ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/51 ޤަޟިއްޔާގެ ޙުކުމް
1
2{014/HC-A/51
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ރާއްޖެ
.
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: HC
-
A51/2014
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޢަބްދުއްސައްތާރު ޢަލީ
* ދާއިމީ އެޑްރެސް: ގުލާބީގެ| ހދ.ކުޅުދުއްފުށި
މިހާރުގެ އެޑްރެސް: ދޮންފަތް
.ފަތްބަގީޗާގެ /ހދ.ކުޅުދުއްފުށި 2 އައިޑީކާޑް ނަންބަރު: A003296
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
• ރަޖިސްޓްރީކުރެވުނު ތާރީޚް: 04 މާރޗް 2014
ނިމުނު ތާރީޚް: 26 ނޮވެމްބަރ 2014
އިސްތިއު
ފުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr
-
C/1269
ޤަޟިއްޔާ.
• ޤަޟިއްޔާގެ ބާވަތް: މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިކުރަން އުޅުން.
ނިންމެވި ކޯޓް: ކްރިމިނަލް ކޯޓު
ހުށަހެޅި ތާރީޚް: 31 އޮކްޓޯބަރ 2011
ނިމުނު ތާރީޚް: 26 ނޮވެމްބަރ 2013
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW
.
highcourt.gov.mv
2
2014/HC-A/51
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ދަޢުވާގެ ޚުލާޞާ
<< O
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr
-
C/1269 ޤަޟިއްޔާ ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި
ހދ.ކުޅުދުއްފުށީ ގުލާބީގެ ޢަބްދުއްސައްތާރު ޢަލީ ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އެވެ.
43ދe
ގަކުރެވުނު ނުކުތާތައް
-1
1269/Cr-C/2011
2 22 22
ދި
ކްރިމިނަލް ނަންބަރު
ޤަޟިއްޔާ އަކީ
ހދ.ކުޅުދުއްފުށި(ގުލާބީގެ ޢަބްދުއްސައްތާރު ޢަލީ، ޙުސައިން އާތިފް އާއި، އިސްމާޢީލް ޝަހީމް އާދަމްއާ
ގުޅިގެން 2011 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިކުރަން
އުޅޭފައިވާ ކަމަށް ބަޔާންކޮށް ގާނޫނު ނަންބަރު 17/77 (މަސްތުވާ ތަކެއްޗާ ބެހޭ ޤާނޫނު ) ގެ 2 ވަނަ
މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ރ) ގެ ދަށުން މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިކުރަން
އުޅުމުގެ ކުށުގައި ދައުލަތުގެ ފަރާތުން، ޢަބްދުއްސައްތާރު ޢަލީގެ މައްޗަށް ދަޢުވާ ހުށަހެޅުމުން ކްރިމިނަލް
ކޯޓުން ބެލެވުނު ޤަޟިއްޔާއެއްކަމާއި،
އެޤްޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ" ދެންފަހެ ހދ.ކުޅުދުއްފުށި! ގުލާބީގެ
ޢަބްދުއްސައްތާރު ޢަލީގެ މައްޗަށް ކުޅެ މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިކުރަން އުޅުމުގެ ކުށުގެ
ދަޢުވާ ޝަރީޢަތުން ބެލިއިރު، ޢަބްދުއްސައްތާރު ޢަލީ، އިސްމާޢީލް ޝަހީމް (އިއްޕަ) އާއި، ޙުސައިން ޢާޠިފް
(ޕްރޭމް ) އާ ގުޅިގެން، 2011 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި މަނާކުރެވިފައިވާ މަސްތުވާތަކެތީގެ
ވިޔަފާރިކުރަން އުޅެފައިވާކަން، އެކަށީގެންވާ ޝައްކެތްނެތި ޝަރީޢަތަށް ސާބިތުވާތީ، ޤާނޫނު ނަންބަރު
17/2011 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު)ގެ 109ވަނަ މާއްދާގެ (ށ) ދަށުން ޖަދުވަލު 1 ގައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW
.
Highcourt.gov.mv
3
2{014/HC-A/51
މަސްތުވާއެއްeއެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޓްރެފިކްކުރަން އުޅުމުގެ ކުށުން ޢަބްދުއްސައްތާރު ޢަލީ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި،
މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ މާއްދާގެ (ރ) ގެ ދަށުން ހދ.ކުޅުދުއްފުށީ ގުލާބީގެ ޢަބްދުއްސައްތާރު
ޢަލީ 18 (އަށާރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު -/15000ރ (ހަށްދިހަ ފަސް ހާސް ރުފިޔާ)
އިން ޖޫރިމަނާކުރުމަށް މިޖޫރިމަނާ ފައިސާ މިއަދު (26 ނޮވެމްބަރ 2013 ) ން ފެށިގެން 01
(އެކެއް) މަސްދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކާ ޚަލާސްކުރުމަށް ޢަބްދުއްސައްތާރު ޢަލީއަށް އަންގާ،
ޙުކުމް ކޮށްފީމެވެ." މިފަދައިން ކަން އެނގެން އޮވެއެވެ.
05e099
4ކމެކެނ،
އެދި
<< o
2- ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr
-
C/1269 ޤަޟިއްޔާ ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ އެމައްސަލަ އިސްތިއުނާފުކުރުމަށް
ހދ.ކުޅުދުއްފުށީ ގުލާބީގެ ޢަބްދުއްސައްތާރު ޢަލީ ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް 03 (ތިނެއް) ނުކުތާ ހުށަހަޅައި އެނުކުތާތަކުގެ މައްޗަށް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
1- ފުރަތަމަ ނުކުތާއަކީ، އިސްތުނާފު ރައްދުވާ ފަރާތުން ދަށުކޯޓު މަރުހަލާގައި
އިސްތިއުނާފު ކުރާ ފަރާތާއި ދެކޮޅަށް ހުށަހަޅާފައިވާ ހެއްކަކީ ޤާނޫނު އަސާސީގެ 52 ވަނަ މާއްދާ އަދި 24
ވަނަ މާއްދާއާ ޚިލާފަށް ދައުލަތުން ހުށަހަޅާފައިވާ ހެއްކަކަށް ވީނަމަވެސް، މިކަމަށް ދަށުކޯޓުން ފަނޑިޔާރު
4 2 499
ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި
ނެކެޏވެ"
2- ދެވަނަ ނުކުތާއަކީ، އިސްތިއުނާފުކުރާ ފަރާތާއި ދެކޮޅަށް ދަށުކޯޓުގައި ބޭނުންކޮށްފައިވާ
މަޢުލޫމާތު އުފަންކުރުވާ ކޯޓު އަމުރުތައް އިސްތިއުނާފުކުރާ ފަރާތަށް ހިއްސާކުރުމަށް އެދުމުންވެސް ދަށު ކޯޓު
މަރުޙަލާގައި ޙަވާލާދެވިފައިވާ ކޯޓު އަމުރުތައް އެފަރާތާއި ހިއްސާކޮށްފައިނުވާކަމާއި ޤާނޫނު އަސާސީގެ 51
ޑިއިރެއްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
niglhcourt.gov.mv
2014/HC-A/51
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ވަނަ މާއްދާގެ (ބ) ކަށަވަރުކޮށްދީފައިވާ ޙައްޤުން އިސްތިއުނާފުކުރާ ފަރާތް މަހްރޫމް ކުރުވާނޭ ކަމަކަށް
ވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
3- ތިންވަނަ ނުކުތާއަކީ، އިސްމާޢީލް ޝަހީމް (އިއްޕަ) އާ ގުޅިގެން، 2011 ވަނަ
އަހަރުގެ ޖޫން މަހުގެ ތެރޭގައި މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔާފާރިކުރަން އިސްތިއުނާފުކުރާ ފަރާތުން
އުޅެފައިވާކަން ދަށުކޯޓަށް ސާބިތުވެފައިވަނީ ހަމައެކަނި އިސްތިއުނާފު ކުރާ ފަރާތްދެކޮޅަށް ހުށަހެޅިފައިވާ
އެފަރާތުން ކޮށްފައިވާ ފޯނުކޯލުތަކަކަށް ކަމުގައި ވެފައި އަދި އެފޯނު ކޯލުތަކުގައި ދައްކާފައިވާ ވާހަކައަކީ
ކޮންއެއްޗަކާ ބެހޭ ވާހަކައެއްކަން ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ލާޒިމްކުރާ މިންވަރަށް
ސާބިތުކޮށްދެވިފައި ނެތް ނަމަވެސް މިކަމަށް ދަށު ކޯޓު ފަނޑިޔާރު ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި
ނުކުތާއެވެ.
3- ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/1269 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށާއި އެ މައްސަލަ އިސްތިއުނާފު ކުރުމަށް ހދ.ކުޅުދުއްފުށީ ގުލާބީގެ ޢަބްދުއްސައްތާރު ޢަލީ
ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު
2011/Cr
-
C/1269 ޤަޟިއްޔާ އަށް ބަލާއިރު އެޤަޟިއްޔާއިން ބައްލަވާފައިވާ މައްސަލައަކީ، މިމައްސަލަ
އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ހދ. ކުޅުދުއްފުށި(ގުލާބީގެ، ޢަބްދުއްސައްތާރު ޢަލީ، ޙުސައިން އާތިފް
އާއި، އިސްމާޢީލް ޝަހީމް އާދަމް ގުޅިގެން 2011 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި، މަނާކުރެވިފައިވާ
މަސްތުވާތަކެތީގެ ވިޔަފާރިކުރަން އުޅެފައިވާކަމަށް ބަޔާންކޮށް، ގާނޫނު ނަންބަރު 17/77 ( މަސްތުވާ
ތަކެއްޗާ ބެހޭ ޤާނޫނު ) ގެ ދެވަނަ މާއްދާގެ (ހ) އާ ޙަވާލާދީ
އެމާއްދާގެ (ރ) ގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮޔާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2{014/HC-A/51
497
ކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިން ކަމަށް ބަޔާންކޮށް އިސްތިއުނާފު މިކުރެވޭ ޤާޟިއް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޢަބްދުއްސައްތާރު ޢަލީގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިކުރަން އުޅުމުގެ ކުށުގައި
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދަޢުވާ ކުރުމުން ބެލިފައިވާ މައްސަލައެއްކަން އެނގޭކަމާއި،
ދައުލަތުން ޢަބްދުއްސައްތާރު ޢަލީގެ މައްޗަށް ކުޅެ މަނާކުރެވިފައިވާ މަސްތުވާތަކެތީގެ
ވިޔަފާރިކުރަން އުޅުމުގެ ކުށުގެ ދަޢުވާ އަށް ޢަބްދުއްސައްތާރު ޢަލީ އިންކާރުކޮށްފައިވާކަން އިސްތިއުނާފު
މިކުރެވޭ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނަ ކަމާއި، ދައުލަތުން
ޢަބްދުއްސައްތާރު ޢަލީގެ މައްޗަށް ކުޅު ދަޢުވާ އަށް އިންކާރުކޮށްފައިވާތީ މައްސަލަ ސާބިތުކުރުމުގެ
ގޮތުން ހެކީގެ ގޮތުގައި ޝަރީޢަތަށް ހުށަހަޅާފައިވަނީ ޢަބްދުއްސައްތާރު ޢަލީ އެހެންމީހަކާ ދެމެދު ފޯނަކުން
ވާހަކަ ދެކެވިފައިވާ ކަމަށް ދައުލަތުން ބުނާ އޯޑިއޯ ރެކޯޑިންގ އާއި، ކޯލް ރިކޯޑިންގ ސްކްރިޕްޓާއި،
އެއޯޑިއޯ ރިކޯޑިންގގެ އެނާލިސިސް ރިޕޯޓާއި އަދި އެއޯޑިއޯ ތަކުގެ އެނާލިސިސް ރިޕޯޓް ތައްޔާރުކުރި
ފަރާތުގެ ހެކިބަސްކަން އިސްތިއުނާފު މިކުރެވޭ ޤަޟިއްޔާގައި ދަށު ކޯޓުގައި 8 ޖުލައި 2012 ދުވަހު ގައި
ދައުލަތުގެ ވަކީލުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުން އެނގެން އޮންނަ ކަމާއި، އެހެން
ކަމުން ޢަބްދުއްސައްތާރު ޢަލީގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލަ ބިނާކޮށްފައިވަނީ އިސްވެ ބުނެވުނު
އޯޑިއޯ ރިކޯޑިންގ ތަކުގެ މައްޗަށް ކަން އެނގެން އޮންނަ ކަމެވެ.
(ށ) ދެވަނަ ކަމަކީ، ދައުލަތުގެ ފަރާތުން ޢަބްދުއްސައްތާރުގެ މައްޗަށް މައްސަލަ
ސާބިތު ކުރުމަށް ހުށަހަޅާފައިވާ އިސްވެދެންވެނު އޯޑިއޯ ރެކޯޑިންގ ތަކުގެ ސްކްރިޕްޓަށް ބަލާއިރު އޭގެ
ތެރޭގައި ހިމެނެނީ، 15 ޖޫން 2011 ވަނަ ދުވަހު ރެކޯޑުކޮށްފައިވާ ކަމަށް ބަޔާންކުރެވިފައިވާ 01
(އެކެއް) ފޯނު ކޯލް ރިކޯޑިންގ ސްކްރިޕްޓާއި 23 ޖޫން 2011 ވަނަ ދުވަހު ގައި ރިކޯޑުކޮށްފައިވާ
ކަމަށް ބުނާ 03 (ތިނެއް) ފޯނު ކޯލުގެ ރިކޯޑިންގ ސްކްރިޕްޓް ކަމާއި،
މިދެންނެވުނު ފޯނު ކޯލުތައް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ރެކޯޑު
އީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW
.
Highcourt.gov.mv
6
2014/HC-A/51
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޙަވަލާދެއްވާފައިވަނީ 23 ޖޫން 2011 ގެ 19:10 ގައި ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ ނަންބަރު
2011
/
011/J
(
SMFD-145 ކޯޓުއަމުރާއި އަދި 06 ޖޫން 2011 ގެ 22:00 ގައި ކްރިމިނަލް
ކޯޓުން ނެރުއްވާފައިވާ ނަންބަރު 2011
/
003/J
(
SMFD-145 ކޯޓުއަމުރަށް ކަމަށްވާއިރު،
2 43 4
ދެންނެވުނު ކޯޓު އަމުރުތަކަށް ބަލާއިރު 23 ޖޫން 2011 ގެ 19:10 ގައި ކްރިމިނަލް ކޯޓުން
ނެރުއްވާފައިވާ ނަންބަރު 2011
/
11/J
(
SMFD-145 ކޯޓުއަމުރަކީ މ.ކުދެހިގެ ޙުސައިން ޢާޠިފު
ބޭނުންކުރާ 9999940 ނަންބަރު ފޯނާއި، އަދި އޭނާއާއި ޙާއްޞަ ގުޅުމެއް އޮންނަކަމަށް ފުލުހުންނަށް
އެނގިފައިވާ ނަންބަރު 9995557 ފޯނާއި، އެ ދެ ނަންބަރު ފޯނު މެދުވެރިކޮށް ހިންގޭ މުއާސަލާތުގެ
އަޑުތަކުގެ ރިކޯޑިންގއާއި، ކޯލްތަކުގެ ތަފްސީލާއި، ޓެކްސްޓް މެސެޖްތަކުގެ މަޢުލޫމާތު ހޯދާ ބޭނުންކުރުމަށް
ހުއްދަ ދެއްވާފައިވާ އަމުރެއްކަމާއި އެއަމުރުގެ ދަށުން ހުއްދަ ދެއްވާފައިވަނީ 23 ޖޫން 2011 އިން
[
23 ސެޕްޓެމްބަރު 2011 އަށްކަން އެއަމުރަށް ބެލުމުން އެނގެންއޮންނަ
ންނަކަމާއި،
އަދި، 06 ޖޫން 2011 ގެ 22:00 ގައި ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ
ނެރުއްވާފައިވާ ނަންބަރު
2011
/
003/JSMFD-145 ކޯޓުއަމުރަށް ބަލާއިރު، އެއަމުރަކީ، ތ.ތިމަރަފުށި ކަރަންކާވިލާ އިސްމާޢީލް
ޝަހީމް ބޭނުންކުރާ 9730088 ނަންބަރު ފޯނު މެދުވެރިކޮށް ހިންގޭ މުއާސަލާތުގެ އަޑުތަކުގެ
ރިކޯޑިންއާއި، ކޯލް ތަކުގެ ތަފްސީލާއި، ޓެކްސް މެސެޖްތަކުގެ މަޢުލޫމާތު ހޯދާ ބޭނުން ކުރުމަށް ހުއްދަ
ދެއްވާފައިވާ އަމުރެއް ކަމާއި، އެއަމުރުގެ ދަށުން ހުއްދަ ދެއްވާފައިވަނީ 06 ޖޫން 2011 އިން 06
ސެޕްޓެމްބަރ 2011 އަށް ކަން އެނގޭކަމާއި
ހރި 0
2
24
3
19ނކރވާން
އިސްތިއުނާފު މިކުރެވޭ ޤަޟިއްޔާއަށް ބަލާއިރު، މައްސަލަ އިސްތިއުނާފު ކުރާ ޢަބްދުއްސައްތާރު
ޢަލީ ބޭނުންކުރާ ނަންބަރަކީ 9990656 ކަމަށް ބަޔާން ކޮށްފައިވާކަމާއި، އިސްވެ.
ދެއަމުރަށް ބަލާއިރު އެ އަމުރުތަކުގެ ތަރަހައިން މަޢުލޫމާތު ހޯދާ ބޭނުންކުރުމަށް ދެއްވާފައިވާ ހުއްދަ އަކީ
ޢަބްދުއްސައްތާރު ޢަލީގެ ފޯނު ނަންބަރު މެދުވެރިކޮށް ހިންގޭ މުޢާސަލާތުގެ އަޑުތަކުގެ ރެކޯޑިންގ
ޑެނިއެއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
niglhcourt.gov.mv
7
2014/HC-A/51
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ކޯލުތަކުގެ ތަފްސީލްއާއި ޓެކްސްޓް މެސެޖްތަކުގެ މަޢުލޫމާތު ހޯދާ
&22
0
2
2 ތ 8
ބޭނުންކުރުމަށް
ދެވިފައިވާ
7ތ ތކތ ދ ތ
ހއ.އެކަން
އެނގެން ނެތްކަމެވެ.
ބޭނުންކުރެވޭނ
ކަމާބެހޭ
4
2 ތކތ
ہم سرگرمیا سری
(ނ) ތިންވަނަ ކަމަކީ، ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި، ގޮވަތި
ގެދޮރާއި، އަނެކުންނާކުރާ ޒާތީ މުއާޞަލާތުތަކީ ޙުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަންކަމަށާއި، ހަމަ
ކޮންމެ މީހަކުމެ، އަނެކުންގެ މިބުނެވުނު ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތަންވާނެކަމަށް ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެއްވެސް ބައެއްގެ މެދުގައި
ހިނގާފައިވާ ޒާތީ މުއާޞަލާތެއް ހެއްކެއްގެ ގޮތުގައި އެމުއާޞަލާތެއް ހޯދައިގަނެވިފައިވަނީ
ޝަރުޢީ ކޯޓެއްގެ ހުއްދަ އޮވެގެންކަމަށްވާނަ
ވާނަމަކަމާއި، އަދި ޤާނޫނެއްގައި
ކަނޑަނާޅާނީސް، އެނޫންގޮތަކަށް ހޯދިފައިވާ، ދެމީހެއްގެ ދެމެދުގައި ފޯނަކުން ކުރެވިފައިވާ މުޢާމަލާތެއްފަދަ
އެއްވެސް ޒާތީ މުއާޞަލާތެއް ހެއްކެއްގެ ގޮތުގައި ޝަރީޢަތަށް ބަލައިގަތުމަކީ ޤާނޫނުއަސާސީގެ 52 ވަނަ
މާއްދާއާ ކަނޑައެޅިގެން ޚިލާފުކަމެއްކަމާއި،
ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީޢަތްތައް ހިންގަންވާނީ
ޢަދުލުވެރިކަމާއެކު، ވަކިފަރާތަކަށްނުޖެހި، ހަމަކަމާއެކުގައިކަމަށް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ނ)
ގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާއިރު، އަދި ކުށުން ބަރީއަވުމަށް މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ
ވަސީލަތްތައް، ކުށެއްކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެމީހަކަށްވެސް ލިބެންވާނެކަމަށް ޤާނޫނުއަސާސީގެ
51 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާއިރު، ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި
ހުށަހެޅިފައިވާ ހެއްކަކީ ޤާނޫނީގޮތުން ޝަރީޢަތަށް ބަލައިގަނެވޭނެ ހެކިކަމާމެދު ސުވާލު އުފެދޭ
ޙާލަތްތަކުގައި އެފަދަ ހެއްކަކީ ޤާނޫނީ ހަމަތަކުގެމަތިން ހޯދިފައިވާ އެކިކަން ކަށަވަރުކުމަށްޓަކައި
ޝަރީޢަތުން އަޅުންވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަކާނުލައި އެފަދަ ހެކީގެ މައްޗަށް ކުށް ސާބިތުކުރުމަކީ،
އަދި/ނުވަތަ އެމީހަކާ އިދިކޮޅަށް ހުށަހެޅިފައިވާ ހެއްކަކީ ޤާނޫނީގޮތުން ޝަރީޢަތަށް ބަލައިގަނެވޭ
ހެކިކަމާމެދު ދަޢުވާލިބޭ ފަރާތަކުން ސުވާލުއުފައްދާ، އެހެކީ ހޯދިފައިވާގޮތް ދައުލަތުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW
.
highcourt.gov.mv
8
2014/HC-A/51
OX
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އޮޅުންފިލުވުމަށް ޝަރީޢަތުގައި އެދިފައިވާ ޙާލަތުގައި އެކަން ނުކޮށް، އެހެކީގެ މައްޗަށް ބިނާކޮށް
މައްސަލާގެ ޙުކުމަށް ވާސިލުވުމަކީ، އިސްވެމިދެންނެވުނު ޤާނޫނުއަސާސީގެ މާއްދާތަކާ ޚިލާފުވާނޭ ކަންކަން
ކަމާއި
މިދެންނެވުނު ޤާނޫނީ ހަމައިގެ އަލީގައި މިމައްސަލައިގައި ކަންހިނގާފައިވާ ގޮތަށް
ބަލާއިރު، ޢަބްދުއްސައްތާރު ޢަލީގެ މައްޗަށް ޝަރީޢަތަށް ހުށަހެޅިފައިމިވާ މައްސަލަ ބިނާކުރެވިފައިވަނީ
ހަމައެކަނި ފޯނުކޯލް ރެކޯޑިންގ ތަކެއްގެ މައްޗަށް ކަމަށްވީއިރު،
އިސްތިއުން މިކުރެވޭ މައްސަލާގެ ރިޕޯޓަށް ބަލާއިރު އެރިޕޯޓުގައި
ޢަބްދުއްސައްތާރު ޢަލީގެ ގެ ފޯން ކޯލްތައް ރެކޯޑު ކުރުމުގެ ހުއްދަ ދެވިފައިވާ އަމުރެއް ނުވަތަ
އޭނާއާއި ގުޅުންހުރި އެއްވެސް ފަރާތެއްގެ ފޯނު ކޯލުތައް ރެކޯޑު ކުރުމުގެ ހުއްދަ ދެވިފައިވާ ކޯޓު
އަމުރެއްވެސް އެރިޕޯޓުގައި ހިމެނިފައިނުވާކަމާއި
ޢަބްދުއްސައްތާރު ޢަލީ އާ ދެކޮޅަށް މައްސަލަ ސާބިތުކުރުމަށްޓަކައި ހެކި
ހޯދާފައިވަނީ ޤާނޫނާ އެއްގޮތަށް ކަން ސާބިތުވާކަމަށް ބަޔާންކޮށް އިސްތިއުނާފު މިކުރެވޭ ރިޕޯޓުގައި
ހަވާލާދީފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 2011
/
011/J
(
SMFD-145 ކޯޓުއަމުރާއި ކްރިމިނަލް
ކޯޓުގެ ނަންބަރު 2011
/
003/JSMFD-145 ކޯޓުއަމުރަށް ކަމާއި، އެއަމުރުތަކަށް ބަލާއިރު
އެދެއަމުރަކީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ
ކަމަށް ފުލުހުންނަށް ލިބުނު ސިއްރު މަޢުލޫމާތަކާއި ގުޅިގެން ތ.ތިމަރަފުށީ ކަރަންކާވިލާ
އިސްމާޢީލް ޝަހީމް އާއި މ. ކުދެހިގެ ޙުސައިން ޢާޠިފް ގެ ފޯނު ކޯލުތައް އަޑުއެހުމަށް ހުއްދަ
ދެއްވާފައިވާ އަމުރުތަކެއްކަންވެސް އެނގޭކަމާއި
އެހެންކަމުން އިސްތިއުނާފު މިކުރެވޭ ޤަޟިއްޔާއާ ގުޅިގެން ޢަބްދުއްސައްތާރު ޢަލީ
ގުޅުންހުރި އެއްވެސް ފަރާތަކުން ބޭނުންކުރާ ފޯނެއް މެދުވެރިކޮށް ހިންގޭ މުއާސަލާތުގެ
ނުވަތަ އޭނާއާ
22 ދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW
.
highcourt.gov.mv
9
2014/HC-A/51
ہم مل کر
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ރިކޯޑިންގ އާއި، ކޯލްތަކުގެ ތަފްސީލާއި ޓެކްސްޓް މެސެޖްތަކުގެ މަޢުލޫމާތު ހޯދާ
ބޭނުންކުރުމަށް ހުއްދަ ދެއްވާފައިވާ އަމުރެއް ޝަރީޢަތަށް ހުށަހެޅިފައިނުވާކަން އެނގޭ ކަމާއި،
އިސްތިއުނާފު މިކުރެވޭ މައްސަލާގައި ޢަބްދުއްސައްތާރު ޢަލީގެ މައްޗަށް
ތުހުމަތުކުރެވިފައިވާ ކުށް ސާބިތުކުރުމުގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ
ހަމައެކަނި ހެއްކަކީ، ޢަބްދުއްސައްތާރު ޢަލީ އެހެންމީހަކާ މެދު ވާހަކަދެކެވުނު ކަމަށް ބުނާ ފޯން ކޯލްގެ
ރެކޯޑިންގް ތަކެއް ކަމަށްވާއިރު، ޢަބްދުއްސައްތާރު ޢަލީ އާ ދެކޮޅަށް ދައުލަތުގެ ފަރާތުން ދަށުކޯޓުގެ
ޝަރީޢަތަށް ހުށަހަޅާފައިވާ އެހެކި ތަކަކީ ޤާނޫނީ ހަމަތަކުގެ މަތިން ހޯދާފައިވާ ޤާނޫނުއަސާސީގެ 52
ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުހަމަވާ "ޤާނޫނީ ހެކި" ތަ
ތަކެއްކަމަށް ބެލެވެންނެތްކަމެވެ.
(ރ) ހަތަރުވަނަކަމަކީ، ޖިނާއީ މައްސަލައެއް ޝަރީއަތުން ސާބިތުވާކަމަށް
ކަނޑައެޅުމުގައި ފަނޑިޔާރު ބަލަންޖެހޭ މިންގަނޑަކީ "އެމީހަކު ކުށެއްކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ
ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވުން"ކަން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އަށް
ބެލުމުން އެނގޭއިރު، ޖިނާއީ މައްސަލަތައް ސާބިތުކުރުމަށްޓަކައި ހުށަހެޅޭ ހެކިތަކާއި ދަލީލުތައް މައްސަލަ
ބަލާ ފަނޑިޔާރު ތަޤްރީމް (evaluation) ކޮށް ވަޒަންކުރުމަށްފަހު، އެފަނޑިޔާރަށް ޤަބޫލުކުރެވޭ ހެކިތަކާއި
ދަލީލުތަކުން ނުކުންނަ ނަތީޖާތަކުގެ މައްޗަށް ބުރަވެހުރެ، ޔަޤީނާ ގާތްކުރާ މިންވަރަށް އިޤުތިނާޢު
(convince) ވެގެން މެނުވީ ކުށެއް ސާބިތުވެއްޖެކަމަށް ޖިނާއީ މައްސަލައެއްގައި ޙުކުމް ކޮށްގެން
ނުވާނެކަމީ ޤަރީނަތުން ބަރާއާ (presumption of innocence) ގެ ޢާންމު ޤާނޫނީ މަބްދަޢުގެ އެންމެ
މުހިންމު އެއް ޚާއްޞިއްޔަތުކަން އެނގެން އޮންނަކަމަށާއި، ޖިނާއީ ދައުވާއެއް ސާބިތުވާކަމަށް ކަނޑައަޅައި
ކޯޓުން ކުރާ ޙުކުމް ބިނާވާންޖެހޭނީ އަބަދުވެސް ޤާނޫނީ ގޮތުން ޞައްޙަ ދަލީލުތަކާއި ޤަރީނާތަކެއްގެ
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު
ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 އަދި 4 އަށް ބެލުމުން އެނގޭކަމާއިވެސް
0484 ކ އ ވ 8
842ނ8ނ
2012/SC-A/01
ޤަޟިއްޔާގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW
.
highcourt.gov.mv
2{014/HC-A/51
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ހުށަހެޅިފައިމިވާ މައްސަލާގައި، ޢަބްދުއްސައްތާރު ޢަލީގެ މައްޗަށް ކުށް ސާބިތުކުރުމަށް
ހުށަހަޅާފައިވަނީ ހަމައެކަނި ފޯން ކޯލް ރިކޯޑިންގ ތަކެއް ކަމުގައިވާއިރު، ބުނެވުނު ފޯން ކޯލް
ރިކޯޑިންތަކަކީ ޤާނޫނީ ހަމަތަކުގެ މަތިން ހޯދާފައިވާ ހެކި ކަމުގައިނުވާއިރު، ޢަބްދުއްސައްތާރު ޢަލީގެ
މައްޗަށް ކުށް ސާބިތުކުރުމަށްޓަކައި މިނޫން އެހެން ހެއްކެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ހުށަހަޅާފައިނުވާކަމާއި، އެހެންކަމުން އިސްވެބަޔާން ކުރެވުނު އެންމެހާ ކަންކަން އެގޮތަށް ހުރުމާއެކު
އަބްދުއްސައްތާރު ޢަލީގެ މައްޗަށް ދައުލަތުން ކުޅަ މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިކުރަން
އުޅުމުގެ ކުށުގެ ދައުވާ އެކަށީގެންވާ މިންވަރެއްގެ ޝައްކެތްނެތި ޝަރީޢަތަށް ސާބިތުވާ ކަމަށް
ބެލެވެންނެތްކަމާއި،
އަދި ބަހުޘްގެ ބޭނުމަށްޓަކައި، މި މައްސަލާގައި ނެގުނު ފޯން ކޯލް ރިކޯޑިންގތަކަކީ
ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން ނެގުނު ރިކޯޑިންގ ތަކެއްކަމުގައި ބެލިނަމަވެސް، އެ ފޯން ކޯލް
ރިކޯޑިންގތަކުން އެކަނި ޢަބްދުއްސައްތާރު ޢަލީ، އިސްމާޢީލް ޝަހީމް (އިއްޕަ) އާއި، ޙުސައިން ޢާޠިފް
(ޕްރޭމް ) އާ ގުޅިގެން، 2011 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި މަނާކުރެވިފައިވާ މަސްތުވާތަކެތީގެ
ވިޔަފާރިކުރަން އުޅެފައިވާކަން، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ
ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް މި މައްސަލަ ބެލުމުގައި ބައިވެރިވި އެއްވެސް ފަނޑިޔާރަކަށް
ނުފެނުނުކަމާއި،
އެހެންކަމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/1269 ޤަޟިއްޔާ ގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި
ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
niglhcourt.gov.mv
2014/HC-A/51
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
*ހ4
کمیسی
ދެންފަހެ އިސްވެ ބަޔާން ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު
ހުރުމާއެކު ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/1269 ޤަޟިއްޔާ
ކުރައްވާފައިވާ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލްކޮށް
ގައި އެކޯޓުން
OXO
މައްސަލަ ނިންމީއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
niglhcourt.gov.mv