ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/227 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/227
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
-
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 227/HC
-
A/2013
އިސްތިއުނާފު ކުރިފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލު: -
* ދާއިމީ އެޑްރެސް:
00
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: އަޙްމަދު ސަލީމް
" އައިޑީ ކާޑު ނަންބަރު: A039736
* ދާއިމީ އެޑްރެސް: ހ. މާޒް)މާލެ
0
ސްޓްރީކުރެވުނު
10 ރަމަޝާން 1434
ނިމުނު ތާރީޚް: 17 ރަމަޝާން 1434
25 ޖުލައި 2013
18 ޖުލައި 2013
ގ 3
334 *
##
އިސްތިގު ކުރެވުނު ކޯޓުއަމުރު ނަންބަރު: 2013/6189(J(MD-145
ޤަޟިއްޔާގެ ބާވަތް: ކޯޓުއަމުރު
ނިންމެވި ކޯޓް: ކްރިމިނަލް ކޯޓު
ހެޅުނު ތާރީޚް: 14 ޖުލައި 2013
ނިމުނު ތާރީޚް: 14 ޖުލައި 2013
ޗެލް
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2
ޤަޟިއްޔާ
2013/HC-A/227
ނިމުނު 1
يمر من *
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/6189(J
/
MD-145 ކޯޓުއަމުރު އެކޯޓުން
ނެރެފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫން ކަމަށްބުނެ އެ ކޯޓުއަމުރު އިސްތިއުނާފު
ކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ، ހ. މާޒް/މާލެ އަޙްމަދު ސަލީމް
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A039736) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. ކްރިމިނަލް ކޯޓުގެ ނަންބަރު 201316189(JMD-145 ކޯޓުއަމުރަށް ބަލާއިރު،
އެ ކޯޓުއަމުރަކީ، ހ. މާޒް)މާލެ އަޙްމަދު ސަލީމުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ޖަމާޢަތްހަދައިގެން
މާރާމާރީ ހިންގުމާއި ރަހީނުކުރުމުގެ މައްސަލާގައި އޭނާ ބަންދުން ދޫކޮށްލާފައި ބަހައްޓައިފިނަމަ، އޭނާގެ
މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލާގައި ހެކިބަސްދޭންތިބި މީހުންނަށް ނުފޫޒު ފޯރުވަފާނެކަމަށް
ބެލެވޭތީއާއި ހެކި ނައްތާލަފާނެކަމަށް ބެލެވޭތީއާއި މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި
ކަމަށްބުނެ، އަޙްމަދު ސަލީމުގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅުމާގުޅިގެން، އަޙްމަދު ސަލީމުގެ މައްޗަށް
ވަހުމަތުކުރެވިފައިވާ މައްސަލާގައި އޭނާގެ ބައިވެރިވުން އޮތްކަމަށް ބެލެވޭވަރުގެ ހެކި ލިބިފައިނުވާތީ
ކަމަށްބުނެ އޭނާ ބަންދުން ދޫލޮށްލުމަށް އަމުރުކުރައްވައި، ކްރިމިނަލް ކޯޓުން ނެރުއްވާފައިއޮންނަ
އަމުރެއްކަން އެނގެއެވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
¢ ¢.
2013/HC-A/227
و مری
3 ޤަޟިއްޔާ ނިމުނު ގޮ
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2013/6189(J
/
MD-145 ކޯޓުއަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނޫންކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ
ފަރާތުން އެއަމުރު އިސްތިއުނާފުކުރަމުން، އަންނަނިވި ނުކުތާ ފާހަގަކޮށް، އެނުކުތާއާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ
ފަރާތުން ހުށަހަޅާފައިވާ'
ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 201316189(J
(
MD-145
ކޯޓުއަމުރުގައި އަޙްމަދު ސަލީމުގެ މައްޗަށް ތުހުމަތުކުރެވުނު ޖަމާއަތް ހަދައިގެން މާރާމާރީ ހިންގުމާއި،
ރަހީނުކުރުމުގެ މައްސަލާގައި އޭނާގެ ބައިވެރިވުން އޮތްކަމަށް ބެލެވޭވަރުގެ ހެކި ލިބިފައިނުވާތީ، އަޙްމަދު
ސަލީމު ބަންދުން ދޫކޮށްލުމަށް 14 ޖުލައި 2013 ދުވަހު ކްރިމިނަލް ކޯޓުން ނިންމަވާފައިވާ
ނިންމެވުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު"
އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ޚުލާސާ ރިޕޯޓުގެ 9 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާއާއި، ހައިކޯޓުގެ ނަންބަރު 340/HC
-
A/2012 ޤަޟިއްޔާއިން
ކަނޑައަޅުއްވާފައިވާ އުޞޫލުތަކަށް ރިޢާޔަތްކުރެއްވުމަކާނުލައި ނިންމަވާފައިވާ ނިންމެވުމެއްކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
2012/HC-A/265
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2013/6189(J
(
MD-145 ކޯޓުއަމުރު
އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް ހުށަހެޅި ނުކުތާއަށާއި، އެނުކުތާއާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތު
2013/HC-A/227
کی عمری
މަޖިލީހުގައި މައްސަލާގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ
މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބެލިއިރު، މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ކުށެއްގެ
(ހ) ފުރަތަމަ ކަމަކީ، ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް
ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ
މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5
ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއި،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ
(ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ
ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު
ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް
ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް
ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަމާއި،
އަދި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި
ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ
ނުރައްކާތެރިކަމަކީ ކޮބައިކަމާއި، އަދި އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ
އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބައިކަމާއި، ކުށުގެ ތަބީޢަތަކީ ކޮބައިކަމާއި،
ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި،
1/21
22
22
ه
ހ3/
43
ކުށުގެ
.ޑީރާއްޖޭގެ ޓީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު
2013/HC-A/227
کی مرکی
24 27 04
ހއެކުވެރިވާ
ތ 270
4
ޗެކެވަ9
މީދާ ފިލައި ބިރުއޮތީ ކިހާވަރެއްކަމާއި، އަދި ހެކިތަކާކުޅު ހެކިތައް
އްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު
19/SC
-
A/2010 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމާއި،
އަދި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދުގެ މައްސަލަތަކުގައި ކޯޓަށް
ހެކި ހުށަހަޅަންޖެހޭނީ ކުށެއްކުރިކަން ސާބިތުވާ މިންވަރުގެ ހެކި ޤަރީނާ ނޫންކަމަށާއި، އެފަދަ
މައްސަލަތަކުގައި ހެކީގެ ގޮތުގައި ބަލައިގަންނަންޖެހޭނީ ކުނެއްކުރިކަމުގެ ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި
ޤަރީނާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 263/HC
-
A/2012 ޤަޟިއްޔާގައި ކަނޑައަޅާފައި
24 2
އޮންނަކަމެވެ.
00 3 03x32
ދޫކޮށްލުމަށް
(ށ) ދެވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު
2013/6189(J(M-145 ކޯޓުއަމުރަށް ބަލާއިރު، އެ ކޯޓުއަމުރުގެ ދަށުން، އަޙްމަދު ސަލީމު ބަންދުން
އަމުރުކުރައްވާފައިވަނީ އޭނާގެ މައްޗަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
ތުހުމަތުކޮށްފައިވާ، ޖަމާއަތްހަދައިގެން މާރާމާރީ ހިންގުމާއި ރަހީނުކުރުމުގެ މައްސަލާގައި އޭނާގެ
ބައިވެރިވުން އޮތްކަމަށް ބެލެވޭވަރުގެ ހެކި ލިބިފައިނުވާތީކަމަށް ބަޔާންކޮށްފައިވީނަމަވެސް، އަޙްމަދު
ސަލީމުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށުގައި އޭނާ ބައިވެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މިންވަރަށް
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހެކި ހުށަހަޅާފައިވާނޭކަމަށް ޕްރޮސިކިއުޓަރ
ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވުމާއެކު، އަޙްމަދު ސަލީމުގެ ބަންދުގެ މުއްދަތު
އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުނު މައްސަލާގައި އޭނާއާ ދެކޮޅަށް މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ފަރާތުން ހުށަހެޅިކަމަށް އެފަރާތުން ބުނާ ހެކި ޤަރީނާތައް، އިސްވެ މިދެންނެވުނު ޤާނޫނީ
މަބްދަޢުތަކުގެ އަލީގައި އަހުރެމެން ބެލި ބެލުމުގައި، ކުށެއްގެ ތުހުމަތުގައި މީހެއްގެ ބަންދުގެ މުއްދަތު
އިތުރުކުރުމަށް ހުށަހެޅޭ މައްސަލަތަކުގައި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ
3.2
2013HC-A/227
ﷲ 0
2
3
2c4
ބނދިކުރވެ
22
2 ހދ8
ހލޮގެކެމް
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ
7 ވަނަ މާއްދާގެ (ހ) ގެ ދަށުން އެމީހަކު ބަންދުގައި ބަހައްޓަންޖެހޭކަމަށް ޝަރީޢަތަށް ކަނޑައެޅޭނީ
އެމީހެއްގެ މައްޗަށް ކުށެއްގެ ތުހުމަތުކުރެވޭ މިންވަރަށް އެމީހަކާ ދެކޮޅަށް އެކި ޤަރީނާ
ވީހިނދު، އަޙްމަދު ސަލީމުގެ މައްޗަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތުހުމަތުކޮށްފައިވާ ކުށުގައި
އެނާ ބައިވެރިވެފައިވާކަމަށް އަދި އެކުޅުގައި އޭނާ ބައިވެރިވުމުގެ ސަބަބުން، ޤާނޫނުއަސާސީގެ 49 ވަނަ
މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން އޭނާ ބަންދުގައި
ބަހައްޓަންޖެހޭ މިންވަރަށް ހެކި ޤަރީނާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކްރިމިނަލް ކޯޓަށް
ހުށަހެޅިފައިވާކަމަށް ޤަބޫލުނުކުރެވޭކަމާއި،
އެހެންކަމުން، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު
2013/6189(J
(
MD-145 ކޯޓުއަމުރުގައި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަޙްމަދު ސަލީމުގެ
މައްޗަށް ތުހުމަތުކޮށްފައިވާ މައްސަލާގައި އޭނާގެ ބައިވެރިވުން އޮތްކަމަށް ބެލެވޭވަރުގެ ހެކި ލިބިފައިނުވާތީ
ކަމަށްބުނެ އޭނާ ބަންދުން ދޫލޮށްލުމަށް ކްރިމިނަލް ކޯޓުން ކުރައްވާފައިވާ އަމުރަކީ ޝަރުޢީ ނުވަތަ
ޤާނޫނީ އުސޫލަކާ ޚިލާފަށް އެކޯޓުން ކުރައްވާފައިވާ އަމުރެއްކަމަށް ބެލެވެންނެތްކަމެވެ.
2
04 ދ ތތ
2012/HC-A/182
(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާގައިވެސް ފާހަގަކޮށްފައިވާ ފަދައިން، ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާ މައްސަލަތައް ބަލާނީ
ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުން
ބަލާ މައްސަލަތައް ބެލުމުގެ އުސޫލު ބަޔާންކޮށްފައިވާ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ
ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އޮންނަ އޮތުމަށާއި، އަދި،
"އިސްތިއުނާފް އުސޫލުތަކުގެ މައްޗަށް ވިސްނާ ބަލާއިރު އިސްތިއުނާފް ދަޢުވާ ބިނާވާން ޖެހޭނީ ދަށުކޯޓުގެ
ދިވެހި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
7 ޤަޟިއްޔާ ނިމުނު ގޮ
2013/HC-A/227
می هرکی
ދެވެ
ނިންމުން ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފުވާނަމަ އެނުކުތާގެ މައްޗަށް ކަމަށްވެފައި، ދަށުކޯޓުން
ބައްލަވާ ފައިސަލާކުރަނިވި ނިޔާއެއް ކަނޑައެޅިފައި ނުވާކަމަކާމެދު އިސްތިއުނާފުގެ މަރުޙަލާގައި ގޮތެއް
ކަނޑައެޅުމަކީ އެމައްސަލާގައި ހިމެނޭ ފަރާތްތަކަށް ޤާނޫނީ ގޮތުން އޮތް އިސްތިއުނާފުކުރުމުގެ ޙައްޤަށް
ހުރަސް އެޅިދާނެ" ކަމެއްކަމަކަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 24/HC
-
A/2009 ޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމަށް ޖުމްލަ ގޮތެއްގައި ބަލާއިރު، އަދި އިސްތިއުނާފަށް ހުށަހެޅިފައިމިވާ
މައްސަލައަކީ ކްރިމިނަލް ކޯޓުގެ ނަންބަރު 2013/6189(J
(
MD-145 ކޯޓުއަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ އެއްގޮތް ނޫންކަމަށްބުނެ ހުށަހަޅާފައިވާ
މައްސަލައަކަށްވީއިރު، އަދި އެއަމުރު ކްރިމިނަލް ކޯޓުން ނެރުއްވުމުގައި ރިޢާޔަތްކުރައްވާފައިވާނީ،
އެމައްސަލަ އެކޯޓަށް ހުށަހެޅުނުއިރު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެކޯޓަށް ހުށަހަޅާފައިވާ
ހެކިތަކާއި ޤަރީނާތަކުގެ މައްޗަށްކަމަށްވީއިރު، ކްރިމިނަލް ކޯޓުގެ އެއަމުރުގެ ޤާނޫނީ ޞައްޙަކަމާމެދު
ގޮތެއް ކަނޑައެޅުމުގައި، އެއަމުރު ނެރުއްވިއިރު އެކޯޓުން ރިޢާޔަތްކުރުމުގެ ފުރުޞަތު ނެތް އަދި އެއަމުރު
ކްރިމިނަލް ކޯޓުން ނެރުމުގެ ފަހުން ވުޖޫދުވެފައިވާ ޙަޤީޤަތްތަކެއް ނުވަތަ ދެކި ޤަރީނާތަކެއްގެ މައްޗަށް
އިސްތިއުނާފް މަރުޙަލާގައި މިހާރު ބެލެވުމަކީ ޝަރީޢަތްކުރުމުގެ ހަމަތަކާ ފުށުއަރާނެ ކަމެއްކަމުގައި
ޤަބޫލުކުރެވޭކަމާއި،
އަދި، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދުގެ މައްސަލައެއް ކަމާބެހޭ ކޯޓަށް
ހުށަހެޅައި، އެކަމުގައި އެކޯޓުން ގޮތެއް ނިންމެވުމަށްފަހު، އެމައްސަލައެއްގައި ވުޖޫދުވާ ޙަޤީޤަތްތަކެއް
ނުވަތަ ހެކި ޤަރީނާތަކެއްގެ ސަބަބުން އެމީހަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި
ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ
ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަމަށް މޯލްޑިވްސް
ޕޮލިސް ސަރވިސްއަށް ޤާބޫލުކުރެވޭނަމަ، އެމައްސަލައަކާ ގުޅިގެން އަލަށް ނުވަތަ ފަހުން ވުޖޫދުވެފައިވާ
4 22
"ކުށެއްޤު
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
ދިވެހިރާއްޖެ
2013/HC-A/227
8 ޤަޟިއްޔާ ނިމުނު "
کی مری
ދެވެ
24 2
ހެކި ޤަރީނާތަކުގެ މައްޗަށް ބިނާކޮށް، އެމައްސަލައަކީ ވަކި މައްސަލައެއްގެ ގޮތުގައި ކަމާބެހޭ ދަށު ކޯޓަށް
ހުށަހެޅުމުގެ އިޚްތިޔާރު އެސަރވިސްއަށް ލިބިގެންވާކަމެވެ.
x4ތޏ
می کره
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން ހުރުމުން، ކްރިމިނަލް ކޯޓުގެ
ނަންބަރު 2013/6189(J
(
MD-145 ކޯޓުއަމުރު އިސްތިއުނާފުކުރު ޕްރޮސިކިއުޓަރ ޖެނެރަލްގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް ބިނާކޮށް އެއަމުރަށް ބަދަލުގެންނަޖެހޭފަދަ އެއް
އެއްވެސް ސަބަބެއް
އޮތްކަމަކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކަށް
ނުފެނުނެވެ.
ހ2 2
24
ބަޔާންކުރެވުން
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި
ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/6189(J
(
MD-145 ކޯޓުއަމުރު
އިސްތިއު
ތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް ބިނާކޮށް އެއަމުރަށް
ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަޖެހޭފަދަ ޝަރުޢީ ނުވަތަ ޤާނޫނީ ވިއަސް ހަމައެއް ނެތްކަމަކަށް
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި،
އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv