ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/128 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A/128
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޚަ
ރާއްޖޭ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 128/HC-A/2011
އިސްތިއުނާފުކުރި ފަރާތް؟
* ނަން: އިސްމާޢީލް ޢުމަރު
އައިޑީ ކާޑު ނަންބަރު: A026417
* ދާއިމީ އެޑްރެސް: އެންދެރިމާގެފ. ނިލަންދޫ
* މިހާރުގެ އެޑްރެސް: ވިދާތަރިފ.ނިލަންދޫ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު: 792
/
2008-C
* ދާއިމީ އެޑްރެސް: 26 ބޮޑުތަކުރު
ޑުތަކުރުފާނުމަގު
މިހާރުގެ އެޑްރެސް:
ޓޫސްޓަރ
ދި
*
. ރަޖިސްޓްރީ ތާރީޚް: 19 ޞަފަރު 1433
01 ޖޫން
ނިމުނު ތާރީޚް: 01 ރަބީޢުލްއާޚިރު 1434
11 ފެބްރުއަރީ 2013
2011
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/187
• ނިންމެވި ފަރާތް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
• މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
ހުށަހެޅި ތާރީޚް: 01.08.2010
ނިމުނު ތާރީޚް: 16.03.2011
މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޔޫސުފް ޙުސައިން
ފަނޑިޔާރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
2
2011/HC-A/128
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ:
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/187 މައްސަލަ، އެކޯޓުން ނިންމެވީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ފ.ނިލަންދޫ | އެންދެރިމާގެ އިސްމާޢީލް ޢުމަރުގެ ފަރާތުން
އެމައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްއެވެ.
<< O
ފާހަގަކުރެވުނު ނުކުތާތައް:
187/VTR/2010
22 20
1) އިސްތިއުނާފުކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލައިގައި އިސްމާޢީލް ޢުމަރު (A026417)، އެންދެރިމާގެ / ފ.ނިލަންދޫ 06 ނޮވެމްބަރ 2008 އިން
ފެށިގެން މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޕޯސްޓަލް އޮފިޝަލް ޓްރޭނީގެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް،
16 ފެބްރުއަރީ 2010 ވަނަ ދުވަހު ފ.އަތޮޅު ޕޯސްޓް އޮފީހުގެ ތިޖޫރި ގެއްލުނު މައްސަލައާއި ގުޅިގެން، ނިލަންދޫ
ޕޯސްޓް އޮފީހުގެ ކަންތައްތައް ހުރި ގޮތް ބެލިބެލުމުގައި، އިސްމާޢީލް ޢުމަރާއި އޮފީސް ޙަވާލުކުރެވިފައިވާ
ދުވަސްތަކުގައި، ފައިސާގެ ކަންތަކާއި، ބިލް ހެދުމާއި އަދި ތިޖޫރީގެ ތަޅުދަނޑި ގެންގުޅުމުގައާއި އަދިވެސް
އެތައްކަމެއްގައި ޢަމަލުކޮށްފައިވަނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ތަކުރާރުކޮށް އަންގާފައިވާ ގަވާއިދުތަކާ
ޚިލާފަށްކަމަށާއި އަދި ކުރިން ތަކުރާރުކޮށް ދެވިފައިވާ ނަސޭޙަތާއިއެކުވެސް އެއްވެސް އިޞްލާޙެއް
އައިސްފައިނުވާތީ، އިތުރަށް ވަޒީފާގައި ބަހައްޓައިފިނަމަ ކުންފުންޏަށް އިތުރު ގެއްލުންތަކެއްވެދާނެކަމަށް
ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް 03 މެއި 2010 ގައި ވަޒީފާއިން ވަކިކޮށްފައިވާތީ، ވަޒީފާ އަނބުރާ
ލިބިދިނުމަށްއެދި، މޯލްޑިވްސް ޕޯސްޓް ލިމިޓެޑަށް ރައްދުވާގޮތަށް 01 އޮގަސްޓް 2010 ގައި ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ހުށަހެޅުމުން ބެއްލެވި މައްސަލައެއްކަމާއި،
އެ މައްސަލަ ނިންމަވާފައިވަނީ "... ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތާއި، މައްސަލަ ރައްދުވި
ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށާއި، ފާހަގަކުރި ކަންކަމުގެ މައްޗަށް ރިޢާޔަތްކުރާއިރު، މައްސަލަ ހުށަހެޅި
އިސްމާޢީލް ޢުމަރު، އެންދެރިމާގެ ފ. ނިލަންދޫ (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A026417)
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (ރަޖިސްޓްރޭޝަން ނަންބަރު: 792
/
2008-C)ގެ ފ. ނިލަންދޫ ޕޯސްޓް އޮފީހުގެ
ޕޯސްޓަލް އޮފިސަރ ޓްރޭނީގެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، އިތުރަށް ވަޒީފާގައި މަޖަޓައިފިން
ބުނެ،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
3
2011/HC-A/128
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
،
ކުންފުންޏަށް އިތުރު ގެއްލުންތަކެއް ވެދާނެކަމަށްބުނެ، ވަޒީފާއިން ވަކިކޮށްފައިވާހިނދު، ޤާނޫނު ނަންބަރު
02/2008 (ވަޒީފާއާބެހޭ ޤާނޫނު)ގެ 27 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު މުވައްޒަފަކު ވަޒީފާއިން
ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭފަރާތުގެ ޒިންމާއެއްކަމަށްވާއިރު،
މައްސަލަ ރައްދުވި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްއިން އެކަން ސާބިތުވާ މިންވަރަށް ދެކިހުށަހަޅާފައި ނުވާތީ، 22
ފެބުރުއަރީ 2010ގައި އިސްމާޢީލް ޢުމަރު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައި،
ނަމަވެސް މިމައްސަލައިގައި ހުށަހަޅާފައިވާ ކަންކަމަށް ރިޢާޔަތްކުރާއިރު އިސްމާޢީލް ޢުމަރު ވަޒީފާ އަދާކުރި
މުއްދަތުގައި އޭނާއަށް އަންގާފައިހުރި އެންގުންތަކަށް ބަލާއިރު، އިސްމާޢީލް ޢުމަރު ވަޒީފާގައި އިތުރަށް ބަހައްޓަން
އަމުރު ކުރުމަކީ، ދެފަރާތުގެ މަސްލަހަތަށް ބަލާއިރު އެންމެ އެކަށީގެންވާ ގޮތްކަމަށް ނުފެންނާތީ، އިސްމާޢީލް
ޢުމަރުއަށް ވަޒީފާ އަނބުރާ ދިނުމަށް އަމުރުކުރާނެ ތަނެއްނެތްކަމަށް މައްސަލަބެލި މަޖިލީހުގެ އަޣްލަބިއްޔަތުން
ކަނޑައަޅައި، ޤާނޫނު ނަންބަރ 02/2008(ވަޒީފާއާބެހޭ ޤާނޫނު)ގެ 29 ވަނަ މާއްދާގެ (ރ)އަށް ރިޢާޔަތްކޮށް،
އިސްމާޢީލް އުމަރުއަށް ބަދަލުގެ ގޮތުގައި 26406.00 (ސައްބީސްހާސް ހަތަރު ސަތޭކަ ހައެއް)ރުފިޔާ ދިނުމަށާއި
އަދި އޭނާ ވަޒީފާއިން ވަކިކުރި ތާރީޚްއަކީ 3 މެއި 2010 ކަމަށް ބަލަންޖެހޭތީ، 01 ފެބްރުއަރީ 2010ން 03
މެއި 2010އަށް އޭނާއަށް ލިބެންވާ މުސާރައާއި އިނާޔަތްތަކަށްވާ 18478.10(އަށާރަހާސް ހަތަރު ސަތޭކަ ހަތްދިހަ
އަށެއް ޕޮއިންޓް އެކެއް ސުމެއް) ރުފިޔާ އާއި، އޭނާ ވަޒީފާއިން ވަކިކުރިއިރު ބޭނުން ނުކޮށް އޮތް
ނުކޮށް އޮތް އަހަރީ ޗުއްޓީގެ
10(ދިހައެއް) ދުވަހަށްވާ 1467.00(އެއްހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ހަތެއް) ރުފިޔާ އާ، އެކު ޖުމްލަ
46351.10(ސާޅީސް ހަހާސް ތިންސަތޭކަ ފަންސާސް އެކެއް ޕޮއިންޓް އެކެއް ސުމެއް) ރުފިޔާ، މައްސަލަ
ހުށަހެޅި އިސްމާޢީލް ޢުމަރުއަށް، މިއަދު (16 މާރޗް 2011)ން ފެށިގެން 10(ދިހައެއް)ދުވަހުގެ ތެރޭގައި
އެފައިސާ އެކީ އެއްފަހަރާ ޚަލާސް ކުރުމަށްފަހު، އެކަން ހަމަޖެހޭތާ 3(ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ
ޓްރައިބިޔުނަލަށް ލިޔުމުން އެންގުމަށް މައްސަލަ ރައްދުވީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްއަށް އަންގާ އަމުރު"
ކުރައްވާފައިވާކަން އެމައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.
OO
2) ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/187 މައްސަލަ، އެޓްރައިބިއުނަލުން
ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ފ.ނިލަންދޫ ގެ އެންދެރިމާގެ އިސްމާޢީލް ޢުމަރުގެ
ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން 2 (ދޭއް) ނުކުތާއެއް ފާހަގަކޮށް، އެނުކު ރާއްޖޭގެދިގެފަރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
OX
ހަ 0
42
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471/
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
4
2011/HC-A/128
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
<< O
• ފުރަތަމަ ނުކުތާއަކީ، މިމައްސަލައިގެ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 37
ވަނަ މާއްދާގައި ރައްކާތެރިކޮށްދީފައިވާ އަސާސީ ޙައްޤެއް ނިގުޅައިގަނެވިފައިވާ ނުވަތަ ހަނިކުރެވިފައިވާއިރު،
މިމައްސަލައިގައި ބޭނުންކޮށްފައިވާ ޤާނޫނީ އޮނިގަނޑަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ
މާއްދާގެ (ހ) ގައި ބުނާފަދަ ޤާނޫނީ އޮނިގަނޑެއްކަމަށް ސާބިތުކުރެވިފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
0
ceco
Ox
• ދެވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ
މާއްދާގެ (ހ) ގެ (1) އަދި (2) ގެ ދަށުން ވަޒީފާ ދިނުމަށް އަމުރުނުކޮށް، އެމާއްދާގެ (3) ގެ ދަށުން، ބަދަލުގެ
މިންވަރެއް ދިނުމަށް ނިންމާފައިވުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
3) މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/187 މައްސަލައިގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ބަލާއިރު،
އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، 3 މެއި 2010 ގެ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ވަޒީފާއިން ވަކިކުރެވުނު
32 , 38, ep 8, 233 234 26 (2)2010/MPL/13 === ==
ox
ޕޯސްޓް އޮފީހުގެ ޕޯސްޓަލް އޮފިސަރ ޓްރޭނީކަމުގެ މަޤާމުން ވަކިކުރި ސަބަބުކަމަށް އެޗިޓުގައި ބަޔާންކުރެވިފައިވަނީ
16 ފެބްރުއަރީ 2010 ވަނަ ދުވަހު ފ. އަތޮޅު ޕޯސްޓް އޮފީހުގެ ތިޖޫރީ ގެއްލުނު މައްސަލައާ ގުޅިގެން
މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ނިލަންދޫ ޕޯސްޓް އޮފީހުގެ ކަންތައްތައް ހުރިގޮތް ބެލިބެލުމުގައި، އިސްމާޢީލް
ޢުމަރާ އޮފީސް ޙަވާލުކުރެވިފައިހުރި ދުވަސްތަކުގައި، ފައިސާގެ ކަންތައްތަކާއި، ބިލު ހެދުމާއި އަދި ތިޖޫރީ
ތަޅުދަނޑި ގެންގުޅުމުގައާއި އަދިވެސް އެތައް ކަމެއްގައި ޢަމަލުކޮށްފައިވަނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން
ތަކުރާރުކޮށް އަންގާފައިވާ ގަވާއިދުތަކާ ޚިލާފަށްކަމަށް ވެފައިވުމާއި އަދި ކުރިން ތަކުރާރުކޮށް ދެވިފައިވާ
ނަސޭޙަތާއެކުވެސް އެއްވެސް އިޞްލާޙެއް އައިސްފައިނުވާތީ، އިތުރަށް ވަޒީފާގައި ބަހައްޓައިފިނަމަ މޯލްޑިވްސް
ޕޯސްޓް ލިމިޓެޑަށް އިތުރު ގެއްލުންތަކެއް ވެދާނެކަމަށް ފެންނާތީކަމަށް ބަޔާންކޮށްފައިވާގަންގައްރެވެން
އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 13316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
4
2
2
4
2 ން
5
2011/HC-A/128
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ށ) ދެވަނަ ކަމަކީ، އިސްމާޢީލް ޢުމަރުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2016/VTR/187 މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރަމުން ޤާނޫނު ނަންބަރު 02/2008
(ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ (1) އަދި (2) ގެ ދަށުން ވަޒީފާ ދިނުމަށް އަމުރުނުކޮށް،
އެމާއްދާގެ (3) ގެ ދަށުން، ބަދަލުގެ މިންވަރެއް ދިނުމަށް ނިންމަވާފައިވުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމާ
މެވުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއަށް
ނަޒަރުކުރިއިރު،
ޤާނޫނު ނަންބަރު 02/2008 ގެ 29 ވަނަ މާއްދާގެ (ހ) ގައި މުވައްޒަފަކު ވަޒީފާއިން
ވަކިކޮށްފައިވަނީ، އެކަށީގެންވާ ސަބަބެއް ނެތިކަމަށް ޓްރައިބިއުނަލަށް ފެނިއްޖެ ހިނދެއްގައި، އެމާ
އެމާއްދާގައި
ބަޔާންކުރެވިފައިވާ ތިން ކަންތައްތަކުގެ ތެރެއިން ކަމެއް ނުވަތަ ކަންތައްތަކެއް ކުރުމަށް ޓްރައިބިއުނަލުން އަމުރު
ނެރެންވާނެކަމަށް ބަޔާންކުރެވިފައިވާކަމާއި،
އިސްވެ އިޝާރާތްކުރެވުނު ތިން ކަންތައްތަކަކީ، ފުރަތަމަ ކަމަކަށް، އެމުވައްޒަފަކު ކުރިން
އަދާކުރަމުން ދިޔަ ވަޒީފާގައި އަލުން ބެހެއްޓުމަށާއި، އޭނާއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ
މީހެއްކަމަށް ނުބެލުމަށް އަމުރުކުރުންކަމާއި، ދެވަނަ ކަމަކަށް، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން
ވަޒީފާއެއްގައި ބެހެއްޓުމަށް އަމުރުކުރުން،
އަދި އެއަމުރުގައި ބަޔާންވެގެންވާ ނުވަތަ ވަޒީފާ ދޭ ފަރާތާއި މުވައްޒަފަކާ ދެމެދު އެއްބަސްވެވޭ
ޚިޠުތަކަކާއި
މާއްދާތަކަކާ އެއްގޮތަށް ޢަމަލުކުރުމަށާއި، ވަކި ތާރީޚަކުން ފެށިގެން އެވަޒީފާއާ ޙަވާލުވުމަށް އަމުރުކުރު.
ފިކުރުންކަމާއި،
އަދި ތިންވަނަ ކަމަކަށް، 29 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން ބަދަލު ދިނުމަށް
ބަޔާން ކުރެވިފައިވާކަމާއި،
29 ވަނަ މާއްދާގެ (ނ) ގައި، ޓްރައިބިއުނަލުން އަމުރެއް ނެރުމުގައި ފުރަތަމަ ބަލަންވާނީ
އެމުވައްޒަފަކު ވަކިކުރިއިރު ހުރި ވަޒީފާގައި އަލުން މަށާއި، ނުވަތަ އެވަޒީފާއާ ގުޅޭ ނުވަތަ
އެނޫންވެސް އޭނާއާ އެކަށީގެންވާ ވަޒީފާއެއްގައި ބެހެއްޓުމަށްކަމަށާއި، މިފަދައިން ބެލުމުގައި، ވަޒީފާއިން
ވަކިކުރެވުނު ޙާލަތުތަކަށާއި، ވަޒީފާއިން ވަކިކުރަން ދިމާވީ މުވައްޒަފަކު ކުރި ޢަމަލެއްގެ ސަބަބުންކަމަށްވާނަމަ،
އެކަމުގައި އޭނާ ބައިވެރިވާ މިންވަރަށް ރިޢާޔަތްކުރަންވާނެކަމަށް ބަޔާންކުރެވިފައިވާކަމާއި،
9
ދދު 3
032
ﷲ 2
29
2
4
.މިހިހހ
ހهe
ه3
3
3
3
0 އއ0
އަމުރުކުރުންކަމަށް
22
0
2 ހއ ހދ
0ހ4ޓކޮށްމވެސް
ޖެހިރާއްޖޭގެ
ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{011HC-A/128
އިސްމާޢީލް ޢުމަރުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/187
މައްސަލަ އިސްތިއުނާފު ކުރަމުން ހުށަހެޅި ނުކުތާތަކުގެ ތެރޭގައި، އިސްމާޢީލް ޢުމަރު ވަޒީފާއިން ވަކިކުރެވުނު
ޗިޓުގައި، ވަޒީފާއިން ވަކިކުރެވުނު ސަބަބެއްކަމަށް ބުނެފައިވަނީ، 16 ފެބްރުއައި 2010 ވަނަ ދުވަހު ފ. އަތޮޅު
ޕޯސްޓް އޮފީހުގެ ތިޖޫރި ގެއްލުނު މައްސަލައާއި ގުޅިގެން ކުރެވުނު ތަޙްޤީޤެއްގެ މައްޗަށް ބިނާކޮށް ފާހަގަކުރެވުނު
ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ވަޒީފާއިން ވަކިކުރީކަމަށާއި، ނަމަވެސް، ކޮށްފައިވާ ތަޙްޤީޤުގައި އިސްމާޢީލް
ޢުމަރުގެ މައްޗަށް ތުޙުމަތު ކުރެވުނު ކަންކަމާ ގުޅޭގޮތުން އެހެން މީހުންގެ ބަޔާން ނަގާފައިވާއިރު އޭނާގެ އެއްވެސް
ބަހެއް އެކަމުގައި ހޯދާފައިނުވާއިރު އިސްމާޢީލް ޢުމަރު ވަޒީފާއިން ވަކިކުރި ޙާލަތަކީ އެއީކަމަށާއި، 16 ފެބްރުއަރީ
2010 ވަނަ ދުވަހު ފ. އަތޮޅު ޕޯސްޓް އޮފީހުގެ ތިޖޫރީ ގެއްލުނު ޙާދީޞާގައި، އިސްމާޢީލް ޢުމަރުގެ އެއްވެސް
ބައިވެރިވުމެއް ނުވާކަމަށާއި އަދި، އެކަމެއް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ފަރާތުން ސާބިތުކޮށްދެވިފައިނުވާއިރު،
އިސްމާޢީލް ޢުމަރު ވަޒީފާއިން ވަކިކުރަން ދިމާވީ އިސްމާޢީލް ޢުމަރުގެ ޢަމަލެއްގެ ސަބަބުން ނޫންކަމަށާއި،
އިސްމާޢީލް ޢުމަރު އެކަމުގައި ބައިވެރިވާ މިންވަރަށް ރިޢާޔަތްކޮށް މައްސަލައިގައި، ޤާނޫނުގެ 29 ވަނަ މާއްދާގެ
(ހ) ގެ (1) އަދި () ގެ ދަށުން ވަޒީފާ ދިނުމަށް އަމުރުނުކުރައްވައި، އެމާއްދާގެ (3) ގެ ދަށުން، ބަދަލުގެ
މިންވަރެއް ދިނުމަށް ނިންމަވާފައިވުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާއާއި 14 ވަނަ މާއްދާގެ
(ހ) ގެ އަލީގައި، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށް
ބުނެފައިވީނަމަވެސް،
އިސްވެ ފާހަގަކުރެވުނު ނުކުތާގައި، އިސްމާޢީލް ޢުމަރު ވަޒީފާއިން ވަކިކޮށްފައިވަނީ 16 ފެބްރުއަރީ
2010 ވަނަ ދުވަހު ފ. އަތޮޅު ޕޯސްޓް އޮފީހުގެ ތިޖޫރީ ގެއްލުނު މައްސަލައާ ގުޅިގެން މޯލްޑިވްސް ޕޯސްޓް
ލިމިޓެޑުން ނިލަންދޫ ޕޯސްޓް އޮފީހުގެ ކަންތައްތައް ހުރިގޮތް ބެލިބެލުމުގައި، އިސްމާޢީލް ޢުމަރާ އޮފީސް
ޤަލުކުރެވިފައިހުރި ދުވަސްތަކުގައި، ފައިސާގެ ކަންތައްތަކާއި، ބިލު ހެދުމާއި އަދި ތިޖޫރީ ތަޅުދަނޑި
ގެންގުޅުމުގައާއި އަދިވެސް އެތައް ކަމެއްގައި ޢަމަލުކޮށްފައިވަނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ތަކުރާރުކޮށް
އަންގާފައިވާ ގަވާއިދުތަކާ ޚިލާފަށްކަމަށް ވެފައިވުމާއި އަދި ކުރިން ތަކުރާރުކޮށް ދެވިފައިވާ ނަސޭޙަތާއެކުވެސް
އެއްވެސް އިޞްލާޙެއް އައިސްފައިނުވާތީ، އިތުރަށް ވަޒީފާގައި ބަހައްޓައިފިނަމަ މޯލްޑިވްސް ޕޯސްޓް ލިމިޓެޑަށް
އިތުރު ގެއްލުންތަކެއް ވެދާނެކަމަށް އެކުންފުންޏަށް ފެންނާތީކަން މޯލްޑިވްސް ޕޯސްޓް ފީފާއިން
02 2 0 2 04
835 83 84 (2)2010/MPL/13 2% = = = =====
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
7
2011/HC-A/128
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އިސްމާޢީލް ޢުމަރު ވަޒީފާއިން ވަކިކޮށްފައިވަނީ 16 ފެބްރުއަރީ 2010 ގައި ފ. އަތޮޅު ޕޯސްޓް
އޮފީހުގެ ތިޖޫރީ ގެއްލުނު ޙާދިޞާއާ ސީދާ ގުޅިގެން ނޫންކަން އެނގެން އޮންނަކަމާއި، އެހެންނަމަވެސް އެޙާދިސާއާ
ގުޅިގެން ކުރެވުނު ތަޙުޤީޤުގެ ތެރޭގައި ފައިސާގެ ކަންތައްތަކާއި، ބިލު ހެދުމާއި އަދި ތިޖޫރީ ތަޅުދަނޑި
ގެންގުޅުމުގައާއި އަދި އެނޫންވެސް އެހެނިހެން ކަންތައްތަކުގައި ޢަމަލުކޮށްފައިވަނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން
ތަކުރާރުކޮށް އަންގާފައިވާ ގަވާއިދުތަކާ ޚިލާފަށްކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑަށް ފެންނާތީކަމަށް
ބަޔާންކުރެވިފައިވާކަން ފާހަގަކުރެވޭކަމާއި،
އިސްވެ އިޝާރާތް ކުރެވުނު ތަހުޤީޤުގައި އިސްމާޢީލް ޢުމަރުގެ ބަހެއް މޯލްޑިވްސް ޕޯސްޓް
ލިމިޓެޑުން ހޯދާފައި ނުވިނަމަވެސް، މޯލްޑިސް ޕޯސްޓް ލިމިޓެޑުން "25 ފެބްރުއަރީ 2010 ގައި ފ. ނިލަންދޫ
ޕޯސްޓް އޮފީސް ބެލިބެލުމުގައި ފާހަގަކުރެވިފައިވާކަންކަން" މިނަމުގައި ޝަރީޢަތުގެ މަޖިލިހަށް ހުށަހެޅި ރިޕޯޓަށް
ރައްދު ދިނުމުގެ ގޮތުން އިސްމާޢީލް ޢުމަރުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2010/VTR/187 މައްސަލައަށް ހުށަހަޅާފައިވާ ރިޕޯޓުގައި ކޮންމެ ކަމަކަށް ވަކިވަކިން ރައްދު ދީފައިވާއިރު،
ބައެއްކަންކަމަށް އެއްބަސްވެފައިވާކަން އިސްވެ އިޝާރާތްކުރެވުނު ޓްރައިބިއުނަލްގެ ރިޕޯޓުގެ އަޢުލަބިއްޔަތު ރަޢުޔުގެ
1.6 ވަނަ ޕެރަގްރާފްގައި ބަޔާންކުރައްވާފައިވާކަން ފާހަގަކުރެވޭކަމާއި،
އެގޮތުން، ތިޖޫރީ ތަޅުދަނޑި މީހެއްގެ އަތަށް އިސްމާޢީލް ޢުމަރު ދިންކަމަށް ކުރި ތުޙުމަތާ
ގުޅިގެން، އެތަޅުދަނޑި ބޭރު މީހެއްގެ އަތަށް ދިނީ އެއީ މަނާކަމެއްކަމަށް އެނގިފައިނުވާތީކަމަށް ބުނެފައިވާކަމާއި،
އަދި މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން އިސްމާޢީލް ޢުމަރަށް އެންމެ ފުރަތަމަ ލިޔުމުން ނަސޭޙަތް ދެވިފައިވަނީ 25
ޖޫން 2009 (ނަންބަރު 9/2009) ގައިކަމާއި އަދި ދެވަނަ ފަހަރަށް ނަސޭޙަތް ދީފައިވަނީ 1 ނޮވެމްބަރ 2009
(ނަންބަރު 2009/2) ގައިކަމަށް ވީހިނދު، މި ދެ ލިޔުންވެސް އިސްމާޢީލް ޢުމަރަށް ލިބުނުކަމަށް
ޓްރައިބިއުނަލްގައި އެއްބަސްވެފައިވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/187 މައްސަލަ
ނިމުނުގޮތުގެ ރިޕޯޓުގެ 1.8 ވަނަ ޕެރަގްރާފްގައި ފާހަގަކުރައްވާފައިވާކަމާއި، އަދި ތަނުގައި އުޅޭ އެހެން
މުވައްޒަފުންނާވެސް ޒުވާބުކުރާކަމަށް އިސްމާޢީލް ޢުމަރުގެ ވާހަކަތަކުންވެސް ދޭހަވާކަމަށް ފާހަގަކުރައްވާފައިވާކަން
އެނގެން އޮންނަކަމެވެ.
ގައި
(ނ) ތިންވަނަ ކަމަކީ، ޤާނޫނު ނަންބަރު 02/2008 ގެ 29 ވަނަ މާއް
ޓްރައިބިއުނަލުން އަމުރެއް ނެރުމުގައި ފުރަތަމަ ބަލަންވާނީ އެމުވައްޒަފަކު ވަކިކުރިއިރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 8316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
8
2{011/HC-A/128
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބެހެއްޓުންކަމަށް ބަޔާންކުރެވިފައިވީނަމަވެސް، އެގޮތަށް ކަނޑައެޅުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަޒީފާއިން
ވަކިކުރި މީހާ ވަޒީފާއިން ވަކިކުރެވުނު ޙާލަތުތަކަށާއި، ވަޒީފާއިން ވަކިކުރަން ދިމާވީ އެމުވައްޒަފަކު ކުރި ޢަމަލެއްގެ
ސަބަބުންކަމަށްވާނަމަ، އެކަމުގައި އޭނާ ބައިވެރިވާ މިންވަރަށް ރިޢާޔަތްކުރަންވާނެކަމަށް ބަޔާންކުރެވިފައި އޮތުމުން،
ވަޒީފާ ދޭ ފަރާތުން ޤާނޫނާ ޚިލާފަށް މުވައްޒަފަކު ވަޒީފާއިން ވަކިކުރި ނަމަވެސް، އެފަދަ މުވައްޒަފަކަށް ޤާނޫނީ
ފަރުވާއެއްގެ ގޮތުން އެމުވައްޒަފަކު ކުރިން ހުރި ވަޒީފާގައި ބެހެއްޓުމަށް ކަނޑައެޅުމުގައި، އެމައްސަލައިގެ
ވަށައިގެންވާ ކަންތައްތަކަށް ޓްރައިބިއުނަލުން ބައްލަވަން ޖެހިވަޑައިގަންނަވާކަން އެނގޭކަމާއި،
ޤާނޫނު ނަންބަރު 02/2008 ގެ 1 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެޤާނޫނުގެ ދަށުން
ޙިމާޔަތްކޮށްދެނީ ހަމައެކަނި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ޙައްޤުތައް އެކަނި ނޫންކަން އެނގެން އޮންނަކަމާއި،
އެޤާނޫނުގެ ދަށުން ވަޒީފާ ދޭ ފަރާތްތަކުގެ ޙައްޤުތައްވެސް ޙިމާޔަތްކުރެވޭކަން އެނގެން އޮތްހިނދު، އިސްމާޢީލް
ޢުމަރުގެ ފަރާތުން އިސްތިއުނާފުކޮށްފައިވާ މައްސަލައިގައި، ޤާނޫނު ނަންބަރު 02/2008 ގެ 29 ވަނަ މާއްދާގެ
(ނ) ގެ ދަށުން ޓްރައިބިއުނަލުން މުވައްޒަފަކު ކުރިންހުރި ވަޒީފާގައި އަލުން ބެހެއްޓުމަށް އަމުރެއް ނެރުއްވާއިރު،
ވަޒީފާ ދޭ ފަރާތުގެ ޙައްޤުތަކަށްވެސް ރިޢާޔަތް ކުރައްވަން ޖެހިވަޑައިގަންނަވާކަން އެނގެން އޮންނަކަމާއި،
ހުށަހެޅިފައިމިވާ މައްސަލަ ފަދަ މައްސަލަތަކުގައި، ބައެއް މުވައްޒަފުން ކުރިންހުރި ވަޒީފާގައި އަލުން
ބެހެއްޓުމަށް އަމުރުކުރެއްވުމަކީ އެންމެ މަޞްލަޙަތު ރަނގަޅު ގޮތް އަދި އެންމެ އިންސާފުވެރި ގޮތްކަމަށް ނުވެ
ހިނގައިދާނެކަމާއި، މިބާވަތުގެ މައްސަލަތަކުގައި، އޮސްޓްރޭލިއާ އަދި އިނގިރޭސިވިލާތްފަދަ ހުޅުވިގެންވާ ދީމިޤްރާޠީ
މުޖްތަމަޢުތަކުގައި، މުވައްޒަފަކު ކުރިންހުރި ވަޒީފާގައި ބެހެއްޓުމަށް އަމުރުނެރުމުގައި، ޙާލަތަށް ރިޢާޔަތްކުރާކަން
އެނގެން އޮންނަކަމާއި، އަދި އެގޮތުން މުވައްޒަފެއް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް
ކަނޑައެޅިއްޖެނަމަ، އެމުވައްޒަފަކު ކުރިން ހުރި ވަޒީފާގައި ބެހެއްޓުމަކީ ދެފަރާތަށްވެސް އެންމެ އެކަށީގެންވާ ގޮތްތޯ
ރިޢާޔަތް ކުރާކަން އެނގެން އޮތުމުން،
ޤާނޫނު ނަންބަރު 02/2008 ގެ 29 ވަނަ މާއްދާގެ (ހ) ގެ (1) އަދި () ގެ ދަށުންނާއި އަދި 29
ވަނަ މާއްދާގެ (ށ) ގެ ދަށުން އިސްމާޢީލް ޢުމަރު ކުރިން ހުރި ވަޒީފާގައި ބެހެއްޓުމަށް އަމުރު ކުރެއްވުމަކީ
ދެފަރާތުގެ މަޞްލަޙަތަށް ބައްލަވާއިރު އެންމެ އެކަށީގެންވާގޮތް ކަމަށް ފެނިވަޑައި ނުގަންނަވާކަމަށް ވިދާޅުވެ،
ވަޒީފާއާބޭ ޓްރައިބިއުނަލުން އިސްމާޢީލް ޢުމަރަށް ޤާނޫނު ނަންބަރު 02/2008 ގެ 29 ވަނަ މާއްދާގެ (ރ) ގެ
ދަށުން ބަދަލު ދިނުމުގެ އަމުރެއް ނެރުއްވާފައިވަނީ، ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގައި ރައްކާތެރިކޮށްދީފައިވާ
އަސާސީ ޙައްޤެއް
ނިގުޅައިގަނެވިފައިވާ ނުވަތަ ހަނިކުރެވިފައިވާ ގޮތަކަށްކަމަށް
ہی کرور
20 3 24 2
24 2
2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
19
2{011/HC-A/128
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ސާބިތުކޮށްދެވިފައިނުވާކަމާއި، އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/187 މައްސަލައިގައި
ބޭނުންކުރައްވާފައިވާ ޤާނޫނީ އޮނިގަނޑަކީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ބުނާފަދަ ޤާނޫނީ
އޮނިގަނޑެއް
ނޫންކަމަށް ބަލާނެތަނެއް ނެތްކަމަށް މިމައްސަލަބެލި ހުރިހާ ފަނޑިޔާރުންނަށްވެސް
އިއްތިފާޤުވެވުނުކަމެވެ.
ދެންފަހެ، އިސްވެ ބަޔާންވެދިޔަކަންކަން އެގޮތަށް ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2010/VTR/187 މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ފ.ނިލަންދޫއެންދެރިމާގެ އިސްމާޢީލް ޢުމަރުގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެމައްސަލާގައި ނިންމަވާފައިވާ ނިންމެވުމަށް ބަދަލު
ގެންނަންޖެހޭ ޤާނޫނީ ނުވަތަ ޝަރުޢީ ހަމައެއް ނެތްކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤުވެވުނުހިނދު، އެގޮތުގެ މަތީން ޙުކުމްކޮށްފީމެވެ.
4 ,
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;