ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/147 ޤަޟިއްޔާގެ ޙުކުމް
1
2015/HC-A/347
4
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު
ނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 147/HC
-
A/2015
• އިސްތިއުނާފުކުރި ފަރާތް
*ނަން:އަލްފަތުޙު ޙައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް
އައިޑީ
ކާޑުނަންބަރު:
ދާއިމީ އެޑްރެސް: މ. އެކްސެލް
މިހާރުގެ އެޑްރެސް: މ. އެކްސެލް
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މުޙައްމަދު އަބޫބަކުރު
އައިޑީ ކާޑުނަންބަރު: A034354
ދާއިމީ އެޑްރެސް
މ. ވެލިގާ
މިހާރުގެ އެޑްރެސް: މ. ވެލިގާ
، ރަޖިސްޓްރީ ތާރީޚް: 30 ޖުމާދަލްއާޚިރާ 1436
ނިމުނު ތާރީޚް: 09 ޝަޢުބާން 1436
މެއި 2015
19 އޭޕްރީލް
2{015
27
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: 2014/Cv-C/2064
ނިންމެވި ކޯޓު: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅި ތާރީޚް: 14.10.2014
ނިމުނު ތާރީޚް: 23.11.2014
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް
ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
2
2015/HC-A/347
ދައުވާގެ
މިއީ ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/2064 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި، އަލްފަތުޙު
ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ކ.މާލެ / މ.
.. ވެލިގާ މުޙައްމަދު އަބޫބަކުރު
ޤަޟިއްޔާއެކެވެ.
ޚި
ފާހަގަކުރެވުނު ނުކުތާތައް:
l) އިސްތިއުނާފުކުރެވޭ މަދަނީ ކޯޓުގެ ނަންބަރު 2014/Cv-C/2064 ޤަޟިއްޔާއަކީ
އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްއާއި، ކ.މާލެ / މ.
ވެލިގާ، މުޙައްމަދު އަބޫބަކުރު
އާއި ދެމެދުގައި 05 ސެޕްޓެމްބަރު 2014 ގައި ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ދައްކަންޖެހި ނުދައްކާވާ
-/64,000 $US (ފަސްދޮޅަސް ހަތަރުހާސް ޔޫ.އެސް.ޑޮލަރު) އާއި، -/75000 (ހަތްދިހަ ފަސްހާސް ރުފިޔާ)
ހޯދުމަށްއެދި، އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް، މުޙައްމަދު އަބޫބަކުރުގެ
ފަރާތުން ދަޢުވާކުރުމުން، އެ ކޯޓުން ބެއްލެވި މައްސަލައެއްކަ ،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ "ދެންފަހެ، މ.
.. ވެލިގާ / ކ.މާލެ މުޙައްމަދު އަބޫބަކުރު (ދިވެހި
ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A034354) ގެ އަތުން އަނބުރާ ދައްކާގޮތަށް އަލްފަތުޙު ޙައްޖު
އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑުން -/64,000 $US (ފަސްދޮޅަސް ހަތަރުހާސް އެމެރިކާ ޑޮލަރު)
އާއި، -/75000 (ހަތްދިހަ ފަސްހާސް ރުފިޔާ) ނަގާފައިވާކަން މި ދެފަރާތުގެ ދެމެދުގައި 05 ސެޕްޓެމްބަރ
2014 ގައި ވެފައިވާ އެއްބަސްވުމުންނާއި، މި މައްސަލާގައި ލިބިފައިވާ ހެކިބަހުން ޝަރީޢަތަށް ސާބިތުވާތީ، މި
ފައިސާ އަނބުރާ ދައްކާފައިވާކަން އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް ސާބިތު
އެހީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ. ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
3
ޤިއްޔާ
2015/HC-A/347
ކޮށްދެވިފައި ނުވާތީ، މި ފައިސާއަކީ މުޙައްމަދު އަބޫބަކުރަށް އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ
މިމްރާ ގްރޫޕް ޕްރައިވެޓް
ލިމިޓެޑުން ދައްކަންޖެހި ނުދައްކައިވާ ފައިސާގެ ޢަދަދުކަމަށް ކަނޑައަޅައި،
ކޯޓަށް
މި ފައިސާ މުޙައްމަދު އަބޫބަކުރަށް ލިބިދިނުމަށްޓަކައި މިއަދު 23 ނޮވެމްބަރ 2014 އިން
ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ކޮންމެ މަހަކުވެސް މަދުވެގެން އެ މަހަކަށްޖެހޭ މިންވަރު މި
ކަމުންގޮސް މި ފައިސާ މި މުއްދަތުގެ ތެރޭގައި އެއްކޮށް ދައްކައި ޚަލާސް ކުރުމަށް އަލްފަތުޙު ޙައްޖު
އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް ޣައިރު ޙާޟިރުގައި އަންގައި" ޙުކުމް ކުރައްވާފައިވާކަން އެ
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/2064 ޤަޟިއްޔާ، އެ ކޯޓުން ނިންމެވީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރަމުން 02 (ދޭއް) ނުކުތާއެއް ފާހަގަކޮށް، އެ ނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ދަޢުވާ ހުށަހަޅައި ހިންގަވައި ޙުކުމް ކުރެއްވީ އަލްފަތުޙު ޙައްޖު
އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ޣައިރު ޙާޟިރުގައި ކަމަށްވުމުން ދަޢުވާ ހުށަހެޅުމުގެ އަދި ބަލައިގަނެ
ހިންގަވާ ޙުކުމް ކުރެއްވުމުގެ ޝަރުޢީ އިޖުރާއަތުތައް ފުރިހަމަ ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ
55
ދެވަނަ ނުކުތާއަކީ، ދަޢުވާގައި ބަޔާންކޮށްފައިވާ ފައިސާއާބެހޭ މި ދެމެދުގެ މުޢާމަލާތެއް
ހުށަހަޅާފައި ނުވާއިރު، ދަޢުވާއާއި ގުޅިގެން އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ބަހެއް
ނުހޯއްދަވައި ޙުކުމް ކުރެއްވުމުން، ޙުކުމްގެ ޢަދުލުވެރިކަން ގެއްލިފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ
CUO
(3
މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/2064 ޤަޟިއްޔާގެ ޝަރީޢަތް
ދިވެހިރާއްޖޭގެ ހައިކޯޓް، އަބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
4
2015/HC-A/j47
ގޮތުގެ ރިޕޯޓަށާއި، މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް
ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
4
09އ
(ހ) ފުރަތަމަ ކަމަކީ، ކ.މާލެ / މ.ވެލިގާ، މުޙައްމަދު އަބޫބަކުރުއާއި އަލްފަތުޙު ޙައްޖު އެންޑް
ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި ދެމެދުގައި 05 ސެޕްޓެމްބަރު 2014 ގައި
އެއްބަސްވު
ވެފައިވާކަމާއި،
ބުނެވުނު އެއްބަސްވުމަށް ބަލާއިރު، އެ ލިޔުމަކީ މުޙައްމަދު އަބޫބަކުރުގެ އަތުން 05 ސެޕްޓެމްބަރު 2014 އިން
ފެށިގެން ދެ ހަފްތާ ތެރޭގައި އަނބުރާ ދައްކާ ޚަލާޞްކުރާގޮތަށް، އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް
ޕްރައިވެޓް ލިމިޓެޑުން ނަގާފައިވާ ޔޫ.އެސް.ޑޮލަރާއި ދިވެހި ފައިސާ އާ ބެހޭގޮތުން ލިޔެފައިވާ ލިޔުމެއްކަމަށް
ބަޔާންކޮށްފައިވާއިރު، 26 އޯގަސްޓް 2014 ގައި 30,000.00 $US (ތިރީސްހާސް ޔޫ.އެސް.ޑޮލަރު) ނަގުދު
ފައިސާއިން ލިބިފައިވާކަމަށާއި، 27 އޯގަސްޓް 2014 ގައި 14,000.00
US (ސާދަހާސް ޔޫ.އެސް.ޑޮލަރު)
ޗެކުން ލިބިފައިވާކަމަށާއި، އަދި ހަމަ އެ ތާރީޚުގައި 10,000.00 $US (ދިހަހާސް ޔޫ.އެސް.ޑޮލަރު) ނަގުދު
ފައިސާއިން ލިބިފައިވާކަމަށާއި، އަދި 30 އޯގަސްޓް 2014 ގައި 6,000.00 $US (ހަހާސް ޔޫ.އެސް.ޑޮލަރު)
ޗެކުން ލިބިފައިވާކަމަށާއި، 31 އޯގަސްޓް 2014 ގައި 4,000.00 $US (ހަތަރު ހާސް ޔޫ.އެސް.ޑޮލަރު)
ޗެކުން ލިބިފައިވާކަމަށާއި، އަދި 02 ސެޕްޓެމްބަރު 2014 ގައި -/75,000ރ. (ހަތްދިހަ ފަސްހާސް ރުފިޔާ)
ނަގުދު ފައިސާއިން ލިބިފައިވާކަމަށާއި، އެ ގޮތުން ޖުމްލަ 64,000.00 $US (ފަސްދޮޅަސް ހަތަރުހާސް
ޔޫ.އެސް.ޑޮލަރު) އާއި -/75,000ރ. (ހަތްދިހަ ފަސްހާސް ރުފިޔާ) ލިބިފައިވާކަމަށާއި،
މި ފައިސާ ދެ ހަފްތާ ތެރޭގައި މުޙައްމަދު އަބޫބަކުރުއަށް އަދާކޮށްދީ ޚަލާޞްކުރުމަށް އެއްބަސްވެ،
ދަފްތަރު ނަންބަރު 3186 (މ.ދެކުނުތިލަ / ކ.މާލެ) އިބްރާހީމް ނާޞިރު އާއި ރ.ކަނދޮޅުދޫ / ހަޒާރުމާގެ،
އަޙްމަދު މޫސާ ކަލޭފާނުގެ ޙާޟިރުގައި އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑުން މުޞްތަފާ
ޙައްމަދު ދީދީ ސޮއިކޮށްފައިވާކަން ބުނެވުނު އެއްބަސްވުމަށް ބެލުމުން އެނގޭކަމާއި،
ބުނެވުނު އެއްބަސްވުމުގެ ދަށުން މުޙައްމަދު އަބޫބަކުރުގެ އަތުން އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ
ގްރޫޕް ޕްރައިވެޓް ލިމިޓެޑުން ނެގި ފައިސާ އެ އެއްބަސްވުމާ އެއްގޮތަށް ދައްކާފައިނުވާތީ، އިސްތިއުނާފުކުރެ
ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/2064 ޤަޟިއްޔާގައި އަލްފަތުޙު ޙައްޖު އެންޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް irif [email protected] ވެބްސައިޓް www.highcourt.gov.mv
ޢީ2
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/347
ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހި ނުދައްކާވާ 64,000.00 $US (ފަސްދޮޅަސް ހަތަރުހާސް ޔޫ.އެސް.ޑޮލަރު)
އާއި -/75,000 ރ. (ހަތްދިހަ ފަސްހާސް ރުފިޔާ) ހޯދުމަށް އެދި މުޙައްމަދު އަބޫބަކުރު ދަޢުވާކުރުމުން،
އަލްފަތުޙު
ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ތަކުރާރުކޮށް ކޯޓަށް ޙާޟިރުވެފައިނުވާތީ، ކޯޓަށް
ޙާޟިރުވުމަށާއި ހާޟިރުނުވާނަމަ، އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ޣައިރު
ޙާޟިރުގައި މައްސަލަ ހިންގާ ނިންމާނެކަމަށް އަންގައި ނެރެވުނު ސިވިލް ކޯޓުން ނަންބަރު
5
/
2014
/
1085-B
-
CR-144 އިޢުލާނުގައިވާ ތާރީޚާއި ގަޑިއަށް އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް
ޕްރައިވެޓް ލިމިޓެޑުން ޙާޟިރުވެފައިނުވާތީ، ސިވިލް ކޯޓުން އެ މައްސަލަ ހިންގަވައި ޙުކުމްކުރައްވާފައިވަނީ ދަޢުވާ
ރައްދުވި އަލްފަތުޙު ޙައްޖު ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ޣައިރު ޙާޟިރުގައިކަން
އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/2064 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމެވެ.
ޑ 8
8
އެންޑް
އީމެއ
CO
(ށ) ދެވަނަ ކަމަކީ، ދަޢުވާ ހުށަހަޅައި ހިންގަވައި ޙުކުމް ކުރެއްވީ އަލްފަތުޙު ޙައްޖު އެންޑް
ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ޣައިރު ޙާޟިރުގައި ކަމަށްވުމުން ދަޢުވާ ހުށަހެޅުމުގެ އަދި ބަލައިގަނެ
ހިންގަވާ ޙުކުމް ކުރެއްވުމުގެ ޝަރުޢީ އިޖުރާޢަތުތައް ފުރިހަމަނުވާކަމަށް ބުނެ އަލްފަތުޙު ޙައްޖު އެންޑް
ގްރޫޕް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ނުކުތާއަށް ރިޢާޔަތްކުރިއިރު،
ހު
މައްސަލަ ސިވިލް ކޯޓުގައި ކުރިއަށްދިޔައިރު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރިއަށް
ގެންދިޔަ ތަޙްޤީޤަކާ ގުޅިގެން ނެރުނު ކޯޓު އަމުރެއްގެ ދަށުން ކުންފުނީގެ އެންމެހައި ލިޔެކިޔުންތައް
ޗެކްކުރުމަށްފަހު، ކުންފުނީގެ ހުރިހާ ކޮމްޕިއުޓަރެއްގެ ހާރޑާއި ފައިލްތައް ގެންދެވުމުގެ ސަބަބުން ކުންފުނީގެ
މަސައްކަތް ހުއްޓިފައިވާކަމަށާއި، އެގޮތުން 10 ސެޕްޓެމްބަރު 2014 ގައި ކުންފުނި ބަންދުކޮށްފައިވާކަމަށާއި،
ދަޢުވާގެ ތާރީޚުގައި ކުންފުނީގެ އެއް ޙިއް ޞާދާރަކު ފިޔަވައި އެހެން ހުރިހާ ޙިއްޞާދާރުންވީ ރާއްޖެއިން
ބޭރުގައިކަމަށާއި، އެހެންކަމުން ދަޢުވާއާ ބެހޭ އެއްވެސްކަމެއް ކުންފުންޏަށް އެނގިފައިނުވާކަމަށް އަލްފަތުޙު ޙައްޖު
އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑުން މި ނުކުތާގައި އިތުރަށް ފާހަގަކޮށްފައިވާކަމާއި،
ދިވެހިރާއްsa
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
6
2015/HC-A/347
"ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނޭ ގޮތުގެ ޤަވާއިދު” ގެ 26 ވަނަ މާއްދާގެ (ހ)
ގައި ދަޢުވާލިބޭ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނަޝިޕެއް ނުވަތަ ޖަމްޢިއްޔާއެއް ނުވަތަ އެނޫންވެސް
ޝަޚްބެއްކަމަށްވާނަމަ، އެތަނުގެ މަސައްކަތް ހިނގަމުންދާ އިދާރާއަށް އަމުރު ރައްދުކުރުމުން އެ ފަރާތަށް އަމުރު
ރައްދުވީކަމުގައި ބެލެވޭނޭކަމަށާއި، އަދި އެ މާއްދާގެ (ށ) ގައި ބުނެވުނު ގޮތަށް އަމުރު ރައްދު ނުވެއްޖެނަމަ، އެ
ފަރާތެއް ރަޖިސްޓްރީ ކުރެވިފައިވާ އެޑްރެހަށް އަމުރު ފޮނުވުމުން އަމުރު ރައްދުވީކަމުގައި ބެލެވޭނޭކަމަށާއި، އަދި
އެ މާއްދާގެ (ނ) ގައި، ރަޖިސްޓްރީ ކުރެވިފައިވާ އެޑްރެހާއި އެތަނަކާއި އެއްވެސް ގުޅުމެއް ނެތްކަމަށް ކޯޓަށް
ޤަބޫލުކުރެވޭ ޙާލަތުގައި، އެ ފަރާތެއް ރަޖިސްޓްރީ ކޮށްދީފައިވާ ފަރާތަކަށް ލިޔެގެން މަސްއޫލުވެރިން
ސާފުކުރުމަށްފަހު، އެ ތަނެއްގެ މަސްއޫލުވެރިންނަށް ނުވަތަ މަސްއޫލުވެރިންގެ ތެރެއިން މީހަކަށް އަމުރު
ފޮނުވުމުން، ޝަރީޢަތަށް ޙާޟިރުވުމުގެ އަމުރު ރައްދުކުރެވުނީކަމަށް ބެލެވޭނޭކަމަށް އިސްވެ ބުނެވުނު މާއްދާގައި
ންކޮށްފައިވާއިރު، ބުނެވުނު ޤަވާޢިދުގެ 28 ވަނަ މާއްދާގެ (ހ) ގައި ކޯޓަށް ޙާޟިރުވުމުގެ އަމުރު ލިބި،
މަޤުބޫލު ޢުޛުރެއްނެތި އަމުރުގައިވާ ތާރީޚާއި ގަޑިއަށް ދަޢުވާލިބޭ ފަރާތް ކޯޓަށް ޙާޟިރު ނުވެއްޖެނަމަ، ނުވަތަ
ޙާޟިރުކުރަންޖެހޭ މީހާ ދީފައިވާ އެޑްރެހުގައި ނެތި، އެމީހާ ވީ ތަނެއް ނޭނގޭނަމަ ޣައިރު ޙާޟިރުގައި މައްސަލަ
ހިންގޭނެކަން އެނގޭނެގޮތަށް އެމީހާ ހޯދުމަށް ރޭޑިއޯއިން ނުވަތަ ޓީވީން ނުވަތަ ޚަބަރު ފަތުރާ އެހެންވެސް
ވަޞީލަތަކުން އިޢުލާން ކުރުމަށްފަހު، އިޢުލާނުގައިވާ ތާރީޚާއި ގަޑިއަށް ކޯޓަށް ޙާޟިރުނުވެއްޖެނަމަ، ކޯޓަށް
ޙާޟިރުވުމަށް އެންގުންކަމަށް ބަލައި، ކޯޓަށް ހުށަހެޅިފައިވާ ހެއްކާއި ޤަރީނާގެ މައްޗަށް ރިޢާޔަތްކޮށް، އެމީހާގެ
ޣައިރު ޙާޟިރުގައި ކޯޓުން ގޮތެއް ނިންމުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާކަމާއި،
ހުށަހެޅިފައިމިވާ މައްސަލާގައި، އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް
02 ނޮވެމްބަރު 2014 ގައި ކޯޓަށް ޙާޟިރުވުމުގެ އަމުރު ނަންބަރު 5
/
2014
/
4239-B
-
CR ފޮނުވުމުން،
އޮފީސް ބަންދުކޮށްފައި ހުންނާތީވެ އަމުރު ރައްދު ނުކުރެވުނުކަން އެ އަމުރަށް ބެލުމުން އެނގޭކަމާއި، އޭގެ
ފަހުން، 05 ނޮވެމްބަރު 2014 ގައި އެ ކޯޓުގެ ނަންބަރު 5
/
2014
/
4313-B
-
CR ކޯޓަށް ޙާޟިރުވުމުގެ
އެ އަމުރުވެސް ރައްދުނުވާކަމާއި، އަދި އެއަށްފަހު، ސިވިލް ކޯޓުގެ ނަންބަރު
5
/
2014
/
1085-B
-
CR-144 އިޢުލާނުން އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑައްޖޭގެ
އަމުރު ފޮނުވުމުން،
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
1
2015/HC-A/347
OCX
ޢުމްރާ
3
ސިވިލް ކޯޓަށް ޙާޟިރުކުރަން ބޭނުންވެ، ޙާޟިރުނުކުރެވިވާ ފަރާތެއްކަމަށާއި، 23 ނޮވެމްބަރު 2014 ދުވަހުގެ
13:30 އަށް އެ ކޯޓަށް ޙާޟިރުވުމަށް އަންގާކަމަށާއި، އަދި އެ ތާރީޚަށް އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް
ޕްރައިވެޓް ލިމިޓެޑް ތަމްޞީލުކުރާނެ ފަރާތެއް ޙާޟިރުނުވެއްޖެނަ
ނަމަ، އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް
ޕްރައިވެޓް ލިމިޓެޑުގެ ޣައިރު ޙާޟިރުގައި މައްސަލަ ހިންގައި ނިންމާނެކަމަށް އަލްފަތުޙު ޙައްޖު އެންޑް
ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް އަންގައި އިޢުލާންކޮށްފައިވާކަން ބުނެވުނު އިޢުލާނަށް ބެލުމުން އެނގޭކަމާއި،
އިސްތިއުނާފުކުރެވޭ މައްސަލަ ސިވިލް ކޯޓުގައި ހިންގިއިރު އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ
ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ 3 (ތިނެއް) ޙިއްޞާދާރަކު ތިބީ ރާއްޖެއިން ބޭރުގައިކަމަށް އަލްފަތުޙު ޙައްޖު އެންޑް
ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވީނަމަވެސް، ކުންފުނީގެ 4 (ހަތަރެއް) ޙިއްޞާދާރުން
ތިބޭކަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓްގެ އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް
ލިމިޓެޑުގެ ކޮމްޕެނީ ޕްރޮފައިލް އިންފޮމޭޝަން ޝީޓްއަށް ބެލުމުން އެނގޭކަމާއި، އަދި 3 (ތިނެއް) ޙިއް ޞާދާރުން
ރާއްޖޭގައި ނެތް ކަމުގައި ބެލިނަމަވެސް ކުންފުނީގެ އިތުރު ޙިއްޞާދާރަކު ކަމަށްވާ މުޙައްމަދު އަޞްލަމް ހުރިކަން
އެނގޭކަމާއި، އަދި ތަކުރާރުކޮށް ސިވިލް ކޯޓުން އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާ
ކޯޓަށް ޙާޟިރުވުމުގެ އަމުރު ޙަވާލުކުރަން މަސައްކަތްކޮށްފައިވާކަން މި މައްސަލައާއެކު ހުށަހެޅުނު ލިޔުންތަކުން
އެނގެން އޮންނައިރު، އެގޮތުންވެސް ކޯޓަށް ޙާޟިރުވުމުގެ އަމުރު ޙަވާލުނުކުރެވިގެން މައްސަލަ ޣައިރު
ޙާޟިރުގައި ހިންގަވައި ނިންމަވާފައިވަނީ، ޣައިރު ޙާޟިރުގައި މައްސަލަ ހިންގަވާނެކަމަށް އަންގަވައި އިޢުލާނު
ކުރެއްވުމަށްފަހު، އެ އިޢުލާނުގައިވާ ތާރީޚާއި ގަޑިއަށް އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ޙާޟިރުނުވުމުންކަން އެނގެން އޮތުމުން، އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު
2014/Cv
-
C/2064 ޤަޟިއްޔާ، އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ޣައިރު
ޙާޟިރުގައި ހިންގަވައި ނިންމަވާފައިވަނީ ކޯޓަށް މީހުން ޙާޟިރުކުރުމުގައި ސިވިލް ކޯޓުން ޢަމަލުކުރަންޖެހޭ
އިޖުރާޢަތުތަކާއި އެއްގޮތަށްކަން އެނގެން އޮންނަކަމެވެ.
ހައިކޯ
(ނ) ތިންވަނަ ކަމަކީ، ދައުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި މައްސަލަ ހިންގައި
ޙުކުމްކުރާއިރު، ފަނޑިޔާރު ވަޒަންކުރަންޖެހެނީ އެ މައްސަލައަކާ ގުޅިގެން ހުށަހެޅިފައިވާ ހެއްކާއި ޤަރީނާތަކުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބު ޙުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
8
2015/HC-A/347
މައްޗަށް ކަމުގައިވާއިރު، ހަމައެކަނި ބުނެލާ ބުނެލުމެއްގެ މައްޗަށް ރިޢާޔަތްކުރުމުގެ ބަދަލުގައި ހުށަހެޅިފައިވާ
ހެއްކާއި ޤަރީނާތަކުގެ ޙަޤީޤަތް ކަށަވަރުކުރަންޖެހޭކަމާއި،
ހުށަހެޅިފައިމިވާ މައްސަލާގައި މުޙައްމަދު އަބޫބަކުރުގެ އަތުން ފައިސާތަކެއް އަލްފަތުޙު ޙައްޖު
އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑުން ނަގާފައިވާކަން ސާބިތުކޮށްދިނުމުގެ ގޮތުން، 5 ސެޕްޓެމްބަރު 2014
ގައި ދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުމުގެ ކޮޕީއެއް މުޙައްމަދު އަބޫބަކުރުގެ ފަރާތުން ސިވިލް ކޯޓުގެ
ޝަރީޢަތަށް ހުށަހަޅާފައިވާއިރު، ބުނެވުނު އެއްބަސްވުމަށް ބެލުމުން ތަފާތު އެކި ފަހަރުމަތިން، އަލްފަތުޙު ޙައްޖު
އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑުން ފައިސާތަކެއް ނަގާފައިވާކަން އެނގޭކަމާއި، އަދި އިޝާރާތްކުރެ
އެއްބަސްވުންތަކުގައި ބުނެފައިވާ ތާރީޚުގައި އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ޢަދަދަށް ފައިސާ
ލިބިފައިވާކަމަށް އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މުޞްތަފާ މުޙައްމަދު
ދީދީ ސޮއިކޮށްފައިވާއިރު، ސޮއިކުރިއިރު ހެކިންގެ ގޮތުގައި ޙާޟިރުވެތިބީ އިބްރާހީމް ނާޞިރުއާއި އަޙްމަދު މޫސާ
ކަލޭފާނު ކަމާއި،
ކުރިންވެސް ފާހަގަކުރެވުނު ފަދައިން މި މައްސަލައަކީ އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް
ޕްރައިވެޓް ލިމިޓެޑްގެ ޣައިރު ޙާޟިރުގައި ހިންގުނު މައްސަލައެއްކަމަށްވުމާއެކު، އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ
ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ބަހެއް މި މައްސަލާގައި ލިބިފައިނުވާކަމާއި، އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް
ޕްރައިވެޓް ލިމިޓެޑުން ފައިސާ ނަގާފައިވާކަން ސާބިތުކުރުމަށް މުޙައްމަދު އަބޫބަކުރުގެ ފަރާތުން ހުށަހެޅި
ބަސްވުމު
ވުމުގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި ބުނެވުނު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ދެ ހެކިންކަމުގައިވާ
އިބްރާހީމް ނާޞިރުއާއި އަޙްމަދު މޫސާ ކަލޭފާނު 23 ނޮވެމްބަރު 2014 ގައި ބޭއްވުނު ސިވިލް ކޯޓުގެ
ޝަރީޢަތަށް ޙާޟިރުކުރައްވައި، އެ ފަރާތްތަކުގެ ހެކިބަސް އެ ކޯޓުން ނަންގަވާފައިވާކަން އިސްތިއުނާފުކުރެވޭ
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓާއިއެކު ހިމެނިފައިވާ ލިޔެކިޔުންތަކަށް ބެލުމުން އެނގޭކަމާއި،
އެ ގޮތުން، އިބްރާހީމް ނާޞިރު ސިވިލް ކޯޓުގެ ޝަރީޢަތަށް ދީފައިވާ ބަޔާނުގައި، މި
މައްސަލާގައި ހިމެނޭ ފައިސާގެ މުޢާމަލާތް ހިންގީ އިބްރާހީމް ނާޞިރުގެ ޙާޟިރުގައިކަމަށާއި، ޝަރީޢަތުގެ
މަޖިލިހުން ދެއްކި ސޮޔަކީ އިބްރާހީމް ނާޞިރުކޮށްފައިވާ ސޮއެއްކަމަށާއި، ބުނެވުނު އެއްބަސްވުމަކީ
4 * 9 :
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
9
2015/HC-A/347
ނާޞިރު ތައްޔާރުކުރި ސްވުމެއްކަމަށާއި، އިބްރާހީމް ނާޞިރުއަކީ އެކުންފުނީގެ އެސިސްޓަންޓް
އެކައުންޓެންޓްކަމަށާއި، އެއްބަސްވުމުގައި ބުނާ ފައިސާއަކީ އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް
ލިމިޓެޑުން ނަގާފައިވާ ފައިސާއެއްކަމަށާއި، އެ ލިޔުމުގައި ސޮއިކުރި ވަގުތު އެ ތަނުގައި ޙާޟިރުވެތިބީ އިބްރާހީމް
ނާޞިރުގެ އިތުރުން އަޙްމަދު މޫސާ ކަލޭފާނާއި، މުޙައްމަދު އަބޫބަކުރުއާއި އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް
ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރުކަމުގައިވާ މުޞްތަފާ މުޙައްމަދުދީދީކަމަށް ބުނެފައިވާއިރު، އަޙްމަދު
މޫސާ ކަލޭފާނު ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް ދީފައިވާ ބަޔާނުގައި، މި މައްސަލާގައި ހިމެނޭ ފައިސާގެ
މުޢާމަލާތް ހިނގާފައިވަނީ އަޙްމަދު މޫސާ ކަލޭފާނުގެ ޙާޟިރުގައިކަމަށާއި، ޝަރީޢަތުގެ މަޖިލިހުން ދެއްކި ސޮޔަކީ
އަޙްމަދު މޫސާ ކަލޭފާނު ކޮށްފައިވާ ސޮއެއްކަމަށާއި، އެލިޔުމުގައި ސޮއިކުރި ވަގުތު އެ ތަނުގައި ޙާޟިރުވެތިބީ
އަޙްމަދު މޫސާ ކަލޭފާނުގެ އިތުރުން އިބްރާހީމް ނާޞިރުއާއި، މުޙައްމަދު އަބޫބަކުރުއާއި އަލްފަތުޙު ޙައްޖު އެންޑް
ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރުކަމުގައިވާ މުޞްތަފާ މުޙައްމަދުދީދީ ކަމަށް
ބުނެފައިވާކަން ފާހަގަކުރެވެން އޮތުމުން،
އިސްތިއުނާފު ކުރެވޭ މައްސަލާގައި ހުށަހެޅުނު އެއްބަސްވުމަށާއި، އެ އެއްބަސްވުމުގެ ޞައްޙަކަން
ޙާޟިރުކުރެވުނު ހެކިންގެ ހެކި ބަހުން، ބުނެވުނު އެއްބަސްވުމަކީ އަލްފަތުޙު ޙައްޖު އެންޑް
ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރު ކަމުގައިވާ މުޞްތަފާ މުޙައްމަދު ދީދީ ސޮއިކޮށްފައިވާ،
އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު އަބޫބަކުރުއާ ދެމެދު ވެފައިވާ
.ބަސްވުމެއްކަމާއި، އަދި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ޖުމްލަ -/64,000 $US (ފަސްދޮޅަސް
ހަތަރުހާސް އެމެރިކާ ޑޮލަރު) އާއި -/75,000 ރ. (ހަތްދިހަ ފަސްހާސް ރުފިޔާ) އަކީ އަލްފަތުޙު ޙައްޖު އެންޑް
ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑުން ނަގާފައިވާ ފައިސާއެއްކަން މައްސަލާގައި ހުށަހެޅުނު އެއްބަސްވުމުންނާއި،
ހެކިންގެ ބަހުން އެނގެން އޮތުމުން، އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/2064
ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ އެ މައްސަލާގައި ހުށަހެޅުނު ހެއްކާއި ޤަރީނާއަށް ރިޢާޔަތްކުރައްވައި، އެ
ޙާލަތުގައި މައްސަލާގައި ހިނގާދިޔަ ކަންކަން ކަށަވަރު ކުރެއްވުމަށްފަހުކަން އެނގެން އޮންނަކަމެވެ.
ޑ 4
2 ހއ
ނއ ނގއކޮށް
55
އއބ#
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: irif [email protected] ވެބްސައިޓް www.highcourt.gov.mv
10
2015/HC-A/347
އިސްވެ ބަޔާންވެދިޔަކަންކަން އެގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު
2014/Cv-C/2064 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭފަ
ންނަންޖެހޭފަދަ ޤާނޫނީ ނުވަތަ ޝަރުޢީ
ސަބަބެއް އޮތްކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލުމުގައި ބައިވެރިވި އެއްވެސް ފަނޑިޔާރަކަށް
ނުފެނުނެވެ.
CCC
• ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަކަންކަން އެގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު
2014/Cv-C/2064 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި އަލްފަތުޢު ޙައްޖު އެންޑް ޢުމްރާ ގްރޫޕް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ މައްސަލާގައި ކުރައްވާފައިވާ
ޙުކުމަށް ބަދަލު ގެންނަންޖެހޭ ހަމައެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
އައިކޯޓް
ވެފަ،
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv