ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/151 ޤަޟިއްޔާގެ ޙުކުމް
1
2015/HC-A/151
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
A/
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
· · 4
s
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 151/HC
-
A/2015
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
* ދާއިމީ އެޑްރެސް: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން * ކުންފުނީގެ ރަޖިސްޓްރީ ނަންބަރު:
*މިހާރުގެ އެޑްރެސް: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
• އިސްތިއުނާފު ރައްދުވި ފަރާތް
* ނަން: ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑް
* ކުންފުނީގެ ރަޖިސްޓްރީ ނަންބަރު:
ޤަ..
*ދާއިމީ އެޑްރެސް:
ފްލާވަރުގެ / ކ. މާލެ
މިހާރުގެ އެޑްރެސް: ގ. ފްލާވަރުގެ ކ. މާލެ
*
ނިމުނު ތާރީޚް: 04
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 03 ރަޖަބު 1436
22 އެޕްރީލް 2015
ޞަފަރު 1439
އޮކްޓޯބަރ 2017
24
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2015/Cv
-
C/241
• ނިންމެވި ކޯޓު: ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: އިންވޮއިސްގައިވާ ގެއްލުމުގެ ބަދަލު ހޯދުން
• ޤަޟިއްޔާ ހުށަހެޅުނު ތާރީޚް: 25 ޖެނުއަރީ 2015
ޤަޟިއްޔާ ނިމުނު ތާރީޚް:
14 ފެބްރުއަރީ 2015
ހައިކޯޓް
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަލީ ސަމީރު އިސްފަނޑިޔާރު ޢަބްދުﷲ ދީދީ
ރިޔާސަތު)
ފަނޑިޔާރު ޝުޖާޢު ޢުޘްމާން
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 471
331
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2
2015/HC-A/151
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާގެ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2015/Cv
-
C/241 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، މޯލްޑިވްސް
ބްރޯޑްކާސްޓިންގ ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑްއެވެ.
ހަގަކުރެވުނު ނުކުތާތައް:
.1
ސިވިލް ކޯޓުގެ ނަންބަރު 2015/Cv
-
C/241 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، މޯލްޑިވްސް
ބްރޯޑްކާސްޓިންގ ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައި ވެއެވެ.
.2
4 +
ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/241 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ
ކޮމިޝަނާއި ދެމެދު ވެވުނު އެއްބަސްވުންތަކުގެ ދަށުން ކުރި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ވައިޓް ލައިން
ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވާ ފައިސާގެ ބިލްތަކަށް ފައިސާ ނުދީ ލަސްކުރުމުގެ ސަބަބުން ފައިސާގެ
ބިލްތަކުގައިވާ ގޮތުގެ މަތިން ޖޫރިމަނާ ފައިސާ ހޯދުމަށް ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މައްޗަށް ދަޢުވާކުރުމުން ބައްލަވައި ނިންމަވާފައިވާ
މައްސަލައެއްކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 471
331
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
3
2{15/HC-A/151
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
4 22
02 2
/
<< O
އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް
ރިޢާޔަތްކޮށް، ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި ދެމެދު ވެވުނު
އެއްބަސްވުންތަކުގެ ދަށުން ކުރި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑުން
ފޮނުވާފައިވާ ފައިސާގެ ބިލްތަކަށް ފައިސާ ނުދީ ލަސްކުރުމުގެ ސަބަބުން ފައިސާގެ ބިލްތަކުގައިވާ ގޮތުގެ މަތިން
ޖޫރިމަނާ ފައިސާ ހޯދުމަށް ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ
ކޮމިޝަންގެ މައްޗަށް ދަޢުވާކޮށް ހުށަހެޅި މި މައްސަލައަށް ބެލިއިރު، ދަޢުވާގައިވާ ފަދައިން ދެފަރާތްދެމެދު
ކުރެވުނު އެއްބަސްވުންތަކުގެ ދަށުން ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް ފޮނުވި ދެ އިންވޮއިސް ދަޢުވާލިބޭ
ފަރާތަށް ލިބިފައިވާކަމާއި، އެ އިންވޮއިސްގައިވާ ފަދައިން އެ އިންވޮއިސްގައިވާ އެއްވެސް ކަމަކާމެދު ދަޢުވާލިބޭ
ފަރާތުން ޝަކުވާއެއް އުފުލާފައިނުވާކަމާއި، އަދި އިންވޮއިސްގައި ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތުގައި
ދަޢުވާލިބޭ ފަރާތުން ފައިސާ ދައްކާފައިނުވާކަން ޘާބިތުވާން އޮތުމުން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު
27/SC
-
A/2013 ޤަޟިއްޔާއަށް ރިޢާޔަތްކުރުމުން އިންވޮއިސްގައި ޖަޒާއީ ޝަރުޠުގެ ގޮތުގައި ހިމެނިފައިވާ
ޝަރުޠުގެ ދަށުން ޖޫރިމަނާ ފައިސާއަކީ ނަގައިދެވޭނެ ފައިސާއެއްކަމުގައިވާތީ، މި މައްސަލައިގައި ޖޫރިމަނާގެ
ފައިސާ ހިސާބުކުރެވެންޖެހޭ މުއްދަތަކީ އިންވޮއިސްގައި ފައިސާ ދެއްކުމަށް ދީފައިވާ މުހުލަތު ހަމަވާ ތާރީޚުން
ފެށިގެން އިންވޮއިސްގައިވާ ޕްރިންސިޕަލް އަދަދު ދައުވާކުރާ ފަރާތަށް ލިބުނު ތާރީޚާއި ހަމައަށް ހިނގާފައިވާ
މުއްދަތުކަމުގައި ޝަރީޢަތަށް ޤަބޫލުކުރެވޭތީ، އެ ގޮތުން 02 ޖުލައި 2012 އިން 15 ޖުލައި 2012 އާއި
ދެމެދު ހިނގާފައިވާ 13 (ތޭރަ) ދުވަހުގެ މުއްދަތަށް އިންވޮއިސްގައިވާ ފަދައިން ދުވާލަކަށް -/8000ރ.
(އަށްހާސް ރުފިޔާ) ގެ ނިސްބަތުންޖެހޭ -/
208,000ރ. (ދެލައްކަ އަށްހާސް ރުފިޔާ) އަކީ ދައުވާލިބޭ ފަރާތުން
ދައުވާކުރާ ފަރާތަށް ދައްކަންޖެހޭ ފައިސާކަމުގައި ކަނޑައަޅައި، މި ފައިސާ ދަޢުވާކުރާ ފަރާތަށް ލިބިދިނުމުގެ
ގޮތުން މިއަދު 2015 ފެބްރުއަރީ 14 ވަނަ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ފައިސާ
ސިވިލް ކޯޓަށް ދައްކާ ޚަލާޞްކުރުމަށް ދައުވާލިބުނު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް އަންގާ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 471
331
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/151
ru 8509 ,
ޙުކުމެކެވެ
މައްސަލަ ނިންމަވާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތްނިމުނުގޮތުގެ
ރިޕޯޓަށް ބެލުމުން
އެނގެންއޮވެއެވެ.
.3
ސިވިލް ކޯޓުގެ ނަންބަރު 2015/Cv
-
C/241 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ފަރާތުން 04
(ހަތަރެއް) ނުކުތާއެއް ފާހަގަކޮށް އެ ނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންއާއި ވައިޓް ލައިން
ޕްރައިވެޓް ލިމިޓެޑާ ދެމެދު ކުރެވުނު މުޢާމަލާތްތަކަށް ފަހު، ޖޫރިމަނާ ފައިސާ ނުހިމަނައި ފައިސާއާ ހަވާލުވުމަށް
އެއްބަސްވެ، ފައިސާ ދެއްކުމުން އެކަން ޤަބޫލުކޮށް، އެކަމާ ގުޅިގެން އެއްވެސް މައްސަލައެއް ނުޖައްސާ 2
އަހަރަށް ވުރެން ގިނަ ދުވަހު ހުރުމަށްފަހު، ޖޫރިމަނާއާ ގުޅުންހުރި މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުން
ކުރެއްވި ހުކުމަކާއި ގުޅިގެން ނަހަމަ ފައިދާއެއް ހޯދުމުގެ ބޭނުމުގައި ދަޢުވާކޮށްފައިވާއިރުވެސް ސިވިލް ކޯޓުން
މްކުރުމުގައި އެކަމަށް ރިޢާޔަތްކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
އެކަމަކުޏ
ދެވަނަ ނުކުތާއަކީ، މިނިސްޓްރީ އޮފް ފިނޭންސް
އިސް އެންޑް ޓްރެޜަރީއަށް ވައުޗަރ ފޮނުވާ
ދުވަހުން ފެށިގެން ކޮމިޝަނުގެ ޒިންމާ އަދާކުރެވުނީކަމަށް ނުބެއް
ނުބެލެވޭނެކަމަށް ސިވިލް ކޯޓުން ހުކުމުގައި
ފާހަގަކުރައްވާފައިވާ ނުކުތާތަކުގެ ތެރޭގައި ބަޔާންކޮށްފައިވަނީ ދައުލަތުގެ މާލީ ސިޔާސަތުތަކާއި އުޞޫލުތައް
ހުރިގޮތަށް ބެލުމެއްނެތިކަމުގައިވުމުން، އެ ޙުކުމަކީ އޭގެ ސަބަބުން ފަސާދައަށް މަގު ފަހިވާގޮތަށް ކޮށްފައިވާ
ޙުކުމެއްކަމަށް ބުނެ ހުށަހެޅި
ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 471
331
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/151
ތިންވަނަ ނުކުތާއަކީ، ދައުލަތުގެ މާލިއްޔަތު ޤަވާއިދުގެ 4 ވަނަ ބާބުގެ 4.03 ގެ
(ނ) އާއި 8 ވަނަ ބާބުގެ 2 ވަނަ ނަންބަރު ސުރުޚީ 1 ގެ (ނ) އާއި 2 ވަނަ ނަންބަރުގެ (ހ) އަދި (އ)
އާއި 8.04 ގައި ބަޔާންކުރައްވާފައިވާ ހަމަތަކުގެ ދަށުން ދައުލަތުގެ އިދާރާތަކާއެކު ކުރެވޭ ފައިސާއާ ގުޅުންހުރި
އެންމެހާ މުޢާމަލާތްތަކެއް ކުރަންޖެހެނީ އެ މުއައްސަސާއެއްގެ ވެރިންގެ ފެންވަރުގެ ފަރާތްތައްކަން ދޭހަވާން
އޮތްނަމަވެސް، ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ބިލުގައި ޖޫރިމަނާ ފައިސާއާ ބެހޭގޮތުން
އެއްބަސްވާނަމަ ސޮއިކުރުމަށް ކަނޑައަޅާފައިވާ ގޮޅީގައި ކޮމިޝަނުގެ ވެރިއަކު ސޮއިކޮށްފައި ނުވާއިރު، އެކަމަށް
ސިވިލް ކޯޓުން ރިޢާޔަތްކުރެއްވުމަކާއި ނުލައި ކޮމިޝަނުން ބިލުގައިވާ ޖަޒާއީ ޝަރުތެއްގެ ގޮތުގައި ހިމަނާފައިވާ
ޝަރުޠު ޤަބޫލުކޮށްފައިވާކަމާއި، އެ ޝަރުތަށް އިންކާރުކޮށްފައިނުވާކަމަށް ސިވިލް ކޯޓުގެ ޙުކުމުގައި
ބަޔާންކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
4 04:
ހަތަރުވަނަ ނުކުތާއަކީ، ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން،
ދުވަސް ގުނުމުގައި ބަލަންޖެހެނީ ރަސްމީ ބަންދު ދުވަސްތައް ނުހިމަނާކަމަށްވީނަމަވެސް، އެއްބަސްވުމުގެ
އެއްގެ ގޮތުގައި ބެލެވޭ ބިލަކާ ގުޅިގެން މުއްދަތު ގުނުމުގައި އެ އުޞޫލަށް ސިވިލް ކޯޓުން ޙުކުމްކުރުމުގައި
ބައްލަވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
م ہی ہے کہ
4 މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
ހުށަހެޅިފައިވާ ލިޔުންތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/241 ޤަޟިއްޔާ ނިމިފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮ ކަމަށްބުނެ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ފަރާތުން
ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބެލިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
އެއްޤަ,ނ/2ނeނ،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 471
331
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
6
2015/HC-A/151
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު
2015/Cv
-
C/241 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، އެ ޤަޟިއްޔާގައި ވައިޓް ލައިން
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ،
ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި ދެމެދު ވެވުނު
އެއްބަސްވުންތަކުގެ ދަށުން ކުރި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑުން
ފޮނުވާފައިވާ ފައިސާގެ ބިލްތަކަށް ފައިސާ ނުދީ ލަސްކުރުމުގެ ސަބަބުން ފައިސާގެ ބިލްތަކުގައިވާ ގޮތުގެ މަތިން
ޖޫރިމަނާ ފައިސާ ހޯދުމަށް އެދިކަން އެނގެންއޮންނައިރު، އެ ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ
ދެފަރާތްދެމެދު ކުރެވުނު އެއްބަސްވުންތަކުގެ ދަށުން ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް ފޮނުވި ދެ
އިންވޮއިސް ދަޢުވާލިބޭ ފަރާތަށް ލިބި، އެ އިންވޮއިސްގައިވާ އެއްވެސް ކަމަކާމެދު ދަޢުވާލިބޭ ފަރާތުން
ޝަކުވާއެއް އުފުލާފައިނުވާތީއާއި އިންވޮއިސްގައި ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތުގައި ދަޢުވާލިބޭ ފަރާތުން
ފައިސާ ދައްކާފައިނުވާކަން ޘާބިތުވާން އޮތުމުން، އިންވޮއިސްގައި ފައިސާ ދެއްކުމަށް ދީފައިވާ މުހުލަތު ހަމަވާ
ތާރީޚުން ފެށިގެން އިންވޮއިސްގައިވާ ޕްރިންސިޕަލް އަދަދު ދައުވާކުރާ ފަރާތަށް ލިބުނު ތާރީޚާއި ހަމައަށް
ހިނގާފައިވާ މުއްދަތުކަމުގައިވާ 02 ޖުލައި 2012 އިން 15 ޖުލައި 2012 އާއި ދެމެދު ހިނގާފައިވާ 13
(ތޭރަ) ދުވަހުގެ މުއްދަތަށް އިންވޮއިސްގައިވާ ފަދައިން ދުވާލަކަށް -/
8000ރ. (އަށްހާސް ރުފިޔާ) ގެ
ނިސްބަތުންޖެހޭ -/208,000ރ. (ދެލައްކަ އަށްހާސް ރުފިޔާ) އަކީ ދައުވާލިބޭ ފަރާތުން ދައުވާކުރާ ފަރާތަށް
ދައްކަންޖެހޭ ފައިސާކަމުގައި ކަނޑައަޅައި ޙުކުމްކޮށްކަން އެނގެންއޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ، ވައިޓްލައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މޯލްޑިވްސް
ބްރޯޑްކާސްޓިންގ ކޮމިޝަނަށް ފޮނުވާފައިވާ ނަންބަރު WL/135
/
2012 ފައިސާގެ ބިލާއި، ނަންބަރު
WL/136
/
2012 ފައިސާގެ ބިލްތަކަށް ބަލާއިރު، ބުނެވުނު ބިލްތަކުގައިވާ ފައިސާ 21 (އެކާވީސް)
ވަސްތެރޭގައި ދައްކަންވާނެކަމަށާއި، 21 (އެކާވީސް) ދުވަސް ފަހުން ބިލްގައިވާ ފައިސާ ނުދެވިއްޖޭނަމަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ވާ،•
7
2015/HC-A/151
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް (ވައިޓްލައިން ޕްރައިވެޓް ލިމިޓެޑަށް ލިބިދާނެ ގެއްލުމެއްގެ ބަދަލެއްގެ
ގޮތުގައި) -/8000ރ. (އަށްހާސް ރުފިޔާ) ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް އެއްބަސްވާކަމަށް
ބަޔާންކޮށްފައިވާކަމާއި،
4 22
ހުށަހެޅިފައިމިވާ މައްސަލާގައި ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަށުކޯޓުގައި
ކޮށްފައިވާ ދަޢުވާއަކީ ވައިޓްލައިން ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވާ ބިލްތަކަށް އެ ބިލްތަކުގައި މުއްދަތުގައި
ފައިސާ ނުދެއްކުމުން އިތުރަށް ހިނގާ ދުވަސްތަކަށް ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑަށް ލިބިދާނެ ގެއްލުމުގެ
ބަދަލު ހޯދުމަށް ކުރި ދަޢުވާއެއްނޫންކަމާއި، އެހެންނަމަވެސް، އެ ދަޢުވާއަކީ ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑާއި
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާ ދެމެދު ވެވުނު އެއްބަސްވުންތަކުގެ ދަށުން ކުރި މަސައްކަތަށް
ވައިޓްލައިން ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވާ ބިލްތަކަށް ފައިސާނުދީ ލަސްކުރުމުގެ ސަބަބުން އަރާފައިވާ
ޖޫރިމަނާގެ ފައިސާ ހޯދުމަށް އެދި ކޮށްފައިވާ ދަޢުވާއެއްކަން އެނގެންއޮތުމުން، ވައިޓް ލައިޓް ޕްރައިވެޓް
ލިމިޓެޑުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ފޮނުވިކަމަށް ބުނާ ވިލުތަކަކީ އަސާސްކަމުގައި ބަލައިގެން
ހުށަހެޅި ދަޢުވާގެ ސީޕޯގައި ބަޔާންކުރާ ކަންކަމާއި އެ ފަރާތުން ފޮނުވާފައިވާ ބިލުތަކުގައިވާ ބަޔާންކޮށްފައިވާ
ކަންކަން އެއްގޮތް ނޫންކަން އެނގެން އޮތުމުން ވައިޓްލައިޓް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ދަޢުވާގެ އަސާސް
ރަނގަޅު ނޫންކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، "ޝަރުތު ޖަޒާއީ" (penalty clause) މަފްހޫމަށް ބަލާއިރު،
ޝަރުތު ޖަޒާއީ އަކީ، ކޮންޓްރެކްޓެއްގެ
ދަށުން އެކޮންޓްރެކްޓުގެ
ބައިވެރިއެއްގެ މައްޗަށް އަދާކުރުން
ލާޒިމްވެގެންވާ އިލްތިޒާމެއް އަދާނުކުރުމުގެ ސަބަބުން ނުވަތަ އެ އިލްތިޒާމެއް އަދާކުރުމަށް ކަނޑައެޅިފައިވާ
މުއްދަތުގައި އަދާނުކޮށް ލަސްކުރުމުގެ ސަބަބުން ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ޙައްޤުވާ ގެއްލުމުގެ
ބަދަލުގެ މިންވަރު ކުރިއާލައި ކަނޑައަޅައި، ބަދަލު ޙައްޤުވާ ފަރާތަށް އެ ބަދަލު ދިނުމަށް ކޮންޓްރެކްޓުގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 471
331
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
8
2015/HC-A/151
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބައިވެރިންގެ މެދުގައި ވެވޭ އެއްބަސްވުމަށް ނުވަތަ ކުރެވޭ ޝަރުތަށް ބޭނުންކުރެވޭ އިސްތިލާއެއްކަން އެނގެން
އޮންނައިރު،
24
އަޙުކުމެތކއް
42 02 0 0x
اسرع ترع کہ
ޝަރުތު ޖަޒާއީގެ ބުނެވުނު މަފްހޫމުގެ މައްޗަށް ރިޢާޔަތްކޮށް، ކޮންޓްރެކްޓެއްގެ ދަށުން އުފެދޭ
އިލްތިޒާމެއް އަދާނުކުރުމުގެ ސަބަބުން ނުވަތަ އަދާކުރުން ލަސްވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލުގެ
މިންވަރު ވަޒަންކޮށް އެ ބަދަލު ނެގުމާމެދު އެއްބަސްވުމުގެ ބާރާއި އިޚްތިޔާރު ކޮންޓްރެކްޓްގެ ބައިވެރިންނަށް
ލިބިގެންވީ ނަމަވެސް، އެބާރާއި އިޚްތިޔާރަކީ އެއްވެސް ޝަރުޢީ އަދި ޤާނޫނީ ޤައިދެއް ނެތި، މުތުލަޤު ގޮތަކަށް
ބޭނުންކުރެވޭނެ ބާރަކާއި އިޚްތިޔާރެއް ނޫންކަމަށާއި، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި، ކޮންޓްރެކްޓުގައި
ހިމެނުން ހުއްދަކުރާ ޝަރުތުތައް ވާންޖެހޭނީ އިސްލާމީ ޝަރީޢަތުގަޔާއި، ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ
"ޤަތުޢީ" އާއި ޚިލާފުނުވާ ޝަރުތުތަކަކަށް ކަން އެނގެން އޮންނަކަމަށާއި، ކޮންޓްރެކްޓުގެ
ށާއި، ކޮންޓްރެކްޓުގެ ބައިވެރިއަކު
ދަށުން އަދާކުރަންޖެހޭ އިލްތިޒާމެއް އަދާނުކުރުމުން ނުވަތަ އަދާނުކޮށް ލަސްކުރުމުން އޭގެ
ސަބަބުން ގެއްލުންވާ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ޙައްޤުވާ ގެއްލުމުގެ
ގެ ބަދަލު ކަނޑައެޅުމުގައި
ރިޢާޔަތްކުރަންޖެހޭނީ ޤާނޫނު ނަންބަރު 4191 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގައި
ކަނޑައަޅައި ބަޔާންވެގެން އޮންނަގޮތުގެ މައްޗަށްކަމަށާއި، އެމާއްދާގެ (ހ) ގައިވާ ގޮތުން ބަދަލު ދޭންޖެހޭނެ
ގެއްލުމަކީ ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން ސީދާ ލިބޭ ގެއްލުންކަމަށާއި، އެމާއްދާގެ (ށ) އަށް ބެލުމުން
އެއީ އެފަދަ ޚިލާފު ޢަމަލެއް ކުރުމުން ލިބިދާނެކަމަށް
ބައިވެރިންނަށް އެނގިފައިވާ
ގެއްލުންކަމަށާއި، ކޮންޓްރެކްޓާއި ޚިލާފު ޢަމަލެއް ކުރުމުން ލިބިދާނެކަމަށް ލިބޭ ގެއްލުން ވަޒަންކުރުމުގައި
ޚިޢާޔަތްކުރަންޖެހޭ މައިގަނޑު ދެ ބާވަތެއްގެ ގެއްލުން ބަޔާންކޮށްފައިވާކަމަށާއި، ފުރަތަމަ ބާވަތަކީ:
ފުވުމުގެ ސަބަބުން
ސީދާ ނުވަތަ ޙަޤީޤީ ގެއްލުންކަ
.ލުންކަމަށާއި ދެވަނަ ބާވަތަކީ؟
ހިލާފުވުމުގެ ސަބަބުން ލިބިދާނެކަމަށް ކޮންޓްރެކްޓުގެ
ބައިވެރިންނަށް ފެންނަ ނުވަތަ ތަސައްވަރު
ނުވަތަ އިންތިޒާރުކުރެވޭ ގެއްލުންކަމަށާއި، އަދި މިފަދައިން ކަން ވެފައިވާކަން ސާބިތުވެއްޖެނަމަ
اسرع راع کر
44
اسرع راع و
2 02 0 0x
اسرع رمسرع -
އްޖޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 471
331
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
9
2015/HC-A/151
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޖަޒާއީ އެއްގެ ދަށުން ކަނޑައެޅޭ ބަދަލުގެ މިންވަރަކީ، އިޝާރާތްކުރެވުނުފަދަ ގެއްލުމަކާއި އެކަށީގެންވާ
މުނާސަބު ބަދަލަކަށް ވާންޖެހޭނެކަމަށާއި، އެބަދަލު ކަނޑައެޅުމުގައި "ތަޢައްސުފު"
(arbitrariness
/
abuseޑަވެ، ލިބޭ ގެއްލުމާއި ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު މިންވަރެއްގެ
ބަދަލު ކަނޑައެޅުމަކީ އިސްލާމީ ޝަރީޢަތާއި، މިޒަމާނުގެ ޤާނޫނީ ނިޒާމްތަކުގައި އިސްތިޤްރާރުވެފައިވާ
އަޙްކާމްތަކާއި ކަނޑައެޅިގެން ތަޢާރުޟުވާކަމެއްކަމަށާއި، ކޮންޓްރެކްޓެއްގައި ހިމެނޭ "ޝަރުތު ޖަޒާއީ" އެއްގެ
ދަށުން ނެގުމަށް އެއްބަސްވެވޭ ގެއްލުމުގެ ބަދަލުގެ މަޝްރޫޢިއްޔަތުކަން ދެމިގެން އަންނަނީ މާތްރަސޫލާ
(ސައްލައްﷲ ޢަލައިހި ވަސައްލަމް) ޙަދީސް ކުރައްވާފައިވާ "ލާ ޝަރަރަ ވަލާ ޟިރާރާ" މި ނައްސުންކަމަށާއި،
ކީރިތި ރަސޫލާގެ ޙަދީސް ބަސްފުޅުގައި ބަޔާންކުރެވިފައިވާ މިޤާޢިދާއަށް ރިޢާޔަތްކުރާއިރު، ޝަރުތު ޖަޒާއީގެ
ދަށުން ނެގޭ ބަދަލަކީ "ތަޢައްސުފު" ކޮށް ނެގޭ، ލިބިދާނެކަމަށް ބެލެވޭ ޙަޤީޤީ ގެއްލުމަކާ ނުވަތަ ފާއިތުވެދާނެ
މަސްލަޙަތަކާ ނުވަތަ ފާއިދާއަކާ ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު ބަދަލަކަށްވާނަމަ، އެއީ ސައްޙަ
އަސާސެއްގެ މައްޗަށް ބިނާކޮށް ނެގޭ ބަދަލެއްކަމުގައި އިސްލާމީ ނަޒަރަކުން ނުބެލެވޭނެކަމަށާއި އެފަދަ ބަދަލުތައް
ނެގުމަށް ޝަރުތުކުރުމަކީ އިސްލާމީ ޝަރީޢަތުގެ ނައްސުން ޙަރާމްކުރެވިފައިވާ، މީހުންގެ މުދާ އެބައި މީހުންގެ
ރުހުމަކާއި ނުލައި ނުޙައްޤުން އަތުލުންކަމުގައި މެނުވީ ނުވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
16/SC
-
A/2015 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 177/HC
-
A/2015 ޤަޟިއްޔާގައި
ފާހަގަކުރައްވާފައިވާކަން އެނގެން އޮންނަކަމެވެ.
(ހ) ހަތަރުވަނަ ކަމަކީ، ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑުން މޯލްޑިވްސް ބްރޯޑްކާސްޓިންގ
ކޮމިޝަނަށް ފޮނުވާފައިވާ ބިލްތަކުގައި ޖަޒާއީ ޝަރުތެއްގެ ގޮތުގައި ހިމަނާފައިވަނީ އެ ބިލްތަކުގައިވާ
މުއްދަތުގައި ފައިސާ ނުދެވިއްޖެނަމަ އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް (ވައިޓްލައިން ޕްރައިވެޓް ލިމިޓެޑަށް
ލިބިދާނެ ގެއްލުމެއްގެ ބަދަލެއްގެ ގޮތުގައި) -/8000 ރ. (އަށްހާސް ރުފިޔާ)
އެހެންކަމުން ބުނެވުނު ބިލްތަކުގެ ދަށުން ކަނޑައެޅުނު ކަމަކީ ޖަޒާއީ ޝަރުތެއްގެ
و برای استرو
24 2
7xހ
کر می کرے
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
,, 4
02 ހ އ
10
2015/HC-A/151
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
PLC
4 22
އަދި އެ ޝަރުތުގެ ދަށުން ފައިސާ ނަގައިދޭންޖެހޭކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭނަމަ، އެމިންވަރަށް ފައިސާ
ނަގައިދިނުމުގެ ކުރިން އެ ބިލު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ޙަޤީޤަތުގައިވެސް
ރައްދުވެފައިވޭތޯއާއި އެ ބިލުގައިވާކަންކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ފަރާތުން ސަރީޙަބަހުން
ނުވަތަ ޟިމްނީކޮށް އިޢުތިރާފުވެފައިވޭތޯ ބެލުމުގެ އިތުރަށް އެބިލުގައިވާ ޢަދަދަށް އެބިލުގައިބުނާ މުއްދަތަށް
ފައިސާ ނުދެއްކުމުގެ ސަބަބުން ވައިޓްލައިން ޕްރައިވެޓްލިމިޓެޑަށް އެއްވެސް ގެއްލުމެއްވެފައިވޭތޯއާއި،
ގެއްލުންވެފައިވާނަމަ ގެއްލުންވެފައިވަނީ ކޮންގޮތަކަށްކަން އަދި އެއީ ކިހާ މިންވަރެއްގެ ގެއްލުމެއްކަން
ވައިޓްލައިން ޕްރައިވެޓް ލިމިޓެޑަށް ސާބިތުކޮށްދެވޭފަދަ ޙުއްޖަތްތަކެއް ނުވަތަ ޤަރީނާތަކެއް ޝަރީޢަތަށް
ހުށަހެޅިފައިވޭތޯ ބަލަންޖެހޭނެކަން ގެއްލުމުގެ ބަދަލުގެ މިންވަރު ނަގައިދިނުމާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ
ކޮންޓްރެކްޓާއިބެހޭ ޤާނޫނުގައި ބަޔާންކުރާކަންކަމަށާއި ގެއްލުމުގެ ބަދަލު ނަގައިދިނުމާއި ގުޅޭގޮތުން ކޯޓުތަކުން
ނިންމަވާފައިވާ
ބެލުމުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
177/HC-
A/2015 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމާއި، މީގެއިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ނަންބަރު 16/SC
-
A/2015 ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާ ކަންކަމުގެ މައްޗަށް ބެލުމުން، މިފަދަ ޖަޒާއީ
ޝަރުތެއްގެ ދަށުން ކަނޑައެޅޭ ބަދަލުގެ މިންވަރަކީ، ލިބުނުކަމަށް ބުނާ ގެއްލުމަކާއި އެކަށީގެންވާ މުނާސަބު
ބަދަލެއްތޯއާއި ބަދަލުގެގޮތުގައި ކަނޑައަޅާފައިވާ މިންވަރަކީ ތަޢައްސުފު" (arbitrariness
/
abusc) ވެ،
ލިބޭ ގެއްލުމާއި ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު މިންވަރެއްގެ ބަދަލެއްތޯވެސް ބެލެވެންޖެހޭނެކަން
2
2
0
0 ކ ވގތ
އަނގނނނކމށް
<< O
4 22
އެނގޭކަމާއި،
ހުށަހެޅިފައިމިވާ މައްސަލާގައި ފެންނަން ހުރި ޙަޤީޤަތްތަކުގެ މައްޗަށް ބަލާއިރު، ވައިޓްލައިން
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ފޮނުވާފައިވާ ފައިސާގެ ބިލްތަކަށް އެ
ބިލްތަކުގައިވާ މުއްދަތުގައި ފައިސާ ނުދީ ލަސްކުރުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި -/208,000ރ.
(ދެލައްކަ އަށްހާސް ރުފިޔާ) ލިބެންޖެހޭކަމަށް ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވާއިރު،
ވައިޓްލައިން ޕްރައިވެޓް ލިމިޓެޑަށް އެ މިންވަރަށް ގެއްލުންވިކަން ސާބިތުކުރުމުގެ ގޮތުން އެއިޓްލައިން
4 22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
11
2015/HC-A/151
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
4
ޕްރައިވެޓް ލިމިޓެޑުން އެއްވެސް ޙުއްޖަތެއް އަދި ޤާރީނާއެއްވެސް ދަށުކޯޓުގައި ހުށަހަޅާފައިވާކަން
އެނގެންނެތުމުން، ވައިޓްލައިން ޕްރައިވެޓް ލިމިޓެޑުން ބުނާ މިންވަރަށް އެކުންފުންޏަށް ގެއްލުންވެފައިވާކަން
ޝަރީޢަތަށް ސާބިތުކޮށްދެވިފައިނުވާކަމާއި، މީގެ އިތުރުން ވައިޓްލައިން ޕްރައިވެޓް ލިމިޓެޑަށް ބަދަލުގެ ގޮތުގައި
ހޯދުމަށް އެދިފައިވާ މިންވަރަކީ އެ ކުންފުންޏަށް ލިބުނުކަމަށް ބުނާ ގެއްލުމަކާއި އެކަށީގެންވާ މުނާސަބު
ބަދަލެއްކަންވެސް އެ ކުންފުންޏަށް ސާބިތުކޮށްދެވިފައިނެތްކަމާއި،
އެހެންކަމުން، ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ
ކޮމިޝަނަށް ފޮނުވާފައިވާ ބިލްތަކަށް އެ ބިލްތަކުގައިވާ މުއްދަތުގައި ފައިސާ ނުދީ ލަސްކުރުމުގެ ސަބަބުން
ޖޫރިމަނާ ފައިސާގެ ގޮތުގައި -/208,000ރ. (ދެލައްކަ އަށްހާސް ރުފިޔާ) މޯލްޑިވްސް ބްރޯޑްކާސްޓިންގ
ކޮމިޝަންގެ ފަރާތުން ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭކަމަށް އިސްތިއުނާފުކުރެވޭ ސިވިލް
ކޯޓުގެ ނަންބަރު 2015/Cv-C/241 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި
ޢަމަލުކުރަންޖެހޭ ޢާއްމު އުސޫލުތަކުގެ މައްޗަށާއި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރ 16/SC
-
A/2015
ޟިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 177/HC
-
A/2015 ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާ
އުޞޫލުތަކާ ޚިލާފަށްކަމެވެ.
2 20
2
<< O
0 0
<< O
ވީމާ، އިސްވެ ދިޔަ ސަބަބުތައް އެފަދައިން ހުރުމުން މި މައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ސިވިލް ކޯޓުގެ ނަންބަރު 2015/Cv
-
C/241 ޤަޟިއްޔާގައި އެ ކޯޓުން
ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެންނަންޖެހޭނެކަމުގައެވެ.
ދިވެހިރާއްa
ހައިކޯޓް
ވެފައި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 471
331
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
12
2015/HC-A/151
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމާއެކު، އިސްތިއުނާފުކުރެވޭ ސިވިލް
ކޯޓުގެ ނަންބަރު 2015/Cv
-
C/241 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ ޚިލާފަށްކަމަށް ފެންނާތީ، އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ބާޠިލް ޙުކުމެއްކަމަށް
ކަނޑައަޅައި، މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 471
331
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv