144
/
2008
/
4/LR-88 ސިޓީގައި 2004
ގައި 11 (އެގާރަ) ރަށް ބީލަމަށްލީ އެއް އުޞޫލަކުން އެއް ތާރީޚެއްގައިކަން ބަޔާންކޮށްފައި އޮތުމުން، 25.1 ވަނަ
މާއްދާއަށް ފަހުން ގެނެވުނު އިސްލާޙުގެ މަޤުސަދަކީ އެބުރުގައި ބީލަމަށް ލެވުނު ރަށްތަކުގެ ތެރެއިން ބީލަން
ކާމިޔާބު ކުރާ ކޮންމެ ބިޑުކުރާ ފަރާތަކާއި އެފަރާތާއި ގުޅުންހުރި ފަރާތަކަށް އެއް ރަށަށްވުރެ ގިނަ ރަށް އެވޯޑު
ނުކުރުންކަން މައްސަލަބެލި ފަނޑިޔާރުންނަށް ފާހަގަކުރެވުމުން، ހ.މިލޭނިއާ ޝަބީރު އަޙްމަދު ތ.ކަޅުފަހަލަފުއްޓަށް
ހުށަހަޅާފައިވާ ބިޑު ޑިސްކޮލިފައިވާނީ ޝަބީރު އަޙްމަދަށް ނުވަތަ އައި.ޓީ.ބީ ގެ 25.1 ވަނަ މާއްދާގައި
ބަޔާންކުރެވިފައިވާ ގޮތަށް ޝަބީރު އަޙްމަދުއާއި ގުޅުން ހުރި ފަރާތަކަށް ތ.ކަޅުފަހަލަފުއްޓާއިއެކު ބީލަމަށް ލެވުނު
އަނެއް 10 (ދިހައެއް) ރަށުގެ ތެރެއިން އެއްވެސް ރަށެއްއެވޯޑު ކުރެވިފައިވާނަމަކަން
3ތ ه
ހެނހެޅ
ހ4 8 *ވ
ox
(ކ) މިރަށްތަކަށް ބިޑުތަކާމެދު މިނިސްޓްރީ އޮފް ޓޫރިޒަމުން ޢަމަލުކުރާ އުޞޫލު
ބީލަން ފޮތެއް ޝާޢިއުކޮށްފައިވީހިނދު، އަދި ޤާނޫނީ ގޮތުން ރިޢާޔަތް ކުރަންޖެހޭނީ އެބީލަން ފޮތުގައި
ބަޔާންކޮށްފައިވާ ކަންތައްތަކަށް ކަމަށް ވީހިނދު، ޝާޢިއުކޮށްފައިވާ މަޢުލޫމާތު ސާފުކޮށްދިނުމުގެ ގޮތުން ޕްރީ ބިޑު
މީޓިންގް އެއްގައި ދެކެވޭ ވާހަކަތަކުގައި ޝާޢިއުކޮށްފައިވާ މަޢުލޫމާތާއި ބެހޭ ވާހަކައިގެ އިތުރުން ބިޑު
ޑޮކިއުމަންޓްތަކުގައި ބަޔާންކޮށްފައިނުވާ ކަންކަމާއިމެދު ދެކެވޭ އެހެނިހެން ވާހަކަތަކަކީ ބިޑު އުޞޫލު އޮންނަގޮތާއި
މެދު ކަމެއް ސާބިތު ކުރުމަށް ލިބޭ ކާފީ ހެއްކެއް ނޫންކަމަށް މައްސަލަބެލި ފަނޑިޔާރުންނަށް ޤަބޫލުކުރެ
!ރިވެގަޓްގެ
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޖުހިނގުން،ތީމުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 13316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
2008/HC-A/257
ވީމާ، އައި.ޓީ.ބީ އަކީ މިނިސްޓްރީ އޮފްޓޫރިޒަމަށް ޤާނޫނު ނަންބަރު 02/99 (ދިވެހިރާއްޖޭގެ
ޓޫރިޒަމާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާއިންނާއި 5 ވަނަ މާއްދާއިން ބާރު ލިބިގެން ހެދިފައިވާ އުޞޫލެއްކަމަށް
ވެފައި، އަދި މި އުޞޫލުގައި ބިޑު ހުށަހެޅުމަށް ފުރިހަމަވާންޖެހޭ ޝަރުތުތަކާއި ބިޑު އެވޯޑު ކުރުމަށް
ފުރިހަމަވާންޖެހޭ ޝަރުތުތަކަކީ ތަފާތު ދެކަމެއްކަމަށް ވެފައި، އައި.ޖީ.ބީ ގެ 25.1 ވަނަ މާއްދާ މާނަކުރުމުގައި
އެއްވެސް ރަށެއް ބިޑުކުރާ ފަރާތަށް ނުވަތަ ބިޑުކުރާ ފަރާތާއި ގުޅުންހުރި ފަރާތަކަށް އެވޯޑު ނުކުރެވޭނެކަމަށް ބުނާ
ބުނުމުން، ހ.މިލޭނިއާ ޝަބީރު އަޙްމަދު ޑިސްކޮލިފައިވާނީ ޝަބީރު އަޙްމަދަށް ނުވަތަ ޝަބީރު އަޙްމަދުއާއި
ގުޅުންހުރި ފަރާތަކަށް ތ.ކަޅުފަހަލަފުށީގެ އިތުރުން އެބުރުގައި ބީލަމަށް ލެވުނު އަނެއް 10 (ދިހައެއް) ރަށުންކުރެ
ރަށެއް ކުރެވިފައިވާނަމަކަން އެނގެން އޮތުމުން، އަދި އިސްވެ ބަޔާން ކުރެވުނު ކަންތައްތައް އެނޫން ގޮތަކަށް
ހުރުމުގެ އެއްވެސް ޤާނޫނީ ނުވަތަ ޝަރުޢީ ހުއްޖަތްތަކެއް އިބްރާހީމް ޝަފީޤަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި
ދެއްކިފައި ނުވާތީވެ، މަދަނީ ކޯޓުގެ ނަންބަރު 2005/MC/1283 ޤަޟިއްޔާގެ އުކުމަށް ބަދަލު ގެންނަން
ނުޖެހޭކަން މައްސަލަ ބެލި ފަނޑިޔާރުންނަށް ފާހަގަކުރެވޭކަން
ޑ0ވ
ރަށެއް އެވެސް
ޙުކުމް:
44
xހ8
އާގެތަށް
ދެންފަހެ އިސްވެ ބަޔާންކުރެ
އެކުރެވުނު ޤާނޫނީ އަދި ޝަރުޢީ ސަބަބުތައް އެހެން ހުރުމާއިއެކު މަދަނީ
ކޯޓުގެ ނަންބަރު 2005/MC/1283 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޤާނޫނާއި ޤަވާޢިދާ
ކުރައްވާފައިވާ ޙުކުމެއްކަމަ
އެކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު،
އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް،ޢާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 331647
ވެބް ސައިޓް www.highcourt.gov.mv
[email protected]