ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/115 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/115
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ދެއްޖެ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 115/HC
-
A/2015
• އިސްތިއުނާފުކުރާ ފަރާތް:
* ނަން: ޖައިސް އަބްދުލް ރަވިއަތު
ދާއިމީ އެޑްރެސް: އިންޑިއާ
* ޕާސްޕޯޓް ނަންބަރު: L7779649
* މިހާރުގެ އެޑްރެސް:
* ވަކީލް: އދ. އިސްމާޢީލް މުޙައްމަދު، ބުލޫވޭވް! މާލެ
އިސްތިއުނާފް ރައްދުވާ ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
0
ވަކީލް: ޕަބްލިކް ޕްރޮސިކިއުޓަރ އދ. ޢާއިޝަތު ޞާލިޙް
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 03 ޖުމާދަލްއާޚިރާ 1436 ނިމުނު ތާރީޚް: 10 ޖުމާދަލްއާޚިރާ 1436
23 މާރޗް 2015
30 މާރޗް 2015
*
0
އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2015
/
1734/J
/
MD-145
ނިންމެވި ކޯޓު ކްރިމިނަލް ކޯޓު
ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު
0
• އަމުރު ނެރުއްވި ތާރީޚް: 15 މާރޗް 2015
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު:ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރުން ޢަބްދުލްޣަނީ މުޙައްމަދު
ފަނޑިޔާރު: ޢަލީ ސަމީރު
ދިވެހިރާއްa
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/115
• ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
1734/J
/
MD-145 ކޯޓު އަމުރު ކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެ ކޯޓު އަމުރު އިސްތިއުނާފުކުރުމަށް
އިންޑިޔާގެ ރައްޔިތެއްކަމުގައިވާ ޖައިސް އަބްދުލް ރަވިއަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
145-J/MD/20151734
1. ކްރިމިނަލް ކޯޓުގެ ނަންބަރު
ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެ ކޯޓު އަމުރު އިސްތިއުނާފުކުރުމަށް
އެދި، އިންޑިޔާގެ ރައްޔިތެއްކަމުގައިވާ ޖައިސް އަބްދުލް ރަވިއަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވެއެވެ.
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
1734/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު، އެކޯޓު
އަމުރަކީ، ޖައިސް އަބްދުލް ރަވިއަތުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް
އެތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލާގައި، މުޖުތަމަޢުގެ ސަލާމަތަށްޓަކައި އަދި ފިލާފާނެކަމަށްޓަކައި 07
މާރޗް 2015 ވަނަ ދުވަހުގެ 14:59 އިން ފެށިގެން 22 މާރޗް 2015 ވަނަ ދުވަހުގެ 14:58 އަށް، 15
(ފަނަރަ) ދުވަހުގެ މުއްދަތަށް ޖައިސް އަބްދުލް ރަވިއަތު މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން
ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކުރައްވައި ނެރުއްވާފައިވާ އަމުރެއްކަން އެނގެންއޮންނަކަމެވެ.
އައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/115
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
1734/J
/
MD-145 ކޯޓު އަމުރު ނެރުއްވާފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ ޖައިސް އަބްދުލް ރަވިއަތުގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
1734/J
/
MD-145 ކޯޓު އަމުރުގައި ކްރިމިނަލް ކޯޓުން
ޖައިސް އަބްދުލް ރަވިއަތުގެ ބަންދުގެ މުއްދަތު އިތުރުކުރުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
49 ވަނަ މާއްދާއާއި ޚިލާފަށް އަމުރު ނެރުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
:40
4. މިމައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
1734/J
/
MD-145 ކޯޓު އަމުރު
އިސްތިއުނާފު ކުރުމަށް ޖައިސް އަބްދުލް ރަވިއަތުގެ ފަރާތުން ހުށަހެޅި ނުކުތާއަކާއި، އެނުކުތާއާ ގުޅިގެން
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު
2015
/
1734/J
/
MD-145 ކޯޓު އަމުރަކީ، އިންޑިޔާގެ ރައްޔިތެއްކަމުގައިވާ ޖައިސް އަބްދުލް ރަވިއަތުގެ
މައްޗަށް ތުހުމަތުކުރެވިފައިވާ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރުމުގެ
މައްސަލާގައި، 07 މާރޗް 2015 ވަނަ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ޖައިސް އަބްދުލް
ރަވިއަތުގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
125176/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް" އިން ހުށަހެޅުމުން ނެރުއްވާފައިވާ
އަމުރެއްކަމާއި،
އެއަމުރުގައި، 07 މާރޗް 2015 ވަނަ ދުވަހުގެ 14:59 އިން ފެށިގެން 22 މާރޗް 2015 ވަނަ
ދުވަހުގެ 14:58 އަށް، 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ޖައިސް އަބްދުލް ރަވިއަތު މިނިސްޓްރީ އޮފް
ހޯމްއެފެއަރޒުން ކަނޑައަޅާތަނެއްގައި އެޓުމަށް އަމުރު ކުރައްވާފައިވާކަން އެނގޭކަމެވެ. ވިހިރާއްޖޭގެ ހައި
ޏ ޑ ވ 3 1ތ
ބަނދި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/115
(ނ) ދެވަނަ ކަމަކީ، މައްސަލައެއް ތަޙްޤީޤުކުރެވެމުން ދާއިރުވެސް އަދި ޝަރީޢަތަށް ހުށަހެޅިފައިވާ
މަރުޙަލާގައިވެސް، ތަޙްޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ މީހެއް
ނޫންކަމާއި، އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު
ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ
މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޞިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް
އެމީހެއްގެ ކިބާގައި ފުރިހަމަވެފައި ވޭތޯކަމާއި، އެއިން ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަމާމެދު
ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48
ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނައިރު،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތްވާ
ގޮތުގެ މަތީން މީހަކު
ދުކުރުމުގައި،
ނުރައްކާތެރިކަން އޮތް މިންވަރަށާއި، އެހާދިސާ ތަހުޤީޤުކުރުމުގައި ހުރީ
ކިހާމިންވަރެއްގެ ގޮންޖެހުންތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބާކަމާއި، ކުށުގެ ޠަބީޢަތަކީ
ކޮބާކަމާއި، ކުށުގެ ކުޑަބޮޑުމިނަކީ ކޮބާކަމާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބާކަމާއި، އެކުށަށް
ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބާކަމާއި،
ޝައްކުކުރެވޭ
މީހާ ފިލާފާނެ ކަމުގެ ބިރު އޮތީ
ކިހާވަރަކަށްކަމާއި އަދި ހެކިތަކާކުޅެ ހެކި ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު
ވަޒަންކުރަންޖެހޭނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގެ
ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި ބަޔާންކުރައްވާފައިވާކަން އެނގެންއޮންނަކަމެވެ.
428 ه
ބަންދަކީ
ހهއެސކރވެ
COC
(ނ) ތިންވަނަ ކަމަކީ، ބަންދުގެ މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ހެކިތައް ވަޒަންކޮށް، ކުށުގެ
ތުހުމަތުގައިވާ މީހެއްގެ ކިބައިގައި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޞިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާގެ
ވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ކަސް/8/sއި
5
2015/HC-A/115
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
4
6
2 ހދ8
ރޮއެކަމަށް
(ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުން ކުރި ސަބަބެއް އޮތްކަން ނުވަތަ ނެތްކަން ކަނޑައެޅުމަކީ ބަންދުގެ
މައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
93/HC
-
A/2012 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަމާއި،
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދުގެ މައްސަލަތަކުގައި ކޯޓަށް ހެކި ހުށަހަޅަންޖެހޭނީ
ކުށެއްކުރިކަން ސާބިތުވާ މިންވަރުގެ އެކި ޤަރީނާނޫންކަމާއި، އެފަދަ މައްސަލަތަކުގައި ހެކީގެ ގޮތުގައި
ބަލައިގަންނަންޖެހޭނީ ކުށެއް ކުރިކަމުގެ ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި ޤަރީނާކަމާއި، ޤާނޫނުއަސާސީގެ 49
ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތީން މީހަކު ބަންދުކުރުމުގައި ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ
ހެކިތަކެއް ނެތްކަމުގައިވިއަސް ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމާއި، ވަށައިގެންވާ އެންމެހައި ކަންކަމަށް
ބަލާއިރު ތުހުމަތުކުރެވޭވަރުގެ އެކަށީގެންވާ
ހުރިނަމަ ތުހުމަތުކުރެވޭ މީހާ ބަންދުގައި
ބެހެއްޓިދާނެކަމާއި، މިކަންކަން މިގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 263/HC-A/2012
ޤަޟިއްޔާއާއި ނަންބަރު 265/HC-A/2012 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާއިރު،
ޖައިސް އަބްދުލް ރަވިއަތު، ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް
ތުކުރެވޭ މައްސަލައާ ގުޅިގެން، ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި، އެމައްސަލާގައި ފުލުހުންގެ ބެލުމުގެ
ދަށަށް ގެނެވުނު މަސްތުވާތަކެތީގެ ތަޙުލީލު ރިޕޯޓާއި ޖައިސް އަބްދުލް ރަވިއަތު ދިރިއުޅެމުންދިޔަ
އެޕާރޓްމަންޓުން ބަނގުރާ ހުރި ފުޅިއެއް ފެނިފައިވުމުގެ އިތުރަށް އެމައްސަލައާގުޅިގެން ނެގިފައިވާ ފޯނުކޯލުގެ
ރެކޯޑިން އަދި އިންޓަލިޖެންސް ރިޕޯޓު، މައްސަލައިގެ ހެކި ޤަރީނާގެ ގޮތުގައި ލިބިފައިވާކަން މޯލްޑިވްސް
ޕޮލިސް ސަރވިސްއިން ކްރިމިނަލް ކޯޓަށް ހުށަހެޅި އެސަރވިސްގެ ނަންބަރު 125176/MF "ބަންދުގެ
މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް" އަށް ބެލުމުން އެނގެންއޮންނައިރު، މިކަންތައްތަކުގެ މައްޗަށް ބަލާއިރު
ޖައިސް އަބްދުލް ރަވިއަތުގެ މައްޗަށް ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް
ތުހުމަތު ކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިކަން ފާހަގަކުރެވޭކަމެވެ.
ތުހުމަތުކުރެވޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/115
(ރ) ހަތަރުވަނަ ކަމަކީ، ޖައިސް އަބްދުއް ރަވިއަތު ހައްޔަރުކުރެވިފައިވަނީ، 2014 އޮކްޓޯބަރ 02
ވަނަ ދުވަހުގެ 13:31 ހާއިރު ރ. ނަންބަރު އޭ.ބީ1.އޭ-ޕީ6377 ކާރުގެ ޑިކީގެ ތެރެއިން ގިނައަދަދެއްގެ
މަސްތުވާތަކެތި ފެނިފައިވާ މައްސަލާގައި، ޖައިސް އަބްދުލް ރަވިއަތުގެ މައްޗަށް އިތުރު ބަޔަކާ ބައިވެރިވެގެން
ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވިގެން ކަމަށްވާއިރު،
މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި އޭގެ ބޭނުން ކުރުމުގެ ކުށްތަކަކީ އެކުށްތަކުގެ ޒާތާއި
ބާވަތުން މުޖުތަމަޢަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަށްޓަކައި، ނުރައްކާތެރިކަން ބޮޑު ކުށުގެ ޢަމަލެއްގެ ގޮތުގައި
ފާހަގަކުރައްވާފައިވާ ކުށްތަކެއްކަމާއި، އަދި އެއީ މުޠުލަޤު މަސްޢޫލިއްޔަތު އުފުލަންޖެހޭ ކުށެއްކަމަށާއި، އެކުށަކީ
އެންމެ މަތީ ދަރަޖައިގެ ޢިނާޔަތުގެ ތެރޭގައި ހިމެނޭ ކުށެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ
ވަނަ ނަންބަރުގެ (ނ) ގައި
ފާހަގަކުރައްވާފައިވާކަން އެނގެންއޮންނައިރު،
އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
1734/J
/
MD-145 ކޯޓު
އަމުރުގައި، ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ޖައިސް
އަބްދުލް ރަވިއަތު މުޖުތަމަޢުގެ ސަލާމަތަށްޓަކައި އަދި ފިލާފާނެކަމަށްޓަކައި މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން
ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކުރައްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާވިޔަސް
ޚިލާފަށްކަމަށް ބަލާނެތަނެއް ނެތްކަމަށް މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންނަށް އެއްބަސްވެވިފައިވެއެވެ.
2011/SC-A/33
4
0
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މިޤަޟިއްޔާގައި އިސްތިއުނާފުކުރެވިފައި
މިވާ، ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
1734/J
/
MD-145 ކޯޓު އަމުރަކީ ޝަރުޢީ ނުވަތަ ޤާނޫނީ
ޓްރާއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2015/HC-A/115
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
އުޞޫލަކާވިޔަސް ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމުގައި ބަލާނެ ތަނެއް ނެތްކަމަށް މިމައްސަލަ މިކޯޓުގައި
ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިއެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv