ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-I-SH/17 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A-SH11
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
• ޤަޟިއްޔާ ނަންބަރ: 17/HC
-
I
-
SH/2011
އިންތިޚާބީ މައްސަލައިގެ ދަޢުވާ ކުރައްވާ ފަރާތް:
* ނަން: މުޙައްމަދު މުޞްޠަފާ
ކާޑު ނަންބަރ: 053918
-A
*
* ދާއިމީ އެޑްރެސް: ފ.ފީއަލީ ދުއްލިސާގެ
އެޑްރެސް: މ.ހެލެނބެލިގެ
އައިޑީ
މިހާރުގެ
، އިންތިޚާބީ މައްސަލައިގެ ދަޢުވާ ރައްދުވި ފަރާތް:
* ނަން: އިލެކްޝަންސް ކޮމިޝަން ދާއިމީ އެޑްރެސް: ޕޯސްޓަލް ބިލްޑިންގް 5 ވަނަ ފަންގިފިލާ
ކާޑު ނަންބަރ: * މިހާރުގެ އެޑްރެސްޕޯސްޓަލް ބިލްޑިންގް 5 ވަނަ ފަންގިފިލާ
އައިޑީ
• ރަޖިސްޓްރީކުރެވުނު ތާރީޚް: 1ރަބީޢުލްއާޚިރު1432 * ނިމުނު ތާރީޚް: 14ރަބީޢުލްއާޚިރު 1432
6 މާރޗް 2011
19 މާރޗް
2011
• ޤަޟިއްޔާގެ ބާވަތް: ލޯކަލް ކައުންސިލްތަކުގެ އިންތިޚާބީ ޝަކުވާގެ މައްސަލަ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު، ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2
201/HC-I-SH/17
ފިހުރިސްތު
ޞަފްޙާ ނަންބަރ: 02-03
01- ދަޢުވާގެ ޚުލާޞާ
02- ފާހަގަކުރެވުނު ނުކުތާތައް:
ޙުކުމް:
04-03:
-03
VE
05-05 :
04- މަޙްޝަރު ބަޔާންތައް
04.1 އިންތިޚާބީ މައްސަލައިގެ ދަޢުވާ ކުރައްވާ ފަރާތުގެ މަޙުޝަރު ބަޔާންތައް:
ހެމަދު މުޞްޠަފާ ފ.ފީއަލީ/ދުއްލިސާގެ ފަރާތުން ދެއްކި ވާހަކަ:
މަޙުޝަރު ނަންބަރ: 06-01 :HC-I-SH-10Mpg-62011
މަޙުޝަރު ނަންބަރ: 17-15 :HC
-
I
-
SH
-
10Mpg-2011
މެޙައއދި
04.2 އިންތިޚާބީ މައްސަލައިގެ ދަޢުވާ ރައްދުވި ފަރާތުގެ މަޙުޝަރު ބަޔާންތައް:
އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ދެއްކިވާހަކަ:
މަޙުޝަރު ނަންބަރ: 10-07 :HC-I-SH-10Mpg-2011
މަޙުޝަރު ނަންބަރ: 14-11 :HC
-
I
-
SH
-
10Mpg-2011
632 804
05 - މައްސަލައާއި ގުޅުންހުރި ލިޔުންތައް:
1- ވޯޓުލާ މަރުކަޒުގައި މަސައްކަތްކުރާ އޮފިޝަލުންގެ އަތްމަތީފޮތް ލޯކަލްކައުންސިލް
ކައުންސިލްތަކުގެ އިންތިޚާބު 2011
5 ފެބުރުއަރީ 2011. (2ޞަފުޙާ)
2- ކެންޑިޑޭޓުންގެ އަތްމަތީފޮތް. ލޯކަލްކައުންސިލްތަކުގެ އިންތިޚާބު 2011
5 ފެބުރުއަރީ 2011.
3- ލޯކަލްކައުންސިލްތަކުގެ އިންތިޚާބު 2011
5 ފެބުރުއަރީ 2011، ހޮނިހިރު ކަންހިނގައިދިޔަގޮތުގެ ރިޕޯޓު. ( )
(5ޞަފުޙާ)
4-
07 ފެބުރުއަރީ 2011 ގައި.ފީއަލީ ދުއްލިސާގޭ މުޙައްމަދު މުސްޠަފާ ހުށަހެޅުއްވި އިންތިޚާބީ ޝަކުވާގެ
މައްސަލައާއި ގުޅޭ ޚުލާޞާ ރިޕޯޓު (12 ޞަފުޙާ)
5- ލޯކަލްކައުންސިލްތަކުގެ އިންތިޚާބު 2011 ޝަކުވާއަށް ޖަވާބުދޭ ފޯމު (3 ޞަފުޙާ)
06 - ރިޕޯޓުގައިވާ ޞަފްޙާގެ ޖުމްލަ ޢަދަދު: 50
ދަޢުވާގެ ޚުލާޞާ
މިއީ ލޯކަލް ކައުންސިލް އިންތިޙާބު 2011ގެ ފ. ފީއަލީ ރަށު ކައުންސިލްގެ އިންތިޙާބުގައި ފ
ފީއަލީގައި ބެހެއްޓުނު ވޯޓް ފޮށީގެ ވޯޓު ގުނުމުގައި މައްސަލަތަކެއް ހުރުމާއި މިގޮތުން ވޯޓު ގުނުމުގައި
2 3 44
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން ތީމްގޭ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޟިއްޔާ ނިމޫނު ގޮތުގެ ރިޕޯޓް
ޤާHC
-
I
-
SKI/2011
ޙަރަކާތްތެރިވި އޮފިޝަލުން ބާތިލް ވޯޓްތަކެއްކަމަށް ކަނޑައަޅާފައިވާ ވޯޓް ކަރުދާސްތަކުގެ ތެރޭގައި ބާޠިލް
ބާޠިލް ނޫން
ޞައްޙަ ވޯޓް ކަރުދާސްތައް ހުރުމުން، އެކަމުގެ ޝަކުވާ އިލެކްޝަންސްގެ ކޮމްޕްލެއިންޓްސް ބިއުރޯތަކަށް
ހުށަހެޅުމުންވެސް ހުށަހެޅި މައްސަލަ އެކަށީގެންވާ ގޮތުގައި ނުބަލައި ހުށަހެޅި މައްސަލައާއި ނުގުޅޭ ޖަވާބެއް
ދެއްވާ މައްސަލަ ނިންމިކަމުގެ ލިޔުން ދެއްވާފައިވާތީ ވޯޓް ގުނުމުގައި އަމަލުކޮށްފައިވާ ގޮތުން ޞައްޙަ
ވޯޓްތަކެއް ބާތިލް ވޯޓުތަކެއްކަމުގައި ކަނޑައަޅުއްވާފައިވާތީ އެފޮށީގެ ނަތީޖާއަކީ ޞައްޙަ ނަތީޖާއެއްކަމަށް
ޤަބޫލުނުކުރާކަމަށްބުނެ އެވޯޓު ފޮއްޓަށްލާފައިވާ ވޯޓުކަރުދާސްތަކުގެ ތެރޭގައި ބާތިލްކަމަށް ކަނޑައަޅާފައިވާ
ވޯޓުކަރުދާސްތައް ޝަރީޢަތް މެދުވެރިކޮށް ބަލައި ބާތިލްކަމަށް ކަނޑައަޅާފައިވާ ޞައްޙަ ވޯޓުކަރުދާސްތައް
ހިމަނައިގެން ވޯޓުގެ ޢަދަދުތައް ގުނުމަށާއި ޞައްޙަވޯޓު ކަރުދާސްތައް ބާތިލް ވޯޓެއްކަމަށް ބަލައިގެން
އިޢުލާންކޮށްފައިވާ ނަތީޖާ ބާތިލު ކުރުމަށްފަހު ނަތީޖާ އަލުން އިޢުލާން ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ
މައްޗަށް އަމުރުކޮށް ދެއްވުމަށް އެދި ފ. ފީއަލީ / ދުއްލިސާގެ މުޙައްމަދު މުޞްތަފާގެ ފަރާތުން ދައުވާކުރުމުން
ބެލިފައިވާ މައްސަލައެކެވެ.
0
0 ތ0 07
ކަންތައްތައް
8 0
* ފާހަގަކުރެވުނު ނުކުތާތައް:
- މިމައްސަލަ އާއި ގުޅިގެން މައްސަލަ ހުށަހެޅި ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި
ދައުވާލިބޭ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި މައްސަލައާއި ގުޅިގެން
ހުށަހެޅިފައިވާ ލިޔުންތައް ބަލާ ނަޒަރު ކުރާއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި
ފާހަގަކުރެވިފައިވެއެވެ.
(ހ) ދައުވާކުރާ މުޙައްމަދު މުޞްތަފާ ނިލަންދެ އަތޮޅު އުތުރުބުރީ ކޮމްޕްލެއިންޓްސް ބިއުރޯގެ އިދާރާއަށް
10 ފެބުރުއަރީ 2011 ދުވަހު ދީފައިވާ ބަޔާންގައި މުޙައްމަދު މުޞްތަފާގެ ޝަކުވާ އުފެދިގެން އައިގޮތް
ކިޔައިދީފައި އޮތްގޮތަށް ބަލާއިރު މިއަތޮޅު މަދަރުސާގައި ބަހައްޓާފައިވާ ހުރި ވޯޓުފޮށީގެ ވޯޓުގުނިއިރު
ވޯޓްކަރުދާސް ބާތިލްކޮށްފައިވަނީ އޭގެ ޞައްޙަކަމާއި މެދު އެންމެ ރަނގަޅަށް ބަލާފައި
ވޯޓުކަރުދާހުގައި ލާފައިވާ ހެޔޮފާހަގަ ދެވަނަ ގޮޅިއަށް އަރާފައިވާތީ އެއީ ބާތިލް ވޯޓެއްކަމުގައި ހަދާފައިވަނީ
ކަމަށާއި ވޯޓު ގުނަމުން ދިޔައިރު އެތަނުގައި މުޙައްމަދު މުޞްތަފާ ހުރީ ކުޑަވަގުތުކޮޅަކަށްކަމަށާއި އެހެން
ވަގުތުތަކުގައި އެތަނުގައި ހުރީ މުޙައްމަދު މުޞްތަފާގެ މަންދޫބެއްކަމަށާއި މިކަން މުޙައްމަދު މުޞްތަފާއަށް
އެނގިފައިވަނީ ވޯޓުގެ ނަތީޖާ ހެދިފަހުން އެކިއެކި މަންދޫބުން ވޯޓު ބާތިލްކޮށްފައިވާ ގޮތުގެ ވާހަކަ ދެއްކުމުން
ކަމަށާއި އެހެންކަމުން މުޙައްމަދު މުޞްތަފާ އިލެކްޝަންސް ކޮމިޝަނާއި ގުޅައި ވޯޓު ކަރުދާހުގައި ފާހަގަ
ޖެހުން ޞައްޙަ ވާނޭ ގޮތާއި ބާޠިލްވާނޭ ގޮތުގެ ވާހަކަ ދައްކާ މަޝްވަރާކުރުމުން މުޙައްމަދު މުޞްތަފާ
ބުނިގޮތަށް ވޯޓު ކަރުދާހުގައި ފާހަގަޖަހާފައިހުރީ ފާހަގަ ޞައްޙަ ފާހަގަކަމުގައި ބަލާނެ ކަމަށާއި އެފަދަ
<< ބ ގދ)
ކަމަށާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރޯނި ވާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
ހިމުނު ގޮތުގެ ރިޕޯޓް:
21/HC-I-SH/1
202921
20
0 as
0 2 0 2 4/
ވޯޓުކަރުދާސް ރަނގަޅުވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވާފައިވާކަމަށް މުޙައްމަދު
މުސްތަފާގެ ބުނެފައިވާ ވާހަކައިން މުޙައްމަދު މުޞްތަފާގެ މިދައުވާ ބިނާކޮށްފައިވަނީ މީހަކު ބުނި ބުނުމެއްގެ
މައްޗަށް ކަމާއި މުޙައްމަދު މުޞްތަފާއަށް އެފަދަ ފާހަގައެއް ޖަހާފައިވާ ތަނެއް ފެނިފައިނުވާކަމާއި އަދި ވޯޓު
ގުނަމުން ދިޔައިރު އެއްވެސް ފަރާތަކުން މައްސަލަ ޖައްސައި ހަދާފައިނުވާކަމާއި ވަރަށް ހާމަކަންބޮޑު ގޮތެއްގައި
ވޯޓުގުނިއިރު ވޯޓުކަރުދާސް ދައްކާ އޮޅުންފިލުވައިދީފައިވާކަމަށް މަންދޫބުން ބުނެފައިވާކަމަށް މުޙައްމަދު މުޞްތަފާ
ކޮމްޕްލެއިންޓްސް ބިއުރޯއަށް ދީފައިވާ އިސްވެ އިޝާރާތްކުރެވުނު ބަޔާނުގައި ބުނެފައިވާކަން ފާހަގަކުރެވެއެވެ.
(ށ) ފ.ފީއަލީ ރަށު އިލެކްޝަންސް ކޮމެޓީގެ ވެރިޔާ އިބްރާޙީމް ޝަރީފް އާއި އެކޮމެޓީގެ މެމްބަރުން
ކަމުގައިވާ ޢަބްދުﷲ ޒަޢީމު އާއި އަޙްމަދު ޝަރީފުގެ ވޯޓު ގުނަމުން ދިޔައީ ވަރަށް
ހާމަކަންބޮޑުކޮށް މަންދޫބުންނާއި ކެނޑިޑޭޓުންނަށް ދައްކާ އޮޅުންފިލުވައި ދެމުން ދިޔަކަމާއި ވޯޓު ގުނާ ވަގުތީ
ނަތީޖާ އިޢުލާންކޮށް ނިމުނުއިރުވެސް އެއްވެސް
އެއްވެސް ފަރާތަކުން މައްސަލަ
ޖައްސާފައިނުވާކަމަށް އެފަރާތްތަކުން ދީފައިވާ ބަޔާނަށް ބަލާއިރު އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
(ނ) މިމައްސަލާއާއި ގުޅިގެން ހެކިން ޙާޟިރުކުރުމަށް މުޙައްމަދު މުޞްތަފާއަށް ޝަރީއަތުން ދިން
ފުރުސަތުގައި ހެކިން ޙާޟިރުކޮށްދީފައި ނުވާކަމާއި އިންތިޚާބާއި ބެހޭ ޝަކުވާއެއް ހުށަހަށާ
ކަނޑައަޅާފައިވާ ގޮތަށް އޭގެ ތަފްސީލް އާއި ހެއްކާއި އެކުގައި ޝަރީއަތަށް ހުށަހަޅަންޖެހޭކަން ފާހަގަކުރެވެއެވެ.
(ރ) ފ.ފީއަލި ރަށު ކައުންސިލްގެ އިންތިޙާބުގައި ފ.ފީއަލީގައި ބަހައްޓާފައިވާ ވޯޓުފޮށީގެ ވޯޓު ގުނިއިރު
ޞައްޙަ ވޯޓުތަކެއް ބާތިލް ވޯޓުގެ ގޮތުގައި ގުނާފައިވާކަމަށް މުޙައްމަދު މުޞްތަފާ ބުނާބުނުމަށް އެއްވެސް
އެކެއް ދައްކާފައިނުވާކަން މުޙައްމަދު މުޞްތަފާގެ ބަހުންވެސް އެނގެން އޮތުމުން މުޙައްމަދު މުޞްތަފާގެ
ދައުވާ ބިނާކުރާ އަސާސެއް އޮތްކަމަށް ޝަރީޢަތަށް ޤަބުލުނުކުރެވެއެވެ.
ޝަކުވާއެއްކޮށް
ހުށަހަޅާނަމަ ޤާނޫނުގައި
¢ ¢ ¢ ¢
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީޘްގޭ 3 ނަންބަރު ދޮރާދި މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2{011/HC-I-SH/
0
ވީމާ ލޯކަލް ކައުންސިލް އިންތިޚާބު 2011ގެ ފ. ފީއަލީ ރަށު ކައުންސިލްގެ އިންތިޚާބުގައި ފ. ފީއަލީގައި
ބެހެއްޓުނު ވޯޓު ފޮށީގެ ވޯޓު ގުނުމުގައި ޞައްޙަ ވޯޓުތަކެއް ބާޠިލް ވޯޓުތަކެއްގެ ގޮތުގައި ގުނާފައިވާކަމަށް
ބުނެ އެވޯޓު ފޮށީގެ ނަތީޖާ ބާޠިލްކޮށް ބާޠިލް ވޯޓު ކަމުގައި ބަލައިފައިވާ ވޯޓު ކަރުދާސް ޞައްޙަ ވޯޓު
ކަރުދާހުގެ ގޮތުގައި ހިމަނައިގެން ވޯޓު ގުނައި އަލުން އިއުލާން ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ
މައްޗަށް ފ. ފީއަލީ | ދުއްލިސާގެ މުޙައްމަދު މުސްތަފާ ހުށަހަޅާފައިވާ މިއިންތިޚާބީ ޝަކުވާގެ މައްސަލަ
ޝަރީޢަތުން ބެލިއިރު، މުޙައްމަދު މުސްތަފާގެ ދަޢުވާ ސާބިތުކުރުމަށް އެއްވެސް ހެއްކެއް ޝަރީޢަތަށް
ދެއްކިފައިނުވާތީ މުޙައްމަދު މުސްތަފާގެ ދަޢުވާ ޝަރީއަތަށް ސާބިތު ނުވާކަމަށް މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، މުޙައްމަދު މުސްތަފާ އެދިފައިވާ
ގޮތުގެ މަތިން ފ. ފީއަލީގައި ބެހެއްޓުނު ވޯޓު ފޮށީގެ ވޯޓު އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނަށް
އަމުރު ކުރާނެ ތަނެއް ނެތްކަމަށް ޙުކުމް ކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
- ޓޯނީ
އަޙްމަދު1
(ފަނޑިޔާރު)
"އޯފް ޢަލީ
ޢަބްދުލްޣަނީ މުޙައްމަދު
(އިސްފަނޑިޔާރު)
(ފަނޑިޔާރު)
ޓައިޕްކުރީ: މަރިޔަމް މުޙައްމަދު
ޗެކްކުރީ: ޒަރީނާ އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީވެގޭ 3 ނަންބަރު ދޮރާށި، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv