ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/311 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/311
އަAu
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ރަސްދޫ
4
ޤަޟިއްޔާ ނަންބަރު: 311/HC-A/2013
އިސްތިއުނާފު ކުރިފަރާތް:
* ނަން: އަޝްރަފް ރަޝީދު
ދާއިމީ އެޑްރެސް: ރަތްބަގީޗާގެ
* އައި.ޑީ.ކާޑު ނަންބަރު: A002090 މިހާރުގެ އެޑްރެސް:
* ވަކީލް: އދ. މައުމޫން މޫސާ، ސީސްޓަރ ފުނަދޫ
އދ. ޢަބްދުﷲ ޝާއިރު، ހ. ފުރަހަނިއާގެ/ މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
:ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ވަކީލް: އ. ޕަބްލިކް ޕްރޮސިކިއުޓަރ އދ. އާއިޝަތު ރީޝާ
އ. ޕަބްލިކް ޕްރޮސިކިއުޓަރ އދ. އާއިޝަތު މުޙައްމަދު
0
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 25 ޛުލްޤައިދާ 1434
01 އޮކްޓޯބަރ 2013
ނިމުނު ތާރީޚް: 01 ޛުލްޙިއްޖާ 1434
06 އޮކްޓޯބަރ 2013
އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2013/8508(J
/
MD-145
ނިންމެވި ކޯޓު ކްރިމިނަލް ކޯޓު
ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު
އަމުރު ނެރުނު ތާރީޚް: 26 ސެޕްޓެމްބަރ 2013
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު.އަޒްމިރާލްދާ ޒާހިރު ފަނޑިޔާރުން ޢަބްދުއްރައޫފު އިބްރާހީމް
**T
3
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
، ދިވެހި
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/311
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8508(J
/
(
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައި ވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބުނެ، އެ ކޯޓު އަމުރު
އިސްތިއުނާފުކޮށްދިނުމަށް އެދި، އއ. ރަސްދޫ، ރަތްބަގީޗާގެ އަޝްރަފް ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8508(J/(MD-145 ކޯޓު އަމުރު އެކޯޓުން ނެރުއްވާފައި
ވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބުނެ، އެ ކޯޓު އަމުރު އިސްތިއުނާފުކޮށްދިނުމަށް އެދި،
ރަސްދޫ، ރަތްބަގީޗާގެ އަޝްރަފް ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
އއ.
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8508(J
/
(
MD-145 ކޯޓު އަމުރަށް ބަލާއިރު އެކޯޓު
އަމުރަކީ، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދައްކައި، ފުލުހުންގެ ގައިގައި ތަޅާ މާރާމާރީ ހިންގައި،
ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތުގައި، މުޖުތަމަޢުގެ ސަލާމަތަށްޓަކައި، ރަސްދޫ ރަތްބަގީޗާގެ
އަޝްރަފް ރަޝީދު މިވަގުތު ދޫކޮށްލުމަށް ނުފެންނަކަމަށް ބަޔާންކުރައްވައި، 26 ސެޕްޓެމްބަރ 2013 ވަނަ
ދުވަހުގެ 16:30 އިން 06 އޮކްޓޯބަރ 2013 ވަނަ ދުވަހުގެ 16:29 އަށް އަޝްރަފް ރަޝީދު، މިނިސްޓްރީ
އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވައި ނެރުއްވާފައިވާ
އަމުރެއްކަން އެނގެންއޮވެއެވެ.
-ރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/311
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8508(J
/
MD-145 ކޯޓު އަމުރު ނެރުއްވާފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނުވާކަމަށް ބުނެ އއ. ރަސްދޫ، ރަތްބަގީޗާގެ އަޝްރަފް ރަޝީދުގެ
ފަރާތުން ފަރާތުން 03 (ތިނެއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
4 22
މުއްދަތު
• ފުރަތަމަ ނުކުތާއަކީ،
ބަންދުގެ
އިތުރުކުރައްވާފައިވަނީ ދިވެހިޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއާއި 49 ވަނަ މާއްދާއާ ޚިލާފަށް، އަދި އަޝްރަފް ރަޝީދަކީ އެމާއްދާއަށް
ފެތޭ މީހެއްތޯ ބެއްލެވުމެއްނެތި، ހަމައެކަނި ފުލުހުން ބުނާ ބުނުމެއްގެ މައްޗަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، ބަންދުގެ މުއްދަތު އިތުރުކުރައްވާފައިވަނީ ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ
މާއްދާއާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި
· · 499
0
ތިންވަނަ ނުކުތާއަކީ، އަޝްރަފް ރަޝީދު ބަންދުގައި ބެހެއްޓުމަށް ޤާޟީ ނިންމެވި ނިންމެވުމަށް
ވާޞިލުވި ސަބަބު ބަޔާންކުރައްވާފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
4. ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8508 (J
/
(
MD-145 ކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް ރަސްދޫ، ރަތްބަގީޗާގެ އަޝްރަފް ރަޝީދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންކަން
ފާހަގަކުރެވެއެވެ.
CU O
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/311
(ހ) ފުރަތަމަ ކަމަކީ، ރަސްދޫ، ރަތްބަގީޗާގެ އަޝްރަފް ރަޝީދު ހައްޔަރުކުރެވިފައިވަނީ،
2013 ސެޕްޓެމްބަރ 25 ވަނަ ދުވަހުގެ 21:30 ހާއިރު ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ
ދޮރުމަށްޗަށްވާގޮތަށް ނަގާފައިހުރި ހުދުކުލައިގެ ބޮޑު ޖަނގިޔަލެއް ފުލުހުން ނަގައި، ރަސްދޫ ޕޮލިސް
ސްޓޭޝަނަށް ގެންދަނިކޮށް ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި، ފުލުހުންގެ ގައިގާ ތަޅާ މާރާމާރީ ހިންގައި، އެ
ޖަނގިޔާ ފުލުހުންގެ އަތުން ގަދަކަމުން އަތުލައިގެން ގެންގޮސްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ
ގުޅިގެން، 26 ސެޕްޓެމްބަރ 2013 ވަނަ ދުވަހުގެ 00:30 ގައިކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ނަންބަރު TD057371 "ހައްޔަރު ކުރެވޭ މީހާގެ މަޢުލޫމާތު ފޯމް" އަށް ބެލުމުން އެނގެންއޮންނަކަމާއި،
އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 2013
/
8508/J
/
MD-145 ކޯޓު
އަމުރަކީ، ރަސްދޫ، ރަތްބަގީޗާގެ އަޝްރަފް ރަޝީދު 26 ސެޕްޓެމްބަރ 2013 ވަނަ ދުވަހުން ފެށިގެން
15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ނުވަތަ ހައްޔަރުކޮށްފައި ބެހެއްޓުމުގެ މުއްދަތު އިތުރުކޮށްދިނުމަށްއެދި
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު TD057371 "ކުށެއްގެ ތުހުމަތުގައި ވިންދުކުރެވޭމީހުން
ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމަށްޗަށް ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯރމް"
އިން ހުށަހެޅުމުން ނެރެދެއްވާފައިވާ އަމުރެއްކަމާއި،
މިއަމުރުގައި، އަޝްރަފް ރަޝީދުގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލައާ ގުޅިގެން
ހުށަހަޅާފައިވާ ކަންކަމާއި، ހާދިޘާ ހިނގާފައިވާގޮތަށް ބަލައި ރިޢާޔަތްކުރާއިރު އަޝްރަފް ރަޝީދު މިވަގުތު
ދޫކޮށްލުމަކީ މުޖުތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށް ރައްކައުތެރިކަމެއް ނޫންކަމަށް ކަނޑައަޅުއްވައި، 26
ސެޕްޓެމްބަރ 2013 ވަނަ ދުވަހުގެ 16:30 އިން 06 އޮކްޓޯބަރ 2013 ދުވަހުގެ 16:29 އަށް 10
(ދިހައެއް) ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި އަޝްރަފް ރަޝީދު
ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވާފައިވާކަން އެނގެންއޮންނަކަމެވެ.
I
ދިވެހިރާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖޭގެ
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/311
OCCO
(ނ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއާ ޚިލާފަށް،
އަޝްރަފް ރަޝީދަކީ އެމާއްދާއަށް ފެތޭ މީހެއްތޯ ބެއްލެވުމެއްނެތި، ހަމައެކަނި ފުލުހުން ބުނާބުނުމެއް
ބުނާބުނުމެއްގެ މައްޗަށް
އަޝްރަފް ރަޝީދުގެ ބަންދުގެ މުއްދަތު އިތުރުކޮށްދެއްވާފައިވާކަމަށް ބުނެ އަޝްރަފް ރަޝީދުގެ ފަރާތުން
ހުށަހެޅި ނުކުތާއަށް ބެލިއިރު،
cuc
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއަކީ ކުށެއްގެ ތުހުމަތުގައި މީހަކު
ހައްޔަރު ނުވަތަ ބަންދުކުރެވޭނެ ޙާލަތްތައް ބަޔާންކޮށްފައިވާ މާއްދާކަމާއި، މި މާއްދާގައި ވަނީ "ހައްޔަރު ކުރާ
މީހާއަށް މީހަކު ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި، ނުވަތަ އެވަގުތު އެއުޅެނީ ކުށެއް ކުރާން ކަމަށް
ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން، ނުވަތަ ކޯޓުގެ އަމުރަކުން
ހުއްދަލިބިގެން މެނުވީ އެއްވެސް މީހަކު ހިފައި ހައްޔަރުކޮށް، ނުވަތަ ބަންދުކޮށްގެނެއް ނުވާނެއެވެ"
މިފަދައިންކަމަށްވާއިރު،
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާ ފުލުހުންގެ ގައިގާ ތަޅާ މާރާމާރީ ހިންގިކަމުގެ
ތުހުމަތުގައި، 2013 ސެޕްޓެމްބަރ 25 ވަނަ ދުވަހުގެ 23:00 އިން ފެށިގެން 48 ގަޑިއިރުގެތެރޭގައި
އަޝްރަފް ރަޝީދު ހައްޔަރުކުރުމުގެ އަމުރަކަށް އެދި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
2013
/
55/G3
(
U2
)
/
AW-171 "ހައްޔަރުކުރުމުގެ އަމުރު ހޯދުމަށް ފަނޑިޔާރަށް ހުށަހަޅާ ފޯމް” އިން
އަރިއަތޮޅު އުތުރުބުރީ
އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން،
ނަންބަރު
2013
/
50/HA
)
U2MC
-
B) ކޯޓު އަމުރުން 25 ސެޕްޓެމްބަރ 2013 ވަނަ ދުވަހުގެ 23:45 އިން
ފެށިގެން 24 ގަޑިއިރުގެ ތެރޭގައި، ރަސްދޫ، ރަތްބަގީޗާގެ އަޝްރަފް ރަޝީދު ހައްޔަރުކުރުމުގެ އަމުރު
ނެރެދެއްވާފައިވާކަމާއި،
މިގޮތުން، ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ފުލުހުންގެ ގައިގާ ތަޅައި މާރާމާރީ ހިންގައި
ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ތުހުމަތުގައި އއ. ރަސްދޫ، ރަތްބަގީޗާގެ އަޝްރަފް ރަޝީދު
ހައްޔަރުކުރެވިފައިވަނީ، ހައްޔަރުކުރުމުގެ އަމުރެއް ކޯޓުން ހޯއްދަވައިގެން އެއަމުރުގެ މައްޗަށް ބިނާކޮށް 26
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ދިވެހިނެއްގެ
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/311
4
ސެޕްޓެމްބަރ 2013 ވަނަ ދުވަހުގެ 00:30 ގައިކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
TD057371 "ހައްޔަރު ކުރެވޭ މީހާގެ މަޢުލޫމާތު ފޯމް" އަށާއި، އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2013
/
50/HA
)
U2MC
-
B) ކޯޓު އަމުރަށް ބެލުމުން އެނގެންއޮންނަކަމުން، އަޝްރަފް
ރަޝީދު ހައްޔަރުކުރެވިފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ ޙާލަތްތަކުންކުރެ ޙާލަތެއްނެތި، ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއާ ޚިލާފަށްކަމަށް
ބެލެވޭނެތަނެއްނެތްކަމެވެ.
CU O
OCX
cu o
ކުށެއްގެ
ހ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި،
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާއާ ޚިލާފަށް އަޝްރަފް ރަޝީދުގެ ބަންދުގެ މުއްދަތު
އިތުރުކޮށްދެއްވާފައިވާކަމަށް ބުނެ އަޝްރަފް ރަޝީދުގެ ފަރާތުން ހުށަހެޅި ނުކުތާއަށް ބެލިއިރު،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ތުހުމަތުގައި
ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ
މާއްދާގެ (ހ) އަކީ ކުށެއްގެ ތުހުމަތުގައި ވާ މީހާ ހައްޔަރުގައި ނުވަތަ ބަންދުގައި ބެހެއްޓުމުގެ އަމުރު
ރުއްވުމުގައި ފަނޑިޔާރު ބައްލަވަންޖެހޭނެ ކަންކަން ބަޔާންކޮށްފައިވާ މާއްދާތަށްކަމާއި، މިގޮތުން އެމީހަކާމެދު
ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް
މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން
ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެ ހިނދެއްގައި
އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަމާއި،
pp
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/311
OCX
އަދި އެއިން ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަމާމެދު ގޮތެއް ނިންމުމުގެ ބާރު
ލިބިދީފައިވަނީ ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ)
އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނައިރު،
ބަންދުގެ މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ހެކިތައް ވަޒަންކޮށް، ކުށުގެ ތުހުމަތުގައިވާ މީހެއްގެ
ކިބައިގައި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ
ސަބަބުތަކުން ކުރި ސަބަބެއް އޮތްކަން ނުވަތަ ނެތްކަން ކަނޑައެޅުމަކީ ބަންދުގެ މައްސަލަ ބައްލަވާ
ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 93/HC
-
A/2012
ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަމާއި،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގެ ފާހަގަކުރެވުނު
9 ވަނަ ނަންބަރުގައި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތީން މީހަކު
ންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށުގެ ނުރައްކާތެރިކަން އޮތް މިންވަރަށާއި، އަދި އެޙާދިސާ ތަޙްޤީޤުކުރުމުގައި
ހުރީ ކިހާމިންވަރެއްގެ ގޮންޖެހުން ތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބައިކަމާއި، ކުށުގެ
ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ
ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލާފާނެ ކަމުގެ ބިރުއޮތީ ކިހާވަރަކަށް ކަމާއި، ހެކިތަކާކުޅު ހެކިތައް
އެތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ބަޔާންކުރައްވާފައިވާކަމާއި،
ރަސްދޫ، ރަތްބަގީޗާގެ އަޝްރަފް ރަޝީދުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށުގެ ބާވަތަށް
ބަލާއިރު، މީނާގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދައްކައި، ފުލުހުންގެ
ވާޖިބަށް ހުރަސްއަޅައި، ފުލުހުންގެ ގައިގާ ތަޅައި މާރާމާރީ ހިންގުމުގެ ކުށުގެ ތުހުމަތުކަން
އިސްތިއުނާފު ކުރެވިފައި މިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8508(J
/
(
MD-145 ކޯޓު އަމުރަށް
ނއނPe
ނައްބާލި(
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/311
ބެލުމުން އެނގެންއޮންނައިރު އަދި އަޝްރަފް ރަޝީދުގެ މައްޗަށް ތުހުމަތު ކުރުމަށް އެކަށީގެންވާ
ސަބަބުތަކެއް ހުރިއިރު،
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމަކީ އެކަމުގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތަށް
ނުރައްކާވެ، އަމަން އަމާންކަން ގެއްލިދާފަދަ ކަމެއްކަމާއި، އަދި މިކަން މިގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު
ޤަޟިއްޔާއާއި،
ޤަޟިއްޔާގައިވެސް
2012/HC-A/213
2013/HC-A/120
CCC
I ¢
ފާހަގަކުރައްވާފައިވާކަން އެނގެންއޮންނަކަމާއި،
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގައި "މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައި އެވާ ސަބަބެއް
އޮތްނަމަ ގިނަވެގެން 15 ދުވަހުގެ މުއްދަތަށް އެމީހަކު ހައްޔަރުގައި ނުވަތަ ބަންދުގައި ބެހެއްޓުމުގެ އަމުރު
ފަނޑިޔާރަށް ނެރެދެވިދާނެއެވެ" މިފަދައިން ބަޔާންކޮށްފައިވާކަމާއި، އަދި އެމާއްދާގެ (ރ) ގައި "އެމީހަކު
ބަންދުގައި ބެހެއްޓުމަށް ނިންމި ސަބަބު ފަނޑިޔާރު ފޯމުގައި ލިޔަންވާނެއެވެ" މިފަދައިން ބަޔާންކޮށްފައިވާއިރު،
އިސްތިއުނާފު ކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު J
/
(
MD2013
/
8508-145 ކޯޓު
އަމުރުގައި އއ. ރަސްދޫ، ރަތްބަގީޗާގެ އަޝްރަފް ރަޝީދު ބަންދުގައި ބަހައްޓަންވީ މުއްދަތުގެ ގޮތުގައި
ކަނޑައަޅުއްވާފައިވަނީ 10 (ދިހައެއް) ދުވަހުގެ މުއްދަތު ކަން އެ އަމުރަށް ބެލުމުން އެނގެންއޮންނަކަމާއި،
އަދި އެއަމުރުގައި އަޝްރަފް ރަޝީދު ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބުގެ ގޮތުގައި "މީނާގެ މައްޗަށް
ތުހުމަތުކުރެވިފައިވާ ފުލުހުންގެ ގައިގާ ތަޅާމާރީ ހިންގާ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ މިމައްސަލައާއި
ގުޅިގެން ހުށަހަޅާފައިވާ ކަންކަމާއި ހާދިޘާ ހިނގާފައިވާ ގޮތަށް ބަލާ ރިޢާޔަތްކުރާއިރު މިވަގުތު މީނާ ދޫކޮށްލުމަކީ
މުޖުތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށް ރައްކާތެރިކަމެއްކަމަށް ނުފެންނާތީ މުޖުތަމަޢުގެ ހަމަޖެހުމާއި
ސަލާމަތަށްޓަކައި" ކަމަށް ބަޔާންކުރައްވާފައިވާކަމުން،
ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8508(J
/
(
MD-145 ކޯޓު އަމުރަކީ ޤާނޫނުއަސާސީގެ 49
ވަނަ މާއްދާއާއި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/311
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާއާ ޚިލާފަށް އަދި އަޝްރަފް ރަޝީދު ފާހަގަކުރި
ފަދައިން، އަޝްރަފް ރަޝީދު ބަންދުގައި ބެހެއްޓުމަށް ނިންމެވި ނިންމެވުމަށް ވާޞިލްވި ސަބަބު
ބަޔާންނުކުރައްވައި ނެރުއްވާފައިވާ އަމުރެއްކަމުގައި
CC OCOCCUCC
(ނ) ހަތަރުވަނަ ކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަން އެފަދައިން ހުރުމުން، މިމައްސަލަ
މިކޯޓުގައި ބެލި ފަނޑިޔާރުން ދެކެނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8508(J/(MD-145 ކޯޓު
އަމުރަކީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާވިޔަސް ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމުގައި ބަލާނެތަނެއް
ނެތްކަމުގައެވެ.
05→
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މީޤަޟިއްޔާގައި އިސްތިއުނާފުކުރެވިފައި
މިވާ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8508(J
/
(
MD-145 ކޯޓު އަމުރަކީ ޝަރުޢީ ނުވަތަ ޤާނޫނީ
އުޞޫލަކާވިޔަސް ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމުގައި ބަލާނެ ތަނެއް ނެތްކަމަށް މިމައްސަލަ މިކޯޓުގައި
ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
8.
ދިވެހިރާއްa
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv