ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/328 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/328
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 328/HC
-
A/2015
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޢަބްދުﷲ ސަޢީދު
ދ.ވ.ކ. ނަންބަރު: A045529
ދާއިމީ އެޑްރެސް: ޚައިރާތު ކ.ހުޅުމާލެ
އިރުގެ އެޑްރެސް: ޚައިރާތު/ ކ.ހުޅުމާލެ
• އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް (އިލެކްޝަންސް ކޮމިޝަން)
ދ.ރ.ކ. ނަންބަރު:
މިހާރުގެ އެޑްރެސް: -
•ރަޖިސްޓްރީ ކުރެވުނު ތާރީޚް: 21 ޛުލްޙިއްޖާ 1436
04 އޮކްޓޯބަރު 2015
-ނިމުނު ތާރީޚް: 27 ރަޖަބް 1438
24 އެޕްރީލް 2017
0
• އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2015/VTR/31
• ނިންމެވި ތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
• މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
• ހުށަހެޅުނު ތާރީޚް: 18 މާރިޗު 2015 • ނިމުނު ތާރީޚް: 14 ޖޫން 2015
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލީސް
ފަނޑިޔާރު އޖ.ޢަލީ ސަމީރު، އިސްފަނޑިޔާރު އޖ.ޢަބްދުﷲދީދީ، ފަނޑިޔާރު އގ.ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަ
އީމެއިލް [email protected]
ދިވެހިރާއްޖެ، ޕޯލް: 3325029، ފެކްސް 3316471
އިޓް: www.highcourt.gov.mv
2
2015/HC-A/328
ނުކުތާތައް:
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/31 މައްސަލަ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެމައްސަލަ އިސްތިއުނާފު ކޮށްދިނުން އެދި ހުޅުމާލެ
ޚައިރާތު ޢަބްދުﷲ ސަޢީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އެޓަރނީ ޖެނެރަލްގެ އޮފީސްއެވެ.
cco
4
01- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/31 މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެމައްސަލައަކީ، ހުޅުމާލެ، ޚައިރާތު ޢަބްދުﷲ ސަޢީދު އިލެކްޝަންސް ކޮމިޝަންގެ
ލީގަލް އޮފިސަރެއްގެ މަޤާމަށް އިޢާދަކޮށްފައިވަނިކޮށް، ވަޒީފާ އިޢާދަކުރުމުގައި ދޭންޖެހޭ ފައިސާއާއި،
ވަޒީފާއިން މުސްކުޅިކުރުމުގައި ދޭންޖެހޭ ފައިސާނުދީ 16 މާރިޗު 2015 އިން 4 މެއި 2015 އަށް
ޢާއިލީ ޒިންމާގެ ޗުއްޓީއާއި އަހަރީ ޗުއްޓީގައި ހުއްޓައި 16 މާރިޗު 2015 ގައި ވަޒީފާއިން
ވަކިކޮށްފައިވާކަމަށްބުނެ، ވަޒީފާ އިޢާދަކުރުމުގެ ސަބަބުން ލިބެންޖެހޭ ފައިސާ ހޯދުމަށާއި، ވަޒީފާއިން
މުސްކުޅިކޮށް ވަކިކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި،
މުސްކުޅިކުރުމުން ގަނޑުކޮށް ލިބެންޖެހޭ ފައިސާއާއި، މަހުންމަހަށް މުޅި އުމުރަށް ލިބެންޖެހޭ ފައިސާ
ލިބިދޭންޖެހޭކަމަށް ކަނޑައަޅައި، މައްސަލައާ ގުޅިގެން ލީގަލް ކޮންސަލްޓޭޝަން ފީގެ ގޮތުގައި ހިނގާދިޔަ
ޚަރަދު ހޯދުމަށް އެދި އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ރައްދުވާގޮތަށް ޢަބްދުﷲ ސަޢީދުގެ ފަރާތުން
ހުށަހެޅި މައްސަލައެއްކަން އެނގެން އޮންނަކަމާއި،
04
އެމައްސަލާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމަވާފައިވަނީ "ދެންފަހެ، މައްސަލަ ހުށަހެޅި
ފަރާތާއި މައްސަލަ ރައްދުވިފަރާތުން ހުށަހެޅި ލިޔުންތަކާއި، މައްސަލަ ބެލި މަޖިލީހުގައި ފާހަގަކުރި
ކަންކަމުގެ މައްޗަށް ރިޢާޔަތްކުރިއިރު، މައްސަލަ ހުށަހެޅި ޢަބްދުﷲ ސަޢީދު، 3 އޭޕްރީލް 2014 ގައި
އިލެކްޝަންސް ކޮމިޝަންގެ ލީގަލް އޮފިސަރެއްގެ މަޤާމަށް ވަޒީފާ އިޢާދަކޮށްފައިވަނިކޮށް، ވަޒީފާ
އިޢާދަކުރުމުގައި ދޭންޖެހޭ ފައިސާއާއި، ވަޒީފާއިން މުސްކުޅިކުރުމުގައި ދޭންޖެހޭ ފައިސާނުދީ 16 މާރިޗު
2015 އިން 4 މެއި 2015 އަށް ޢާއިލީ ޒިންމާގެ ޗުއްޓީއާއި އަހަރީ ޗުއްޓީގައި ހުއްޓައި، 16 މާރިޗު
2015 ގައި ވަޒީފާއިން ވަކިކޮށްފައިވާކަމަށްބުނެ، ވަޒީފާ އިޢާދަކުރުމުގެ ސަބަބުން ލިބެންޖެހޭ ފައިސާ
uc ou
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ
އީމެއިލް
މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
ވެބް ސައިޓް www.highcourt.gov.mv
olarlighcourt-gov.my
އެ479ހ4ޑ
2
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/3 2
ހޯދުމަށާއި، ވަޒީފާއިން މުސްކުޅިކޮށް ވަކިކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް
ކަނޑައަޅައިދިނުމަށާއި، މުސްކުޅިކުރުމުން ގަނޑުކޮށް ލިބެންޖެހޭ ފައިސާއާއި، މަހުންމަހަށް މުޅި އުމުރަށް
ލިބެންޖެހޭ ފައިސާ ލިބިދޭންޖެހޭކަމަށް ކަނޑައަޅައިދިނުމަށާއި، މައްސަލައާ ގުޅިގެން ލީގަލް
ކޮންސަލްޓޭޝަން ފީގެ ގޮތުގައި ހިނގާދިޔަ ޚަރަދު ހޯދުމަށް އެދި ހުށަހެޅި މި މައްސަލާގައި، ޢަބްދު
ސަޢީދުގެ ވަޒީފާ އިޢާދަކުރުމާއި ގުޅިގެން ދޭންޖެހޭ ފައިސާއެއް އޮތްނަމަ އޭނާއަށް ދީފައިވާނެކަމަށާއި، 16
މާރިޗު 2015 ގައި އޭނާ އަދާކުރަމުން ދިޔަ ވަޒީފާއިން މުސްކުޅިކޮށް ވަކިކޮށްފައިވަނީ، ވަޒީފާއިން
މުސްކުޅިކޮށްދެއްވައި ލިބިދޭންޖެހޭ ޢިނާޔަތްތައް ލިބިދެއްވުމަށް އެދި ޢަބްދުﷲ ސަޢީދު 10 މާރިޗު 2015
ގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާތީ، ވަޒީފާއިން މުސްކުޅިކުރުމުގައި ޢަމަލުކުރުމަށް
އިލެކްޝަންސް ކޮމިޝަންގެ ޤަވާޢިދުގެ 15 ވަނަ މާއްދާގެ (ށ) އާއި (ބ) އަދި ވަޒީފާއިން ވަކިކުރުމުގައި
ޢަމަލުކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ޤާނޫނާއި ޤަވާޢިދުގައި ކަނޑައަޅާފައިވާ އިޖުރާޢަތުތަކާ
އެއްގޮތަށްކަމަށާއި، 16 މާރިޗު 2015 ގައި ވަޒީފާއިން މުސްކުޅިކޮށް ވަކިކުރިއިރު ޢަބްދުﷲ ސަޢީދު ހުރީ
ޙައްޤުވާ ޗުއްޓީއެއްގައި ނޫންކަމަށް ބުނެ މައްސަލަ ރައްދުވިފަރާތުން އެކަންކަން
ސާބިތުކޮށްދީފައިވާތީ، ވަޒީފާ އިޢާދަކުރުމުގެ ސަބަބުން ޢަބްދުﷲ ސަޢީދަށް ދޭންޖެހޭ ފައިސާއެއް
އޮތްކަމަށާއި، ވަޒީފާއިން މުސްކުޅިކޮށް ވަކިކޮށްފައިވަނީ ޙައްޤުވާ ޗުއްޓީއެއް ބޭނުންކުރަމުން ދަނިކޮށް
ވަޒީފާއިން މުސްކުޅިކޮށް ވަކިކުރުމުގައި ޢަމަލުކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް
ކަނޑައަޅާނެ ތަނެއް ނެތްކަމަށް މައްސަލަ ބެލި މަޖިލީހުގެ މެންބަރުންގެ އިއްތިފާޤުން ކަނޑައަޅައި
މިމައްސަލަ ނިންމައިފީމެވެ." މިފަދައިންނެވެ.
122
24 ހއ
އޭނައަށް
Uce
02- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/31 މައްސަލަ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ހުޅުމާލެ!
ޚައިރާތު ޢަބްދުﷲ ސަޢީދުގެ ފަރާތުން 04 (ހަތަރެއް) ނުކުތާއެއް ހުށަހަޅާ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:
މެދު ހައިކޯޓުގެ
ފުރަތަމަ ނުކުތާއަކީ، މިމައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލާފައިވަނީ ޤާނޫނު
ނަންބަރު 8/2008 ވަޒީފާއާބެހޭ ޤާނޫނާއި ޤާނޫނު ނަންބަރު 2007/5 ދިވެހި ސިވިލިސް ސަރވިސް
ޤާނޫނާއި ޤާނޫނު 8/2008 އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނާއި އަދި އިލެކްޝަންސް ކޮމިޝަނުގެ
ޤަވާޢިދާއި ޚިލާފަށް ކަމުގައި ދެކޭކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު
އީމެއިލް [email protected]
މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
ސައިޓް www.highcourt.gov.fmv
ދިވެހިރާއްޕެގެ
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/328
• ދެވަނަ ނުކުތާއަކީ، ވަޒީފާއާ ދެއްވި ޗިޓްގެ ދަށުން ވަޒީފާ އިޔާދަ ކުރުމާއި ގުޅިގެން
ދޭންޖެހޭ 5 އަހަރުގެ އަހަރީ ޗުއްޓީގެ ފައިސާއާއި 5 އަހަރު ދުވަހުގެ ރަމަޝާން މަހުގެ ޢިނާޔަތުގެ ފައިސާ
ނުދީ ވަޒީފާއިން މުސްކުޅިކޮށް ވަކިކޮށްފައިވަނީ ރަނގަޅަށްކަމަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން
ބަލާފައިވަނީ ޤާނޫނު ނަންބަރު 8/2008 ވަޒީފާއާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާއާއި 47 ވަނަ މާއްދާއާއި
އިލެކްޝަންސް ކޮމިޝަނުގެ ޤަވާއިދުގެ 24 ވަނަ މާއްދާއާއި 26 ވަނަ މާއްދާއާއި ޚިލާފަށް ކަމުގައި
ދެކޭކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 250/HC
-
A/2011
ޤަޟިއްޔާގައި ތާއީދުކޮށްފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/72 އަމުރުގެ ދަށުން
ދޭންޖެހޭ ވަޒީފާ އަދާކުރުމުގެ ފުރުޞަތު ލިބިފައިނުވާތީއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
4/SC-A/2013 ޤަޟިއްޔާގައި ތާއީދުކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 250/HC
-
A/2011
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގެ ދަށުން ދޭންޖެހޭ ރިޓަޔަރމަންޓް ޕެކޭޖް ލިބިފައިނުވާތީ،
މިމައްސަލާގައި ގެއްލިފައިވާ ޙައްޤުތައް ހޯދުމަށް ޚަރަދުވެފައިވާ ފައިސާއަކީ، (ލީގަލް ކޮންސަލްޓޭޝަން
ފީއަކީ) ވަޒީފާދޭ ފަރާތުގެ ސީދާ އިހުމާލުން ޚަރަދުވެފައިވާ ފައިސާއަކަށްވާއިރު، މިފައިސާއަކީ، ނަގައިދެވޭނެ
ފައިސާއެއް ނޫންކަމަށް ބަލާފައިވަނީ، ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 8 ވަނަ މާއްދާއާއި،
17 ވަނަ މާއްދާގެ (ހ) އާއި، 20 ވަނަ މާއްދާއާއި، 42 ވަނަ މާއްދާއާއި، 42 ވަނަ މާއްދާގެ (ނ) އައި
65 ވަނަ މާއްދާއާއި ޚިލާފަށް ކަމުގައި ދެކޭކަމަށް ބުނެ ހުށަހެޅި
ނުކުތާއެވެ.
2011/HC-A/25{0
2013/SC-A/4
• ހަތަރުވަނަ ނުކުތާއަކީ، އިލެކްޝަންސް ކޮމިޝަންސްގައި ޢަބްދުﷲ ސަޢީދު އެދިފައިވަނީ
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2011/VTR/72 މައްސަލާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
މައްސަލައާއި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު
މައްސަލައަށް ޢަމަލުކޮށްދެއްވުމަށް ކަމަށްވާއިރު، ޢަބްދުﷲ ސަޢީދު އެދިފައިވާ ގޮތުގެމަތިން ޢަބްދުﷲ ސަޢީދު
ރިޓަޔަރ ކުރުމަށް ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ޚިޔާލުތަފާތުވުމެއް އުޅޭކަމަށް މަޢުލޫމާތު ލިބުމާއި
ގުޅިގެން ޙުކުމްތަންފީޒް ކުރުމުގެ މައްސަލަ 11 މާރޗް 2015 ގައި ސިވިލްކޯޓަށް ހުށަހެޅުމަށްފަހު 12
މާރޗް 2015 ގެ ސިޓީގެ ދަށުން 10 މާރޗް 2015 ގެ ސިޓީ ބާޠިލްކޮށްފައިވާއިރު 16 މާރޗް 2015
ގައި ޢަބްދުﷲ ސަޢީދު ރިޓަޔަރ ކޮށްފައިވަނީ 10 މާރޗް 2015 ގެ ސިޓީގެ ދަށުން ކަމުގައި ބުނެފައިވަނީ
އެއްވެސް ޝަރުޢީ އަދި ޤާނޫނީ ހަމައެއްނެތި ކަމުގައި ދެކޭކަމަށް ބުނެ ހުށަހެޅި
ނުކުތާއެވެ.
އޯޑިއޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބު ދުޒު ހިނގުން، ތީމުގެ
ދޮށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިހި12
5
:ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/328
03-ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/31 މައްސަލަ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ހުޅުމާލެ!
ޚައިރާތު ޢަބްދުﷲ ސަޢީދުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި
ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި
ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
et couc
4
(ހ) ފުރަތަމަކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2015/VTR/31 މައްސަލައަށް ބަލާއިރު، އެމައްސަލައިގައި ޢަބްދުﷲ ސަޢީދުގެ ފަރާތުން ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ހުށަހެޅި ޝަކުވާއަކީ، 3 އޭޕްރީލް 2014 ގައި އިލެކްޝަންސް ކޮމިޝަންގެ ލީގަލް
އޮފިސަރެއްގެ މަޤާމަށް ޢަބްދުﷲ ސަޢީދުގެ ވަޒީފާ އިޢާދަކޮށްފައިވަނިކޮށް، ވަޒީފާ އިޢާދަކުރުމުގައި ދޭންޖެހޭ
ފައިސާއާއި، ވަޒީފާއިން މުސްކުޅިކުރުމުގައި ދޭންޖެހޭ ފައިސާނުދީ 16 މާރިޗު 2015 އިން 4 މެއި
2015 އަށް ޢާއިލީ ޒިންމާގެ ޗުއްޓީއާއި އަހަރީ ޗުއްޓީގައި ހުއްޓައި، 16 މާރިޗު 2015 ގައި ވަޒީފާއިން
ވަކިކޮށްފައިވާކަމަށްބުނެ، ވަޒީފާ އިޢާދަކުރުމުގެ ސަބަބުން ލިބެންޖެހޭ ފައިސާ ހޯދުމަށާއި، ވަޒީފާއިން
މުސްކުޅިކޮށް ވަކިކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި،
މުސްކުޅިކުރުމުން ގަނޑުކޮށް ލިބެންޖެހޭ ފައިސާއާއި، މަހުންމަހަށް މުޅި އުމުރަށް ލިބެންޖެހޭ ފައިސާ
ލިބިދޭންޖެހޭކަމަށް ކަނޑައަޅައިދިނުމަށާއި، މައްސަލައާ ގުޅިގެން ލީގަލް ކޮންސަލްޓޭޝަން ފީގެ ގޮތުގައި
ހިނގާދިޔަ ޚަރަދު ހޯދުމަށް އެދި ހުށަހެޅި މައްސަލައެއްކަން އެނގެން އޮންނަކަމެވެ.
44
ކުތާ/8
PAއށް
(ށ) ދެވަނަކަމަކީ، މިމައްސަލައާއި ގުޅިގެން ޢަބްދުﷲ ސަޢީދުގެ ފަރާތުން ހުށަހެޅި
ވާއަށް ބަލާއިރު، ޢަބްދުﷲ ސަޢީދުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ރައްދުވާގޮތަށް
ހުށަހަޅާފައިވަނީ މައިގަނޑު ދެ ޝަކުވާކަމާއި އޭގެ ތެރެއިން ފުރަތަމަ ޝަކުވާއަކީ ޢަބްދުﷲ ސަޢީދު
އިލެކްޝަންސް ކޮމިޝަންގެ ވަޒީފާ އިޢާދަކުރި އިރު ދޭންޖެހޭ ފައިސާ ދީފައިނުވާތީ ވަޒީފާ އިޢާދަކުރުމުން
ލިބެންޖެހޭ ފައިސާ އާއި ރިޓަޔަރމަންޓް ފައިސާ ހޯދުންކަން އެނގެން އޮންނައިރު، މި ޝަކުވާ
ބިނާކޮށްފައިވާ އަސާސްގެ
މިމައްސަލައާއި ގުޅިގެން ދެފަރާތުންމެ ދެއްކި ވާހަކަތަކަށް ބެލުމުން
އެނގެން އޮންނަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 250/HC
-
A/2011 ޤަޟިއްޔާގެ ޙުކުމުގައި،
އެމައްސަލައިގައި ޢަބްދުﷲ ސަޢީދު އެދިފައިވާ ފަދައިން 55 އަހަރުވުމުން ލިބޭ ރިޓަޔަރމަންޓް ޕެކޭޖް
ދިނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްފައިވާއިރު، އެޕެކޭޖް ޢަބްދުﷲ ސަޢީދަށް ނުލިބި
އޮތުމުގެ މައްޗަށާއި ޢަބްދުﷲ ސަޢީދުއަށް ވަޒީފާ އަނބުރާ ރުޖޫޢަކުރިއިރު ލިބެންޖެހޭކަމަށް ބުނާ
0 s
8*
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/3 2
ޝަރަe
ފައިސާ ނުދޭކަމަށް ބުނެ އެސަބަބުގެ މައްޗަށްކަން އެނގެން އޮތްއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ
ރާތްކުރެވުނު އެ ޙުކުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 04/SC-A/2013
ތާއީދުކުރުމުން ޢަބްދުﷲ ސަޢީދު އާއި އިލެކްޝަންސް ކޮމިޝަނާއި ދެމެދު ވާހަކަ ދެކެވި ޢަބްދުﷲ ސަޢީދު
ރިޓަޔަރ ކުރުމުގެ ބަދަލުގައި ޢަބްދުﷲ ސަޢީދަށް 03 އެޕްރީލް 2014 ގައި އިލެކްޝަންސް ކޮމިޝަންގެ
ވަޒީފާއަށް އަނބުރާ ލިބިގެންފައިވާކަން އެނގެން އޮންނަކަމާއި، މިހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 250/HC-A/2011 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގެ ދަށުން ޢަބްދުﷲ ސަޢީދަށް ލިބެން އޮތް
ރިޓަޔަރމެންޓްގެ މަންފާ ޢަބްދުﷲ ސަޢީދު ދޫކޮށްލުމަށްފަހު އައު އެއްބަސްވުމެއްގެ ދަށުން އިލެކްޝަންސް
ކޮމިޝަނާއި އެކު ވަޒީފާގައި ކުރިއަށްދިޔައީކަން އެނގެން އޮތުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
250/HC-A/2011 ޤަޟިއްޔާގެ ޙުކުމުގައި ކަނޑައަޅައިފައިވާ ރިޓަޔަރމަންޓް ޕެކޭޖްގެ މަންފާ ޢަބްދު
ސަޢީދަށް ލިބިދޭންޖެހޭނެކަމުގައި ބެލެވެން ނެތްކަމާއި،
04
Occc
ޓެންކަމާއި
03 އޭޕްރީލް 2014 ގައި ޢަބްދުﷲ ސަޢީދު އަނބުރާ އިލެކްޝަންސް ކޮމިޝަންގެ ވަޒީފާއަށް
އިޢާދަކުރެވުނުއިރު އެހާތަނަށް ދޭންޖެހޭ އެންމެހައި ފައިސާ ދީފައިވާނޭކަމަށް އިލެކްޝަންސް ކޮމިޝަނުން
އަދި މިގޮތުން ވަޒީފާ އިއާދަކުރި ދުވަސްތަކުގެ ތެރެއިން 25 މެއި 2012 އިން ފެށިގެން 2
އޭޕްރީލް 2014 އަށް ދޭންޖެހޭ މުސާރައާއި އެލަވަންސްތަކަށްވީ ފައިސާ ލިބިފައިވާކަމަށް ޢަބްދު
ސަޢީދުގެ ފަރާތުންވެސް އެއްބަސްވާކަމާއި އެހެންނަމަވެސް ވަޒީފާ އަނބުރާ އިޢާދަކުރިއިރު ނުލިބޭ
ފައިސާކަމަށް ޢަބްދުﷲ ސަޢީދުގެ ފަރާތުން ބުނަނީ 25 ސެޕްޓެމްބަރ 2008 އިން ފެށިގެން 24 މެއި
2012 އަށްވާ ދުވަސްތަކުގެ ފައިސާކަން އެނގެން އޮންނައިރު، މިދުވަސްތަކަކީ ޢަބްދުﷲ ސަޢީދު އަމިއްލަ
ގޮތުން ހޯދި ކޯހެއްގައި ކިޔެވުމަށް އިލެކްޝަންސް ކޮމިޝަންގެ ޕޭ ލީވް އެއްގެ
ދުވަސްވަރެއްކަމަށާއި، އެދުވަސްވަރު ޢަބްދުﷲ ސަޢީދުއާއި އިލެކްޝަންސް ކޮމިޝަންއާއި މެދު ވެފައިވާ
އިގުރާރުގެ ދަށުން ޢަބްދުﷲ ސަޢީދަށް މުސާރައާއި އެއްވަރުގެ އެލަވަންސެއް ލިބެމުންދިޔަކަމަށާއި
އެލަވަންސް މެދުކަނޑާލެވުނީ ޢަބްދުﷲ ސަޢީދުގެ ކުޑަ އަމަލެއްގެ ސަބަބުން ޕޮލީވް އިޤުރާރާއި
ލާފުވުމުންކަމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބުނާއިރު، އިލެކްޝަންސް ކޮމިޝަނުން ފައިސާ
ނުދޭކަމަށް އެބުނާ މުއްދަތުގައި ޢަބްދުﷲ ސަޢީދަށް އިލެކްޝަންސް ކޮމިޝަނުން ފައިސާއެއް ދޭންޖެހޭ
ސަބަބެއް އޮތްކަމަށް ބެލެވޭފަދަ ޙުއްޖަތްތަކެއް ޢަބްދުﷲ ސަޢީދަށް ބުނެދެވިފައިނުވާކަން އެނގެން
ދަށުން ހުރި
ucou
އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު 5 ދިވެހިރާއްޖެ، ޕޯން 3325029 ، ފެކްސް 3316471
އީމެއިލް [email protected]ބްސައިޓް: www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/3 28
OCOX
3ދޑ 33
8
ހުށަހެޅުމުނޭ
(ނ) ތިންވަނަކަމަކީ، އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ރައްދުވާގޮތަށް ޢަބްދުﷲ ސަޢީދުގެ
ފަރާތުން ހުށަހެޅި ދެވަނަ ޝަކުވާއަކީ، ޢަބްދުﷲ ސަޢީދު ވަޒީފާއިން މުސްކުޅިކޮށްފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުސޫލުތަކާއި އެއްގޮތަށް ނޫންކަމަށް ބުނެ ހުށަހެޅި ޝަކުވާކަން އެނގެން އޮންނައިރު،
މިމައްސަލައިގައި ފެންނަން ހުރި ލިޔެކިޔުންތަކުގެ މައްޗަށް ބެލުމުން، ޢަބްދުﷲ ސަޢީދު އަދާކުރަމުންދިޔަ
ވަޒީފާއިން މުސްކުޅިކޮށްދެއްވުން އެދި 10 މާރިޗް 2015 ގައި ޢަބްދުﷲ ސަޢީދުގެ ފަރާތުން
އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުވާފައިވާކަން އެނގެން އޮތް އިރު، އެސިޓީ ބާތިލުކުރުމަށް އެދި
ފަހުން ޢަބްދުﷲ ސަޢީދުގެ ފަރާތުން ސިޓީ ފޮނުވިކަމަށް ބުނިނަމަވެސް އެކަން ސާބިތުވާ މިންވަރުގެ
ޙުއްޖަތްތަކެއް ފެންނަންނެތްކަމާއި، ޢަބްދުﷲ ސަޢީދުގެ ފަރާތުން ވަޒީފާއިން މުސްކުޅިކުރުމަށް އެދި
އެކަން އިލެކްޝަންސް ކޮމިޝަންގެ 248 ވަނަ ޖަލްސާއަށް އެޖެންޑާކުރެވި 16 މާރިޗް
2016 އިން ފެށިގެން ޢަބްދުﷲ ސަޢީދު ވަޒީފާއިން މުސްކުޅިކުރުމަށް ކޮމިޝަނުން ނިންމާ ޢަބްދު
ސަޢީދު މުސްކުޅިކުރުމުގެ ޢިނާޔަތް ހިސާބުކުރުމަށްޓަކައި ބޭނުންވާ މަޢުލޫމާތު ސާފުކުރުމަށް ދިވެހި ސިވިލް
ސަރވިސްގެ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޢަބްދުﷲ ސަޢީދު ބޭނުންވަނީ އޭނާއަށް މިހާރު
ލިބިފައިވާ ޕެންޝަން ދަމަހައްޓައްކަން ނުވަތަ ނޫންކަން ކޮމިޝަނަށް އަންގައިދިނުމަށް އެދިފައިވާއިރު
އެކަން ސާފުވާގޮތަށް ޢަބްދުﷲ ސަޢީދުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ޖަވާބެއް ދީފައިނުވާކަން
އެނގެން އޮންނަކަ
ނަކަމާއި، މިކަމުގައި ޢަބްދުﷲ ސަޢީދުގެ ފަރާތުން ސާފު ޖަވާބެއް ދީފައިނެތުމުން
ކޮމިޝަނުން ނިންމާފައިވަނީ ޢަބްދުﷲ ސަޢީދަށް ޕެންޝަންގެ ގޮތުގައި ލިބެމުންދާ ފައިސާއަށް އުނިކަމެއް
ނާންނާނެ ގޮތުގެ މައްޗަށް ބަލައިގެންކަން އެނގެންއޮތުމުން އިލެކްޝަންސް ކޮމިޝަނުން ޢަމަލުކޮށްފައިވަނީ
މުސްކުޅިކުރުމުގައި ޢަމަލުކުރަން އޮންނަ އިޖުރާއާތުތަކާއި މުސްކުޅިކުރުމުގެ ޢިނާޔަތް ދިނުމުގައި
ޢަމަލުކުރަން އޮންނަ ގޮތާއި ޚިލާފަށްކަމުގައި ނުބެލެވޭކަމާއި، ޢަބްދުﷲ ސަޢީދު މުސްކުޅިކޮށް ވަޒީފާއިން
ވަކިކޮށްފައިވަނީ އޭނާއަށް ޙައްޤުވާ ޗުއްޓީއެއްގައި ހުއްޓާކަމަށް ޢަބްދުﷲ ސަޢީދުގެ ފަރާތުން ބުނާއިރު،
ޢަބްދުﷲ ސަޢީދު 16 މާރިޗު 2015 އިން ފެށިގެން 4 މެއި 2015 ގައި ޗުއްޓީ ދިނުމަށް އެދި ޗުއްޓީ
ފޯމް ހުށަހަޅާފައިވަނީ 15 މާރިޗު 2015 ގައި ކަން ހުށަހެޅިފައިވާ ޗުއްޓީ ފޯމުން އެނގެން އޮންނަކަމާއި
އަދި ޢަބްދުﷲ ސަޢީދުގެ ފަރާތުން ޗުއްޓީ އަށް އެދުމުން ހުއްދަ ދީފައިނުވަނީ ޢަބްދުﷲ ސަޢީދު 10 މާރިޗު
2015 ގައި މުސްކުޅިވުމަށް އެދި ސިޓީ ފޮނުވުމުން ކަން އެނގެން އޮތުމުން ޢަބްދުﷲ ސަޢީދު ވަޒީފާއިން
މުސްކުޅިކުރެވުނުއިރު ޢަބްދުﷲ ސަޢީދު ހުރީ ޗުއްޓީގައި ނޫންކަން އެނގޭކަމާއި، މީގެ އިތުރުން ޢަބްދު
ސަޢީދު ވަޒީފާއިން މުސްކުޅިކޮށް ވަކިކުރުމަށްފަހު އޭނާގެ ބާކީހުރި ޗުއްޓީގެ ފައިސާ އިލެކްޝަންސް
ކޮމިޝަނުން ޢަބްދުﷲ ސަޢީދަށް ދީފައިވާކަން އެނގެން އޮންނަކަމާއި، މިހެންކަމުން ޢަބްދުﷲ ސަޢީދު
4
ރާއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުން، ދިވެޚިރާއްޖެ، ފޯން: 335029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސްwww.highcourt.gov.mv
;
8
ސިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/328
ވަޒީފާއިން މުސްކުޅިކުރުމުގައި އިލެކްޝަންސް ކޮމިޝަނުން ޢަމަލުކުރި ގޮތުގައި ޝަރުޢީ އަދި ޤާނޫނީ
އުސޫލުތަކާއި ޚިލާފުވެފައިވާކަމުގައި ނުބެލެވޭކަމެވެ.
CULCC
ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންދެކެނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/31 މައްސަލައިގައި
އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް
ސަބަބެއް ފެންނަންނެތްކަމުގައެވެ.
0
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/31 މައްސަލައިގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން
އިސްތިއުނާފުކުރުމަށް ޚައިރާތު ހުޅުމާލެ ޢަބްދުﷲ ސަޢީދުގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް
ބިނާކޮށް އެނިންމުމަށް ބަދަލުގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ވިޔަސް ފެންނަން
ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤުވެވިފައިވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/31 މައްސަލައިގައި
އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެންނަންޖެހޭނެ ނެތްކަ ކަނޑައަޅައި
މަތިން ޙުކުމްކޮށްފީމެވެ.
2
8 ހދ8
ނަކަމަށް
ޒ 92 ·
30 4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ޙުޒު ހިނގުން، ތީމުގޭ 3 ނަންބަރު
އީމެއިލް: [email protected]
ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
ލޭބޯއިވެހިޓް: www.highcourt.gov.mv