ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010-HCA-63 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2010TIC-A/63
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
امرار مع
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޤަޟިއްޔާ ނަންބަރ 63/HC
-
A/2010
• އިސްތިއުނާފުކުރި ފަރާތް:
*ނަން: ޢަބްދުﷲ ޖަމީލު
* އައިޑީ
ކާޑު ނަންބަރ: A033979
*ބަދަލު: ޙަސަން ފަލާޙް
އައިޑީ ކާޑު ނަންބަރ: A101299
*
ދާއިމީ އެޑްރެސް: ހއ،ކެލާ މުރަކަ
މިހާރުގެ އެޑްރެސް: މއ.ދަތުރުނާގެ
ދާއިމީ އެޑްރެސް: ޏ.ފުވައްމުލައް ސިތާނާ
• އިސްތިއުނާފު ރައްދުވި ފަރާތް:
މިހާރުގެ އެޑްރެސް:
*ނަން. އެޓާރނީ ޖެނެރަލްގެ އޮފީސް
*ވަކީލު: ޑެޕިއުޓީ ސްޓޭޓް އެޓަރނީ އޖއ. އާމިނަތު ޝިޒްލީނާ
ou o
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 06 ރަބީޢުލްއާޚިރު 1431
* ނިމުނު ތާރީޚް: 23 ޖުމާދަލްޢާޚިރާ 1432
މެއި
22
2010
26
2011
އިސްތިއުނާ
އުނާފުކުރެވުނު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2010
/
04/VTR
/
RUCT-200
* ނިންމެތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ޤަޟިއްވާ ވަޒީފާއާބެހޭ
0
ހުށަހެޅުނުތާރީޚް: 17
2010 -02
ނިމުނު ތާރީޚް: 22 - 02 - 2010
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 33/6471
ޖީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
، ދިވެހިރާއްޖެ
2
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2010IIC-A63
• ދަޢުވާގެ ޚުލާޞާ:
މިއީ، ވަޒީއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 2010
/
04/VTR
/
RJCT-200 (22
ފެބްރުއަރީ 2010) ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނުވާކަމަށްބުނެ، އެނިންމުން
އިސްތިއުނާފް ކޮށްދިނުންއެދި ހއ.ކެލާ!މުރަކަ ޢަބްދުއްﷲ ޖަމީލުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
ކުރެވުނު ނުކުތާތައް:
oc
01- ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ނަންބަރ 2010
/
04/VTR
/
RICT-200 ގެ
ނިންމެވުމުގެ ލިޔުމަށްބަލާއިރު އެލިޔުމުގެ މައިޞަރުޚީއަކަށް ލިޔެފައިވަނީ "ޓްރައިބިއުނަލްއިން ބެލެން ނެތް
މައްސަލައެއްކަން އަންގާ ލިޔުން" މިގޮތަށްކަމާއި، އެނިންމުމުގައި ޚުލާސާގޮތެއްގަ
ސާގޮތެއްގައިވަނީ
OXO
4 0
ހއ.ކެލާ މުރަކަ ޢަބްދުއްﷲ ޖަމީލު (033979-A) ހއ.ކެލާ ޕަވަރހައުސްގެ
ވަޒީފާއިން ވަކިކޮށްފައިވަނީ ޤަވާޢިދާއި ޚިލާފަށްކަމަށްބުނެ، ، ކެލާ ޕަވަރަހައުސްއަށް ރައްދުވާގޮތަށް، 08
ސެޕްޓެމްބަރ 2009 ދުވަހު، ވަޒީފާއާއިބެހޭ ޓްރައިބިއުނަލަށް ހުށަހެޅުއްވި މައްސަލަ (ނަންބަރ:
