ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/123 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/123
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
84/
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 123/HC-A/2010
އިސްތިއުނާފުކުރި ފަރާތް:
ނަން އިމްތިޔާޒް ފަހުމީ
އައިޑީ ކާޑު ނަންބަރު: A096680
ދާއިމީ އެޑްރެސް: މ.އަފްޒާ
މިހާރުގެ އެޑްރެސް: މ.ޒިރްކޯން
L
• އިސްތިއުނާފް ރައްދުވި ފަރާތް:
*
މިހާރުގެ އެޑްރެސް: -
ދާއިމީ އެޑްރެސް:
އައިޑީ ކާޑުނަންބަރު:
*
• ރަޖިސްޓްރީ ތާރީޚް: 17 ޖުމާދަލްއާޚިރާ 1431
31 މެއި 2010
ނިމުނު ތާރީޚް: 08 ޞަފަރު 1433
02 ޖެނުއަރީ 2012
އިސްތިއުނާފުކުރެވުނު ޖިނާއީކޯޓުގެ ނަންބަރު: 2010
/
08/A
/
MIS-145 ނިންމެވުން
• ނިންމެވި ފަރާތް: ޖިނާއީ ކޯޓް
މައްސަލައިގެ ބާވަތް: ކޯޓުގެ ޙުރުމަތް ކެނޑުން
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޝުޢައިބު ޙުސެއިން ޒަކަރިއްޔާ
ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/123
ދަޢުވާގެ ޚުލާސާ:
މިއީ ޖިނާއީ ކޯޓުގެ ނަންބަރު 2010/JC/211 ޤަޟިއްޔާގެ ޝަރީޢަތުގައި
މ.އަފްޒާ/މާލެ އިމްތިޔާޒް ފަހުމީއާ މެދު ޖިނާއީ ކޯޓުން ނިންމަވާފައިވާ ނިންމެވުމަކީ ޝަރުޢީ އަދި ޤާނޫނީ
އުސޫލަކާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށް ބުނެ، އިސްތިއުނާފުކޮށްދިނުމަށް އެދި މ.އަފްޒާ/މާލެ
އިމްތިޔާޒް ފަހުމީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ބެލެވިފައިވާ މައްސަލައެކެވެ.
.ހ 336
ހނދޅު2ނ
ނެވުނު ނުކުބާ
{l
މިއީ ޖިނާއީ ކޯޓުގެ ނަންބަރު 2010/JC/211 ޤަޟިއްޔާގެ ޝަރީޢަތުގައި
މ.އަފްޒާ(މާލެ އިމްތިޔާޒް ފަހުމީ ކުރި ޢަމަލަކާ ގުޅިގެން، އިމްތިޔާޒް ފަހުމީ ޝަރީޢަތުގެ މަޖިލީހުން
ބޭރުކުރައްވައި، 21 ފެބްރުއަރީ 2010 ވަނަ ދުވަހުން ފެށިގެން 06 (ހައެއް) މަސްދުވަހުގެ މުއްދަތަށް ޖިނާއީ
ކޯޓަށް ވަކީލެއްގެ ޙައިސިއްޔަތުން ބަލައިނުގަންނަ ގޮތަށް ހަމަޖައްސަވާ ނިންމަވާފައިވާ ނިންމެވުމަކީ ޝަރުޢީ
އަދި ޤާނޫނީ އުސޫލުތަކާ
ޚިލާފަށް ނިންމަވާފައިވާ
ނިންމެވުމެއްކަމަށް
އެ ނިންމެވުން
އިސްތިއުނާފުކޮށްދިނުމަށް އެދި މ.އަފްޒާ/މާލެ އިމްތިޔާޒް ފަހުމީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
މަށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
ބުނެ،
3
cc
(2
ޖިނާއީ ކޯޓުގެ ނަންބަރު 2010/JC/211 ޤަޟިއްޔާގެ ޝަރީޢަތުގައި
މ.އަފްޒާ/މާލެ އިމްތިޔާޒް ފަހުމީ ކުރި ޢަމަލަކާ ގުޅިގެން، އެކޯޓުން ނިންމެވި ނިންމެވުމަކީ ޝަރުޢީ ނުވަތަ
ޤާނޫނީ އުޞޫލަކާ ޚިލާފަށް ނިންމެވި ނިންމެވުމެއްކަމަށްބުނެ އިމްތިޔާޒް ފަހުމީގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފު ކުރަމުން މައިގަނޑު 3 (ތިނެއް) ނުކުތާއެއް އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ފާހަގަކޮށް،
211JC/2010
ފުރަތަމަ ނުކުތާއަކީ، ޖިނާއީ ކޯޓުގެ ނަންބަރު
ޤަޟިއްޔާއިން އެކޯޓުގެ އިސް ޤާޟީ އަބްދުﷲ މުޙައްމަދު ބައްލަވަމުން ގެންދެވި މައްސަލާގައި 21
ފެބްރުއަރީ 2010 ވަނަ ދުވަހު އެ ކޯޓުގައި ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި އިމްތިޔާޒް ފަހުމީ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/123
މ.ޖަވާހިރުގެ މާލެ އަޝްފާޤު އުޘްމާން އާދަމްގެ ޤާނޫނީ ވަކީލެއްގެ ޙައިސިއްޔަތުން މުވައްކިލު ތަމްސީލު
ކުރަމުން ގެންދަނިކޮށް، އެއްވެސް ސަބަބެއް ނާންގަވައި، ޖިނާއީ ކޯޓުގެ އިސް ޤާޟީ އަބްދުﷲ މުޙައްމަދު
އިމްތިޔާޒް ފަހުމީ ޝަރީޢަތުގެ މަޖިލީހުން ބޭރުކުރައްވާފައިވަނީ ޠަބީޢީ އިންސާފާއި ޤާނޫނު އަސާސީއާއި
ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދުތަކާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ
0
ދެވަނަ ނުކުތާއަކީ، 22 ފެބްރުއަރީ 2010 ވަނަ ދުވަހު ނޫސް މީޑިއާތައް
މެދުވެރިކޮށް އިމްތިޔާޒް ފަހުމީ 6 (ހައެއް) މަސް ދުވަހަށް ޖިނާއީ ކޯޓަށް ވަކީލެއްގެ ގޮތުގައި ނުދެވޭގޮތަށް
ސަސްޕެންޑްކުރިކަމަށް ޖިނާއީ ކޯޓުން އިޢުލާންކޮށްފައިވަނީ، އިމްތިޔާޒް ފަހުމީއަށް އެކަން ނާންގައި އެކަން
ޢާންމުކޮށް ނޫސް މީޑިއާތަކަށްދީ، އަދި އެގޮތުން ޤާނޫނު އަސާސީއާއި ޚިލާފަށް އިމްތިޔާޒް ފަހުމީގެ
އަބުރާއި ކަރާމާތް ނަގާލާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ
0
ދި 4
0x3
4ނ.0ކށް
ތިންވަނަ ނުކުތާއަކީ، ކޯޓުން އިމްތިޔާޒް ފަހުމީ ސަސްޕެންޑް ކުރިތާ
ދެވަނައަށްވީ ދުވަހު (23 ފެބްރުއަރީ 2010) އެކަން ޢާންމު މީހެއްގެ ފަރާތުން އިމްތިޔާޒް ފަހުމީއަށް
އެނގުމާ ގުޅިގެން، އިމްތިޔާޒް ފަހުމީ ޖިނާއީ ކޯޓަށް 23 ފެބްރުއަރީ 2010 ގައި ފޮނުވި ސިޓީއެއްގައި
އިމްތިޔާޒް ފަހުމީ ކޯޓުގެ ޙުރުމަތް ކަނޑާފައިނުވާނެ ކަމާއި، އެހެންކަމުން އެ ސަސްޕެންޝަން ބާޠިލު
ކުރައްވައި ސަސްޕެންޑް ކުރެއްވިއިރު އެކަން އަންގަވައި އިޢުލާނު ކުރެއްވި ފަދައިން،
ސަސްޕެންޝަން ބާޠިލު ކުރެއްވިކަންވެސް ޢާންމުކޮށް އަންގަވައި އިޢުލާނުކޮށްދެއްވުމަށް
ދެންނެވުމުން، އެ ސިޓީގެ ޖަވާބުގައި، "އެދިވަޑައިގެންފައިވާ ގޮތުގެ މަތިން ޢަމަލުކޮށްދޭނެ ވާހަކަ
ދެންނެވީމެވެ." މިފަދައިން އެ ކޯޓުގެ 2010
/
81/A-145 (24 ފެބްރުއަރީ 2010) ގެ ލިޔުމުން
އިމްތިޔާޒް ފަހުމީއަށް ޖަވާބު ދެއްވާފައިވުމުން، އިމްތިޔާޒް ފަހުމީ ސަސްޕެންޑްކޮށްފައިވަނީ ރަނގަޅަށްނޫން
ކަމަށް އެ ކޯޓުންވެސް ޤަބޫލުކުރާކަން އެނގޭއިރު، ޖަވާބުގައި ބަޔާންކޮށްފައިވާ ފަދައިން އެ ކޯޓުން
ޢަމަލުކޮށްފައިނުވާ ކަމަށްބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/123
(3
މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
އިމްތިޔާޒް ފަހުމީގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ
މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ccc
(ހ) 21 ފެބްރުއަރީ 2010 ގައި އޮތް ޖިނާއީ ކޯޓުގެ ނަންބަރު 2010/JC/211
ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހުގައި މ.ޖަވާހިރުގެ މާލެ އަޝްފާޤު އުޘްމާން އާދަމްގެ ޤާނޫނީ ވަކީލުގެ
ހައިސިއްޔަތުން އިމްތިޔާޒް ފަހުމީ، އަޝްފާ އުޘްމާން އާދަމް ތަމްސީލު ކުރަމުން ގެންދަނިކޮށް،
އިމްތިޔާޒް ފަހުމީ ޝަރީޢަތްކުރާ މާލަމުން ނިކުތުމަށް އެ ޤަޟިއްޔާގެ މައްސަލަ ބެއްލެވި ޤާޟީ
އަންގަވާފައިވާކަމަށް އިމްތިޔާޒް ފަހުމީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެއްކި
ވާހަކަތަކުންނާއި، ކްރިމިނަލް ކޯޓުން 12 ޖޫން 2011 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ފޮނުއްވި އެކޯޓުގެ
ނަންބަރު 95
/
2011
/
17/A-145 ސިޓީ (މީގެ ފަހުން 11 ޖޫން 2011 ގައި ފޮނުއްވި ސިޓީ) އާއެކު
ފޮނުއްވާފައިވާ ލިޔެކިއުންތަކުގެ ތެރެއިން، 21 ފެބްރުއަރީ 2010 ގައި އޮތް ޖިނާއީ ކޯޓުގެ ނަންބަރު
2010/JC/211 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
އެކޯޓަށް ޙާޟިރުވި އެސިސްޓަންޓް ޕަބްލިކް ޕްރޮސިކިއުޓަރ އާމިނަތު ރާޔާ ޢަލީއާއި އެސިސްޓަންޓް
ޕަބްލިކް ޕްރޮސިކިއުޓަރ މަރިޔަމް ޝަހުލާއާއި އެސިސްޓަންޓް ޕަބްލިކް ޕްރޮސިކިއުޓަރ މުޝްފިޤް
ޙައްމަދުއާއި މި ތިން މީހުން އެދުވަހު ޖިނާއީ ކޯޓުގައި މައްސަލަ ހިނގައިދިޔަގޮތާ ބެހޭގޮތުން ދީފައިވާ
ބަޔާންތަކުން އެނގޭކަމާއި، އަދި އިމްތިޔާޒް ފަހުމީ ޝަރީޢަތްކުރާ މާލަމުން ބޭރަށް ނިކުތުމަށް މައްސަލަ
ބެއްލެވި ޤާޟީ އަންގަވާފައިވަނީ އިމްތިޔާޒް ފަހުމީގެ ޢަމަލުތައް ހުރިގޮތުން ޝަރީޢަތް ކުރިއަށް
ގެންދިއުމަށް ހުރަސްއެޅޭތީކަން އިސްވެ އިޝާރާތްކުރެވުނު ބަޔާންތަކުން އެނގެއެވެ.
އިމްތިޔާޒް ފަހުމީ ސަސްޕެންޑްކުރުމާބެހޭ ގޮތުން ކަންހިނގާފައިވާ ގޮތް
ދިވެހިރާއްޖޭގެ ހައިކޯޓަށް އަންގަވައިދެއްވުމަށް ކްރިމިނަލް ކޯޓުގައި ދެންނެވުމުން، އެކޯޓުން 12 ޖޫން
2011 ގައި ފޮނުއްވި ސިޓީއާއި އެކު ފޮނުއްވާފައިވާ ލިޔެކިޔުންތަކަށް ބެލުމުން، އިމްތިޔާޒް ފަހުމީ 22
ފެބްރުއަރީ 2010 ގައި ޖިނާއީ ކޯޓަށް ސިޓީއެއް ފޮނުވާފައިވާކަމާއި، އަދި އެ ސިޓީގައި ބުނެފައިވަނީ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/123
ރޭޑިއޯއާއި ޓީ.ވީ
ގެ ޚަބަރުތަކުން އިމްތިޔާޒް ފަހުމީ ޖިނާއީ ކޯޓަށް ޤާނޫނީ ވަކީލެއްގެ ޙައިސިއްޔަތުން
ވަކާލާތުކުރަން ނުވަދެވޭ ގޮތަށް ސަސްޕެންޑްކޮށްފައިވާކަމުގެ މަޢުލޫމާތު އިމްތިޔާޒް ފަހުމީއަށް ލިބިފައިވާތީ،
އިމްތިޔާޒް ފަހުމީއާ މެދު ޖިނާއީ ކޯޓުން އެޅުއްވި ފިޔަވަޅު ސާފުކޮށް އެނގޭނެ ފަދަ ލިޔުމެއް އިމްތިޔާޒް
ފަހުމީއަށް ދެއްވުމަށާއި، އަދި މި ސިޓީގެ ޖަވާބުގައި 09 މާރޗް 2010 ގައި ޖިނާއީ ކޯޓުން އިމްތިޔާޒް
ފަހުމީއަށް ފޮނުއްވި ނަންބަރު 2010
/
08/A
/
MIS-145 ސިޓީގައި އިމްތިޔާޒް ފަހުމީ 21 ފެބްރުއަރީ
2010 ދުވަހު ޝަރީޢަތުގެ މަޖިލިހުގައި ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވެ، ޝަރީޢަތް ކުރިއަށް
ގެންދިއުމަށް ހުރަސްއަޅާފައިވާތީ، އިމްތިޔާޒް ފަހުމީ ޝަރީޢަތުގެ މަޖިލިހުން ބޭރުކުރައްވައި، 21
ފެބްރުއަރީ 2010 ދުވަހުން ފެށިގެން 06 (ހައެއް) މަސް ދުވަހުގެ މުއްދަތަށް ޖިނާއީ
ކޯޓަށް
ބަލައިނުގަންނަގޮތަށް ހަމަޖައްސަވާ ބަޔާންކުރައްވާފައިވާކަން އެނގެއެވެ.
21 ފެބްރުއަރީ 2010 ގައި ބޭއްވުނު ޖިނާއީ ކޯޓުގެ ނަންބަރު
2010/JC/211 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހަކީ އެޤަޟިއްޔާގައި ދަޢުވާ ލިބުނު ފަރާތްކަމުގައިވާ
އަޝްފާޤު އުޘްމާން އާދަމް ދައުވާއަށް ޖަވާބުދާރީވާން ފުރުޞަތު ދިނުމަށްޓަކައި ބޭއްވުނު ޝަރީޢަތުގެ
މަޖިލިހެއްކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެކޯޓަށް ޙާޟިރުވި އެސިސްޓަންޓް ޕަބްލިކް
ޕްރޮސިކިއުޓަރ އާމިނަތު ރާޔާ ޢަލީއާއި އެސިސްޓަންޓް ޕަބްލިކް ޕްރޮސިކިއުޓަރ މަރިޔަމް ޝަހުލާއާއި
އެސިސްޓަންޓް ޕަބްލިކް ޕްރޮސިކިއުޓަރ މުޝްފިޤް މުޙައްމަދުއާއި މިތިން މީހުންގެ ބަޔާންތަކުން
އެނގޭކަމާއި، އަދި އިމްތިޔާޒް ފަހުމީ ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުންނާއި
ހުށަހަޅާފައިވާ ލިޔެކިއުންތަކުންވެސް އަދި އިސްވެ ބަޔާން ކުރެވުނު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
އެސިސްޓަންޓް ޕަބްލިކް ޕްރޮސިކިއުޓަރުންގެ ބަޔާންތަކުންވެސް 21 ފެބްރުއަރީ 2010 ގައި ބޭއްވުނު
ޝަރީޢަތުގެ މަޖިލިސް ކުރިއަށް ގެންދިއުމަށް ދަތިވީ އިމްތިޔާޒް ފަހުމީގެ އަތުގައި ހުރި ލިޔެކިއުންތަކުން
ދަޢުވާ ލިބޭ ފަރާތުގެ ނަމާއި އެޑްރެސް ސާފުނުވާތީ، އަދި އެ ދަޢުވާއަކީ ޖިނާއީ ދަޢުވާއެއްކަމުން ދަޢުވާ
ލިބޭ ފަރާތުގެ ނަމާއި އެޑްރެސް ސާފުވާން ޖެހޭނެކަމަށް އިމްތިޔާޒް ފަހުމީ ބުނުމުން، މިކަންތައްތައް
އެދުވަހު ދަޢުލަތުން ސާފުކޮށްދިނުމަށް މައްސަލަ ބެއްލެވި ޤާޟީ އެދިވަޑައިގެންފައި، އެ ދުވަހުގެ
ޝަރީޢަތުގެ މަޖިލިހުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އިއްވި ދަޢުވާގެ ފޮޓޯކޮޕީއެއް
4
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/123
ނަންގަވާފައި އެކޮޕީ އިމްތިޔާޒް ފަހުމީއާ ޙަވާލު ކުރެއްވުމަށްފަހު އެދަޢުވާއަށް ވަގުތުން ޖަވާބުދާރީވުމަށް
މައްސަލަ ބެއްލެވި ޤާޟީ އަންގަވައި، ޤާޟީ ތަކުރާރުކޮށް މައްސަލަ ކުރިއަށް ގެންދިއުމަށް
އެދިވަޑައިގަތުމުންވެސް، ތަކުރާރުކޮށް މައްސަލަ މިގޮތަށް ކުރިއަށް ނުގެންދެވޭނެކަމަށް ބުނެ މައްސަލަ
ކުރިއަށް ގެންދިއުމަށް ޝަރީޢަތަށް ދަތިވާގޮތަށް އިމްތިޔާޒް ފަހުމީ ޢަމަލުކޮށްފައިވުމުންކަން އެނގޭކަމާއި،
އަދި މައްސަލަ ބެއްލެވި ޤާޟީ އިމްތިޔާޒް ފަހުމީ ޝަރީޢަތުގެ މަޖިލިހުން ނެރުއްވައި، އެއަށްފަހު
ޝަރީޢަތުގެ މަޖިލިހުގައި ދަޢުވާ ލިބޭ ފަރާތަށް ދަޢުވާގައި ބުނާ އެއްޗެއް އެނގޭ އަދި ޝަރީޢަތަށް
އެއްބާރުލުން ދެވޭވަރުގެ ވަކީލަކު ހަމަޖައްސައި ކޯޓަށް އެންގުމަށް ޤާޟީ ވިދާޅުވެފައިވާކަމާއި، އަދި މި
މައްސަލާގައި އިމްތިޔާޒް ފަހުމީ ބަލައި ނުގަންނާނެ ވާހަކަ ދަޢުވާ ފަރާތަށް އަންގަވާފައިވާކަން
4
އެނގެއެވެ.
ގެ ހަވީރު
އިމްތިޔާޒް ފަހުމީ ޖިނާއީ ކޯޓުން ސަސްޕެންޑް ކުރެވިފައިވާ ކަމުގެ މަޢުލޫމާތު
އިމްތިޔާޒް ފަހުމީއަށް އެންމެ ފުރަތަމަ އެނގިފައިވަނީ 22 ފެބްރުއަރީ 2010
ނޫހުންކަމުގައިބުނެ އެދުވަހުގެ ހަވީރު ނޫހުގެ ކޮޕީ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާކަމާއި، އަދި
އިސްވެ ބަޔާން ކުރެވުނު ނުކުތާތަކުގައި ފާހަގަކުރެވިފައިވާ ފަދައިން، އިމްތިޔާޒް ފަހުމީ އެދުވަހުގެ
ޝަރީޢަތުގެ މަޖިލިހުން ބޭރުކޮށް އެމައްސަލައިގައި ދަޢުވާ ލިބުނު އަޝްފާޤް އުޘްމާން އާދަމްގެ ޤާނޫނީ
ވަކީލެއްގެ ގޮތުގައި އިމްތިޔާޒް ފަހުމީ ބަލައިނުގަންނާނެކަމަށް ވިދާޅުވުން ފިޔަވައި އިމްތިޔާޒް ފަހުމީއާ މެދު
ޖިނާއީ ކޯޓުން އެއްވެސް ފިޔަވަޅެއް 21 ފެބްރުއަރީ 2010 ގައި ބޭއްވުނު ޖިނާއީ ކޯޓުގެ ނަންބަރު
2010/JC/211 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހުގައި އަޅުއްވާފައިނުވާކަމާއި، އަދި ޖިނާއީ ކޯޓުން
އިމްތިޔާޒް ފަހުމީ އެކޯޓަށް 6 މަސް ދުވަހުގެ މުއްދަތަކަށް ބަލައިނުގަންނާނެކަމަށް ކަނޑައަޅުއްވައި
އިމްތިޔާޒް ފަހުމީއާމެދު އެޅުއްވި ފިޔަވަޅު އަޅުއްވާފައިވާކަން އިމްތިޔާޒް ފަހުމީއަށް އަންގަވާފައިވަނީ އެ
ހާދިޘާ ހިނގި ތާރީޚުގެ މާފަހުގެ ތާރީޚެއްކަމުގައިވާ 09 މާރޗް 2010 ގައި ކަމާއި، އެހެންނަމަވެސް
ދިވެހިރާއްޖޭގެ ބައެއް މީޑިއާތަކަށް މި ހާދިޘާ ހިނގި ތާރީޚުނޫން އަނެއް ދުވަހު މިކަމާބެހޭ މަޢުލޫމާތު
ލިބިފައިވާކަމާއި، ޖިނާއީ ކޯޓުން އިމްތިޔާޒް ފަހުމީއާ މެދު އެޅުއްވި ފިޔަވަޅަކީ އިދާރީގޮތުން އަޅުއްވާފައިވާ
ފިޔަވަޅަކަށްވެފައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 114/HC-A/2010 ޤަޟިއްޔާގައިވެސް
cu
2
cu o
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/123
68
etc
ފާހަގަކޮށްފައިވާ ފަދައިން، މިފަދަ މައްސަލަތަކުގައި ޤާނޫނުއަސާސީގެ
ވަނަ މާއްދާގައި
ބަޔާންކޮށްފައިވާފަދަ ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމާއުތަކުން ޤަބޫލުކުރާ އުސޫލުތަކަށް
ރިޢާޔަތްކުރަންޖެހޭނެކަމާއި، މިގޮތުން، ޑިއު ޕްރޮސެސް (due process) ނުވަތަ ޕްރޮސީޖަރަލް ފެއާނަސް
(procedural fairness) ޤާއިމުކުރެވިފައި އޮންނަންޖެހޭނެކަމާއި، ޔުނައިޓަޑް ސްޓޭޓްސް އޮފް އެމެރިކާ
އާއި ކެނެޑާ އަދި ފްރާންސްފަދަ ޤައުމުތަކުގެ ކޯޓުތަކުން ޢަމަލުކުރާ އުސޫލަށް ބަލާއިރު، ޢާންމު
އުސޫލެއްގެ ގޮތުން، މިފަދަ މައްސަލަތަކުގައި އެމައްސަލާގައި އެޅޭ ފިޔަވަޅެއްގެ ސަބަބުން ނުވަތަ ދެވޭ
އަދަބެއްގެ ސަބަބުން އެއްވެސް ފަރާތެއް ބޮޑު އަދަދަކުން ޖޫރިމަނާކުރެވި ނުވަތަ އެފަރާތަކަށް
ވަކިމަސައްކަތެއް ކުރުމަށްޓަކައި ދޫކުރެވިފައިވާ ލައިސަންސް ހިފެހެއްޓުންފަދަ ގެއްލުމެއް ލިބޭފަދަ
ފިޔަވަޅެއް އެޅިދާނެ ނުވަތަ އަދަބެއް ލިބިދާނެ މައްސަލައަކަށްވާނަމަ، އެމައްސަލައެއްގައި ޤާނޫނުން
ކަނޑައަޅާ އަދަބު އެފަރާތަކަށް ދެވޭނީ، އެމައްސަލައެއް ނިންމުމުގައި ނިއު ޕްރޮސެސް (due process)
ނުވަތަ ޕްރޮސީޖަރަލް ފެއާނަސް (procedural fairness) ޤާއިމުކުރެވިފައި އޮވެގެންކަމަށް
އެޤައުމުތަކުގެ ކޯޓުތަކުން ނިންމާފައިވާ، ނިކަލްސަން ވަރސަސް ހޯލްޑިމަންޑް-ނޯފޯކް (ރީޖަނަލް
މުނިސިޕަލްޓީ) (311
.S.C.R
1 [1979])، ބޭކަރ ވަރސަސް ކެނެޑާ (މިނިސްޓަރ އޮފް ސިޓިޒަން ޝިޕް
އިމިގްރޭޝަން) (817
.S.C.R
2 [1999])، މެގެންސް ވަރސަސް ދަ އޮންޓޭރިއޯ ރޭސިންގ
ކޮމިޝަން ((
.O.J
.
No. 1456
(
Div
.
Ct [2003]) ފަދަ މައްސަލަތަކުގެ ޙުކުމްތަކަށް ބެލުމުން
އެނގޭކަމާއި، އެގޮތުން، އެމީހެއްގެ މައްޗަށް އިދާރީ ފިޔަވަޅެއް އަޅާނަމަ އެމީހަކާމެދު އެޅި ފިޔަވަޅެއް
އެމީހަކަށް އަނގަބަހުން ނުވަތަ ލިޔުމުން އެ ފިޔަވަޅެއް އަޅަން ޖެހުނު
އަންގަންޖެހޭނެކަމާއި، އިމްތިޔާޒް ފަހުމީއާމެދު ޖިނާއީ ކޯޓުން އިދާރީ ފިޔަވަޅު އެޅުއްވިއިރު، އިމްތިޔާޒް
ފަހުމީއަށް އެކަން އަނގަބަހުން ނުވަތަ ލިޔުމުން ނަމަވެސް 09 މާރޗް 2010 ގެ ކުރިން
އަންގަވާފައިނުވާކަމާއި، އެހެންނަމަވެސް އެކަމާ ބެހޭ މަޢުލޫމާތު ޖިނާއީ ކޯޓަށް ހަވާލާދީ ދިވެހިރާއްޖޭގެ
މީޑިއާތަކުން 22
23 ފެބްރުއަރީ 2010 ގައި ޢާންމުކޮށްފައިވާކަމުން،
އިސްވެދެންނެވިފައިވާ، ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމާއުތަކުން ޢަމަލުކުރާ އުސޫލުތައް ތަތުބީޤުކުރާއިރު،
މައްސަލައިގައި ޑިއު ޕްރޮސެސް (due process) ނުވަތަ ޕްރޮސީޖަރަލް ފެއާނަސް
(procedural fairness) ޤާއިމުކުރެވިފައިނުވާކަން ފާހަގަކުރެވެއެވެ.
އެންޑް
COCCO
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/123
ކޯޓުގެ ޙުރުމަތް ކެނޑޭފަދަ ޢަމަލުތައް ކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް
21 ފެބްރުއަރީ 2010 ގައި ކޯޓުތަކުން ޢާންމުކޮށް ޢަމަލުކުރަމުން ގެންދިޔައީ ޤާނޫނު ނަންބަރު 6/2008
(ޢާންމު ގަވާއިދުތަކާ ބެހޭ ޤާނޫނު) ގެ ޖަދުވަލު 2 ގައިވާ ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ
ގަވާއިދަށްކަމާއި، އެގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ (7) ގައި ޝަރީޢަތުގެ މަޖިލިހުގައި
ފަނޑިޔާރަކު ކުރާ އަމުރަކަށް ނުކިޔަމަންތެރިވުމަކީ ކޯޓުގެ ޙުރުމަތް ކެނޑޭފަދަ ޢަމަލެއްކަން
ބަޔާންކޮށްފައިވާކަމާއި، އަދި 4 ވަނަ މާއްދާގެ (ހ) ގެ (2) ގައި ކޯޓުގައި ހިނގަމުންދާ ޝަރީޢަތަކަށް
ހުރަސް އެޅުން ނުވަތަ ހުރަސް އަޅަން މަސައްކަތް ކުރާކަމަށް މައްސަލަ ބަލަމުން ގެންދާ ފަނޑިޔާރަކަށް
ފެނިއްޖެ ހިނދެއްގައި ފިޔަވަޅު އެޅޭނެކަމާއި، އަދި މިގަވާއިދާ ޚިލާފުވާ ފަރާތްތަކަށް އަދަބު ކަނޑައެޅޭގޮތް
މިގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމާއި، އެ ގޮތުން 5 ވަނަ މާއްދާގެ (ހ) ގައި
ޝަރީޢަތުގެ މަޖިލިހުގައްޔާއި ކޯޓުގެ ޢިމާރާތާއި ގޯތިތެރޭ ހިންގާ ކޯޓުގެ ޙުރުމަތް ކެނޑޭފަދަ ޢަމަލު
ތަކުގައި ވަގުތުން އަދަބު ކަނޑައެޅޭނެކަމަށް ބަޔާންކޮށްފައިވާކަމާއި އަދި ހަމަ އެ މާއްދާގެ (ނ) ގައި އެ
މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޢަމަލު ހިންގުމަށްފަހު ފިލައިފިނަމަ، އެ ފަރާތެއް ހައްޔަރު ކުރުމަށް
އަމުރުކޮށް އެފަރާތެއް ކޯޓަށް ޙާޟިރުކުރުމުން އަދަބު ކަނޑައެޅޭނެކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި
އެގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގައި ވަގުތުން އަދަބު ކަނޑައަޅާ ޙާލަތްތައް ފިޔަވައި އެހެން
ޙާލަތްތަކުގައި އަދަބު ކަނޑައަޅާނީ ކޯޓުގެ ޙުރުމަތް ކެނޑުމުގެ މައްސަލަ ޝަރީޢަތުން ބެލުމަށްފަހުގައިކަން
ފައިވާކަމާއި، އަދި ހަމަ އެ ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ގައި ކޯޓުގެ ޙުރުމަތް
ކެނޑުންކަމަށް ބެލެވޭފަދަ ކަމެއް އެއްވެސް ފަރާތަކުން ޝަރީޢަތުގެ މަޖިލިހުގައި ނުވަތަ ކޯޓުގެ ޢިމާރާތުގެ
ތެރޭގައި ނުވަތަ ގޯތިތެރޭގައި ހިންގައިފިނަމަ އެފަދަ ފަރާތެއްގެ މައްޗަށް ވަގުތުން އަދަބު ކަނޑައެޅުމުގެ
ބާރު ކޯޓަށް ލިބިދީފައިވާކަން އެނގެން އޮންނަކަމާއި، 21 ފެބްރުއަރީ 2010 ގައި ބޭއްވި ޖިނާއީ ކޯޓުގެ
ނަންބަރު 2010/JC/211 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހުގައި އިމްތިޔާޒް ފަހުމީ ދައްކާފައިވާ
ވާހަކަތަކުގެ ދިފާޢުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި އިމްތިޔާޒް ފަހުމީގެ ފަރާތުން
ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އިސްވެ އިޝާރާތްކުރެވުނު ދުވަހު ޖިނާއީ ކޯޓުގެ ޝަރީޢަތުގެ
މަޖިލިހުގައި ޤާޟީ ޢަމަލުކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ
މާއްދާގެ (ބ) އާ ޚިލާފަށްކަމަށާއި، އެ މައްސަލަ އެގޮތަށް ކުރިއަށް ނުގެންދެވޭނެކަމަށް ތަކުރާރުކޮށް
4 3 2
4
9ކރއ
3 3 3 4 2
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/123
738
އިމްތިޔާޒް ފަހުމީގެ ފަރާތުން ބުނެފައިވާނެކަމަށާއި، އަދި އެވާހަކަތައް ދައްކާފައިވަނީ ކޯޓުގެ ޙުރުމަތް
ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގެ 10 ވަނަ މާއްދާގެ (ށ) ގައިވާ ގޮތަށް ހެޔޮނިޔަތުގައި ޢަދުލު އިންސާފު
ރުމަށްޓަކައި އެހީތެރިވުމަށް ނުވަތަ ހަޤީޤަތް ހާމަކުރުމަށްކަމަށް ބުނެފައިވީނަމަވެސް،
ޖިނާއީ ކޯޓުގައި ހިނގި މައްސަލައިގައި ޤާނޫނުއަސާސީއާ ޚިލާފު ޢަމަލެއް ޖިނާއީ
ކޯޓުން ހިންގަވާފައިވާނަމަ، އެފަދަ މައްސަލަތައް އިސްތިއުނާފު ކުރުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ޤާނޫނީ
ނިޒާމުން ލިބިދީފައިވާކަމާއި، އިމްތިޔާޒް ފަހުމީ ޖިނާއީ ކޯޓުގެ ނަންބަރު 2010/JC/211 ޤަޟިއްޔާގެ
އަޑުއެހުމުގައި ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވެ އެޝަރީޢަތް ކުރިއަށް ގެންދިއުމަށް ހުރަސް
އަޅާފައިވާކަމަށް ޖިނާއީ ކޯޓުން ބަޔާންކުރައްވާފައި އޮތުމުން، އެ ޙާލަތުގައި، ޤާނޫނު ނަންބަރު 6/2008
(ޢާންމު ގަވާއިދުތަކާ ބެހޭ ޤާނޫނު) ގެ ޖަދުވަލު 2 ގައިވާ ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާ
ގަވާއިދުގެ ދަށުން މައްސަލަ ބެއްލެވި ޤާޟީއަށް އިމްތިޔާޒް ފަހުމީއާ މެދު ފިޔަވަޅު އެޅުއްވުމުގެ ބާރު
ލިބިވަޑައިގެންފައިވާކަން ފާހަގަކުރެވެއެވެ.
ޖިނާއީ ކޯޓުގައި މައްސަލަބެއްލެވި ޤާޟީ އިމްތިޔާޒް ފަހުމީ ޝަރީޢަތުގެ
މަޖިލިހުން ބޭރު ކުރެއްވުމަށްފަހު
ފަހު، އިމްތިޔާޒް ފަހުމީގެ މުވައްކިލު، މ.ޖަވާހިރުގެ މާލެ އަޝްފާޤު އުޘްމާން
އާދަމްއަށް އިމްތިޔާޒް ފަހުމީ އެ މައްސަލައިގައި ބަލައި ނުގަންނާނެކަމާއި، ދަޢުވާގައި ބުނާ އެއްޗެއް
އެނގޭ އަދި ޝަރީއަތަށް އެއްބާރުލުން ދެވޭވަރުގެ ވަކީލަކު ހަމަޖައްސައި، ކޯޓަށް އެންގުމަށް 3 (ތިނެއް)
ދުވަހުގެ ފުރުޞަތު އަޝްފާޤު އުޘްމާން އާދަމްއަށް ދެއްވާފައިވާކަމާއި، އަދި ކޯޓުން އިސްވެ ބަޔާންކުރެވުނު
ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިސް ނިމުމަށްފަހު، އިމްތިޔާޒް ފަހުމީ ޖިނާއީ ކޯޓުން ސަސްޕެންޑްކޮށްފައިވާ
ކަމާއި، އެ މައްސަލައިގައި އިމްތިޔާޒް ފަހުމީ ކޯޓުން ބަލައި ނުގަންނާނެ ކަމަށް އަންގަވައި، ކޯޓުން
މެރުކުރައްވާފައި، އަޝްފާޤް އުޘްމާން އާދަމް ކައިރިއަށް ސޮއިކުރުމަށް ގެންގޮސްފައިވާކަން
ޖިނާއީ ކޯޓުގެ އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ އާމިނަތު ޙަސަންގެ ބަޔާނުން
އެނގެންއޮތުމުން، ޖިނާއީ ކޯޓުން ޢަމަލު ކުރައްވާފައިވަނީ، ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާ
ގަވާއިދުގެ 5 ވަނަ މާއްދާއާއި 11 ވަނަ މާއްދާގެ (ހ) ގައި ބާޔާންކުރެވިފައިވާ ގޮތަށް ނޫންކަން
/ތ 4
33 މތ / ދ
4
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
1(
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/123
އެނގެން އޮންނަކަމާއި، އަދި އެ ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރެވިފައިވާގޮތަށް
މިމައްސަލައިގެ ޝަރީޢަތެއްވެސް ބޭއްވިފައި ނުވާކަން ފާހަގަކުރެވެއެވެ.
04
21 ފެބްރުއަރީ 2010 ގައި އޮތް ޖިނާއީ ކޯޓުގެ ނަންބަރު 2010/JC/211
ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހުގައި އިމްތިޔާޒް ފަހުމީ ކުޅަ ޢަމަލެއް ކޮށްފައިވަނީ ޝަރީޢަތުގެ
މަޖިލިހުގައިކަން އެނގެންއޮތުމުން، ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގެ 5 ވަނަ މާއްދާގެ
(ހ) އާއި 11 ވަނަ މާއްދާގެ ދަށުން އިމްތިޔާޒް ފަހުމީގެ މައްޗަށް ވަގުތުން އަދަބު ކަނޑައެޅުމުގެ ބާރު
ޖިނާއީ ކޯޓަށް ލިބުނުނަމަވެސް އެކޯޓުން އެގޮތަށް ޢަމަލުކޮށްފައިނުވާކަމާއި، ކޯޓުގެ ޙުރުމަތް ނަގައިލައިފި
މީހެއްގެ މައްޗަށް ޝަރީޢަތުގެ މަޖިލިހުގައި ވަގުތުން އަދަބު ކަނޑަނާޅާ ޙާލަތްތަކުގައި އެމީހަކާއި މެދު
ފިޔަވަޅެއްއަޅާނަމަ ފިޔަވަޅު އެޅޭނީ ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގެ 6 ވަނަ މާއްދާގެ
(ށ) ގައިވާ ގޮތަށް ޝަރީއަތުން އެމައްސަލަ ބެލުމަށްފަހުގައިކަމާއި، އަދި މިގޮތަށް ޝަރީޢަތެއް
ބާއްވާނަމަ، ގަވާއިދުގެ 11 ވަނަ މާއްދާގެ (ށ) ގެ 2، އަދި 3 ގައިވާ ފުރުސަތުތައް ކޯޓުގެ ޙުރުމަތް
ކެނޑިކަމަށް ތުހުމަތު ކުރެވޭ މީހަކަށް ދޭންވާނެކަމާއި، 09 މާރޗް 2010 ގައި އިމްތިޔާޒް ފަހުމީ ޖިނާއީ
ކޯޓުން 6 (ހައެއް) މަސް ދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކުރައްވައިފިކަމަށް ޖިނާއީ ކޯޓުން އިމްތިޔާޒް
ފަހުމީއަށް ފޮނުއްވާފައިވާ ސިޓީގައި، އިމްތިޔާޒް ފަހުމީ ސަސްޕެންޑް ކުރަން ޖެހުނު ސަބަބުކަމަށް ބަޔާން
ކުރައްވާފައިވަނީ ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވެ، ޝަރީޢަތް ކުރިއަށް ގެންދިއުމަށް ހުރަސްއަޅާފައިވާތީ
ކަމަށް އޮތް ނަމަވެސް، އިމްތިޔާޒް ފަހުމީގެ މައްޗަށް ފިޔަވަޅުއެޅިފައިވަނީ ޝަރީޢަތުގެ މަޖިލީހުގައި
ވަގުތުން ނޫން ކަމަށްވާއިރު، ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާއި ބެހޭ ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ)
ގައިވާ ގޮތަށްނޫންކަމާއި އަދި ހަމަ އެ ގަވާއިދުގެ 11 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާއި 3
ވަނަ ނަންބަރުގެ ދަށުން އިމްތިޔާޒް ފަހުމީއަށް އޭނާގެ ދިފާޢުގައި ވާހަކަ ދެއްކުމުގެ ފުރުސަތު
ދެވިފައިނުވާކަމުން، ޖިނާއީ ކޯޓުން އިމްތިޔާޒް ފަހުމީގެ މައްޗަށް އަޅުއްވާފައިވާ ފިޔަވަޅު އަޅުއްވާފައިވަނީ
ޤާނޫނީ ހަމަތަކުން ނޫންކަމަށް މައްސަލަ ބެލި ފަނޑިޔާރުންނަށް ޤަބޫލު ކުރެވެއެވެ.
ވީމާ، އިސްވެ ބަޔާންކުރެވުނު ޤާނޫނީ އަދި ޝަރުޢީ ސަބަބުތައް އެހެންހުރުމުން،
21 ފެބްރުއަރީ 2010 ގައި އިމްތިޔާޒް ފަހުމީ ޖިނާއީ ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވެ، ޝަރީޢަތް ކުރިއަށް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
11
2010/HC-A/123
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ގެންދިއުމަށް ހުރަސްއަޅާފައިވާތީ ކަމަށް ވިދާޅުވެ، ޖިނާއީ ކޯޓުން އިމްތިޔާޒް ފަހުމީ 06 (ހައެއް) މަސް
ދުވަހުގެ މުއްދަތަކަށް ޖިނާއީ ކޯޓުން ބަލައިނުގަންނާނެ ކަމަށް ނިންމަވާފައިވާ ނިންމެވުމަކީ މިފަދަ
މައްސަލަތަކުގައި ޢަމަލުކުރުމަށް އޮންނަ ޤާނޫނީ ހަމަތަކާ ނިންމަވާފައިވާ ނިންމެވުމެއްކަމަށް
މައްސަލަބެލި ފަނޑިޔާރުންނަށް ނުފެނެއެވެ.
2
4
2 ހއ
ccc
0
ޙުކުމް
ދެންފަހެ އިސްވެ ބަޔާންކުރެވުނު ޤާނޫނީ އަދި ޝަރުޢީ ސަބަބުތައް އެހެން
ހުރުމާއިއެކު، 21 ފެބްރުއަރީ 2010 ގައި އިމްތިޔާޒް ފަހުމީ 06 (ހައެއް) މަސް ދުވަހުގެ މުއްދަތަކަށް
ޖިނާއީ ކޯޓުން ބަލައިނުގަންނާނެ ކަމަށް ނިންމަވާފައިވާ ނިންމެވުން އިސްތިއުނާފު ކުރުމަށް މ.އަފްޒާ މާލެ
އިމްތިޔާޒް ފަހުމީގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ނިންމެވުމަކީ މިފަދަ
މައްސަލަތަކުގައި ޢަމަލުކުރުމަށް އޮންނަ ޤާނޫނީ ހަމަތަކާ އެއްގޮތަށް ނި
ނިންމަވާފައިވާ ނިންމެވުމެއް ނޫންކަމަށް މި
މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، 21 ފެބްރުއަރީ 2010 އިން
ފެށިގެން އިމްތިޔާޒް ފަހުމީ 06 (ހައެއް) މަސް ދުވަހުގެ މުއްދަތަކަށް ޖިނާއީ ކޯޓުން ބަލައިނުގަންނާނެ ކަމަށް
ނިންމަވާފައިވާ ނިންމެވުން ބާޠިލުކޮށް، އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;