2009/VTR/112) ފޯމުގައި މައްސަލަ ރައްދުވާ ފަރާތަކީ ކެލާ ޕަވަރ ހައުސް ކަމަށް ބަޔާންކޮށްފައިވާތީ،
ކެލާ ޕަވަރހައުސްއަކީ ކެލާ ރަށް ކުރިއަރުވާ ކޮމިޓީގެ ތަނަކަށްވީއިރު، ރަށްކުރިއަރުވާ ކޮމިޓީގެ
ކަންތައްތައް ހިންގައި ބަލަހައްޓަނީ ރަށްކުރިއަރުވާ ކޮމިޓީގެ ޤަވާއިދުގެ ދަށުން ކަމަށްވެފައި، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ތަޞްދީޤު ކުރެވުމާއި ގުޅިގެން، "ރަށްކުރިއަރުވާ ކޮމިޓީގެ ޤަވާޢިދު" އަށް
ޤާނޫނީ ޙައިޞިއްޔަތެއް ލިބިފައިނުވާތީ، އެ މައްސަލައަކީ ކެލާ ޕަވަރ ހައުސްގެ މައްޗަށް ކުރެވޭނެ
ދަޢުވާއެއް ނޫންކަމަށް މައްސަލަ ބެލި މަޖިލީހުގެ މެންބަރުން އިއްތިފާޤުވާތީ، މައްސަލަ ހުށަހެޅި ފޯމުގައިވާ،
މައްސަލަ ރައްދުވާ ފަރާތުގެ މަޢުލޫމާތު އިޞްލާޙު ކުރުމުން މައްސަލަ ބެލޭނެކަމަށް، ޓްރައިބިއުނަލްއިން
ޢަބްދުއްﷲ ޖަމީލަށް އަން
ފޯމު އިޞްލާޙު ކޮށްފައިނުވުމުގެ ސަބަބުން 19 ޖެނުއަރީ 2010 ގައި
މައްސަލަ ނަންބަރު 2009/VTR/112 ބާތިލްކޮށްފައިވުމުން، އަލުން އެ މައްސަލަ ބަލައިދިނުމަށް އެދި
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:38964
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
201DHC-A63
ހއ.ކެލާގެ ރަށުއޮފީހަށް ރައްދުވާގޮތަށް، 17 ފެބުރުއަރީ 2010 ވަނަ ދުވަހު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ހުށަހެޅުއްވި މައްސަލަ ނަންބަރު 2010/VTR/61 ގައި ޢަބްދުއްﷲ ޖަމީލު ހުށަހެޅުއްވި އެންމެހައި
ލިޔެކިޔުންތައް ބަލައި ދިރާސާކުރިކުރެއްވުމުން، އެމައްސަލައަކީ ވަޒީފާއިން ވަކިކުރި މައްސަލައަކަށްވެފައި،
ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ހ) އާއި، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ޤަވާޢިދުގެ 07 ވަނަ މާއްދާގެ (ހ)އަށް ރިޢާޔަތްކުރާއިރު، ޢަބްދުއްﷲ ޖަމީލު ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ނަންބަރު 2010/VTR/61 އަކީ ވަޒީފާއިން ވަކިކުރި ތާރީޚުން
ފެށިގެން 3 (ތިނެއް) މަސްދުވަހުގެ މުއްދަތު ހަމަވެފައިވާ މައްސަލައެއް ކަމަށްވާތީ، ޢަބްދުއްﷲ ޖަމީލު
ހުށަހަޅުއްވާފައިވާ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލެންނެތް މައްސަލައެއްކަމުގައި ކަނޑައަޅުއްވައި
މިމައްސަލަ ނިންމެވީކަމަށް " ކަން އެލިޔުމަށް ބެލުމުން އެނގެއެވެ.
8
22
2- ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ނަންބަރ 2010
/
04/VTR
/
RJCT-200 ގެ
ނިންމެވުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ދެކި ޢަބްދުއްﷲ ޖަމީލުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް މައިގަޑު 02 ( ދޭއް) ނުކުތާއެއް ހުށަހަޅައި އެނުކުތާތަކުގެ މައްޗަށް
ވާހަކަ ދައްކާފައިވެއެވެ. އޭގެ ތެރެއިން.
LUO
OU
(ހ) ފުރަތަމަ ނުކުތާއަކީ: ޢަބްދުއްﷲ ޖަމީލް
ހއ.ކެލާ ޕަވަރހައުސްގެ
ސުޕަވައިޒަރެއްގެ ވަޒީފާއިން ވަކިކޮށްފައިވަނީ 01 ސެޕްޓެމްބަރ 2009 ގައިކަމަށާއި މިމައްސަލަ އޭނާ
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެންމެ ފުރަތަމަ ފަހަރަށް ހުށަހަޅާފައިވަނީ 08 ސެޕްޓެމްބަރ 2009 ގައި
ކަމަށާއި، އެއީ ވަޒީފާއިން ވަކިކުރިތް 07 ދުވަހުގެ ތެރޭގައިކަމަށާއި ނަމަވެސް މިމައްސަލައިގައި ދަޢުވާލިބޭ
ފަރާތްކަމަށް ލިޔެފައިވާ ފަރާތުގެ ޤާނޫނީ ޙައިޘިއްޔަތާމެދު ސުވާލުކުރައްވައި މައްސަލަ ނުބެލޭނެކަމަށް
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ޢަބްދުއްﷲ ޖަމީލަށް އަންގަވާފައިވަނީ 19 ޖެނުއަރީ 2010
ގައިކަމަށްވުމުން، ދަޢުވާލިބޭ ފަރާތް ބަދަލުކޮށް މައްސަލަ ދެވަނަ ފަހަރަށް ހުށަހެޅީ 17 ފެބުރުއަރީ 2010
ގައިކަމަށާއި، އެއީ 08 ސެޕްޓެމްބަރ 2009 ގައި ހުށަހެޅި މައްސަލައާމެދު ޓްރައިބިއުނަލުން އެއްޗެއް
ވިދާޅުވިތާ 29 ދުވަހުގެ ތެރޭގައިކަމަށާއި ،އެހެންކަމުން ޢަބްދުއްﷲ ޖަމީލު ވަޒީފާއިން ވަކިކުރުމާއި
މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމާއި ދެމެދު ހިނގާފައިވަނީ 07) ދުވަހާއި 20 ދުވަހާއި އެކު
ދިވެހިރާއްޖޭގެ ޖު
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:33647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2010/HC-A/63
މުޅި ޖުމްލަ 36 ދުވަސްކަމަށް ފެންނަކަމަށާއި،ޢަބްދުﷲ ޖަމީލް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް މައްސަލަ
ހުށަހެޅުމުން މައްސަލައިގައި ޖަވާބެއް ނުދެއްވައި، މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ބާއްވައިގެން
ޓްރައިބިއުނަލުން ތިއްބެވި ދުވަސްތައް އެއީ، ޓްރައިބިއުނަލްގެ ޤަވާޢިދުގެ ދަށުން މައްސަލަ ހުށަހަޅަން
ޢަބްދުއްﷲ ޖަމީލަށް ލިބުނު މުއްދަތުގެ ބައެއްކަމަށް ޓްރައިބިއުނަލަށް ނިންމެވޭނެ އެއްވެސް ޤާނޫނީ
ޝަރުޢީ ނުވަތަ ޢަދުލު އިންޞާފާ ގުޅޭ އެއްވެސް ހަމައެއް ނޯންނާނޭ ކަމަށްބުނެ ހުށައެޅި ނުކުތާއެވެ.
oxo
(ށ) ދެވަނަ ނުކުތާއަކީ :ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަ
އިޖުރާއީ ސަބަބަކަށްޓަކައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލެން ނެތްކަމަށް އަންގަވައިފި ޙާލަތެއްގައި، އެ
އިޖުރާއީ ކަމެއް އިޞްލާޙުކޮށް އެމައްސަލަ ހުށަހެޅުމާއި ބެހޭގޮތުން ވަޒީފާއާބެހޭ ޤާނޫނުގައިވެސް އަދި
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދުގައިވެސް އެއްވެސް އެއްޗެއް ބުނެވިފައިނުވާ ހިނދު، އަދި ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ޤަވާޢިދުގެ 06 ވަނަ މާއްދާގެ (ށ)ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅަން
ދީފައިވާ 03 މަސްދުވަސް ފާއިތުވުމަށްފަހުވެސް އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބެއް
ހުށަހަޅައިފިނަމަ، އެކަމަކަށް ރިޢާޔަތްކޮށް މައްސަލަ ބަލައިގަތުމުގެ އިޚްތިޔާރު ޓްރައިބިއުނަލަށް
ލިބިގެންވާކަމުގައި ބަޔާންކޮށްފައި ވަނިކޮށް ޢަބްދުއްﷲ ޖަމީލުގެ އިޚްތިޔާރުން ބޭރުގައި ވަޒީފާއާބެހޭ
ޓްރައިބިއުނަލުގައި 04 މަހާއި 11 ދުވަސް ވަންދެން މައްސަލަ ބޭއްވުމަށްފަހު، މައްސަލަ ހުށަހަޅަން
ދީފައިވާ މުއްދަތު ހަމަވެއްޖެކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުމަކީ ވަޒީފާއާބެހޭ ޤާނޫން
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ދެކޭކަމަށް ބުނެ ހުށައެޅި
· · 432
ނިކrއވެ
03- މިމައްސަލައިގައި ދަޢުވާލިބޭ ފަރާތުގެ ގޮތުގައި ޢަބްދުﷲ ޖަމީލް ފަރާތުން ހުށައެޅި
އިސްތިއުނާފް ފޯމުގައި ލިޔެފައިވާ އެޓާރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ބުނެފައިވަނީ، ޢަބްދުﷲ ޖަމީލު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެންމެ ފުރަތަމަ ހުށައެޅުއްވި
މައްސަލަ (ނަމްބަރ 2009/VTR/112 ) ހުށަހެޅުއްވީ 08 ސެޕްޓެމްބަރ 2009 ގައި ކަމަށާއި،
އެމައްސަލައިގައި މައްސަލަ ރައްދުވާ ފަރާތެއް ކަމަށް ވިދާޅުވެފައިވާ ހއ.ކެލާ ޕަވަރ ހައުސްއަކީ ޤާނޫނީ
ޙައިޞިއްޔަތެއް ނެތް ތަނަކަށް ވާތީ، އެފަރާތުގެ މައްޗަށް ދަޢުވާ ނުކުރެވޭނެކަމަށް ވަޒީފާއާބެހޭ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
42
5
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2010/HC-A/63
ޓްރައިބިއުނަލަށް ފެންނާތީ، އެމައްސަލަ ކުރިއަށް ނުގެންދެވިގެން އެމައްސަލަ ބާތިލުކުރެއްވީކަމަށާއި،
އެއަށްފަހު ދެވަނަ ފަހަރަށް ޢަބްދުﷲ ޖަމީލު ހުށައެޅުއްވި 2011/VTR/61 ނަންބަރު މައްސަލަގައި،
ކުރިން ހުށައެޅި މައްސަލައިގެ ދަވާރައްދުވާފަރާތް ބަދަލުކުރުމަށްފަހު އަލުން ހުށަހެޅީ 17 ފެބުރުއަރީ
2010 ގައި ކަމުން، މިމައްސަލަ ބެލެންނެތްކަމަށް ކަނޑައަޅުއްވާފައިވާ ސަބަބަކީ މިމައްސަލަ ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ހުށަހަޅުއްވާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އޭރު ޢަމަލުކުރަމުންގެންދިޔަ ޤަވާޢިދުގެ
07 ވަނަ މާއްދާގެ (ހ)ގައި ބަޔާން ކުރައްވާފައިވާ 03 މަސްދުވަސް މުއްދަތު ފާއިތުވެފައިވާތީއާއި، އަދި
ކުރިން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު 2009/VTR/112 ގެ މައްސަލާގައި މައްސަލަ ރައްދުވާ
ފަރާތް ބަދަލުކުރުމަށް ތަކުރާރުކޮށް އެންގުމުން އެކަންއެގޮތަށް ޢަބްދުއްﷲ ޖަމީލު ކޮށްފައިނުވާތީކަމަށެވެ.އަދި
ޢަބްދުއްﷲ ޖަމީލު ވަޒީފާއިން ވަކިކުރެވުނީ 01 ސެޕްޓެމްބަރ 2009 ގައި ކަމަށްވެފައި، ދަޢުވާލިބޭ ފަރާތް
އިޞްލާޙުކޮށްފައި ދެވަނަ ފަހަރަށް މައްސަލަ ހުށަހެޅީ 17 ފެބުރުއަރީ 2010 ގައިކަމުން، މިދޭތެރޭގައި 03
މަސްދުވަހަށްވުރެ ދިގުމުއްދަތެއް ފާއިތުވެފައިވާތީ، ދެވަނައަށް ހުށަހެޅުނު މައްސަލަ ބެލެން ނެތްކަން
ކަނޑައެޅުއްވީކަމަށާއި، ދެވަނަ ފަހަރަށް ޢަބްދުﷲ ޖަމީލު ހުށަހެޅުއްވި މައްސަލަ 03 މަސްދުވަސް ފާއިތުވި
ފަހުން ހުށަހަޅަން ޖެހުނު ސަބަބު ޢަބްދުއްﷲ ޖަމީލަށް ބަޔާންކޮށްދެވިފައިނުވާތީ، މިމައްސަލާގައި
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ޢަމަލުކޮށްފައިވަނީ ޤާނޫނާ ޤަވާޢިދާ އެއްގޮތަށް ކަމަށް ދެކޭކަމަށެވެ.
Cox O
02
04- މިމައްސަލައާ ގުޅިގެން ދަޢުވާކުރާ ފަރާތުންނާއި ދަޢުވާލިބުނު ފަރާތުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ދެއްކި ވާހަކަ ތަކަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ
ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިހިނދު، މިމައްސަލަ ބެލި، ހައިކޯޓުގެ
ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައި ވެއެވެ.
022
2 ދީ
OLOL
(ހ) ފުރަތަމަކަމަކީ: ހއ.ކެލާ މުރަކަ ޢަބްދުﷲ ޖަމީލް ، ހއ.ކެލާޕަވަރ ހައުސްގެ ސުޕަވައިޒަރ
| ގެވަޒީފާއިން 01 ސެޕްޓެމްބަރ 2009 ގައި ވަކިކޮށްފައިވާތީ، އޭނާ ވަޒީފާއިން ވަކިކުރި މައްސަލަ
މައްސަލަހުށައަޅާފައިވާކަން ވަޒީފާއާބެހޭ ޓްރައިބިއުނަލް ގެ ނަމްބަރ 2010
/
04/VTR
/
RJCT-200 "
ޓްރައިބިއުނަލުން ބެލެން ނެތް މައްސަލައެއްކަން އަންގާ ލިޔުން" އަށް ބެލުމުން އެނގެންއޮތުމުން،
2009
ހައިކޯޓް
t
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 336471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2010IC-A/63
ޢަބްދުﷲ ޖަމީލް ވަޒީފާއިން ވަކިކުރި މައްސަލަ އޭނާ ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ހުށައަޅާފައިވަނީ
ޤާނޫނު ނަންބަރ 2/2008 ( ވަޒީފާއާއި ބެހޭ ޤާނޫނު) އާއި، އެޤާނޫނުން ބާރުލިބިގެން ހަދާފައިވާ
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދުގައި އޮންނަ މައްސަލައެއް ނުވަތަ ޚިލާފެއް އުފެދުނު ތާރީޚުން
ފެށިގެން 3 މަސްދުވަހުގެ ތެރޭގައި" ކަން އެންގެން އޮތްކަން.
II
o · 4
I
(ށ) ދެވަނަކަމަކީ: ޢަބްދުﷲ ޖަމީލް ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލް
އަށް ހުށައަޅާފައިވަނީ، ވަޒީފާއާބެހޭ ޤާނޫނާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދު ލާޒިމުކުރާ މުއްދަތުގެ
ތެރޭގައިކަން އެނގެން އޮތް އިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް އެމައްސަލަ ރަޖިސްޓްރީ ކުރި
ދުވަހުންފެށިގެން ވަޒީފާއާބެހޭ ޤާނޫނުން އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދުން ލާޒިމްކުރި މުއްދަތު
ނިމުމަމަކަށް އައީކަމުގައި ބަލަންޖެހޭކަމާއި، އެހެނީ ވަޒީފާއާބެހޭ ޤާނޫނުގައި އަދި ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ޤަވާޢިދުގައި ޝަރުތުކުރަނީ ވަކި މުއްދަތެއްގައި މައްސަލަހުށައެޅުން ކަމަށްވާއިރު،
މިމައްސަލަ އެމުއްދަތުގައި ހުށައެޅުމުން ޤާނޫނުން އަދި ޤަވާޢިދުން ލާޒިމްކުރި ޝަރުތުފުރިހަމަވެފައިވާ
ކަމުގައި ބެލެވެން ޖެހޭތީކަން.
Occc
0x320
(ނ) ތިންވަނަ ކަމަކީ: ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލައެއް ، އެޓްރައިބިއުނަލް
އަށް ހުށައަޅަންޖެހޭ މުއްދަތުގައި ހުށައަޅާފައި ވަނިކޮށް އިޖުރާއީ ސަބަބަކަށްޓަކައި އެމައްސަލައެއް
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލެން ނެތްކަމަށް އަންގަވައިފި ޙާލަތެއްގައި، އެ އިޖުރާއީ ކަމެއް
އިޞްލާޙުކޮށް އެމައްސަލަ ހުށަހެޅުމާއި ބެހޭގޮތުން އަދި މިފަދަ މައްސަލައެއް ހުށައަޅަންޖެހޭ މުއްދަތަކާއި
ގުޅޭގޮތުން ވަޒީފާއާބެހޭ ޤާނޫނުގައިވެސް އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދުގައިވެސް އެއްވެސް
އެއްޗެއް ބުނެވިފައިވާ ކަން އެނގެންނެތްއިރު، ޢަބްދުﷲ ޖަމީލުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް
މައްސަލަ ހުށައެޅުމުން އެމައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ރަޖިސްޓްރީ ކުރުމަށްފަހު، އެމައްސަލަ
ރައްދުވާ ފަރާތުގެ ޤާނޫނީ ޙައިސިއްޔަތެއްނެތްކަމަށް ބުނެ މައްސަލަ ބާތިލުކޮށްފައިވަނީ، މައްސަލަ ހުށައެޅިތާ
04 މަހަށް ވުރެ ގިނަދުވަސްވެފައިވަނިކޮށް ކަމަށްވެފައި، މައްސަލަ ރައްދުވާ ފަރާތުގެ ޤާނޫނީ
ޙައިސިއްޔަތާއި މެދު ގޮތެއް ނުނިންމާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި މައްސަލަ އޮތް މުއްދަތަކީ ،
ޢަބްދުﷲ ޖަމީލު ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް މައްސަލަ ހުށައަޅަން ޤާނޫނުގައި އަދި ޤަވާޢިދުގައި
ލާޒިމުކުރާ 03 މަސްދުވަހުގެ ތެރޭގައި އެކަމުގައި ބަލާ، އެމުއްދަތު އޭގެ ތެރޭގައި ގުނުމަކީ
އިންސާފުގެ ހަމައިން ބަލާއިރު ހަމަޖެހޭކަމަކަށް ނުވާކަން.
047 ހ23
و ترمیم ما
އައިކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2010/HC-A/63
0..
އަމު
OXO
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށް، ހއ.ކެލާ މުރަކަ ޢަބްދުﷲ ޖަމީލް
ހއ.ކެލާޕަވަރ ހައުސްގެ ސުޕަވައިޒަރ 1 ގެވަޒީފާއިން 01 ސެޕްޓެމްބަރ 2009
ވަކިކޮށްފައިވާތީ، އޭނާ ވަޒީފާއިން ވަކިކުރި މައްސަލަ ބަލައިދިނުމަށް އެދި ވަޒީފާއާއި ބެހޭ
ޓްރައިބިއުނަލްއަށް 08 ސެޕްޓެމްބަރ 2009 ގައި މައްސަލަހުށައަޅާފައިވާކަން އެނގެން އޮންނާތީއާއި، މި
މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ހުށައެޅުމުން މިމައްސަލައަކީ އިޖުރާއީގޮތުން ވަޒީފާއާ ބެހޭ
ޓްރައިބިއުނަލް އަށް ބެލެން އޮތް މައްސަލައެއްކަން ނުވަތަ ނޫންކަން ކަނޑައަޅާފައިވަނީ މައްސަލަ
ހުށައެޅިތާ 04 މަސް ދުވަސް ފާއިތުވީ ފަހުންކަން ފެންނަން ހުރި ލިޔެކިޔުންތަކުން އެނގެންއޮތް އިރު،
މައްސަލަ ރައްދުވާ ފަރާތްބަދަލުކޮށް ، ކުރީގެ މައްސަލައިގެ މައުޟޫޢުގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލް
އަށް ޢަބްދުﷲ ޖަމީލުގެ ފަރާތުން މައްސަލަ ހުށައެޅުމުން އެމައްސަލައަކީ ޢަބްދުﷲ ޖަމީލު ވަޒީފާއިން
ވަކިކުރި ތާރީޚުން ފެށިގެން 03 ( ތިނެއް) މަސްދުވަހުގެ މުއްދަތު ހަމަވެފައިވާ މައްސަލައަކަށްވާތީ ،
ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަށް ބެލުން ނެތްމައްސަލަ އެއްކަމަށް އެޓްރައިބިއުނަލްގެ ނަންބަރ -200
2010
/
04/VTR
/
RJCT އިން ނިންމި ނިންމުން ބާތިލުކުރުމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުންގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައެޅުމާއި އެކު، ޢަބްދުﷲ ޖަމީލް ހއ.ކެލާ ޕަވަރހައުސްގެ
ސުޕަވައިޒަރގެ ވަޒީފާއިން ވަކިކުރި މައްސަލަ ބަލައިދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް
ހުށައަޅައިފިނަމަ، އެމައްސަލަބެލުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލް އަންގް އެގޮތުގެ މަތިން މި
ޤަޟިއްޔާނިންމީއެވެ.
uc
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv